އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 5
ސާރާ ވާރޭ ތެރޭގައި އުޅެމުންދާ ގޮތް އަރުޝްގެ ފޯނުގައި ދިޔައީ ރައްކާކުރަމުންނެވެ. ކޮންފަދަ ހިތްގައިމު ކަމެއް ބާއޭ ހިތާ ހިތުން ބުނެވުނެވެ. ކުޑަކުއްޖަކާ އެއްވެސް ތަފާތެއް ނެތެވެ. އަމިއްލަ ހިޔާލުގަ ސަކަރާތްޖަހަމުންދާއިރު ވަށައިގެންވާ އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. އަރުޝްގެ ހިތް ނޭނގޭ ވަސްވާސްތަކުން ފުރެމުންދިޔައެވެ. ކުއްލިއަކަށް އަރުޝްގެ ދެލޯ ބޮޑުވީ މީހަކު އައިސް ސާރާގެ އަތުގައި ހިފާ ދަމާފަ ގެންދަން ފެށުމުންނެވެ. އޭރު ސާރާ ދަނީ ނުދާންވެގެން ގަދަ ހަދަމުންނެވެ. އަރުޝްގެ ލޭ ދިޔައީ ކެކިއަރައިގެންނެވެ. ދެއަތް މުއްކަވާލެވުނެވެ. އަރުޝް ގެ މޫނުމަތިން ރުޅިވެރިކަން ނޫން އެހެން އެއްޗެއް ނުފެނެވެ.
އެމީހުންގެ ފަހަތުން އަރުޝްވެސް ހަލުވި މިނުގައި ދިޔައެވެ. އެހެންނަމަވެސް ވައި ގަދަ ވުމުގެ ސަބަބުން އަރުޝްއަށް ކުރިއަށް ދިއުމަށް އުނދަގޫ ވިއެވެ. އެހެންކަމުން ކުޑަ ލައްޕާލަމުން ކުޑަ ތެރެއަށް ފޯނާއި ވޮލެޓް ލުމަށްފަހު ކުޑައިގެ ވާ ކޮޅު އަޅުވާލިއެވެ. ދެން ދުވަމުން ކަހަލަ ގޮތަކަށް ޖެހިގެން އޮތް މަގަށް ނިކުމެވުން އިރު ސާރާ ދެން އޮތް މަގަށް އަޅާލަނީއެވެ. އަރުޝްގެ ރުޅިގަނޑު އިތުރަށް ކެކި ގަތީ އެ މީހަކު ސާރާއަށް ހަދަފާނެ ގޮތެއް ހިތަށް ވެރިވުމުންނެވެ. ރަނގަޅު ނިޔަތަކު ނޫންކަން ފެނުނު ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެމީހަކު އަތު ޖެހިއްޖެހިއްޔާ ކުޅި ދައްކާލާނަމޭ އަރުޝްއަށް ބުނެވުނީ ދަތްކުޑި ވިކާލާފައެވެ. އެ ބުނުމުންވެސް އަރުޝް އައިސަ ހުރި ރުޅި އެނގިގެންދެއެވެ ބިރުން ފިއްކަޑައިގެން ދާހާ އަރުޝްގެ މޫނުމަތީގައި ވި ރުޅިވެރިކަން ބޮޑެވެ.
ހެދިފައި ހުރި ކޯރުގެ ތެރެއިން ސާރާ އަތުގަ ހިފައިގެން ނަޢުފަލް ދިޔަގޮތަށް މީހުން ނޫޅޭ ހަދަން ފަށާފަ ހުރި ގެއަކަށް ވަނެވެ. އެގޭގެ ފުރާޅު ނެތެވެ. ނަޢުފަލް އެދިޔަ ގޮތަށް ގޮސް އެގޭ ތެރެއަށް ސާރާ ހޫރާލިއެވެ. ސާރާ ވިއްސައިގެން ގޮސް ޖެހުނީ އެގޭގެ ތެރޭގައި ބަހައްޓަފައި ހުރި ގޯނި ތަކެއްގެ މައްޗަށެވެ. ސާރާއަށް އަޑުން އަޑުނަގާ ރޮވެންފެށުނެވެ. އަދި މަޑުމަޑުން ގޯނި ތަކުގަ ހިފަހައްޓަމުން ކޮޅަށް ތެދުވިއެވެ. އޭރުވެސް ވާރޭ ހިޔާ ނުވާތީ އެތަނަށްވެސް ދަނީ ވާރޭ ވެހެމުންނެވެ.
ސާރާގެ ގައިގައި ހެދުން ތަތްވެފައި ވުމުން ސާރާގެ ލޫޅާފަތި ހަށިގަނޑުގެ ވަނާތައް އެނގެމުންދިޔައެވެ. ނަޢުފަލްގެ ހިތަށް ނުބައި ވަސްވާސްތައް ވެރިވަންފެށިއެވެ. އަދި ސާރާގެ ހަށިގަނޑަށް ބުޅާ މަސްގަނޑަކަށް ބަލާހެން ބަލަމުންދިޔައެވެ. ސާރާގެ ހަށިގަނޑުން އުފާ ހޯއްދުމަށް އޭނާގެ ސިކުނޑި އޭނައަށް ވަސްވާސް ދެމުންދިޔައެވެ. އެހެންކަމުން އޭނަ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން މަކަރުވެރި ހިނިތުންވުމަކުން ސާރާއާ ދިމާލަށް ހިނގަމުން ގަމީހުގެ ފުރަތަމަ ގޮށް ނައްޓުވައިލިއެވެ.
މި ވާން އުޅެނީ ކީއްކަން އެނގުމާއެކު ސާރާގެ ހިތް ބިރުވެރިކަމުން ފުރުނެވެ. އަދި ދެފަރާތަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމަށެވެ. ކިތަންމެ ވަރަށް ހަޅޭ ލެވިޔަސް މީހަކު ނާންނާނެކަން އެނގެއެެވެ. މިހާ ވިއްސާރައިގައި މަގުމަތީގައި މީހަކު ނޫޅޭނެކަން އެއީ ޔަގީންވާ ކަމެކެވެ. އަނެއްކާ ނަޢުފަލް އާ ދެކޮޅަށް ކަމެއް ކުރާނެ ހިތްވަރެއް އެކަކުގެ ވެސް ނެތެެވެ. އެއީ ނަޢުފަލް އަކީ ރަށުގެ ބޮޑު ގޭންގްގެ ލީޑަރެވެ.
އަރުޝް އެ ގެއާ އަރާ ހަމަވުމާއެކު ދުވެފަ ގޮސް ފެންނަން ހުރި ބާ ގަނޑުން ވަރަށް ސިއްރު ސިއްރުން ބަލާލިއެވެ. ސާރާ ކަނަކަށް ވާގޮތަށް ހުއްޓެވެ. އަރުޝްގެ ރުޅި އިތުރަށް ގަދަވަމުންދިޔައީ ސާރާ އުޅޭ ހާލް ފެނިފައެވެ. އެމީހަކު ލޯބިވާ މީހަކު އެކަހަލަ ވަލު ޖަނަވާރެއްގެ އަތް ދަށުގައި ހުުރުމުން ކެތްވާނެ މީހަކު ނުހުންނާނެކަން ޔަގީނެވެ. ނަޢުފަލް އަށްވެސް ސާރާއަށްވެސް އަރުޝްއެއް ނުފެނެވެ. ސާރާ ކުރިމަތީ އެ ހުރީ ކޮންކަހަލަ ޖަނަވާރެއްް ބާއޭ އަރުޝް ހިތަށް އެރިއެވެ. އިތުރަށް ކެތް ނުވުމުން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ސާރާގެ ތުރުތުރު އަޅަމުން ދިޔައަޑުއިވިފައެވެ. ސާރާގެ އަޑުގައިވި ރިހުމާއި ވޭން ވަރަށް ރަނގަޅަށް އަރުޝްއަށް އިހްސާސްވުމުން އޭނާގެ ހިތުގައި ރިއްސާލިއެވެ. ސާރާއަށް ނަޢުފަލްގެ ކުރިމަތީއަނގައިން ބުނުމުގެ ހިތްވަރު ލިބުނީ ކޮންތާކުން ކަމެއްވެސް ނޭނގެއެެވެ. ސާރާގެ ވާހަކައަށް ނަޢުފަލް ހުއްޓުނެވެ. ސާރާ ނޭފަތް ދަމާލަމުން ހިތްވަރުކޮއްފައި ވާހަކަ ދެއްކިއެވެ.
