Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި (ވިހިވަނަ ބައި)

xaaahy Level 110 Stories
April 10, 2014 6 Mins Read
14 Comments

ޝާން ގޮސް ދޮރު ހުޅުވާލުމަށްފަހު އެއްފަހަރު ގޭތެރެއަށް އަނެއް ފަހަރު ދޮރުމަތީ ހުރި މީހާއަށް ބަލާލިއެވެ. ލަޔާލްވެސް ދޮރުމައްޗަށް އެރިގޮތަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ދޮރުމަތީ ދަބަހެއް ހިފައިގެން ހުރީ އިމްލީއާއި އޭނަގެ މަންމަ އާރިފާއެވެ.
” ދައްތާ…..އަންގައިވެސް ނުލާ ކުއްލިއަކަށް…؟” ލަޔާލްއަށް ބުނެވުނީ އެވަރަށެވެ. މާހިރު އެތަނަށް އައިސް އެ ދެމައިން އެތެރެއަށް ވައްދައިފިއެވެ. އިމްލީ ދިޔައީ ލަޔާލްއާއި އެކު ލަޔާލްގެ ކޮޓަރިއަށެވެ.

” އިމްލީ..ކީއްވެ ކުއްލިއަކަށް މިކޮޅަށް އަންނަން ޖެހުނީ.؟” ލަޔާލް އިމްލީ އެނދުގައި ބައިންދާލަމުން ބުނެލިއެވެ.

” ރަށުން ޑޮކްޓަރ ބުނުއްވައިގެން ސްކޭން އެއް ހަދަން ޖެހިގެން މިއައީ…….ބޭބީގެ ހާލަތު ރަނގަޅު ނޫންކަމަށް އެމީހުން ބުނަނީ..އަސްލު ވާ ގޮތް އެނގޭނީ ސްކޭން ހަދައިގެންނޭ ބުނީ…” އިމްލީ ކިޔައިދިނެވެ.

” ހާދަ ދެރަގޮތެކޭ……” މާހިރު ވާހަކަ ދައްކަމުން ގެންދިޔައީ އާރިފާއާއެވެ.
” އާން…….ކީއްކުރާނި…އަންހެން ދަރިއެއް ބޮޑުކުރެވުނަތީ މަށަށް މި ޖެހެނީ ރޯން….ހޯދި ބަދުނާމް ކުޑަތަ…އެވަރުން ނުވެގެން މި ޖެހުނީ ދެރަކަމެއް ނޫންތަ….ބޮޑު ހަރަދެއް ކޮއްގެން މިޖެހުނީ މިތަނަށް އަންނަން…..” އާރިފާ ފެންކަޅިވެފަ އިނދެ ވާހަކަ ދައްކަމުން ދިޔައެވެ

” ހިތްވަރު ކުރޭ….” މާހިރު ބުނެލިއެވެ.

” ސޯފީ ނެތީތަ ގޭގަ؟” އާރިފާ އަހާލިއެވެ. މާހިރުގެ މޫނުމަތި މުޅިން ބަނަވެގެން ދިޔައެވެ.
” އާން މިވަގުތު ނެތް…..ސޯފީ ވެއްޖެ އޭނަގެ މަންމަ ބަލިވެގެން ލަންކާއަށް ގޮސް” މާހިރު ގަސްތުގައި ދޮގެއް ހަދާލިއެވެ. ފެންވަރާލައި ހެދުމަށް އާރިފާއާއި އިމްލީ ކޮޓަރިއަށް ދިޔައީއެވެ. ގޭތެރޭގައި ބަސްހުއްޓިފައި މާހިރު އިނެވެ.

އިރު އޮއްސޭ ވަގުތެވެ. ރަތްވިލާތަކުން މުޅި އުދަރެސް އެއްކުލަ ކޮއްލައިފިއެވެ. ޝާން ފެންވަރާލައިގެން ބެލްކަންޏަށް ނުކުމެލިއެވެ. ބެލްކަނީގެ ދަނގަޑުގައި އަތްވިއްދާލައި މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. ބަގީޗާ ތެރޭ އިމްލީ އެކަނި މާ އެކަނި އިން ތަން ފެނުނެވެ. ޝާން ފަރުވާތެރިކަމާއި އެކު ބަލާލިއެވެ. ރޮވިފައި އިން އިމްލީ އަތުން ބަނޑުގައި ފިރުމަމުން ދިޔައެވެ.

