Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……08

Noor💙 Level 710 Stories100 Comments100 Login500 Comments
July 15, 2018 5 Mins Read
50 Comments

ޖަޒްލީއަށް ލިބުނު ހައިރާން ކަމުގައި އެއްފަހަރު ޓީވީއަށް އަނެއް ފަހަރު ކައިރީގައި އިން ޒުވާނާއަށް ބަލައިލެވުނެވެ. ހަމަ ކުޑަވެސް ތަފާތެއް ނެތެވެ. ޖަޒްލީގެ ހަރަކާތްތައް ފެނިފައި މުހުސިން ހިނި އަންނަގޮތް ވިއެވެ. އަދި “ދެޓްސް މީ” އޭ ބުނެލިއިރު އޭނާގެ މޫނުމަތީގައި ނުފިލާ ހިނިތުން ވުމެއް ވިއެވެ.

************

އާޓިފިޝިއަލް ބީޗް ކައިރީގައި ސައިކަލް ޕާކު ކޮށްލައިގެން އިން ކައިލާންއަށް ކުރެވެނީ ހިތް މޭގައި ތާށިވެގެން އުޅޭފަދަ އިހުސާސެކެވެ. ނޭވާވެސް އަރުގައި ތާށިވެފައިވާ ކަހަލައެވެ. ޖަޒްލީ ހޯދަން މާލޭގައި މިހާރު އޭނާ ނުދުއްވާ މަގެއް ނޯންނާނެއެވެ. ޖަޒްލީ ގެ ވާހަކަ އަހާނީވެސް ފަހެ ކާކު ގާތު ހެއްޔެވެ؟ކައިލާންގެ ދިރިއުޅުމަށް އެ މަޢުސޫމް ކުއްޖާ އައި އިރުވެސް އެއީ އެކަނިވެރިއެކެވެ. އަޅާލާނެ ތިމާގެ މީހަކު, އަދި ރައްޓެއްސެއް ނެތް ނިކަމެތި ކުއްޖެކެވެ. ޖަޒްލީއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން އޭނާ ބޭނުންވެއެވެ.
“ޔާﷲ މިއަޅާގެ ހިތުގައި ޖަޒްލީ އަށްޓަކައިވަނީ ސާފު ލޯތްބެވެ. އެކުށެއް ނެތް އަންހެން ކުއްޖާ ހެޔޮހާލުގައި މިއަޅާއަށް ލިބޭނެ ގޮތެއް މިންވަރު ކުރައްވާށި.. ”

ޖަޒްލީ ހޯދަން ކުރި މަސައްކަތުގައި އަލިމަގެއް ފެންނަ ގޮތެއް ނުވުމުން މާޔޫސްވެ ގޮތް ހުސްވެފައިވާ ކައިލާންއަށް ހިތާއި ހިތުން މާތް ﷲ ހަޟްރަތުގައި ޖަޒްލީ ލިބުމަށްއެދި ދުޢާ ކުރެވުނެވެ. އެހާ ލޯބިވާ ބައިވެރިޔާ ވީނުވީ އެއް ނޭނގި ގެއްލުނީމާ ކައިލާންގެ ހިތުގައި ޖެހިފައިވާވަރުން ދެލޯ ކަރުނުން ފެންކަޅިވިއެވެ. ހިތުގައި އަަޅާފާވާލެއް ބޮޑުކަމުން އެތެރެހަށީގައި އަވަސް ވެފައިވާ ވިންދާއި އެކު ހިތާމައިން ހިންދިރުވާލެވުނެވެ. އަދި ޖަޒްލީ އެކަނި ކޮށްފައި އެ ދަތުރުގައި ބައިވެރި ވެވުނު ކަމަށްޓަައި ކައިލާންއަށް އޭނާގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެއެވެ. ރޭގައި ރިސޯޓުގައިހުރެފައި ޖަޒްލީއަށް ގުޅިއިރު ޖަޒްލީ ރުއިވަރު ހިތަށް އަރާފައި ކައިލާންއަށް އަޑުލާ ރޮވެން ފެށިއެވެ. މަގުގެ ދެކޮޅަށް ފައިމަގުގައްޔާއި, ދުއްވާ އުޅަނދު ތަކުގައި ދަތުރު ކުރަމުންދިޔަ މީހުންގެ އަމާޒު ފަތްގަނޑަކަށް އޭނާ ވީއިރުވެސް އެކަމަށް ކުޑަވެސް ފަރުވާލެއް ނެތިއެވެ. ބޮލުގައި ދެއަތުން އަތް އަޅައިގެން މަގުގެ އެއްފަރާތުގައި ޕާކު ކޮށްލާފައި އިން ސައިކަލު މަތީގައި އިނދެ ރޯއިރު އަޑުއަހާ މީހުންގެ ހިތަށްވެސް އަސަރު ނުކޮށް ނުދާނެއެވެ. ކައިލާންގެ ދޮންބެވެސް މިހާރު އެތައް ފަހަރަކު ގުޅައިފިއެވެ. އެކަމަކު އެއްވެސް މީހަކާ ވާހަކަ ދައްކާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ޖަޒްލީއަކީ އޭނާ ހާދަ ވަރަކުން ކާމިޔާބުކުރި ލޯތްބެކެވެ. ފަހަރެއްގައިވެސް ޖަޒްލީގެ އަތުގައި ހިފައި ހުވަފެން ދެއްކީ ދެދުވަހެއްގެ މެހެމާނަކަށް ހެދުމަކަށް ނޫނެވެ. އެކަން ހުދު ޖަޒްލީއަށްވެސް އިނގޭނެއެވެ. ވީއިރު ޖަޒްލީ އަމިއްލަ އިޚްތިޔާރުގައި އޭނާ ދޫކޮށްފައެއް ނުދާނެކަން ގައިމެވެ.

