Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 12

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 14, 2018 5 Mins Read
14 Comments

އެކަމު ހަނދާންކުރާތި އާރޭ ނުވާނު އަފޫއަށް ދެރައެށް ދީގެން. އާރޭއާ ހެދި އަފޫ ހިތާމަކުރަން ޖެހިއްޖެޔާ..” އައްޒާމް އެހިސާބަށް ބުނުމަށްފަހު ހުއްޓާލިއެވެ. އަރްޝާދް އަފްރާއަށް ލޯބިހުށަހަޅަށްވެގެން އައްޒާމްގާތު އެވާހަކަ ބުނުމުން އޭނަ ފުރަތަމަ ދެކޮޅު ހެދީއެވެ. އެހެނަސް އަރްޝާދް ކުރުނުކޮށް ކިޔަންފެށުމުން ޝަރުތުތަކަކާއެކީ އައްޒާމް އެއްބަސްވިއެވެ.

އަރްޝާދް ވިސްނަމުން ދިޔައީ އަފްރާއަށް ލޯބި ހުށަހަޅާނެ ގޮތަކާމެދުގައެވެ. އުމުރުން ނަވާރަ އަހަރުވީއިރުވެސް ދުވަހަކުވެސް އޭނަ އަންހެންކުއްޖަކަށް ލޯބިހުށައަޅާފައެއް ނުވެއެވެ. ލޯބީގެ ދުނިޔެއަކީ އޭނާއަށް އާތަނެކެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން އަރްޝާދް ގޮސް އޭނާގެ ފޯނުން ނަންބަރަކަށް ގުޅާލިވެ.

“ހަލޯ” ފޯނު ރިންގުވުމާއެކު މިހްރާން ފޯނުނެގިއެވެ. އަރްޝާދް އޭނައަށް ގުޅާނީ ކޮންމެވެސް ކަމެއް ލައިގަނެގެން ކަން މިހްރާންގެ ތޫނުސިކުނޑިއަށް ނަގައިގަނެވުނެވެ. ” ބޭބެ އަހަރެން ވަރަށް އެހެން ކަހަލަ ސުވާލެއް ކޮށްލަންތަ؟” “ސުބުހާނައްﷲ ކޮންފަދަ ބޮޑު ސުވާލެއް؟” “ބޭބެ އަފްޝަން ދައްތަދެކެ ލޯބިވީ ކިހިނެއް؟” އަރްޝާދް ކުރި ސުވާލުން މިހްރާންގާތަށް ހިނިއައެވެ. މިހްރާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނުން އަނެއްކާވެސް އަރްޝާދް ވާހަކަ ދައްކަން ފެށިއެވެ. “ބޭބެ ލޯބި ވެވޭނީ ވަރަށް ދުވަހު އެކީ އުޅެވުމުންތަ؟ ނޫނީ ކުއްލިއަކަށް ހުރެފަތަ؟ މިބުނީ ފުރަތަމަ ނަޒަރުންތަ؟ މިސާލަކަށް އަހަނަނަށް ކުއްޖެއްދެކެ ލޯބިވެވިއްޖެކަން ރިއަލައިޒް ވާނީ އެކުއްޖާއާ ދުރަށް ދިޔައީ މަތަ؟” “އަރްޝާދް ހަމަޖެހިބަ. އަނެއްކާ ކުއްޖެއްދެކެ ލޯބިވެވުނީތަ؟” “ޔޭސް ބޭބެ އައި ތިންކަ އައި އެމް އިން ލަވް. ބުނެބަ އެކުއްޖާ ޕްރޮޕޯސް ކުރަން ހަދާނެ ގޮތެއް؟” ވަރަށް ޖޯޝާ ފޯރީގަ އަރްޝާދް ވާހަކަ ދައްކަމުން ދިޔައެވެ. މިހްރާން ހިތަށް ގޮތެއްވެލިއެވެ. އަރްޝާދް ލޯބިވީ ކޮންކުއްޖެއްދެކެ ބާއޭ އޭންގެ ހިތަށް އެރިއެވެ. އަފްރީންއަށް ވާނެ ގޮތަކާމެދު ވިސްނާލެވުނެވެ. “ހޫ އިޒް ދަ ލަކީ ގާލް؟” ޖެހިލުންވެ އިނދެ މިހްރާން އަހާލިއެވެ. “އަފް..” އަރްޝާދަށް ބުނެވުނީ އެހިސާބަށެވެ. ފޯނު ޗާޖު ހުސްވެގެން ނިވުނީއެވެ. މިހްރާނަށް އިންތިޒާރު ކޮށްގެން ހުރީ ނަން ފުރިހަމަ ވާނެއިރަކަށެވެ. އެހެނަސް އަރްޝާދްގެ އަޑެއް އިތުރަކަށް ނީވުނެވެ. ފޯނު ކަންފަތުން ނައްޓާލާފައި ބަލާލިއިރު ފޯނުވަނީ ކެނޑިފައެވެ. މިހްރާން ހީކުރީ އަރްޝާދް ލަދުން ފޯނުކަނޑާލީކަމަށެވެ. މިހްރާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރި ވިއެވެ. އޭނާ އަވަސްވެގަތީ އަފްޝަން ގާތު އެވާހަކަ ބުނާށެވެ.

