Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 25

laya Level 110 Stories
April 5, 2014 8 Mins Read
9 Comments

“ވިޝޫ.. ވިކީ އެބަ ގޮވާ..” ވިޝާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރި ޒައިދުއަށް ސިހުމެއް ލިބުނީ އާލިކްގެ އެއަޑުންނެވެ. ލާނެތް ހިނިތުންވުމަކާއިއެކު އޭނާ ވިޝާގެ އަތުން ދޫކޮށްލުމަށްފަހު ބޯ ކަހާލީ އާލިކްގެ ހިތުގައި އަލިފާން ރޯކުރުވާފައެވެ. އޭރު އެމޫނުމަތީގެ ކުލަވަރު ފެނި ވިޝާހުރީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް އާލިކް ރުޅި އައިސްފައިވާ މިންވަރު ފެނުނެވެ. އެއާއިއެކު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހިނގައިގަތީ ކަމެއް ގޯސްވެދާނެކަމުގެ އިންޒާރު އޭނާގެ ސިކުނޑި ދިނުމުންނެވެ. ވިޝާ ނުކުތުމާއިއެކު އާލިކްވެސް އޭނާގެ ފަހަތުން ދިޔައީ ޒައިދުއަށް ބަލާވެސް ނުލައެވެ.

“ކީކޭ ދޮންބޭ؟.. ކީކުރަން ގޮވީ؟..” ވިޝާ ގޮސް ވިކާޝްގެ ކުރިމަތީގައި ހުއްޓިލާފައި ވާހަކަ ދެއްކިއިރު އާލިކްވެސް އޭނާގެ ފަހަތުގައި ހުއްޓިލައިފިއެވެ. ވިޝާގެ ސުވާލާއިއެކު ވިކާޝްއާއި ލިމްނާއަށް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. އެއަށްފަހު ދެން އާލިކްގެ މޫނަށް ބަލާލިއިރު އޭނާ ދެބުމަ ގޮށްޖަހާލައިގެން މޫނު އަނބުރާލައިގެން ހުއްޓެވެ. އެމަންޒަރު ފެނުމުން ވީގޮތް މާ ރަނގަޅަށްވެސް ވިކާޝްއަށް އެނގުނެވެ.

“އާނނ… ދެން ރެސްޓް ކޮށްލަން ދާންވީނުން.. ހަވީރު ވެލީމަ ޒާއްތަމެންނަށް ގެނައި ހަދިޔާއާއި އެއްޗެހި ހިފައިގެން އަންނާނީ ދޯ..” ވިކާޝް ވިސްނުމުގެ ބޭނުން ކޮށްފައި އާލިކްއަށް އެހީތެރިވުމުގެ ގޮތުން ވާހަކަ ދެއްކީ ވިޝާއަށް ޝައްކެއްވެސް ނުވާނޭ ހެންނެވެ. އޭރުވެސް ލިމްނާ އިނީ ވާނުވާ ނޭނގިފައި ވިކާޝްގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.

ވިޝާމެން އެމީހުން ތިބުމަށް ކުއްޔަށް ހިފި ގެއާއި ދިމާއަށް މިސްރާބު ޖެހީ ޒާހިރާއާއި ޒައިދު ގާތުގައި ހަވީރުން އަންނާނަން ކަމުގައި ބުނެފައެވެ. އެގެއަށް ދިޔަ މަގުމަތީގައި ވިޝާ އޭނާގެ އުޅެ ބޮޑުވި ގެ ވިކާޝްއަށް ދައްކާ މަންމަގެ ވާހަކަތައް ދައްކަން ފެށުމުން ވިކާޝް ހުރީ ހިތުގައި ޖެހިފައެވެ. ވިޝާ ފަދައިން އޭނާއަށްވެސް މަންމައާއިއެކު އުޅުމުގެ ފުރުސަތު ލިބުނު ނަމައެވެ. ޒާހިރާ މެންގެ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުރި “ނައިޓް ޝޭޑް” އަށް ހަތަރު މީހުން ވަންއިރު އެމީހުންގެ ސާމާނުތައް ގެނައި ބޭރުމީހާ އެގޭގައި އުޅެއެވެ. އެމީހުން އައުމުން ގޭގެ ތަޅުދަނޑިއާއިއެކު، ތަންތަން ދައްކާލާ ކިޔައިދިނުމަށްފަހު އެމީހާ ދިޔުމުން ހަތަރު މީހުންގެ މިސްރާބަކަށްވެސް ގޯތިތެރޭގައި އެލުވާފައި ހުރި އުނދޯލިތަކެވެ. އެއީ ތިން ކޮޓަރިއާއި، ސިޓިންގ ރޫމަކާއި، ބަދިގެއެއް ލާފައި ހުރި ރީތި، ކުޑަ ގެއެކެވެ. ގޭތެރޭގައިވާ ފަރުނީޗަރު ތަކާއި، ފަރުމާ ކުރުންތަކުގައި މިހާރުގެ ޒަމާނީ ގޮތްގަނޑު ހުރެފައި ގޯތިތެރޭގައިވާ ހުސް ޖާގައިގައި ހިޔާ ހޯދުމަށް ހައްދާފައި ހުރި ބޮޑު ޖަނބުރޯލު ގަސް ހުރުމުން ހިތްފަސޭހަ ގޮތެއް ހުއްޓެވެ. އެ ހުސް ޖާގައަށް މުޅި ގަހުގެ ހިޔާ އެޅިފައި، ކަށިވެލި ލާފައި އޮތް ބިންގަނޑު ކުނި ކަހާލާފައި އޮތުމުން އަމާންކަމާއި ސާފުތާހިރުކަން ފެންނަން ހުއްޓެވެ. ޖަނބުރޯލު ގަހުގައި އެލުވާފައި ހުރި ދެ އުނދޯލީގެ އިތުރުން ބަހައްޓާފައިވާ ޖޯލިފަތީގައި ވިކާޝްއާއި، ލިމްނާ އަދި އާލިކްއާއި ވިޝާ ތިބިއިރު ތަނުގައިވާ މަޑު މަޑު ހަމހިމޭންކަން ގެއްލިގެންދަނީ ގަހަށް ޖައްސާފައިތިބި ކާޅާއި ކޮވެލީގެ އަޑުންނެވެ.

