އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 3
ރަށުގެ ފަޅު ތެރެއަށް ވަދެގެންއައި ލޯންޗު ޖެޓީ އާއި ކައިރިކޮއްލުމާއެކު އެންމެ ފުރަތަމަވެސް ކޮނޑުގައި ދަބަހެއް އަޅުވައިގެން ލޯންޗުން ފޭބި ޒުވާނާއަށް އެވަގުތު ބަނދަރުމަތީ ތިބި މީހުންގެ ނަޒަރު ހުއްޓެމުންދިޔައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ފެންނަ ފެނުމަށްވެސް މާލޭ މުއްސަނދި މީހެއްކަން އެނގެއެވެ. ހަމުގެ ކުލަ އަލި އެ ޒުވާނާގެ ލޮލުގައި އެންމެފަހުގެ ފެޝަންގެ އައިނެއް އަޅާފައިވާއިރު އަތުގައި ފެންވަރުގެ ގަޑިއެއް އަޅާފައިވެއެވެ. ގޮޅި ޖެހި ގަމީސް އަތުކުރި އޮޅާފައި ވުމުން ގަވާއިދުން ކަސްރަތު ކުރާކަން ފާހަގަވެއެވެ. ބޮލުގެ އިސްތަށިގަނޑު ފަންވެފައި ކަޅުކަން ގަދައެވެ. އަރާފައި ހުރި ބޫޓުން އޮފްއަރަމުންދެއެވެ. އެ ޒުވާނާގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއްހުއްޓެވެ. އެ މޫނުމަތިން އިތުރު ތާޒާކަމެއް ގެނެސްދެނީ އެ ޒުވާނާގެ ރީތި ވަރަކަށް ހުރި ތުބުޅިއެވެ. ވަކި ހިސާބަކުން އެ ޒުވާނާ ހުއްޓުނީ އޭނަޔާ އެކު އައި އެހެން ކުއްޖެއް އޭނާގެ ނަމުން ގޮވާލުމުންނެވެ.
އެ ޒުވާނާ ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު ހަމީދު އޭނަޔާ އަރާ ހަމަކުރަނީއެވެ
“ހޫމް ކިހިނެކޭ ވީ, މާ ބާރަށް ތިގޮވަނީ, ހީވަނީ އަހަރެންގެ ނަން އިޢުލާން ކުރަން އުޅޭހެން, ތިހެން ގޮވަނިކޮށް މިރަށު އަންހެން ކުއްޖަކަށް އަޑު އިވިގެން މަށަށް ގޮވާފިއްޔާ ކަލޯ އަށް ފިސާރި ކުޅި ދައްކާލާނަން”މިހެން ބުނެ ހަމީދުުގެ ކޮނޑަށް އަތް ވައްޓާލާ ބާރު ކޮއްލަމުން ހަމީދުއަށް ލޯ އަޅާލިއެވެ.
“ހެހެހެހެ, އަރުޝް ހީކުރީ ތިހެން ލޯ އަޅައިގެން އަހަރެން ބިރު ގަންނާނެ ކަމަށްތަ, އެހެންނޫނަސް އަރުޝްއަށް ކުއްޖެއް ހޯދަ ދޭންވެގެނޭ އެހާ ބާރަށް ނަމުން ގޮވީ, ހުރިހާ އެންމެން މީހުންނާ އިނދެގެން ދަރިން ހޯދާ މާމަ ކާފަ ކިޔާއިރުވެސް ތިމަންނަ ކަމުދާ ކުއްޖަކު ނުފެނެޔޭ ކިޔަ ކިޔަ ހުންނަ މީހެއްތީ” ހަމީދު އެއްފައްޗަކަށް ބުނަން ބޭނުންވި އެއްޗެއް ބުނެ ނިންމާލީ ލާނެއްގޮތަކަށެވެ. ހަމީދު ބުނެލިގޮތުން އަރުޝް ގާތަށް ވެސް ހިނިއައެވެ.
