Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 22

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
July 5, 2018 9 Mins Read
41 Comments

” އަހަރެން މީގެ ފަސް އަހަރު ކުރިން ޔައިޝްއަށް ޖަވާބެއް ދިނީމެއްނު… ” ޔައިޝްގެ ލޮލުން ނަޒަރު ވަކިކޮށްލަމުން މަޑުމައިތިރިކަމާއެކު ޝައުނާ ޖަވާބު ދިނެވެ. ” ތީގެ މާނައަކީ އަދިވެސް ޝައު ލޯބި ވަނީ އެ ޔާފިއުދެކެ އޭ ތަ… އަހަންނަށްޓަކައި ތިހިތުގަ އެއްވެސް އިހުސާސެއް ނުވޭތަ… ” ޔައިޝް ވާހަކަ ދެއްކި ރާގުންވެސް އޭނަގެ ހިތަށް އަސަރުކޮށްފިކަން ހާމަވެގެންދެއެވެ. ޔައިޝްގެ އަޑުގައިވި ރިހުން ޝައުނާއަކަށް ސިއްރެއްނުވިއެވެ. އެކަން އިހުސާސް ވުމާއެކު އޭނައަށް ޔައިޝްއާ ހަތަރު ކަޅި ހަމަކޮށްލެވުނެވެ. އެދެ ލޮލުން އޭނައަށް މާޔޫސްކަން ފެނިގެން ދިޔައެވެ. އޭނަގެ ލޮއެބަށް އެދޭވަރު އެދެ ލޮލުން ހާމަވެގެންދެއެވެ. އެކަން އިނގިހުރެެވެސް ޝައުނާ އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އޭނަގެ ހިތުގައި ޔައިޝްއަށްޓަކައި އެހެން އިހުސާސެއް އުފެދިފައިވާތާ މިހާރު ކިތަންމެ ދުވަހެކެވެ. ޔައިޝް ފެނުމުން ކުރިން އޭނައަށް ނުވާ ކިތަންމެ ގޮތެއް މިހާރު އޭނައަށް ވެއެވެ. އަތް ފައި ފިނިވެ ހިތުގެ ތެޅުން އަވަސްވެއެވެ. ޔައިޝް ކައިރިވުމުން ނޭވާ ކުރުވެ މުޅިން ތަފާތު އިހުސާސެއް ކުރެވިގެން ދެއެވެ. އެކަން އިނިހުރެވެސް އެ އިހުސާސްއަކީ ލޯބިކަން ގަބޫލުކުރާކަށް އޭނަގެ ސިކުނޑި ހަމަހިލާ އެއްބަހެއްނުވެއެވެ. ކޮންމެ މީހަކުވެސް ރައްޓެހިނުވާ އިރު ލޯބިވާކަމަށް ބުނެ ފޮނި ވާހަކަ ދައްކައެވެ. ރައްޓެހިވެ ދުވަސްކޮޅެއް ފާއިތުވާއިރު އެ ލޯބީގެ އެއްވެސް މާނައެއް ނުވެއެވެ. އެމީހެއްގެ އަމަލުތައް މުޅިންހެން ބަދަލުވެދެއެވެ. އެކުގައި ވާހަކަ ދައްކާލާނެ ވަގުތުކޮޅެއް ނުލިބެއެވެ. އަބަދުވެސް އޮންނާނީ ބިޒީވެފައެވެ. ޔައިޝްގެ ލޮލަށް ގެއްލިފައި އިން ޝައުނާގެ ސިކުނޑީގައި ދިޔައީ މިފަދަ ހިޔާލުތަކެއް އެނބުރެމުންނެވެ. ” އަހަ… އަހަރެންގެ ހިތުގަ ޔައިޝްއަށްޓަކައި… އެއްވެސް… އެއްވެސް އިހުސާސެއް ނުވޭ… ” ޔައިޝްގެ ލޮލުން ނަޒަރު ވަކިކޮށްލަމުން ޝައުނާ ބުނެލިއެވެ. ޝައުނާގެ ޖަވާބުން މިފަހަރުވެސް ޔައިޝްގެ ހިތް މާޔޫސްކުރުވިއެވެ. ” ބޭރުގަ މިހިރީ… ޔައިޝް އާދޭ ޕޭކޮށްފަ… އަދި ހުންނާނެ ނުނިމި ބައެއް މަސައްކަތްތައް… އަވަހަށް އޮފީހަށް ދާން ބޭނުމީ..” އިސްޖަހައިލައިގެން އިނދެ އެހެން ބުނުމަށްފަހު ޝައުނާ އިށީނދެ އިން ގޮނޑިން ތެދުވެ ރެސްޓޯރެންޓުން ނިކުންނަން ހިނގައިގަތެވެ. ޔައިޝްވެސް އެންމެ ރަނގަޅޭ ބުނެ ބިލް ދައްކަން އަވަސްވެގަތެވެ. ޔައިޝް ބިލް ދައްކާފައި ނުކުތުމުން ޝައުނާ ޔައިޝްއާއެކު ސައިކަލުގައި އޮފީހަށް ދިއުމަށް މިސްރާބުޖެހިއެވެ. ” ތޭކްސް ފޯ ދަ ލަންޗް… ” އޮފީސް ކުރިމައްޗަށް ސައިކަލު އައިސް ހުއްޓުމާއެކު ޝައުނާ ހިނިތުންވެލަމުން ޝުކުރު އަދާކުރިއެވެ. ބަދަލުގައި ޔައިޝް ހިތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ޝައުނާއަށް ހަމަ ރަނގަޅަށްވެސް އެކަން ފާހަގަވިއެވެ. އެހެނަސް އޭނަ އިތުރު އެއްޗެކޭ ނުބުނެ ޔައިޝްއަށް ފަސްދީފައި އޮފީހަށް ވަންނަން ހިނގައިގަތެވެ. ޝައުނާ ލޯ ކުރިމަތިން ގެއްލުމުން ޔައިޝްވެސް އޭނަގެ އޮފީހަށް ދިއުމަށް ސައިކަލު ދުއްވާލިއެވެ.                           މިއަދު މާ ބުރަކޮށް ދިއުމުން ތިން ކުދިންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. ޝައުނާ ކޮޓަރިއަށް ވަދުން ގޮތަށް އަތް ދަބަސް އެނދުމަތީގައި ބޭންދުމަށްފަހު އޮށޯވެލިއެވެ. ” ޝައު… ހިނގާ ކާން… ނުކައި ޖައްސާލީތަ އަދި… ” އަތް ދަބަސް ސައިޑް ކަބަޑް މަތީގައި ބައިންދަމުން އައިލީން އަހާލިއެވެ. ” ނުކާނަން… މީ… ޔައިޝް އާއެކު ލަންޗަށް ދިޔައިމަ މިއަދު… ” ޝައުނާ އެ އޮތް ގޮތަށް އޮވެ ބުނެލިއެވެ. ” އޯ ހޯ… އަސްލުތަ… އެއީ ދޯ މިވީ ގޮތަކީ… ހިނގާ އައިލީ އަހަރެމެން ދެމީހުން ކާން… އޭނަ އެއައީ މާ ޚާއްސަ ފަރާތަކާއެކު ލަންޗު ކުރައްވައިގެން… ހަހަހަ… ” ޝައުނާ އާއި ދިމާ ކުރުމުގެ ގޮތުން