ހުޅުކޮޅު 39
“މަންމައަށް އިނގޭ ދެކުދިންވެސް ވަރަށް ދެރަވެފަ ކަން ތިތިބީ ދާން ޖެހޭތީވެ.. މަންމައަށް އަޑުއިވިއްޖެ ދެކުދިން ދެއްކި ވާހަކަ ތައްވެސް.. ދަރިފުޅުމެންނޭ.. ދުނިޔެއަކީ އިމްތިޙާނެއް.. އެކި ކަހަލަ އަޑި ގުޑަންތަކާއި ކުރިމަތިލާން ޖެހޭނެ.. އުންމީދު ނުކުރާ ކިތަންމެ ކަމެއް ކުރިމަތިވެދާނެ.. އެކަމަކުވެސް އަހަރެމެން ޖެހޭނީ ހިތްވަރާއެކު އެކަންކަމާއި ކުރިމަތިލާން.. ކެތްތެރިކަމާއެކު ސާބިތުވެ ތިބެން..” ޒިވާ އާއި ޔައީޝް ގާތު މަޑުކޮށްލުމަށްފަހު ނޫރީން އެދެމީހުންނަށް ނަސޭހަތްތެރިވިއެވެ. “އަސްލު ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން މި އައީވެސް..” ނޫރީން ހިނިތުންވެލައިފައި ބުނެލިއެވެ.
އެވަގުތު ޒިވާއާއި ޔައީޝް އަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. މަންމަ ދޭން އުޅޭ ޚަބަރެއް ނޭނގޭތީ ދެމީހުންވެސް ތިބީ ކަންބޮޑުވެފައެވެ. ނޫރީންގެ މޫނުމަތިން އުފާވެރިކަން ފެނުނެއް ކަމަކު ވާން އުޅޭ ގޮތެއް ނޭނގޭތީ ޒިވާ އާއި ޔައީޝްވެސް ތިބީ ވާނުވާ ނޭނގިފައެވެ. ކޮންމެ ގޮތެއް ވިޔަސް އެ ދެމީހުންގެ ހިތަށް ވެރިވެފައިވި މާޔޫސްކަމެއް ނުފިލައެވެ.
އިރުކޮޅަކު ޒިވާ އާއި ޔައީޝްގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ބަލަން ހުރުމަށްފަހު ނޫރީން ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅު ޒިވް މިފަހަރު ދާނީ ހަމައެކަނި ޔައީޝް އާއެކީއެއް ނޫން.. މަންމަވެސް ދަން ދަރިފުޅުމެންނާއި އެކީ.. އުފާވޭތަ މިހާރު؟” ނޫރީން ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ. އާނއެކެވެ. އޭނާ އެންމެ ހިނދުކޮޅަކަށްވެސް ދެން އެ ދަރިފުޅާއި ދުރުގަ ހުރުމަކަށް ނޭދޭނެއެވެ. އަދި މިދުވަސްކޮޅުގައި އަމުދުންނެއް ނުދާނެއެވެ. މިއީ ޒިވާއަށް އޭނާގެ އެހީތެރިކަން އެންމެ ބޭނުންވާނެ ދުވަސްވަރަށް ވެހުރެ އަދި އަމުދުން އޭނާ ޒިވާއާއި ދުރަށް ނުދާނެއެވެ.
ހައިރާން ކަމާއެކު މަންމައާއި ދިމާލަށް ބަލަން ހުރުމަށްފަހު ޒިވާ ނޫރީން ގައިގައި ބައްދާލީ ލިބުނު އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ. “ވަރަށް ވަރަށް ވަރަށް ވަރަށް އުފާވެއްޖެ.. ތެންކް ޔޫ މަންމާ..” ނޫރީންގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ޒިވާ ބުނެލީ ރީތި ހިނިތުންވުމަކާއެކުއެވެ.