“ހާދަ ހިތްފަސޭހަ ގެއެކޭ ދޯ.. މާލެ ދާހިތްވެސް ނުވޭ..” ލިމްނާ ޖޯލިފަތީގައި އޮށޯވެލައިގެން އޮވެ ވާހަކަ ދެއްކިއިރު ތުންފަތުގައި ހިނިތުންވުމެއް ހުއްޓެވެ. އެއާއިއެކު އޭނާއާއި ޖެހިގެން އޮތް ވިކާޝްވެސް އޭނާއާއި އެއްބަސްވަމުން ލޯ މަރާލުމާއިއެކު ހިނިތުންވެލިއެވެ. ހިތްފަސޭހަކަމުން ނިދި އަންނަ ކަހަލަ ގޮތެއް ވެފައި އޮތުމުން ވިކާޝް ވާހަކަ ދައްކާ ޚިޔާލެއް ނުކުރެއެވެ. އޭރު އުނދޯލީގައި އޮށޯވެލައިގެން އޮތް ވިޝާ ލޯ މަރާލައިގެން އޮވެ މަޑު މަޑުން އެ އުނދޯލި ހެއްލަމުން ދިޔައިރު ދެން ހުރި އުނދޯލީގައި އޮތް އާލިކް ކަޅިޖަހާނުލާ އެ މަންޒަރަށް ބަލަހައްޓައިގެން އިނެވެ. ޒާހިރާމެން ގެއިން ނުކުތް ފަހުން އަދި އޭނާ މީހަކާއި އަނގަޔަކުން ނުބުނެއެވެ.

“ހޭއި ވިޝޫ.. ދޮންބެމެން މިދަނީ ކުޑަކޮށް ނިދާލަން.. ވަރަށް އަރާމު ނިންޖެއް އެބަ އާދޭ.. ތިމީހުންވެސް ދޭ ރެސްޓްކޮށްލަން..” ވިކާޝް ލިމްނާގެ އަތުގައި ހިފައިގެން ތެދުވެލަމުން ވޝާއާއި ވާހަކަ ދެއްކީ އާލިކްއަށްވެސް ނަޒަރެއް ދެމުންނެވެ. އެއާއިއެކު އެދެމީހުން އެތަނަށް ދޫކޮށްލާފައި ވިކާޝްއާއި ލިމްނާ އެމީހުންގެ ކޮޓަރިއަށް ދިޔައެވެ. އެއާއިއެކު ހަމަ ވަގުތުން ވިޝާ ހެއްލަ ހެއްލާ ހުރި އުނދޯލި ހުއްޓާލާފައި ލޯ ބޮޑުކޮށްލައިފިއެވެ. އާލިކް ބަލަހައްޓައިގެން އިނުމުން އޭނާގެ އަތްފައި އެވަގުތުވެސް ފިނިވެއްޖެއެވެ. “މިއޮއް ވާގޮތެއް ދެން.. އެއީވެސް ހަމަ އާދައިގެ އިންސާނެއް ވިއްޔަ..” ވިޝާ ހިތާއިހިތުން ވާހަކަ ދެއްކިއިރު ދެބުމަ ކައިރިކޮށްލާފައި ހުރިގޮތުން ހީވަނީ ރުޅި އައިސްފައި އިންހެންނެވެ. އޭރުވެސް އާލިކްގެ ނަޒަރު އެންމެ މިނެޓަކަށްވެސް އޭނާއާއި ވަކި ނުވެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް އޭނާގެ މޫނުމަތީގައި ހިނތުންވުމެއް ނެތަސް އެލޮލުގެ ފުންކަން ކުރިއަށްވުރެވެސް ގަދަވެފައި ވާފަދައެވެ. އެގޮތުގައި މާގިނަ އިރުތަކެއް ނުވަނީސް ވިޝާގެ މޫނު ޖަންބެއް ފަދައިން ރަތްވެގެން ދިޔައެވެ.

“ވައި އާރ ޔޫ ޑުއިންގ ދިސް” އާލިކް ވާހަކަ ދެއްކީ ކުޑައިރުކޮޅެއް ފަހުން ވިޝާ ތެދުވެގެން ދާން ހިނގައިގަތުމުންނެވެ. ހަމަ އެއާއިއެކު ވިޝާ ހިނގުން ހުއްޓާލުމަށްފަހު އޭނާއާއި ކުރިމަތި ލައިފިއެވެ.

“އަނނ..” ވިޝާ ދެބުމަ ހިއްލާލުމަށްފަހު ސުވާލުކޮށްލީ އާލިކް ބުނި އެއްޗެއް ރަނގަޅަށް ނޭނގޭ ކަމަށް ހެދުމުގެ ގޮތުންނެވެ. އެވަގުތު އާލިކް އުނދޯލިން ތެދުވުމަށްފަހު ވިޝާއާއި ކައިރިވެލާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރުވެސް އެމޫނުމަތީގައިވަނީ ސީރިއަސް ގޮތެކެވެ.

