Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 36

hygge Level 510 Stories100 Comments100 Login500 Comments
July 5, 2018 10 Mins Read
29 Comments

“އެކަމަކު ކީއްވެ ސުމައްޔާމެން އަހަރެމެން ގާތު ޒިވްގެ ވާހަކަ ނުބުނީ؟” އެންމެން އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރަމުން ދަނިކޮށް ކުއްލިޔަކަށް ޒައިފްގެ ހިތަށް އައި ސުވާލު ކޮށްލިއެވެ. އެންމެން އެއްފަހަރާ ސުމައްޔާ އާއި ދިމާލަށް ބަލައިލީ އެ ސުވާލުގެ ޖަވާބު ބޭނުމޭ ބުނާ ފަދައަކުންނެވެ.

ސުމައްޔާވެސް އެންމެންނަށް އެވާހަކަތައް ކިޔައިދޭންވީ ވަގުތު ޖެހުނީކަން ހިތަށް ވިސްނައިދެމުން ވާހަކަ ދައްކަން ތައްޔާރު ވެލިއެވެ. “އެއިރު އަހަރެމެންވެސް ދަންނަނީ ޒައިފް އާއި ނޫރީން.. ދަރިއެއް ހުންނަކަންވެސް އިނގޭ.. އެކަމް ދުވަހަކުވެސް ނުއެއް ފެނޭ.. ދެން އާމިރުވެސް މި ޒިވް އަށް އައިޝަތު ޒިވާ ޒައިފް ކިޔާތީވެ އަހަރެން ކައިރިވެސް ބުނި އަނެއްކާ މިއީ ޒައިފްގެ ދަރިފުޅު ބާވައޭ.. އެކަމަކު ކިތަންމެ ޒައިފްއެއް އުޅެދާނެ ނޫންހެއްޔޭ ކިޔައިފަ އަޅާނުލީ.. ދެން ދުވަސްކޮޅަކުން އިވުނީ ޒައިފްގެ ދަރިފުޅުވެސް މަރުވި ވާހަކަ.. ދެންވެސް ހީވި އެއީ ޒައިފް އާއި ނޫރީންގެ ދަރިފުޅޭ.. ދެން އޭނާ ހޭ އެރުމުން އަހަރެމެން ސުވާލު ކުރިތަނާ އޭނާ ސަކަރާތްވީ.. އެއިރު އޭނާގެ ހަނދާނުގަ އެއްވެސް ކަމެއް ނެތް.. ޒިވާ ހޭ އެރި އިރު އަހަރެން ހުރީ އޭނާ ގާތުގަ.. އޭނާ ބޮލުގަ ހިފަހައްޓާލައިގެން ހުރެފަ ދެލޯ ތަގުޅި ކޮށްލިތަން އަހަރެން ދުށިން.. އެވަގުތު އޭނާގެ ދުލުން ނިކުތީ “މަންމަ” އެ ލަފްޒު.. އަހަންނަށް ތަފާތު އިޙުސާސެއް ކުރެވުނީ.. އަހަންނަށް ބޭއިޚްތިޔާރުގަ ދަރިފުޅޭ ބުނެލެވުނީ..

ދެން ޒިވާ އަހަންނަށް ބަލައިލި.. އެއިރު އަހަންނަށް ހުރީ ރޮވިފަ.. ދެން ޒިވާ ހީކުރީ އަހަންނަކީ އޭނާގެ މަންމަ ކަމަށް.. އާމިރު އަހަރެން ގާތުވެސް ބުނެފަ އޮތީ އޭނާ ހޭނެތުމުން ޒިވާގެ ޕާސްޓާއި ގުޅޭ ގޮތުން ސުވާލު ނުކުރުމަށް.. އެހެންވެ އަހަރެން ހުރީ އެވަގުތު ހަދާނެ ގޮތެއް ނޭނގިފަ.. ދެން އަހަރެންވެސް ދަރިފުޅާއޭ ކިޔައިފަ އަނެއްކާވެސް ޒިވާ އާއި ޥާހަކަ ދެއްކީ..

އަހަންނާއި އާމިރު މަސައްކަރް ކުރިން ޒިވާގެ މައިންބަފައިންނާއި ބައްދަލު ވޭތޯ.. އެކަމަކުވެސް ތަޤުދީރުގަ ނެތްކަމެއް ނުވާނެއްނު.. ދޯ؟ މިއަދު ހަމަ އެ ތަޤުދިރު އެތަކެއް މޭލު ދުރުގަ ތި އެންމެން ތިއްބާފަ އެއްތަން އެ ކުރުވީ.. ހުރިހާ ޝުކުރެއް ޙައްޤުވެގެންވަނީ ﷲއަށް.. ކެތްތެރިވުމުގެ ނަތީއްޖާ ކިހާ ފޮނި؟ އެކަލާނގެ އެއްވެސް އިންސާނަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް ދުވަހަކުވެސް ނުޖައްސަވާނެ..” ހިނިތުންވެލައިގެން ހުރެ ސުމައްޔާ އެވާހަކަތައް ކިޔައިދިނެވެ.

“އަހަންނަކަށް ނޭނގެ އާމިރު އަށާއި ސުމައްޔާއަށް ޝުކުރު ވެރިވާނެ ގޮތެއްވެސް.. ހާދަ ބޮޑު ކަމެކޭ އަހަރެމެންނަށް ތި ކޮށްދިނީ.. މައިންބަފައިންގެ ލޯބި ދީގެން ނުވެސް ދަންނަ ކުއްޖެއް ތި ބަލައިދިނީ.. ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. މިއަދު އާމިރު ހުރި ނަމަ އޭނާ ކިހާ އުފާވާނެ..” ޒައިފް ޖޯޝާއި އެކު ފެށި ވާހަކަ ނިންމާލީ މޯޅި ވެފައިވާ މޫނަކާއި އެކީއެވެ. އެހިނދު ސުމައްޔާގެ މޫނުވެސް މިލާ މޯޅިވާ މަލެއް ފަދައިން މޯޅިވެގެން ދިޔައެވެ. އެތަން ޒިވާއަށް ފެނުމުން އޭނާ ސުމައްޔާ ގާތަށް ގޮސް އެކި ވާހަކަތައް ދައްކަން ފެށިއެވެ. ނަސީބަކުން ސުމައްޔާ ހަމައަކަށް އެޅުނެވެ.

