Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 4

almaa2004 Level 210 Stories100 Login
August 7, 2018 4 Mins Read
4 Comments

ފޯނުގެ ސްކްރީންއަށް އަރާފައި އިނީ ޒިވާގެ ފޮޓޯއެކެވެ. އެފޮޓޯ ލައިފައި އިން މީހާ ބަލާލުމުން އެއަކީ ކުރިންދުވަހު ކޮލެޖު ކައިރިން ޒިވާއާއިއެކު ސައިކަލުގައި ފެނުން މީހާ ކަން ޒާއިފްއަށް ޔަގީންވިއެވެ. ” ހެޕީ ބާތްޑޭ… ލަވް ޔޫ ސޯ މަޗް…” ފޮޓޯއާއިއެކު ލިޔެފައިވާ ކެޕްޝަން ކިޔާލުމާއެކު ޒާއިފްގެ އަތުން ފޯން ދޫނުވީ ހަމަ ކިރިޔާއެވެ. ” ވަޓް ދަ ހެލް..” ޒާއިފްއަށް މަޑުމަޑުން އެހެން ކިޔާލެވުނެވެެ. އެމީހާއަކީ ޒިވާގެ އާއިލާ މީހެއްކަމާމެދު ޒާއިފްއަށް މިހާރު ޝައްކެވެ. ނަމަވެސް ކަމުގެ ދެކޮޅު ނުބަލާ ގޮތެއް ނިންމާކަށް ނުވާނެއޭ ޒާއިފްގެ ހިތަށް އެރިއެެވެ. ފޯނު ޗާޖަށް ޖަހާލުމަށްފަހު ޒާއިފް ކޮޓަރިން ނުކުތެވެ.

ޖެހިގެން އައި ދުވަހު ޒާއިފް ކޮލެޖަށް ދިޔައީ ޒިވާއާއި އެ މީހާއާއި އޮތީ ކޮން ގުޅުމެއްތޯ ހޯދުމަށް ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ. ކޮލެޖަށް ވަދެވަދެ ހުރި ޒާއިފްއަށް ހުއްޓުންއެރީ މީހަކު އޭނާއަށް ގޮވާލުމުންނެވެ. އެއީ ޒިވާގެ އަޑުކަން ޒާއިފްއަށް ޔަޤީންވިއެވެ. އޭނާ ފަސް އެނބުރި ބަލާލީ ހައިރާންވެފައި ހުރެއެވެ.

” ޒާއިފް އިއްޔެ ދިޔައީ ކުލާހުގައި މި ގަނޑު ބާއްވާފައެއްނު ….. އަހަރެން މީތި ދޭންވެގެން އައިސް އާޔަން ކައިރި އެހީމަ ބުނި ޒާއިފް ހިނގައްޖެއޭ…. އެހެންވެ ނުދެވުނީ… ” ޒިވާ އެ ހުރިހާ ވާހަކައެއް އެއްނޭވާއިން ކިޔައި ނިންމާލިއިރު ޒާއިފްއަށް ހުރެވުނީ އަނގައިން ބަސް ހުއްޓިފައެވެ. ކުޑަމިނުން ޝުކުރު އަދާކުރާކަށްވެސް އޭނާ ހަނދާނެއް ނުވިއެވެ. ސީޔޫ އިން ދަ ކްލާސްއޭ ބުނެ ޒިވާ ހިނގައިގަތެވެ. ޒިވާ އައިސް އެ ގޮތަށް ވާހަކަ ދެއްކުމުން ޒާއިފްއަށް ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އެ ކުލާހުގައި ދިން ޕެއާ ވޯކްއެއްގައިވެސް ޒާއިފްއާއި ޒިވާ ޖެހުނީ އެއްބަޔަކަށެވެ. އެދުވަސް ވީ ޒާއިފްގެ ނަސީބުވެސް އޭނާއާއި އެއްކޮޅެއްގައި ހުރި ދުވަހަކަށެވެ. އެ އުފާވެރި ދުވަސް ނިމިގެންދިޔައީ ރަހުމަތްތެރިންގެ ލިސްޓަށް ޒިވާއާއި ޒާއިފްގެ ނަން އިތުރު ކޮށްފައެވެ.

