Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުމެދާށޭ ދޫނި މަގޭ (8)

Fathimath Shamha Level 1
July 19, 2018 5 Mins Read
3 Comments
“އަޔާ… ދަރިފުޅު ހޭލަން އުޅޭނެ. އަހަރެން ފަހުން އަންނާން. އަހަރެން ދޫކޮށްނުލާތި އިނގޭ.. އައި ލަވް ޔޫ.. އައިލް ކޯލް ޔޫ ގެއަށް ގޮއްސަ.” އެތަކެއް ގަޑިއިރު ތަކެއް ވާހަކަ ދައްކަން ތިބެވިއްޖެކަން ރެއަކާލުމުން، އަޔާޒާ ގާތް ވެލުމަށްފަހު ލީޒާ ބުނެލިއެވެ. ލަސްތަކެއް ނުކޮށް އަނެއްކާވެސް ދިމާވެލުމުގެ އުއްމީދުގައެވެ. ލޯބީގެ އައު ޞަފްހާތަކެއް އެކުގައި ލިޔެލުމަށް ހުޅުވާލަމުންނެވެ.

“ޔެސް ޝުއަރ.. ބޭބީ އައި ލަވް ޔޫ މޯ.. ދުވަހަކުވެސް ދުލެއް ނުކޮށްލާނަން.” އުފަލާއި ލޯބިން ފުރިފައިވާ ހިތަކުން އޯގާތެރިކަމާއެކު އަޔާޒް ލީގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުނެލިއެވެ. އެއާއެކު ހިތުގައިވާ ލޯބި ފުރިގޮސް ބާރުބާރަށް އެކަކު އަނެކަކު ގައިގައި ބައްދައިގަނެވުނެވެ.

“ލަވް.. ވަރަށް ލަސްވެއްޖެ ދޯ.. ދެން އަވަހަށް ދޭ ދަރިފުޅު ގާތަށް.. އަހަރެން މިދަނީ ނިދަން ދާން. ކޯލް މީ ވެން ޔޫ ގެޓް ހޯމް އޯކޭ؟” މާ ދަަންވާން ފެށުމުން ގަޔާއި ލީޒާ ދުރުކޮށްލުމަށްފަހު އަޔާޒް ބުނެލިއެވެ. އެހިތުގައި މިހާރު ނަށަމުންދަނީ ބުނަން ނޭނގޭ ކަހަލަ ފޮނި އިހްސާސް ތަކެކެވެ. އެކުގައި ހޭދަވި ވަގުތު ހިތުގައި ބިންވަޅު ނެގިގެން ދިޔައީ ހިތަށް ފިނިކަން ގެނެސްދޭ އައު ބާބެއްގެ ގޮތުގައެވެ. ބަބުޅަމުން ދިޔަ ދެލޯ މިއަދު ފުރިގެން ވަނީ ހިތާމައިގެ ކަރުނައަކުން ނޫނެވެ. އެ ދެލޮލުގައި މިއަދު ވިދަމުން ދަނީ ލޯބީގެ ކަރުނަތަކެވެ. މިއަދު ކަރުނަތައް ކޯތާފަތް މަތީގައި މަޑުމަޑުން ފިރުމަމުން ދިޔައީ އޯގާތެރިކަމާއެކުއެވެ.

“ކޮބާ އަޔާއްޓޭ!! ގެއަށް އާދެވުނީ ދޯ؟ ހައު ވޯސް އިޓް؟” މަލާމަތް ކުރާ ފާޑަކަށް ގެއަށް ވަނުމާއެކު މައިސަން ގޮވާލި އަޑު އަޔާޒުގެ ކަންފަތުގައި ގުގުމާލިއެވެ. އަޔާޒްއަށްވެސް ދެވުނީ ލުއިލުއި ހިނިތުންވުމެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރިނަމަވެސް މީހާ ހުރީ ލަދުންކަން ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ފިރިހެނުންވެސް ލަދުގަނޭތާއެވެ. އަޔާޒްގެ އެ ލަދުވެތިކަން ފެންނަން ހުރި އިރު އެ ބުރުސޫރަ ރީތި ހަށިގަނޑު އިތުރަށް ފުރިހަމަ ކަމަށް ދައްކަމުން ދިޔައެވެ.

