ލޯބި ވީމޭ ސިއްރު ސިއްރުން (15)
ފޮތުގެ ބޭރުގަނޑުގައި ފަވާލެވިފައިވާ ހަނާގެ ނަމުގައި އަތް ބީއްސާާލުމަށްފަހު ހިތުގައި އުފެދުނު ސުވާލުތަކަކާއި އެކު ހަނާގެ އެ ފޮތް ދާނިޝް ހުޅުވާލިއެވެ. މާތްﷲގެ އިސްމުފުޅުން ފަށައިފައިވާ އެ ފޮތުގެ އެންމެ ފުރަތަމަ ޞަފްޙާގައި ހަނާގެ ކުޑަކުޑަ ތަޢާރަފެެއް ލިޔެފައިއޮތެވެ. އެހެންކަމުން އެއީ ހަނާގެ ޑައިރީކަން ދާނިޝްއަށް ވިސްނުނެވެ. ހަނާގެ ތަޢާރަފަަށް ފަހުގައި ދެންއޮތީ ހަނާގެ ޢާއިލާއަށް ދިމާވި ހިތްދަތި ހާދިސާގެ ވާހަކައެވެ. ހަނާގެ ޅަފަތުގައި އޭނާގެ ބައްޕަ ނިޔާވިި ވާހަކައާއި ކިޔެވުން ނިމުނު އަހަރުގައި ހަނާގެ މަންމަ ނިޔާވިި ވާހަކަ ވަރަށް ތަފުސީލުކޮށް ލިޔެފައިއޮތެވެ. ހަނާގެ މަންމަ ނިޔާވިި ދުވަހަކީ އޭނާ އެންމެ ދެރަވެ ހިތްދަތިވި ދުވަސް ކަމަށްވެސް ލިޔެފައިއޮތެވެ. ވިސްނުންތެރި ކަމާއިއެކުު އެންމެ ފިއްޔެއްވެސް އަކުރެއްވެސް ވައްޓައި ނުލައި ދާނިޝް, ހަނާގެ އެ ޑައިރީ ކިޔަމުން ގެންދިއެވެ. ހަނާގެ އެންމެ ގާތް އެކުވެރިޔާ ރީޝާގެ ވާހަކަ އައިސްފައި އޮތީ ދެނެވެ. ސުކޫލުގައި ކިޔަވަން އުޅުނުއިރު ފެށުނު ރަޙުމަތްތެރިކަން ދުވަހެއް ދުވަހަކަށް ބަދަހިވަަމުން އައިސް އެކަކު އަނެކަކަށް ހެޔޮއެދޭޭ އެންމެގާތް ދެ ރަޙުުމަތްތެރިންނަށް ވެގެންދިއަ ގޮތާއި ސުކޫލުގައި ކިޔަވަމުން ދިޔައިރު ދިމާވި ހެއްވާމަޖާ ވާހަކަތަކަށް އަލި އަޅުވާލައިފައި ވިއެވެ. ހަމައެހެންމެ އެއްދުވަހެއްގައި ދަތުރު ގޮސްގެން އުޅުމުގެތެރޭ ދިމާވި ހިތާމަވެރި ހާދިސާއެއްގެ ވާހަކަ ކުރުގޮތަކަށް ކަޅުދެލިން ހަނާ ލިއެފައި އޮތެވެ.
ހަނާގެ ޑައިރީ ކިޔަމުން ގޮސް ވަކި ހިސާބަކަށް ދެވުނުތަނާ ދާނިޝް ޑައިރީ ލައްޕައިލިިއެވެ. އިރުކޮޅަކު ނޭވާ ހިފަހައްޓައިލަައިގެން ހުރުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަައިފައި ލައްޕައިލިި ޑައިރީ ހުޅުވާލަައި އަލުން ކިޔަން ފެށިއެވެ. ޑައިރީގެ މެދުތެރޭގައި ހަނާއާއި ދާނިޝްގެ އެކުވެރިކަން ފެށުނު ގޮތާއި އެ އެކުވެރިކަން ލޯތްބަށް ބަދަލުވެ ހަޔާތުގެ ބައިވެރިންނަށްވެ ނިމިފައިވާ ކަމަށް ލިޔެފައިއޮތެވެ. އެ ދުވަހަކީ ހަނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސް ކަމަށް ހަނާ ބުނެފައި ވެއެވެ. އެދުވަހުގެ ހަނދާންތައް ދިރިހުރިހާހިނދަކު ހިތާއި ސިކުނޑިން ނުފިލާނެ ކަމަށް ހަނާ ބުނެފައި އޮތެވެ. ހަނާގެ އެ ޖުމްލަތަކުން ދާނިޝްގެ ލޯ ތެންމާލިއެވެ. މީގެ ދެއަހަރު ކުރިން ކުރެވުނު ދާނިޝްއާއި ހަނާގެ ކައިވެނީގެ ޚަފްލާ ދެންމެ ދެންމެ ވީކަމެއް ފަދައިން ދާނިޝްގެ ލޯމަތިން ސިފަވާންފެށިއެވެ. އެއީ އުފަލުން ފުރިގެންވީ ދުވަހެއް ކަމަށް ދާނިޝްވެސް ހިތާހިތުން ޤަބޫލް ކުރިއެވެ.
