Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 26

hygge Level 510 Stories100 Comments100 Login500 Comments
June 15, 2018 8 Mins Read
35 Comments

“މަންމާ ކިހިނެއް ވީ؟” ޒިވާވެސް ސުވާލުގެ ނަޒަރަކުން ސުމައްޔާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “ދަރިފުޅާ.. މިހާރު އަށެއް ޖަހާ ބޮޑުވީ.. އަދިވެސް ބައްޕަ ނާދެޔޭ ގެޔަކަށް.. ކޮން އިރެއް މިހާރު.. މަންމަގެ ހިތް ބިރުގަންނަނީ ފާޑަކަށް.. ހިތް ބުނަނީ ބައްޕައަށް ކޮންމެވެސް ކަމެއް ވިއޭ..” ޒިާ ގާތު އިށީންނަމުން ކަންބޮޑުވެފައި ހުރެ ސުމައްޔާ ބުނެލިއެވެ. “މަންމާ.. ކޮންމެ ކަމެއް ފުރަތަމަވެސް އެންމެ ގޯސްކޮށް ނުވިސްނަބަލަ.. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނޭ..” ޒިވާ ވިސްނައިދޭ ފަދައަކުން ސުމައްޔާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު ދެމީހުންގެ ސަމާލުކަންވެސް ދަމައިގަތީ ޒިވާގެ ފޯނު ރިންގް ވުމުންނެވެ.

ދެބުމަ ގާތް ކޮށްލަމުން ޒިވާ ފޯނުނެގިއެވެ. ޔައީޝްގެ ކޯލަކަށް ވެހުރުމުން އެހާ ގާތް ގާތުގައި އޭނާ ގުޅަނީ ކީއްވީބާވައޭ ޒިވާގެ ހިތަށް އެރިއެވެ. ކަންފަތުގައި ފޯނު ޖެހުމާއެކު ލިބުނު ޚަބަރަކުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން ފޯނު ކަނޑާލައިފައި ސުމައްޔާ ގޮވައިގެން ގެއިން ނިކުތެވެ.

“ދަރިފުޅާ ކީއްވިތަ؟” ސުމައްޔާ ކާރުގަ އިނދެފަ ސުވާލު ކުރިއެވެ. ނަމަވެސް ޒިވާ ހިރުވާތާ ކަހާވެސް ނުލިއެވެ. އޭނާ މަގުމައްޗަށް ސަމާލުވަމުން ދުއްވޭތޯ ބެލިއެވެ. ކާރުދުއްވާފައިވެސް ދިޔައީ އެހާ ބާރަށެވެ. “ދަރިފުޅާ.. މަންމަ އެއްޗެކޭ އެބަ ކިޔަމޭ.. އައިޝާ..” އެންމެ ފަހުން ސުމައްޔާ ޒިވާއާއި ދިމާލަށް ހަޅޭތް ލަވައިގަތެވެ. އޭނަ އެވަގުތު ސިހުނެވެ. ހީވާގޮތުން ކުރިން ސުމައްޔާ ވާހަކަ ދެއްކި އިރު ޒިވާއަށް އަޑު ނީވުނީއެވެ. އޭނާ އެއިރު ހުރީ އެއަށްވުރެ ބޮޑަށް ޚިޔާލަކަށް ގެއްލިފައެވެ.

“ހޫމް.. މަންމަ އެއްޗެކޭ ކީންތަ؟” ޒިވާ ސުމައްޔާއަށް ބަލައިލުމަށްފަހު ސުވާލުކޮށްލިއެވެ. އެވަގުތު ސުމައްޔާ ދެފަރާތަކަށް ކުޑަކޮށް ބޯހޫރުވާލިއެވެ. “ހަޅޭތް ލަވައިގަތީމަ ވިއްޔަ އައިޝާއަށް ތި އަޑު އިވުނީ.. މިހާރު ކޮން އިރެއް މަންމަ ގޮވާތާ.. ކިހިނެއް ވީ ހެއްޔޭ މަންމަ ބުނީ؟” ސުމައްޔާ ކުޑަކޮށް ނުރުހުންވެފަ ހުރެ ބުނެލިއެވެ. އެވަގުތު ޒިވާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތުކޮޅު ވީ އެމީހުންގެ ކާރު އޭޑީކޭ ހޮސްޕިޓަލްގެ ދޮރުމައްޗަށްވެސް ހުއްޓި ވަގުތަށެވެ. ޒިވާ ދެން އިތުރަށް ސުމައްޔާއަށް އެވާހަކަ ނުކިޔައިދީ ކާރު ޕާކް ކޯށްލައިފައި ސމައްޔާ ގޮވައިގެން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ.

ސުމައްޔާ ހުރީ ވާނުވާގައެވެ. ޒިވާ ޔައީޝް ބުނި ގޮތަށް އެތެރެއަށް ވަދެގެން ދިޔައެވެ. އިމަޖެންސީ ރޫމް ކައިރިއަށް ދެވުނު އިރު ޔައީޝް އެތާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޒިވާ ދުވެފައި ޔައީޝް ގާތަށް ދިޔައެވެ. “ޔައީޝް.. ކި.. ކިހިނެއްތަ ވީ ބައްޕައަށް؟” ޒިވާ ޔައީޝް ކުރިމައްޗަށް އަރައިފަ ސުވާލު ކުރަން ފެށިއެވެ. އެވަގުތު ޔައީޝްގެ މަޑު އަޅިކުލައިގެ ގަމީހުގައި ހޭކިފައިހުރި ލޭތައް ފެނި ޒިވާގެ ދެލޯ ބޮޑުވިއެވެ. އަދި އަނގަ މަތީގައި އަތް އެޅިއެވެ. އެއިރު އޭނާގެ ތުންފަތުގައިވެސް މަޑު ތުރުތުރެއް ވިއެވެ.

އޭނާގެ އަތް މަޑުމަޑުން ޔައީޝްގެ ގަމީހާއި ދިމާލަށް ގެންދިޔައެވެ. އެއިރު އެ އަތް ތުރުތުރުއަޅައެވެ. “ޒިވް..” ޔައީޝް ޒިވާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެވަގުތު ޒިވާގެ ބަޑިފަޅައިގެން ދިޔައެވެ. ސުމައްޔާ އައިސް އެމީހުން ގާތު ހުއްޓުނީ އެވަގުތުއެވެ. ޒިވާ ޔައިޝް ގައިގަ އޮޅުލައިގަނެފަ ރޯން ފެށިއެވެ.

