ޔޫހާން އެހުރި ގޮތަށް ދެ ޖީބަށް އަތް ޖަހައިލައިގެން ދުރު ބަލަހައްޓައިގެން ހުއްޓެވެ. ޔޫހާންގެ އެ ދުރުކަން ފެނި އައިލީންގެ ދެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. ” ޔޫހާން… ކިހިނެއް ވީ… ކަމަކާ ހިތްހަމަނުޖެހިފަތަ… މިހާ ދުވަސް ފަހުން ދިމާވީމަވެސް ހަގްވެސް ނުކޮށްލާނަންތަ…” ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަން މަސައްކަތްކުރަމުން އައިލީން ބުނެލިއެވެ. ދެންވެސް އެ ހުރި ގޮތަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ޔޫހާން ހުރީއެވެ. ޔޫހާން އެގޮތަށް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އައިލީންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. ހިތް ނުތަނަވަސް ވާން ފެށީ ދުވަހަކުވެސް ޔޫހާން އެގޮތަށް ކަންތައްކޮށްފައިނުވުމުންނެވެ. ޔޫހާންގެ އެ މަޑުމައިތިރިކަމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އައިލީންއަށް ދެނެގަނެވުނެވެ. ”ޔޫހާން… ޕްލީޒް ވާހަކަ ދައްކަބަލަ… ކޮންމެވެސް އެއްޗެކޭ ބުނެބަލަ ޕްލީޒް… ކިހިނެއްތަ ވީ ޔޫހާން… ތިހެން އެއްޗެކޭ ނުބުނެ ހުންނާތީ އަހަރެންގެ ހިތް ބިރުގަންނޭ އެބަ… ޔޫހާން ޕްލީޒް ބުނެ… ” ޔޫހާންގެ އަތުގައި ހިފާފައި ތަޅުވަމުން އައިލީން ޔޫހާން ގާތު ވާހަކަ ދެއްކުމަށް އެދުނެވެ. ވާހަކަ ދައްކަމުން ދިޔަ އައިލީން ހުއްޓުނީ ޔޫހާން ރުޅިއައިސްފައި އޭނަގެ އަތް ފޮޅުވާލަމުން ވާހަކަ ދެއްކުމުންނެވެ. ” ކީކޭތަ އަހަރެން ކިޔަންވީ… ކޮން ހިސާބަކުންތަ ވާހަކަ ފަށަންވީ… ފޮޓޯތަކުގެ ވާހަކައިންތަ ފަށަންވީ… ނޫނީ ދޮންބެ އޭ ގުޅީ ކިޔާފަ ދޮގު ހެދި ހިސާބުންތަ ފަށަންވީ… ސީހައުސްއަށް ދެ މީހުން ދިޔަ ހިސާބުންތަ ވާހަކަ ފަށަންވީ… އައިލީ ބުނެބަލަ މިހާރު… ” ރުޅިއައިސްފައިހުރެ ޔޫހާން ވާހަކަ ދައްކަމުން ދިޔައިރު އައިލީންގެ ދެ ލޮލަށް ދިޔައީ ކަރުނަތައް ޖަމާވަމުންނެވެ. ދުވަހަކުވެސް ބާރަށް އައިލީން އާއި ދިމާލަށް އެއްޗެކޭ ބުނެފައިނުވާ ޔޫހާން މިއަދު އެހާ ބާރަށް ރުޅިއައިސްފައި ވާހަކަ ދެއްކުމުން އައިލީންގެ ހިތަށް ހީވީ ތޫނު ހަންޖަރަށް ހަރާލިހެންނެވެ. ޔޫހާން ދައްކަމުން ދިޔަ ވާހަކަތަކުން އައިލީންގެ ބޯ ހާސްވަމުން ދިޔައެވެ. އަހަރެން އެރޭ ދޮގު ހެދިކަން ޔޫހާންއަށް އިނގުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ދޮންބެ ނުގުޅަމޭ ބުނީ ހެއްޔެވެ؟ މިފަދަ އެކިއެކި ސުވާލުތަކުން އައލީންގެ ސިކުނޑި ދިޔައީ ހާސްކުރުވަމުންނެވެ. ސީހައުސްގެ ވާހަކަ ހިތަށް އެރުމާއެކު މިއަދު ދިނާޖުއާއެކު ސީހައުސްގައި އިންދާ ފެނުނީކަން އައިލީންއަށް ޔަގީންވިއެވެ. އެއާއެކު އައިލީންގެ ހާސްކަން އިތުރުވެގެން ދިޔައެވެ. އެހެނަސް ޔޫހާން އެ ދައްކަނީ ކޮން ފޮޓޯތަކެއްގެ ވާހަކަ ކަމެއް އައިލީންއަކަށް ނޭނގުނެވެ. ” މިހާރު ކީއްވެ އަހަރެން ވާހަކަ ދެއްކީމަ ވާހަކަ ނުދައްކާ ތިހުރީ…” މިފަހަރުވެސް ޔޫހާން ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައި ހުރެއެވެ. ” ޔޫހާން… ކޮން… ކޮން ފޮޓޯތަކެއްގެ ވާހަކައެއްތަ ތި ދައްކަނީ… ” އައިލީން ޔޫހާން އެދައްކާ ވާހަކައެއް އެނގެން ބޭނުންވާތީ އަވަސް އަވަހަށް ސުވާލުކުރިއެވެ. އެއާއެކު ޔޫހާން އޭނަގެ ފޯނު ނަގައި ދައްކަންފެށި ފޮޓޯތަކަކުން އައިލީންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ” ވަޓްް އީޒް ދިސް އައިލީ… ” ޔޫހާން އައިލީންއަށް ފޮޓޯތައް ދައްކަމުން ބުނެލިއެވެ. އައިލީން ހުރީ އަދިވެސް ވާާނުވާގައެވެ. އެ ފޮޓޯތަކަށް ރަނގަޅަށް ބަލަހައްޓައިގެން ހުރި އައިލީންއަށް ކުއްލިއަކަށް އާޓިފިޝަލް ބީޗްގައި ކަންތައް ހިނގާދިޔަ ގޮތުގެ ހުރިހާ މަންޒަރެއް ލޮލަށް ސިފަވެގެން ދިޔައެވެ. އެއާއެކު އައިލީންއަށް އޭނަގެ އަނގަ މަތީގައި އަތް އަޅާލެވުނެވެ. ލޮލުން ކަރުނައެއް ހޯސްލާފައި ފޭބިއިރު އައިލީންއަށް ފަހަތަށް ފިޔަވަޅެއްވެސް އަޅާލެވުނެވެ. ” ޔޫހާން… އެ… އެ ފޮޓޯތައް… އެއީ… ” އައިލީންއަށް ވާހަކަ ދެއްކުންވެސް ވީ އުނދަގޫކަމަކަށެވެ. ”މި ފޮޓޯތައް މީ ހަމަ އަސްލެއް… އެޑިޓް ކޮށްފައެއް ނޫން މީކީ… ” އައިލީން ވާހަކަ ދައްކަ ދައްކަ ހުއްޓާ ޔޫހާން އޭނަގެ ވާހަކަ މެދުކަނޑާލިއެވެ. ”ޔޫހާން… ޕްލީޒް… ޓްރަސްޓް މީ… އައި ޑޯން ނޯ… ނޭނގެ ކާކު ނެގި ފޮޓޯތަކެއް ކަމެއް… އެދުވަހު… އެދުވަހު ދިނާޖު… ގަދަކަމުން އޭނަ އަހަރެން ހިފެހެއްޓީ… ޔޫހާން… ގުޅީމަ އަހަރެން ޝައުމެނާއެކު ނުގޮސް މަޑުކޮށްލީ… އެގަޑީގަ ދިނާޖު އައީ… އޭނަ ގާތުން ސަލާމަތްވާން ވަރަަށް މަސައްކަތްކުރިން… އެކަމަކު… އޭނަ ބާރަށް ހިފަހައްޓާފަ ހުރީ… ޝައު… ޝައުމެން އަންނަންވާއިރަށް ދިނާޖު ގޮއްސި… ނޭނގެ މީހަކު… ފޮޓޯ ނެނގި ކަމެއްވެސް… އަހަރެން ހުރީ ޔޫހާން ގާތު އެ ވާހަކަ ބުނަން… އެކަމަކު… ” އައިލީން އެދުވަހުގެ ވާހަކަ ޔޫހާންއަށް ކިޔައިދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ރޮވޭވަރުން އައިލީންއަށް ވާހަކަ ދެއްކުނީވެސް ވަރަށް އުުނދަގުލުންނެވެ. މިފަހަރުވެސް އައިލީންގެ ވާހަކަ ހުއްޓުނީ ޔޫހާން ވާހަކަ ދެއްކުމުންނެވެ. ” ކޮން އިރަކުން… ކަމެއް ހިނގާތާ ތިން ހަތަރު ހަފްތާވާ ފަހުންތަ… ނޫނީ އެކަމެއް އަހަންނަށް އިނގުނީ މަތަ… އައިލީ ބުނެބަލަ… އައިލީ އެންމެ ފަހަރަކު ވެސް އެވާހަކަތައް ހިއްސާކުރަން އުޅުނިންތަ… ކިތައް ފަހަރު… ކިތައް ފަހަރު އެހިން އައިލީ ގާތު އެދުވަހު އާޓިފިޝަލް ބީޗްގަ ވީ ކީއްތޯ… ކިތައް ފަހަރު އެހިން… ކީކޭ އައިލީ ބުނީ… އެއްވެސް ކަމެއް ނުވެޔޭ… ބުނަން ބޭނުންނަމަ އޭރުވެސް ބުނަންވީއެއްނު… ކީއްވެ ނުބުނީ… އެރޭ… އެރޭ ދޮންބެ އޭ ގުޅީ ކިޔާފަވެސް އައިލީ ދޮގު ހެދީއެއްނު… ކީއްވެ އައިލީ… ކީއްވެ… އެރޭ ދޮންބެ ގުޅި އަހަންނަށް… ދޮންބެ ބުނި ހަތަރު ވަރަކަށް ދުވަސް ވެއްޖޭ އައިލީއަށް ގުޅާނުލާތާ… އައިލީ އަހަންނަށް ދޮގު ހަދަން ޖެހުނު ސަބަބެއް ނޭނގެ… ފުރަތަމަ މި ފޮޓޯތައް ފެނުނީމަ ގަބޫލެއް ނުކުރަން… އެކަމަކު ފަހުން ދޮންބެ އެހެން ބުނީމަ… ޝައްކު ކުރެވުން… މިއަދު އެ ފެނުނު މަންޒަރުން މި ހުރިހާ ކަންތައްތަކަކީވެސް ތެދެއްކަން އިނގިއްޖެ… ހައިރާންވި އައިލީ އެހެން މީހަކާއެކު އެގޮތަށް ރެސްޓޯރެންޓުން ފެނުނީމަ… ތި އަތުގަ އޭނަ ހިފަހައްޓާލިތަން ފެނި… ހާދަ ހާޓް ވިއޭ… އެންމެ ލޯބިވާ ފަރާތް އެހެން މީހަކާއެކު ވުމުން މިހިތަށް ތަދު ވެޔޭ އައިލީ… ކީއްވެތަ އެ ގޮތަށް ތި ކަންތައް ކުރީ އައިލީ… ” ޔޫހާން މި ހުރިހާ ދުވަހު އޭނަގެ ހިތުގައި ފޮރުވާފައިވި ޝަކުވާތައް އައިލީންގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ޔޫހާން ހުރީ ރުޅި އާއި އެއްވަރަށް ދެރަވެސް ވެފައެވެ. އޭނަ އައިލީންއަށް ހާދަ އިތުބާރެއް ކުރިއެވެ. ދުވަހަކުވެސް ކަމެއް ސިއްރު ނުކުރާނަން ކަމުގައިބުނެ އައިލީން ވީ ވަޢުދު އެ އުވާލީއެވެ. ޔޫހާން އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް އައިލީންއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެ ހުރިހާ އިރުވެސް އައިލީންއަށް އިސްޖަހައިގެން ރޯލަ ރޯލާ ހުރެވުނީއެވެ. ”ޔޫހާން… ޕްލީޒް… ޓްރަސްޓް މީ… ” ރޮވިފައިހުރެ އައިލީން ބުނެލިއެވެ. ” ކިހިނެއް… ކިހިނެއް އަހަރެން އައިލީއަށް ޓްރަސްޓު ކުރާނީ… އަހަރެންވެސް ބޭނުމޭ އައިލީއަށް ޓްރަސްޓު ކުރަން… އެކަމަކު އަހަރެންގެ ލޮލަށް ފެންނަ މަންޒަތުތަކުން… އައިލީ ކަންތައް ކުރާގޮތުން ޓްރަސްޓުކުރަން އުނދަގޫ… ކިހާ އިތުބާރެއް ކުރިން އައިލީއަށް… އެއްވެސް ކަމެއް ސިއްރުނުކުރާނެކަމަށް އައިލީ ވަޢުދެއް ނުވަންތަ… އެކަމަކު އައިލީ މިއަދު ކިތައް ކަންތައް އަހަންނާ ސިއްރުކޮށްފިން… ތަކުރާރުކޮށް އެހީމަވެސް ނުބުނި… ” ޔޫހާން އަސަރާއެކު ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ވާހަކަ ދެއްކި ގޮތުންވެސް ހިތަށް އަސަރުކޮށްފައިވި ވަރު ހާމަވެގެންދެއެވެ. ” ކާކު ގުޅީ އެރޭ… ދިނާޖު ދޯ… ” އައިލީން އާއި ކައިރިވެލަމުން ޔޫހާން އަހާާލިއެވެ. ” އައިލީ… އައިމް އާސްކިން ސަމްތިން… ” އައިލީންގެ ފަރާތުން ޖަވާބެއް ނުލިބުމުން ޔޫހާން ހަރުކަށިކަމާއެކު އަހާލިއެވެ. އެއާއެކު އައިލީންއަށް ބޮޑަށް ރޮވުނެވެ. އަދި ޔޫހާންއަށް ޖަވާބަށް ދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އައިލީން ރޮމުން ދިޔަ މަންޒަރު ފެނި ޔޫހާާންގެ ހިތަށް ދިޔައީ ފުން އަސަރުތައް ކުރުވަމުންނެވެ. އައިލީން ރޮމުން ދިޔަ މަންޒަރު ބަލަން ކެތްނުވުމުން ޔޫހާާންއަށް ބޭއިޚްތިޔާރުގައި ގޮސް އައިލީންގެ ހަށިގަނޑުގައި ބައްދާާލިއެވެ. ” އައިމް ސޮރީ އައިލީ… ” ޔޫހާން އެހުރި ގޮތަށް ހުރެ ދެ ލޯ މަރާލަމުން ބުނެލިއެވެ. އައިލީންވެސް ޔޫހާންގެ ގައިގައި ބާރަށް ބައްދާލިއެވެ. އޭރު އޭނައަށް ދިޔައީ ގިސްލެވެމުންނެވެ. ދެ ލޯ މަރާލުމާއެކު ދިނާޖު އާއެކު އައިލީންވީ ހުރިހާ މަންޒަރެއް އަނެއްކާވެސް ޔޫހާންއަށް ސިފަވެގެން ދިޔައެވެ. އެއާއެކު އައިލީންގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު ކާރުގައި އޭނަ އިންތިޒާރުގައި އިން ކަމުގައި ބުނެ އެތަނުން ދިޔައެވެ. އައިލީންއަށް އެއްވެސް ހަރަކާތެއްނެތި ހުރިތާާ ހުރެވުނީއެވެ. ދެންމެ ޔޫހާން އައިސް އޭނަގެ ގައިގައި ބައްދާލުމުން ހުރިހާ ކަމެއްވެސް ރަނގަޅުވީ ކަމުގައި އައިލީންއަށް ހީކުރެވުނެވެ. އެހެނަސް އޭނައަށް ހީވީ ރަނގަޅަކަށް ނޫނެވެ. އަދިވެސް ޔޫހާން އެ ހުރީ އޭނަދެކެ ހިތްހަމަނުޖެހިފައެވެ. އެހެން ނޫންނަމަ އެގޮތަށް އޭނަ ބަހައްޓާފައި ޔޫހާން ނުދާނެއެވެ. ލޮލުން އައިސްފައިވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އައިލީންވެސް ޓެރެސްއިން ފޭބުމަށް އަވަސްވެގަތެވެ.
ސިޓިންރޫމުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިި ޔައިޝް ހުރީ ޔޫހާން އާއި އައިލީންގެ ދެމެދު ކަންތައްތައް ވަމުންދާ ގޮތެއް ނޭނގޭތީ ހާސްވެފައެވެ. އެހެން ހިނގަ ހިނގާ ހުއްޓާ ޔޫހާން ޓެރެސްއިން ފައިބައިގެން އަންނަތަން ފެނުނެވެ. ޔައިޝް ދެފަހަރަކު ގޮވާލުމުންވެސް އަޅާނުލައި ޔޫހާން އެދިޔަ ގޮތަށް ދިޔައީއެވެ. ޔޫހާން ދިޔަ ދިމާލަށް ޔައިޝްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޔައިޝް އެހެން ހުރެ ފަހަތަށް އެނބުރުނުއިރު އައިލީންވެސް ސިޑިން ތިރިއަށް ފައިބަނީއެވެ. އައިލީންގެ ރަތްވެ ދުޅަވެފައިވި ދެ ލޯ ފެނުމުން ކަންތައްތައް ރަނގަޅު ނޫންކަން ޔައިޝްއަށް ނަގައިގަނެވުނެވެ. އިސްޖަހައިގެން ހުރެ އައިލީން ގޮސް ކާރަށް އެރިއެވެ. އެކުވެރިންގެ ގުޅުމަށް މި އައި ބަދަލުގެ ސަބަބުން ޔައިޝް ހުރީ ހަމަ ރަނގަޅަށްވެސް ކަންތައް ބޮޑުވެފައެވެ.
އައިލީން އައިސް ކާރަށް އެރުމާއެކު ޔޫހާން ކާރު ދުއްވާލިއެވެ. އައިލީން ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އިރުއިުކޮޅުން ޔޫހާންއަށްވެސް ބަލާލައެވެ. އެހެނަސް އެއިން އެއްވެސް ފަހަރަކު ޔޫހާން އައިލީންއަކަށް ބަލައެއް ނުލައެވެ. ” ޔޫހާން… ޔޫހާން ލިސެން ޓު މީ ޕްލީޒް… އައި ނޯ… ޔޫހާން ގާތު ކުރިން ނުބުނީމަ ހިތްހަމަނުޖެހިފަކަން ތި އިނީ… ޔޫހާން ތި ހީކުރާކަހަލަ ކަމެއް ނޫނޭ އެއީ… އަހަރެމެން ދެ މީހުން ދެމެދު ތިކަހަލަ ގުޅުމެއް ނޯވެޔޭ ޔޫހާން.. އަހަރެން ލޯބިވަނީ ހަމައެކަނި ޔޫހާންދެކެ… ޔޫހާންއަށް ހުރިހާ ވާހަކައެއްވެސް ކިޔައިދޭށޭ ހުރީ… އެކަމަކު… ” އައިލީންއަށް ކެތްނުވުނުން އެންމެ ފަހުން ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް މިފަހަރުވެސް ޔޫހާން އޭނަގެ ވާހަކަ މެދުކަނޑާލީއެވެ. ” ދެން ކީއްވެހޭ ހަފްތާއެއް ފާއިތުވެގެންދާއިރުވެސް އައިލީ ނުބުނީ…” ޔޫހާންގެ އަޑުގައި މިފަހަރުވެސް ހިތްހަމަ ނުޖެހުން އެކުލެވިފައިވެއެވެ. ” ޔޫހާން… ޕްލީޒް… ޓްރަސްޓް މީ… މީ ހަމައެކަނި ޔޫހާާންގެ އައިލީ އެކޭ… ދިނާޖު އާއި ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ… ޔޫހާން ގާތު ކުރިން… ” އައިލީން މިފަހަރުވެސް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ” އެ ފޮޓޯތަކުންނާއި ފެންނަ މަންޒަރުތަކުން ހިޔެއްނުވޭ އައިލީ އާއި ދިނާޖު އާއި ދެމެދު ގުޅުމެެއް ނޯވެ ދާނެހެނެއް… ” ޔޫހާން ރުޅި އައިސްފައި އިނދެ ބުނެލިއެވެ. ދިނާޖުގެ ނަން އިވުނަސް އޭނަގެ ލޭ ކެކިގެންދެއެވެ. ”ޔޫހާން… ލިސެން ޓު… ” އައިލީންގެ ވާހަކަ މިފަހަރު ހުއްޓުނީ ޔޫހާން ބާރަކަށް ކާރުގެ ހުންގާނުގައި ޖެހުމުންނެވެ. ” އައިލީ… ސޮޓޮޕް އިޓް… އައިމް ޑްރައިވިން… މިވަގުތު އަހަރެން މިހިރީ ވަރަށް ރުޅިއައިއްސަ… އިތުރަށް ތި ވާހަކަ ދައްކައިގެން އައިލީއަށް ހާޓް ވާނީ… ސޯ ޖަސްޓް ސޮޓޮޕް އިޓް… އައި ޑޯންޓް ވޯންޓް ޓު ޓޯކް އެބައުޓް އިޓް… ” ކާރު ހުއްޓާލަމުން ނުރުހުންތެރިކަމާއެކު ޔޫހާން ބުނެލިއެވެ. ޔޫހާން އެހެން ބުނުމުން އައިލީންއަކަށް އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެނެވެ. ކާރު ތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަމުގެ ތެރޭގައި އައިލީން ނޭފަތް އެތެރެއަށް ދަމާލާ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. ކާރުގެ ލޯގަނޑުން ބޭރު ބަލަހައްޓައިގެން އިންއިރު އިރުއިރުކޮޅުން އެ ބޮޑު ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލައެވެ. ކާރު ދުއްވަން އިން ޔޫހާންއަށް ވެސް އިރުއިރުކޮޅުން އައިލީންއަށް ބަލާލެވެއެވެ. އެހެނަސް އޭނަގެ ހިތުގެ ގޮވުމަށްވުރެ ސިކުނޑީގެ ގޮވުމަށް އިޖާބަދެވެނީ އައިސްފައިހުރި ރުޅީގެ ސަބަބުންނެވެ. ފެނުނު މަންޒަރުތަކުން ޔޫހާންގެ ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ގެއާއި ހަމައަށް ދެވެންދެންވެސް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ގެއާއި ހަމައަށް އާދެވުމުން އައިލީން ކާރުން ފޭބުމާއެކު ޔޫހާން ގެއަށް ދިޔުމަށް ކާރު ދުއްވާލިއެވެ. އެމަންޒަރު ފެނި މިފަހަރުވެސް އައިލީންގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލުމަށްފަހު ހަމަޖެހެން މަސައްކަތްކުރަމުން އައިލީން އޭނަ އުޅޭ އެޕާޓްމެންޓަށް ވަންނަން ހިނގައިގަތެވެ.
އުފާވެރި ވަގުތުކޮޅެއް އިފާންގެ އާއިލާއާއެކު ހޭދަކޮށްލުމަށްފަހު ގެއަށް ދިއުމަށް އިފާންއާއެކު ރިފްޝާ ގެއިން ނިކުތެވެ. ރިފްޝާގެ މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފެންނަމުން ދިޔައެވެ. ” ފާން… ތޭންކްސް އަ ލޮޓް… ވަރަށް ވަރަށް އުފާވެއްޖެ… ފާންގެ ފެމެލީ އެންމެންވެސް ވަރަށް ރަނގަޅު… ވަރަށް އުފާވެއްޖެ ފާންގެ ފެމެލީ އަހަރެމެން ދެ މީހުންގެ މި ގުޅުން ބަލައިގަތީމަ… ތެންކްޔޫ ސޯ މަޗް އެން ލަވް ޔޫ ސޯ މަޗް ފާން… ” ގެއިން ނިކުތުމަށްފަހު އެއްފަރާތުގައި ހައްދާފައިވި ބަގީޗާގެ ކައިރީގައި މަޑުކޮށްލުމަށްފަހު އިފާންގެ ގައިގައި ބައްދާލަމުން ރިފްޝާ ބުނެލިއެވެ. ” އަހަރެން ބުނީމެއްނު ރިފޫ ގާތު ކުރިންވެސް އަހަރެންގެ ފެމެލީ އަހަރެންގެ އުފަލަށް އަބަދުވެސް އިސްކަންދޭނޭ… ހުރިހާ ކަމަކަށް ވުރެވެސް މަންމަމެނަށް އަހަރެންގެ އުފާތައް މުހިއްމު ވާނެ… ދެން ރިފޫ ކަހަލަ ލޯބި ލޯބި ރަނގަޅު ކުއްޖަކު ލައިފް ޕާޓްނާއަކަށް ހަދަން ކާކު ގަބޫލުުނުވާނީ… ހެހެހެ… ތެންކްޔު ރިފޫ އަހަރެންގެ ލައިފްއަށް އައިސްދިނީތީ… ތެންކްޔޫ ސޯ މަޗް ފޯ މޭކިން މައި ލައިފް ސޯ ބިއުޓިފުލް… ލަވް ޔޫ މައި ގާލް… ލަވް ޔޫ ސޯ މަޗް… ” އިފާންވެސް ލޮއެބާއެކު ރިފްޝާގެ ތުނި ތުނި ހަށިގަނޑުގައި އޭނަގެ ދެއަތުން ވަށާލަމުން ބުނެލިއެވެ. އެއާއެކު ރިފްޝާ އިތުރަށް އިފާންގެ މޭގެތެރޭގައި ބޮނޑިވެލިއެެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު ދެމީހުންވެސް އެކަކު އަނެކަކާއި ދުރުވެލިއެވެ. އަދި ގެއަށް ދިއުމަށްޓަކައި ކާރާއި ދިމާލަށް މިސްރާބުޖެހިއެވެ.
