Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 21

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
July 3, 2018 8 Mins Read
35 Comments

ސިހިފައި ފަހަތަށް އެނބުރުނު އިރު ކުރިމަތީގައި ހުރި ޝައުނާ ފެނި އައިލީން މޭގައި އަތް އަޅާލަމުން ހަމަޖެހުމުގެ ނޭވައެއް ލިޔެވެ. ” ހޯނެއް ހެން މިތަނަށް ވަދެ ކީއްވެ ފިލާ ތިހިރީ… ހެހެހެ… ” ހެމުން ހެމުން ޝައުނާ ބުނެލިއެވެ. ޝައުނާ ބުނި އެއްޗަކަށް ފަރުވާލެއްނެތި އައިލީން އެކި ފަރާތް ފަރާތް ހޯދަންފެށިއެވެ. އައިލީންގެ ހަރަކާތްތައް ހުރި ގޮތުން ޝައުނާ ހުރީ ހައިރާންވެފައެވެ. ” އައިލީ… ކިހިނެއް ވީ؟ ކާކުތަ ތި ހޯދަނީ… ހާދަ ހާސްވެފަ ތިހިރީ… ” އައިލީންގެ މޫނު މަތިން ނުތަނަވަސްކަން ފެނި ޝައުނާ ސުވާލުކުރިއެވެ. ” ދި… ދިނާޖު… ” ކައުންޓަރު ކައިރީގައި ހުރި ދިނާޖުއަށް އައިލީން އިނގިލިން އިޝާރާތްކުރިއެވެ. އައިލީން އިޝާރާތް ކުރި ދިމާލަށް ބަަލައިލި ޝައުނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” ދިނާޖު… އޭނަ ރާއްޖެ އައީތަ… މެލޭގަ އުޅޭ ވާހަކަ އަޑުއެހިން… އައިލީ ކާމް ޑައުން… އަހަރެން އެބަ ހުރީމެއްނު އައިލީ ކައިރީގަ… ” އައިލީންގެ އަތުގައި ހިފާލަމުން ޝައުނާ ވާހަކަ ދެއްކިއެވެ. ނަމަވެސް އޭރުވެސް އައިލީންގެ މޫނު މަތިން ހާސްކަމެއް ނުފިލައެވެ. ފައިސާ ދެއްކުމަށްފަހު ދިނާޖު ފިހާރައިން ނިކުތުމުން އައިލީންއަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ” ނަސީބެއްނު އަހަރެން ނުފެނުނު ކަން… ” ކަންބޮޑުވުން އެކުލެވިގެންވީ ރާގެއްގައި އައިލީން ބުނެލިއެވެ. ”އައިލީ… އޭނަ އެ ދިޔައްޔޭ… ދެން ހާސްނުވެ ބަލަ… އެކަން ހަނދާން ނައްތާލަ ބަލަ ޕްލީޒް… އެދުވަހު އޭނަ އެހެން ބުންޏަސް މިހާރު އޭނަ އެކަން ހަނދާން ނައްތާލަ ފާނެ… ވެދާނެ އެއްނު އައިސް ހުރި ރުޅީގައި އެހެން ބުނީކަމަށްވެސް… އެނީވޭސް ދެން އެކަމާ ނުވިސްނާ… އޯކޭ… އާޝި ދައްތަ ހޯދާނެ ކަންނޭނގެ އަހަރެމެން ދެ މީހުން ލަސްވެގެން މިހާރު… ހިނގާ ދާން… ” ޝައުނާ މިހެން ބުނެ ދެމީހުން އެކުގައި ހިނގައިގަތެވެ. ”އޭނަ ފެނުނީމަ އެކަންތައް މަތިން ހަނދާން ވީ… އޭނަ ފެނުނަސް ހިތް ބިރުގަނޭ… ” ތަންކޮޅެއް ދުރުގައި ހުރި އާޝިޔާގެ ގާތަށް ދަމުން އައިލީން ވާހަކަ ދެއްކިއެވެ. ތެދެކެވެ. ދިނާޖުގެ އެންމެ ފެނިލުމަކުންވެސް އޭނައަށް އެ ދުވަސްތައްވެސް ސިފަވެގެން ދިޔައެވެ. ޚާއްސަކޮށް އެރޭގެ ހަނދާންތަކެވެ. އެ ހަނދާން އާވުމާއެކު އޭނަގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދެއެވެ. ”އައިލީ… ދެން ނުވިސްނާ އެކަމާ… އަހަންނަށްވެސް އިނގޭ ފެނުނީމަ އެކަންތައް މަތިން ހަނދާން ވާނެކަން… އޭނައަށް އައިލީ ނުފެނުނީމަ އޯކޭ އެއްނު… އެއީ މާ ކުރީގެ ކަމެއްނު ދޯ… ” ޝައުނާ އައިލީންއަށް ވިސްނައިދެމުން ދިޔައެވެ. އޭނާ މޫނުމަތިން ހާސްވެފައި ހުރި ކަން ނުދައްކާ ވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އެހެނަސް އޭނަގެ ހިތުން ހާސްކަން ފިލާ ގޮތެއް ނުވިއެވެ. ދެ މީހުން ގޮސް އާޝިޔާ އާ އަރައި ހަމަކުރި އިރު އޭނާހުރީ ފޯނެއްގައެވެ. އޭރު އާޝިޔާގެ މޫނު މަތިން ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. އައިލީން އާއި ޝައުނާވެސް ކަންބޮޑުވިއެވެ. އެދެ މީހުންވެސް ހުރީ އާޝިޔާ ފޯނު ކޯލު ނިންމާލާނޭ އިރެއްގެ އިންތިޒާރުގައެވެ. ” ދޮންތަބެ އެ ގުޅީ… ރިފޫ އައިއްސި އޯ ގެއަށް… ދެލޯ ހުރީ ވަރަށް ރަތްވެފަ އޯ… ވަރަށް ރޮއެފަ ހުރީ… ކޮންމެވެސް ކަމެއް ވެއްޖެ އޯ ރިފޫއަށް… ވާހަކަ ދެއްކީމަ ވާހަކަ އެއްވެސް ނުދެއްކި އޯ… އައިގޮތަށް ކޮޓަރިއަަށޯ ވަދުނީ… ވީ އެންމެ އަވަހަކަށް ގެއަށް އަންނަން ބުނީ… ” ފޯނު ކޯލު ނިންމާލުމަށްފަހު އާޝީޔާ އައިލީން އާއި ޝައުނާ އާ ވާހަކަ ދެއްކިއެވެ. ތިން މީހުންވެސް ވީ އެންމެ އަވަހަކަށް ގެއަށް ދިއުމަށް އަވަސްވެގަތެވެ.                                     