“ނަޢުފަލް ކޮންކަމެއްތަ ނުވެގެން ތިއުޅެނީ, އަހަރެން ކަަހަލަ ނިކަމެއްޗެއްގެ ފަރާތުން ނަޢުފަލް ބޭނުން ވެގެން ތިއުޅެނީ ކޮން ކަމެއް, 19 އަހަރުވީ އިރު އަހަރެންނާ އަހަރެންގެ މަންމަ އަށް ރުހުމުގެ ލޮލުން ބަލާލި މީހަކު ހުރިތަ, ނެތް, މަދު ބަޔަކު ފިޔަވައި, އަހަރެންގެ ބައްޕަ އަހަރެން ވިހޭ ދުވަހު މަރުވުން އެއީ އަހަރެންގެ ކުށެއްތަ, ބައްޕައެއްގެ ހިމާޔަތް ނުލިބި މިއަދާ ހަމައަށް އެތައް ބަޔަކަށް މަސައްކަތް ކޮއްދީގެން ކައިބޮއެ މިހަދަނީ, ނަޢުފަލްގެ ގަޔަށް ލޮލަށް ބޮލަށް އަރަން އަހަރެން ނުދަން, އަންހެނެއްގެ އިހުސާސް ތައް އެނގޭނީ ފުރަތަމަ ތިމާގެ މައިންބަފައިން ތިމާގެ އުޅުމަށް ކުރި ހިތާމަ އިހުސާސްވި ނަމައެއްނު” މިއޮއް ހުރިހާ ދުވަހު ސިކުނޑީގައި ގިނަވެފަ ހުރި ޝަކުވާތައް ބަންޑުން ކޮއްލިއެވެ. އަރުޝްގެ ލޮލުން ވެސް ކަރުނަ ނިރާލިއެވެ. ސާރާގެ ނިކަމެތި ހާލް އެނގުމުންނެވެ އެހެންނަމަވެސް ނަޢުފަލްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެހެންނޫންނަމަ ސާރާ އާ ކައިރި ވާކަށް އޭނާ މަސައްކަތެއް ނުކުރީހެވެ.
“ހެހެހެ… ކޯއްޗެއްހޭ ބޭނުންވަނީ, ނޭނގޭތަ, އަހަރެން ބޭނުންވަނީ ސާރާ” ނަޢުފަލް ނުލަފާ ގޮތަކަށް ހެމުން އެހެން ބުނުމުން އަރުޝްއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު ބޮނޑިއެއް އެޅިހެންނެވެ. އޭނަގެ ހިތް ދެވުނު ކުއްޖާއަކީ ސާރާކަން އެނގުމުން ހައިރާންވިއެވެ. އޭގެ މާނައަކީ އެދުވަހު ޝާމިން ބުނީ މި ސާރާގެ ވާހަކަ އޭ, ހިތާ ހިތުން އަރުޝްއަށް ބުނެވުނެވެ.
ނަޢުފަލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ސާރާއަށް ހީވަނީ އަހަރެން މިއުޅެނީ ލޯބިވެގެންނޭތަ, ނޫނޭ, މި ނަޢުފަލް މީހެއްދެކެ ލޯތްބެއް ނުވާނެ، ފައިސާއިން އެނދުތަންމަތި ފަޅުފިލުވާލަން މީހުން ހޯދާނީ، ބޭނުން ކެނޑުނީމަ އެއްލާލާނީ” ނަޢުފަލް ސާރާގެ ވަށައިގެން ހިނގަމުން ބުންޏެވެ. އަރުޝް އައި ރުޅިން ފާރުގައި ގޮއްމުށުން ޖެހިއެވެ.
