ކުއްލިއަކަށް އެކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ތެޅިލިއަޑަށް ސިހިފައި ތިންމީހުންނަށް އަލިކޮށްލެވުނީ އެދިމާލަށެވެ. އެއާއިއެކު މަޑުމަޑުން ތިންމީހުންވެސް އެދިމާލަށް ޖެހެން ފަށައިފީމެވެ. އެފޮތިގަނޑާއި ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އެފޮތިގަނޑުގެ ބިއްދަށުގައި ވަނީ ކޮން އެއްޗެއްނަމެއް ނޭނގި ހިތުގައި އުފެދެމުން ދިޔަ ވަސްވާސްތަކާއެކު މޫނުމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. އެހިސާބަށް ދެވުމާއިއެކު ތިންމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެއަށްފަހު އަޔާން ކުއްލިއަކަށް އެފޮތިގަނޑު ކަހާލި އަޑު ހަމަހިމޭންކަން ނަގާލައިފިއެވެ. އެތާކު އެއްވެސް އެއްޗެއް ނެތެވެ. އެއަށްފަހު ދެންވެސް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. ކުއްލިއަކަށް ކްލޯސެޓްތެރެއިން ބިރުވެރި އަޑުފައްގަނޑަކާއިއެކު ހުދުކުލައިގެ ބޮޑުއެއްޗެއް އަހަރުމެންނާއިދިމާލަށް އަންނަން ފަށައިފިއެވެ. އެއަކު އަތެއް ފައެއް ނެތެވެ. ހިތް މޭފަޅާލާފައި ނުނިކުތީ ކިރިޔާއެވެ. ސިހިފައި ތިންމީހުންނަށް ހަޅޭ ލަވައިގަނެވުނެވެ.
އެއާއިއެކު ކަރަންޓް އައިސް މުޅި ގޭތެރެއަށް އަލިވެއްޖެއެވެ.
ރިޔާ ސިޓިންރޫމްގައި ހުރި ބްރޭކަރ ނަގައިފައި ހެމުން ހުރެ އަންނަނީއެވެ. އޭރު ކޮޓަރި ތެރޭގައި ހުދު ބެޑްޝީޓެއްގެ ދަށަށްވަދެގެން ހުރި ރަނާވެސް ބިންމަތީ އޮވެ ބަނޑުގައި އަތްއަޅައިގެން ފެތުރި ފެތުރިފައި ހެނީއެވެ. އަހަރުމެން ބިރުގަންނަވާލެވުނީމައެވެ.
“ހާ.. . ހް. . ދެޓްސް ނޮޓް ފަނީ ޑެމިޓް. . ކިރިޔާއޭ ހާޓަޓޭކެއް ނުޖެހުނީ. . ” މާނޭވާ ލަމުން އަޔާން އެހެން ބުނިއިރުގައި އަހަރުމެން ތިންމީހުންގެ ހާލަކީވެސް އެއެވެ. ބިރުކުޑަ ބައެކޭ ހިތަށް އެރިއެވެ.
“ހަހަހަ. . ” އަހަރުމެންނާއި ދިމާލަށް އިނގިލި ދިއްކޮށްކޮށްފައި ހެމުން ރިޔާ ކޮޓަރިއަށް ވަނެވެ.
“ދޮންތަ ކުރިކަމަކުން މަވެސް ކިރިޔާ ބިރުން ހަލާމު ނުވީ. . މަށަށް މިޖެހުނީ އަލަމާރިތެރޭ އޮންނަން. . އަލަމާރިތެރެއިން އެއްޗެއް މަގޭ ގައިގަ ހިފާފާނެޔޭ ހިތާ މަ އޮތީ ބިރުން ވިރި ވިރި. . ” ހީނ ހީނފައި ރަނާ އެހެން ބުނިއިރު ރަނާވެސް ބިރު ގަނެފައި ހުރިކަން އެނގެއެވެ. އަހަރެން އަވަހަށް ބެލީ ކޮޓަރިން ނިކުމެވޭތޯ އެވެ. ޒާނީޝް ދުވެފައި އައިސް ރިޔާ ކޮނޑަށް ލައިގެން ގޮސް އަހަރުމެންގެ ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ. އަހަރެން ސިޓިން ރޫމަށް ނިކުތުމައެކު އަޔާން އެކޮޓަރީ ދޮރު ލައްޕައިފިއެވެ. އޭރު ރިޔާއާއި ރަނާގެ ތޫލި އަޑު އިވިއިވި ހުއްޓެވެ. އަހަރެންނަށް ވާނުވާ ނޭނގިހުރެ ގޮސް ސިޓިން ރޫމްގެ ސޯފާގައި ޖައްސާލީމެވެ. އިރު ކޮޅަކުން އަޑު ކެނޑިއްޖެއެވެ. ފަޒާގައި މަސްތީ ކަމެއް އެކުލެވިއްޖެއެވެ. ދެކޮޓަރިން ބަންޑުން ވަމުންދާ ލޯބީގެ އިޙްސާސްތައް އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ. އަހަރެންގެ ހިތުގެ ލޮލަށް ސިފަކުރެވުނީ ޝާޔާގެ ލޯބިވެތި މޫނެވެ. ޝާޔާއާއި އެކީގައި ވުމަށް ހިތް އެދެވުނެވެ. ޝާޔާއާއި އެކީގައި ލޯބީގެ ގުލްޝަނުގައި މާމެލާ މެއްޔާއި ބަޅިނދާއި ކޮކާތަކުގެ ތެރޭގައި ހުރެވުނު މަންޒަރު އަހަރެންގެ ހިތުގެ ތެރޭގައި ސިފަވެގެން ދިޔައެވެ. އިވެމުން ދިޔައީ ހިތުގެ އަޑެވެ.
