Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…15

މުތާ/ ސ.ހިތަދޫ Level 210 Stories
April 14, 2014 7 Mins Read
11 Comments

”މަންމާ…” ފާޚަނާއިން ނިކުތް ރޫޔާއަށް މައިމޫނާ ފެނުމާއެކު ބުނަލެވުނެވެ. މަންމަގެ މޫނު ބަނެވެފައި ވުމުން ސުވާލުމާކު ތަކުން ސިކުނޑި ހާސްކޮށްލައިފިއެވެ. ދެވަނަ ސިކުންތުގައި އޭނައަށް އަވަސް ނޭވަތަކެއް ދޫކޮށްލެވުނެވެ. އޭނަގެ ފޯނު އެއޮތީ މަންމަގެ އަތުގައެވެ. ޒަލަފްގެ ފޯނު ކޯލެއް އައީ ހެއްޔެވެ؟ ރޫޔާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ހިންދިރުވާލެވުނު ހިނދު ދެލޯބޮޑުކޮށްލެވުނެވެ. ދާހިތްލަން ވެސް ފަށައިފިއެވެ. އޭނަގެ ދުވަސް ދިޔައީއޭ ހިތަށް އެރިއެވެ.

”އަން، ރޫޔާގެ ބައްޕަ އެބަގުޅާ….” މައިމޫނާ ފޫހި ރާގަކަށް ބުނެލިއެވެ. ރޫޔާއަށް ފުންނޭވޭއެއް ދޫކޮށްލެވުނެވެ. ލިބުނު ހިތްހަމަޖެހުމާއެކު މޫނު އަލިވެގެން ދިޔައެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ފޯނު އަތުލިއެވެ. އޭރު ފޯނު ރިންގްވާން ފެށިއެވެ. ރޫޔާ ފޯނު ނަގަމުން މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. އަރުތެރެ ހިކިފައިވުމުން އައިސް ފެންފޮދެއް ބޯލުމަށެވެ.

”ތަންކޮޅެއް އަވަހަށް ތިފޯންކޯލް ފިންމާލާފަ އަންނަނާތި، އަހަރެން ބޭނުން އުމޭއަށް ގުޅާލަން…” ކޮޓަރިން ނިކުންނަން ދިޔަ ރޫޔާ ފަސްއެނބުރި ބަލާލިއެވެ. ”އަދިވެސް ފޯނެއް ނުގަންނަނީތަ؟…” ރޫޔާއަށް އަހާލެވުނީ ހައިރާންކަމާއެކުގަ އެވެ.

”ބުނި ކަންތައް ކޮށްބަލަ….” މައިމޫނާ އަމުރުކޮށްލިއެވެ.

މައިމޫނާ އިންތިޒާރުކުރަމުން ދިޔައީ ރޫޔާ އަންނާނެ އިރަކަށެވެ. އުމެއިރާއާ ވާހަކަދައްކަން ބޭނުންވެފައިވަނީ އިންތިހާއަށެވެ. އުމެއިރާގެ އެހީލިބިއްޖެނަމަ ކާމިޔާބު ލިބޭނީ އޭނައަށެވެ. ގިނަ އިރުވާން ފެށުމުން މައިމޫނާގެ ސިނގުރުޅިގަނޑު ހިލުނެވެ. ހިތާހިތުން ކުދިވެސް ކިޔާލިއެވެ.

‘އެއްގަޑިއިރު ނަގާތަ އޭނައާ ވާހަކަ ދައްކަން؟…. ކީކޭތަ އޭނަ ބުނީ؟….” ފޮތްހަރުގަނޑު ކައިރީގައި ހުރި މައިމޫނާއަށް ރޫޔާގެ ފިޔަވަޅުތަކުގެ އަޑުއިވުމުން އަހާލެވުނެވެ. ”ބައްޕަ މާލެއައި ވާހަކައާއި މިރޭ ދޭކެއުމަށް އަންނާށޭ ބުނަން ގުޅީ….” ރޫޔާ ޖަވާބު ދިނެވެ.

”ގޮސްގެން ނުވާނެ، ރޫޔާ ނުޖެހޭނެ އެހަންޑިގަނޑު ރީމާ އުޅޭ ގެއަށް ދާން، އެއްފަހަރުވެސް ހަނދާން ނައްތާނުލާތި ދަވްލާހް އަހަރެން ވަރިކޮށްލީ އެއަންހަނާގެ ސަބަބުންކަން… އޭނަ ދުވަހަކު ވެސް ރޫޔާއަކަށް ހެވެއް ނޭދޭނެ، ކާއެއްޗިއްސަށް ޒަހަރުލާފަ ރޫޔާ މަރާލަން ވެގެން އޭނަ ޕްލޭން އެކުރަނީ، އޭނަ ހީކުރީތަ އަހަރެންމީ ގަމާރެއްކަމަށް؟، ހުއް ކުޅިދައްކާލާނަން!……..” މައިމޫނާ އެކަމަށް ހުރަސް އެޅިއެވެ. އޭނަ ދުނިޔޭގައި ހުރިހާ ހިނދަކު ރީމާއާ ވައިއެޅޭ ހިސާބަކަށްވެސް ރޫޔާއަށް ދިއުމުގެ ފުރުސަތެއް ނުދޭނެއެވެ. ދަވްލާހް އޭނަ ވަރިކޮށްލީ އެރީމާގެ ޖާދޫގައި ޖެހިގެންނެވެ. މައިމޫނާއަށް ނުވިސްނުނީ ދަވްލާހް އާއި އޭނަ ވަކިވާން ޖެހުނު ސަބަބެވެ. އެހެން އަންހެނެއްގެ ގާތަށް ދާން ޖެހުނު ސަބަބެވެ.