*******

“ނައު މޭ އައި ނޯ ޔޯ ނޭމް” ޖަޒްލީ އިނީ ހަމަ ގަބޫލު ކުރަންވެސް ދަތިވެފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ކުރިމަތީގައި އެއިނީ ސްޓަރ ޕްލަސް ޑްރާމާ ‘ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ ‘ ގެ މެއިން ކެރެކްޓަރ ކުޅެމުންދާ ކާތިކް ގޮއެންކާ ވިއްޔާއެވެ.އެހެންވީމަ ކާތިކްގެ އަސްލު ނަމަކީ މުހުސިން ތާއެވެ. ޖަޒްލީއަށް ހިތާއި ހިތުން ކިޔާލެވުނެވެ. މުހުސިން އާ ވާހަކަ ދެއްކޭނެ ގޮތެއް ވޭތޯ އޭނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ޑްރެސިންގ ޓޭބަލް މަތީގައި އޮތް ގަލަމަކާއި ބްރޭކްފާސްޓް މެނޫ ގަނޑެއް ޖަޒްލީގެ ލޮލުގައި އަޅައިގަތެވެ. ޖަޒްލީ އެގަނޑާއި, ގަލަން ބަލާ ދާންވެގެން އެނދުން ފާބައި އަވަސް އަރުވާލިތަނާ އޭނާގެ ފައި ފުރޮޅާލިއެވެ.

“ޓޭކް އިޓް އީޒީ, ޔޫ މައިޓް ފޯލް. “މުހުސިންއަށް ވެއްޓެންދިޔަ ޖަޒްލީގެ އުނަގަނޑުގައި އަތް އަޅައިލުމަށްފަހު އޭނާއާއި ދިމާއަށް ދަމައިލަމުން ބުނެލެވުނެވެ. އެވަގުތު ޖަޒްލީ ސިހިފައި އެއަތް ނައްޓުވާލުމަށްފަހު މަޑުމަޑުން ގޮސް މެނޫ ގަނޑާއި ގަލަން ހިފައިގެން އައިސް ޑްރެސިން ޓޭބަލް ކައިރީ ހުރި ގޮނޑީގައި އިށީނުމަށްފަހު ލިޔަން ފެށިއެވެ. މުހުސިންއަށް ހަމަ އެ ހުރި ފިޔަވަޅުމަތީގައި ޖަޒްލީއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ވިއްސަކަށް މިނެޓް ވީއިރުވެސް ޖަޒްލީހަމަ އޭނާގެ ހާލަތު ގަލަމު ދެލިގަނޑެއްގެ ޒަރިއްޔާއިން ބުނެދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ދިވެހި ބަހުން އެއްޗެއް ލިޔެލުމަކީ ޖަޒްލީއަށް އެއްވެސް ކަމަކަށް ނުވިޔަސް އިނގިރޭސި ބަހުން މީހުން ދައްކާ ވާހަކަ ކިރިޔާ އޮޅުން ފިލާކަމެވެ.ވީއިރު އެބަހުން ވާހަކައެއް އެކުލަވާލާނީ ކިހިނެތް ހެއްޔެވެ؟ ވީ ދެރައިން ހިންދިރުވާލި ޖަޒްލީގެ އެސްފިޔަތަކުގެ ތެރެއިން ފާއްދާލި ކަރުނަތިކި ވެއްޓުނީ ލިޔެލިޔެ އިން ގަނޑަށެވެ. ކަރުނަތިކި ގޮސް ޖެހުނު ތަނުން ދެލިގަނޑު ފޭދުނެވެ. ނަމަވެސް ތަފާތަކީ ކޮބާހެއްޔެވެ؟ ލިޔެފައިވާ އެއްޗެއް މީހަކަށް ކިޔަން އެނގޭނީކީވެސް ނޫން ވިއްޔާއެވެ. ޖަޒްލީ އިތުރަށް ހިތުގައި ޖެހޭ ގޮތް ވިއެވެ.