“ކައެ މެން އަދިވެސް ނުނިދަންތަ؟ އަހަންނަށް އުނދަގޫ ކުރަން އަންނަން ދެން ތިބީ ދޯ ޖެއްސުން ކުރާލެއް ބޮޑުކަމުން!!” އިރުކޮޅަކު ހެވިލާފައި ހުރުމަށްފަހު، ހިނިގަނޑަކާއި އެކު އަޔާޒް މައިސަން އާއި ޝިފާން ސޯފާގައި ޖައްސަލައިން އޮތުމުން އެމީހުންނާ ދިމާލަށް ބުނިއެވެ. މި މީހުންގެ އުނދަގޫތަކާއި ދިމާކުރުންތަކުން ސަލާމަތް ނުވާނެކަން އަޔާޒަށް ރެއަކާލީ ދެނެވެ. އެކުވެރިންނަކީ މިކަހަލަ ބައެކެވެ. އަބަދުވެސް އުޅޭނީ ދިމާކޮށްލެވޭނެ ކަމެއް ފެނޭތޯއެވެ. ” ތި މީހުންގެ ސަމާސާ ކުރުންތަކުން އަހަރެން ސަލާމަތްވެސް ނުވާނެ ދޯ ދަންވަރެއް ފަތިހެއް ވިޔަސް!!” ހެމުން ހެމުން އަޔާޒް އޭނާގެ އެކުވެރިންނާއި ދިމާކޮށްލިއެވެ.

އެކުވެރިންނާއި ބައިވެރިވެލުމަށް އަޔާޒްވެސް ސޯފާގައި އިށީނދެލިއެވެ. ރައްޓެހިންގެ އުނދަގޫ ނުފޯރާނެ އެއްވެސް ގޮތެއް ނޯންނާނެތީއެވެ. އެންމެ ބުއްދިވެރި ގޮތަކީ އެމީހުންނާއި ބައިވެރިވުން ކަމުގައި އަޔާޒަށް ފެނުނެވެ. “އޭ އޭ ދެން މަޑު.. އަހަރެން ވަރަށް ވަރުބަލި…!” ޖަހަމުން ދިޔަ ސަކަރާތް މެދު ކަނޑާލާއި ހުނުން ހުއްޓުމަކަށް ގެނައުމަށް އަޔާޒް ދުރަށް ކުޑަކޮށް ޖެހިލިއެވެ. ރަނގަޅަށް ނޭވާ ލެވޭތޯ އަޔާޒް ކުޑަކޮށް ފުން ނޭވާއެެއް ނެނގިއެވެ. ވާނީ ވެސް އެހެންތާއެވެ. ބޭރުން އައި ގޮތަށް އެވަރަށް ސަކަރާތް ޖަހާ ޖަހާ މީހާ ހުރީ ހާންތިވެފައެވެ.

“އަސްލު ވީ ގޮތަކީ…” މަޑުމަޑުން ހަމަޖެހިލުމަށްފަހު އަޔާޒް ވާހަކަ ދައްކަން ފެށިއެވެ. މިރޭ ހިނގާދިޔަ ކަންތައްތައް ހިއްސާ ކޮށްލުމުގެ ބޭނުމުގައެވެ. “ހޫނ.. ކިޔާބަލަ ކިޔާބަލަ އަހަރުން އެބަ އަޑުއަހަމޭ..” އަޔާޒް މާ ދިގުލާން ފެށުމުން ކެތްނުކުރެވިގެން ޝިފާން ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފިލުވާލިއެވެ. ތާއީދު ދިނުމުގެ ގޮތުން މައިސަންވެސް ބޯ ޖަހާލައިފައި ކުރިއަށް ވާހަކަ ގެންދިއުމަށް އިޝާރާތްކޮށްލިއެވެ. “އާން.. އޯކޭ އޯކޭ… އަހަރެން ލީ އާ ދިމާވީ… ވަރަށް.. ވަރަށް ވާހަަކަ ދެއްކިން.. އިޓް ވޯސް ސޯ..ސޯ ނައިސް” މީހާ އަމިއްލަ ހިޔާލީ ދުނިޔެއަށް ގެއްލިފަ އިން ފަދައިން ލޯބީގައި ދީވާނާވެ އިނދެ އަޔާޒް ކަން ހިނގި ގޮތް ހިއްސާ ކޮށްލަން ފެށިއެވެ.