“އެންމެ ރަނގަޅޭ, އަހަރެންނަށް ވެސް ކޮންމެސް ދުވަހަކުން ލިބޭނެތާ, އެހެންވީމަ މި ވަގުތަށް ތިވާހަކަ ބާއްވާ” އެހެންބުނެ މަޑު ހިނގުމުގައި ބަނދަރާ ތަންކޮޅެއް ދުރުގައި ހުރި މީހަކާ ދިމާލަށް ހިނގަމުންދިޔައެވެ. އެ މަޢުޞޫއަށް ވާހަކަ ދައްކަން އަރުޝްއަށް ފަސޭހަ ނޫންވީމައެވެ.
“އެހެރީ އެ ޝާމިން” މިހެން ބުނެ ހިރުދުގަސްދޮށުގަ ހުރި މީހަކަށް އަރުޝް އިޝާރާތް ކުރިއެވެ. އަދި ބުނެލިއެވެ. މަށަށް ހީވެގެނޭ މިދިމާލަށް މިއައީވެސް، ނަސީބެއް އޭނަ ރަށުގަ ހުރިކަން އެހެންނޫންނަމަ ހާދަ ފޫހިވާނޭ” ހަމީދުވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. މަަޑު ހިނގުމުގައި ދެމީހުން މަޑުކޮއްލީ ޝާމިންގެ ކުރިމައްޗަށެވެ. އެދެމީހުން ފެނުމާއެކު ޝާމިން ބުނެލިއެވެ. “އަޅެ ފަހެ ކަލޭމެން ދެމީހުންގެ ފައިގައި ތެރަސް ލާފަތަ, މިހާރު ކޮންއިރެއް މަ މިތާ ހުންނަތާ, މަންމަ އިރުކޮޅަކާ އެބަ ގުޅާ ތިދެމީހުން ނައިސްގެން”
ހެހެހެ, އެހެންވެސް ވާނެ އަލަަށް ރާއްޖެ ތެރޭ ރަށަކަށް އާދެވުނީމަ, އެކަމް ހާދަ ބަދަލުވެއްޖޭ, ޝާމިން ދެއްކި ފޮޓާތަކާ އެއްވެސް ވައްތަރެއް ނޫން މިހާރު މިރަށެއް” އަރުޝް ޝާމިންއަށް ބުންޏެވެ.
“ކަލޯ ގަޔާ, މިހާރު އޭގެ ފަހުން ކިހާ ދުވަހެއް, 5 އަހަރުވީއޭ, ދުވަސް ނިމި އަނެއް ދުވަހަށް އިރު އަރަންޏާ ބަދަލު އަންނާނެދޯ”
ޝާމިން އަރުޝް އާ ދިމާލަށް ހިރުނދު ފަތެއް އެއްލަމުން ބުނެލިއެވެ.
ހޫމް ތީ ތެދެއް, އެކަމް ބަދަލް ނުވާ އެއްކަމެއް އެބައޮތް, ތި “އަނގަ” ހަމީދު އެހެން ބުނުމާއެކު ޝާމިންވެސް އަރުޝްވެސް ހޭންފެށިއެވެ. “އެ ނުވާނެ ދޯ ބަދަލެއް, މަ ހާދަ ދެރަވިއޭ ތިމީހުން ދޫކޮއްލާފަ އަންނަން ޖެހުނީމަ, މިހާރުދެން ދުރުގަ ތިއްބަސް ބޭނުން އިރަކު ފެންނާނެ, ކޮންކަމަކާ ހާސްވާންވީ, ތިޔެއްނޫނޭ ދެން ހިނގާ ގެއާ ދިމާލަށް ދާން، މިހާރުވެސް ލަސްވެއްޖެ”މިހެންބުނެ ތިން އެކުވެރިން ޝާމިންއާ އެއްކޮއް ގެއާ ދިމާލަށް ހިނގައިގަތެވެ.