ބެލްކަނީގެ ރެއިލިންގައި ހިފަހައްޓާލައިގެން އުޑަށް ނަޒަރު ހުއްޓާލައިގެން ހުރި ޔާސިރުގެ ދެލޮލުގައި ކަރުނައިގެ އަސަރުތައް ވެއެވެ. އެކަނިވާ ބައެއް ވަގުތުތަކުގައި އޭނައަށް މާޒީގައި ހިނގާދިޔަ ކަންތައްތައް ދިޔައީ އުނދަގޫކުރަމުންނެވެ. މިހާރު ބައެއް ފަހަރު އެކަން އެގޮތަށް ނުުކުރެވުނުނަމައޭ ހިތަށް އަރާ ފަހަރުވެސް އާދައެވެ. ހަމައެފަދައިން އަނެއްބައި ފަހަރު އޭނަވެސް ވަކި ގޮތް ދޫކުރާކަށް ބޭނުމެއްނުވެއެވެ. އެހެނަސް އޭރުއްސުރެ އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ގިނަ ފަހަރު އޭނައަށް ކަންތައް ކުރެވުނީ ނޫނީ ކުރެވެމުން ދަނީ ރަނގަޅަކަށް ނޫނޭ އޭނަގެ ހިތް ބުނަނީ މަދު ފަހަރަކު ނޫނެވެ. މިކަހަލަ ވިސްނުންތަކެއްގައި ހުއްޓާ އޭނާ ހަމަހޭވެރިކަން ވީ ޖީބުގައި އޮތް އޭނަގެ ފޯނު ރިންގުވި އަޑަށެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އޭނާ ކޮޓަރިއަށް ވަނެވެ. ގުޅީ ގާތް ރަހުމަތްތެރިއެއް ކަމުން ސޯފާގައި ގޮސް އިށީނދެ ހަމަޖެހިލައިގެން ވާހަކަ ދައްކަން އިނެވެ.                            ” ހަލޯ… އައިލީ… ވަރަށް ބޮޑު ކަމެއް ދިމާާވެއްޖެ އަނެއްކާވެސް… ކުރީ ރެއަށްވުރެވެސް ބޮޑު ކަމެއް… ” ލިފްޓަށް އެރިތަނާ އިފާންގެ ފޯނެއް އައުމުން އައލީން ފޯނު ނެގިތަނާ ހާސްވެފައި ހުރެ އިފާން ވާހަކަ ދެއްކިއެވެ. ”ކިހިނެއްވީ އަނެއްކާ… ” އައިލީންވެސް އަވަސް އަވަހަށް ކިހިނެއްވީތޯ އަހާލިއެވެ. އެއާއެކު އިފާން ކަންތައް ހިނގި ގޮތް އަކުރުން އަކުރަށް އައިލީންއަށް ކިޔައިދިނެވެ. ކަންތައްވެފައި އޮތް ގޮތުން ރިފްޝާއަށް ވިސްނައިދެން ވަރަށް އުނދަގޫވާނެކަން އައިލީންއަށް އިނގެއެވެ. އެހެނަސް އޭނާ ރިފްޝާއަށް ވިސްނައިދޭނެކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. އިފާންގެ އަޑުގައިވި ހާސްކަމާއި ކަންބޮޑުވުމުން އޭނަ އެ ހަދަނީ ތެދުކަން ކޮންމެ މީހަކަށްވެސް އެނގިގެން ދާނެއެވެ. އަދި ހަމައެއާއެކު އިފާންގެ ލޮލުން ރިފްޝާއަށްޓަކައިވި ލޯބި ކިތަންމެ ފަހަރަކު އައިލީންއަށް ވަނީ ފެނިފައެވެ. ގެއަށް ވަދުމުގެ ކުރިން އައިލީން ޝައުނާ އާއި އާޝިޔާ ސުވާލުކުރުމުން ވީގޮތް ކިޔައިދިނެވެ. ގެއަށް ވަދެފައި އެންމެ ފުރަތަމަވެސް އައިލީން އާއި ޝައުނާ މިސްރާބު ޖެހީ ކޮޓަރިއަށެވެ. ރިފްޝާއަށް މިވަގުތު އެދެ މީހުންގެ އެހީތެރިކަން ބޭނުންވެއެވެ.                           