ހިތް ފަނާވެދަންދެން… ( 4ވަނަ ބައި )
އިދު ފެންވަރާލުމަށް ގެއަށް ދިޔައީ ފާއިޤް އޮފީހަށް ގެންގޮސް ދިނުމަށް ފަހުގައެވެ. ޒައިދުގެ ބައްޕަ އާއި ވާހަކަ ނުދައްކާތާ ދެދުވަހެއް ވަރުވެފަ ވާތީ ޒައިދު ފުރަތަމަ ކަމަކަށް އިސްކަން ދިނީ ވަޖީހް އޮތް ކޮޓަރިއަށް ވަދެ ވަޖީހްގެ ހާލުބަލާލުމަށެވެ. ޒައިދު ވަޖީހް އޮތް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުގެ މަގަތަށް އެނބުރިގެން އޮތް ވަޖީހުއަށް އޮތީ ނިދިފައެވެ. ގައިމަތީ އަޅާފައިވާ މަޑު ފިޔާތޮށިކުލައިގެ ބެޑްޝީޓްގެ ބައެއް އޮތީ ސޮހިގެން ގޮސް އެއްފަރާތަކަށް ޖެހިފައެވެ. ޒައިދު އެނދާއި ކައިރިވެލާ ބެޓްޝީޓް ރަނގަޅުކޮއްދިނެވެ.
”ޒައިދު.” ވަޖީހް ޒައިދުއަށް ގޮވާލީ ޒައިދު އެކޮޓަރިން ނިކުތުމަށް ހިނގައިގަތުމުންނެވެ. ” ބައްޕަ ނުނިދަންތަ؟”’ ޒައިދު އަހާލިއެވެ. ” ރޭ ހަތަރު ދަމުވެސް ނިދީ…ދަރިފުޅު ސައިބޮއިފިންތަ؟” ވަޖީހްގެ އަތުގަ ހިފާލަމުން ޒައިދު އެނދުގެ އެއްކައިރީގަ އިށީނެވެ. ” އަދި ނުބޮން…” ޒައިދު ކުރުގޮތަކަށް ޖަވާބު ދިނެވެ. ” ބައްޕަ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުންވެފަ މި ހުންނަނި….ބައްޕަގެ ބަދަލުގަ މި އާއިލާގެ ހަރަދު ބަލަހައްޓަނީ ޒައިދު އާއި އަދުހަމް….ބައްޕަ ހިތްހަމައެއް ނުޖެހޭ ޒައިދު އަބަދު ތިހެން ހުސްކޮން ހުންނާކަށް……ކައިވެނިކޮށް އަމިއްލަ ދިރިއުޅުމަކައިގެން ކުރިއަށް ދާތަން ދެކޭހިތްވޭ….ޒައިދު މި ކަންތައްތަކާ ވިސްނާލާތި……..” ޒައިދު ވަޖީހް ދެއްކި ވާހަކަތަކަށް ވިސްނާނެކަމަށް ބުންޏެވެ.
އަރްޝީ މި ދެދުވަހު ފާޑަކަށް ހުންނަކަން ޔޫނާއަށް ފާހަގަވިއެވެ. އަރްޝީގެ ފޯނަށް ޒައިދުގެ އެތަކެއް ކޯލްތަކެއް އައިކަމުގަ ވިއަސް އެއަށް ޖަވާބު ދޭން އަރްޝީ ބޭނުންނުވާހެން ޔޫނާއަށް ހީވާތީ އެކަމާ ސުވާލު ކުރިއެވެ. ” އަހަންނަކަށް އެއްވެސް ކަމެއްއ ނުވޭ….އެއްވެސް ބަދަލެއްވެސް ނާދޭ…..ޖަވާބު ދޭ ހިތްނުވާތީ ނުދެނީ….” އަރްޝީ ރާގުގަ ހުރީ ހަރުކަށިކަމެވެ. ޔޫނާ އެ ވާހަކަ ހުއްޓާލީ އަރްޝީ މާ ބޮޑަށް ހިތްހަމަ ނުޖެހިދާނެތީއެވެ. އެހާ ލޯބިން ޒައިދު އާއި އެކު އުޅެފަ އަރްޝީ ކުއްލިއަކަށް އެފަދަ ގޮތަކަށް ބަދަލުވުމުން ޔޫނާގެ ހިތުގަވެސް ސުވާލުތަކެއް އުފެދިގެން ދިޔައެވެ.
ޒައިދު އޮފީހަށް ވަތްއިރު ސަލޫމް ބޭރުގަ ފޯނެއްގަ ހުއްޓެވެ. ސަލޫމް ފެނުމުން ޒައިދު ވީ ފޫއްސެކެވެ. މީހުންގެ ލޯތަކަށް މާ ރަނގަޅު މީހަކަށްވެގެން ދެއްކެން އުޅޭ ސަލޫމްގެ އަޑި އެނގުމުން ސަލޫމްދެކެ ފޫހިވެއްޖެއެވެ. ޒައިދު ފާއިޤްގެ ކެބިންއަށް ވަތްއިރު ފާއިޤްގެ ކުރިމަތީ އިން ގޮނޑިއެއްގަ ޝެރީން އިނެވެ. ޒައިދުއަށް ބޭ އިޚްތިޔާރުގަ ބަލާލެވުނީ ޝެރީން އަށެވެ. އެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން ފާއިޤްއަށް ނަގައިނުގަނެވެނީ ބާއެވެ؟
” ޒައިދު ތިޔަ އައީދޯ…އެދުވަހު ހުސްވެފަ ހުރި އެއްޗެހީގެ ލިސްޓަށް ހުންނާނެ އެއްޗެހި ގެނެސް…..އެ ހަމަތޯ ޗެކުކޮއްލުމަށްފަހު ފިހާރަތަކަށް ގެންގޮސްދީބަލަ….” ފާއިޤް މިއަދުގެ މަސައްކަތް ކިޔައިދެމުން ދިޔައެވެ. ޒައިދު ބޯޖަހާލުމަށްފަހު ކެބިންއަށް ނިކުންނަށް ހިނގައިގަތެވެ. ކެބިންއަށް ނިކުންނަން އެންމެ ފަހު ފިޔަވަޅު ނެގުމުގެ ކުރިން ޝެރީންއަށް ބަލާލިއެވެ.