“ކީއްވެހޭ ތިހެން ތިހަދަނީ؟.. “އާލިކްގެ އަޑުގައި ނުރައްކާތެރި ހަރުކަށިކަމެއް ވެއެވެ.

“ކިހިނެތް؟..” ވިޝާ ހަޖެހިލާފައި ހުންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ހަގީގަތުގައި އޭނާ ހުރީ ޖެހިލުން ވެފައެވެ.

“ނޭނގޭތީތަ ތިއަހަނީ؟.. ނޫނީ ނޭނގޭ ކަމަށް ހެދެނީތަ؟..” އާލިކް ކުރިއަށްވުރެވެސް ބޮޑަށް ވިޝާއާއި ކައިރިވެލުމުން އޭނާ ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ.

“ކީއްވެތަ ޒައިދުދެކެ ލޯބި ނުވާއިރު އޭނައާ…”   “ޒައިދުދެކެ ލޯބިވެއޭ..” ވިޝާ އާލިކް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ވާހަކަ ދެއްކިއެވެ. އެވަގުތުވެސް އާލިކްގެ ދެބުމަ ކައިރިކޮށްލި ގޮތުން އޭނާ އިތުރަށް ރުޅި އައިސްފިކަން ދޭހަވެއެވެ.

“އައި ނޯ ޔޫ ޑޯންޓް ލަވް ހިމް..”   އާލިކް ވާހަކަ ދެއްކިއެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ވިޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އަބަދު އެގޮތަށް ގަދަ ދައްކާ އޭނާއާއި ކުރިމަތިލުމުގެ ހައްގެއް އާލިކްއަކަށް ނޯންނާނެއެވެ. އޭނާ ޒައިދުއާއި ރައްޓެހިވީ އާލިކް ޝާޔަންއަށް ކައިވެންޏަށް އެދުމުންނެވެ. އެ ޚިޔާލުތައް ވެރިވުމާއިއެކު ވިޝާއަށް ހީވީ އާ ހިތްވަރެއް ލިބުނީ ހެންނެވެ. ކުއްލިއަކަށް ރުޅިވެރި ކަމާއިއެކު އާލިކްއާއި ހަތަރުކަޅި ހަމަކޮށްލާ ވާހަކަދެއްކީ ކެރިހުރެއެވެ.

“އަހަރެން ލޯބިވަނީ ޒައިދުދެކެ.. އެންޑް އައިލް ޕްރޫވް އިޓް..” ވިޝާ އަޑަށް ބާރުލަމުން އެހެން ބުނެލާފައި ހަލުވި ހިނގުމުގައި އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އާލިކް ގޮށްމުށުގެ އެތިފަހަރެއް ކައިރީގައި ހުރި ޖަނބުރޯލު ގަހަށް ދޫކޮށްލީ ލޯ މަރާ ބާރުކޮށްލަމުންނެވެ.

ވިޝާ ކޮޓަރިއަށް ވަނުމާއިއެކު އެނދު މައްޗަށް ވެއްޓިގަތެވެ. އޭނާ ވިސްނަމުން ދިޔައީ އެވަގުތު ހިތައް އެރި އެއްޗެހިތަކާއި މެދުގައެވެ. އޭނާ ޒައިދުއާއި ރައްޓެހިވެގެން އެއުޅެނީ އާލިކްގެ ކިބައިން ބަދަލު ހިފާކަށް ނޫނެވެ. ވީއިރު އެ ޚިޔާލުތައް އޭނާގެ ހިތުގައި އަލިފާން ރޯކުރުވަނީ ކީއްވެގެން ހެއްޔެވެ؟ ވިޝާ ލޯ މަރާލިއެވެ. އޭނާ ޒައިދުއާއި ވަކިވާކަށް ގަސްތެއްނުކުރެއެވެ. މިހާރު އެންމެ މުހިންމު ކަމަކީ އޭނާ ޒައިދުދެކެ ލޯބިވާކަން އާލިކްއަށް ސާބިތުކޮށްދިނުމެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ އިރުކޮޅެއްގައި އެހެން އޮތުމަށްފަހު ވިޝާ ލޯ ހުޅުވާލީ ޚިޔާލެއް އައުމުންނެވެ. ތެދެކެވެ. އެކަން އާލިކްއަށް ސާބިތުކޮށްދިނުމަށް ދެން އެ ނޫންގޮތެއް ނެތެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއިރު ލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