ކޮޓަރިއަށް ވަދުން އިރު އެނދުމަތީގައި ބަންޑުން ރިފްޝާ އޮތެވެ. އޭރުވެސް އޭނަގެ މަޑު ގިސްލުމުގެ އަޑު ކޮޓަރި ތެރެއިން އިވިއިވި ހުއްޓެވެ. ފިހާރައިން ގަނެގެން ގެނައި އެއްޗިހިތައް ސޯފާގައި ބެހެއްޓުމަށްފަހު ދެމީހުންވެސް ގޮސް ރިފްޝާގެ ގާތު އިށީނެވެ. ” ރިފޫ… ދެން ނުރޮއެ ބަލަ… ޕްލީޒް… ތެދުބަލަ… ރިފޫ… ” އައިލީން ރިފްޝާގެ ބޮލުގައި ލޮއެބާއެކު ފިރުމާލަމުން ވާހަކަ ދެއްކިއެވެ. ޝައުނާވެސް ދެތިން ފަހަރަކު ރިފްޝާގެ ކޮނޑުގައި ހިފާލަމުން ގޮވާލިއެވެ. ”އައިލީ… އައިލީ ފާ… ފާން… ފާން… ” ރިފްޝާ އެނދުން ތެދުވެ އައިލީންގެ ގައިގައި ބައްދާލަމުން ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ރޮވޭވަރުން އޭނައަށް ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ. އެފަދަ ވަގުތެއްގައި އެހެން މީހެއްގެ ފަރާތުން އަޅާލުމާއި އޯގާތެރިކަން ލިބުމުން ކޮންމެ މީހަކަށްވެސް ވާނީ އެކަހަލަ ގޮތެކެވެ. ” ރިފޫ… ޕްލީޒް… ހުއްޓާލަބަލަ ދެން… ރިފޫ ތިހީކުރާ ގޮތަކަށް ނޫނޭ ކަންތައް ވީ… އިޓްސް އަ މިސްއަންޑަސްޓޭންޑިން… ޕްލީޒް ރިފޫ ރިލޭކްސް އެން ލިސެން ޓު މީ… ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއް ނޫނޭ ރިފޫ… ފާން ލޯބި ވަނީ ރިފޫ ދެކެ އޭ… ” ރިފްޝާގެ ލޮލުން އޮހޮރުނު ކަރުނަތައް ލޮއެބާއެކު ފޮހެދެމުން އައިލީން ބެލީ ރިފްޝާއަށް ވިސްނައިދެވޭތޯއެވެ. ” ރިފޫ އަކަށް ނުފެނޭތަ ފާންގެ ލޮލުން ރިފޫއަކަށް ލޮއެބެއް… އެންމެ ފަހަރަކުވެސް އެކްސްޕްލެއިން ކޮށްދެން ފާންއަށް ފުރުސަތެއް ދިނިންތަ… ނުދެމެއްނު… ސޯ ޕްލީޒް… ފާން އާ ވާހަކަ ދައްކަބަލަ… އޭނަ ހުރީ ނުލާހިކު ކަންބޮޑުވެފަ… އެންމެ ފަހަރަކުވެސް ފާން ދައްކާ ވާހަކަ އަޑުއަހާބަލަ… ” ޝައުނާވެސް ބެލީ ރިފްޝާއަށް ވިސްނައިދެވޭތޯއެވެ. ” ތިދެ މީހުންވެސް އިފާން ބުނާ އެއްޗެއް ގަބޫލުކުރަން ދޯ… ކޮންމެ ފަހަރަކުވެސް ކީއްވެތަ އިފާން ބުނާ އެއްޗެއް ގަބޫލުކުރަނީ… އަބަދު އިފާންގެ ސައިޑްގަ… ނޫޅެން ތިދެމީހުން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް… ” ރިފްޝާ މިހެން ބުނެ ބާލިހެއް ނަގައި ކަންފަތުގައި އަޅާއިގެން އޮށޯވެ އޮތެވެ. އައިލީން އާއި ޝައުނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ނޫޅުނެވެ. އޭނަ އޮތީވެސް އެދެ މީހުންނަށް ފުރަގަސްދީގެންނެވެ. އައިލީން އާއި ޝައުނާ ރިފްޝާއަށް ވަގުތު ދެމުން ކޮޓަރިން ނިކުތެވެ. މިވަގުތު ކޮންމެ އެއްޗެކޭ ކިޔަސް ރިފްޝާއަށް ނުވިސްނޭނެތީ އެދެ މީހުންވެސް ދެން އިތުރަށް އެ ވާހަކަ ދައްކާކަށް ނޫޅުނެވެ. ދެ މީހުންވެސް އުއްމީދުކުރަމުން ދިޔައީ ރިފްޝާ ހަމަޖެހިލުމުން އެމީހުން ދެއްކި ވާހަކަ ވިސްނޭނެ ކަމަށެވެ. އެކި ހިޔާލުތަކުގައި އޮއްވާ ރިފްޝާގެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ.                                     ސިޓިން ރޫމަށް ނިކުމެ އެންމެ ފުރަތަމަވެސް އައިލީން އިފާންއަށް ގުޅިއެވެ. އެތައް އިރަކު ޝައުނާ އާއި ދެމީހުން އިފާން އާ ވާހަކަ ދެއްކިއެވެ. ކޮންމެ މީހަކުވެސް އުއްމީދު ކުރަމުން ދިޔައީ ކަންތައްތައް ރަނގަޅު ވާނޭ ކަމަށެވެ. ޔޫހާން އާއި ޔައިޝް ދިޔައީ އިފާންއަށް ހިތްވަރުލައިދެމުންނެވެ.                                         ދެ ދުވަސް ފާއިތުވެ ދިޔައިރުވެސް ރިފްޝާ އާއި އިފާންފެ ދެމެދު ކަންތައްތައް ހައްލުވެގެނެއް ނުދެއެވެ. އެހެނަސް ހިތްވަރު އެލުވާނުލާ އިފާން ރިފްޝާއާ ވާހަަކަ ދެއްކޭތޯ މަސައްކަތްކުރަމުންނެވެ. ނިދަން އޮށޯވެ އޮތް ރިފްޝާގެ ނަޒަރުވަނީ ގާތުގައި އޮތް ފޯނަށް ހުއްޓިފައެވެ. އޭރުވެސް އިފާން ދިޔައީ ރިފްޝާއަށް ގުޅަމުންނެވެ. އެހެނަސް އޭނަ ފޯނު ނަގައި ހިޔާލެއް ނުކުރިއެވެ. ފޯނު އޮތީ ސައިލަންޓަށް ލައިފައިކަމުން އޭނާ ނިދަން ހަމަޖެހިލަމުން ދެ ލޯ މަރާލިއެވެ. އެއާއެކު އިފާންގެ ސޫރަ އޭނައަށް ސިފަވެގެން ދިޔައެވެ. ހިތް އެދި ގޮވަމުން ދިޔައީ އިފާން އާ ވާހަކަ ދެއްކުމަށެވެ. އެހެނަސް އޭނަގެ ސިކުނޑި ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އައިލީން މެންވެސް މިހާރު އިފާންގެ އެއްވެސް ވާހަކައެއް ރިފްޝާ ގާތަކު ނުދައްކައެވެ. އެމީހުން އިފާންގެ ވާހަކަ ފަށާއިރަށް ރިފްޝާ އެތަނަކުން ދެއެވެ. ރިފްޝާ އަމިއްލައަށް ވިސްނޭނެ އިރަކަށް އެންމެންވެސް ދިޔައީ އިންތިޒާރު ކުރަމުންނެވެ. ބައެއް ފަހަރު އައިލީން އެ ދެއްކީ ތެދު ވާހަކަ އެކޭވެސް ރިފްޝާގެ ހިރަށް އަރައެވެ. ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތަށް ނުވެދާނެއެވެ. ޝައުނާ ބުނި ހެން އިފާންގެ ލޮލުން އޭނައަށް ލޯބި ފެނުނެވެ. އެކަމަކު އިފާންގެ އަމަލުތައް ގިނަ ފަހަރު ހުންނަނީ އިދިކޮޅަށެވެ. އެފަދަ ހިޔާލުތަކެއްގައި އޮއްވާ ރިފްޝާ ނިދީގެ ފުން ކަނޑަށް ގެނބިގެންދިޔައެވެ.                                   ނިދިފައި އޮތް ރިފްޝާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑަށެވެ. ތެދުވެ ބަލައިލިއިރު މުޅި ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. އެ އަނދިރި ކަމުގައި ގުޑިލަންވެސް ނުކެރިފައި އޭނަ ފަސްވަރަކަށް މިނިޓު އިނެވެ. އެހެން އިން އިރު ދެތިން ފަހަރަކު އައިލީންއަށާއި ޝައުނާއަށްވެސް ގޮވާލިއެވެ. އެހެނަސް އެދެ މީހުންގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. ކައިރީގައި އޮތް ފޯނު ނަގައި އޭގެއިން އަލިކޮށްލިއެވެ. ކޮޓަރި ތެރެއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ހަމަޖެހުމުގެ ފުން ނޭވައެއް ލުމަށްފަހު އެނދުން ތެދުވި ރިފްޝާ އަނެއްކާވެސް ހާސްވީ އެނދުގައި އައިލީން އާއި ޝައުނާ ނެތުމުންނެވެ. އޭނަގެ އެނދާ ދާދި ގާތުގައި ހުރި ސިންގަލް ދެ އެނދަށް ނަޒަރު ހުއްޓާލައިގެން އޭނައަށް އިރުކޮޅަކު ހުރެވުނެވެ. ގަންފައި ހުރި ބިރެއްގެ ސަބަބުން ކުރިން އޭނަގެ ލޮލުގައި އަޅާއިނުގަތީއެވެ. ފޯނުން އަލި ކުރަމުން ގޮސް އޭނާ މަޑުމަޑުން ކޮޓަރިން ނިކުތެވެ. ގޭތެރޭގައިވެސް ވަނީ ކަނު އަނދިރިކަމެވެ. ރިފްޝާ ހުރީ ބިރުން ވިރިވިރިއެވެ. ” ހެޕީ ބާތްޑޭ… ” އައިލީންއަށް ފޯނުން ގުޅަން އުޅުނު ރިފްޝާ ސިހުނީ ކުއްލިއަކަށް މުޅި ސިޓިން ރޫމު އަލިވެގެން ދިޔުމާއެކު އެންމެން އެއްފަހަރާ އޭނައަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމުންނެވެ. އޭރު ގަޑިން ބާރަ ގަޑި ދިހައެއް ހިނގަނީއެވެ. ލިބުނު ހައިރާންކަމުގައި ރިފްޝާއަށް ދެ ލޯ ބޮޑުކޮށްލައިގެން ހުރެވުނެވެ. އެހެން ހުރުމަށްފަހު އޭނާ ސިޓިންރޫމަށް ނަޒަރެއް ދިނެވެ. އެކި ކުލަ ކުލައިގެ ހަންތަކުން ވަނީ މުޅި ސިޓިންރޫމު ޒީނަތްތެރިކޮށްފައެވެ. ފާރުގައި ބޮޑު އަކުރުން ހެޕީ ބާތްޑޭ ރިފޫ ލިޔެފައިވެެއެވެ. ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީގައި ޗޮލްކެޓު ކޭކެއް ބަހައްޓާފައިވެއެވެ. ރިފްޝާ ފަހަރަކު މީހަކަށް ޝުކުރުވެރި ނަޒަރަކުން ބަލާލިއެވެ. ” ވިޝް ޔޫ އަ ވެރީ ހެޕީ ބާތްޑޭ ރިފޫ… ” އައިލީން އާއި ޝައުނާ އައިސް ރިފްޝާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އަދި ދެމީހުންވެސް އެމީހަކު ޕާރުސަލްކޮށްފައިވި ހަދިޔާ ރިފްޝާއަށް ދިނެވެ. ”ތެންކް ޔޫ ސޯ މަޗް… ” ހަދިޔާގައި ހިފުމަށްފަހު ސޯފާގައި އެ ބޭއްދުމަށްފަހު އައިލީން އާއި ޝައުނާގެ ގައިގައި ބައްދާލަމުން ރިފްޝާ ޝުކުރު އަދާކުރިއެވެ. އާޝިޔާގެ އިތުރުން އާޒިފްވެސް އައިސް ރިފްޝާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. އެދެ މީހުންގެ ފަރާތުންވެސް ރިފްޝާއަށް ޚާއްސަ ހަދިޔާއެއް ދިނެވެ. ޒައުލްވެސް އައިސް އޭނަގެ އަތުގައި އޮތް ކުޑަ ޕާރުސަލް ރިފްޝާއަށް ދިއްކޮށްލަމުުން އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. ” ތެންކް ޔޫ ސޯ މަޗް ޒައުލް… ” ޒައުލްގެ ކޮލުގައި ލޮއެބާއެކު ހިފާލަމުން ރިފްޝާ ބުންޏެވެ. ” ދެން އުޅެބަ ކޭކު ފަޅަން… މިހާރު ކޭކު ކާހިތުން ހުރެވެނީ އެއްވެސް ނޫން… ހެހެހެ… ” ޝައުނާ ހެވިފައިހުރެ އެހެން ބުނުމުން އެންމެންވެސް އެކަމަށް ތާއީދުކޮށް ރިފްޝާގެ ގާތު ކޭކު ފެޅުމަށް ބުންޏެވެ. ރިފްޝާ ހިނިތުންވެލަމުން ކޭކު ފަޅަން އުޅުނު ތަނާ އޭނައަށް ފޯނެއް އައެވެ. ގުޅަނީ ދޮންތަކަމުން އަވަސް އަވަހަށް ފޯނު ނެގިއެވެ. ރިޝްފާވެސް އެންމެ ފުރަތަމަވެސް ލޯބިވާ ކޮއްކޮއަށް އުފަންދުވަހުގެ މަރުހަބާ ކިޔެވެ. މަންމަ އާއި ދޮންތަ އަދި ދޮންތަބެ އާވެސް ވާހަކަ ދައްކާލުމަށްފަހު ރިފްޝާ ފޯނު ބޭއްވިއެވެ. އަދި ކޭކުފެޅުމަށް އަވަސްވެގަތެވެ. ކޭކު ފެޅުމަށްފަހު ރިފްޝާ އޭނަގެ އަތުން ކޮންމެ މީހަކަށްވެސް ކޭކު ކޮޅެއް ލެވިއެވެ. ހަމަ އެގޮތަށް އެހެން މީހުންވެސް ކަންތައްކުރިއެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެންމެންވެސް ނިދަން ކޮޓަރިއަށް ވަނެވެ. ނިދަން އޮށޯތުމަށްފަހު ރިފްޝާ ވައިފައި އޮންކޮށްލި ތަނާ ފުލުފުލުގައި މެސެޖުތައް އަންނަންފެށިއެވެ. އޭނަގެ ރައްޓެހި ކުދިންވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔައި މެސެޖު ފޮނުވާފައެވެ. އޭގެތެރޭގައި ޔޫހާން އާއި ޔައިޝްގެ އިތުރުން އިފާންވެސް މެސެޖުކޮށްފައި ވެއެވެ. އިފާން ފިޔަވައި އެހެން ކުދިންނަށް ރިޕްލައި ކޮށްލުމަށްފަހު ރިފްޝާ ވައިފައި އޮފްކޮށްލިއެވެ. އަދި ނިދަން ލޯމަރާލިއެވެ.                                       އެނދުގައި އޮތް އިފާންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. މެސެޖު ބެލުމަށްފަހު މިފަހަރުވެސް ރިފްޝާ ރިޕްލައި ނުުކުރުމުން އިފާންގެ ހިތަށް އަސަރުކުރިއެވެ. އެހެނަސް އޭނަ ހިތްވަރު އެލުވައެއް ނުލާނެއެވެ. އެދެމެދުގައިވި ދުރުކަން އޭނަ ކޮންމެ ގޮތެއް ހަދާފައިވެސް ނައްތާލާނެއެވެ.                            އާ ދުވަހަކަށް އިރުއެރި އިރު މާލޭގެ މަގުމަތިވަނީ ހަލަބޮލިވެފައެވެ. އައިލީން އާއ ރިފްޝާ ސުކޫލަށް ދާން ތައްޔާރުވަމުން ދިޔައިރު ޝައުނާވެސް ދިޔައީ އޮފީހަށް ދާން ތައްޔާރުވަމުންނެވެ. ތިން ކުދިންވެސް ތައްޔާރުވެގެން އަވަހަށް އެކުއްޖެއްގެ މަންޒިލަށް ވާސިލްވެވޭތޯ ދަތުރުފެށިއެވެ.                                 އޮފީހުގައި އިން ޝައުނާ އިނީ ކޮންމެެވެސް އެއްޗެއް ޓައިޕްކުރާށެވެ. މިއަދު މާ މަސައްކަތް ގިނަކަމުން އޭނާ އިނީ ސައިބޯންވެސް ނުގޮހެވެ. ބަނޑުހައިހޫނުކަންވެސް ދިޔައީ އިންތިހާއަށް އިހުސާސްވަމުންނެވެ. އެހެންނަމަވެސް އޭނަ ބެލީ މަސައްކަތައިގެން ކުރިއަށް ދެވޭތޯއެވެ. މަސައްކަތުގައި އިންދާ ފޯނެއްް އައުމުން އޭނާ ކާކުތޯ ވެސް ބަލާނުލާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. ” ހިނގާބަލަ ލަންޗަށް ދާން މަށާއެކު… މަގޭ ޚަރަދުގަ… ހެހެހެ… ނޫނެކޭ ނުބުނާތި… ޕްލީޒް… ” ފޯނު ނެގުމާއެކު ޔައިޝް ވާހަކަދެއްކިއެވެ. މާ ބޮޑަށް ބަނޑުހައިވެފައި ހުރުމުން ޝައުނާ އެއްބަސްވިއެވެ. ބަލައި އެބަ ދަންކަމަށް ބުނެ ޔައިޝް ފޯނު