Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 11

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 7, 2018 3 Mins Read
7 Comments

” އަފްރާއަށް އަދި އެންމެ ސާދައަހަރުތަ؟” ގަބޫލު ނުކުރެވިގެން އަރްޝާދް އަހާލިއެވެ. އައްޒާމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަރްޝާދްގެ ހިތް މާޔޫސްވިއެވެ. އޭނާއަށް ލޯބިވެވުނީ ކުޑަކުއްޖެއް ދެކެއެވެ. އައްޒާމް އަފްރާއާާ ބެހޭ ގޮތުން ހުރިހާ އެއްޗެށް އަރްޝާދަށް ކިޔާދިނެވެ. ގޮނޑުދޮށުގައި ތިބެ ދެ އެކުވެރިން އެތަކެއް ވާހަކަ ދައްކަމުން ދިޔައެވެ. ދޭތެރެއަކުން އަރްޝާދް މޫދަށް ގާކޮޅެއް އެއްލައެވެ.ފަހެއް ޖެހުމުން ދެއެކުވެރިންވެސް ރަށުގެ އެހެން ތަންތަން ބަލަންދިއުމަށްޓަކައި ވެލިގަނޑު މަތިންތެދުވިއެވެ. ގައިންވެލި ފޮޅާލުމަށްފަހު އެއްގަމާވީ ފަޅިއަށް އެނބުރިލި އަރްޝާދް ހުއްޓުންއެރިއެވެ. އޭނާގެ ކުރިމަތީގައި އެހެރީ އޭނާގެ ހިތުގެ ރާނީއެވެ. ކަކުލާ ހަމައަަށްއަންނަ ކަޅުކުލައިގެ ވައްތިރި ހެދުން އަފްރާއާ ނުހަނު ގުޅެއެވެ. ތިރިންލައިގެން ހުރި ކަޅު ހަރުވާޅު ހުރީ ތަނބިކަށްޓާ ހަމައަށް އޮޅާފައެވެ. އޮނަގަނޑާ ހަމައަށް އަންނަ އިސްތަށިގަނޑު އޮތީ ހަތަރުފަށަަށް ގަތާލާފައެވެ. އަފްރާއާ ނުހަނު ގާތުގައި އާލާވެސް ހުއްޓެވެ. އާލާވެސް ހުރީ އަފްރާލައިގެން އިންކަހަލަ ނޫކުލައިގެ ހެދުމެއް ލައިގެންނެވެ. މިނިވަންކަމާއެކު ވިހުރެން އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ.

އަފްރާގެ ފައި ބިމުގައި ކަސްތޮޅު އެޅުވުނުހެން ހީވީ ކުރިމަތިން އަރްޝާދްގެ ސޫރަ ފެނުމުންނެވެ. ކަޅިވެސް ޖަހާނުލައި އަރްޝާދް އޭނައާ ދިމާއަށް ބަލަންހުރި ގޮތުން ލަދުން އިސްޖަހާލެވުނެވެ. އަރްޝާދް ފެނުނުތާ އަދި އެންމެ ސައްވީސް ގަޑި އިރުވެސް ނުވެއެވެ. އެހެނަސް އޭނާގެ ބަސްނާހާ ހިތް އަރްޝާދަށް އެކީ ދެވިއްޖެއެވެ.

އަފްރާއަށް ވީގޮތް ފެނުމާއެކު އަރްޝާދް ލާނެއް ގޮތަކަށް ހީލިއެވެ. އައްޒާމް ބުނާނެ އެއްޗަކަށް ބެލުމެއްނެތި އަފްރާމެންނާ ދިމާއަށް އޭނަ ހިނގާގަތެވެ.

