Skip to content
އެސްފިޔަ

އެހެނަސް…(10)

މަލާކް އެނދުގައި އޮށޯވެލައިގެން އޮތެވެ. ފަންކާގެ ބުރުނޭނގޭ ފިޔަތަކަށް ބަލަން އޭނާ އޮތީ ޚިޔާލަކަށް ގެއްލިފައެވެ. އަލޫކްގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއްވެއްޖެއެވެ. ގުޅާފަހަރަކުވެސް ކޮންމެވެސް ކަމެއްގައި ބިޒީވެގެން އަވަހަށް ފޯނު ކަނޑާލައެވެ. ރޭގަނޑުވެސް “ގުޑްނައިޓް” ކިޔަންނޫނީ މެސެޖެއްވެސް ނުކޮށްލާނެއެވެ. އަނެއްކާ އެއީ އަލޫކް ކިހިނެއްވެގެން އުޅޭ ގޮތެއްބާއެވެ؟ އޭނާ މަތިން އަލޫކް ފޫހިވީބާއެވެ. ނުނިދިފައި އެތައް އިރަކު އޮތުމަށްފަހު މަލާކްބެލްކަންޏަށް ނުކުތެވެ. ހާސްވެފައިވާ އޭނާގެ ސިކުނޑިއަށް ލުއިކަމެއްލިބޭތޯއެވެ.

ތާޒާ ފިނިރޯޅިތަކިން ހިތްހަމަޖެހުން ހޯދަމުން ދިޔަ މަލާކަށް ސިހުން ލިބުނީ މަގުގެ އެއްފަރާތެއްގައި ޕާރކުކޮށްފައި އޮތް މެޓްބްލެކް ކުލައިގެ ކާރު ފެނުމުންނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ތެޅެމުން ދިޔަ ހިތަށް ވިސްނައިދެމުން މަލާކް ކާރުގެ ނަންބަރަށް ބަލާލިއެވެ. އެއީ ހަމަ އަލޫކްގެ ކާރެވެ. މަލާކް ދެތިންފަހަރަކު އެސްފިޔަ ޖަހާލިއެވެ. ހުވަފެނެއްނޫންތޯ ޔަޤީންކުރުމަށެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. އޭނާ ހިތްބިރު ގަންނަން ފަށައިފިއެވެ. އަލޫކްއަކީ ސިހުރުވެރިއެއްފަދަ ގޮތްނޭނގޭ ޒުވާނެކެވެ. އޭނާ މިކުޅެނީ ކޮންކުޅިވަރެއްބާއެވެ؟ އިތުރަށް އެތާކު ނުހުރެވުނެވެ. ބޭނުންވީ ނުކުމެގެންގޮސް އެކާރު ހުޅުވާފައި އެއީ އަލޫކްގެ ކާރުތޯ ޔަޤީން ކުރުމަށެވެ. ނަމަވެސް އެހިއްވަރެއް އޭނާއަކަށް ނުލިބުނެވެ. މާދަމާއަކީ ބަންދުދުވަހެއްކަމުން، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އަލޫކްގެ ގެއަށްދާން ނިންމައިގެން މަލާކް އަވަހަށް އެތެރެއަށްވަނެވެ. އެނދުގައިއޮށޯވެ ނިދޭތޯމަސައްކަތްކުރިއެވެ. ނަމަވެސް ނިދިވަނީ އޭނާއާ އެތައްހާސްމޭލު ދުރަށްގޮސްފައެވެ.