“ފުރާނަ ގަންދީ ހިތްދޭން އެދޭތީ. .
ނުލާހިކު މަގޭ މިއަދު ހިތް އެބަ ތެޅޭ. .
މަގޭ ލޯ އެދޭ މޫނަކީ ތިއީ
ހިތުން ހާމަކޮށް ވަޢުދުވާން ބޭނުމޭ. .
ނިންޖާ އަރާމާ މައެދޭ ތިޔައީ ދެކޭ ހުވަފެނަކީ. .
ނިންޖާ އަރާމާ މައެދޭ ތިއައީ ދެކޭ ހުވަފެނަކީ. .
ދުލުން ވަޢުދު މިވަނީ މިރޭ ވެސް
ކަލާ ހިތުގެ ހަނދުހެން އަރާނަމަ މިރޭ. .
މިބިމުގާ މިތަނުގާ ކަލާޔާ
އެކީ އުފަލުގާ ދޭނަމޭ ހިތް ހިލޭ. .
ހުވާ ކޮށްފަ ބުނަމޭ އިނގޭ. . ކަލާ ޔަށްޓަކާ..
ހުވާ ކޮށްފަ ބުނަމޭ އިނގޭ. . ކަލާ ޔަށްޓަކާ. .
މަގޭ ދިރިހުރުން ތީ. . އެދޭ ދިރި އުޅުން ތީ
ނިންޖާ އަރާމާ މައެދޭ ތިޔައީ ދެކޭ ހުވަފެނަކީ. .
ނިންޖާ އަރާމާ މައެދޭ ތިއައީ ދެކޭ ހުވަފެނަކީ. .
އަހަރެންގެ ޚިޔާލީ ދުނިޔެއިން ނެރެ އެއްލާލީ ގޭގެ ބޮޑު ދޮރު ހުޅުވުނު އަޑަށެވެ. އައިޝާ ދައްތައާއި މުޙައްމަދުބެ ފެނުމާއިއެކު އަހަރެންގެ ހުރިހާ ލޯލިތައް ކޮޅައްޖެހިއްޖެއެވެ. އެސްފިޔައެއް ޖަހާލާ ހިނދުކޮޅުގެ ތެރޭ އަހަރެންގޮސް ކޮޓަރީގެ ދޮރުގައި ޖަހާލީމެވެ.
“މުޙައްމަދުބެ!!” ބުނެފައި އަހަރެން ދުވެފައި ސޯފާއަށް އައިއިރު ފަހަތުން އަޔާން ނިކުމެގެން ތުންފަތް އަތުގެ ނުފުށުން ފުހެމުން ދުވެފައި އައިސް ސޯފާގައި ޖައްސާލިއެވެ. ހިތް ތެޅެމުން ދިޔަ ބާރުކަމުން އަޔާންގެ ދޮން މޫނު ރަތްވެފައި ވެއެވެ. އޭރުވެސް ރިޔާ އާއި ޒާނިޝް އަށް ހިލަންވެސް ނުވެއެވެ.
“މިހާރު ހުރިހާ ކަމެއްވެސް ތައްޔާރު ވެއްޖެ. . މިރޭ އޮތީ އަނަހެންވެރިންގެ ރޮށިފިހުން. . އަދި ފިހާރަތަކަށް ގޮސް ކެއްކުމަށް ބޭނުންވާ ސާމަނުތައް ގަނެލަން ޖެހޭ. . އައިޝާ އެބައޮތް ލިސްޓެއްވެސް ދީފަ. . ދާންވާނެ މިރޭ ފިހާރަތަކަށް ޖައްސާލަން. . ” މުޙައްމަދުބެ ކުރިމަތީ ހުރި ސޯފާގައި ޖައްސާލަމުން ވާހަކަދެއްކިއެވެ. މުޙައްމަދުބެގެ އަޑު އިވިގެން ކަންނޭނގެއެވެ. އަހަރުމެން ކޮޓަރިތެރެއިން އަޑުތަކެއް އިވިފައި ހިމޭން ވެއްޖެއެވެ. ހީވީ މީހަކު އެނދުން ވެއްޓުނު އަޑު ހެންނެވެ. ދޮރެއް ލެއްޕި އަޑުވެސް އިވިއްޖެއެވެ. އެއާއިއެކު މުޙައްމަދުބެގެ މޫނަށް ގޮތެއްވިއެވެ.
“ކޮޓަރީގަ ކޮންބައެއް. . ؟” ކޮޓަރިއަށް އަތް ދިއްކޮށްފައި މުޙައްމަދުބެކުރި ސުވާލާއިއެކު އަހަރުމެން އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
“ޒާނިޝް. . ” އަހަރެން ވަރަށް ހަމަޖެހޭކަން ދައްކާލަމުން ބުނެލީމެވެ. އޭރު އަޔާން ހުރީ ރަނގަޅަށް ހަމައަކަށް ނޭޅިއެވެ.
