Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 38

hygge Level 510 Stories100 Comments100 Login500 Comments
July 22, 2018 8 Mins Read
37 Comments

ކާރުގައި ދިޔައިރު އެންމެ ފަހަރަކުވެސް ނަވާފް އާއި ނަވާރް އަނގަ ހުއްޓާނުލުމުން ކާރުތެރޭގައި ފަޅުފިލާފައިވެއެވެ. އެމީހުން ބުނެލާ އެއްޗެހިން ޒިވާ އާއި ޔައީޝް އިރުކޮޅަކާއި ހޭން ފަށައެވެ. “ކުވޭ.. ކޮއްކޮ އައިސްކްރީމް ކާހިތްވަނީ..” ނަވާފް ސްނޯތަކަށް ބަލަން އިނދެ ބުނެލިއެވެ. “ކޮއްކޯ… މިހާ ފިނި އިރު ނުވާނެ ފިނި އެއްޗެހި ބޯކަށް.. އެހެން ދުވަހަކުން ދޯ އައިސްކްރީމް ބޯނީ.. މިއަދު ދާނީ ދުއްވާލަން… ގޮސް އެޔޮށް އެޔޮށް ކޮޅުގަ ހުރި މޯލްއިން ކޮއްކޮއަށް ގިފްޓެއް ގަންނާނީ..” ޔައީޝް ޒިވާއަށް ބަލައިލުމަށްފަހު އަނެއްކާ ނަވާފްއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފުރަތަމަ އެކަމާއި ދެބަސްވި ނަމަވެސް ޒިވާމެން އެކި ގޮތްގޮތުން ވިސްނައިދިނުމުން އޭނާ އެކަން ޤަބޫލު ކުރިއެވެ. އުފާވެރި ވަގުތުތައް ގުނަމުން ދިޔައިރު އެންމެންގެ ހިތްތަކަށްވެސް ވަނީ ހަމަޖެހުން ގެނުވާފައެވެ.

ޝޮޕިންގް މޯލް އެއް ކައިރިއަށް ކާރު ހުއްޓާލުމަށްފަހު ޔައިޝް ކާރު ޕާކު ކޮށްލިއެވެ. އަދި ނަވާފް ކާރުން ބާލުވައިފައި އޭނާ ނަވާފް އުރާލިއެވެ. އެވަގުތު ޒިވާވެސް ނަވާރްގެ އަތުގައި ހިފާލައިގެން އައިސް ޔައީޝް ގާތު ހުއްޓިލިއެވެ. ނަވާފް ހުރީ ހަދިޔާ ލިބެން އުޅޭތީ ވަރަށް އުފާވެފައެވެ. އެތާ އެތެރެއަށް ދާންވެގެން ފިޔަވަޅު އަޅަ އަޅާ ހުއްޓާ ޒިޥާގެ ފޯނަށް ކޯލެއް އައެވެ. އޭނާ ފޯނަށް ބަލައިލުމަށްފަހު ދެބުމަ ގާތްކޮށްލިއެވެ.

“ޕްރީތީ ކީއްކުރަންބާ މިގަޑީގަ؟” ޒިވާ ހިތާހިތުން ކިޔާލިއެވެ. އޭނާ ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. އަދި ޔައީޝްގެ ފަހަތުން އެތެރެއަށް ވަދެގެން ދިޔައެވެ. އެ ބޮޑު ޝޮޕިންގް މޯލް ތެރޭ މީހުންތައް ޙަރަކާތްތެރިވަމުން ދިޔައެވެ. ޒިވާއަށް ހުރެވުނީ ތަނުގެ ބޮޑުކަމާއެކު ރީތިކަން ފެނި ހައިރާންވެ އަންތަރީސްވެފައެވެ. އޭނާއަށް ހަމަ ބިމަށް އާދެވުނީ ފޯނު ދެވަނަ ފަހަރަށް ރިންގުވާންފެށުމުންނެވެ. ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލި ގޮތަށް އޭނާއަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. އެއަށްފަހު ތަންކޮޅެއް މަޑުމަޑުން ކީކޭ ހެއްޔޭ އަހާލިއެވެ.

“ޔައީޝް..” ކުރިމަތިން ނަވާފް އުރާލައިގެން ހިނގާފައި ދިޔަ ޔައީޝްއަށް ޒިވާ ގޮވާލިއެވެ. އެހިނދު ޔައީޝްވެސް ހިނިތުންވުމަކާއެކު ފަހަތަށް އެނބުރިލިއެވެ. “ޕްރީތީ.. ޕްރިޔާ ރަށަށް ފޮނުވަން ވެއްޖެ.. ދެންމެ އެ ގުޅީ އޭނާ.. އޭނާގެ ބައްޕަ ކުއްލި ގޮތަކަށް ނިޔާވީއޯ.. ޕްރީތީ ބައްޕަ ކައިރިއަށް ދާން ބޭނުމޯ.. އަހަރެން ބޭނުން އޭނަ އޭނާގެ ބައްޕަގެ ޖަނާޒައިގައި ބައިވެރިވާން ރަށަށް ފޮނުވަން.. އަހަރެމެންވެސް މިތިބީ މިހާރު މިތާ.. އެހެން ވީމަ އޭނާ އަށް ނުދެވޭނެ ސަބަބެއްވެސް އޮތީއެއް ނޫން.. އޭނާ ކިހާ ބޭނުމެއް ވާނެ ދާން.. އާއިލާގެ ދޮށީ ދަރިއަށް ވެފައި، ހުރި މަންމައާއި ހަމައެކަނި ކޮއްކޮގެ ހުރިހާ ޒިންމާއެއް ކޮންމެ ގޮތެއްވިޔަސް އުފުލާނީ ދެން އޭނާ.. އަވަހަށް އޭނާ އިންޑިއާއަށް ފޮނުވާލުމުގެ ކަންތައް ހަމަޖައްސަދޭންވީހެން އަހަންނަށް ހީވަނީ..” ޒިވާ ހާސްކަމާއެކު ވާހަކަ ދެއްކިއެވެ. އެ އަޑުގައި މޮޅިވެރިކަންވެސް އެކުލެވިގެން ވެއެވެ.

