Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި ފަހުބައި

Sh@_n@ Level 410 Stories100 Comments100 Login
July 24, 2018 5 Mins Read
8 Comments

އާކިފް ގައިގަ ވަރަށް ބާރަށް އަހަރެން ބައްދާލީ ދުވަހަކުވެސް ދުރަށް ނުދާށޭ ބުނާފަދައިންނެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކާ ގާތް ނުވާއިރު އާކިފްގެ ގައިގައި ބައްދާލުމުން ހިމާޔަތް އަހަރެންނަށް އިހުސާސް ކުރެވުނެވެ. އާކިފް އަހަރެންގެ ބުރަކަށީގައި ލޯބިން ފިރުމާލިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށުމުން ތްވާން އާކިފް އާ ދުރުވެލީމެވެ. އަދި ހިނިތުންވެލީމެވެ.

އެރެއަށްފަހު އާކިފް އާއި އަހަރެންގެ ނަން ވެސް ލޯބީގެ ލިސްޓަށް އިތުރުވެގެންދިޔައެވެ. އާކިފްގެ ފަރާތުން އަހަރެންނަށް ލިބެމުންދާ ލޯތްބާ އޯގާތެރިކަމުގެ ސަބަބުން އަހަރެންގެ ތުންފަތުން ހިނިތުންވުން ނޫން އެހެންއެއްޗެއް ނުފެނެވެ.
އަޝްފާންގެ ލޯބި އަހަރެންނަށް ހައްގު ނޫންކަން އަހަރެންނަށް ވިސްނި އަޝްފާން ގެ އާއިލާ ރޫޅުމުން ސަލާމަތް ކުރެވުނުކަން އެއީ އަހަރެންނަށް މި ލޯބި ހައްގުކަމުގެ ހެއްކަކަށް ފުދެވެ. އަޝްފާން ބުނިހެން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަން އަހަރެން މިއަދު ހިތާ ހިތުން ގަބޫލުކުރަމެވެ. އާކިފް އަހަރެން ދެކެ ވީ ލޯބި އެއީ ތެދުވެރި ލޯބިކަން އަހަރެން ގަބޫލުކުރަމެެވެ.

ދުވަސްތައް ފާއިތުވަމުންދަނީ ހީނުކުރާހާ ހަލުއިމިނުގައެވެ. އެއްބަޔަކަށް އުފާވެރިކަން, އަނެއް ބަަޔަކަށް ހިތާމައެވެ. އެއީ ދުނިޔޭގަ ކަން ހިނގަމުން އަންނަ ގޮތެވެ. އެކަމާ ދެކޮޅަށް ކަންކުރުމުގެ ބާރެއް އެކަކަށްވެސް ލިބިގެންނުވެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދަނީ އެމީހެއްގެ ދިރިއުޅުން އުޖާލާ ކުރުމަށެވެ. އަހަރެމެން އިންސާނުންނަށް އޮންނާނެހާ ވެސް ކަމަކީ ކެތްތެރިކަމާއެކު މަސައްކަތް ކުރުމެވެ. ކާމިޔާބު ދެއްވާނީ އެންމެ ފަރާތަކުންނެވެ. މިއީ އަހަރެމެން އެންމެން ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އަހަރެންނާ އާކިފްގެ ގުޅުމަށްވެސް ތިން މަސް ފާއިތުވެއްޖެއެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އަހަރެން ވަރަށް އަވަދިނެތި ކްލިނިކުގައި އުޅެނިކޮއް މެސެޖެެއް އައެވެ. އަހަރެން ކުރަން ހުރި ކަންތައް ހުއްޓާލުމަށްފަހު މެސެޖް ބަލާލީ އާކިފްގެ މެސެޖަކަށް ވާނެތީއެވެ. އެއީ އެގަޑިއަކީ ކޮންމެ ދުވަހެއްގަވެސް އަހަރެން ބްރޭކަށް ދާ ގަޑި ކަމަށްވާތީއެވެ. އެހެންނަމަވެސް މެސެޖް ފެނުމާއެކު އަހަރެންގެ ދެ ބުމަ ގޮއްޖެހިގެން ދިޔައީ އާކިފް ކޮއްފައިން މެސެޖްފެނިފައެވެ. މެސެޖްގައި ވަނީ މިރޭ 8:30 އަށް ރެޑީވެގެން ހުރުމަށެވެ. އިތުރު އެއްޗެއް ބުނެފައެއްނެތެވެ. އަހަރެން ހުރީ މިވަނީ ކީއްކަން ނޭނގޭ ހާލުގައެވެ. މިވީ ދުވަސްތަކުގަ އާކިފް އެގޮތަށް އަހަރެންނަށް މެސެޖްކޮއްފައެއް ނެތެެވެ. އެހެންނަމަވެސް އެ ހާސްކަން އަހަރެން ސިކުނޑިން ނެރެލީ އާކިފް ބިޒީ ވެގެން އެގޮތަށް މެސެޖް ކޮއްލީކަމަށެވެ.

