Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 3

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 15, 2018 4 Mins Read
14 Comments

 

އިޝްމާ އަފްރީންއަށް ބަލާލިއެވެ. އެހެންނާ އަަބަދުވެސް އުޖާލާވެފަ ހުންނަ އަފްރީންގެ މޫނު ވަނީ މިލާފައެވެ. އަފްރީންގެ ހިތާމަވެރި މޫނު ފެނުމާއެކު އިޝްމާގެ ހިތުގަ ޖެހުނެވެ. އޭނާގެ ބައްޕަވެސް ހުރީ ވަކި އުފަލުގަ ނޫންކަން އިނގުމުން އިތުރަށް ދެރަވިއެވެ.

“ދޮންތާ ކިހިނެއްވެފަ ތިހުރީ؟” އިޝްމާ ސިހުނީ ނުހަނުގާތުން މާނީގެ އަޑު އިވުމުންނެވެ. “ކަމެއްނުވެ. ކޮން އިރަކު ނުންނުއައީ؟” މާނީ އެތަނަށް އައިކޮންއިރަކުކަން ނޭންގުމުން އިޝްމާ ސުވާލުކުރިއެވެ. “ހަމަ ދެންމެ ދޯ ނުންުނު އެއައީ!” އިޝްމާ ކުރި ސުވާލަށް ޖަވާބު ދިނީ އަފްރީންއެވެ. ކޭގަޑީގައި އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އިޝްމާ ބެލީ ވީހާވެސް އަވަހަކަށް ކައިގެން އެތަނުން ދެވޭތޯއެވެ. ފަސްވަރަކަށް މިނެޓުތެރޭ އޭނާ ކައި ނިންމާލިއެވެ. ތަށިދޮވުމަށްފަހު ނިދާލަން ބޭނުންކަމަށް ބުނެ އޭނާ ގޮސްވަނީ ކޮޓަރިއަށެވެ. އިޝްމާ ކޮޓަރިއަށް ދިއުމުން މާނީވެސް ކައި ނިމުނު ގޮތަށް ދިޔައީ އޭނާ ދިރިއުޅޭ ބަޔަށެވެ.

********************

ތަނަވަސް ބޮޑު ސިޓިންރޫމްގެ ދެ ކޮޅަށް އަފްރާ ހިނގާލަ ހިނގާލަ ހުއްޓެވެ. އިރު އިރު ކޮޅާ ފޯނަށް ބަލާލެވެނީ އާރާޝް ގުޅާާފާނެހެން ހީވިމުންނެވެ. އާރާޝް ބަންގްލަދޭށަށް ދިޔަ ފަހުން އަދި އެއްފަހަރުވެސް އޭނާއަށް ގުޅާނުލައެވެ. ނުގުޅާތަނުގަ މެސެޖެއްވެސް ކޮށްނުލައެވެ. އަފްރާ ގުޅި ފަހަރުވެސް އާރާޝް ފޯނެއް ނުނަގައެވެ. އާރާޝްއަށް އުނދަގޫވެދާނެތީ އިތުރަށް ގުޅާކަށް އޭނައަކަށް ނުކެރުނެވެ. އިންތިޒާރު ކުރެވެނީ އާރާޝް ގުޅާނެ އިރަކަށެވެ. އެހެންނާވެސް އާރާޝް މުބާރަތްކުޅެން ބޭރަށް ދެއެވެ. ދުވާލަކު ދެތިން ފަހަރު އޭނަ އަފްރާއަށް ގުޅާނެއެވެ. ސިޓިންރޫމްގައި ހުރަހަށް ބައިދާންފައިން ކަޅުސޯފާގަ އަފްރާ އިށީންދެލިއެވެ. ދެލޯ މަރާ ބާރު ކޮށްލެވުނީ ލޮލުގައި ކަރުނަ ޖަމާވާން ފެށުމުންނެވެެ. ކަރުނަތައް ހިންދާލުމަށްފަހު އަފްރާ ފޯނު ނެގިއެވެ. އެއަށްފަހު އޭނާ އާރާޝްގެ ނަންބަރަށް ވައިބާއިން ގުޅާލިއެވެ.

