ރާސްތާ 8
އިޝްމާ އިންތިޒާރު ކުރަމުން ދިޔައީ އަކްމަލްގެ މެސެޖެއް އަންނާނެއިރަކަށެވެ. އޭނާގެ ސިކުނޑި ބުނަމުން ދިޔައީ އަކްމަލްއާ ވާހަކަނުދެއްކުމަށެވެ. ނަމަވެސް ހިތްގޮވަމުންދިޔައީ އަކްމަލްއާ ވާހަކަ ދައްކާށެވެ. އެކުވެރިއެއްގެ ގޮތަށް ވާހަކަ ދެއްކިއަސް އެއިީ މައްސަލައެއް ނޫންކަމަށް ހިތްބުނަމުން ދިޔައެވެ. އަކްމަލްގެ މެސެޖެށް ފޯނަށް ލިބުމާއެކު އިޝްމާ އަވަހަށް ފޯނު ނަގައި ރިޕްލައި ކުރިއެވެ. އިޝްމާ ފަށުވި އިބާރާތުން އަކްމަލްގެ ކުޅުމަށް ތައުރީފް ކުރިއެވެ. އަކްމަލްވެސް ފަށުވި އިބާރާތްތަކުން އިޝްމާއަށް ޝުކުރު އަދާކުރިއެވެ.
********************
މުޅި އޭކިއު ސްކޫލްގައި ދެކެވެމުންދިޔައީ އާރާާޝްއާ އަކްމަލްގެ ވާހަކައެވެ. ޓީޗަރުންވެސް ނިކަން ފޯރިގައި އެދެކުދިންގެ ވާހަކަ ދައްކަމުން ދިޔައެވެ. ކިޔެވުމަށްވުރެ ބޮޑަށް ކުލާސްތަކުގައި އިއްޔެ މެޗުގެ ބަހުސްކުރެވެމުން ދިޔައެވެ.
“މަށަށް ނޭންގުނު ހުރެވުނު ތަންވެސް އާރާޝްގެ އަނގައިން ލޭ އަންނަން ފެށީމަ. ހަމަ ހީވީ މަގޭ އަނގަ ފަޅާގެންދިޔަހެން. އާހް” ސުމާ ތުއިގޮތަކަށް ބުނެލިއެވެ. އެހެން ކުދިންވެސް ސުމާއާ ބައިވެރިވެގެން އެވާހަކަ ދެއްކިއެވެ. އެކުދިންގެ މޮޔަކަން ހިތަށް އަރާފަ މާނީގާތަށް ހިނިއައެވެ. އާރާޝްއަށް އެވާހަކަތައް ކިޔާދެން އޭނާހުރީ ކެތް މަދުވެފައެވެ.
“އިޝްމާ މަ ސުވާލެއް ކޮއްލަންތަ؟” ފިޒިކްސް ފިލާވަޅުހަދަން އިޝްމާ އިންދަ ސުމާއައިސް އަހާލިއެވެ. ސުމާއަކީ އާންމުކޮށް އިޝްމާއާ އެގޮތަށް ވާހަކަ ދައްކާ ކުއްޖެއްނޫން ކަމުން އިޝްމާ ކުޑަކޮށް ހައިރާންވިއެވެ. މާނީއާ ނަވްޔާގެ އިތުރުން އިސްރާވެސް ކުޑަކޮށް ހައިރާންވިއެވެ. އެ ތިން ކުދިންގެ މޫނަށް ބަލާލުމަށްފަހު ކޮން ސުވާލެއްހޭ އިޝްމާ އަހާލިއެވެ. “އެއްވެސް އެއްޗެކޭ ހީނުކުރައްޗޭ. އަހަރެން އަޑުއެހިން އާރާާޝް އިޝްމާއަށް ޕްރޮޕޯސް ކުރީމަ އިޝްމާ އާރާޝް ރިޖެކްޓް ކުރި ވާހަކަ. އެއީ އާރާޝް ކަޒިންއަކަށް ވީމަތަ ރިޖެކްޓް ކުރީ ނޫނީ އާރާޝްއަކީ އަކްމަލްގެ ބެސްޓް ފެރެންޑްއަށް ވީމަތަ؟” ސުމާ ކުރި ސުވާލުން އިޝްމާގެ މުޅި މޫޑު ޚަރާބުވިއެވެ. ހީވެސް ނުކޮށްހުއްޓާ އެސުވާލު އޭނާއާ ކުރިމަތިވުނުން ބުނާނެ އެއްޗެށް ނޭންގުނެވެ. ސުމާ އެސުވާލު އިޝްމާއާ ކުރުމުން މާނީމެންވެސް ހައިރާންވިއެވެ. އިޝްމާގެ މޫނަށް އައި ބަދަލު މާނީމެންނަށް ފާހަގަވިއެވެ. ސުމާއަށް އިތުރުކަމެއް ފާހަގަވުމުގެ ކުރިން މާނީބެލީ ވާހަކަ ބަދަލުކުރެވޭތޯއެވެ. “ސުމާ އުފަލެއް ނުވޭތަ ދޮންތަ އާރާޝް ރިޖެކްޓް ކުރީމަކާ. ސުމާއަށް އާރާޝް ލިބުމުގެ ޗާންސް ބޮޑެއްނު؟” ނަވްޔާއާ އިސްރާވެސް