Skip to content
އެސްފިޔަ

އިންތިހާއަށް ލޯބިދީފާ. . [5]

އޭގެ ދެތިންމަސް ފަހެވެ. އަހަރެންގެ އުޅުމަށް އެދެވޭ ބަދަލެއް ނައިސް ފިލާވަޅު ނަހަދާ ސްކޫލަށް އައުމާއި ލިބޭ އެއްވެސް ޓެސްޓަކުން ފާސް ނުވުމާއި ސްކޫލް ތެރޭގައިވެސް ސިނގިރޭޓް ބޯކަމަށް ރިޕޯޓް ކުރެވޭތީއާއިއެކު އަހަރެން ސްކޫލުން ވަކިކުރެވިއްޖެއެވެ. ނަމަވެސް އެކަން ގޭ އެކަކަށްވެސް ނޭނގޭނެއެވެ. އެދުވަހު އަހަރެން ވަރށް ދެރަވިއެވެ. އެންމެ ދެރަވީ މަންމައަށް އެހަބަރު ލިބުމުން މަންމަ އަށް ވާނެ ގޮތަކާއިމެދު ވިސްނާފައެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެކެވެ. އަހަރެންނަކަށް އެރެޔަކު ނުނިދުނެވެ. ހީކަރުވާ ވަރުން މުޅިމީހާ ތުރުތުރު އަޅައެވެ. ބޮލުގައި ރިއްސާވަރުން ހީވަނީ ބޯފަޅާލާފައި އެއްޗެއް ނިކުންނަން އުޅޭ ހެންނެވެ. ގައިގެ އެތަންމިތަނަށް ތަދުވާވަރުން ފަރާތް ފަރާތައް ފުރޮޅިލަ ފުރޮޅިލާ އޮވެވުނީއެވެ. ލޮލުގައި ރިއްސާވަރުން ލޯހުޅުވާލާކަށް ނުކެރެއެވެ. އިރުގެ އައްޔަކީ އަހަރެންގެ ލޮލަށް ހުރިވޭނަކަށް ވަނީވެފައެވެ. ނޭފަތުން ފެން އައިސް ގައިގެ އެތަންމިތަން ހިރުވަނީއެވެ. އެގަޑީގައި ދައްތަ އުޅޭނީ ކޮޓަރީގައި ކަމުން އަހަރެން ގޭ ގޯތިތެރެއަށް ނިކުތީ ހިއްވަރު ކޮށްލާފައި ވެސް ސިނގިރޭޓެއް ބޯލާށެވެ. އޭގެން އަހަރެންނަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ.

           ސިނގިރެޓް ރޯކޮށްލައިގެން އަހަރެން އުނަގަނޑަށް ދޫވެފައިވާ ޖިންސުގައި ހިފަހައްޓާލައިގެން ހުރެ ހަށިފުރާ ދުން އެނތެރެކުރަމުން ދިޔައީމެވެ. ކުއްލިޔަކަށް ދޮރުހުޅުވުނު އަޑަށް އަހަރެން ތެޅިގަނެފައި ސިނގިރޭޓް ފުރަގަހަށްލައި ފޮރުވަމުން އަނގައިގެ ތެރޭގައި ހުރި ދުންތައް ބޭރުކޮށްލައި އަތުން ވައިގެތެރެއަށް ބުރުވާލީމެވެ. އެހުރިހާ މަންޒަރެއް ބަލަން ކަޅިހުއްޓިފައި ދޮރުކުރިމަތީގައި ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ހުރި އަހަރެންގެ މަންމަ ފެނުނީ ދެނެވެ. ވަގުތުން އަހަރެން ސިނގިރޭޓް ފުރަގަހަށް ވައްޓާލައި ފައިން އަރާ ނިވާލީމެވެ.

           “ދަރިފުޅާ. . އަކްޔަން. . ” އަހަރެންގެ ހާވާލެވިފައި ވާ ބޮލާއި، އަނގުރު އަލިފާން ކަހަލަ ލޮލާއި، ކަށިއަޅާފައި ވާ ހަށިގަނޑުފެނި އެމައިމީހާގެ ލަގޮނޑި ފަޅައިގެން ގޮސްފައިވާ ކަހަލައެވެ. މަޑުމަޑުން އަނގަމަތީގައި އަތް އަޅައިގެން އަހަރެންނާއި ގާތް ވަމުން އައިއިރު މަންމަގެ ލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުންދިޔަ ކަރުނަތައް ކޯތާފަތްމަތިގައި ބޮސްދީފައި ދަތްދޮޅިން ފައިބަމުން ދިޔައެވެ. އެމަންމަ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނުއިރު އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެމަންމައާއި ހަތަރުކަޅި ހަމަކޮށްލުމަކީ މިޔަދު އަހަރެންނަށް ވާނެކަމެއްނޫނެވެ. މަންމައަށް ކޮށްފައިވާ އަސަރު ފެނުމުން އަހަރެންގެ ހިތަށްވެސް އަސަރުކުރިއެވެ. އެވަގުތު އަހަރެންގެ ކަންކަށިމަތިން ދިލަނަގައިގެންދިޔައީ މަންމަގެ އަތްތިލައިން ވީއްލާލި އެތިފަހަރުންނެވެ. އަހަރެންގެ ކުރިމަތީގައި  ބަލަހައްޓައިގެން ހުރެ ގިސްލަގިސްލާފައި ރޮމުން ދިޔައިރު އެމަންމަގެ ހިތްފަޅައަގެން ގޮސްފައިވާ ކަހަލައެވެ.