“އަފޫ އެތިބީ ދޮންބެއާ އާރޭބެ. އެއޮށް އަންނަނީ އަހަރުމެންނާ ދިމާއަށް” އާލާ އެހެން ބުނުމާއެކު އަފްރާ އިސް އުފުލާލާ ބަލާލިއެވެ. އޭރު ފިރިހެންވަންތަ ހިނގުމެއްގައި އަރްޝާދް އެމީހުންނާ ދިމާއަށް އަންނަމުން ދިޔައެވެ. އަފްރާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ” ހެއި ގާލްސް ކީއްކޮއްލަނީ މިތާގަ؟” އެމީހުންނާ އަރާ ހަމަކޮށްފަ އަރްޝާދް އަހާލިއެވެ. “ކަމެއް ނުކުރަން ކޮންމެ ދުވަހަކު ހަވީރު މަށާ އަފޫއާ އަންނަން މިތަނަށް ދޯ އަފޫ” އާލާ އަފްރާއަށް ދޯދިނެވެ. ” އައްޒަ ހިންގާ މިމީހުން ގޮވައިގެން އެކޮޅަށް ދާން އޭރުން މަޖާވާނެ” އެމީހުންނާ އައްޒާމް އާރާހަމަކުރުމުން އަރްޝާދް ބުނެލިއެވެ. އެއަަށްފަހު ދެ އަންހެންކުދިންގާތު ދާނަންހޭ އަހާލިއެވެ. އާލާ ވަގުތުން އާނއެކޭ ބުންޏެވެ. ހަތަރު ޒުވާނުން ރަށުތެރެއަށް ހިނގާގަތެވެ.

