Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި ( 5 )

Sh@_n@ Level 410 Stories100 Comments100 Login
June 22, 2018 3 Mins Read
11 Comments

ކުއްލިއަކަށް އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައީ އެތަނަށް ވަތް މީހާ ފެނިފައެވެ.

އަހަރެން ހާސްވެ, ހިތުގެ ވިންދު އަވަސްވާންފެށީ ބައްޕަމެން އަޝްފާން ފެނި ސުވާލެއް ކޮއްފާނެތީއެވެ. އެހެންވެއްޖެނަމަ އަހަރެން ކިޔާނީ ކީކޭ ކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގުނެވެ. ކުއްލިއަކަށް އަޝްފާން ފުރަތަމަ ފެނުނު ދުވަހުންސުރެ މިއަދާ ހަމައަށް ހިނގި ހުރިހާކަމެއް އަހަރެންގެ ލޮލުގެ ކުރިމަތީ ސިފަވަމުންދިޔައެވެ. އަހަރެން ވެއްޓެން އުޅެނިކޮއް އެ ބާރުގަދަ ދެ އަތުން އަހަރެންނަށް ހިމާޔަތް ދިން ގޮތެވެ. އަޝްފާން ހޯދުމަށް އަަހަރެން އެފިހާރަ ދޮށަށް ހިނގި ހިނގުމެވެ. އެންމެ ފަހުން އަޝްފާން އަކީ ކާކުކަން އެނގުނު ގޮތެވެ. ލޮލުން ކަރުނަ ނިރާލީ އަޝްފާންއަކީ މީހެއްގެ ހައްގެއްކަން އަނެއްކާވެސް ހިތަށް އެރުމުންނެވެ.

އަހަރެން އިސްޖަހާލީ އަހަރެންގެ ނަފްސު ހަމަޔަކަށް އެޅުވޭތޯއެވެ. އޭރު އަހަރެންގެ ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް ހިފެއްޓޭތޯ މަސައްކަތްކުރީމެވެ. އަހަރެންގެ މޭގައި މަޑުމަޑު ރިހުމެއް އުފެދެންފެށިއެވެ. އެ ސޫރަޔާ ދުރަށް ދާން ބޭނުންވާ ވަރަކަށް އަހަރެންގެ ކުރިމައްޗަށް އައީ ކީއްކުރަންބާއޭ ހިތަށް އަރަމުންދިޔައެވެ.
ހައިރާންވެފައި ފަހަރަކު މީހެއްގެ މޫނަށް އަނެއްކާވެސް ބަލަންފެށުނީ އެއްވެސް މީހަކު ވާހަކަ ނުދައްކާތާ ފަސްވަރަކަށް މިނިޓް ވުމުންނެވެ. ކޮންމެ މީހަކު ވެސް ދެން ހުރި މީހާ ވާހަކަ ދައްކާނެ ކަމަށް މަޑުކޮއްގެން ހުރިކަހަލައެވެ.
އެވީ ވަގުތުކޮޅުގައި ވެސް އަހަރެންގެ ހިތަށް އެތަކެއް އެއްޗެއް އަރައި ފައިބަމުންދިޔައެވެ. އަޝްފާން މިތަނަށް އަންނަން ޖެހުނު ސަބަބަކީ ކޮބާބާއޭ ހިތަށްއެރިއެވެ. އިއްތިފާގުން ވަދެވުނީބާއޭވެސް ހިތަށް އެރިއެވެ. އަހަރެންނަށް ސުވާލުގެ ނަޒަރަކުން މައި އަށް ބަލާލެވުނެވެ. އަދި ނިތް އަރުވާލީ ވާހަކަ ދައްކާނެ ހިތްވަރު ނެތުމުން މިވަނީ ކިހިނެއްހޭ އަހާލުމަށެވެ.