“ސަޕްރައިޒް..” އެންމެން ސީރިއަސް ކަމުގައި ތިއްބާ ސިހުނީ ފަހަތުން ފިރިހެންވަންތަ އަޑެއް އިވުމުންނެވެ. ސިޓިން ރޫމުގައި ތިބި އެންމެން އެއްފަހަރާ ފަހަތް ބަލައިލި އިރު ގޭގެ ދޮރުމަތީގައި ހުރީ ޔުއާންއެވެ. އޭނާ ގާތުގައި ކަޅު ހެދުމަކާއެކު ބޮޑު ބުރުގާ އަޅައިފަ ހުރި އަންހެން ކުއްޖެއް ހުރި އިރު ޔުއާންގެ އުރުގައި ލޯބި ލޯބި އަންހެން ކުއްޖެއް އިނެވެ. ފުށްގަނޑެއް ހެން އިން އެކުއްޖާގެ އުމުރުން ބަލާބެލުމަށް އަދި ވާނީ ތިން ވަރަކަށް އަހަރެވެ. ކޮނޑާއި ހަމައަށް އަރާ ފަންފަން އިސްތަށިކޮޅު ހުރީ ކޮންމެވެސް ވަރަކަށް ބުޅި ކޮށެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ ކަށިމައްޗާއި ހަމައަށް އަރާ ވަށްތިރި ލައިފައިވި ހެދުމާއި އެއްކޮށް އަޅައިގެން ހުރި އެކުލައިގެ ބޭންޑުން އެ ލޯބި ލޯބި ކުއްޖާގެ ރީތިކަން އިތުރުކޮށްދެއެވެ. ދޮންދޮން މޫނާއި އޭނާގެ ކަޅުކަން ގަދަ އިސްތަށިކޮޅުގެ ސަބަބުން ހީވަނީ ހަމަ ކުޑަ ކުޑަ ޕަރީއެއް ހެންނެވެ.

ޔުއާންވެސް ހުރީ މަޑު ނޫކުލައިގެ ގަމީހަކާއި ގަދަ ކަޅުކުލައިގެ ފަޓުލޫނެއްގައެވެ. އުޅަނބޮއްޓާ ހަމައަށް އޮޅާފައިވި އަތުގެ ސަބަބުން އޭނާގެ ދޮން، ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. އޭނާގެ ގާތުގައި ހުރި އަންހެން ކުއްޖާވެސް ލައިގެން ހުރި ކަޅު ހެދުމާއި އަޅައިގެން ހުރި ކަޅުކުލައިގެ ބުރުގަލުގެ ސަބަބުން އޭނާގެ ދޮންކަން އިތުރުވެފައި ވާހެން ހީވެއެވެ.

އެންމެންނަށްވެސް ހިނިތުންވެލެވުނެވެ. “އަޅެ ކޮންކަހަލަ ދުވަހެއްތަ މީ؟ އެންމެން ނޭނގި މި އަންނަނީ..” ހައިފާ ހިނިތުންވެލައިފައި ބުނެލިއެވެ. “އަނހަ.. ޔައީޝްމެންވެސް ތަ؟” ޔުއާންއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ނަމަވެސް އޭނާއަށްވެސް އުފާވެރިކަން ލިބިފައި ވެއެވެ. ގާތުގައި ހުރި އަންހެން ކުއްޖާއާއި އޭނާގެ އުރުގައި އިން ލޯބި ލޯބި އޭނާގެ ދަރިފުޅުވެސް އިނީ ރީތި ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ. “އަޅޭ… ޔޫލީ ހާދަ ކިއުޓް އޭ މިއަދު.. އާދޭ ކުލޭ ކައިރިއަށް.. ވަރަށް ދުވަސް ވެއްޖެއެއްނު ކުލޭ އާ މީޓް ނުވާތާ ދޯ؟” ޔައީޝް ޔުއާންގެ ދަރިފުޅު ޔޫލީ އުރާލަމުން ބުނެލިއެވެ. ޔޫލީވެސް ބަސް އަހައިގެން ޔައީޝް ގާތަށް ދިޔައެވެ. އެއަށްފަހު އެ ކުޑަކުޑަ ދެއަތުން ޔައީޝްގެ ކަރުގައި ވަށާލިއެވެ. ޒިވާ ވެސް ހިނިތުންވެލައިފައި ހުރެ ޔައީޝް ގާތަށް އައިސް ޔޫލީގެ ކޮލުގައި ހިފާލިއެވެ.

“މަންމާ.. މީ؟” ޔުއާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒިވާގެ މޫނު ފެނިފައި އޭނާއަށް ލިބުނީ ޝޮކެކެވެ. އެހިނދު ހައިފާވެސް ހިނިތުންވެލައިގެން ހުރެ ބޯ ޖަހާލިއެވެ. “އެކަމަކު ކިހިނެއް؟” ހަމަ އެންމެންގެ ހިތުގައިވެސް ކުރިން ވީ ސުވާލު ޔުއާންވެސް ކުރިއެވެ. އެހިނދު ހައިފާ ފަހުން ދޯ އޭ ބުނެލިއެވެ. “މީތަ ޔައީޝްގެ ލޯބި ލޯބި ވައިފީ އަކީ؟” ޔުއާންގެ ގާތުގައި ހުރި އަންހެން ކުއްޖާ މަޖާ ރާގަކަށް ބުނެލީ ޒިވާއަށް އިޝާރާތް ކޮށެވެ. އެވަގުތު ޒިވާއާއި ޔައީޝްވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލިއެވެ. އެ އަންހެން ކުއްޖާއާއި ޒިވާވެސް ބައްދަލުވި އެއީ ފުރަތަމަ ފަހަރެވެ. “ޒިވް.. މިއީ ދޮންބެ ދައްތަ.. ވަރަށް މަޖާވާނެ.. އަބަދުވެސް ވަރަށް ދިމާކުރާނެ.. އަޅާލާއެއްޗެއް ނޫން އިނގޭ..” ޔައީޝް މަޖާވެލައިފައި ބުނެލި ގޮތުން އެންމެން ގާތަށް ހިނި އައެވެ. “ދަރިފުޅާ އަލްޔާ.. ކީއްވެތަ މަންމަމެން ގާތު އަންނަ ވާހަކަ ނުބުނީ؟ މި ޔުއާންވެސް އަދި ނުބުނެޔޭ.. ޔައީޝްވެސް ނިކަން ސިއްރު ސިއްރުން އައިސް އެހުރީ.. ބުނެލި ނަމަ ތިކުދިންނަށް ޚާއްސަ އެއްޗެއްވެސް މަންމަމެންނަށް ތައްޔާރު ކޮށްލެވުނީހެއްނު.. ދޯ ނޫރީން..” އަލްޔާ އާއި ގާތަށް އައިސް ޔުއާންގެ ކަންފަތުގައި ހިފާލަމުން ހައިފާ ބުނެލި ވަގުތު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހައިފާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ނުރީންވެސް ހެމުން ބޯ ޖަހާލިއެވެ.

އެވަގުތު ޔޫލީވެސް މަޖާވެފައި އިނދެ ހެމުން ދިޔައެވެ. ކުދިވެރިންނަށް އެކަން ވީ ނުހަނު މަޖާ ކަމަކަށެވެ. ނަވާފްވެސް ހީވަނީ ހީހީފަ އެހެން ފަދަ ކަމެއް ހެންނެވެ. އޭނާ ދުވެފައި އައި ގޮތަށް ޔުއާންގެ ދެފައިގައި އޮޅުލައިގަތެވެ. އެވަގުތު ޔުއާން ލޯބިން ނަވާފް އުރާލިއެވެ.

