Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 35

hygge Level 510 Stories100 Comments100 Login500 Comments
July 3, 2018 8 Mins Read
47 Comments

ޒިވާ ސިހުނީ ޔައީޝް އޭނާގެ ދެކޮނޑުގައި ހިފާލުމުންނެވެ. ޔައީޝް ޒިވާ ގޮވައިގެން ގޮސް އެނދުގައި ބޭނދިއެވެ. “ކަމުދޭތަ މި ކޮޓަރި؟” ޔައިޝް ޒިވާ އާއި ސުވާލު ކޮށްލިއެވެ. އެވަގުތު ޒިވާ ބޯ ޖަހާލިއެވެ. “ދެން ދޭ ފްރެޝް ވެލައިގެން އަންނަން.. އެޔަށް ފަހު މަންމަމެން ސަޕްރައިޒް ކޮށްލަން ދާނީ ދޯ؟” ޔައީޝް ހިނިތުންވެލައިފައި ބުނެލިއެވެ. އެހިނދު ޒިވާވެސް އެކަމާއި އެއްބަސް ވަމުން ފެންވަރަން ބޭނުންވާނެ ސާމާނުތައް ބަލައި ފޮށްޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޒިވާ ފާޚާނާއަށް ވަނުމުން ދެއަތް ފުޅާ ކޮށްލަމުން ޔައީޝް އެނދުގައި އޮށޯވެލިއެވެ. އަދި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ނަމަވެސް އޭނާ އެހެން އޮށްވާ ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ.

ދެލޯ ފިއްތާ ބާރުކޮށްލުމަށްފަހު ޔައީޝް އެނދުން ފުންމައިގެން ތެދުވީ މޫނުގައި ފެން ހޭކުމުންނެވެ. އެއިރު ޒިވާ ކުރިމަތީގައި ހުރީ ހޭށެވެ. އެއް އަތުގައި ފެން ޖަހާ ފުޅިއެއް އޮތެވެ. “ޒިވް.. ކީއްތަ ތިކުރީ؟” ޔައީޝް ދެލޯ އުނގުޅަމުން މޫނުން ފެން ފުހެލިއެވެ. އަދި ޒިވާ އާއި ސުވާލު ކޮށްލީ ދެބުމަ ގާތްކޮށްފައި ހުރެއެވެ. “ނިދާލައިފަ އޮތްލެއް ލޯބިކަމުން ޖެއްސުން ކޮށްލާ ހިތްވީ..” ޒިވާ ހިނިތުން ވެލައިގެން ހުރެ ޔައީޝްގެ ދެކޮލުގައި ހިފާލަމުން ބުނެލިއެވެ. “ލޯބިކޮށް އޮތިއްޔާ އަދި އެގޮތަށް ބާއްވާކަށްނު ޖެހޭނީ..” ޔައީޝްވެސް އެންމެ ފަހުން ހީލުމަށްފަހު ފާޚާނާއާއި ދިމާލަށް މިސްރާބު ޖެހީ ތާޒާވެލުމަށެވެ.

“ޒިވް.. މަންމަމެންނަށް ސަޕްރައިޒް ދޭން ރެޑީތަ؟” ޔައީޝް ފާޚާނާއިން ނިކުންނަމުން ޑްރެސިން ޓޭބަލް ކައިރީ ރީތިވާން ހުރި ޒިވާއަށް ބުނެލިއެވެ. އެހިނދު ޒިވާ ޔައީޝް އާއި ވީ ފަޅިއަށް އެނބުރިލިއެއެވެ. އެއަށްފަހު ހިނިތުންވަމުން ހޫމް ލައްވާލިއެވެ. “މަންމަމެން ނިކުންނާނެ އިރުކޮޅަކުން..” ޔައީޝް އެހެން ބުނެލުމަށްފަހު ލޯގަނޑު ކުރިމަތީ ހުއްޓިލައިފައި އަޅި ކުލައިގެ ޓީޝާޓެއް ލިއެވެ. އޭނާ އެއާއެކު ތިރިން ލައިފައި ހުރީ ކަޅު ކުލައިގެ ފަޓުލޫނެކެވެ. ކިތަންމެ އާދައިގެ ކޮށް ހުރި ނަމަވެސް ނުހަނު ފިރިހެން ވަންތައެވެ.

ޒިވާ މޫނު އަޅާލުމާއެކު ޔައީޝް އައިސް ޒިވާގެ އަތުގައި ހިފާލިއެވެ. އެއިރު ޒިވާ ހުރީ ޔައީޝް އާއު ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެން ކަމުން އޭނާ ދެލޯ މަރާލީ ހުރިހާ ކަމެއްވެސް ރަނގަޅު ވާނޭ ބުނާ ފަދައަކުންނެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ދެމީހުންވެސް ފިޔަވަޅު އަޅަމުން ގޮސް ސިޑިން ފައިބަން ފެށީ ވަރަށް ސަމާލުވެ ތިބެއެވެ. މީހަކަށް ފެނިއްޖެއްޔާ އެމީހުން ރޭވިހާ ކަމެއް ފެނަށް ގޮސްދާނެތީއެވެ. މަޑު ފިޔަވަޅު ތަކެއްގައި ފައިބައިގެން އައިސް ދެމީހުން ސިޓިން ރޫމުގައި ހުރި ފަލަ ތަނބެއްގެ ނިވަލަށް ވަނީ ދެން ނޫރީން މެން ތިރިއަށް އަންނަން މާ ގިނައިރުތަކެއް ނުވާނެތީއެވެ. ކަން ވީ ވެސް އެހެންނެވެ. “ޕިސް ޕިސް.. ކޮއްކޯ.. އެހާ ބާރަށް ނުފައިބާނޭ ސިޑިން.. ބަލާބަ ދޮންތިވެސް މަންމި އާ އެކީ ބަސް އަހައިގެނެއްނު އެ ފައިބަނީ.. މަޑުމަޑުން ބަލައިގެން އިނގޭ ފައިބާނީ.. ވެއްޓިފަ ތާކަށް ތަދުވެދާނެއްނު..” ނަވާފް ސިޑިން ދުވެފައި ފައިބާތި ޔަންހާ އޭނާއަށް ނަސޭހަތްތެރިވަމުން ދިޔައެވެ. ނަމަވެސް ނަވާފް އަށް އެއިން އަސަރެއް ކުރިހެނެއް ހިއެއް ނުވެއެވެ.