ދަވްލާހް މައިމޫނާ މަތިން ފޫހިވާން މެދުވެރިވި ސަބަބަކީ މައިމޫނާގެ ފަރުވާކުޑަކަމާއި ޒީލަގަދަކަމެވެ. ގިނަފަހަރު ރޫޔާގެ ކަންތައްވެސް ކުރަން ޖެހުނީ ދަވްލާހް އަށެވެ. ދޭތެރެ ޖެއްސުމާއި ޢާއިލާގެ މެދުގައި ފިތުނަ އުފެއްދުމުގެ ހައްދެއް ނޯވެއެވެ. ދަވްލާހްއަކީ ފިރިމީހާ ކަމުގައި މައިމޫނާ ގިނަފަހަރު ނުދެކެއެވެ. އެންމެ ފަހުން ދެމީހުން ކުރި ޒުވާބެއްގެ ތެރެއިން ވަރިއާ ހަމައަށް ކަންތައް ދިޔައީއެވެ.

”މަންމާ، ރީމާ އާންޓީ އިޒް އެ ގުޑް ޕާރސަން، ތީ ކުށްހީތަކެއް…….” ރޫޔާ ހުރީ މަންމައާ ދެކޮޅަށްވެސް ބައްޕައާ ބައްދަލުކުރަން ދާން ނިންމައިގެންނެވެ. ބައްޕައާ ބައްދަލު ނުވާތާ އެއްމަސް ވެއްޖެއެވެ.

މައިމޫނާ ދެލޯހަނިކޮށްލިއެވެ. އައި ރުޅީގައި އޭނަ ރޫޔާގެ ކަންފަތްމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. މޫނުމަތިން ބުރައިގެން ދިޔަ ކޮކާތަކާއެކު ރޫޔާގެ މޫނުން ދިލަ ނަގަން ފެށިއެވެ. އެވަގުތު ތޫނު ރިހުމެއްވެސް ދަތްދޮޅީގައި އުފެދިގެން ދިޔައެވެ. ރޫޔާ ނުރޯން ހިތްވަރު ކުރިއެވެ. އޭނަ މޫނުގައި ފިރުމާލިއެވެ.

”ބުނެފީމެއްނު ގޮސްގެން ނުވާނެޔޭ!….” މައިމޫނާ ރޫޔާގެ އަތުން ފޯނު ޖަހައިގަންނަމުން ބޭރަށް ނިކުތެވެ. ތަބީއަތު ގޯސްވެ މައިމޫނާ ހުރީ ރުންކުރުވެފައެވެ.

ރޫޔާ އެނދަށް ވެއްޓިގަންނަމުން ދެލޯ މަރާލިއެވެ. ”ރޫ…” ރޫޔާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމާލިތަނާ އިވުނީ އީނާގެ އަޑެވެ. ”ރޮނީތަ؟…” އީނާ އެނދުގައި އިށީންނަމުން ރޫޔާގެ ބޮލުގައި ފިރުމާލިއެވެ. ރޫޔާ ރޯ ސަބަބެއް ނޭގުމުން އީނާ އިނީ ކަންބޮޑު ވެފައެވެ. ރޫޔާ އޮތީ ހިމޭނުންނެވެ.

”ޒަލަފްއާ މައްސަލައެއް ޖެހުނީތަ؟ ޕްލީސް ސޭއި ސަމްތިންގް….” އީނާ ރޫޔާ އަތުގައި ހިފާ ތަޅުވައިގަތެވެ. ރޫޔާ ރުއިން ހުއްޓާލާފައި ސީލިންގަށް ނަޒަރު ހުއްޓާލިއެވެ. ފަންކާގެ އެނބުރޭ މަންޒަރު ބަލަން އޮތްވާ އިނާ ގޮވާލުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އޭރު ދަތްދޮޅީގައި އުފެދިފައިވާ ރިހުމުން ލޮލަށް ތާޒާ ކަރުނަތައް ޖަމާވެއްޖެއެވެ.

”ރޫ އަޅެ ބުނެބަލަ ކީއްވެތަ ތިރޮނީ؟….” އީނާ ދެރަވިއެވެ. ލޯބިވާ ކޮއްކޮ ރޯތަން ފެނުމުން އީނާއަށް އަސަރު ކުރިއެވެ.

ރޫޔާ ކަންތައް ވީގޮތް ކިޔާދިނެވެ. އީނާ ހުރީ މައިމޫނާދެކެ ރުޅި އައިސްފައެވެ. ބޮޑުވެފައިވާ އަންހެން ކުއްޖަކަށް ބޮޑުދައިތަ އަނިޔާ ކުރަނީ ނަފުސާނީ މައްސަލައެއް އުޅެތީކަން ޔަޤީނެވެ.