ހަވީރުވެގެން އައިއިރުވެސް އާކިފްގެ މެސެޖެއް ކޯލެއް ނުލިބެވެ. އަހަރެން ހާސްވަމުންދިޔައީ އާކިފް އާ ރައްޓެހިވުމަށްފަހު ދުވަހަކުވެސް އާކިފް އެގޮތަށް އަހަރެން އިގްނޯރ ނުކޮއް މިއަދު އެގޮތަށް ކަންތައް ކުރީތީއެވެ. އެހެންކަމުން އަހަރެން އާކިފްގެ ފޯނަށް ގުޅާލީމެވެ. ރިންގްވިއެއް ކަމަކު ފޯނެއް ނުނަގައެވެ. އެންމެފަހުން އާކިފް އެ ކޯލް ބިޒީ ކޮއްލީއެވެ. އަހަރެންނަށް ދެން ހަދަންވީ ގޮތެއް ނޭނގިފަ އިންދާ އާކިފްގެ މެސެޖެއް ލިބުނެވެ. ކުރިންވެސް ފޮނުވާފައިން މެސެޖެވެ. މިރޭ 8:30 އަށް ރެޑީވުމަށެވެ. އަހަރެންނަށް ހިތާ ހިތުން އާކިފްއަށް އެއްޗެހިކިޔުނެވެ.

އަހަރެން ރެޑީވެގެން ލޯގަނޑު ކުރިމަތީ ހުއްޓި ފަރި ބަލާލީމެވެ. މެރޫން ކުލައިގެ ހެނދުމަކާއި ކަޅުކުލައިގެ ޝޯލް އަކުން އަދި ކަޅު ސްކިނީ އަކުން ތައްޔާރުވެފައި ހުރިއިރު ވަރަށް ފުރިހަމަ ކަމަށް ދައްކައެވެ. އަހަރެންނަށް ސިހުން ގެނުވީ އާކިފްގެ މެސެޖަކުންނެވެ. ތިރީގައި ހުރި ކަމަށް ބުނުމުން އަހަރެން ބޭރަށް ނިކުތީމެވެ. އާކިފް ސައިކަލް މަތީ ފޯނާ ކުޅެންއިނެެވެ. އާކިފްގެ އެ ދުރުމިން އަހަރެންގެ ހިތަށް ތަދުވެގެންދިޔައެވެ. ސައިކަލަށް އެރުމާއެކު އާކިފް ސައިކަލް ދުއްވާލިއެވެ. ދާން އުޅޭ ވަކިތަނެއް ނުބުނުމުން އަހަރެން އިނީ މާޔޫސްވެފައެވެ. ވާހަކަ ފަށާނެގޮތެއް އަހަރެން ނަކަށް ނުވެސް އެނގުނެވެ. އެެހެންނަމަވެސް ދެމީހުންގެ މެދުގައި އޮތް ދުރުކަން ކަނޑުވަން އަހަރެން ބޭނުންވިއެެވެ.
“މީ… ކޮންތާކަށް މިދަނީ, ކީއްވެ މިއަދު ހާދަ ފާޑަކަށް, ޑިޑް އައި ޑޫ އެނީތިންްްްގް? އަހަރެން ސުވާލުކުރުމުންވެސް އާކިފް ޖަވާބު ނުދިނުމުން އަހަރެން ސޮރީއޭ ބުނެ އިސްޖަހާލީ, އަހަރެންގެ ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތަށް ފޮރުވުމަށެވެ. ދެވޭ މަންޒިލަށް ދެވެންދެން އަހަރެން އިނީ އިސްޖަހައިގެންނެވެ.