“ދާނިޝް…! އަހަންނަށް މަޢާފުކުރޭ…! އަހަރެންް ދާނިޝްއަށް ކަންތައްތަކެއް ސިއްރު ކުރިން… އެންމެ ކަމެއް ނޫން…އެތައް ކަމެއް ސިއްރު ކުރިން…އެކަމަކު އެހުރިހާ ކަމެއް ވެސް އަހަރެންް ސިއްރުކުރީ ސަބަބުތަކަކަށްޓަކާ…” ހަނާގެ އެ ލަފުޒު ތަކުން ދާނިޝްގެ ސިކުނޑިއަށް ބާރުކޮށްލިިއެވެ. މޭ ގުޑައިގަތެވެ. ހަނާ ބުނެފައި އެއޮތީ ކޮންކަމެއް ސިއްރުކުރި ވާހަކަބާއޭ އޭނާގެ ހިތަށް އެރިއެވެ. ދާނިޝްގެ އަތުގައި ތުރުތުރު އަޅަމުންދިއަ ހާލުގައި ދެންއޮތް ޞަފްޙާ ކިޔާލުމަށް ގަނޑު ފުރޮޅާލިިއެވެ. “ދާނިޝް ފެނުނު ފުރަތަމަ ދުވަހުވެސް އަހަންނަށް ދާނިޝް ކަމުދިއަ… ދާނިޝްއަށް އިންތިހާއަށް ހިތްކިޔާލި…އެކަން ހާމަކޮށްލަން ނުހަނު ބޭނުންވި…އެކަމަކު…އޭގެ ކުރިން ދާނިޝްއަށް ފުރަތަމަ ނަޒަރުން ހިތްދެވުނު ކަމަށް އަހަރެންގެެ ލޯބިވާ އެކުވެރިޔާ ރީޝާ އަހަންނަށް ހާމަކޮށްލި…އޭގެ ހަފްތާއެއް ފަހުން ދާނިޝް ވެސް ރީޝާގެ ލޯތްބަށް އެދި އާދޭސް ކުރަންފެށި ވާހަކަ ރީޝާ ހާމަކުރި…ދާނިޝްގެ ހިތް ބޭނުންވި ޖަވާބު ދިނުމަށް ރީޝާ ލަސްކޮށްލީ އިތުރަށް ދާނިޝް އެނގެން ބޭނުންވީތީ…” ދާނިޝްއަށް ހާއްސަކޮށް ހަނާގެ ޑައިރީގައި ލިޔެފައިވާ ސިޓީގެ ފުރަތަމަ ލަފުޒު ތަކާއިއެކު ދާނިޝްއަށް ރީޝާ ފެނުނު ފުރަތަމަ ދުވަސް އޭނާގެ ހަނދާނަށްއައެވެ. އެދުވަހު ރީޝާއާއިއެކު ހަނާވެސް ހުރިކަން ދާނިޝްގެ ހަނދާނަށް އައެވެ. ދާނިޝްގެ ސިކުނޑި ސުމަކަށް ދާވަރު ވިއެވެ. މިވަނީ ކީއްބާއޭ އޭނާގެ ހިތަށް އެރިއެވެ. މި ކިޔެނީ ހަމަ ރަނގަޅަށްބާއޭ އޭނާގެ ހިތަށްއެރިއެވެ. “ދާނިޝްދެކެ ރީޝާވެސް ލޯބިވާކަން ހާމަކުރި ދުވަހު އަހަރެންް ދާނިޝްދެކެ ވީ ލޯބި ހިތުތެރޭގައި ފޮރުވާލިން…ފަހަރެއްގައި ވެސް ރީޝާއާއި ދާނިޝްގެ ދެމެދަށް ވަންނާކަށް އަހަރެންް މަސައްކަތެއް ނުކުރަން…ތި ދެމީހުންގެ ލޯބި ފެށިގެން ނިމުމާއި ހަމައަށް އައިއިރު ވެސް ދާނިޝްދެކެ އަހަރެންްވީ ލޯބި ހިތުގައި ފޮރުވައިގެން, ސިއްރުކޮށްގެން ހުރިން…އަހަރެންގެެ އެންމެ ގާތް އެކުވެރިޔާއަށް ވެސް އެކަން ސިއްރު ކުރިން…” ހަނާގެ އެ ލަފުޒު ތަކުން މީގެ ދެ އަހަރު ކުރިއަށް އަނެއްކާ ވެސް ދާނިޝްއަށް ފީނައި ގަނެވުނެވެ. ރީޝާގެ ބޭވަފާތެރިކަމާއި ކުރިމަތިލާން ޖެހުނު ހިނދު ހަނާގެ ވަފާތެރިކަން ލިބިި ދާނިޝްގެ ހިތް ހަނާއަށް ލެނބި ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވެ ހަޔާތުގެ ބައިވެރިންނަށްވި މާޒީ ދާނިޝްގެ ހަނދާނާއި ކުޅެލިއެވެ. އެ ހުރިހާ ދުވަހެއް ވީއިރު ވެސް ހަނާގެ ހިތުގައި ދާނިޝްއަށްޓަކައި ސިއްރުކޮށްލި ލޯޯބީގެ ވާހަކަ ފަހުން ހަނާ ނުބުނީ ކީއްވެބާއޭ ދާނިޝްގެ ހިތަށް އެރިއެވެ. އެ ސުވާލުގެ ޖަވާބެއް ދާނިޝްއަކަށް ނުވިސްނުނެވެ. އޭގެ ޖަވާބު ލިބޭނެ ގޮތެއްވެސް ނެތެވެ. އެ ސުވާލުގެ ޖަވާބު ދެނެހުރި އިންސާނާ ވަނީ ދުނިޔޭގެ ދަތުރު ނިންމާލައިފައިތާއެެވެ.