ނަވާފް ސިޑިން ފައިބައިގެން ދުވެފައި ދިޔަ ގޮތަށް ގޮސް ސޯފާއަށް އެރިއެވެ. އޭގެ އިރުކޮޅެއް ފަހުން ނަވާރްވެސް އައިސް އޭނާ ގާތު ސޯފާގައި އިށީނދެލިއެވެ. އެވަގުތު ޔަންހާ ނަވާރްގެ ސްކޫލް ބޭގް އެތާ ބައިންދާލުމަށްފަހު ބަދިގެ ބަޔަށް މިސްރާބު ޖެހީ ނަވާރްގެ އިންޓަރވަލް ތައްޔާރު ކުރުމަށެވެ. ޒިވާ ނަވާރް އަށާއި ނަވާފް އަށް ބަލަން އިނީ ކެތް މަދުވެފައެވެ. އެ ކުދިން ކައިރިއަށް ގޮސް އުރާލަން އޭނާ ހުރި ނުހަނު ބޭނުންވެފައެވެ. ކުރީގަ ގޮތަށް ނަވާރް މެންނާއި އެކީ މަޖާކޮށްލަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. ޔައީޝް ޒިވާއަށް ބަލައިލި އިރު ޒިވާ ކަލިވެސް ޖަހާނުލައި ހުރީ އެދިމާލަށް ބަލަހައްޓައިގެންނެވެ. އެހެން ކަމުން އޭނާ ހިނިތުންވެލަމުން ޒިވާގެ އަތަށް ފިތާލިއެވެ. އެވަގުތު ޒިވާ ޔައީޝް އާއި ދިމާލަށް ބަލައިލިއެވެ. “އަދި ކެތްކޮށްލާ..” ޔައީޝްގެ ހިނިތުންވުން ފިލައިގެން ނުދެއެވެ.

މީހަކަށް ފަހު މީހެއް އައިސް ސޯފާގައި އިށީނދެލިއެވެ. ނަމަވެސް ނޫރީން އެއް ނާދެއެވެ. ޒިވާ ހުރީ މަންމަ ދެލޮލުން ދެކިލާހިތުން ކެތް މަދުވެފައެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ. ސުމައްޔާ އާއި އެއްކޮށް ނޫރީން ސިޑިން ފައިބައިގެން އައެވެ. ނަމަވެސް އެ މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނުވެއެވެ. މުޅި މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ޒިވާގެ މޫނުގައި ވީ ހިނިތުންވުން ވެސް އެވަގުތު ފިލައިގެން ދިޔައެވެ. ނުރީން ހިނގާލައިފައި އައިސް ސޯފާގައި އިށީނދެލިއެވެ. ނަމަވެސް އެކަކާވެސް ވާހަކަ ދައްކާކަށް ނޫޅެއެވެ. އެންމެން ތިބީ ގޭގެ ބޮޑު ދޮރާއި ފުރަގަސް ދީގެންނެވެ. ޒިވާމެން ތިބީ އެ ދިމާލުގައެވެ.

ޔައީޝް ޒިވާގެ އަތުގައި ހިފާލައިގެން ތަނބުގެ ފަހަތުން ނިކުތެވެ. އަދި މަޑު ފިޔަވަޅު ތަކެއްގައި ދިޔައީ ހިންޏަކަށްވެސް އަޑު ނީވޭނެހާ ސިއްރުންނެވެ. ދެމީހުން ސޯފާގެ ފުރަގަހުގައި މަޑުކޮށްލިއެވެ. އެވަގުތު ޔައީޝްގެ ލޮލުގެ އިޝާރާތަށް އޭނާގެ އަތް މަޑުމަޑުން އުފުލަން ފެށިއެވެ. އެ އަތުގައި މަޑު ތުރު ތުރެއްވެސް ވިއެވެ. ޔާސީން އާއި ޒައިފް ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަމުން ދިޔަ އިރު ސުމައްޔާ އިނީ ފޮތެއް ކިޔާލާށެވެ. އޭނާ އެކޭ އެއްފަދައިން ހައިފާވެސް އިނީ ކޮންމެވެސް ދީނީ ފޮތެއް ކިޔާލާށެވެ. ނަމަވެސް ނޫރީން އިނީ އެއިން މީހަކަށް އަޅާވެސް ނުލައި އޭނާގެ ފޯނުން ޒިވާގެ ފޮޓޯތައް ބަލާށެވެ. އެއީ މިހާރު އޭނާގެ އާދައެވެ.

ނަވާރް ސްކޫލަށް ދާ ގަޑި އަދި ނުޖެހޭތީ ޔަންހާވެސް އިނީ ފޯނުން ކޮންމެވެސް ކަމެއް ކުރާށެވެ. އެއިރު ނަވާރް އޭނާގެ ސްކޫލް ފޮތެއް ނަގައިގެން ނަވާފް އަށް ދައްކަ ދައްކާފައި ކޮންމެވެސް އެއްޗެއް ކިޔައިދެމުން ދިޔައެވެ. އެންމެންވެސް ތިބީ އެކި ކަންކަމުގައި މަސްޣޫލުވެގެން ކަމުން ޔައީޝް އާއި ޒިވާ އައިސް ހުއްޓުނު އިރުވެސް އެމީހުންނަށް ރޭކާ ނުލައެވެ. ޒިވާ އޭނާގެ ތުރުތުރު ލަމުން ދިޔަ އަތް ގެންގޮސް ނޫރީންގެ ލޮލުގައި އެޅިއެވެ.

ނޫރީންއަށް ސިހުން ގެނުވީ މަޑުމަޑު އަތަކުން އޭނާގެ ލޯ މަތިގައި އަތް އެޅުމުންނެވެ. އެ އަތް ފިނި ކަމުން ހީވަނީ ގަޑު ފެންކޮޅެއް ހެންނެވެ. އޭނާ ދެބުމަ ގާތްކޮށްލީ ކާކުކަން ނޭނގިގެންނެވެ. އެއިރުވެސް އޭނާ އަޑެއް ލައްވާ ނުލާތީވެ އެކަކަށްވެސް އެއިން ކަމެއް ނޭނގެއެވެ. “ނަވޫ.. ދަރިފުޅު ކިހިނެއް ވީ؟” ނޫރީން ލޯބިން އަހާލީ ނާވަރް ކަމަށް ހީކޮށެވެ. އެވަގުތު އެންމެންގެ ސަމާލުކަން އޭނާގެ އަޑަށް ހުއްޓުނެވެ. އެހިނދު ހުރިހާ މީހުންގެ ލޯތައްވެސް ދިޔައީ ބޮޑު ވެގެންނެވެ. “ޔަ..” ކައްޓެއް ޖެހިގެން ތެދުވާ ފަދައިން ސޯފާއިން ތެދުވި ޔަންހާ ވަކި ހިސާބަކަށް ބުނެލި ތަނާ ޔައީޝް ދެލޯ ބޮޑު ކޮށްލައިފައި ދެފަރާތަށް ބޯ ހޫރުވާލަމުން ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލައިފައެވެ. އެންމެންނަށްވެސް ތިބި ތަނުން ތެދުވެވުނީ ކުއްލިއަކަށެވެ. ޔައީޝްގެ އެ އެ ޢަމަލުން ކުޑަ ކުޑަ ނަވާފް ވެސް އޭނަގެ ޝަހާދަތް އިނގިލި ގެންގޮސް ތުންފަތުގައި ޖައްސާލިއެވެ.