“އޯނޯ ފޯނު މަރުވީ. ޕްރޮޕޯސް ކުރާނީ ކިހިނެއްތޯވެސް ބޭބެ ގާތުގަ ނޭހުނު.” އަރްޝާދް މިހްރާނަށް ގުޅުމުގެ ބޭނުން ނުފުދުމުން އޭނާގާތަށް ރުޅިއާދެވުނެވެ. އަރްޝާދް ރުޅިމޫނު ހަދާގެން ގޭތެރެއަށް ވަންނަށް ހިނގާގަތެވެ.

ދޮރޯށި ހުޅުވުނު އަޑަށް ޖޯލީގައި އޮތް އަފްރާ އެދިމާއަށް ބަލާލިއެވެ. ރުޅި މޫނު ހަދާގެން އެތެރެއަށް ވަން އަރްޝާދް ފުނުމާއެކު އޭނާގެ ހިތް އަވަސްވާންފެށިއެވެ. ރުޅި އައިސްފަހުންނަ އިރު އަރްޝާދް ހަރުދަނާ ވައްތަރު ޖަހައެވެ.

ޖޯލީގައި އަރްޝާދާ ދިމާއަށް ބަލަހައްޓާގެން އިން އަފްރާފެނި ބޭއިޚްތިޔާރުގައި އަރްޝާދަށް ހިނިތުންވެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީހިނދު ދެމީހުންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އަފްރާކިޔާ ވާހަކަތަކުގައި ލޯބިވެގެން އުޅޭމީހުން ކުރާ އިހްސާސްތައް އޭނައަށް ކުރެވެމުން ދިޔައެވެ. ފުރަތަމަ ނަޒަރުން އަފްރާއަަށް ލޯބިވެވިއްޖެއެވެ.

އަރްޝާދް މަޑުމަޑުން އަފްރާ އޮތް ޖޯއްޔާ ހަމައަށް ދިޔައެވެ. އަފްރާގެ ހިތް ތެޅެމުން ދިޔައެވެ. ނިޔަފަތު ކާންފެށުނީ އިޚްތިޔާރުން ބޭރުގައެވެ. “އަފޫ އަހަރެން ބޭނުން އަފޫ ގާތު ވާހަަކައެއް ބުނަން ” އަފްރާގެ ފަހަތުން އިވިގެން ދިޔަ އަރްޝާދުގެ ފިރިހެންވަންތަ އަޑުގެ ސަބަބުން އަފްރާއަށް އިތުރަށް ނިޔަފަތި ކެވުނެވެ. އޭނާ ގާތު އަރްޝާދް ބުނަން އޮންނާނީ ކޮންވާހަކައެއްހޭ ހިތަށް އެރިއެވެ.