“އާނ.. އަހަރެމެން އޭނާ ހިފަހައްޓައިގެން ކަމަކު ނުދާނެ.. ބުނޭ ޓިކެޓްގެ ކަންތައް ހަމަޖައްސަދޭނަމޭ.. އެހެން ނޫނީ ހަމަ ޖައްސާފަ ކަންނޭނގެ ދޯ އޭނާ ކައިރީ ބުނަން ވީ.. އެހެން ހަދާނި.. ވީހާވެސް އަވަހަށް ދެވެން އޮތް އެއްޗަކުން ޓިކެޓް ނެގީމާ ރަނގަޅުވާނެއްނު.. އަހަރެމެން ދާންދެން އޭނާއަށްވެސް ރަށުގަ ހުރެވޭގޮތަށް ހަމަޖައްސާނީ..” ޔައީޝްގެ އަޑުގައިވެސް މާޔޫސްކަން އެކުލެވިގެން ވެއެވެ. އަވަހަށް އެމީހުން ގަންނަން އައި އެއްޗެހި ގަނެގެން އެތަނުން ނިކުމެގެން ގެއަށް މިސްރާބު ޖެހިއެވެ.

އާދުވަހަކަށް އިރު އެރީ އެކި މީހުންގެ ޙަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. ފެންވަރާ ތާޒާވެލައިގެން ޒިވާ އާއި ޔައީޝްވެސް ސިޓިންގް ރޫމަށް ނިކުތެވެ. އެއިރު އެކަކުވެސް ފެންނަން ނެތުމުން ދެމީހުން ގޭގެ ގޯތި ތެރެއަށް ނިކުމެލިއވެ. ބޮޑު ބަގީޗާ ތެރެއިން ހިނގަން ހަދާފައިވާ މަގު މަތިން ހިނގާލައިފައި ދިޔައިރުވެސް ދެމީހުންގެ ހަށިގަނޑަށް ފިނީގެ އަސަރު ކުރަމުން ދިޔައެވެ. ސްނޯ ކޮންމެވެސް ވަރަކަށް އަދިވެސް ވިނަތަކުމަތީގައި ހުއްޓެވެ. ނަމަވެސް ޒިވާއަށް އެ މަންޒަރު ވީ ބަލާ ފޫހި ނުވާހާ ރީތި މަންޒަރަކަށެވެ. އޭނާއަކީ އަބަދުވެސް ސްނޯއަށް ލޯބި ކުރާ ކުއްޖެކެވެ. ނަމަވެސް އެކަން ތަޖުރިބާ ކުރަން އެ ލިބުނީ އެތަކެއް ދުވަސް ފަހުންނެވެ.

“ތުއްތު ނާދޭ ދޯ އަދިވެސް؟” ޒިވާ ޔައީޝްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ބުނެލިއެވެ. އެހިނދު ޔައީޝް ހޫމް ލައްވާލިއެވެ. “ތުއްތު އައީމަ ވަރަށް މަޖާވާނެ.. އަނެއްކާ ޤަބޫލު ކުރާނެބާ މީ ޒިވްކަން.. ހެހެ.. އެހާ ގޮތް ދޫ ނުކުރާނެ ވިއްޔަ ތުއްތު އަބަދުވެސް.. މަންމަ ކިޔާނެ ތުއްތު ކުޑާއިރުވެސް ގޮތްދޫ ނުކުރާ ވާހަކަ.. އެގޮތް ކަންނޭނގެ ނަވާފް އެހުންނަނީ..” ޒިވާ ހިނިތުންވެލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒިވާގެ ލުއި ލުއި ހީލުމުން އޭނަ އުފާވެފައިވާ މިންވަރު ހާމަކޮށްދެއެވެ. އެހެން ކަމުން ޔައީޝް އޭނާއަށް ބަލަހައްޓައިގެން ހުރި އިރު ޒިވާ ދައްކާ ވާހަކައަށް ރަނގަޅަށް ސަމާލުކަން ދެވޭގޮތެއްވެސް ނުވެއެވެ.

އެ ދެލޯ ހަނިވެފައި ވާގޮތުން އޭނާ އެހުރީ ހިނި އައިސްފައިކަން އެނގެއެވެ. ޒިވާ އަމިއްލައަށް އެކި ވާހަކަތައް ދައްކަމުން ހީހީފައި އުޅުނު އިރު ޔައީޝް ހުރީ ދެޖީބަށް އަތްޖަހާލައިގެން އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. “ޔައީޝް.. ޔައީޝް..” ޔައީޝްއަށް ގޮވާލުމަށްފަހު އޭނާއަށް ނޭނގުމުން ޔައީޝްގެ އަތް ތަޅުވާލަމުން ޒިވާ އަނެއްކާވެސް ގޮވާލިއެވެ. “ކީއްވެ ހާދަވަރަކަށް ތި ބަލަނީ.. އެވަރަށް ވާހަކަ ދެއްކި އިރުވެސް ޔައީޝްއަށް އެއްޗެއް އެނގުނު ހެނެއް ހިއެއް ނުވޭ..” ޒިވާ ބުނެލިއެވެ.

“ރީތިކަމުންނެއްނު ބަލާނީ…” ލާނެއް ގޮތަކަށް ޒިވާ އާއި ދިމާލަށް ޔައީޝް ބުނެލިއެވެ. “ޔައީޝްއަކަށް ނުފެންނާނެ މޫނެއް ވެސް.. ދެން ކިހިނެއް އިނގެނީ ރީތި ކަމެއް؟” ޒިވާ އެހެން ބުނީ އޭނާގެ މޫނު ނިޤާބްގެ ސަބަބުން ފޮރުވިފައި ހުރުމުންނެވެ. “މިއަދު އަލަށްތަ ޒިއްޕުޑިން ގޮވައިގެން މަ މިއުޅެނީ؟ އެންމެ ކުރިއްސުރެ ތި މޫނު ފެނޭ.. މިއަދާ ޖެހެންދެންވެސް ފޫހިނުވެ ބެލޭ މޫނެއް ތީ.. ތި ރީތި ދެލޮލަށް ބަލައިލުމުންވެސް ހިތްހަމަ ޖެހޭ..” ޔައީޝް ހުރި ފިޔަވަޅު މަތީ މަޑުކޮށްލުމަށްފަހު ދެޖީބަށް އަތް ޖަހާލައިގެން ހުރެ ބުނެލިއެވެ. އެއިރު ޒިވާ ހުރީ އޭނާގެ ކުރިމައްޗަށް ވާ ގޮތަށެވެ.