ޝާން އަވަސް އަވަހަށް ސިޑިން ފައިބައިގެން ގޮސް އިމްލީއާއި ދާދި ގާތުގައި ހުއްޓުނެވެ. މިވަގުތު އިމްލީގެ ހިތު ތެރޭ އެނބުރެމުން ދަނީ ކޮންކަހަލަ އިހްސާސްތަކެއްކަން އޭނައަށް އެނގުނު ކަހަލައެވެ.
” އެޕޮއިންޓް މެންޓް ހައްދައިފިންތަ؟ ކޮން އިރަކުން ދައްކަން ދާނި..” ޝާން ދުރުދުރުން ވާހަކަ ނެގިއެވެ.
” ނޫން.އަދި އެޕޮއިންޓްމެންޓެއް ނުހައްދަން.” އިމްލީ ބުނެލިއެވެ. ޝާން އިމްލީގެ މޫނަށް ބަލާލިއެވެ. އިމްލީގެ ލޮލުން ކަރުނަ ހިލިފައި ހުރިތަން ޝާންއަށް ފެނުނެވެ.
” އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ހުންނާނެ ހޮސްޕިޓަލްގައި…އަހަރެން އިމްލީއަށް އެޕޮއިންޓް މެންޓެއް ހައްދައިދޭނަން އިނގޭ….” ޝާން އެހެން ބުނެލުމުން އިމްލީ ބޯ ޖަހާލިއެވެ. އިމްލީ އާއި ޝާން ކުޑަ އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު އިމްލީ ނިދި އަންނަކަމަށް ބުނެ ދިޔައީއެވެ.

ހަނދުވެރުގެ ރިހިއަލިން މުޅި ބަގީޗާ ވަރަށް ހިތްގައިމު ކަމަށް ދައްކައެވެ. މި ހިތްގައިމު ކަމުންވެސް ޝާންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުގެނެސްދެއެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދަނީ ނުތަނަވަސްކަމެވެ. ޝާންގެ ހިތަށް ވިސްނައިދެވޭތޯ އޭނަ މަސައްކަތް ކުރަމުން ދިޔައެވެ. އިމްލީ އާއި ވާހަކަ ދައްކާލެވުނު ވަގުތު ވެގެން ދިޔައީ ކުޑަ އިރުކޮޅަކަށް އޭނަގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އަދިވެސް އޭނަގެ ހިތް އެދެނީ އިމްލީ އާއި ވާހަކަ ދައްކާލުމަށެވެ. ކީއްވެކަމެއް ހުދު އޭނައަކަށް ވެސް ނުވިސްނެއެވެ.

އާދުވަހެކެވެ. ހެނދުނުގެ ސައިގަޑީގައި އެންމެން ތިބީ ސައިބޯށެވެ. ސޯފީގެ ގޮނޑި އާއި ޝައުފްގެ ގޮނޑި ހުރީ ހުސްވެފައެވެ. ސޯފީގެ ގޮނޑި ފެންނަން ކޮންމެ ފަހަރަކު އޭނަގެ ގާތަށް ރުޅިއެއް އާދެއެވެ. ލަޔާލް ރޯސްކުރި ޕާންފޮތި ގެނެސް މާހިރުގެ ތައްޓަށް ލައިދިނެވެ.
” ރޯސަން..” މާހިރު ގޮވާލުމާއި އެކު ރޯސަން ދުވެފައި ބަދިގެ ތެރެއިން އައެވެ.

” މި ގޮނޑި ގެންދޭ ގުދަނަށް….”’ ސޯފީގެ ގޮނޑި ދައްކާލަމުން މާހިރު ބުނެލިއެވެ. ރޯސަން އެ ގޮނޑި ހިފައިގެން ބަދިގެއަށް ދިއުމުން އާރިފާ ބުނެލިއެވެ.
” މާހިރު މިގޭގެ ހުރިހައި ކަމެއް ރަނގަޅުތަ؟ ”
” އާން..ކިހިނެއްވީ؟” މާހިރު ފޫހި ގޮތަކަށް އަހާލިއެވެ.

” ހީނުވާތީ…” އާރިފާ ޕާންފޮތި ނަގަމުން ބުނެލިއެވެ. އާރިފާ ކޮންމެ އެއްޗެކޭ ކީކަމުގައި ވިއަސް އެއަށް ޖަވާބު ދިނުމަކަށް މާހިރު އިސްކަމެއް ނުދެއެވެ. އާރިފާގެ އަމަލުތައް ހުންނަ ގޮތުން އިމްލީ އިނީ ފާޑަކަށެވެ. ނުބެހޭ ކަންތައްތަކާ ބެހުމާއި ދޮގުހެދުމަކީ އާރިފާއަށް އުދަނގޫކަމެއް ނޫނެވެ.