“ދަރިފުޅާ ޔައިޝް.. ކިހިނެއް ވެގެންތަ މިއުޅެނީ؟ ޒި.. އައިޝާ ވެސް ނުބުންޏޭ މަންމަ ކައިރިއަކު..” ސުމައްޔާ ހާސްވެފަ ހުރެ ބުނެލިއެވެ. ހާސްވީވަރުން އޭނާއަށް ޒިވާއާއި ދިމާލަށް އޭނާގެ އަސްލު ނަމުން ގޮވާނުލެވުނީވެސް ކިރިޔާއެވެ. އަމިއްލަ ނަފްސު ބާރުގެ ދަށަށް ގެނެސް ސުމައްޔާ ހަމައަކަށް އެޅިލިއެވެ. ޔައީޝްގެ މުނުމަތިންވެސް ފެންނަނީ ހިތާމައެވެ. ނުތަނަވަސްކަމެވެ. އޭނާ އެއިރު އުޅުނީ ޒިވާ ހަމައަކަށް އެޅުވޭތޯއެވެ.

“ޒިވް.. ދެން ހުއްޓާލަބަލަ.. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނޭ..” ޔައިޝް ޒިވާގެ ބޮލުގައި އޭނާގެ ތުންފަތް ޖައްސާލަމުން ބުނެލިއެވެ. ނަމަވެސް އެ ވާހަކައިން ޒިވާގެ އަޑު ހައްތަހާ ބާރުވީފަދައެވެ. ޔައީޝް ގައިގައި އިހުނަށްވުރެ ބާރަށް އޭނާ ބައްދާލިއެވެ. “މަންމާ.. ބައްޕަ.. ބައްޕަ އެކްސިޑެންޓް ވީ..” ސުމައްޔާ އަށް ވެދާނެ ގޮތަކަށް ބަލައިފަ ޔައީޝް އެވާހަކަ ބުނަންވެސް ޖެހިލުންވިއެވެ. ނަމަވެސް އެއީ އޭނާއަސް އިނގުން މުހިއްމު ވާހަކައެއްކަން ޤަބޫލުކޮށް އެންމެ ފަހުން ހަތިޔާރު ބަހައްޓާފައި ޔައީޝް ބުނެލިއެވެ. އެވަގުތު ސުމައްޔާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ.

ހުރި ތަނުން ފިޔަވަޅެއް ފަހަތަށް އަޅާލިއިރު އޭނާގެ ކަނާއަތް ގެންގޮސް މޭގައި ޖައްސާލައިފައިވެއެވެ. އެ ދެލޯ ފުރިގެން ކަރުނަތައް ކޯތާފަތުގައި ބޮސްދެމުން ފައިބައިގަތީ ބަސްބުނާހާ ހިނދުކޮޅެއްގައެވެ. ޔައީޝް ޒިވާ ގާތު އެވާހަކަ ބުނުމުން ޒިވާވެސް ގިސްލަމުން ސުމައްޔާ ގާތަށް ދިޔައެވެ. އެ ދެމީހުންވެގެން ސުމައްޔާ ގޮނޑިއެއްގައި ބޭނދިއިރުވެސް އޭނާ އިނި އެ އިންގޮތަށް ގަބުވެފައެވެ. ކަރުނަތައް އަންނަމުން ދިޔަ ނަމަވެސް އޭނާގެ މޫނުމަތީގައި އެއްވެސް އަސަރެއް ނުވެއެވެ. އަނގައިން ބަހެއް ނުބުނާތާ ނަޒަރުވެސް ވަކި ދިމާލަކަށް ނުހުއްޓައެވެ. އޭނާ އިނީ އެ އިންތަނުން ސީދާ ކުރިމައްޗަށް ވާ ގޮތަށް ބަލަހައްޓައިގެންނެވެ.

ޒިވާ އޭނާގެ ކޮނޑުގައި ހިފާފައި ތަޅުވާލިއެވެ. ނަމަވެސް އޭނާ އެކައްޗެކޭވެސް ނުބުންޏެވެ. ނުވިތާކަށް އޭނާއާއި ދިމާލަށް ބަލައިވެސް ނުލިއެވެ. އެވަގުތު ސުމައްޔާ ނޫން ދެން ތިބި ދެމީހުންގެ ސަމާލުކަން ހުއްޓުނީ އެތަނުން ނިކުތް ޑޮކްޓަރ އަށެވެ. ޒިވާ އާއި ޔައީޝް ތެދުވެގެން ގޮސް އެމީހާ ގާތު ހުއްޓުނެވެ.

“ކޮން ބޭފުޅެއްތޯ ޔައިޝް އަކީ؟” ޑޮކްޓަރ އާމިރުގެ ޙާލަތާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ނުބުނި ތާނގާ ކޮށްލީ ސުވާލެކެވެ. ޔައީޝް އަވަހަށް އެއީ ތިމަންނައޭ ބުނެލިއެވެ. ޒިވާވެސް ހުރީ ސުވާލުމާކެއްގައެވެ. “ޕޭޝަންޓް ހުއްޓާނުލާ އެބަ ކިޔާ ޔައީޝްގެ ނަން.. ދުރުވަންވީ ނޫންތޯ؟” ޔައީޝް ޒިވާ އަށް ބަލައިލުމަށްފަހު ޑޮކްޓަރ އާއެކީ އެތެރެއަށް ވަދެގެން ދިޔައެވެ.

އާމިރު އެއިރު އިހުނަށްވުރެ ތަންކޮޅެއް ރަނގަޅުހެން ހީވެއެވެ. ނަމަވެސް ވާނެގޮތެއް އިނގޭނީ ކާކަށް ހެއްޔެވެ؟ “ޔަ.. ޔައީޝް..” އާމިރުއަށް ވާހަކަ ދައްކަންވެސް އުދަގުލެވެ. ނަމަވެސް އޭނާއާހެދި ޑޮކްޓަރުންނަށްވެސް މަޖުބޫރުވީއެވެ.