ކުއްލިއަކަށް ދޮރުހުޅުވާލުމަށްފަހު ވަނީ ޑޮކްޓަރ އާކިފްއެވެ. ޑޮކްޓަރ އަހަރެންކައިރިއަށް އައުމަށް ފަހު ހިނިތުން ވުމެއް ހަދިޔާކުރަމުން ކިހިނެއްހޭ އަހާލިއެވެ. އަހަރެންވެސް މިހާރު ރަނގަޅުކަމަށް ބުނެ ހިނިތުންވެލީމެވެ. ޑޮކްޓަރ އަހަރެން ބެލުމަށްފަހު ބުންޏެެވެ. ” މާ ބޮޑު ކަމެއް ނުވޭ. ގިނައިރު ހައިކަންމަތީ ހުރީމަ ބޮލަށް އެނބުރުން އެރީ، ގަޑިން ގަޑިއަށް ކާންވާނެ, އަދި މި ބޭސްވެސް ކާންވާނެ, ދެތިން ބޭހެއް އިންނާނެ. އައިވީ ހުސްވީމަ ގެއަށް ދޫކޮއްލާނެ އިނގޭ, މިހެން ބުނެ އެެންމެންނަށް ހިނިތުންވުމަށްފަހު, ބައްޕައަތަށް ބޭސް ސިޓީ ދިނުމަށްފަހު ނުކުމެގެންދިޔައެވެ. ބައްޕަވެސް ބޭސް ނަގައިގެން އަންނާނެ ކަމަށްބުނެ މަންމަ ގޮވައިގެން ނުކުމެގެން ދިޔައެވެ.

އަހަރެން ދުޢާ ކޮއްލަ ކޮއްލަ އިނީ މައި ނުކުމެގެންނުދޭތޯއެެވެ. އަހަރެންނަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ މައި އައިސް އަހަރެން ކައިރީ އިށީނދެ އަހަރެންގެ އަތުގައި ހިފާލުމުންނެވެ. އެވަގުތު އަޝްފާންވެސް ގޮނޑި ހިފައިގެން އައިސް އެނދުކައިރީ އިށީނެވެ. އަހަރެން ލާން އުޅުނު ނޭވާވެސް ތާށިވިކަހަލައެވެ. މިހާކައިރީގައި އަޝްފާން އިނުމުން އަހަރެންނަށް އުނދަގޫ ވާންފެށިއެވެ. ހިތްވެސް ތެޅެންފެށީ ނުހަނު ބާރަށެވެ. އަހަރެން އިނީ އަޝްފާންއަށް ނުބަލަން ވެގެންނެވެ. އަހަރެންގެ ހިތަށް އިތުރު ޒަހަމެއް ދޭން ބޭނުން ނުވާތީއެވެ. އަހަރެން ބާލީހުގައި ބޯ އަޅާ އޮށޯވެލީމެވެ. އަދި ލޯ މަރާލީ އަހަރެންގެ ލޮލުގައި ހުރި ކަރުނަތަށް ފެނިިދާނެތީއެވެ. އިސާހިތަކު ލޮލުގެ ހިމަކޮޅުން ކަރުނަތަށް ރޮނގަކަށް ފައިބާންފެށިއެވެ.

ކުއްލިިއަކަށް އަޝްފާންގެ ފޯނު ރިންގްވާން ފެށުމުން މައިއަށް ގޮވާލުމަށް ފަހު, ފަހުން އަންނާނެ ކަމަށް ބުނެ ނުުކުމެގެން ދިޔައެވެ. ދޮރު ޖެހުނު އަޑު އިވުމާއެކު އަހަރެންނަށް ފުން ނޭވާއެއް ބޭރުކޮއްލެވުނެވެ. އޭރުވެސް އަހަރެން އޮތީ ލޯމަރައިގެންނެވެ.

“ޖަން. މައި މަށަށް ގޮވާލީ އެއްޗެއް ބުނަން ބޭނުންވާ ކަހަލަ ގޮތަކަށެވެ.” އަހަރެން ހޫމް އޭ ބުނެލީ އެ އޮތްގޮތަށް އޮވެފައެވެ. އެހެންބުނި އިރުވެސް އަހަރެންގެ އަޑު ނުކުންނަނީ ކިރިޔަ ކިރިޔާއެވެ.

އަހަރެންގެ ގައިގަ އޭރު ކޮންމެސް ވަރަކަށް ވަރު ޖެހުނުނަމަވެސް އަނގައިން ބުނުންވީ ބޮޑުކަމަކަށެވެ. އަނެއްކާވެސް މައި އަހަރެންނާ ވާހަކަ ދެއްކިއެވެ. ” އަޝްފާން ބޭނުންވޭ ޖަންއާ ޕްރައިވެޓްކޮއް މީޓްވެ, ވާހަކައެއް ދައްކަން.” އެހެން ބުނުމާއެކު އަހަރެންނަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އަތްފައި ފިނިވެ ނޭވާ އަވަސްވިއެވެ.
އަހަރެންނަށް ވަގުތުން އިންކާރު ކުރެވުނެވެ. އަދި ބުނެވުނެވެ. މައި. މޮޔަވީތަ, މަންމަމެންނަށް އަޝްފާން އެނގުނިއްޔާ ކިހިނެއް ހަދާނީ,
އަހަރެން ހާދަ ލަދު ގަންނާނޭ އެމީހުން ކުރިމައްޗަށް އަރަން. އަނެއްކާ އަހަރެންނަށް ކިހިނެއް ވާނީ, ދެންމެވެސް އަހަރެން ހާދަ ހިތްވަރެއް ކުރީމޭ, މައި އަށް ހަމަ ނޭނގޭތަ އަހަރެންނަށް ވާނެ ވަރެއް އަޝްފާން ފެނުމުން, އަހަރެން އޭނަ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރާއިރު މައި އޭނަ ތިގެނައީ އަހަރެން ކުރިމައްޗަށް” މިހެންބުނެ އަހަރެންގެ މޫނުގައި އަތް އެޅީމެވެ. އޭރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. މައި އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

