Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 5

almaa2004 Level 210 Stories100 Login
August 10, 2018 4 Mins Read
10 Comments

ދިޔުމަށް ހަމަޖެހިފައިވާ ކޮފީ ޝޮޕްއާއި ކައިރިވި ވަރަކަށް ޒާއިފްގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. ފާޑުފާޑުގެ ހިޔާލުތަށް ޒާއިފް ބިރުގަންނަވަމުން ދިޔައެވެ. ކުރަން މިއުޅޭ ކަންތައް ކާމިޔާބުވާނެ ބާއޭ ހުއްޓުމެއްނެތި ޒާއިފްގެ ހިތަށް އަރަމުން ދިޔައެވެ. ސައިކަލު ޕާކް ކުރުމަށްފަހު ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ޒާއިފްް ކޮފީ ޝޮޕަށް ވަނެވެ. މާ ގިނަ އިރުތަކެއް ނުވެ ހުސް މޭޒެއް ކައިރި ފޯނަށް ގެއްލިފައި އިން ޒިވާ ޒާއިފްގެ ލޮލުގައި އަޅައިގަތެވެ. މަޑު ހިނގުމެއްގައި ޒާއިފްގޮސް މޭޒުގެ އަނެއް ފަރާތުގައި އިށީނެވެ. 2 ކޮފީއަށް އޯޑަރު ކުރުމަށްފަހު ޒާއިފް، އޭނާ ދައްކަން އައި ވާހަކަ ދެއްކުމަށް މަސައްކަތް ފެށިއެވެ.

” ހްމްމްމްމް…. ދެން ތި ދައްކަންއުޅޭ ވާހަކައެއް ދައްކަބަލަ….” ފޯނުން ނަޒަރު ވަކިކޮށްލަމުން ޒިވާ ބުނެލިއެވެ.

” އަސްލު އެހާ ބޮޑު ވާހަކައެއް ނޫން…. އެކަމް ކުޑަ ވާހަކައެއްވެސް ނޫން….. އަނެއް…. އަސްލު ވާ ގޮތަކީ….. ދަ ތިންގް އިޒް އައި…… ” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ޒާއިފް ވާހަކަ ފެށިއެވެ. ” ޕިސް ޕިސް…. ތިއުޅެނީ އަހަރެން ކައިރި އިންނަން އަހަންތަ..؟ އަވަހަށް ބުނެބަ ދެން… އަަހަރެން މިރޭ ތަންކޮޅެެއް ކުރިން ދާން ޖެހޭ…..” މަޖަލަކަށް ހަދާފައިވިޔަސް ޒިވާ އެ ބުނި އެއްޗަކުން ޒާއިފް ސިހުނެވެ.

” އަ.. އަ… އަައި ލަ..ލަވް ޔޫ.. ” ވަރަށް ހިތްވަރުކޮށްފައި ޒާއިފް ބުންޏެވެ. އެ ވަގުތު ހީވީ ޒާއިފްގެ ހިތް މޭ ފަޅާފައި ނުކުމެދާނެ ހެންނެެވެ.  “ވަޓްޓްޓް…؟ ވަޓް ޑިޑް ޔޫ ސޭ…؟ ” ޒާއިފް ބުނި ޖުމްލައިން ފެން ބޯން އިން ޒިވާ ކޮށިއެރިއެވެ. އަދި ސުވާލުގެ ނަޒަރަކުން ޒާއިފްއާއި ހަތަރު ކަޅި ހަމަ ކޮށްލިއެވެ. ” ތި ދެން މީހުން ސަމާސާއަށް ދައްކާކަހަލަ ވާހަކަތަ….؟ ޒާއިފްވެސް ދޯ…..” ހެމުން ހެމުން ޒިވާ ބުންޏެވެ.