ރިފްޝާ ބުނެލިއެވެ. އެއާއެކު ޝައުނާ އެނދުން ތެދުވެ ބާލީހެއް ނަގައި ރިފްޝާ އާ ދިމާލަށް އެއްލިއެވެ. އެހެނަސް އެ ބާލީސް ރިފްޝާގެ ގަޔަކު ނުޖެހުނެވެ. އިތުރު ހަމަލާއެއް އޭނައަށް އަމާޒުކޮށް އައުމުގެ ކުރިން ރިފްޝާ ޝައުނާ އާ ދިމާލަށް ދޫ ނެރި ވައްތަރެއް ޖައްސާލުމަށްފަހު އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ. ޝައުނާ ދެ ބުމަ ގޮށްޖަހާލަމުން ރިފްޝާއަށް ބަލައިލިއެވެ. އައިލީން ވެސް ހެމުން ހެމުން ކޮޓަރިން ނިކުމެ ކާބަޔަށް މިސްރާބުޖެހިއެވެ. އައިލީންމެން ކައިގެން އައިސް ފެންވަރައިގެން އަޞްރު ނަމާދުކޮށްލުމަށްފަހު އަރާމުކޮށްލަން ޖައްސާލިއެވެ.                                       ޔޫހާން އާއި އިފާން އަދި ޔައިޝް ވެސް އޮފީހުން އައިސް މެންދުރުގެ ކެއުން ނިންމާލުމަށްފަހު އަޞްރު ނަމާދު ވަގުތު ޖެހެންވާއިރަށް ފެންވަރާ ތާޒާވެލިއެވެ. އަޞްރު ނަމާދުކޮށްގެން ތިން ކުދިން އެކުގައި މިސްކިތުން ފައިބައިގެން މިސްރާބު ޖެހީ ޔައިޝްގެ ގެޔަށް ދިއުމަށެވެ. ތިން ބައިވެރިންވެސް ގޮސް އެމީހުންގެ މަސައްކަތް ފެށިއެވެ. މަސައްކަތް ނިންމާލުމަށްފަހު ތިން ބައިވެރިންވެސް ސިޓިން ރޫމު ސޯފާގައި ވަރުބަލި ފިލުވާލަން ޖައްސާލި ތަނާ ޔޫހާންގެ ފޯނު ރިންގުވާން ފެށިއެވެ.                               ފޯނުގެ ސްކްރީނަށް ބަލައިލި ޔޫހާންގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ” އެއްކަލަ ލިއްޓު އެބަ ގުޅާ… ” ޔޫހާން އެހެން ބުނެލުމުން އިފާން ސްޕީކަރަށް ލާށޭ ބުންޏެވެ. ” ހެލޯ… ކޮބާ ކިހިނެއްތަ… ހާދަ ޚަބަރެއް ނުވެޔޭ ދޯ… ” ޔޫހާން ފޯނު ނަގައި ސްޕީކަރަށް ލުމަށްފަހު ވާހަކަ ދެއްކިއެވެ. ” ރަނގަޅޭ… ތިކޮޅު ކިހިނެއް… އޮފީހުގަ ބިޒީކަމުން ހަމަ ޚަބަރެއް ނުވެވެނީ… ” ލިޝާން ޖަވާބުގައި ބުނެލިއެވެ. ” އަހަރުމެން ރަނގަޅޭ… މިކޮޅުންވެސް ބިޒީކަމުން ޚަބަރެއް ނުވެވެނީ… ” ލިޝާން އެހެން ބުނުމުން އެއާއި ގުޅުވައިގެން އިފާން ބުނެލިއެވެ. ” ހެހެހެ… އެންމެން އެއްކޮށް ދޯ ތިބީ… ކީއްކުރަނީ އެންމެން އެއްވެގެން… ”ހިނިގަނޑެއް ޖަހާލަމުން ލިޝާން ބުންޏެވެ. ” އާނ… އެންމެން އެއްކޮށް މި ތިބީ… މީ މިރޭ ރިފޫގެ ބާރްޑޭ ސެލެބްރޭޓްކުރަންވެގެން ކުޑަކޮށް ޑެކަރޭޓްކޮށްލަން އައިސް އެކަންތައް ނިންމާލާފަ މިހާރު ރެސްޓެއް ނަގަނީ… ” ޖަވާބުގައި ޔައިޝް ބުންޏެވެ. ” އޯހް… މިހާރު މައްސަލަ ހައްލުވީތަ… ” ލިޝާން އެހެން އަހާލުމާއެކު އިފާން އަދިވެސް އޭނަ އާއި ރިފްޝާގެ ދެމެދު ކަންތައްތައް ރަނގަޅު ނޫންކަމުގައި ބުންޏެވެ. އަދި މިރޭ ކޮންމެ ގޮތެއް ހަދާފައިވެސް އެ ދުރުކަން އޭނަ ނައްތާލާނެކަމުގެ ޔަގީންކަން ދިނެވެ. ” ޔައި އާ ޝައުގެ ކަންތައްތައް ކިހިނެއް މިހާރު… ޔައި ނޫޅެންތަ އެކަމަކާ… ” އެކި އެކި ވާހަކަ ދައްކަމުން ގޮސް ލިޝާން ކޮށްލި ސުވާލުން ޔައިޝްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ޔައިޝް އަދި އެދެވޭ ޖަވާބެއް ނުލިބޭ ކަމުގައި ބުނެ މިއަދު ކަންތައް ހިނގާދިޔަ ގޮތް އެކުވެރިންނާ ހިއްސާކުރިއެވެ. ” ހޫނ… އަހަރެންގެ ވާހަކަ ބާއްވާފަ ލިއްޓު ބުނެބަލަ… ލިއްޓު ނޫޅެންތަ އެކަހަލަ ކަމަކާ… ” ޔައިޝް އެހެން އަހާލުމުން އަދި ކަމުދާ ކުއްޖަކު ނުފެންނަ ކަމުގައި ލިޝާން ބުނެލިއެވެ. އަދި ކަމުދާ ކުއްޖަކު ފެނުނުހާ އަވަހަކަށް އެކަމާ އުޅެންވީ ކަމުގައި ބުނީ ހިނގަނޑެއް ޖަހާލުމަށްފަހުއެވެ. ” ދެން މިކޮޅަށް އައިސްލާކަށް ނުވޭތަ… ” ޔޫހާން އަހާލުމުން ޗުއްޓީއެއްގައި ތިކޮޅަށް ޖައްސާލާނެކަމަށް ލިޝާން ބުންޏެވެ. އެގޮތުގައި އެތައް އިރަކު ވާހަކަ ދައްކަން އެމީހުން ތިއްބެވެ.                                       