އެންމެންވެސް ނިދާލާ، އަރާމުކޮށްލުމަށްފަހު ތެދުވެ ފެން ވަރާލައިގެން އެނބުރި ޒާހރާމެން ގެއަށް ދިޔައިރު ހަވީރު 5 ޖަހައިފިއެވެ. އެގެއަށް ދިޔައިރު ޒީނިޔާ އިރަމް ގޮވައިގެން ގޭގައި އުޅޭތީ ވިޝާގެ މައިގަނޑު ކަމަކަށްވީ އެކުއްޖާ ގޮވައިގެން ކުޅެ، ސަކަރާތް ޖެހުމެވެ. އިރަމް ފެނުމާއިއެކު ޒާހިރާމެންނަށް ގެނައި ހަދިޔާތައް ދޭންވެސް ވިޝާ މާބޮޑު ސަމާލުކަމެއް ނުދިނުމުން އެކަންވެސް ކުރީ ލިމްނާއެވެ. އެމީހުން އައުމާއިއެކު ޒައިދު ބޭރަށް ދާން އުޅެފައިވެސް ޚިޔާލު ބަދަލުކޮށްލާފައި ވިޝާއާއި އިރަމްއާއި އެކީގައި ސަކަރާތް ޖެހުމުގައި ބައިވެރިވިއެވެ. އެގޮތަށް ހީލާފައި ސަކަރާތް ޖަހަމުން ދިޔައިރު ދުރުގައި ހުރި އާލިކްގެ ހިތައް ލިބެމުން ދިޔައީ ބަޔާން ކުރަން ނޭނގޭ ފަދަ ހިތްދަތި ކަމެކެވެ. ނަމަވެސް އޭނާ ޖެހޭނީ ހިތްވަރު ކުރާށެވެ. ބަލިކަށި ވެއްޖެނަމަ ވިޝާގެ ހިތުގެ ހަގީގަތް އެނގުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އާލިކް ވިޝާމެންނަށް ނުބަލަން ވެގެން މޫނު އަނބުރާލައިގެން އިންއިރު އޭނާގެ މަޑުމައިތިރިކަން ވިކާޝްއަށް ފާހަގަވިއެވެ. އެހެން ނަމަވެސް އާދައިގެމަތިން އޭނާ އެވާހަކަ ދައްކަން ގަސްތު ނުކުރީ އެކަންތައްގަނޑުގެ ހައްލު އެދެމީހުން އަމިއްލައަށް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ހަގީގަތުގައި ރަހްމަތްތެރިޔާއަށް އެހީވާން ބޭނުންވި ނަމަވެސް އޭނާގެ ކޮއްކޮއަށް އެއްވެސް ކަހަލަ މަޖްބޫރީއެއް ފޯރުވަން އޭނާ ބޭނުން ނުވަނީއެވެ.

ވާދޫއަށް ދިޔަތާ ހަފްތާއެއް ވީއިރު އާލިކްގެ މޫޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިނަމަވެސް އެހެންޏާ ނުހުންނަ ފަދަ މަޑުމައިތިރިކަމެއް އޭނާގައި އަށަގެނެފައިވާކަން އެންމެންވެސް ފާހަގަ ކުރިއެވެ. ވިޝާ އޭނާގެ ގިނަ ވަގުތުތައް ޒާހިރާމެން ގޭގައި ޒާހިރާއާއިއެކު ހޭދަކުރަމުން ދިޔައިރު ޒައިދުއާއިވެސް ނުހަނު ގިނައިން ބައްދަލުވެއެވެ. އަދި ހަމަ އެގޮތަށް ވިކާޝްއާއި ލިމްނާ ގިނަ ވަގުތުތައް އެކަކު އަނެކަކާއިއެކު ހޭދަކުރަމުން ދިޔައިރު ބޮޑަށް އެކަނިވެރިވެފައި ހުންނަ އާލިކްގެ އުންމީދަށް ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް ލިބިފައިވަނީ ވިޝާ އޭނާއާއި ދުރުވާން މަސައްކަތް ކުރާވަރުންނެވެ. އޭނާގެ ހިތުގައި ވިޝާގެ ލޯތްބާއިމެދު އުފެދިފައިވާ ޔަގީންކަމަށް ޝައްކުތަކެއް ވެރިވާންފެށީ އެ އަންހެންކުއްޖާ ޒައިދުއާއިއެކު ހޭދަކުރާ ވަގުތުތައް އިތުރުވަމުން ދާތީއެވެ. އޭނާއަށްދޭ ސަމާލުކަން ކުޑަކަމުންނެވެ. އާލިކްއަށް ނޭނގޭ އެއްޗަކީ ވިޝާ އެގޮތަށް ޢަމަލުތައް ބަހައްޓަމުންދަނީ އޭނާގެވެސް ހިތާއި ދެކޮޅަށްކަމެވެ. ޒައިދުއާއި އެކީގައި އުޅެމުން ދާއިރުވެސް ދުރުގައި އާލިކް އެކަނިވެފައި ހުންނަތަން ފެނުމުން އޭނާވެސް ނުހަނު ދެރަވެއެވެ. އެކަނިވާއިރަށް އެކަމާއި ހިތާމަވެސް ކުރެއެވެ. އެހެންނަމަވެސް މިހާރު ކަންތައް ވަމުން އެދަނީ އޭނާ ބޭނުންވާ ގޮތަށެވެ. އަދި އޭނާގެ ހަޔާތުން އާލިކް އެކީގައި ދުރުވާންވެސް މިހާރު މާގިނަ ދުވަހެއް ނެތެވެ. ވިޝާ އެދަނީ އެކަމަށް ތައްޔާރު ވަމުންނެވެ. އޭނާގެ މަގްސަދަކީ އާލިކްގެ ހިތުގައި ކުޑަ ކުޑަ އުންމީދެއް ވާނަމަ އެވެސް ކަނޑުވާލުމެވެ.