“ނަވޫ ދެން ކޮން ސަކަރާތެއް މިގަޑީގަ ތި ޖަހަނީ؟ ސްކޫލަށް ދާން ދެން ނެތް މާގިނައިރެއްވެސް.. ސްކޫލުން އައިސް މާމަ އާ އެކީ ސަކަރާތް ޖަހާނީ.. އެހެން ނޫނީ ސްކޫލަށް ދާން ވާއިރަށް ހަޑިވެދާނެއްނު ދޯ؟” ނޫރީން ހިނިތުންވެލައިފައި އިނދެ ލޯބިން ވާހަކަ ދައްކަމުން ދިޔައެވެ. ޒިވާގެ ދެލޯ ކަރުނުން ފުރިގެން އައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެންމެންވެސް ހައިރާންވެފައި ބުނާނެ ބަހެއް ނެތިފަ ތބީއެވެ. “މަންމާ..” ޒިވާ ކުރެގިފައި ވާ އަޑަކުން ނޫރީން އަށް ގޮވާލީ އޭނާގެ ދެ ލޮލުން އަތް ނަގައިފައެވެ. ނޫރީންވެސް ހައިރާން ކަމާއެކު ސޯފާއިން ތެދުވެލުމަށްފަހު މަޑުމަޑުން ފަހަތަށް އެނބުރުނެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ ނުހަނު ބޮޑަށެވެ. އަނގަމަތީ އަތް އަޅާލި އިރު ދެލޯ ފުރި ބަނޑުން ވާން ފެށިއެވެ. އަދިވެސް އެހެން މީހުންނަށް ވާނުވާ ނޭނގެއެވެ.

އެކަކުވެސް އެއީ ޒިވާކަން ގަބޫލު ނުކުރި ނަމަވެސް ނޫރީން އަށް އެއީ ޒިވާކަން އިނގެއެވެ. އޭނާ ބަލާކަށް ނުހުރެ ޒިވާ ގާތަށް ގޮސް އޭނާގެ ގައިގައި ބައްދާލިއެވެ. ނޫރީންގެ ބަޑި ފަޅައިގެން ދިޔައީ އެވަގުތުއެވެ. އަޑުން އަޑުނަގާ ޒިވާ އޭ ކިޔާ ރޯން ފެށިއެވެ. ޒައިފް ނިތްކުރިއާއި އެއްކޮށް ލޯ މަތީ އަތް އަޅާލީ ނޫރީން އަދިވެސް އެމީހުން ދައްކާ ވާހަކަ ޤަބޫލު ނުކުރާތީއެވެ. ވާނިވެސް އެހެން ނޫންހެއްޔެވެ؟ މިހާރު ނޫރީންއަށް އެމީހުން ވިސްނައިދީދީ ވަރުބަލި ވެއްޖެއެވެ. ނަމަވެސް ނޫރީން އެއިން އެންމެ އަކުރެއްވެސް ޤަބޫލެއް ނުކުރެއެވެ.

ޒިވާއަށްވެސް ކެތްވީ ވަކި ހިސާބަކަށެވެ. އޭނާއަށްވެސް ރޮވުނެވެ. އެތަށް ދުވަހަކަށްފަހު ލޯބިވާ މަންމަގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮމުން ދިޔައެވެ. ކައިރީގައި ހުރި ޔައީޝްގެ ދެލޯ ފެން ކަލިވިއެވެ. ޖީބަށް ޖަހާފައި އޮތް ކަނާ އަތް ނަގައި ބޮޑުވައި އިނގިލިން ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަ ފުހެލިއެވެ. އެއިރުވެސް އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. ޒިވާގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

“ދަރިފުޅާ.. ކީއްވެ އެހާ ގިނަ ދުވަހު މަންމަ އާ ދުރުގަ ހުރީ؟ ދަރިފުޅަށް އިނގޭތަ މަންމަ އުޅުނު ހާލު؟ އެންމެ ރެއެއްވެސް ޒިވް މަތިން ހަނދާން ވާ ވަރުން ލޮލު ފިޔައެއް ނުޖެހޭ.. ކޮންމެ ރެއަކު ހުވަފެނުގަވެސް މަންމައަށް ޒިވް ފޭނެ.. ވާހަކަވެސް ދައްކާ.. ބުނޭ ކޮންމެ ރެއަކުވެސް އަންނާނަމޭ އަދި މަންމަ ކައިރިއަށް.. ވަރަށް އަވަހަށް އަންނާނަމޭ ބުނޭ.. އެކަމަކު އެކަން މި ވީ ކިތަށް އަހަރު ފަހުން.. އަލްޙަމްދުލިއްލާހް.. ދެން މަންމަ ދޫކޮށްފަ ނުދައްޗޭ.. ދެން ޒިވް ގޮއްސިއްޔާ މަންމަ ނޭނގެ އުޅޭނެ ގޮތެއްވެސް..” ހުއްޓަ ހުއްޓަމުން ނޫރީން ވާހަކަ ދައްކަމުން ދިޔައެވެ. އެ އަޑުގައި ވީ ވޭނަކުން އެތާ ތިބި އެންމެންގެ ލޮލުންވެސް ކަރުނަ ހިލުވާލިއެވެ. ސުމައްޔާ އެ ދެމައިންނަށް ބަލަން ހުރީ ހައިރާންވެފަ ނަމަވެސް އުފާވެފައެވެ. ޒިވާގެ ހަނދާންތައް އަނބުރާ އައީކަން އޭނާއަށް އެނގިއްޖެއެވެ. އެހެން ކަމުން އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވާލިއެވެ.