ހަވީރުގެ ހިތްގައިމު ވަގުތު ޒިވާ އާއި ޔައީޝްގެ އިތުރުން ނޫރީން ވެސް ފޮށިތައް ހިފައިގެން ސިޓިންގް ރޫމަށް ފޭބީ ފުރަން ދާ ގަޑި ގާތްވަމުން ދާތީއެވެ. އެއިރު ގޭގެ އެންމެން ސިޓިންގް ރޫމަށް ޖަމާވެފައި ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް އެހެންޏާ ފެންނަ ފަދަ އުޖާލާކަމެއް ނުފެނެއެވެ. ޥާނީވެސް އެހެން ނޫންހެއްޔެވެ؟ އާއިލާގެ މެންބަރެއް ވަކިވެގެން ދާއިރު ކުރެވޭ އިޙުސާސް އެމީހުން މިހާރު އެއްފަހަރު ކޮށްފިއެވެ. ނަމަވެސް ތަޤުދީރުގައި ރޭވިފައިވާ ގޮތް ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ؟ “ތިއްތޫ.. އަދި އަންނައްޗޭ އެއްފަހަރު.. ނޫނީ ނަވޫ ގޮވައިގެން ދާންވީނު؟” ނަވާރް އައި ގޮތަށް އައިސް ޒިވާގެ ގައިގައި ބައްދާލުމަށްފަހު ދެރަވެލައިފައި ބުނެލިއެވެ. ޒިވާގެ ހިތަށްވެސް އެ އަޑުން ނުހަނު އަސަރު ކުރިއެވެ. އޭނާގެ މޫނު ފޮރުވިފައި ވާކަމީ އޭނާގެ ނަސީބޭ އެވަގުތު ޒިވާގެ ހިތަށް އެރީ ކިތަށް ފަހަރު ކަމެއްވެސް ނޭނގެއެވެ.
“ނަވޫ.. ނަވޫގެ ސްކޫލް ބްރޭކްގަ ދާނީ ދޯ ދެން ތިއްތު ކައިރިއަށް.. އެއިރަށް އޮންނާނެ ކުޑަ ކުޑަ ބޭބީއެއްވެސް.. އިން ޝާ ﷲ.. ނަވޫގެ ސްކޫލް ދޫކޮށްފަ ނުދެވޭނެއްނު.. ތީ ތިއްތުގެ ބަސްއަހާ ކިއުޓީ ޕައި އެއްނު ދޯ..” ޒިވާ ވަރަށް ލޯބިން ނަވާރް އަށް ވިސްނައިދިނެވެ. ޔައީޝް އެހިނދު ޒިވާއާއި ދިމާލަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ވައި އަޑުން އޭނާ “ލަވް ޔޫ” އޭ ވެސް ބުނެލިއެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން ފާހަގަ ނުވާހާ ސިއްރުންނެވެ.
އެންމެންނާއި ވަދާއީ ސަލާމް ކުރުމަށްފަހު އެމީހުން ކާރަށް އެރީ އެއާޕޯޓަށް ދާށެވެ. ޒިވާމެންނާއެކު ނައިޝަމް އާއި ޒައިފްގެ އިތުރުން ޔާސީން އާއި ޔުއާންވެސް އައެވެ. ކުޑަކުދިން ނިދާ ގަޑި ގާތްވާތީ އަންހެން ވެރިން ގޭގައި މަޑުކުރީއެވެ.
“ބައްޕަ ދާނަން ދުވަސްކޮޅަކުން ދަރިފުޅުމެން ގާތަށް.. އިނގޭ.. މިވަގުތު ބިޒްނަސްގެ ކުޑަ ކަމަކު މިކޮޅުގަ ޖެހޭ ބައްޕަ މަޑުކުރަން.. ވަރަށް އަވަހަށް އެކަން ނިމުނީމަ ދާނަން.. އިން ޝާ ﷲ.. މައްސަލައެއް ނެތެއްނު ދޯ؟” ޒިވާގެ ބޮލުގައި ފިރުމާލަމުން ޒައިފް ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. އެންމެ ފަހުގެ ސަލާމް ކުރުމަށްފަހު ޒިވާ އާއި ޔައީޝް އަދި ނޫރީން އެތެރެއަށް ވަދެގެން ދިޔައީ ހިތް މަތީ ގާގަނޑެއް ބާއްވައިގެންނެވެ.