“ވަރަށް ބޮޑު ވާހަކައެއް ބުނެލަން ވެގެން.. ޒިވާ އާއި ގުޅޭ.. ޒިވާ އެއީ އަހަރެމެންގެ ދަރިއެއް ނޫން.. އެއީ މީގެ ހަ އަހަރު ކުރިން އަހަންނާއި ދިމާވި ކުއްޖެއް.. އޭނާ މި ހޮސްޕިޓަލަށް ގެނައީ އިމާރާތަކުން ވެއްޓިގެން.. ގެނައި އިރު އޭނާގެ ހާލު ވަރަށް ސީރިއަސް.. އަހަރެން މިއީ ހަމަ އިސްކޮށް އޭނާގެ އޮޕެރޭޝަންގަ ޙަރަކާތްތެރިވި ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރެއް.. ނަމަވެސް އޭނާގެ ޙާލު އެވަގުތު ވަރަށް ދަށްވި.. ވަރަށް މަސައްކަތް ކުރިން.. އެކަމް އެންމެން ހިކުރީ އޭނާ މަރުވީ ކަމަށް.. ޚުދު އަހަރެންވެސް.. އެކަމުގެ އެންމެ އިސްކޮށް ހުރި ޑޮކްޓަރ ވެސް އެންމެ ފަހުން ގޮސް ފެމިލީ ކައިރި އެވާހަކަ ބުނީ.. ދެން ޒިވާގެ ކޭސްގެ އިތުރު ތަހުގީގަށްތަކައި އޭނާ އިހަށް ބޭއްވި.. މޯޗަރީގަ.. ދެން އަހަރެމެންވެސް ވަރަށް މާޔޫސްވި.. އޭނާއަކީ މިފަހަކަށް އައިސް އެންމެ ފުރަތަމަ ޕޭޝަންޓް އެގޮތަށް ސަލާމަތް ނުވި..

އަހަރެންވެސް އޭގެ އަނެއް ދުވަހު ހޮސްޕިޓަލަށް ގޮއްސަ ކެބިން އަށް ދާންވެގެން ދިޔައީ އެތާ ކައިރިން ލާފަ.. އެތާ ދޮރުމައްޗަށް އެރުނުކަމެއް ނޭނގެ އެތެރެއިން ނިކަން ބާރަށް މީހަކު ނިކުތް.. އެއީ މަސައްކަތު މީހެއް.. އެއިރު އޭނާ ހުރީ ބިރުން ތުރުތުރު އަޅާ ޙާލު.. މޫނުމަތީގަވެސް ދާތިކިތަށް ވިދާ.. އަހަރެން އޭނާ ހިފެހެއްޓިން.. ކިހިނެއް ވިހޭ އެހީމަ ބުނީ އެތަނުން މީހެއްގެ އަތް ތަޅުވަނިއްޔޯ.. ހީވިކަމެއް ކަމަށް ބަލާފަ ހުއްޓާ އަނެއްކާވެސް ތަޅުވާލިއްޔޯ.. އަހަރެން އަވަހަށް އެތެރެއަށް ވަނިން.. ބެލި އިރު އެއީ ޒިވާ.. އަހަރެން ހަދާނެ ގޮތް ހުސްވި.. އެންމެ ފަހުން ނިންމީ ހަމައެކަނި އަހަރެން އޭނާއަށް ފަރުވާދޭން.. އެއީ އެހެން މީހުން އެކަން ޤަބޫލު ނުކޮށްފާނެތީ.. އެމީހުންނަށް ޤަބޫލުކުރަން ދަތިވާނެއްނު އެމީހުން ކުރިމަތީ އެއިރު އެގޮތަށް ކަންތައް ވެގެން ދިޔައީމަ.. ޙަޤީގަތުގަ އެއިރު ޒިވާ މަރުނުވޭ.. ހޭނެތުނީ.. ދެން އަހަރެން ވަރަށް ޙާލުން އެ މަސައްކަތު މީހާގެ އެހީގަ އޭނާ ގެނައީ.. މުޅި ދުނިޔެއަށްވެސް ސިއްރުން..

އެއީ އަހަރެން އެ ހޮސްޕިޓަލަށް ބޭވަފާތެރިވި ފުރަތަމަ ދުވަސް.. އެކަމް ކިއްކުރާނީ.. އެޔަށްވުރެ އަހަންނަށް މުހިއްމު އެކުއްޖާގެ ފުރާނަ.. އެހެންވެ އެހެން ކަންތައް ކުރީ.. އޭނާ ކާރަށް ލާފަ އަހަރެންގެ އެއްޗެއް ބާއްވާފަ އާދެވުނު ހަނދާންވެގެން ދުވެފަ އެތެރެއަށް ދިޔައީ.. އެއީ އެދުވަހަށް ބޭނުންވާ ވަރަށް މުހިއްމު ފައިލްއެއް ކަންނޭނގެ.. އާނ އެ ފައިލް.. އޭތި ހިފައިގެން އައިސް އަހަންނަށް ޒިވާ ފުރަތަމަ ގެނެވުނު އިމަޖެންސީ ރޫމް ކުރިމައްޗަށް އެރުނު ތަނާ ދިމާވި ފިރިހެން ކުއްޖަކާ.. އޭނާއަށް އަހަރެން އިނގޭ.. އެއީ ޒިވާ އެދުވަހު އެތަނަށް ވެއްދި އިރު އަހަރެންވެސް އެހެން ޑޮކްޓަރުންނާ އެކީ އެ ރޫމްއަށް ވަނީމަ.. އޭނާ ބުނި ތިއީ ޒިވާ ބެލި ޑޮކްޓަރެއް ދޯއޭ.. އަހަރެން ބުނިން އާއެކޭ.. ދެން އޭނާ ބުނީ ހަމަ އަސްލަށްވެސް ޒިވާ މަރުވީހޯ.. އެހެން ވެގެން ނުވާނެޔޯ.. ކިޔާފަ ވަރަށް ވާހަކަ ދެއްކި.. އޭނާ މޫނުމަތިން ފެނުނީ މުޅިންވެސް މާޔުސްކަން.. އަހަންނަށް މަޖުބޫރުވި އޭނާ ގާތު އެވާހަކަ ބުނަން.. ނޭނގެ ކީއްވެ ކަމެއް އަހަރެންގެ ސިކުނޑި އަހަންނަށް އެކަމަށް ބާރު އެޅީކީ.. އެކަމް އެއީ ހަމަ ނަސީބެއް.. މިއަދު ޒިވާ އެގޮތަށް މިހާ ފަސޭހައިން ގެންގުޅެވެން މެދުވެރިވި ސަބަބެއް އޭނާ އަކީ.. އަހަރެން ބުނިން އޭނާ ގާތު މިހެން މިހެން ވެގެންނޭ މިއުޅެނީ.. ބުނީމަ އޭނާ ބުނީ ދެން ކިހިނެއްހޯ ހަދާނީ.. މިއަދު މެންދުރު ޒިވާ ވަޅުލައެއް ނޫންހޯ.. ދެން އަހަންނަށްވެސް އަދި ކިރިޔާ އެވާހަކަ ތަކާމެދު ވިސްނާލަން މަޖުބޫރުވި.. އޭނާ ކުއްލިޔަކަށް ހުރެފަ ދެލޯ ބޮޑުކޮށްލި ގޮތުން ހީވި އައިޑިއާ އެއް އައީ ހެން.. ކިހިނއް ވިހޭ ބުނީމަ ބުނީ އެއީ ތިމަންނާއަށްވެސް ކުރަން ވަކި ފަސޭހަ ކަމެއް ނޫނޯ.. ކިޔާފަ.. އެ.. ކުއްޖާ.. އަށް ކިޔަނީ.. ލަމާން..” އާމިރު އަށް އިތުރަށް ވާހަކަ ދައްކަން އުނދަގޫ ވުމުން ލަމާން ގެ ނަން ބުންޏެވެ.

ޔައީޝްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެހެން ވީމަ ލަމާންއަށް ޒިވާ އިނގޭ ގޮތަކީ މިއީތާއެވެ؟ އާމިރު އިތުރު އެއްޗެކޭ ނުބުނެ ލަމާންގެ ނަން އެބުނީ އޭނާ ގާތު އަހާށޭ ބުނުމުގެ މާނައިގައި ކަންނޭނގެއެވެ. އެވަގުތު އާމިރު އަށް ގުޅައިފައި ހުރި މެޝިންތަކުގެ އަޑު ބާރުވާން ފެށިއެވެ. ޔައީޝްއަށް މިވަނި ކީއްކަން ނޭނގޭ ޙާލު ކޮންމެވެސް ކަމެއް ގައިމުވެސް ގޯސްވެއްޖެކަން އޭނާގެ ސިކުނޑީގެ ކަނަކުން ގޮވާލިއެވެ. ދުވެފައި އިން ތަނުން ތެދުވެގެން ގޮސް ޑޮކްޓަރުންނަށާއި ނަރުހުންނަށް އަޑުގެ ނެތްތަނަށް ގޮވަން ފެށިއެވެ. އެއިރު ދެންމެ އާމިރު ދެއްކި ވާހަކަވެސް އޭނާގެ ހަނދާނުގައި ނެތް ފަދައެވެ.

ޒިވާވެސް ހާސްވެ ހުރެ ޔައީޝް ގާތަށް އައީ ވެގެން އުޅޭ ގޮތެއް ނޭނގިގެންނެވެ. “ޒިވް.. މިވަގުތަކު ނޫން.. ފަހުން ކިޔާދޭނަން..” ޒިވާ އިތުރަށް ސަކަރާތް ވެދާނެތީ ޔައީޝް އެވާހަކަތައް އޭނާއަށް ކިޔައިދޭން ޖެހިލުންވިއެވެ. އެހެން ކަމުން ޒިވާވެސް ޔައީޝް އޭނާގެ ގޮތުގައި ހިފަހައްޓާނެކަން އިނގޭތިވެސް ދެން އިތުރަކަށް އެކަމަކާ ސުވާލެއް ނުކުރިއެވެ. އެހެން ނަމަވެސް އޭނާ ހާސްވެގެން ގޮސް އަވަދިވަނީއެވެ. ސުމައްޔާ އިނީ އިން ގޮތަށް އަދިވެސް ގަބުވެފައެވެ.

“އައިމް ސޮރީ ބަޓް ވީ ކުޑުންޓް ސޭވް ހިމް..” ޑޮކްޓަރ އެތަނުން ނިކުތުމުން ޒިވާ އާއި ޔައީޝް ޑޮކްޓަރ ގާތަށް ދިޔައެވެ. އިވުނު ޚަބަރު ދެމީހުންގެ ކަންފަތާ ހަމަޔަށްވެސް އައީ ގުގުރިއެއް ފަދައިންނެވެ. ޒިވާ އަނގަމަތީ އަތް އަޅާލައިފައި އެއް ފިޔަވަޅު ފަހަތަށް އަޅާލިއެވެ. އޭނާގެ ދެލޯ ފުރިގެން އައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ޔައީޝްއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އާމިރު އޭނާއާއި ވާހަކަ ދެއްކީ ހަމަ ދެންމެ ވިއްޔާއެވެ. އެހެން ވީމަ އެހެން ވެދާނެ ނޫންހެއްޔެވެ؟

ޒިވާއަށް ވަމުން ދިޔަ ގޮތް ފެނި ޔައީޝް އޭނާގެ ކޮނޑުގައި ހިފަހައްޓާލީ އޭނާއަށް ހިތްވަރު ދިނުމަށެވެ. ނަމަވެސް މިފަހަރު ޒިވާގެ އަނގަޔަކުން އަޑެއް ނުނިކުތެވެ. ޒިވާ ހުރިތަނަށް ތިރިވާހެން ހީވުމުން ޔައީޝް އޭނާއަށް ބަލައިލި އިރު ޒިވާ އަނބުރައިގަނެގެން ވެއްޓެނީއެވެ. އެހެން ކަމުން އިހުނަށްވުރެ ބާރަށް ހިފަހައްޓާލީ އޭނާ ވެއްޓުނަ ނުދިނުމަށެވެ.

ޔައީޝް ޒިވާ ގެންގޮސް ގޮނޑިބަރީގައި ބައިންދައިފައި ނިކަން ބާރަށް ދުވެފައި ހޮސްޕިޓަލުން ނިކުންނަށް ދިޔައެވެ. އަދި ސައިކަލުގައި ދެވުނު އެންމެ ބާރަކަށް ދުއްވައިފައި ގެއަށް ދިޔައެވެ. ލިފްޓުވެސް އަރާވަރު މަތިކަމުން ޔައިޝް ރުޅިގަދަވިއެވެ. ކޮންމެޔެކަސް ގެއަށް ވަދެފަ ދުވެފައި ގޮސް ބޭސްކާޑު ހިފައިގެން އޭނާ ނިކުމެގެން ދިޔައެވެ. ގޭގެ ދޮރު ތަޅުލަންވެސް އޭނާއެއް އެވަގުތު ހަނދާނެއް ނެތެވެ.