ކަނޑާލިއެވެ. ޝައުނާ ކުރަން އިން މަސައްކަތް އެހިސާބުން މެދުކަނޑާލުމަށްފަހު ޔައިޝް އަންނަން ވާއިރަށް އޮފީހުން ނިކުތެވެ. މާގިނަ ވަގުތު އިންތިޒާރުކުރާކަށް ޝައުނާއަކަށް ނުޖެހުނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޅި ކުލައިގެ ސައިކަލެއްގައި ޔައިޝް އައިސް މަޑުކޮށްލިއެވެ. ޔައިޝް އައުމުން ޝައުނާ ސައިކަލު ފަހަތަށް އެރިއެވެ. ޝައުނާ ސައިކަލަށް އެރުމާއެކު ޔައިޝް ރެސްޓޯރެންޓަކަށް ދިޔުމަށް މިސްރާބުޖެހިއެވެ.                                       ކޮންޕެނީގެ ކެންޓީނުގައި ތިބި ނައުރީންއާއި ދިނާޖު ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. ދެ މީހުންވެސް މިއަދު އަދި އެދިމާވީ އަަށެވެ. ދެމީހުންނަކީވެސް މޮޑެލްކުރާ ދެ ޒުވާނުންނެވެ. ނައުރީންއަކީ މިހާރު އެ ކޮމްޕެނީގެ ހެޑް މޮޑެލްއެވެ. އެކަކު އަނެކަކު ދަނެ އެކުވެރިކަން އުފެދުމުން މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރަން ފަސޭހަ ވާނެތީ ދެމީހުންވެސް ދިޔައީ އެދެމެދުގައިވި ދުރުކަން ފިލުވާލަން މަސައްކަތްކުރަމުންނެވެ. މެންދުރުގެ ކެއުން ކެންޓީނުން ނިންމާލި އިރު ދެމީހުންވެސް އެކުވެރިވެއްޖެއެވެ.                                           ޔައިޝްގެ ފަހަތުން ގޮސް ހުސް ގޮނޑިއެއްގައި ޝައުނާ އިށީނެވެ. ގިނަ ބައެއްގެ ނަޒަރު ވަނީ އެދެ މީހުނަށް ހުއްޓިފައެވެ. އެމީހުން އަިސް އިށީނުމާއެކުހެން ވެއިޓަރެއް އޯޑަރު ނަގަން އައެވެ. ދެ މީހުންވެސް ފްރެޝް އޮރެންޖު ޖޫހަކަށާއި ފްރައިޑް ރައިސްއަކަށް އޯޑަރުކުރިއެވެ. އަދި ކައި ނިންމާފަ އައިސްކްރީމް ކާން ބޭނުންކަމުގައި ޝައުނާާ ބުނުމުން ޔައިޝް ހިނިތުންވެލަމުން އައިސް ކްރީމްއަށްވެސް އޯޑާކުރިއެވެ. އެއްޗެހި ގެނައުމުން އެކި ވާހަކަތަކުގައި ތިބެ ކެއުމައިގެން ކުރިއަށް ދިޔައެވެ. އެހެން ތިބި އިރު ރިފްޝާ އާއި އިފާންގެ ވާހަކަވެސް އެދެ މީހުން ފުދޭވަރަކަށް ދެއްކިއެވެ. ” ދެން ފާންމެންގެ ވާހަކަ ބާއްވާފަ ބުނެބަލަ.. ޝައު ނޫޅެންތަ މޫވް އޮން ކުރާކަށް… ތި ހަޔާތަށް އިތުރު ފަރާތެއް ގެންނާކަށް ނުވިސްނަންތަ… ” އައިސްކްރީމް ކާން އިން ޝައުނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ޔައިޝް ކުރި ސުވާލަކުންނެވެ. އޭނާ އިސްއުފުލާލަމުން ޔައިޝްއަށް ބަލައިލި ވަގުތު ޔައިޝްވެސް އިނީ އޭނައަށް ނަޒަރުހުއްޓާއިލައިގެންނެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ދެ ހިތުގެ ހިނގުން އިހުނަށްވުރެ ބާރުވިއެވެ. ޝައުނާ އަށް އޭނަގެ އަތް ފައި ފިނިވި ކަމުގެ އިހުސާސް ކުރެވިގެންދިޔައެވެ. ” އަހަންނަށް ތި ހަޔާތުން ފުރުސަތެއް ދޭކަށް ނުވިސްނަންތަ… އަހަރެން އަދިވެސް މިހިރީ ޝައުގެ އިންތިޒާރުގަ… ތި ލޯބީގެ އިންތިޒާރުގަ… ” ޝައުނާ އެއްޗެކޭ ނުބުނުމުން ހަތަރު ކަޅި ހަމަކޮށްލައިގެން އިނދެ ޔައިޝް މިފަހަރުވެސް ވާހަކަ ދެއްކިއެވެ. އެހިނދު ޝައުނާގެ ހިތް ހީވީ ނިކުމެދާނެ ހެންނެވެ. ހިތް އެދި ގޮވަމުން ދިޔައީ ޔައިޝްއަށް އެ ފުރުސަތު ދިނުމަށެވެ. އެހެނަސް އޭނަގެ ސިކުނޑި ދަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ. ހިތާއި ސިކުނޑިއާ ދެމެދު ހިނގަމުންދާ ބަހުސްއިން ޝައުނާގެ ނިންމުން އަންނާނީ ކިހިނެއްބާއެވެ. ޔައިޝް އިންތިޒާރުކުރަމުން ދިޔައީ ޝައުނާގެ ފަރާތުން ޖަވާބެއް ލިބޭނެ އިރަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހުޅުކޮޅު 35