*******************************

ގޭގެ ބެލްޖެހުމުން ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު އަފްޝަން ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ކޮއްކޮ އަފްރީންއެވެ. ކޮއްކޮ ފެނުމުން އަފްޝަންގެ މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ގޭތެރެއަށް ވަދެގެން ދިޔަ ގޮތަށް ގޮސް އަފްރީން އެންމެ ފުރަތަމަވެސް ބިންމަތީގައި ކުޅެންއިން މާއިޒް ނަގައި އުރާލިއެވެ. “ތިއްތަގެ ދޮންގަނޑު ހާދަ މީރުވަސް ދުވަޔޭ ދޯ! ތިއްތަ ނުލާ ކޯއްޗެށްތަ ތިކުޅެނީ” މާއިޒްގެ ކޮލަށް ދޮނެއް ދިނުމަށްފަހު އަފްރީން މާއިޒް ބެހެއްޓިއެވެ. އޭރު މާއިޒްހުރީ ރުޅި މޫނު ހަދާގެންނެވެ. އޭނަ ކުޅެންހުންނަ ގަޑީ އެގޮތަށް އުރާފިއްޔާ މާއިޒްނިކަން ރުޅި ދައްކާނެއެވެ. މާއިޒްއިންލެއް ލޯބިކަމުން އަފްރީން އޭނަގެ ކޮލުގައި ހިފާލިއެވެ. އެއާކު މާއުޒް ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. އަދި ފިރުކިލާފައިގޮސް އަފްޝަން އުގުތެރެއަށް އެރުނެވެ. ” އަޅޭ މިކުއްޖާ ތިއްތައާ ރުޅި ދޯ!” “އެއީ ރީން މާބޮޑަށް ކޮއްކޮ އުރަންއުޅޭތިއްޔޭ. ކޮއްކޮ ކުރާ ކަންތައްތަކާ އަޅާނުލާ ހުރީމަ އަމިއްލައަށް ދާނެ ރީންގާތަށް” މާއިޒްގެ އިސްތަށިގަނޑު ރީތި ކޮށްލަމުން އަފްޝަން ބުނެލިއެވެ. ” މިވާހަކަ ބާއްވާފަ އެހައްބުނެބަ ރީން މިހާރު އަރްޝާދްގާތު ބުނެފިންތަ؟” އަފްޝަން ކުރި ސުވާލުން އަފްރީންގެ މޫނު ރަތްވެގެން ދިޔައެވެ. އަރްޝާދްގެ ނަން އިވޭ ކޮންމެފަހަރަކު އޭނާގެ ހިތުގެ ވިންދު އަވަސްވެއެވެ. އަފްޝަންއާ މިހްރާންގެ ކައިވެނި ޕާޓީއިން އަރްޝާދް ފެނުނު ދުވަހުން ފެށިގެން އޭނާގެ ހިތްވަނީ އަރްޝާދަށް ހިބައިން ދީފައެވެ. “ދައްތަވެސް ދައްކާވާހަކަ ރީންއަށް ކެރޭތަ ގޮސް އާރޭ ގާތު ލޯބިވެޔޭ ބުނަން؟އަދި ރަނގަޅަށް ފްރެންޑްވެސް ނުވެވޭ ދެން ކިހިނެއް ލޯބިވާ ވާހަކަ ބުނާނީ؟” “ރީންއަށް ނުކެރެންޏާމުން މަަ އަރްޝާދާ ވާހަކަ ދައްކަންތަ؟” ފަހަތުން އިވިގެންދިޔައީ މިހްރާންގެ އަޑެވެ. އަފްރީނަށް ދެލޯ ބޮޑުކޮށްގެން އިނދެ މިހްރާނާ ދިމާއަށް ބަލާލެވުނެވެ. އަފްޝަން މިހްރާން ގާތު އެވާހަކަ ބުނެފާނެ ކަމަކަށް އަފްރީން ހިޔެއްނުކުރެއެވެ. ” ބޭ.. ބެ.. އަށް ” އަފްރީނަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ” ރީން ހާދަ ބިރެއް ތިގަތީ؟ ޝަންނު މަ ގާތު ރިީން އަރްޝާދްދެކެ ލައިކް ވާވާހަކަ ބުނީމަ ވަރަށް އުފާވި. އެއީ ޝަންނުގެ ކޮއްކޮއާ މަގޭ ކޮއްކޮއާ ކިހާ ސަޅި. ހިތަށް އެރި އޭރޭގަ ގޮސް އަރްޝާދާ މިވާހަކަ ދައްކަން އެކަމު ޝަންނު ބުނީ އެހަށް މަޑު ކުރާށޯ. ދެން ރީންއަށް ނުކެރެންޏާމުން މަަށަށްގޮސް ބުނެވިދާނު” މާއިޒް އުރާލަމުން މިހްރާން ބުނެލިއެވެ. އަފްރީން ހުރީ ފާޑަކަށް ރަކިވެފައެވެ. ބުނާނެ އެންމެ ލަފްޒެއްވެސް އޭނާގެ ދުލުކުރިއަކަށް ނައެވެ. ” މީ.. އާރޭ ކޮބާތަ؟ މިގަޑީ އޯކޭވާނެތަ ވާހަކަ ދައްކާލިއަސް؟” އަޅައަޅާގަންނަމުން އަފްރީން އެހިއެވެ. ” އަރްޝާދް ވީ ހަފްތާއަކަށް އައްޒާމްމެން ރަށަށް ގޮސް ދެން އޭނާ މިކޮޅަށް އަންނަންދެން މަޑުކުރޭ” މިހްރާންގެ ޖަވާބުން އަފްރީން މާޔޫސްވާގޮތް ވިއެވެ. ހަގީގަތުގައި އޭނަ އެގެއަށް އަންނަނީވެސް އަރްޝާދްގެ ސޫރަ ދެކިލާށެވެ. ދެން މިވީގޮތުން ހަފްތާއެއް ވަންދެން އޭނާއަކަށް އަރްޝާދްގެ ސޫރައެއް ނުފެންނާނެވެ. ” ކޫކޫކޫ” އަރްޝާދްގެ ނަން މާއިޒަށް އަޑުއިވުމާއެކު “ކޫ” އޭ ކިޔަންފެށިއެވެ. އަފްރީންއަށް ވަރު ނުހުއްޓަސް އަރްޝާދަށް ނިކަންވަރު ހުންނާނެއެވެ. އަރްޝާދް ހުރެފަ އަފްޝަން ނެތަސް މާއިޒަށްހެޔޮއެވެ.

