Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 9

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 5, 2018 3 Mins Read
11 Comments

ވެފައި ހުރި ވަރު ބައްޔެއްގެ ބޮޑު ކަމުން އަރްޝާދް ގޮސް ސޯފައިގައި ޖައްސާލިއެވެ. ޓީވީން ދައްކަނީ ކޯއްޗެއްތޯ ބަލާލުމުގެ ނިޔަތުގައި ޓީވީ ހުޅުވާލިއެވެ. އެވަގުތު ޓީވީން ދައްކަމުން ދިޔައީ އިއްޔެގެ މެޗުގެ އުސްއަލިތަކެވެ. އަރްޝާދަށް ޓީވީ ހުޅުވާލެވުނީ އާރާޝް ވެއްޓުނުތަން ދެއްކިި ގަޑިއަށެވެ.

އޮފީހުގެ މަސައްކަތް ހުންނަ ގޮތުން އަރްޝާދަކަށް މެޗެއް ނުބެލުނެވެ. ފަހުން މެޗަށްވީ ގޮތް ބަލަން އޭނަ ހަނދާނެއް ނެތެވެ. އެހެންކަމުން އަރްޝާދަކަށް އާރާޝްއަށް އަނިޔާވިކަމެއް ނޭންގެއެވެ.

ޓީވީ ނިއްވާލުމަށްފަހު އަރްޝާދް ސޯފާއިން ތެދުވެ ގެއިން ބޭރަށް ދިއުމަށް މިސްރާބު ޖެހިއެވެ. އޭރު އޭނާގެ މޫނު މަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. އަފްރީން ސައި ހަދާފައި ގޮވުމުންވެސް އަޅާނުލާ ދިޔައީއެވެ. އަރްޝާދްގެ ރުޅި ވެރި މޫނު ފެނުމުން އަފްރީންއަކަށް އިތުރަށް ގޮވާކަށެއް ނުކެރުނެވެ.

މާނީއާއެކު ހަވީރު ބޭރަށް ދިޔަގޮތަށް އަފްރާގެއަށް އައި އިރުއޮއްސުނު ފަހުންނެވެ. ހިނގާ ހިނގާ އޭޭނާ ހުރީ ވަރުބަލިވެފައެވެ. ގެއަށް ވަންގޮތަށް އެންމެ ފުރަތަމަވެސް އައިސަލަމާރިން ފެން ފުޅި ނަގާ އެއްކޮށް ބޯލިއެވެ. ގޭތެރެ އޮތީ އަނދިރި ކޮށްކަން އޭނާއަށް ރޭކާލީ ދެނެވެ. ހަލުވި ކަމާއެކު ގޮސް ބޮކިތައް ދިއްލާލުމަށްފަހު ކޮޓަރިއަށް ދިޔުމަށްޓަކައި އަފްރާ އެނބުރުނު ވަގުތު ސިއްސައިގެން ދިޔައީ އޭނާގެ ކުރިމަތީގައި މީހަކު ހުރުމުންނެވެ. ކުރިމަތި ހުރި މީހާގެ މޫނު ފެނުމާއެކު އަފްރާގެ ރީތި ބޮޑު ދެލޯ އިތުރަަށް ބޮޑުވިއެވެ. އަރްޝާދްގެ ރުޅި ވެރި މޫނުފެނި ބިރުންގޮސް ތުރުތުރު އަޅަންފެށިއެވެ. އެވަގުތު އޭނާ ހުރީ މޫނު ނާޅާކަންވެސް އަފްރާ ހަނދާން ނެތުނެވެ.