*********************

އާރާޝް އަތުގައި އޮތް ފޯނު ރިންގްވަމުން ދިޔައިރުވެސް އޭނަ ހުރީ ބަލަހައްޓާގެންނެވެ. ފޯނު ނަގައި ޚިޔާލެއް ނުކުރެއެވެ. އޭނަ އެއްވެސް ވަރަކަށް އަފްރާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ” ކީއްވެ މަންމަގުޅާއިރު ފޯނު ނުނަގާތިއުޅެނީ؟ އަދިވެސް މަންމަދެކެ ހިތްހަމަ ނުޖެހިފަތަ ތިހުރީ؟” އާރާޝްގާތު އެނދުގައި އިށީންނަމުން މާއިޒް އަހާލިއެވެ. އާރާޝް އެކައްޗެކޭވެސް ނުބުނެ ފޯނަށް ބަލަ ހައްޓާގެން ފޯނު ކެނޑެންދެން އިނެވެ. އާރާޝް އެ ގޮތަށް ކަންތައް ކުރުމުން މާއިޒް ހިތްހަމަ ނުޖެހުނެވެ. “އާރާޝްއަށް އިނގޭދޯ މަންމަ އެގޮތަށް ކަންތައް ކުރީ އާރާޝްއަށް ރަނގަޅަކަށް ކަން. ދެން ކީއްވެ މަންމަދެކެ ހިތްހަމަ ނުޖެހިފަ ތިހުރީ؟ އާރާޝްގެ މަންމަ އާރާޝްއަށްޓަކައި ކިހާ ގުރުބާނިއެއްވި ދެން ކީއްވެ؟ އިނގޭތަ މަންމައަކީ ލައިފްގަ ކިހާ މުހިންމު މީހެއްކަން؟ މަންމަ ދަރިއަކުދެކެ ލޯބިވާ ވަރަށް އިތުރު އެއްވެސް މީހަކަށް ލޯބިނުވެވޭ. މަންމަގެ ލޯބިއެއީ ކިހާ މުހިންމި އެއްޗެއްކަން އެނގޭނެ އެ ލޯބި ނުލިބޭ ދުވަހު” މާއިޒްފަހު ޖުމްލަ ބުނިއިރު އެ އަޑުގައިވި ރިހުން އާރާޝްއަށް ދެނެގަނެވުނެވެ. މާއިޒް އެބުނީ ދޮގު ވާހަކައެއްނޫންކަން އާރާޝްއަށް އެނގެއެވެ. “ބޭނުމީ އެކޮޅަށް ގޮއްސަ ވަރަށް ހަމަޖެހިލާގެން ވާހަކަ ދައްކަން. މި ގޮތަށް ވާހަކަދައްކާނެހާ ހިތްވަރެއްނެތް” “ފޯނު ނުނެގިއަސް އެޓްލީސްޓް މަންމައަށް މެސެޖެއް  ކޮށްލަބަ އޭރުންވެސް މަންމަ ހެޕީވާނެ. މިހާރު އާރާޝް ތިހެން ފޯނު ނުނަގައި އުޅުނީމަ މަންމަ ކިހާ ކަންބޮޑުވާނެ. އައި ތިންކް ޔޫ ޝުޑް ސެންޑް ހާރ އަ މެސެޖް އޭރުންވެސް މަންމަ ހާހެއް ނުވާނެ” މާއިޒް އެހެން ބުނުމަށްފަހު އާރާޝްގެ ކޮނޑުގައި ޖަހާލާފަ ދިޔައެވެ. އާރާޝް ކުޑަކޮށް ވިސްނާލުމަށްފަހު އަފްރާއަަށް މެސެޖެއް ކޮށްލިއެވެ.