“މަޑު ކޮށްލައްޗޭ.. އެބަ އަންނަން.. އޮންނާނެ މަންމަ ޒިވް އަށް ބާސްކެޓްބޯލް އިން ޗެމްޕިއަންކަން ހޯދީމަ ދޭން ވެގެން ހެދި ހަދިޔާއެއް.. އެކަމަކު އެ ދުވަހު ކަން ދިމާ ކުރި ގޮތުން ނުދެވުނީ.. މިތާ މަޑުކޮށްލައްޗޭ.. ނުދައްޗޭ.. އިނގޭ.. ޔައީޝް.. ޒިވް އަތުގަ ހިފަހައްޓާއްޗޭ.. އޭނަ ދިޔަ ނުދޭތީ.. އާދޭސް ކޮށްފަ މިބުނީ..” ނޫރީން އޭނާ އާއި ޒިވާ ދުރުކޮށްލަމުން އަވަސް އަވަހަށް ކިޔަމުން ދިޔައެވެ. އޭނަ ހީވަނީ އުފަލުން މޮޔަވެފަ ހުރި ހެންނެވެ. ނޫރީންގެ އެ ވާހަކައިންވެސް އޭނާގެ ހިތުގައިވާ މައިވަންތަކަމުގެ ލޯބި ހާމަވެއެވެ. ހަ އަހަރު ދުވަސް ފާއިތުވެ ދިޔަ އިރުވެސް ޒިވާއަށްދޭން ތައްޔާރު ކުރިއެއްޗެއް އެހާ ރައްކާތެރިކަމާއެކު ބާއްވާނީ އެހެންވެއެއް ނޫންހެއްޔެވެ؟ ޔައީޝްވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލިއެވެ.

ޒިވާ އެއިން އެއްފަހަރުވެސް އަނގައިން ނުބުނެއެވެ. ކަރުނަވީ ދެލޮލުން އެޔޮށް ހުރިހާ އިރު އޭނާ ހުރީ ނޫރީން އަށް ބަލާށެވެ. ނޫރީން ސިޑިން އަރައިގެން ދިޔަ ވަގުތު ޒިވާއަށް ޔައީޝް ގައިގައި ބައްދާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނާއަށް އެތަށް ދުވަހަކަށްފަހު މަންމަ އަނބުރާ ލިބިއްޖެއެވެ. އުފާ ނުވާނީ ކީއްވެހެއްޔެވެ؟ އެކަކުވެސް އަނގައިން ބުނާކަށް ނޫޅެއެވެ. ހައިރާން ވީ ވަރުން އެއްޗެއް ނުބުނެވިފަ ތިބީ ކަންނޭނގެއެވެ. އެންމެންގެ ހިތުގައިވެސް ނޫރީންއާއި ދޭތެރޭ ހަމްދަރުދީ އުފެދިފައި ވެއެވެ.

ޒިވާ ޔައީޝް ގައިގައި ބައްދާލުމުން ޔައީޝް އެންމެންނަށް ފުރަގަސް ދިނެވެ. އަދި މަޑުމަޑުން ޒިވާ އަށް ހިތަވަރު ލައިދެމުން ދިޔައެވެ. “ޝްޝްޝް.. ދެން ހުއްޓާލާ.. ޒިއްޕުޑިންގެ މަންމަ ވެސް ލިބުނީނު ދޯ.. ހެހެ.. ދެން ހުއްޓާލާ.. ޒިވް ތިވަރަށް ރޮންޏާމު ޔައި ވެސް ތުން ފިއްތާފަ ބޭބީއެއްހެން ރޯން ފަށާނަން އިނގޭ..” ކަރުނަވީ ދެލޮލާއެކު ޔައީޝް ޒިވާގެ ބޮލުގައި ދަތްދޮޅި ޖައްސާލައިގެން ހުރެ ބުނެލިއެވެ. ޒިވާ އަށް އެވަގުތު ކުޑަކޮށް ހިނި އާދެވުނެވެ. އެހެން ކަމުން އޭނާ ހަމަޔަކަށް އެޅެން މަސައްކަތް ކޮށްލިއެވެ.

“ދަ.. ދަރިފުޅާ.. މީ ކޮން ކަމެއް..” ހައިރާންވެ ހުރެ ހައިފާ ޔައީޝް އާއި ދިމާލަށް އަންނަމުން ދިޔައީ އުފަލުން ހުރެއެވެ. އޭނާގެ ލޮލުގައި ވެސް ކަރުނަތައް ވިދާ ބަބުޅަމުން ދިޔައެވެ. ހައިފާ އައިސް ހުއްޓިލުމާއެކު ޔައީޝް އޭނާ ގައިގައި ބައްދާލިއެވެ. އެވަގުތު ހައިފާވެސް އޭނާގެ ލޮލުން ކަރުނަތައް ބާލުވަމުން ދިޔައެވެ. އަދި ޔައީޝް ނުބުނެ އައުމުން ޝަކުވާ ކުރަމުން ދިޔައެވެ. އެންމެންގެ ހިތުގައިވެސް މިވަގުތު އުފާވެރިކަން ވެރިވެފައި ވިއެވެ. ނަމަވެސް އަދިވެސް އެމީހުންނަކަށް ޒިވާ އެގޮތަށް ރުއީ ކީއްވެ ކަމެއް ނޭނގެއެވެ.

“އައިޝާ.. އެއީ މާ ބޮޑު ކަމަކަށް ނަހަދައްޗޭ އިނގޭ.. ދޮންތަ މިދުވަސްކޮޅު އުޅެނީ މާ ބޮޑަށް ޒިވް މަތިން ހަނދާން ވާތީ.. ކިޔަނީ ތިމަންނަ ޒިވް އާ ވާހަކަވެސް ދައްކައިފީމޯ.. މާބޮޑު އެއްޗެކޭ ހީނުކުރައްޗޭ..” ޔަންހާ އައިސް ޔައީޝްމެން ގާތު ހުއްޓެމުން ބުނެލިއެވެ. އެވަގުތު ޒިވާ ޔައީޝްއަށް ބަލައިލިއެވެ. ޔައީޝް ބޯ ޖަހާލުމުން ޒިވާ ވާހަކަ ދެއްކުމަށްޓަގައި އަނގަ ހުޅުވާލިއެވެ.