އެނދުގައި ހާސްވެ ކަންބޮޑުވެފައި އިން ޝައުނާއަށް ކޮޅަށް ތެދުވެވުނީ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަން އައިލީން ފެނިފައެވެ. ”އައިލީ…” އައިލީންގެ ރަތްވެ ދުޅަވެފައިވި ދެ ލޯ ފެނި ޝައުނާއަށް މަޑުމަޑުން އައިލީންގެ ނަން ކިޔާލެވުނެވެ. އައިލީން ދުވެފައި އައިސް ޝައުނާގެ ގައިގައި ބައްދާލިއެވެ. އެއާއެކު އައިލީންގެ ބަޑި ފަޅާއިގެން ދިޔައެވެ. ޝައުނާގެ ދެ ލޯ ވެސް ވަގުތުން ފެންކަޅިވިއެވެ. އައިލީން ރޯނެ ވަރަކަށް ރޯން ފުރުސަތު ދީގެން އޭނަގެ ބޮލުގައި ފިރުމާލަ ފިރުމާލަ ޝައުނާ ހުއްޓެވެ. ” އައިލީ… ދެން ހުއްޓާލާ… ޕްލީޒް ހުއްޓާލާ… އައިލީ ލިސެން ޓު މީ… ޔައި އަހަންނަށް ކިޔައިދީފި ހުރިހާ އެއްޗެއްވެސް… ޔައިއަށް އަހަރެންވެސް ހަގީގަތް ކިޔައިދިނިން… ޔައި ވެސް ބުނި އޭނަ ގަބޫލެއް ނުކުރަމޭ އައިލީ ޔޫންއަށް ޗީޓް ކޮށްފާނެ ކަމަކަށް… ޔޫން މިގަނޑީގަ ރުޅި އައިއްސަ ހުރީމަ އޭ އެހެން އެ ކަންތައް ކުރީ… ޔައި ބުނި ޔޫން އާއްމުކޮށް ވަރަށް ކަންތައްތަކާ ރުޅި ނާންނަ ވާހަކަ… އެކަމަކު ރުޅި އަންނަ ކަހަލަ ކަމެއް ދިމާވެއްޖިއްޔާ ވަރަށް ރުޅިގަދަ ވާނެ ވާހަކަ… ސޯ އައިލީ… ގިވް ހިމް ސަމް ޓައިމް… ޔޫންގެ ރުޅި މަޑުވީމަ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން މަޑުކުރޭ… އައިލީ ދައްކާ ވާހަކަ ވެސް ޔޫން އަޑުއަހާނެ ރުޅި މަޑު ވީމަ… މިގަޑީގަ ރުޅި އައިއްސަ ހުރީމަ އަންޑަސްޓޭންޑެއް ނުވާނެ ޔޫންއަކަށް… ޔޫން ރުޅި މަޑުވީ ހަމަޖެހިގެން ވާހަކަ ދައްކާނީ އިނގޭ… ސޯ ނައު ޕްލީޒް ސޮޓޮޕް ކްރައިން އެން ބީ ސްޓްރޯންގް… ޔޫ ހޭވް ޓު ފޭސް ދިސް… އޯކޭ…” ޝައުނާ އައިލީން ގަޔާއި ދުުރުކޮށްލުމަށްފަހު އައިލީންގެ ލޮލުން އައިސްފައިވި ކަރުނަތައް ލޮއެބާއެކު ފޮހެދެމުން އައިލީންއަށް ހިތްވަރުދެމުން ދިޔައެވެ. ޝައުނާގެ ބަސްތަކުން އައިލީންއަށް ހިތްވަރު ލިބުނެވެ. ދިނާޖުގެ ސަބަނުން އޭނަގެ ލޯބި ބީވިއަކަ އޭނަ ނުދޭނެއެވެ. ލިބުނު ހިތްވަރުން އައިލީންގެ ހިތުގައި އާ އަޒުމެއް އުފެދިގެން ދިޔައެވެ. ” ތޭންކްސް ޝައު… ” ޝައުނާގެ އަތުގައި ހިފާލަމުން އައިލީން ޝުކުރު އަދާކުރިއެވެ. ބަދަލުގައި ޝައުނާ ބޯ ޖަހާލަމުން އައިލީންއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އައިލީން ފާޚާނާއަށް ފެންވަރާލަން ވަދުމުން ޝައުނާ ޔައިޝްގެ ނަމްބަރަށް ޑައިލްކޮށްލަމުން ބެލްކަންޏަށް ނިކުތެވެ.
ކާރު އައިސް މަޑުކޮށްލުމާއެކު ރިފްޝާ އިފާންއަށް ހިނިތުންވެލުމަށްފަހު ކާރުން ފޭބުމަށް އަވަސްވެގަތެވެ. ކާރު ފައިބަން އުޅުނު ރިފްޝާ ހުއްޓުނީ އިފާން އޭނަގެ އަތުގައި ހިފާލުމުންނެވެ. އިފާން އޭނަގެ އަތުގައި ހިފުމުން ރިފްޝާ އިފާންއަށް ނިއްއަރުވާލިއެވެ. ” ރިފޫ… މިހާރު އަހަރެންގެ ފެމެލީއަށް އަހަރެމެންގެ މި ގުޅުމުގެ ވާހކަ އިނގޭނެ… އެން ދޭ އޯލް އާ ހެޕީ ފޯ ދިސް… ދެން އޮތީ ރިފޫގެ ފެމެލީއަށް މިގުޅުމުގެ ވާހަކަ އެނގުން… އޭރުން ނޯ ޓެންޝަން… ” ރިފްޝާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ އިފާން ބުނެލިއެވެ. ” ރަނގަޅު ވަގުތެއް ލިބުމުން ވީހާވެސް އަވަހަކަށް މަންމަ އާ މި ވާހަކަ ދައްކާނަން… އޯކޭ… ” ހިނިތުންވެލަމުން ރިފްޝާ ބުނެލިއެވެ. އިފާން ރިފްޝާގެ އަތުގައި ވަރަށް ލޮއެބާއެކު ބޮސްދިނެވެ. ރިފްޝާ ކާރުން ފޭބުމުން އިފާން ގެއަށް ދިއުމަށް ކާރު ދުއްވާލިއެވެ. ތަންކޮޅަކަށް ދެވުނު ތަނާ ފޯނެއް އައުމުން ކާރު ހުއްޓާލުމަށްފަހު ފޯނަށް ޖަވާބުދިނެވެ. އިފާން ފޯނު ނެގުމާއެކު ޔައިޝް ވީ އެންމެ އަވަހަކަށް އެގެއަށް އައުމަށް އިފާން ގާތު އެދުނެވެ. އެއާއެކު އެންމެ ރަނގަޅު ކަމުގައި ބުނެ އިފާން އޭނަގެ މިސްރާބު ޔައިޝްގެ ގެއަށް ބަދަލުކޮށްލިއެވެ.
