Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 4

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 17, 2018 4 Mins Read
32 Comments

ކޮމެންޓޭޓަރު އަހުސަމްގެ ނަން ކިޔާލުމާއެކު ބޭއިޚްތިޔާރުގައި އޭނާއަަށް ހިނިތުންވެވުނެވެ. އޭނާގެ އުމުރުން ސޯޅައަހަރުވީއިރުވެސް ފުޓްބޯޅަ މެޗެއް ފުރިހަމައަށް ބަލާނުލައެވެ. ނަމަވެސް އަހުސަމް ކުޅެންފެށުމާއެކު ފުޓްބޯޅަ އޭނާގެ ހަޔާތުގެ އެއްބަޔަށް ވެއްޖެއެވެ.

” އިސްރާ ތި ބެލުން ނޫންކަމެއް ނުކުރޭ މިހާރަކު މޮޅުވިިނަމަވެސް އެންމެ ރަނގަޅޭ ރިކޯރޑްކޮށްގެން ބަލަން. މަގުމަތީގަ ލާޗާރު ބިޗާރަށް އުޅޭ ކުދިން ކުޅޭ އެއްޗެއް ބަލަން ވަގުތު ބޭކާރު ކުރާނީ ކީއްކުރަން. ދެން ދޭ ފޮތް ކިޔަން އަންނަ މަހުގަ ޓެސްޓްވެސް ފެށެއެއްނު.” އިސްރާ މިހާރަކަށް އައިސް މާގިނައިން ފުޓުބޯޅަ ބަލާތީ އޭނަގެ މަންމަ ފަރުހާއަކަށް އެކަން ކަމަކު ނުދިޔައެވެ. ފަރުހާދެކޭ ގޮތުގައި ފުޓުބޯޅަ އަކީ ނުކިޔަވާ މަގުމަތީގަ ގިނަވެގެން އުޅޭ ކުދިން ކުޅޭކުޅިވަރަކެވެ. އެނާ ދެކޭ ގޮތުގައި ބަލާނީވެސް އެކަހަލަ ކުދިންނެވެ. ކުޅިވަރު ކުޅުމަކީ ބޭކާރުކަމެއްގެ ގޮތުގައި އޭނަ ދެކެއެވެ. އޭނާ ބޭނުންވަނީ އިސްރާއަކީ ކިޔަވާގެން މޮޅުކުއްޖަކަަށް ހަދާށެވެ. އިސްރާ ސްކޫލުގައި މިވީހާ ދުވަހު އިތުރު ހަރަކާތެއްގަ ބައިވެރިވިއަކަ އޭނާ ނުދެއެވެ. އެއީ އިސްރާގެ ކިޔެވުމަށް ބުރު އަރާފާނެތީއެވެ. ހަގީގަތުގައި މާނީމެންނާއެއްކޮށް އިސްރާ އުޅޭކަށެއްވެސް އޭނާ ހިތްހަމައެއް ނުޖެހެއެވެ. އެއީ އެ ކުދިންނަކީ ކުޅިވަރަށް ލޯބިކުރާ ބަޔަކަށް ވާތީއެވެ. އަދި މާނީއާ ނަވްޔާގެ ބޭބެމެންނަކީވެސް ފުޓުބޯޅަ ކުލޭބަޔަކަށް ވާތީއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އިސްރާ މިހާރަކަށް އައިސް މާގިނައިން ފުޓުބޯޅަ ބަލަނީ މާނީމެންނާ ހެދިއެވެ. ނަމަވެސް ހަގީގަތަކީއެއީއެއްނޫނެވެ. މަންމަގެ ބަސްއަހައިގެން އިސްރާ އޭނާގެ ކޮޓަރިއަށް ގޮސް ކިޔަވަންއިށީނެވެ. އެހެންނަމަވެސް އޭނާއަށް ފޮތަކަށް ސަމާލުކަމެއް ނުދެވުނެވެ. ވިސްނެމުން ދިޔައީ އޭނާގެ މަންމަ ދެންމެ ބުނި ބަސްތަކެވެ. ފުޓްބޯޅަ ކުޅޭނީ ލާޗާރު ބިޗާރަށް އުޅޭ ކުދިންނެވެ. އެހެންވެއްޖެޔާމުން އޭނާގެ މަންމަގެ ނަޒަރުގަ އަހުސަމްއަކީވެސް އެކަހަލަ ކުއްްޖެކެވެ. މަންމަ ދުވަހަކުވެސް އޭނައާ އަހުސަމްގެ ގުޅުމަކަށް އާނބަސް ނުބުނާނެއެވެ. އަދި މަންމައަށް އޭނަ އުޅެނީ އަހުސްމައާ ރަށްޓެހިވެގެންކަން އޭެނގޭ ދުވަހަކި އޭނާގެ ފަހުދުވަހޭވެސް ހިތަށް އެރިއެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލްތަކުން އޭނާގެ ސިކުނޑިއަށް ބުރަވާންފެށިއެވެ. މޭޒުމަތީގައި ބޯއަޅާލީ ސިކުނޑިހަމަޖައްސާލުމުގެ ބޭނުމުގައެވެ. މާގިނައިރުތަކެއްނުވެ އޭނާގެ ލޮލަށް ނިދި ސަވާރުވިއެވެ.