ފަތިހުގެ ތެތްފިނި ވަގުތު ޔައީޝްމެން އައި ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެއްސިއެވެ. ޒިވާއަށާއި ޔައީޝްގެ ހިތަށް ތަސައްލީއެއް ލިބިފައިވެއެވެ. ނޫރީންވެސް ފުން ނޭވާއެއް ދޫކޮށްލީ އަމިއްލަ ވަޒަނަށް އާދެވުމުން ހިތަށް ލިބުނު ހަމަޖެހުމުންނެވެ. “މަންމައާ ޒިވް މިތާ އިހަށް މަޑުކޮށްލާ އިނގޭ.. އެބަ އަންނަން ފޮށިތައް ހިފައިގެން..” އެތާ ހުރި ތަނބެއް ކައިރީ މަޑުކޮށްލުމަށްފަހު ޔައީޝް ޒިވާ އާއި ނޫރީންގާތު ހިނިތުންވެލައިފައި ބުނެލިއެވެ. ދެމީހުންވެސް ބޯ ޖަހާލުމުން ޔައީޝް އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދިޔައެވެ.
“އެއްޗެއް ބޯލައިގެން ދޯ ދާނި.. ޒިވް ވެސް މަންމަވެސް ވަރަށް ބަނޑުހައިވެފަ އެއްނު ތިތިބީ..” ޓްރޮލީއަކަށް ދަބަސްތައް އަރުވައިގެން އައިސް މަޑުކޮށްލަމުން ޔައީޝް ބުނެލިއެވެ. ނަމަވެސް ޒިވާ ދެކޮޅުހެދީ އަވަހަށް ގެއަށް ދާން ބޭނުންކަމަށް ބުނެއެވެ. ޒިވާ ބުނެފި ކަމެއް ކުރު ނުކުރާނެކަން އިނގޭތީ ޔައިޝްއަށް ޖެހުނީ އެންމެ ފަހުން ގޮތް ދޫކުރާށެވެ. “ހަމަ މަންމަ މިހުރީ..” ހިނގައިގަންނަމުން ޔައީޝް ނޫރީން ގާތު ބުނެލީ ޒިވާއަށް ނިސްބަތްކޮށެވެ. އެ އަޑު އިވުމުން ޒިވާ ދެލޯ ހަނިކޮށްލުމަށްފަހު ޔައީޝް ގައިގައި ބޮނޑިއެއް އަޅާލިއެވެ.
ހުޅުލެއިން މާލެއަށް އާދެވުނު އިރު، އިރު ފެނުން ތޮޅެލައިފިއެވެ. މުޅި ދުނިޔެ މައްޗަށް އިރުގެ ރަންދޯދިތައް އެޅެމުން ދިޔުމުގެ ސަބަބުން ފަޒާގައި ހިފާލައިފައިވި ފިނިކަންވެސް ކޮންމެވެސް ވަރަކަށް ކުޑަވެފައި ވެއެވެ. “މަޑުކޮށްލާ.. ޒަޔާން އަށް އެބަ ގުޅާލަން.. އޭނާ އަތުގަ މިހާރު ކާރު އޮންނާނީ..” ޔައީޝް ޒިވާ ގާތު މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އެހެން ކަމުން ޒިވާވެސް ބޯ ޖަހާލީ އެކަން ޤަބޫލު ކުރަމުންނެވެ.