“ނައިޝަމްހެން ޔަންހާވެސް އަދިވެސް ޤަބޫލެއް ނުކުރަންތަ؟ ދޮންތައަށް ހަމަ އިތުބާރު ކުރަން އެހާ އުނދަގޫތަ؟ އެހާ ގިނަ ދުވަހު ދޮންތައާއި އެއްކޮށް އުޅުނީމަވެސް ޔަނާހްއަށް ނޭނގުނު ތަ ދޮންތަގެ އިޙުސާސްތައް؟” ނޫރީން އައި ބާރުމިނުގައި އައިސް ދެރަވެލައިފައި ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުގައި ހަރުކަށިކަމެއްވެސް ވެއެވެ. އެ ވާހަކަތައް ނޫރީން އެ ދައްކަނީ ދެރައާއި ރުޅިއާވެސް އެއްވެގެންނެވެ. ޔަންހާގެ ހިތަށް އަސަރު ކުރިއެވެ. އޭނާ އެވާހަހަތައް ނޫރީންމެން ގާތު އެ ދައްކަނީ ހަމަ ރަނގަޅަކަށެވެ. އައިޝާ އާއި ޔައީޝްގެ ދޭތެރޭގަ މައްސަލަ ޖެހިދާނެތީ އޭނާގެ ހިތުގައި ވީ ކުއްހީތައް ފިލުވަން ޔަންހާ މަސައްކަތް ކުރެއެވެ.

ޔަންހާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރުވަމުން ދިޔައެވެ. އަދި ނޫރީންގެ ދެކޮނޑުގުގައި ހިފާލަން އުޅުނު ތަނުން ނޫރީން ރުޅި އައިސްފައި އެ ދެއަތް ފޮޅާލިއެވެ. ކަންތައްތައް މިވަނީ ގޯސްހެން ޒިވާއަށާއި ޔައީޝްއަށްވެސް ދެނެގަނެވުނެވެ. އެހެންކަމުން ޒިވާވެސް ޙަޤީގަތް ބުނަން އަވަސްވެލިއެވެ.

“މަންމަ ދޮގެއް ނުހަދާ.. ދޮންތާ..” ޒިވާ ތުރުތުރު އަޅަމުން ދިޔަ އޭނާގެ އަޑުން ބުނެލިއެވެ .އެވުގުތު ސިހިފައި އެންމެންގެ ނަޒަރުވެސް އޭނާއަށް ހުއްޓުނެވެ. ޔަންހާ އަށް ބަލަހައްޓައިގެން ހުރެވުނިއެވެ. ގައިމު އައިޝާ އޭނާއަށް ގޮވަނީ ޔަންހާއްތަ ކިޔައިފައެވެ. ޒިވާ ނޫނިއްޔާމު ގޭ އެހެން އަންހެން ކުއްޖެއް އޭނާއާއި މުޚާތަބު ކޮށް ދޮންތަ ނުކިޔާނެއެވެ. ދެން އޭނާއަށް އެހެން މުޚާތަބު ކުރާނީ ޔައީޝް އާއި ޔުއާންއެވެ. އެހެން ވީ އިރު ނޫރީން އެ ދައްކަނީ ހަމަ ތެދުވާހަކައެއް ހެއްޔެވެ؟ ޔަންހާ އަނެއްކާވެސް ނޫރީންއަށް ބަލައިލިއެވެ. އެވަގުތު ނޫރީން އޭނަގެ މޫނު އަނބުރާލިއެވެ.

“މަންމަ އެ ދައްކަނީ ހުސް ތެދު ވާހަކަ.. މިއީ ޒިވް.. މީގެ ހަ އަހަރު ކުރިން ދޮންތަމެން އެންމެންނަށް ގެއްލުނު ޒިވް..” ޒިވާ އަނެއްކާވެސް އިތުރު ކޮށްލިއެވެ. އެންމެންވެސް ތިބީ ޝޮކެއްގެ ތެރޭގައެވެ. ޒިވާ އަނެއްކާ ނޫރީން ހިތްހަމަ ޖައްސަން ވާހަކައެއް ހަދަނީއެއް ނޫންބާވައެވެ؟ ޒިވާގެ ޙަޤީގަތް އިނގޭ ތިން މީހުން ފިޔަވާ އެންމެންގެ ހިތުގައިވެސް ވީ އެސުވާލެވެ. ޒައިފް އާއި ޔާސީންވެސް އެކަކު އަނެކަކަށް ބަލައިލިއެވެ. ޔަންހާ ހުރީ އެސްފިޔައެއްވެސް ޖަހާލަން ހަނދާން ނެތިފަ ކަހަލައެވެ. މިއީ ހުވަފެނަކަށް ނުވާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާ ހީކުރި ގޮތަށް ކަންތައް ވާ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

“ޒިވް ވެސް އެބުނީ ތެދެއް ދޮންތާ.. މިހާރު ޔައި މި ބުނަނީ.. އޭނާ ފެނިފައޭ ހުރީ ޔައި އަށް.. ދެން ކީއްކުރަން ދޮގު ހަދަންވީ؟ މިއީ ހަމަ ޔައި ގެ ޒިވް.. ކުޑައިރުއްސުރެ އެއްކޮށް ކިޔަވަމުން އައި ޒިވް.. އައިޝާ އެއް ނޫން މީކީ..” ޔައީޝް ބުނެލިއެވެ. ސުމައްޔާވެސް މަޑު ފިޔަވަޅު ތަކެއްގައި އެމީހުންނާއި ދިމާލަށް މިސްރާބު ޖަހަން ފެށިއެވެ. އޭނާވެސް އައިސް ބުނީ ހަމަ ޒިވާ އާއި ޔައީޝްވެސް ބުނި ވާހަކައެވެ. އެހެން ކަމުން ޔަންހާ ހުރީ މިހާރު ބޯ ގޮވާ ހިސާބަށް ގޮއްސައެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އަމިއްލަ ކޮއްކޮއެއް ފަދައިން ދެކުނު އަންހެން ކުއްޖާ ވީ މީގެ އަހަރު ތަކެއް ކުރިން އެމީހުން ދޫކޮށް ގޮއްސައެވެ. ޔަންހާ ހުރިގޮތަށް ގަބު އަރައިފަ ހުރީ އެ ދައްކާ ވާހަކަތަކަކީ ޙަޤީގަތްތޯ ނުވަތަ ނޫންތޯވެސް ކަނޑައަޅަން ނޭނގިފައެވެ.

އެމީހުން ތިބި ގޮތް ފެނި ސުމައްޔާ ކަން ހިނގާ ދިޔަ ގޮތް ކިޔައިދެމުން ދިޔައެވެ. ނޫރީން އެއިރު ހުރީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ. އޭނާއަށް ހުރިޙާ ޙަޤީގަތެއްވެސް އިނގެއެވެ. އެހެން ކަމުން އޭނާއަކަށް ހައިރާން ކަމެއް ނުލިބެއެވެ. އެންމެންގެ ދެލޯ ހުރީ ތަންމިނަށް ބޮޑު ވެފައެވެ. ޤަބޫލު ކުރަން ދަތިވެފައެވެ. އެމީހެއްގެ ވަގުތު ނުޖެހެންޏާ ކޮންމެ ފަދަ ގޮތަކަށްވެސް އެމީހަކު ސަލާމަތް ވެދާނެއެވެ.