        “މަންމާ. . ދެން،. . ހުއްޓާލަބަލަ. . ” މަންމައަށް ކޮށްފައިވާ އަސަރު ފެނިފައި އަހަރެންނަށް ނުހުރެވިގެން މަންމަ ހަމަޔަކަށް އެޅުވޭތޯ އުޅުނީމެވެ.

        “ޚަބަރުދާރު! މަށަށް މަންމާއޭ ނުކިޔާތި. . !” ކޮށްފައިވާ އަސަރުންނާއި އައިސްފައިވާ ރުޅިން މަންމަގެ ގައިގައި ތުރުތުރު އަޅަމުން ދިޔައެވެ. “ތީތަ ބޮޑުއަގުދީފަ މާލެއަށް ގެނެސް ކިޔަވަން ބެހެއްޓީމަ އުޅެން އެނގުނު ގޮތަކީ. . ؟؟” އެހެން ބުނެފައި ރޮމުން ރޮމުން ގޭތެރެއަށް ވަދެ ސިޓިންރޫމުގެ ގޮނޑިއެއްގައި އިށީނދެ ރޮމުން ދިޔައެވެ. އަހަރެން އައިސް މަންމަގެ ކައިރީގައި އިށީނީމެވެ.ހަދަންވީ ގޮތެއްނޭނގިފައެވެ.

         “ދާން އުޅޭ މަގޭ ކުރިމަތިން. . ” މަންމަގެ ފަޅައިގެންގޮސްފައިވާ ހިތުން ވޭނާއެކު އަޑު ނިކުތެވެ. ނަމަވެސް އެހިތުގައި އަޅަމުން ދިޔަ ވޭނެއް އެދުވަހު އަހަރެންނަކަށް އިޙްސާސެއް ނުކުރެވުނެވެ. އެއަށްވުރެ އަހަރެންގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭން މާބޮޑެވެ. އެމަންމަޔާއި ދޭތެރޭ ވިސްނާކަށް އަހަރެންގެ ސިކުނޑިއަކަށް ވަގުތެއް ނުވިއެވެ. އަހަރެންގެ އެންމެފުރަތަކަ ކަމަކަށްވީ ހުއްޓުމަކަށް އައިސްފައި ވާ ސިކުނޑިއަށް ދިރުމެއް ގެނަނުމެވެ. މަސްތުވާއެއްޗެއް ބޭނުންކޮށްލުމެވެ. އެހެންކަމުން އަހަރެން ގޮނޑިން ތެދުވެގެން ގޮސް ކޮޓަރިޔަށް ވަދެ ގަމީސް ކޮނޑުގައި އަޅުވާލައިގެން ގޮށް އަޅުވަމުން ނިކުމެގެން ދިޔައީއެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ މަންމަ އައިސް އިންކަން އަހަރެންނަށް ހަނދާން ނެތުނެވެ.

               ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެން ސްކޫލުން ކަނޑާލިކަން ވެސް މަންމައަށް އެނގިއްޖެއެވެ. އެކަމާއިވެސް މަންމަ ވަރަށް ހިތާމަ ކުރެއެވެ. އަހަރެންނަށް މަންމަ ފެންނަ ވަގުތަކަށް ވަނީ ރޭނގަނޑު މެންދަމުން އަލިވާ ފަހުން އަހަރެން ގެޔަށް އަންނަ ވަގުތާއި މެންދުރު ވާފަހުން އަހަރެން ގެއިން ނުކުންނަން ތެދުވާ ވަގުތެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ އުޅުން އިސްލާޙު ކުރުމަށް އަންގައި އަހަރެންގެ ރައްޓެހިން ދޫކޮށްލަން އަންގައެވެ. އެތަކެއް ނަސޭޙަތެއް ދެއެވެ. ނަމަވެސް ދުވަސްކޮޅަކުން އެކަން ވީ ބޮޑު ބޮލުގަރިހުމަކަށެވެ. އަހަރެން ރަށަށް ގެންދަން ވަރަށް ބާރުއަޅައެވެ. ނަމަވެސް އަހަރެންނެއް އެއްގޮތަކަށް ވެސް ރަށަށްދާން ބޭނުމެއް ނޫނެވެ. ރަށަށް ގޮސް އަހަރެން ދުނިޔެއިން މޮޔަވެދާނެތީ ޖެހިލުން ވަނީއެވެ. އަހަރެންނަށް މަސްތުވެލަން އެއްޗެއް ނުލިބޭނެތީއެވެ. އެއީ މިހާރު އަހަރެންނަށް ނޭވާލުން ކަހަލަ ޒަރޫރީ ކަމެކެވެ.

             ދުވަހަކަށްވުރެ ދުވަހެއް މަންމަގެ ބަލިހާލަތު ބޮޑުވެ ސިއްޙަތު ދިޔައީ ދަށަށެވެ. ރެޔާ ދުވާލު ނުނިދާ އަހަރެންނާއި ދޭތެރޭ ވިސްނާފައި ކަރުނައަޅާ ރުއިން ނޫންކަމެއް އެފަކީރަކަށް ނޯވެއެވެ. ނަމަވެސް އަހަރެންނަށް މަންމަގެ ސޫރަފެނުނަސް އުނދަގޫވެއެވެ. އެއާދޭސްތަށް އަޑުއިވި އެބަސްތަކަށް ނަފްރަތު ވެއެވެ.