“އެހެނަސް…ދާނިޝްއާއި ރީޝާގެ ލޯބީގަ ނިމުމުގެ ސިއްކަ ޖެހުނީ އަހަރެންގެެ ސަބަބުން…ކުށްވެރިއަކީ ރީޝާއެއްް ނޫން…ކުށްވެރިއަކީ އަހަރެންް…ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައީ އަހަރެންގެ ސަބަބުން…ދާނިޝް…! ރީޝާއަކީ ކެހިވެރިއެއް ނޫން…ދާނިޝްއަށް ރީޝާ ބޭވަފާތެރިވީ އާދިލްގެ ލޯބި ލިބިގެނެެއް ނޫން…އާދިލްއަކީ ރީޝާގެ ލޯބިވެރިއެއް ނޫން…އެއީ ރީޝާއާއި ދެބެންދެދަރި ރީޝާގެ ކޮއްކޮއެއް…” ދާނިޝްއަށް ހަނާގެ ޑައިރީ ކުއްލިއަކަށް ލައްޕާލެވުނެވެ. އޭގައި ލިޔެފައިވީ އެއްޗެއް ކިޔުނީ ރަނގަޅަށް ބާއޭ ދާނިޝްގެ ހިތަށް އެރިއެވެ. ހިތް ތެޅެންފެށިލެއް ބާރުކަމުން އެނދުމައްޗަށް ހަނާގެ ޑައިރީ އެއްލާލައިފައި ކޮޓަރިން ނިކުންނަން ހިނގައިގަތެެވެ. ނަމަވެސް… ދާނިޝް އޭނާގެ ފިޔަވަޅު މަޑުޖައްސާލިިއެވެ. ހިތާއި ދެކޮޅަށް ނަމަވެސް ކުރިއަށްއެޅި ފިޔަވަޅުތައްް ފަހަތަށް ޖައްސާލުމަށްފަހު އެނދުމައްޗަށް އެއްލާލި ހަނާގެ ޑައިރީ ނަގައި ހުޅުވާލުމަށްފަހު ކުރިން ކިޔާލި ޖުމްލަތަކުގެ ޞައްޙަކަން ޔަޤީންކުރަން ތަކުރާރުކޮށް އެ ޖުމްލަތައް ކިޔަން ފެށިއެވެ. ދާނިޝްއަށް ކިޔުނީ ހަމަ އެެެއްގޮތަކަށެވެ. ހާމަވެގެންދިއައީ ހަމަ އެއްކަމެކެވެ. ހަނާގެ އަތުން ލިޔެފައިއޮތްް ބަސްތަކަށް ބަދަލެއް ނާދެއެވެ. މީ ހަނާއަށް ލިޔެވިފައިވާ އޮޅުމެއް ނޫންބާއޭ ދާނިޝްގެ ހިތަށްއެރީ މަދުފަހަރަކު ނޫނެވެ. ދާނިޝްއަށް އެނގިފައިވާ ގޮތުގައި އާދިލްއަކީ ރީޝާގެ ލޯބިވެރިޔާއެވެ. ހަނާގެ ފަރާތުން ވެސް ދާނިޝްއަށް އެނގިފައިވާ ހަޤީގަތަަކީ އެއީއެވެ. ކަންމިހެން އޮތްއިރު އެ ހަޤީގަތާާއިމެދު ހަނާގެ ދުލުުން ބޭރުކުރި ބަސްތަކާއި ގަލަމުން ބިންވަޅު ނެގިފައިވާ ބަސްތައް ތަފާތު ވާންވީ ކީއްވެބާއޭ ހިތަށް އަރުުވާލަމުން ދެންއޮތް ޞަފްޙާއަަށް ދާނިޝް ނަޒަރު ހިންގާލިއެވެ.