“ޑިންގް…ޑިންގް..” ދައްކަމުން ދިޔަ ވާހަކައަށް ބުރޫއެޅިގެން ދިޔައެވެ. ޖީބުގައި އޮތް އަޔާޒްގެ ފޯނު ވައިބްރޭޓްވެ ރިންގް ވާން ފެށުމުންނެވެ. ސްކްރީނުން ފެންނަން އިނީ ދެވަނަ އެހެން ނަމެއް ނޫނެވެ. އެއީ ލީޒާގެ ނަމެވެ. “ދެން ފަހުން ދޯ… އަހަރެންގެ ހިތުގެ ރާނީ އެބަ ގުޅާ..” އުފަލުން ފުރިގެންވާ ހިނިތުންވުމެއް ދިނުމަށްފަހު ފޯނު ހިފައިގެން އަޔާޒް ވަނީ ކޮޓަރިއަށެވެ.

“ހެލޯ ބޭބީ.. ހޯމް ނައު؟ ކޮބާ އިޒް؟ ނިދާފަތަ؟” ފޯނު ނެގުމާއެކު އަޔާޒް ވާހަކަ ދައްކަން ފެށިއެވެ. އެ އަޑެއްގެ އިންތިޒާރުގައި ހުރި މިޔުޒިކެއް ފަދަ އަޑެއްގެ ވެރިޔާގެ އަޑު އިވުމަށް އަޔާޒް ހުރީ ކެތްމަދުވެފައިވާ ފަދައިންނެވެ. ދުވަހަކުވެސް އަޑުއަހާ ފޫހި ނުވާނެ އަޑެކެވެ. ދެފަރާތުން ވާހަކަ ދައްކަމުން ދިޔައީ ނުހަނު ލޮތްބާއި އުފަލާއެކީއެވެ. ގެއްލިފައިވީ ޖަވާހިރެއް އަލުން ލިބުނު ކަމުގެ އިހްސާސް އަޔާޒަށްވަނީ ކުރެވެން ފަށާފައެވެ. ލޯބީގެ ހައްގުގައި އިންތިޒާރު ކުރި ދުވަސް ތަކަށް ނިމުމެއް އައި ފަދައެވެ. މިހާރު ހިތާމައިގެ އެއްވެސް އަސަރެއް އިހްސާސް ނުވާ ފަދައެވެ. އެކަކު އަނެކަކުގެ އަވާގައި ޖެހި ދެމީހުންނަށް އެތައް ގަޑިއިރަކު ތިބެވުނީ ފޯނުން ވާހަކަ ދައްކަންށެވެ. ރޭގަނޑު މެންދަމާކަންވެސް އިހްސާސް ނުވާ ފަދައެވެ. ވާނީ ވެސް އެހެންތާއެވެ. މިއަދު އިހްސާސް ވަމުން ދަނީ އަބަދަށް ބޭނުންވާ ލޯތްބާއި އުފަލެވެ. ލޯބީގެ މުޅިން އައު ބާބެއް އެކުގައި ފެށުނު ކަހަލައެވެ.

ގަޑިއަށް ބަލާލެވުނީ ދެނެވެ. ދަންވަރު ތިންގަޑި ބައި ވަނީއެވެ. އަވަހަށް އަރާމު ކޮށްލާ ނިދާލާށޭ ބުނުމަށްފަހު އަޔާޒް ނިދަން އޮށޯތެވެ. މާޒީގެ ސޮފްހާތަކަށް ގަނޑުތައް އުކައުކާ އަޔާޒަށް އޮވެވުނީ އޭރު ކަންތައް ކުރެވުނު ގޮތާއި މެދު ލަދުގަނެ ދެރަވެފައެވެ. ނަމަވެސް އެކަން ތަކުރާރު ނުކުރުމަށް އަޔާޒު ހުރީ ކަނޑައަޅައިގެންނެވެ.