މެންދުރުގެ ވަގުތެވެ. ޝެރީން ގެއަށް ދިއުމުގެ ބަދަލުގަ ދިޔައީ އޮފީހުގަ ހުންނަ ސައިކޮޓަރިއަށެވެ. އޭރު ޒައިދު އެކޮޓަރީގަ ކޮފީ ބޯން އިނެވެ. ޝެރީން ޒައިދު ފެންނަކަމަށްވެސް ނުހަދާ ގޮސް އައިސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. ޖޫސްފުޅިން ޖޫސްތައްޓެއް އަޅައިގެން އައިސް ޒައިދުގެ ކުރިމަތީގަ އިން ގޮނޑީގަ އިށީނެވެ.
” ޒައިދު މިތާ މަސައްކަތް ކުރާތާ ކިހާ ދުވަހެއް ވެއްޖެ؟” ޝެރީން އިސްވެ ވާހަކަ ދައްކަން ފެށުމުން ޒައިދުއަށް ހައިރާންކަން ލިބުނެވެ. ” އަދި ދެ އަހަރެއްހާ ދުވަސް މިވީ….” ޒައިދު ކޮފީތަށިން ކޯވަރެއް ބޯލިއެވެ. ” މީހަކާ އިނދެގެންތަ އުޅެނި؟” ޝެރީން ޒައިދު އާއި އެހާ ޕާރސަނަލް ސުވާލެއް ކޮއްފާނެކަމަށް ހީވެސް ނުކޮށް ހުއްޓަ ކުރުމުން ޒައިދު ޖެހިލުންވެސް ވިއެވެ. ” ނޫން….” ޒައިދު ޝެރީންގެ މޫނަށް ބަލާލިއެވެ. ހިނިތުންވެލައިގެން އިން ޝެރީންގެ މޫނުމަތިން އެއްވެސް އުޖާލާކަމެއް ނެތެވެ. ” ޝެރީން ކީއްވެ ތި ކަހަލަ ސުވާލު ތިކުރަނީ؟” ޒައިދުއަށް އަހާލެވުނެވެ. ” ކަމެއް ވެގެންނެއް ނޫން….އެއްތަނެއްގަ މިހެން އުޅޭ އިރު އެކަކު އަނެއްކަކާއި ބެހޭގޮތުން އެނގެންވެސް ވާނެ…ރަޙްމަތްތެރިކަންވެސް ބާއްވަންވާނެ….” ޝެރީން ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމާއި ހިތްދަތިކަން ފޮރުވާލަމުންނެވެ.
” ޝެރީން ކައިރީ އަހަރެން ސުވާލެއް ކުރަންތަ؟” ޒައިދު ހިތުގަ އެންމެ ފުރަތަމ ދުވަހުން ފެށިގެންވެސް އުފެދިފައިވާ ސުވާލުތައް އަހަން ބޭނުންވިއެވެ. ޝެރީން މަޑުމަޑުން ހޫމްއެއް ލައްވާލިއެވެ. ” ޝެރީން އަމިއްލަ ދިރުއުޅުމާއި މެދު އުފާވޭތަ؟” ޒައިދު ކުރި ސުވާލުން ޝެރީން ފާޑަކަށް ހުއްޓުން އެރިއެވެ. ކޯތާފަތް ރަތްވެގެން ދިޔައެވެ. ކުޑަހިނދުކޮޅަކަށް ނޭވާ ހިފަހައްޓާލައިގެން އިދެވުނެވެ. ޒައިދު ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކޮއްލިއެވެ.
”” އާން….އަހަރެން ކީއްވެ އުފާނުވަންވީ؟ އަހަރެން ބޭނުން ހުރިހާ އެއްޗެއްވެސް އަހަންނަށް ލިބޭ…ފައިސާ އާއި މުއްސަދި ކަމުގެ ތެރޭގަ އުޅޭމީޙަކަށް އުނިވާނީ ކޮންއެއްޗެއް؟” ޝެރީން ގޮނޑިން ތެދުވެގެން ގޮސް އެކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓުނެވެ. އަމިއްލަ ހަޔާތާއި ބެހޭގޮތުން އެއްވެސް މީހަކަށް ކިޔައިދޭކަށް ބޭނުމެއް ނޫނެވެ.
” ޝެރީން ސަލޫމް އާއި އެކު ތިއުޅެނީ މަޖުބޫރުންތަ؟” ޒައިދު ދެވަނ ސުވާލާއި އެކު ޝެރީންއަށް ހަރަކާތެއް ގެނެވުނެވެ. ދެލޯމަރާލަމުން ދެއަތުން ކާރޓެއިންގަ ހިފާލެވުނެވެ. ޒައިދު ފަރުވާތެރިކަމާއި އެކު ޝެރީންއަށް ބަލަން އިނެވެ. ޝެރީންއަށް ރޮވޭގޮތްވިއެވެ. އެކަމަކު ހިތްވަރުކޮއްލާ ކަރުނަތައް ލޮލުގެ ތެރޭގަ ހިފަހައްޓާލިއެވެ.