އޭތެދެއްނޫންހޭ ސުމާގާތު ބުންޏެވެ. “ހެހެ ތިމީހުންވެސް ދޯ. އަސްލު މަނަމަ ހިތުން ރުހުމުން އާރާާޝް އެކްސެޕްޓް ކުރާނަން ކަޒިންއަކަށް ވިއަސް. އެވަރުގެ ސޮރެއް ނުލިބޭނެ ދެން މިރާއްޖެއަކުންނެ. މަށަށް ވަރަށް ހީވޭ އިޝްމާ އަދިވެސް އަކްމަލްދެކެހެން ލައިކްވަނީ އެހެންވެނު އާރާޝް ރިޖެކްޓްކޮށްލީ. އަކޭއަށްވުރެ އާރާާޝް އެކަމް މާ ސަޅިނު. އޭ ނަވްޔާ ނޯ އޮފެންސް އިނގޭ” ނަވްޔާއާ ދިމާއަށް އެއްލޯ މަރާލަމުން ސުމާ ބުނެލިއެވެ. އެހުރިހާއިރުވެސް އިޝްމާއިނީ އިސްޖަހާލާގެންނެވެ. ސުމާ މާ އަނގަ ގަދަވާން ފެށުމުން މާނީގާތަށް ރުޅިއައެވެ. ނަމަވެސް ސުމާއަށް އެކަން ނުދައްކާ ސުމާ އެތަނުން ފޮނުވާލަން މާނީ ބޭނުންވިއެވެ. ނަސީބު މާނީގެ އަތުގައި ހިފީ ބްރޭކްގަޑީގެ ބެލް ޖެހުމުން އިތުރު ވާހަކަ ނުދައްކާ ސުމާ ކެންޓީނަށް ދިއުމުންނެވެ. މާނީ ފުންނޭވައެއް ދޫކޮށްލުމަށްފަހު އިޝްމާއާ ދިމާއަށް ބަލާލިއެވެ. އޭރު ނަވްޔާގެ އިތުރުން އިސްރާވެސް ހުރީ އިޝްމާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު އެއްވެސް އިޚްތިޔާރަކާ ނުލާ އިޝްމާގެ ބޮޑުދެލޮލުގެ ތެރެއަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ހިތާހިތުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ އޭނާގެ ސަބަބުން އާރާޝް ކުރާނެ ހިތާމަ އެނގުމުންނެވެ.
ބާކީ ހުރި ގަޑިތައް ހޭދަވީ ހަމަހިމޭން ކަމުގައެވެ. އިޝްމާ ދެރަވެފައި ހުރުމުން އަނެއް ތިން ކުދިންނަކަށް އެއްޗެކޭ ބުނާކަށެއް ނުކެރުނެވެ. ނަސީބަކުން ސުމާވެސް ފަހަކުން އެވާހަކައެއް ނުދައްކައެވެ.
އަފްރާ އެކަނި ގޭގައި އިންނަން ޖެހުމުން ފޫހިވާގޮތްވިއެވެ. އެހެންކަމުން ހިނގާލަންދިޔުމުގެ ބޭނުމުގައި ތައްޔާރުވެލައިގެން ގެއިން ނުކުތެވެ. ލިފްޓުން ގްރައުންޑް ފްލޯއަށް ހުއްޓުމާއެކު އޭގެތެރެއިން އަވަހަށް އަފްރާ ނުކުންނަން ދިޔައެވެ. ނުކުންނަން ދިޔަ ވަގުތު އޭނާ ފިރިހިނެއްގައިގަ ލައި ނުގަތީ ކިރިޔާއެވެ. އެ މީހާ ނުހުއްޓުނު ނަމަ އަފްރާގޮސް އެމީހާ ގައިގަ ޖެހުނީހެވެ. ކުރިމަތީ ހުރި ސޫރަ ފެނުމާއެކު އަފްރާ އަވަހަށް އިސްޖަހާލިއެވެ.
މޫނު އަޅާފައި ހުރިއެއް ކަމަކު އެއީ އަފްރާކަަން އަރްޝަދްއަށް އެނގުނެވެ. އެހެންކަމުން އަފްރާ ނުކުންނަން ތަން ދެއްކުމަށްޓަކައި އެއްފަރާތަކަށް ޖެހިލިއެވެ. އަފްރާ ލިފްޓުން ނުކުމެގެން ލޮލުކޮޅަށް އޮބާލަންދެކަށް އަރްޝަދްއަށް ބަލަހައްޓާގެން ހުރެވުނެވެ. ލޮލުކޮޅުން އަފްރާ އޮބާލުމާއެކު ދެފާރާތައް ބޯހޫރުވާލުމަށްފަހު އަރްޝާދް ލިފްޓަށް އެރިއެވެ. އޭނާގެ ސިކުނޑީގައި މާޒީގެ އެތައްކަމެއް ސިފަވަމުން ދިޔައެވެ.
