Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (14)

hattey Level 410 Stories100 Login100 Comments500 Login
July 19, 2018 6 Mins Read
22 Comments

ފާއިތުވިީީ މަދު މިނެޓްކޮޅެކެވެ. ރީޝާއާއި އާދިލް އެގޮތުގައި ތިއްބައި ކޮޓަރީީގެ ދޮރުމައްޗަށް މީހަކު އެރިހެން ހީވެގެން އެ ދިމާއަށް އާދިލް މޫނު އަނބުރައިލިއެވެ. ކުޑައިރުކޮޅަކު ދޮރާއި ދިމާއަށް ބަލަން ހުރެފައި މަޑުމަޑުން ރީޝާގެ ކޮނޑުގައި ހިފާލުމަށްފަހު އޭނާއާއި ދުރުކޮށްލިއެވެ. އޮހެމުން އައި ކަރުނައާއިއެކު ދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުރި އާދިލްގެ މޫނަށް ރީޝާ ބަލާލިއެވެ. އެއަށްފަހު ހައިރާންވެފައި ދޮރާއި ދިމާއަށް ރީޝާ ވެސް ނަޒަރު ހިންގާލިއެވެ. އެވަގުތު ރީޝާގެ ހިތަށް ހީވީ ޒަލްޒަލާއެއް އައިހެނެވެ. މޭފަޅާފައި ހިތް ބޭރަށް ނިކުތް ކަހަލަ އިހްސާސް އެއް އެވަގުތު ރީޝާއަށް ކުރެވުނެވެ. ޖެހިޖެހިފައި އޭނާގެ ހިތް ތެޅެންފެށީ އޮބިނޯންނަ ވަރަށެވެ.

ދޮރުމަތީގައި ރުޅިވެރިކަމާއިއެކު ރީޝާމެންނަން ބަލަން ހުރި ދާނިޝްގެ ގޮށްޖަހާލައިފައިވާ ބުމަޔާއި މުށްކެވި ފައިވާ އަތްތިލަ ފެނި ދާނިޝްގެ ފަރާތުން ވަރުގަދަ ހަމަލާއެއް އަންނާނެ ކަމާއިމެދު ރީޝާގެ ހިތުގައި ޝައްކެއް ނެތެވެ. މީގެ ދެ ހަފްްތާ ކުރިން ދާނިޝް ބުނި ޖުމްލަ ރީޝާގެ ހަނދާނަކުން ނުދެއެވެ. “ހުރި ނުލަފާކަން ބަލާބަލަ…އަހަރެންް ބުނީމެއްނު ދެން މިގެއަށް ކަލޭގެ ހިޔަނި އެޅުނަސް ދުވަސް ދުއްވާލާނަމޭ…” އައިސްފައި ހުރި ރުޅިމަތީގައި ކޮޓަރި ތެރެއަށް ދެތިން ފިޔަވަޅެއް އަޅާލުމަށްފަހު އާދިލްގެ މޫނުމަތީގައި އެތިފަހަރެއް ދާނިޝް އަޅުވާލިއެވެ. ވީތަދުން އާދިލްއަށް މޫނުގައި އަތްއަޅާލެެވުނެވެ. “ދެން މިގެއަށް ކަލޭ ވަދެފިނަމަ މިގެއިން ނުކުންނާނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު…ހަނދާންް ކުރާތި…!” އާދިލްގެ ގަމީހުގެ ގިރުވާނުގައި ހިފައި ބާރުކޮށްލަމުން ދާނިޝް މިހެން ބުނެ ކޮޓަރިން ބޭރަށް އާދިލް ހޫރުވައި ލިއެވެ. އެވަގުތު މުށިތައް މައްޗަށް ވެއްޓި ވީތަދުން އާދިލްއަށް ލޯ މަރައިލެވުނެެވެ. ދާނިޝްގެ އެއަމަލަށް ބަދަލު ހިފުމުގެ ޚިޔާލެއް ނެތި މުށިތައް މަތީގައި އަތްވިއްދާލުމަށްފަހު ކޮޅަށްތެދުވެ އެގެއިން ނިކުންނަން އާދިލް ހިނގައިގަތީީ ލަދުވެތި ކަމާއި މޮޅިވެތި އިޙްސާސެއް ކުރެވުނުު ހާލުގައެވެ.