”މޫނު ތިއޮތީ އެއްކޮށް ދުޅަވެފައެއްނު، އަންނާނަން އައިސްޕެކް ހިފައިގެން….” އިނާއަށް ރޫޔާގެ މޫނު ފެނުމާއެކު ބުނެލެވުނެވެ. ދެން އޭނަ އަވަސްވެގަތީ ބަދިގެއަށް ދިއުމަށެވެ. ރޫޔާ އެނދުން ތެދުވެލަމުން މޫނު ބަލާލޯގަނޑަށް ނަޒަރު ހުއްޓާލިއެވެ. އީނާ އެބުނީ ތެދެކެވެ. ކޯތާފަތްވަނީ ދުޅަވެ ނޫފައިގެންފައެވެ. ކުޅި ދިރުވާލަންވެސް އުނދަގޫވިއެވެ.

”ބޮޑުދައިތަ ސައިކޭޓްރިސްޓަކަށް ދައްކަން ފެންނަނީ… ތިވަރުން ދަންޏާ ރޫ މާޑާރކޮށްލަފާނެކަން ޔަޤީން….” ރޫޔާގެ ކޯތާފަތުގައި އައިސްޕެކް ޖައްސާލަމުން އީނާ ވާހަކަ ދެއްކިއެވެ. ރޫޔާ އިނީ ހިމޭނުންނެވެ. އައިސްގެ އަސަރުން ތަދުކެނޑޭހެން ހީވިއެވެ. ރޫޔާ ދެލޯ މަރާލިއެވެ.

”ތޭންކްސް….” ރޫޔާ ބުނެލިއެވެ. ”ތޭންކްސް އޭ ބުނާނެ ކަމެއް ނެތް. ތީ އަހަރެންގެ ހުރި ހަމަ އެކަނި ކަޒިން ޕްލަސް ސިސް، ރޫއަށް ހާނިކައެއް ވީމަ އަހަރެންގެ ހަށިގަނޑުގަވެސް ވޭން އަޅާ….” އީނާ ހިނިތުންވުމަކާއެކު ބުންޏެވެ.

”ފިލްމެއްގެ ޑައިލޮގް ކޮޕީކޮށްލީ ދޯ؟…..” ރޫޔާ ލޯހުޅުވާލިއެވެ. ވޭން ލުއިވެފައިވުމުން ރޫޔާއަށް އަރާމުވިއެވެ.  އަދިހަމައެއާއެކު ގަނޑުފެނުގެ އަސަރުން ދުޅަވެފައިވާ ހިސާބުވަނީ ތިރިވެފައެވެ. ދެކުދިން އެކީއެއްފަހަރާ ހީގަތެވެ. ރޫޔާ ހުނުން ކޮންޓްރޯލް ކުރަމުން ތެދުވެލިއެވެ. ”މިހާރު އޯކޭ ވެއްޖެ…” ރޫޔާ ފުންނޭވާއެއް ލުމަށްފަހު ބުނެލިއެވެ.

”އަދި ދިހަ މިނެޓްސް ވަންދެން ގަނޑުފެން އަޅާލީމަ ރަގަޅުވާނީ….” އީނާ ބުންޏެވެ.

”ހަނދާންނެތިފަ އޭ މިހުރީ، އިއްޔެ ސޭމް އެންޑް އީނޫ ފައިޓް ކުރީ ކީއްވެތަ، ދެމީހުން ފައިޓް ކުރީމަ ބިރުވެސް ގަތް…..” ރޫޔާ ކުއްލިޔަކަށް ކަމެއްމަތިން ހަނދާންވުމާއެކު އަހާލިއެވެ. އެސުވާލުކޮށްލަން އޭނަ ހުރީ ހަނދާން ނެތިފައެވެ.

”އެއީ ކުޑަ މިސްއަންޑަސްޓޭންޑިންއެއް، މިހާރު ހުރިހާ ކަމެއް ވެސް ރަގަޅު ވެއްޖެ…..” އީނާ އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ކިޔައިދިނެވެ.

”ޔޫ ނޯ ވަޓް. ރޭ ގިފްޓަކަށް ސޭމް ދިނީ އެސްފައިވް އެއް، ކިރިޔާ އުފަލުން ގޮސް ހިތްނުހުއްޓުނީ…..” އީނާ ކިޔައިދިނެވެ. ރޫޔާ އިނީ ޝައުގުވެރިކަމާއެކު އަޑު އަހާށެވެ. ދެމީހުންގެ ސިއްރުތައް އެކަކު އަނެކަކަށް ހާމަކުރަނީ އިތުބާރުކުރެވޭލެއް ބޮޑުކަމުންނެވެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް އެކަމެއް ހިއްސާކުރާނެއެވެ. ހިޔާލުތައް ހޯދާނެއެވެ. ދެކުދިން ވާހަކައަކަށް ގެއްލިފައި ތިއްބާ މައިމޫނާ ވަދެއްޖެއެވެ. އޭނަ ފޯނު ދީފައި ދަމުން ދިޔައީ އީނާއާ ދިމާއަށް ކަޅިއަޅާލާފައެވެ. އެބަލައިލުމުން އީނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ހިތުގެ ވިންދު އަވަސް ވިއެވެ.

”ދެޓް ލުކް…” އީނާ ފިނިވެފައިވާ އަޑަކުން ބުނެލީ މަޑުންނެވެ. ”އެއްޗެކޭ ބުނިންތަ؟….” ފޯނު ހުޅުވާލަމުން ރޫޔާ އަހާލިއެވެ. ”އުހޫނ….” އީނާ ބުންޏެވެ.