ސިޓިންރޫމް މޭޒުމަތީ ބޯ އަޅައިލާގެން އަފްރީން އޮތެވެ. އޭނާ އޮތީ ވަރަަަށް ބޮޑު ވިސްނުމެއްގައި ކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މޭޒުމަތިން އަފްރީން ބޯ ހިތްލާލީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. ގޭތެރެއަށް ވަދެގެންއައި އަރްޝަދްއެވެ. މަޑު ނޫކުލައިގެ ގާމީހާ ކަޅު ފަޓްލޫން އަރްޝަދްއާ ނުހަނު ގުޅެއެވެ. ކަރުގައި އަޅާފައި އޮތްޓައިވަނީ ދޫކޮށްލާފައެވެ. ގަމީހުގެ އަތް ޮއޮތީ އޮޅަބޮއްޓާ ހަމައަަށް އޮޅާފައެވެ. ތިރީހުގެ އަހަރުތައް ގުނަމުން ދިޔައެއްކަމަކު އަރްޝަދްގެ ފަންއިސްތަށިގަނޑު ބޯވެފައި ކަޅުކަން ގަދައެވެ. ރީތިވަރަކަށް ތުނބުޅިބަހައްޓާފައި ހުރުމުން އަރްޝަދްގެ ފިރިހިންވަންތަކަން އިތުރު ކޮށްދެއެވެ.
އަފްރީން އަވަސްވެގަތީ އަރްޝަދްއަށް ސައި ތައްޔާރުކުރާށެވެ. އޮފީހުގައި މާބޮޑަށް ބުރަވުމުން މެންދުރު ކާކަށް އަރްޝަދަކަށް ނާދެވުނެވެ އެހެންކަމުން އޭނަ ހުންނާނީ ވަރަށް ބަނޑުހައިވެފަ ކަން އަފްރީންއަށް އެނގެއެވެ. ކޮންމެ ގޮތަކަށް ކަން ހިނގައިފައި އޮތް ކަމުގައި ވިއަސް އަފްރީން މަސައްކަތްކުރީ އޭނާގެ ވާޖިބް އެންމެ ފުރިހަމައަށް އަދާކުރާށެެވެ.
ވެފައިހުރި ވަރުބައްޔެއްގެ ބޮޑުކަމުން އަރްޝަދް ގޮސް ސޯފާގައި ޖައްސާލިއެވެ. ޓީވީން ދައްކަނީ ކޯއްޗެއްތޯ ބަލާލުމުގެ ނިޔަތުގައި ޓީވީ ހުޅުވާލިއެވެ. އެ ވަގުތު ޓީވީން ދައްކަމުން ދިޔައީ އިއްޔެގެ މެޗުގެ އުސްއަލިތަކެވެ. އަރްޝަދްއަށް ޓީވީ ހުޅުވެވުނީ އާރާޝް ވެއްޓުނު ތަން ދެއްކި ގަޑިއަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.






Slm hurihaa kudhin. Miothy mistoryge 8vana part. Kiyara ah ingey mi bai varah kurukan vx. Ekam ves hithah ery miadhu up kohllanyey. Eii dhe up kureveyne dhuvaheh neyngeythyve. Ummydhukurany mi bai ves hurihaa readers ah kamudhaanekamah. Jazakumullah khairan
yay after so many
days**
Yet me first v reethi
Yey i’m second dhww
Reethi… Ahenvyma aaraash ge mom aa ishma ge dad was married and now divorced.. Dhww????????ishma and aaraash ge dad same.. ?????????ehenve ishma reject kuryyy…… OMG…….. Vvv reethi bt adhives so many many mysterious secrets are hidden…. Waiting for Next part ??????????luv yah bodukoh….. ????????
A maya… 2nd hwdhy dhw… gadha… rngalhu vaahaka eh thibuny… luv u ???
OMG… ???arash ae ishma ge cousin eh dhw… ekm hyvany maya ebuni hn afraa n arshadh married hn… ekm adhi vs v gina secrets evahuri dhw neyngey…???v curious vey eba e secret thakaa hedhi… nxt part avahah nerehchey… kiyaa hithun maruvany mioh… hehhe… stry hama habeys n luv u dear…???
vv reethi just waiting for next part
vrh vrh reethi mi part vx….waiting waiting…..luv u
Story hama awwwsm ???, whn nxt prt, hoping for nxt part ???whn nxt part….waiting for next parrot….
Part*
Dhoona..adhives geteh nuveyey…..sis dhen alhugandu keekuraany???..aĺ the best luv ya❤❤❤??????
Kommes varakah ingey eba when next part???
1 question
Ishmaa as akmal aa onnany kon gulhumeh
One more question
Cover photo ga ehery emeehunge gulhun fenna gothah dho I mean relationship
Magey akmal dw ????????????????