“ދާނިޝްގެ ލޯތްބާއި ދުރަަށް ޖެހިލަމުން އާދިލްއަކީ ރީޝާގެ ހިތުގެ ތެޅުމާއި ކުޅެލި ރީޝާގެ އައު ލޯބިވެރިޔާ ކަމަށް ބުނެ ތެދުނޫން ވާހަކަތަކެއް ރީޝާ ދެއްކީީ އަހަންނަށްޓަކާ…ދާނިޝްގެ ހަޔާތުން ރީޝާ ވަކިވީ އަހަންނަށް ދާނިޝްގެ ލޯބި ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށް…” ބޭއިޚުތިޔާރުގައި ދާނިޝްއަށް ކޮޅަށް ތެދުވުނެވެ. ތެމިފައިވާ އޭނާގެ ދެ ލޮލުން ކަރުނަ ހިލެން ލަސްތަކެއް ނުވިއެވެ. “ހުރިހާ ކަމެއްވެސް ވެގެންދިއައީ ރީޝާ ބޭނުންވިި ގޮތަށް… ރީޝާ ރޭވި ގޮތަށް…ދާނިޝް އުޅުނު ހާލު ބަޔާން ކޮށްދޭން އަހަރެންް މަސައްކަތްް ކުރި ކޮންމެ ފަހަރަކު ރީޝާގެ ދުލުގައިވީ އެއް ޖުމްލަތަކެއް… އާދިލް އަކީ އޭނާ ހަޤީޤީ ލޯބިވާ އިންސާނާ ކަމަށް ބުނެ ދާނިޝްގެ ހާލަތާާއިމެދު ދެރަވާނަމަ އަހަރެންް ދާނިޝްއަށް ހަމްދަރުދީ ވުމަށް ރީޝާ ބުނަަމުން ގެންދިއަ…ހިތާމައަކީ އަހަންނަށް އަހަރެންގެ އެކުވެރިޔާގެ ހިތުގެ ސިއްރު ނޭގުނުކަން…ހުރިހާ ހަޤީގަތެެއް އަހަންނަށް އެނގުނުއިރު ވަގުތު ފާއިތުވެއްޖެ…” ލޮލުން ފޭދިގަތް ކަރުނައާއިއެކު ޑައިރީ ކިޔަމުން ދާނިޝްގެދިއެވެ. “އަހަންނަށް ލިބުނު އުފާވެރި ޚަބަރު ރީޝާއާއި ހިއްސާާކޮށްލަން ހަމަ އެދުވަހު އެގެއަށް ދިޔައިން…އޭރުވެސް އަހަރެންްގެ ހިތް އުފަލުން ނަށަމުން ގެންދިއަަ… ރީޝާއަށް އެ ޚަބަރު ދޭން އަހަރެންް ހުރީ ކެތްމަދުވެފަ…އުފަލުން ހުރެ އެގެއަށް ވަދެ ރީޝާގެ ކޮޓަރިއާއި ހަމައަށް ދެވުނުތަނާ އަހަރެންގެެ ކަންފަތުގައި ހޮނުގުގުރީީގެ އަޑުު ޖެހުނުފަދަ… ބިންހެލުމަކާއިއެކު ފައިދަށުން ބިންގަނޑު ކަނޑައިގެން ދިއަކަހަލަ އިޙްސާސެެއް ކުރެވުނުއިރުު ހިތްް މޭތެރޭގައި ފިތިގެންދިއަފަދަ… ނޭވާލާން ހަނދާންނެތިފައި ހުރެވުނުު…ރީޝާގެ ދުލުން ބޭރުކުރި އެ ޖުމްލަތައް ހިނދުރީގައި ހަރުލައިގެންދިއަ…އެވަގުތު ރީޝާ ބުނި އަޑުއެހިން.. “ހަނާއަށްޓަކައި ފުރާނަވެސް ޤުރުބާން…ލޯބިވެސް ޤުރުބާން…އަހަރެންގެެ އަމިއްލަ އުފަލަށްވުރެ ބޮޑަށް އަހަންނަށް މުހިއްމީ ހަނާގެ އުފާ…” ރީޝާގެ އެ ޖުމްލަތަކުން އަހަންނަށް ހުރިހާކަމެއް މޭރުންވި… ދާނިޝްއާއި ރީޝާ ވަކިވީ އަހަރެންގެ ޙައްޤުގައި ކަން އެވަގުތު އަހަންނަށް ވިސްނިގެންދިއަ… ދާނިޝްދެކެ ރީޝާ އަބަދުވެސް ލޯބިވާކަން ރީޝާގެ ލޮލުން ފައިބަމުންދިއަ ކަރުނަތައް އަަހަންނަށް ހެކިދިން…އެހިތުގައި ރިހުން އެކުލެވިފައިވާާ މިންވަރު މިލާމޯޅިވެެފައިވާ ރީޝާގެ މޫނުމަތިން އަހަންނަށް ދޭހަވި…ރީޝާމެންނަން ފަރުދާވެ ހުރެ އެމީހުންގެ ހުރިހާ ވާހަކައެއް އަޑުއެހުމުން އާދިލްއަކީ ރީޝާގެ ބޮޑުދައިތަގެ ދަރިއެއްކަން އެނގިގެންދިއަ… ދާނިޝްދެކެ އަހަރެންް ލޯބިވާކަން ރީޝާއަށް އެނގުނީ ބަލިވެގެން