އާކިފް ސައިކަލް މަޑުކުރީ ހުޅުމާލެ ފެރީ ސައިކަލް ޓިކެޓް ކައުންޓަރ ކައިރިކަމުން އަހަރެން ސުވާލުގެ ނަޒަރަކުން އާކިފްއަށް ބަލާލީމެވެ. އެހެންނަމަވެސް ޖަވާބެއް ނައުމުން އާކިފްއަށް އިތުބާރުކޮއް އާކިފްގެ ފަހަތުން ދިޔައީމެވެ. 20މިނެޓްގެ ދަތުރަކަށްފަހު ހުޅުމާލެ އާދެވުނެވެ. އާކިފް ސައިކަލުގައި ހުޅުމާލެ ނިރޮޅުމަގުން ގޮސް ބީޗް ސަރަހައްދަށް މަޑުކޮއްލިއެވެ. އަދި ދެވެންއިންނަ ކުޑަމަގަކުން ގޮސް ރާޅު ޖަހާ ހިސާބުގަ މޫދަށް ކުރިމަތިލައިގެން ހުއްޓެވެ. އަހަރެން ގޮސް އާކިފްގެ ކައިރި ހުއްޓުމާއެކު އާކިފް ކުރި ސުވާލުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަނެއްކާވެސް ސުވާލުތަކުރާރު ކުރިއެވެ.

އަޝްފާން އެއީ ކާކު? އާކިފްއަށް އަޝްފާން އެނގުނު ގޮތެއް ބެލުމަށްވުރެ އަހަރެންނަށް މުހިންމުވީ އާކިފް އަށް ތެދަށް ހުރިހާ އެއްޗެއް ކިޔައިދިނުމެވެ. ކުންހީއެއްގެ ތެރޭގައި އާކިފް އަހަރެންނަށް ގެއްލޭކަށް އަހަރެން ނޭދެމެވެ. އަހަރެން އާކިފްއަށް ހުރިހާ ވާހަކައެއް ކިޔައިދީ ނިމުންއިރު އަހަރެނަށް ގިސްލެވެ. އާކިފް އެއްވެސް އެއްޗެއް ނުބުނެ ހުރުމަށްފަހު އޭނަދެކެ ލޯބިވަނީ ކިހާވަރަކަށް ތޯ އެހިއެވެ. އާކިފްގެ އެ ސުވާލުން އަހަރެން ހިތްހަމަ ނުޖެހުނެވެ. އަދި ވަރަށް ދެރަވެސް ވިއެވެ. އާކިފް އަހަރެންގެ ލޯތްބަށް ޝައްކު ކުރީތީއެވެ.