ރިފްޝާ ގެއަށް ވަދުމަށްފަހު އެންމެ ފުރަތަމަވެސް ވަދުނީ ކޮޓަރިއަށެވެ. ކޮޓަރީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެނަސް ފާޚާނާގައި މީހަކު އުޅޭ އަޑުއިވެއެވެ. ރިފްޝާ ކޮޓަރިން ނިކުމެ ގޭތެރެއިން އެކަކުވެސް ނުފެނުމުން ބެލްކަންޏަށް މިސްރާބުޖެހިއެވެ. ބެލްކަންޏަށް ދިޔައިރު އޭނަަށް ފުރަގަސްދީގެން ޝައުނާ ފޯނެއްގައި ހުއްޓެވެ. ޝައުނާގެ ފޯނު ކޯލު ނިމެންދެން ރިފްޝާ ފަހަތުގައި މަޑުކޮށްލިއެވެ. ” އައިލީ ހަމައަކަށް އެޅިއްޖެ… ހަމަ އައިމަ ވާހަކަ ދެއްކިން އެކަމާ ބެހޭގޮތުން… ” ޝައުނާ ފޯނުގައި ހުރެ ބުނެލިއެވެ. އޭރު ރިފްޝާ ހުރީ ވާނުވާގައެވެ. ދެތިން މިނިޓު ފަހުން ޝައުނާ ފޯނު ބޭއްވުމާއެކު ރިފްޝާ ގޮސް ޝައުނާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ” ކިހިނެއްވީ އައިލީއަށް… ” ޝައުނާގެ މޫނަށް ބަލައިލަމުން ރިފްޝާ އަހާލިއެވެ. އެއާއެކު ޝައުނާ ފަޒާގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލުމަށްފަހު އައިލީން އާއި ޔޫހާން އާއި ދެމެދު މައްސަލަޖެހިގެން އުޅޭ ވާހަކަ ބުނެ އެވާހަކަތައް ކިޔައިދިނެވެ. ” ހޫމް ދެން… އެވާހަކަ ބާއްވާފަ ބުނެބަލަ ފާންގެ ފެމެލީ ކިހިނެއް… ” ރިފްޝާގެ އަތުގައި ހިފާލަމުން ޝައުނާ އަހާލިއެވެ. އެއާއެކު ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން ރިފްޝާ އިފާންގެ އައިލާގެ އެންމެންވެސް އޭނަ އާއި އިފާންގެ ގުޅުމަށް މަރުހަބާ ކީކަމުގައި ބުނެލިއެވެ. އެދެ މީހުންގެ އެ ގުޅުމާމެދު އެމީހުން ރުހޭކަން ރިފްޝާ ބުނެލީ ވަރަށް އުފާވެފައި ހުރެއެވެ. ޝައުނާވެސް އޭނަ އެކަމާ ވަރަށް އުފާވާކަން ހާމަކޮށް ރިފްޝާގެ ގައިގައި ބައްދާލިއެވެ.
ގެއާއި ހަމައަށް އާދެވުމުން ޔޫހާން ގޭގެ އެއްފަރާތުގައި ހަދާފައިވި ގަރާޖަށް ކާރު ލުމަށް އަވަސްވެގަތެވެ. ގަރާޖަށް ކާރު ލައިފައި ބާރު ހިނގުމުގައި ޔޫހާން ގޭތެރެއަށް ވަދެގެން ދިޔައެވެ. ސިޓިން ރޫމުގައި އިން ޔުމާހް ދެތިން ފަހަރު ދޮންބޭ އޭ ކިޔައި ގޮވާވެސްލިއެވެ. އެހެނަސް ޖަވާބު ދިނުމެއްނެތި ޔޫހާން ސިޑިން މައްޗަށް އަރައިގެން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ޔޫހާން ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީންދެލިއެވެ. ބޮލުގައި ގަދައަށް ރިއްސަމުން ދިޔައީތީ ސޯފާގައި ލެނގިލުމަށްފަހު ދެ ލޯ މަރާލަމުން އަތުން ނިއްކުރީގައި ފިރުމާލިއެވެ. ”ވައި އައިލީ… ވައި… ” އެވަގުތު ޔޫހާންއަށް ބުނެލެވުނީ އެ ބަސްތަކެވެ. ” ސޮރީ… އައިމް ރިއަލީ ސޮރީ އައިލީ… ރިއަލީ ސޮރީ… ” ދެވަނަ ސިކުންތުގައި ހަމަ އެހެން އިނދެ ޔޫހާން ބުނެލިއެވެ. އައިލީން އާއި މެދު ކަންތައް ކުރެވުނު ގޮތުން އެ ހިތުގައި ރިއްސާލިއެވެ. އައިލީންގެ އެ ރީތި ބޮޑު ދެލޮލުން ކަރުނަތައް ފައިބަމުން ދިޔަ މަންޒަރު ސިފަވުމާއެކު ޔޫހާންއަށް ދެ ލޮލަށް ބާރުކޮށްލެވުނެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު ފެންވަރާ ތާޒާ ވެލުމަށް ޔޫހާން ސޯފާއިން ތެދުވިއެވެ.
” އަހަރެމެންގެ ޕްލޭން މިފަހަރުވެސް ކާމިޔާބު… ހަހަހަ… މަށަށް ހަމަ ޔަގީން މިފަހަރު ޔޫހާން އައިލީން އާ ދިމާލަށް އެއްޗެކޭ ނުބުނެއެއް ނުހުންނާނެ… ހަހަހަ… ” ނައުރީންގެ ގޭގެ ބެލްކަނީގައި ތިބެ ނައުރީން ދިނާޖު އާއި ވާހަކަ ދައްކަމުން ދިޔައެވެ. ” ކޮންމެ ގޮތެއް ހަދައިގެންވެސް އަހަރެން އައިލީން އާއި ޔޫހާން ދުރުކުރުވާނަން… އެން ޓު މޭކް ދެމް ސެޕެރޭޓް… އެގެއިން އައި ހޭވް އަ ނިއު ޕްލޭން… އެން ދެޓްސް ދަ ލާސްޓް ޕްލޭން… އެ ޕްލޭންއަށްފަހު ޔޫހާން އައިލީންގެ ސޫރަ ދެކެންވެސް ބޭނުންމެއް ނުވާނެ… ހަހަހަ… ” ދިނާޖުއަށް ބަލާލަމުން ނައުރީން އެހެން ބުނެލިއިރު އޭނަގެ ތުންފަތުގައިވަނީ މަކަރުވެރި ވިހަ ހިނިތުންވުމެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
53 Comments!
Comments are closed.