އަހަރެންް އޮފީހަށް ނުގޮސްހުރި ދުވަހެއްގައި…އެދުވަހު އަހަރެންގެެ ފައިލުތައް ލައިފައި ހުރި ކަބަޑުގެ ތެރޭން އަހަރެން ފޮރުވައިގެން ގެންގުޅުނު ދާނިޝްގެ ފޮޓޯގަނޑު ފެނުނު ކަން ނަސީބެއް ކަމަށް ރީޝާ ބުނި އަޑުއިވުނު…އެގެއަށް ދިއަ މަޤްޞަދު އެއްފަރާތް ކޮށްލަައިފައި އަހަރެން ގެއަށް އައީ އަހަރެންގެެ އުފާތައް ދެގުނައަށް ހަދައިދިން ޚަބަރު ރީޝާއަށް އިއްވާލުގެ ހިތްވަރު ނެތިގެން… އެދުވަހު އަހަންނަން އަހަރެންގެެ ނަފުސަށް ނަފުރަތު ކުރެވުނު…އަހަރެންގެެ އެންމެގާތް އެކުވެރިޔާ އެންމެ ލޯބިވާ އިންސާނާ އާއިއެކު އަހަރެންް އުފަލުގައި ހަޔާތުގެ ދުވަސްތައް ކަނޑައްތު ކުރަމުން ދިއައީ އެހިތުގެ ތެޅިފޮޅުންތައް ދެނެގަންނަން އެއްވެސް މަސައްކަތެއް ނުކުރާ ހާލުގަ…ހިތަށްއަރާ އަހަރެން މީ ކޮންކަހަލަ ރަޙުމެއްނެތް އިންސާނެއްބާއޭ… އަހަންނަށް އެއްވެސް ކަމެއް ނުވިސްނުނީ ކީއްވެބާއޭ ހިތަށްއަރާ…ކުރިން އަހަންނަށް އެކަން އެނގުނުނަމަ މިއަދު ރީޝާގެ ލޮލުގައި ކަރުނައެއް ނުވީސް…” ދާނިޝްއަށް ގިސްލެވެން ފެށުނެވެ. ޤަބޫލު ކުރަން ދަތި އެ ހަޤީގަތާއި ކުރިމަތިލާާން ދާނިޝްއަށް އުނދަގޫވިއެވެ. ފުރާނަފަދައިން ލޯބިވި އިންސާނާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ވިސްނާލައިފައި ދާނިޝްގެ ހިތް ކުދިކުދި ވާވަރު ވިިއެވެ. ރީޝާގެ ބޮލުގައި ޞައްޙަނޫން އިލްޒާމު ތަކެއް އަޅުވައި ނުހައްޤު ޝަޒާތަކެއް ރީޝާއަށް ދެވުނުު މަންޒަރުތައް ސިފަވުމުން ސަހަރޯހީވުމާއި އެކު މުށިތައް މަތީގައި ދާނިޝްގެ ދެ ކަކޫޫ ޖެހިގެންދިއަައީ އެހަށިގަނޑުން ބާރު ދޫވެފައި ވާކަހަލަ ގޮތަކަށެވެ. ގިސްލަ ގިސްލާފައި ރޮމުން ގެންދިއައިރު ތުރުތުރު އަޅަމުންދިއަ ދުލުގައި ރީޝާގެ ނަން ވިއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ. އެއަޑު އަހާކަށް ރީޝާއެއްނެތެވެ.
ދާނިޝްއަށް ހޭވެރިކަންވީ ހަނާޝްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ލޯ ހުޅުވާލުމަށްފަހު ވަރުދެރަވެފައިވާ އޭނާގެ ހަށިގަނޑު މުށިތައް މަތިން ހިއްލާލިއެވެ. މާޒީގެ އެކި ހަނދާންތައް އާވަމުންދިއަ ހާލުގައި އެރޭގެ ވަގުތުތައް ފާއިތުވެ އާދުވަހަކަށް އިރުއެރިީީ މުށިތައް މަތީގައި ދާނިޝް އޮއްވައެވެ. ނުހިކި ހުރި ކަރުނައާއިއެކު, ރޮމުން ގެންދިއަ ހަނާޝްގެ ކައިރިއަށް ޖެހިލުުމަށްފަހު ހަނާޝް އުރާލިއެވެ. ނަމަވެސް ހަނާޝްގެ ރުއިމަކަށް ބަދަލެއް ނައެވެ. ގިސްލަގިސްލާފައި ހަނާޝް ރޮމުންގެންދިއައީ ރީޝާ ފެންނަން ނެތުމުންނެވެ. ހަނާޝްގެ ބުރަކަށީީގައި ފިރުމަން ދާނިޝްފެށިއެވެ. އެފަކީރުގެ ހިތަށް ލުޔެއް ލިބޭތޯއެވެ. އެހެނަސް ހިތުގައި ޖެހިޖެހިފައި ދާނިޝްގެ ދެލޮލުގެ ނޫރު ރޮމުން ގެންދިއެވެ.