ޔައީޝް އިރުގަނޑެއް ފަހުން ހޮސްޕިޓަލާ ހަމަޔަށް ދެވުނު އިރު ޒިވާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައި އިނެވެ. ނަމަވެސް އަދިވެސް އޭނާ ބޯ އަނބުރާ ގޮތްވެއެވެ. ޔައީޝް ވީ އެންމެ އަވަހަކަށް ޒިވާއަށް ބޭސްދިނި އޭނާގެ ޙާލަތު އިތުރަށް ގޯސްވެދާނެތީއެވެ. އެހިނދު ޒިވާ އަނެއްކާވެސް ރޯން ފެށިއެވެ. ސުމައްޔާގެ ގައިގައި ބައްދާލިއެވެ. ޔައީޝްގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ސުމައްޔާއަށް އެއިން މީހެއްގެ އަޑުވެސް ނީވޭ ފަދައެވެ.

“ޔައީޝް.. އަ.. ކިހިނެއްތަ ބަ.. ބައްމަ އެކްސިޑެންޓް.. ވީ..” ގިސްލެވެމުން ވެސް ޒިވާ އޭނާ ބުނަން ބޭނުންވި ވާހަކަ ފުރިހަމަ ކޮށްލިއެވެ.

**4 ގަޑިއިރު ކުރި**

މަޢްރިބް ނަމާދަށް ދިޔަ ޔައީޝްގެ ސިކުނޑީގައި ވަނީ މުޅިންވެސް ޒިވާގެ ޚިޔާލުތަކެވެ. ލަމާން އޭނާ ގާތު ދެއްކި ވާހަކަތަކެވެ. ޔައީޝްއަށް ސިހުން ލިބުނީ ކުއްލިޔަކަށް ހިތަށް އައި އެއްޗަކުންނެވެ. ލަމާން ބުނި ‘ޑޮކްޓަރ އާމިރު’ އަކީ ހަމަ މިހާރު ޒިވާގެ ބައްޕަ ކަމުގައި ބަލާ އާމިރު އެވެ. ކުރިންވެސް އާމިރު އޭނާގާތު ޒިވާކައިރީ ކުރީގެ ވާހަކަތައް ނުދެއްކުމަށް ވަނީ ބުނެފައެވެ. ވީއިރު ކަންތައް ވެދިޔަ ގޮތް އާމިރުއަށް އިނގޭނެ ކަމާމެދު ޝައްކެއްވެސް ނެތެވެ.

ޔައީޝްގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުން ކުޅެލިއެވެ. އިޝާ ނަމާދުން ފޭބި ތަނުން ޔައީޝް ޒަޔާން އަށް ގުޅާލުމުގެ ބޭނުމުގައި ފޯނު ނެގިއެވެ. ނަމަވެސް މެސެޖެއް އައިސް އިނުމުން ޚިޔާލު ބަދަލުކޮށްލައިފައި އެއީ ކާކުގެ މެސެޖެއްތޯ ބަލައިލިއެވެ. “މަންމަމެން ގެއަށް މި ދަނީ..” އައިސްފައި އިނި ޒިވާގެ މެސެޖެކެވެ. ޔައީޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ގުޅާލުމަށްފަހު އިރުކޮޅެއް ވާންދެން ވާހަކަ ދައްކާލައިފައި ކޯލް ކުރުކޮށްލުމަށްފަހު ފޯނު ޖީބަށް ލިއެވެ. އަދި ދެފަރާތަކަށް ކުޑަކޮށް ބޯހޫރުވާލިއެވެ. އެވަގުތު އޭނާގެ ހިތަށް އައި އެއްޗަކުން އެޔަށްވުރެ އުފާވިއެވެ.

ޒިވާ އޭނާގެ މަންމަ ގޭގަ ހުރިއްޔާ ކޮންމެހެންވެސް އޭނާ އެގެއަށް ދާން ޖެހޭނެއެވެ. ވީއިރު އާމިރު އާއި އޭނާ ބައްދަލުވާން ނުލާހިކު ފަސޭހަ ވާނެއެވެ. ޔައީޝް އުފަލުން ހުރެ ސައިކަލަށް އަރާ ދުއްވާލިއެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓެން މަޖުބޫރުވީ މަގުގެ އެއްފަރާތެއްގައި މާ މީހުން ގިނަވެގެން އުޅެތީއެވެ. ޔައީޝް ސައިކަލު ޕާކުކޮށްލައިފައި ވެގެން އުޅޭ ގޮތެއް ބަލައިލަން އެތަނަށް ބޯދިއްކޮށްލިއެވެ. އެވަގުތު އޭނާއަށް ލިބުނީ ސިހުމެކެވެ.

ބޯ ފަޅާއިގެން ގޮސް ލެއިން ތަތްތެޅިފައި އެޔޮތީ އާމިރު ނޫން ދެވަނަ މީހެއް ނޫނެވެ. މީހުންތައް ދުރުކުރަމުން އޭނާ އެތެރެއަށް ވަދެ އާމިރު ކައިރީ ދެކަކޫ ޖަހާލިއެވެ. “ބައްޕާ..” އުނދަގުލުން ނަމަވެސް އާމިރުއަށް ޒިވާ ބައްޕަ ކިޔާތީ އޭނާ އެހެން ކިޔައިފައި ގޮވާލިއެވެ. އަދި އާމިރުގެ މޫނުގައި ދެތިން ފަހަރަކު ކުޑަކޮށް ޖަހާލިއެވެ. ނަމަވެސް އާމިރުގެ ހެޔެއް ނެތެވެ. އޭނާ ދެން އަވަސްވެގަތީ އެންބިއުލާންސް އަށް ގުލާށެވެ. އެއިރު މުޅި މީހާގެ ގައިން ދާތިކިތަށް ވިދަން ފަށައިފިއެވެ. މުޅި މީހާ ހާސްވާން ފަށައިފިއެވެ.

އިރުކޮޅެއް ފަހުން އެންބިއުލާންސް އައުމުން އެމީހުންނާއެކު ޔައީޝް އާމިރު އެންބިއުލާންސް އަށް އެރުވިއެވެ. އެއިރު ޔައިޝްގެ މުޅި ގަމީހުގައިވެސް ހުރީ ހުސް ލެޔެވެ. އެރީއްސުރެވެސް އޭނާ އިނީ އާމިރު ގާތުގައެވެ. އޭނާ އާމިރު ދޫކޮށްލައިފައި ދާނީ ކިހިނެއް ހެއްޔެވެ؟ އާމިރު އާއި ވާހަކަ ދައްކަން ދާން އުޅުނު މީހާ އާމިރު އާއި ބައްދަލު މިވީ އިއްތިފާގަކުންނެވެ. ނަމަވެސް ކޮން ފަދަ ޙާލަތެއްގަހެއްޔެވެ؟ ހޮސްޕިޓަލާ ހަމައަށް ފޯރިތަނުން ޔައީޝްއަށް ޒިވާ މަތިން ހަނދާންވިއެވެ. ލަހެއް ފަހެއް ނުކޮށް އޭނާ ފޯނުނަގާ ޒިވާއަށް ގުޅާލުމަށްފަހު އެ ޚަބަރު ދިނެވެ.