“ޔޫލް އާދެބަލަ ތިއްތު ކައިރިއަށް..” ޒިވާ އޭނާގެ ދެއަތް ޔޫލީ އާއި ދިމާއަށް ދިއްކޮށްލުމުން ޔައީޝް ޔޫލީ އާއެއްކޮށް އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތު އެންމެންވެސް ހޭންފެށިއެވެ. ޔައީޝް އަދިވެސް އެ ޅަގޮތްގަނޑެއް ނުކެނޑެޔޭ ހައިފާ އާއި ޔާސީން ބުނެލިއެވެ. ނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ ޔައީޝް އެކަން ކުރި ޙަޤީޤީ މަގްސަދެވެ. ޒިވާ އަށްވެސް އެކަމެއް ނޭނގުނެވެ. އޭނާވެސް ތުން އޫކޮށްލުމަށްފަހު އަނެއްކާވެސް ޔޫލީ އުރަންވެގެން އުޅުނެވެ.

“ޒިވް އަކަށް ނޭނގޭތަ ޒިވްއަށް ކުދިން އުރަން އުނދަގޫ ވާނެކަމެއް.. ޒިވް ޖެހޭނީ ޔޫލްގެ އަތުގަ ހިފައިގެން ހިނގަން.. ނަވައްކޮގެވެސް.. އެއްވެސް ކުއްޖަކު އުރައިގެން ނުވާނެ.. ސީރިއަސްކޮށް މިބުނީ..” ޔައީޝްގެ އަޑުގައި ކުއްލިއަކަށް ސީރިއަސްކަން ވެރިވިއެވެ. އެންމެންވެސް އެވަގުތު ހިމޭންވިއެވެ. އެމީހުން ތިބީ ވާނުވާގައެވެ. އެވަގުތު ޒިވާއަށް ޔައިޝް އެބުނި ވާހަކަ ނަގައިގަނެވުނެވެ. އެހެން ކަމުން އޭނާއަށް ބަނޑުގައި އަތް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އެންމެންގެ ނަޒަރު އޭނާއަށް އެވަގުތު ހުއްޓިފައި ހުރި ކަމެއް އޭނާވެސް ޔައިޝްވެސް ނުދެނަ ހުއްޓެވެ. އެދެމީހުން ހިތުން އެމީހުން އެތިބީ އަމިއްލަ ދުނިޔެއެއްގައެވެ.

އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. “އޯކޭ.. ދެން އެހެންވިއްޔާ..” ދެރަވެލައިފައި ޒިވާ ބުނެލިއެވެ. “ހަމަ ތެދެއްތަ ތީ ޔައީޝް؟” ނޫރީން ދެލޯ ބޮޑުކޮށްލައިގެން ހުރެ ޔައީޝް އާއި ސުވާލު ކޮށްލިއެވެ. އެ އަޑުގައި ވީ އުފާވެރިކަން އެކަކަށްވެސް ނުފޮރުވެއެވެ. ޔައީޝް ދެބުމަ ގާތްކޮށްލީ ނޫރީން އެބުނި އެއްޗެއް ނުވިސްނުމުންނެވެ. “އާނ ނޫރީން.. މަށަކަށް ހިއެއް ނުވެ އެއީ ދޮގެއް ހެނެއް.. އެހުރީ ފެންނަން..” ހައިފާ ލޯބިގޮތަކަށް ޒިވާ އާއި ދިމާލަށް ބަލައިލައިފައި ބުނެލިއެވެ. އަދިވެސް ޒިވާ އާއި ޔައީޝް ތިބީ ވާނުވާ ނޭނގިފައެވެ. “ބަލަ މޮޔަޔާ.. މަންމަމެން އެ ކިޔަނީ ދުވަސްކޮޅަކުން މަންމަން ޕްރޮމޯޓް ވާ ވާހަކަ..” ޔުއާން އައިސް ޔައީޝްގެ ބޮލު ފުއްކިބައިގައި ޖަހާލަމުން ބުނެލިއެވެ. ޔައީޝް އަށާއި ޒިވާއަށްވެސް އެމީހުން އެ ދެއްކި ވާހަކަތައް ނަގައިގަނެވުނީ އެވަގުތުއެވެ. ދެމީހުންވެސް ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތު ނޫރީން ވާހަކަދައްކަން ފެށިއެވެ.

“މިއޮށް ހުރިހާ އިރު ވިއިރުވެސް އަހަރެމެންނަށް އެކަން ފާހަގަ ނުވީ އަޅެ ކީއްވެ؟ ދޯ ހައިފާ؟ ހެހެ..” ހައިފާ އަށް ބަލައިލަމުން އަމިއްލަ މޮޔަކަމާމެދު ޝަކުވާ ކުރާ ހާލު ނޫރީން ބުނެލިއެވެ. ނޫރީން އުފަލުން އައިސް ޒިވާގެ ގައިގައި ބައްދާލިއެވެ. ޒިވާގެ ފަސް މަހުގެ ބަނޑު މިހާރު ނުހަނު ރީއްޗަށް ފާޅުވެއެވެ. އެންމެން އެ ދެމީހުންނަށް މަރުޙަބާ ކިޔަމުން ދިޔައެވެ. “އަނެއްކާ އަނެކަކު ކަންފަތުގަ ހިފާށޭ މިޖެހުނީ އަހަރެމެންނަށް މިކަންތައް ސިއްރު ކުރީމަ.. މަގޭ ދަރިން މިހާރު ހާދަ ވަރަކަށް ކަންކަން ސިއްރު ކުރެޔޭ އެބަ.. ޔާސީން.. މިމީހުންނަށް ވަރުގަދަ ލެކްޗަރެއް ދޭންވީ ކަންނޭނގެ އަނެއްކާ.. ކުރީގަހެން..” ޔައިޝް އާއި ގާތަށް ޖެހިލަމުން އުނަގަނޑުގައި ދެއަތް ވިއްދާލުމަށްފަހު ހައިފާ ބުނެލިއެވެ. އެއަށްފަހު އޭނާގެ ކަނާއަތުން ޔައީޝްގެ ކަނާއަތު ކަންފަތުގައި ހިފާލިއެވެ. އެވަގުތު ޔައީޝް ތަދުވާ ކަމަށް ހެދުނެވެ. “މަންމާ ނޫނެކޭ.. މިއަދު ސަޕްރައިޒްގެ ތެރެއިން ބުނަންށޭ ޔައި މެން ޕްލޭން ކުރީ.. ދޯ ޒިވް.. އެކަމް މަންމަމެން ޔައި މެންނަށް ވާހަކަ ދައްކަން ޗާންސެއް ދީގެނެއްނު އަނގައިން ބުނެވޭނީވެސް..” ޔައީޝްވެސް ދެރަނުވާންވެގެން ބުނެލިއެވެ.