*******************************

ކާނިވަލް ސަރަހަދުއްގައި ހުރި ކޮފީ ޝޮޕްގައި ރާއްޖޭގެ އެންމެ ބޮޑު ދެ ވިޔަފާރިވެރިން ކޮފީއަކަށް އައިސް ތިއްބެވެ. ދެ މީހުން ކޮފީ މޭޒުދޮށުގައި ތިބި އިރު އާންމުންގެ ލޯތައް އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. އެހެނަސް އެކަމަށް ފަރުވާލެއް ނެތި ދެމީހުންވެސް އެމީހުން ކުރަމުން ގެންދިޔަ މަޝްވަރާ ކުރިއަށް ގެންދިޔައެވެ. “މަށަށް ފެންނަނީ އަރްޝާދްއާ އަފްރީން ދެވަން. މަށަށް ޔަގީން އެދެމީހުންވެސް އެކަމަށް އެއްބަސް ވާނެކަން. ގައިމުވެސް މަގޭ އެދުމަކަށް އަރްޝާދް ދެކޮޅެއް ނުހަދާނެ” އާވި އަރާ އަރާ ހުރި ކޮފީތަށިން އެތިފޮދެއް ބޯލަމުން ޒަހީނު ބުންޏެވެ. މިހާރު އޭނާގެ އެންމެ ބޮޑު އެދުމަކީ އޭނާގެ ހަގު ދަރިފުޅު އަރްޝާދާއި އޭނާގެ ބިޒްނަސް ޕާޓްނަރ ސުހެއިދުގެ ހަގު ދަރިފުޅު އަފްރީން އެދެމީހުންގެ ދޮށީ ދަރިން މިހްރާންއާ އަފްޝަން ފަދައިން ކައިވެނިކުރުމެވެ. އޭރުން އޭނައާ ސުހެއިދުގެ ގުޅުން ބޮޑުވެގެން ދާނެއެވެ. “މަށަށްވެސް ހީވަނީ ތީ ވަރަށް ރަނގަޅު ކަމެއްހެން މަމިރޭ ގޮސް ރީންއާ ވާހަކަ ދައްކާނަން” ސުހެއިދުވެސް އެކަމަށް ތާއިދުކުރާކަން ހާމަކޮށްލިއެވެ. “އަރްޝާދް މިދުވަސްކޮޅު ވީ ރަށުން ބޭރުގައި. އެކަމު އަަފްރީން ރަނގަޅު ޖަވާބެއް ދިފިޔާ އަހަރެން އޭނަ މި ކޮޅަށް ގެންނާނަން އެންމެ ރަނގަޅެއްނު ދޯ” ޒަހީން ބުންޏެވެ. ސުހެއިދު އެންމެ ރަނގަޅޭ ބުނެ ބޯޖަހާލިއެވެ. ދެމީހުން ވިޔަފާރީގެ އެތައް ވާހަކައެއްވެސް އެރޭ ދެއްކިއެވެ.