ފާޚާނާގެ ދޮރު ހުޅުވާލި އަޑަށް ސޯފާގައި ތިބި އައިލީން އާއި ޝައުނާ އެދިމާލަށް ބަލައިލިއެވެ. ދަނބު ކުލައިގެ އެ ހެދުމުގައި ރިފްޝާ ފެންނަލެއް ނުހަނު ރީއްޗެވެ. ހުދު ކުލައިގެ ކުދި އެސްތަކަކުން މޭމަތި ޖަރީކުރެވިފައިވީއިރު ކުރިމަތިން ކަކުލުން ކުޑަ ތަންކޮންޅެއް ތިރިއަށް އަންނަ އެ ހެދުމުގެ ފަހަތް ވަނީ ފައިތިލަ އާއި ހަމައަށް ދިގުކޮށެވެ. އެ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ބޭނުންކޮށްފައިވި ލޭސް ފޮތިންނެވެ. ކުރުކޮށް ފަހައިފައިވި އަތުން ރިފްޝާގެ ދޮންކަން ހާމަވެގެން ދެއެވެ. ” ވަރަށް ރީތި… ” އައިލީން ހިނިތުންވެލަމުން ބުނެލިއެވެ. ޝައުނާވެސް ހުރީ ހިނިތުންވެލައިގެންނެވެ. ” އާދޭ އަވަހަށް… މިރޭ އަހަރުމެން ދެމީހުން ރިފޫ ރީތި ކުރަނީ… އޯކޭ.” ޝައުނާ އެހެން ބުނުމުން ފުޅާ ހިނިތުންވުމަކާއެކު ރިފްޝާ އައިސް ޓްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓުނެވެ. ޝައުނާ އައިސް ރިފްޝާ މޫނުގައި ލުއި މޭކަޕެއްކުރުވިއެވެ. ޝައުނާ މޭކަޕްކުރުވާ ނިމުމުން އައިލީން އައިސް ވަރަށް ރީތިކޮށް ރިފްޝާގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަދިނެވެ. ކުރުކޮށް ކޮށާލެވިފައިވި އިސްތަށިތައް މޫނުމައްޗަށް ދޫކޮށްލާފާވީ ގޮތުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ހެދުމާ ގުޅޭނޭހެން ބޮލުގައި ވަރަށް ރީތި މަލެއްވެސް އައިލީން ހަރުކޮށްލަދިނެވެ. ” ތޭންކްސް އައިލީ އެން ޝައު.. ” ފުޅާ ހިނިތުންވުމަކާއެކު ރިފްޝާ ބުނެލިއެވެ. އައިލީން އާއި ޝައުނާ ހިނިތުންވެލަމުން ރިފްޝާގެ ގައިގައި ބައްދާލިއެވެ. ” ހޫމް… ދެން އަވަހަށް ތި ދެމީހުން ދޭ ރެޑީވާން… މިހާރު ޔޫން މެން އަހަރެންގެ ބާތްޑޭ ސެލްބްރޭޓް ކުރާގޮތް ބަލާލަން މިހިރީ ހަމަ ކެތްމަދުވެފަ… ” ރިފްޝާ އެހެން ބުނުމުން ދެމީހުންވެސް އަވަސް އަވަހަށް ތައްޔާރުވާން ފެށިއެވެ. ލޯގަނޑުން އެންމެ ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލާލުމަށްފަހު އެނދުމަތީގައި އޮތް އޭނަގެ ފޯނު ހިފައިގެން އައިލީން ކޮޓަރިން ނިކުތެވެ. އޭރު ސިޓިން ރޫމުގައި ރިފްޝާ އާއި ޝައުނާ އައިލީންގެ އިންތިޒާރުގައި އިނެވެ. އެކަކު އަނެކަކަށް ތައުރީފުކޮށްލުމަށް ފަހު ތިން ބައިވެރިންވެސް ގެއިން ނިކުންނަން ހިނގައިގަތެވެ. ގެއިން ނިކުންތަނާ އައިލީންގެ ފޯނަށް ޔޫހާން ގުޅިއެވެ. ” މިހާރު މި އަރަނީ ލިފްޓަށް… ” ފޯނު ނެގުމާއެކު ޔޫހާން އެމީހުން ބަލައި އައިސް އިން ވާހަކަ ބުނުމުން އައިލީން ޖަވާބު ދިނެވެ. އެއަށްފަހު ލިފްޓަށް އަރައިގެން ތިރިއަށް ފޭބިއެވެ. އޭރު ޔޫހާން ކާރުގައި އެމީހުންގެ އިންތިޒާރުގައި އިނެވެ.                                                 ކާރުގެ ފަހަތު ސީޓަށް ޝައުނާ އާއި ރިފްޝާ އެރި އިރު އައިލީން އެރީ ކާރުގެ ކުރީ ސީޓަށެވެ. އޭނަ އާއި ޖެހިގެން އިން ސީޓުގައި އިށީން އައިލީން ފެނި ޔޫހާންއަށް ކަޅި ޖަހައި ނުލާ ބަލަން އިނދެވުނެވެ. ދަނބުކުލައިގެ އެ ހެދުމުގައި އައިލީންގެ ރީތިކަން އިންތިހާއެވެ. ދަނބު ކުލައިގެ ބޯ ފޮތީގެ މަތިން ހުދު ކުލައިގެ ކުދި އެސްތަކަކުން ޖަރީކޮށްފައިވި ހަމަ އެކުލައިގެ ލޭސް ފޮތި ބޭނުންކޮށްގެން ފަހާފައިވި އެ ރީތި ހެދުން އައިލީންގެ ދޮން ހަންްގަނޑާ ނުހަނު ގުޅެއެވެ. ފަން ދިގު އިސްތަށިގަނޑު އާދައިގެ ގޮތަކަށް އެއްފަރާތުން ކަފިކޮށްލުމަށްފަހު ކުރު އިސްތަށިކޮޅުތައް މޫނު މަތިން ދެފަރާތުން ދޫކޮށްލާފާވުމުން ވަރަށް ވެސް ރީއްޗެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްފާވީއިރު އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ފިޔާތޮށި ކުލައިގެ ލިޕްސްޓިކްއިން ފަވާލާފާވި ތުންފަތުގައިވި ފަރި ހިނިތުންވުމުންނެވެ. ޔޫހާން ކަޅި ޖަހައި ނުލާ އޭނައަށް ބަލަން އިނުމުން އައިލީން އިނީ ލަދުން ގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. އައިލީންގެ ދޮން ކޯތާފަތަށް ވަނީ ޖަންބު ކުލަ ވެރިވެފައެވެ. ލަދުން އިން ނަމަވެސް އައިލީންވެސް ޔޫހާންއަށް ނަޒަރެއް ދިނެވެ. ހުދު ކުލައިގެ ސްކިނީ އަކާއެކު ދަނބު ކުލަ އާއި ހުދު ކުލައިގެ ރޮނގު ދެމި ގަމީހުގައި ޔޫހާން ފެންނަނީ ވަރަށް ސްމާޓުކޮށެވެ. ފަން އިސްތަށިގަނޑުވެސް ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ” އެހެމް އެހެމް… ޔޫން… ފުރަތަމަ އަހަރެމެން ދާންވީ ތަނަކަށް ދަމާ… ގޮއްސަ ތިދެމީހުންގެ ރޮމޭންސް ކޮންޓިނިއު ކުރަން… އޯކޭ… ” އެކަކު އަނެކަކަށް ގެއްލިފައި ތިބި ދެމީހުނަށްވެސް ސިހުން ގެނުވީ ޝައުނާ ކަރުކެހިލަމުން ވާހަކަ ދެއްކުމުންނެވެ. ޝައުނާ އެހެން ބުނުމުން އައިލީން އިތުރަށް ލަދުގަތެވެ. ޔޫހާންވެސް އޭނަގެ ބޮލުގައި އަތުން ފިރުމާލުމަށްފަހު ހިނިތުންވެލަމުން ކާރު ދުއްވާލިއެވެ.                                               