ނަޢުފަލް އަނެއްކާވެސް ސާރާ އާ ދިމާލަށް ހިނގަމުންދިޔައެވެ. އޭރު އަރުޝް ހުރީ ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ. ނަޢުފަލް ސާރާ ގެ ވަށައިގެން ހިނގަމުން ސާރާ ނުވިސްނައި ހުއްޓާ ސާރާގެ ބަނޑާ ދިމާލުގައި ފަހަތުން ބައްދާގަނެ ކަރުދޮށުގައި ވަސްގަތެވެ. ސާރާއަށް ހީވީ ބާރުގަދަ އެއްޗެއް ކަށިޖެހިހެންނެވެ. ސާރާ މަންމާ އޭ ކިޔައި ހަޅޭލަވައި ގަތެވެ. އަރުޝްގެ ކެތްތެރިކަން ކޮޅުން ލުމުން އެގެ ތެރެއަށް ދުވެފަ ގޮސް ވަނެވެ. އެވަގުތު ނަޢުފަލްގެ ކަންކަށި މައްޗަށް އެރި އަތުގެ ހަމަލާއިން މީހާ ގެ މޫނުމަތިން ތަރި ބުރައިގެން ދިޔަކަހަލައެވެ.
އަރުޝްވެސް ސިއްސައިގެން ދިޔައީ ސާރާގެ އެ ހަމަލާއިން ނަޢުފަލް ބިންމައްޗަށް ޖެހުމުންނެވެ. ސާރާ ކުޑަކޮށް ގުދުވެލުމަށް ފަހު ނަޢުފަލަ އާ ދިމާލަށް އިނފިލި ދިއްކޮއްލުމަށްފަހު ރުޅިވެރި ކަމާއެކު ބުންޏެވެ.
” ފަހަރެއްގަ ވެސް ކަލޭ ހީ ނުކުރާތި އަހަރެމެންނަކީ ނިކަމެއްޗަކަށް ވީމަ އަހަރެމެންގެ އަގެއް ނެތޭ, އަހަރެން ނިކަމެތިވެގެން ބޭނުން ގޮތެއް ހަދާއިރު, ދެންވެސް ވިސްނާލާތި, އަަހަރެންގެ މަންމަ އަހަރެންނަށް ކެތްތެރިކަން ދަސްކޮއްދިނީތީ, މިއޮއް ހުރިހާ ދުވަހު އަހަރެން ކަލޭ ކުރި އުނދަގުލަށް ކެތްކުރީ, އެކަމް ދެން ނުވާނެ, އަދި ތިޔައުޅެނީ އަހަރެންގެ ގޮތް ނޭނގިގެން, އިތުރަށް ފަޞީހަތް ވާން ބޭނުންނުވަންޏާ ހަމަމިހާރު މަގޭ ކުރި މަތިން ދުރަށްދޭ” ސާރާ އައިސަ ހުރި ރުޅީގަ ބުންޏެވެ. ސާރާއަށް އެފަދަ ހިތްވަރެއް ލިބުނީތީ ސާރާވެސް ހައިރާންވިއެވެ.
ނަޢުފަލްއަށް ވެސް ދުވަހަކުވެސް ސާރާ މިހާ ރުޅި އައިސަ ހުރިތަނެއް ނުފެނެވެ. އެހެންކަމުން ނިކުމެގެން ދަމުން އަދި އެއްފަހަރު ސާރާއަށް ބަލާލިއެވެ. އަދި ސާރާ ޖެހިތަނުގަ އަތް އަޅަމުން މީގެ ބަދަލް ދައްކާލާނަމޭ ބުނެ ހިނގައިގަތް ތަނުން އަރުޝް ދޮރު މަތިން ދުރަށް ދިޔައެވެ. ނަޢުފަލް ނިކުމެގެން ދިޔައީ ވަރުގަދަ އިންޒާރެއް ދީފައެވެ.