ދާނިޝްގެ ދެވަނަ ހަމަލާ އައީ ރީޝާއަށެވެ. “ކަލޭ ތީ ހާދަ ލަދުހަޔާތްކުޑަ އަންހެނެކޭ…ލަދެއް ގަންނާނެ ގޮތެއް ވެސް ނޭނގޭޭ…ކަލޭ ހީކުރީީ ހިތުހުރިގޮތަަކަށް މިގޭތެރޭގަަ ތި ކުޅިގަނޑު ކުޅެވޭނެ ކަމަށްތަ…؟ނުވާނެ ތިކަމެއް…މީ ކަލޭމެންގެ އެންމެ ފަހު ދުވަސް…” ބަލާކަށް ނުހުރެ އެއްވެސް ރަޙުމެއް ނެތް ގޮތަކަށް ރީޝާގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލަަމުން ހިތަށްއައިހާ އެއްޗެއް ރީޝާއާއި ދިމާއަށް ދާނިޝް ކިޔާލިއެވެ. ރީޝާގެ ބޮލުގައި އަޅަމުންދިއަ ވޭނާއި ހިތަށް ކުރަމުންދިއަ އަސަރާއިއެކު ލޮލުން ފައިބަމުންދިއަ ލޭކަރުނައިން ދާނިޝްގެ ހިތަށް ކުރި އަސަރެއް ނެތެވެ. އެއްވެސް ހަމްދަރުދީީއެއް ކުލުނެއް އެ ހިތުގައި ރީޝާއަށްޓަކައި ނުވާފަދައެވެ. “ދެން އިތުރަށް މިގޭތެރެެ މުޑުދާރު ކުރާކަށް ކަލޭމެންނަކަށް ފުރުސަތެއް ނުދޭނަން…” ދާނިޝް އޭނާގެ ފަހު ޖުމްލަ ނިންމާލުމަށްފަހު އެނދާއި ދިމާއަށް ރީޝާ ހޫރުވައިލިއެވެ. އެނދުގެ އަރިމަތީީގައި ރީޝާގެ ނިއްކުރި ޖެހުމާއިއެކު ހޭނެތިގެން މުށިތައް މައްޗަށް ރީޝާ ވެއްޓުނީ ދާނިޝް ބަލަން ހުއްޓައެވެ. އެެހިނދު ދާނިޝްގެ ހިތް ގުޑައިގަތެވެ. ހިތަށް ބިރުވެރިކަން ވަނީ ކީއްވެ ކަމެއް ޚުދު އޭނައަށް ވެސް ނޭގެއެވެ. ގަދަ ރުޅިއާއިއެކު ކެކިކެކި ހުރި ދާނިޝްގެ ލޭގެ ހޫނުކަން ތެތްކަމަށް ބަދަލުވެގެން ދިއެވެ. ގަބުވެފައި އިރުކޮޅަކު މެރިފައިވާ ރީޝާގެ ދެލޮލަށް ބަލަންހުރެފައިި ރީޝާއާއި ދިމާއަށް ދާނިޝް ހިނގައިގަތެވެ. ހިތުގައި އެތައް ސުވާލެއް ވީީއިރު ނިތުގައި އެތައް ދާތަކެއްވިއެވެ. މުޅި މީހާ ހާސްވާގޮތްވެެ ހަށިގަނޑުގައި ތުރުތުރު އަޅާގޮތް ވިއެވެ.

“ރީޝާ…!” ވެއްޓިފައިއޮތް ރީޝާގެ ބޯ ހިއްލާލަމުން މަޑުމަޑުން ރީޝާއަށް ދާނިޝް ގޮވާލިއެވެ. މެރިފައިވާ ރީޝާގެ ލޯ ހުޅުވައިލައިތޯއެވެ. އެއިރު ރީޝާގެ ނިއްކުރި ފަޅައިގެންގޮސް ހޯސްލާފައި ލޭ އޮހޮރެމުންދިއެވެ. ރީޝާގެ މޫނުގައި ހިފާލި ވަގުތު ދާނިޝްގެ އަތްްވެސް ލެއިން ތެމުނެވެ. ބޭއިޚުތިޔާރުގައިި ރީޝާއަށް ދެވަނަފަހަރަށް ދާނިޝް ގޮވާލިއެވެ. އެ އަޑުގައި ރިހުން އެކުލެވިފައިވީ އިންތިހާއަށެވެ. ރުޅިވެރިކަމާއި ނުރުހުމުގެ ބަދަލުގައި މިހާރު ދާނިޝްގެ ލޮލުގައި ވަނީ ކަރުނައެވެ. ނަފުރަތުގެ ބަދަލުގައި މިހާރު އެ ހިތުގައި ވަނީ އިޙްސާންތެރިކަމެވެ. “ރީޝާ..! ރީޝާ..!” ދާނިޝްގެ އަޑު ބާރުވެގެންދިއެވެ. ގިސްލުން ރުއިމަށް ބަދަލުވެގެންދިއެވެ. އެއަޑު ކަންފަތުގައި ޖެހުމާއިއެކު ނިދިފައިއޮތް ވަސީމާއަށް ހޭލެވިގެން އެ ކޮޓަރިއަށް ދުވެފައި އައިސް ވަނެވެ. “މާތްކަލާކޯ…ކިހިނެއްވެފަ މިއޮތީ ރީޝާއަށް…؟ މީ ކިހިނެއްވިި ކަމެއް..؟” ވަސީމާގެ ލޮލުގައި ރީޝާ އަޅައިގަތުުމާއިއެކު އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ރީޝާއޮތްހާލު ފެނިފައި ވަސީމާގެ ސިކުނޑި ސުވާލުތަކުން ފުރުުނެވެ. އެ ސުވާލުތައްް އެއްފަހަރާ ދާނިޝްއާއި ކޮށްލިއެވެ. ނަމަވެސް ދާނިޝްގެ ދުލަކު ޖަވާބެއް ނެތެވެ. އޭނާގެ އަނގައިން ބަސް ހުސްވެފައި ވާކަހަލައެވެ.