މަލާކް ވަންތަން ބަލަންހުރެފައި އަލޫކްވެސް ކާރު ދުއްވާލިއެވެ. އެތައް ދުވަހެއްކޮށްފައި މަލާކްގެ ސޫރަ ލޮލަށް ފެނުމުންވެސް އޭނާ ވާންވީވަރަކަށް އުފަލެއްނުވެއެވެ. ރުޅިއާދެވެނީ އަމިއްލަ ނަފްސުދެކެއެވެ. އޭނާއަކީ ކިހާ ނުބައި މީހެއްހެއްޔެވެ؟ އެއަންހެން ކުއްޖާއަށް އޮޅުވާލާ ދޮގުހެދުމަކީ އޭނާއަށް ދެވޭ ކިހާ ބޮޑު އަނިޔާއެއްހެއްޔެވެ؟ ވެވޭ ކިހާބޮޑު ބޭއިންސާފެއްހެއްޔެވެ؟ މަލާކްގެ ހިތްހަލާކުވެއްޖެނަމަ ދުވަހެއްގެ ކޮޅުންވެސް އޭނާ އަމިއްލަ ނަފްސަކަށް މަޢާފެއްނުކުރާނެއެވެ.

ޓެކްސީ ގޮސް އަލޫކްގެ ގޭގެ ބޮޑުގޭޓު ކައިރިއަށް މަޑުކޮށްލުމާއެކު މަލާކް ފޭބިއެވެ. މިހާ ސެކިޔުރިޓީ ހައި ތަނަކަށް އޭނާ ނޭނގި ވަންނާނީ ކިހިނެއްހެއްޔެވެ؟ އެންމެފަހުން މަލާކް ކޯލް ބަޓަނަށް ފިއްތާލިއެވެ. އިރުކޮޅަކުން ޖަވާބުދިޏި އަލޫކްގެ ޕާރސަނަލް ބަޓްލަރ ވިލިޔަމްއެވެ. “ވިލިޔަމް..އަލޫކް ގޭގަތަ؟ މިއީ މަލާކް…ޑޯންޓޤ ޓެލް ހިމް، އައެމް ހިޔާރ ޓު ގިވް ހިމް އަ ސަރޕްރައިޒް..” ކިތަންމެ އުނދަގޫވި ނަމަވެސް މަލާކަށް ޖެހުނީ ދޮގެއްހަދާށެވެ. ނަމަވެސް ޙަޤީޤަތަށް ބަލާނަމަ ދޮގެއްވެސް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް މަލާކް ފެނިއްޖެއްޔާ އަލޫކް ސަރޕްރައިޒްވާނެއެވެ. ވިލިޔަމް ދޮރު ހުޅުވާލުމާއެކު މަލާކް އެތެރެއަށްވަނެވެ. “ސަރ އުޅުއްވަނީ ކޮޓަރީގަ، ޓޭކިންގް އަ ޝަވަރ އައި ތިންކް..ހައު ކޭން އައި ހެލްޕް ޔޫ މިސް މަލާކް؟” ” އޯ..ތޭންކްސް ބަޓް، އިޓްސް އޯކޭ… އައެމް ޖަސްޓް ގޮނަ ހޭންގް އަރައުންޑް ޓިލް ހީ އިޒް ޑަން، ސޮރީ ޓު ބޮދަރ ޔޫ…” “އިޓްސް ނަތިން އެޓް އޯލް..ރިޔަލީ، ފީލް ފްރީ ޓު ޑޫ އެނީތިންގް” ވިލިޔަމްގެ ހުއްދަޔާއެކު މަލާކް ދިޔައީ އަލޫކްގެ ސްޓަޑީ އަށެވެ.

ވިލިޔަމް ޕޫލް ސާފުކުރަން ނުކުމެ ހުރުމުން މަލާކް ގަސްދުކުރީ އަލޫކް ނިމުނުތޯ ބަލަން ދާށެވެ. މިހާރުވެސް އެހާ އިރު ވެއްޖެއެވެ. ހޯލްއިން ހިނގާފައިދިޔަ މަލާކްގެ ފިޔަވަޅުތަކަށް ހުއްޓުންއެރީ އަލޫކްގެ ކޮޓަރިން އިވުނު ހަޅޭކުގެ އަޑުންނެވެ. ހިނގުން އަވަސްކޮށްލުމަށްފަހު ތެޅިތެޅިއޮތް ހިތަކާއެކު ދޮރު ހުޅޫވާލިއެވެ. އެއާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ.