ޖަޒްލީގެ ހަރަކާތް ތަކަށް ގެއްލިފައިވާ މުހުސިން ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. މިއޮއް ހުރިހާއިރު އޭނާ ވާހަކަ ދައްކަން މަސައްކަތް ކުރީމަވެސް އެ އަންހެން ކުއްޖާގެ ދުލުން ބަހެއް ބޭރު ނުކުރިތާ އޭނާގެ ހަރަކާތްތައްވެސް އަޖައިބުވާހާ ވީމައެވެ.

އެންމެ ފަހުން ދެލޯ ފޮހެލުމަށްފަހު ޖަޒްލީ އިންތަނުން ތެދުވެގެން އައިސް ލިޔުނު ގަނޑުކޮޅު މުހުސިންއަށް ދިއްކޮށްލިއެވެ. އެކަރުދާސް ކޮޅުގައި ހިފިއިރުވެސް މުހުސިންއަށް ކަޅިޖަހާލަންވެސް ނޭނގިފައި ހުރެވުނީ ޖަޒްލީއަަށް ބަލަހައްޓައިގެންނެވެ. ޖަޒްލީގެ މޫނުމަތީގައިވާ މާޔޫސްކަމާއި, މޮޅިވެރިކަމުން އޭނާގެ ހިތަށްވެސް އަސަރުކޮށްފިއެވެ. އަދި އަވަސް އަވަހަށް ގަނޑުކޮޅުގައި ލިޔެފައި އޮތް އެއްޗެއް ބަލައިލިއެވެ.

“އައި ކޭން ނޮޓް ޓޯކް. އައި އޭމް ސޮރީ……….
…………….. “ލިޔުންކޮޅުގައި ސާފުވާ ގޮތަށް ލިޔެފައި އިން ތަންކޮޅު މުހުސިން ކިޔާލިއެވެ. އަދި އޭނާއަށް ކުރިން އެކަން ނަގައިނުގަނެވުނީތީ މަޑުމަޑުން އަމިއްލަ ބޮލުގައި ޖަހާލުމަށްފަހު ވާހަކަ ދެއްކިއެވެ.

“އޯހް… އައި އޭމް ސޯ ސޮރީ….. ވެއިޓް އައި ވިލް ބީ ރައިޓް ބެކް” އޭ ބުނެލުމަށްފަހު ވަރަށް ހަލުވިކޮށް ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ޖަޒްލީހުރީ ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެވޭނެ ގޮތެއް ނެތިފައެވެ. ނެގިނެގިފައި ޖެހެމުން ދިޔަ ހިތަކާއިގެން ކޮޓަރީގެ މެދަށް ވާގޮތަށް ބަހައްޓާފައިވާ އެނދުގެ މަގަތުގައި އޭނާ އިށީނދެލީ ދިރިއުޅުމުން މާޔޫސްވެފައިވާ ހާލުގައެވެ.