” އަހަރެން އަމިއްލަ ދިރުއުޅުމުގަ ކޮން މަޖުބޫރެއް އޮންނާނި….ސަލޫމް ކަހަލަ ބައިވެރިއެއް ލިބޭނި ނަސީބު ވެރިއަކަށް…..އޭނަ އަހަރެން ދެކެ ވަރަށް ލޯބިވޭ….”
” ޝެރީން އެކަމަކު ލޯތްބެއް ނުވޭ ދޯ….” ޒައިދު ގޮސް ޝެރީންގެ ކޮނޑުގަ ހިފާ އޭނަ އާއި ދިމާލަށް އަނބުރާލިއެވެ. ޝެރީންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. ” އުހުން….އަހަރެންވެސް ވަރަށް ލޯބިވޭ…’ ޝެރީން ދުރަށް ޖެހިލަމުން ކަރުނަތައް ފޮހެލިއެވެ.
” ޝެރީން އަމިއްލަ ނަފްސަށް އޮޅުވާލެވިދާނެ…މުޅި ދުނިޔެއަށް އޮޅުވާލެވިދާނެ…އެކަމަކު އަހަރެންނަށް ހުރިހާ ހަޤީޤަތެއްވެސް އެނގޭ….” ޒައިދު ގެ ޖމްލައިން ޝެރީންއަށް ހީވީ އޭނަގެ ކަންފަތަށް ހޮނު ގުގުރިއެއް އަޅާލިހެންނެވެ. އޭނަގެ މޫނުގަ މީހަކު އަތްއަޅާ ހާސްކޮއްލިހެންނެވެ. ޒައިދުގެ މޫނަށް ބަސްހުއްޓިފަ ބަލަހައްޓައިގެން ހުރެވުނެވެ.
” ކޮން ހަޤީޤަތެއް ޒައިދުއަށް އެނގުނީ…އަހަރެންނަށް ޒައިދު ފާރަލަންތަ؟” ޝެރީން ތުރުތުރު އަޅާއަޑަކުން ބުނެލެވުނެވެ.
” އަހަރެން ހުރިހާ އެއްޗެއް ކިޔައިދީފިއްޔާ ޝެރީން ގަބޫލުކުރާންތަ؟ ” ޒައިދު އަހާލިއެވެ. ޝެރީންގެ ފަރާތުން ޖަވާބެއް ނަޔަސް ޒައިދުއަށް މިއަދު އިވުނު އަޑުތަކާ ފެނުނު މަންޒަރު އިއްވާލިއެވެ. ޝެރީން ހިލައިގެ ބުދެއް ފަދައިން ޒައިދުއަށް ބަލަން ހުރެވުނެވެ.
” ޝެރީން ދެކޭ ގޮތުގަ ތިއީތަ ލޯތްބަކީ؟ ތިއީ ލޯތްބެއް ނޫނޭ…..އަޅުވެތިކަން…ޝެރީން އަމިއްލަ އިޚްތިޔާރާއި އެކު އެއްވެސް ކަމެއް ކުރެވޭތަ؟ ޝެރީންއަށް ތަޖުރިބާ ކުރެވިފަ ހުރިގޮތުން ހީވެދާނެ ލޯތްބަކީ ހާދަ ހިތްދަތި ހިތި އެއްޗެކޭ…އެކަމަކު އެއީ ހަޤީޤަތެއް ނޫން..ލޯތްބަކީ މާމުތަށް ވުރެ ފޮނި އެއްޗެއް..ލޯބީގެ ރަހަ އިހްސާސްވާނީ ލޯބިދޭން އެނގޭ މީހަކާއި އެކު އުޅެވިގެން…” ޒައިދުގެ ވާހަކަތަކުން ޝެރީންއަށް ބަޔާން ނުކުރެވޭ ވަރުގެ އަނިޔާތަކެއް ހިތަށް ލިބެމުން ދިޔައެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެމުން ދިޔަ އަސްލަކީވެސް އެއީއެވެ.
” ދެން ބުނެބަލަ…ޝެރީން މަޖުބޫރަކުން ނޫންތަ ތިއުޅެނީ؟” ޒައިދު އަހާލިއެވެ. ” ޒައިދުއަށް ތި ހުރިހާ އެއްޗެއް އޮޅުން ފިލުވުމުގެ ހައްޤެއް ނޯންނާނެ….” ޝެރީން ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ޝެރީން ދޮރާ ހަމަޔަށް ދެވުމުގެ ކުރިން ޒައިދު ޝެރީންގެ ކުރިމައްޗަށް އަރާ އޭނާ ހުއްޓުވާލިއެވެ. ” އަހަރެންނަށް އެއްވެސް ހައްޤެއް ނެތް…އަދި ކީއް….މި ހުރިހާ ވާހަކަތަކެއް ދައްކައިގެން އަހަރެންނަށް އެއްވެސް ކަމެއް ހާސިލެއްވެސް ނުވާނެ….އެކަމަކު ޝެރީންއަށް ވިސްނައިދެވުނަސް އެއީ ބޮޑުވަރެއް….އަމިއްލަ ދިރިއުޅުމާއި މެދު އެއްފަހަރު ނަމަވެސް ވިސްނާލަބަލަ…..ތި ހިތުގަ ރިހުމެއްވާނަމަ އެކަން ހިއްސާ ކޮއްލުމުން ލުއެއް ލިބިގެން ދާނެ….” ޒައިދުގެ ހިތްވަރު ދިނުމުގެ ބަސްތަކުން ޝެރީން ބޭނުންވީ ހިތުގަވާހާ އުދާސްތަކެއް ބޭރުކޮއްލާށެވެ. އޭނަގެ މަޖުބޫރީ ހާލަތު ކިޔައިދޭށޭވެ.
