“ހިތް” ލޭ ކޮށެވިފައި……21
ރިޝްފާއަށް ލެމަން އޭ ބުނެވުނު ތަނާ ފޯނު ކެނޑުނެވެ.ޒޭން އަވަހަށް ކޮޓަރިން ނިކުމެ ސިޑިން ފައިބަމުން ރިޝްފާގެ ނަމްބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.ނަމަވެސް އެކޮޅުން ދެނީ އެއް ޖަވާބެކެވެ.
“ތިޔަ ގުޅުއްވި ނަމްބަރ މިވަގުތު ވަނީ ގުޅޭ ސަރަހައްދުން ބޭރުގަ……ފަހުން ގުޅުއްވުން އެދެން…..”
** ** ** ** **
ރިޝްފާ ހޯދަން ދާނެ ވަކި މަންޒިލެއް ނޭނގި ޒޭން މުޅި މާލެ ކުޑަކުރަމުން ދުއްވަމުން ދިޔައެވެ.ނަމަވެސް ކޮޓަރީގެ ބެލްކަނިން ފިޔަވައި އިތުރު ތަނަކުން އަދި ދެމީހުން ދިމާވެފަައި ނުވާތީ ރިޝްފާ ދާނެ ވަކި ތަނެއް އަންދާޒާ ކޮށްލުމަކީވެސް ޒޭން އަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ.އެންމެ ފަހުން ދުއްވާ ދުއްވާ ވެސް ކޮޅެއް މެދެއް ފެންނަ ގޮތް ނުވުމުން ޒޭން ސައިކަލް ސައިޑަކަށް ވާގޮތަށް މަޑު ކޮށްލާފައި އަނެއްކާވެސް ރިޝްފާގެ ނަމްބަރަށް ގުޅޭތޯ ބެލިއެވެ.ނަމަވެސް ހަމަ އޮންނަނީ ނިއްވާލާފައެވެ.ޒޭންއަށް ރިޝްފާ ހޯދަން ހަދާނެ ހަމަ އެއްގޮތެއްވެސް ނުވިސްނުނެވެ.އޭނާގެ ހިތަށް އަންނަމުންދަނީ ރިޝްފާ ރުއި ރުއިމެވެ.އަނެއްކާ ރިޝްފާއަށް ކޮންފަދަ މުސީބާތެއް ދިމާވީ ބާވައޭ ހިތަށް އަރައި ޒޭންގެ ހާސްކަން އިތުރުވެ ވިސްނާ ވިސްނާ އޭނާގެ ސިކުނޑި ވަނީ ސުމަކަށް ދާން ކައިރި ވެފައެވެ.
ޒޭންއަށް ދެއަތުން އޭނާގެ ބޮލުގައި އަޅައި ރިޝްފާ ހޯދޭނެ ގޮތެއް ނެތުމުން މާޔޫސްވެފައިވާ ޙާލު ދެލޯ މަރާލެވުނެވެ.އެވަގުތު ޒޭން އަށް ހަނދާންވީ ފޯނު ކެނޑުމުގެ ކުރިން ރިޝްފާ ކޮންމެވެސް ލެމަން އެއްގެ ވާހަކަ ބުނި ހަނދާނެވެ.ހަމަ އެވަގުތު އޭނާގެ ހިތަށް އެންމެ ފުރަތަމަވެސް އައީ ލެމަން ގްރާސް އެވެ.ޒޭން ލަހެއް ފަހެއްނުވެ ސައިކަލް އަނބުރާލާފައި ލެމަން ގްރާސްއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.ތަފާތު ގޮތްނޭނގޭ ޚިޔާލުތަކުން ޒޭންގެ ހިތްވަނީ އިންތިހާއަަށް ނުތަނަވަސް ވެފައެވެ.
******
“ޒިވާ ކޮންކަހަލަ ކޯހެއް ތި ހަދަނީ… ..”
ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލަމުން ސައިކަލުގެ ލޯގަނޑު ރަނގަޅު ކޮށްލާފައި ލަދުންއިން ޒިވާއަށް ބަލާލަމުން ރުހާން ވާހަކަ ދެއްކިއެވެ.
“ކިޔަވަނީއެއް ނޫން…ކޮލެޖަށް ދަނީ ކިޔަވައިދޭން…..”