ބިންމަތީގައި ވެއްޓިފައިއޮތް އަލޫކްގެ އަތުގެ މުލައްދަނޑިންނާއި ކޮނޑާ ހިސާބުން ލޭފައިބަމުންދިޔައެވެ. ތަޅައިގެން ގޮސްފައި އޮތް ލޯގަނޑުން ކުދިކުދިވެފައިވާ އެތިކޮޅުތަކެއް އޭނާގެ ކޮނޑުމައްޗަށް ހެރިފައިވާއިރު، މުލައްދަނޑީގައި ވެސް އެތިކޮޅުކޮޅު ހެރިފައި ހުއްޓެވެ. އަލޫކް ކުކުރާލުމާއެކު މަލާކަށް ހޭވެރިކަންވިއެވެ. ބާރުއަޑުން ވިލިޔަމްއަށް ގޮވަމުން އަލޫކްގެ ކޮޓަރީގައި އިންބަޓަަނަކަށް އޮބާލުމަށްފަހު ފަރސްޓް އެއިޑް ބޮކްސްއެއް ހިފައިން އައުމަށް ބުންޏެވެ. އަދި އަވަހަށް އަލޫކްގެ އަތުން ލޭމަނާ ކުރެވޭތޯ އުޅުނެވެ. ވަރަށް މަސައްކަތުން އަލޫކް އެނދުގެ އަރިމަތީގައި ލައްގާލުމަށްފަހު އޭނާގެ ޓީޝާޓު ބާލަން މަލާކް އުޅުނެވެ.

އަލޫކް އާދޭހާއެކު އެކަމަށް އިންކާރުކުރިއެވެ. ދެލޯ މެރިފައިވާހާލު އޭނާއަށް ވާނުވާވެސް ނޭނގެއެވެ. މަލާޚްގެ ހިތުގައިޖެހުނެވެ. އަލޫކް ހުރި ހާލުއޭނާއަށް އެނގުނުކަހަލައެވެ. އަނެއްކާވެސް ޓީޝާޓު ބާލާން އުޅުމުން އަލޫކް އިންކާރުކޮށް ވާހަކަ ދައްކަންފެށިއެވެ. “ނޫން ނޫން..ޕްލީޒް..އަހަރެން ހުރޭ ގާރލްފްރެންޑެއް..އެންޑް އައި ލަވް ހާރ..އައި ލަވް މަލާކް..” މަލާކްގެ ހަރަކާތްތަކަށް ހުއްޓުމެއް އެރިއެވެ. އަލޫކްހަމަ އެހާ އޭނާދެކެ ލޯބިވޭ ހެއްޔެވެ؟ މަސްތުގެ ޙާލުގައިވެސް ވާނުވާ ނޭނގިހުރެ ނަމަވެސް އަލޫކް އެބުނި އެއްޗަކުން މަލާކްގެ ހިތް އަލޫކަށްޓަކައި ލޯތްބާއި ހަމްދަރުދީއިން ފުރި ބަންޑުން ވިއެވެ. މަލާކްކަން ނޭނގިނަމަވެސް އަލޫކް އެބުނީ އަސަރުން ފުޜިގެންވާ ވާހަކައެވެކެވެ.

ވިލިޔަމް އައިސް މަލާޚް އަތަށް ފަރސްޓް އެއިޑް ބޮކްސް ދިއްކޮށްލިއެވެ. އަދި އަލޫކްގެ ލެއިން ކަޅިވެފައިވާ ޓީޝާޓު ބާލައިދިނުމަށްފަހު ލޭމަނާކުރުމުގައި މަލާކަށް އެހީވިއެވެ. އަލޫކްގެ އަތުގައި ނޫފައިގަނެ ފުއްޕާފައިހުރި ނާރުތައްފެނުމުން މަލާކް އިތުރަށް ހިތުގައި ޖެހުނެވެ. އަނެއްކާ މިހުރިހާ ދުހު ދަތުރެއްގައޭ ކިޔާފައި އަލޫކް މިކަން ކުރަން ގޭގައި އޮތީ ހެއްޔެވެ؟ މަލާކްއާއި ވިލިޔަމްވެގެން ތަޅައިގެން ގޮސްފައިވާ ބިއްލޫރިތައްވެސް ސާފުކުރިއެވެ.