*********

“އެ މަންމަނު މިގެއިން ދިޔުމުގަ އަހަރެންގެ އަތެއް ނުވާއިރު، އެކަން ކުރީ ކާކުބާ.. “ސިޓިން ރޫމް ސޯފާގައި ކޮފީތައްޓެއް ހިފައިގެން އިން ހަސަން މަނިކު ވިސްނަމުން ދިޔައެވެ. ޖަޒްލީ ނުފެނިއްޖެނަމަ އެކަމުގެ ހުރިހާ ރޯޅިއެއް އަންނާނީ އޭނާއަށްކަން އެނގޭތީ ހަސަން މަނިކުވެސް އެއައީ ޖަޒްލީ ފެނޭތޯ މާލޭގެ ހުރިހާ ޕާކުތަކަކާއި މީހުން އެއްވެ އުޅޭނެހެން ހީވާ ހުރިހާ ތަނެއްވެސް ބަލާފައެވެ. ޖަޒްލީގެ އެއްވެސް ޚަބަރެއް ނުވިއެވެ.

“މިހާރު އެއޮއްގެން ތިންގަޑި ބައިވާން ދަނީ…ކައިލާން ޑިއުޓީއަށްދާންވެސް ނާންނަނީތަ… ފޯނަށްވެސް އެވަރަަށް ގުޅިއްޖެ”ހަސަން މަނިކު ސިހުންވެ އެނބުރި ފަހަތް ބަލައިލީ ސަކީނާ ކޮޓަރިން ނިކުމެ ކައިލާންގެ ނަމްބަރަށް ޑައިލް ކޮށްގެން ކަންފަތުގައި ޖައްސައިގެންހުރެ ޝަކުވާ ކޮށްލި އަޑަށެވެ.

********

މާލެ ދިޔުމަށް ހުޅުމާލޭ ފެރީ ޓާރމިނަލްގައި މަޑުކޮށްލައިގެން އިން ރުހާންގެ މޫނުމަތިވަނީ މިލާލާފައެވެ. ޖަޒްލީ ހޯދަން މުޅި ހުޅުމާލެ އަތްފުނާ އެޅިއިރުވެސް އިންތިޒާރަށް ނިމުން ގެނެވޭނެ ގޮތެއް ނުވިއެވެ. އެއް ދުވަހުން އޭނާގެ މުޅި ދިރިއުޅުމަށް އުދައަރައި ހުރިހާ ހިތްހަމަ ޖެހުމެއް ދޮވެލާފައި ވާފަދައެވެ. އޭނާ އަށް ވިސްނާ ވިސްނާ މީހާގެ ސިކުނޑިއަށް ބަރުވީއިރުވެސް ޖަޒްލީފަދަ މަޢުސޫމް ނިޔަނެތި ކުއްޖަކަށް މީހެއްގެ ހިތުގައި ގިލަންވެރި ކަމެއް އުފެދެންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.

********

ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި މުހުސިން އައީ ރިސޯޓުގެ ދިވެހި ސްޓާފެއް ގޮވައިގެންނެވެ. ޖަޒްލީއަށް އެ އަންހެން ކުއްޖާއަށް ބަލައިލެވުނީ ޖެހިލުންވެފައި އިނދެއެވެ. މުހުސިންގެ ވިލާގައި އޭނާ އިންތަން ފެނުމުން އެ ކުއްޖާ ނަގާފާނެ މާނައެއް ހިތަށް އަރާފައެވެ. ނަމަވެސް އެ އަންހެން ކުއްޖާ އައިސް ފުރަތަމަވެސް ޖަޒްލީއަށް ހިނިތުން ވުމެއް ރައްދު ކޮށްލުމަަށްފަހު އެއީ ފާތުން ކަމަށް ބުންޏެވެ.އަދި ޖަޒްލީގެ ނަންއަހާލުމަަށްފަހު ރިސޯޓުގައި އެކަނި އެ ކުރަނީ ކީއްތޯވެސް ސުވާލުކޮަށްލިއެވެ. އެއަޑުގައި އެކުލެވިފައިވާ އޯގާތެރިކަން އިޙްސާސް ކުރެވުމުން ޖަޒްލީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅޭގޮތް ވިއެވެ. އޭނާ މުހުސިންއަށް ބަލާލުމަށްފަހު އަތުގެ އިޝާރާތުން ހަރަކާތްތަކެއް ދެއްކިއެވެ. ފާތުންނަށް ލިބުނު ހައިރާން ކަމުގައި މުހުސިންއަށް ބަލައިލެވުނެވެ.ވާނީވެސް އެހެންތާއެވެ. މުހުސިން އޭނާގާތުން އެދުނީ ޖަޒްލީއަށް އިނގިރޭސި ނޭނގޭތީ އޭނަގެ ވާހަކަ ތަރުޖަމާ ކޮށްދިނުމަށެވެ. ނަމަވެސް ޖަޒްލީއަކީ ވާހަކަ ނުވެސް ދެއްކޭ ކުއްޖެއްކަން އޭނާގެ ހަރަކާތްތަކުން ފާތުންނަށް އެނގުނުއިރު, އޭނާއަށް އެ އަތުގެ އިޝާރާތުން ޖަޒްލީ ދޭން މަސައްކަތްއެކުރާ މެސެޖު އޮޅުންފިލާ ގޮތެއް ނުވިއެވެ.