” އައިމް ނޮޓް ކިޑިން …. އަހަރެން މި ކަހަލަ ކަންތަކުގައި ސަމާސާ ކޮށެއް ނޫޅެން….. ރައިޓް ނައު އައިމް ވެރީ ސީރިއަސް…. އައި ރިއަލީ ލަވް ޔޫ …. ” ސީދާ ޒިވާގެ މޫނަށް ބަލަން އިނދެ ވަރަށް ލަސްލަހުން ޒާއިފް ބުންޏެވެ. ޒާއިފްގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރުތަކުން އެއަކީ އޭނާ ސަމާސައަކަށް ބުނި އެއްޗެއް ނޫންކަން ޒިވާއަށް ޔަޤީން ވިއެވެ. “ސޯ އައި ވޯންޓް ޔޫ ޓު ބީ މައި ގާލްފްރެންޑް..” ބޭކާރު ވާހަކަ ދެއްކުމެއްނެތި ޒާއިފް އޭނާ ބޭނުންވާގޮތް ހާމަ ކުރިއެވެ. އަތުގައި އޮތް ފިނިފެންމާ ދިއްކޮށްލިއިރު ޒާއިފް އިނީ ދެންވާނީ ކިހިނެތްކަން ނޭނގޭތީ ޖެހިލުންވެފައެވެ. އެވަގުތު ޒާއިފްގެ ކޯތާފަތް މައްޗަށް އެރީ ޒިވާގެ އަތުގެ ހޫނު ހަމަލާއެވެ. އެވަގު އެތާ އެއްވެސް މީހެއް ނެތުން އެއީ ހަމަ ޒާއިފްގެ ނަސީބެވެ

” ލޮލް ޒާއިފް…. އައި ނެވާ އެކްސްޕެކްޓެޑް ދިސް ފްރޮމް ޔޫ… އެކަމު ޒާއިފް މިިއަދު އަހަންނަށް ސާބިތުުކޮށްދީފި ހުރިހާ ފިރިހެނުންނަކީ ހަމަ އެއްގޮތަށް އުޅޭ ބައެއްކަން… އެކަމު އަހަރެން ހިޔެއް ނުކުރަން ޒާއިފް އެހެން އުޅެފާނެ ކަމަކަށް….. ” ވަރަށް ރުޅި އައިސް ހުރެ ޒިވާ ވާހަކަ ދެއްކިއެވެ. ” ޒިވާ އައި………. ” ފެންކަޅި ވެފައި ހުރެ ވާހަކަ ދެއްކޭތޯ ޒާއިފް މަސައްކަތް ކުރިއެވެ.

” އޯ ޝަޓް އަޕް ޒާއިފް….. ޑޯންޓް އީވަން ސޭ އަ ސިންގަލް ވޯޑް….. އައި ޖަސްޓް ކޮންސިޑާޑް ޔޫ އޭޒް އަ ގުޑް ފްރެންޑް…. ބަޓް ޔޫ….. ހަމަ ވާހަކަ ދައްކަން ފަށާއިރަށް މީހަކު ދެކެ ލޯބި ވެވޭތަ…؟ އަހަންނެއް ތި ވާހަކަ ގަބޫލެއް ނުކުރަން…… ލޯތްބަކީ ތިހާ ފަސޭހައިން ވެވޭ އެއްޗެއްނަަމަ އެހާ ފަސޭހައިން ހަނދާންވެސް ނައްތާ ލެވޭނެންނު…… އެންޑް ޔެސް… އަހަރެން މި އުޅެނީ އަހަރެން އެންމެ ލޯބިވާ މީހާއާއި ރައްޓެހި ވެގެން….. އަހަރެން ދިރި އުޅުމެއް ފަށަންވެސް ބޭނުންވަނީ އޭނައާއިއެކު…. ހިޔާ އާފްޓާ ވީއާ ޖަަސްޓް ކްލާސްމޭޓްސް…. ޑޯންޓް ޓްރައި ޓު ރުއިން މައި ލައިފް….. އޯކޭ؟ ގުޑް ނައިޓް……. ” ކިޔަން ހުރި އެއްޗެއް ކިޔުމަށްފަހު ޒިވާ އެ ތަނުން ނިކުމެގެން ދިޔައެވެ. ޖެހިތާ ބުދެއްހެން ޒާއިފް ހުރީ ބުނާނެ އެއްޗެއް ކީއްކުރަން، ލޮލުފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. އެ ހުރިހާ އެއްޗެއް އޭނާއާއި ދިމާލަށް ކިޔާފައި އެ ދިޔައީ ހަމަ ޒިވާ ބާވައޭ ޒާއިފްގެ ހިތަށް އެރިއެެވެ. ޒިވާ އެ ދިޔައީ އޭނާގެ ވިހަ ބަސްތަކުން ޒާއިފްގެ ހިތް ކޮށައި ކުދި ކޮށްލާފައެެވެ. ޒާއިފްގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޭނާގެ މޫނުގައި ފިރުމަމުން ދިޔައީ ޒާއިފްގެ އެއްވެސް އިހުތިޔާރެއް ނެތިއެވެ. މަޑުމަޑުން އެތަނުން ނިކުތުމަށް ޒާއިފް ހިނގައިގަތެވެ. އެެތާގައި އިތުަރަށް މަޑުކުރުމުގެ އެއްވެސް ބޭނުމެއް ނެތުމުންނެވެ. ސައިކަލަށް އެރުަމަށްފަހު އޭނާ ސައިކަލު ދުއްވާލީ ވަކި ދާނެ ތަނެއް އޮތީމަކައި ނޫނެވެ. އިތުރަށް ދެން ކުރަންވީ ކީއްކަމެއް ނޭނގޭ ހާލުގައެވެ.