“ކީއްކުރަނީ ކޮޓަރި ތެރޭގަ އެހާ އަޑުގަދަ ކޮށްލައިގެން. . ؟” މުޙައްމަދުބެ އެހެން ބުނެފައި ކޮޓަރިއާއި ދިމާލަށް ހިނގައި ގަތުމުން އަހަރުމެންގެ މޫނު ހުދުވެގެން ދިޔައެވެ. ގުޑި ނުލެވިގެން އުޅެނިކޮށް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އޭރު ޒާނިޝް އެނދު ކައިރީ ކޮޅަށް ހުއްޓެވެ. މުޙައްމަދުބެ ފެނުމުން ހަމަޖެހިލާ ގޮތް ދައްކާލާ ހިނިތުން ވެލީ ގަދަކަމުންނެވެ. އެވަގުތު ބޮކި ދިއްލާފައި ހުރި ފާހާނައިގެ ދޮރުދަށުން ހިޔަންޏެއް ވެލިހެން ހީވިއެވެ.
“ފާހާނައިގަ މީހަކު އުޅެނީތަ. . ” މުޙައްމަދުބެ އެހެން ބުނުމުން ސޯފާގައި ތިބި އަހަރެމެން ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ތެދުވެގެން ގޮސް މުހައްދަބެ ކައިރިއަށް ހުއްޓިލެވުނެވެ. އޭރު ދެފަރާތަށް ބޯ ހޫރާލާފައި ފާހާނައާއި ދިމާލަށް ޒާނިޝް ދިޔައެވެ. އޭރު ޒާނިޝްގެ މޫނުމަތި ވަނީ ރަތްވެފައެވެ. ހީވަނީ ދެންމެ ދންމެ ޒާނިޝްގެ ހިތް ހުއްޓިދާނެހެން ނެވެ. ޒާނިޝް މަޑުމަޑު ފާހާނައިގެ ދޮރު ހުޅުވާލާފައި ދެކޮޅު ބަލާލާފައި ދޮރު ލައްޕާލައިފިއެވެ.
“ނޫޅެ މީހެއް. . ” ޒާނިޝް ހެދީ ދޮގުކަން މޫނު މަތީގައި ލިޔެވިފައި ހުރިހެން ހީވެއެވެ. އެހާވެސް ސާފެވެ.
“އެހެންވީރު ބޮކިނިވާ ލާފައި ބަހައްޓާ. . ” މުޙައްމަދުބެ އެހެން ބުނުމުން އަވަހަށް ބޮކި ނިވާލާފައި ޒާނިޝް ކޮޓަރިން ނިކުންނަން އައެވެ. އަހަރުމެންގެ ހިތަށްވެސް ފިނި ކަމެއް ލިބުނެވެ. ތިން މީހުން ސޯފާގައި އިށީން ވަގުތު އައިޝާދައްތަމެންގެ ކޮޓަރީން ރަނާ ނިކުތެވެ.
“ކޮބާ ދައްތަ. . ” މުޙައްމަދުބެގެ ސުވާލުން ބުނާނެ އެއްޗެއް ނޭނގިގެން އަހަރުމެންނާއި ދިމާލަށް ބަލައިލިއެވެ. އަހަރެން ލޮލުން ރަނާމެންގެ ކޮޓަރި ދައްކާލީމެވެ.
“ދައްތަ ވީ ކޮޓަރީގަ. . ފާހާނައިގަ އުޅޭ މި އައިއިރުގަ. . ” ރަނާގެ ޖުމްލައާއިއެކު މުހައްމަދުބެ ހަމަޖެހިއްޖެއެވެ.
“އެހެންތަ ރަނާވެސް ދޭ ދައްތަ ގޮވައިގެން ބަދިގެ ފަރާތަށް މަންމައާއި އެއްކޮށް ކާންހަދަން އެހީވެދީ ހަދަން. .” މުޙައްމަދުބެ އެހެން ބުނުމުން ރަނާ ގޮސް ކޮޓަރިއަށް ވަނެވެ. އެކޮޓަރި ހުންނަނީ ބަދިގެއާއި ޖެހިގެނެވެ. ކޮޓަރިއަށް ވަދެ ރިޔާ ނޫޅޭކަން އެނގުމުން ބޯދިއްކޮށް އަހަރުމެން ކައިރީ ރިޔާ ވީތަނެއް އަހައިލިއެވެ. އަހަރުމެންވެސް ބޮލުގެ އިޝާރާތުން އަހަރުމެންގެ ކޮޓަރީގައި ހުރިކަން އަންގާލީމެވެ.
“ބައްޕާ. . މަންމަ އެބަ ގޮވާހެން ހީވަނީ. . ” ރަނާ މުޙައްމަދުބެ އަށް ގޮވައިލިއެވެ. އޭރު ރަނާ ވެސް ހުރީ ޖެހިލުން ވެފައިކަން އެނގެއެވެ. އެއާއިއެކު މުޙައްމަދުބެ ބަދިގެއަށް ދިޔައެވެ. ވަގުތުގެ ބޭނުން ހިފާފައި ރިޔާ ދުވެފައި ނިކުމެގެން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ.
“ނުގޮވަން މަށެއް. . މުޙައްމަދު. . އަހަރެން މިހިތަށް އަރަނީ މިކަހަލަ ވަރުގަދަ ދަތުރެއް ރާވާއިރު ޝާއިޤާ މެންވެސް ތިބިނަމައޭ. . ބުނި ވަރަށް އަވަހަށް އަންނާނަމޭ. . އެކެމަކު ޝާއިޤާގެ އެއްވެސް ޔަގީންކަމެއް ނެތް. . އަޔާން ގެ މަންމަވެސް އަންނާނަމޭ ބުނި. . ދެން އެމީހުން ބައިތިއްބަން ތަނެއް ހޯދަންވީއޭ މި ހިތަށް އަރަނީ. . ” އައިޝާދައްތަ މުޙައްމަދުބެ އާއި ވާހަކަ އަޅުވާލައިފިއެވެ. އެވަގުތު ރަނާ އާއި ރިޔާވެސް ބަދިގެއަށް ވަދެއްޖެއެވެ. އަހަރުމެން ތިންމީހުން އަތް ޖަހައިލީ އެވަރުގެ މިޝަންއެއް ކާމިޔާބު ވުމުން އުފަލުން ގޮހެވެ.