އައު ދުވަހަކަށް އިރު އެރީ ނުހަނު އަވަހަށެވެ. ވަރުބަލި ކަން ދިޔައީ އިހްސާސް ވަމުންނެވެ. އަޔާޒާއި އޮފީހުގެ ބައިވެރިން ރާއްޖެއިން ބޭރުގައި ތިބޭނެ ފަހު ދުވަސް ކަމުގައި ވުމުން އަޔާޒަށް ވަނީ މޮޅިވެރިކަން އިހްސާސް ވެފައެވެ. ނަވާފް ބުނެފައިވާ ހުރިހާ ތަނެއް ބަލާ ދިރާސާކޮށްވެސް ނިމުނީއެވެ. އޮފީހުގެ މަސައްކަތްތައް ވަގުތައް ނިމިފައި ވީނަމަވެސް އަޔާޒްގެ މޫނު މަތިން މިއަދު ހިނިތުންވުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ލޯބިވާ އަނބިމީހާ އާއި ދަރިފުޅާ ދުރަށް އަނެއްކާވެސް ދާން ޖެހޭތީއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އައީ އެއްވެސް ހާލެއްގައި ލީޒާ އާއި އިޒާނާއި ދިމާވާނެ ކަމުގެ ކުޑަވެސް އުއްމީދެއްގައެއް ނޫނެވެ. ފެންނަން ނެތް ކަމުގައި ވީނަމަވެސް އަޔާޒްގެ ހިތް ރޮމުން ދިޔައެވެ.

“އޭ އަޔާއްޓޭ ކީއްވެފަ؟ އަހަރެން މިއައީ ނަވާފް އަށް ގުޅާލާފައި. މިއަދު މެންދުރު ފަހު ފްލައިޓް އޮތީ.. ދެން މާ ގިނަ އިރެއް ނެތް. އަވަހަށް ސައިބޮއިގެން ރެޑީވާން ދޭ…” އަޔާޒް ކަނެއްގައި ނުތެދުވެ ދެ އަތުގެ ތެރެއަށް ބޯލައިގެން އިނުމުން މައިސަން އައިސް އޭނާއަށް ގޮވިއެވެ. އޭނާއަށް މިއަދު އަޅާނެ ވޭން އިހްސާސް ވިކަމުގައި ވީނަމަވެސް މައިސަން އަކަށް އަޔާޒްގެ މޫނަށް މިވަގުތު ހިނިތުންވެވޭނެ ގޮތެއް ހަދާކަށް ނޭނގުނެވެ. މައިސަން ކޮޓަރިން ނިކުތުމާއެކެ، އަޔާޒް ފޯނު ނެގިއެވެ. ލީޒާގެ ނަމްބަރު ޖަހާ ގުޅާލިއެވެ. ފޯނެއް ނުނަގައެވެ. ނިދާ ނުހޭލަނީ ކަމަށް ވެދާނެއެވެ. ހިތާމައިގެ ފުން އިހްސާސް ކުރެވެމުން ދިޔަ ނަމަވެސް ފޯނު ބާއްވާފައި އަޔާޒް އަވަހަށް ގޮސް ރީތިވެލިއެވެ. އެ ފުރިހަމަ ހަށިގަނޑު ފެންނަމުން ދިޔައީ ނުހަނު ތާޒާކޮށެވެ. ޔަގީނެވެ. އަދިވެސް އޭނާގެ ފަހަތުން އެތައް އަންހެން ކުއްޖެއް އުޅޭނެއެވެ. އެ ރީތި ލޮލާއި ފަން އިސްތަށިގަނޑާއި ފުރިހަމަ ހަށިގަނޑު ފެނި ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް ކަތިލާނެއެވެ.

ގަޑި ހިނގަމުން ދިޔައީ ނުހަނު ބާރަށެވެ. ހީވާ ކަހަލައެވެ. ގަޑި އެ މަސައްކަތް ކުރަނީ އަވަހަށް އަޔާޒް ފޮނުވާލެވޭތޯއެވެ. ޗެކިން އަށް އެއާޕޯޓަށް ދިހަގަޑި ބަޔަށް ދާން ޖެހޭއިރު އަޔާޒްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު ފަދަ ދެމައިން ބަލާ އޭނާއަށް އާދެވުމުގެ ކުރިން އަދިވެސް އެއްފަހަރު ފެނިލުމަށް އޭނާގެ ހިތް ދިޔައީ އެދެމުންނެވެ. ރޮމުންނެވެ. ނަމަވެސް މާގިނަ އިރަކު ދެން އިންތިޒާރުގައި އިނދެވޭކަށްވެސް ނެތެވެ. ސައިބޮއި އެއްޗެހިތައް ތައްޔާރު ކޮށް ނިމުނު އިރު ދިހައެއް ޖަހަނީއެވެ. އޭނާގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ. އަނެއްކާވެސް ފޯނު ނަގާ ލީޒާއަށް ގުޅާލެވޭތޯ މަސައްކަތް ކުރިއެވެ. މިފަހަރު ރިންގްވާ ގޮތް ވެސް ނުވިއެވެ. ފޯނު ވަނީ ނިއްވާލައިފައި ކަމަށް ބުނިއެވެ. އަޔާޒްގެ ހިތް މިލާ މޯޅިވިއެވެ. ހަދާނެ ގޮތް ހުސްވިއެވެ. ލީޒާގެ ގެއަށް ދާނެ ވަގުތެއް ވެސް ނެތެވެ. ބައިވެރިންނާއެކު އެއަޕޯޓަށް ދާ ގަޑިވެސް ޖެހުނީތީއެވެ. އިއްޔެރޭ އުފަލުން ފުރިފައިވީ ހިތް މިއަދު ދަނީ ރޮމުންނެވެ. އެހަނދާންްތައް އަބަދުމެ އަބަދަށް ހިތުގައި ބިންވަޅު ނެގިފައިވާނެއެވެ.