“މާމަގެ ދޫނިކޮޅުު…ކޮޮންކަމަކާތަ ތިރޮނީ…؟” ހަނާޝްގެ ރުއިމުގެ އަޑު އިވުމާއިއެކު ހެނދުނު ހެެނދުނާއި ބަދިގެއަށްވަަދެ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުުމުގައި ހަރަކާތްތެރި ވަމުންދިއަ ވަސީމާ އައިސް ކޮޓަރިއަށް ވަނެވެ. ހަނާޝް މާވަރަކަށް ރޮމުންދާތީ ވަސީމާގެ ހިތަށް އުނދަގޫ ވިއެވެ. “ދާނިޝް…! ކޮބާ ތަ ރީޝާ…؟” ހަނާޝް އުރާލަމުން ވަސީމާ އަހާލިއެވެ. ރޭގައި ހިނގައިދިޔަ ކަންތަކުގެ ސަބަބުން އަދިވެސް ވަސީމާ ހުރީ ދާނިޝްދެކެ ހިތްހަމަ ނުޖެހިފައިކަން އޭނާގެ އަޑުން ހާމަވާން ހުއްޓެވެ. ވަސީމާގެ ސުވާލަށް ޖަވާބުދާރީ ވާނެ ގޮތެއް ދާނިޝްއަކަށް ނުވިސްނުނެވެ. ލަދުވެތި ކަމާއިއެކުު އިސްދަށަށް ޖަހާލެވުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. “އަހަރެން މިއަހަނީ ރީޝާ ކޮބައިހޭ…؟ ދާނިޝްއަކަށް ނޭނގޭތަ ރީޝާ ދިއަ ތަނެއް…؟” އަނގައިން ނުބުނެ ދާނިޝް ހުރުމުން ވަސީމާ ރުޅިގަދަވާން ފެށިއެވެ. އެހެންކަމުން, ދާނިޝް ހަޤީގަތް ހާމަކޮށްލިއެވެ. “ރީޝާ ހިގައްޖެ…އެއީ މިހާރު މިނިވަނެއްް… އަހަރެންގެ އަންބެއް ނޫން…” ފިސްއަޑަަކުން ދާނިޝް ބުނެލިއެވެ. “ސުބްހާނަﷲ…މިހާރު ދާނިޝް ރީޝާ ވަރިވެސް ކުރީތަ…؟” ވަސީމާއަށް ހީވީ އޭނާގެ ކަންފަތްމަތީގައި ބާރުލާފައި ޖެހިހެނެވެ. ޤަބޫލުވެސް ނުކުރެވޭ ހާލުގައި ދާނިޝްއާއި ދިމާއަށް ނުރުހުމާއިއެކު ބަލަހައްޓައިގެން ވަސީމާއިނެވެ. “މި ކުއްޖާއަށް ދާނިޝް ތި ދިނީ ކިހާ ބޮޑު ދެރައެއް… ދާނިޝްއަށް ވެސް އެނގޭނެ ރީޝާދެކެ ހަނާޝް ވާ ލޯބި…ބަލަ އެއީ ހަނާޝްގެ ނަޒަރުގަ ހަނާޝްގެ މަންމައޭ…ތި ވަކިކޮށްލީ މަޔަކާއި ދަރިއަކާއޭ… ހަނާޝްއަށްް ފެންނަ ހިސާބުގަ ރީޝާ ނެތިއްޔާ ހަނާޝް ރޯވަރު ދާނިޝްއަށް ނޭނގެނީތަ..؟ރީޝާގެ އަތުން ނޫނީ މިސޮރުު ކާއެއްޗެއް ވެސް އަނގައަކަށް ނުލާނެ… ލޮލުފިޔައެއް ވެސް ނުޖަހާނެ…ދާނިޝްއަށް ހަމަ އެވަރު ނޭނގެނީތަ..؟” ވަސީމާގެ ރުޅިގަނޑު އިތުރުވަމުންދިއެވެ. ދާނިޝް ކަންތައްކުރި ގޮތުން ވަސީމާގެ ހިތް ނުތަނަވަސް ވިއެވެ. ސިކުނޑި ހަލަބޮލިވިއެވެ. ދާނިޝްގެ އެ ނިންމުން ވަސީމާއަކަށް ބަލައެއް ނުގަަނެވުނެވެ. ކޮންމެއަކަސް ވަސީމާއަށް ވެސް ހަނާޝް މައިތިރި ނުކުރެވޭނެކަން އޭނާ ރަނގަޅަށް ދަނެއެވެ. އިތުރަށް ދާނިޝްގެ ކުރިމަތީގައި ހުންނަން ބޭނުން ނުވާތީ ރޮއެރޮއެ ހުރި ހަނާޝް ގޮވައިގެން އެ ކޮޓަރިން ވަސީމާ ނިކުތީ ހަނާޝްގެ ރުއިމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެވޭތޯއެވެ. އެހެނަސް އެއީ ފަސޭހަ ކަމަކަށް ނުވާނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.