ހަފްތާއެއްގެ މަޖާކުރުމާއި ހިތްހަމަ ޖެހުމަށްފަހު ޖެހިގެން އައި ހުކުރު ދުވަހު އެރަށް ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ދިއުމުގެ ޚިޔާލު ދިނީ ޒައިދުއެވެ. ހުކުރު ދުވަހު މެންދުރު ފަހު ގޮސްފައި ‘އޯވަރ ނައިޓް’ އަކަށްފަހު ހޮނިހިރު ދުވަހު އަންނަ ގޮތަށް ދިއުމުގެ ޚިޔާލާއި އެންމެންވެސް އެއްބަސްވީ ނުހަނު ގަޔާވެފައި ތިބެގެންނެވެ. ދަތުރު ދާން ހަމަޖެހުނީ ވިކާޝްމެންގެ ދެމަފިރީންނާއި، އާލިކްއާއި، ވިޝާއާއި، ޒައިދު އަދި ޒައިދުގެ ދެ ރަހްމަތްތެރީންނެވެ. އެކުދީން ފޮނުވުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން ހިނތުންވެފައި އެންމެ ކުރީގައި ހުރީ ޒާހިރާއެވެ.

ރަށަށް ފުންމާލުމާއިއެކު ރީތި ދޮންވެލި ގަނޑުގައި ލިމްނާ ދުވެލާފައި ދިޔައިރު ހިނިތުންވެފައި ހުރި ވިކާޝްވެސް އޭނާގެ ފަހަތުން ހިނގާފައި ދެއެވެ. އެދެމަފިރީންނަށް އެކަހެރި އިޝްގީ ވަގުތުކޮޅަކަށް ތަންދެމުން، ޓެންޓް ޖެހުމާއި އެއްޗެހިތައް ބެހެއްޓުމުގެ މަސައްކަތް އެހެން ފިރިހެންކުދިން ކުރަމުން ދިޔައިރު ވިޝާ ތަންކޮޅެއް ދުރުގައި ވެލިގަނޑުމަތީގައި އިށީނދެލައިގެން އެމީހުންގެ ހަރަކާތްތަކަށް ބަލަން އިނެވެ. އެތަނުންވެސް އެންމެ އުފާވެރި ހިނިތުންވުމަކާއިއެކު ފެންނަނީ ޒައިދުއެވެ. މިއަދު އަދި އާދަޔާ ޚިލާފަށް އެ ޒުވާން މޫނުގައި އުފާވެރިކަމެއް ވެއެވެ.  ސަމާސާކޮށްލާފައި، ހިނިތުންވެލާފައި ހުންނަ ގޮތުން އެހެން މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނުވައިދޭނެއެވެ. އެއާއި ޚިލާފަށް އާލިކްގެ ފުށުން ފެންނަނީ މަޑުމައިތިރިކަމާއި ބަސްމަދުކަމެވެ. މަދުމަދުން އެއްޗެއް ބުނެލިއަސް އެމޫނުމަތިން އެއްވެސް އުޖާލާކަމެއް ނުފެނެއެވެ. އެހެން އުޅެމުން ޒައިދުއާއި އާލިކްވެސް ވިޝާއަށް އިރު އިރުކޮޅާއި ބަލާލަމުން ދިޔައިރު ވިޝާ މަސައްކަތް ކުރަމުން ދިޔައީ ހިނިތުންވެލައިގެން އިނދެވޭތޯއެވެ.

“ހޭއި..” ހުރިހާ ކަމެއް ނިންމާލާފައި ޒައިދު އާއި އާލިކް ވިޝާގެ ގާތަށް އައި އެކުއެކީގައެވެ. އެދެމީހުން އެކުގައި އައުމުން ވިޝާ އިނީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ. އެހެން ނަމަވެސް އޭނާގެ މޫނުމަތިން އެފަދަ ކަމެއް ނުފެނެއެވެ.

“ސަޅި ދުވަހެއް ދޯ ނަސީބަކުން..” ޒައިދު ވިޝާގެ ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އާލިކް އިށީނީ އެމީހުންގެ ކުރިމައްޗަށް ވާގޮތަށެވެ. އެގަޑީގައިވެސް އެތޫނު ލޮލުން އެތައް ހާސް މެސެޖްތަކެއް ވިޝާއަށް ލިބުނު ކަހަލައެވެ.

“އަސްލުވެސް ވަރަށް ސަޅި.. ވިކީމެންނަށް ވަރަށް ރޮމޭންޓިކް މާހައުލެއް..” އާލިކް ޒައިދުއާއި ބައިވެރިވެލަމުން ވާހަކަ ދެއްކީ އެދެމެދުގައިވާ ދުރުކަން ނައްތާލެވޭތޯއެވެ.

“ދޯ.. އޭ އާލް.. ކޮން އިރަކުންތަ މެރީ ކުރަނީ.. އެއްކަލަ ރޭގަ ޕާޓީގަ ޕްރޮޕޯސް ކުރީމެއްނު..” ކުއްލިއަކަށް ޒައިދު ހަނދާން އާ ކޮށްލަމުން ކޮށްލި ސުވާލާއިއެކު އާލިކްއަށްވުރެ ބޮޑަށް ހާސްވީ ވިޝާއެވެ. އާލިކް ވިޝާގެ ކަންބޮޑުވެފައިވާ މޫނަށް ބަލާލުމަށްފަހު ޒައިދުގެ މޫނަށް ބަލާލީ ހިނިތުންވެލަމުންނެވެ.

“ވީ ބްރޯކް އަޕް..” އާލިކް ބުނެލިއެވެ.

“ވަޓް؟.. އެއީ ކީއްވެ؟..” ޒައިދު ހައިރާންވީ ވަރުން ސުވާލުކޮށްލީވެސް ތަންކޮޅެއް ބާރަށެވެ. އެއާއިއެކު އަނެއްކާވެސް އާލިކް ބަލާލީ ވިޝާގެ މޫނަށެވެ. އޭރު ވިޝާވެސް އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިނީ އަސަރުން ފުރިގެންވާފަދަ ގޮތަކަށެވެ.