ވަސީމާގެ އެދުމާއިއެކު ދާނިޝް ރީޝާ ހޮސްޕިޓަލަށް ގެނައެވެ. އޭރުވެސް ރީޝާ އޮތީ ހޭނެތިފައެވެ. ރީޝާއަށް ހޭވެރިކަންވީ ހޮސްޕިޓަލަށް ގެނައިތާ ބައިގަޑީރު ފަހުންނެވެ. ލޯ ހުޅުވާލެވުމާއި އެކު ފުރަތަމަ ވެސް ރީޝާއަށް އަތްޖައްސާލެވުނީ އޭނާގެ ނިއްކުރީީގައެވެ. އެއިރު އޭނާގެ ނިއްކުރިިއަށް ލިބުނު ޒަޚަމްް, ހުދު ބެންޑޭޖް ގަނޑަކުން ފޮރުވާލަައިފައި ވެއެވެ. މަޑުމަޑުން ބޯ ހިއްްލާލަމުން އެނދުން ތެދުވަން އުޅުނު ވަގުތު ރީޝާއޮތް އެނދާއި ދާދިކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެންް އިން ދާނިޝް ގޮނޑިން ތެދުވެ ރީޝާއަށް އެހީތެރިވާާން އުޅުނެވެ. ނަމަވެސް.. ދާނިޝްގެ އެހީއެއް ބޭނުން ނުވާކަމަށް އަތުގެ އިޝާރާތުުން ރީޝާ ބުނެލިއެވެ. ރީޝާ ބަލައިގަތީީ އެވަގުތު އެ ރޫމްގައި ހުރި ނަރުހެއްގެ އެހީތެރިކަމެވެ.

އެކަނިމާއެކަނި ހުރެ އާދިލް ގިސްލަމުން ގެންދިއެވެ. އެއްތަދު ނުފިލަނީސް އަނެއްތަދު އިޙްސާސް ކުރަން ޖެހުނީ ވޭނާއި އެކުގައެވެ. ދާނިޝްގެ އަމަލުން އާދިލްގެ މޭގައި އަޅަމުން ދިއަ ރިހުން އިތުރުވިއެވެ. ޙަޤީޤަތް ދާނިޝްއަށް އޮޅިފައިވާތީ އާދިލްގެ ހިތްް ނުތަނަވަސްވެފައި ހުއްޓެވެ. ދާނިޝްއަށް ހުރިހާ ޙަޤީޤަތެެއް ބުނެދޭން އޭނާ ބޭނުންވިިއެވެ. ނަމަވެސް އެ ޙަޤީޤަތް ދާނިޝްްއަށް ހާމަ ނުކުރުމަށް ރީޝާ އެދިފައިވާތީ އެކަން ކުރަން އާދިލް ފަސްޖެހުނެވެ.