އިމްލީ ވަރަށް ކުޑަކޮށް ނާސްތާ ކޮއްލައިގެން ތެދުވިއެވެ. ޝާން އޮފީހަށް ދާން ނުކުތް ވަގުތަކީ އިމްލީ ނާސްތާ ކޮއްގެން ކޮޓަރިއަށް ދިއުމަށް ހިނގައިގަތް ވަގުތެވެ. ސިޑި މަތިން ދެމީހުން ބައްދަލުވިއެވެ.
” އިމްލީ..” ޝާން ގޮވާލުމުން އިމްލީ ހުއްޓުނެވެ.

” އަހަރެން ހުރިހައި ކަމެއް ހަމަޖައްސައިފިން….ޑޮކްޓަރަށް ދައްކަން ދާން ޖެހޭނީ ދިހައެއް ޖެހީމަ…އެގަޑިއަށް އަހަރެން އަންނާނަން ބަލާ..” ޝާން ބުނެލިއެވެ. އިމްލީ ވަކި އެއްޗެއް ނުބުނެއެވެ. ޝާންވެސް ދިޔަގޮތަށް ނުކުމެގެން ދިޔައީއެވެ. އިމްލީއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް ލަޔާލް ނަމާދުކޮށް އާކިފްއަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރެއެވެ. އިމްލީ އާއި ޝާންގެ ގުޅުންވެސް ދުވަހެއް ދުވަހަކަށް ބަދަހިވަމުން ދިޔައެވެ. ނަމަވެސް އެކުވެރިކަމުގެ ގޮތުންނެވެ. ޝާން އޮފީސް ނިންމާފައި އަންނަ ގޮތަށް ނިދަން ވަންދެން އުޅެނީ އިމްލީ އާއި އެކުއެވެ.

އާރިފާއަށް މުއްސަދިގެއެއް ފެނިފައ ހުންނަނީ ރަށަށް ދާން ބޭނުން ނުވެފައެވެ. އަތުން އެއްވެސް ޚަރަދެއް ނުގޮސް އަރާމުގައި ހުރެވޭތީއެވެ. ނޯކަރުންނަށް އަމުރުކޮށް އަމިއްލައަށް ކަންކަމުގެ ތެރެއަށް ވަދެގަނެއެވެ. އާރިފާއަށް ރަނގަޅީ މާހިރު އަދިވެސް މަޑުކުރަން ބުނިއްޔާއެވެ. މާހިރު އޮފީހުން އައި ގަޑީގައި އާރިފާ ކަންބޮޑުވެފައި އިނީވެސް އެހެންވެއެވެ.

” ކިހިނެއްވީ؟” މާހިރު ގޭތެރެއަށް ހިނގައިގަންނަމުން ކަންބޮޑުވެފައި އިން އާރިފާ ފެނި އަހާލިއެވެ.

” ކިހިނެއް ނުވަނި… ޑޮކްޓަރު މިއަދު ބުނެފި އަނެއްކާ ހަފްތާއެއް ފަހުން ދައްކަން އަންނާށޭ….އަހަރެން ބުނިން އަހަރެމެން ރާއްޖެތެރޭ މީހުން ކިހިނެއް ހެއްޔޭ އަބަދު މިކޮޅުގައި މަޑުކުރާނި…އަލަށް ވިހާ ކުއްޖެއް ވީމަ ރަނގަޅުވާނި ހޮސްޕިޓަލުން ފަރުވާ ހޯދިމައޭ…” އާރިފާ ބޭނުންވަނީ މާހިރުގެ އަނގައިން އަދިވެސް މަޑުކުރާށޭ ބުނާށެވެ.

” ދެން މަޑުކޮއްލާ….ހަފްތާއެކޭނުން…..” މާހިރު ހިނގައިގަންނަމުން ބުނެލިއެވެ. އާރިފާ އުފަލުން ހެވިފައި އިންތަން މާހިރު އެންމެ ފަހަރަކު ފަހަތް ބަލާލި ނަމަވެސް އެ މަންޒަރު ފެނުނީހެވެ.

އިމްލީ އާއި ޝާން އެކުގައި ބޭރަށް ނުކުތީ ކާރުގައި ދުއްވާލުމަށެވެ. ކާރުގައި ގޮސް މަޑުކޮއްލީ މީހުން މަދު ހިސާބަކަށެވެ. ޝާން ކާރުން ފޭބުމަށްފަހު އިމްލީ އިން ފަރާތުގެ ދޮރުފަތް ހުޅުވައިދިނެވެ. އިމްލީ ކާރުން ފޭބި ވަގުތު ޝާން އިމްލީއަށް ބަލާލިއެވެ. ރީތި ވަރަކަށް ފަލަވެފައި ހުރުމުން އިމްލީ ވަރަށް ރީތިކަމަށް ދައްކައެވެ. އޭނަގެ މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. ޝާން އިމްލީގެ މޫނަށް ބަލަން ހުރުމުން އިމްލީ ލަދުގަންނަ ގޮތްވިއެވެ. އިމްލީ އަނެއްފަރާތަށް ބަލާލުމުން ޝާންއަށް އިމްލީގެ މޫނަށް ބަލަން ހުރެވުނުކަން އެނގުނެވެ.