***
“ޒަޔާން.. ފޯނެއް…” ބަދިގޭގައި ރޮށިފިހަން ހުރި މައިހާއަށް ޒަޔާންގެ ފޯނު ރިންގް ވާ އަޑު އިވުމުން ބާރަށް ގޮވާލިއެވެ. އޭނާ ހުރީ ފުށުގަ އަތް އުނގުޅައިގެން ކަމުން ފޯނު ނުނެގޭނެތީ ސިޓިންގް ރޫމަށް ނުނިކުތީއެވެ. “ހޫމް.. އަތުގައޭ ފޯނު މިއޮތީ..” ޒަޔާން އައިސް މައިހާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. ޒަޔާން އެ އައީ ޖޮގިން އިން ކަން މައިހާއަށް އިނގުނީ އޭނާ ލައިފައި ހުރި ސޯޓުންނާއި ޖާޒީއިންނެވެ. “ދެންވެސް ތި ނުކެނޑެނީސް ނަގާބަލަ.. މުހިއްމު ކޯލަކަށްވެސް ވެދާނެއްނު..” މައިހާ ހިނިތުންވެފައި ހުރެ ބުނެލިއެވެ. ޒަޔާން ފޯނުގެ ސްކްރީނަށް ބަލައިލުމަށްފަހު ދެލޯ ބޮޑުކޮށްލިއެވެ. މައިޙާ ހުރީ ރޮށި ފިހަން ކަމުން އޭނާއަށް އެ މަންޒަރެއް ނުފެނުނެވެ.
“އޯކޭ.. އިރުކޮޅަކުން އެބަ ދަން.. ވަރަށް އަވަސް ކޮށްލާނަން..” އަވަސް އަވަހަށް ޒަޔާން ފޯނު ކަނޑާލިއެވެ. އެއިރު މައިހާ ރޮށި ފިހެ ނިންމާލުމަށްފަހު އުޅެނީ އެތަން ސާފކުރާށެވެ. “ކާކުތަ؟ ހާދަ އަވަސް އަރުވާލީ އަނެއްކާ ކިހިނެއް ވީ؟” މައިހާ އެއްފައްޗަކަށް ސުވާލު ކޮށްލީ ޒަޔާންގެ އަޑުގައި ވީ ހާސްކަމުންނެވެ. “މައި.. ޔައީޝް މެން އައިއްސި.. ވަރަށް އަވސްކޮށްލައިގެން ހިނގާ ދާން..” ޒަޔާން ވާހަކަ ދައްކާ ނިމުނު ތަނާ މައިހާ ކުޑަކޮށް ހަޅޭތް ލަވައިގަތެވެ. އޭގެ ދެވަނަ ސިކުންތުގައި ކޮޓަރިއާއި ދިމާލަށް ދުއްވައިގަތީ ކުޑަކުއްޖެއް ފަދައިންނެވެ. ޒަޔާންއަށްވެސް ހިނި އާދެވުނީ މައިހާގެ ޢަމަލުތައް ހުރިގޮތުންނެވެ. ދެމީހުން އަވަސް ގޮތަކަށް ތައްޔާރު ވެލައިގެން ގެއިން ނިކުމެގެން ދިޔައީ އުފަލުން ފޮޅިފައި ތިބެއެވެ. އެކުވެރިންނާއި އެތަށް ދުވަހަކަށްފަހު ދިމާވާތީ ދެމީހުންގެ ހިތްވެސް އުފަލުން ނަށަނީއެވެ.
“ޒިވް…” ކާރުން ފޭބި ގޮތަށް ދުވެފައި އައިސް މައިހާ ޒިވާގެ ގައިގައި ބައްދާލިއެވެ. އޭނާ އުފަލުން އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ. ޒަޔާންވެސް ޔައީޝް ގައިގައި ބައްދާލިއެވެ. “ނޫރީންތަވެސް ތަ؟” ލިބިފައި ހުރި އުފާވެރިކަމުގެ ސަބަބުން މައިހާއަށް އެވަގުތު ނޫރީންވެސް އެ ދެލޮލުގައި އަޅައިނުގަތީއެވެ. ނޫރީން ގައިގައިވެސް ބައްދާލުމަށްފަހު މައިހާ އެމީހުންނާއި ވާހަކަ ދައްކަމުން ދިޔައެވެ.