……………………

” ޒާއިފްް ހާދަ ލަސްވެއްޖެއޭ ދޯ…… ގުޅާވެސް ނުލިއެއްނުން….. ” ގަޑިން 12 ޖަހަން ކައިރިވިއިރުވެސް ޒާއިފް ގެއަށް ނާންނާތީ ޝާއިމް ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ. ” އޭނަ ފޯނު ނިއްވާލައިގެން ކޮން ސަކަރާތެެއްތަ އެ ޖަހަނީ ….. ހިނގާބަލަ އޭނަ ފެނޭތޯ ބޭރަ………” ވިޝާލް ދައްކަމުން ދިޔަ ވާހަކަ ހުއްޓުނީ ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ވަތް ޒާއިފް ފެނިފައެވެ. ޒާއިފް ހުރި ގޮތް ފެނިފައި އެ ދެމީހުންނަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ރުއިމުގެ ސަބަބުން ޒާއިފްގެ ދެލޯ ވަނީ ރަތް ވެފައެވެ. ޒާއިފްގެ މާޔޫސްވެ މިލާފައިވާ މޫނު ފެނުމުން ޝާއިމްއަށްވެސް އަސަރު ކުރުވިއެވެ. ޒާއިފް މަޑުމަޑުން ގޮސް ސޯފާގައި އިށީނދެ ދެ އަތުން އޭނާގެ މޫނު ފޮރުވައިލިއެވެ. ޝާއިމް ވިޝާލްއާއި ދިމާލަށް ނިތްއަރުވައިލުމުން ވިޝާލްވެސް ދެ ކޮނޑު ހިތްލާލީ އޭނާއަަށްވެސް ވާނުވާ ނޭނގޭތީއެވެ. ދެން އިވެން ފެށީ ޒާއިފްގެ މަޑު ގިސްލުމުގެ އަޑެވެ. ޝާއިމްއަށް ކެތްނުވެގެން އެންމެ ފަހުން ޒާއިފް ކައިރި އަހާލިއެވެ.

” ޝީ ރިޖެކްޓެޑް މީ….. ޝީ ލަވްސް ސަމްވަން އެލްސް…. ” ޝާއިމް ގައިގައި އޮޅުލައިގަންނަމުން ޒާއިފް ބުންޏެވެ. ” އޭ މޭން ދޭބަލަ ފެން ތައްޓެއް ބަލައި…. ” ވިޝާލް ގެނައި ފެންތަށިން ފެންފޮދެއް ބޯލުމަށްފަހު ވެދިޔަ ހުރިހާ ކަމެއް ޒާއިފް އޭނާގެ ދެ އެކުވެރިިިންނަށް ކިޔައިދިނީ ވަރަށް އަސަރާއިއެކުއެވެ.

” ވަޓްޓްޓްޓް…؟ ޝީ ސްލެޕްޑް ޔޫ.؟… ދެޓް އިޒް ސޯ މީން….. ” ރޮވެން ކައިރިވެފައި ހުރި ވިޝާލް ބުންޏެވެ. ލޯ ފޮހެލުމަށްފަހު ޒާއިފް ކޮޓަރިއަށްވަދެ ދޮރު ލެއްޕީ އެގޭގެ ހަތަރު ފާރު ވެއްޓޭހާ ބާރަށެވެ.