މޫނު ފޮރުވިފައި ހުރި ނަމަވެސް އޭނާ ލަދުގަނެއްޖެއެވެ. އިސްދަށަށް ޖަހާލީ އެހެންވެއެވެ. ޒިވާއަށް އައި ބަދަލު ޔައީޝްއަށް ވަރަށް ރަނގަޅަށް ފާހަގަ ވިއެވެ. އެހެން ކަމުން އޭނާ ޒިވާގެ އަތުގައި ހިފާލުމަށްފަހު އޭނާއާއި ގާތަށް ގެނައެވެ. އެއަށްފަހު ޒިވާގެ ނިތްމައްޗަށް ބޮސްދިނެވެ. އަދި ހުރި ތަނުން ތިރިވެލުމަށްފަހު ޒިވާގެ ބަނޑުގައި ތުންފަތް ޖައްސާލިއެވެ. “މަންމިއާއި ދެކުދިން ދެކެވެސް ޑެޑީ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ..” ޔައީޝް މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައި އެކުލެވިގެން ވާ އަސަރަކުން ޒިވާގެ އެންމެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރު ކުރިއެވެ. އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ޔައީޝް އެހެން އެއް ކަކޫ މައްޗަށް އިނދެ އެތަކެއް ވާހަކަ ތަކެއް ޒިވާގެ ބަނޑުގައި އޮތް އެދެމީހުންގެ ދަރިފުޅާއި ހިއްސާ ކުރިއެވެ. ޒިވާ ހުރީ ފޫހިކަމެއްނެތި އެ މޫނަށް ބަލަހައްޓައިގެންނެވެ.

“އަނހަ.. ބަލާ މަންމި ރޮނީ މިއޮށް..” ޔައީޝް ތެދުވެލި ވަގުތު ޒިވާގެ ލޮލުން އައިސް ހުރި ކަރުނަތައް ފެނި ބުނެލިއެވެ. އެއަށްފަހު އޭނާގެ އަތުން އެ ދެލޮލުން ފުހެވެން ހުރި ވަރަށް ކަރުނަ ފުހެލަ ދިނެވެ. އެއަށްފަހު ޒިވާ ގެނެސް އެ މޭގައި ލައްކޮށްލިއެވެ. “ޒިވް ރޮންޏާ ދެން ކިހިނެއް ހަދާނީ.. އަޅެ ދެރަވާ އެއްޗެއް ބުނެވުނީތަ؟ ކޮންމެ އެއްޗެކޭ ބުންޏަސް ޒިވް ފަށަނީ ރޮން ވިއްޔަ..” ޔައީޝް ސަމާސާ ރާގަކަށް ބުނެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދެން އިވިގެން ދިޔައީ ޒިވާގެ ލުއި ހުނުމެވެ.

ބޭރުގެ ފިނި މާޙައުލުގައި ވަގުތުކޮޅެއް ހޭދަ ކޮށްލުމަށްފަހު ޒިވާ އާއި ޔައީޝް ގޭތެރެއަށް ވަތް އިރު އިރުގެ ރަން ދޯދިތައް ދުނިޔެ މައްޗަށް ވެރިކުރުވަން ފަށައިފިއެވެ. ކުރިއެކޭ އެއްފަދައިން އަދިވެސް މީހަކު ފެންނަން ނެތުމުން ދެމީހުންވެސް އައިސް ސޯފާގައި އިށީނދެލިއެވެ. ޔައީޝް ފޯނުން ކޮންމެވެސް އެއްޗެއް ޒިވާއަށް ދެއްކުމުން ދެމީހުންވެސް އޭގެ އަވައިގައި ޖެހެން ނެގީ މަދު ސިކުންތު ކޮޅެކެވެ.

“ބައްޕީ..” ސޯފާގައި އިން ޒިވާ އާއި ޔައީޝްވެސް ސިހުނީ ތޫލި އަޑަކުން ކުޑަ ކުއްޖަކު ހަޅޭތް ލަވައިގަތް އަޑަށެވެ. އެހިނދު އެކި ކޮޓަރިތަކުން އެހެން މީހުންވެސް ނިކުންނަން ފަށައިފިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ހަޅޭތްލަވައިގަތް އަޑު ބާރުކަމުން އެންމެންވެސް ސިހޭހާ ވެއެވެ.

“ކަލޭނޭ ކިހިނެއް ވެގެންތަ މިއުޅެނީ؟” ސިޑިން ފައިބަމުން ނޫރީން ހައިފާއަށް ބަލައިލައިފައި ބުނެލިއެވެ. އެއިރު ސުމައްޔާގެ އިތުރުން ޔާސީން އާއި ޒައިފްވެސް އާދެއެވެ. “ތުއްތު..” ސޯފާގައި އިން ޒިވާއަށް ކުއްލިޔަކަށް ތެދުވެވުނެވެ. އެންމެންގެ ނަޒަރުވެސް އެވަގުތު ސިޑިއަށް ހުއްޓުނެވެ. އެއިރު ނައިޝަމް ނަވާފް އުރައާލައިގެން ސިޑިން ފައިބަނީއެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހައިރާން ކަމާއި އެއްވަރަށް އުފާވެރިކަމެވެ.

ނައިޝަމް އޭނާ އައި ގޮތް އެންމެންނަށް ކިޔައިދެމުން ދިޔައެވެ. އަދި ޔައީޝް އަށާއި ޒިވާއަށް އޭނާ މަރުޙަބާ ކީ އެއީ ޒިވާކަން ނޭނގި ހުރެއެވެ. “ތުއްތު..” ޒިވާ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ނައިޝަމް ގެ ސަމާލުކަން ޒިވާއަށް ހުއްޓުނެވެ. ޒިވާ ތުއްތުއޭ ބުނަންވީ އެއްވެސް ސަބަބެއް އޭނާގެ ސިކުނޑީއަކަށް ނައެވެ. “އެތަށް ދުވަހަކަށް ފަހު ތުއްތުގެ ޒިވްކޮގެ ގޮތުގަ ތުއްތުއާ ދިމާވީމަ ވަރަށް އުފާވެއްޖެ..” މަޑުމައިތިރިކަން ވީ ނަމަވެސް ޒިވާގެ އަޑުގައި އުފާވެރިކަން ވެއެވެ. އެންމެންވެސް ތިބީ ދެން ވާނެގޮތެއް ނޭނގޭތީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޒިވާ އޭނާ އެންމެ ފުރަތަމަވެސް ވިސްނާފައި އޮތް ގޮތަށް ކަންކުރަމުން ދިޔައެވެ. މަޑުމަޑުން ނައިޝަމް އަށް ޙަޤީގަތް ކިޔައިދެމުން ދިޔައެވެ. ޤަބޫލުކުރަން ދަތިވެފައި ނައިޝަމް އަށް ހުރެވުނީއެވެ. ޒިވާ އެ ދައްކަނީ ތެދު ވާހަކަ ކަން އޭނާގެ ހިތް ބުނަމުން ދިޔަޔަސް އޭނާގެ ސިކުނޑި ބުނަނީ އެކަން އެހެން ވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. ހިތާއި ސިކުނޑިއާއި ދެމެދު ބޮޑު ހަނގުރާމައެއް ކުރެވެމުން ދިޔައިރު ނައިޝަމްގެ ވިސްނުން ވަނީ އުދުހިގެން ގޮސް މާ ދުރުގައެވެ.