            އެއްރޭ ދަންވަރުގެ ވަގުތެކެވެ. އަހަރެމެން ގުރޫޕްގަނޑު އޮތީ ހަދަންފަށާފައި ވާ އިމާރާތެއްގެ ޓެރަސްމަތީގައެވެ. އަހަރުމެން ރާވަމުން ދިޔައީ އެހިސާބުގެ އެންމެ ވިޔަފާރި ރަނގަޅު އެއް ފިހާރަ ފަޅާލާށެވެ. އަހަރުމެންގެ ހަތަރު މީހުން ތިބީ ބޭނުންވާނެ ހުރިހާ ސާމާނެއް ތައްޔާރުކޮށްމޫނު ނިވާ ކުރާނެ މާސްކްވެސް ހިފައިގެނެވެ. މަޑުކުރަމުން ދިޔައީ މަގުމަތި ހިމޭން ވާނެ އިރަކަށެވެ.

            ދެގަޑި ބައިހާއިރެވެ. ލަޔަން އާއި އަހަރެންނާއި ސެމް އަދި ސުނިލް ތިބީ ފަޅާލަން ބޭނުންވާ ފިހާރަޔާ ތަންކޮޅެއް ދުރުގައެވެ. ފިހާރައިގެ ދެކޮޅުގައި ދެ ސީސީ ޓީވީ ކެމެރާ ހަރުކޮށްފައި ވެއެވެ. މީހުންގެ ހިލަވަޅު އޮބުމާއިއެކު ސުނިލް މާސްކު ބޮލަށް މަހާލުމަށްފަހު އަތުގައި އޮތް ދަގަނޑު ހޮޅި ހިފައިގެން ގޮސް ފުންމައިގެން އަރާ ސީސީ ޓީވީ ކެމެރާގައި ވިހެލީނުން އެހަލާކުކޮށްލިއެވެ. ދެކެމެރާ ވެސް ހަލާކުވުމާއިއެކު އަހަރުމެންވެސް މާސްކު އަޅައިގެން ދުއްވައިގަތީ އެފިހާރައާއި ދިމާލަށެވެ. އަތުގައި އޮތް މުގުރުން އަހަރެން އަރުވައިލި އެތިފަހަރާއެކު ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައެވެ. ތަޅު ހަލާކު ކޮށްލައި ފިހާރަތެރެއަށް އަހަރެންނާއި ސެމް ވަދެ ދަބަހުން ބޮޑު މަރުތޭލެއް ނަގައި ވަތްގަނޑުގެ ތަޅަށް ދޫކޮށްލި އެތިފަހަރާއެކު ތަޅު ހަލާކުވެގެން ވަތްގަނޑު ހުޅުވިއްޖެއެވެ. އެއާއިއެކު ވަތްގަނޑުއެކަށް ދަބަހަކަށް ކަހާލުމަށްފަހު އަހަރެމެން ނިކުމެ ދުއްވައިގަތީމެވެ. ވަކިހިސާބަކަށް ދުވުމަށްފަހު މާސްކުތަށް ބާލައި ހަރު ހިނގުމުގައި ގޮސް އަހަރުމެން ތިބި އިމާރާތަށް ވަނީމެވެ. އެއަށްފަހު ލިބުނު ފައިސާ ގުނާލީމެވެ. މުޅިއެކު ލައްކައެއްހާ ރުފިޔާ އޮތެވެ. އެރުފިޔާއިން ދުވަސްކޮޅެއްވަންދެން އަހަރެމެންނަށް އެއްވެސް ދައްޗެއްނެތި މަޖާކޮށްލާ ‘ހައި’ ވެލާ އުޅެވޭނެއެވެ. ލިބުނު ކާމިޔާބީ އަހަރެމެން ފާހަގަކޮށް ހީނ ސަމާސާ ކޮށް ތެޔޮބިޑީ ބުއިމުގައި ރޭހަތަރުދަން ހޭދަކޮށްލީމެވެ.