ސާރާ އަނގަމަތީ އަތް އަޅަމުން ހުރި ތަނަށް ތިރިވިއެވެ. އަދި ހެދިފައި ހުރި ފެން ކޯރުތަކުން އަތުން ފެންނަގާ ނަޢުފަލް ގެ އަތް ބީހުނު ކޮންމެ ތަނެއް ފެންލައިގެން ދޮންނަމުން ދެއެވެ. އޭރުވެސް ސާރާގެ ރުއިމުގެ އަޑު ވަނީ އެތަނުގައި ހިފާލާފައެވެެ. ސާރާ ކުޑަކުއްޖެއް ފަދައިން އަމިއްލަ ނަފްސާ ޝަކުވާ ކުރިއެވެ. ” ބައްޕާ ކީއްވެ އަހަރެމެން ދޫކޮއްލާފަ ދިޔައީ, މަންމަވެސް ހާދަ ހާލުގައޭ އުޅެނީ, މަންމަ އުފާވެރިކަން ދައްކަން ކިތަންމެހާ ވެސް މަސައްކަތް ކުރޭ, އެކަމް އަހަރެންނަކަށް ސިއްރެއް ނުވޭ, ބައްޕާ, އަހަރެމެންނަށް މިނޫން ގޮތެއް ނެތީތަ, މަންމަ އަހަރެންނަށްޓަކައި ހާދަ ގުރުބާނީ އެއް ވެއްޖޭ, އެކަމް އަހަރެން އޭގެ ބަދަލް ދޭނީ ކިހިނެއް, ކޮންމެ ގޮތަކަށް ކަންތައްވިޔަސް މަންމައަށް ދެރަގޮތެއް ވިޔަކަ ނުދޭނަން, އަހަރެން މަންމަ ބަލާނަން, އަހަރެންނަށް ބައްޕަ ނުފެނުނަސް ވަރަށް ލޯބިވޭ ބައްޕަދެކެ”ސާރާ ގެ ހުރިހާ އިހްސާސެއް ބަންޑުން ކޮއްލީ ހިތަށް ކެތްނުުވުމުންނެވެ. މަންޒަރު ބަލަން ފިލާހުރި އަރުޝްއަށް ސާރާގެ ވޭންދެނިވި ކޮންމެ ލަފްޒެއް ހީވީ އަރުޝްގެ ހިތް ތޮރުފާލި ހަންޒަރެއް ހެންނެެވެ. އޭނާގެ ހަޔާތުގައިވެސް ލޯބިވެވުނު ހަމައެކަނި ފަރާތް އުޅެމުންދާ ހާލް އެނގުމުން އަރުޝްގެ ހިތްވެސް ހީވީ ފޮތިފޮތި ވީހެންނެވެ. ސާރާ ގެނެސް އެ މޭގެ ތެރޭގައި ދެ އަތުގެ ހިމާޔާތް ދިނުމަށް ހިތް އެދި ގޮވަމުންދިޔައެވެ. އެ މަންޒަރު ފެނުނު ކޮންމެ މީހަކަށްވެސް އަސަރު ކުރާނެހާ ވަރުވެއެވެ. ސާރާ ގެ ލޮލުން ފައިބައިފައި ހުރި ކަރުނަތަށް ވާރޭގެ ސަބަބުން ފެންނަން ނެތް ކަމަކު ސާރާގެ ލޮލުން ރޮއެފަ ހުރިވަރު ސިއްރެއް ނުވެއެވެ.