“އަސްލު އެއް އިރެއްގަވެސް ޝާޔަން ދެކެ ލޯތްބެއް ނުވަން.. އިޓް ވޯޒް ކައިންޑް  އޮފް އަ ފޯސްޑް ރިލޭޝަންޝިޕް.. ދެންން އެރޭ ޕްރޮޕޯސް ކުރީ.. އޭރު ހާލަތު ހުރިގޮތުން ކައިވެންޏަށް އެދެވުނީ.. ބިގެސްޓް މިސްޓޭކް އޮފް މައި ލައިފް.. ފަހުން ދެން އެނގުނީ ޝާޔަންގެ ގޮތް.. މަކަރުން ފުރިފަ.. އެހެންވެގެން..” އާލިކް ވިސްނުންތެރިކމާއިއެކު ބަސްތައް އަތުރަމުން ގެންދިޔައީ ކަންތައް ހިނގާދިޔަ ގޮތުގެ ކުޑަ ޚުލާސާއެއް ފަދައިންނެވެ. އޭރު ޒައިދު ޝައުގުވެރިކާމާއިއެކު އެވާހަކަތައް އަޑު އަހަން އިންގޮތުން އާލިކްއަށްވެސް ހެވުނެވެ.

“ދެން؟.. ސްޓިލް ޔޫ އަރ އިން ދެޓް؟.. މިބުނީ..މިހާރު މާ މަޑުމަޑުން ހުންނާތީ..” ޒައިދު ސުވާލުކޮށްލިއެވެ. އޭނާގެ ރަހްމަތްތެރި ސަމާސާ މިޒާޖުގެ ސަބަބުން ހަގީގަތުގައި އާލިކްގެ ހިތުގައި އޭނާއާއި މެދު ބުރަކަމެއް ނުވެއެވެ. މައްސަލައަކީ ޒައިދު ވިޝާގެ ގާތުގައި ހުންނައިރު އެހިތުގައި އުފެދޭ ހައިޖާނުގަނޑެވެ.

“ނޫނޭ.. މަ އެއަށްވުރެ އުފާވި ދުވަހެއް ނާދޭ.. އޭނައާއި ވަކިވި ދުވސް..” އާލިކް ހީނލާފައި ޖަވާބު ދިނީ ވިޝާއަށް މާނަފުން ނަޒަރެއް ދެމުންނެވެ. އެއާއިއެކު ވިޝާ އަވަސް އަވަހަށް އިސް ޖަހާލިއެވެ.

“އަސްލު އައި ލަވް ސަމް ވަން އެލްސް..” އާލިކް ފުރިހަމަކޮށްލިއެވެ. އެވަގުތު އިސްޖަހާލައިގެން އިން ވިޝާ ލޯ މަރާލިއެވެ.

“އޯހްހް.. އެކަމު ދެން އުފަލެއްނު ވާން ޖެހޭނީ.. އަނެއްކާ އެ މަންޖެ ބޭނުންވަނީ  މަޑުމައިތިރި ކުއްޖެއްތަ؟..” ޒައިދު ހިނިގަނޑެއް ޖަހާލަމުން ސުވާލުކޮށްލީ އާލިކްގެ ހިތުގެ ހާލަތު އެއްވެސް ވަރަކަށް އެނގުމަކާއި ނުލައެވެ.

“އައި ޑިޑްންޓް ގެޓް ހަރ..” އާލިކްގެ މިފަހަރުގެ ޖަވާބުން ޒައިދުއަށްވެސް ހަމަހިމޭންކަމެއް ވެރިވިއެވެ. އޭނާގެ މަޑުމައިތިރި މިޒާޖުގެ ފަހަތުގައިވަނީ މިކަހަލަ ލޯބީގެ ކަންތައްގަނޑެއް ކަމެއް ކުޑަކޮށްވެސް ޒައިދުއަކަށް ނޭނގެއެވެ. އާލިކްއާއި މެދު އެހިތުގައި ހަމްދަރުދީ އުފެދުނު އޭނާ ވަގުތުން މައުޟޫ ބަދަލުކޮށްލިއެވެ. ވިކާޝްއާއި ލިމްނާވެސް އެނބުރި އައީ އެމީހުން އެކި އެކި ވާހަކަތައް ދައްކަން ތިއްބައެވެ.

ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށް ކެއްކުމުގެ ބައި ވިޝާއާއި ލިމްނާ އަދާ ކުރަމުންދިޔައިރު ފިރިހެން ކުދީންތައް އެމީހުންނަށް އެހީތެރި ވަމުންދިޔައެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް މާހައުލުގެ މަޖާގަނޑުގެ ތެރޭގައި އާލިކްވެސް ސަކަރާތް ޖަހާލާ މަންޒަރު ފެނެއެވެ. ވިޝާމެން ކައްކާ ނިމުނުއިރު ޒައިދުމެން އެމީހުން ބާނައިގެން ގެނައި މަސްތައް ފިހުމުގެ މަސައްކަތުގައި އުޅެއެވެ. އެހެން ކަމުން އެމީހުންނަށް ކެވުނު އިރު ގަޑިން 9 ޖަހައިފިއެވެ. އޭރު ހަނދުވަރުގެ އަލިން މުޅި މާހައުލު އަލިވެފައި ވާއިރު ފެންނަނީ ހިތްދަމައިގަންނަފަދަ އިޝްގީ މަންޒަރެކެވެ. އާލިކްގެ ހިތް އެދެމުން ދިޔައީ ވިޝާއާއި އެކު އެ ހަނދުވަރު މަތީގައި ހިނގާލަން ދިއުމަށެވެ. އެހެން ނަމަވެސް އެއީ ފަސޭހަ ކަމެއްނޫންކަންވެސް އޭނާއަށް އެނގެއެވެ.