އިމްލީ ގޮސް އިށީނުމުން ޝާން އައިސް އިމްލީގެ ކައިރީ ޖައްސާލިއެވެ. ދައްކާނެ ވާހަކައެއް ނެތި ދެމީހުންގެ މެދުގައިވީ ހަމަހިމޭންކަމެވެ.
” އަހަރެން މިއުޅެނީ މާދަމާ ރޭ ފުރަން…” އިމްލީގެ އަޑުން ހިމޭންކަން ކަނޑުވާލިއެވެ. ޝާންއަށް އިމްލީގެ މޫނަށް ބަލާލެވުނެވެ. ނުދާށޭ ބުނަން ބޭނުންވިއަސް ޝާންގެ ދުލެއް ހަރަކާތެއް ނުކުރިއެވެ.

” މަންމަ ބުނި ހަފްތާއަކަށް މަޑުކުރާނެ ވާހަކަ…..” ޝާން ކުއްލިއަކަށް ހަނދާންވީ މިއަދު ހެނދުނު މާހިރު ބުނި ވާހަކައެވެ. އިމްލީ އަދި ދައްކަން ޖެހޭތީ މަޑުކުރަން ޖެހޭނެކަމަށް މާހިރު ބުނެފައި ވާތީއެވެ.

” މަންމަ ބޭނުންވިއަސް އަހަރެން ބޭނުމެއް ނޫން ދެން މިތާ މަޑުކުރާކަށް…ރަށަށް ދާން ބޭނުންވަނި..” އިމްލީ ދުރުބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ޝާން އިމްލީގެ މޫނަށް ބަލާލިއެވެ. ވައިރޯޅިއާއިއެކު ވިހުރުވެމުންދިޔަ އިސްތަށިކޮޅު އިމްލީގެ މޫނުގައި ފިރުމަމުން ދިޔައެވެ. އެ އިސްތަށިކޮޅު އެއްފަރާތްކޮއްލައިދިނުމަށް ޝާންގެ ހިތް އެދެމުން ދިޔައެވެ.

” ދޫކޮއްބަލަ……..ހެހެ…” ފަހަތުން އިވުނީ ދަންނަ އަޑެކެވެ. ޝާން ފަހަތް ބަލާލިއެވެ. އިމްލީވެސް ފަހަތް ބަލާލިއެވެ. ފުރަގަސް ދީގެން ހުރި އަންހެނަކު ގަހުގައި ލެނގިލައިގެން ހުއްޓެވެ. އެ އަންހެން މީހާގެ ހަށިގަނޑުގައި އޮޅުލައިގަނެގެން ފިރިހެނަކު ހުއްޓެވެ. އެކަމަކު އެއީ ކޮންބައެއްކަމެއް ނޭނގެއެވެ. ގަހުގެ ގޮފިތަކުން އެދެމީހުންގެ މޫނުވަނީ ނިވާވެފައެވެ. އެދެމީހުން އެކަކު އަނެއްކަކާ ކައިރިވަމުން ދިޔައެވެ. މަގުމަތީގައި ކަމެއް އެމީހުންނަކަށް އިހްސާސެއް ނުވާފަދައެވެ.

” ކޮންބައެއް؟” އިމްލީ އަހާލިއެވެ. ” ނޭނގެ….މީހުން އުޅޭ ވައްތަރު ދޯ…..” ޝާން ބުނެލިއެވެ. ޝާން އިސްޖަހާލައި ވެލިގަނޑާ ކުޅެން ފެށިއެވެ. އިމްލީ ޝާންއަށް ބަލާލިއެވެ. ޝާންގެ ހަރަކާތްތައް އިމްލީއަށްވެސް ކަމުދާން ފަށައިފިއެވެ.

ޝާންއަށް ނުބަލަންވެގެން އިމްލީ އަނެއްކައިވެސް ފަހަތަށް ބަލާލިއެވެ. ޝާން އިސްއުފުލާލައި އިމްލީގެ މޫނަށް ބަލާލަމުން ފަހަތް ބަލާލިއެވެ. ގަހާ ނިވާވެގެން ތިބި ދެމީހުން ގަހާ ދުރަށް ޖެހިލިއެވެ. އެ ދެމީހުންގެ މޫނު ވަރަށް ސާފްކޮށް އިމްލީ އާއި ޝާންއަށް ފެނުނެވެ. އެއީ ފަރީޝާ އާއި ފާއިޝްއެވެ. ފަރީޝާއަށް ޝާން ފެނުމުން ފާއިޝްގެ ގަޔާ ބޮނޑިވެލިއެވެ.