*******************

ފޮތްތައް މުޅި ސިޓިްރޫމްގައި އަތުރައިގެން ފޮތްތަކުގެ މެދުގައި އިށީންދެލާގެންއިން މާނީއިނީ ސްކޫލުން ދީފައިހުރި ފިލާވަޅުތައް ނިންމާށެވެ. ވަރަށް ފަދުވާތެރިކަމާއެކު ފިލާވަޅުތައް ހަދަމުން ގެންދިޔައެވެ. ބެލްކިނީގެ ދޮރު ހުޅުވާފަ ހުރުމުގެ ސަބަބުން ޖެހެމުންދިޔަ ފިނި ރޯޅީގެ އަސަރު ކޮންމެވެސް ވަރަކަށް މާނީއަށް ކުރަމުން ދިޔައެވެ. މާނީ ކުރަމުންދިޔަ މަސައްކަތް ހުއްޓުނީ މީހަކު ބެލްޖެމުންނެވެ. ސޯފާ މަތީގައި އޮތް ވަށްބުރުގައި އަޅާލުމަށްފަހު ދޮރުހުޅުވަން ދިޔައެވެ. “ކުޑާއްތަ؟” ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި އަފްރާ ފެނުމުން މާނީ ކުޑަކޮށް ހައިރާންވިއެވެ. އޭނާ ހީކޮށްގެން ހުރީ މި ގަޑީގަ އަންނާނީ އިޝްމާ ކަމަށެވެ. “އަނޭ ކުޑާއްތަ އެތެރެއަށް ވަންނަންވީނު؟” އެހެން ބުނުމަށްފަހު މާނީ އަފްރާއަށް ވަންނަން ތަން ދެއްކިއެވެ. އަފްރާ ގޭތެރެއަށް ވަނެވެ. މާނީ ދޮރު ތަޅުލުމަށްފަހު ބިންމަތީގައި ހުރި ފޮތްތައް ނަގައި އޭނާގެ ކޮޓަރުއަށް ގެންދިޔައެވެ. އެއަށްފަހު ސިޓިންރޫމަށް އައިސް އަފްރާގާތު ސޯފާގައި އިށީނެވެ. ” ކުޑާއްތަ ކަމަކުތަ ތިއައީ؟” “ނޫން ހިތަށް އެރީ މިގަޑީގަ މާނީ އެކަންނޭ އުޅޭނީ އެހެންވެ ވަދެލާންވެއްޖޭ ކުޑަކޮށް ވާހަކަ ދައްކާ ހަދާލަން” މޫނުގައި އަޅާފައިން ފޮތިކޮޅު މައްޗަށް ހިއްލާލަމުން އަފްރާ ބުންޏެވެ. އަފްރާގެ މޫނަށް ބަލަހައްޓާގެން މާނީއަށް އިނދެވުނެވެ. މާނީ އެގޮތަށް ބަލަން އިނުމުން އަފްރާ ކިހިނެއްވީހޭ އަހާލިއެެވެ. “މަންމާއާ ކުޑާއްތައާ ވަރަށް ވައްތަރު އެހެންވެ ކުޑާއްތަ ފެނުނީމަ ހީވަނީ މަންމަ ފެންނަހެން” މާނީ އިސްޖަހާލާގެން އިނދެބުންޏެވެ. “މޫނު އަޅަންވީތަ؟” މާނީ ދެރަވެފައި ހުރުމުން އަފްރާ އަހާލިއެވެ. “އުނހު ތިހެން ހުރޭ އޭރުން ނުންނުއަށް ފީލް ވާނެ މަންމަ ކާރީގަ ހުރެވޭހެން. ކުޑާއްތަވެސްތީ ހަމަ ނުންނުގެ މަންމައެއްނު ދޯ” އަފްރާ މާނީ ގާތަށްއައި އެކަނި ހުންނަން ފޫހިވާތީވެ ކުޑަކޮށް ވާހަކަ ދައްކާލާށެވެ. ދެމީހުން އެކި ވާހަކަ ދައްކަން އެތަައްއިރެން ވަންދެން ތިއްބެވެ. އަފްރާ މާނީއަަށް ކިޔާދެމުންދިޔައީ އާރާޝް ކުޑައިރު ކުރާ މަޖާކަންތަކުގެ ވާހަކައެވެ. މާނީއިނީ ހީހީގޮސް ހަލާކުވާން ކާރިވެފައެވެ. “މިހާރު ވަރަށް ގިނައިރު ވެއްޖެ ދޯ މިހެން ވާހަކަ ދައްކަން އިނދެވޭތާ. އެއޮށް މަޣްރިބަަށްވެެސް ގޮވީ ނުންުނުވެސް ދެން އުޅެ ނަމާދަށް އަރަން ކުޑާވެސް މިދަނީ މިހާރު ދާން” އަފްރާ ދިއުމާއެކު މާނީ ސޯފާގައި އިށީންދެލިއެވެ. އެއަށްފަހު ސޯފަ ކުރިމަތީގައި އިން ކުޑަ މޭޒުމަތީގެ ވަތްގަނޑު ހުޅުވާލުމަށްފަހު އޭގެން ފޮޓޯގަނޑެއް ނެގިއެވެ.