“ކޮބާ ލަވަ ބާޒީ ކުޅެން ވީނުން..” ކެއުމުގެ ކަންތައް ނިމުމާއިއެކު ޒައިދު ޚިޔާލެއް ދިނެވެ. އޭނާ ވިޝާއާއި ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލިގޮތުން ހީވަނީ ކޮންމެވެސް މޮޅުކަމެއް ކޮށްލަން އުޅޭހެންނެވެ. ވިޝާ ކުޑަކޮށް ވިސްނާލުމަށްފަހު ދެފަރާތަށް ބޯ ހޫރާލީ ޒައިދުއަކީ އަބަދުވެސް އެފަދަ ހިނތުންވުމެއްގައި ހުންނަ ޒުވާނަކަށް ވާތީއެވެ.

“އޯކޭ.. ޒައިދު ފަށަންވީ އެހެންވީމަ..” ލިމްނާ ހީނލާފައި އިނދެ ބުނެލިއެވެ. އެއާއިއެކު ޒައިދު ބޯ ކަހާލަމުން ތެދުވިއިރު މޫނުމަތީގައި އާދަޔާ ޚިލާފު ހިނިތުންވުމެއް ވެއެވެ. ވަށްބުރަކަށް އިށީނދެތިބި އެންމެންގެ މެދުގައި ހުއްޓިލަމުން އޭނާގެ ފުން ނަޒަރު ވިޝާއާއި ދިމާއަށް ހުއްޓާލިއެވެ. އެވަގުތު އެ ތޫނު ބެލުމުގެ ސަބަބުން ވިޝާގެ މޫނަށްވެސް ލަދުވެތިކަމުގެ ކުލަވަރު އަރާލިއެވެ. ރަކި ގޮތަކަށް އިސް ޖަހާލުމުން އޭނާގެ ކުރިމައްޗަށް އިން އާލިކްގެ ހިތްތެޅިގަތީ ނުރައްކާތެރި ގޮތަކަށެވެ.

“ވަޢުދޭ ވެވޭމީ.. ލޯބިވާ މިތުރާ ޔާރާ

  ވަޢުދޭ ވެވޭމީ.. ލޯބިވާ މިތުރާ ޔާރާ

     ހެކިކޮށް އުޑާ ބިން ބުނަމޭ..

        ނޭވާ ހިނގާހާ ހިނދަކު..

            ބަދަލެއް.. އުނިކަމެއް.. ލޯތްބަކަށް ނާންނާނެޔޭ..”

ޒައިދު  ވިޝާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެ މަޑުމައިތިރިކަމާއިއެކު ލަވަކިޔަމުން ގޮސް އޭނާއަށް އަތްދިއްކޮށްލިއެވެ. އެވަގުތު ވިޝާ ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލަމުން އެއަތުގެ ތެރޭގައި އަތްތިލަ ބާއްވާލަމުން ތެދުވިއެވެ. ޒައިދު ހިނިތުންވެލަމުން ވިޝާގެ މޫނުގައި އަތް ބީއްސާލުމާއިއެކު ކުޑަކޮށް ދުރުވެލުމަށްފަހު ދެއަތް ފުޅާކޮށްލިއެވެ. މަންޒަރު ބަލަން އިން އާލިކްއަށް އޭނާގެ އަތުގައި އޮތް ފޯނުގައި ބާރަށް ހިފަހައްޓާލެވުނު އިރު އޭނާގެ ދަތްޕިލަވެސް ހުރީ ޖައްސާ ބާރުކޮށްލާފައެވެ.

“ހައްދުން ފަހަނަ އަޅާ ދާ.. މިންވަރަށް ލޯބިވަން ޔާރާ

      އިހުސާސް ކުރަން މިވާވަރު.. އުނދަގޫ ވާނޭ..

            މީ ހިތުން ވާ ލޯތްބޭ.. މީ ހިތުން ވާ ލޯތްބޭ..

މީ ޙަގީގަތެކޭ.. ހީ އެކޭ ހީ ނުކުރޭ..

  މީ ވެވޭ ވަޢުދެކޭ.. ލޯބިވާ ޔާރާއޭ..

     މީ ވެވޭ ވަޢުދެކޭ.. ލޯބިވާ ޔާރާއޭ..”

އެހިސާބަށް ލަވަ ކީއިރު ޒައިދު އިނީ ވިޝާގެ ކުރިމަތީގައި  އެއްކަކޫ ޖައްސާލައިގެންނެވެ. އެންމެންގެ މެދުގައި ކޮޅަށް ހުރި ވިޝާއަށް ޒައިދުގެ މޫނަށް ބަލަހައްޓައިގެން ދެލޯ ބޮޑުކޮށްލާފައި ހުރެވުނީ ވާން އުޅެނީ ކިހިނެއްކަމެއް ނޭނގިފައެވެ. އޭރު ޒައިދުގެ މޫނުގައިވާ ލޯބިން ފުރިގެންވާ ހިނިތުންވުން ފެނިފައިވެސް ވިޝާއަށް ހިނތުންވެލާކަށް ނޭނގުނެވެ. އެއާއިއެކު ދެން ފެނުނީ ޒައިދު އޭނާގެ ކަނާތް އުފުލާލާފައި އޭނާއާއި ދިމާއަށް ދިއްކޮށްލި މަންޒަރެވެ. ވިޝާގެ ހިތުގެ ހިނގުން ބާރުވީ އެހިސާބުންނެވެ. އެމަންޒަރު ފެނުމާއިއެކު އާލިކް ނޭވާ ހިފަހައްޓާލީ ވާން މިއުޅެނީ ކިހިނެތްކަން އެނގުމުންނެވެ.