”ހޭއި ރޫ، ޓުމޯރޯ ހުޅުމާލެއަށް ދާން މިއުޅެނީ، ރޫ އެންޑް ޒަލަފްވެސް އަހަރުމެންނާއެކު ދިޔައްޔާ ރަގަޅީ، އޭރުން ހަތަރު މީހުން އެކީގައި މަޖާ ވަގުޅުކޮޅެއް ހޭދަކޮށްލެވޭނެއެއްނު….” އީނާ ބުންޏެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔައީ ރޫޔާގެ ޖަވާބަކަށެވެ.

”ގްރޭޓް…..” ރޫޔާ އުފާވެރިކަމާއެކު ބުނެލިއެވެ.

އިރާކޮޅުގެ ވަގުތު މައިމޫނާ ދިޔައީ އުމެއިރާ އުޅޭ އެޕާރޓްމެންޓަށެވެ. ދިހަ ބުރީގެ އިމާރާތުގެ އަށްވަނަ ބަޔާހަމައަށް ދެވުނު އިރު މައިމޫނާ ހުރީ މައިނޭވާލެވޭވަރު ވެފައެވެ. ލިފްޓެއްވެސް ނެތެވެ. ނުވީތާކަށް ސިޑި ކުޑަވެފައި ކިރިޔާ އެކަކަށް ދެވޭނެ ޖާގަ ހުރިކަމެވެ. ފައިގެ ހުޅުތަކުގައި ރިއްސާލިއިރު އުނގަނޑުގައިވެސް ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. ހޫނުކަމުން ފިހޭ ހާ ވެއެވެ. ދޮރުގައި ޓަކިދެމުން މައިމޫނާ ޓިޝޫއަކުން މޫނު ފޮހެލިއެވެ. މޭކަޕް ހަޑިވެދާނެތި އޭނަ މޫނު ފޮހެލީ ފަރުވާތެރިކަމާއެކުގައެވެ.

އުމެއިރާ ދޮރުހުޅުވާލުމުން މައިމޫނާ އެތެރެއަށް ދެމިގެންފިއެވެ. ކުޑަދޮރުތައް ހުޅުވާލަފައި ވުމުން ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމުވިއެވެ. މައިމޫނާ ސޯފާގައި ޖައްސާލިއެވެ. އުމެއިރާ އިށީނީ މައިމޫނާއާ ދާދީ ކައިރީގައެވެ. މައިމޫނާ ދައްކަން އުޅޭ ”ބޮޑު” ވާހަކައަށް އޭނަ ދިޔައީ އިންތިޒާރު ކުރަމުންނެވެ. ފޯނުން މާކަ ބޮޑު ތަފްސީލެއް މައިމޫނާ ނުދެއެވެ.

”އުމޭ އަހަންނަށް އެހީވެދީބަލަ އެއީނާގެ އުނދަގުލުން ސަލާމަތްވާން، އޭނަ އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލައިފި، އެސުންޕާ ފެނުނަސް މުޅި ދުވަސް ހަރާބުވޭ….. ރުޔާއާއި އީނާގެ ދެމެދުގައި ނަފްރަތު އުފައްދަން އަހަރެން ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފެނުފުލުން، އަދި އީނާ ގަނޑު އެއުޅެނީ މުއްސަނދި ކުއްޖަކާ ކައިވެނި ކުރަން، މަގޭ ހިތަށް އަރާ އަލްޔަސް މަރުވެއްޖެނަމައޭ……” މައިމޫނާ ބުނެލިއެވެ. އުމެއިރާ މައިމޫނާގެ އަތުގައި ހިފާލިއެވެ. ދުވަސްވީ އެކުވެރިޔާ އޭނަގެ އެހީއަށް އެދިގެން އައުމުން އެކުވެރިޔާގެ އެދުމުގައި ކޮޅުފައިން ޖަހާކަށް އުމެއިރާއަކަށް ނުކެރުނެވެ. މައިމުނާ ވެސް ވަނީ އޭނައަށް އެހީވެދީފައެވެ.

”މޫނީ، އަހަރެން އެހީވެ ދޭނަން…. މުނީ ބޭނުންވާ ގޮތަށް ހުރިހާކަމެއް ވެސް ދާނީ، އެކަމަކު ބުނަން، ވިސްނުން ތެރިކަމާއެކު ކުރިއަށް ދާންޖެހޭނީ، އެހެންނޫނީ ރޭވުން ފެނަށްވުމުގެ ފުރުސަތު ބޮޑުވާނެ، މޫނީ މާއަވަހަށް ކަންތައްކުރާތީ ކާމިޔާބު ނުވަނީ، މީހުން ބުނެއެއްނު އިންތިޒާރުގެ ނިމުން ފޮނިވާނެއޭ….. ކެތްތެރިވާން ވާނެ، އޭރުން ރޭވުން ކާމިޔަބު ވަނީ، އަހަރެން ޔަޤީންކަން ދެން، ތި އީނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނަން، އަހަރުމެން ދޫކޮށްލާ ތީރުތައް ވަކިކަފާލާފައި ގޮސް އޭނަގެ ދިރިއުޅުން ހަރާކުކޮށްލާނެ، ރުޔާ ވެސް ގެއްލޭނެ، އޭނަ ކައިވެނިކުރަން އުޅޭ ކުއްޖާވެސް ގެއްލިގެންދާނެ……” އުމެއިރާގެ ވާހަތަކުން މައުމޫނާއަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. އޭނަގެ އުއްމީދު އާލާވެގެން ދިޔައެވެ.