އެއްވެސް ޖަވާބެއް ދިނުމެއް ނެތި ނައިޝަމް އެ ހުރިގޮތަށް މައްޗަށް އަރައިގެން ދިޔައީ ނަވާފްވެސް ގޮވައިގެންނެވެ. އެއިރުވެސް ނަވާފް ހުއްޓާލުމެއްނެތި އެކި އެކި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ނައިޝަމް އެކަމަކަށް އެއްވެސް ފަރުވާލެއް ނެތް ފަދައެވެ. އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. ޒިވާ ޔައީޝްއަށް ބަލައިލިއެވެ. ޔައީޝްއަށް އެ ދެލޮލުން ކަންބޮޑުވުން ފެނުނެވެ. އެހެން ކަމުން އޭނާ ދެލޯ މަރާލީ ހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. އެންމެންގެ މޫނުތަކަށް ބަލައިލުމަށްފަހު ޔަންހާ އެތަނުން ދިޔައެވެ. ޒިވާވެސް މާޔޫސްކަމާއެކު ކަރު އެލުވާލަމުން އަވަހަށް އެތަނުން ދިޔުމަށްޓަކައި ސިޑިން އަރަން ފެށިއެވެ.

ކޮޓަރިއަށް ވަތް ޔައީޝްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ބެލްކަނީގައި ފުރަގަސްދީގެން ހުރި ޒިވާއެވެ. މަޑު ފިޔަވަޅު ތަކެއްގައި ގޮސް ޔައީޝް ބެލްކަންޏަށް ނިކުތެވެ. ޒިވާގެ އެއްވެސް ޙަރަކާތެއް ނެތެވެ. އޭނާ ހުރީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. ޒިވާގެ ކޮނޑުގައި ޔައީޝް އަތް ބާއްވާލިތަނުން ސިހިފައި އޭނާ ފަހަތަށް އެނބުރުނެވެ. “ދެން ތުއްތު ހަމަ ޤަބޫލެއް ނުކުރާނެތަ މިއީ ޒިވް ކަމެއް؟” ޝަކުވާ އާއެކު ޒިވާ ސުވާލުކޮށްލިއެވެ. އެހެންކަމުން ޔައީޝް އެކި ވާހަކަތައް ދައްކައިގެން ޒިވާ ހަމައަކަށް އަޅުވާލިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ނަވާރް ބަލައި ދިޔުމަށްޓަކައި ސްކޫލަށް ދާންވެގެން ނައިޝަމް ނިކުތެވެ. ގޭތެރޭގައި އެކި މީހުން އެކި ކަންކަމުގައި ޙަރަކާތްތެރިވަމުން ދިޔައެވެ. އޭނާއަށް މަޑުޖެހެވުނީ ސޯފާގައި ތިބި ޔައީޝްއާއި ޒިވާ ފެނިފައެވެ. އޭނާގެ ސިކުނޑީގައި އެއިރު ޒިވާ ދެއްކި ހުރިހާ ވާހަކައެއް އެވަގުތު އެނބުރެމުން ދިޔައެވެ. އެހެން ކަމުން ޒިވާމެންނަށް ފެންނަން ވާއިރަށް އަވަހަށް އެތަނުން ދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އަދި އެކަން ކާމިޔާބު ވިވެސް މެއެވެ.

“ބައްޕިއަށް އިނގޭތަ؟ އިއްޔެ ނަވޫ ދިޔައީ ތިއްތުމެންނާ އެކީ ދުއްވާލަން.. ނަވޫ އެއްކޮށްވެސް އުޅުނީ ތިއްތުއާ އެކީ.. ރޭގަ ތިއްތު ކިޔައިދިން ނަވޫ ކުޑައިރުވެސް ނަވޫއަށް ކިޔައިދޭ ސްޓޯރީ.. ބައްޕި ހިނގާބަ އަވަހަށް ގެއަށް.. ތިއްތު ކައިރިއަށް ނަވޫ ދާހިއްވޭ..” ކާރުގައި އިނދެގެން ނަވާރް ނައިޝަމް އާއި ވާހަކަ ދެއްކީ އުފަލުން ފޮޅިފަ އިނދެއެވެ. ޖޯޝާއެކު ވާހަކަ ދައްކަމުން ދިޔައިރު އޭނާ އުފަލުން އިނީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެންނެވެ. ދަރިފުޅުގެ އުފާވެރިކަން ފެނި ނައިޝަމް އަށްވެސް ހިތްހަމަ ޖެހުން ލިބުނެވެ.

“އެއީ އައިޝާ ދައްތިއެއްނު؟ އެކީއްވެ ނަވޫ ތިއްތު ކިޔަނީ؟ ނަވޫގެ ތިއްތު މިހާރު ނެތެއްނު ދަރިފުޅާ..” ނައިޝަމް މަގުމައްޗަށް ސަމާލުކަން ދެމުން އެ ސުވާލު ނަވާރް އާއި ކުރި އިރު އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔައީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އޭނާގެ ހިތް އަދިވެސް ބުނަނީ އެއީ ހަމަ ޒިވާ ކަމަށެވެ. ނަމަވެސް އޭގެ މައްޗަށް ސިކުނޑި އަތްގަދަ ކޮށްލައިފައި ވުމުން އޭނާއަށް ނަގަންވީ ކޮން ކޮޅެއްކަން އަދިވެސް ނޭނގެއެވެ.

“ނޯ.. އެއީ ނަވޫގެ ތިއްތުއޭ.. ނަވޫ އަށް ފެންނަން ވެސް ފެނުނު ތިއްތުގެ ފޭސް.. އެއީ ހަމަ ނަވޫގެ ތިއްތު..” ނަވާރް ދިން ޖަވާބުން ނައިޝަމް އަށް ކާރުގެ ބުރެކި ޖައްސާލެވުނީ ކުއްލިޔަކަށެވެ. ލިބުނު ސިހުމުގެ ސަބަބުން އެހެން ވެދާނެ ނުންހެއްޔެވެ؟ “ކީކޭ؟ ނަވޫ އަށް ތިއްތު ފެނުނޭ؟” ނައިޝަމް ސުވާލު ކޮށްލި އިރު ނަވާރްގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސްކަމެވެ. ނައިޝަމް އަށް ވީ ގޮތް ނަގައިގަނެވި  ހިނިތުންވެލުމަށްފަހު ހިނިގަނޑެއް ޖަހާލީ ނަވާރްގެ ނުތަނަވަސްކަން ފިލުވާލުމަށެވެ.