“ދެން މިތާ ތިބެގެން ތަ ވާހަކަ ދައްކަނީ؟ ފުރަތަމަ ގެއަކަށްނު ދާންވީ.. ވަރަށް ވަރުބަލި ވެފައޭ ޔައީޝްމެން ތިބޭނީ..” މައިހާގެ މިޒާޖު ފެނި މަޖާވެފައި ހުރެ ޒަޔާން އެހެން ބުނެލީ ޙަޤީގަތުގައިވެސް ޔައީޝްމެން ދަތުރު ވަރުބަލިވެފައި ތިބޭނެތީއެވެ. “ޕްރީތީވެސް އައި ދޯ މިދިޔަ ހަފްތާ؟ ވަރަށް އުފާވާނެ އޭނައަށް ޒިވް ފެންނަ އިރަށް.. ހާދަ ވަރެކޭ ވެފަ ހުންނަނީ އޭނައަށްވެސް ޒިވްއާ ހެދި.. އަރޫފާވެސް ވަރަށް ސަޕްރައިޒް ވާނެ ކަންނޭނގެ..” ކާރުތެރޭގައި އިނދެގެންވެސް މައިހާ އެންމެ ފަހަރަކުވެސް އަނގަ ހުއްޓާނުލައެވެ. “ހޫމް.. އެންމެންނަށް ސަޕްރައިޒް ދޭންވެގެންނޭ ނުބުނެ މި އައީ.. ހެހެ..” ޒިވާވެސް އެކުވެރިޔާގެ ސަމާސާ ވާހަކަ ތަކުގައި ބައިވެރިވަމުން ދިޔައެވެ. އެކުވެރިޔާ އާއި ދިމާނުވެ ގިނަ ދުވަސް ވުމުން އޭނާވެސް ހުރީ އެތަށް ވާހަކަ ތަކެއް ދައްކަން ބޭނުންވެފައެވެ.
“އަހަރެން ބުނެފީމެއްނު މަ އަތަކު ނެތޭ.. މަ ހުއްޓާލައިފިން މިހާރު އެ ބިޒްނަސް.. މާ ރިސްކީ ކަމެއް އެއީ.. ފަސޭހައިން އަތުވަންޏާ ގިނަ ދުވަހެއް ނުވެ ބިޒްނަސް ބަނގުރޫޓު ވާނެ.. އެވަރުގެ ކަމެއް މަށަކަށް ދެނެއް ނުކުރެވޭނެ.. މިހާރުވެސް ވާވަރު ވެއްޖެ.. ބާއްވަނީ.. ކަލޭ ދައްކާހާ ވާހަކައެއް އަޑު އަހާކަށް މަށަކަށް ނެތް ވަގުތެއް..” ރުޅި މޫނު ހަދައިގެން ހުރެ ރައިފާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ އިނީ ސިޓިންގް ރޫމުގެ ސޯފާގައި ކުރިމަތީގައި އިން ބިއްލޫރި މޭޒަށް ދެފައި ލައިގެންނެވެ. ނޭނގޭ ސަބަބަކާހުރެ އޭނާގެ ހިތަށް ހަމަޖެހުން ލިބިފައިވީ އެ ހުއްދަނޫން ވިޔަފާރި ހުއްޓާލެވުމުންނެވެ. ހަމަ ޖެހިލައިފައި ފޯނާއި ކުޅެން އިން ރައިފާ ސިހުނީ ގޭގެ ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ކޮށްޕާލި އަޑަށެވެ. ސިހިފައި ހުރެ ކޮޅަށް ތެދުވީ ކަށްޓެއް ހެރިގެންވެސް ތެދުވާނެހާ އަވަހަށެވެ. އޭނާ ހުރި ގޮތް ހަނދާނަށް އައުމުން ދުވެފައި ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރައިފާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ލިބުނު ސިހުމުގެ ސަބަބުން އަދިވެސް އެ ހިތް ހަމަޔަކަށް ނޭޅެއެވެ. މިހާ ހެނދުނާއި ގައިމު ޕްރީތީ ގެއަކުން ނުނިކުންނާނެއެވެ. އަނެއްކޮޅުން އޭނާ އާއި ޕްރީތީ ނޫން އެހެން މީހެއްގެ އަތުގައި އެގޭގެ ތަޅުދަނޑިއެއް ނޯންނާނެ އެވެ. ދެން އެއީ ކާކުބާވައެވެ؟ އަނެއްކާ ޒިވާމެން އަނބުރާ އައީ ބާވައެވެ؟ ވިސްނާ ވިސްނާ ހުރި ރައިފާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޒިވާމެން އައީބާވައޭ ހިތަށް އެރުމުންނެވެ. މިހާރު އެއްމަސް ދުވަސްވެސް ވީއެވެ. އެ ބަޔަކީ ޒިވާމެންނަށް ވުން ވަރަށް ގާތެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓް ޓޮޕްކޮޅާއި ލެގިންސްގެ މަތިން އަބާޔާއެއް ލުމަށްފަހު މޫނު އަޅާލައިގެން އޭނާ ކޮޓަރިން ނިކުތީ ނިކަން ހަމަޖެހިލައިފައެވެ.
“ސަޕްރައިޒް!” ޒިވާ މަޑުމަޑުން ބުނެލީ ކޮޓަރިން ނިކުތް އަރޫފާ ފެނިފައެވެ. އެ ފަކީރަށް އަދިވެސް އެއީ ރައިފާކަމެއް ނޭނގެއެވެ. ރައިފާވެސް ނިކަން ވެލައިފައި ޒިވާގެ ކުރިމަތީގައި އެކްޓް ޖައްސަން ފެށީ ޒިވާއަށް ކުޑަވެސް ޝައްކެއް ކުރުމުގެ ފުރުސަތު ނުދެމުންނެވެ. “ބުނެވެސް ނުލައި..” ރައިފާ ޒިވާގެ ގައިގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. އެވަގުތު ޒިވާގެ ބޮޑު ބަނޑު އޭނާގެ ގައިގައި ޖެހުނު ވަގުތު ތަފާތި އިޙުސާސެއް ކުރެވުނެވެ. އޭނާއަށް ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ބާވައޭ ރައިފާގެ ހިތަށް އަނެއްކާވެސް އެރިއެވެ. އޭނާގެ ހިތުގެ ކަނަކުން އެތަށް ފަހަރެއްގެ މަތިން އެކަންތައް ކުއްވެރި ކުރި ނަމަވެސް އޭނާގެ ސިކުނޑި އެޔަށްވުރެ މާމޮޅެވެ. އެ ޚިޔާލުތައް ސިކުނޑިން ބޭރުކޮށްލުމަށްފަހު އޭނާގެ ހިތް ރައިފާ ހަމަޔަކަށް އަޅުވާލިއެވެ. ރައިފާ ޒިވާ އާއި ދުރުވެލިތަނުން ޕްރީތީ ދައްތާއޭ ކިޔައި ޒިވާ ކައިރިއަށް އައެވެ. ޒިވާ އައުމުން އުފަލުން އޭނާ ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ނަމަވެސް ނޫރީން އާއި އޭނާ އަދި އެހާ ރައްޓެހި ނުވަނީ ނޫރީން އޭނާއަށް އާވުމުންނެވެ. “ޒިވް.. ޔައީޝް.. ނޫރީންތާ.. ދޭ ތާޒާވެލައިގެން އަންނަން.. ވަރަށް ވަރުބަލިވެފައެއްނު ތިތިބީ؟ ސައި ހިފައިގެން އަންނާނަން ވަރަށް އަވަހަށް..” މައިހާ ޒިވާމެން ގާތު ތާޒާވެލަން ދިއުމަށް ބުނުމަށްފަހު ޒަޔާން އާއެކު ގެއިން ނިކުމެގެން ދިޔައީ އޭނާ ތައްޔާރުކުރި ސައި ގެނެސްދިނުމަށެވެ.