        ޖެހިގެން އައިދުވަހުގެ ހަވީރުގެ ވަގުތެކެވެ. އަހަރެންނާއި ސެމް ދިޔައީ ޖަނަވަރީ މަގަށެވެ. އެހިސާބުގަނޑު ޑީލަރެއްއަތުން މަސްތުވާ އެއްޗެއް ގަތުމަށެވެ. އަހަރެމެން ގޮސް ހެންވޭރު ސަހަރާ ބިއްދަށުމަގުގައި މަޑުކޮށްލައިގެން ތިބީމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޑީލަރު އަންނާނެއެވެ. އަހަރެންގެ އަތުގެ މުށުތެރޭގައި ސަތޭކަ ރުފިޔާ އޮތެވެ. އިރުކޮޅަކުން އެމީހާ އަންނަތަން ފެނިއްޖެއެވެ. އަހަރެމެންނާއި އަރާ ހަމަވުމާއިއެކު ޖީބުން ކުޑަ ރަބަރުކޮތަޅެއް ނަގާދިއްކޮށްލީ އެހެންމީހަކށް ޝައްކުވެސް ނުވާނެހާ ސިއްރުންނެވެ. ހަމައެވަގުތުން އެރަބަރުކޮތަޅު ނަގައި، ސަތޭކަރުފިޔާ އޭނާގެ އަތަށް އަހަރެން ލީމެވެ. އެއާއިއެކު އެދިޔަބާރުމިނުގައި އެމީހާ ކުރިއަށް ގޮސް ޖެހިގެން ހުރިގޯޅިން އަޅައިގެން ދިޔައެވެ. ވަގުތުން އަހަރުމެންވެސް މިސްރާބުޖެހީ ބުރުޒުމަގަށް އަޅުވާލާށެވެ. ފްލެޓަށް ދިއުމަށެވެ. ނަމަވެސް އެފަހަރު އަހަރެމެންގެ ނަސީބު އަތްދޫކޮށްލީއެވެ. އަހަރުމެންގެ ކުރިމައްޗަށް މަޑުކޮށްލީ ޕޮލިސް ސައިކަލެކެވެ. އެއާއިއެކު އަހަރެމެންނަށް ޖެހުނީ މަޑުކޮށްލާށެވެ. ވަގުތުން އަހަރެންގެ ޖީބުން އެޕެކެޓް ނަގައި ބިންމައްޗަށް ވައްޓާލީމެވެ. ނަމަވެސް އެތަން ޕޮލިސް މީހާއަށް ފެނިގެން އަތަށް އަންގިއެއް ލައްވާލައި އެޕެކެޓް ނެގިއެވެ. ވަގުތުން އަހަރެމެން ބަލައި ފާސްކުރިއެވެ. އެއަށްފަހު ސްޓޭޝަނަށް އަންގައި ޖިޕް ގެނެވުނެވެ. މަސްތުވާ ތަކެތީގެ މައްސަލައެއްގައި އަލަށް އަހަރެން ހައްޔަރުވެގެން ދިޔައީ އެދުވަހުއެވެ.

        ޕޮލިސްޓޭޝަނަށް ގެންދެވުމާއިއެކު އަހަރެންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރެވުނެވެ. މަސްތުވާތަކެއްޗަށް ޕޮސިޓިވް ވުމާއިއެކު އަހަރެން ތަޙުޤީގަށް ބަންދުކުރެވުނެވެ. އަހަރެން ބަންދު ކުރިތާ ދެދުވަސް ތެރޭގައި އަހަރެންގެ މަންމައާއި ހަމައަށް ޚަބަރު ދިޔައެވެ. މަންމައަށް އެޚަބަރުވީ ކެތްނުވާވަރުގެ ހިތްދަތި ޚަބަރަކަށެވެ. އޭގެ 5 ދުވަސް ފަހުން އަހަރެން ޖެހުނީ ދޫކޮށްލާށެވެ. އަހަރެންގެ ރައްޓެހިންގެ ކޮޅުކޮޅު މެދުވެރިކޮށް އަޑިއަޑިން އަހަރެންގެ މައްސަލަ އޮއްބައިލާ ދޫކޮށްލެވުނެވެ. އަހަރެން ގެޔަށް ދެވުމުން އެނގުނީ އަހަރެންގެ މަންމަ އެޑްމިޓްކޮށްފައިވާކަމެވެ. ބަންދު ކުރިތާ އެހާގިނަދުވަސް ވެގެންދިޔައީ މަސްތުވާއެއްވެސް އެއްޗެއް ބޭނން ނުކޮށެވެ. އެހެންކަމުން އަހަރެންނަށް ފުރަތަމަވެސް އުޅެވުނީ މަސްތުވެލާށެވެ. އެއަށްފަހު އަހަރެން އައި.ޖީ.އެމް.އެޗް އަށް މިސްރާބުޖެހީމެވެ. މަންމަގެ ޙާލުބަލާލާށެވެ.

      އަހަރެން އައިޖީއެމްއެޗް އަށް ގޮސް މަންމަ ކޮބައިތޯ ބަލައިލީމެވެ. އޭރު މަންމަ ވަނީ އައިސީޔޫ އަށް ބަދަލު ކޮށްފައެވެ. މަންމައަށް ވަނީ ހާޓް އެޓޭކެއް ޖެހި ވަރަށް ޙާލު ދެރަވެފައި ކަމަށް ޑޮކްޓަރުން ބުންޏެވެ. އަހަރެން މަންމައާއި ބައްދަލުކޮށްލަން އެދުނީމެވެ. އެއާއިއެކު އަހަރެން އައިސީޔޫއަށް ގެންދެވުނެވެ. އޭރު އަހަރެންގެ ބައްޕަވެސް މަންމަ ކައިރީގައި އިނެވެ. މަންމަ ވަނީ ހިތުގެ ވިންދު ބެލުމާއި ނޭވާލުމަށް މެޝިނަކަށް ގުޅާފައެވެ. އަހަރެންނަށް މަންމަގެ ޙާލު ފެނުމުން ކަންބޮޑުވިއެވެ. އޭރު އަހަރެން ފެނި ބައްޕަހުރީ ރުޅިއައިސް ރަތް ވެފައެވެ. ރުޅިކޮންޓްރޯލް ނުވެދާނެތީ އަހަރެންނާއި ދިމާލަށް ބަލައިވެސް ނުލާން ހުއްޓެވެ. ނަމަވެސް އަހަރެން މަޑުމަޑުން މަންމައާއި ކައިރިވެލީމެވެ. މަންމަ އަށް ގޮވާލާށެވެ.