Next

ދީވާނަ ވެދަނިއްޔޭ…1

Next
July 4, 2018

ދީވާނަ ވެދަނިއްޔޭ…1

Previews
July 3, 2018

ހުޅުކޮޅު 35

35 Comments!

  1. Medow says:
    July 3, 2018 at 6:23 pm

    Yey. Me first

    1. Ifoo ifoo says:
      July 5, 2018 at 7:45 pm

      Congrats Medow ???…

  2. unique says:
    July 3, 2018 at 6:23 pm

    ifoo missed it

    1. Ifoo ifoo says:
      July 5, 2018 at 7:46 pm

      Awwww ???… I’m so happy to know that unique dear ❤️❤️❤️???…

  3. Philomena says:
    July 3, 2018 at 6:36 pm

    Nxt me dhw

    1. Ifoo ifoo says:
      July 5, 2018 at 7:49 pm

      Philomena mifaharu 3rd ???…

  4. Inoo says:
    July 3, 2018 at 6:39 pm

    Mi part vx varah reethi ? waiting for the next part…❤️❤️

    1. Ifoo ifoo says:
      July 5, 2018 at 7:51 pm

      Awwwwn ❤️❤️❤️???… Thankyou so much Inoo dear ???… It means a lot for me ???… Next part now ifoo submit kohlaifinn… Keep waiting… ???

  5. Ifoo ifoo says:
    July 3, 2018 at 6:40 pm

    Salaam dear readers ❤️❤️❤️???????????????… Here is the 21st part ???… Hope all will like this part too ???… Ifoo v avas kohlaafa mi up kohly so mistakes huredhaane… If there is any mistakes please point out for me so that I can improve ???… Love you all my readers ❤️❤️❤️????????????…

  6. Philomena says:
    July 3, 2018 at 6:47 pm

    Mi part vx vvvv reethi. Curious for next part. ♥️♥️???

    1. Ifoo ifoo says:
      July 5, 2018 at 7:53 pm

      Awwwwn ❤️❤️❤️???… Thankyou so much dear ??????… V v v ufaavehje ???… Ifoo now next part submit kohlaifinn… Keep waiting ???… Btw alah dhw thi comment kohly ifoo ge story ah ???

  7. Shery says:
    July 3, 2018 at 7:05 pm

    Kiyaahithun indhaa nimunee 22nd part dhigu kohlahchey

    1. Ifoo ifoo says:
      July 5, 2018 at 8:26 pm

      Thankyou so much Shery ???❤️❤️❤️… V v v ufaavehje mi part gavx comment kohleema ???… Now ifoo next part submit kohlaifinn… N e part dhiguvaane mi part ah vure ???.. Keep waiting dear ???…

  8. Livy says:
    July 3, 2018 at 8:13 pm

    Ifoooo! Varah varah reethi.. Bunaane ehcheh ves neii ?❤❤ mi dhinaaj mee kaaku tha anekkaa.. Naureen ves yoon dheke like vany dhw.. Ifoo yoon menah ehaa dhera gotheh nahadhahchey ? hehe.. Alhe faan komme faharaku kihineh tha mi hadhany.. Rifoo ves goi dhoo koffa adu ahaanama ehnu dhww.. ? mi part iny thankolheh dhigu kohlaafa dhw ?❤??? thank you so muchhh ifoo ???? next part ves avahah genesdhehchey.. Very excited ?❤? much love ????????

    1. Ifoo ifoo says:
      July 5, 2018 at 8:37 pm

      Awwwwnn ❤️❤️❤️??????… Livy ❤️❤️❤️… Ifoo vx mi iny mi comment kiyaalaafa bunaane ehcheh vx neyngifa ???… Heheh… Asluvx v v v v ufaavehje ??????… Thankyou so much dear ifoo ah thidhey support ah ❤️❤️❤️??????… Livy akee ifoo ah feshuneehsurevx support dhemun annan kuhjeh ge gothuga hama faahaga kohlevey ???… U are one of the best reader that I got ??????❤️❤️❤️… V v ufaavehje livy ah mi part vx reethi v ma ???… N dhinaaj dhw… Aee kaaku kan vx ingeyne kuriah dhaa varakun… N naureen like vany Yoon dheke kamah vunvx ekasheegen vey… N yoon menah vaa gotheh dhw… Balamaa hingaa kihineh thr vany dhw ???… Rifoo aslu v goi dhoonukaane… Hehe… Yahh… Mi part dhiguvaane… Next part adhi miahvure vx dhigu vaane ???… Now ifoo next part submit kohlaifinn… Keep waiting dear ???… So happy to know that u are excited ???… Much more loves from me and thankyou once again dear ❤️❤️❤️?????????…

  9. Airah says:
    July 3, 2018 at 8:28 pm

    vv reethi Ifoo Next part thankolhea dhigu kolhachey.Waiting for the Next part.