ޒިވާ ލަދުން އިނދެފައި ޖަވާބު ދިނެވެ.ރުހާން ބޭނުންވީ ޒިވާއާއި ބެހޭގޮތުން ވީހާވެސް ބޮޑަކަށް އޮޅުން ފިލުވާށެވެ.އެހެންވެ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ.ނޭނގޭ ބާރަކުން ޒިވާގެ ހިތަށް ދިޔައީ ބާރުފޯރުވަމުންނެވެ.ރުހާންއަށް އެހެންވެ ޒިވާ އާއި ބެހޭގޮތުން އޭނާ އެނގެން ބޭނުންވި މަޢުލޫމާތުތައް ލިބިގަންނާކަށް މާ އުނދަގޫ ކަމަކަށްނުވިއެވެ.އެންމެ ކަމަކާއި ބެހޭގޮތުން ފިޔަވައެވެ.އެއީ ޒިވާގެ ލޯބިވެރިއެއް ހުރޭތޯ ނުހުރޭތޯއެވެ.ނަމަވެސް ކިތަންމެ ބޭނުން ވިޔަސް ފުރަތަމަ ބައްދަލު ވުމުން އެފަދަ ޕާސަނަލް ސުވާލެއް ކުރުމަކީ އެހާ މުނާސިބު ކަމަކަށް ނުވާތީ ވަގުތާއި ދަނޑިވަޅުގެ ގޮތުން އެކަމަށް އަދި އިތުރަށް ވަގުތު ނެގުމަށް ރުހާން ނިންމިއެވެ.
******؛
ޒޭންއަށް ގުޅައިގެން އުޅެނިކޮށް ރިޝްފާގެ ފޯނު ވެއްޓުމުން ނަގާފައި ބެލިއިރު އޮތީ ނިވިފައެވެ.އުޅެއުޅެވެސް ފޯނު ހުޅުވޭ ގޮތެއް ނުވިއެވެ.ފާޚާނާ ތެރޭގައި ހުރެހުރެ މިހާރު ރިޝްފާހުރީ ހޫނު އަރައިގަނެގެން ފޯވެފައެވެ.ނަމަވެސް ފާޚާނާގެ އެއް ބިތަކަށް ވަދެހުރެ ބިރުންގޮސް އަވަސް ނޭވާތައް ލަމުންދިޔަ ރިޝްފާގެ މޭގާވާ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އޭނާގެ ދެލޯވެސް ވަނީ ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަ ތަކުން ރަތްވެފައެވެ.މިހާރު އޭނާ އެތާ ހުންނަތާ ބައިގަޑިއިރު ވަނީއެވެ.މިހާ ގިނައިރު ވެގެންދާއިރު އެ އެއްޗަށް އެއީ ޒޭން ނޫންކަން ރިޝްފާއަށް އިނގިގެން އުޅޭކަން ނޭނގިއެއް ނުހުންނާނެކަން ރިޝްފާއަށް ޔަޤީނާއި ގާތަށް ހީވާތީވެސް އެނާގެ މުޅި ހަށިގަނޑުން ބިރުންގޮސް ތުރުތުރުލާ ހާލު ހީބިހި ނަގަމުން ދިޔައެވެ.