      އަހަރެން މަންމަ ބާއްވާފައިވާ އެނދާއި ވަކިވަރަކަށް ކައިރިވުމާއިއެކު މަންމަ ލޯ ހުޅުވައި އަހަރެންނަށް ބަލައިލިއެވެ. އަހަރެން ފެނުމާއިއެކު މަންމަގެ ނޭވާލުން އަވަސްވާންފެށިއެވެ. އުނދަގޫވާން ފެށިއެވެ. ދެލޯބޮޑުކޮށް އަހަރެންނަށް ބަލަމުންދިޔައީ ރުޅިއައިސްފައި އޮވެގެންކަން އަހަރެންނަށް އެނގުނެވެ. މާގިނައިރެންނުވެ ގުޅާފައިވާ މެޝިނުން އަޑުގޮވަން ފަށައިފިއެވެ. މަންމަގެ ގަޔަށް ބާރުއަރަމުން ދިޔައެވެ. އެއާއިއެކު ނަރުސް ކުދިން އައިސް އަހަރެން އެތަނުން ނެރުނެވެ. މަންމައަށް އަހަރެންފެނި ވާންފެށިގޮތުން އަހަރެން ވަރަށް ހާސް ވާންފެށިއެވެ. މަންމައަށް އެހާލު ޖެހުނީ އަހަރެންގެ ސަބަބުންނެވެ.

       މަންމަގެ އެނދުކައިރިޔަށް ނަރުހުންނާއި ޑޮކްޓަރުން ޖަމާވަމުން ދިޔައެވެ. އެމީހުން އެކިކަހަލަ ފަރުވާ ދެމުން ދާކަން އެނގެއެވެ. މަންމަގެ ޙާލު ވަރަށް ސީރިޔަސް ކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް މިހާރު އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ހަދާނެ ގޮތް ހުސްވެފައި އަހަރެން ހުއްޓާއި އިރުކޮޅަކުން ޑޮކްޓަރު ނިކުމެ އަހަރެންނަށް ދިން ޚަބަރަކުން އަހަރެންގެ ދެލޯފުރުނެވެ. އަހަރެންގެ މަންމަ މިދުނިޔެ ދޫކޮށްފައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރީއެވެ. އަހަރެންގެ ސަބަބުންނެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އެވަގުތު އައިސީޔޫއިން ނިކުމެގެން އަހަރެންގެ ބައްޕައައެވެ.

          “ފުދިއްޖެ. . ! މިހިރަ ނުލަފާ މީހާ މިހާރު އަހަރެންގެ ކުރިމަތިން ގެއްލޭ!! އަހަރެންގެ އަތުން ފައިން ގޯހެއް ނެހެދެނިސް މިހާރު ރައްކާވޭ. . !” ބައްޕަ އައިސް އަހަރެންގެ ލަފުގައި ހިފާ ހޫރާލިއެވެ. ބައްޕައަށް ކޮށްފައިވާ އަސަރު އަހަރެންނަށް އިޙްސާސްކުރެވުނެވެ. މިނޫނީ ދުވަހަކުވެސް ބައްޕަގެ ލޮލުން ކަރުނަ އަންނާތީ އަހަރެން ނުދެކެމެވެ.

          “ހަނދާންކުރާތި. .  މިއަދުންފެށިގެން ތީ އަހަރެންގެ ދަރިއެއްނޫން. . އަހަރެން ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ. .”

          އެހިސާބަށް ބުނެވުނުއިރު  ބައްޕައަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. އަހަރެންނަށް ވެސް އެމަންޒަރު ބަލާކަށް ކެތެއްނުކުރެވުނެވެ. ކަންތައް ވި ގޮތާއި ދޭތެރޭ ވިސްނާކަށް އަހަރެންނެއް ބެނުމެއް ނުވިއެވެ. ބޭނުންވީ އަވަހަށް އެހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާށެވެ. އެހެންކަމުން އަހަރެންނަށް އަނެއްކާވެސް ދެވުނީ މަސްތުވާ ތަކެއްޗާއި ދިމާލަށެވެ. މިފަހަރު ތަންކޮޅެއް ބާރުގަދަ އެއްޗަކުން އަހަރެންގެ ސިކުނޑިއަށް ފިނިކަމެއް ގެނުވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަށް ނުވިސްނުނީ އެއީ ހައްލެއް ނޫންކަމެވެ. އެއީ ހުރިހާ ކަމެއްގެ ވެސް ހަލާކު ކަމެވެ.

          އަހަރެންގެ ޙަޔާތުގެ ވީރާނާވެފައިވާ ސޮފްޙާތައް ކިޔައިދީ ނިމުނުއިރު އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މީގެކުރިން އަހަރެންގެ ވިޔާނުދާ އުޅުމާއި ދޭތެރޭ މިހާވަރަކަށް ވިސްނިފައެއް ނެތެވެ. އަހަރެންގެ އަތުން ބީވެގެން ގޮސްފައިވާ އުފާތަކާއި ދިރިއުލުމުގެ ހަމަޖެހުން އަނބުރާ ހޯދޭނެ ނަމަ އަހަރެން އެކަންވެސް ކުރަން ބޭނުންވިއެވެ. އަހަރެނަނަށް އަހަރެންގެ މަންމައާއި ދޭތެރޭ ކަންތައް ކުރެވުނީ ކިހާ އިހާނެތިކޮށް ހެއްޔެވެ؟ އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ބަންޑުންވަމުން ދިޔައީ ހިތުގައި ގަނޑުވެފައިވާ ހުރިހާ ހިތާމައެއް ވިރިގެން ފައިބަމުންނެވެ.