” މެޑަމް…..ފާއިޤް ސަރ ހޯދާއެބަ…..” އެ ވަގުތު އެތަނަށް މަސައްކަތު މީހެއް އައިސް ޝެރީންއަށް ބުނެލިއެވެ. އެމީހާ އާއި ޝެރީން ފުރަގަސްދީގެން ހުރި ކަމުން ޝެރީން ރޯކަމެއް އެމީހަކަށް ނުފެންނާނެއެވެ. ޝެރީން ބޮލުން ޢާނއެކޭ ބުނުމާއި އެކު އެމިހާ އެތަނުން ދިޔައީއެވެ. ޝެރީން މޫނުމަތީ އަތްހާކާލަމުން މޫނު ފޮހެލާ ހަމަޖެހިލިއެވެ. ޒައިދުގެ މޫނަށް ބަލަހައްޓައިގެން ހުރެ ސައިކޮޓަރިން ނިކުމެ ގޮސް ފާއިޤްގެ ކެބިންއަށް ވަނެވެ.
އަދުހަމް ފުރާ ދުވަސްކަމުން ލީލާ އަދުހަމްގެ ދަބަސް ތައްޔާރުކޮއްދޭން އުޅުނެވެ. އަދުހަމްގެ ގަމީސްތައް ދަބަހަށް އަޅަން އުޅެނިކޮން އަދުހަމްގެ ގަމީހަކުން ވެއްޓުނީ ރަންކެވެލި ކޮޅެކެވެ. އެ ކެވެލިކޮޅުގަ އޭ އަކުރެއް ޖަހާފައި އިނެވެ. ފާހާނާއިން ނިކުތް އަދުހަމްއަށް ލީލާ އެ ކެވެލި ކޮޅު ހިފައިގެން ހުއްޓަ ފެނުނެވެ. އަދުހަމްގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. ލީލާ އެންމެ ފަހަރަކަށް ބަލާލި ނަމަވެސް އެކަން ދެނެގަނުވީސްކަން ޔަޤީނެވެ. އަދުހަމް ފެންހިއްކަމުން ދިޔަ ތުވާލި އެނދުމައްޗަށް އެއްލާލުމަށްފަހު އައިސް ލީލާގެ އަތުން އެ ކެވެލި ކޮޅު ޖަހައިގަތެވެ. އަދުހަމްގެ އެ ހަރަކާތުން ލީލާއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ.
” އަހަރެން ލީލާއަށް ދޭން ގެނައި ހަދިޔާއެއް….އަހަރެން ނުދީ އުޅެނިކޮން ލީލާއަށް ފެނުނީމަ މުޅި ސަޕްރައިޒް ފުލޮޕް….” އަދުހަމް ލާނެތް ގޮތަކަށް ހީލިއެވެ. ލީލާގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަން އުފާވެރިކަމަށް ބަދަލުވާން ނެގީ ފަޅި ސިކުންތެކެވެ. އަދުހަމް ލީލާގެ އަތުގަ ހިފާ އުފުލާލަމުން އެ ކެވެލި ކޮޅު ލީލާގެ އަތުގަ އަޅައިދިނެވެ.
” ދެން ކީއްކުރަންތަ އޭނަ އަތުގަ އަހަރެންގެ ކެވެލި ކޮޅު އަޅުވައިދިނީ………” ޖައުޒާ ޝަކުވާ ކުރީ އަދުހަމް އާއިއެވެ. އަދުހަމް މި ވަގުތު ހުރީ ޖައުޒާގެ ކޮޓަރީގައެވެ. ރިސޯރޓަށޭ ކިޔާފަ އެތަނަށް އައިސް އެ އުޅެނީ ދެދުވަހަށް ޖައުޒާގެ ގޭގަ ޗުއްޓީ ހޭދަކުރުމަށްޓަކައެވެ. ޖައުޒާ އާއި އަދުހަމްގެ ލޯބީގެ ގުޅުން ފެށުނީ ލީލާ ވިހަން ހޮސްޕިޓަލްގަ ބާއްވައިގެން އުޅެނިކޮންނެވެ. ޖައުޒާ އަކީ އެ ހޮސްޕިޓަލުގެ ސްޓާރފް ނަރުހެކެވެ.
” އޭނައަށް ފެނުނީމަ ދެން އެހެންނު ހަދަން ޖެހޭނި…..ހާސްނުވެބަލަ ރަންކޮޅާ…..ޔަޤީނުންވެސް މި ހަފްތާގެ ތެރޭގަ އެހެން ކެވެލި ކޮޅެއް ގެނެސްދޭނަން……” އަދުހަމް ޖައުޒާގެ ކޮނޑުގަ ހިފާލަމުން އޭނަގެ ކައިރިއަށް ގެނައެވެ. ޖައުޒާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ. ” އެއްކަލަ ދުވަހު ދެއްކީމަ ހެދި ޓެސްޓުގެ ރިޕޯރޓް ކޮބާތަ؟” އަދުހަމް ކުއްލިއަކަށް ހަނދާންވުމުން އަހާލިއެވެ. ” އަދި ހަނދާންނެތިފަ މިހުރީ….ކުރީ ދުވަހު އަހަރެމެން ހޮސްޕިޓަލުގަ ތިއްބަ ލީލާއަށް ފެނުނީ….އޭނަ ޝާޒް ދައްކަން ގޮސްގެން އުޅެނިކޮން…އެކަމަކު މަށެއް އެއްބަހެއް ނުވަން…ފަހުން އޭނަ އެވާހަކައެއް ނުދައްކާ….” ޖައުޒާ އަލަމާރި ތެރެއިން ރިޕޯރޓް ނަގައި އަދުހަމްއަށް ދައްކާލިއެވެ. ” ނެގެޓިވް ދޯ…ނަސީބެއްނު….” އަދުހަމް ބަލާލީ ޕްރެގްނެންސީ ޓެސްޓްގެ ނަތީޖާއަށެވެ.