”އަހަރެން ކެތްތެރިވާނަން، އެކަމަކު އީނާ ސަލާމަތްވެގެން ނުވާނެ، އޭނަ ތެޅޭތަން ދެކެން ބޭނުމީ، އޭނަ އާދޭސްކުރާ ކޮންމެ ފަހަރަކު އަހަރެންގެ ކަންފަތުގައި ރީތި ރާގެއް ގުގުމާލާނެ…..” އުމެއިރާ ދިއްކޮށްލި ފެންތަށި ހުސްކޮށްލަމުން މައިމޫނާ ހިނިގަނޑެއް ޖަހާލިއެވެ.

”ދެން މާބޮޑަށް ވިސްނާނެކަމެއްނެތް، ދެމީހުންގެ މަޝްވަރާގެ މަތިން ކަންތައް ކުރިއަށް ދާނީ…..”

އުމެއިރާއާއި މައިމޫނާ އެތައް އިރެއް ވަންދެން ސައްލާކުރަން ތިއްބެވެ. ދެމީހުންގެ ރޭވުންތައް ކާމިޔާބު ކުރަން އަތުކުރިއޮޅާލީ ފޮނި އުއްމީދުތަކާއި އެކުގައެވެ.

***

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އީނާއާއި އަލްޔަސްގެ އިތުރުން ރޫޔާ ހުރީ ހުޅުމާލެ ފެރީޓާރިމިނަލް ގައެވެ. ތިން ޒުވާނުންވެސް އިންތިޒާރުކުރަމުން ދިޔައީ ޒަލަފް އަންނާނެ ވަގުތަކަށެވެ. ”ގުޅާބަލަ ޒަލަފްއަށް….” ލަސްވުމުން އީނާ ބުނެލިއެވެ. ރޫޔާ ބޯޖަހާލަމުން ފޯނު ނެގިއެވެ. ތިން ފަހަރު ގުޅާލުމާއެކު ޒަލަފް ފޯނު ނެގިއެވެ.

”މިއަންނަނީ، ޓެސް މިނެޓްސް….” ޒަލަފް ބުނެލި އަޑު އިވުނެވެ.

”ހޭއި ރޫ، ޒަލަފް އައީމަ ގުޅާލައްޗޭ، އަހަރުމެން މިދަނީ ހިނގާލަން….” އީނާ އަލްޔަސްގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ފުރަން އައިސްފައިވާ މީހުންތަކުން ހިސާބުގަނޑު ފުރާލާފައި ވާއިރު ދުއްވާތަކެތީގެ އަޑުކެނޑިގެން ނުދެއެވެ. މުޒާހަރާއަށް ނިކުމެ އުޅޭ ގްރޫޕަކުން އަޑުގަދަކުރާއިން ލަވަޖަހައި ހަޅޭއްލަވާވަރުން ފަޒާގެ ހިމޭންކަންވަނީ ނަގާލާފައެވެ. އަލްޔަސްގެ އަތުގައި ހިފަހައްޓާލައިގެން ބަނދަރުމަތިން ހިނގާލާފައި ދިޔައިރު އީނާ ހުރީ ބޮލަށް އުނދަގޫވެފައެވެ. ކަންފަތުގެ ބުޑަށް ބާރުކޮށްފައިވާތީ ބޮލަށް ތޫނު ތަދެއް އެރިއެވެ. ކައިރީގައިވާ ފިހާރައަކަށް ދެޒުވާނުން ވަން ވަގުތު އީނާގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގަމުން މިއަންނަނީއޭ ބުނެލަމުން އީނާ ފޯނު ކަނޑާލިއެވެ.

”ސޯ ސޮރީ….” ރޫޔާގެ އަތުގައި ހިފާލަމުން ޒަލަފް މާފަށް އެދުނެވެ. ރޫޔާ އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ ނުވެސް ދަންނަ ކުއްޖަކު އައިސް ޒަލަފްގެ މުލައްދަނޑީގައި މުށްކަވާފައި މަޑުމަޑުން ޖަހާލައިފިއެވެ. ”ގޯޝް، ކިރިޔާއެއްނު މަގު ނޯޅުނީ…. ކީއްވެތަ އަހަރެން އެކަނި ބަހައްޓާފަ ފްލެޝްއަށްވުރެ ބާރަށް ދުވެލާފަ ތިއައީ….” އެއަންހެންކުއްޖާ ތުއި އަޑަކުން ބުނެލިއެވެ. ރޫޔާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ. ހިސާބަކަށް ރުޅިވެސް އައެވެ. މީކާކު ހެއްޔެވެ؟ ރޫޔާގެ ލޮލުން ނުރުހުމުގެ ކުލަވަރުތައް ފެނުމާއެކު ޒަލަފް އަވަސް ވެގަތީ އެކުއްޖާ ތައާރަފްކޮށް ދިނުމަށެވެ.