          “އާޔާ. . އަހަރެންނަކީ އާޔާ ހީކުރާވަރަށް ވުރެ ނުލަފާ މީހެއް. . އަހަރެން. . ” އެހިސާބައް އަހަރެންނަށް ބުނެވުނުއިރު އާޔާ އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ. އަހަރެންނަށް އާޔާއަށް ބަލައިލެވުނީ ކަރުނައިން ފުރިގެންވީ ނަޒަރަކުންނެވެ. އޭރު އާޔާގެ ލޮލުން ކަރުނައިގެ މުތީތައް ވިދަވިދާ ހުއްޓެވެ. އާޔާ އަހަރެންގެ ގައިގާ ބައްދާލިއެވެ. އާޔާގެ އޯގާތެރި އަތުގެ ފިރުމުން ލިބުމުން އަހަރެން އިތުރަށް ހިތުގައި ޖެހުނެވެ. އުފާވެސް ވިއެވެ. މިދުނިޔެއިން ވެސް އަހަރެން މިވަގުތު އެއަށްވުރެ ބޮޑަށް ބޭނުންވާ އެހެން އެއްޗެއް ނެތެވެ. އާޔާ އަހަރެންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

         “އައިމް ސޯ ސޮރީ. . އައި ކާންޓް ބިލީވް ވަޓް ޔޫހެވް ބީން ތްރޫ. . ” އާޔާ އަހަރެންނަށް ހިތްވަރު ދިނެވެ.

         “އަކް. . އަހަރެން މީގެ ކުރިން ހީކުރަމުން އައީ އަކް އަކީ ގޯސް ކުއްޖެއް ނޫނޭ. . އެކަމަކު މިހާރު އަހަރެންނަށް ޔަޤީން ވެއްޖެ. . ޔޫ ހޭވް އަ ގުޑް ހާރޓް. . އައި ވޯންޓް ޔޫޓު ކަމް ވިތްމީ. . ” އާޔާ އަހަރެންގެ ކަރުނަތައް ފޮހެދެމުން އެހެން ބުނެފައި އަހަރެންގެ އަތުގައި ހިފައިގެން ތެދުވިއެވެ.

        އޭރު ގަޑިން އެރޭ އަށް ގަޑި ބައި ވީއެވެ. އާޔާ އަހަރެންގެ އަތުގައި ހިފައިގެން އެކި އެކި ވާހަކަތައް ދައްކަމުން އާޓިފިޝަލް ބީޗުން މަޖީދީ މަގަށް ނިކުތެވެ. އާޔާގެ ކޮންމެ ހަރަކާތެއް ދިޔައީ އަހަރެންގެ ހިތައް އުފާވެރިކަން ގެނުވަމުންނެވެ. ހީނ ސަމާސާކުރަމުން އާޔާ އަހަރެން ގޮވައިގެން ފަހަރަކު ފިހާރަޔަކަށް ވަންނަމުން ދިޔައެވެ. އާޔާއަށް ކަމުދާ ރީތި ގަމީހާއި ޖިންސް އަހަރެންނަށް ގަނެދެމުން ދިޔައެވެ. އަހަރެންނަށް އާޔާގެ ކޮންމެ އެދުމަކަށް ބޯޖަހާލުން ނޫންކަމެއް ނުކުރެވުނެވެ. އަހަރެންގެ ހިތް އަމިއްލަ ބާރުގެ ދަށުގައި ނުވާކަހަލައެވެ. ލިބެމުންދިޔަ އުފާވެރިކަމުގެ ސަބަބުން އަހަރެންނަށް އަހެރެންގެ ހިތި މާޒީގެ މަތިން ހަނދާން ނެތުނު ކަހަލައެވެ. އަހަރެންގެ ހިތް ބަދަލުވަމުންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.

          ރަނގަޅަށް ޝޮޕިންގް ކޮށްލުމަށްފަހު އާޔާ އަހަރެން ގޮވައިގެން ދިޔައީ ސީޒާ ސެލޫންއަށެވެ. އެތަނުން އަހަރެންގެ އިސްތަށިގަނޑު އާޔާއަށް އެންމެ ރީތި ގޮތަށް ކޮށައިދިނެވެ. އަހަރެންނަށް ހައިރާންވެފައި ލޯގަނޑުން ފެންނަމުންދިޔަ އަހަރެންގެ ސޫރައަށް ބަލައިލެވުނެވެ. ފެންނަމުން ދިޔައީ މުޅިން އެހެން މީހެއްކަހަލައެވެ. އާނއެކެވެ. އަހަރެންނަކީ މިހާރު މުޅިން އެހެން މީހެކެވެ. އާޔާގެ ފަރާތުން ލިބެމުންދިޔަ އިންތިހާ ލޯތްބާ އޯގާތެރިކަން އަހަރެންގެ މުޅިހިތް ބަދަލުކޮށްލައިފިއެވެ. އަހަރެންގެ ކިލަނބުވެފައިވާ ހިތް މުޅިން ސާފު ކޮށްލައިފިއެވެ. އަހަރެން އަޒުމް ކަނޑައެޅީމެވެ. އެނބުރި އަހަރެންގެ ވިޔާނުދާ ދިރިއުޅުމަށް ނުދާނަމެވެ.