މަގުމަތިން ދިޔައިރުވެސް އަރުޝްއަށް ފަރާތްފަރާތަށް ބެލެމުންދިޔައީ ނޭނގޭ ސަބަބަކާ ހުރެ އޭނާގެ ހިތް ތެޅެމުންދާތީއެވެ. ބޭ އިޙްތިޔާރުގައި ހިތާ ދިމާލުގައި ދެތިން ފަހަރު ޖަހާވެސް ލެވުނެވެ. ދެންތިބި ދެމީހުން ގެ އާ ހަމައަށް ދެވެންދެން ހުއްޓާނުލާ ވާހަކަ ދައްކަމުންދިޔައެވެ. އެމީހުން ދެއްކި އެއްވެސް ވާހަކައަކަށް އަރުޝްއަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ.
ގެއަށް ވަދެ ގެނައި ދަބަސް ކޮޓަރިއަށް ލުމަށްފަހު ކައި ގެޔާ ހަމައަށް ދެވުމާއެކު ފުރަތަމަވެސް އަރުޝްގެ ނޭފަތުގައި ޖެހުނު ވަހާއެކު އެތެރެއަށް ނޭވާ ދަމާލެވުނެވެ. ހީވީ ބަނޑު ފުރުނުހެންނެވެ. އެ ދުވި ކުޅި މަހުގެ ވަހުން ތިން މީހުންނަށްވެސް އަސަރު ކުރިއެވެ. ކެއުމުގެ ތެރޭންވެސް އެކަކު އަނެކަކަށް ތަޢުރީފް ކުރެވެމުންދިޔައީ ކުޅި މަހުގެ މީރު ކަމާމެދުއެވެ. ޝާމިންގެ މަންމަ އެތަނަށް އައުމާއެކު ޝާމިންއަކަށް މަޑަކުން ނީންދެވުނެވެ.
” މަންމާ, ކާކުތަ ކުޅިމަސްހެދީ, ހާދަ ހާދަ މީރޭ, އަރުޝްވެސް ހަމީދުވެސް ބުނީ މިހާ މީރު ކުޅިމަހެއް ނުކަމޭ”
“ހެހެހެ, އެއީ އާފިޔާއްތަ މެންގޭ ސާރާ” އެހެންބުނުމާއެކު އަރުޝް އަނގައަށްލާން އުޅުން ރޮށިކޮޅު އަތުން ދޫވެގެން ވެއްޓުނެވެ. “ސާރާ” އެނަން ހިތާހިތުން އަރުޝްއަށް ކިޔާލެވުނެވެ. އަދި ހިތަށް ބުނެދޭން ނޭނގޭ ގޮތެއް ވަމުންދިޔައެވެ. ހިތަށް ވަމުންދާ ގޮތާމެދު ވިސްނާލެވުނެވެ. އަދި އެކަމުގެ ޖަވާބު ހޯދާނެ ގޮތަކާމެދުވެސް ވިސްނާލިއެވެ.
“މަންމާ, ރޭޑިޔޯގެ އަޑު ގަދަ ކޮއްލަބަލަ, ހާދަ ރީތި ލަވައެކޭ އެ އަންނަނީ”ޝާމިން އޭނާގެ މަންމައަށް ގޮވާލަމުން ބުނެލިއެވެ. އެ ލަވަ އަޑު ގަދަ ކޮއްލުމާއެކު އެ ލަވަ އަޑު އިވިފާ އަރުޝް ހުއްޓުންއެރިއެވެ. އަދި އެ ލަވަޔަށް ސަމާލުކަންދެވުނެވެ. ހީވީ އޭނަޔަށް ނިސްބަތްކޮށް ބުނި އެއްޗެއް ހެންނެވެ.
އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ
މަޑުމަޑުން ހިތާ ކަލާ ސުވާލު ކުރޭ
ކީއްވެހޭ ކުރިން ނުވާ ގޮތެއް ވަނީ
ކޮންމެ ހިއްސަކާ ވަކިން ސުވާލު ކުރޭ
އަރުޝްއަށް އެލަވަ އެ ތަންކޮޅު އިވިފާ އިތުރަށް މަޑުނުކޮށް ނިންމާލީ ކަމަށް ބުނެ ކައި ގެއިން ނުކުމެގެންދިޔައެެވެ. ދެން ތިބި ދެމީހުންވެސް ގިނައިރެއް ނުވެ ނިކުތެވެ.