”ރޫ ދިޒް އިޒް ނޫރާލް، މަންމަގެ އެކުވެރިއެއްގެ ކުއްޖެއް، މިއަދު މާލެއައީ….” ޒަލަފް ބުނެލިއެވެ. ނޫރާލް ރޫޔާގެ ފައިން ފެށިގެން ބޮލާއަމައަށް ބަލާލަމުން ބުމަ އަރުވާލިއެވެ. ”ނޫރް…. މީ އަހަރެންގެ ވާން އުޅޭ ވައިފް، ރޫޔާ….” ޒަލަފް ރޫޔާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލަމުން ބުނެލިއެވެ. ރޫޔާ ހިނިތުންވުމަކާއެކު ސަލާމްކުރަން އަތްދިއްކޮށްލި އެވެ.

”އޯހް…” ނޫރާލްއަށް ބުނެވުނީ އަޅައިގަންނަމުންނެވެ.

”ހާދަ ލަހުން ތިއާދެވުނީ….” އީނާ، ރުޔާމެންނާއި އަރާހަމަކުރަމުން ޝަކުވާކޮށްލިއެވެ. ”ނޫރާލްގެ ސަބަބުން ލަސްވީ….” ޒަލަފް ބުނެލިއެވެ. އީނާ ނޫރާލްއަށް ބަލާލިއެވެ.

”އީނާ އެންޑް އަލްޔަސް….” އަލްޔަސްއާއި އީނާއަށް އިޝާރާތްކޮށްލަމުން ޒަލަފް ބުނެދިނެވެ.

ނޫރާލް އަލްޔަސްއަށް ބަލާލަމުން އެސްފިޔަ ޖަހާލަން ހަނދާން ނެތުނެވެ. ހުރިހާ ހިއްސުތަކެއް ގަނޑުވިހެން ހީވި ވަގުތުކޮޅެކެވެ. ރީތި ޒުވާނެކެވެ. ހިތްއެދޭ ސިފަތަކެއްގެ ވެރިއެކެވެ. ދެވަނަ ސިކުންތުގައި ނޫރާލް އެސްފިޔަތައް ތިރިކޮށްލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ދެން އޭނަގެ ނަޒަރު އަމާޒުވީ ޒަލަފްއާއި ރޫޔާއަށެވެ. ޒަލަފްއާއި ރޫޔާގެ ގާތްކަން ފެނި އޭނައަށް ނޭގޭ އުނދަގޫތަކެއް ވިއެވެ. ނަމަވެސް ބޭރުފުށުން އެކަން ފާޅުނުކޮށް އޭނަ ސިއްރުކުރިއެވެ.

”ނައިސް ޓު މީޓް ޔޫ….” އީނާ ސަލާމް ކުރަން އަތްދިއްކޮށްލުމުން ނޫރާލް އެއަތުގައި ހިފުމުގެ ބަދަލުގައި ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. ނޫރާލް އިރުއިރުކޮޅާ ޒަލަފްއަށާއި އަލްޔަސްއަށް ބަލާލައެވެ.

ހުޅުމާލެއަށް ދެވެންދެން ރޫޔާއާއި އީނާ ދިޔައީ ވާހަކަ ދައްކަމުންނެވެ. މަދުފަހަރަކު ނޫނޫ ނޫރާލް އެއްޗެކޭ ބުނެނުލައެވެ. މަންމަން ކުއްޖެކޭ ހީވާފަހަރުވެސް އާދެއެވެ. ނޫރާލް ވަނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ރޫޔާދެކެ އޭނަ އިނީ ފުހީވާގޮތް ވެފައެވެ. ސަބަބު އޭނައަކަށް ނޭގެއެވެ.

އިރު މޫދުގެ ސަތަހައިގެ މަތީގައި ބޮސްދެމުން ފަތުރާލި އަލިގަދަ ދަޅަތައް އެކިދިމަދިމާއަށް ފެތުރިގެން ދިޔައެވެ. އުޑުމައްޗަށް އުކާލެވިފައިވާ ކަފަކޮޅުތައް މިއަދު އަދަޔާ ހިލާފަށް ގިނަކަމަށް ފާހަގަ ކުރެވެއެވެ. ކުލަކުލައިން ޖަރީވެފައިވާއިރު ހިތްތަކަށް ފިނިކަން ގެނެސްދޭނެއެވެ. ހުދުކަންގަދަ ދޮންވެލިގަނޑުވެސް ޖަރީވެފައިވަނީ އިރުގެ ރަން ދޯދިތަކުންނެވެ. ބަޑިބަޑިލައްވަމުން އައިސް ފަސްގަނޑާ ސަމާސާކޮށްލާ ރާޅުތަކުގެ އަޑަށްވުރެ މީހުންތަކުގެ އަޑު ގަދައެވެ. ކަކުނިތައްވެސް ހޮރުތަކުން ބޯނެރެލާފައި މީހެއްގެ ހިލަން ވާއިރަށް ފިލާރައްކޯވެއެވެ. ކުޑަކުދިންތައް ހެމުން ދުވެލާއިރު ހިތަށް ފިނިކަން ގެނެސްދޭނެ އެވެ. މީހުންތަކުން އަތިރިމަތި ފުރާލާފައި ވިޔަސް ފިނި ރޯޅިތަކާއި ރާޅުގެ ލުއި އަޑުން ހަމަޖެހުން ގެނެސްދޭނެއެވެ. ހަމަޔަޤީނުންވެސް މާލޭއަށް ވުރެ ހާސްބައި ފުރިހަމައެވެ.

