Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި 7

Sh@_n@ Level 410 Stories100 Comments100 Login
June 25, 2018 3 Mins Read
5 Comments

އަދި އުންމީދުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. މިއަދު މިގޮތަށް ކަންތައް ވުމުން ދެރަނުވޭ, ކޮންމެ ކަމެއްވެސް ވާނީ އެެންމެ ރަނގަޅަށް، އަހަރެން އަބަދުވެސް ޖަންނަ އަށް ކޮންމެ ކަމެއްގަވެސް އެހީވާނަން, ” އަހަރެން ބޯ ޖަހާލީމެވެ. ލިބުނު ހިތްހަމަ ޖެހުމަކުންނެވެ.

ފަހުން އަހަރެންނަށް އެނގުނު ގޮތުގައި މައި އަހަރެންގެ މަންމަ އާއި ބައްޕައަށް ވެސް އެވާހަކަތައް ކިޔައިދިނެވެ. މައިގެ އެދުމަށް އެއްވެސް ސުވާލެއް ނުކުރީއެވެ. އަހަރެން ދެރަވެދާނެތީއެވެ. އެެރެއަށްފަހު އަހަރެންނާ އަޝްފާންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވިޔެވެ. ލޯބިވެރިއެއްގެ ގޮތުން އަޝްފާން ނުލިބުނެއް ކަމަކު ގާތް އެކުވެރިއެއްގެ ގޮތުން އަޝްފާން ލިބުނީތީ އުފާވިއެވެ.

ދުވަސްދުވަހުން އަޝްފާންވެސް ވައިފް އާ ދަރިފުޅު ގޮވައިގެން މަންމަގެ އެދުމަށް އާދެއެވެ. އަަހަރެންނަށް އަޝްފާންގެ ވައިފް އާ ދިމާވެ ވާހަކަ ދެކެވުމުން އެނގުނީ އަހަރެން އެދުވަހު ނިންމި ނިންމުމަކީ އެެެންމެ ރަނގަޅު ނިންމުން ކަމެވެ. އޭނަ އަޝްފާން ދެކެ ލޯބިވާވަރު އިހުސާސްކުރެވުމުން ވަރަށް އުފާވިއެވެ. އެއީ އަބަދަށް އަޝްފާން އުފަލުގައި ގެންގުޅޭނެކަން އެނގޭތީއެވެ. އަދި އަހަރެންނަށް އެ ލޯބި ހައްގު ނޫންކަން ވެސް ހިތުގެ އަޑިން މިއަދު ގަބޫލްކުރަމެވެ. ސަބަބަކީ އަޝްފާން އެންމެ ހާލުގަ ޖެހުނު ދުވަހު އަޝްފާންއަށް އަޅާލާ ލޯބިދީ އުފާވެރި ހަޔާތެއް ހޯދައިދިން މީހާއަށް އެ ލޯބި މާ ބޮޑަށްވެސް ހައްގުކަން އަހަރެންނަށް ވިސްނުނީމައެވެ.

ާއެއްދުވަހެއްގެ މެންދުރު ވަގުތެެވެ. އަހަރެން ހުރީ މަންމައަށް އެހީވުމަށް ފިޔާކޮޅެއް ކޮށާށެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާން ފެށުމުން ފިޔާކޮޅާއި ވަޅި ބޭއްވުމަށްފަހު ފޯނު ބަލާލީމެެވެ. ގުޅަނީ މައިކަން އެނގުމާއެކު ފޯނު ނެގުމަށް ފަހު ޑާރލިންގ ކިހިނެއްހޭ ބުނެ ފޯނު ކަންފަތުގައި ޖަހާލީމެވެ. އެހެން ނަމަވެސް އަހަރެން ހުއްޓުން އެރީ އެ ކޮޅުން މައިގެ ގިސްލުމުގެ އަޑު އިވުމުންނެވެ. އަހަރެންގެ ތުންފަތުގައިވި ހިނިތުންފިލާގޮސް ލޮލަށް ކަރުނަ ޖަމާވިއެވެ. އަދި ކިހިނެއްވީހޭ އަހާލެވުނެވެ. އެކޮޅުން އިވުނު ޖަވާބާއެކީ އަހަރެންނަށް މައި އޭ ކިޔައި ދުއްވައިގަނެވުނެވެ. އަހަރެންގެ މަންމަވެސް މިވަނީ ކީއްކަން ނޭނގި އަހަރެން ފަހަތުން ދިޔައެވެ.