*******************************

ކުއީން ސައިޒްގެ ބޮޑު އެނދުގައި ދެކޮޅަށް ފޮރޮޅިލަ ފޮރޮޅިލާ އަފްރޫން އޮތީ ލޮލިށް ނިދި ނައިސްގެންނެވެ. އަރްޝާދްގެ ސޫރަ ނުފެނުމުން އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. އަފްރީން ސިހިގެން ދިޔައީ އޭނާގެ ކޮޓަރީ ދޮރުގައި މިހަކު ޓަކި ޖެހުމުންނެވެ. އެނދުމަތިގައި އޮތްގޮތަށް އޮވެ އަފްރީން ދޮރު ހުޅުވާށޭ ބުންޏެވެ. ދޮރުހުޅުވާފައި އެތެރެއަށް ވަދެގެން އައީ އޭނާގެ ބައްޕަ ސުހެއިދުއެވެ. ބައްޕަ ފެނުމާއެކު އަފްރީންގެ މޫނުމައްޗަށް ނުރުހުންތެރިކަމުގެ ކުލަވެރިވިއެވެ. ބައްޕަދެކެ ކިތަންމެ ފޫހިވިއަސް އެކަންތައް ނުދައްކާވޭތޯ އަފްރީން ބަލައެވެ. ސުހެއިދު އައިސް އަފްރީންގެ އެނދުގެ އެއްފަޅީގައި އިށީނެވެ.”ދަރިފުޅާ ބައްޕަ މިއައީ ދަރިފުޅު ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން. ބައްޕަ ނެތިން ދަރިފުޅަށް މަޖުބޫރު ކުރާކަށެއް. ދަރިފުޅަށް އަރްޝާދް ކަމުދޭތަ؟” ސުހެއިދުގެ ސުވާލުން އަފްރީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ ބައްޕައަށްވެސް އޭނާގެ ހިތުގެ ހާލު ބޭޒާރުވީހޭ ހިތަށް އެރިއެވެ. އަފްރީން އެނދުން ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. “ބައްޕާ ކީއްވެތޯ ތިހެން ތި އެއްސެވީ؟” ސުހެއިދު ދެކެ ކިތަންމެ ނުރުހުންވިއަސް އަފްރީން ވާހަކަދައްކަނީ ރީއްޗަށެވެ. ސުހެއިދު އޭނައާ ޒަހީން ބޭނުންވާ ގޮތް އަފްރީން ގާތު ބުންޏެވެ. އަފްރީންގެ ހިތް އުފަލުން ނަށާލިއެވެ. ވަގުތުން ސުހެއިދު ގާތު ކައިވެންޏަށް އެއްބަސްވިއެވެ.

ޒަހީން އޭނަގެ އަނބިމީހާ މިޒްނާއާ އޭނާގެ ޚިޔާލު ހިއްސާކުރިއެވެ. މިޒްނާވެސް ހުރީ ނިކަން ބޮޑަށް އަފްރީންއާ އަރްޝާދް ގުޅުވަން ބޭނުންވެފައެވެ.މިވީ ތިން އަހަރުތެރޭ އޭނާއަށް ވަނީ އަފްރީން ރަނގަޅަށް ދަސްވެފައެވެ. އަފްރީންގެ ހުންނަ މިހުންނާ ގުޅޭ މިޒާޖުގެ ސަބަބުން އޭނާ ވަނީ މިޒްނާގެ ހިތުން ޖާގަ ހޯދާފައެވެ. އަފްރީންއަށް ވުރެ ރަނގަޅު ބައިވެރިއެއް އަރްޝާދަށް ނުލިބޭނެކަމަށް މިޒްނާ ޒަހީންގާތު ބުންޏެވެ.

” ރާންއަށް ޔަގީންތަ އާރޭ ލޯބިވެގެން އެއުޅެނީ ރީންދެކެކަން؟” މިހްރާން އަފްޝަން ގާތު އަރްޝާދް ގުޅާފަ ދެއްކި ވާހަކަތައް ކިޔާދިނުމުން އަފްޝަން އެހިއެވެ. މިހްރާން ވަރަށް ޔަގީންކަމާއެކު ބޯޖަހާލިއެވެ. އަރްޝާދް ވާހަކަ ދެއްކި ގޮތުން މިހްރާނަށް ހީކުރެވުނީ އަރްޝާދް ދެއްކީ އަފްރީންގެ ވާހަކަ ކަމަށެވެ. އޭނާއަށް ނޭންގުނު ކަމަކީ އޭނާގެ އެކުއްހީގެ ސަބަބުން އަމިއްލަ ކޮއްކޮގެ ދިރިއުޅަުން ހަލާކުވެގެން ދާނެކަމެވެ.

