މަންޒަރު ބަލަން އިން ނައުރީންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ” ލެޓްސް ގޯ ނައު… ” ޔޫހާން މިހެން ބުނެ ނައުރީން ބުނާނެ އެއްޗަކަށް ބެލުމެއްނެތި ގޮނޑިން ތެދުވެ އެތަނުން ނިކުންނަން ހިނގައިގަތެވެ. ނައުރީން އަވަސް އަވަހަށް ފައިސާ ދެއްކުމަށްފަހު ޔޫހާންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ” ޔޫން… ވަޓް ހެޕެން… މާ އަވަސް އަވަހަށް ކިހިނެއްވެ ތި ނިކުތީ… ޑްރިންކްވެސް ހުސްނުކޮށް… ” ބޭރުގައި ހުރި ޔޫހާންގެ ކުރިމަތީ އައިސް ހުއްޓެމުން ނައުރީން ބުނެލިއެވެ. އޭރުވެސް ޔޫހާންގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. ” ނައު… އައި ހޭވް ޓު ގޯ… ވަރަށް އިމްޕޯޓެންޓް ކަމަކު… ސޮރީ މިގޮތަށް ދާން ޖެހުނީމަ… ބަޓް އައި ހޭވް ޓު ގޯ… ” ޔޫހާން އޭނަގެ މޫނު މަތީގެ ކުލަވަރު ބަދަލުކުރެވޭތޯ މަސައްކަތްކުރަމުން ބުނެލިއެވެ. ” އޯހް… އިޓްސް އޯކޭ… ދެން އެހެން ފަހަރަކުން އަންނާނީ އަނެއްކާވެސް… ހެހެހެ… ޔުއާ ވޯކް އީޒް މޯސްޓް އިމްޕޯޓެންޓް… ހެހެހެ… ޔޫން ދިޔަޔަސް ހަމަ އޯކޭ… އަހަރެން ގޭގެ ޑްރައިވަރަށް ގުޅާލާފަ ބަލާ އަންނަން ބުނެފާނަން… ޔޫ ކޭން ގޯ… އޯކޭ… ” ހިނިތުންވެލަމުން ނައުރީން އެހެން ބުނުމާއެކު ޔޫހާން ތޭންކްސް އޭ ބުނުމަށްފަހު ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާލިއެވެ. އޭރު ނައުރީންގެ މޫނު މަތިން އޭނަގެ ރޭވުން ކާމިޔާބު ވުމުން އުފާވެރިކަން ފެންނަމުން ދިޔައެވެ. ދަބަހުގައި އޮތް އޭނަގެ ފޯނު ނަގައި އަވަހަށް ދިނާޖުއަށް މެސެޖެއް ކޮށްލިއެވެ.
އައިލީންއަށް ސިހުން ގެނުވީ އޭނަގެ އަތުގައި ދިނާޖު ހިފެހެއްޓުމުންނެވެ. އައިލީން ދިނާޖުގެ އަތް ފޮޅުވައިލެވޭތޯ ކުރި މަސައްކަތް ވީ ބޭކާރެވެ. ”ލީވް މައި ހޭންޑް ދިނާޖު… ” ދިނާޖު އޭނަގެ އަތުން ދޫކޮށް ނުލުމުން އައިލީން ނުރުންވެފައި ބުނެލިއެވެ. ” ސިޓް… ސިޓް އައިލީ… އޯރް އެލްސް އައި ވިލް ކްރިއޭޓް އަ ސީން… އަހަރެން ކޮފީ ބޮއެ ނިމެންދެން މިތާއި މަޑުން އިށީންދެ އިނދޭ… ” މަކަރުވެރި ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ ދިނާޖު ބުނެލިއެވެ. އިތުރު ގޮތެއް ނެތުމުން އައިލީން އިށީނެވެ. އޭނަ އިންތިޒާރުކުރަމުން ދިޔައީ ދިނާޖުގެ ކައިރިން ސަލާމަތްވެވޭނެ ވަގުތަކަށެވެ.