ވަސީމާ ދިއުމުން އުދާސްތަކުން ފުރިފައިވާ ހިތަކާއިއެކު މަޑުމަޑުން ގޮސް އެނދުގައި ދާނިޝް އިށީނެވެ. ބޮލަށް ބަރުވެފައިވާތީ ދެއަތުން ބޮލުގައި ހިފަހައްޓައިލިިއެވެ. ހަނާގެ ޑައިރީގެ އެކިއެކި ޞަފްޙާތައް ވަކިވަކީީން ދާނިޝްގެ ހިތަށް އުނދަގޫ ކުރަންފެށިއެވެ. ރީޝާގެ ޙަޤީޤަތް ހާމަކޮށްފައިވާ އަކުރުތަކާއި ފިލިތައް ސިފަވާން ފެށުމާއިއެކު ކެތްނުކުރެވިގެން އެނދުން ތެދުވިއެވެ. ދާނިޝްގެ ހިތް ރޯންފެށިއެވެ. ރީޝާއަކީ އިޙްސާންތެރިއެކެވެ. ހީލަތްތެރިއެއް ނޫނެވެ. އޯގާތެރިއެކެވެ. އަނިޔާވެރިއެއް ނޫނެވެ. ހިތާއި ހިތުން ދާނިޝްއަށް ކިޔާލެވުނެވެ. އެ ޚިޔާލުތައް ހިތުގައި އެނބުރެމުން ދިއަ ހާލުގައި މުށިތައް މަތީގައި އޮތް ހަނާގެ ޑައިރީއަށް ދާނިޝްގެ ނަޒަރު ގޮސް ހުއްޓުނެވެ. އޭގެ ފަހު ޞަފްޙާގައިވާ އެއްޗެއް ނޭނގޭތީ ރީޝާގެ ހަޤީގަތް ހާމަކޮށްދިން އެ ޑައިރީ ނަގައި ދެވަނަ ފަހަރަށް އެނދުގައި ދާނިޝް އިށީނީ އޭގެ އެންމެ ފަހު ޞަފުުޙާ ކިޔާލާށެވެ.
“އެ ވާހަކަތައް ދާނިޝްއަށް ބުނެދޭޭން އަހަރެން މަސައްކަތް ކުރިން…އެކަމަކު…ރީޝާގެ ވާހަކައެއް އަހަރެން ފަށާއިރަަށް ދާނިޝް އެކަމަށް ހުރަސްއެޅި…ރީޝާގެ ނަން އިވުނަސް ދާނިޝް މޫނުހަދާލި…އެވާހަކަ ބުނާނެ ފުރުސަތު ދާނިޝް އަހަންނަށް ނުދިނީތީ މި ޑައިރީގެ އެހީ އަހަރެން ހޯދިން…އަހަންނަށްޓަކާ ރީޝާވި ޤުރުބާނީ އެއްވެސް އޮޅުމެއް ނެތި އެނގިގެންދިއަކަން ރީޝާއަށް ހާމަކުރާާކަށް އަހަންނަކަށް ނުކެރުނު…އެހެންކަމުން, އަހަރެން ނިންމީ މީ އަހަރެންގެެ ހިތުގެ ހާލު ބަޔާން ކޮށްދެވޭނެެ ހަމައެކަނި ގޮތްކަމަށް…ރީޝާގެ ކުށެއްނެތްކަން ހާމަވި ދުވަހުންފެށިގެން އަހަރެން ތާއަބަދު ދުޢާކުރިން…ރީޝާގެ ދިރިއުޅުން އާބާދު ކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ކޮންމެ ދުވަހަކު ދުޢާ ކުރިން…އޭގެ ދުވަސްތަކެއް ފަހުން އަހަންނަށް ލިބުނު ޚަބަރަކީ ހިތުގައި ޖައްސާލިި ޚަބަރެއް…އެކަމަކު…އެކަން އަހަރެން ހެޔޮހިތުން ޤަބޫލުކުރިން…ރީޝާއާއި ދާނިޝްގެ ހަޔާތުން އެއްފަރާތް ވެލަން އަހަންނަށް ފުރުސަތު ލިބިގެން ދިއަ…އޭގެ ބޭނުން, އަހަރެންގެެ ފުރާނަ ޤުރުބާން ކޮށްގެންވެސް ހިފަން ބޭނުންވިި…އެހެންކަމުން, ވިހުމުގެ ތެރޭގައި އަހަރެންގެެ ފުރާނައަށް ގެއްލުންވާނެ ކަމަށް ދެއްކި އަހަރެންގެެ ޓެސްޓުތަކުގެ ގެ ނަތީޖާތައް ދާނިޝްއަށް ފޮރުވާލުމަށްފަހު އެ ޓެސްޓު ތަކުގެ ނަތީޖާތައް ރަނގަޅުު ކަމަށް ބުނިީީ އަހަރެންގެެ މަޤުސަދަށް ދާނިޝް ހުރަސް އަޅާނެކަން ޔަޤީންވާތީ…ދާނިޝްގެ ލޯތްބާއި އޯގާތެރިކަން ޙައްޤުވަނީ އަހަންނަކަށް ނޫން…އަހަރެންގެެ ލޯބިވާ އެކުވެރިއާ ރީޝާއަށް…ތި ދެމީހުންގެ ލޯބި އާފެށުމަކުން ފެށިގެންދާނެ ކަމުގެ ފުރިހަމަ އުއްމީދު ހިތުގައިވާ ޙާލުގައި އަހަރެންގެެ މި އުދާސްތައް ނިންމާލިން..” ހަނާގެ އެ ލަފުޒު ތަކަކީ އެ ޑައިރީގެ އެންމެ ފަހު ޖުމްލައެވެ. އޭނާގެ އެންމެ ފަހު ބަހެވެެ. އެންމެފަހުގެ އުދާސްތަކެވެ.