Salaam dear readers ❤️❤️❤️???… Here is the 32nd part ???… Hope all will like this part too ???… Thankyou all for the support ❤️❤️❤️????????????…
Yeyy.. me first.. adhi vhk nukiyan kiyaafa cmnt kohlaanan.. vrh salhi vaanekamah ummeedhu kuran ??
Congrats dear ???… Yahh… Waiting for your comment dear ???…
me first dhw……yeyy
oooppppsss……..me second
btw story is awsm…keep it up ifoo….but ailee ah dhera gothen nuhadhahchey…sooo sad for ailee n yoon…mmwwwaayy….wen next….waiting n avhah up koh dhechey..plz
Shau ❤️❤️❤️… Thankyou so much dear ???❤️❤️❤️??????… V v v ufaavehje story reethi v ma ???… Let’s see Ailee n yoon ah vaagotheh ???… Next part In Sha Allah Friday ga… Thankyou so much for the support dear ???❤️❤️❤️???…
oooppppsss……..me second
btw story is awsm…keep it up ifoo….but ailee ah dhera gothen nuhadhahchey…sooo sad for ailee n yoon…mmwwwaayy….wen next….waiting n avhah up koh dhechey..plz
vvv Reethi.Next part thankolhea avaha upkolhachey plx plx plx.Ailee n yoohan ah dearagotea nahadachey.Waiting for the Next part
Airah ❤️❤️❤️… Thankyou so much ???❤️❤️❤️???… I’m so happy to know that u like it ???… Let’s see what happens to Ailee n yoon ???… Next part In Sha Allah Friday ga… Thanks dear ❤️❤️❤️??????…
Alheyy
V dhuvas fahun dhw comment eh mi khlevuni☺️ Sorry for that inge ifoo? hama story is habeys?? thee hama world best author ❤️??? N yoohan and ailee dhuru nukurahche? eulhey dhinaaj mnge plan fail khlaa?? avahah aneh ep vs up khlaadhehche inge?
Love you ifoo ???????❤️❤️❤️❤️❤️???????????????????????☘️
Awwwwnn Grrl ???❤️❤️❤️???… I’m so happy to see ur comment after a long time ???❤️❤️❤️… Aslu vx v v v ufaavehje ehaa dhuvas fahunvx dear ge comment eh fenunyma ❤️❤️❤️??????… I missed ur colourful Comments ❤️❤️❤️???… Let’s see what happens to Ailee n yoon n dhinaaj n naureen ge plan ???… Btw dear comment v v v v v loabi ingey ???❤️❤️❤️… It’s so colourful ❤️❤️❤️??????… I love it ❤️❤️❤️??????… Next part In Sha Allah Friday ga… Keep waiting dear ???… Love you too Grrl ???❤️❤️❤️???????????????…
v v v v reethi
Anonymous ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… I’m so happy ???…
v v v v salhi
Shahi ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… I’m so happy ???…
Alhey dhn yoon ves dhw…???ailee ah ehn hadhan veytha????bt ifoo u r the best…haadha ryhchey vaahaka liyaaleh..???aaluves Mal ves vee kanneyge ifoo kairin tuition nagan..???dhn friday ga dhw…wait kuraany dhw dhn…??dhn avahah dhinaj men bust kohla..??v v nice and awesome mi part ves?hurihaa part ehves v awesome..???keep up…??❤?????
Mal ❤️❤️❤️??????… Thankyou so much dear for the colourful Comment ???❤️❤️❤️?????????… V v v ufaavehje hama asluvx ❤️❤️❤️???… Best ey bunelyma v v v ufaavehje ???❤️❤️❤️… Heheh… Tiution dhw… Mal vx try kohlabaa story eh liyan… Eyrun u can do it ???… Thankyou so much dear ❤️❤️❤️??????… I love ur comments dear ❤️❤️❤️????????????… Yahh… Next part In Sha Allah Friday ga… Keep waiting dear ???…
Story is so nice ??
Next part when ??
Nish ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… Next part In Sha Allah Friday ga… ???…
Story vvv nice ❤❤❤ love it????❤alhey Naureen men haadha goahey..??hope v avahah emyhun bust vaane kamah..☺story hama obiness to the max???keep it up ifoo???☺❤❤??
Shaa ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Haadha loabi colourful comment ekey ❤️❤️❤️???… I love it ❤️❤️❤️???… Let’s see what happens next ???… Once again thankyou so much dear ❤️❤️❤️??????…
Ifoo Thursday ga up kohladeeba.hama kiyaalahithun.mi story haada reechey.
Airah ❤️❤️❤️… Ifoo ah liyenimihjihyaa Thursday ga vx genesdheynan In Sha Allah ???… I will try my best bt I’m not sure Thursday ga up kohdheveyne kameh… Thankyou so much dear ❤️❤️❤️??????… V v v ufaavehje ifoo ge story ehaa kiyaahihvaakan ingunyma ???❤️❤️❤️…
Ifoo dear varah varah varah nice n awesome mi partvx ❤?❤?❤? n v touching also ???? vvvvvv dheravehje ailee men ge life ah midhimaavigothun ??????? hama rangalhahvx rovihje dear ehaavx touching… Ifoo dhooni ???? alhey haadha molhey dhw ?????? ur one of the best writer for me dear ????? I really love it ???? n thankx mihaa nice story eh genasdheythyve.. Yes ingey ifoo naju also loves ahaan n pankti vvvvv loabi couples eh dhw ???? lysm dear ???? n waiting 4 next dear.. ????
Naju ❤️❤️❤️… I just love your long colourful Comments ❤️❤️❤️?????????????… Thankyou so much dear ❤️❤️❤️????????????… Naju ah story ehaa kamudhiyaima ifoo v v v v ufaavehje hama asluvx ???❤️❤️❤️??????… Rovihje kamah vanyaa ifoo beynun vaavarah feelings deliver kohdhevihje kamah mi balany ???… Aslu vx ahaankti couple is the best hama ❤️❤️❤️… I just love that couple ❤️❤️❤️??????… Once again thankyou so much Naju ❤️❤️❤️?????????… Much more loves from me ❤️❤️❤️????????????… U are one of the best reader ❤️❤️❤️????????????…
Maasha ahlla….varah varah reethi….. waiting….
Xuam ❤️❤️❤️… Thankyou so much ❤️❤️❤️?????????… It really means a lot ❤️❤️❤️???… Next part Friday ga… Keep waiting dear ???❤️❤️❤️…
Masha allah v furihama.
Yoohan brw ailee ah ehen hadhaakah nuvaane dhw.ailee vex brw naureen aa eku hutta vec qabool eh nukuri ehnu dhw.haha.