މުޅި އާއިލާއަށްވެސް ހީވަނި ބަހާރު މުސުން އައިސްގެން އުޅޭ ހެންނެވެ. ޔޫލީ އައުމުން ނަވާފްވެސް ހުރީ ވަރަށް އުފަލުންނެވެ. އެންމެން ސޯފާގައި ތިބީ އެކި އެކި ވާހަކަތައް ދައްކާށެވެ. ނަވާރް އެންމެ ފަހަރަކުވެސް ޒިވާއާއި ދުރައް ނުދެއެވެ. “މާތްކަލާކޯ.. ނަވޫ ސްކޫލް..” ކުއްލިޔަކަށް ކައްޓެއް ހެރިގެން ތެދުވާ ފަދައިން ދެލޯ ބޮޑުކޮށްލަމުން ޔަންހާ ސޯފާއިން ތެދުވިއެވެ. މިހާރު ނަވާރްގެ ސްކޫލް ގަޑި ޖެހިގެން އިތުރަށް ބައި ގަޑިއިރު ހިނގައިފިއެވެ. އާއިލީ އުފާވެރިކަމުގައި ބައިވެރިވި ގޮތަށް އެކަންތައް މަތިންވެސް ޔަންހާ އެކޭ އެއްފަދައިން އެންމެންވެސް ހަނދާން ނެތުނީއެވެ. ޔަންހާ އޭނާގެ ނިތްކުރި މަތީގައި ކުޑަކޮށް އަތުން ޖަހާލިއެވެ. “އޯކޭ ވާނޭ މަންމާ.. މިއަދު އެކަންޏެއްނު ސްކޫލް މިސް ވީ އަދި.. ތިއްތު އާއި ތުއްތު އާއި ޔޫލް މެން އެންމެން އައީމަ ނަވޫ ބޭނުމެއް ނޫން ސްކޫލަށް ދާކަށް.. ނަވޫ މިއަދު ތިއްތު ކައިރީ ހުންނާނީ..” ނަވާރް އިތުރަށް ޒިވާގެ އަތުގައި ބައްދާލަމުން ބުނެލި ގޮތުން އެންމެން ގާތަށްވެސް ހިނި އައެވެ.

“ބޯ ހަރު ކުއްޖެއް ސަހާދެ މިބުނީ..” ޔަންހާ އައިސް ނަވާރްގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ދެކޮޅަށް ބޯ ހޫރުވާލިއެވެ. “އާނ ދެން މިއަދަކު ގައިމުވެސް ނުދެވޭނެ.. އެކަމް ދެން ދުވަހަކުން ސްކޫލަށް ދާން ވާނެ އިނގޭ.. ސްކޫލަށް ނުގޮސް ހުންނާކަށް ނުވާނެ.. އޭރަށް ނަވޫގެ ބެސްޓް ފްރެންޑާ ދިމާ ވާނީ ކިހިނެއް؟” ޔަންހާ ހިނިތުންވެލަމުން ލޯބިން ބުނެލިއެވެ. އެވަގުތު ނަވާރްވެސް ހިނިތުންވެލައިފައި ބޯ ޖަހާލީ ޔަންހާގެ ބަސް ގަބޫލު ކުރަމުންނެވެ.

ހުރިހާ ކުޑަކުދިން މައްޗަށް ދިޔުމުން އެންމެން އެމީހުންގެ އަމިއްލަ ވާހަކަ ތަކުގައި މަސްޣޫލު ވިއެވެ. “ހައިފާ.. ހިނގާ ދަމާ މިކުދިންނަށް އަހަރެމެންގެ ޚާއްސަ އެއްޗެހީގެ ތެރެއިން ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލަން..” ނޫރީން ހައިފާއަށް ބުނެލިއެވެ. އެވަގުތު ހައިފާވެސް އެއްބަސް ވަމުން ސޯފާއިން ތެދުވެލީ ނޫރީން އާއެއްކޮށް ބަދިގެއަށް ދާށެވެ. ޔަންހާވެސް ނީނދެ އެމީހުން ފަހަތުން ދާން ތެދުވިއެވެ. ޒިވާ އާއި އަލްޔާވެސް ތެދުވެލިތަނުން ނޫރީން އާއި ހައިފާ އެމީހުންނަށް އެކަން މަނާ ކުރިއެވެ. އެހެން ކަމުން ދެމީހުންނަށް މަޖުބޫރުވީ ތިބި ތާ އަލުން އިށިންނާށެވެ. އެންމެންވެސް ތިބީ އެ އުފާވެރިކަން އެގޮތުގައި ދެމެހެއްޓެވުން އެދި ހިތާހިތުން ﷲއަށް ދުޢާ ކޮށްލަ ކޮށްލާއެވެ.

***

“އަމަން އަކީ އެތައް ފަހަރެއްގެ މަތިން މަސްތުވާ ތަކެތިގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހެއް..” އިވެމުން ދިޔައީ ހަތަރެއްގެ ޚަބަރެވެ. ނަމަވެސް އާދައިގެ މަތިން ނާއިޝް އެއިރު ހުރީ ބެލްކަނީގައި ދެއަތް ވިއްދާލައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ނަޒަރު އެތާ ހުއްޓެއް ކަމަކު ވިސްނުން ވަނީ މާ ދުރުގައެވެ. އެހެން އިރުކޮޅެއް ވާންދެން ހުރުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީ ކަމެއް ކަނޑައެޅި ފަދައިންނެވެ. އެއަށްފަހު އޭނާ އެތެރެއަށް ވަންނަން އެނބުރިލިއެވެ.

ގޭތެރެއަށް ވަނުމަށްފަހު ބިއްލޫރި ދޮރު ކަހާލައިފައި ނާއިޝް އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން އޭނާ ކޮޓަރިން ނިކުމެގެން އައި ގޮތަށް ޓީވީ ނިއްވާލިއެވެ. އެއަށްފަހު އޭނާ އެ އެޕާޓްމެންޓްގެ މައި ދޮރާއި ދިމާލަން ދިޔައެވެ.

ސައިކަލަށް އަރާ އާދައިގެ ވަރަކަށް ނާއިޝް ދުއްވާލިއިރު އެއްވެސް ހުރަހެއް ނެތި ޖެހެމުން ދިޔަ ފިނި ވައިރޯޅިތައް އޭނާގެ ގައިގައި ބީހެމުން ދިޔައެވެ. ކަނޑު ނޫކުލައިގެ ފަޓުލުނާއެއްކޮށް ހުދު ގަމީހެއް ލައިފައި ހުރިއިރު ނާއިޝް ނުހަނު ފުރިހަމައެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ތާޒާކަމާއި އެއްކޮށް މާޔޫސްކަން ވެސް ފާޅުވޭވޭ ހުއްޓެވެ. ނާއިޝް އިސްލާހުވި ފަހުން ބޭރަށް ނިކުންނަން ދުވަހަކުވެސް އަތްކުރު އެއްޗެއް ނުލައެވެ.

ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ސައިކަލު ހުއްޓުމަށްފަހު ނާއިޝް އޭނާގެ ސައިކަލު ޕާކު ކޮށްލިއެވެ. އެއަށްފަހު ތަޅުދަނޑި ސައިކަލުން ނަގައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭނާގެ މޫނުމަތީގައިވި މާޔޫސްކަން ފިލުވާލިއެވެ. މިހާރު އެމޫނުމަތިން ފެންނަނީ ކެރުމެވެ. ސާބިތުކަމެވެ. ފަސްނުޖެހުމެވެ. ނާއިޝް އެތެރެއަށް ވަންނަން ދިމާކޮށްލިތަނާ މީހެއްގެ ގައިގައި ޖެހުނެވެ. ޖެހުނުލެއް ބާރުކަމުން ކުޑަކޮށް އަރި އަޅާލި ނަމަވެސް އޭނާގެ ހަށިގަނޑު ބެލެންސް ކޮށްލިއެވެ. އެއަށްފަހު އޭނާ ގައިގައި ޖެހުނު މީހާ އާއި ދިމާލަށް ބަލައިލިއެވެ. އޭނާވެސް އެއިރު ނައިޝް އާއި ދިމާލަށް ބަލައިލަނީއެވެ. ނާއިޝްގެ ކުރިމަތީގައި ހުރި ޒުވާނާ ހުރީ ފުލުހުންގެ ޔުނީފޯމުގައެވެ. ދެމީހުންނަށްވެސް އިރުކޮޅެއް ވާންދެން ދެމީހުންގެ މޫނަށް ބަލަހައްޓައިގެން ތިބެވުނީ ހުއްޓުން އަރައިފައެވެ.

“ނާއިޝް..” އެޒުވާނާ ހައިރާންކަން މަތީ ހުރެ ބުނެލިއެވެ. ނާއިޝް ހިނިތުންވެލިއެވެ. “ޒަޔާން..” ކުރިމަތީގައި ހުރި ޒަޔާންއަށް ރީތި ހިނިތުންވުމެއް ރައްދުކޮށްލަމުން ނާއިޝް ބުނެލިއެވެ. ނަމަވެސް ޒަޔާން ހުރީ ހިނިތުންވާންވެސް ނޭނގިފައެވެ. އެހެން ހުއްޓާ ނާއިޝް އޭނާއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ނާއިޝްގެ ކޮންމެ ޢަމަލަކުން ޒަޔާން ދިޔައީ ހައިރާން ކުރުވަމުންނެވެ. އެ ހުރި ހައިރާންކަންމަތީ ހުރެ އޭނާ ނާއިޝްގެ އަތަށް ބަލައިލިއެވެ. އަދި މަޑުމަޑުން ސަލާމް ކޮށްލިއެވެ. “ކީއްކުރަނީ މިތާ؟” ޒަޔާން ދެބުމަ ގާތްކޮށްލަމުން ނާއިޝް އާއި ސުވާލު ކޮށްލިއެވެ. ނާއިޝްގެ މޫނުމަތީގައި ވި ހިނިތުންވުން އިސާހިތަކު ފިލައިގެން ދިޔައެވެ. އެއީ އޭނާ އަށް އެންމެ ޙައްޤު އަދަބު ދެވޭނެ ތަން ވިއްޔާއެވެ. އޭނާ ހުރުން އެންމެ ރަނގަޅު ތަނަށް ގެންދެވޭނީވެސް އެމީހުންގެ އެހީގެ ދަށުންނެވެ. ވިސްނެމުން ދިޔަ ވަރަކަށް ނާއިޝްގެ ހިތަށް ތަދުކުރަމުން ދިޔައެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި އަނެއްކާވެސް ހިނިތުންވެލިއެވެ. އެކަމަކު އެއީ ގަދަކަމުންނެވެ.

ކުރިމަތީގައި ހުރި ނާއިޝްގެ މޫނުމައްޗަށް އެރަމުންދިޔަ ކުލަވަރު ޒަޔާން ވަރަށް ރީތިކޮށް ބެލިއެވެ. ސްކޭން ކުރާ މެޝިނަކުން ސްކޭން ކުރާ ފަދައަކުން އޭނާގެ އިޙުސާސްތައް ދެނެގަންނާން އުޅޭހެން ޒަޔާން ނާއިޝްގެ މޫނު މައްޗަށް ބެލިއެވެ. އެހެން ކަމުން ކޮންމެވެސް ބަހަނާއެއް ދައްކައިފައި އޭނާ ނާއިޝްއާއި ވާހަކަ ދައްކާލަން ބޭނުންވިއެވެ. “އޯކޭ އެވާޙަކަ ބާއްވާ އެހެން ވިއްޔާ.. އެކަމަކު ހާދަ ދުވަހެއް ކޮށްލައިފައޭ މި ދިމާވީ.. ކޮންތާކުތަ މިއޮށް ހުރިހާ ދުވަހު ތި އުޅުނީ.. ހިނގައިބަލަ އަހަންނާއި އެކީ ކޮފީއަކަށް..” ޒަޔާން އެހެން ބުނެ ނާއީޝްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ނާއިޝްގެ ކޮނޑަށް އަތް ވައްޓާލައިގެން އެތަނުން ނިކުންނަން މިސްރާބު ޖެހިއެވެ. ނާއިޝް ވާހަކަ ދައްކަން އުޅުނު ނަމަވެސް ޒަޔާން އެކަން މަނާ ކުރުމަށްފަހު އެ ދިޔަ ގޮތަށް ދިޔައެވެ. އޭނާގެ ތުންފަތުގައި ވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެވަގުތު ޒަޔާންގެ ސިކުނޑީގައި އެނބުރެމުން ދިޔަ މޮޅު ޕްލޭން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲއެވެ.

“ހިނގާ އަހަންނާއެކު ސައިކަލުގަ..” ޒަޔާން ޕޮލިސް ސްޓޭޝަނުން ނިކުތުމަށްފަހު ނާއިޝް ގާތު ބުނެލިއެވެ. އެވަގުތު ނާއިޝް އެކަން މަނާ ކުރުމަށްފަހު އޭނާގެ ސައިކަލު ހުރި ވާހަކަ ބުންޏެވެ. ދެމީހުން އެއްކޮށް ސައިކަލުގައި ނައްޓާލީ މާލޭގައި ހުރި މަޝްހޫރު ކޮފީޝޮޕަކަށް ދާށެވެ.

ދިހަ ވަރަކަށް މިނެޓު ދުއްވުމަށްފަހު އެމީހުންނަށް އެމީހުންގެ މަންޒިލަށް ވާސިލް ވެވިއްޖެއެވެ. ކުރިމަތީގައި ހުރީ ޒަޔާންމެން އެންމެ ގިނައިން އަންނަ ކޮފީ ޝޮޕެވެ. ބިއްލޫރި ދޮރެއް ލައިފައި ވީ އިރު ދެފަރާތް ޒީނަތްތެރިކޮށްފައި ވަނީ ގަދަ މުށިކުލައިގެ ފިލާ ބޭނުންކޮށްގެންނެވެ. ބޭރުގައި ބަހައްޓާފައި ހުރި މާގަސް ޕޮޓުތަކުން އެތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެތެރެއަށް ވަދެގެން ދިޔައިރު ބައެއް މީހުންގެ ނަޒަރު އެ ދެޒުވާނުންނަށް ހުއްޓުނެވެ. އެކަމަކަށް އެއިން އެކަކުވެސް އަޅައެއް ނުލައެވެ. ޒަޔާންގެ ފަހަތުން ނާއިޝްވެސް ހުސްކޮށް އިން މޭޒަކާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“ހާދަ ބޮޑު ބަދަލެއް އައިއްސައޭ ތިހުރީ.. ކިހިނެއް ވީތަ އަނެއްކާ؟” ޒަޔާން ނާއިޝްގެ މޫނުމައްޗަށް ބަލައިލަމުން ބުނެލީ އެ ސުވާލުގެ ޖަވާބު ބޭނުންވެފައި އިންލެއް ބޮޑުކަމުންނެވެ.