“އައި އޭމް ސޮރީ.. ބަޓް އިޓް ސީމްސް ޝީ އިޒް އަންއޭބަލް ޓު ޓޯކް, ނޮޓް ބިކޯޒް ޝީ ޑޯންޓް ނޯ އިންގްލިޝް, ބަޓް ޝީ ކާަންޓް ޓޯކް އެޓް އޯލް.. “ފާތުންގެ ބަސްތަކުން މުހުސިންއަށް ހަމްދަރުދީއާއި އެކު ޖަޒްލީއަށް ބަލައިލެވުނެވެ. އެ އަންހެން ކުއްޖާއަށް އެހީވާން އޭނާ ކިތަންމެހާވެސް ބޭނުމެވެ.

“އަޅެ….. ކުޑަކަމެއް ޖެހިގެން ދާން ޖެހިއްޖެ… ކިހިނެތް ހަދާނީ… “އެވަގުތު ފާތުންގެ ފޯނު ރިންގުވާން ފެށުމުން އޭނާ ކޯލަށް ޖަވާބު ދިނުމަށްފަހު ޖަޒްލީއަށް ބަލާލާފައި ބުންޏެވެ. ޖަޒްލީ މުހުސިންއަށް ބަލާލުމަށްފަހު ގޮސް ފާތުންގެ އަތުގައި ހިފީ އެހީވެދޭށޭ ބުނާ ފަދައަކުންނެވެ. ފާތުންވެސް ޖަޒްލީއަަށް އެހީވެދޭން ބޭނުންވެފައި ހުރީތީ އޭނާ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން ޖަޒްލީގެ އާއިލާއާއި ހަވާލުކޮށްދޭނެ ކަމަށް ބުނެފައި ޖަޒްލީ ގޮވައިގެން ދިޔައީ ޖަޒްލީއަށް ހިމާޔަތް ދިން ކަމަށްޓަކައި މުހުސިންއަށް ޝުކުރު އަދާކޮށްފައެވެ.

*********

“އަނހާ… މިއޮއް އައީނު… ކޮންތާކުންތަ ދަރިފުޅު ތި އައީ… މަންމަ ހާދަވަރަކަށް ގުޅައިވެސްފީމޭ…. “ޖަމީލާއާއިއެކު ޑްރާމާއަަށް ގެއްލިފައި އިން ސަކީނާއަށް ކައިލާން އައިސް ގެއަށް ވަތްތަން ފެނުމުން ބުންޏެވެ. މިދަނީ ޑިއުޓީއަށްދާން ތައްޔާރުވާށޭ ކިޔާފައި މައްޗަށް އަރައިގެން ދިޔަ ކައިލާންއަށް ރިޝްފާގެ މަންމަ ނުވެސް ފެންނަ ފަދައެވެ. ސަކީނާއަށް އެކަން ފާހަގަވީިއިރު ޖަމީލާވެސް އިނީ ފާޑަކަަށް ބަސް މަދުވާގޮތް ވެފައެވެ. އަނެއްކޮޅުން ކައިލާންގެ ހޭވިފައިވާ ބޮލާއި ރޮއިރޮއި ރަތްވެފައިވާ ދެލޮލުގެ ސަބަބުން އޭނާގެ މޫނުމަތީގެ ތާޒާކަންވެސް ވަނީ ގެއްލިފައެވެ. ޖަމީލާ އެކަމާއި ބެހޭގޮތުން ސަކީނާއާއި ސުވާލު ނުކުރީ އެވާނީ ރިޝްފާއާއި ކައިލާންއާއި ދޭތެރޭ ކުޑަ ކަމެއް ހިނގީކަމަށް ހީކޮށެވެ.