ވިލިޔަމްގެ އެހީޔާއެކު އަލޫކް އެނދުގައި ބޭއްވިއެވެ. މަލާކްގެ ދެލޯފުރި ބަންޑުން ވާޏްފެށިއެވެ. އަލޫކްގެ އެ އުޅުމުގެ ފަހަތުގައި ކޮންމެވެސްބައެއްގެ އިހުމާލެއްވާކަން މަލާކަށް އެނގެއެވެ. އެޙާލުން އަލޫކް ސަލާމަތްކުރަން އޭނާ ބޭނުންވެއެވެ. ވަރަށް ބޭނުންވެއެވެ. ނަމަވެސް އަލޫކްއާއި ސުވާލުކޮށް ވާހަކަދއްކޭނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އަލޫކް އޭނާދެކެ ލޯބިވާކަން މަސްތުގެ ޙާލުގައިވެސް ސާބިތުކޮށްދީފިއެވެ. ވީއިރު އޭނާވީ އަލޫކްދޫކޮށް އެފާފަކުރުންމަތީ އޭނާ ބަހައްޓަންހެއްޔެވެ؟ ނޫނީ މަލާކްގެ ލޯބި ދީގެން ރަނގަޅުކުރަން މަސައްކަތްކުރަން ހެއްޔެވެ؟

ނިދިފައި އޮތް އަލޫކަށްއުނދަގޫ ނުކުރާންވެގެން މަލާކް ގެއަށްދިޔައެވެ. ހިތުގައިޖެހިފައި ހުރިލެއް ބޮޑުކަމުން ނުހާގެ ސުވާލްތަކަކަށްވެސް ޖަވާބެއް ނުދެވުނެވެ.

ބަނޑުހައިވެގެން ނުހުރެވޭ ވަރުވުމުން މަލާކް ކޮޓަރިން ނުކުތްއިރު ނުހާވެސް ކައްކަން އުޅެއެވެ. “ވޮން ޓޯކް އަބައުޓް އިޓް؟ ޑިޑް ހީ ސޭ ސަމްތިން؟” މަލާކްގެ ބަޑި ފަޅައިގެންދިޔައެވެ. ނަމަވެސް އަލޫކްގެ ރެޕުޓިޝަން ހިފެހެއްޓުމަށްޓާކައި އޭނާ ނުހާގާތު އެވާހަކައެއް ނުބުނެއެވެ. ” ތިންގްސް ގޮޓް އަ ލިލް ކޮމްޕްލިކޭޓެޑް..” އެވަރުން އެވާހަކަ ކުރުކޮށްލިއެވެ. ކިހާ ދުވަހަކު މަލާކަށް އެވާހަކަ ނުބުނެ ހުރެވޭނެބާއެވެ؟ ކޮންމެގޮތެއްވިޔަސް ކޮންމެވެސް މީހެއްގެ ޚިޔާލެއްވެސް ބޭނުންވާނެތާއެވެ.