ޝާން އާއި އިމްލީއަށް އެކަކު އަނެއްކަކުގެ މޫނަށް ބަލާލެވުނީ އެކުއެކީގައެވެ. ލޮލުގެ އިޝާރާތުން ދެމީހުންނަށްވެސް އެކަކު އަނެއްކަކު ބުނަން ބޭނުންވާ ވާހަކަ ދެނެގަނެވުނެވެ. ދެމީހުން އެކުގައި ތެދުވެ ކާރާ ދިމާލަށް ހިނގައިގަނެވުނެވެ. ކާރަށް އަރައި ހަމަޖެހިލަމުން ޝާން ކާރު ދުއްވާލިއެވެ.

ފަރީޝާގެ ހިޔާލްތަކާއި ދުރަށް ޖެހިލެވުނު މި ދަނޑިވަޅުގައި ފަރީޝާ ފެނުމުން އަނެއްކާވެސް ޝާންގެ މޫޑު ގޯސްވެގެން ދިޔައެވެ. އިމްލީއަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ. އިމްލީގެ މޫނު މަތިވެސް ބަނަވެގެން ދިޔައެވެ. ދެމީހުންގެ ހިތުގައިވެސް އަޅަމުންދަނީ އެއް ވޭނެކެވެ. ދެމީހުންގެ ހާލަތަކީވެސް އެކައްޗެކެވެ. ދެމީހުންނަށްވެސް ބޭނުންވަނީ އަޅާލާނެ ރަނގަޅު ބައިވެރިއެކެވެ.

ލަޔާލް ކޮޓަރި ތެރޭ އެކަނި މާއެކަނި އިނެވެ. އާކިފް އާއި ޝައުފް އެކުގައި ނަގާފައި އިން ފޮޓޯގަނޑެއް މޭޒުމަތީގައި އިނެވެ. ލަޔާލްގެ ނަޒަރު ހުއްޓިފައިވަނީ އާކިފްގެ މޫނަށެވެ. އާކިފްގެ ލޯތްބަށްޓަކައި ލަޔާލް އިންތިޒާރު ކުރަމުން ގެންދަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ.

ފޯން ރިންގުވުމާއި އެކު ލަޔާލް ތެދުވެ ފޯން ނަގައި ކަންފަތުގައި ޖައްސާލިއެވެ. ”ހެލޯ ލަޔާލް….” ޝައުފް ގޮވާލިއެވެ.
” އާން،،ކީކޭ؟ ކޮބާ އާކިފް؟” ލަޔާލް އަހާލިއެވެ. ޝައުފްގެ ކައިރީ ލަޔާލް އާކިފްގެ ވާހަކަ ދައްކާތީ ޝައުފްއަށް އުދަނގޫތަކެއް ވެއެވެ. އެކަމަކު އެ ހުރިހައިކަމެއް ފޮރުވާލަމުން ހޭންފެށިއެވެ.

” އާކިފް އެބައޮތް ނިދާފަ…..މިއަދު ހެނދުނު ޑޮކްޓަރަށް ދެއްކިން……ބުނި ރަނގަޅުވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތޭ…….ގަވައިދުން ބޭސްދޭށޭ…….އަހަންނަށް ޔަގީން މިއީ ލަޔާލްގެ ދުއާގެ ސަބަބުން ވާކަމެއްކަން…..މާތްﷲ ލަޔާލްގެ ދުޢާ އިޖާބަކުރައްވާ އެބަ…..” ޝައުފް ބުނެލިއެވެ.

” އާކިފް ރަނގަޅަށް ބަލާތި….” ލަޔާލް ބުނެލިއެވެ. ޝައުފް ފޯންގައި ހިފަހައްޓާލިއެވެ. ޝައުފްގެ ލޮލުން ފައިބަންފެށި ކަރުނަތައް ފޮހެލަމުން ފުން ނޭވާއެއް ދޫކޮއްލިއެވެ.

” އެކަމާ ހާސްނުވޭ…އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ލަޔާގެ ކައިރިއަށް އާކިފް ރަނގަޅުކޮއްގެން ގެންދާނަން……” ޝައުފް ބުނެލިއެވެ. ލަޔާލްގެ ހީލުމުގެ އަޑު އެވަގުތު ޖެހުނެވެ. ލަޔާލް ހުރީ އުފާވެފައެވެ. ” މި ވަގުތު ބާއްވަނީ…..ފަހުން ގުޅާނަން…..” ޝައުފް ފޯންގެ އަތްގަނޑު ބާއްވާލިއެވެ.