ހަދާނެ ގޮތް ހުސްވެފައި ވަނިކޮށް ރިޝްފާއަށް ކުއްލިއަކަށް ފޯނު މަތިގަނޑު ނަގާފައި އަލުން ހުޅުވުމަށް ހިތަށް އެރިއެވެ.ތުރުތުރު އަޅަމުން ދިޔައިރުވެސް ވަރަށް ހިތްވަރުން ފޯނު މަތިގަނޑު ނަގާފައި އަލުން ހުޅުވުނެވެ.ޒޭންގެ ފޯނަށް މެސެޖެއް އަައުމުން ލެމަން ގްރާސް ކައިރީގައި ސައިކަލް ޕާކު ކޮށްލުމަށްފަހު ބަލައިލިއިރު ކޯލް އެލާޓް މެސެޖެކެވެ.ރިޝްފާ ފޯނު ހުޅުވުމުން ޒޭން އަވަހަށް ރިޝްފާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.ނަމަވެސް ރިޝްފާގެ ނަމްބަރު ބިޒީ ވުމުން ގުޅޭގޮތެއް ނުވިއެވެ.ރިޝްފާ
ޒޭންއަށް ގުޅަން އުޅެ ވެސް ގުޅޭ ގޮތެއް ނުވިއެވެ.އަނެއްކާވެސް ފަސްވަނަ ފަހަރަށްވެސް ޑައިލް ކޮށްލީ އެތަނުން ސަލާމަތް ވެވޭތޯއެވެ.ނަމަވެސް އެވަގުތު ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލުމަށްފަހު ރީޝް ހާދަ ލަސްވަނީ ކީއްވެހޭ ދާދި ގާތުން ގޮވާލިއަޑު އިވުނެވެ.އެ އަޑަށް ސިއްސައިގެން ގޮސް ރިޝްފާއަށް އޭނާގެ ފޯނު އަތްދަބަސް ތެރެއަށް ވައްޓާލެވުނެވެ.އޭނާ ދޮރު ނުހުޅުވައިފިނަމަ އެ އެއްޗަށް އެތެރެއަށް ވަންނާކަށް އެއީ އެއްވެސް އުނދަގޫ ކަމަކަށް ނުވާނެކަން ރިޝްފާއަށް އިނގެއެވެ.އެހެންވެ ދެލޯ ފޮހެލާފައި އިތުރު ގޮތެއް ނެތުމުން މި ނިމުނީ އޭ ކިޔައި ފާޚާނަ ދޮރުހުޅުވާލީ އޭނާގެ ނިކަމެތި ހަށިގަނޑާއި ނަފްސު އެ އެއްޗާއި ޙަވާލު ކުރަމުންނެވެ.
ރިޝްފާ ނިކުމެ އެމީހުންގެ މޭޒަށް ދާން ހިނގައިގަތީ އޭނާގެ އުނަގަނޑުގެ އެއްފަރާތުގައި އަތް އަޅާލައިގެން ހުރި މަޚްލޫޤަށް ބަލާލުމެއްވެސް ނެތިއެވެ.ނަމަވެސް އޭނާއަށް އޭތީގެ އަތްތިލަ ބާއްވާލާފައި އޮތް ދިމާލުން ހަށިގަނޑު ގަނޑުވަމުން ދާކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައިރު އެ ފިންޏަށް ކެތްކުރަން ދަތިވެގެން އޭނާގެ ހަށިގަނޑު ހަނގުރާމަ ކުރަމުން ދިޔައިރު އެ ކަން އެ އެއްޗަށްވެސް ސިއްރު ނުވާނެކަން ގައިމެވެ.ރިޝްފާ ގޮނޑީގައި އިށީނުމުން އެއެތިވެސް ގޮސް އިށީނެވެ.ރިޝްފާއަށް ހިނިތުންވުމެއް ރައްދު ކޮށްލާފައެވެ.
ނިކަމެތި އިންސާނެއްގެ ދިރިއުޅުމާއި ކުޅެލުން އެއީ މާ މޮޅު ކަމަކީ ކަންނޭނގެއެވެ.ހަމަ އިންސާނަކު ފަދައިން އުލާއި ސަމުސަލުން ހަމަ ޖެހިލައިގެން އިނދެ އޭތި ކަމުންދިޔައިރު ރިޝްފާއަށް ހިތްވަރު ކޮށްލާފައި އަނގަޔަށްލީ ކާއެތިކޮޅުވެސް ދިރޭގޮތެއް ނުވިއެވެ.
އެވަގުތު އެއްލި ކަޅިއަކުން ބޭރަށް ނިކުންނަން ދިޔަ ޒޭން ރިޝްފާގެ ލޮލުގައި އަޅައިގަތެވެ.އޭނާއަށް ކޮޅަށް ތެދުވެ އަޑަށް ލެވުނުހާ ބާރެއް ލާފައި ޒޭންއަށް ގޮވާލާފައި އެދިމާއަށް ދުއްވައިގަނެވުނެވެ.ރިޝްފާގެ އަޑަށް ޒޭންއަށް ފަސް އެނބުރި ބަލައިލެވުނުއިރު ރިޝްފާގޮސް ޒޭންގެ މޭގައި ބޯއަޅާލުމަށްފަހު ބިރުން ތެޅެމުން ދިޔައިރު ހީވަނީ ރޯމަހެއް ތެޅޭ ހެންނެވެ.ޒޭންއަށް ވާނުވާ ނޭނގިހުރެ ރިޝްފާގެ ބުރަކަށީގައި އަތް އަޅާލުމަށްފަހު ފިރުމާލެވުނެވެ.އަދި މަޑުމަޑުން ރިޝްފާގެ ކޮނޑުގައި ހިފައި ދުރު ކޮށްލުމަށްފަހު ގެއަށް ދާން ހިނގާށޭ ބުނެލީ އެތަނުގައި ތިބި އެންމެންގެ ނަަޒަރު އެދެމީހުންނަށް ހުއްޓިފައިވާތީއެވެ.އަނެއް ކޮޅުން ރިޝްފާއާއި އެހާ ގާތުގައި ވެވުމުން އޭނާގެ ހިތަށް ބަޔާންކުރަން އުނދަގޫ ގޮތްތަކެއްވެސް ވަނީއެވެ.އެވަގުތު ރިޝްފާއަށްވެސް ކުރެވުނު ކަންތައް އިޙްސާސްވެ ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލުމަށްފަހު އޭނާ ފަހަތުން އަޅުވާލައިގެން އުޅޭ އެއްޗަށް ބަލައިލެވުނެވެ.ނަމަވެސް އޭތީގެ އެއްވެސް ހިލަމެއް ވާކަށް ނެތެވެ.ރިޝްފާ އިތުރަށް ބިރުގަންނަ ގޮތް ވިއެވެ.ހަމަ ގައިމުވެސް ދެންމެއާއި ޖެހެންދެން ހިނގާ ދިޔަ ކަންތައްތަކަކީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ.އެކަން އެމީހުން ތިބި މޭޒުމަތީގައި އަތުރާފައި ހުރި ކާއެއްޗިހިންވެސް ހެކި ދެމުން ދެއެވެ.
ރިޝްފާ ޒޭން އާއިއެކު ގޮސް ބިލް ދައްކާލުމަށްފަހު ދެމީހުން އެކުގައި ގެއަށް ދިޔައިރު ހުރީ ހަވީރު ފަހެއްވެސް ޖަހަން ކައިރި ވެފައެވެ.ޒޭން ރިޝްފާމެންގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލާފައި ވެގެން އުޅޭ ކަމެއް އޮޅުން ފިލުވާލިއެވެ.ޒޭން ރިޝްފާގެ އިންތިޒާރުގައި އިންދާ ރިޝްފާ އެކަނިމައި އެކަނި ލެމަން ގްރާސްއަށް ދިޔުމުން ޒޭންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައި ވީނަމަވެސް އޭނާ ބޭނުންވީ ރިޝްފާ ކޮންމެވެސް ކަމަކާއި ބިރުގަނެ ޖެހިލުން ވެފައި ވާތީ ރިޝްފާ ހަމަަައަކަށް އެޅެންދެން މަޑު ކުރާށެވެ.އެހެންވެ އައި މަގުމަތީގައި އެވާހަކަ ނުދެއްކީއެވެ.