ނިދާފައި އޮތް ޒާއިފްއަށް ހޭލެވުނީ ދޮރުގައި މީހަކު ޖަހާ އަޑަށެވެ. އެއީ ހުކުރު ދުވަސް ކަމުން ޒާއިފް ބޭނުންވީ ތަންކޮޅެއް ގިނައިރު ނިދާލާށެވެ. ނަމަވެސް އެ އައި މީހަކު އޭނާގެ ނިދި ހަރާބުކޮށްލައިފިއެވެ. ކުދިކިޔަމުން ދެލޯ އުނގުޅަމުންގޮސް ޒާއިފް ދޮރު ހުޅުވާލިއެވެ.

” ސަޕްރައިޒް ….. ” ޒާއިފް ގައިގައި އޮޅުލައިގަންނަމުން ޝާއިމް ހަޅޭލަވައިގަތެވެ. ޝާއިމްއާއި ވިޝާލް ފެނުމުން ޒާއިފްގެ ނިދި އެއްކޮށް ފިލައިފިއެވެ.

” ވަޓް ދަ…….. ކައެމެން ކޮންއިރަކު އައީ؟ …. ގައިމު ބުނި މި މަހު ފަހުކޮޅުގައޭ…. ކީއްވެ އެހާ އަވަހަށް ތި އައީ….؟ ކޮންތާކު ކައެމެން ތިބެނީ…؟ ކިހިނެއް މިގެ ހޯދީ..؟ ” ޒާއިފް އޭނާގެ ސުވާލުތައް އެއް ފަށްޗަކަށް އަމުނާލިއެވެ.

” ވެއިޓް ވެއިޓް ވެއިޓް…… އަޅެ ފަހެ މަ މީ ގޫގުލްތަ….؟ ފަހަރަކު ސުވާލެއް ކޮށްބަލަ….. ރޭގަ އައީ… މިތާކައިރި ގެއެއްގަ ހުންނަނީ …. ” ލޯގަނޑު ކުރިމަތީގައި އިސްތަށިގަނޑާއި ކުޅެލަ ކުޅެލާ ހުރި ޝާއިމް  ބުންޏެވެ.

” ކައެ ދެކިލާ ހިތުން މަށަށް ރޭގަ ނުވެސް ނިދޭ … އިރު އެރި އިރަށް މިއައީ ހަމަ މިސްވާވަރުން… ތި ދޭބަލަ ރީތިވެގެން އަންނަން…. ކޮފީއަކަށް ދާން…. ” ހިނިގަނޑެއް ޖަހާލަމުން ވިޝާލް ބުންޏެވެ. ޒާއިފް އަވަސް އަވަހަށް ރީތިވެ ނިންމާލިއެވެ.

” މަގޭ އިސްތަށިގަނޑު މިހާރު ވަރަށް ދިގު ވެއްޖެ ދޯ…؟ ދުވަސް ކޮޅަކުން ހުޅި ޖެހޭ ވަރުވާނެ….” ފޮނިވެލާފައި ޝާއިމް ބުންޏެވެ.

” ހުޅި ނުޖަހާ ދާންވީނުން މިތަނުން ކުޑަދޮރަކުން ފުންމާލަން…” ޒާއިފް މިހެން ބުނުމާއެކު ތިން އެކުވެރިން ހެމުން ހެމުން ބޭރަށް ނިކުތެވެ. ޒާއިފް އޭނާގެ ކޮލެޖާއި ބެހޭ ގޮތުން އެކި ވާހަކަތައް ޝާއިމްމެންނާއި ހިއްސާ ކުރަމުން ދިޔައެވެ. ޒިވާ އާއި އޭނާއަކީ ރަހުމަތްތެރިން ކަމުގައިވެސް އޭނާ ބުންޏެވެ.