*******************************

މަޑު ފިނިކަމެއް ޖަައްވުގައި ހިފާފާހުއްޓެވެ. ސާދަވިލޭރޭގެ ހަނދުގެ މައްޗަށް ކަޅު ވިލާތައްވަނީ ގަދަކޮށްފައެވެ. އެހެންކަމުން މަގުމަތީގައި ދިއްލާފައި ހުރި ހޮޅުބުރިތަކުން ނޫނީ މަގުމައްޗަކަށް އަލިކަމެއް ފާޅެއްނުވެއެވެ. ވިއްސާރާގެ ކޮޅުމަތި ކޮންމެވެސް ވަރަކަށް ފެންނަމުންދިޔައެވެ. އަރްޝާދާ އަފްރާ މަގުމަތީގައި ހިނގާފައި ދިޔައިރު ފިޔަވަޅުގެ އަޑުފިޔަވާ އިތުރު އެއްވެސް އަޑެއް ނީވެއެވެ. ދެމީންކުރެ އެކަކަށްވެސް އަނަގައިން ބުނާކަށް ނުކެރުނެވެ. ރަށުގެ ބޮޑުމަގުން ލާފައިގޮސް ތުނޑިއަށް ނިކުމެވުނެވެ. ދުނިޔެމަތި ބަނަކަށް އޮތަސް މޫދުއޮތީ ވަރަށް އޮމާންކޮށެވެ. މަޑު މައިތިރިކަމާއެކު ދޮންވެލިގަނޑުގައި ބީހެނުން ދިޔައެވެ.

“އަފޫއަށް އިނގޭތަ ކޮން ވާހަކައެއް ބުނަންކަން އަހަރެން އަފޫ މިތަނަށް ގެނައީ؟” ތަނުގެ ހަމަހިމޭންކަން ކެނޑިގެން ދިޔައީ އަރްޝާދްގެ ފިރިހެންވަންތަ އަޑުންނެވެ. އަފްރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ. އަރްޝާދް ކުރިމަތިގައި ހުއްޓާ ވާހަކަދައްކާކަށް އަފްރާއަކަށް ކުޅަދާނައެއްނޫނެވެ. “އަހަރެންގެ އުމުރުން ނަވާރަ އަހަރު ވީއިރުވެސް ތިހާ ރީތި ކުއްޖެއް އަހަންނެއް ނުދެކެން. އެހެންވެކަންނޭންގެ އައްޒަމެން އެވަރަށް ކުދިން ސެޓުކުރާއިރުވެސް އަހަރެން ސިންގަލްކޮށް މިހުންނަނީ. ލޮތްބަކީ އަހަންނަށް ވަރަށް އާ އެއްޗެށް. އަހަންނަކީ ލޯބީގެ ވާހަކައަދި ފިލްމުވެސް ބަލާމީހެއްނޫން އެހެންވެ އެހާ ލޯބި ކޮށް ޕްރޮޕޯސް ކުރާކަށެއް ނޭންގެ. ސްޓިލް އައި ވިލް ޓްރައި ޓު ޑޫ މައި ބެސްޓް. އަފްރާ ވިލް ޔޫ ބީ މައި ފަސްޓް އެންޑް ލާސްޓް ގާލް ފްރެންޑް؟” އެއްފައި މައްޗަށް ތިރިވެލަމުން ހިތްގައިމު ގޮތަކަށް އަރްޝާދް އަފްރާ ޕްރޮޕޯސް ކުރިއެވެ. އަފްރާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މިކަހަލަ މަންޒަރަކީ އާންމުކޮށް ޝާރުަޚް ޚާންގެ ފިލްމް ތަކުން ފެންނަ މަންޒަރެވެ. އޭނާއަށް ހުރެވުނީ ހުވަފެނެއްގަ ބާއޭވެސް ހިތަށް އެރިއެވެ. އަފްރާގެ މޫނު މައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. އަރްޝާދަށް އެ މޫނަށް ބަލަހައްޓާގެން އިނދެވުނެވެ. އެހިނިތުންވުން ދެމިހުރީ ސިކުންތު ކޮޅަކަށެވެ. އަފްރާގެ މޫނުގެ ކުލަވަރު ހިތާމައަށް ބަދަލުވެގެން ދިޔައެވެ.އަފްރާގެ މޫނަށް ކުއްލިއަކަށް އައި ބަދަލުގެ ސަބަބުން އަރްޝާދަށް ހުރިތަނުން ތެދުވެވުނެވެ. އަފްރާގާތަށް ގޮސް އަފްރާގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލާލިއެވެ. އޭރު އަފްރާގެ ދެލޮލުގައި ތާޒާ ކަރުނަ ޖަމާވެފައި ހުއްޓެވެ. “އަފޫ ވަޓްސް ރޯންގް. އަހްނަނަށް ގޮސްއެއްޗެށް ބުނެވުނީތަ؟” އަފްރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ. “އަރްޝާދަކަށް އަހަންނަކީ ކާކުކަމެއް ކިހިނެއް އުޅޭ މީހެއްކަމެއްވެސް ނޭންގެނު؟ އަހަރެންނަކީ ކިހާ ފެންވަރެއްގެ މީހެންކަން އިނގިއްޖެޔާމުން އަރްޝާދް އަހަރެންދެކެ ލޮތްވެއް ނުވާނެކަން ޔަގީން” “އަފޫ އަހަންނަށް އިނގޭ އަފޫތީ ކާކު އަދި ކިހިނެއް އުޅޭ ކުއްޖެއްކަންވެސް އިނގޭ. މުއްސަނދި ފަޤީރުއެއީ ލޯބީގަ ބަލާކަމެއްނޫން . އަހަރެންނަށް ހުރިހާ އެއްޗެށް އިނގިގެން އަފޫދެކެ ލޯބިވީ. އެހެންވީމަ ވިލް. ޔޫ ބީ މައި ފަސްޓް އެންޑް ލާސްޓް ގާލްފްރެންޑް؟” އަފްރާ އަރްޝާދްގެ މޭތެރޭގައި ބޮނޑިވެލަމުން އާނއެކޭ ބުންޏެވެ. އަރްޝާދް އަފްރާ އެމޭތެރޭ އިތުރަށް ބޮނޑި ކޮށްލީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދަަކަުންނެވެ. ލޯބިވެރިންގެ ލިސްޓުގައި އަފްރާއާ އަރްޝާދްގެ ނަން ވެސް ބޮޑު އަކަުަރުން ފަވާލެވުނެވެ.