***

އާމިރުގާތު ވާހަކަ ދައްކަން ބޭނުންވެފަ ހުރި ވާހަކަ ފިޔަވާ އެހެން ހުރިހާ ކަމެއް ވެދިޔަ ގޮތަށް ޔައިޝް ޒިވާއަށް ކިޔައިދިނެވެ. އެވަގުތު އަނެއްކާ ޒިވާގެ ދެލޯ ކަރުނުން ފުރިގެން އައެވެ. ކަންތައް ވެދިޔަ ގޮތް ޤަބޫލުކުރަން ހަމަ ދަތި ވަނީއެވެ. ރޮއެ ރޮއެފައި އަނެއްކާ އޭނާ ސުމައްޔާ ގާތަށް ދިޔައެވެ.

“ޒަޔާން.. ހޮސްޕިޓަލުގަ މިހުރީ.. މައި މެން މީހަކަށް މެސެޖެއް ނަމަވެސް ކޮށްލާފަ ބުނެދީބަލަ އައިސްލަދޭށޭ.. ޒިވް އަށް އެމީހުން ބޭނުންވޭ މިވަގުތު.. ޔާނީ ކައިރި ނުބުންޏަސް މައްސަލައެއް ނެތް.. ޔާނީއަށް އުނދަގޫވާނެއްނު..” ޔައީޝް އޭނާ ބޭނުންވި ވަރަށް ބުނުމަށްފަހު އިތުރަށް ވާހަކަ ދިގުނުކޮށް ފޯނުކަނޑާލިއެވެ.

އުފަލުން ފޮޅިފައި ހުރި ޒަޔާން ޔައީޝްއަށް ގުޅާލަން އުޅެނިކޮށް އޭނަގެ ފޯނަށް ޔައީޝްގެ ކޯލެއް އައެވެ. އެހެން ކަމުން ހިނިތުންވެލައިފައި ވާހަކަ ދައްކަން ހުޅުވާލި އަނގަ ލައްޕާލަން މަޖުބޫރުވީ ކުރެހިފައިވާ އަޑަކުން ޔައީޝް ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާއަށް އެންމެ ލަފްޒެއް ވެސް ބުނެލަން ފުރުސަތު ނުދީ ޔައީޝް ފޯނު ކަނޑާލިއެވެ. ކޮންމެޔަކަސް ޔައިޝް އެގޮތަށް ކަންތައް ކުރާނީ ވަރަށް ބޮޑުކަމެއް މެދުވެރިވެގެން ނޫނީ ނޫން ކަން ޒަޔާންގެ ތޫނު ސިކުނޑިއަށް ދެނެ ގަނެވުނެވެ. އަވަހަށް މައިހާ އަށް މެސެޖުކޮށްލައިފައި އެ ޚަބަރު ދިނީ އެހެންވެއެވެ.

ހާސްވެފައި ހުރެ ޒަޔާން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. “ޒަޔާން..” އޭނާގެ ދެފައިގައި ތަޅެއް އެޅުވުނު ފަދައިން ހުއްޓެން މަޖުބުރުވީ އަންހެން ކުއްޖަކު އޭނާއަށް ގޮވާލުމުންނެވެ. ފަހަތަށް އެނބުރިލިއިރު މައިހާ ހާސްވެފައި ހުރިތަން ފެނި އޭނާ މައިހާ ގާތު އޭނާއާއެކު އައުމަށް އިޝާރާތް ކޮށްލިއެވެ.

މައިހާ މެންނަށް ޔައީޝްމެން ގާތަށް ދެވުނު އިރު އަދިވެސް ޒިވާގެ ރުއިން ނުހުއްޓެއެވެ. ނަމަވެސް އެޙާލުގައިވެސް އޭނާގެ މަންމަ ހަމަޔަކަށް އެޅުވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ޔައިޝްގެ އެއްވެސް ކަމަކުން ވެސް އެދެމީހުންނަކަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. “އައިޝާ..” މައިހާ އައި ގޮތަށް އައިސް ޒިވާ ގާތު އިން ގޮނޑީގައި އިށީނުމަށްފަހު ޒިވާގެ ކޮނޑުގައި އަތްލިއެވެ. އެހިނދު ކަރުނުން ފުރިފައިވީ ދެލޮލާއެކު ޒިވާ މައިހާ އާއިވީ ފަރާތަށް އެނބުރިލިއެވެ.

އަދި މައިހާ ފެނުން ތަނުން އޭނާ އަޑުން އަޑުނަގާ ރޯން ފެށިއެވެ. އެވަގުތު އެހެން މީހެއްގެ އެހީތެރިކަން ލިބުމުން ހައްތަހާ ރޯލާ ހިތްވިއެވެ. “މައި.. ކީއްވެތަ ބައްޕަ އަހަރެމެން ދޫކޮށް އެ ދިޔައީ؟ އެ.. އެހާ ކުއްލިޔަކަށް ހަމަ ކީއްވެތަ؟” ޒިވާ މައިހާ އާއި ސުވާލުކޮށްލިއިރުވެސް ގަދަޔަށް ގިސްލެވެއެވެ. “އައިޝާ.. ބަލާ.. ކޮންމެ މީހަކަށްވެސް މިއީ ދައްކަވާނެ ދުވަހެކޭ.. ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ.. މަރަކީ ކޮންމެ އިންސާނަކާއި ވެސް އެންމެ ކައިރީގަ އަދި އެންމެ ދުރުގަ ވާ އެއްޗަކީ.. އެހެން ވީމަ ހަމަ ކޮންމެ ވަގުތަކުވެސް މަރުވެދާނެ.. މައި ވެސް ހަމަ މިވަގުތު ވެސް މަރުވެދާނެ.. ކިހިނެއް އިނގޭނީ.. މަރަކީ އެންމެންނަށްވެސް ފޮރުވިފަ ވާ އެއްޗެއް.. އެމީހެއްގެ ވަގުތު ޖެހުމުން ކޮންމެ މީހަކުވެސް ދާނެ.. އެއީ އެކަކަށްވެސް ހުއްޓުވޭނެ އެއްޗެއް ނޫން.. ދެން މީގެ ފަހުން އެކަހަލަ ވާހަކައެއް ނުދައްކައްޗޭ..” ވިސްނޭ މީހަކު ފަދައިން މައިހާ ޒިވާއަށް ހިތްވަރު ލައިދެމުން ދިޔައެވެ.