އަލޫކަށް ހޭލެވުމާއެކު ވެދިޔަކަންތައް ހަނދާންކުރަން މަސައްކަތް ކުރިއެވެ. ރޭގަނޑުގެ ކެއުން ހިފައިގެން ވިލިޔަމް އައުމުން އޭނާ ގާތުގައި އަހައިގެން އޮޅުންފިލިވިއެވެ. މަލާކް އަްިކަން އެނގުމުން އޭނާ ހާސްވެ ދެރަވެސްވިއެވެ. އޭނާގެ އެޙާލުގައި އެއްގޮތަކަށްވެސް މަލާކަށް ފެންނާކަށް ބޭނުމެއްނޫނެވެ. ހިތްއަވަސްކަމާއެކު މަލާކްގެ ނަންބަރަށް ޑެއިލް ކޮށޤލިއެވެ. ފޯނުއޮތީ ނިވާލާފައެވެ. ހުޅުވިެިރަކުން ދާނެކަމަށް ބަލާފައި މަލާކަށް މެސެޖު ފައްޗެއްވެސް ފޮނުވާލިއެވެ. އަދިވެސް އަތަށް ތަފުވެ ބޮލަށްވެސް ބަރުވެފައި ހުރުމުން އަލޫކް ނިންމީ އަރާމްކޮށްލާށެވެ. އޭނާއަށް ކުޑައެއްވެސް ލުޔެއްލިބުނުހާ އަވަހަކަށް މަލާކާއި ބައްދަލުކުރަންދާންވެސް ނިންމިއެވެ.

ޖެހިގެން އައިދުވަހުގެ ކޮލެޖް ބްރޭކްގަޑިއެވެ. “ހޭ، ތިމީހުން މި ވަން މަންތް ހޮލިޑޭގަ ރާއްޖެދަންތަ؟” ޒާހިލް ވާހަކަ ދެއްކީ މަލާކްއާއި ނުހާއާއެވެ. “ނުހާ ދަން… މަލާކްއޯ؟” މަލާކް ވިސްނާލިއެވެ. މިހުރިހާ ހާސްކަމަކުން މަލާކްގެ ސިކުނޑި ކުޑަދުވަސްކޮޅަކަށް ނަމަވެސް އެއްފަރާތްކޮށްލުމަށް މިނޫން އެހެން ރަނދަޅު ފުރުސަތެއް މީންދުހުކު ނުލިބޭނެއެވެ. “މަންމައާ މިރޭ ވާހަކަ ދައްކާލާނަން..އަހަރެން ބޭނުން ރަށަށޤ ޖައްސާލަން، ދެން ފެށޭނީ އެންމެ ހާރޑް ސެމިސްޓަރތައްވީއްްޔާ ދޯ؟ ޒާހިލްދަނީ ރަށަށްތަ؟” “ހްމްމް..އެހެން މިކިޔަނީ، އަހަރެން ވަރަށް ފޫހިވޭ މާލެދެކެ..” ޒާހިލްގެ ނަޒަރު ހުއްޓިފައި ހުރީ މަލާކަށެވެ. އެކަން މަލާކަކަށް ފާަގައެއްނުކުރެވުނެވެ.

_ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. kitty

    wowwwooo.. me first dhw.. vaahaka hama vvvvv reethi

    1. Zelll
      kitty

      Awwn, thanks kitty and congrats for being first to read dear

  2. Maii

    Me 2nd dhw… Stry hama habeys??

  3. Maii

    Me 2nd dhw… Stry hama vrh vrh habeys??

    1. Zelll
      Maii

      Yeah,congrats thankyou Maii, thanks,

  4. Zelll

    T

  5. Zelll

    Thanks all the readers for your support, and sorry i had to keep you all waiting. Anekka ves neynge seedha bunedheykah dhenn but will upload soon, eiy Zelll ge olevel vrh kairivefa othyma now, so hope you’d still keep waiting and i hope i’d still get your support

  6. Yyyyy

    Yeah we understand, keep up, love the story hama.

  7. luvtish

    WOOOOOOOOOOWWWWWWW!!!!!!!!!!!!!

  8. unique

    habeys zelll the best i luv it

  9. Pop

    Mi vaahaka ah wait kohkoh varubali vejje.. Its ok zelll i can understand my condition was same when it was getting close.. Btw are you a girl or a boy?

    1. Zelll
      Pop

      I’m a girl, why?

  10. Sheyou?

    Sure bbe. Will wait for mi story. O level ah ragalhah kiyavacchey. Take your time hama.

Comments are closed.