“ލައްބަ.. ނަވޫ ކުޑައިރުވެސް ތިއްތު އާއެކީ ބައިވަރު ފޮޓޯވެސް ނަގާފަ ހުއްޓެއްނު ދޯ؟ ހަމަ އެގޮތަށޭ އަދިވެސް ތިއްތު ހުރީ.. ނަވޫ ތިއްތު ކައިރީ އެހިން ތިއްތި ނަވޫ ދޫކޮށްލާފަ ދިޔައީ ކީއްވެހޭ.. ބުނީމަ ތިއްތު ބުނީ ތިއްތު އަށް ދާން ޖެހުނީ އޭ.. ހެހެ.. ހިނގާ ބައްޕި އަވަހަށް ގެއަށް.. ނަވޫ ތިއްތު މަތިން މިސްވޭ..” ނައިޝަމް އަށް މިފަހަރު އޭނާގެ ހިތަށް ބުރަވެވުނީ ނުވެސް އެނގި ހުއްޓައެވެ. އޭނާއަކަށް މިހާރު އެކަން ދޮގުކުރެވޭކަށްވެސް ނެތެވެ. ޒިވާ ކިޔައިދިން ޙަޤީގަތަށް އިތުރަށް ބާރު އެ ލިބުނީ ނަވާރްގެ ފަރާތުންނެވެ. ނައިޝަމްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނު އިރު އެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލައިފައި ވެއެވެ.

ނަވާރް ޒިވާގެ އެކި ވާހަކަ ދައްކަމުން ދިޔައިރު ނައިޝަމް ކަނުލާ އަޑުއަހަން އިނެވެ. ނަވާރް ޒިވާއާއި އޮންނަ ގާތްކަން އެއީ ނައިޝަމް އަށް އޮޅިފައިވާނެ އެއްޗެއް ނޫނެވެ. ވިއްސަކަށް މިނެޓުގެ ދަތުރަކަށްފަހު އެމީހުންނަށް ގެއާއި ހަމައަށް އާދެވުނެވެ. ނައިޝަމް ކާރު މަޑޫކޮށްލިތަނާ ނަވާރް ދުވެފައި ކާރުން ފައިބައިގެން ގެއަށް ވަންނަން ދިޔައެވެ. އޭނާއަށް ހީލެވުނީ ދަރިފުޅަށް ލިބިފައިވާ އުފާވެރިކަން ފެނިއެވެ.

“ތުއްތު.. އެއީ ޒިވް.. ޤަބޫލު ނުކުރަންތަ އަދިވެސް؟ ޒިވް ވަރަށް ދެރަވެފަ ހުރީ ތުއްތު އެއީ އޭނަކަށް ޤަބޫލު ނުކުރާތި..” ނައިޝަމް ނަވާރްގެ ދަބަސް ހިފައިގެން ހިނގައިގަތްތަނާ ފިޔަވަޅުތައް މަޑުޖެހުނީ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުންނެވެ. އޭނާ ފަހަތަށް އެނބުރުނު އިރު ވިލުނޫކުލައިގެ ގަމީހަކާއެކު ކަޅުކުލައިގެ ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ހުރީ ޔައީޝްއެވެ. އޭނާގެ މޫނުމަތިންވެސް ފެންނަނީ އާދޭހެވެ.

ނައިޝަމް އަށް ޔައީޝްގެ މުނުމަތިން ފެނުނު ކުލަވަރުން ހިނި އާދެވުނެވެ. އޭނާ މިހާރު އެއީ ޒިވާކަން ޤަބޫލު ކުރެއެވެ. އެހެން ކަމުން މަޖާވިއެވެ. “ކޮބާ ހެކި؟ ހެއްކާ އެކީ ދެއްކީމަ ދޯ ޤަބޫލު ކުރެވޭނީ..” ހިނިގަނޑު އެތެރެއަށް ހިންދާލަމުން ނައިޝަމް ވާހަކަ ދެއްކިއެވެ. އެހިނދު ޔައީޝް ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލިއެވެ. “ޔައި އަށް ފެނިފަ ހުރީ ޒިވް.. ވަރަށް ކުރިންވެސް.. އަދި މިހާރު އެ ހުރި ކުއްޖާގެ މޫނުވެސް.. އެއީ އެކަކު.. ދެން މިކަން ޤަބޫލު ނުކުރެވެންޏާ މިގޭ އެހެން މީހުން ކައިރީވެސް އަހަންވީ.. ޒިވް ބުނީ ހަމަ ތެދެއް.. ތުއްތު ވަރަށް ގޮތްދޫނުކުރޭ..” ޔައިޝް ހިތްހަމަ ނުޖެހިގެން އެތަނުން ދާން ހިނގައިގަތެވެ.

“ޔަންހާވެސް ބުނީ ހަމަ ތެދެއް.. ޔައީޝް ވަރަށް ރުޅިގަދަ.. ތިހާ އަވަހަށް ކަންކަމާ ރުޅި އަންނާކަށް ނުވާނެ.. އަދި އެވެސް ސިނގުރުޅި.. ކިހިނެއް އިނގެނީ ތުއްތު އެއީ ޒިވްކަން ޤަބޫލު ނުކުރާކަމެއް؟ ޔައީޝް ބަލައެއް ނުލަމެއްނު އެއްފަހަރުވެސް ތުއްތުގެ ޖަވާބަކީ ކޮބައިކަމެއް..” ލާނެއް ހިންޏެއް އައިސްފައި ހުރެ ނައިޝަމް ބުނެލިއެވެ. “ދެން ތިބުނީ… ތުއްތު ޤަބޫލު ކޮށްފީމޭތަ؟” ޔައީޝް ދެބުމަ ގާތްކޮށްލަމުން ސުވާލު ކޮށްލިއެވެ. އެވަގުތު ހިނި އައިސްފައި ދެލޯ މަރާލަމުން ނައިޝަމް ބޯ ޖަހާލިއެވެ. ޔައީޝްއަށްވެސް ލިބުނު އުފާވެރިކަމުގެ ސަބަބުން ހިނި އާދެވުނެވެ. ނައިޝަމް ގައިގައި ބައްދާލުމަށްފަހު ޝުކުރު އަދާކުރީ އެ ޙަޤީގަތް އޭނާ ޤަބޫލު ކުރުމުން ޒިވާ އުފާވާނެ ވަރު ހިތަށް އަރައިފައެވެ.

ޔައީޝް އާއި ނައިޝަމް އެކީ ގެއަށް ވަދެގެން ދިޔައިރު ނަވާރް އިނީ ޒިވާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެން ކޮންމެވެސް ވާހަކަ ތަކެއް ދައްކާށެވެ. ޔައީޝްއަށް ހިނިތުންވެލެވުނީ ނަވާރް ޒިވާ އާއި ހެދި އުޅޭ ވަރު ފެނިފައެވެ. “ތުއްތު..” ނައިޝަމް އައިސް ސޯފާ ކައިރީ ހުއްޓިލިތަން ފެނި ޒިވާއަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު ނައިޝަމް ހިނިތުންވެލުމުން ޒިވާ ހުރީ އެއިން ނަގާނެ މާނައެއް ނޭނގިފައެވެ.