“އެކަމާ ހާސް ވާކަށް ނުޖެހޭނެއެއްނު. . ރަނާ މެން ދެކުދިން އަހަރުމެން އުޅޭ ކޮޓަރިއަށް ބަދަލުކޮށްލީމަ އެއް ޢާއިލާއަށް އެކޮޓަރީގަވެސް ތިބެވޭނެ. . ދެން ފެންޑާއިން ވަދެވޭ ގޮތަށް އެހެރި ގެސްޓްރޫމް ވެސް މިހާރު އެހެރީ ހުސްކޮށެއްނު. . ” މުޙައްމަދުބެ ނިންމާފައި އޮތް ގޮތް ކިޔައިދިނެވެ،
“އައި ނިޔަރލީ ގޮޓް އަ ހާރޓްއެޓޭކް. . އަހަރެންނަށް ޚަބަރެއްވެސް ކޮށްނުލާ. . ” ޒާނިޝް ކުޝަންއެއް ނަގާ އަހަރުމެން ދެމީހުން ގާގައި ބޮނޑިއެއް އަޅާލިއެވެ. އަޔާން އާއި އަހަރެންނަށް ހީނގަނެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އެކިކަހަލަ މަޖާ އަނގަ ތެޅުމުގައި ތިއްބާ ކާން ގޮވައިފިއެވެ. އެންމެން ކާމޭޒުދޮށުގައި ތިބިއިރު މިރޭ ހިނގި ކަންތައްތައް ހިތަށް އަރާ ރިޔާއާއި ރަނާ ވެސް ތިބެނީ ހިނިއައިސްފައި ކަން އެނގެއެވެ. ކުއްލިއަކަށް އަހަރެން ހަނދާން ވީ ޝާޔާމެން ދަތުރު ގެންދާ ވާހަކަ ބުނާށެވެ.
“ދައްތާ. . ބަކުރުބެ މެން ގޭ ޝައިޙާ ވެސް މިއަދު އައިސްފި. . އެގެޔަށް ހަވީރު ސައިބޯން ދިޔައިރު ދިމާވި. . އަހަރުމެން ދަތުރު ދާވާހަކަ ބުނީމަ ތިބީ ވަރަށް ދާހިތުން. . ” އަހަރެންގެ ވާހަކަ ނުނިމެނިސް ރަނާ ބުނެލިއެވެ.
“އަސްލުވެސްތަ. . ޝައިހާ ގެންދަންވާނެ އެހެންވީއިރު. . ”
“އާނ އެއީ ރަނާއާއި އެއް ކުލާހެއްގަ ކިޔެވި ކުއްޖެއް ދޯ. . ” އައިޝާ ދައްތަ ތައްޓަށް ރިހަ އަޅަމުން ބުނެލިއެވެ.
“ބުނޭ ހެނނދުނު އަންނާށޭ ފުރާގަޑިއަށް” މުޙައްމަދުބެ ވެސް އެއްބަސް ވިއެވެ.
“އާނ އަހަރުމެންވެސް ބުނިން ހެނދުނު ފުރާ ގަޑިއަށް ތައްޔާރުވާށޭ. . ” އަހަރެން އިތުރު ކޮށްލީމެވެ. ކެއުން ކުރިޔަށް ދިޔައެވެ. ކުއްލިއަކަށް އަހަރެންނަށް ހަނދާންވީ އައިޝާދައްތަމެން ކޮޓަރިން ފެނުނު ކުޑަދޮރުގެ މަތިންނެވެ. ގެ ހުންނަ ގޮތުން އެ ތާނގައި ކުޑަދޮރެއް ލެވޭ ގޮތަކަށް ނުހުންނާނެއެވެ. ގޭގެ ބިއްދަށުގައި ޖެހިގެން ހުރީ އެހެން ގެއެކެވެ.
“އައިޝާ ދައްތަމެން ކޮޓަރީ ކުޑަދޮރު ލާފައި ހުރީ ކޮން ދިމާލަކަށް ތަ. . ؟ ” އަހަރެންނަށް ޚިޔާލެއްނެތި އަހާލެވުނެވެ.
“އާނ. . އެއީ ގޭ ބިއްދަށްފަރާތުގަ ގޯތީ ތެރޭގަ ގަސް އިންދޭ ގޮތަށް ހަދާފައި ހުރި ހުސް ތަންކޮޅެއް. . ބަދިގެ ކައިރިން ވަދެވޭގޮތަށް ހުންނާނީ. . ” އެހެން ބުނެފައި އައިޝާދައްތަ އަނގަޔަށް ލާން އުޅުނު ބަތްސުވާ ހުއްޓުނެވެ. ކުއްލިޔަކަށް ލޯ ކުޑަކޮށްފައި އަހާލިއެވެ.
“ސިއާން އަށް ކިހިނެއް އެނގުނީ ދައްތަގެ ކޮޓަރިތެރޭގައި ކުޑަދޮރެއް ހުރިކަން. . ” އައިޝާ ދައްތަ އެހެން ބުނުމާއި އެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ. އޭރު ޒާނިޝް އާއި އަޔާން ވެސް އަހަރެންނަށް ލޯ އަޅާލައިފިއެވެ. ރަނާ އާއި ރިޔާ ވެސް ގަނޑުވެފައި ތިބީ ދެން ވާނެ ގޮތެއް ނޭނގިފައެވެ. އަހަރެންގެ އަނގަގަދަކަމޭ ހިތަށް އެރުމާއިއެކު އަހަރެންގެ ދޫ ހަރަކާތް ކުރަންފެށީ އަހަރެންގެ އިޚްތިޔާރަކާ ނުލައެވެ.