އިމްލީ ރަށަށް ދާން ބޭނުންވި ނަމަވެސް އާރިފާގެ ވަރުގަދަކަމުން އިމްލީއަށް ޖެހުނީ ހަފްތާއެއް ވަންދެން މަޑުކުރާށެވެ. މި ފަހަރު ޑޮކްޓަރަށް ދެއްކުމުން އިތުރަށް ދައްކަން އަންނާކަށް ނުބުނެއެވެ. އެކަމާ އާރިފާ ވަރަށް ޝަކުވާ ކުރިއެވެ. އެކަމަކު ޑޮކްޓަރުގެ ޖަވާބަކަށްވީ މިހާރު ހުރިހައި ކަމެއްވެސް ރަނގަޅު ކަމަށާއި ދެން ރަށުން ފަރުވާ ކުރިއަށް ގެންދިއުމަށެވެ.

އިމްލީ ގެއަށް އައިސް ފޮށި ތައްޔާރު ކުރަންފެށިއެވެ. ޝާންއަށް އޮފީހުން އައިސް ވަދެވުނީ އިމްލީ ފޮއްޓަށް އެއްޗެހި އަޅަން އުޅެއެވެ. ”ދަނީތަ؟” ޝާން އެތެރެއަށް ވަންނަމުން އަހާލިއެވެ.

”’ އާން…މިއަދު ހަވީރު……ހިތްހެޔޮ ކުރާތި..” އިމްލީ އަލަމާރިއާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ.

” އަބަދުވެސް..މުޅި އުމުރަށްވެސް މިހިތުގައި އިމްލީއަށް ބަރުކަމެއް ނެތް..” ޝާން ބުނެލިއެވެ. އިމްލީއަށް އެ ޖުމްލައިގަ އެހެން މާނައެއް ވާހެން ހީވިއެވެ. ޝާންގެ މޫނަށް ބަލާލެވުނީވެސް އެހެންވެއެވެ. ” އިމްލީވެސް ހިތްހެޔޮ ކުރާތި.” ޝާން ސަލާމްކޮއްލަން އަތްދިއްކޮއްލަމުން ބުނެލިއެވެ. އިމްލީ އެއަތުގައި ހިފާލަމުން ސަލާމްކޮއްލިއެވެ.

ޝާން އިމްލީގެ އަތުން ދޫކޮއްލަމުން އޭނަގެ އަތަށް ބަލާލިއެވެ. ޝާންގެ ހިތުގައި ޖަހަމުންދާ ވންދަކީ ހަމައެކަނި އިމްލީއެވެ. އޭނަގެ ހިތުގެ ހާލަތު ދުލާ ހަމަޔަށް ގެނެވޭނެހާ ހިތްވަރެއް ލިބިފައެއް ނެތެވެ.

އިމްލީ ހަވީރު ފުރައިގެން ދިއުމުން ހީވީ ޝާންގެ ހަޔާތަށް ފަޅުކަމެއް އައިހެންނެވެ. ފަރީޝާ ވަކިވެގެން ދިޔައިރުވެސް އެވަރުގެ އިހްސާސެއް ނުކުރެވެއެވެ. އިމްލީއަށް އޭނަގެ ހާލަތު ބަޔާން ކުރެވޭނެ ގޮތެއް ނެތެވެ. އިމްލީއަށްވެސް އިހްސާސްވަނީ އެފަދަ ގޮތެކެވެ. ޝާންއަށްޓަކައި އޭނަގެ ހިތުގައިވެސް ޖާގައެއް އެބައޮތެވެ. އެކަމަކު އިމްލީއަށް އޭނަގެ އަމިއްލަ ނަފްސު ކުއްވެރިވެސް ކުރެވެއެވެ. އިމްލީ ފަދަ ގޮތެއް ނެތް އަންހެން ކުއްޖަކާ އިންނާނީ ކާކު ހެއްޔެވެ؟ ފިރިމީހާއަށްޓަކައި އޭނަގެ އަތުގައި ރައްކާތެރިކޮއްފައި އޮތީ ކޯއްޗެއް ހެއްޔެވެ؟އިމްލީ ރަށަށް ދިޔަ ފަހުންވެސް ޝާން ގުޅައި ހަދައެވެ. ހާލުއަހާލައި ވާހަކަ ދައްކާލުމަށް ހޭދަވާ އެވަގުތު ކޮޅުވެސް ދެމީހުންގެ ހިތަށް ހަމަޖެހުން ގެނުވައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އާކިފްއަށް ލަޔާލް ކޮންމެ ދުވަހަކުވެސް ގުޅައި ވާހަކަ ދައްކައެވެ. އާކިފްގެ ހާލަތު މުޅިން ރަނގަޅުވެ ބަރާބަރު އެއްމަސް ދުވަސްތެރޭގައި ރާއްޖެއަށް އަންނަކަމުގެ ޚަބަރު ދިނެވެ. އެ ޚަބަރަކީ ރެއާ ދުވާލު މެދުކެނޑުމެއްނެތި ލަޔާލް އިންތިޒާރުކުރަމުން ދިޔަ ވަގުތެވެ.