ހަނާގެ ޑައިރީ ދާނިޝް ލައްޕައިލީީ ކަރުނައާއި އެކުގައެވެ. ދާނިޝްއަށް ބާރު ނުފޯރުވުނު އެތައް ކަމެއް މާޒީީއާއި އެކުވެފައި ވީތީ އެކަމާއިމެދު ޝަކުވާ ކުރަންފެށުުނެވެ. އެތައް ކަމެއް ސިއްރު ވެފައިި ވީތީ ހިތުގައި ޝަކުވާތައް ފުނި ޖެހުނެވެ. އެހެނަސް ކުރާނެ ކަމެއް ނެއްތާއެވެ. މާޒީއާއި އެކުވެފައިވާ ދުވަސްތަކެއް އަލަކުން ނާންނާނެތާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.





Me first
Ohhh….?
yay am i first
Yes..congra..
I am first yay nice story
Wow….thanksss
Nimneetha
Nun…
Hatteyy…. Kn irakun aneh episode genesdhenyy…. Pls pls ehaa Las nukuran hey…. I can hardly wait….. ???
Liyevunuhaa avahakah up kohla dheynan..In Sha Allah…laheh nukuraanan..
Rovijje.. nimuneetha… vv salhi mi story..
Alhe…adhi nunimey…kuriah vs bai thakeh eba huri..n..thanksss…
Ooo… wowww??????? stryyy vrh vrh salhi … cute … loabi..
Thanksss bell….??
Hama rangalhahves Rovihjje.???????… I know euruves she is innocent kan..?????????.. Vvvvvvvvv reethi???????i…. Waiting for Next part…. ?????????????????
Oh….yes…ur right…thanksss Maya…❤❤??
mashaa allahu ☺??????
???????☺☺☺
Mihaar mi site GA in enme salhi vaahaka..v v reethi..
Thank you ❤❤❤ so muchhhhh…..???
Saabahey writer ah.. hama ragalhavx rovijie.. story v habbu ???
Thank you so muchhhhh…???????
Maasha Allah. Hattey v molhu story liyan. Haadha reehchey. Haadha furihamaey. Mivaahaka kiyaa nimunuiru dhelo fenkalhivehje.
Thank you ??? for the lovely comments….??????princess lum
This is it. Story eh vejjehyaa u kiyun therin rangalhah ves rohvaalan vaane. V v v v salhi. A perfect story.
Thanksss
This is it. A perfect story. Readers rovvaalanvaane kommehenehves. Love this story
Thanksss
maasha allaah..
??????
hattey dhooyya haadhaha inthizaareh eba kureveye mi vaahaka ah….. plllls mireyga up kohdhybala… mee aishy ge first comment… comment nukuriyas vaahaka kiyah baraabarah… mihaaru gossa oiy hisaabun hama kehmadhu vefa mi hunnani next part kiyaala hithun plll avahan up kohdhybala
Thankssss Aishy…. In Sha Allah 16 vana bhai v avahah up kohla dheynan…
Aslugaves rovijje hayaathugaa dhimaavamundhaa kanthakaa v gulhey heevanee hama magey storyeh hen v v reethi
ANTH ah mi Story reethi v ma v ufaavehje ???..but, AINTH ge dhiriulhumuga ruimaa hithaama ekulevifai vaathy v dhera vehje. ???…asluves…
hatteyyyy…..haadha rythi storyy ekeyy….maasha allah….vvv emotional story eh….u make me cry on every episode….avahah up kohlla dhehcheyy aneh part……this is such a beautiful story…..keep up ur good work hattey….
Thanksssss ???????…
Ma sha allah vaahaka v reethi…. umeedhu kuran vaahaka nimandhen up kuraanekamah … next part kondhuvahakun !!!!
Thanksss..
Alheyy maafahun dhw mi kiyaalevuny.. btw this part is superb.. hama rangalhahvx rovihje. ?♥️♥️
Oh…thanksss..
omg how sad. reesha is innocent dhw but wat to do
Yeah…
Konirakun tha mi story up vany…….
V salhi Vaahaka eh…. Ekam maa lahee up kuraaleh
Thanks…sorry..
Alhey konirakun tha 16 vana bai?
Heyy pls up kolla dheebala aneh part…. Dhuvaalu 3 irah Eba Balan story up veytho…. Pls pls up kolla dheebala…. ???
Hattey haadha salhiey storyge ibaaraaiy kurunves.v habeys story. Next episode kiyaalaahithun hama keiy madhuvefa meenee.?????
Thanksss….