“ވިލް ޔޫ މެރީ މީ؟..” ޒައިދުގެ އަޑު އިވުމުން އާލިކް ގައިގަ ހުރިހާ ބާރެއް އަތުގައި އޮތް ފޯނަށް ފޯރުވަމުން ދިޔައިރު ވިޝާ ހުރީ ހައިރާން ވީވަރުން އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. އެހެންނަމަވެސް އިރުކޮޅަކުން ކަމެއް ހަނދާން ވެގެން ފަދަ ގޮތަކަށް  ވިކާޝްއަށް ބަލާލުމާއިއެކު ވިކާޝްއާއި ލިމްނާ ހިނިތުންވެލާފައި ބޯ ޖަހާލީ ހުއްދަ ދީފީމޭ ބުނާފަދަ ގޮތަކަށެވެ. އެއާއިއެކު އަނެއްކާވެސް ލޯބޮޑު ކޮށްލަމުން ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލިއިރު އޭނާގެ ލޮލުގައި އާލިކްގެ ސިހުން ވެރިވެފައިވާ މޫނުވެސް އަޅައިގަތެވެ. އެހެންނަމަވެސް މީ އާލިކްއާއި މެދު ވިސްނަންވީ ވަގުތެއް ނޫނެވެ. އޭނާގެ މުސްތަގްބަލުވަނީ ޒައިދުއާއި އެކުގައެވެ. ވިޝާ މަޑުމަޑުން ހިނިތުންވެލަމުން ޒައިދުގެ އަތުގެ ތެރޭގައި އޭނާގެ އަތްތިލަ ހައްޔަރުކޮށްލިއެވެ.

“ޔެސް..” ވިޝާ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއާއިއެކު ދުރުގައި އިން އާލިކްއަށް ގައިގެ ހުރިހާ ބާރުތައް ދޫކޮށްލެވުނެވެ. ހިތުގައި ޖެހުނު ވަރުން ލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރެއް ނުނެގިއެވެ. ޝަކުވާގެ ނަޒަރަކުން ލަސްލަހުން ވިޝާގެ މޫނަށް ބަލާލިއިރު އޭނާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހަމަ ހަގީގަތުގައިވެސް ވިޝާ އޭނާއަށް ގެއްލެނީ ހެއްޔެވެ؟ އެހެން މީހުންގެ “ޔޭ..” ގެ އަޑާއިއެކު ޒައިދުގެ އުފާވެރި ހީނލުމުގެ އަޑު އިވުނު އިރު އާލިކް އިނީ ހުއްޓުން އަރާފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

އިންތިހާއަށް ލޯބިދީފާ. . [2]

Next

އިންތިހާއަށް ލޯބިދީފާ. . [3]

Next
April 6, 2014

އިންތިހާއަށް ލޯބިދީފާ. . [3]

Previews
April 5, 2014

އިންތިހާއަށް ލޯބިދީފާ. . [2]

9 Comments!

  1. zoo says:
    April 5, 2014 at 9:01 pm

    haadha dhera gothekey thivy aalik ah… ekam ves v rythi vaahaka.. avahah up kollahchey..

  2. Rooya says:
    April 5, 2014 at 11:35 pm

    waiting for next part… pls avahah up kodhechey… pls plss vaahaka vvv reethi…. 🙂

  3. sham says:
    April 6, 2014 at 12:55 pm

    avah up kohlahche

  4. leen says:
    April 6, 2014 at 2:04 pm

    vvvvvvvvv nice..waitin for the next part

  5. Athy says:
    April 6, 2014 at 2:30 pm

    Avahah up kohlahche.vvvvvvvvv salhi

  6. you-mee says:
    April 6, 2014 at 3:24 pm

    better luck next time… aalik… story vvvvv salhi. poor aalik… avahah up khladhy cnt wait

  7. Yaan says:
    April 6, 2014 at 8:50 pm

    Please up kohdhy,, vaahaka v.v.v.v. Nice

  8. luvly grl says:
    April 8, 2014 at 1:52 am

    haadha lahey up vaaleh nw.. :/ v foohi ehnve.. ehaa kiyaa hithun thihba jeheny v dhigu inthizaareh kuran.. btw mi vaahaka v obi.. ehnve aslu up vaaleh las v ma shakuvaa kureveny.. sry dear… avahah upkohdhyba next part plx plx plx plx aadheys kohfa mibunany avahah upkohdhy 🙂
    =luvly grl=

    1. laya says:
      April 9, 2014 at 11:57 am

      ދޫންޏާ އަޕކޮށްލައިފީމޭ.. 🙂 ތެންކިޔު ތިހާ ސަޕޯޓް ކޮށްލާތީ.. 🙂

Comments are closed.

Next Episodeއެކުގައިވާން އެދެމޭ… 26←


All Right Reserved!