*******************************

އާދުވަހަކަށް އިރު އަރައިގެން އައި އިރު އަރްޝާދް ފިޔަވާ ޒަހީންގެ އާއިލާ އެކީ ތިބީ ސައިމޭޒުދޮށުގައެވެ.ކުޑަ ކުޑަ މާއިޒް އިރު ކޮޅަކާ އަޑެއް ލައްވާލައެވެ. މޭޒުދޮށުގައި މަޝްވަރާ ކުރެވެމުންދިޔައީ އަފްރީންއާ އަރްޝާދްގެ ކައިވެނީގެ މަޝްވަރާއެވެ. އަރްޝާދް ގުޅާފައި ދެއްކި ވާހަކަ މިހްރާން އޭނާގެ ބައްޕައާއި ވެސް އުފަލާއެކީ ހިއްސާކުރިއެވެ. “އެހެންވީމަ އަރްޝާދް އަންނަ އިރަށް ހުރިހާ ކަމެއް ހަމަޖައްސާފަ ބަހައްޓާނީ އޭރުން އޭނަ ނުޖެހޭނެއްނު އަފްރީން ޕްރޮޕޯސް ކުރާނީ ކިހިނެއްތޯ ނޭންގިގެނެއްދޯ!” ހިނިގަނޑެއް ޖަހާލަމުން ޒަހީން ބުންޏެވެ. މިހްރާންއާ މިޒްނާގެ އިތުރުން އަފްޝަންވެސް އެހިނިގަނޑުގައި ބައިވެރިވިއެވެ. “އާރޭ ކިޔަވައިގެން އައިސްތަ މެރީ ކުރާނީ؟” “ނޫން އިނދެފަ ކިޔަވަން ދާނީ އޭރުން އަފްރީންއާ ދެމިހުންނަށް އެއްކޮށް ކިޔަވަން ދެވޭނެއްނު. ބައްޕަ ބޭނުމީ އެގޮތް” ޒަހީން އޭނާ ބޭނުންވި ގޮތް ހާމަކޮށްލިއެވެ. އަރްޝާދްގެ ޚިޔާލަކީ ކޮބައިކަމެއް ބެލުމެއް ނެތި އެމީހުން އަމިއްލައަށް ކައިވެނީގެ ކަންކަން ހަމަޖެއްސިއެވެ.