“އަހަރެންނަކަށް ނޭނގެ. . އަޔާން ބުނީ. . ” އަހަރެންނަށް އިނގިލި ދިއްކޮށްލާފައި އަޔާންގެ ބޮލަށް ބިންދައި ލެވުނީއެވެ. އެކޮޓަރީގައި ރަނާ ގޮވައިގެން އޮތީ އަޔާން ވީމައި ކަންނޭނގެއެވެ. އަހަރެން އަވަހަށް ފެންތަށިން ފެންފޮދެއް ބޮއެލަމުން ހަމަޖެހިލެވޭ ތޯ ބެލީމެވެ. އޭރު އަޔާން ދިރުވާލި ބަތްސުވާ ކަރުތެރޭގައި ތާށިވެ ކޮށިއަރަން ފަށައިފިއެވެ. އަޔާން އަށް ވީ ގޮތް ފެނިފައި ރިޔާއާއި ރަނާ ވެސް ހިނިއައިސްފައި ތިއްބެވެ. އައިޝާދައްތަވެސް އޭރު އަޔާން އާއި ދިމާލަށް ބަލަން ހުއްޓެވެ.
“އަހަރެން ބުނީ. . މަންމަ މެން ކޮޓަރީގަ ކުޑަދޮރެއް ހުންނަ ވާހަކަ ބޭރަށް. . އެއްފަހަރަކު އަޔާން ކޮޓަރި ހޫނުވާހަކަ ދެއްކީމަ. . ” ރަނާ އަޔާން ސަލާމަތް ކޮށްދިނުމަށް ދޮގެއް ހަދައިލިއެވެ. އެއާއިއެކު އައިޝާދައްތަވެސް ހަމަޖެހިއްޖެއެވެ. އަހަރެން އިނީ ދެން އަނގަ ނުހުޅުވާށެވެ. ދެން އަނގައިން ނިކުންނާނެ ބަހެއް ނޭނގޭތީއެވެ.
އެރޭ ނިދަން އޮށޯވެވުނު އިރު ގަޑިން ބާރަ ޖަހައިފިއެވެ. މުޙައްމަދުބެ އާއި އެއްކޮށް ޝޮޕިން ކޮށްލައި ހާފިޒް މެންނާ އެކީގައި ހަންހަމަށް ފެން އަޅައި ބޭނުންވާ އެއްޗިހި ހަމަކުރުމުގައި ދެކޮޅަށް ދުވެ ދުވެ ތިބީ ލޮޑުވެފައެވެ. އަހަރެން ކުޑަކޮށް ފެނަވަރާލައިގެން ނިދާ ސޯޓުކޮޅު ލައިގެން ފާހާނައިން ނިކުތް އިރު އަޔާން އާއި ޒާނިޝް އެނދުގެ ދެފަރާތުގައި ހެޑްސެޓް ކަންފަތަށް ޖަހައިގެން ބައިދަނޑިއަށް ހެވިފައި އޮތެވެ. ޖެހިގެން ހުރި ކޮޓަރީގައި ތިބި ދެކުދިންނަށް ގުޅައިގެންކަން އެނގުނީ ދެނެވެ.
“ސީރިއަސްލީ. . ގޯޑް. . އަމް ސޯ ޖެލަސް އޮފްޔޫ ބޯތް. . ” އަހަރެން ދެމީހުންގެ މެދަށް ވެއްޓިގަންނަމުން ބަންޑުން ޖެހިލީމެވެ. “އަވަހަށް ދަތުރުދެވޭނެނަމަ. . މިސް ޔޫ ޝާޔާ. . ” އަހަރެންގެ އަމިއްލަނަފްސަށް ބުނެލެވުނެވެ. އެޚިޔާލުގައި މާގިނައިރެއްނުވެ ވެފައިވާ ވަރުބަލިކަމާއިއެކު އަހަރެންގެ ލޮލަށް ނިދީގެ އަރާމު ފިރުމުންތައް ވާޞިލްވެއްޖެއެވެ.
އަހަރެންނަށް ހޭލެވުނީ ފަތިހު ފަތިސް ނަމާދު ބަންގި ގޮވިއަޑަށެވެ. އޭރު ޒާނިޝް އަހަރެން ގައިގާ ބައްދައިގެން އޮތީ އަންހެން ކުއްޖެއް ކަމަށް ހީކޮށް ބާއޭ ހިތަށްއެރިއެވެ. ޒާނިޝްގެ އަތް ދުރުކޮށްލުމަށްފަހު ފުންމައިގެން ތެދުވީ ކުރެވެމުންދާ ފޮނި އުންމީދު ތަކަކުންނެވެ. އަވަސް އަވަހަށް ކޮޓަރީގެ ބޮކި ދިއްލާފައި ބާލިސް ނަގައި އަޔާން އާއި ޒާނިޝްގައިގާ ބޮނޑިއެއް އަޅާލީމެވެ.