އޭރުވެސް ރިޝްފާއަށް ހަތަރު ފަރާތަށް ބެލެމުންދިޔައީ އޭތި ރިޝްފާއަށް ފާރަލާ ކަމުގެ އިޙްސާސް އޭނައަށް ކުރެވެމުން ދިޔައީތީއެވެ.ރިޝްފާ ޒޭންގެ ވާހަކަައަށް ސަމާލުކަން ނުދެތީ ޒޭންގެ ހިތަށް ތަދުވާގޮތް ވިއެވެ.ވާނީވެސް އެހެންތާއެވެ.އޭނާ ރިޝްފާއަށް ވެގެން އެ އުޅޭ ގޮތެއް ސާފުކުރަން މިހާރު ދެފަހަރު ސުވާލު ކޮށްފިއެވެ.ނަމަވެސް ރިޝްފާގެ ހަރަކާތްތަކުން ޒޭންއަށް މާނަ ކުރެވުނީ ރިޝްފާއަށް ޒޭންގެ އެ ފިކުރު ބޮޑުވުން މާބޮޑުކަމަކަށް ނުވަނީ ހެންނެވެ.އެހެންވެ ރިޝްފާ އެތެރެއަށް ވަންނާށޭ ކިޔާފައި ޒޭން ސައިކަލް ދުއްވާލަން އުޅުމުން ރިޝްފާ ޒޭން ގެ އަތުގައި ހިފާލުމަށްފަހު ހުއްޓުވިއެވެ.އޭރު ރިޝްފާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
“ރީޝް ނުބުނަންޏާ އަހަންނަށް ކިހިނެތް އިނގޭނީ ތި ވެގެންއުޅޭ ކަމެއްވެސް……އަނެއްކާ އަހަރެންގެ ފަރާތުން ރީޝް ހިންހަމަ ނުޖެހޭ ކަމެއްވީތަ؟ޕްލީޒް ބުނެބަލަ ވީކަމެއް…….އޭރަކަށްނު އަހަންނަށްވެސް ކަމެއް ކޮށްދެވޭނީވެސް”
ޒޭންގެ ހިތުގެ ހައިޖާނުގަނޑު ބޮޑުވެ ސައިކަލުން ފާބައިގެން އައިސް ރިޝްފާގެ ކަރުނަތައް ފޮހެލައިދީފައި ރިޝްފާގެ ދެ އަތުގައި ހިފާލުމަށްފަހު ރިޝްފާގެ ބިރުގަނެ ގޮތްހުސްވެފައިވާ ދެ ލޮލަށް ބަލާލާފައި ވާހަކަ ދެއްކިއެވެ.
********
ރަށުގެ އިރުމަތީ ފަރާތުގެ ހޭޅި ފަށުން ލައިގެންގޮސް ކައިލާންއާއި ޖަޒްލީ ފޭބީ އެދިމާއިން ގޮނޑުދަށަށެވެ.ކައިލާން އަތުގައި އޮތް ކޮތަޅުން ނަނު ރޯލު ނަގައި ބަރަވެއްޔެއްގެ ފޫޅުކޮޅު ހަރުކޮށްލުމަށްފަހު ފައިގެ ކަށިމަތި ތެމޭވަރަށް މޫދަށް އެރިލާފައި ނަނު އެއްލިއެވެ.
ހިމުން ދޮން ވެލިގަނޑު މަތީގައި ޖަޒްލީ ފައިވާން ބައިންދާލުމަށްފަހު އިށީނދެ ހަމަ ޖެހިލިއެވެ.މާ ގިނައިރުތަކެއްނުވެ މަހެއް ގަތުމުން ކައިލާން ޖަޒްލީއަށް ބަލާލާފައި އަތުން ކުޑަ އިޝާރާތެއް ކޮށްލާފައި އަންނާށޭ ގޮވާލިއެވެ.ޖަޒްލީ އިންތަނުން ތެދުވެ ފުރަގަހުން ވެލިފޮޅާލާފައި ލާފައި ހުރި ހެދުމުގެ ހަރުވާޅު ކަކުލަށްވުރެ ތަންކޮޅެއް ތިރިއަށް އޮޅާލުމަށްފަހު އަތުގައި އޮތް ކޮތަޅު ހިފައިގެން ގޮސް މޫދަށް އެރި ކައިލާންގެ ގާތަށް ހުއްޓުނެވެ.
ކައިލާން ނަނުގައި ގަނެފައި އޮތް ތޮޅިން ބުޅި ނައްޓުވާލުމަށްފަހު ޖަޒްލީގެ އަތުގައި އޮތް ކޮތަޅަށް ލާފައި އަނެއްކާވެސް ނަނު އެއްލިއެވެ.
ބޭނުނު ތިން ކޮރަކައްޔާއި،ތޮޅި ހިފައިގެން އަނދިރި ވާންވާއިރަށް ގެއަށް އައިސް ދެމީހުން ރޭގަނޑުގެ ކެއުމަށް މަސް ފިހުމަށް ތައްޔާރު ކުރިއެވެ.ކައިލާން މަހުގެ ކަރުއަޅާފައި އަނި ޖެހުމަށްފަހު އަލިފާންގަނޑު ތައްޔާރު ކުރިއިރު ޖަޒްލީ މަސްތަކުގައި މިރުސް އަޅައި ނިންމާލިއެވެ.