މާލޭގައި ވަމުންދާ އެއްވެސް ކަމެއް ނޭންގޭ ހާލު އަރްޝާދް އޭނާގެ ބަގީޗާގައި މާފޮޅުވަމުން ގެންދިޔައެވެ. އަފްރާއާ އެކީ ހޭދަކުރެވޭ ކޮންމެ ވަގުތެއް އަރްޝާދަށް ވަރަށް ޚާއްސައެވެ. އެއިން ކޮންމެ ވަގުތެއް ހިތުގެ އެންމެ ފުންމިނުގައިވެސް އެދެމީހުން ދިޔައީ ރައްކާކުރަމުންނެވެ. އަފްރާގެ އުމުރަކީ މާބޮޑު ކަމަކަށް އަރްޝާދެއް ނުހަދައެވެ. އޭނާ ދެކޭ ގޮތުގައި ލޯބިވާކަށް ވަކި އުމުރެއްނޯވެއެވެ.

މަންމަ ނުރުހުންވެދާނެތީ އަރްޝާދްއާ އޭނާގެ ގުޅުމުގެ ވާހަކަ މަންމަގެ ކިބައިން އަފްރާ ސިއްރުކުރިއެވެ. ފިރިހިންކުއްޖަކާ އޭނަ އަނަގއިން ބުނަންވެސް މަންމަ ހިތްހަމައެއް ނުޖެހެއެވެ. ދެން އަދި ރައްޓިހިވެއްޖެޔާ ކިހާވަރެއް ވާނެކަން އަފްރާއަށް އެނގެއެވެ.

މުޅި ކޮޓާރިތެރޭއަށް އެއްޗިހިތައްވަނީ އުކާލެވިފައެވެ. އަންނައުނުތަކާ ފުނޑުފުނޑުވެފައި ހުރި ފުޅިތޮށަތައްވަނީ އެއްވެފައެވެ. ބިންމަތީގައި ތަންތަން ކޮޅުން ރަތްކުލައިގެ އެއްޗެއް ހޭކިފައި ހުއްޓެވެ. އެނދުމަތީގައި އިން ޒުވާނާގެ ލޯހީވަނީ އަލިފާން އަނގުރުކޮޅެއްހެނެވެ. އެއްވެސް ތަރުތީބެއްނެތި ދިގުކޮށްފައި އޮތް ބުޅިއިސްތަށިގަނޑުގެ ސަބަބުން އޭނާގެ ރީތިކަން ވަނީ ގެއްލިފައެވެ. އަތުން ފައިބަމަުން ދިޔަ ލޭތަކުން އެނދުމަތި ފޯވަމުންދިޔައެވެ. އެހެނަސް އެޒުވާނާއަށް އެކަން އިހްސާސްވާހެނެއް ހިޔެއްނުވެއެވެ. ކުއްލިއަކަށް ބަރު އަޑަކުން ޒުވާނާ ހަޅޭއްލަވައިގަތެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އެޒުވާނާގެ ހަޅޭކުގައި ވޭނީ އާހެއް އެކިލެވިފައިވިއެވެ. އެއަޑު އިވުނު ކޮންމެ މީހެއްގެ ހިތަށް އަސަރުކުރާނެކަން ޔަގިނެވެ. އެޒުވާނާ މަޑުމަޑުން އޭނާގެ އަތުގެ މުލައްދަނޑިއަށް ބަލާލިއެވެ. އޭނާގެ އަތުގައި އިނގެރޭސިބަހުން އަފްރާގެ ނަން ކަނޑާ ނަގާފައި ހުއްޓެވެ. “އަފްރާ ތީ ހަމަ އެކަނި އަހަރެންގެ މީހެއް. ހަމަ އެކަނި އަހަރެންގެ” މަޑު ތުރުތުރުމެއް އެކުލެވޭ އަޑަކުން ޒުވާނާ ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބިވާއޭ…2