*******

ފޮތެއްގެ ހަ ޞަފްޙާ ފުރެންދެން ޖަޒްލީ ލިޔެފައިހުރި އެއްޗިހި ކިޔައި ނިމުނުއިރު ފާތުންއިނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އޭގައި ވަނީ ހަމައެކަނި ކައިލާން އޭނައަށް ހެދި ގޮތުގެ ވާހަކައެއް ނޫނެވެ. އޭނާގެ ނަމަކީ ޖަޒްލީކަމާއި, އަދި ތިމާގެ އެއްވެސް މީހަކު ނެތްކަމާއި, ކައިލާންމެންގެ ގެއަށް އާދެވުނު ގޮތާއި, ކައިލާންގެ ބައްޕަ ޖަޒްލީގެ ޢިއްފަތް ފޭރިގަންނަން އުޅުނު ވާހަކަވެސް މެއެެވެ.

“ޖަޒްލީ.. ދެރަނުވޭ… ކޮންމެ ކަމެއްވެސްވާނީ އެންމެ ރަނގަޅަށް… އަހަރެމެން ޤަބޫލުކުރަން ޖެހޭނެ މާތް ﷲއެއްވެސް އިންސާނަކަށް އެ އިންސާނަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް, ތަކުލީފެއް ނުޖައްސަވާނެކަން.. އެހެންވީމަ ހިތްވަރު ކުރަންވާނެ…. މިރޭ އިރާދަކުރެއްވިއްޔާ އަހަރެން ޖަޒްލީ ގޮވައިގެން މާލެ ދާނަން..އިހަަށް ޖަޒްލީ އަރާމު ކޮށްލާ.”

ފާތުން ދެލޯ ފޮހެލުމަށްފަހު ޓިޝޫއަކުން ނޭފަތް ފޮޅާލާފައި ވާހަކަ ދެއްކިއެވެ. އަދި ޖަޒްލީ އޭނާގެ ރޫމުގައި އަރާމުކޮށްލަން ބާއްވާފައި ދިޔައީ ފެންވަރާލައިގެން ލާށޭކިޔާފައި އޭނާގެ ހެދުމެއްވެސް ދީފައެވެ.

******

ރޭގަނޑުގެ ވަގުތެވެ. މާލެ ދިޔުމަށް ލޯންޗުގައި ފެންކަޅިވެފައި އިން ޖަޒްލީގެ ހިތް އަދިވެސް އެދި ގޮވަމުންދަނީ ހަމަ އެންމެ ފަހު ފަހަރަށް ނަމަވެސް ކައިލާންގެ އެ ރީތި ސޫރަ ދެކިލުމަށެވެ. އަދި އޭނާފަދަ ނިކަމެއްޗަކަށް އެއްވެސް ކުށަކާއިނުލާ ލޯބީގެ ހިތިވޭން ތަހައްމަލް ކުރަން އެޖެއްސީ ކީއްވެގެންތޯ ސުވާލުކުރާށެވެ. ކޮންމެ ގޮތެއްވިޔަސް ޖަޒްލީ ދެން އެގެއަކަށް އެމީހުންގެ އަޅަކަށް ވެގެން އުޅޭކަށް ނުދާނެއެވެ. ޖަޒްލީގެ ގާތުގައި ލޯންޗުގެ ފަހަތު ސީޓުގައި އިށީނދެލައިގެން އިން ފާތުން ޖަޒްލީގެ މޫނުމަތީގައިވާ އުދާސްކަން ފެނިފައި ޖަޒްލީގެ އަތްތިލައިގައި ހިފައި ބާރުކޮށްލީ ހިތްވަރު ކުރާށޭ ބުނާ ފަދައަކުންނެވެ. ޖަޒްލީ އޭނާގެ ދެލޯ ފޮހެލީ ވޭން އަޅަމުންދާ އޭނާގެ ހިތުގެ ހާލު ފޮރުވަމުންނެވެ. އަދި ބަރުދާސްތު ކުރަމުންދާ އެހިތަށް ޙައްޤުނޫން ހިތާމައިގެ ޖަވާބު ކައިލާންގެ ކިބައިން ލިބިގަތުމަށް ވަޢުދު ވަމުންނެވެ.