“ޕްރީތީ ކޮންމެ ދުވަހަކު ރީތިކުރޭ ކަންނޭނގެ ދޯ މި ކޮޓަރި.. އެންމެ ހިރަފުސްކޮޅެއް ވެސް ނެތް..” ޒިވާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ބުނެލީ އުފާވެފަ ހުރެއެވެ. އަމިއްލަ ކޮޓަރިއަށް އެތަށް ދުވަހަކަށްފަހު އާދެވުމުން އޭނާ ހުރީ ނުހަނު އުފަލުންނެވެ. “މި ބޮޑު ބޮޑު ކޮޓަރި ދުވަސްކޮޅަކުން ކުޑަ ވާނެ.. އެ ކޯނަރ ގަ ބައްޕިގެ ލޯބި ލޯބި ދަރިފުޅަށް ކުޑަ ކުޑަ ކޮޓަރިއެއް ހަދާނީ.. އޭރަށް މަންމި އާއި ބައްޕިގެ މި ބޮޑު ކޮޓަރި ކުޑަވާނެ ދޯ ބޭބީ..” ޔައީޝް ފަހަތުން އައިސް ޒިވާގެ ގައިގައި ބައްދާލުމަށްފަހު ޒިވާގެ ބަނޑުގައި އަތް ޖައްސާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ޒިވާ މަޑުމަޑުން ހޭން ފެށިއެވެ.
ދެމީހުން ތައްޔާރުވެލައިގެން ކޮޓަރިން ނިކުތް އިރު މައިހާ މޭޒުމަތީގައި ކާތަކެތި އަތުރާލައި ނިންމާލައިފިއެވެ. “ޕިސް ޕިސް.. ޒިވް ނިކުންނަންދެން މަޑުކޮށްލިނަމަ..” ޒިވާ އައިސް މޭޒުކައިރީ މަޑުކޮށްލަމުން ޝަކުވާ ކޮށްލިއެވެ. “އެއްކަލަ އަންހެން ކުއްޖާ ޝަކުވާބޮނޑި ބަނދެލީ.. އަދި ދެންމެ ގެއަށް ވަތް މީހާތަ ހުރިހާކަމެއް ކުރަންވީ؟ ޕްރީތީ އާ އަރޫފާވެސް މައި އަށް އެހީތެރިވެދިނޭ.. ކޮބާ މައްސަލައަކީ؟” އުނަގަނޑުގައި ދެއަތް ވިއްދާލަމުން މައިހާ ބުނެލިއެވެ. ޒިވާވެސް ކުޑަކޮށް ހިނިއަންނަމުން އެންމެންނަށް ގޮވީ ސައިބޯން އައުމަށެވެ. އޭގެ ދެވަނަ ސިކުންތުގައި ޔައީޝްއާއި ނޫރީން އަދި ޒަޔާންވެސް ކާބަޔަށް ވަނެވެ. ނަމަވެސް ޕްރީތީ އާއި އަރޫފާ ނާދެއެވެ.