“ވަރަށް ހަނދާންވޭ މަންމަމެން މަތިން. ހިތަށް އަރާ މިއަދުމަންމައާ ބައްޕަ ހުންނާނެ ނަމައޭ އަޅުގަނޑު ކާރީގަ ހިތްވަރު ލާދޭން.” އަތުގައި އޮތް ފޮޓޯ ގަނޑަށް ބަލަހައްޓާގެން ހުރެ މާއިޒް ވާހަކަ ދައްކަމުން ދިޔައެވެ. ފޮޓޮއިން ފެންނަމުން ދިޔައީ މާނީއާ މާއިޒްގެ އިތުރުން އެދެމީހުންގެ މަންމައާ ބައްޕަ އަފްޝަންއާ މިހްރާންއެވެ. އެއީ އަހަރުތަކެއް ކުރިން ނަގަާފައި ހުރި ފޮޮޮޓޮއެއްކަން މާއިޒްއާ މާނީއަށް ބަލާލުމުން އެނގޭނެއެވެ.

“ބައްޕައަަށް އިނގޭތަ ދޮންބެ އެއީ މިހާރު ގައުމީޓީމު ކުޅުންތެރިިއެކޭ. ބައްޕަ އުންމީދު ކުރި ކަހަލަ މޮޅު ޑިފެންޑަރެއް. މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް ލިބުނީ ދޮންބެއަަށް އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގަވެސް ހިމެނުނު. އެކަމު ބައްޕަ އެދުވަހު ދޮންބެ ގާތުގަ ނެތީމަ ދޮންބެ ހުރީ ވަރަށް ދެރަވެފަ. ނުންނު ހުންނައިރު އުޅޭނީ ވަރަށް ނޫންކަމަށް ހެދިގެން އެކަމު މަންމައާ ބައްޕަ ނެތީމަ ދޮންބެ ވަރަށް ދެރަވޭ.” މާނީ އޭނަ އަތުގައި އޮތް ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. މީގެ ހަތަރުއަހަރު ކުރިން ހިނގާދިޔަ ހާދިސާ މަތިން ދުވަހަކުވެސް މާނީ ހަނދާނެއް ނުނެތޭނެއެވެ. އޭނާގެ އުމުރުން އެންމެ ބާރައަހަރުގައި މަންމައާ ބައްޕަގެ ފުރާނަނެތް ހަށިގަނޑު ފެނުނު ދުވަސްމަތިން ހަނދާނެެއް ނުނެތެއެވެ. މަނމައާ ބައްޕަ ގެއިން ނުކުތީ އޭނާއަށާ ދޮންބެއަށް ޢީދު ހަދިޔާ ގަންނާށެވެ. ނަމަވެސް އެނބުރި ގެއަށް އައީ މަންމައާ ބައްޕަގެ ފުރާނަނެތް މަސްގަނޑެވެ. މަގުމަތީ ހިނގާދިޔަ ނުރައްކާތެރި މާރާމާރީއެއްގައި އޭނާގެ މަންމައާ ބައްޕަ މުޅި އުމުރަށް އެ މީހުން ދޫކޮށްފަ ދިޔައީއެވެ. އެ މާރާމާރީ ހިންގި މީހުންނަށް ދުވަހަކުވެސް މާނީ މާފެއް ނުކުރާނެއެވެ. އާއިލާއިން އެދުނު ގޮތަށް މާރާމާރީ ހިންގި މީހުންނަށް ވަނީ މަރުގެ ހުކުމް ކޮށްފައެވެ. އެހެނަސް އަފްޝަންއާ މިހްރާން އަނބުރާ ނުގެނެވޭނެއެވެ. ފޮޓޯ އޮތް ތަނަށް ލުމަށފަހު މާނީ އަވަހަށް ދިޔައީ ނަމާދުކުރަންށެވެ.

މީޓިންގަޑި ޖެހުމާއެކު މާއިޒް ދަބަހަށް ފޮޓޯލުމަށްފަހު މީޓިންއަށް ދިޔައެވެ.