*******************************

އާލާގެ އެދުމުގެ މަތިން އެރޭވެސް އަފްރާ ކާންދިޔައީ އެގެއަށެވެ. ހަވީރު ހިނގާލަން ނިކުތްގޮތަށް އޭނަ ގެއަކަށް ނުދެއެވެ. ހެދުން ބަދަލުކުރަން އާލާ ވަނުމާއެކު ގޯތި ތެރޭގައި ހުރި އުނދޯލި ޖޯލީގައި އަފްރާޖައްސާލިއެވެ. އަރްޝާދާއެކު ހޭދަވީ ވަގުތުތައް މަތިން ހަނދާންވުމާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުންވެރިވިއެވެ. އަރްޝާދާއެކު ހޭދަވީ ކޮންމެ ވަގުތެއް އޭނާގެ ސިކުނޑީގައި ރައްކާކުރެވުނެވެ.

” އެކަމު ހަނދާންކުރާތި އާރޭ ނުވާނު އަފޫއަށް ދެރައެށް ދީގެން. އާރޭއާ ހެދި އަފޫ ހިތާމަކުރަން ޖެހިއްޖެޔާ..” އައްޒާމް އެހިސާބަށް ބުނުމަށްފަހު ހުއްޓާލިއެވެ. އަރްޝާދް އަފްރާއަށް ލޯބިހުށަހަޅަށްވެގެން އައްޒާމްގާތު އެވާހަކަ ބުނުމުން އޭނަ ފުރަތަމަ ދެކޮޅު ހެދީއެވެ. އެހެނަސް އަރްޝާދް ކުރުނުކޮށް ކިޔަންފެށުމުން ޝަރުތުތަކަކާއެކީ އައްޒާމް އެއްބަސްވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި…..02

Next

ވަރުގަދަ މީހާ

Next
July 7, 2018

ވަރުގަދަ މީހާ

Previews
July 7, 2018

“ހިތް” ލޭ ކޮށެވިފައި…..02

7 Comments!

  1. Kiyara says:
    July 7, 2018 at 1:56 pm

    Slm miothy mi stry ge 11vana bai. Kiyara ah ingey mi part varah kurukan ekam vx hithah ery up kohdheniyyey. Mi visnany kurukohviyas konme dhuvahakuves 1part up kohdheyn. Ummydhu kurany mi bai ves hurihaa kudhinnah kamudhaane kamah. Hurihaa readers ge suvaaluthakah varah avaha javaabu libigen dhaane Insha Allah

  2. gui udulhi says:
    July 7, 2018 at 5:22 pm

    hoon reechey cha vaahaka. cha vaahaka avahah upload koh ekm varah dhigukoh.plx plz puleese

    1. Nooraa says:
      July 8, 2018 at 12:56 pm

      Naifaru kujjehtha?

  3. Heyo edhey kuhjjeh says:
    July 7, 2018 at 5:27 pm

    Thanx kiyara dear…. Asluvess mi part fudheyvarakah kuru … Ekam dhen Inna part dhigu kohlachche pls pls……vrhaka thi geneygoiy hama v kamudhey… Ummeedhuu kuran mi vaahakaige hurihaa part Thah vess v furihama vaane kameh n gud luck kiyara

  4. Baby girl ❤ says:
    July 7, 2018 at 6:15 pm

    Vrh vrh reethi….vrh kiyaa hihvaa hisaabakun thi ninmaaly…nd mi part kuru fudheyvarakah…. konme dhuvahaku vess up kohdheyne kamah umeedhu kuran… .good luck kiyara

  5. Baby girl ❤ says:
    July 12, 2018 at 6:39 pm

    When nect part dear…waiting waiting..

  6. unique says:
    July 12, 2018 at 9:37 pm

    vvvv reethi…….. waiting for next part

Comments are closed.

Next Episodeރާސްތާ 12←


All Right Reserved!