“ގެޓް އަޕް. . ކަމްއޯން. . ދަތުރު ނުދަންޏާ ތިބޭ. . ރިޔާ އާއި ރަނާ ދާނެ. . ” އަހަރެން އެދެމީހުން ޗާޖް ވާނޭ ކަހަލަ އެއްޗެއް ބުނެލީމެވެ. އެއާއިއެކު ކުއްލިއަކަށް ދެލޯ ބޮޑުކޮށްލާފައި ތެދުވެ އަވަސް އަރުވާގަތް ގޮތުން އަހަރެން ހުރީ ހައިރާން ވެފައެވެ. ނަމަވެސް އެދެމީހުންނަށް ވުރެ ކުރިން އަހަރެން ފާހާނަ ހޯދައިފީމެވެ. އޭރު އައިޝާދައްތަ މެންވެސް ހޭލައި އުޅޭއެވެ. އަހަރެން ފާހާނައިން ނިކުތްއިރު ދެމީހުން ފޯނަށް ފިތަނީއެވެ. ހީވަނީ މޯނިން މެސެޖް ކުރަނީ ހެނެވެ. އަހަރެންނަށް ޔަޤީނެވެ. ޝާޔާ މިހާރު އުޅޭނީ ހޭލައެވެ. އަހަރެން ފެންނާނެ އިރަކަށް އިންތިޒާރު ކުރާނެއޭ އަހަރެންގެ ހިތް ބުނެއެވެ.
ޒާނިޝްމެން ތައްޔާރުވެގެން ނިކުތުމާއިއެކު އަހަރުމެން ތިންމީހުން އެކީގައި ދިޔައީ ނަމާދުކޮށްލާށެވެ. މިސްކިތުން ނިކުމެ ބަކުރުބެއާއި ދިމާވުމުން ޚަބަރުބަލާލިއިރު ޝައިހާމެންވެސް ދަތުރުދާން ތެދުވެ އުޅެއެވެ. ގެއަށް ދިޔައިރު ވަނީ ކޮފީ ތައްޔާރުކޮށްފައެވެ. އޭރު ދަތުރުދާ ބައެއް މީހުން އެގެއަށް އަންނަން ފަށައިފިއެވެ. މާގިނައިރެއްނުވެ ހާފިޒް އާއި ޝިޔާމް ވެސް ޕިކަޕެއްގައި އައިސްފިއެވެ. އެއާއިއެކު ދަތުރު ގެންދާ ހުރިހާ ސާމާނެއް ޕިކަޕަށް އެރުވުނެވެ. ޕިކަޕް ނައްޓާލިއިރު ފަސްގަޑި ސާޅީސް ހާއިރު ވެއްޖެއެވެ. ޕިކަޕުގައި ގޮސް ޒަބަރުޖުދުގޭގެ ގޯޅިން އަނބުރާލުމާއިއެކު އަހަރެންގެ ލޯ ހޯދަމުން ދިޔައީ ޝާޔާއެވެ. ދޮރުމަތީގައި ޝައިހާ ހުރީ އެކަންޏެވެ. ޝާޔާ ފެންނަން ނެތުމާއިއެކު ތަފާތު އެތައް ބައިވަރު ސުވާލު ތަކަކުން ސިކުނޑި ހާސްކުރުވަން ފަށައިފިއެވެ. ޕިކަޕް މަޑުކޮށްލުމާއިއެކު އަހަރެން އަހައިލީމެވެ.
“ކޮބާ ޝާޔާ. . ؟” ޝާއިހާ ހުރީ ދަތުރުދާން ސޯޓު ކޮޅަކާއި ޓީޝާޓެއް ލައިފައެވެ. ޝައިހާގެ ހެނދުން އެޅުމުގެ ސްޓައިލް ހުރި ގޮތުން ޕިކަޕްގައި ތިބި ހުރިހާ ފިރިހެން ކުދިންތައް ސޮނިވެއްޓިފައި ތިބެ ޝައިހާއަށް ބަލަމުން ދިޔައެވެ. ޝައިހާގެ ރީތި، ދޮން ދެފައިކުރިއާއި ފުރިހަމަ ވަނާތަކުގެ މަސްތުގައި ނުޖެހޭނެ އެކަކުވެސް ނެތެވެ.
“މަށަކަށްނޭނގެ. . ތަތްކަންވެސް އެހާވަރު..” އަޔާން އަށް އަރަން އަތް ދިއްކޮށްލަމުން ޝައިހާ ފޫހި ގޮތަކަށް ބުނެލިއެވެ. އަޔާންގެ އަތުގައި ހިފައިގެން ޕިކަޕަށް އެރުނު އިރު ޝައިހާ ކުރީ އަޔާން ގައިގާ ޖެހި ފިތިގެންނެވެ. ޝައިހާ ފެނުމުން ރަނާ ގޮވައިލިއެވެ. ނަމަވެސް އެކަމާ ޝައިހާއެއް މާބޮޑަކަށް ނުވިއެވެ. އަހަރެންނަށް ބަލައިލެވުނީ ގޭގެ ދޮރާއި ދިމާލަށެވެ. އޭރު ގޭތެރެއިން ބޮޑު ބެކްޕެކެއް ހިފައިގެން ޝާޔާ ފެންޑާއަށް ނިކުންނަނީއެވެ. އެއީ ޝައިހާގެ ހެނދުން ބޮނޑިކަން އަހަރެންނަށް ވަގުތުން އެނގިއްޖެއެވެ. އެކަމަކު މިކަހަލަ ކުޑަ ދަތުރެއް ދާއިރު ‘ގޯތި ގެދޮރު’ ހާ ސާމާނު ގެންދަނީ ކީއްކުރަންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާޔާ އަށް ބަރުވެގެން އުޅޭކަން އެނގުމުން އަހަރެން ފައިބައިގެން ގޮސް ޝާޔާ ކައިރިޔަށް ހުއްޓުނީމެވެ. ޝާޔާ ލަދުން އިސްޖެހިފައި ހުރެ އަހަރެންނަށް ބަލައިލިއެވެ. އަހަރެންވެސް ހިނިތުންވެލާފައި ޝާޔާ އަތުން ދަބަސް ނަގައިގެން ދާންފެށީމެވެ. އޭރު ބަކުރުބެއާއި ހައްވާ ދައްތަވެސް ގޭގެ ދޮރުމަތީގައި ތިއްބެވެ. އަޔާން އާއި ޒާނިޝްވެސް ޕިކަޕުގައި ހެވިފައި ލޯއަޅައިގެން ތިއްބެވެ. ޝައިހާ ފުސްމޫނު ހަދައިގެން ހުރީ އެމަންޒަރު ހަޖަމްކުރަން އުނދަގޫވެގެން ތޯއްޗެކެވެ. އަހަރެންގެ ހިތް އުފަލުން ނަޝަމުން ދިޔައީ ޝާޔާއާއި އެހާ ކައިރީގައި ހުރެވުމުންނެވެ. ޝާޔާގެ ހިތުގައި ވާ ލޯބި ދުލުން ހާމަ ކުރުމެއްނެތި އަހަރެންނަށް އިޙްސާސް ކުރެވެމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