” ސޯ ވަޓް އާވީ ގޮނަ ޑޫ….؟” ވިޝާލް ޝާއިމްއަށް ބަލާލަމުން ބުނެލިއެވެ. ” ވީ ނީޑް ޓު ޑޫ ސަމްތިންގް….. އޭނަ އެހެން އުޅޭތަން ބަލާކަށް މަށަކަށް ކެތެއް ނުވާނެ… ވައި ޑޯންޓް ވީ ގޯ އެންޑް ޓޯކް ޒިވާ.؟…. ” ވިސްނަން އިނދެފައި ޝާއިމް ބުނެލިއެވެ.

” ޔާ… އިޓް މައިޓް ވޯކް….” ޝާއިމް ދިން ހިޔާލު ވިޝާލްއަށްވެސް ކަމުދިޔައެވެ.

އަނެއް ދުވަހުގެ އިރު އެރީ އެއްބައިމީހުންގެ ދިރިއުޅުން ސުވަރުގެއަށް ހަދައިދެމުންނެވެ. އަދި އަނެއްބައިމީހުންގެ ދިރިއުޅުން ޖަހަންނަމައަށް ހަދަމުންނެވެ. އެރޭ ހަތަރުދަމު ނުނިދާ ހުރުމުން މެންދުރުވީއިރުވެސް ޒާއިފްއޮތީ ނިދާފައެވެ. ދަނޑިވަޅު ބަލާފައި ޝާއިމްއާއި ވިޝާލް ގެއިން ނިކުތީ ޒިވާއާއި ބައްދަލުކުރަން ދިއުމަށެވެ. ވަރަށް މަސައްކަތުން ޒިވާގެ އެޑްރެސް އެމީހުންނަށް ހޯދުނެވެ. އެ އިމާރާތުގެ 3 ވަނަ ބުރިއަށް އެރުމަށްފަހު ޝާއިމް ވަރަށް މަޑުމަޑުން އެގޭ ބެލް އަޅާލިއެވެ. ދެތިން ފަހަރަކު ބެލް އެޅުމުން އެގޭ ދޮރުހުޅުވައިލީ ބޭރު އަންހެނެކެވެ. ދޮރު ހުޅުވާލުމާއެކު ޝާއިމްގެ ދެބުމަ ގޮށްޖެހިގެން ދިޔަައީ އެގޭ ސިޓިންރޫމް ސޯފާގައި ޖެހި ފިތިގެންތިބި ދެ ޒުވާނުން ފެނިފައެވެ. ޝާއިމް ވީގޮތް ފެނުމުން ވިޝާލްވެސް ބޯ އަރިކޮށްލައި އެގޭތެރެއަށް ނަޒަރު ހިންގާލިއެވެ.

****ނުނިމޭ****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (17

Next

އުޖާލާވެގެންދިޔަ ޙަޔާތް (9)

Next
August 10, 2018

އުޖާލާވެގެންދިޔަ ޙަޔާތް (9)

Previews
August 10, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (17

10 Comments!

  1. Twinkle? says:
    August 10, 2018 at 10:58 pm

    Me first…. wow mi part vs hama habeys… masha allah…

  2. almaa2004 says:
    August 10, 2018 at 11:29 pm

    Thanks dear❤

  3. Huvey says:
    August 10, 2018 at 11:59 pm

    Vrh reethi vaahaka?

  4. almaa2004 says:
    August 11, 2018 at 9:26 am

    Thank u?

  5. Livee says:
    August 11, 2018 at 11:35 am

    V salhi
    Hama speechless Vefa meeny
    Yageen erashu dhekudhin kanneynge ethiby egeyga dhw
    Curiously waiting for next part

  6. almaa2004 says:
    August 11, 2018 at 11:55 am

    Hahahah
    Thanks livee?

  7. Ige Ehnnu ? says:
    August 11, 2018 at 12:09 pm

    Deserved a Yellow heart?

  8. almaa2004 says:
    August 11, 2018 at 12:51 pm

    Hahaha
    Thanks

  9. anonymous says:
    August 17, 2018 at 10:48 am

    when is the next part waiting waiting…….

    1. almaa2004 says:
      August 17, 2018 at 10:52 pm

      Up kohlaafa innaany

Comments are closed.

Next Episodeއިންތިޒާރު 6←


All Right Reserved!