“އާކިފް އަހަރެންގެ ލޯތްބަށް ޝައްކު ކުރަނީތަ, ދެން ކީއްކުރަން ކުޅުންހާ ކުޅިވަރެއް މީ, އާކިފް ވެސް ބޭނުން ނުވަންޏާ ދޭބަލަ, އަަހަރެން އެއްވެސް މީހަކު ނުހިފަހައްޓަމޭ, އަހަރެންނަށް ކެތްވެސްވާނެ, ކުރިންވެސް ކެތްކުރީއެއްނު, 7 އަހަރު ހޭދަވި އަޝްފާން އާ ދުރަށް ދާން, ދެންވެސް ވާނެ, އެއްވެސް މީހެއްގެ ފަހަތަކުން އަހަރެން ނުދުވާނަން, އަހަރެންނަށް ހުރި ގޮތް މީ”މިހެން ބުނެ އަހަރެން ދޮންވެލިގަނޑު މަތީ އިށީންދެ މޫނުގައި އަތްއަޅާ ރޯންފެށީމެވެ. އަހަރެން އެެެންމެ ހައިރާންވީ އާކިފްގެ ފަރާތުން އެއްވެސް ބަހެއް ނުބުނީމައެވެ. އާކިފް ހުރިގޮތަށް ހުރީއެވެ. އެންމެފަހުން އަހަރެން މާލެ ދާން ބޭނުން ކަމަށް ބުނެ ކަރުނަތައް ފޮހެލަމުން އެތަނުން ތެދުވެގެން ހިނގައިގަތީމެވެ. ގޮސް ސައިކަލަށް އަރާ ހަމަޖެހިލީމެވެ. އާކިފް ސައިކަލަށް އަރާ ދުއްވާލިއެވެ. އަނެއްކާވެސް އެމަގުން ކުރިއަށް ގޮސް ބީޗް އާވީ ދިމާލުގައި މަޑުކުރިއެވެ. އަހަރެން ސައިކަލުން ނުފައިބަން އިންދާ އަތުގައި ހިފާ ބޭލުވިއެވެ. އަދި ވަކި ހިސާބަކަށް އައިސް ލޯމަރާށޭ ބުނީ ބަލަން ނުވާ ވަރުގެ ކަންތަކެއް މިތާގަ އެބަ ހިނގައޭ ބުނެއެވެ. އަހަރެން ހިތާ ދެކޮޅަށް ލޯ މަރާލީ މާލެ ދެވުމުން އާކިފްގެ ކުރިމައްޗަށް ނާރާނަމޭ ހިތާ ހިތުން ބުނަމުންނެވެ.

ވަކި ހިސާބަކަށް ދެވުމުން އަހަރެންގެ އަތުން އާކިފް އަތް ދޫކޮއްލިއެވެ. އަހަރެންނަށް އާކިފް އޭ ކިޔައި ލޯ ހުޅުވާލެވުނީ ހިތަށް ވަތް ބިރެއްގެ ސަބަބުންނެވެ. އެހެންނަމަވެސް ލޯ ހުޅުވާލުމާއެކު ފެނުނު މަންޒަރުން އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނެވެ. އަދި ވަށައިގެން ބަލާލެވުނެވެ. އަހަރެންނަށް ހުރެވުނީ ބޮޑު ހިތެއްގެ މެދުގައެވެ. ކޭންޑަލް އިން ބޮޑު ހިތެއް އަޅާފައިވާ އިރު މުޅި ތަން ވަނީ ރީތި އޮރެންޖްކުލައިން ދިއްލިފައެވެ. އަދި ހިތުގެ މެދާ ހަމައިގައި މޭޒަކާއި ދެފަރާތުގައި ދެ ގޮނޑި ހުދު ކުލައިގެ ފޮތިން ރީތިކޮއްލާފަ ވާއިރު ގޮނޑީގެ މެދާ ހަމައިގައި ރަތް ކުލައިގެ ރެބަން ކޮޅެއް އައްސާފައިވެއެވެ. އަދި މޭޒުމަތީ މެދުގައި ދި ތިން ކޭންޑަލް އަކާއި ފިނިފެންމާ ބޮޑިއެެއް އޮތެވެ. އަދި ހިތުގެ އެންމެ ފަހަތުގައި އައި ލަވް ޔޫ ކޭންޑަލްއިން އަޅާފައި ވެއެވެ

އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާކިފް ދުރުގައި މަންޒަރު ބަލަން ހެވިފައި ހުއްޓެވެ. އަހަރެން ދުވެފަގޮސް އާކިފް ގައިގަ ބައްދާލާ ރޯންފެށީމެވެ. ކުރިން ދެރަވެގެން ރުޔަސް މިހާރު އަހަރެން ރޮމުން ދިޔައީ އުފަލުންނެވެ. އާކިފް އަހަރެންގައިގަ ފިރުމަމުން ދެރަ ކުރެވުނީތީ އެތައް ފަހަރަކު މާފަށް އެދުނެވެ.
“ސޮރީ, ޕްރިންސެސް, އެނގޭ ވަރަށް ހާރޓްވެއްޖެކަން، ޖަންނަ ގޭގަ ނެތް ދުވަހެއްގަ ތިގެޔަށް ގޮސް އުޅެނިކޮށް މައި ބުނެގެން ތި ކޮޓަރިން އެއްޗެއް ހޯދަނިކޮއް ޑައިރީ ފެނުނީ, ދެން ކިޔާލީމަ އެނގުނީ, ވަރަށް ބޮޑަށް ސޮރީ ލަވް، މިހިތަށްވެސް ވަރަށް ހާރޓްވޭ، ތި މޫނު ފެނުނީމަ, ހާދަ ހިތްވަރަކުންނޭ މިހިސާބަށް އާދެވުނީ, އެކަމް ބޭނުންވި ސަޕްރައިޒް ހަމަ މިގޮތަށް ބާއްވަން, އެނގޭ ފަހުން މާ އުފާވޭނެކަން, އެކަމްވެސް ސޮރީ ޕްރިންސެސް،” އާކިފް އަހަރެންގެ ކަރުނަތަށް ފޮހެދެމުން ދެން ނުރޮއްޗޭ ބުނެ މޭޒުމަތީ އޮތް މާ ބޮނޑި އަހަރެންނަށް ދިއްކޮއްލިއެވެ. އަހަރެން އުފަލުންގޮސް އޭގައި ހިފާ އާކިފް ގައިގަ ބައްދާލީމެވެ. އެގޮތަށް އިރުކޮޅަކު ތިއްބައި އަޑެއް އިވިގެން މޫދާ ދިމާލަށް ބަލާލީމެވެ،. ރާޅު ޖަހާ ހިސާބުގައި ކޮޅަށް ޖަހާފައި އިން ފިލާ ގަނޑެއްގައި އަލިފާން ރޯ ވަމުންދާ ތަން ފެނުނެވެ. އަހަރެން ހުރީ މި ވާނުވާ ނޭނގޭތީ ކަންބޮޑުވެފައެވެ. އެހެންކަމުން މާ ބޮނޑި މޭޒުމަތީ ބޭއްވުމަށްފަހު ކުރިއަށް ގޮސް މަޑުކޮއްލީމެވެ. އެ އަލިފާނުން އަކުރުތަކެއްގެ ސިފަޔަށް ރޯ ވަމުން ގޮސް އެއްކޮއް އެ އަކުރުތައް އެނގޭ ވަރުވިއެވެ. އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނީ އެ ފެނުނު ލިޔުންކޮޅުންނެވެ. “ވިލް ޔޫ މެރީ މީ” އަހަރެންނަށް އާކިފް ކޮބާތޯ ބަލާލަން ފަހަތަށް އެނބުރުން އިރު އާކިފް އެއްފައި މައްޗަށް އިށީނދެ ކުޑަ ފޮއްޓެއް ދިއްކޮއްލައިގެން އިނެވެ. “ޕްރިންސެސް ވިލް ޔޫ މެރީ މީ” އަހަރެން އުފަލުން ގޮސް ޔޭސް އޭ ބުނެ އަތް ދިއްކޮއްލީމެވެ. ކުޑަ ހާރޓެއް ގެ ތެރޭގައި ޑައިމަންޑް ލާފަ އިން ރިހި އަނގޮޓިއެެއް އަޅުވައިދިނެވެ.
އަދި އަހަރެންގެ އަތުގައި ބޮސްދިނެވެ. އެރޭގެ އުފާވެރި ކޮންމެ ވަގުތެއް އަހަރެމެންގެ ފޯނަށް ރައްކާ ކުރަމުންދިޔައީމެވެ.