ނާއިޝް ހިނިތުން ވެލިއެވެ. “ދެން ޒަމާނާ އެއްވަރަށް ބަދަލުވެސް އަންނާނެތާ..” ނާއިޝް ދިނީ ވަރަށްވެސް ނުސީދާ ޖަވާބެކެވެ. ޒަޔާން އަކަށް އެ ޖަވާބެއް ކަމަކު ނުދިޔައެވެ. އެހެން ކަމުން އޭނާ އަނެއްކާވެސް ސުވާލު ކުރިއެވެ. “އަހަރެން ދައްކާ ވާހަކަ ޒަޔާންމެންނަށް ގަބޫލު ކުރެވޭނެތަ؟ ނޫނީ ގަބޫލު ކުރާނަންތަ؟” ނާއިޝްވެސް ކޮށްލީ ސުވާލެކެވެ. އޭނާ ދައްކާ ވާހަކަ ޒަޔާންމެންނަށް ޤަބޫލުކުރަންވެސް އުނދަގޫ ވާނެކަން އޭނާއަށް އިނގެއެވެ. އޭނާއަށް އެމީހުން ވަކި އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟

ނާއިޝްގެ ސުވާލުން ޒަޔާންއަށް ފުރަތަމަ ބަލަހައްޓައިގެން އިނދެވުނީއެވެ. ނާއިޝްގެ ދެލޮލުން ފެންނަނީ އާދޭހެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ޒަޔާން ބޯ ޖަހާލިއެވެ. ނާއިޝް އަށް ލިބުނީ ހައިރާންކަމެވެ. އޭނާ އެމީހުންނަށްވެސް ވަރަށް ޖެއްސުން ކޮށްފަ ހުންނާނެއެވެ. އެކަމަކު މިއަދު އޭނާ އަށް އެމީހުން އަދިވެސް އިތުބާރު ކުރެއެވެ. އޭނާ ހިނިތުންވެލީ އުފާވެ ހުރެއެވެ.

“ހިތަށް އަރާ ދޯ އަހަރެން ޒަޔާން އާއި މާ ރީތިކޮށް ވާހަކަ ދައްކާތީވެސް..” ނާއިޝް ބުނެލިއެވެ. އެހިނދު ޒަޔާން ބޯ ޖަހާލިއެވެ. “އަސްލު އަހަރެން މިހާރު ކުރީގެ އުޅުން ދޫކޮށްލައިފިން.. މިއޮށް ހުރިހާ ދުވަހު އަހަންނަށް އުޅެވުނީ ރަނގަޅަކަށް ނޫން.. އެކަން އަހަރެން ޤަބޫލު ކުރަން.. އެހެންވެ އިތުރަށް އެ ދިރިއުޅުމުގަ ނޫޅެން ވެގެން ﷲގެ މަގަށް ރުޖޫޢަ ވީ.. އަހަންނަކަށް ނެތް އެއްވެސް ހިތްހަމަ ޖެހުމެއް އެ ދިރިއުޅުމަކުންނެއް.. އެއްވެސް ފައިދާއެއްވެސް ނެތް.. އެހެންވެ އަހަރެން ތައުބާ ވެއްޖައީން.. ރައިފާވެސް ދޫކޮށްލައިފިން.. އަހަރެން ހުރީ އޭނާއަށް ވިސްނައިދިނުމަށްފަހު އޭނާ އާއި މެރީ ކުރަން.. އެކަމަކު އޭނާ އަކަށް އެގޮތެއް ކަމަކު ނުދިޔަ.. އޭނާ ބޭނުންވާ ކަމަށް ހުރަސް އެޅޭތީ އެގޮތެއް އޭނާ ގަބޫލެއް ނުވި.. ހެހެ.. ކީއްކުރާނީ.. އަދި އެއްދުވަހަކުން އޭނާއަށްވެސް ވިސްނޭނެ.. އިން ޝާ ﷲ..” ނާއިޝް ހިނިތުންވެލައިގެން އިނދެ ވަރަށް ކުރުގޮތަކަށް ޒަޔާންއަށް އޭނާގެ ވާހަކަ ކިޔާލަދިނެވެ.

ޒަޔާން އިނީ ގަބޫލުކުރަން ދަތިވެފައި އިން ގޮތަށް ނާއިޝްއަށް ބަލަހައްތައިގެންނެވެ. އޭނާއަށް ނާއިޝް އެދައްކާ ވާޙަކައިގައި ވަނީ ކިހާވަރެއްގެ ޙަޤީގަތެއް ކަމެއްވެސް އިނގެނިކީ ނޫނެވެ. އެކަމަކު އޭނާ އެ ވާހަކަ ދެއްކި ގޮތުން އެއީ ތެދުހެންވެސް ޒަޔާންއަށް ހީވެއެވެ. “ޤަބޫލު ކުރަން އުނދަގޫ ދޯ ވަރަށް؟” ނާއިޝް ޒަޔާންއަށް ބަލަން އިނދެ ބުނެލީ ޒަޔާން އިން ގޮތުންނެވެ. އެހިނދު އަވަސް އަވަހަށް ޒަޔާން ބޯ ހޫރުވާލިއެވެ.

“ދެން ކީއްވެ މިއަދު ޕޮލިސް ސްޓޭޝަނަށް ދިޔައީ؟” ޒަޔާން އަނެއްކާވެސް ނާއިޝް އާއި ސުވާލެއް ކުރިމަތި ކުރުވިއެވެ. ނާއިޝްގެ މޫނުމަތިން ވަގުތުން ހިނިތުންވުން ފިލައިގެން ދިޔައެވެ. އަދި އިސްޖަހާލީ އޭނާ ޒަޔާން މެން ކުރިމަތީ އެވާޙަކަތައް ދައްކަން ލަދުވެސް ގަތުމުންނެވެ.