          ސެލޫން އިން ނިމިގެން އަހަރެން ގޮވައިގެން ޓެކްސީއެއްގައި ދިޔައީ ކަލަރސް އަށެވެ. އެތަނުން އަހަރެންނަށް ހެޔޮވަރު ރީތި ބޫޓެއް ގަނެދިނެވެ. އެއަށްފަހު ޗޭންޖިންގް ރޫމަށް ވަދެ އަހަރެން ލައިގެން ހުރި ހެނދުން ބަދަލުކުރުމަށް ބުންޏެވެ. އާޔާގެ ސެލެކްޝަން ހިފައިގެން ވަދެ އަހަރެން ޗޭންޖް ކޮށްގެން ނިކުތީމެވެ. އަހަރެން ލައިގެން ހުރި އަތްދިގު ހުދު ޓީޝާޓާއި ކަޅު ޖިންސް އަދި ބޫޓުން ޝާހީ ގޮތެއް ހުއްޓެވެ. އަހަރެންނަށް ހައިރާން ވެފައި ބަލަންހުރެވުނީ ފެންނަނީ އަހަރެން ބާއޭ ހިތައްއަރާފައެވެ.

         “ވާވް. . ޔޫ ލުކް ސޯ ހެންސަމް. . ” އާޔާ ފަހަތުން އައިސް އަހަރެން ގާގައި ބައްދާލިއެވެ.

         “އަހަރެންނަކަށް ނޭނގެ އާޔާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. . ޔޫ މޭކް މީ ފީލް ސްޕެޝަލް. . ” އަހަރެން އާޔާގެ އަތުގައި ހިފާ މަގަތަށް އަނބުރާލާފައި ބުނެލީމެވެ. އެވަގުތު އާޔާގެ މޫނުމައްޗަށް ޖަންބުކުލަ އަރައިގެންދިޔައެވެ. ލަދުރަކި ހިނިތުންވުމެއް އާޔާގެ ތުންފަތަށް ވެރިވިއެވެ. އާޔާގެ ރީތިކަން އޭގެ އިންތިޙާއަށް ފެނިގެން ދިޔައެވެ. އާޔާގެ ހިތުގައި އަހަރެންނަށް ޚާއްސަ މަޤާމެއް ވާކަން އަހަރެންނަށް އެވަގުތު އިޙްސާސް ކުރެވުނެވެ.

        “ވަން މޯތިންގް. . އަކް މިރޭ ދާން ޖެހޭނީ އަހަރެންނާއި އެކު. . “

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (47)

  1. ishaa

    Mibaive vv reethi…thumbs up…thanks avahah up kohdheythy…waiting

    1. GuDuMeena
      ishaa

      ur mst welcome Ishaa. . and thanks too 🙂

  2. GuDuMeena

    In celebration of World Health Day we had some special programs tonight. . and as the comunity health officer and the Head of the Health Center, i had to organise and carry out the function. so i was not able to update my story on time. . Sincere appologies for the readers.

  3. luvly grl

    its k dear… bala bala indhaa up vy… so happy tonight.. thankx fr updating so soon.. u r the best… 🙂 luv u gudu.. eagerly waiting fr the next part as well 🙂 thankx

    1. GuDuMeena
      luvly grl

      Ohw. . Thats so sweet of uw. . Luvly Grl. . 🙂 Thankew for waiting so eagerly to read my story. . <3 im so happy to knw

  4. ASH

    v v v reethi vaahaka.

    1. GuDuMeena
      ASH

      Thankx ASH. . 🙂

  5. lady

    dhen ithurakah wait nukureveyne next part kiyan mirey 8 vandheneh
    rh vrh reathi story eh mi

    1. GuDuMeena
      lady

      ehehe. . ekam kuda kuda hivvareh kolladhy. . balaanan Sharp 8pm ga up koh dheveytho 🙂 <3

  6. shy

    V v reethi avahah up kohdhehce

    1. GuDuMeena
      shy

      Owk Shy. . 🙂

  7. Aisha

    Vvv.rythi mi vaahaka avahah next prt up kok dhehchey

    1. GuDuMeena
      Aisha

      Sure Aisha. . 🙂

  8. މާހީ

    ވ ވ ވ ވ ވ ވ ވ ވ ވ ވ ރީތި …ހަމަ ހަބޭސް..ވ ހިތްހަމަޖެހޭ އެހާމެ އަވަހަށް މިވާހަކަ އަޕްކުރާތީ..ވ ގިނަ ލިޔުންތެރިންނަށް ވާގޮތެއް އްއީ ވާހަކަ ވަކި ހިސާބަކަށް ގެންގޮސް މެދު ކަނދާލަނީ..އުއްމީދު ކުރަން މި ވާހަކަ ނިމެންދެންވެސް ގެނެސްދޭނެ ކަމަށް..:)