އިފާން އާއި ރިފްޝާގެ އިންތިޒާރުގައި އިފާންގެ އާއިލާ އެންމެންވެސް ސިޓިން ރޫމުގައި ތިއްބެވެ. ސަލާމް ގޮވާލި އަޑު އިވުމާއެކު އެންމެންގެ ނަޒަރު ގޭގެ ދިރާއި ދިމާލަށް ހުއްޓުނެވެ. އެންމެންވެސް ހީކުރީ އެއީ އިފާން އާއި ރިފްޝާ ކަމަށެވެ. އެހެނަސް ދޮރު މަތީގައި އޭރު ހުރީ މާޝާ އެވެ. ”މާޝާ… އާދޭ އެތެރެއަށް… އިށީންދޭ… ހާދަ ދުވަސްކޮށްލާފައޭ ތި އައިސްލީ… މިހާރު ކީއްވެތަ ނާންނަނީ… ” ނާޒިމާ އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. އެންމެންވެސް މާޝާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ. އިފާންގެ ރައްޓެހިކަމުގައި އެގެއަށް އައިސް އުޅުމުގެ ސަބަބުން އެގޭ އެންމެނާވެސް މާޝާ އާއި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. މާޝާ ވެސް ހިނިތުންވެލަމުން މިދުވަސްކޮޅު ވަޒީފާގަ މާ ބުރަކޮށް އުޅޭތީ ނާދެވެނީ ކަމުގައި ބުނެލިއެވެ. ” އެހެންތަ… ނަސީބެއްނު މިއަދު އައިކަން… ވަރަށް ރަނގަޅު ވަގުތެއްގަ ތި އައީ… ހެހެހެ… ” ލުއި ހުނުމަކާއެކު ހާމިދު ބުނެލިއެވެ. ” އެއީ ކިހިނެއްވީ… މާ ޚާއްސަ ކަމެއް އޮތީތަ ބޭބެ ތިހެން ތި ބުނީ… ” ޝައުގުވެރިކަމާއެކު މާޝާ އަހާލިއެވެ. ” ޚާއްސައެއް ނޫން މާޝް… ވަރަށް ޚާއްސަ… ހެހެހެ… ގެސް ވަޓް… ” ރައިފާވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވަމުން ބުނެލިއެވެ. ” އަޅެ ނޭނގެ… ޕްލީޒް ބުނެބާ ދެން… ހަމަ އެއްވެސް ވަރަކަށް ހަނދާނެއް ނެތް މިއަދު ޚާއްސަ ދުވަހެއް ކަމެއް… ” ކުޑަކޮށް ވިސްނާލަން އިނދެފައި މާޝާ ބުނެލިއެވެ. ” ފާން އީޒް ގޮއިން ޓު އިންޓްރޮޑިއުސް ހިޒް ގާލް ފްރެންޑް… ” ފުޅާ ހިނިތުންވުމަކާއެކު އިރުފާން ބުނެލިއެވެ. ” ވަޓް… ” ލިބުނު ހައިރާން ކަމުގައި މާޝާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު އެންމެންގެ ނަޒަރު ސީދާވެފައި ވަނީ އޭނައަށެވެ. ” އޯހް… އަސްލުތަ… ރަނގަޅު ވަގުތަކު ދޯ މި އާދެވުނީ… ހެހެހެ… ” މާޝާ ހަމައަކަށް އެޅިލަމުން ލުއި ހުނުމަކާއެކު ބުނެލިއެވެ. ” ނާންތަ މެނަށް އިނގޭތަ އެއީ ކޮން ކަހަލަ ކުއްޖެއްކަން… މިބުނީ ރިފްޝާ އެއީ ކޮންކަހަލަ ފެމެލީއެއްގެ ކުއްޖެއްކަން… މާލޭ ކުއްޖެއް ނޫން އެއީ… ފެމެލީވެސް ބޮޑެއް ނުވާނެ… ރިފްޝާގެ ބައްޕަވެސް ދުނިޔެއަކު ނެތް… އޭނަ މަންމަ ފަރާތުގެ ފެމެލީގެ އެއްވެސް މީހަކުވެސް ނޭނގެ ރިފްޝާއަކަށް… އެކަހަލަ ކުއްޖަކާ ފާން ކަހަލަ ރަނގަޅު ކުއްޖަކު… ” މާޝާގެ ވާހަކަ މިހިސާބަށް ދިޔަތަނާ ގޭގެ ދޮރުމަތީގައި އެކަކު އަނެކަކުގެ އަތުގައި ހިފާއިގެން ހުރި އިފާން އާއި ރިފްޝާ ފެނި މާޝާގެ ވާހަކަ ހުއްޓުނެވެ. އޭރު ރިފްޝާގެ ދެ ލޮލަށް ދިޔައީ ކަރުނަތައް ޖަމާވަމުންނެވެ. އެ މަންޒަރު ފެނި އިފާން ރިފްޝާގެ އަތަށް ބާރުކޮށްލިއެވެ. މާޝާގެ ނަޒަރު ހުއްޓިފައިވި ދިމާާލަށް އެންމެންގެ ނަޒަރު ބަދަލުކޮށްލިއެވެ. އިފާންގެ އަތުގައި ހިފަހައްޓައިގެން ހުރި އަންހެން ކުއްޖާ ފެނި މާޝާ ފިޔަވައި އެންމެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” ތިއައީތަ ދަރިފުޅުމެން… އާދޭ އަވަހަށް އެތެރެއަށް… ” ހިތްހެޔޮކަމާއެކު ހާމިދު އެހެން ބުނުމާއެކު ރިފްޝާގެ އަތުގައި ހިފައިގެން އިފާން އެތެރެއަށް ވަނެވެ. އޭރު އިފާންގެ ނަޒަރު ސީދާވެފައި ވަނީ މާޝާއަށެވެ. އޭނަގެ މޫނު މަތިން ހިތްހަމަ ނުޖެހުން ފާޅުވަމުން ދިޔައެވެ. އިފާން އޭނަގެ މޫނު މަތީގެ ކުލަވަރު ބަދަލުކޮށްލަމުން އެންމެނަށް ރިފްޝާ ތަޢާރަފުކޮށްދިނެވެ. ” އަހަރެމެނަށް އިނގޭ މާޝާ ތި ބުނި ހުރިހާ ކަމެއްވެސް… އެއީ ކީ އެއްވެސް މައްސަލައެއް ނޫން… އިފާން ވަނީ ތިހުރިހާ ކަމެއްވެސް ކުރިން އަހަރެމެނާ ހިއްސާކޮށްފަ… އަހަރެމެން ބޭނުން ވަނީ އަހްލާޤު ރަނގަޅު ކުއްޖެއް… އަހަރެމެނަށް ހުރިހާ ކަމަކަށްވުރެވެސް އަހަރެމެންގެ ދަރިންގެ އުފާ މުހިއްމު… އިފާން ރިފްޝާ އޭނަގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގަ ބޭނުންނަމަ އަހަރެމެން އުފަލާއެކު އެކަން ބަލައިގަންނަން… ރިފްޝާ އާއި ދޭތެރޭ އަހަރެމެން އެންމެންވެސް ވަރަށް ހިތްހަމަޖެހޭ… ” ލޮއެބާއެކު ރިފްޝާގެ ބޮލުގައި ފިރުމާލަމުން ނާޒިމާ ބުނެލިއެވެ. އެވަގުތު ރިފްޝާގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ޝުކުރުވެރި ނަޒަރަކުން ރިފްޝާ އިފާންއަށް ބަލައިލިއެވެ. އިފާން ހިނިތުންވެލީ ހުރިހާ ކަމެއްވެސް ރަނގަޅު ވާނޭ ބުނާ ފަދައިންނެވެ. އޭރު މާޝާގެ ހިތުގައި ރިފްޝާއަށްޓަކައިވި ނަފްރަތުގެ ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ. ރިފްޝާ އިފާންގެ އާއިލާ އާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުން ދިޔައެވެ. މި މަންޒަރުތައް ބަލަން މާޝާއަށް ކެތްނުވުމުން ގެއަށް ދާން ޖެހިއްޖެކަމަށް ބުނެ ދިޔައެވެ. އިފާން އިނީ މާޝާ އާއި ވާހަކަ ދައްކަން ބޭނުންވެފައި ނަމަވެސް މިވަގުތު އޭނަ އާއި ވާހަކަ ދައްކައިގެން މޫޑު ޚަރާބުކޮށްލަން ބޭނުންނުވާތީ އަޅާނުލީއެވެ.