” އެ މަންޖެ ރަށުން ފެނުނު ފަހުން މީނަ ވާ ވަރެއް އެބަ ހުއްޓެއްނު….. ގޯހެއް ނޫން އިނގޭ…. ދެން ތިހެން އުޅެފަ ދެމީހުން ސެޓުވޭ …. ” މަޖާ ވެފައި ޝާއިމް ބުންޏެވެ. ” އަސްލު އައި ތިންކް އައި ކައިންޑަ ލައިކްހާ ”

” ވަޓް……؟ ކޯއްޗެކޭ…؟އަސްލުވެސްތަ…؟ ” ޒާއިފް ބުނި އެއްޗަކުން ވިޝާލް ކޮށިއެރިއެވެ. ނަމަވެސް ޒާއިފްގެ އަޑުގައިވި ސީރިއަސް ކަމުން އޭނާ ސަމާސަ ކުރަނީ ނޫންކަން އެ ދެ މީހުންނަށް ދެނެގަނެވުނެވެ.

” އާއެކޭ…. އޭނަ ފެނުންފަހުން މަށަކަށް ނޭނގެ މަށަށް ވާ ގޮތެއްވެސް ….. މަށަށް މުޅިންވެސް ވިސްނެނީ އޭނައާ ދޭތެރޭ ….. އައި ވޯންޓް ހާ…. ބަޓް އައި ތިންކް ޝީ ހޭޒް އަ ބޯއިފްރެންޑް …. އެންޑް ދެޓް ހާޓްސް އަ ލޮޓް ….. ” ޒާއިފްއަށް އެ ހުރިހާ ވާހަކައެއް ކިޔައި ދެވުނީ އޭނާގެ އެއްވެސް އިހުތިޔާރެއް ނެތިއެވެ. އެ ހުރިހާ އެއްޗެއް ކިޔައިދޭން ހިތްވަރު ލިބުނީ ކޮންތާކުން ކަމެއް ޚުދު ޒާއިފްއަކަށްވެސް ނޭނގެއެވެ. އެ ހުރިހާ އެއްޗެއް ކިޔައި ނިންމާލިއިރު ވިޝާލްއާއި ޝާއިމްއާއި ދެމީހުންނަށް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

” އޯ މައި ގޯޑް….. އައި ކާންޓް ބިލީވް ދިސް…. އަވާ ލިޓްލް ބޯއި އިޒް ގްރޯން އަޕް… ކޮންގްރެޓްސް…. ތިހާ އަވަހަށް ގިވް އަޕް ނުކޮށްބަލަ…… އިރާދަ ކުރެއްވިއްޔާ ތިކަންވެސް ވާނެ… ވީ ވިލް ހެލްޕް ޔޫ …. ”  މި ފަހަރު ޒާއިފްއާއި ދިމާކޮށްލާކަށް ޝާއިމްއަކަށް ނުކެރުނެވެ. އެ ވާހަކަ ޝާއިމްމެންނާއި ހިއްސާ ކޮއްލެވުމުން ޒާއިފް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ޒިވާއާއި ޒާއިފްގެ އެކުވެރިކަން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބަދަހި ވަމުންނެވެ. ޒިވާ އެހާ ގާާތްކޮށް އުޅޭތީ އޭނާ ލޯބިވެރިއެއް ނުހުންނަ ކަމަށް ޒާއިފްްއަށް ގަބޫލުކުރެވުނެވެ. ޒިވާ އޭނާ ކައިރީގައި އެކަހަލަ ވާހަކައެއް ނުދެއްކުންވީވެސް ޒާއިފްއަށް އެކަން އެ ގޮތަށް ގަބޫލުކުރެވުނު ސަބަބަކަށެވެ.

” އައި ޑޯންޓް ތިންކް ޝީ ހޭވް އަ ބޯއި ފްރެންޑް…” ޒާއިފްއާއި އޭނާގެ ދެ އެކުވެރިން ތިބީ ޒާއިފްގެ ކޮޓަރީގެ ބެލްކަނީގައެވެ. ” ދެން އެހެންވިއްޔާ އޭނަ ކައިރި ބުނަންވީނުން ދެޓް ޔޫ ލަވް ހާ….” ކޮފީ ޖޯޑު އަނގަައާއި ކައިރި ކޮށްލަމުން ޝާއިމް ބުންޏެވެ.

” އެ ތެދެއް …. ތިހެން ހުއްޓައި ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެ….” ވިޝާލްވެސް ޝާއިމްއާއި އެއްބައިވަމުން ބުނެލިއެވެ. ” އޭނަ ގޮވައިގެން ކޮފީއަކަށް އަަރާބަލަ…. ދެން ޕްރޮޕޯޒް ކުރޭ…. ސިމްޕަލް….” ޝާއިމް ދިން ހިޔާލު ޒާއިފްއަށް ވަރަށް ކަމުދިޔައެވެ.