ތިންމީހުން ނިކުމެގެން ގޮސް ގޭގެ ބޭރު ފަރާތު ޖޯލީގައި ތިއްބެވެ. އަރުޝް ނިތްކުރި މައްޗަށް އަތް އެއްލައިގެން ފުން ވިސްނުމަކަށް ގެއްލިފަ އޮތެވެ.
“އޭ އަރުޝް ހިނގާ ބުރެއްޖަހާލަން, އަވިވެސް ނުދޭ، ކައިގޮތަށް ތިހެން އޮންނަނިކޮށް ބަނޑުލާފާނެ, ޝާމިން ދިމާ ކުރުމުގެ ގޮތުން ބުނެލިއެވެ.
“ހެހެހެ.. މަ ގަވާއިދުން ކަސްރަތު ކުރަމޭ, ތިޔަވަރު ނުކުރިޔަސް މަ ގޮސްދާނަން” މިހެން ބުނެ ޖޯލިން ތެދުވެ ހިނގައިގަތެވެ. ފަހަތުން ދެން ތިބި މީހުންވެސް ތެދުވެ ހިނގައިގަތެވެ.
އެމީހުން ކުރަން އައި މަސައްކަތް ފެށޭނީ މާދަން ކަމަށް ވުމާއެކު ރަށުތެރެ ބަލާލަން ނިކުތެވެ. އެމީހުންއައީ އެރަށުގެ ސިއްހީ މަރުކަޒާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށެވެ. އެއީ ސިއްހަތާ ދުޅަހެޔޮކަން މައިގަނޑު މައުޞޫއަކަށް ބަލައިގެން ރަށުގެ ހުރިހާ ރައްޔިތުންނަށް ބާއްވާ ހަފްތާއަކަށް ދެމިގެންދާ ޕްރޮގްރާމެކެވެ. ދެމީހުންވެސް މަސައްކަތް ކުރަމުންދަނީ ހެލްތް މިނިސްޓްރީގައި ކަމަށް ވުމާއެކު ރާއްޖެ ތެރެއަށް އައި ފުރަތަމަ ދަތުރުވެސް ހާއްސަ ހަނދާން ތަކަކުން އެނބުރި ދާން ދެމީހުން ބޭނުންވީތީ ޝާމިންއާ އެއްކޮއް އެތައް ހަނދާނެއް ފޯނުގައި ރައްކާ ކުރަމުންދިޔައެވެ.
ތިންމީހުންނަށް ވަގުތު ދިޔަ ގޮތްވެސް ނޭނގުނެެވެ. އެނބުރި ގެއާ ހިސާބަށް އާދެވުން އިރު އިރުއޮއްސެނީއެވެ. ނަމާދަށް ވަގުތަށް މިސްކިތަށް އަރަން ހަނދާންވިކަން ނަސީބޭ އަރުޝް ހިތަށް އަރަމުންދިޔައެވެ.