“ތުއްތުއަށް އިނގޭ ތީ ޒިވްކޮ ކަން.. ޤަބޫލުކޮށްފިން އެކަން..” ނައިޝަމް އެހުރިގޮތަށް ހިނިތުންވެލުމަށްފަހު ބުނެލިއެވެ. ޒިވާއަށް އުފަލުން ހިނިއާދެވުނު ކަން އިނގެނީ ކުޑަވެފައިވާ ދެލޮލުންނެވެ. އެތަނަށް އައިސް ހުއްޓުނު ނޫރީންއަށް އެ އަޑު ވަރަށްވެސް ރީއްޗަށް އިވުނެވެ. އެހެން ކަމުން އޭނާ ނައިޝަމްގެ ކޮނޑުގައި އަތް ބާއްވާލި ނައިޝަމް އެކަން ޤަބޫލުކުރުމުން އުފާވީ ޙާލުއެވެ. އެންމެންގެ ހިތްތަކަށްވެސް ހަމަޖެހުން ލިބިފައިވެއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. އެއްމަސް ދުވަސް ފާއިތުވެގެން ދިޔައިރު ޒިވާގެ ބަނޑުވެސް ބޮޑުވެ މޫނުމައްޗަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލުތައް އައިސްފައިވެއެވެ. ޔައީޝްއާއި ޒިވާ މިހާރު ތައްޔާރުވަމުން އެދަނީ އެއްމަސްދުވަހަށް ފަހު އަނބުރާ ރާއްޖެ އައުމަށެވެ. ނަމަވެސް ބޭނުންވެގެންނެއް ނޫނެވެ. އާއިލާ މީހުންނާއި ވަކިން އެކަނި އުޅެން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟

ޒިވާ އާއި ޔައީޝް ކޮޓަރިތެރޭގައި ފޮއްޓަށް އެއްޗެހި އަޅަން ތިބި އިރު އެކަކުގެ މޫނުމަތިންވެސް އުފާވެރިކަމެއް ނުފެނެއެވެ. މައިންބަފައިން ދޫކޮށް އެދެމީހުން އަމިއްލަ ވަޒަނަށް ދާއިރު ދާން އެޖެހެނީ އެހާ ދުރަށެވެ. ކަބަޑުން އެއްޗެއް ނަގައިގެން އައިސް އެނދުމަތީގައި ބޭއްވި ޔައީޝް ސިހުނީ ޒިވާ ނޭފަތް ދަމާލި އަޑަށެވެ. އެ ތޫނު ސިކުނޑިއަށް ޒިވާ ރޮނީކަން ދެނެގަނެވުނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އެހެން ކަމުން އޭނާ މަޑުމަށުން ޒިވާއާއި ގާތަށް ޖެހެލިއެވެ.

“ޒިވް..” ޔައީޝް އޭނާގެ އަތް ނަގައި ޒިވާގެ ކޮނޑުގައި ބާއްވާލިއެވެ. އެވަގުތު އަވަސް އަވަހަށް ޒިވާ އޭނާގެ އަތް ނެގުމަށްފަހު މޫނުގައި ކާއްތާލިއެވެ. އަދި ޔައީޝް އާއި ދިމާލަށް އެނބުރިލީ ފަނޑު ހިނިތުންވުމަކާއެކުއެވެ. ނަމަވެސް އެ ފޭކު ހިނިތުންވުން ޔައީޝްއަކަށް އޮޅުވައެއް ނުލެވުނެވެ.

“އިނގޭ ޒިވް ވަރަށް ދެރަ ވާނެކަން.. ޔައި ވެސް ބޭނުންވެގެންނެއް ނޫނޭ މި ދަނީ.. ވަރަށް އުނދަގޫ މަންމަމެންނާއި ނުލައި އެކޮޅުގަ އެކަނި މާއެކަނި އުޅެން.. ކެތްތެރިވުމުގެ މޭވާ އަބަދުވެސް ވަރަށް ފޮނިވާނެ.. ދެން.. މި ލޮލުގަ މިހުރި ކަރުނަތަކާއެކު ތި ފޭކު ހިނިތުންވުން ޔައި އަކަށް ނުފޮރުވޭނެ އިނގޭ.. ދެން ނުރޮއްޗޭ.. ޕްލީޒް..” ޔައީޝް ޒިވާގެ މޫނުމަތީގައި ހިފަހައްޓާލަމުން އޭނާގެ ބޮޑުވާއިނގިލިން ޒިވާގެ ކޮލުގައި ފިރުމާލިއެވެ. އިރުގަނޑެއް ވާންދެން ހިފެހެއްޓިފައިވީ ކަރުނަތައްވެސް ޒިވާގެ އަމުރަށް ނުކިޔަމަންތެރިވެ އެސްފިޔަތަށް ފޫއަޅުވާލައިފައި ފައިބައިގަތީ މީހެއްގެ އެހީތެރިކަން ލިބުމުންނެވެ.

އޭނާގެ ދޮން މޫނު ޔައީޝްގެ މޭމަތީގައި ފޮރުވާލީ އެދެލޮލުން ފައިބާ ކަރުނަތައް ޔައީޝްއަށް ދައްކަން ބޭނުން ނުވާތީއެވެ. ނަމަވެސް އޭނާއަށް އެކަރުނަތައް ހިފަހައްޓަންވެސް އެހާ އުނދަގުލެވެ. “ބޭނުމެއް ނޫން އެއްވެސް ވަރަކަށް ދާކަށް.. ޔައި ޕްލީޒް.. އަޅެ އެހެން ގޮތެއް ހަމަ ނޯންނާނެތަ؟ މަންމައާއި ދުރުގަ ވަރަށް ދުވަސް ވަންދެން އުޅެފިން.. އަނެއްކާވެސް ހަމަ އެހާ ދުރަށް ދާން ޖެހޭނީ..” ގިސްލުމާއި އެކު ޒިވާ އޭނާގެ ހިތުގެ ހާލު ޔައީޝްގެ ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ. ޔައީޝް ބަހެއްވެސް ބުނެ ނުލައި ޒިވާގެ ގައިގައި ހިފަހައްޓާލައިގެން ހުރީ އެހިތަށް އަސަރުކުރާނެކަން އިނގޭތީއެވެ. “ދަރިފުޅާ..” ޒިވާ އާއި ޔައީޝް ސިހިފައި ދެމީހުން ގާތުން ދުރުވެލީ ފަހަތުން އިވުނު ނޫރީންގެ އަޑަށެވެ. ޒިވާގެ ދެލޯ ފުހެލުމަށްފަހު މަންމަޔާއި ކުރިމަތިލީ ނެތްހިތްވަރު ލައިގެންނެވެ.