މާ ލަސްތަަކެއް ނުވެއެވެ. އެއާޕޯޓަށް ގޮސް ޗެކިން ވުމަށްފަހު ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެނިމުނީއެވެ. ބޯޓަށް އަރަން ދިޔައިރުވެސް އަޔާޒްގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ފަސް ގޮޑީގެ ބަރިތަކުން ފުރާލައިފައި ވާ ބޯޓަށް އަރާ އިށީންދެލި އިރު އަޔާޒް އިނީ ހުސްގޮޑި ތަކާ ދިމާލުގައެވެ. އެކަނި ވެލުމަށް އޭނާ އެދޭތީއެވެ. މައިސަން އަދި ޝިފާންވެސް ތިބީ އަޔާޒްގެ ހާލު ފެނި ދެރަވެފައެވެ.

“އަޔާޒް..” ކުއްލިއަކަަށް އޭނާގެ ކަންފަތުގައި ލީޒާގެ އަޑު ޖެހުނު ކަހަލަ އިހްސާސެއް ވިއެެވެ. އެއީ ހީވި ހީވުމެއް ކަމަށް ހިތާ އަޔާޒް އިސްއުފުލާ ބަލާލަން ވެސް ބޭނުން ނުވިއެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް އެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެ އަޑެއް ނޯޅޭނެއެވެ. އިސްއުފުލާ އަޔާޒް ބަލާލިއިރު ކައިރީ މިހުރީ ލީޒާއާއި އިޒާނެވެ. އަޔާޒަށް ލިބުނީ ކުއްލި ސިހުމެކެވެ. މައިސަނާއި ޝިފާން މަޑުމަޑުން ހެމުން ދިޔައިރު ލީޒާއަށްވެސް ހެވުނެވެ.

“ޓޭންކްސް ޓު ދެމް.. މީ އެމީހުންގެ ޕްލޭނެއް.. އެމީހުން ނަވާފާއި ވާހަކަ ދައްކާ އަހަރަމެންގެ ޓިކެޓް ހަމަޖެއްސީ އޯ.. ފޯނު ނުނެގީވެސް ނިއްވާލީވެސް ހަމަ އެ ޕްލޭންގެ ދަށުން.. ސަޕްރައިސް.. ދެން ލޯބި ދެރަނުވާތި.” އަޔާޒު ގާތު އިން ގޮޑީގައި އިށީނުމަށްފަހު ލީޒާ މަޑުމަޑުން އަޔާޒްގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އަޔާޒަށް އަސްލުވެސް އިނީ ހައިރާންކަމެއްގެ ތެރޭގައެވެ. އަސްލުވެސް އޭނާ ‘ސަޕްރައިޒް’ ވެއްޖެއެވެ. ކައިރީ ތިބި ރައްޓެހިންނަށް އޭނާ ބަލާލިއެވެ. އެ ދެމީހުންނަށް ޝުކުރުއަދާކުރާނެ ގޮތެއް އަޔާޒަށް ނުވެސް ވިސްނުނެވެ. އެ ފަދަ ހެޔޮ ރަހްމަތްތެރިން ލިބުމަކީ ކިހާ ބޮޑު ނަސީބެއް ހެއްޔޭވެ. މި ގައުމަށް އަންނަން ނަވާފްމެން ރޭވީވެސް ލީޒާ އުޅޭކަން ކަށަވަރުވީމަތާއެވެ. ހިތުގެ އަޑިން އެމީހުންނަށް އަޔާޒް ޝުކުރުގެ ބަސްތައް ރައްދުކޮށްދިނެވެ.