ސާރާ އެތަނުންް ނިކުމެގެން މަޑު ހިނގުމުގައި ދިޔައެވެ. އަރުޝްވެސް ސާރާއަށް ނުފެންނާނެހެން ފަސްފަހަތުން ދިޔައެވެ. ސާރާއަށް ފަހަތުން މީހަކު އަންނަކަމެއް ނޭނގެއެވެ. ސާރާ ފަހަތުން ދިޔަ އަރުޝް ހުއްޓުނީ އާދައިގެ ގެއަކަށް ސާރާ ވަނުމުންނެެވެ..ފުރަތަމަ ފަހަރަށް އެ ގެ ފެނުމާއެކުވެސް އެއީ ސާރާގެ ގެ ކަން އެނގުނެވެ. ސާރާ ގެއަށް ވަނުމުން އަރުޝްވެސް އަނބުރާލީ ގެއަށް ދިއުމަށެވެ. އެހެންނަމަވެސް ކުރި މަތީ ހުރި މީހާ ފެނި އަޅަން އުޅުނު ފިޔަވަޅުވެސް މަޑު ޖެހުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.




Woooow vvvvv nice mi story.. Can’t wait 4 next..
Haadha reethi vaahakayakey. keep it up my dea. Migothah genesdhey vaahaka ammeh kiyaahivani. Hithah aranee dhen kihineh baayey vaanee. Friends kaareebunan komes komes mivaaka kiyahchey haadhareethi vaahakayekey. Friends ves buni v v v reethi vaahakayekey. Kommes kommes saaraa yah dheragotheh nuhadhahchey my dea. Abadhu visneni dhen vaane gothakaadhey therey. Hama ahaaves salhi. Mifadha reethi vaahakayeh genes dheythi v v v v bodah thanks my dea. Hama inthizaaru kureneni mi story yah. My dea thikuraa bura masahkathah assaribahaa saabas. V v v happy vey mikahala reethi story ah fonuva dheythi my dea.miyah vure adhi dhigu kolladheefiyyaa adhi maa happy vaane.akamu my dea mivarunves fudhey. Dhen hama bunelaani story hama habeysey.heevani hama asluhen kiyamun dhaairu basthah athuraalaafa hunnagoi v v v salhi kiyaalan faseyha ahaa asarugadha hama rovijje. Ahaaves mi part habeys arush an saaraa gulhuvahchey ma dea. Abadhuves my dea yah kuriarun adhen inshaa allah.
nice… can’t wait 4 nxt….
Thanx naju and naash
Maa sha Allah.. Vrh furihama.. When next??? ☺️??????????????????
Masha Allah …vrh vrh reethi …. when next part
Maasha Allah ……vvv reethi…..when next prt
Haadha salhi story yekey.
Varah varah varah reethiii… next episode avahah upkolla dheeba plzz
?????
Alhey hihthaalaafa ti ninmaaly…
Thanx all dear❤❤??❤?
Varah varah reethi….
Waiting
Thanx xuam❤❤??❤
Naufal kuraa konme kamakun Saaraa Salaamath kohdhy thi
Alhey lobi kan masha allah.??? keep it up. Varah happy vey avahah up kohdheythiii.. ??❤
Thanx reet and sima. Reet abadhu ehgothakah nuvaane ehnu dhw??❤❤?
Mi cyt ga in enme reethi vaahaka .gavaadhun dhigukoh upkohdhenyaa hama ehvana vaane.miadhu adhi mi kiyan fehtey.keep up the good work
When next part? Sh@_n@ varah reethi Mi story…keep it up
Varah reethi… When is the next part ♥️♥️
Koniruku next part update kodheynee …… Vara reeti vaahaka ye… Can’t wait for next part
alhey shana koba???
When next part???
Thanx hurihaa kudhin. And I am so sry buni dhuvahah part nugenesdhevunythy. I am really really busy. Ehn nun mama genesdheynan. Mihaaru vess mi masahkai kurany part liye ninmey thw. Insha allah mirey kiyaalan libey varu kohdheynan
next part when
Dear kbr story..I’m waiting…
Dear kobaa story koniraku up vaany?
Plx vaahaka avaha up kodheebala … Vara kiyaa hithun mi hunanyy …….