“އަދިވެސް ޤަބޫލު ކުރަން ދަތި ތަ؟” ޒިވާގެ އަޑުގައި ރިހުން އެކުލެވިފައި ވެއެވެ. އެކަކު އެކައްޗެކޭވެސް ނުބުންޏެވެ. އެހެން ކަމުން އޭނާ މަޑމަޑުން އަތް ގެންގޮސް މޫނުގައި އަޅާފައި އޮތް ފޮތިކޮޅު ނަގަމުން ދިޔައެވެ. އެހިނދު ނޫރީންވެސް އޭނާގެ ހުރިހާ ސަމާލުކަމެއް ޒިވާއަށް ދިނީ އެ ލޯބި މޫނު އޭނާއަށްވެސް ނުފެންނަތާ އެތަކެއް އަހަރުތަކެއް ފާއިތުވެ ގޮސްފައި ވާތިއެވެ. ޒިޥާގެ ނިޤާބް ނެގި ތަނުން އެންމެންގެ ދެލޮލާއި އެއްވަރަށް އަނގަ ހުޅުވިގެން ދިޔައެވެ. ޔަންހާ އޭނާގެ އަނގަމަތީ އަތް އަޅާލިއިރު ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ޒައިފްގެ ދެލޮލުގައި ކަރުނަ ވިދަން ފެށީ ލޯބިވާ ދަރިފުޅު އަނބުރާ އައުމުންނެވެ. ކުޑަ ކުޑަ ނަވާފް އިނީ ވާނުވާ ނޭނގި އެންމެންގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރު ބަލާށެވެ. ނަވާރްވެސް މަޑުން އިނީއެވެ. ނަމަވެސް ޒިވާ ފެނުން ތަނާ އޭނާގެ ދުލުންވެސް “ތިއްތު” އެ ލަފްޒު ނިކުތެވެ.

ނޫރީން އާއި ހައިފާއަށްވެސް އަނގަމަތީ އަތް އަޅާލެވުނެވެ. ނޫރީންގެ ދެލޮލުން އަނެއްކާވެސް ބަރާވެފައި ހުރި ކަރުނަތައް ހޯސްލައިފައި ފައބައިގަތެވެ. ސުމައްޔާ ވެސް ހިނިތުންވެލައިގެން ޒިވާގެ ދޮން މޫނަށް ބަލަހައްތައިގެން ހުއްޓެވެ. ޒައިފް މަޑު މަޑުން ހިނގާލައިފައި އައެވެ. އޭނާ ހުރީ ކަޅިވެސް ޖަހާލަން ހަނދާން ނެތިފަ ކަހަލައެވެ. އެ ހުރިގޮތަށް ގަބު އަރައިފަ ހުރެ އޭނާ އައިސް ޒިވާގެ ކުރިމައްޗަށް އައިސް ހުއްޓިލިއެވެ.

ޒައިފްގެ މޫނުމަތިން ފެނުނު އަސަރު ޒިވާއަށް ހުރީ ދެނެގަންނާން ނޭނގިފައެވެ. ތުރު ތުރު އަޅާ އޮތް ޒައިފްގެ އަތް މަޑުމަޑުން ގެންގޮސް ޒިވާގެ މޫނުގައި ފިރުމާލިއެވެ. އެހިނދު އޭނާގެ ދެލޯ މަރާލީ އެއީ ހަމަ ޙަޤީގަތްކަން އެނގުމުންނެވެ. މެރިފައިވާ ދެލޮލުގެ އެސްފިޔަތަށް ފޫ އަޅުވާލައިފައި ޒައިފްގެ ދެ ކޯތާފަތުން ކަރުނަތައް ފައިބަމުން ދިޔައެވެ.

“ދަރިފުޅާ..” ޒިވާގެ މޫނުން އަތް ނުނައްޓާ ހުރެ ޒައިފް ގޮވާލިއެވެ. ޒިވާގެ ލޮލުންވެސް ކަރުނަތައް ހިލުނެވެ. ޒައިފްގެ ހިތަށް ކޮށްފައިވާ އަސަރު އެ ރިހުން އެކުލެވިގެންވީ އަޑުންވެސް ހާމަވެގެން ހިނގައްޖެއެވެ. ބައްޕަގެ ހިތަށް ކުރި އަސަރުން ޒިވާއަށްވެސް ކެތެއް ނުވިއެވެ. ޒައިފްގެ މޭގައި ބޯ އަޅާލީ އޭނާގެ ސަބަބުން ޒައިފް ކުރާނެ ހިތާމަ ހިތަށް އެރުމުން ކެތް ނުވެގެންނެވެ. “ސޮރީ ބައްޕާ..” ޒިވާ ކުރެހިފައިވީ އަޑަކުން އެހެން ބުނެލި އިރު އޭނާގެ ހޫނު ކަރުނަތަކުން ޒައިފް ލައިގެން ހުރި މަޑު ނޫކުލައިގެ ގަމީސް ތެންމަމުން ދިޔައެވެ. “ނޫނޭ.. ދަރިފުޅު ކީއްވެ ސޮރީ ބުނަން ވީ؟ މީގަ ނެތޭ ދަރިފުޅުގެ އެއްވެސް ކުށެއް.. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް.. ބައްޕަ ބުނަމެއްނު އަބަދުވެސް ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއް ވާނޭ.. މިއީ މިކަން ހާމަވާން އޮތް އެންމެ ރަނގަޅު ވަގުތު ކަމަށް ވީމަ މިއަދާ ޖެހެންދެންވެސް އެއްވެސް ޙަޤީގަތެއް ބައްޕަމެންނަށް ނޭނގި އެ އޮތީ.. އެހެން ވީމަ މިވަގުތު ﷲއަށް ޝުކުރުވެރިވާން ވާނީ..” ޒައިފް އަށް އޭނާގެ ދަރިފުޅު އަދިވެސް އެއީ ހަމަ އެންމެ ތުއްތު އިރުގެ ޒިވާއެވެ. ކޮންމެ ގޮތެއް ވިޔަސް މައިންބަފައިންނަކަށް ދުވަހަކުވެސް ދަރިންނެއް ބޮޑެއް ނުވާނެއެވެ.