އިރުއޮއްސޭ ނަމާދު ބަންގިއަށް ގޮވިއިރު މަސްވެސް ހުރީ ފިހެވިފައެވެ.ނަމަވެސް ޖަޒްލީ އެކަނި ގޭގައި ބަހައްޓާފައި މިސްކިތަށް ދާން ކައިލާން ޖެހިލުން ވިއެވެ.އެހެންވެ ކައިލާން ދޮންބެއަށް ގުޅާލުމަށްފަހު ދޮންބެ ރައްޓެހި އަދުނާންމެން ގެއަށް ޖަޒްލީ ލާފައި ދާން ނިންމިއެވެ.ނަމަވެސް އެއީ އޭނާގެ އުފަން ރަށަށް ވީ ނަމަވެސް އެރަށުގެ މީހުންނެކޭ ބީރަށްޓެހި ބައެކޭ އެއްވަރެވެ.އެހެންވެ ޖަޒްލީ ބޭނުންވީ އެއްވެސް ގެއަކަށް ނުގޮސް ގޭގައި މަޑުކުރާށެވެ.އެންމެ ފަހުން ކައިލާންއަށް ޖެހުނީ ގޮތްދޫކޮށްފައި ޖަޒްލީ ގޭގައި ބަހައްޓާފައި ދާށެވެ.އެއީ ޖަޒްލީއަށް ޚާއްސަ ކުރެވިފައިވާ ދަތުރަކަށްވެފައި ޖަޒްލީގެ ހިތާއި ދެކޮޅަށް އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީއެވެ.ކައިލާން އެހާވެސް ޖަޒްލީ ދެކެ ލޯބިވެއެވެ.
******
މިސްކިތުން ފައިބަނިކޮށް މުސްކުޅިފުރާ ފިރިހެނަކު އައިސް ކައިލާންއާއި ސަލާމް ކޮށްލުމަށްފަހު އެހެންޏާ އެރަށުން ނުފެންނަ މީހެއްވީމައި ނަންއަހައި ކީއްކުރަންތޯ އައިސް އެއުޅެނީ ސުވާލު ކޮށްލިއެވެ.
ނަމާދު ކޮށްލައިގެން ކައިލާންގެ އިންތިޒާރުގައި އިން ޖަޒްލީގެ މޫނުމަތީގައިވަނީ އާދަޔާއި ޚިލާފު އުފާވެރި ކަމަކާއި ހިތްހަމަ ޖެހުމެކެވެ.ޖަޒްލީއަށް އަބަދުމެ ހިތާއި ހިތުން އޭނާއަށް ލިބެމުން އެދާ ގުނާ އަގު ނުކުރެވޭނެ ނިޢުމަތްތަކަށް މާތް ﷲ އަށް ޝުކުރުވެރި ވެވެެއެވެ.އޭނާފަަދަ އަޅާލާނެ ޔާރަކު ނެތް ނިކަމެއްޗަކަށް ކައިލާންފަދަ އޯގާތެރި ފިރިއަކު ލިބމަށްވުރެ ވަކިން ބޮޑު އުފަލެއް މިދުނިޔެ މަތިން ލިބިދާނެ ހެއްޔެވެ.ޖަޒްލީގެ ދުޢާއަކީ އަދި ހިތުގެ އެންމެ ބޮޑު އެދުމަކީވެސް ދެދުނިޔޭންވެސް ކައިލާންގެ ލޯބި އޭނާއަށް ލިބުމެވެ.
********
ދިމާ ވެގެން އެ އުޅޭ ކަންތައް ޒޭންއާއި ހިއްސާ ކުރަން ރިޝްފާ ކިތަންމެހާވެސް ބޭނުމެވެ.ނަމަވެސް އޭނާއަށް އެކަންވާނީ ތަންކޮޅެއް ރައްކާތެެރިކަން އިޙްސާސް ކުރެވެން ފެށީމައެވެ.އެހެންވެ ބޭރުގައި ނުތިބެ އެތެރެއަށް ވަނުމަށް ޒޭންއަށް ދަޢުވަތު ދިނެވެ.އެދެމީހުން ލޯބިވާކަން ހާމަ ނުކުރިޔަސް ދެމީހުންގެ މޫނުމަތިން އެކަކު އަނެކަކު ދެކެ ލޯބިވާވަރު ހާމަވަމުން ދެއެވެ.