61 Comments!
Comments are closed.




Vaguthu Ovva avahah kollyy. . Hope u guys really enJoyed. . If there is any mistakes plx will u let me knw. . 🙂 Thankew Guys. .
v v v reethi 🙂 me first
No nono no no. . me First. . 😛 . . ehehe Thankew Aisha. .
finally going to picnic dhw… dnt let shaaya drown… shon must save her ingey.. mi bai vx v reethi.. looking forward to next part 🙂
Thanks Mal. . 🙂
awesome 😀
🙂
wow love this part
alhe shaiha gandah gotheh hadhaalabur -.-
love all the couples thah ulhey goi <3
thanks elsa. .
,, n gud luck dude ;)i like this story, cmmnt nukurevunas baraabarah kiyan,, i like shaayaa
Thanks Dude. . Gud to knw that. . 🙂
dhen haadha kurey mihaaru genesdheyleh،، ehen kudhin kairee indhegen vaahaka kiyey vareh nun,, ekani ivaahak kiyaafa heythee mihaaru moya akah evs hadhaafi heheh
Zee. . . GuDu ah heevanee interesting v ma hen maa kuru hen e heevanee. . Hurihaa parts vx GuDU genesdheefa hunnanny 1500 + words. . Some 1600 some 1590 bt no part is less than 1500 words except the 1st part. .
im just keeping it limited to 1500 words.. nt a word less..
v nys mi part vex… n happy advance bd….. 🙂 😉
hw do u knw 😉 thanks dearie. .
v v v salhi
🙂
Vvvv reethi miray part
:). . thankx
hooo!! finally picnic dheveny dhw…picnic ga vaany kihine baa?? so curious 😀
ehehe .. u’ll c. . 🙂
waaau varaaaaaaaaaaaaaah reethi <3 hahahah poor boys bust nuvikan nasybeh nu 😛 heeheee halaaku 😀 mi ulhey shaiha mi haadha foni bodu meehekey dhw :v waiting for the next part <3 love to the max
thanks buddy
vvvvvvvvvv nice vaahaka….hyhy halaaku…….love brds thakei dhw miulheny mi vaahakaga ;).. :D…….vvvvv majaa v zaanish mn bt vaan ulhunu gadyga….gudu….haadha kurey genes dhylei…thnkolhei dhigu koh genesdhybala……..xaanish n ayaan edhany riya n ranaa govaign honeymooneh hadhaaln dhoooo 😀 😀 🙂 :)…….
thankx liuu. . .heevanee varah varugadha dhathureh hen dhaan e ulheny. . 🙂
aslu kihineh gudu storyy writing n reading there ah interest ufe dhunyy
aslu thihaa young frihen kudhin mihaaru vaahaka kiyaa liye eh nahadhaane dhw 🙂
i’m 20 years but
n ehvex frihn kuhjakaa dhimaeh nuvey adhi mikamah interest hun na kuhjakaa
gina vaany girls dhw mihaaru mikamah
this part is totally amxing too
heeee hee bo halaaku 😛
v majaa mipart vexx
ohh haadha rom ey dhw mi part 🙂
like iot v much
dhn suturday ga dhw next part
waiting
🙂
gud night gudu
🙂
Thanks Naj. . GuDu aslu Lhen verikamah bodah Shaugu verivee furathama. . bt i like stories. . furathama egothah kiy vaahaka aky Laara ge meekaeel. . dhen eyge fahun intetest ufedhunee. . i like creative writing. . as simple as that. . 🙂
naj thi buny rangalhu vahaka eh..me menge class firihen kudhinneh vx vahaka liyakah like eh nuvey….
Aslu bodah Like nuvanee rangalhu Inspiration eh nethyma. . Salhi story eh kiyaalanikoh kiyaahiy vx liyaa hiy vx vedhaane. . assu Boys kudhin story liyaairu v.unique ideas thah. . No Offence Grls. . bt for Eg: Jaishan and Nishaan. . I love their stories. . .. 😀
yesh.. i really enjoyed it… masha allah vvv rythi… may god bless yuh brotherr… i wish i have a bro like yu who writes mikahala reethi reethi stories… eyrun ragalhu story worm :p akah vaane oo…. btw thnx… good night…
Ohw. . Me. . Dnt u hav a bro. . ? Dnt worry. . u r like a sister to me nw. . 🙂 u cn read my stories always frm here. . 😀 n gud nyt Me
Guduge hurihe
Guduge hurihaa vaahakaehves v nice.v
Thanks lam. . Gud Nyt. . 🙂
nicy nice…..v obi i really enjoyed a lot….v interesting…. THANKXXX GUDU….GUD98 OL
hahaha. . Thakew Princess. . Thats all i cud hope for. .:)
MI part vx vvvvvv nice <3 GuDu dhn mi ah vuren dhigukh genes dhy baa………..