ޒައިފްގެ ނަސޭޙަތުގެ ސަބަބުން ޒިވާ ހަމައަކަށް އެޅުނެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ދުވެލިއެވެ. ނޭފަތް ދަމަމުން ޒައިފް އާއި ޒިވާ ދުރުވެލިއިރު އެ ދެލޯ ވަނީ ރަތްވެފައެވެ. ހުރިހާ ކަމެއް ވެ ނިމިގެން ދިޔައިރު ޔައީޝް އެއްޗެކޭ ބުނަން ޚިޔާލަށްވެސް ނުގެނައީ މިވަގުތު އެމީހުންނަށް ވަގުތު ދޭށެވެ. ހައިފާވެސް ޒިވާ އާއި އެކި އެކި ވާހަކަތައް ދައްކަމުން ދިޔައީ ލޯބިންނެވެ. އޭނާއަށް އެންމެފަހުން އެ ލިބުނީ އެންމެ ފުރަތަމަވެސް ޔައީޝް އާއި ގުޅުވަން އޭނާ އެންމެ ބޭނުންވި ކުއްޖާއެވެ. ކެތްތެރި ކަމުގެ މޭވާ ކިހާ ފޮނި ހެއްޔެވެ؟

“އެކަމަކު ކީއްވެ ސުމައްޔާމެން އަހަރެމެން ގާތު ޒިވްގެ ވާހަކަ ނުބުނީ؟” އެންމެން އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރަމުން ދަނިކޮށް ކުއްލިޔަކަށް ޒައިފްގެ ހިތަށް އައި ސުވާލު ކޮށްލިއެވެ. އެންމެން އެއްފަހަރާ ސުމައްޔާ އާއި ދިމާލަށް ބަލައިލީ އެ ސުވާލުގެ ޖަވާބު ބޭނުމޭ ބުނާ ފަދައަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ނުހައްގުލޯބި 8

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 21

Next
July 3, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 21

Previews
July 3, 2018

ނުހައްގުލޯބި 8

47 Comments!

  1. unique says:
    July 3, 2018 at 6:22 pm

    yay thanks noor long time no see

    1. noor says:
      July 4, 2018 at 3:45 pm

      alhey dear.. marhabaa.. 🙂 hehe..

  2. liyaaa says:
    July 3, 2018 at 6:44 pm

    ☺????

    1. noor says:
      July 5, 2018 at 8:41 pm

      🙂

  3. Reen says:
    July 3, 2018 at 6:56 pm

    Masha allah vvvvvvv reethi mi part ves…when next part???curiously waiting waiting…..avahah next part up kohla dhehcheyy..pls..vvv kiyaaa hithun keh madhuvefa mi huryyy…ly noor sis..

    1. noor says:
      July 5, 2018 at 8:42 pm

      jazakillah khairan dear.. 🙂 mirey, in sha allah.. 🙂

  4. Lily says:
    July 3, 2018 at 7:15 pm

    Masha Allah… I am loving this story episode by episode. And curiously waiting for next part. ❤️❤️

    1. aish noor says:
      July 5, 2018 at 8:44 pm

      jazakillah khairan dear.. 🙂 aww.. vrh ufaavehje dear thihen bunelyma.. 🙂

  5. kweeny says:
    July 3, 2018 at 8:28 pm

    wow then vaany kihineh baa??? can’t wait to read net episode noor u are the best story writter ever

    1. aish noor says:
      July 5, 2018 at 8:44 pm

      hehe.. balamaa dhw dhn vaagotheh.. 🙂 alhey.. vrh vrh vrh ufaavehje dear thihen bunelyma.. 🙂

    2. aish noor says:
      July 5, 2018 at 8:45 pm

      jazakillah khairan dear.. 🙂

  6. kweeny says:
    July 3, 2018 at 8:29 pm

    ***next

  7. Jinn says:
    July 3, 2018 at 8:30 pm

    Finally up vejje dhow? Vaahaka varah reethi. When next part?

    1. aish noor says:
      July 5, 2018 at 8:48 pm

      yess dear.. 🙂 jazakillah khairan dear.. mirey, in sha allah.. 🙂

  8. Kokee says:
    July 3, 2018 at 8:43 pm

    maasha allah…vrh vrh vrh nice mi part vx….n pls sis then nudhahchey ehaa gina dhuvahah…i mean vaahaka up nu koh gina dhuvas nuvahchey….kon irakun next part up kuraani….waiting waiting….ly noor sis

    1. aish noor says:
      July 5, 2018 at 8:49 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part kamudhiyaeema N vrh dhera vey konme faharaku sorry bunefa hunnan jeheytheeve.. 🙁 noor ah hama v goiyy.. ekamakuves hama sorry dear.. 🙂 mirey, in sha allah.. 🙂 aww.. 🙂 <3<3<3<3<3

  9. Panda?❤ says:
    July 3, 2018 at 9:16 pm

    Hiii Nooooorr! Panda waahaka kiyaafa cmmnt eba kuran ingey?
    Salaaam noorr?

    1. Panda?❤ says:
      July 3, 2018 at 9:38 pm

      Alheyyyyy.. V reethi mi part wes ingey noor. You’re the best writer keep it up dear ❤
      Next part when? waitn for it saah bad??

    2. aish noor says:
      July 5, 2018 at 8:51 pm

      salaam dearr.. 🙂 hehe.. aww.. jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 alhey.. asluvestha? jazakillah khairan dear.. 🙂 aww.. mirey, in sha allah.. 🙂

  10. Lotus says:
    July 3, 2018 at 9:25 pm

    Noor dear ah hama assari bahaai Saabas.. anekkaa thi rovvaalee.. haadha asaru gadhaey.. hehe.. keep up the good work dear ???

    1. aish noor says:
      July 5, 2018 at 8:52 pm

      alhey.. dear ah hama fah fashun shukuru.. 🙂 hehe.. alhey asluvestha? jazakillah khairan dear.. 🙂

  11. Nunnu says:
    July 3, 2018 at 9:32 pm

    Kiyaahiy vefa huri varun heevanee kuruhen
    Hehe
    Mi part nimun iruves neyngunu
    Hama vv reethi mi part ves
    Ekam Keehve yo lasvee
    Dhen in part avaskolladhechey

    1. aish noor says:
      July 5, 2018 at 8:54 pm

      hehe.. it’s ok dear.. ehn ves vedhaane.. 🙂 alhey.. jazakillah khairan Nunnu dear.. 🙂 aee noor kudakon bxy v aslu.. eiru ga.. ekam 36th episode up nuve las v laptop massala eh jehigen.. noor try kurin, ekam nuvi.. vrh bodah sorry dear.. 🙁

  12. Mate says:
    July 3, 2018 at 9:38 pm

    Thanks noor…?mi part ves vrh reethi…..waiting for next part…….