އަލްޔަސްއާއި އީނާ ދިޔައީ ރާޅުފަށުގައި ހިނގާލާށެވެ. ފިނިކަން އެކުލެވިގެންވާ ރާޅުތައް ދޮންފައިތިލައިގައި ބޮސްދީފައި ދާއިރު ދޮންވެލިގަނޑުގެ ތެރެއަށް ފައިތިލަ ގެނބިގެން ދެއެވެ. ކުޑަތަންކޮޅަކަށް ހިނގާލެވުނު ތަނާ ކަކުންޏެއްގެ ހިލަން ވުމުން މަންމާއޭ ކިޔައި ހަޅޭއްލަވައިގަންނަމުން އީނާ ބައްދާލީ އަލްޔަސްގެ ހަށިގަނޑުގައެވެ. ބިރުން ގޮސް މުޅި މީހާ ތުރުތުރު އަޅައެވެ. އިރުގެ  ދޯދިތައް އީނާގެ މޫނަށް އެޅިފައިވާއިރު ކޮންމެ ފޮޓޯގްރާފަރަކުވެސް އެމަންޒަރު ރައްކާކުރަން ބޭނުންވާނެކަން ގައިމެވެ. ގުދުރަތުން ދެއްވާފައިވާ އެރީތިކަން ފަނޑުކޮށެއް ނުލެވޭނެއެވެ.

”އީނޫގެ ހަޅޭކުގެ އަޑަށް ކަކުންޏަށް ސައިކޯ ތެރެޕީދޭ ހިސާބަށް ގޮސްފަ ވާނީ، ޕުއާރ ކްރީޗާރ….” އަލްޔަސް އީނާގެ އަތްތިލައަށް ފިތާލުމުން އީނާ ކުރެވުނު މޮޔަކަންތައް މަތިން ހަނދާންވެ ހީގަތެވެ. އަލްޔަސް އީނާގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލުމުން އަލްޔަސްއަށް ބަލާލިއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

”ރިއަލީ؟….” އީނާ އެހިއެވެ. އީނާގެ ވާހަކަ ދެއްކުވުމުގެ ރާގު ވަނީ ބަދަލު ވެފައެވެ.

”ހޫމްމްމް… މިއަދު ސިސް ގުޅާފަ އެއުފާވެރި ޚަބަރު ދިނީ…. ބުނި މާލެ އަންނަންދެން ސިއްރުކޮށްދޭށޭ….” އަލްޔަސް ބުނެލިއެވެ.

”ހާދަ އުފާވެރި ޚަބަރެކޭ…..” އީނާ އަލްޔަސްގެ ހަށިގަނޑުގައި ބައްދާލަމުން އަލްޔަސް އަރިއަޅާލުމާ އެކު ދެޒުވާނުންވެސް އެކުއެކީގައި ވެއްޓުނީ ދޮންވެލިގަނޑު މައްޗަށެވެ. އަލްޔަސްގެ މޫނުގައި އީނާގެ ތުންފަތް ބީހިގެން ދިއުމުން އީނާ އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔައެވެ. އެކިއުމުރުފުރާގެ މީހުންގެ ނަޒަރު އަމާޒުވެފައި ވުމުން އީނާ ލަދުގަތެވެ.

އަލްޔަސް ތެދުވެލަމުން ދޮންވެލި ފޮޅާލިއެވެ. ”ތޭންކްސް…” އަލްޔަސް އެއްލޯމަރާލިއެވެ.

”ގަސްދުގަ ކުރިކަމެއް ދޯ؟….” އީނާ އަހާލިއެވެ. އަދި ހަށަންބަނދެލިއެވެ. ”ޔަޕް…” އަލްޔަސް ބުނެލިއެވެ.

ނޫރާލް ހުރީ ޒަލަފްގެ ފަހަތުން ވިއްދާލާފަ އެވެ. އެންމެ މިނެޓަކަށް ވިޔަސް ރޫޔާއާއި ޒަލަފްއަށް އެކަނި ވުމުގެ ފުރުސަތެއް އޭނަ ނުދެއެވެ. ނޫރާލްގެ މިޒާޖު ވަނީ ބަދަލުވެފައެވެ.

ރޫޔާ ނޫރާލްއާ ވާހަކަ ދެއްކީ އެކުވެރި ރާގެއްގައެވެ. ނޫރާލް ވެސް މެއެވެ. އެވެސް މަތިއޮމާންކޮށްލުމުގެ ބޭނުމުގައެވެ. ނޫރާލް ދުރަށް ޖެހިލީ ފޯނެއް އައިސްގެންނެވެ.

***

”މޫނީ….” އުމެއިރާ މައިމޫނާގެ އަތުގައި ހިފާލީ ބާރަކަށެވެ. މައިމޫނާއާއި އުމެއިރާ ހުޅުމާލެއައީ އެކުވެރިއެއްގެ ދައުވަތަކަށެވެ. ހަވީރުގެ ސަޔަށް ފަހު އެމީހުން އަނގަތަޅާލަން އައިސް ތިބީ އަތިރިމަތީގައިވާ ބަސްދާތަކެއްގެ މަތީގައެވެ. ”ކިހިނެއްވީ؟…” މައިމޫނާ ދިޔައީ ސިއްސައިގެންނެވެ. އުމެއިރާ އިޝާރާތްކުރި ދިމާއަށް އޭނަ ބަލާލިއެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. .

Next

ޅަކުއްޖާ 2

Next
April 15, 2014

ޅަކުއްޖާ 2

Previews
April 13, 2014

ދީވާނާ ލޯބިން ވެއްޖޭ. .