އަހަރެމެންނަށް ހޮސްޕިޓަލަށް ދެވުން އިރު މައި އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އަހަރެން ފެނުމާއެކު މައި ދުވެފަ އައިސް މަންމައޭ ކިޔާ ރޮއެގަނެ އަހަރެންގެ ގައިގަ ބައްދާލިއެވެ. މައިގެ ހިތަށް ކޮއްފާވާ އަސަރުން ވާހަކަ ދެއްކެނީވެސް އަޅައަޅައި ގަންނަމުންނެވެ. ނުރޯށޭ ބުނެ އަހަރެން މައިގެ ބުރަކަށީގައި ފިރުމާލަމުން ގޮނޑިގައި އިށީނީމެވެ. އެހެން ބުނިއިރުވެސް ނުރޮއެ ނުހުރެވޭނެކަން އަހަރެންނަށް އެނގެއެވެ.
މައި ކުޑައިރު މައިގެ ބައްޕަ ހިނގި އެކްސިޑެންޓެއްގައި ވަނީ މިދުނިޔެ ދޫކޮއްފައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އެއްވެސް ކަމެއް އުނިނުކޮއް ލޯބިން ކޮއްދިނީ މަންމައެވެ. މައިންބަފައިންދެކެ ހަގީގީ ލޯބިވާ ދަރިއަކު އެއިން މީހަކަށް ކިރިޔާވެސް ކަމެއްވެއްޖެނަމަ ނުރޮއެ ނުހުންނާނެކަން ކޮންމެ މީހަކުވެސް ގަބޫލުކުރާނެވެ. އަހަރެން މަންމަވެސް މައިއަށް ކެތްތެރިވާން ބުނެ މައިގެ ގައިގަ މަންމައަކު ދަރިއަކު ގައިގަ ފިރުމާހެން ފިރުމިއެވެ. އެހެންނަމަވެސް މައިގެ ރުއިން ވީ އިތުރެވެ.

އަހަރެމެންނަށް ކޮޅަށް ތެދުވެވުނީ އަވަސް ފަރުވާދޭ ކޮޓަރިން ޑޮކްޓަރ ނުކުތުމުންނެވެ. ތިން މީހުންނަށް އެއްފަހަރާ އެދިމާލަށް ދެވުނެވެ. އަދި ޕޭޝަންޓް ކިހިނެއްތޯ އަހަރެންނަށް އަހާލެވުނީ ތެޅިތެޅި އޮތް ހިތަކާއެކުއެވެ. އަހަރެންގެ ފައިން ވާގިދޫވާހެން ހީވީ ޑޮކްޓަރ ދެފަރާތަށް ބޯ ހޫރާލުމަށްފަހު “އައި އޭމް ސޮރީ އޭ” ބުުނުމުންނެވެ. އަހަރެންގެ މަަންމަވެސް އަނގަމަތީ އަތްއަޅާ ރޯންފެށިއެވެ. އަދި މައި ފަކީރަށް ވާނެގޮތް ހިތަށް ގެންނާނީ ކިހިނެއްކަން އަހަރެންނަކަށް ނޭނގުނެވެ. ކަރުނައިން ފުސްވެފައިވާ ދެލޮލާއެކު މައިއާ ދިމާލަށް ބަލާލީމެވެ. ހަމަ އެހިނދު މައި އާ ދިމާލަށް ދުއްވައި ގަނެވުނީ މައި ހުރިތަނަށް ތިރިވާންފެށުމުުންނެވެ. އަހަރެން ހުށިޔާރު ކަމާއެކު ގޮސް މައި ހިފަހައްޓާލައި ގޮނޑީގައި ބޭންދީމެވެ.

“ޖަން. މަން… މަ, އަަ އަ ހަރެން އެކަނި ކޮއްފަ އެދިޔައީ, އަ އަހަރެން ކިހި.. ނެއް ހަނދާނީ, ބަ ބަ ބައްޕަ ވެސް ދިޔައީ އަހަރެން އެކަނިވީ” އަހަރެންގެ ހިތްވީ ކުދި ކުދިވިހެންނެވެ. މައިއަށް ވާހަކަވެސް ދެއްކެނީ ވަރަށް އުނދަގުލުންނެވެ. ރުއިމުގެ ސަބަބުން އެ ފަކީރުގެ އަޑުވެސް ވަނީ ކުރެހިފައެވެ. ދެ ލޯވެސް ވަނީ ރޮއެރޮއެ ދުޅަވެފައެވެ. އަހަރެން ނުރޮއެ ވޭތޯވެސް މަސައްކަތް ކުރީ މައިގެ ކުރިމަތީ ހިތްވަރު ކުރަންވެގެންނެވެ. މައިއަށް ބޭނުންވާނީ ހިތްވަރު ކަން އެނގިގެންނެވެ. އަހަރެން މަަަންމައަށް އަށް ނުހުރެވިގެން އައިސް މައި މަންމަގެ މެޔާލާ ބޮނޑިކޮއްލިއެވެ.
“ނޫން ދަރިފުޅު, ތިހެން ނުބުނޭ, ދަރިފުޅު އެކަންޏެއް ނުވާނެ، މަންމަ މިހުރީނު, ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް އެއީ, އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއެވެ.” އޭރުވެސް އިވެމުންދަނީ މައިގެ ގިސްލުމުގެ އަޑެވެ. އަހަރެން މަންމައާއި މައި ހަވާލުުކުރުމަށްފަހު ބައްޕައާއި އަޝްފާނަށް ގުޅާ އެ ޙަބަރު ދިނީމެވެ.