ޔޫހާން ސައިކަލުގައި ގޮސް މަޑުކޮށްލީ ޔައިޝްގެ ގޭ ކައިރީގައެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު އޭނާ ގޮސް ބެލް އަޅާލިއެވެ. ސިޓިން ރޫމު ސޯފާގައި އިން ޔައިޝް ގޮސް ދޮރު ހުޅުވާލުމުން އޭނައަށް ލިބުނީ ހައިރާންކަމެވެ. ” އޯ ބްރޯ… ކޮންއިރަކު އައީ.. ނުވެސް ބުނެ ދޯ ތިއައީ… ހާދަ ސިއްރުންނޭ ތިއުޅެނީ… ހެހެހެ… ” ދޮރު މަތީގައި ހުރި ޔޫހާން ފެނި ޔައިޝް އޭނަގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ” ހެހެހެ… މިއަދު މެންދުރު ހާއިރު އައީ… އަހަންނަށް ސިއްރުންވެސް ވަރަށް ގިނަ ކަންތައްތައް ކުރަމުންނެއްނު ދަނީ…” ޔޫހާންވެސް ޔައިޝްގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ” ޔޫން… ކީކޭ ތި ބުނީ… ކޮން ކަމެއް ސިއްރުން ކުރީއޭ ތި ބުނީ… ” ޔޫހާން އެބުނި އެއްޗެއް ނޭނގުމުން ޔައިޝް އެކަމާ ބެހޭގޮތުން ޔޫހާން އާއި ސުވާކުުރިއެވެ. ” އަނހާ… ޔޫހާން… ކޮން އިރަކު އައީ… މަސައްކަތް ކިހިނެއް ދިޔައީ… ” ޔޫހާން އެއްޗެކޭ ބުނަން އުޅެނިކޮށް ސިޑިން ފައިބައިގެން އައި ހަބީބް ވާހަކަ ދެއްކިއެވެ. އޭރު ހަފީޒާވެސް ހިނިތުންވެލައިގެން ހުއްޓެވެ. ޔޫހާން ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދިޔަކަމުގައި ބުނެލިއެވެ. ” ދަރިފުޅާ… މަންމަ އާ ބައްޕަ މިދަނީ ރައްޓެއްސެއްގެ ގާތަށް… ތަންކޮޅެއް ލަސްވެސް ވެދާނެ… ” ހަފީޒާ ޔައިޝްއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޔައިޝް ބޯ ޖަހާލިއެވެ. ޔޫހާން އަށާއި ޔައިޝްއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އެދެ މީހުން ގެއިން ނިކުތެވެ. ” ޔައި… އައި ނީޑް ޓު ޓޯކް ޓު ޔޫ… ” ޔޫހާން ޔައިޝްއަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ހޫމް… ބުނެބަލަ.. ކޮން ވާހަކައެއްތަ… މަށަށް ހާދަ ހީވެޔޭ ކޮންމެވެސް ބޮޑު ކަމަކާއި ބެހޭގޮތުން ހެން… ޔޫންގެ މޫނު މަތިން އެކަނިވެސް އެކަން ފާހަގަވޭ… ” ސިޓިން ރޫމުގެ ސޯފާތަކާއި ދިމާލަށް ހިނގައިގަންނަމުން ޔައިޝް ބުނެލިއެވެ. ” އަހަރެން އެކޮޅުގަ އުޅެނިކޮށް ޔައިމެން ދިޔައިމެއްނު އާޓިފިޝަލް ބީޗަށް… އެދުވަހު ކަންތައްވީ ގޮތް ކިޔައިދީބަލަ…” ޔޫހާން އައިސް ސޯފާގައި އިށީންނަމުން އަހާލިއެވެ. ” އެދުވަހު… އަނެއްހެން އެއްވެސް ކަމެއް ނުވޭ… އެތަނަށް ގޮއްސަ އެންމެންވެސް ވާހަކަ ދައްކާލަން ތިބީ… ދެން ތިބެފަ އައިސް