****************

“ކޮބާ ހުރިހާ ކުދިން ކިހިނެއް؟ މާދަމާ މުބާރާތުގެ ދެވަނަ މެޗު މި އޮތީ. ކުޅެން މި ޖެހެނީ ލަންކާއާ. ރާއްޖޭގެ ސްކޮޑެކޭ އެއްފަދައިން ލަންކާގަވެސް މި އޮތީ ވަރަށް ޒުވާން ސްކޮޑެއް އެވަރެޖް އުމުރަކީ ފަންސަވީސް އަހަރު. އެމީހުންގެ ފުރަތަމަ މެޗު މާދަން އޮންނަ މެޗަކީ އެކަމު އާހަރުމެންގެ ދެވަނަ މެޗު. އަދި ފުރަތަމަ މެޗުން އަހަރުމެން ބަލިވެފަ އޮތުމުން އެ މީހުންނަށް އެޑްވާންޓޭޖް އޮތްކަމަށް އެމީހުން ބަލާނީ. އެއީ މި މެޗު އެއްވަރު ކޮށްލައިގެން ވެސް އެމީހުންނަކަށް މާބޮޑު ހާސްކަމެއް ނޯންނާނެ. އެކަމު މި މެޗު އެއްވަރު ވެއްޖެޔާމުން އަހަރުމެންނަށް ސެމީއަށް ދިއުމުގެ ޗާންސް ވަރަށް ކުޑައެހެންނު. އެމީހުން ގަބޫލު ކުރާ ގޮތުގަ ތި ކުދިން ކުޅޭނީ ޕްރެޝަރުގަ. އެހެންވީމަ ކޯޗު ބޭނުންވަނީ ތި ކުދިން ސެމީއާ މެދު ނުވިސްނާ ހަމަ އެކަނި މާދަމާގެ މެޗަށް އެކަނި ވިސްނަން. މާދަމާގެ މެޗުން މޮޅުވެގެން ސެމީއާ މެދު ވިސްނާނީ. ތިކުދިންގެ ކިބާގަ ލަންކާ ޓީމް ބަލިކުރުމުގެ ފެންވަރު އެބަހުރި. ކުރީ ދުވަހުގެ މެޗުއެއީ ތި ކުދިންގެ އެންމެ ރަނގަޅު މެޗެއް ނޫން އެކަމުވެސް އަށްޑިހަ ނުވަ މިނެޓްވަންދެކަށް އިންޑިއާ ހިފެހެއްޓުނު. އެހެންވީމަ ލަންކާ އާއެއްކޮށް ސަތޭކަ ޕަސެންޓް ދީފިއްޔާ މި މެޗުން މޮޅުވެވޭނެ. އެކަމު ފުޓުބޯޅާގަ ހަމަކޮންމެފަދަ ގޮތެއްވެސް ވެދާނެ. އެހެންވީމަ ވަރަށް ވިސްނާގެން ކުޅެންވާނީ.” މާދަމާ އޮންނަ މެޗާބެހޭ ގޮތުން ކޯޗު ވާހަކަ ދެއްކިއެވެ. “އަސްލު ވަރަށް އުނދަގޫ ތި ކުދިންގެ ތެރެއިންްް ފުރަތަމަ އެގާރައެއް ނަގަން ހުރިހާ ކުޅުންތެރިންނަކީވެސް ހަމަ އެއްވަރެއްގެ ކުޅުންތެރިން. ހިނގާދޯ މާދަމާގެ މެޗަށް ނެގި ފަސްޓް އިލެވެން އަކީ ކޮބާތޯ ބަލާލަން. މަަދަމާގެ މެޗްގެ ފޯމޭޝަން އަކީ ފޯ ފޯ ތްރީ. ސޯ އެންމެ ފުރަތަމަ ގޯލް ކީޕަރ މާދަމާގެ މެޗުގަ އަކްމަލް ކުޅޭނީ ގޯލްކީޕަރަކަށް. ވަރަށް ވިސްނާފަ އަހަރެން އެ ގޮތަށް މި ނިންމީ. ކޮންމެހެން ސިމާހުގެ ކުޅުން ދަށް ވެގެނެއް ނޫން އެކަމު އަކްލަމްއަށް ޗާންސްއެއް ދޭން ވެގެން” އަކްމަލްގެ ހިތް އުފަލުން ނަށާލިއެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި ގައުމީ ޓީމުގެ ގޯލު ބަލަހައްޓަން ފުރުސަތު ލިބުމުން ނުހަނު އުފާވިއެވެ. ހިތުގައި އަޒުމް ކަނޑަ އެޅީ އޭނާގެ އެންމެ މޮޅު ކުޅުން ކުޅޭށެވެ. ހިތާހިތުން ކޯޗްއަށް ޝުކުރު އަދާކުރިއެވެ. “ދެން ޑިފެންސްގަ މާއިޒްއާ ނަވީންގެ އިތުރުން ރަޔާން. ދެން މެދު ތެރޭގަ ފާއިންއާ ޝައިމްއާ ޔުއާން ދެން ހާޝިމް. އެންމެ ކުރިއަށް އަހުސަމް ޒަޔާން އެންޑް އާރާޝް. ކުރީ ދުވަހުގެ ފަސްޓް އިލެވެންއިން ޗޭންޖްވެފަ މިހުރީ ސިމާހު އެންޑް މާއިޝް. ބަދަލުގަ އަކްމަލްއާ ޔުއާން މިތިބީ. އުއްމީދު ކުރަން ހުރިހާ ކުދިންވެސް މާދަމާ ރަނގަޅަށް ކުޅޭނެކަމަށް. ހުރިހާ ކުދިންވެސް ވާނެ މިރޭ އަވަހަށް ނިދަން ރަނގަޅަށް ނިދައިގެން ނޫނީ ނުއެއް ކުޅެވޭނެ. ދެން އެންމެ ރަނގަޅު ހުދިހާ ކުދިން ދިޔައަސް” ކޯޗު އެހެންބުނުމާއެކު ހުރިހާ ކުޅުންތެރިންވެސް ދިޔައެވެ. އެންމެން ވެސް ގޮސްބެލީ އަވަހަށް ނިދޭތޯއެވެ.