Next

އުމުރަށް ތިޔަ ނަމުގައި….. 1

Next
July 14, 2018

އުމުރަށް ތިޔަ ނަމުގައި….. 1

Previews
July 14, 2018

ލޯބިވާއޭ…2

14 Comments!

  1. unique says:
    July 14, 2018 at 4:30 pm

    yay thanks kiya

    1. Kiyara says:
      July 14, 2018 at 4:33 pm

      Welcome unique ❤️

  2. Kiyara says:
    July 14, 2018 at 4:32 pm

    Slm hurihaa readers. Enme furathama ves alhugandu beynumy kiyuntheringe kibain maafah edhen. Ehaa gina dhuvas vandhekah vaahaka medhukendifa othyma. Ekam hama kankan huri gothun up kurevey goii nuvy. Vaahakaige mibai hurihaa kudhinnah vx kamudhaane kamah ummedhukuran. Adhi ves ehfaharu kiyuntheringe kibain alhugandumaafah edhen.

  3. kamana? says:
    July 14, 2018 at 5:02 pm

    Its ok kiyaa dr…? by da way mi stry rocks…..i wish u gud luck…type kirumugai sili mistakes thah ebahuri….dhn unna prt ga plsss try to avoid themm ……..n dhn ehaaa wait nukuruvachchey plsss dr…..i luv uuuu?????

  4. shim says:
    July 14, 2018 at 5:05 pm

    ??????❤?????????????????????????

  5. Nash says:
    July 14, 2018 at 6:17 pm

    kiyara…stry varah nice..butt..mazee ge there ah dhiya gothah adi miulhenee maazeege therein beyru nuvevigen dho..10 vana part in dho maazee tereah dhiya ee..mihaaru 12th vana part dho…nash ah hiyeh nuve e ee ehaa rangalhu gotheh hen neh…I mean maazee genes dhinas e ee mas salaeh nuun..ekam dheyy there dhey there in medhu kadaa laafai genes dheyyn v eh nu..hus maazee nugenes dhee…araash men ge vaahaka ves kon mes varakah genes dheefa dhn aneh kaaves maazee ah alialhuvaa lan veenuh????I hope kiyara mi comment positive kon nagaane kamah..nash kiyan hama kiyara ge hurihaa stry eh ves…yaain,mi stry ves varah reethi..ly kiyara..all the best..

  6. Baby girl ❤ says:
    July 14, 2018 at 6:26 pm

    Vrh loabi mi part vess❤❤❤❤??????????????………..
    When next part❤❤❤??????????
    Curiously waiting waiting????

  7. Unknown girlll.. says:
    July 14, 2018 at 6:55 pm

    Alhey…so that means ishna aky arash ge step sis ey so they can’t be together than nooo…thihen nuhadhaba… mihen bunaairuves ingey writer ah kan ingeyny vaahaka loyanvaa goi..ekamakuves idea share kohly…..aslu arash like vany ishna dheke dhw ….ekamaku ishna noonekey buny…….alhe ekamaku pls arash and ishna gulhuvaba …mi partves v. Salhi…..dhen avahah present ah dhahchey.. cant wait……???❤❤❤ good luck.. luv ya…

    1. maya says:
      July 14, 2018 at 10:16 pm

      ishma ey dhoonyaa kiyanii hehe olhuny dhw..its ok dear…

    2. Anonymous says:
      July 14, 2018 at 10:47 pm

      i think reethivaany aarash and maany gulhunyma hen

  8. maya says:
    July 14, 2018 at 10:19 pm

    alhey haadh adhera ey dhw,,,they both luv each other ekamu majuboorun dhw dhuruvaan jehenii…vvvvvv reethi mi part ves ..avahah nxt part up kohdhehchey….curiously waiting

  9. Anonymous says:
    July 14, 2018 at 10:47 pm

    i think reethivaany aarash and maany gulhunyma hen

    1. aysh ? says:
      July 15, 2018 at 4:08 pm

      Aarash and maany ey cousins eh noontha ??

  10. unique says:
    July 15, 2018 at 2:00 pm

    vvvvvvvvv reethi mi partvx…………. heheh love it

Comments are closed.

Next Episodeރާސްތާ 13←


All Right Reserved!