ކްރީމް ގަންނަން ދާން އުޅުނީ… ތަންކޮޅަކަށް ދިޔަތަނާ ޔޫން އައިލީއަށް ގުޅީމަ އައިލީ ބުނީ މަޑުކުރާނީ އޯ… ސޯ ދެން އަހަރެމެން ބާކީ ތިބި މީހުން ދިޔައީ… ދެން އައިސް ކްރީމް ބޮއެގެން އިރުކޮޅަކު އެތާއި ތިބެލާފަ އައީ… ” ޔޫހާން އެހެން އެހުމުން ހައިރާންވެފައި އިނދެވެސް ޔައިޝް އެދުވަހުގެ ވާހަކަ ކިޔައިދިނެވެ. ” އާރް ޔޫ ޝުއާ އެހެން ކަމެއް ނުހިނގާކަން… ޖަސްޓް ޓެލް މީ ދަ ޓްރުތް ޔައި… ” ނުރުހުންވެފައިހުރެ ޔޫހާން ބުނެލިއެވެ. އެއާއެކު ޔައިޝްގެ ހައިރާންކަން އިތުރުވިއެވެ. ”ޔޫން… އިތުރު ކަމެއް ނުވެޔޭ… ކިހިނެއްވެގެންތަ ތި އުޅެނީ… ” ޔައިޝް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން ބޭނުންވާތީ އަނެއްކާވެސް ސުވާލުކުރިއެވެ. އެއާއެކު ޔޫހާން އޭނަގެ ޖީބުގައި އޮތް ފޯނު ނަގައި ނުދަންނަ ނަމްބަރުން ފޮނުވާފައިވި ފޮޓޯތައް ޔައިޝްއަށް ދައްކާލިއެވެ. ލިބުނު ހައިރާންކަމުގައި ޔައިޝްއަށް ޔޫހާންގެ އަތުން ފޯނު ޖަހައިގަނެވުނެވެ. އޭނާ އެ ފޮޓޯތަކަށް ބަލަހައްޓައިގެން ހުރީ ގަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ. ޔޫހާން ނުދަންނަ ނަމްބަރުން ކޮށްފައިވި މެސެޖުތައްވެސް ޔައިޝްއަށް ދެއްކިއެވެ. އަދި މި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަންތައްތައް ވަމުން އަންނަ ގޮތް ޔައިޝްއަށް ކިޔައިދިނެވެ. ” ޔޫން… އައިލީ އެހެނެއް ނަހަދާނެ… ޝީ ލަވްސް ޔޫ… އައި ކާންޓް ބިލީވް ދިސް… ” ޔައިޝް ޔޫހާންގެ އަތަށް ފޯނު ދެމުން ބުނެލިއެވެ. ” ދެން ޔައި ތި ބުނަނީ އަހަރެން މި ބުނީ ދޮގެކޭ… މި ފޮޓޯތައް މީކީ ހަމަ ގައިމުވެސް އެޑިޓްކޮށްފަ ހުރި ފޮޓޯތަކެއް ނޫން… ދެން މިއަދު… މިއަދު ސީހައުސްގަވެސް ދެ މީހުން ތިއްބޭ… އަހަރެންގެ މި ދެލޮލުންނޭ ދުށީ… ” ޔޫހާން ހިތްހަމަނުޖެހިފައިހުރެ އެހެން ބުނެލިއެވެ. އަދި އޭނައަށް ފެނުނު މަންޒަރުތައް ޔައިޝްއަށް ތަަފްސީލުކޮށް ކިޔައިދިނެވެ. ” ކޯލް ހާ… ގުޅާފަ ބުނޭ މިގޭ ޓެރެސްއަށް ވަރަށް އަވަހަށް އައިސްބަލާށޭ… ނުބުނާތި އަހަރެން އުޅޭ ވާހަކަ… އައިލީ އިތުރު ސުވާލެއް ކުރިޔަސް ޔައި ޖަވާބު ނުދީ ފޯނު ކަނޑާލާ… ” ޔޫހާން ބުނެލިއެވެ. ޔައިޝް އެއްވެސް ހަރަކާތެއްނުކޮށް ހުރުމުން ދެވަނަ ފަހަރަށްވެސް ޔޫހާން އެވާހަކަ ތަކުރާރުކޮށްލިއެވެ. ދެވަނަ ފަހަރަށް ބުނުމުން ޔައިޝް ޔޫހާން ބުނިގޮތަށް ކަންތައް ކުރަން ފޯނު ނެގިއެވެ.