    1. Ifoo ifoo says:
      July 5, 2018 at 8:44 pm

      Thankyou so much Airah ❤️❤️❤️??????… V v v ufaavehje ???… Next part dhigukohlaafa innaanee ???… Ifoo next part submit kohlaifinn… Keep waiting dear ???… V ufaavey mihaaru knme part akun vx comment fennaathy n I like the name ???…

  10. Afaa says:
    July 3, 2018 at 8:38 pm

    Masha Allah. ❤??Vv reethi. ??❤ Kb tha yoohan r Aileen ge habaraki.? And first part ga ulhun lishan. Waiting for the next part?

    1. Ifoo ifoo says:
      July 5, 2018 at 8:59 pm

      Thankyou so much Afaa ❤️❤️❤️??????.. V v ufaavehje comment kohlaathy ???… Aileen n Yoohaan ge habareh next part inn ingeyne n lishaange vx ???… Ifoo next part submit kohlaifinn… Keep waiting dear ???…

  11. Aesh says:
    July 3, 2018 at 8:41 pm

    Alley… Maa sha Allah.. Vrh Vrh Vrh reethi mi part ves.. Ifoo haadha molhey, maa sha Allah.. Hama konme faharaku ehaa curious kollaafa thi nimmaalany.. ☺️?

    1. Ifoo ifoo says:
      July 5, 2018 at 9:15 pm

      Hehhe ???… Thankyou so much Aesh ❤️❤️❤️??????… Dhuvaskolheh fahun dhw Aesh ge commenteh mi fenuny ???… V v v ufaavehje ???…

  12. Naju says:
    July 3, 2018 at 9:00 pm

    Masha Allah v rythi mi partvx.. Haadha molhey dhw ifoo mihaaru ????

    1. Ifoo ifoo says:
      July 5, 2018 at 9:16 pm

      Thankyou so much Naju ❤️❤️❤️??????… V v v ufaavehje as usual ???…

  13. Mate says:
    July 3, 2018 at 9:47 pm

    Haadha ginadhuvas kohlaafaey thi up kohdhiny……missed this story….vrh reethi…..

    1. Ifoo ifoo says:
      July 5, 2018 at 9:24 pm

      Thankyou so much Mate ❤️❤️❤️??????… Alhey mate ehaa gina dhuvaheh nuvey henn heevany… After 3 days mi part mi up kohly ???… Mate ge commenteh nufennathaa dhuvaskolheh vehje dhw… V v v ufaavehje comment kohleema ???…

  14. Nunnu says:
    July 3, 2018 at 9:50 pm

    Thank you ifoo up kolladhineema
    Story hama awesome
    Alhey naureen and dhinaaj gulhehjiyyaa sakaraai dho
    Dhinaaj inzaar dhinee Aily ah
    naureen loabi vanee yuhaan dheke hen heevanee
    So e dhemeehun kameh kohfaane thee biruganey
    Naureen ah visneyne kamah ummeedh kuran
    Hehe
    Dhen ifaan men ge vaahaka dhah kaane kameh ves nei
    I hate that masha
    Eynaaves rifoo ah kameh nukohfiyyaa vedhaane
    When next part

    1. Ifoo ifoo says:
      July 5, 2018 at 9:27 pm

      Thankyou so much Nunnu ❤️❤️❤️??????… V v v ufaavehje ???… Nunnu ge guessess hama ragalhu vedhaane… Let’s see dhw vaagotheh ???… Next part now submit kohlaifinn ???… Keep waiting dear ???… Nunnu akee vx ifoo ge one of the best reader ey buneveynee ???❤️❤️❤️…

  15. Mal says:
    July 4, 2018 at 1:11 am

    Wow ifooo… It’s beautiful…. Vvvvvv reethi .. masha ahllah…. Next part avahah up kohdhehchey… Ly ifooo

    1. Ifoo ifoo says:
      July 5, 2018 at 9:41 pm

      Mal ❤️❤️❤️??????… Thankyou so much dear ???… It really means a lot ???… V v v ufaavehje ???… Now next part submit kohlaifinn… Keep waiting dear ???…

  16. Malee says:
    July 4, 2018 at 4:16 pm

    Woww vrh reethi??? aneh part kiyan beynun??

    1. Ifoo ifoo says:
      July 5, 2018 at 9:54 pm

      Thankyou so much Malee ???❤️❤️❤️???… V v v ufaavehje Malee ah mi part reethi v ma ???… Now next part submit kohlaifinn… Keep waiting dear

  17. Livee says:
    July 4, 2018 at 4:43 pm

    Aan dho nunnu thibuny rangalhah masha rifoo ah kameh nukohfiyya rangalhu
    Curiously waiting for next part

    1. Ifoo ifoo says:
      July 5, 2018 at 9:55 pm

      Thankyou so much Livee ❤️❤️❤️???… Now ifoo next part submit kohlaifinn… Keep waiting dear ???…

  18. unique says:
    July 4, 2018 at 11:13 pm

    vv reethi mi partves hope to see next part soon

    1. Ifoo ifoo says:
      July 5, 2018 at 9:58 pm

      Thankyou so much unique dear ❤️❤️❤️??????… It means a lot ???… Now ifoo next part submit kohlaifinn ???…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 22←


All Right Reserved!