އާކިފް އާއި ޝައުފް މިއަދު އަންނަ ވާހަކަ ބުނުމުން ލަޔާލް ގޭތެރެ ސާފުކޮށް ތައްޔާރުކުރިއެވެ. އާކިފްއަށް ކަމުދާނެ ގިނަ ވައްތަރުގެ ކާތަކެތި ތައްޔާރު ކުރިއެވެ. އެއާ ޕޯރޓަށް ޝާން އާއި އެކު ލަޔާލް ދިޔައެވެ. އަންނަ މީހުން ނުކުންނަ ދޮރާ ދިމާލަށް ލަޔާލް ބަލަން ހުރީ އާކިފްގެ މޫނު ފެނޭތޯއެވެ. ލަފައިގެން އަންނަ މީހުން ނުކުންނަން ފެށައިފިއެވެ. ޝައުފްގެ ފަހަތުން އާކިފް އަންނަތަން ލަޔާލްއަށް ފެނުމުން އެދިމާލަށް ހިނގައިގަތެވެ. ކަޅު ޖިންސަކާއި ނޫކުލައިގެ އަތްދިގު ޓީޝާރޓެއްގައި އާކިފް ފެންނަނީ ވަރަށް ހިތްގައިމު ކޮންނެވެ. އެއާޕޯރޓް ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ގިނަ އަންހެން ކުދިންގެ ލޯތަށް އަމާޒުވެފައިވަނީވެސް އާކިފްއަށެވެ.

ލަޔާލް ގޮސް ހުއްޓުނީ އާކިފްގެ ކުރިމައްޗަށެވެ. ލަޔާލްގެ ލޮލުގެ ތެރެއިން ވިދަމުން ދަނީ އުފާވެރިކަމުގެ ކަރުނައެވެ. އާކިފްއާ ސަލާމް ކޮއްލުމަށް އަތްދިއްކޮއްލި ވަގުތު ލަޔާލްގެ މޫނަށް އެނބުރުން އަރައިގެން ދިޔައެވެ. ހޭނެތިގެން ވެއްޓުނީ އާކިފްގެ އަތުގެ ތެރެއަށެވެ. ލަޔާލް ވެއްޓުނަ ނުދީ ލަޔާލް ހަށިގަނޑާލައި ބޮނޑިކޮއްލިއެވެ. ޝައުފްއާއި ޝާން އައިސް ލަޔާލް ހިފަހައްޓާލިއެވެ.

ލަޔާލްއަށް ލޯހުޅުވާލެވުނެވެ. ފުރަތަމަވެސް ލަޔާލް ބަލާލީ އާކިފް ފެންނަން ހުރިތޯއެވެ. އާކިފް ހުރީ ކުޑަދޮރު ކައިރީ ބޭރު ބަލަހައްޓައިގެންނެވެ. ޝައުފް އިނީ ލަޔާލްގެ ކައިރީ ގޮނޑިއެއް ބަހައްޓައިގެން އިށީދެއެވެ. ” ލަޔާލް…އަހަރެން އަހަރެންގެ ވައުދު ފުއްދައިދީފިން…ލަޔާލް އަހަރެން ވަރިކޮއްދޭނަން…އެކަމަކު ލަޔާލް ވަރަށް ވިސްނާފަ ޖަވާބު ދޭތި…..” ޝައުފް ކުއްލިއަކަށް ފެށި ވާހަކައަކުން ލަޔާލް ހައިރާންވިއެވެ.