*****************

އާދާގެ މަތިން މިއާދުވެސް ނަވްޔާއާ އިސްރާ ބެންޗުގަ މަޑުކޮށްގެން ތިބީ މާނީއާ އިޝްމާ އަންނަންދެނެވެ. އިސްރާ ކޮންމެސް ކަމަކާ ވިސްނާހެން ނަވްޔާއަށް ހީވިއެވެ. އެއީ އެހެންނާ ހުއްޓާނުލާ އަނގަތަޅާ ކުއްޖާ މިއަދު އަނގައިން އެންމެ ބަހެއްވެސް ނުބުނެެއެވެ. ނަވްޔާ އެއްޗެކޭ ނުބުނެ އިނީ މާނީމެން އަންނަންދެނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (7

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (43)

Next
June 17, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (43)

Previews
June 17, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (7

32 Comments!

  1. Kiyara says:
    June 17, 2018 at 4:54 pm

    Slm hurihaa kudhin miothy storyge 4vana bai. Hurihaa kudhinnah ves kamudhaane kamah ummedhu kuran.

  2. Areen says:
    June 17, 2018 at 4:59 pm

    Wow…❤

    1. Kiyara says:
      June 17, 2018 at 5:22 pm

      Thanks areen❤️

  3. Maya says:
    June 17, 2018 at 5:06 pm

    Yay maya ah dhw first mi libuny????????reethi ekamu kudakoh confused.. Vaanuvaa eha rangalhakah nenge.. ?????bt otherwise vv salhi???????

    1. Kiyara says:
      June 17, 2018 at 5:21 pm

      Mifaharu second dho. Kuriah huri bai thakun vaanuvaa engigen dhaane ISA. Thank you Maya fr the beautiful comment??

  4. Yuin says:
    June 17, 2018 at 5:27 pm

    Mi story is nice… But its very difficult to understand haahsakoh relationship between these girls and boys….. So plx plx kudakoh dhn in part ga olhun filuvadheebalaaa dearrrr… But keep it up ????????

    1. Kiyara says:
      June 17, 2018 at 5:30 pm

      Thanks yuin. Insha Allah dhen oii baaga genesdheveytho balaanan ekam Maany aaraash and Ishmaa ge baa ahnnany thankolhefahun.

  5. Maikaa says:
    June 17, 2018 at 5:34 pm

    wow…varah nice…unique srty eh varah…keep it up…whn next…

    1. Kiyara says:
      June 17, 2018 at 6:08 pm

      Thanks Maikaa nxt part Wednesday Insha Allah

  6. Akuu says:
    June 17, 2018 at 5:34 pm

    Heii.. Wow.. Amaxin ❤️❤️❤️ vrh rythi… Nxt part avahah up koh dhehchey… Puweeeeez ???
    btw haadha ryhcheyy… I cant stop sayin tht ? hehe.. kiyara amaxin stry eh hama.. ?