ކާރު އައިސް މަޑުކޮށްލީ ޔައިޝްގެ ގޭގެ ކުރިމައްޗަށެވެ. އައިލީން މެން ކާރުން ފޭބުމާއެކު ޔޫހާން ކާރު ޕާކުކޮށްލުމަށްފަހު އެމީހުނާ ބައިވެރިވެލިއެވެ. ހަތަރު މީހުން ގޭޓުން އެތެރެއަށް ވަން އިރު އިފާން އާއި ޔައިޝް އެއްފަރާތުގައި ހައްދާފައިވާ ބަގީޗާގައި ތިއްބެވެ. އެމީހުން ފެނުމާއެކު ދެ މީހުންވެސް އައިސް އެ މީހުންގެ ކުރިމަތީގައި ހުއްޓިލިއެވެ. ރިފްޝާގެ ނަޒަރު އެންމެ ފުރަތަމަ ވެސް ދަތުރުކޮށްލީ ދަނބު ކުލައިގެ ގަމީހަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި އިފާންއަށެވެ. އޭރު އިފާންގެ ނަޒަރުވެސް ސީދަވެފައި ވަނީ ރިފްޝާއަށެވެ. ރިފްޝާގެ އެ ރީތި ސޫރަ ފެނި އިފާންގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެ ރީތި ސޫރައަށް ގެއްލިފައި އޭނައަށް އެތައް އިރަކު ހުރެވުނެވެ. ރިފްޝާއަށް އިފާންގެ ސޫރަ ފެނުމާއެކު ރަސްފަންނުގައި ހިނގާ ދިޔަ ހާދިސާ އޭނަގެ ލޯ ކުރި މަތީ ސިފަވެގެން ދިޔައެވެ. އެ މަންޒަރުތައް ސިފަވުމާއެކު ރިފްޝާ އޭނަގެ ނަޒަރު އިފާންގެ ލޮލުން ވަކިކޮށްލިއެވެ. އެއަށްފަހު އިފާންއަށް ބަލާވެސް ނުލިއެވެ. ރިފްޝާގެ މި ހަރަކާތުން އިފާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް އޭނަ ހިތްވަރުކޮށްލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.                                             ޔައިޝްވެސް އާޝޯޚުވެފައި ޝައުނާއަށް ބަލަން ހުއްޓެވެ. ދަނބުކުލައިގެ ފައިތިލަ އާ ހަމައަށް އަންނަ މެކްސީގައި ޝައުނާ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. މޭމަތި ވަނީ އައިލީން އާއި ރިފްޝާއެކޭ އެއްފަދައިން ހުދު ކުލައިގެ ކުދި އެސްތަކަކުން ޖަރީކުރެވިފައެވެ. ބުޅި އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައި ވާއިރު މޫނުގައި ވަނީ ލުއި މޭކަޕެއް ކޮށްފައެވެ. ޔައިޝް މޫނަށް ނަޒަރު ހުއްޓާލުމަށްފަހު ޝައުނާ އަވަސް އަވަހަށް އޭނަގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. މިއަދު ރެސްޓޯރެންޓުގައި ދެކެވުނު ވާހަކައަށްފަހު ޔައިޝް އާއި ހަތަރު ކަޅި ހަަމަކުރުންވީ ޝައުނާއަށް ވަރަށް އުނދަގޫ ކަމަކަށެވެ. ”އެހެމް އެހެމް… އެތެރެއަށް ވަންނަމާ… ” އެ ހަތަރު މީހުންގެ ހަރަކާތްތަކަށް ބަލަން ތަންކޮޅެއް ފަހަތުގައި ހުރި ޔޫހާން ކަރުކެހިލަމުން ބުނެލިއެވެ. އެއާއެކު އެންމެންވެސް ގޭގެ ބޮޑު ދޮރާ ދިމައަށް ހިނގައިގަތެވެ.                                                         ”ބާތްޑޭ ގާލްް ދޯ އެންމެ ކުރިން ވަންނާނީ… ” ގޭގެ ބޮޑު ދޮރާ ހަމައަށް ގޮސް ޔައިޝް އެހެން ބުނުމުން އެންމެންވެސް އެކަމާާ އެއްބަސް ވެލައި ރިފްޝާއަށް ވަންނަން ފުރުސަތު ދިނެވެ. ރިފްޝާ މަޑުމަޑުން އެތެރެއަށް ވަނެވެ. އޭނާ އެންމެ ފުރަތަމަވެސް ވަށައިގެން ސިޓިންރޫމަށް ނަޒަރު ހިންގާލިއެވެ. ރީތި ގޮތަކަށް ދަނބު ކުލައިގެ ހަން އެލުވާފާ ވީއިރު ޓައިލްސަތަކުގެ މަތީގައިވެސް ފުދޭވަރަކަށް ހަންތައް އުކާލެވިފައި ވެއެވެ. ފާރުގައި ދަނބު ކުލައިގެ ބޮޑު އަކުރުން ހެޕީ ބާތްޑޭ ރިފޫ ލިޔެފައިވެއެވެ. ކުދި ބޮކި ފަތިތައްވެސް ވަނީ ހަމަ އެކުލައިންނެވެ. ކުރު ގޮތަކަށް ބުނާނަމަ މުޅި ސިޓިންރޫމުވެސް ޒީނަތްތެރި ކުރެވިފައިވަނީ ރިފްޝާއަށް އެންމެ ރީތި ކުލައިންނެވެ. ސިޓިން ރޫމުގެ މެދުގައި ހުރި މޭޒުމަތީގައިވެސް އަޅާފައިވަނީ ދަނބު ކުލައިގެ ފޮތި ގަނޑެކެވެ. މޭޒު މަތީގައި ޗޮކުލެޓު ކުލައިގެ ވަށް ކޭކެއް އިން އިރު މޭޒުގެ އެއްފަރާތުގައި ކޮންމެވެސް ވައްތަރެއްގެ ޑްރިންކް ފުޅިއެއް ހުއްޓެވެ. އެއާ ޖެހިގެން ބިއްލޫރި ތަށިތަކެއް ހުއްޓެވެ. ”ތޭންކްސް ގާއިސް… ” ހިނިތުންވެލަމުން ރިފްޝާ ބުނެލިއެވެ. އެންމެންވެސް ފަހަތުގައި އޭނަގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ” ހޫމް ދެން ކޭކު ފަޅަމާ ދޯ..” ޔޫހާން އެހެން ބުނުމުން ހިނިތުންވެލަމުން ރިފްޝާ މޭޒު ގާތަށް ޖެހިލިއެވެ. ރިފްޝާ ކޭކު ފަޅަން ފެށުމުން އެންމެންވެގެން ބާތްޑޭ ސޯންގް ކިޔަންފެށިއެވެ. ކޭކު ފެޅުމަށްފަހު ކޮންމެ މީހަކަށްވެސް ރިފްޝާ ކޭކު ކޮޅެއް ލަވަމުން ދިޔައެވެ. ޔޫހާންއަށް ކޭކު ކޮޅެއް ލެވުމަށްފަހު އެނބުރުނު ރިފްޝާ ސިހުނީ ދާދި ކައިރީގައި ހުރި އިފާން ފެނިފައެވެ. ” ކޭކު ” ހުއްޓުން އަރާފާ ރިފްޝާ ހުރުމުން އިފާން އެހެން ބުނެލުއެވެ. ރިފްޝާ މަޑުމަޑުން އޭނަގެ އަތުން އިފާންއަށް ކޭކު ކޮޅެއް ލެވިއެވެ. އިފާން ކޭކު ކޮޅު ކާލުމުން ފަސްއެނބުރި ދާން ހިނގައިގަތް ތަނާ އިފާން ރިފްޝާގެ އަތުގައި ހިފެހެއްޓިއެވެ. އިފާން އެދުނީ އޭނަގެ އަތުންވެސް ރިފްޝާ ކޭކު ކޮޅެއް ކާލުމަށެވެ. އެހެން މީހުންވެސް ތިބުމާއެކު ރިފްޝާ އިފާން އެދުނު ގޮތަށް ކަންތައްކުރިއެވެ. ” އަދި އެބެއް ރިފޫއަށް ވަރަށް ބޮޑު ސަޕްރައިޒްއެއް… ” ރިފްޝާ ފަސްއެނބުރުނު ތަނާ މިފަހަރުވެސް އިފާން ވާހަކަ ދެއްކިއެވެ. އެއާއެކު ރިފްޝާ އިފާންއަށް ބަލައިލިއެވެ. އައިލީން އާއި ޝައުނާވެސް ހުރީ އިފާން އެބުނި ސަޕްރައިޒެއް ބަލާލާހިތުން ކެތްމަދުވެފައެވެ. ޔޫހާން އާއި ޔައިޝްއަށް އިފާން ކުރަން އެ އުޅޭ ކަމެއް އެނގުނު ނަމަވެސް އައިލީން އާއި ޝައުނާގެ އިތުރުން އަދި ރިފްޝާއަކަށް އެއީ ކޮން ސަޕްރައިޒެއް ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.                                                  ސުވާލުގެ ނަޒަރަކުން ރިފްޝާ އިފާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ” ފަހަތައް އެނބުރި ބަލަ… ” އިފާން އެހެން ބުނުމުންވެސް ރިފްޝާ އެހުރި ގޮތަށް ހުރީއެވެ. ” މިތާ އައިލީ މެންވެސް އެބަ ތިއްބެއްނު… ރިފޫއަށް ގޮތެއް ހަދާކަށް ނޫޅެމޭ… ” އިފާން އެހެން ބުނުމުން ރިފްޝާ ފަހަތަށް އެނބުރުނެވެ. ރިފްޝާ ފަހަތަށް އެނބުރު ތަނާ އިފާން ރިފްޝާއަށް ނުފެންނާނޭ ހެން ލޯ މަތީގައި ކަޅު ކުލައިގެ ފޮތިކޮޅަކުން އައްސާލިއެވެ. ” ފާން ކީއްކުރަން ތިއުޅެނީ… ” ރިފްޝާގެ އަޑުންވެސް އޭނަ ހާސްވެފައި ހުރިކަން ހާމަވެގެންދެއެވެ. ރިފްޝާ އެހެން ބުނުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އިނގިގެން ދާނެކަމަށް އިފާން ބުންޏެވެ. އިފާން މަޑުމަޑުން ރިފްޝާގެ ލޯމަތީގައި އައްސާފާވި ފޮތިކޮޅު މޮހާލިއެވެ. އެއާއެކު ރިފްޝާގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ އޭނަގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އިން ހިތުގެ ބައްޓަމުގެ ޗޮކްލެޓް ކޭކަށެވެ. ރަތް ކުލައިގެ އައިސިން އިން އައި ލަވް ޔޫ ރިފޫ ޖަހާފައި އިންއިރު އެއްފަރާތުގައި ރަތް ކުލައިގެ ދެ ފިނިފެންމާވެސް ވެއެވެ. ބަލައިލަން ކިތަންމެ ހާވެސް ހިތްގައިމެވެ. ރިފްޝާ ފަހަތަށް އެނބުރި އިފާންއަށް ބަލައިލިއެވެ. ރިފްޝާ ބަލައިލުމުން އިފާން އޭނަގެ އެއް ފައި މައްޗަށް ތިރިވިއެވެ. ”ރިފޫ.. އައި ލަވް ޔޫ… އައި ރިއަލީ ޑޫ… އެރޭ އަހަރެން މާޝާގެ ލޯބި ގަބޫލެއް ނުކުރަން… މާޝާ އަހަރެންގެ ގަޔާ ދުރުކޮށްލަންވެގެން އޭނަގެ ކޮނޑުގައި ހިފާލި ވަގުތު ރިފޫ ފެނިފަ އަހަންނަށް އިތުރު ހަރަކާތެއްވެސް ގެންނަން ނޭނގިފަ ހުރެވުނީ… އެން ރިފޫގެ ކުރިމަތީގައި މާޝާއަށް ތައުރީފުކޮށް ހަދަނީވެސް ރިފޫ ޖެލަސްކުރުވަން… ހަމަ މަޖަލަކަށް އެހެން ކަންތައް ކުރީ… ހިތަކަށް ނާރާ ރިފޫއަށް އެހާވަރަށް ހާޓް ވެދާނެކަމަކަށް… އައި އޭމް ރިއަލީ ސޮރީ ފޯ ދެޓް… އައި އޭމް ރިއަލީ ވެރީ ސޮރީ ފޯ އެވްރިތިން… ޔޫ އާ ދަ ގާލް އައި ލަވް… އައި ލަވް ޔޫ ސޯމަޗް… ވިލް ޔޫ ބީ ގާލް ރިފޫ… ” އެއްފައި މައްޗަށް ތިރިވެ އިނދެ ވަރަށް އަސަރާއެކު އިފާން ވާހަކަ ދެއްކިއެވެ. އައިލީންްމެން ވެސް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ ރިފްޝާ ދޭނެ ޖަވާބަކަށެވެ. ” ޔެސް… ” އަނގޮއްޓި އަޅަން އަތްތިލަ ދިއްކޮށްލަމުން ރިފްޝާ އޭނަގެ ޖަވާބު އިއްވާލިއެވެ. އޭރު އޭނަގެ ލޮލަށް ވަނީ އުފާވެރިކަމުގެ ކަރުނަ ޖަމާވެފައެވެ. އިފާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވި އިރު އައިލީންމެންވެސް ތިބީ ނުހަނު އުފަލުންނެވެ. އިފާން ރިފްޝާގެ އަތުގައި އަނގޮއްޓި އަޅުވާލަ ދިނުމަށްފަހު ތެދުވެ ރިފްޝާގެ ގައިގައި ބައްދާލިއެވެ. ދެ ހިތަށްވެސް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބި ދެމީހުން ވެސް ސިހިފައި ދުރަށް ޖެހިލީ ގާތުގައި ތިބި ގާތް ރަހުމަތްތެރިންގެ އަތްތިލަ ބަޑީގެ އަޑަށެވެ. އެންމެންވެސް އެދެ މީހުނަށް މަރުހަބާ ކިޔެވެ.                             އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ކޭކު ފެޅުމަށްފަހު ކެއުމުގައި އެންމެންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ކޭކު ކޮޅެއް ތައްޓަކަށް ލުމަށްފަހު ސޯފާގައި އިން ޔޫހާންއަށް އެ ގެންގޮސްދޭން އައިލީން ހިނގައިގަތެވެ. އެވަގުތު ޑްރިންކް ތަށި ހިފައިގެން އައި ޝައުނާގެ ގައިގައި ޖެހި އޭނަގެ އަތުގައި ހުރި ޑްރިންކް ތަށިން އެއްބައި އައިލީންގެ ހެދުމަށް ވެރުނެވެ. އަދި އައިލީންގެ އަތުގައި ހުރި ކޭކު ތަށިން ޝައުނާގެ އަތުގައިވެސް ކޭކު ހޭކުނެވެ. ދެ މީހުންނަށްވެސް ވީގޮތް އެނގުމުން ހެވުނެވެ. އަދި މައާފަށް އެދުނެވެ. ޝައުނާ ޑްރިންކް ތަށި ބެހެއްޓުމަށްފަހު ދިޔައީ ކާބަޔަށް އަތް ދޮވެލުމަށެވެ. އައިލީން އެދިޔަ ގޮތަށް ދިޔައީ ޔޫހާންއަށް ކޭކު ތަށިދޭށެވެ. ޔައިޝްވެސް ފެން ފުޅިއެއް ބަލައި އެވަގުތު ކާބަޔަށް މިސްރާބު ޖެހިއެވެ. އަތް ދޮވެލުމަށްފަހު ޝައުނާ ބާރު ހިނގުމުގައި ކާބައިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ކާބަޔަށް ވަންނަން އައި ޔައިޝްގެ ގައިގައި ޖެހިފައި ދެމީހުންވެސް ވެއްޓުނެވެ. ޝައުނާގެ ހަޅޭކުގެ އަޑަށް ސިޓިންރޫމުގައި ތިބި ހަތަރު މީހުންވެސް އަވަސް އަވަހަށް ކާބަޔަށް މިސްރާބު ޖެހިއެވެ. ކާބައިގެ ދޮރު މަތީގައި ވެއްޓިފައި އޮތް ދެ މީހުން ފެނި އައިލީންމެންގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. ޝައުނާ އޮތީ ޔައިޝްގެ ގައިމައްޗަށް ވެއްޓިފައެވެ. މަޑުމަޑުން ބޯ ހިއްލާލުމަށްފަހު ތެދުވަން އުޅުނު ޝައުނާގެ އަގައިން މަޑު އާހެއް އިވިގެން ދިޔައެވެ. އޭނަގެ އިސްތަށިގަނޑުން ބައެއް ވަނީ ޔައިޝްގެ ގަމީހުގެ ގޮށެއްގައި އަޅާއިގަންފައެވެ. ޝައުނާ އެތައް މަސައްކަތެއް ކުރުމުންވެސް އެނެއްޓޭ ގޮތެއް ނުވިއެވެ. ޔައިޝް އޮތީ ހަރަކާތެއްވެސް ކޮށްލެވޭނެ ހާލެއްގައެއް ނޫނެވެ. ޝައުނާ އޭނަގެ ގައި މަތީގައި އޮތް އިރު އޭނައަށް ހަރަކާތެއް ކޮށްލެވޭނީ ކިހިނެއް ހެއްޔެވެ. އޭރުވެސް މަންޒަރު ބަލަން ތިބި ހަތަރު މީހުން ދިޔައީ ހުއްޓުމެއްނެތި ހެމުންވެ. އޭރު ޝައުނާ އާއި ޔައިޝް ދިޔައީ އެމީހުނަށް ކުދި ކިޔަމުންނެވެ. ޝައުނާ ތަދުވިޔަސް ހެޔޮކަމަށް އޭނަގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. މިފަހަރުވެސް ޝައުނާގެ އަގައިން މަޑުއާހެއް އިވިގެން ދިޔައެވެ. ޝައުނާ އިސްތަށގަނޑަށް ދަމައިގަތުމުން ޔައިޝްގެ ގަމީހުގެ ގޮށްވެސް މާ ދުރަށް ވިއްސައިގެން ދިޔައެވެ. އެމަންޒަރު ފެނި އައިލީންމެންގެ ގާތަށް އިތުރަށް ހިނިއައެވެ. ވަރަށް އުނދަގުލުން ދެ މީހުންވެސް އޮތް ތަނުން ތެދުވިއެވެ. އޭރުވެސް އައިލީންމެންގެ ހުނުމަކަށް ބަދަލެއް ނާދެއެވެ. ޝައުނާ ހުރީ ލަދުން ގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. ” އަހަރެންގެ ގަމީހުގެ ގޮށެއްނު ތި ނައްޓުވާލީ… އަދި މިރޭ ލީ ގަމީހެކޭ މީ… ނައްޓާލި މީހަކު ޖެހޭނެ ގަމީހުގެ ގޮށް ހަރުކޮށްދެންވެސް… ” ޔައިޝް އެތަނުން ތެދުވުމަށްފަހު ވިއްސައިގެން ދިޔަ އޭނަގެ ގަމީހުގެ ގޮށް ނަގައި އެންމެނަށް ދައްކާލަމުން ވާހަކަ ދެއްކިއެވެ. އެއާއެކު އެންމެންވެސް އެކަމާ އެއްބަސްވެ އެހެން ކިޔަން ފެށުމުން ޝައުނާއަށް ޖެހުނީ ގޮށް ހަރުކޮށްދޭށެވެ. ގޮށް ހަރުކުރުމަށް ބޭނުންވާނެ އެއްޗެހި ހުރީ ޔައިޝްގެ ކޮޓަރީގައި ކަމުން ޝައުނާ މަޑުމަޑުން ޔައިޝްގެ ފަހަތުން އޭނަގެ ކޮޓަރިއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހާމަ ކުރީމާ ލޯބި މަވާކަން 13