*******ނުނިމޭ********

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އުމުރަށް ތިޔަ ނަމުގައި….. 1

Next

އުމުރަށް ތިޔަ ނަމުގައި…..2

Next
July 15, 2018

އުމުރަށް ތިޔަ ނަމުގައި…..2

Previews
July 14, 2018

އުމުރަށް ތިޔަ ނަމުގައި….. 1

50 Comments!

  1. Polyp says:
    July 15, 2018 at 6:40 pm

    Yay i am the first one to like.. Yay 😛

    1. Noor??? says:
      July 15, 2018 at 6:53 pm

      ThanQ. ???

  2. Pop says:
    July 15, 2018 at 6:48 pm

    Alhe haadha salhi ey mi vaahaka.. Dhen kon dhuvahakun dhen oeh bai genesdheyny

    1. Noor??? says:
      July 15, 2018 at 6:52 pm

      Hama leyevey Irah up koh dheynan
      In sha Allah. ThanQ dear???

  3. Mona says:
    July 15, 2018 at 6:54 pm

    Awesome???
    Thankolhe dhigu koh genes dhin nama v furihama vees

    1. Noor??? says:
      July 15, 2018 at 9:11 pm

      ThanQ dear. Aslu vaguthuves nuvee liyan. But promise kurevunyma mi update kohdhiny.

  4. dhonkanbulo says:
    July 15, 2018 at 6:57 pm

    Oh.. mivaahaka up kohladheythw iru iru kolha balaala balaala mi hunnany. BTW story hama awesome as usual??. Hama v salhi vaahaka ehh miee. I just love it???❤❤?????❤. Knn irakun next part. Mihaaru vx keiyytheri kn kolhun lan fashaifi..?? hama nuhureveny ey mi vaahaka kiya hithun.. adhi vx ehfaharu bunelan mi story hama v salhi❤????????❤❤

    1. Noor??? says:
      July 15, 2018 at 9:32 pm

      ThanQ 4 the support dear.. Will try to up soon. In sha Allah.

  5. Shimry says:
    July 15, 2018 at 7:04 pm

    Wow bala balaa indaa up v haada haaa reeechey mi vaahaka next part kiyaa mi huree noor avahah up kohla dee v tafaatu stry eh mee v v reeti

    1. Noor??? says:
      July 15, 2018 at 9:33 pm

      ThanQ 4 the comment dear.. In sha Allah soon

  6. Lyy says:
    July 15, 2018 at 7:04 pm

    Haadha inthizaareh kohfymey mi story ah….vvv reethi mi part vx

    1. Noor??? says:
      July 15, 2018 at 9:33 pm

      ThanQ dear

  7. Reen says:
    July 15, 2018 at 7:09 pm

    Masha allah mi part ves haadha salhieyyy..bala bala indhaa thi upkuryy..hehe…dhigu inthizaarehge nimun mee hama..curiously waiting for the next part..❤

    1. Noor??? says:
      July 15, 2018 at 9:34 pm

      ThanX dear.

  8. Rishfa says:
    July 15, 2018 at 7:16 pm

    Kada ey noor.. feshige kiyamun ai iru heekurin varah reethivaane ey.. ekam emme fahun thi genes dhin dhe part kiyaafa varah vai vehjje.. hope mi vaahaka hadi koh nulaane kamah.. varah toy vaa hen heevanee. Hindi meehun vahdhaigen dhen.
    but still keep going..?❤

    1. Noor??? says:
      July 15, 2018 at 9:40 pm

      ThanQ 4 the comment dear.

  9. Yoon says:
    July 15, 2018 at 7:34 pm

    ??❤?

    1. Noor??? says:
      July 15, 2018 at 9:40 pm

      ThanQ ???

  10. Reet says:
    July 15, 2018 at 7:59 pm

    Vvv reethi thankolheh kury kailaan jazly dhimaa veytha! Jazly dhen hunnaane fathun kiriyga tha !kailaan kanthakaa sakeena goth hussvavaru kohbala adhi kailaan sakeenaa ge dhemafirn na alhai nulaa emeehun na vahakanudhahka emeehun dharave emeehun amilla again hurihaa ehcheh kiyaa dhinumah fahu jazly aa kailaan dhimaa Vaa goth hadhun ekamaku eyge Kurin kailaan 2 aaela edhumah kaivani koh kailaan ge ehvess alhaalumeh nulibun (vaahaka kuriyah dhaaney thifaraathun fenna gothah)ok gn

    1. Noor??? says:
      July 15, 2018 at 9:41 pm

      ThanQ so much 4 the idea. Will c what I can bring on next part. ThanQ dear

    2. Noor??? says:
      July 16, 2018 at 11:26 am

      Next part dhigukohleveytho balaanan. ThanQ

  11. Stry Kiyaa Man says:
    July 15, 2018 at 8:24 pm

    Masha allah.great work. Vvv furihama.when vaany kihineh baa.dhw.
    maadhama dhw next part.waiting waiting.
    -salaam-?????