” މި ފަހަރު މި ސަލާމަތްވީ..މިހެން އަބަދަކު ނުވާނެ….އަދުހަމް ނޫޅޭ ވިއްޔަ މެރީ ކުރާކަށް….” ޖައުޒާ ގޮސް އެނދުގަ އިށީނެވެ. ”’ ކުރާނަމޭ…މިހާރު މިއުޅެނީ އަންހެނުންގެ ގޭގަ…ދެން ޖައުޒާ އާއި އިނަސްޖެހޭނި ޖައުޒާ ގޭގަ އުޅެން…..އަހަރެން ބޭނުންވަނި އަމިއްލަ ތަނެއްގަ އުޅެން…ދެމީހުން އެކަނި….ދުވަސްކޮޅެއް ނަގާނެ….” އަދުހަމް ޖައުޒާ ކައިރީގަ އިށީނެވެ.
ހާޝިޔާ އެނބުރި މާލެ އައީ އެދުވަހުގެ ހަވީރުގެ ވަގުތެވެ. ދަތުރުގެ ވަރުބަލިކަމުންނާއި ރޭގަނޑު ނުނިދާ ހުރުމުގެ ސަބަބުން ފެންވަރާލައިގެން އައިސް ނިދާލީއެވެ. ހާޝިޔާ ކިޔެވުމަށް އިސްކަން ނުދީ މިނިވަންކަމާއި އެކު އުޅެން ދޫކޮއްލާފަ އެވަނީ ބަދީހާ އެވެ. ކޮންމެ ގޮތަކަށް އުޅުމުގެ ފުރުސަތު ދީފައިވުމުން ފަހުން ނިކުންނާނެ ނަތީޖާއަކަށް ބަދީހާއެއް ނުވިސްނައެވެ.
” ހާޝިޔާ އައީތަ؟” ޓީވީ ބަލަން އިން ބަދީހާ ކައިރީ ލީލާ ބުނެލިއެވެ. ޓީވީގެ ފޯރީގަ އިނުމުން ބަދީހާ ހޫމް އަޅުވާލުން ނޫން ޖަވާބެއް ނުދިނެވެ. ލީލާވެސް އިތުރު ސުވާލެއް ނުކޮށް ގޮސް ކޮޓަރިއަށް ވަނެވެ.
.
ޒައިދު އޮފީސް ނިންމި ގޮތަށް މިސްރާބު ޖެހީ އަރްޝީމެންގެ ގެއަށެވެ. ދެދުވަހކު ދިމާނުވާތީ އާއި އެކު މިއަދު އެގެއަށް ގޮސްގެން ނަމަވެސް ދިމާވޭތޯއެވެ. ގެއާއި ކައިރިވުމުން އަރްޝީގެ ނަންބަރަށް ޑައިލް ކުރަންފެށިއެވެ. އެކަމަކު އަރްޝީ ފޯނު ނިއްވާލާފަ އޮތުމުން ޒައިދު އެގޭ ދޮރުމަތީ ހުރެ ސަލާމް ގޮވާލިއެވެ. ހަސީބާ އަށް މީހަކު ސަލާމް ގޮވާހެން ހީވުމުން ބޭރަށް ނިކުތެވެ.
” ވަޢަލައިކުމް ސަލާމް……ޒައިދު ހާދަ ނުވަގުތެއްގަ؟” ހަސީބާ ޒައިދު ފެނުމުން އަހާލިއެވެ. އަރްޝީ އާއި ޒައިދުގެ ގުޅުން ދެގޭ މީހުންނަށްވެސް އެނގެއެވެ. އެކަމަކު ދެ ފަރާތުގަ އޮންނަ ބީރައްޓެހިކަމެއްގެ ސަބަބުން އެއްބަޔަކު އަނެއްބައެއްގެ ގޭގެއަށް ގޮސް ނޫޅެނީއެވެ. ” އަރްޝީ ނޫޅެނީތަ ގޭގަ؟” ޒައިދު ހަސީބާގެ ފަހަތުން ގޭތެރެއަށް ވަންނަމުން އަހާލިއެވެ. ޒައިދު ކައިރީ އިށީނުމަށް ބުނެފަ ހަސީބާ ގޮސް އަރްޝީ ކޮޓަރިއަށް ވަނެވެ.
” އަރްޝީ…….ނިދަނީތަ؟ ދަރިފުޅު ހޯދަން ޒައިދު އެބަހުރި އައިސް……..” ހަސީބާ އަރްޝީއަށް ގޮވާލަމުން ގޮސް އެނދުގަ އިށީނެވެ. އަރްޝީ ބަންޑުން އޮށޯވެ އޮތުމުގެ ސަބަބުން ހަސީބާއަކަށް އަރްޝީގެ މޫނެއް ނުފެނެއެވެ. ” މަންމާ ޒައިދު ކައިރީ ބުނޭ އހަރެން ބޮލުގަ ރިއްސާތީ އެބައޮތޭ…….” އަރްޝީ އެ އޮތްގޮތަށް އޮވެ ބުނެލިއެވެ. ” ތިހެން ކަންތައް ކުރީމަ ޒައިދު ހިތްހަމައެއް ނުޖެހޭނެ…….އަރްޝީ ފޯނު ނުނެގީމަ ޒައިދު މިހިސާބަށް އައީވެސް…….އެހެންޏަކާ ޒައިދު ނާންނާނެ މިގެއަކަށް…..” ހަސީބާ ބުނެލިއެވެ. އަރްޝީ ތެދުވާ ޚިޔާލެއް ނުކުރިއެވެ. އެ އޮތްގޮތަށް އޮތީއެވެ. ހަސީބާ އިރުކޮޅަކު އެހެން އިނުމަށްފަހު އަރްޝީ ދިން ޖަވާބު ޒައިދުއަށް ރައްދު ކޮއްދިނެވެ.