    1. Kiyara says:
      June 17, 2018 at 6:06 pm

      Thanks akuu❤️❤️

  7. Livee says:
    June 17, 2018 at 6:19 pm

    Wow varah salhi

    1. Kiyara says:
      June 17, 2018 at 6:57 pm

      Thanks livee❤️❤️❤️

  8. Maii says:
    June 17, 2018 at 6:25 pm

    Varah reethi story ingey kiyaa.. ? can u explain ishmaa aa aarash aa maany ge gulhun.. Its just a small request.. ? lots of luv ❤❤

    1. Kiyara says:
      June 17, 2018 at 6:59 pm

      Kuriqh huri bai thah kiyaalyma ingigendhaane???. Adhi ehah buneveykasheh neii eyrun mulhi storyge interest gehlleny.luv u too ❤️❤️❤️

  9. unique says:
    June 17, 2018 at 7:35 pm

    vvv reethi kiyara ves world cup balan dhw…. u too love football dhw.. unlike me heheheh

    1. Kiyara says:
      June 17, 2018 at 8:29 pm

      Thanks unique. Ya kiyara balan worldcup and i lurrrrrv futball❤️❣️❣️❣️. Unique nubalantha worldcup eh?

  10. unique says:
    June 17, 2018 at 8:35 pm

    yup actually once i luved it but now foohi hihih

  11. Reader says:
    June 17, 2018 at 8:52 pm

    Wooww.. speechless ?? varah reethi mi part ves. Hehe miss little anju ge anga kolhu ? story nimen dho miulheny? ??
    esfiya meehun keehvetha reader cmnt kuryma cmnt jahaa nudheny? ?? Kuree dhuvhakuves mi story ah kureema jahaala nudhin. Mirey ves mi kurany dhevana faharu. Hope mi cmnt himi drlng ah fenna varu kohdheyne kamah ❤️

    1. Reader says:
      June 17, 2018 at 8:54 pm

      Alhey nubai story eh ga mi cmnt kohllevuny sorry

  12. Hshaa says:
    June 17, 2018 at 11:24 pm

    Wow salhi waiting for next part

    1. Kiyara says:
      June 18, 2018 at 5:04 pm

      Thanks Hshaa

  13. Amee? says:
    June 18, 2018 at 12:58 am

    Vrh salhi??❤

    1. Kiyara says:
      June 18, 2018 at 5:05 pm

      Thanks Amee❤️❤️

  14. Nunnu says:
    June 18, 2018 at 12:03 pm

    V reethi
    When next part

    1. Kiyara says:
      June 18, 2018 at 5:06 pm

      Thanks Nunnu Wednesday ga next part ISA

  15. jilee says:
    June 18, 2018 at 4:03 pm

    oh man, so happy to read a story centered around football players. Varah thafaathu. but konmes character akah sergi roberto laaba. he’s too damn hot. hehe. anyway, nice story. keep it up.

    1. Kiyara says:
      June 18, 2018 at 5:18 pm

      Good that ure happy jilee. Sergi Roberto dhen inna story akah dho laany. Thanks for the suggestion jilee.

  16. Unknown girlll.. says:
    June 18, 2018 at 5:02 pm

    Sorry…? aslu ehaa bodakah geteh nuvey mivaaehcheh…hurihaa boys ves same age tha? And hurihaa anhen kudhin ulheny grade 10 ga tha….. can u tell me mivaahakaiga adhi mihaathanah vaagoi..pls…story v rethi vaanehen heevey.. keep up the good job…….???❤❤❤???

    1. Kiyara says:
      June 18, 2018 at 5:10 pm

      Unkown girlll its ok u dnt have to be sorry. Boys they’re not same age.
      Maaiz 21
      Aarash 18
      Ahusam 18
      Akmal 18
      And all the girls are in grade 11. And thank you unkown girlll❤️❤️❤️❤️

    2. Anonymous says:
      June 18, 2018 at 6:39 pm

      oh nice girls studying like me dhw

    3. unique says:
      June 18, 2018 at 6:41 pm

      oh nice girls studying like me dhw

Comments are closed.

Next Episodeރާސްތާ 5←


All Right Reserved!