Next

ހުޅުކޮޅު 36

Next
July 5, 2018

ހުޅުކޮޅު 36

Previews
July 5, 2018

ހާމަ ކުރީމާ ލޯބި މަވާކަން 13

41 Comments!

  1. unique says:
    July 5, 2018 at 9:29 pm

    ifoo thanks

    1. Ifoo ifoo says:
      July 8, 2018 at 7:48 pm

      Most welcome dear ???❤️❤️❤️???…

  2. Ifoo ifoo says:
    July 5, 2018 at 10:08 pm

    Salaam dear readers ❤️❤️❤️?????????… Kihineh tha hurihaa kudhin??? ???… Here is the 22nd part ???… Hope all will like this part too ???… N mi part dhiguvaane kury part ah vure ???… Ifoo ah thikudhinn thidhey support ah v v v bodah thanks ❤️❤️❤️??????… Thikudhinn ge support aa nulaa I can’t do this ???… Thankyou so much all
    ❤️❤️❤️?????????… N if there is mistakes please point out for me so that I can improve ???…

  3. Nunnu says:
    July 5, 2018 at 10:16 pm

    Alhey shay key vegen tha E ulhenee
    Loabi va iru ves
    Dhen yes bunebala dho shau
    Vvv reethi mi part ves
    Thanks ifoo
    When next part

    1. Ifoo ifoo says:
      July 8, 2018 at 7:50 pm

      Most welcome dear n thankyou so much Nunnu ❤️❤️❤️??????… Shau dhw… Yahh… Loabi vaa iru yesss bunan vee ehnu dhw… ???… Now next part kiyaaleveyne… ???

  4. unique says:
    July 5, 2018 at 10:31 pm

    vvv reethi mi partvx thanks ifoo thanq so much for what ur doing

    1. Ifoo ifoo says:
      July 8, 2018 at 7:53 pm

      Alhey unique dear ???❤️❤️❤️???… Thankyou so much dear ❤️❤️❤️?????????… V v v ufaavehje ifoo ge mi work balaigathyma ???… Thankyou dear ❤️❤️❤️???… V v ufaavey knme parteh gavx unique ge comment fennaathy ???…

  5. Stry kiyaa man says:
    July 5, 2018 at 11:24 pm

    Masha allah vvv reethi. Neh bunaane ehcheh vex ehaa perfect.v ufalaa eku faahaga kuran mi part thaku ga nufeney mistake eh.N mi part dhigukan vex faahaga kuran.mihaar stry eba ragalhu veyy.ethanun rom thankolheh gennan cheyy igey dear.
    Waiting 4 nw part.
    -salaam ifoo-????

    1. Ifoo ifoo says:
      July 8, 2018 at 7:56 pm

      Awwwwnn ❤️❤️❤️??????… Thankyou so much story kiyaa man ???… Ifoo v v v ufaavehje story kiyaa man ge comment fenunyma ???… N v v v ufaavehje mihaaru story ragalhu vaakan faahaga koh ragalhu kanthahthah vx faahaga kohleema ???❤️❤️❤️… Thankyou so much for the support ❤️❤️❤️???…

  6. Zer says:
    July 5, 2018 at 11:25 pm

    This is a copy story

    1. Ifoo ifoo says:
      July 6, 2018 at 9:18 am

      Zer… Mi Story akee alhuganduge own ideas beynun kohgen liyaa story eh ???… Mi Story akee copy eh noon ???…If u are telling it is a copy… Can you tell me kn story eh ge copy eh kan mee?

    2. KAISHAL says:
      July 6, 2018 at 4:24 pm

      even i dont think its a copy ……

    3. Ifoo ifoo says:
      July 8, 2018 at 7:58 pm

      Thankyou KAISHAL ???❤️❤️❤️???..

  7. Mal says:
    July 6, 2018 at 12:48 am

    Wow…ifoo it’s soon beautiful.. Masha Allah… Vvvv ufaa vehjje finally Rifoo n faan Ge problems solve v ma…

    1. Ifoo ifoo says:
      July 8, 2018 at 8:00 pm

      Awwwwnn ❤️❤️❤️???… Thankyou so much Mal dear ???❤️❤️❤️???… Mal akee vx hama ifoo ge one of the best reader ey buneveynee ???❤️❤️❤️???… Thankyou so much dear ifoo ah thidhey support ah ???… V v v ufaavehje ???…

  8. xee says:
    July 6, 2018 at 11:15 am

    Rifoo mom ge bai nu genes dhey tha? Haadha dhuvaheh. Dhn readers handhaan nethey ne dho thi haa dhigu dhaa yaa. Eba vx genes dhey nama v Rythi vaane

    1. Ifoo ifoo says:
      July 8, 2018 at 8:10 pm

      Thankyou so much xee ❤️❤️❤️??????… V ufaavehje faahaga kohla dhinyma n next part ga rifoo ge mom ge thankolheh genesdhyfa innaane ???…

  9. shaa says:
    July 6, 2018 at 11:17 am

    Rythi

    1. Ifoo ifoo says:
      July 8, 2018 at 8:11 pm

      Thankyou so much shaa ❤️❤️❤️??????…

  10. Airah says:
    July 6, 2018 at 12:20 pm

    vvv reethi Ifoo dhooni.Waiting FOR Next part.