އެރޭ ޒާއިފް ޒިވާއަށް މެސެޖު ކޮށްލިއެވެ.

ޒާއިފް : ހެއި…

ޒިވާ : ޔެސް

ޒާއިފް : އެނީ ޕްލޭންސް ފޯ ޓުމޯރޯ ނައިޓް؟

ޒިވާ : ނޮޓް ރިއަލީ …. ވައި؟

ޒާއިފް : މަށާ އެއްކޮށް މާދަންރޭ ކޮފީއަކަށް ދެވިދާނެތަ..؟ކުޑަ ވާހަކައެއް ދައްކާލަންވެގެން….

ޒިވާ : ޔާ… އޯކޭ

ޒިވާ އެހާ ފަސޭހައިން އެއްބަސް ވެދާނެކަމަކަށް ޒާއިފް ހިޔެއް ނުކުރެއެވެ. އަނެއް ދުވަހު ޒާއިފް އުޅުނީ ލާނެ އެއްޗެއް ހޯދުމުގައެވެ. ފަހަރަކު ގަމީހެެއް ގައިގައި ޖައްސަމުން ދިޔައިރުވެސް އޭނާ ހިތްހަމަޖެހޭ އެއްޗެއް ނުފެނުނެވެ.

” ސާބަހޭ…. ކައެ ތި އުޅެނީ މީހަކާ އިންނަން ދާކަށް ނޫނޭ…… ކަމެއް ވާ އެބަހުއްޓެއްނު…..” ސޯފާގައި އާފަލެއް ކާން އޮތް ވިޝާލް ބުންޏެވެ. އެންމެ ފަހުން ގަދަ ނޫ ކުލައިގެ ގަމީހަކާއި ކަޅު ޖިންސެއް ޒާއިފް ނެގިއެވެ.

” މަނިކުފާނު ހިތްޕުޅާ ހަމަވާ އެއްޗެއް ފެނިއްޖެ ދޯ…… ތި ދަތްޕިލައާއި އެއްޗިހި ނިކަން ހުދު ކޮށްގެން ދާތި…… ” ފާހާނައަށް ވަންނަން ދިޔަ ޒާއިފްއާއި ދިމާކޮށްލުމުގެ ނިޔަތުގައި ޝާއިމް ބުނެލިއެވެ.

ރީތިވެގެން ގޭން ނުކުތް ޒާއިފްގެ މޫނުގައިވީ ނުފިލާފަދަ ހިނިތުން ވުމެކެވެ. ގިނަ އަންހެން ކުދިންގެ ލޯތަޑް އޭނާއަށް އަމާޒުވާކަން ޚުދު ޒާއިފްއަށްވެސް އިނގެއެވެ. ނަމަވެސް އެކަމަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. މާ ވިއްކާ ފިހާރައަކަށް ވަދެ ރަތް ފިނިފެންމަލެއް ގަނެގެން ސައިކަލުގައި އޭނާ މިސްރާބުޖެހީ އޭނާގެ މަންޒިލަށް ދިޔުމަށެވެ.

****ނުނިމޭ****

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ކުށަކާނުލައި- 3ވަނަބައި

Next

ލޯތްބަކީ 3

Next
August 7, 2018

ލޯތްބަކީ 3

Previews
August 7, 2018

ކުށަކާނުލައި- 3ވަނަބައި

4 Comments!

  1. kookie says:
    August 7, 2018 at 9:58 am

    me first dhw. Masha Allah.. story varah avarah reethi. dhn vane goih hama balaalaa hithun nuvx hurevey. .. when next part..?? 😀

  2. Yash says:
    August 7, 2018 at 10:00 am

    Mashaa Allah mi part vx salhi?? when next part..?

  3. Ige Ehnnu ? says:
    August 7, 2018 at 1:12 pm

    Interesting?

  4. Haiii says:
    August 10, 2018 at 1:53 pm

    ???vvvv reethi…when next part?

Comments are closed.

Next Episodeއިންތިޒާރު 5←


All Right Reserved!