އެތަށް ދުވަހަކަށް ފަހު އަފްރާގެ މޫނު ފެނުމުން އަރްޝާދްގެ ހިތަށް އެނގުންވިއެވެ. އަދިވެސް އެ ރީތި ކަމެވެ. އަފްރާގެ ވަށް ދޮން މޫނުގައި އެންމެ ކޫރުމެއްވެސް ނެތެވެ. އަފްރާއަށް ބަލާލާއިފައި އެއީ އަށާރަ އަހަަރުގެ ބޮޑު ފިރިހިންދަރިއެއްގެ މަންމައެކޭ ނުބުނެވޭނެއެވެ. އަފްރާގެ މޫނު ފެނުމާއެކު އަރްޝާދް އައިސްފައި ހުރި ރުޅި މަތިންވެސް ހަނދާންނެތުނެވެ. އެތަށް އިރެއް ވަންދެން އަފްރާގެ މޫނަށް ބަލަހައްޓާގެން ހުރެވުނެވެ. އަފްރާގެ ހާލަކީ ކޮބާތޯއެވެ؟ އަރްޝާދް އެހާ ގާތުން ފެނުމުން އޭނާގެ ހިތްހީވަނީ މޭފަޅާފަ ނުކުމެދާނެހެއްނެވެ. އަފްރާ ހުރީ ބިރުގެ އިތުރުން ލަދުވެސް ގަނެފައެވެ. އޭނާގެ ކޮލަށް އަރައި ފައިބަމުންދިޔަ ޖަންބު ކުލައިންވެސް އެކަން އެނގެއެވެ.

ދެ މީހުންނަށްވެސް ހަމަބިމަށް އާދެވުނީ އަފްރާގެ އަތުގައި އޮތް ތަޅުދަނޑި ބިއްމައްޗަށް ވެއްޓުމުންނެވެ. އަރްޝާދް އަނެއް ފަރާތައް އެނބުރެލީ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. އަފްރާވެސް އަވަަށް މޫނު ފޮތި ކޮޅު އަޅާލިއެވެ. އަފްރާއަށްވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

އަރްޝާދް އެތަނަށް އައި ސަބަބު ހަނދާންވުމާއެކު އަނެއްކާވެސް މޫނު މައްޗަށް ރުޅިވެރިކަން ވެރިވިއެވެ. ” އަފްރާ ކީއްވެތަ އަހަންނަށް ކަންތައް ސިއްރުކުރަނީ؟ ކީއްވެ އަހަރެންގާތު ނުބުނީ އާރާޝްއަށް އަނިޔާވި ވާހަކަ؟ އަހަންނަށް އެނގުނުް މުހިއްމެއް ނޫންތަ؟” ރުޅިވެރިކަމާއެކު ވާހަކަ ފެށިނަމަވެސް ނިންމާލިއިރު އަރްޝާދްގެ ރާގު ބަދަލުވެގެން ދިޔައެވެ. ” އަހަރެން ނުބުންނަސް ތި އިނގުނީނު އެހެންވީމަ އަހަރެން ބުނުމުގެ ބޭނުމަކީ ކޮބާ؟” ” ވަރިހަމަ ދޯ އެއް ގަރުނު ފަހުން އިނގުނަސް؟ މިއަދުވެސް ޓީވީ ނުހުޅިވިނަމަކަ ނޭންގުނީސް.” ހިތްހަމަ ނުޖެހިފައި ހުރެ އަރްޝާދް ބުންޏެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުން އަރްޝާދް ގެއިން ނުކުންނަށް ދިޔައެވެ. ނަމަވެސް އަނެއްކާވެސް އަނބުރާލާފަ އަފްރާއާ ދިމާއަށް އައެވެ. “އަން މި އޮތީ ގޭގެ ޑަބަލްކީ ވަރަށް ބޮޑަށް ސޮރީ އަފްރާގެ ހުއްދަ ނެތި ގެއަށް ވަދެވުނީމަ” އަފްރާ އަތަށް ތަޅުދަނޑި ދިނުމަށްފަހު އަރްޝާދް ދިޔައެވެ.