ރިޝްފާގެ ފަހަތުން ދެޖީބަށް އަތް ޖަހާލައިގެން އެތެރެއަށް ވަނުމަށްފަހު ޒޭން ގޭގެ ދޮރާށި ލައްޕާލިއެވެ.އެވަގުތު ކަޅު ހިޔަންޏެއް އޭނާގެ ކުރިމަތިން ކުރިކަނޑާލިހެން ހީވުމުން ޒޭންގެ ފިޔަވަލުތަކަށް ހުއްޓުން އެރިއިރު ރިޝްފާއަށްވެސް އެދިމާ ބަލައިލެވުނެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.





Great work??? when next part
ThanQ dear..mi dhuvaskolhu thankolheh busykoh ulheythy update vaane ireh bunan thankolheh undhagu..but will try to up soon
Wow v v reethi bt haadha lahun up thi kury….. Habeys ???
ThanQ dear..ya.busy dhuvaskolheh veema
Wow…? Love it…? Avaha next part up kohdhehchy
ThanQ dear.
in sha Allah
Nooru story v v v reethi. Akamu massalaki kuruveema . Pls pls dhen anna part ah dhigukolla dhehchey . Story hama habeys ahaaves salhi. Thikuraa hihvarakak hama saabas. Mihaareethi story yeh fonuva dheytheeve thanks.
ThanQ dear..will try
Plx bunebala thy kn noor eh tha . I mean hulhukolhu vaahaka liyunu noor that..any way story vvv habeys
I wrote
*loabi vevumun
*thauba
*milku kollee hithey
HULHUKOLHU IS NOT MY STORY…thanQ dear
Ekam noor ge baiga ebain hulhukolhu vaahakaige 15vana part dhw @non
Mihaaru e story ge 15th part admin in iny alhuganduge page in remove kohdheefa.aee “noor” ge namuga story liyaa ehen kujjeh.but if u go through “Hulhukolhu story ” now, u will c her name changed as aish noor. ThanQ
Haadha lahun thi up kolly.. ekm vx reethi vhk.. but thankolheh kury dhw
ThanQ dear..next part thankolheh dhigu kolleveytho balaanan
Dear mi vaahaka thankolheh dhigukoh genesdhybala…inthizaaru koh koh…vaahaka v reethi??
ThanQ dear..will try ingey..busy veema ehaa vaguthu nuvany liyan
Wow… vvv rythi masha allah❤❤❤
ThanQ dear
Wow… vvv rythi masha allah
ThanQ dear
wow mioh stry eh…. vvvvvv nice hama.. maasha allah…. noor thikuraa masakkathah hama assari bahaa saabas…..
ThanQ dear 4 the lovely comment.
wow varah salhi…. noor thankolheh avahah up kohdheythi ??? keep it up ???❤❤❤❤
ThanQ dear..
haadha lahun up kohlanee
Sorry dear.im very busy
?Where is the next part noor dear
Varah busykoh ulheythy update nukohdhevigen miulheny..sorry dear
Kobaa hey stry? Up kohdhyshy….
Foohi vehja kiyanves lahun up kuraathy va???
Sorry dear..hama varah busykoh ulheythy nuliyevigen lasvany
Haadha lahey story up kuraaleh ????v foohi ?????????
Sorry dear..liyevunuhaa avahakah update kohdheynan
Kobaatha storrrrrrryyy
Sorry.nw updated
Haadha Lahey story up kuraaaleh ??? dhen Anna baii kiyaa hithun hureveneey ehenooon
Sorry dear..varah try kuraanan mirey kithanme lahun viyas update kohdheveytho
???????Mi vaahaka liyun huhtaaly tha??????haadha lahey up kuraaleh ????….keeh kuraany ….so sad ???????
Sorry dear..in sha Allah i will not leave any incompleted story..hama jehilaigen story liyelaane vaguthu nuvegen update koh dhinun lasvany..
Kon irakun tha anebbaa up waany??
Varah try kuraanan mirey update kohdheveytho
Story v v reethi ?
ThanQ dear
Sorry frnds..mi dhuvaskolhu thankolheh busy kamun lahun update kureveythy..varah try kuraan tonight or tomorrow next part update kohdheveytho.thanQ all 4 ur support.
vaahaka nuliyevenya huttalan feney
ThanQ 4 the comment
Alhey dear..wait koh koh varubali vany ey mioh .. kon irakun tha up kohdheweyny ..
In sha Allah around 3:30