އަދި ޒިވާ އަޅައިގެން ހުރި ނިޤާބްގެ މަތިން ޒިވާގެ މޫނުގައި ފިރުމާލިއެވެ. އޭނާހިތުން އަދިވެސް އެއީ ހަމަ ‘އައިޝާ’ އެވެ. މައިހާއަށް އެއީ ޒިވާކަން ނޭނގުނު ނަމަވެސް އޭނާ އެ އަންހެން ކުއްޖާ އާއި ދޭތެރޭ ދެކެނީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ.

އެތާ މައިހާ ހުރުމުން ޔައީޝްއަށް ޒިވާ އާއި ވާހަކަ ދައްކަން ޖެހުނީ ވަރަށް ބަލައިގެންނެވެ. “އައިޝާ.. ދެން ހުއްޓާލާ.. އައިޝާ ތިހެން ރޮންޏާ މަންމައަށް ދެން ކިހިނެއް ވާނީ… އޭނ؟ މަންމައާއި ދޭތެރޭ ވިސްނާލަބަލަ..” ޔައީޝް ވަރަށް ވިސްނައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ޒަޔާންވެސް އެއްޗެކޭ ނުބުނީ އޭނާގެ އަނގައިން ޔައީޝް މިޔޮށް ހާދުވަހު ހިފަހައްޓައިގެން ހުރި ސިއްރު ބޭރުވެދާނެ ކަމުގެ ބިރަށްޓަކައެވެ.

“މަންމާ.. ބަލާބަލަ މިކޮޅަށް.. ޕްލީޒް މަންމާ.. ތިހެން ނީނދެބަލަ.. އަޅުގަނޑާ އެއްފަހަރު ނަމަވެސް ވާހަކަ ދައްކަބަލަ.. މަންމާ..” ޒިވާ ވަރަށް ވަރުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. އެޔަށްފަހު ސުމައްޔާއާއި ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު އެތާ ތިބި އެންމެންގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. މައިހާ އަށް އޭރު ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ނަމަވެސް އެކުވެރިޔާއަށްޓަކައި އޭނާވެސް ހިތްވަރު ކުރެވޭތޯ ބެލިއެވެ.

“ދެން ހިނގާ ގެއަށް ދާން.. މަންމަ މިރެއިން ފެށިގެން އުޅޭނީ އަހަރެމެން ގޭގަ..” ޔައިޝް އައިސް ޒިވާއާއި ސުމައްޔާގެ ކުރިމަތީ ހުއްޓިލަމުން ބުނެލިއެވެ. ޒިވާވެސް ބޯ ޖަހާލުމުން އެންމެން ތެދުވެ އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. ޒިވާ ސުމައްޔާގެ އެއްކޮނޑުގައި ހިފާލައިގެން ހުރި އިރު މައިހާ އޭނާގެ އަނެއްކޮނޑުގައި ހިފަހައްޓާލިއެވެ. އެގޮތަށް ދިޔަ އިރުވެސް ސުމައްޔާ ހުންނަނީ ގަބު ވެފައެވެ.

ޒިވާ އާއި މައިހާ ސުމައްޔާ ގޮވައިގެން ކުރިން ދިޔައިރު ޔައިޝް އާއި ޒަޔާން އެމީހުންގެ ފަހަތުން ދިޔައެވެ. އެންމެންގެ މޫނުމަތިވެސް ވަނީ މިލާ މޯޅިވެފައެވެ. ކާރަށް މައިހާ އަރައިފަ ސުމައްޔާ އަރުވަން އުޅެނިކޮށް ޒިވާ އަރިއަޅާލިއެވެ. “ޒިވް.. ކިހިނެއް ތިހެދީ؟” ޔައިޝް މަޑުމަޑުން ޒިވާ ގާތު އަހާލިއެވެ. ޒިވާ ކަމެއް ނުވާކަމަށް ބުނެ ކާރަށް އެރަން އުޅުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އެ ވަޢުދު (7)

Next

ހުޅުކޮޅު 27

Next
June 15, 2018

ހުޅުކޮޅު 27

Previews
June 15, 2018

އެ ވަޢުދު (7)

35 Comments!

  1. noor says:
    June 15, 2018 at 6:18 pm

    assalaamu a’laikum my dear readers.. 🙂 EID MUBARAK! miothy story ge 26 vana episode.. 🙂 story vrh furihama ah gendheveytho noor mi masahkaiyy kurany.. 🙂 readers ah ekam mi part ves furihama tho nuvatha noontho bunan ingeynee.. hehe.. 🙂 ummeedhu kuran readers ah mi part ves kamudhaane kamah.. 🙂

  2. thoo says:
    June 15, 2018 at 6:27 pm

    me first dhw

    1. noor says:
      June 15, 2018 at 7:16 pm

      yess dear.. 🙂 and congrats thoo.. 🙂

  3. ?penguin says:
    June 15, 2018 at 6:53 pm

    Ma sha allah. …hama habeysss….wen nxt? .?????❤????

    1. noor says:
      June 15, 2018 at 7:17 pm

      jazakillah khairan dear.. 🙂

  4. Aaya says:
    June 15, 2018 at 6:57 pm

    Masha allah story v nice ?????? wen nxt part? N eid mubarik noor ??

    1. noor says:
      June 15, 2018 at 7:18 pm

      jazakillah khairan dear.. 🙂 on the way ga hama.. hehe.. aslu noor hury nubunan vegen dear mn gaathu.. ekam dhn mi bunany.. 🙂 nxt episode aee eid gift.. 🙂 eid mubarak dear.. 🙂

  5. unique says:
    June 15, 2018 at 7:08 pm

    yayy noor thanks for the gift

    1. noor says:
      June 15, 2018 at 7:19 pm

      alhey dear.. 🙂 mieeky noon ingey aslu gift aky.. 🙂 hehe.. but its ok.. marhabaa dear.. 🙂

  6. Fathimath says:
    June 15, 2018 at 7:11 pm

    Maasha Allah mi part ves varah reethi…Kn irakun next part

    1. noor says:
      June 15, 2018 at 7:20 pm

      jazakillah khairan dear.. 🙂 on the way ga hama.. hehe.. 🙂

  7. me says:
    June 15, 2018 at 7:22 pm

    Varah reethi mi part ves. Alhey noor dear kihineh thi hedhy Amir hama maru v tha?? So sad?? dhen geyah vageh vannany baa? Story hadiyeh nuvaaneynun noor dhahkaa vaahaka…Story varah reethi ingey . When next part ❤?????????? Eid mubaarik??ly??