އަރުޝްގެ ގައިިގަ ހިފާފައިވާ ރަނގަޅު އާދައަކީ މައިންބަފައިންގެ ފަރާތުން ދަސްވެފަ ހުރި އާދައެއް ނޫނެވެ. އެއީ އަރުޝްމެން ގޭގައި ގެންގުޅޭ މުސްލިމް ބޭރުމީހެއްގެ ފަރާތުން އަރުޝްއަށް ދަސްވެފަ ހުރި އާދައެވެ. މަންމަ އާއި ބައްޕަ ދުނިޔޭގައި ހުރެ އެމީހުންގެ އަޅާލުން ނުލިބި, އަރުޝް ދުނިޔެއަށް ގިނަނުވެ ހުރުންއެއީ އޭނާ ބަލަހައްޓަމުންދާ އާތިފާގެ ރަނގަޅުކަމެވެ. އަރުޝް މައިންބަފައިންނަށް ހީވެފާ އޮންނަނީ ފައިސާއިން ހުރިހާ އުފަލެއް ލިބޭނެކަމަށެވެ. ބޭނުންވާ ހުރިހާ އެއްޗެއް ފަސޭހަ ކަމާއެކު ލިބޭވަރު ކޮއްދެވެމުން މައިންބަފައިންގެ ޒިންމާ އަދާ ކުރެވުނީކަމަށެވެ. އަރުޝްއަށް އޭނާގެ މައިންބަފައިން ނުފެނި ތިން ހަތަރު މަސް ވާއިރު ދަރިއެއްގެ ހިތަށް އަރާނެ އެއްޗެއް ނުވިސްނައެެވެ. އަބަދުވެސް އެއް ގައުމުން އަނެއް ގައުމަށް ވިޔަފާރި ކަންތަކުގަ ދަތުރު ކުރުން ފިޔަވައި އިތުރު ކަމެއް ނޯވެއެވެ. ހަމީދުއާއި ޝާމިން ކަހަލަ ގާތް ދެއެކުވެރިކަން ލިބުމަކީ އަރުޝްއަށް ލިބުނު ނިޢުމަތެކެވެ. އެމީހުންގެ މައިންބަފައިން އަރުޝް އާ ދޭތެރޭ ކަންތައް ކުރަނީ އެހާ ލޯބިންނެވެ. އެކަމާ އޭނާ އަބަދުވެސް ޝުކުރުވެރިވެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ކުޑަކޮއް ސަކަރާތް ޖަހާލުމަށްފަހު ތިން މީހުންވެސް ނިދަން ވަނެވެ. އަރުޝްއާއި ހަމީދު ނިދަން ހަމަ ޖެހިފައިވާ ކޮޓަރިއަށް ވަނެވެ. އަދި އެނދުގައި ހަމަ ޖެހިލަމުން މާދަމާ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތަކާމެދު ދެމީހުން ވާހަކަދައްކާ މާދަމާއަށް ވަރަށް ރަނގަޅަށް ތައްޔަަރުވިއެެވެ. އެއަށްފަހު ދެމީހުން ނިދަން ތައްޔާރުވިއެވެ. ޕްރޮގްރާމް އޮތީ ރަށުގެ ސްކޫލް ހޯލްގައި ކަމަށް ވުމުން ދެން ކުރަން ހުރި ކަންތައް މަރުކަޒު މީހުންނާއި ސްކޫލުން ކޮއްދޭނެކަން އެންގުމުން އެމީހުން ވަރަށް ހިތްހަމަޖެހުނެވެ.
ހެނދުނު ނުވައަކަށް ތައްޔާރުވާން ޖެހޭތީ ދެމީހުންވެސް އަވަހަށް ނިދިއެވެ. ނިދި ހަމަ ނުވުމަކީ މާދަމާގެ މަސައްކަތަށް ހުރަހަކަށް ވެދާނެތީއެވެ.
ހަމީދު ގަދަ ނިދީގައިވާއިރު އިރުކޮޅަކާ އަރަޝްއަށް ނިދީގައި ސާރާއަށް ގޮވަމުންދިޔައެވެ. ހަމީދުއެއީ ނިދި ގަދަ މީހެއްކަމުން އޭނައަށް އެކަމެއް ރެޔަކާވެސް ނުލައެވެ.
އަރަޝްއަކީ ފަތިހު ހޭލަން އާދަވެފަ ހުރި މީހަކަށް ވުމުން އެރޭވެސް ހޭލެވުނެވެ. ހަމީދުއަށް ގޮވުމަށްފަހު ފާހާނާއަށް ވަދެ ވުޞޫކޮއްލައިގެން ނިކުތެވެ. އެވަގުތަކީ ޝާމިންވެސް ކޮޓަރިން ނިކުތް ގަޑިކަމުން ދެމީހުން މިސްކިތަށް ދާން އުޅެފަވެސް ހަމީދުގަޔަށް ފެންއަޅައިގެން ހޭލައްވާާލާ އޭނަ ގޮވައިގެން މިސްކިތަށް އަރަން ދިޔައެވެ.
ނަމާދުން އައިސް ތިން މީހުން ކޮފީއެއް ބޯން ތިއްބެއެވެ.