ގާތްގަނޑަކަށް ދެތިން ގަޑިއިރު ތެރޭ ރީޝާ ގެއަށް ދޫކޮށްލެވުނެވެ. ރީޝާމެންގެ އިންތިޒާރުގައި ސޯފާގައި އިށީނދެލައިގެންް ވަސީމާ އިނެވެ. އެހެން އިންއިރު ރީޝާއަށް ދެރަގޮތެއް މެދުވެރި ނުކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާ ކޮށްލަކޮށްލަައި އިނެވެ. ރީޝާ ފެނުމާއިއެކު ވަސީމާގެ ލޯ ތެމުނެވެ. ސޯފާއިން ތެދުވެގެން ގޮސް ރީޝާއާއި ވަސީމާ އޮޅުލައިގަތެވެ. ވަސީމާއަށް ހަނާގެ މަރުގެ ހިތްދަތި ކަމުގައި އުޅެން ޖެހުނުގޮތް އޭނާގެ ހިތަކުން ނުފިލައެވެ. ހަމައެހެންމެ ހަނާފަދައިން ރީޝާވެސް ވަސީމާއަށް އޯގާތެރި ވެފައިި އަދަބު އިޙްތިރާމް އަދާކުރެެއެވެ. ރީޝާގެ ހިތްހެޔޮކަމާއި އެހީތެރިކަން ވަސީމާގެ ހަނދާނުގައި ހަރުލައި ހުރިއިރު ބަލިވެގެން ތަންމަތީީގައި ވަސީމާ އޮންނަން ޖެހޭ ދުވަސް ތަކުގައި ރީޝާގެ ފަރާތުުން ލިބޭޭ އަޅާލުމާއި އެހީތެރިކަން އޭނާގެ ހަނދާނަކުން ނުދެއެވެ. އެހެންކަމުން ހަނާދެކެ އުފަންދަރިއަކު ފަދައިން ލޯބިވީގޮތަށް ރީޝާދެކެވެސް ވަސީމާ އުފަންދަރިއަކު ފަދައިން ލޯބިވެއެވެ.

“އެކަމަކު…ރީޝާއަށް ތިވަރުގެ އަނިޔާއެއް ލިބުނީ ކިހިނެއް…؟” ހިތުހައި އުފެދުުނު ސުވާލެއް ވަސީމާ ރީޝާއާއި ކޮށްލިއެވެ. ރީޝާއަށް އެ އަނިޔާ ލިބުނީ ކިހިނެއްކަން އެނގެން ވަސީމާ ބޭނުންވިއެވެ. އެހެނަސް..ވަސީމާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ރީޝާއަކަށް ނުވިސްނުނެވެ. ހަޤީގަތް ހާމަކުރަަން އޭނާ ޖެހިލުންވިއެވެ. ވަސީމާގެ ހުރި ހަމައެކަނި ދަރިފުޅު ދާނިޝްއަކީ އަނިޔާވެރިއެކޭ ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ރީޝާގެ އެއްފަރާތުުގައި ހުރި ދާނިޝްއަށް ކަތި ނަޒަރުކުން ބަލާލުުމަށްފަހު ކޮޓަރިއަށް ވަންނަން ރީޝާ ހިނގައިގަތެެވެ. އެއާއިއެކު ވަސީމާގެ ހިތުގައި އުފެދުނު ސުވާލުތައް ގިނަވިއެވެ. ޝައްކުގެ ނަޒަރަކުން ދާނިޝްއާާއި ދިމާއަށް ވަސީމާ ބަލާލިއެވެ. “ރީޝާއަށް އެ އަނިޔާ ލިބުމުގެ ސަބަބަަކީ ދަރިފުޅުތަ…؟” ދާނިޝްއަށް ބަލަން ހުރެފައި ވަސީމާ އަހާލިއެވެ. ވަސީމާގެ އެ ސުވާލުން ދާނިޝްއަށް ސިހުމެއް ލިބުނެވެ. އެ ސުވާލަށް ދާނިޝްއަކަށް ވެސް ޖަވާބެއް ނުދެވުނެވެ. ދާނިޝްއަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހާލުމެެވެ. ދާނިޝްގެ އެ ހަރަކާތްް ވަސީމާއަށް ފުދުނެވެ. ވަސީމާގެ ސުވާލަށް ޖަވާބު ލިބުނު ކަހަލައެވެ. ހުރިހާ ކަމެއް އެއްވެސް ފަރުދާއަކާއި ނުލައި ވަސީމާއަށް އެނގިގެންދިއަ ފަދައެވެ.