ބޯޓު ނައްޓާލުމަށް ގޮވާލީ އެވަގުތެވެ. އާއިލާ އެކުވީއެވެ. އަޔާޒްގެ މުޅި ދިރިއުޅުން އުޖާލާވެގެން ދިޔައީއެވެ. ބުނަން ނޭނގޭ ކަހަލަ އިހްސާސް ތަކެއް އަޔާޒަށް ދިޔައީ ކުރެވެމުންނެވެ. އެ ދެލޮލުގައި ޖަމާވެފައިވީ އުފަލުގެ ކަރުނަތަކެވެ. “ބައްޕަގެ ލޯބި އިޒް.. އާދޭ ބައްޕަގެ އުނގަށް. ދޫކޮށްނުދާތި އިނގޭ..އައި ލަވް ޔޫ” އޭނާގެ ދަރިފުޅު އުނގަށް ލަމުން އަޔާޒް ބުނެލިއެވެ. އެ ދެއަތުން އަޔާޒްގައިގައި ބައްދާލުން ވީ އަޔާޒަށް ލިބުނު ނުހަނު ބޮޑު އުފަލަކަށެވެ. އަޔާޒުގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ.

މާލެ ގޮސް އެންމެން އެކީ ކާންދާންވާނެ ކަމަށް އަޔާޒް އޭނާގެ ރަހްމަތް ތެރިން ގާތު ބުނެ އަދިވެސް އެއްފަހަރު ޝުކުރުގެ ބަސްތައް ރައްދުކުރިއެވެ. އެއަށްފަހު ލީޒާގެ މަޑު އަތްތިލައިގައި އަޔާޒް ހިފާލުމަށްފަހު ކަންފަތް ދޮށުގައި އޭނާގެ ލޯބީގެ ބަސްތަކެއް ބުނެލިއެވެ. ” އައި ސްޓިލް ލަވް ޔޫ އެންޑް އައި އޯލްވޭސް ވިލް. މަގޭ ދޫނި ދެން ނުދާތި” އެއާއެކު ބޯޓު އޭގެ މަންޒިލަށް ދާން ދަތުރު ފެށިއެވެ. އަޔާޒަށް ހުރިހާ އުފަލަކާއި ލޯބި ލިބުނު ފަދައެވެ. އުނގުގައި އިނީ ލޯބިވާ ދަރިފުޅެވެ. އަތުގައި ހަޔާތުގެ ރަންމުތެއް ފަދަ ބައިވެރިޔާ ހިފައިގެން އިން އިރު ކައިރީގައި އެންމެ ހިތްހެޔޮ ދެރަހްމަތް ތެރިން ތިއްބެވެ. އުފަލާއެކު އަޔާޒް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންޒިލަށް ދެވެންދެން އަރާމުުކޮށްލުމަށް އަޔާޒްވެސް އެހެން މީހުންނެކޭ އެއްފަދައިން މަޑުމަޑުން ލޯ މަރާލިއެވެ. އުފަލާއި ލޯބިން ފުރިގެންވާ ހިތަކާއި އެކުއެވެ.

(ނިމުނީ)

Share Article

Follow Me Written By

Fathimath Shamha

Level 1

Other Articles

Previous

ލޯތްބަށްޓަކައި

Next

ފަޅު ރަށް

Next
July 19, 2018

ފަޅު ރަށް

Previews
July 19, 2018

ލޯތްބަށްޓަކައި

3 Comments!

  1. shaan says:
    July 20, 2018 at 8:19 am

    nice storyy. keep it up. fesuneesure nimenden genes deneethii v v v bodae shukuriyaaaa ☺????????????

  2. Shai says:
    July 20, 2018 at 9:51 pm

    Mihen heyo nugenesdhinas.. december ga enme fahu part genessa iny… dhenves up kohbala nimendhen las nukoh…

    1. Fathimath Shamha says:
      July 21, 2018 at 12:00 pm

      Got caught up with many incidents in the family and life. Sorry for the late update. Next story will be updated daily insha allah. Thankyou for the thought and comment ??❤❤

Comments are closed.



All Right Reserved!