    1. GuDuMeena
      މާހީ

      ޝުކުރިއްޔާ މާހީ. . މާހީގެ ކޮމެންޓް ލިބުމުން ވަރަށް އުފާވެއްޖެ. . އިރާދަފުޅު ކުރެއްވިއްޔާ މި ވާހަކަ މެދު ނުކެނޑި ނިމެންދެން ގެނެސް ދޭނަން. . ނިމޭކަށް ދެން މާގިނަ ބައެއްވެސް ނެތް. . ވާހަކަ ނިމެންދެން ކިޔާނެކަމަށް އުންމީދު ކުރަން. . 🙂

  9. Melody

    Damn! This is really nice!!! Please upload the next part soon..i cant wait! The best story everrrrrr!!!!! One thousand likes to the writer! <3

    1. GuDuMeena
      Melody

      Ohw Melody. . Thankew for the lovely compliment. . so happy to share the story with u guys. . 🙂

  10. kaif

    Varah reethi!!!! r u a boy or girl? I want to be friend!

    1. GuDuMeena
      kaif

      ohw Thanks kaif. . Im a boy 22. . Call me GuDu im so glade that u wanted to be frends. . 🙂

  11. SNOWYY

    V V V REETHI STORY EH MY PAST HANDHAANVEYY MI STORY KEEMA

    1. GuDuMeena
      SNOWYY

      Oh SNOWYY. . im sure u’ve been through a lot. . i can say u r a brave grl. . Thanks for the comment. . <3

    2. SNOWYY
      GuDuMeena

      YH I DID BUT NOW MARRIED AND HAPPILY LIVING 🙂

    3. GuDuMeena
      SNOWYY

      There u r finaly. . Im SOO Happy for u. . 🙂 may god bless u n ur lovely family. . <3

  12. reen

    gudu uleny male gatha ……nice story

    1. GuDuMeena
      reen

      GuDu ulhey rashuge name innaane mi story ga liyefa. . 🙂 Thanks BTW

  13. naj

    hey gudu
    um…………..
    like this part too
    ☺ ☺ ☺ ☺
    ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥
    ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡ ♡
    n gudu
    do u have this stories
    laarage
    meekaail complete story i mean eyge 123
    or beynunvany yaara
    inihyaa gudu plx inform me
    cux my sister e dhe vaahaka kiyaahithun ulheythy
    hykuran gudu e dhe stories hoadhaidheyne kamah
    dhen one more thing
    mi thaanga e stories hunaany
    laragevaahaka.blogspot.com
    mi blog akah naj akh nuvadhevey
    cux i dont have an google accout
    hope u will help me gudu
    ANW onece again i love this part
    ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺
    heheheheheheh ………..

    1. GuDuMeena
      naj

      Im sorry NAJ. . I hav tried with the blog. . bt its invitation only site. .

  14. naj

    gudu pic ga einy gudu tha
    heheeh ……….

    1. GuDuMeena
      naj

      No dear. . its a model. . ehehe

  15. lax

    aachaa .. v v v v reethi… mivaahaka mihaaru huvafenun ves fennany…. avahah genesdhechey… <3

    1. GuDuMeena
      lax

      Thankew SiSSy. . <3

  16. lax

    bro haadha molhey.. keep it up… <3
    aachaa .. v v v v reethi… mivaahaka mihaaru huvafenun ves fennany…. avahah genesdhechey… <3

    1. GuDuMeena
      lax

      Owk sissy. . 😀 so glade that u like it. . mirey up kohdheynan In Sha Allah. . <3

  17. princess

    like SNOWYY…I olso remembered my past by reading this part…its touching my heart a lot….vvvv nice this part olso…this is Yam telling u r a professional author GUDU…..

    1. GuDuMeena
      princess

      Thankew Yam. . u r such a princess. . 😀

  18. zeen

    da stry was supeb!!! n i’ll recommend 2 chnge da photoe. 🙂

    1. GuDuMeena
      zeen

      Zeen. . u’ll come to knw the reason of the pic at tonight’s part. . 🙂

  19. Riff

    btw varah reethi name eh! From Fuwahmulah dhoa u? 😛 Gudu ah kiyanee Akiyan dhoa 😛

    1. GuDuMeena
      Riff

      Thanks. . and im nt frm Fuwahmulah. . bt eiy v.dhaahiyvaa rasheh. . 🙂 and kiyany hama GuDu

  20. zeen

    eagerly waitin 🙂

    1. GuDuMeena
      zeen

      abt 45 mins left. . 😀

  21. princess

    Riff….. Gudu ah kiyany(Ali Gudhurathulla Ahmed) dhw GUDU…..

    1. GuDuMeena
      princess

      ehehe. . princess ah handhaan vx ebahuri dhw. . 🙂

  22. Riff

    Keevve princess ah GUDU ge name igenvee? Ekam GUDU buni, vaahakaiga ey eyndhee GUDU ge asluname .
    btw alah thinameves mi ehee. Eheheh salhi name eh!
    Eyga nei Ali Gudhurathulla Ahmed ekey.

    1. GuDuMeena
      Riff

      Thanks ANW. . 🙂

  23. princess

    ohhh Riff ah confuse v dhw…
    GUDU buny gudu ge rashuge name ey story ga innaany NT his name dhw GUDU
    N princess ah gudu ge name inguny this storyge 2nd partga gudu post kohffa in commentakun…. PLX CHECK IF U HAV ANY DOUBT…..

    1. GuDuMeena
      princess

      U ar Right Princess Yam. . 🙂

Comments are closed.