ހަސީބާގެ ހުއްދަ އާއި އެކު ޒައިދު ގޮސް އަރްޝީގެ ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރޭ މީހަކު ހިނގާ އަޑަށް އަރްޝީ ހީކުރީ ހަސީބާ އަނެއްކާވެސް އައީކަމަށެވެ. ” މަންމާ……ޒައިދު ކައިރީ ބުނޭ މިވަގުތު ދާށޭ………އަހަންނަކަށް ނެތޭ ނިކުމެވޭކަށް ބޭރަކަށް…..” އަރްޝީގެ ޖަވާބުން ޒައިދު އިރުކޮޅަކު ހުއްޓުން އަރާފައި ހުރެވުނެވެ.
” އަރޫ…….” ޒައިދުގެ އަޑު އަރްޝީގެ ކަންފަތުގަ ޖެހުމާއި އެކު ސިހިފަ އަރްޝީއަށް ތެދުވެވުނެވެ. ކޮޓަރި ތެރޭ ޒައިދު ހުރިތަން ފެނުމުން އަރްޝީ މާ ބޮޑަށް ހައިރާންވިއެވެ. ކުރިން ޒައިދުގެ މޫނުމަތިން ފެންނަ ހިނިތުންވުމެއް މިގަޑިއަކު ނެތެވެ. ޒައިދުގެ މޫނުމަތިން ފެންނަމުން ދަނީ ސީރިއަސްކަމެވެ. ” އަރޫއަށް ނުނިކުމެވޭނެތީ އަހަރެން މިތަނަށް މިއައީވެސް……ދެން ޑޮކްޓަރަށް ދައްކަން ވެއްޖެއްނު…….” ޒައިދު ފަރުވާތެރިކަމާއި އެކު އަރްޝީގެ މޫނަށް ބަލާލިއެވެ. އަރްޝީގެ މޫނުވަނީ ރަތްވެފައެވެ. ފަންކޮން އޮންނަ އިސްތަށިގަނޑު އޮތީ ތަރުތީބެއް ނެތި ހޭވިފައެވެ. އަރްޝީ މުޅިން ހިމޭންވިއެވެ. ޑޮކްޓަރަށް ދައްކާކަށް އޭނަ ބައްޔެއް ނޫނެވެ. ޒައިދު އާއި ބައްދަލު ކުރަން ބޭނުންނުވާ ވާހަކަ ސީދާ ނުބުނެ އެ ބަހަނާ ދައްކަނީއެވެ.
އެކޮޓަރި ތެރޭގަ ވަނީ ހަމަހިމޭންކަމެވެ. މޭޒުމަތީ ހުރި ކުޑަ ގަޑީގެ ސިކުންތު ފަތިގަނޑު ހިނގާ އަޑު ނޫނީ އެހެން އަޑެއް ނީވެއެވެ. އަރްޝީގެ ފަރާތުން ޖަވާބެއްގެ އިންތިޒާރުގަ ޒައިދު އިނީ ކެއްތެރިކަމާއި އެކުއެވެ. އަރްޝީ އިސްޖަހާލައިގެން އިނީއެވެ. އިތުރަށް ދޮގުތަކެއް ހަދައިގެން ބޭޒާރުވެދާނެތީ ކަންނޭނގެއެވެ. އަމިއްލައަށް ފިނިވާގޮތްވުމުން ތުންފަތް ހަފަން ފެށުނެވެ. ޒައިދު މަޑުމަޑުން ހިނގަމުން ގޮސް އަރްޝީގެ ކައިރީ އިށީނެވެ. އަރްޝީގެ އަތްނަގާ ޒައިދުގެ މޭގަ ޖައްސާލިއެވެ. ޒައިދު ހިތުގެ ވިންދު އަރްޝީއަށް އިހްސާސްވާނެހެން އަރްޝީގެ އަތް ޒައިދު މޭގަ ޖައްސާ ބާރުކޮއްލިއެވެ.
” ބައްޕަ ބުނެފި ކައިވެނި އަވަސްކުރަން…..ދެން ލަސްކުރާކަށް އަހަރެންވެސް ބޭނުމެއް ނޫން…….މިއަދު ދާނީ އަރްޝީގެ މަންމަމެންނާވެސް މި ވާހަކަ ދައްކާފަ…….ދެފަރާތުން ވާހަކަ ދައްކާ ރަނގަޅު ތާރީޚެއް ކަނޑައަޅާނި ދޯ…….” ޒައިދު ކައިވެނީގެ ވާހަކަ ދައްކަން ފެށުމުން އަރްޝީއަށް އޭނަގެ އަތްދަމައިގަނެވުނީ ބިރެއް ފެނުނީމަ މީހަކު ތެޅިގަންނާނެ ގޮތަށެވެ. އަރްޝީ އަމިއްލަ އަތްގެންގޮސް މޭގަ ޖައްސާލިއެވެ. އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭސީގެ މަޑު ފިނިކަމެއް އެކުލެވިގެންވާ އެކޮޓަރީގެ ފިނިކަން އަރްޝީއަށް އިހްސާސްނުވާ ކަހަލައެވެ. ޖަވާހިރުތަކެއްފަދަ ދާތިކިތަކެއް އޭނަގެ މޫނުމަތީ ބަބުޅަން ފެށިއެވެ. އެތެރެ ހަށީގަ ހީވަނީ ހޫނުގަދަ އަލިފާނެއް އަނދަމުން ދާހެންނެވެ.