11 Comments!

  1. ishaa says:
    April 14, 2014 at 8:30 am

    Vv reethi… the wicked maimoona came up with new plans…eenu ah dheragotheh nuhadahchey..kon dhuvahakun tha next part…

  2. Aishaan says:
    April 14, 2014 at 9:23 am

    V rythi mi prt ves im waiting for the nxt prt avahah up koh dhehchey

  3. nimii says:
    April 14, 2014 at 11:05 am

    rooo busted dhwwww

  4. kuddly says:
    April 14, 2014 at 12:00 pm

    rooya bust v tha??
    alhey

  5. liuu says:
    April 14, 2014 at 5:04 pm

    vv nice……eena ah dhera gothei nahadhachey….n rooo ah vx dhera gothei nahdahaathi…….n maimoona ge plan successful viya nudhechey

  6. Maee says:
    April 14, 2014 at 6:03 pm

    enu ah dhera gotheh nuhadhathi!…v.nice mi part vx

  7. Nix ie says:
    April 14, 2014 at 8:07 pm

    Hai muthaaa!!!!!!!!!!! Hows u my dear??? 14vana part ah comment nukurevuneema varah bodah sorry ingey,Saturday n Sunday varah b xy koh ulhuneema commenteh nukurevunee.dhen mi dhe part ehkkoh kiyaafa mi comment kohlee, wow wow, eenu ah libunu gift dho????? Nizoooves beynun S5 eh,muthaa same kairee bune dhehchey ingey, plzzzzzzzzz nizooo ah nudhee eenuah dhineema kudakoh J ves vehjje, 😛 Big Big Congraa to rinee n shaan, anme fahun kuramun ai dhuaa ijaaba kurehvvi dho? V ufaavehjje,    ekam mi oh ulhey nulafaa maimoonaa ah iguneema hadhaalaane gotheh ves neyge, v foohi anheneh a ee, muthaa mifaharuves e maimoonaa gandah varugadha landeh dhehchey ingey, ekam heevani dhen rooge dhuvas dhiya ee hen,roo n zalaf kanneyge dho a fennanee,alhey, eyrun efakeeru dhiri huhtta valhulaane kan yageen,mihaaruves aheri hadhaalaa goi, muthaa plzz roomen bust koh nulahchey ingey, chi chi chi kon thu badieh eh tha mi a ee,muthaa eyna sifakoh dheefa hri goi kithanme salhi viyas nizooo ah heevee a ee bodu foni fatharaasee eh hen,ehaa thui vefa fonikan bodu,adhi anme furathamaves ulhunu goi dho????? V foohi anheneh thi, dhen ekam heevani mi anhenaa beynun kohggen hen een n same adhi roo n zalaf dhurukuraani, maimoonaa menah rangadakah dho mi nooraal vaani????????? Rooge bappage nan v salhi, alhe muthaa bunebala, vaahaka liyaa kudhin kihinehtha mihaa loabi nan thah hoadhanee????? Mivaahakaige beynun kohffa huri hurihaa nan thah varah salhi,   mi partge sifakurunthahves varah nice,heevi hama lolah fenunuhen, ekam bunantha??????? Anehkkaves kusheh fenihjje, “kakunieh” miee kuh goi,rangalhu gothakee “kakunyeh” ahen v ma ethankolhu rangalhu kohlahchey ingey, kon sihrreh tha eenu kairee same a bunee????? Nizoo beynun adu ahaalan, muthaa keehevetha nubunee?? Dhen oi partga bunaanan dho?????? Kon irakun 16vana part???? Avahah up koh dhehchey ingey.   dhen ba e ba e Tvgc Have a lovly night  

  8. fan says:
    April 14, 2014 at 9:34 pm

    Salhiness, grt story, it’s vry intresting…. update it soon’l, so hppy story baraabarah update vathi, best story so far ♥♥♥♥♥♥♥♥♥

  9. irish says:
    April 15, 2014 at 3:18 pm

    Roo bust vee kanneyge… maimoona hunnane kulhi fasheh… nice storyyy.. keep up da good work..

  10. މުތާ/ ސ.ހިތަދޫ says:
    April 16, 2014 at 2:40 pm

    thanks all for the lovely comments <3 miadhu upkohladheynan 16vana bai … already finished writing, dhen story upvani konme Monday, Wednesday and Saturday ehga, inshaallah, nizu thnx a lot fr tht long long comment 🙂 mutha bunanan sam kairiga nixoo ah s5 eh ganadeyshey 😉 rini and Shan are so very happy, thihaavarah hate kuraakah nuvanehnu nural dheke, ekuhjaa suicide kohfaane ehnu hurihaa kudhin rulhi ananyaa, nixoo aanmukoh character thakuge nan choose kurani family names thah but mi story ge nan thah hoadhi http://islamicaffairs.gov.mv/dh/ ge nanfoh bain, dhavlah ei kurin liyunu story eh ga ulhei kuhjej, dhen name ran out vima enan use kohli 🙂 nixoo e thankohlu rangalhu kohfin, thnx ingey… e secret ingeyne mxt part in 🙂 ,

  11. shai says:
    April 16, 2014 at 5:54 pm

    e secret aky alyas ge sis ah baby eh liben ulheykamve.

Comments are closed.

Next Episodeއޯގާވީ ހިތަކުން…16←


All Right Reserved!