ކަށުކަމާކެމީގެ ކަންތައް ނިމުމަށްފަހު މޫނު ދެއްކުން އޮތީ އާސަހަރާގައެވެ. އަހަރެން މައި ގޮވައިގެން އެ މަންމަގެ މޫނު ދައްކާލަން ދިޔައީމެވެ. މައި ހުރި ހާލު ފެނިފަ އަހަރެންގެ ހިތަށް ވަރު ތަދުވިއެވެ. މޫނު ބެލި ގަޑީގައި ކުރިން ރުއި ވަރަށް މައި ނުރޮއެވެ. މަންމަ ވަރަށް ހިތްވަރުދިނުމުން މައި ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. އެހެންނަމަވެސް މޫނު އެޅި ގަޑީގައި ވަރަށް ރުޔެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އެ ދިޔައީ އެނބުރި ނާދެވޭނެ ދާއިމީ މަންޒިލަށެވެ.

އަހަރެމެންނަށް އޮތް ގޮތަކީ މައްޔިތާގެ މައްޗަށް ރަޙްމަތް ލެއްވުން އެދި ދުޢާ ކުރުމެވެ. ޖަމާޢަތުގައި ކަށުނަމާދު ކުރުމަށް ފަހު މައްޔިތާ ވަޅުލަން, އަހަރެންގެ ބައްޕައާއި އަޝްފާން އަދި ދެން ތިބި މީހުން މައްޔިތާ ގޮވައިގެން ނުކުުތުމުން އެެންމެ ފަހު ފަހަރަށް މައި އެ ދިމާލަށް ބަލާލިއެވެ. އަދި އަހަރެންގެ މަންމަގެ ކޮނޑުގައި ބޯ އަޅާލިއެވެ. ވަޅުލުމުން އަހަރެމެން ދިޔައީ މައި ގޮވައިގެން އަހަރެމެންގެ ގެއަށެވެ. ގެއަށް އައުމަށްފަހު ވަރަށް ރުޔެވެ. އަހަރެން މައި ހުއްޓުވާކަށް މަސައްކަތެއް ނުކުރަމެވެ. މައި ހިތް ހަމަ ޖެހޭ ވަރަށް ރޯން ފުރުސަތު ދިނީ އެކަނިވާން ބޭނުން ވާނެ ކަން އެނގޭތީއެވެ. އަދި ހަމަޔަކަށް އެޅޭނެ ކަން އެނގޭތީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އެ ހަނދާން އާވޭ 2

Next

ރާސްތާ ކިޔުންތެރިންގެ ސަމާލުކަމަށް

Next
June 25, 2018

ރާސްތާ ކިޔުންތެރިންގެ ސަމާލުކަމަށް

Previews
June 25, 2018

އެ ހަނދާން އާވޭ 2

5 Comments!

  1. Cuty says:
    June 25, 2018 at 8:26 pm

    I’m first dhw ?Wow ? varah reethi igey mibaivx. Love it. Kn irakun next part. Waiting ☺?❤❤

  2. unique says:
    June 25, 2018 at 9:52 pm

    really

  3. unique says:
    June 25, 2018 at 10:01 pm

    alhe vvv sad koh dhimaavy…… vvvreethi story

  4. Lotus says:
    June 25, 2018 at 10:02 pm

    Alhey..then hama jann and ashfaan nugulheynethaa.. so sad.. pls upload the next part soon..waitin

  5. Livee says:
    June 26, 2018 at 10:56 am

    Alheyy haadha dhera ey dho

Comments are closed.

Next Episodeނުހައްގުލޯބި 8←


All Right Reserved!