    1. Noor??? says:
      July 15, 2018 at 9:42 pm

      ThanQ dear.. Salaam.

    2. Noor??? says:
      July 16, 2018 at 11:28 am

      Liyevunuhaa avahakah update kohdheynan. Thankolheh busykoh ulheythy vaki ireh bunelan undhagu. ThanQ dear

  12. Sana says:
    July 15, 2018 at 8:26 pm

    Noor kiyaa kudhin hama rangalhee eyy ????
    Varah reethi mi part masha Allah……
    When is the next part
    Waiting for the next part??

    1. Noor??? says:
      July 15, 2018 at 9:43 pm

      Hehe. ThanQ dear

    2. Noor??? says:
      July 16, 2018 at 11:29 am

      In sha Allah will try to update soon.

  13. Eeshal says:
    July 15, 2018 at 9:09 pm

    V reethi..keep it up ?

    1. Noor??? says:
      July 15, 2018 at 9:43 pm

      ThanQ 4 the support dear

  14. Noor??? says:
    July 15, 2018 at 9:46 pm

    Aslu mi part varah kurukoh genesdhineemaves readers ge faraathun maa bodu complain akaa nulaa balaigathyma varah ufaavejje. THANQ SO MUCH LOVELY READERS. Love u all. ???

  15. mysterious girl says:
    July 15, 2018 at 9:51 pm

    woah…varah loabi mi vaahaka….??…dhn kon dhuvahaku up kohdheveyny ??

    1. Noor??? says:
      July 15, 2018 at 10:04 pm

      ThanQ dear. Happy to know that. In sha Allah tomorrow night

  16. Bell says:
    July 15, 2018 at 10:13 pm

    Alheyy… haadha salhi eyy mibaii ❤❤❤❤????.. n kailaan mom haadha goaaheyy… ???

    1. Noor??? says:
      July 17, 2018 at 1:15 pm

      ThanQ dear

  17. Baby girl ❤ says:
    July 16, 2018 at 10:28 am

    Vrh vrh reehi…superb….

    1. Noor??? says:
      July 16, 2018 at 11:23 am

      ThanQ dear

  18. Rose says:
    July 16, 2018 at 9:07 pm

    Nice story! Masha Allah keep it up! Waiting for the next part!

    1. Noor??? says:
      July 17, 2018 at 1:16 pm

      ThanX dear

  19. Hshaa says:
    July 16, 2018 at 11:45 pm

    Wow salhi .jazlee a ehen nahadha enage loabi ana dhee plz

    1. Noor??? says:
      July 17, 2018 at 5:44 am

      Thanq dear

  20. Nash says:
    July 17, 2018 at 6:42 am

    Kobaa 9part …haadhalahey up vaaley

    1. Noor??? says:
      July 17, 2018 at 1:16 pm

      IN SHA Allah today

  21. Charlie says:
    July 17, 2018 at 11:51 am

    Oh wow?

    1. Noor??? says:
      July 17, 2018 at 1:17 pm

      ThanQ dear

  22. Sham cham says:
    July 17, 2018 at 12:09 pm

    V salhi..kniraku next part up kolladheynee…

    1. Noor??? says:
      July 17, 2018 at 1:18 pm

      ThanQ dear. In sha Allah today

  23. secret girl says:
    July 17, 2018 at 12:51 pm

    Alhe dear avx kohla ?????dhevidhaane tha v impatient fr the nxt prt

    1. Noor??? says:
      July 17, 2018 at 1:18 pm

      In sha Allah today..

  24. Peony says:
    July 17, 2018 at 7:35 pm

    Wow?. I love this story a lot. It’s awesome

    1. Noor??? says:
      July 17, 2018 at 8:00 pm

      ThanQ dear

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……09←


All Right Reserved!