“ސާބަސް ޖަން، ހަމަޖެހިބަލަ, ޖަން މަންމަމެންނަކަށް ވެސް ނޭނގޭނެޔޭ އަސްލު އެއީ ކާކު ކަމެއް. މައި އާ އެއްކޮއް އަޝްފާން އައީ, މައި ބުނީ މައި ކަޒިން އެކޭ. ދެން އަނެއްކޮޅުން ޖަން އެއްނު ބުނީވެސް ސަަލާމަތްކޮއްދޭށޭ, ޖަން ތިހާލުގަ އުޅޭތަން ބަލާކަށް މައި އަކަށް ނުވާނެ ކެތެއް, އެހެންވެ އޭނަ ގެނައީވެސް, ޖަން އަށް ދެރަވާނެ ގޮތަކަށް މައި އެއްވެސް ކަމެއް ނުކުރާނަން. މައިއަށް އެނގޭ ޖަން ދެރަވާނެ ކަން, އުނދަގޫވެސް ވާނެކަން, ބަޓް މައި ބުނީތީ ހަމަ އެެންމެ ފަހަރަކު” މައި ކުރުނުކޮއް ކިޔަން ފެށުމުން އަހަރެން އެންމެ ފަހުން އެއްބަސް ވީމެވެ. އެކަމު އަދި ދުވަސްކޮޅެއް އަހަރެންނަށް ދިނުމަށް ބުނީމެވެ. ޖަވާބުގައި މައި ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. އަދި އަރާމްކޮއްލުމަށް ބުންޏެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑި ފުނިޖެހެމުންދިޔައީ އަޝްފާން ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ނޭނގޭތީއެވެ. އަހަރެން ހިތުގަ މިވާ ލޯބި ބޭޒާރު ވެދާނެތީއެވެ. ކޮންމެ ގޮތެއްވިޔަސް އަޝްފާންނާ ކުރިމަތިލާން އަހަރެން ނިންމީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އެ ވަޢުދު (8)

Next

ރާސްތާ 6

Next
June 22, 2018

ރާސްތާ 6

Previews
June 22, 2018

އެ ވަޢުދު (8)

11 Comments!

  1. Shaha says:
    June 22, 2018 at 7:37 pm

    Me first
    Nice

  2. 3348 says:
    June 22, 2018 at 7:50 pm

    Me second

  3. @@ says:
    June 22, 2018 at 7:56 pm

    Vara salhi ???next part kondhuvahakuntha? Avahah genesdheche❤❤plzz

  4. Sh@n@ says:
    June 22, 2018 at 8:06 pm

    Thanx hurihaa kudhin. Insha Allah tomorrow❤❤❤??

  5. Nunnu says:
    June 22, 2018 at 8:38 pm

    masha allah vv reethi
    aneh kaa ash faan ves janaa dheke loabi vane baa
    noonee mai hurihaa vaahaka thakeh kiyaadhinee tha ash faan ah
    so confusing
    waiting for next part

  6. Shaaaa says:
    June 22, 2018 at 8:43 pm

    Maa kury

  7. Shaaaa says:
    June 22, 2018 at 8:44 pm

    Maa kuree

  8. unique says:
    June 22, 2018 at 8:59 pm

    vvv reethi………. Maasha Allah keep it up

  9. FAISAL says:
    June 22, 2018 at 9:02 pm

    Kurukamaa eve? vaaahaka varah reethi

  10. Black Beauty says:
    June 23, 2018 at 2:31 pm

    haadha kurey.

  11. Shaira says:
    June 24, 2018 at 12:23 am

    Kuru geness dhefa oyleh..ekam vvv reethi

Comments are closed.

Next Episodeނުހައްގުލޯބި 6←


All Right Reserved!