“މަންމަ ދަރިފުޅަށް އެކަހަލަ ތަރުބިއްޔަތެެއް ނުދެން…ދުވަހަކުވެސް މީހަކަށް އަނިޔާވެރި ވުމަކަށް ނަސޭހަތެެއް ނުދެން…އެއްބާރުލުމެއް ވެސް ނުދެން…ރޭގަނޑު ހަތަރުދަމު ލޮލުފިޔައެއްހާ ހިސާބުވެސް ޖަހައިނުލައި ދަރިފުޅު ބަލާބޮޑުކުރީީ އަނިޔާވެރިއަކަށް ވާތަން ދެކޭކަށް ނޫން…މަންމަ އަބަދުވެސް ދަރިފުޅަށް ދިނީ ރަނގަޅުު ހެޔޮނަސޭހަތް…އުޅެން ދަސްކޮށްދިނީީ ހެޔޮލަފާ ރަނގަޅު އިންސާނެއްގެ ގޮތުގަ…އެކަމަކު…މަންމަ ދިން ނަސޭހަތާާއި ދެއްކި ރަަނގަޅު މަގުން ދަރިފުޅު މިއަދު ތިހުރީ ކައްސާލާާފަ…” ކަރުނައާއިއެކު ވަސީމާ ވާހަކަ ދައްކަމުންދިއެވެ. ތަރުތީބު މަގުން ތަރުބިއްޔަތު ކުރި ދަރިފުޅު މިއަދު އަނިޔާވެރިއަކަށް ވެފައިވާތީ ވަސީމާގެ ހިތުގައި ޖެހުނެވެ. “މަންމައަކަށް ނޭގޭނެ ރީޝާގެ ހަޤީގަތެެއް..އެއީ..” ދާނިޝް އޭނާގެ ދިފާޢުގައި އެއްޗެއް ބުނަން އުޅުނެވެ. ވަސީމާއަށް ސިއްރުވެފައިވާ ހަޤީގަތް ކިޔައިދޭން ދާނިޝް މަސައްކަތް ކުރިއެވެ. ނަމަވެސް…އޭނާގެ ވާހަކަ ފެށުމުގެ ކުރިން ނިމުމަކަށް ވަސީމާގެ ހަރު އަޑުން ގެންނުވިއެވެ.

“ހުއްޓާލާ…! ރީޝާގެ ހަޤީގަތް މަންމައަށް ދަރިފުޅު ކިޔައިދޭން އުޅޭނެކަމެއް ނެތް…ރީޝާގެ ހުރިހާ ހަޤީގަތެެއް ވެސް މަންމައަށް އެނގޭ…އެއީ ކެހިވެރި މަކަރުވެރިއެއް ނޫން…އެއީ އިޙްސާންތެރި ހެޔޮލަފާ އިންސާނެއް…އޯގާތެރިކަންް ދަންނަ ތެދުވެރި އަމާނާތްތެރިއެއް…އެކަން ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެ…ހިތާމައަކީ ދަރިފުޅަށް އެވަރު ނޭނގުނުކަން…ރީޝާގެ ރަނގަޅުކަން ދަރިފުޅަށް ނުވިސްނުނުުކަން…” އަޑަށް ބާރުލާފައި ރީޝާގެ ހައްޤުގައި ވަސީމާ ވާހަކަ ދައްކަންފެށިއެވެ. ވަސީމާއަށް ރީޝާގެ ފަރާތުން ފެނުނު ސިފަތައް ދާނިޝްއަށް ހާމަކޮށްލިއެވެ. ފަހަރެއްގައިވެސް ރީޝާއަކީ ނުރަނގަޅު އާދައެއް ހުރި މީހެއް ކަމަށް ވަސީމާ ޤަބޫލު ނުކުރާކަން ވެސް ހާމަކޮށްލިއެވެ. “ރީޝާއާއި ދޭތެރޭ ދަރިފުޅު އެއްވެސް ފަރުވާއެއް ނުބަހައްޓާާކަން މަންމައަށް ސިއްރުވެފައެއްް ނެތް… ދަރިފުޅުގެ ހިތުގަ ރީޝާއަށްޓަކައި ވަނީ ހަމައެކަނި ނުރުހުމާއި ނަފުރަތުކަން މަންމަ ދެނަހުރިން…އެކަމަކު…އެއިން އެއްވެސް ކަމަކާއި ނުބެހި މަންމަ ހުރީީ ދަރިފުޅަށް އެއްޗެއް ވިސްނޭތޯ…ރީޝާއަށް ޙައްޤުވަނީ ނަފުރަތު ނޫންކަން ދަރިފުޅަށް ވިސްނޭތޯ…އެކަމަކުވެސް މިއަދާއި ހަމައަށް އައިއިރު ވެސް ރީޝާގެ ފަރާތުން ދަރިފުޅަށް ފެނުނު ރަނގަޅުކަމެއް ނެތް…ހަނާޝްގެ ޙައްޤުގައި ރީޝާ ވީ ޤުރުބާނީ ދަރިފުޅަކަށް ނުފެނުނު…ހަނާޝްގެ ފުރަތަމަ ނޭވާއާއިއެކު ހަނާޝްގެ ހުރިހާ ކަމާކާއި ރީޝާ ހަވާލުވި…މިއަދު ދަރިފުޅުގެ އެ ކުޑަދަރިފުޅަށް އަހަރެއް އެ ފުރުނީ ރީޝާގެ އޯގާތެރިކަމާއި އަޅާލުން ލިބިލިބި ހުރި ހާލުގަ…ދަރިފުޅަށް އެ މަންޒަރު ނުފެނުނަސް މަންމައަށް އެ މަންޒަރުތައް ވަންހަނާ ވެފައެއް ނެތް…ރީޝާއަކީ ވިޔާނުދާ އަންހެނެއް ކަމަކަށް ދުވަހަކުވެސް މަންމަ ޤަބޫލެއް ނުކުރާނަން…” އެތައް ދުވަހަކު ހިތުގައި ފޮރުވައިގެން ހުރި އިޙްސާސްތައް ވަސީމާ ބޭރުކޮށްލިއެވެ. ރީޝާގެ ރަނގަޅު އާދަތައް ފެނި އެކަންތައް ހެޔޮހިތުން ވަސީމާ ވަނީ ބަލައިގަނެފައެވެ. ހަމައެހެންމެ ރީޝާއަށްޓަކައި ދާނިޝްގެ އަމަލުތައް ބެހެއްޓި ގޮތާއި މެދު ޝަކުވާއެއް ނުކޮށް ހުރީ ކޮންމެެސް ދުވަހަކުން ދާނިޝްގެ ހިތުގައި ރީޝާއަށްޓަކައި އުފެދިފައިވާ ނަފުރަތުގެ އަލިފާން ނިވިގެންދާނެ ކަމުގެ އުއްމީދު ކުރެވުނު ހާލުގައިިކަމަށް އޭނާ ބުނެލިއެވެ. “ރީޝާއާއި ދޭތެރޭ ދަރިފުޅުގެ ހިތުގަވާ ކިލަނބުކަން ނުފިލާހާހިނދަކު މަންމަގެ ކުރިމައްޗަށް ދެން ނާންނާތި…!” ވަސީމާ މިހެން ބުނެ އޭނާގެ ކޮޓަރިއައި ދިމާއަށް ހިނގައިގަތެވެ. ވަސީމާގެ އެ ޖުމްލައިން ދާނިޝްގެ ހިތުގައި ޖެހުނެވެ. ރީޝާގެ އަސްލު ޙަޤީޤަތް މަންމައަކަށް ނޭގެއޭ އޭނާ ހިތާހިތުން ކިޔާލިއެވެ.