ދިނާޖުގެ ކުރިމަތީ އިށީންދެލައިގެން އިން އައިލީން އިނީ ކުރާނެ ކަމެއް ނޭނގިފައެވެ. އެންމެ ފަހަރަކުވެސް ދިނާޖުގެ އެ ތޫނު ނަޒަރު އައިލީންއިން ވަކިނުވެއެވެ. އެހެން އިންދާ އައިލީންއަށް ސިހުންގެނުވީ އަތުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ފޯނު ނަގައި ބަލާލިއިރު ގުޅަނީ ޔައިޝްއެވެ. އައިލީން އަވަސްއަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. އެއާއެކު ޔައިޝް ވަރަށް އަވަހަށް އެގޭގެ ޓެރެސްއަށް އައުމަށް އެދުނެވެ. އަދި އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ފޯނު ކަނޑާލިއެވެ. ” ދިނާޖު… އައި ހޭވް ޓު ގޯ… ޕްލީޒް… ” އައިލީން ދިނާޖުއަށް ބަލާލަމުން ބުނެލިއެވެ. ދިނާޖު ވަރަށް ފަސޭހަކަމާއެކު މިފަހަރު ދިއުމުގެ ފުރުސަތު ދިނެވެ. އައިލީން އަވަސް އަވަހަށް އެތަނުން ނިކުމެ ޓެކްސީއެއް ހޯދައިގެން ޔައިޝްގެ ގެއަށް މިސްރާބު ޖެހިއެވެ.
ޓެކްސީއިން ފޭބުމަށްފަހު އައިލީން އަވަސް އަވަހަށް ޔައިޝްގެ ގެއަށް ވަނެވެ. ގޭތެރެއަށް ވަދެ އޭނަ އެތައް ފަހަރަކު ޔައިޝްއަށް ގޮވިއެވެ. އޭރު ކޮޓަރި ތެރޭގައި ހުރި ޔައިޝް ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލައެވެ. އެއްވެސް މީހެއްގެ ޚަބަރެއް ނުވުމުން އައިލީން ޓެރެސްއަށް އެރުމަށް އަވަސްވެގަތެވެ. އައިލީން ގޮސް ޓެރެސްއަށް އެރިއިރު އޭނައަށް ފުރަގަސްދީގެން މީހަކު ހުއްޓެވެ. ފުރަގަސްދީގެން ހުރި ނަމަވެސް އައިލީންއަށް އެއީ ޔޫހާންކަން އިނގުނެވެ. ” ޔޫހާން… ” އައިލީންއަށް ޔޫހާންގެ ނަން ކިޔާލެވުނެވެ. ފަހަތުގައި މީހަކު ހުރިހެން ހީވުމުން ޔޫހާން ފަސްއެނބުރި ބަލާލިއެވެ. ފަސްއެނބުރުނު ޔޫހާންއަށް އޭނައަށް ބަލަހައްޓާއިގެން ހުރި އައިލީން ފެނުނެވެ. އައިލީންއަށް ކުޑަ އިރުކޮޅަކު ޔޫހާންއަށް ބަލަހައްޓާއިގެން ހުރެވުނެވެ. މަޑު ނޫ ކުލައިގެ ގަމީހަކާއެކު ހުދު ކުލައިގެ ސްކިނީގައި ޔޫހާން ފެންނަލެއް ވަރަށް ފުރިހަމައެވެ. ދެ ޖީބަށް އަތް ޖަހާލާފައިވުމުން ފުރިހަމަކަން އިތުރުކޮށްދެއެވެ. އައިލީން ދުވެފައި ގޮސް ޔޫހާންގެ ގައިގައި ބައްދާލިއެވެ. ” ޔޫހާން… އައި މިސްޑް ޔޫ… އައި މިސްޑް ޔޫ ސޯ މަޗް… އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް… ” އައިލީން އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ. ޔޫހާންއަށް އައިލީން އައިސް ބައްދާލުމުން ކުރުވި އިހުސާސްއަކުން ދެ ލޯ މަރާލެވުނެވެ. ދެ ޖީބަށް ޖަހާފައިވި އަތް ޔޫހާން މަޑުމަޑުން އުފުލާލިއެވެ. އެހެނަސް ފޮޓޯތަކުގެ ހަނދާން އާވުމާއެކު ޔޫހާން އޭނަގެ ދެއަތް ތިރިކޮށްލިއެވެ. އައިލީން ޔޫހާންގެ އިޝާރާތެއް ނުވުމުން ޔޫހާންއާއި ދުރުވެލިއެވެ. އަދި ޔޫހާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ޔޫހާން ދެއަތް ޖީބަށް ޖަހައިލައިގެން ދުރު ބަލަހައްޓައިގެން ހުއްޓެވެ. ޔޫހާންގެ މި ދުރުކަން ފެނި އައިލީންގެ ލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.