    1. noor says:
      June 15, 2018 at 7:29 pm

      jazakillah khairan dear.. 🙂 ehn kamah balamaa dhw dear.. 🙁 konme meehakah ves dhahkavaane dhuvahehnu aee dhw.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂 asluvestha? hehe.. jazakillah khairan dear.. 🙂 eid mubarak dear.. 🙂 <3<3<3<3<3

  8. teddy says:
    June 15, 2018 at 7:23 pm

    v reethi.. when is nxt part?

    1. noor says:
      June 15, 2018 at 7:30 pm

      jazakillah khairan dear.. 🙂 on the way ga.. hehe.. 🙂

  9. unique says:
    June 15, 2018 at 7:27 pm

    vvvv reethi hama love it noor thanks…. again heheh

    1. unique says:
      June 15, 2018 at 7:28 pm

      aslu heheh

    2. noor says:
      June 15, 2018 at 7:31 pm

      jazakillah khairan dear.. 🙂 asluvestha? vrh ufaavehje dear ah mi part kamudhiyaeema.. 🙂

  10. Binth says:
    June 15, 2018 at 7:32 pm

    Noor bunymennu gift egge vaahaka.. miee tha e gift aky?

    1. noor says:
      June 18, 2018 at 1:12 pm

      nooney dear.. 27th episode aee gift aky.. 🙂

  11. lotus says:
    June 15, 2018 at 7:58 pm

    Eid mubarak dear.. story is awsom as always.. v emotional.. keep it up???

    1. noor says:
      June 18, 2018 at 1:13 pm

      dear ah ves eid mubarak ingey.. 🙂 dhn vrh bodah sorry maa lahun reply kohlevunyma.. ingey.. aww.. jazakillah khairan dear.. 🙂 alhey… 🙂

  12. Alisha says:
    June 15, 2018 at 8:06 pm

    Eid Mubarak????
    Mi part varah furihama Masha Allah??????
    Amir hama aslu ves maruveetha???????

    1. noor says:
      June 18, 2018 at 1:15 pm

      eid mubarak dear.. 🙂 sorry ingey maa lahun reply kollevunyma.. 🙁 jazakillah khairan dear.. 🙂 balamaa dhw ehn kamah..

  13. Amee says:
    June 15, 2018 at 8:21 pm

    Vrh vrh reethi??….eid mubarak..

    1. noor says:
      June 18, 2018 at 1:15 pm

      jazakillah khairan dear.. 🙂 eid mubarak.. 🙂

  14. Shaai says:
    June 15, 2018 at 8:27 pm

    Kureega ekamaku ziva ge janaazaa wes beyvvi ehnnu.. Moonu dhakkaa hedhi irakuwes family ah shakku wes nuweybaa eii zivaa noon kameh?? Anyway i like this story.. Comment nukuriyas gavaaidhun kiyan mivaahaka.. Up weytho inthizaaru kurewey.. Vaahakaiga dhen vaaee kihineh baa? Noor vee emme avahakah up kohdhehchey next part..

    1. noor says:
      June 18, 2018 at 1:17 pm

      yess dear.. bunefa innaane moonu bodah halaakuvefa huryma moonu nudhahkkaa vaahaka.. mathin fothi elhi vaahaka.. 🙂 it’s ok dear.. 🙂 noor ah ves adhi kiriyaa mi reply kohlevuny.. hehe.. balamaa dhw dhn vaagotheh.. 🙂 up vefa mihaaru innaany.. 🙂

  15. serrrjiii says:
    June 15, 2018 at 8:29 pm

    Eid mubaarak
    maasha allah vv reethi mi part vx
    keep it up noor 🙂

    1. noor says:
      June 18, 2018 at 1:18 pm

      eid mubarak dear ah ves.. 🙂 jazakillah khairan dear.. 🙂

  16. Blue ? says:
    June 15, 2018 at 10:18 pm

    Vvv furihama❤???
    Eid Mubarak noor dear..??

    1. noor says:
      June 18, 2018 at 1:18 pm

      jazakillah khairan dear.. 🙂 eid mubarak dear.. 🙂

  17. Maya? says:
    June 15, 2018 at 10:58 pm

    Vvvvv salhi. Noor thikuraa hivvarah hama saaaabasssss. Good luck??????????????????

    1. noor says:
      June 18, 2018 at 1:19 pm

      jazakillah khairan dear.. 🙂 vrh ufaavehje dear thihen bunelyma.. 🙂 jazakillah khairan Maya dear. 🙂

  18. harun says:
    June 18, 2018 at 3:41 pm

    hiyaalee vaahakaeh kan engey.ekam maa bodah hiyaalee vefa miothy xivaa ge maruge haadhisaa.furathama kamakee xivaa vettifa oii iru xivaage moonu halaakuvefa oiikan faahagaeh nukurey.eyru faahaga koffa iny xiv ge boa falhaigen goss in vaahaka.yaees ah hama xiv fenumaa eku ae xivkanvez eyru engunu.so vakikuran neyngeyvaru xahameh neii.2 vana kamakee komme doctor kanthah kurigoii maa hiyaalee.eyna emmenna sirrun ekani faruvaadheyn nimmi nimmun maa bodavvez hiyaalee nimmumeh.doctorakavviyas doctoruge geyaku nuhunnaane dhehtho efadha haalathegge oii meehakah faruvaadheveyne machineries eh.3 vana kamakee moucharee ga oii meehaku madhuvumun hospitalah neyngunukan.4 vana kamakee meehaku valhulun.valhulee xivaa yah nuvanya xivaage familee janaaxaaga baiverive xivaage kashikamaa kemeege kanthakuga baiverivun adhi xivaage mahchah kashu namaadh kurun.misaalakah xivaayah nuvanya komme meehakah viyas emeehegge aailaa kobaa.e aailaa doctorun dhakkaanee kaaku?misaalakah morcharee ah lee 3 meehunno xivaa laain.dhen xivaa doctor gendhiyaama eba madhuvey dw 1.so 2 janaaxaa beyvviyas 3 vana janaaxaa eh nubeyvveyne.so 3 vana familee ah hadhaanee kihineh. so mi story miothy hindhi drama akah ve nimifa. mihaaru mi dhaa gothun thimeehun geyah dhaairu geyga aamiru neennnaa kamaa medhuves sakku.v salaam.

Comments are closed.

Next Episodeހުޅުކޮޅު 27←


All Right Reserved!