Thanks Appy. . balaanan dhen miyah vure dhigukoh dhen liyaa part thah liyeveytho. . Aslu i can hardly keep up with 5 parts a week. . 🙂 bt im trying mybest. .
vvv salhi mi part ves.. haaadha furi hama e.. alhey miulhey shaiha ah ladeh dheythi.. maa thui vegen adhi eba ulhe ennu..<3<3<3<3<3
ehehehe.. . i understand ur feeling Hazu. . bt adhi shaihaa ah landeh dheyvaruge kameh nukureyennu. . 😛 she is just being her selfish self. . kameh kuraa dhuvahakun landeh dheyn vx visnaanan adhi. . 🙂
Gud nyt all Lovely Ppl. . 🙂 Love yew all. .<3 <3 <3 <3
hahaha i remeber telling u tht i have a feeling tht this part is gonna b hilarious nd luk it is 😛 dhn picnic dheweny dhwww…..shone jeheyne shaaya salaamaiy kuran…..shaihaa jay kohlan wes jeheyne 😛 the picnic part shuld b funny nd romatintic ingeyy 😉 warah reethi mipart wes……waiting for tonites part 😀
ehehe. . Naza u seen it through. . and yeah dhen othy Picnic. . Finally. . balaanan Rom kolleveytho. . 🙂
hi gudu kihinehtha….mi part vx v salhi ingey…n picnic dhaniy dhw…v majaa vaane dhw mirey ge part….rom khlahchey…e-gerly waiting 4 da next part…
Owk Thu. . engidhaane thaa mirey ge part in. .;) c ya. .
hmmmm hmmm reehchey mi part ves… v interesting… v avhah aneh part upload kohla dhehchey… 😀
ehehe. . Owk Shue. . c ya 2nyt. . 😀
Mi part ves v rythi .. But mi part ga v gina kuh ebahuri.. Baeh thanthaa ebahuri nubaikoh filijahaafa… Nd dot jahan nujeheythanthaa ebahuri dot jahaafa.. Nd ehaa gilhumeh nei basthaves ebahuri beynunkohfa… Hykuran dhenfaharakun rangalhu kuraanekanah.. Sorry ingey maa ginain faadukiyeathy…miss you
No no no. .Its totaly Owk. . and i appreciate that. . Hanaaa thihan faahaga kolly maey mi balaa leveny ehen hunna kudhi kudhi mistakes thakah. . Thanks again. . 🙂
v v v v v v salhi. bunaane ehcheh neh hama
ehehehe. . GuDu vv.v.v.vhappy vejje Xee ah ehaaaaaaaaa salhi vvv ma. . 🙂
masha allah v.salhi……kyp going on
Thanks Maee. . . 🙂
v v salhi e shaihaa ge dhuvas dhuhvaalaba dhn v salhi GCE ga vaahaka liyan shai ah help eh dheyn vy ehnun… knme dhuvahaku sir shai heythy claahun beyrah nerilayeah…. i like to write storys but v mahsala gehnan neyngey… if you can plx give helping hand to me….
haadhisaa gennan neyngey vaahaka thw thi buny Shai. .
yap!! help eh vedeveynetha???
shai thyy GCE hadhaa kuhjehtha
ehn story eh ga vex in hama shai ge name ga cmment kohfaa
grade 5 ga ulheyy kuhjeko
hehehe
n now hama sme name in mi cmmet thikuryy GCE ey kiyaafa
olhihje mihaaru
is that u who cmment ted in hiyy fanaa vandhn shai
no aharen eyah commment kuran beli iru shai ge namuga ehn kuhjeh comment kohfa iny…. so what i can do… i comment in shaideshakko in that hiyy fanaa vandhn olhun filaa fi tha??? :-p ehnme shai eh nooney dhuniyeah ga ulheny eh ok understand veba….
??mivaahaka genesdhey goivarah reeth. gudu ge fb id libidhaanetha
well. . visit my fb page n get it frm there. . 🙂 Thanks Shaa
adhi kiriyaa vaahaka kiyaalevey varu mi vee…haadha fakka bayekey mee..mi group gadu haadha molhey dhoa olhuvaalan ves…gudu ge vaahaka in zoo ah hama emme kusheh ves nufenunu..ehaa ves furihama…dhivessah molhukan ingey vaahaka kiyaaleema..mi thin meehun mee bodu sakaraaith gadeh dho…emme like vanee dheenee kanthah genesfa hunnaathee..Love it mo n mo..:)
ehehehe. .. Zoo.. Thankew v.much thihaa rangalhah vaahaka kiyaalaafa coment eh kollyyma. . GuDu vx varah balan kusheh oitho up kurumuge kurin. . bt baeh faharu hurey vx kudhi kudhi kanthah thah. . bt hama v.madhu vaaneyey bunaany. . hama faahaga vaavaruge bahuge massala thah varah nuhunnaane. . In Sha Allah. . dhen hurejjiyyaa vx Hanaaa faahaga kollaa gothah faahaga kolly ma GuDu hama rangalhu vx kollan. . Thankew again Zoo. . 😀