First dhw
Haadha dhera gothekey dhw mi viyy.N stry hama perfect.masha allah.keep it up dear.thankolheh avahah stry up kohla dhiyy bala dear igey.hama kiyaa hithun.gina dhauvass viyy ma faadakah fohi vany.sorry igey.
Waiting 4 nw part.
-salaam-????
Yahh… Ur first ST Man ???… Congrats ???… Thankyou so much ST Man ❤️❤️❤️?????????… Ifoo innaanee mihaaru week ehga 3 days story genesdhey gothakah decide kohfa… So In Sha Allah Tuesday ga next part genesdheynan ???… I believe midhuvaskolhu story ge parts thah lasvaakan vx bt time nuvany hama… Ingey readers bore vaane kann vx… I’m really sorry… Bunaa dhuvasthakuga up kohdheveyrhr I will try my best ???… Thankyou so much for the support ❤️❤️❤️???…
Ifoo alhe haadhakury story . Adhives 1 part up kondheybala .
Sorry Sam… Liyevunu varu mee… In Sha Allah Tuesday ga up kohdhey part dhigukoh genesdheynan ???… Thankyou dear ??????❤️❤️❤️???…
Oh varah reethi avahah next part up kohla dheythi
Shai ❤️❤️❤️… Thankyou so much dear ❤️❤️❤️??????… Next part In Sha Allah Tuesday ga ???… Hope u will wait ???…
salaam dear readers ???❤❤❤… I know it is short… bt liyevunu varu mee… sorry dear readers mi part kuruvyma n lasvyma???… In Sha Allah next part tuesday ga… e part In Sha Allah dhigukoh genesdheynan… thankyou so much all for the support ❤❤❤???…
Wow it’s just awesome?????alhey dhn yoohaan hama ailee ah trust nukuranytha???btw don’t mind ingey mi question ehias..how old are u????i am 14..and my name is Mal..?????❤❤❤❤again v v rythi ingey…whn next part??waiting???????
Mal ❤️❤️❤️… First of all thankyou so much for the colourful Comment ❤️❤️❤️??????… I love ur comments dear ???❤️❤️❤️… Hehe… I’m 17 years dear ???… Let’s see yoohaan hadhaa gotheh… Thankyou so much dear ifoo ah thidhey support ah ❤️❤️❤️??????… Next part In Sha Allah on Tuesday… Inthizaaru kurahchey ???…
Story is just wow ??
But thankolheh avahah up kohdhehchey
Nish ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… Time vaavarakun up kohdheynan In Sha Allah ???… Next part on Tuesday In Sha Allah ???…
Masha allah ????????????????