    1. Ifoo ifoo says:
      July 8, 2018 at 8:12 pm

      Awwwwnn ❤️❤️❤️??????… Thankyou so much Airah ❤️❤️❤️??????… Now next part kiyaaleveyne ???…

  11. Zer says:
    July 6, 2018 at 1:05 pm

    Loamerey iru heevey gaathugaa vaahen kalaa e vaahakayaa kudha gulumeh hurey dhn

    1. Ifoo ifoo says:
      July 8, 2018 at 8:16 pm

      Ehentha dear ???.. Next part kiyaaleema ingeyne mi Story thafaathu kann ???… Mi Story akee ifoo ge own ideas beynun kohgen liyaa story eh ???… Thankyou zer

  12. Anonymous says:
    July 6, 2018 at 1:50 pm

    Rifoo ah asluyaish ah trust nukureveny dho past game kanthah vi go thin
    Story hama habeys

    1. Ifoo ifoo says:
      July 8, 2018 at 8:17 pm

      Yes Anonymous ???… Thankyou so much dear ❤️❤️❤️??????… V v v ufaavehje comment kohleema ???…

  13. Livy says:
    July 6, 2018 at 6:36 pm

    Hahaha alhey ifooo shau aa yaish aa dhemyhun vattaaly ey dho mi.. Ethan kolhu kiyaafa hama hevunu ?? And sooo sweet ?? faan rifoo ah haadha loabikoney dho propose kuryy ?? varah varah varah reeethi mi part ves.. Again dress code thah kiyaadhyfa hurileh varah reethi hama.. ???? And varah ufaa vejjje anekkaa ves ehaa dhigu koh genesdhinyma ?❤❤ and I love your replies hama hurihaa part akah ves livy koffa hunna comment ah ehaa loabi koh reply kuraathy varah varah ufaa vey ?????? ifoo ah 17 tha.. Livy ah ves 17 ??? waiting for next part ingey ???? lots and lots and lots and lotsssss of love ???????????

    1. Ifoo ifoo says:
      July 8, 2018 at 8:28 pm

      Awwwwnn ❤️❤️❤️?????????… My dear Livy ❤️❤️❤️???… I’m speechless ???… Livy ge comment kiyaa knme faharakuvx ifoo ah vany mivaru ???… I love ur comments too ❤️❤️❤️?????????… Livy ehaa loabi loabi comments kuryma ifoo ah loabi loabi reply eh nukosheh nukureveyne ehnu dhw ❤️❤️❤️??????… Ifoo ah enme inthizaaru kurevey eh comment Livy ge comment akee ❤️❤️❤️??????… Abadhuvx Livy ge comment v v v supportive ❤️❤️❤️??????… N v v v v v ufaavehje Livy ifoo ge replies kiyaakan ingunyma adhi e ah vure vx ufaavehje Livy ah ifoo ge replies kamudhiyaima ???❤️❤️❤️… Ifoo ah feel vany hama Livy as a friend so ehen reply kohleveny ❤️❤️❤️???… Thankyou so much dear ❤️❤️❤️??????… V v v v ufaavehje dress code reethi v ma ???… Shau n yaish mifaharu vahtaalee hama ifoo… Hehe ???… Great… Ifoo vx 17… Livy vx 17… We are same age dhw ???… V v v ufaavehje ???… Now next part kiyaaleveyne… Much much much more n more loves ???❤️❤️❤️??????… Thankyou so much for the support ❤️❤️❤️?????????…

  14. Naju says:
    July 7, 2018 at 4:02 pm

    Vvvvvvvv nice n interesting mi partvx bt maakury dear next adhi miyah vure dhigukohladheachey ingey… When is next dear?

    1. Ifoo ifoo says:
      July 8, 2018 at 8:32 pm

      Naju ❤️❤️❤️… Ifoo v v inthizaaru kurin Naju ge comment libeyne irakah ???… Finally… V v v ufaavehje comment kohleema n Story reethi v ma vx ???❤️❤️❤️??????… Mi part kurutha dear… Sorry… Mi part aslu kury part thakah vure dhigu vaane ???… Now next part kiyaaleveyne dear ???… Thankyou so much Naju ❤️❤️❤️??????… V v v ufaavehje ???…

    2. Naju says:
      July 8, 2018 at 9:17 pm

      Aslu naju story maabodah kiyaalaa hiyy vefa inyma hyvany kuru hen dear..sorry 4 that..

    3. Ifoo ifoo says:
      July 8, 2018 at 10:21 pm

      Hehe ???… It’s ok Naju ???… Ehenvx vaane…

  15. Naju says:
    July 8, 2018 at 9:19 pm

    V happy vehje najuge cmnt akah dear inthizaaru kohlyma naju ah cmnt kurevuneh lasvy naju 2 days ulhuny v bodah balikoh ehnvyma..

    1. Ifoo ifoo says:
      July 8, 2018 at 10:18 pm

      Ohhh… Ehentha dear… Ifoo ge faraathun avas shifaa akah edhen Naju ah ❤️❤️❤️… It’s ok dear ???… Lahun vx comment kohleema v v v ufaavehje ???… Take care of yourself Naju ❤️❤️❤️??????

  16. Naju says:
    July 8, 2018 at 10:32 pm

    Thankx dear.. Naju beynun dearge frndakah vaan so mail share kohlevidhaane tha?

    1. Naju says:
      July 8, 2018 at 10:44 pm

      Bt if u want..

    2. Ifoo ifoo says:
      July 8, 2018 at 10:45 pm

      Awwwwnn ❤️❤️❤️… Really… Bt dear ifoo mail normally use nukuran… Hama ekani dhen mail accounteh hadhaafa innakan… So sad dhw ???… If u want to be friend admin ah msg kohlaa ifoo ge number ah request koh…

    3. Naju says:
      July 8, 2018 at 11:06 pm

      Admin in fonuvadheyne tha…

  17. Naju says:
    July 8, 2018 at 11:13 pm

    So sad… Dear mail use nukuraathy admin ah request kohfin bt fonuvadheyne tha numbr…

  18. Naju says:
    July 8, 2018 at 11:16 pm

    Mihaaru naju kuraa cmnt thavx published eh nukure why?

  19. Naju says:
    July 8, 2018 at 11:18 pm

    Ifoo dear naju request kohfin bt dear naju akah hiyeah nuvey fonuvaane heneah

    1. Ifoo ifoo says:
      July 8, 2018 at 11:29 pm

      Let’s hope fonuvaane kamah ???…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 23←


All Right Reserved!