އާއިލާ މީހުންނަށް އަހަރެމެންގެ ގުޅުން އެނގި ކައިވެންޏަށް ރުހުން ދިނީ ހިތުން ރުހުމުންނެވެ. އަހަރެން ކުޑަ ހަފްލާއަކާ އެކު ޕާޓީ ބާއްވަން ބުނުމުން އެންމެން ވެސް އެކަމާ ގަބޫލުވިއެވެ. އެއްއިރެއްގަ ވެސް ބޮޑު ޕާރޓީ އަކީ އަހަރެން ބޭނުން ކަމެއް ނޫނެވެ.

އެހެންކަމުން ރައްޓެހިންނާއި ފެމިލީ އަދި ހާއްސަ ބައެއް ފަރާތަކަށް ދައުވަތުދީ 765.43އަށް ރަން ކިޔައި އެންމެންގެ ހެޔޮދުއާ އާ އެކު ކައިވެނި ކުރެވުނެވެ. އަހަރެންގެ ކައިވެންޏަށް އަޝްފާންވެސް އޭނަގެ ވައިފް ގޮވައިގެން އައެވެ.އަދި މަރުހަބާ ކިޔެވެ. ކުރިން އަޝްފާން ފެނުމުން ވާ ގޮތްތަކެއް މިހާރު އަހަރެންނަކަށް ނުވެއެެވެ. ހަގީގަތުގަވެސް އާކިފްދެކެ އަހަރެން ވަރަށް ލޯބިވެއެެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް އާކިފް އަހަރެންދެކެ ވާލޯބި އަންގައިދިނެވެ. އާކިފްގެ ކޮންމެ ހަރަކާތެއް ކޮންމެ ބީހިލުމެއް އަހަރެންނަށްޓަކައި ވާ ލޯބިފެނެވެ. އާކިފްގެ ކޮންމެ ބީހުލުމަކުން އަހަރެންނަށް އިހުސާސް ކުރެވެނީ އުފާވެރިކަމެވެ. އެހެންކަމުން ދެމީހުންގެ ޖިސްމު އެ އަލިފާނުގައި އަނދަމުންދިޔައީ ހަލުއިމިނުގައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިއަދަކީ އަހަރެންގެ ހަޔާތަށް އަންނާނެ އުފާވެރި ދުވަސްތަކުގެ ތެރެއިން އެއްދުވަހެވެ. އަހަރެންގެ އެކުވެރި އަދި ކޮއްކޮ އެއްކަހަލަ މައި ކައިވެނި ކުރާ ދުވަހެވެ. އޭނަގެ ހޮވުމަށް އަހަރެމެން އުފަލުން މަރުހަބާ ކީމެވެ. އޭނަގެ ހަޔާތުގެ ބައިވެރި އަކީ އާކިފްގެ ކޮއްކޮ އާތިކްއެވެ. ބޭރުގައި ކިޔަވަން ހުރުމަށްފަހު އަހަރެންގެ ކައިވެނި އޮތް ދުވަހު އައިސް އުޅެނިކޮށް ދެމީހުންނަށް ދެމީހުންވެސް ފެނި ކަމުދިޔައީއެވެ. އަހަރެން އުފާކުރީމެވެ. އަހަރެންނާ އެއްގެއަކަށް އަނެއްކާވެސް މައި އައިތީއެވެ. ކައިވެނި ކުރެވިގެންދިއައީ އެންމެންގެ ހެޔޮދުއާ އާ އެކުއެވެ