    1. aish noor says:
      July 5, 2018 at 8:56 pm

      alhey, it’s ok dear.. anyway, marhabaa dear.. 🙂 asluvestha? jazakillah khairan dear.. 🙂 vrh ufaavehej dear ah mi part kamudhiyaeema.. 🙂

  13. kitty says:
    July 3, 2018 at 9:41 pm

    long time no see sis.. wat happened??? story v reethi as usual always:)

    1. aish noor says:
      July 5, 2018 at 8:57 pm

      hehe.. noor kudakn bxy v dear.. 🙁 try kurin dear mn mathin noor ves miss vaa varun.. ekam mifaharu kan v goiyy hama.. konme kameh ves vaany rangalhakahnu dhw.. 🙂 alhey.. asluvestha? jazakillah khairan dear.. 🙂

  14. Blue ? says:
    July 3, 2018 at 9:52 pm

    Woww loved this part.. So emotional dho hehe ❤?. Finally Ziv is reunited with her family.. when next part? Curiously waiting ❤❤?????.

    1. aish noor says:
      July 5, 2018 at 8:58 pm

      aww.. jazakillah khairan dear.. 🙂 hehe.. yesss.. 🙂 mirey, in sha allah.. 🙂

  15. She says:
    July 3, 2018 at 9:56 pm

    Wow.. this stry is awesome.. i luv ittt?????❤❤?????⚘??????

    1. aish noor says:
      July 5, 2018 at 9:00 pm

      jazakillah khairan dear.. 🙂 aww.. vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂

  16. Baby girl ❤ says:
    July 3, 2018 at 10:11 pm

    Masha allah…vrh vrh reethi mi part vess❤??..as i say ur the best of best…..mi story mee dhigu inthizaaruge nimun…… curiously waiting….dhen ehaa gina dhuvass nukoh up kohsheh chey…noor ge story up veythw kwn me dhuvahaku balab free velyma ekem nuvey…nd this is my first comment on ur story…. comment nukureveny busy kamun…. mihaaru story kuriyah dhaagoy vrh vrh salhi…keep it up…

  17. Anonymous says:
    July 3, 2018 at 10:21 pm

    Yaay noor ??ur the best❤ wen next part ???? This is the best story noor.?❤❤???thanxx a lot ? BTW how old r u??☺☺?

  18. unique says:
    July 3, 2018 at 11:14 pm

    Maasha Allah vv loabi n ehaame reethi n furihama mi vaahaka missed yuh noor a lot noor…. ly

  19. Mal says:
    July 4, 2018 at 12:58 am

    Vvvv reethi mi part… So emotional… Rovihjje kiyaafa… Noor you r the best.. Masha allah

  20. Aany says:
    July 4, 2018 at 1:46 am

    Awlheý rovihje ?
    so touchin hama hithuge ehme funah asru kuruvaifi.. waitin for nxt part ..
    love this story??
    comment nukuriyas hurihaa parteh baraabarah kiyan ? yuhh r n owsom writer ❤❤
    Kiyamun dhaairu heevaney hama story therey ulheveyhen ??hihi
    ehaaves sifakurun furihama ???????
    FB pageh indheytha????

  21. cuty says:
    July 4, 2018 at 10:02 am

    aawnn. mi part vx varah varah reethi. hama rovijje kiyaigen. knme prt akah comment nukurevunas cuty hama hurihaa part eh kiyan igey. I love this story. kn iraku next part.. waiting waiting..

  22. Rash says:
    July 4, 2018 at 10:32 am

    Mi part ves varah reethi ❤️
    When next part?

  23. GREEN ?? says:
    July 4, 2018 at 1:54 pm

    Alhey ziv dhw. V emotional mi part???????????????dhn keeekey bunaani Hama speechless dhn iny kitha part the baaky??? ❤❤❤???????????????????❤❤❤????????❤❤❤❤❤❤?????

  24. Fathimath says:
    July 4, 2018 at 2:10 pm

    varah dhigu inthizaarakah fahu up vehje dhw.. mi part ves varah reethi maasha allah…thankolheh avahah up kohladhehchey next part..

  25. Livee says:
    July 4, 2018 at 2:15 pm

    Oh wow!!!varah curious next part ah

  26. Twinkle? says:
    July 4, 2018 at 7:49 pm

    Wow… masha allah vvv rythi mi part vs… avahah nxt part up khlahche???❤❤❤

  27. Mal says:
    July 5, 2018 at 10:17 am

    Dhnnnn? mihaaru keevve tha daily koh mi vaahaka up nu vany ???? Haadha varakah wait kureve ey eba?

  28. noor says:
    July 5, 2018 at 3:07 pm

    Salaam my dear readers.. 🙂 furathamaves hurihaa kudhin gaathun noor maafah edhen Nxt episode las vaathyve.. 🙁 ehnve sababu buneladheyn vegen Miulheny ingey.. N hurihaakudhin, miee noor ingey.. Hulhukolhu ge aslu writer.. hehe.. dear mennah olhidhaanethyve mi bunely.. 🙂 noor ge laptop ga kuda massala eh ulheythyve Miulheny adhi up nukohlevigen dhn oiyy episode.. ehnve laptop in ekan nuvegen noor ah mihen comment kollan mi jehuny ves.. 🙁 vrh vrh vrh bodah sorry my dear readers.. Ekam vrh avahah in sha Allah ebai up kohdheveytho noor mi try kurany hama.. 🙂

  29. noor says:
    July 5, 2018 at 5:58 pm

    And, noor thikudhinnah olhidhaanethy vrh bodu vaahaka eh eba bunelan.. hehe.. 🙂 miadhu ebain mi site ga ulhey 2nd noor ge story eh.. aee mi noor eh noon ingey kudhin.. 🙂 noor ge laptop in masahkaiyy kurevunu haa avahakah noor ge name ah Ves konmes change eh gennan mi visnany.. in sha allah.. 🙂 ummeedhu kuran noor ah Nxt episode las vaathyve dear mn hiyy baru nukuraane kamah.. noor Ves vrh beynun vefa mi hury avahah up kollan.. 🙂 Ekam haalathu egothah niyaa nukuryma mifaharu mihen mi v.. Jazakumullah khairan and LY all.. 🙂 <3<3<3<3<3

  30. noor says:
    July 5, 2018 at 8:41 pm

    Al’hamdhulillaah! 36 vana part mirey up kolladheveytho noor try kuraana ingey my dear readers.. 🙂 mihaaru hurihaa problem eh solve vehje.. 🙂

  31. Gud says:
    September 12, 2018 at 3:13 pm

    OMG…????????????????

Comments are closed.

Next Episodeހުޅުކޮޅު 36←


All Right Reserved!