” އަހަރެން ކުރިންވެސް ވިސްނާފަ އޮންނާނި…އަހަރެން ހަޔާތަށް ގެންނާނީ އަހަރެން ލޯބިވާ މީހެއް..” ލަޔާލް އޭނަގެ ޖަވާބު ދިނެވެ.
” ބައެއް ފަހަރު ލޯތްބަކީ ގުރުބާންކުރަން ޖެހޭ އެއްޗެއް……..އެންމެންނަކަށް ލޯތްބެއް ނުލިބޭނެ………..” އާކިފް ކުޑަދޮރު ކައިރީ ހުރެ ލަޔާލް އާއި ދިމާލަށް ހިނގައިގަތެވެ. ސައިޑް ކަބަޑު މަތީގައި އޮތް ޓެސްޓް ރިޕޯރޓް ނަގައި ލަޔާލްގެ އަތުގެ ތެރެއަށް ލައިދެމުން ބޭރަށް ހިނގައިގަތެވެ. ލަޔާލް އެ ރިޕޯރޓް ހުޅުވާލައި ބަލާލިއެވެ.

ލަޔާލްއަށް ހީވީ އޭނަގެ މޭގަނޑު އަނގައަށް އައި ހެންނެވެ. ތަގުދީރު އޭނައާ މެދު ކުޅެމުން މިދަނީ ކޮންފަދަ ކުޅިވަރެއް ހެއްޔެވެ؟
” އަހަރެން ޕްރެގް….ނޫން ނުވާނެ އެހެންނެއް…” ލަޔާލް ރޮއި ގަންނަމުން އެ ރިޕޯރޓް ބޮނޑިކޮއްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

އިންތިހާއަށް ލޯބިދީފާ. . [6 ފަހުބައި]

Next

ހަތިޔާރު (ނިމުމުގެ ފެށުން: ފަސްވަނަ ބައި)

Next
April 10, 2014

ހަތިޔާރު (ނިމުމުގެ ފެށުން: ފަސްވަނަ ބައި)

Previews
April 9, 2014

އިންތިހާއަށް ލޯބިދީފާ. . [6 ފަހުބައި]

14 Comments!

  1. GuDuMeena says:
    April 10, 2014 at 1:48 pm

    varah Reethi. . Bt Poor Layaal. . Alhe layaal ah Aakif libeny kihineh baaaa. . WAITING!!! <3

  2. zaaaaa says:
    April 10, 2014 at 2:14 pm

    V v v v v nice.. waiting for the next part… avahah up kohladhethi..:-) ..

  3. laalaa says:
    April 10, 2014 at 2:26 pm

    layaal ah shauf dhybaa..aakif ah eh gotheh hadhaa eyrun maa reethi vaane vaahaka

  4. liuu says:
    April 10, 2014 at 3:06 pm

    nice……shauf ah layaal dhyfa aakif ah ehn kujjei…plx……lst prt tha dhn othy???????????????? avahah up kohdhechey

  5. muna says:
    April 10, 2014 at 3:50 pm

    v nice mibaives. ekam layaal divorce kuryma v hadivaane . alhye aakif ehen kuhjeh dee. eyrah v nice vaa mi vaahaka
    adi shaan aai imlee aai gulhuvaa v nice mi vaahaka v interest

  6. lady says:
    April 10, 2014 at 4:17 pm

    layaal ah shauf libuni ma salhi vaani mi story

    1. marie says:
      April 10, 2014 at 6:04 pm

      alhe nun…. layaal libeyny shauf ah…. aakif akah nun…. anywayx mibai vx v. nice n v. intrestin…. nxt bai avahah up kohlla dheythi…. 🙂

  7. laya says:
    April 10, 2014 at 6:21 pm

    Akif ah layal libeynee. Shauf ah libeynee dr.aafaal

  8. aish says:
    April 10, 2014 at 6:40 pm

    Dan laya preg nuvi nama…. 🙁 eyrun akif nd layaal….bt dan vaany kihineh baa..?? Waiting for the next part…

  9. maee says:
    April 10, 2014 at 10:20 pm

    mi vahaka v.salhi…kiyalumun heevany hindhi drama eh kurimathy fennahen

  10. moya says:
    April 10, 2014 at 10:54 pm

    THIMA LOABIVAA MYHAA AHVURE RANGALHU VAANY THIMAA DHEKE HAGEEGEE LOABIVAA MYHAKU DHW…..ITX A REFRESHN STORY…..

  11. liuu says:
    April 11, 2014 at 4:29 pm

    kn dhuvahakuntha anei bai????????????? xaahayyy….avahah up kohdhyba….varah varah kiyaahithun mi iny anebei bai

  12. maiNa says:
    April 11, 2014 at 7:29 pm

    dhn heevany shan ai imlee hen……layal hiyeh nuvey akif a gulheyne henneh dhn hunnany shauf aeku bcox eyna preg vma…akif ah libeynee dr.afal kanneynge any ways waiting 4 da nxt part..

  13. ammmm says:
    April 11, 2014 at 9:38 pm

    v v v nice……kyp it up

Comments are closed.

Next Episodeލޯތްބަށްޓަކައި (ފަހުބައި)←


All Right Reserved!