“އެބަ އަންނަން އިނގޭ..” މައިހާމެން ގާތު ބުނެލުމަށްފަހު ޒިވާ ސިޓިންގް ރޫމަށް ނިކުތެވެ. އެއިރު ޕްރީތީ އޭނާގެ ކޮޓަރިއަށް ވަންނަނީއެވެ. “ޕްރީތީ.. ކިހިނެއްވީ ސައިބޯން ނާންނަނީ؟” ޒިވާ ޕްރީތީ އާއި ގާތަށް ޖެހިލުމަށްފަހު އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ. “ހެނދުނު ސައި ބުއީމޭ.. ބަނޑު ހަމަ ފުލް..” ޕްރީތީ އޭނާގެ ބަނޑުގައި އަތް ކާއްތާލަމުން ބުނެލިއެވެ. ޕްރީތީއަކީ އަބަދުވެސް ވަރަށް ކުޑަކޮށް ކާކުއްޖެއްކަން ޒިވާއަށް އިނގޭތި އަދި ފަހުންވެސް ދެން ސައި ބުއިމަށް އޭނާ ބުނެލީ މިވަގުތު ޕްރީތީ ދެން އިތުރަށް ސައި ނުބޯނެތީއެވެ. “އަރޫފާ ދައްތަވެސް ބުނީ ކޮފީ ބުއީމަ އިހަށް ސައި ނުބޯނަމޯ..” ޕްރީތީ ޒިވާއަށް ކިޔައިދިނެވެ. ޒިވާވެސް އެހެން ކަމުން އިތުރު ސުވާލެއް ނުކޮށް ހިނިތުންވެލުމަށްފަހު އެތަނުން ދިޔައީއެވެ.
“ޒިވް.. ދެން ދަނީ އިނގޭ އަހަރެމެން.. ރެސްޓް ކޮށްލާ ދެން..” މައިހާ ޒިވާގެ އަތުގައި ހިފާލައިގެން އެޕާޓްމެންޓްގެ ދޮރުމަތީގައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒިވާވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލީ އެފަދަ ރަނގަޅު ހިތްހެޔޮ އެކުވެރިޔެއް ލިބުނު ކަމަށްޓަކައި އުފާކުރާ ޙާލުއެވެ. އެންމެންވެސް އުފާވެރިކަންމަތީ ހިނިތުންވެލައިގެން ތިބީ ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





Yeyy me first dhw???Story is superb??????????????????BTW next part kon irakun ?Alhey zivaa mehnah dhera gotheh nuhadhahche…If you do I’ll be sad ??Hehe…waiting for the next part..luvs ???❤????
yess dear.. congrats dear.. 🙂 vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 jazakillah khairan dear.. 🙂 up vefa iny.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂 aww.. hehe..
Alhey next part kiyaa hithun keii madhu vehje…plx up kh dhehchey avahah
hehe.. noor ah kureveyne kamaky submit kurun.. al’hamdhulillaah ekan kurevihje.. dhn keiyytheri kamaaeku thibemaa dhw.. hehe.. 🙂
maasha allah….vrh reethi….ly noor and jazaka allah for uploading this so fast
jazakillah khairan dear.. vrh vrh ufaavehje dear ah mi part kamudhiyaeema..:-) aww.. <3<3<3<3<3 marhabaa dear.. 🙂
Can’t wait to read next part ??noor dear avaha up koh dhechey? this part is obiness to the max???
hehe.. in sha allah.. noor ummeedhu mi kurany veehaaves avahah dhn oiyy part up vaane kamah.. noor vaany e part ves submit kohfa.. al’hamdhulillaah.. 🙂 hehe.. asluvestha? jazakillah khairan dear.. 🙂
Awwn thnx Noor. Mi part ves v salhi????
marhabaa dear.. 🙂 jazakillag khairan Kitty.. 🙂
Adhi kithah part eba in tha
3.. 🙂
Noor Anehkaaves ziv ah gotheh hadhaan tha thi ulheny
Mifaharu nuvaane ehen hadhaigenneh mifaharu molhuvaan vaanee ziv men
And e meehun therein ekakuves vaki nukurachey
Vvv reethi mi part ves
When next part
hehehe.. balamaa dhw.. abadhu eh gotheh nuvaanehnu dhw dear? dhn balamaa vaagotheh.. 🙂 hehehehe.. hehe.. balamaa dhw dhn.. 🙂 jazakillah khairan dear.. 🙂 up vefa iny dear.. 🙂
Vrh vrh reethi mi part vess …… ❤❤? noor dear……
jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part ves kamdhiyaeema.. 🙂
maasha allah vvvvv nice… vv interesting
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂
yay mi part vx vvvvvv reethi …..Maasha Allah