” އައްދެ ހާދަބިރެއް…..ކައިވެނީގެ ވާހަކަ ދެއްކީމަ ޖެހިލުންވަނީތަ؟” ޒައިދުއަށް އަރްޝީގެ ހަރަކާތްތައް ވީ މަޖާކަމަކަށެވެ. ކައިވެނި ކުރާ ވާހަކަ ބުނުމުން އަންހެން ކުދިން ޖެހިލުންވާ ވާހަކައަކީ އޭނަ ކުރިންވެސް އަޑުއަހާފައިވާ ވާހަކައެކެވެ. ” އަދި ކައިވެނި ކުރާކަށް ނުވޭ…….އަހަރެންވެސް ޖޮބަކަށް ޖައިންވެފަ ހަމަޖެހިލެވުނީމަ ކުރާނި…..” އަރްޝީ އިންކާރުކުރިއެވެ. އަރްޝީގެ ނިންމުމަށް ޒައިދު ދެކޮޅެއް ނުހަދައެވެ. ކައިވެނީގަ ގިނަ ތައްޔާރީތަކެއް ވާންޖެހޭނީ އަންހެން ކުއްޖާއަށްވެފައި އެކަން އަރްޝީއަށް ދޫކޮއްލީއެވެ
.
ޝެރީން އެނދުގަ އޮށޯވެލައިގެން އޮތްއިރު ވިސްނެނީ ޒައިދު ދެއްކި ވާހަކަތަކަށެވެ. އޭނައަށް ވިސްނައިދޭން ޒައިދު ދެއްކި ވާހަކަތަކަކީ ބަރުދަނެއް އެކުލެވިގެންވާ ވާހަކަތަކެއްކަން ޝެރީންއަށް ނުވިސްނެނީއެއް ނޫނެވެ. ސަލޫމް އާއި ޝެރީންގެ ގުޅުމަކީ ފާއިޤްގެ އެދުމަށް ފެށި ގުޅުމެއްކަމަށްވާތީ އެ ގުޅުން ދަމަހައްޓަން ޝެރީންއަށް މަޖުބޫރުވީއެވެ. ސަލޫމްގެ ފަރާތުން ދުވަހަކުވެސް އުފަލެއް ނުލިބުނަސް މުސްތަޤުބަލުގައިވެސް އުޅެން ޖެހޭތީއެވެ.
ސަލޫމްގެ ހަރުކަށި ބަސްތަކުން ޝެރީންގެ ހިތް އެތައް ފަހަރަކު ރޮއްވައެވެ. ފަސޭހަ ނުވާ ރޯފާރުތަކެއް އެހިތުގަ ލެއްވިއެވެ. ޝެރީން އެންމެ ފޫހިވަނީ ސަލޫމް އޭނަގެ އިހްސާސްތައް ނުދަންނާތީއެވެ. އަމިއްލަ އިޚްތިޔާރުގަ އެއްވެސް ކަމެއް ނުކުރެވޭތީއެވެ. ކޮންމެ ކަމެއްގެވެސް ހުއްދަ ސަލޫމްގެ ފަރާތުން ހޯދަން ޖެހޭތީއެވެ. ހީވާގޮތުން ޝެރީންގެ ދިރުއުޅުމުގެ ހުއްދަ ލިޔެވިފައިވަނީ ސަލޫމްގެ އަތުގައެވެ. ޝެރީން އެކޭ ކޮއްޓެއްގަ ބަންދުކުރެވިފަވާ ދޫންޏެކޭ އެއްފަދައެވެ. ޝެރީންގެ ހިތަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. އެހިތުގަވެސް އިހްސާސްތަކަކާއި އުދާސްތަކެއް އެބަވެއެވެ.
ސަލޫމްއަށް އެ ހުރިހައި ކަމެއް ވިސްނައިދޭނީ ކީކޭ ކިޔާފަ ބާއެވެ. މި ފަސްއަހަރުގެ ތެރޭގަވެސް އެތައްގޮތަކުން ވިސްނައިދެވޭތޯ މަސައްކަތް ކޮއްފިއެވެ. ސަލޫމް ދެކޭ ގޮތުގަ އަންހެނުންނަކީ އެއްވެސް މިނިވަންކަމެއް ދޭންޖެހޭ ބައެއް ނޫނެވެ. ސަލޫމްއަށް ނުވިސްނޭތީ ޝެރީން ސަލޫމްގެ ވާހަކަ އެތައް ފަހަރަކު ފާއިޤްގެ ކައިރީވެސް ދެއްކިއެވެ. ދަރިފުޅަށް ލިބޭ އަނިޔާއަށްވުރެ ފާއިޤްއަށް ބޮޑަށް ވިސްނެނީ އަމިއްލަ ގަދަރަށެވެ. ކަމާލް އާއި އޮންނަ އެކުވެރިކަން ކެނޑި އޭނަގެ ވިޔަފާރިއަށް ގެއްލުންތަކެއް ވެދާނެތީއެވެ. ފާއިޤްއަށް ވިޔަފާރީގަ އެހާ ބޮޑު ކާމިޔާބެއް ލިބިގެން ދިޔައީ ކަމާލްގެ މިންނެތް މަސައްކަތުންނެވެ. އަދި ޝެރީން ޢާއި ސަލޫމް ކައިވެނީގެ ގޮތުން ގުޅި ދެފަރާތުގެ އެކުވެރިކަން ގާތްގުޅުމަކަށް ބަދަލުކުރާށެވެ.