“އަހަންނަށް ވަރަށް ކެތްކުރެވިއްޖެ…އެކަމަކު ދެން އަހަންނަކަށް ކެތެއް ނުވާނެ…ދާނިޝްގެ ނަފުރަތާާއި ކުރިމަތިލާނެ ހިތްވަރެއް މިހާރު އަހަރެންގެެ ގަޔަކު ނެތް…އަހަރެން ވަރުބަލިވެއްޖެ…” ދާނިޝް ކޮޓަރިއަށް ވަނުމާއިއެކު ދާނިޝްގެ މޫނަށް ބަލަހައްޓައިގެން ހުރެ ރީޝާ ބުނެލިއެވެ. “މިހުރިހާ ދުވަހު އަހަރެން ކެތްކޮށްގެން މިހުރީ ހަނާޝްއަށްޓަކާ…ހަނާޝްދެކެ އަހަރެން އިންތިހާއަށް ލޯބިވަން…އެކަމަކު ދާނިޝްއާއި އެއްފުރާޅެއްގެ ދަށަކު ދެން އަހަންނަކަށް ނޫޅެވޭނެ…” ލޮލުން ކައްސާލި ކަރުނަތިކި ފޮހެލަމުން ރީޝާގެ ހިތުގައި ފޮރުވިފައިވާ ތަކުލީފު ތަކާއި އުދާސްތައް ހާމަކޮށްލިއެވެ. އެހުރިހާ ދުވަހު ދާނިޝްގެ ރުޅިވެރިކަމާއި ނަފުރަތުން ލިބުނު ހިތްދަތިކަމަށް ކެތްކުރީ އެއްއަހަރުވީ ހަނާޝްއަށްޓަކަައި ކަމަށް ބުނެލިއެވެ. “މިހުރިހާ ދުވަސް ވީއިރު ދުވަހަކުވެސް އަހަރެންް ދާނިޝްގެ ފަރާތުން ކަމަކަށް ނޭދެން…އެކަމަކު މިއަދު އަހަރެން ދާނިޝްގެ ފަރާތުން ކަމަކަށް އެދެން ބޭނުން…ހަމަ އެންމެ ކަމަކަށް އެދެން ބޭނުން…އަހަރެން…އަހަރެން މިނިވަންކުރޭ…!” ރީޝާގެ ފަހު ޖުމްލައިން ދާނިޝްއަށް ސިހުން ގެނުވިއެވެ. ހިންދިރުވާާލަން އުނދަގޫވިއެވެ. އެނދުމަތީގައި ނިދައިފައިއޮތް އޭނާގެ ކުށެއްނެތް ދަރިފުޅަށް ބަލާލި ވަގުތު ދާނިޝްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ރީޝާ ދިއުމުން ހަނާޝްއަށް ވާނެގޮތަކާއި މެދު ހިތަށް އަރުވަން ދާނިޝް ޖެހިލުންވިއެވެ. އެ ކުޑަކުޑަ ހަނާޝްއަށް ވިސްނިފައިވާ ގޮތުގައި ރީޝާއަކީ އޭނާގެ މަންމައެވެ. ރީޝާދެކެ ހަނާޝް ނުހަނު ލޯބިވެއެވެ. މިކަން ދާާނިޝްއަކަށް އޮޅިފައެއްް ނެތެވެ. ކަންމިހެން އޮތްއިރު ރީޝާގެ އެ އެދުން ފުރިހަމަކޮށްދޭން ދާނިޝް ޖެހިލުންވިއެވެ. އޭނާގެ ސިކުނޑި އެކަމަށް ހުރަސްއަޅަން ފެށިއެވެ. ނަމަވެސް ތަކުރާރުކޮށް އެކަމަށް ރީޝާ އެދުމުން އެންމެފަހުން ދާނިޝް ރީޝާ މިނިވަންކުރިއެވެ. އެއްވެސް މާނައެއް ނެތް އެ ކައިވެނީގެ ގޮށް ދެ ލަފުޒުން މޮހެލިއެވެ. ދާނިޝްގެ ދުލުން ބޭރުކުރި އެ ދެ ލަފުޒުން ރީޝާގެ ހިތަށް ތީރެއް ހެރުނު ފަދައެވެ. އެކަން ހިތުތެރޭގައި ފޮރުވާލި ނަމަވެސް އޭނާގެ ލޯ އެކަން ސިއްރުވިއަކަ ނުދިނެވެ. މުތީތަކެއްހެން ހޯސްލާފައި ލޮލުން ފޭބިި ކަރުނަތައް އޭނާގެ ކޯތާފަތް ތެންމާލިއެވެ. ލަސްތަކެއްނުވެ ކޯތާފަތް ފުހެލުމަށްފަހު ހަނާޝްގެ މޫނަށް ކަޅިޖަހައި ނުލައި ތެމިފައިވާ ލޮލުން އިރުކޮޅަކު ބަލަން ހުރެފައި ރީޝާ އޭނާގެ ކައިރީގައި ހުރި ފުރޮޅުލީ ފޮށީގެ އަތްގަނޑުގައި ހިފައި މައްޗަށް ހިއްލާލައިފައި ފޮށި ދަމާލަަމުން ކޮޓަރިން ބޭރަށް ނިކުތެވެ.

ރީޝާ ދިއުމުން މަޑުމަޑުން ގޮސް އެނދުގައި ދާނިޝް އިށީނެވެ. ފާއިތުވި ގަޑިއިރު ތެރޭގައި ހިނގައިދިއަ ކަންތައްތައް ދާނިޝްގެ ލޯމަތިން ސިފަވާންފެށިއެވެ. ކުށްވެރިއަކީ ހަމައެކަނި އޭނާ ނޫންކަން ހިތާހިތުން ދާނިޝް ކިޔަމުން ގެންދިއެވެ. އެހެނަސް އެ ހުރިހާ ކަމެއްގެ ސަބަބުން ދެރަ ލިބުނީ އޭނާގެ ދަރިފުޅަށޭ ދާނިޝްގެ ހިތަށްއެެރި ވަގުތު އޭނާގެ ހިތް ކުދިކުދި ވާވަރުވިއެވެ. ނިދައި ހޭލާއިރު ކައިރީގައި ރީޝާ ނެތްނަމަ ހުއްޓައިނުލައި ހަނާޝް ރޯނެކަން ދާނިޝްއަށް ޔަޤީންވެއެވެ. ރީޝާ ނޫން މީހަކަށް ހަނާޝްގެ ރުއިން މައިތިރި ކުރުމަކީ އުނދަގޫ ކަމެއްކަން އޭނާއަށް އޮޅިފައެއް ނެތެވެ. ދާނިޝްގެ ސިކުނޑި ސުމަކަށްދާވަރު ވިއެވެ. ކުރާނީ ކީއްބާއޭ އޭނާގެ ހިތަށްއެރިއެވެ. އެ ޚިޔާލު ތަކާއިއެކު ދާނިޝްގެ ހަނދާނަށް ހަނާއައެވެ. ހަނާ ދުނިޔޭގައި ހުރިނަމައޭ އޭނާގެ ހިތަށް އެރި ވަގުތު ކަރުނައިން ލޯ ފުރި ބަންޑުންވިއެވެ. އިރުކޮޅަަކު ޚިޔާލުތަކުގައި ހުރެފައި އެނދުން ތެދުވެ އަލަމާރި ހުޅުވާލުމަށްފަހު ހަނާގެ ހަނދާންތައް ރައްކާކުރެވިފައިވާ ފޮޓޯއަލްބަމް ހޯދާލަން އަލަމާރިގެ ވަތްތައް ހާވަން ފެށިއެވެ. އެވަގުތު ދާނިޝްގެ ނަޒަރު ގޮސް ހުއްޓުނީ މަޑުފެހިކުލައިގެ ކަރުދާހުން ޒީނަތްތެރި ކޮށްފައިިވާ ފޮތަަށެވެ. އެ ފޮތުގެ ބޭރުގައި ހަނާގެ ނަން ފަވާލެވިފައި ވިއެވެ. ހައިރާންވެފައި ދާނިޝް އެ ފޮތް ނަގައި އޭގަށް ރީއްޗައް ބަލާލިއެވެ. ގޮތް ނޭނގޭ އެފޮތުގެ ހަޤީގަތް ދެނެގަންނަން އޭނާގެ ހިތް ކިޔާލިވަރުން ފޮތް ހިފައިގެން އެނދުގައި އިށީނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 25