އަރްޝާދް އައިސް ގެއަށް ވަންއިރު އަފްރީން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އަރްޝާދް ފެނުމާއެކު އަފްރީންގެ ހިނގުން ހުއްޓުނެވެ. އަފްރީންގެ މޫނު މަތިން ކަންބޮޑުވުން ފެންނަން ހުރުމުން އަރްޝާދް ދެރަވިއެވެ. އޭނާގެ ސަބަބުން އަފްރީން ހިތާމަ ކުރާކަށް އަރްޝާދެއް ނޭދެއެވެ. “ރީން އަހަރެން ވަރަށް ބަނޑުހައި އަސްލު ދެންމެ ކުޑަ ކަމެއް ދިމާވެގެން ދިޔައީ ވަރަށް ބޮޑަށް ސޮރީ ރީންގާތު ނުބުނެ ދެވުނީމަ” އަރްޝާދް އެހާ ލޯބިން ވާހަކަ ދެއްކުމުން އަފްރީންގެ ހިތަށް ހަމަޖެހުންލިބުނެވެ. އޭނައެކޭވެސް އެއްފަދައިން އަރްޝާދްވެސް އެދެމީހުންގެ ގުޅުން ރަނގަޅުކުރަން ބޭނުންވާކަން އަފްރީނަށް އެނގުނެވެ.

ސާދަވިލޭރޭގެ ހަނދު އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ. ތަރިތައް ވެސް އުޑުގައި ފިޔަޖަހަމުން ދިޔައެވެ. ރަސްފަންނުގެ ދޮންވެލިގަނޑު މަތީ އަރްޝާދް އިށީންދެލައިގެން އިން އިރު އޭނާގެ ސިކުނޑީގައި އެތައް ކަމެއް ސިފަވަމުން ދިޔައެވެ.

19 އަހަރު ކުރި…

ލޯންޗުން ފައިބައިގެން އައި ޒުވާނާއަށް ބަނދަރުމަތީގައި ތިބި މީހުންގެ ނަޒަރުވަނީ ހުއްޓިފައެވެ. ކޮންމެ މީހަކުވެސް ޖެހިގެން ހުރި މީހާގެ ކަންފަތް ދޮށުގައި އެ ބީރަށްޓެހި ޒުވާނާއާ ބެހޭ ގޮތުން ކޮންމެވެސް ވާހަކައެއް ދައްކައެވެ.

އެ ޒުވާނާވެސް ބީރަށްޓެހި ގޮތަކަށް ރަށުތެރެއަށް ނާޒަރު ހިންގާލިއެވެ. ލޮލުގައި އަޅާފައި ހުރި އަވިއައިނުން ލޯ ހުރީ ފޮރުވިފައެވެ. އަތު ކުރީގައި އަޅާފައި އޮތް ބޮޑު ގަޑިން އެ ޒުވާނާއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ޒުވާނެއްކަން އެނގެއެވެ. ފަން އިސްތަށިގަނޑު ކޮނޑާހަމައަށް ދިގުކޮށްފައި ހުރިއިރު ތުނބުޅުވަނީ ރީތިވަރަކަށް ބަހައްޓާފައެވެ. ލައިގެން ހުރި މަޑުނޫކުލައިގެ ޓީޝާރޓް ގަޔަށް ހިފާފައި ހުރުމުން އެ ޒުވާނާގެ ކަސްރާތީ ހަށިގަނޑު ހާމަވާންހުއްޓެވެ. ވަގުތަކީ މެންދުރުގެ ވަގުތު ކަމުން ފުދޭވަރަކަށް އަވިގަދައެވެ. ޒުވާނާ އަވިން ސަލާމަތްވުމަށްޓަކައި ކޮނޑުގައި އަޅާފައި އޮތްދަބަހުން ތޮތްޕެއް ނަގައި ބޮލުގައި އަޅާލިއެވެ. ” ކަލޭ ތިވަރުން ކިހިނެއް މިރަށުގަ އުޅޭނީ ކިރިޔާ އަވިކޮޅެއް ޖެހޭއިރަށް މިހާރުވެސް ތި ތޮފި އެޅީވިއްޔާ ހަމަ އައްސެރިބަހާ ސާބަސް.” ” ކަލޭ އަވަހަށް މަ ބަލާ އައި ނަމަކަ ނުޖެހުނީހެއްނު ތޮފި އަޅާކަށް މިހާރު ކޮން އިރެއް ލެފިތާ” އެ ޒުވާނާގެ ފަހަތުން އައިސް ވާހަކަދެއްކި އައްޒާމާ ދިމާއަށް އޭނަ ބުންޏެވެ. އައްޒާމް ހިނިގަނޑެއް ޖަހާލުމަށްފަހު ދެންވެސް އަވަހަށް ދާންހިނގާށެ ބުނެލިއެވެ.