އަރްޝީ އެއްވެސް ވަރަކަށް ކޮޓަރިން ނުނިކުމެ އޮންނާތީ ޔޫނާ ކަންބޮޑުވެގެން އެވާހަކަ ދެއްކިއެވެ.
” އަހަރެން ބުނެފީމެއްނު ކަމެއް ނުވެއޭ….ބަލިވެ އުޅޭތީ މި އޮންނަނީ…..” ޔޫނާ އެތައް ފަހަރަކު އެ ސުވާލު ކުރުމުންވެސް އަރްޝީގެ ޖަވާބަކަށް ވީ ހަމަ އެކައްޗެކެވެ. ” ބަލިވެ އުޅޭނަމަ ދައްކަން ދާން ހިނގާ……ތި ބޮލެއްގަ ރިއްސާތީ އޭ ކިޔާފަ ބޭސްގުޅައެއްވެސް ކަނީއެއް ނޫން…އަހަންނަށް ހީވަނި އެހެން ކަންތައް ގަނޑެއް އެބައުޅޭހެން….އަރްޝީ ކަމެއް ސިއްރު ކުރަނީތަ؟” ޔޫނާއަށް އަރްޝީ ދައްކާ ވާހަކައެއް ޤަބޫލެއް ނުކުރެވެއެވެ.
” އަހަރެން ކޮންކަމެއް ދޮންތައަށް ސިއްރު ކުރާނި….އެއްވެސް ކަމެއް ނުވޭ….” އަރްޝީ ހަޤީޤަތް ކިޔައިދޭން ބޭނުމެއް ނުވެއެވެ. ޔޫނާ އެވާހަކަ އިތުރަށް ނުދައްކާ ގޮސް ހަސީބާ ކައިރީ އަރްޝީ ދިން ޖަވާބުގެ ވާހަކަ ބުނެލިއެވެ. ހަސީބާ އާއި ޔޫނާ އަދި ރަބީއު ސިޓިން ރޫމްގަ ތިއްބެވެ. ” ކަމެއް ނުވާނަމަ އަރްޝީ އެހެންނެއް ނޫޅޭނެ….އަހަރެން ގަބޫލެއް ނުކުރަން…..” ހަސީބާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ” ހަސީބާ އެ އުމުރުގަ އެކުދިންނަށް ނޭނގޭ ބަދަލުތަކެއް އަންނާނެ.ވެދާނެ ޒައިދު އާއި މައްސަލައެއް ޖެހިގެން އުޅެނީކަމަށް….ދެމީހުން ވާހަކަ ދައްކައިގެން ހައްލު ކުރީމަ އެ ހުރިހާކަމެއް ހަމަޖެހިދާނެ….އަޅާނުލާ ބަހައްޓާބަލަ…..” ރަބީއު އޭނަގެ ހިޔާލު ފާޅުކުރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.


dhn maybyy tmorrow or day after tommorrow i’ll upload the next part
🙂
mi storyy ah cmmt kohlaa huri haa kudhin nah vess v v v bodah thx
narshyy ah vegen ulheyy gotheh vess ingeyne dhn huri part thakuga
vedhaane eii dhon bappa ge kamakun kamah vexx 🙂
hope u’ll like this part too
🙂
You agirl or boy? pls reply 🙂 girl eh viyya vaahka dhekkeyneennu dho
i’m a girl 🙂
ohh yess 🙂
U kon rasheh ?
noon,, maadhamaa up kohdhy,, wednesday 17:00 ga littlemaid camp dhaan furan,, ehenve pls,, alhugandaky grade 5 ga ulhey girl kujjeh.. pls xaahyy 🙁
nayaal ulheni gr.5 ga tha? shai ves ulheny gr.5 ga….nayaal enjoy your camp.camp gohsa ais ves story kydhaane..varah :)keh madhu vefa dho? shai ves
u kon rasheh adhi konschool eh? hama mi ais rest kohlanymi
i’ll try nayaal
but haadha kuda kuhjeh
grade 5 ga
haadha kuda kuhjekeyy dhw
shai n nayaal
hiyeh nukuran gr 5 ga u;hey kudhin vxx loabyy ge vaahaka kiyaa kamakah
step father is warning her right 😮 yagyne eyna ulheny arshi ah dhahi vethi vegen kan. mi then bappain ulhey vathareh tha. arshi ves shikaara veriyey ge vaki thakun salaamah vaan massah kah kureema veveyni :O v.reethi. waiting for the next part :
hehehe thax fan
vedhaane dhw mi storyy ge villan akyy dhon bappa kamah vess
🙂
dhww
arshi maa findi eyy 😛
dhn vaa goiy vxx ingeyne nxt part thaku ga 🙂
Wow. . nice Xaahee. . hama anekkaa vx inthizaaruge guiter Kulhen mi jehunee. . 🙂
hehehehe
thx alot gudu
so happy to see ur comment 🙂
hehehe dhw
dhn inthixaaru ge guiter kulhela kulhelaa hurey next part tommorow ge part update vandhn 😛
n i like ur stories too 🙂
REALLYYY. . u like them. . !!!????? Wow im so glade u do. . 😀 thanks Xaahy. . BTW i have ur story books too with me in my collection. . 😀 big fan of uw. . 😉 gud nyt. .
Shai ah v salhi knmahsala eh tha arshy jehigen mi ulheny
thx shaii
Please avahah up kohdhyba… i’m eagerly waiting. Vaahaka varah reethi 🙂 🙂
Reethi vaahaka eh…
Nice strory.
Interesting