Next

ކުށަކީ ކޮބާ؟ (6)

Next
July 19, 2018

ކުށަކީ ކޮބާ؟ (6)

Previews
July 19, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 25

22 Comments!

  1. Hajja says:
    July 19, 2018 at 7:18 pm

    Mi story vvv reethi.. next part annandhen v inthizaaruga huree…

    1. hattey says:
      July 19, 2018 at 7:58 pm

      Thanksssss….

  2. Lovely says:
    July 19, 2018 at 7:26 pm

    Ohh wow…. dhen kihinehbaa vaanee…. v nice.. when next part… avahah upkohladhehcheyy

    1. hattey says:
      July 19, 2018 at 8:02 pm

      Thanksss..In sha allah.

  3. No one says:
    July 19, 2018 at 7:51 pm

    Omg… Can’t wait to read the next part… Vr nice mi part..maasha allah.♥️♥️

    1. hattey says:
      July 20, 2018 at 4:41 pm

      Thanksss..??

  4. Bell says:
    July 19, 2018 at 9:55 pm

    Mi parts ves hama habeyss??????

    1. hattey says:
      July 20, 2018 at 4:43 pm

      Thanksss…?

  5. maya says:
    July 19, 2018 at 10:45 pm

    am 3rd dhw..alhey haaadha reychey..hattey u r awesome…heart touching…masha allah

    1. hattey says:
      July 20, 2018 at 12:05 am

      Yeah…thanksss Maya..❤❤❤

  6. naash nashaya says:
    July 20, 2018 at 10:08 am

    varah heart touching story eh……mi part annandhen varah inthizaaru kuran jeheunu…….but this is an awesome story…..maasha allah …..keep up ur good work….when next part???avahah up kolla dhehcheyy plx….

    1. hattey says:
      July 20, 2018 at 4:38 pm

      Oh..thanksss….In Sha Allah.. next part v avahah up kohdheveytho try kuraanan..

  7. Maya says:
    July 20, 2018 at 11:15 am

    Masha Allah varah reethi mi part vs ✌✌??
    Keep it up
    Plxxx avahah up kohdheethi !!!.!!!!

    1. hattey says:
      July 20, 2018 at 4:44 pm

      Thanksss…In Sha Allah…

  8. Aabhy says:
    July 20, 2018 at 6:24 pm

    wow.. haadha reehchey.. mibai ves.. hama rangalhah rovijje… avahah next part up kolla dheeba

    1. hattey says:
      July 21, 2018 at 6:27 am

      Thank youuu…

  9. unique says:
    July 20, 2018 at 8:01 pm

    vvv reethi but vv dhera reeshaa ah dhimaavi goih………. dhaanish haadha bad ey dhw…. but im sure that he’ll understand one day

    1. hattey says:
      July 21, 2018 at 6:34 am

      Thanksss… Yeah I agree…let’s see dho..

  10. Naushin says:
    July 20, 2018 at 11:58 pm

    V v reethi mi vaahaka…v v interesting.. keep it up..

    1. hattey says:
      July 21, 2018 at 4:38 pm

      Thanksss..

  11. Aana nifu says:
    July 22, 2018 at 10:45 am

    Hattey haadha salhiey hama rovijje.aneh bai avas kollaba.v kiyaahithun meenee.

    1. hattey says:
      July 22, 2018 at 8:24 pm

      Thankssss Aana nifu..❤❤..15 vana bai innaany submit kohfa..

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (15)←


All Right Reserved!