“މަންމައަށް އިނގޭ ދެކުދިންވެސް ވަރަށް ދެރަވެފަ ކަން ތިތިބީ ދާން ޖެހޭތީވެ.. މަންމައަށް އަޑުއިވިއްޖެ ދެކުދިން ދެއްކި ވާހަކަ ތައްވެސް.. ދަރިފުޅުމެންނޭ.. ދުނިޔެއަކީ އިމްތިޙާނެއް.. އެކި ކަހަލަ އަޑި ގުޑަންތަކާއި ކުރިމަތިލާން ޖެހޭނެ.. އުންމީދު ނުކުރާ ކިތަންމެ ކަމެއް ކުރިމަތިވެދާނެ.. އެކަމަކުވެސް އަހަރެމެން ޖެހޭނީ ހިތްވަރާއެކު އެކަންކަމާއި ކުރިމަތިލާން.. ކެތްތެރިކަމާއެކު ސާބިތުވެ ތިބެން..” ޒިވާ އާއި ޔައީޝް ގާތު މަޑުކޮށްލުމަށްފަހު ނޫރީން އެދެމީހުންނަށް ނަސޭހަތްތެރިވިއެވެ. “އަސްލު ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން މި އައީވެސް..” ނޫރީން ހިނިތުންވެލައިފައި ބުނެލިއެވެ.

އެވަގުތު ޒިވާއާއި ޔައީޝް އަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. މަންމަ ދޭން އުޅޭ ޚަބަރެއް ނޭނގޭތީ ދެމީހުންވެސް ތިބީ ކަންބޮޑުވެފައެވެ. ނޫރީންގެ މޫނުމަތިން އުފާވެރިކަން ފެނުނެއް ކަމަކު ވާން އުޅޭ ގޮތެއް ނޭނގޭތީ ޒިވާ އާއި ޔައީޝްވެސް ތިބީ ވާނުވާ ނޭނގިފައެވެ. ކޮންމެ ގޮތެއް ވިޔަސް އެ ދެމީހުންގެ ހިތަށް ވެރިވެފައިވި މާޔޫސްކަމެއް ނުފިލައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……11

Next

ކުށަކީ ކޮބާ؟ (7)

Next
July 22, 2018

ކުށަކީ ކޮބާ؟ (7)

Previews
July 22, 2018

“ހިތް” ލޭ ކޮށެވިފައި……11

37 Comments!

  1. Mary says:
    July 22, 2018 at 9:15 am

    V v v reethi. 1 week in tha update kohdheny thi?

    1. aish noor says:
      July 22, 2018 at 12:51 pm

      jazakillah khairan dear.. 🙂 noon.. aslu noor edhuvaskolhu maa bodah bxy v ma up nukurevuny.. ekam dhn ehn nuvaane, in sha allah.. aee, mihaaru noor hunnaany baaky huri hurihaa part eh ves submit kohfa.. 🙂

  2. T says:
    July 22, 2018 at 9:17 am

    Haadha kurey.. Ekam v reethi?

    1. aish noor says:
      July 22, 2018 at 12:53 pm

      jazakillah khairan dear.. 🙂 vrh bodah sorry ekamahttakaa.. 🙁 ekam ves vrh ufaavehje dear ah mi part kamudhiyaeema.. 🙂

  3. Snow says:
    July 22, 2018 at 9:18 am

    Naisham Aky zivaage mamma ge kokko eh. So vanee uncle aka nun. Uncle mennaky mahramun. So Naisham ah zivaage moonu feney goi hedhinama. Adhi thankolhe emotional kollinama moon fenigen.. BTW vaahaka v. Reethi. Jazakillah khairan. ?

    1. aish noor says:
      July 22, 2018 at 12:55 pm

      yess dear.. dear ge idea ah noor ves thaaeedhu kuran.. ekam dhn keeh kuraany dhw, mifaharu mihaaru miothy ehkoh liye nimifa.. dhn change eh ves nugeneveynu.. 🙂 dhn ehn story ehga ekahala thanthankolhu rangalhu kollaanee dhw? 🙂 jazakillah khairan dear.. marhabaa.. 🙂

  4. cuty says:
    July 22, 2018 at 10:43 am

    wow. Masha Allah. v v reethi vaahaka. :-D. I think ziv ge mom dheyn ulhey habaraky ziv ge mom emeehun aa ehkoh dhaavaahaka kanneyge. when next part..? waiting

    1. aish noor says:
      July 22, 2018 at 12:57 pm

      jazakillah khairan dear.. 🙂 hehehe.. balamaa dhw dhn vaagotheh.. 🙂 vrh avahah nxt part up vaane, in sha allah.. eirah kiyaalaa ingey.. hehe.. 🙂 on the way ga hama.. noor submit kohfa vaany e part ves dhn huri hurihaa part eh ves.. 🙂 vrh ufaavehje dear ah mi part kamudhiyaaema.. 🙂

  5. Kitty says:
    July 22, 2018 at 10:51 am

    Wowwww. Mi part ves vvv salhi as usual. M speechless.?????

    1. aish noor says:
      July 22, 2018 at 6:45 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part ves kamudhiyaeema.. 🙂

  6. Lotus says:
    July 22, 2018 at 10:51 am

    It’s been a long time sis.. kihinetha? V miss vi mi story mathin.. hoping to read the next part soon???

    1. aish noor says:
      July 22, 2018 at 12:59 pm

      hehe.. al’hamdhulillaah hama rangalhu.. 🙂 dear kihineh? alhey noor ves vrh miss v dear mn mathin ves.. hama mivaguthu ves up kuran v ey hithah eri faharu madheh ves noon.. ekamaku noor ah vagutheh nuvi.. 🙁 in sha allah, dear mn dhn maa dhigu inthizaareh kuraakah nujeheyne 39th vana part akah.. on the way ga baaky huri hurihaa part eh ves.. 🙂

  7. Beauty Queen says:
    July 22, 2018 at 11:17 am

    Haadha lahun thi up kuree
    Ekam vvvvvv reethi.???

    1. aish noor says:
      July 22, 2018 at 1:00 pm

      yess dear.. vrh vrh vrh bodah sorry.. 🙁 alhey asluvestha? vrh vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂

  8. Kitty says:
    July 22, 2018 at 12:23 pm

    Vaahaka vvv reethi. Why did it took so long sis?? When is next part???????