“ޒަޔާން.. އަހަންނަކީ އަސްލު ވަރަށް ނުބައި މީހެއް.. އަހަރެން ނުކުރާކަށް ފާފައެއްވެސް ނުހުންނާނެ ކަންނޭނގެ.. އަހަރެން ބޭނުން އަހަރެން ކުރި ކުށުގެ އަދަބު ލިބެން.. ކުށެއް ނޫން… ކުށް ތަކެއް.. މިހާރުވެސް ތިމީހުން ތަޙުޤީގެއް ފައްޓައިފިއްޔާ އަހަރެން ނުބެދޭނެ ކޮޅެއް ނޯންނާނެ.. އަހަރެން ބޭނުންވީ އެހެންވެ އަހަރެން ކުރި ކުށްތަކުގެ އަދަބު އަހަންނަށް ލިބެން.. އެހެންވެގެން އެންމެފަހުން ގޮތެއް ނިންމީ.. އެތަން މިއަދު ތި ފެނުނީ..” ނާއިޝް އެ އިން ގޮތަށް އިނދެ ބުނެލިއެވެ. ޒަޔާންއަށް އެވަގުތު ނާއިޝް ހަމަ އަސްލުވެސް އިސްލާހުވެއްޖެކަން ޔަގީން ވިއެވެ. ނޫންނަމަ އަމިއްލައަކަށް އަދަބު ލިބިގަންނާކަށް ނުދާނެއެއް ނޫންހެއްޔެވެ؟

ނާއިޝްއަށް ވިސްނުމުން އޭނާ ނާއިޝްއަށް ނަސޭޙަތް ދިނީ ނާއިޝްއަށްވެސް މިހާރު ހެޔޮ ވިސްނުން ލިބިފައި ވާތީ އެކަމާ އުފާކުރާ ޙާލުއެވެ. އެހިނދު އޭނާގެ ސިކުނޑިއަށް އައީ ރައިފާގެ ނަމެވެ. ނާއިޝްއަކަށް ރައިފާގެ އެ ކުޅިގަނޑެއް ނޭނގޭނެ ބާވައެވެ؟ “ނާއިޝް.. އިހަށް އަހަރެމެންނަށް ކުޑަ ހެލްޕެއް ވެވިދާނެތަ؟” ސީދާ ނާއިޝްގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ޒަޔާން ސުވާލު ކޮށްލިއެވެ. އެވަގުތު ނާއިޝް ބޯ ޖަހާލީ އެމީހުންނަށް އޭނާގެ ފަރާތުން ވަރަށް ދެރަ ލިބިފައި ވުމާއެކު މިހާރު އެމީހުންނަށް އެހީވެދޭން ބޭނުންވާތީއެވެ.

“އޯކޭ.. އަހަރެމެން ކުރާ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނީ.. އިތުރު އެއްވެސް ކަމެއް ނޫން.. އެކަމް މިވަގުތަކު ނޫން ދޯ.. ފަހުން ބައްދަލު ވެލާނީ..” ޒަޔާން ހިނިތުންވެލިއެވެ. ދެމީހުންވެސް ކޮފީ ބޮއެ ނިންމުމަށްފަހު ޒަޔާން ފައިސާ ދެއްކުމުން އެތަނުން ނިކުތެވެ. ޒަޔާން ގެއަށް ދަނީ ކަމަށް ބުނެ އޭނާގެ ސައިކަލާއި ދިމާލަށް މިސްރާބު ޖެހީ ނާއިޝް އާއި ސަލާމްވެސް ކޮށްލައިފައެވެ. ނާއިޝްވެސް ހިނިތުންވެލިއެވެ. ނާއިޝްގެ ސައިކަލު ޕާކު ކުރަން ޖެހުނީ ތަންކޮޅެއް ދުރުގައި ކަމުން އެ ދިމާލަށް އޭނާ ދާންވެގެން ހިނގައި ގަތެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނު ތަނާ ހިނގައިފައި އައި މީހެއް ގައިގައި އޭނާ ޖެހުނެވެ. އެވަގުތު އެ އަންހެން މީހާގެ އަތުގައި ހުރި ބާޒާރު ކޮތަޅުތަކާއެއްކޮށް އޭނާގެ އަތުގައި ހުރި ބައެއް ސާމަނު ބިންމައްޗަށް ވެރުނެވެ. އޭނާ ގުދުވުމުގެ ސަބަބުން ނާއިޝްއަކަށް އެމީހާގެ މޫނެއް ނުފެނުނެވެ.

އެހެން ކަމުން ކޮތަޅުތައް ނަގަން އެހީވެދިނުމަށްފަހު އޭނާ ދާން އެނބުރި ހިނގައިގަތީ އެމީހާ ޝުކުރު އަދާކުރުމުންނެވެ. އެމީހާ ދިޔަ ތަނުން ނާއިޝްގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި ހުރި ފަސް ސަތޭކަ ރުފިޔާގެ ނޫޓުތަކެވެ. މުޅި ޖުމުލަ އެތަނަށް ދެހާސް ރުފިޔާ ވެއްޓިފައި އޮތެވެ. އެހެން ކަމުން އޭނާއަށް އެއީ ދެންމެ އެތަނުން ދިމާވި އަންހެން މީހާގެ އެއްޗެއްކަން ޔަގީން ވިއެވެ. އަވަހަށް އަތަށް އެ ފައިސާތަށް ނަގައިފައި ދެފަޔަށް ބާރުލުމަށްފަހު ހިނގައިގަތީ އެމީހާ ގެއްލުމުގެ ކުރިން އަވަހަށް އެ ފައިސާތަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދޭށެވެ.

“އެކްސް ކިއުޒް..” އެމިހާ އާއި ދެފޫޓު ގާތަށް އައުމަށްފަހު ނާއިޝް ގޮވާލިއެވެ. އެވަގުތު އޭނާގެ ދެފައި ބޮމުގައި ހަރުލިއެވެ. އަދި ފަހަތަށް އެނބުރިލިއެވެ. ދޮން މޫނެކެވެ. ކަޅު ބުރުގާގެ ތެރެއިން މޫނު ފަޅުވެފައި އިންނަ އިރު ހީވަނީ ކަޅު ފޮއެ ރެއެއްގެ ތެރއިން ހަނދު ފާޅުވެފައި އިންނަ ހެންނެވެ. ބަލާލައިފައިވެސް އެއީ މެދު އުމުރުގެ މީހެއްކަން އިނގެއެވެ. ނަމަވެސް އެ އުމުރުގެ މީހަކާ ބަލައިފަވެސް ޒުވާނެވެ. ނާއިޝް ހިނިތުންވެލުމަށްފަހު އަތުގައި ހުރި ނޫޓުތައް އޭނާއަށް ދިއްކޮށްލިއެވެ. އެވަގުތު އޭނާ ދެބުމަ ގާތްކޮށްލަމުން އަތުގައި އޮތް ކަޅުކުލައިގެ ވޮލެޓު ތެރެ ބަލައިލިއެވެ. އެއަށަފަހު ހިނިތުންވެލައިފައި އެ ނޫޓުތަކުގައި ހިފިއެވެ.