“އޭ ޝާމިން މަ ބޭނުން މޫދަށް ދާން އެހެންނޫނީ މިއަދުގެ ދުވަސްދާނެ, ތި މީހުންނަށް އެނގެ އެއްނު އަހަރެން އާދަކޮއް ކުރާ ކަމެއް ވީމަ މިހާރު މޫދަށް ނުގޮސް މަސައްކަތްވެސް ރަނގަޅަށް ނުުކުރެވޭނެކަން” އަރުޝް ކޮފީ ތަށި ބަހައްޓަމުން ބުންޏެވެ.
“ސާބަސް އަހަރެމެން ބުނިތަ ނުދާށޭ, ހީވަނީ ކުޑަކުއްޖަކު ތަނަކަށް ނުފޮނުވައިގެން ބޮޑާ ހާކާހެން ވިއްޔަ” މިހެން ބުނެ ޝާމިން ހީގަތެވެ. އަދި ބުންޏެވެ. “އަރުޝް ދަންްޏާ ދޭ, އަހަރެމެން މީ މިގަޑީގައި ފެނަށް ބަލިމީހުން, އެނގެ އެއްނު އެއްކަލަ ދުވަހު އަހަރެމެން ތިބި ގޮތް” މާޒީ އިން ދުވަހެއް ހަނދާން ކުރަމުން ޝާމިން ބުންޏެވެ.
އަރުޝް އެ ދުވަސް ހަނދާންވެފަ ހީގަތްގަތީނުން އަނގައިގަ ހުރި ކޮފީވެސް ބޭރަށް ނައީ ކިރިޔާއެވެ.
“އާނ.. ކާކު ހަނދާން ނެތޭނީ, ހީވަނީ ހީކަރުވާފަ އިން ރާބޮންޖެއް ހެން, ފަހާފޮށި ދަތް ގަޑެކޭ ތަފާތެއް ނެތް ދެމީހުން ދަތްދޮޅި ތެޅޭވަރުން” އަރުޝް ހެމުން ހެމުންް ބުންޏެވެ.
“އެެންމެ ރަނގަޅޭ, އަހަރެމެން ގަބޫލުކުރަމޭ ދޯ” ހަމީދު ޝާމިންއަށް ދޯ އެއްލިއެވެ.
“ތިޔެއްނޫނޭ އަހަރެން ދަނީ, މާ ލަސްވީމަ ކަމަކު ނުދާނެ, މިހެން ބުނުމުން އަހަރެމެން ނޭރުނަސް ދާނަމޭ ބުނެ ޝާމިން އާއި ހަމީދު ތެދުވިއެވެ.
އިރު އަރާ ގަޑިކަމަށް ވުމުން އުދަރެސް ވަރަށް ރީތިކޮށް ފެންނަމުންދެއެވެ. އެއްކޮޅުން އަނެއްކޮޅަށް ފަތަމުން ދިޔަ އަރުޝް އަޑިއަށް ފީނާލުމަށްފަހު ބޯ ފެންގަނޑުން މައްޗަށް ނެގިވަގުތު ގޮނޑު ދޮށުގައި ތެލި ދޮންނަމުންދިޔަ ކުއްޖާއަށް ހާއްސަ ސަމާލުކަމެއް ދެވުނެވެ. ކައިރިން ބަލާލުމަށްޓަކައި ފަތަމުން ދިހަވަރަކަށް ފޫޓް ދުރުގައި ހުރެ ބަލައިލިއެވެ. އަރުޝްގެ ހިތް ތެޅެންފެށީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އެ ރީތި ދޮންމޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެކުއްޖާގެ ސަމާލުކަން އޭނާ ކުރަން އިތް މަސައްކަތަށް ހުއްޓިފައި ވާއިރު މީހަކު ބަލަން ހުރި ކަމެއް ނޭނގެއެވެ. އިރުކޮޅަކާ ހިނިތުންވެލާއިރު ކޮލަށް އެޅިލާ އަޑިކޮޅުން އަރުޝްގެ ހިތް ދޫވެގެންދިޔަ ކަހަލައެވެ. ފުރަތަމަ ނަޒަރުން އެ ސޫރަ އަރުޝްގެ ހިތުގައި ބިންވަޅު ނެގުނެވެ. ކާކުކަން ކޮންފެންވަރެއްގެ މީހެއް ކަން ނޭނގިއެވެ
ނުނިމޭ
މި ވާހަކައިގެ ޓްރެއިލާގައި ބަތަލް ގެ ނަމަކަށް އަރްޝަލް ބޭނުން ކޮއްފާ އިނަސް ސްޓޯރީގައި އަރުޝް ބޭނުންކުރީ ކިޔާލާން ފަސޭހަ ނަމެއް ކަމުގައި ވާތީ ކަމުގައި ދަންނަވަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.