Hama kiyaairu rovey varu veyy.. vrh salhi ??? heevany loa kurimathy huri haa kameh hingaahn.. cmnt nukuriyas baraabarah mi stry kiyan.. miadhu hama reethi kamun cmnt kohlaahiy v ??? varah salhi
Awwwwnn ❤️❤️❤️??????… Thankyou so much dear ❤️❤️❤️??????… V v v ufaavehje story reethi v ma ???… Dear comment kohleema v v v v ufaavehje ❤️❤️❤️???… Thanks a lot dear… It really means a lot for me ❤️❤️❤️?????????… Hope to see ur comment more often ???…
Varah varah varah reethi……
Xuam ❤️❤️❤️… Thankyou so much ❤️❤️❤️?????????… V v v ufaavehje story reethi v ma ???…
Ifooo ?❤ varah varah reethi vaahakaige mi part ves.. But i think maa maa bodah kuru hen mifaharu ?? Ekam anehhen hurihaa baeh ves genessa hurileh varah reethi ❤❤?? And yoon describe kohdhyfa in gothun heevy hama fenun hen ?? hehe haadha reehchey alhe ???? Hama keh nukurevigen miulheny next part ga baa goi balaalaa hithun.. Next part dhigu kohlahchey pls.. ☺☺? Dhen yoon ves ailee ah trust kohba ?? Lovessss ifoo ????❤
Livy ❤️❤️❤️… Thankyou so much dear for the colourful Comment ???❤️❤️❤️???… V v v ufaavehje mi part vx livy ah kamudhiyaima ❤️❤️❤️???… It really means a lot for me ???… Thanks dear ???❤️❤️❤️… Ifoo vx gaboolu kuran mi part maa bodah vx kuru kamah ??? bt hama liyevunu varu mee… In Sha Allah Tuesday ga up kohdhey part dhigukoh genesdheynan ???… Yoon describe kohdhin goi kamudhiyaima v v v ufaavehje asluvx ???… Ifoo vx hama imagine kohlaafa e inee liyefa ???… Let’s see dhw next part ga vaagotheh… Thankyou so much my dear Livy ifoo ah thidhey support ah ❤️❤️❤️??????… Livy akee hama story feshuneehsurevx enme best eh reader ❤️❤️❤️???… Much more loves from me dear ❤️❤️❤️????????????…
mi story vvvvv reethi.v kiyaala hiyvaa story ea mee.Next part thankolhea digukolhachey.Tuesday day ga Next part kiyaalea veynea kamah unmeedu Kuran
Airah ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… So happy to know that u like my story ???… Thanks a lot ❤️❤️❤️???… Tuesday ga In Sha Allah dhigu part eh up kohladheynan ???❤️❤️❤️… Keep waiting ???…
ifoo
kihineh vaanee yoohaan and aily ah laadheefa in pic thankolhehreethi couple ehge photo akah badhal kolleeyyaa
mi story ga bunaagothun yuhaan ey emme handsome boy
ehenveemaa cover pic ga in yuhaan ehves varakah nugulhey mi vaahakaige yuhaan akaa
hadhaane gotheh engeynee hama ifoo ah dho
nunnu mihen mibunely baeh friend kudhinves mi vaahaka dhahkaathee
Nunnu ❤️❤️❤️… Thanks dear bt please don’t mind dear ifoo beynun vany yoohaan n Aileen ge gothuga pankti and ahaan ???… I love ahaankti couple ❤️❤️❤️… Mi pick ah vure reethi pic eh laanan adhi ???… Don’t mind please dear ???…
Story vvv nice…??❤❤❤❤keep it up ifoo????waiting for the next part??❤
Awwwwnn ❤️❤️❤️??????… Thankyou so much Shaa ❤️❤️❤️?????????… V v v ufaavehje ???… Next part submit kohlaifinn… Once again thankyou so much for the colourful Comment ❤️❤️❤️??????…
Ifoo dear ❤❤❤❤ varah varah varah reethi storyge mi partvx ????? naju mi story kiyaa kiyaa foohi nuvi dear ???? ehaavx reethi ???? ibaaraaih kurun furihama kamun hama hyvany kurimathin sifavaahen ???? bt dear story thankolheh kuru dhw ???? next part dhigukohladheachey ingey ifoo ???? n yoon Plxxxxxxxx ailee ah trust kohbr ???? Can’t wait 4 next hama v kehmadhuvefa mihury next kiyaa hithun dear ????? lysm dear ???????
Naju ❤️❤️❤️… I just don’t know what to say ???… Ehaa vx ufaavehje ??????… Thankyou so much dear ❤️❤️❤️?????????… It really means a lot for me ???… Ehaa interest aa eku story kiyaalaathy v v v ufaavey ???❤️❤️❤️… Knme partakahvx ehaa loabi support commenteh kohlaathy I feel so happy ???❤️❤️❤️… Now next part submit kohlaifinn… Thikahala loabi loabi comments thakun ithurah hihvaru libey ???… Once again thankyou so much for the support ❤️❤️❤️??????… Ur one of the best reader ???❤️❤️❤️???… Much more loves from me Naju ❤️❤️❤️????????????…
Dear readers I have submitted the next part ???… Keep waiting ???❤️❤️❤️…
Waiting Waiting ❤❤❤
Thankyou Airah ❤️❤️❤️???…