“އެއްޗެހި ވެއްޓުނު ގަޑީގަ އެހުރީ ވެރިފަ.. ހެހެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” އެމީހާ ނާއިޝްއަށް މުޚާތަބުކޮށް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ އެކުވެރިކަމެވެ. ހިތްހެޔޮ ކަމެވެ. އަދި މަޑުމައިތިރިކަންވެސް މެއެވެ. ނާއިޝްވެސް ހިނިތުންވެލައިފައި އެއީ ކަމެއް ނޫނޭ ބުނެލިއެވެ. ނާއިޝް އެތަނުން ދިއުމަށްޓަކައި އެނބުރެން އުޅެނިކޮށް އެމީހާ ނާއިޝް އާއި ސުވާލު ކޮށްލިއެވެ. “ކޮއްކޮއަށް ކޮން ނަމެއްތަ ކިޔަނީ؟ ދައްތައަށް ވަރަށް ބޮޑު ހެޔޮކަމެއް ތި ކޮށްދިނި…” އޭނާ ހިނިތުންވެލިއެވެ. ނާއިޝްވެސް ބަދަލުގައި ހިނިތުންވެލިއެވެ. “ނާއިޝް..” ނާއިޝް އޭޏަގެ ނާން ބުނެލީ މަޑުމައިތިރި ކަން އެކުލެވިފައިވި އޭނާގެ ފިރިހެންވަންތަ އަޑުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 22

Next

ދީވާނަ ވެދަނިއްޔޭ…2

Next
July 5, 2018

ދީވާނަ ވެދަނިއްޔޭ…2

Previews
July 5, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 22

29 Comments!

  1. Aki says:
    July 5, 2018 at 9:25 pm

    yey yey

  2. unique says:
    July 5, 2018 at 9:28 pm

    noor thanks

  3. Panda?❤ says:
    July 5, 2018 at 10:05 pm

    Salaaam Noorr ??
    Panda waahaka kiyaalaafa cmmnt eba kuran ingey?

  4. Rifaa says:
    July 5, 2018 at 10:10 pm

    wow nice mi part ves kon irakun next part

  5. Nunnu says:
    July 5, 2018 at 10:33 pm

    Naaish ge mamma tha Ey no one ge meeheh tha
    V ufaavejje
    Ekam kobayyo NaIsham
    Eyna akah neynge tha ziv aa kameh
    Ethaaku nei dho Naisham eh
    When next part Noor
    Mihaaru nan badhalu kuree dho
    Hehe
    Vv vvvvvvvvvv vvvvvvvvvv vv reethi mi part ves

  6. Kokee says:
    July 5, 2018 at 10:43 pm

    maasha allah…vrh reethi mi part vx as usual….keep it up noor sis….waiting waiting….ly sis

  7. juma says:
    July 5, 2018 at 11:29 pm

    Alhe kithah noor mi site ga ulhey thrr..

  8. Panda?❤ says:
    July 5, 2018 at 11:54 pm

    Aweeeeennn.. V v reethi ingey noor Masha Allah .. Enme best story mi ee ❤❤❤❤❤❤❤??

  9. Random says:
    July 6, 2018 at 2:29 am

    Yuaan aky yaish ge beybe ehnuntha? Kyvvebaa yuaan aieema ziva moonu nuforuvy? Aslu foruvan jeheynehnu…

  10. Reen says:
    July 6, 2018 at 7:42 am

    Masha allah mi part ves vvvv salhi…when next part??? Curiously waiting……ly noor sis

  11. kitty says:
    July 6, 2018 at 9:12 am

    yay.. finally.. story vv nyc. whn is net part??:)

  12. maya says:
    July 6, 2018 at 11:22 am

    wowo\ wawa…masha allh vvv habeys..anehkaa naaish ge mom thr eii?????vvv reethi..curiously waiting…..

  13. Baby girl ❤ says:
    July 6, 2018 at 12:27 pm

    Yay..finally……….
    Story is speech less awsome fentastice……when best part…curiously waiting waiting noor

    1. Baby girl❤ says:
      July 7, 2018 at 6:20 pm

      When Next part**

  14. Mate says:
    July 6, 2018 at 12:45 pm

    Nice……when next part….

  15. unique says:
    July 6, 2018 at 2:14 pm

    vvv loabi mihaar story gosfa oih hisaab just luv it miss u sis

  16. friend says:
    July 6, 2018 at 4:43 pm

    noor thankolheh avahah up kohbala waiting for your story

  17. Livee says:
    July 6, 2018 at 5:31 pm

    Wow speechless
    Naaish he mom dhw e dhimaa v

  18. Mal says:
    July 6, 2018 at 6:00 pm

    Wow … Masha Allah varah reethi…

  19. friends says:
    July 6, 2018 at 6:45 pm

    vvvvvvvvvvvvvvvvv reethi mi part ves
    Kon irakun next part

  20. Anonymous says:
    July 7, 2018 at 4:56 pm

    Thankolheh avahah genesdheebe

  21. Khaleesi says:
    July 8, 2018 at 8:15 am

    Noor dear are you sick or something happened?? Let the readers know please!!! Can’t wait too long story is so awsome. When is the next part dear ????

  22. Yalvee says:
    July 8, 2018 at 12:06 pm

    Mihaaru Haadha lahun mi vaahaka up vany….???? please avas kodheeba ☹️☹️☹️

  23. maaee says:
    July 8, 2018 at 1:54 pm

    salaam noor …
    mi part ves varah reethi…u are very good at writing stories …❤ماشاءاللہ…….when next part?

    1. maaee says:
      July 8, 2018 at 2:07 pm

      * salaam noor.
      mi part ves varah reethi….u are very good at writing stories….
      ماشاءاللہ
      when next part? ****

  24. Dandelion says:
    July 9, 2018 at 1:12 pm

    I’m Jazlee. And noor sis mi stry ge 37 prt p
    Nukurevey sababu bunedhyba.Nd derr. Cmmnt thakah rply kohlahchey vaguthu vyma.Curiosly, waitin fr the nxt prt…U r an
    awsme wrytr. Luv u a lot ??❤??

  25. Zelll says:
    July 9, 2018 at 6:16 pm

    KEEP IT UP NOOR DEAR, Mashaallah varah reethi

  26. Reader says:
    July 9, 2018 at 7:32 pm

    Noor ge Hulhukolhu Nivunytha?

  27. aish noor says:
    July 10, 2018 at 1:51 pm

    Assalaamu a’laikum my dear readers.. 🙂 vrh vrh vrh bodah sorry mihaa lahun mihaarakah ais episode thah genesdheveythy.. ekam noor ah ithuru gotheh nethigen ehn ekanthah vany.. 🙁 reply nukureveny ves ehn vegen.. ekamaku ves kuriyah oiyy thaa ekan kan veehaa ves bodakah rangalhu kureveytho masahkaiyy kuraanan.. in sha allah.. 🙂 dhn hurihaa kudhinnah ves vrh vrh vrh vrh vrh vrh vrh vrh vrh bodah shukuriyyaa keiyytheri kamaaeku inthizaaru kureethy.. 🙂 thikudhinnah mi part kamudhiyaeema vrh vrh vrh ufaavehje.. 🙂 jazakumullah khairan my dear readers.. 🙂 LY all.. 🙂 <3<3<3<3<3

Comments are closed.

Next Episodeހުޅުކޮޅު 37←


All Right Reserved!