އައްޒާމް ގޮސް ސައިކަލު މަޑު ކޮށްލީ ވަރަށް އާދައިގެ ގެއެށްގެ ކުރިމައްޗަށެވެ. އައްޒާމްގެ ފަހަތުން އެ ޒުވާނާވެސް ގޭތެރެއަށް ވަނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……01

Next

މަހެއްގެ ޙަޔާތް 2

Next
July 5, 2018

މަހެއްގެ ޙަޔާތް 2

Previews
July 5, 2018

“ހިތް” ލޭ ކޮށެވިފައި……01

11 Comments!

  1. shaha says:
    July 5, 2018 at 3:03 pm

    Nice
    Me first

  2. Kiyara says:
    July 5, 2018 at 3:13 pm

    Slm raeders. Enme furathama ves beynumy maafah edhen hurihaa readers ge kibain. Mihaa gina dhuvas kohfa ves ehaa kuru parteh genesdhevunyma. Dhen my aslu suprise part ehvingey. Cover ves badhaluvefanu ehury? Readers ah hyvany cover ga ethiby kon dhekudhinnehhen?
    Ummydhu kurany hurihaa kudhinnah ves mi bai kamudhaane kamah

    1. Hi says:
      July 5, 2018 at 3:58 pm

      Arshaadh and afra dhw eyy

  3. moya meehaa says:
    July 5, 2018 at 6:00 pm

    Arshaadh n afra..

  4. Nunnu says:
    July 5, 2018 at 9:11 pm

    Afraa Ey araash ge mom dho
    Dhen a free Ey kaaku
    Mihaaru olhihje
    Ey ishmaa ge mom tha
    Arshad Ey Arshad gebappadh9
    Kiyaalan mi thankolhu olhu filuvaadheefaanantha
    Vv reethi mi part ves

  5. $@t#!! says:
    July 5, 2018 at 9:19 pm

    Arshaadh n afra hn hyvany…..???

  6. Stry kiyaa man says:
    July 5, 2018 at 10:51 pm

    Masha allah vvv salhi kury part vex.vv furihama mi bai thah vex.keep it up kiyaa.
    ST Man ah heevany afra and arshadh hen .N mi balany kury part eh ga buni gothah e dhemeehun ge gulhun dhaane ey.when next part dear.avahah up kohlahchey.waiting
    -salaam-????

  7. kudakamana says:
    July 6, 2018 at 12:11 am

    Vvv reethi mi vrhaka … Hope v avahah next part up koh laane kamah … Stry v unique…. V ve mi story eh koh kiyaaalaa hiy…gud luck?

  8. Livee says:
    July 6, 2018 at 1:27 pm

    I think afreen akee israa ge mom hen by the way story is osm

  9. Baby girl ❤ says:
    July 6, 2018 at 2:01 pm

    Masha allah..vrh vrh vrh reethi

  10. unique says:
    July 6, 2018 at 3:33 pm

    vv reethi………… bxy koh ulhemunves kiyara vaahaka upkohdheythy thanks n we appreciate ur work dear

Comments are closed.

Next Episodeރާސްތާ 10←


All Right Reserved!