    1. aish noor says:
      July 22, 2018 at 1:02 pm

      jazakillah khairan dear.. 🙂 noor ah e week ga hama emme minute eh ves nulibunu mikamaa ulheykah.. dear mn hiyy hama nujeheyne kan ves ingey.. vrh dhera ves vi migothah kanthah v ma.. ekam mifaharu hama v goiyy.. in sha allah, dhn nujeheyne hn heevany dear mn ehaa dhigu inthizaareh kuraakah 39th vana part ah.. plus dhn huri hurihaa part akah ves.. 🙂 on the way ga 39 vana bai.. 🙂

  9. aish noor says:
    July 22, 2018 at 12:50 pm

    Assalaamu a’laikum my dear readers.. 🙂 vrh gina dhuvahah fahu mi dhimaa v.. hehe.. 🙂 vaahaka up nuve ehaa gina dhuvas v kamahttakaa vrh bodah maafah edhen.. edhuvaskolhu aee noor ah hama ehkoh full week eh.. free minute eh nulibuny hama.. ehnve up nukollevuny.. vrh vrh vrh bodah miss v hurihaakudhin mathin ves.. 🙂 vaahakaige baaky huri hurihaa part eh noor innaany mi part aa ehkoh submit kohfa.. 🙂 noor heekury mi part up vefa in iru dhn huri hurihaa part eh ves up vefa kamah.. ekamaku adhi nuvey.. ekam ummeedhu kurany vrh avahah e part thah ves up vaane kamah.. 🙂 hurihaa kudhinnah ves mi part kamudhaane kamah ummeedhu kuran.. 🙂 Jazakumullah khairan and LY all.. <3<3<3<3<3

  10. aish noor says:
    July 22, 2018 at 1:04 pm

    adhi eh vaahaka bunelan beynun.. 🙂 vrh vrh vrh vrh vrh vrh vrh ufaavehje dear mn ehaa keiyytheri kamaaeku mi part ah ehaaaa dhigu inthizaareh kurythy.. 🙂 noor ah neynge ekamahtakaa dear mnnah shukuruverivaane gotheh ves.. ekam bunelan othy, hithuge adin hurihaa kudhinnah vs vrrrrh bodah shukuriyaa.. 🙂 jazakumullah khairan my dear readers.. 🙂 LY all.. 🙂

    1. Baby girl ❤ says:
      July 22, 2018 at 1:52 pm

      Vrh vrh loabi mi part vess dear …mi dhigu inthizaaruge nimumeh …btw thanks noor …?❤❤❤

    2. aish noor says:
      July 22, 2018 at 4:22 pm

      Jazakillah khairan dear.. 🙂 vrh bodah sorry ingey dear mn lavvaa ehaa dhigu inthizaareh kuruvunyma.. 🙁 ekam dhn ehen nuvaane, in sha allah.. 🙂 hurihaa part eh mihaaru hunnaany noor submit kohfa.. 🙂 marhabaa dear.. vrh ufaavehje keiyytheri kamaaeku dear mn mi vaahaka ah inthizaaru kureetheeve.. adhi dear ah mi part kamudhiyaeema ves vrh ufaavehje.. jazakillah khairan.. 🙂

  11. friend says:
    July 22, 2018 at 1:34 pm

    noor thanks avahah up kuraanamey buneema LY 🙂

    1. aish noor says:
      July 22, 2018 at 4:22 pm

      marhabaa dear.. 🙂 aww.. <3<3<3<3<3

  12. Nunnu says:
    July 22, 2018 at 1:35 pm

    Noor when next part
    Haadha lahunney thi up kollee dho
    Vv vvv reethi mi part ves

    1. aish noor says:
      July 22, 2018 at 4:24 pm

      up vefa iny mihaaru.. 🙂 hehe.. yess dear.. vrh bodah sorry ekamahttakaa.. jazakillah khairan Nunnu dear.. vrh ufaavehje dear mi stroy ah inthizaaru kureethyve, adhi mi part dear ah kamudhiyaeema.. 🙂

  13. neen says:
    July 22, 2018 at 1:38 pm

    you got faalhu dhw nunnu

  14. naash says:
    July 22, 2018 at 1:50 pm

    maasha allah vvvvv reethi… haadha inthizaareh koh feemey mi part kiyan libey tho

    1. aish noor says:
      July 22, 2018 at 4:25 pm

      jazakillah khairan dear.. 🙂 alhey, vrh vrh vrh bodah sorry ingey dear.. dhn mihaaru mi up kollynu dhw? dhn avahah kiyaalaa.. hehe.. 🙂

  15. kokee says:
    July 22, 2018 at 1:59 pm

    yeyy…noor is back….hehe…maasha allah story is owsm….keep it up sis….but i missed u alot siss….ly

    1. aish noor says:
      July 22, 2018 at 4:26 pm

      hehehe.. yess dear.. 🙂 jazakillah khairan dear.. 🙂 aww.. missed u too.. <3<3<3<3<3

  16. Khajja says:
    July 22, 2018 at 2:33 pm

    Alhamdhulillah finally stry up v dhw masha allah stry v v v rythi mi stry v v v miss vi n noor ves v missed ingey v dhuvahah fahu noor ge stry akah comment mikollevunyves ekamves insha allah baraabarah noor ge stry thah read kuran v hiyhamajehi ufaavey nooruge stry thakuga dhyny kanthah thah genesdhyfa hunnaleh thafsylu kamaai furihama kamun thanks dear n god bless u waiting nxt prt insha allah ly dear❤????

    1. aish noor says:
      July 22, 2018 at 4:28 pm

      yess, jazakillah khairan dear.. 🙂 alhey.. noor ves vrh vrh bodah miss v ey thikudhin mathin.. it’s ok dear.. konme faharaku comment nukollevunas aee evves massala eh noon.. 🙂 vrh ufaavehje dear ah mi story kamudhaathyve.. 🙂 dear ge khiyaal faalhu kurythyve ves vr vrh bodah shukuriyyaa.. 🙂 marhabaa dear.. thibaa ah ves maaiyy allah heyo rahmaiyy lavvaashi, aameen.. 🙂 <3<3<3<3<3

  17. Nivy says:
    July 22, 2018 at 3:29 pm

    WOW Masha Allah v reethi mi part ves. waiting for the next part

    1. aish noor says:
      July 22, 2018 at 4:29 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear a mi part kamudhiyaeema.. 🙂

  18. Anonymous says:
    July 22, 2018 at 6:03 pm

    Adhi kithah parts eba in tha

    1. aish noor says:
      July 22, 2018 at 6:46 pm

      4 part.. 🙂

    2. aish noor says:
      July 22, 2018 at 6:46 pm

      parts*

  19. unique says:
    July 26, 2018 at 6:34 pm

    i missed it sis adhikiriyaa mi part mi kiyaalevuny
    missed u a loooooooooooooot

Comments are closed.

Next Episodeހުޅުކޮޅު 39←


All Right Reserved!