Hii all. Miothy third part. Sry lasvi Kamah takaa. Aslu v gothaky save nukurevenys delete v. Uhmeedhu kuran reethikoh vaane kamah
Me first… Aslu v rythi vrhaka eh nxt part kondhuvahakun?
Yess Samir, ur first. Thanks vaaahaka kamudhiyaeema❤❤❤next part tomorrow
wow salhi
Maasha Allah❤❤❤
me second dhw. Masha Allah. mi part vx varah varah reethi. when next part..??waiting igey. 😀
sry. eii olhigen vefa oih kameh. neynge keevegen kameh Anonymous ge name e eryky. aslu kookei ge name innaany. varah bodah sry igey
Vvvvvvv nice mi partvx ????? waiting 4 next??
Ekam arshal maa ryhchehnu?
Thanx nasma.❤❤❤❤
Inko thanx thidhey supportah❤❤❤❤
Its okey kookie. ❤❤❤❤
Thanx naju.. Next partah inthizaaru kurahchey. ❤❤❤❤
Thu ah reethee arshal tha. Oh so sryy. Next time story akah name hoadhaany readers inn ❤❤❤❤
wow mioh stry eh ge furihama kamuge vaahaka nudhekkn kanneynge rangalhu vrny… vvvvvvvv salhi nge aslu vx dear… maasha allah
Thanx a lot Nash❤????❤❤
wlcm dear
Thankolheh avahah nxt part up kohlahchey….mi stry vvvv rythi…vvv kiyaa hithun indha e nimuny…alhugandah mivaruvx kuru hehehe…
Thanx shif.. Aslu gaboolu kuran part kurukan. Time nulibeythy kurukoh liyeveny. Ekm vvv try kuraanan ingey dhigu kuran. And v Ehme avahakah up kohdheynan. Ihye egothah kanthah v ma lahun kiyan libuny. Sry for that. Ekm insha allah dhen nuvaane. Story up kuran bunaa dhuvahuge haveerah kiyaalan libey varah up kohdheynan. And Thanx a lot ❤?❤?❤❤
Haadha kurey..next part dhigukohladhyba plxxx..
K. Will try. Maa bodah dhigu v ma type nukurevey slow vaathy. Ekmvess try kuraanan ingey????
Heehee…ok bodu thanks..ingey..sh@[email protected] waiting..
vr vr salhi.
Wow varah reethi. Kiyaa hithun indhan nimunyma dheraves vehje..
Welcome Lyn❤❤❤❤
Thanx yoon❤❤❤❤?
Hehehe. V ufaavehje shaaa ah
kamudhiyaima ❤❤❤❤?
Next part ready ga iny. Maadhan morning ga up kuraanan check kohlaafa. So heevany mendhuru or haveeru kiyaalan libeyne hen. And ones again thank a lot thidhey supportah hurihaa kudhin nah vess. ? ❤❤❤❤?
Vvvvvv reethi stry
Keep goin like this and charm like a star ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Saaraa ah dhera gotheh nahadhache Vv reethi
Thanx haxna and reet. Story hurihaa kudhin nah kamudhaane gothakah genesdhevey thw abadhuvess balany. Kohmess varakah rohvaalan vaane ehnu. Heheh
Varah varah reethi. Mi stry varah reethi vaanehen heevey ??
Thanx sima❤❤?❤?
Reehchey..??
Eagerly waiting for next episode.. all the beat dear
????