When next part ifoo.
Waiting 4 nw part.
-salaam-?????
ST Man ❤️❤️❤️… Thankyou so much ❤️❤️❤️?????????… V v v ufaavehje ???… Yahh… Yoon aslu ehen ailee ah hadhaakah nuvaane thaa dhw ailee vx negative kosheh nunegi naureen aa eku yoohaan fenunyma eh… Dhw… Heheh ???… Next part In Sha Allah Friday ga ???… Salaam ST Man ???…
Wowww…. hama speechles???? keep up the hard work buddy
Awwwwnn ❤️❤️❤️???… Thankyou so much Maii dear ❤️❤️❤️????????????… It means a lot for me ???…
Salaam Ifoo dear?????? How’s you???☺️☺️☺️☺️☺️ This story is just Perfect????? Maasha Allah???? You are so talented?❣️❣️❣️❣️❣️ Btw this is my first comment for this story ?????? Story mihaaru dhaa goi reethi kamun hama comment eh kollaa hiyy vee?????❤️❤️?? Ailee and yoohaan dhuru nukurahche☹️☹️☹️☹️☹️ Hope yoohaan ah understand vaane kamah?????? Avahah Naureen and Dhinaaj bust kollaba?????? Anyways Story is hama awesome❣️❣️❣️❣️❣️❣️????? Can’t wait for friday????? All the very best dear✨?❣️❤️❤️❤️
Keep going girl❤️❤️❤️?????
Love you ? ❤️❤️????❣️???????
Maahy ❤️❤️❤️❤️❤️… Salaam dear ???… I’m just speechless ???… Neynge bunaane ehcheh vx ??????…
Mi loabi loabi long comment fenifa I m speechless dear ???❤️❤️❤️… Thankyou soooooo much Maahy ❤️❤️❤️???????????????… This comment is so colourful ??????❤️❤️❤️???… This is one of the best comment that I got ???❤️❤️❤️??????… Ifoo Maa Sha Allah varah ragalhu ???… Hws u dear??? ???… V v v v v v ufaavehje mihaa loabi colourful comment eh kohlyma ❤️❤️❤️?????????… I’m so happy to know that u like it ❤️❤️❤️??????… It means a lot ❤️❤️❤️??????… Let’s see Ailee n yoohaan ah vaagotheh plus dhinaaj n naureen ah vx ???… Mikahala comment thakun v v hihvaru libey kuriah dhaan ???❤️❤️❤️???… Keep waiting dear… Once again thankyou soooo much for the lovely comment ❤️❤️❤️???????????????… Love you more Maahy ❤️❤️❤️????????????… Hope to see ur comment more often ❤️❤️❤️????????????…
This story is the best story i ever read
Rifoo ❤️❤️❤️???… Thankyou so much dear ❤️❤️❤️???????????????… Best story ey bunelyma v v v v ufaavehje ??????❤️❤️❤️… It really means a lot for me ❤️❤️❤️????????????… Kuriah huri part thahvx kiyaa comment kohlaane kamah ummeedhukuran ???❤️❤️❤️… Once again thankyou dear ❤️❤️❤️?????????…
Ifoo ❤? Hows you ? ?? Story is amazing hama.. Bunaane ehcheh ves neynge eggothakah ves ?❤❤ you are just too good in get ?? mihaaru emme interesting bai thah kuriyah dhaathy dhen vaane goi balaalan hama keh madhu vefa mi innany ??? ekam naureen ves dho.. Anekka aa plan eh hifain aissi ey ?? yoon ves dhen ehaa faseyhain trust nukoh dhookollaakah nuvaane nun ?? always wait kureveny mihaaru mi 3 days ah.. ??❤? Lots of love ?❤?????
Livy ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… I was waiting for your comment ???… V v v ufaavehje ehaa kiyaalaahithun ifoo ge story kiyaalaathy ??????❤️❤️❤️… Feshuneehsurevx livy ifoo ah thidhey support ah v v v bodah thanks ❤️❤️❤️?????????… Lots of love livy ❤️❤️❤️???????????????…
Ifoo dhooni plx plx miadu up kolhachey .
Sorry Airah lasvyma
dear readers… Im really sorry… I dont think today I can upload a new part cause I m super bxy… v muhimu kameh jehigen miulheny… so… once again sorry dear readers… In Sha Allah maadhamaa new long parteh genesdheynan… hope all will forgive me n will wait for my story
? maadama tankolhe avaha upkolhachey deae.
Now submit kohlaifinn…
Oooh ifoo its okay..??i understand.. ?ekam plx maadhama ge part v dhigukoh genesdhehchey.. ??plx plx…????? v v wait kurvijje..mi stry hama rythi kamun kiyaahiyy vany…ly ifoo..???❤???????????keep going girl…
Dear I’m really very sorry… Mi part v kurukoh submit kohdhevuny… Next part dhigukoh genesdheynan In Sha Allah… N thankyou so much for understanding dear ???❤️❤️❤️??????… Love you too Mal ❤️❤️❤️?????????…
koba miadhu kiyaalan libey varu vaaneatha???
Now submit kohlaifinn dear
That’s not me ingey ifoo..??u know Mal ehaa rude kosheh ifoo akaa talk eh nukuraanekan..?????????????so meege fahun i will change my name to Mal okay…when u will upload thr stry,.. Mihaaru ves kiyaahithun miulhenyy;.????????ly
Ohh yahh… Ifoo ah heeviyey Mal noon henn… Mal abadhuvx v loabi colourful koh comment kurany n talk kuraneevx v reethi koh…. Ok dear… Thanks bunela dhinyma ??????❤️❤️❤️… Now submit kohlaifinn ???… Much loves from me ❤️❤️❤️?????????…
Kobaa adhivess upload ehh nuveyy
yahh… soo sad ???… yesterday afternoon ga submit kohfin bt still not published… reyga admin ah msg vx kurin story upload vun lasvasthy…
Dear kobaa tha stry??? Adhivea upload eh nuvey.???????srry ingey ifoo abadhu mihen kiyeythy..?????????????but hama kiyaahithun nuhurevigen ahenyy ingey dear..????☺??????☺☺☺❤???and mihaaru myny name change ves kohlaafa Mal ah…
Mal❤❤❤… still not uploaded dhw ???… ifoo reygavx admin ah msg kurin story upload vunn lasvaathy… yesterday afternoonga submit kohfin… its ok Mal???… I can understand ???❤❤❤… v v v ufaavehje story ehaa kiyaahihvaakan ingunyma n ehaa loabi colourful commenteh kohleema ??????❤❤❤… thankyou so much dear ❤❤❤????????????… n nice name ingey Mal ❤❤❤…
❤❤❤❤❤❤❤