2 އަހަރުފަސް
“ދަރިފުޅު, އާދެބަ މަންމި ކައިރިއަށް, މަންމި ބުނީމެއްނު ނުދުވާނޭ, އައްދޯ ވެދާނެ, “އަހަރެން ވަރަށް ލޯބިން އަހަރެންގެ ދަރިފުޅަށް ބުނީމެވެ. އެ ދަރިފުޅަކީ އަހަރެންގެ ހިތުގެ ވިންދެވެ. އާކިފް އާއި އަހަރެންގެ ލޯބީގެ ނިޝާނެވެ. ޖުމާ ރަނގަޅު ގޮތުގައި ބޮޑުކުރުމަށް އަހަރެން ހިތާ ހިތުން ވައުދުވީމެވެ. އިރުކޮޅެއް ނުވެ ގެއަށް ވަނީ އާކިފް އަދި އާތިކްގެ އިތުރުން މައިއެވެ. އެމީހުން ފެނުމާއެކު ޖުމާ ކޮއްކޮއޭ ކިޔައި މައު އަތުގަ އޮތް ކުޑަކުޑަ ފުއްގަޑެއް ފަދަ މާހިލް އުރާލަން އުޅުނެވެ. އެހެންކަމުން މައި އައިސް ޖުމާ ސޯފާގައި ބޭންދުމަށްފަހު އޭނަގެ އުނގުގައި މާހިލް ބާއްވާލިއެވެ. އާކިފް އައިސް އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިލައިގެން ހެވިފައި މަންޒަރު ބަލަން ހުއްޓެވެ. ހިތާހިތުން އަހަރެންނަށް މިއުފާވެރިކަން ދެމެހެއްޓުމަށް އެދި ދުއާ ކުރެވުނެވެ. އަދި އާކިފްއަށް ބަލާލީމެވެ. އެދުވަހު އަޝްފާންގެ ލޯބި އަހަރެންނަށް ނުހައްގުކަން އަހަރެން ގަބޫލުކޮއް އެއްފަރާތް ވެލުމުން އަހަރެންނަށް އާކިފްގެ ލޯބި ހައްގުވުމުން އަހަރެން ހިތާހިތުން ޝުކުރުވެރިވީމެވެ.

ނިމުނީ

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހިތުގެ ތެޅުން 5

Next

ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނު

Next
July 24, 2018

ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނު

Previews
July 24, 2018

ހިތުގެ ތެޅުން 5

8 Comments!

  1. Dandelion ? says:
    July 24, 2018 at 3:23 pm

    Me first dhw. .dear ge story eh fennaanee dhen kon irakun tha?luvs ???

  2. Fathimatha YaaShaa says:
    July 24, 2018 at 3:38 pm

    Ahmed Bin Ali….wot a suprise ?

  3. Baby girl ❤ says:
    July 24, 2018 at 3:41 pm

    Alhey haadha dhera ey..kiyaa kiyaa hutta eh nimuny…btw story vrh vrh habeys….waiting for yours second story…

  4. Anonymous says:
    July 24, 2018 at 5:26 pm

    Vaahaka vvrrethi ekam vaahaka kiyamun dhiyairu varah faahaga kurevunu varah gina ingereysi bas beynunkohffa hurikan. Dialogue ga ingereysi bas beynun kuriyas egothah liyaairu ehen hurumun kudakoh odd gotheh hurey. Ummedhukuran mythi positive koh writer balaigahnnane kamah.

  5. Sh@n@ says:
    July 24, 2018 at 7:03 pm

    Thanxx. Thin kudhin. And v ragalhu bunedhinyma. And me gabool kurany thigothah faahaga kuraa kanthakaky libey kuri erun kamah v ufaavehje. Insha Allah ebai ragalhu kuraanan

  6. iku says:
    July 24, 2018 at 7:24 pm

    alhey.. meege 2 vana ba eh neen naanetha? Juma men ge waahaka eh??? alheyy.. this so amxinnnnnnnnn Masha Allah! Just love this! ??♥️♥️✨

  7. shaan says:
    July 24, 2018 at 10:42 pm

    wow nice keep it up doonyaa ☺?????????

  8. Sh@n@ says:
    July 25, 2018 at 10:33 am

    V bodah shukurihyaa, hurihaa kudhin thidhey supportah. 2 vana bayakah nuveh visnan. Ekm dhen thikamaa visnaalaanan. Insha Allah next story tomorrow genesdheynan

Comments are closed.



All Right Reserved!