*************

އާރާޝް ފޯނު ނުނެގުމުން މާޔޫސްވެފައި އިން އަފްރާގެ މޫނު އުޖާލާވެގެން ދިޔައީ އާރާޝްގެ މެސެޖެއް ލިބުމުންނެވެ. އެ މެސެޖުގައި އޮތީ އޭނާއަށް ފޯނު ނުނެގެނީ ބިޒީވީމަކަމަށެވެ. އަދި އޭނާގެ މަންމަދެކެ ހުރީ ރުޅިއައިސްފައި ނޫންކަމަށާއި މަންމަ ހާސްނުވުމަށްވެސް ބުނެފައިއޮތެވެ. އަފްރާއަށް އުފަލުންގޮސް ރޮވުނެވެ. އަދި އާރާޝް ބިޒީވިއަސް އެށްފަހަރު ނަމަވެސް މެސެޖެއްކޮށްލުމަށް ބުންޏެވެ. އާރާޝް އޯކޭއޭ ޖަހާފަ މެސެޖެއް ކޮށްލިއެވެ. އަފްރާއަށް އެވަރުވެސް ފުދުނެވެ.

*****************

މާނީ އިންތިޒާރު ކުރަމުންދިޔައީ އާރާޝް ފްރީވެގެން މެސެޖް ކުރާނެ އިރަކަށެވެ. އޭނާ އެތަަށް ވާހަކައެއް އާރާޝްގާތު ބުނަން ބޭނުމެވެ. މާނީގެ އިންތިޒާރަށް ނިމުންގެނުވީ އާރާޝް ވައިބާއިން އޭނާއަށް ގުޅުމުންނެވެ. މާނީ އަވަހަށް ފޯނު ނަގައި ކުޑަކުއްޖަކު ފަދައިން ޝަކުވާ ކުރަންފެށިއެވެ. “އަދި ކިރިޔާ ދޯ ގުޅޭވަރު ތިވީ. މިހާރު ތިކޮޅަށް ދިޔަތާ ތިން ދުވަސްމިވީ. އެކަމަކު ގުޅާލަން ތި އިނގުނީ މިއަދު. ނުގޫޅާތާ މެސެޖަށް ރިޕްލައި ކުރާނަމަވެސް ރަނގަޅޭ.” މާނީ އެއްފަށްޗަކަށް އަމުނާލިއެވެ. އެކޮޅުން އާރާޝްގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. އެއާއެކު މާނީ އިތުރަށް ރުޅި އަންނަގޮތްވިއެވެ. ” އަދި މީނައަށް ހޭންދޯ އިނގެނީވެސް” “އަޅޭ ކްރައިބޭބީ ހާދަ ރުޅިގަދަވެފަ. އާރާޝް ހިއެއް ނުކުރަން އާރާޝް ނުގުޅާގެން ކްރައިބޭބީ ތިހާ ރުޅިއައިސްދާނެކަމަކަށް އަދި ކިރިޔާއޭ މި އިނގުނީ ކްރައިބޭބީ އާރާޝްދެކެ ލޯބިވާކަން” މާނީ އިތުރަށް ރުޅިއަރުވާލުމުގެ ބޭނުމުގަ އާރާޝް ބުންޏެވެ. އެކަން ވަރަށް ފަސޭހައިން އޭނައަށް ކާމިޔާބުވެސް ވިއެވެ. “އައްޗި މާނީ ނޫޅެން އާރާޝްދެކެ ލޯބިވެގެންނެއް ތީ މާރީތި މީހެެއްތަ ދެން މީހަކު ލޯބިވާކަށެއް. ޗިޗިޗި” މާނީވެސް އާރާޝްއަށް ދޫދޭން ބޭނުންނުވުމުން އެހެން ބުނެލިއެވެ. އޭނާ ކޮންމެހެން އެހެން ބުނީކީ އާރާޝް ދެރަކުރާކަށެއް ނޫނެވެ. އަބަދުވެސް ދެ މީހުން ދެ މީހުންނަށް އެހެން ކިޔާ އުޅޭތީވެ ބުނެލީއެވެ. ނަމަވެސް މާނީ އެހެން ބުނުމުން އާރާޝްގެ ހިތުގައި ޖެހުނެވެ. ހަގީގަތުގައިވެސް މާނީ އެބުނީ ތެދެކެވެ. “ހެހެ އަސްލުވެސް މާނީ ތިބުނީ ތެދެއް. އާރާޝްއަކީ އެއްވެސް މީހަކު ލޯބިވާވަރުގެ މީހެއް ނޫން ރާއްޖޭމީހުންނަށް އާރާޝްގެ އަސްލު އިނގޭ މީހަކު އާރާޝްއާ ވައި އެޅޭކަށްވެސް ބޭނުމެއް ނުވާނެ..” އާރާޝްގެ އަޑާ ރާގު ހިތާމައަށް ބަދަލުވިއެވެ. އާރާޝް އެބުނީ ކީކޭކަން ދެނެގަނެވުމާއެކު މާނީ އަމިއްލަ ނަފްސުދެކެ ރުޅިއައެވެ. ” އޯ އައި އޭމް ސޮރީ އާރާޝް. އެއީ މާނީ އެހެން ބުނި އެއްޗެއް ނޫނޭ. އާރާޝް ދެން ނުވާނެ ތިކަހަލަ އެއްޗިހި ހިތަށް އަރުވާގެންނެއް އިނގޭ. އަސްލު މާނީ ރުޅިއައިސް މިހުރީ މާނީއަށް އާރާޝް ނުގުޅުމަށްވުރެެ ކުޑާއްތައަަށް އާރާޝް ނުގުޅާތީވެ. އާރާޝް މާނިއަށް އިނގޭ އާރާޝް ތިހުރީ ވަރަށް ދެރަވެފަ އަދި ރުޅިއައިސްފަކަަން. އެކަމު މަންމަ ވާނީ މަންމައަށް ދޯ! މަންމަ އާރާޝްއާ ވަކިވީމަ އިނގޭނީ އެއީ ކިހާ ވަރެއްގެ މީހެއްކަން” މާއިޒްއެކޭ އެއްފަދައިން މަންމަގެ ވާހަކަ ދެއްކިއިރު މާނީގެ އަޑުގައި ވެސް ރިހުން އެކުލެވިގެން ދިޔައެވެ. އާރާޝްއަށް އެކަން ފާހަގަވިއެއްކަމު އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ” މަންމައަށް މިއަދު މެސެޖް ކުރިން.” އާރާޝް ބުނެލީ އެހެންނެވެ. އެއަށްފަހު ދެން ދިޔައީ ހަމަ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. “މާނީ” އާރާޝް މާނީއަށް ގޮވާލިއެވެ. އެއި އާންމުގޮތެއްގައި ވާހަކައެއް ބުނަން ބޭނުންވުމުން އާރާާޝް ގޮވާލާ ގޮތެކެވެ. “ކީކޭ؟” ” މާނީ މީ އަނޭ.. އިޝް..މާ އި.ޝް.. ރަނގަޅުތަ؟” އަހަން ނާހަން ކަހަލަ ގޮތަކަށް އާރާޝް އަހާލިއެވެ. އިޝްމާގެ ނަން ކިޔަން އޭނާއަށް ވަރަށް އުނދަގުވީއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އަހާލީ އިޝްމާގެ ހާލު އެނގެން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ. “ދޮންތަ އިޒް ފައިން. ބައި ދަ ވޭ ދެން މާދަން ދޯ މެޗު އޮތީ. މޮޅުވައްޗޭ މާދަން. އެންޑް އިއްޔެގަ ބަލި ވިއަސް ވަރަށް މޮޅު އާރާޝް ކުޅުނުލެއް ޔޫ ޓްރައިޑް. އެހާ ސްޓްރެސްވެފަ ހުރެގެންވެސް އެހެންވީމަ މާދަންވާނެ ހުރިހާކަމެއް ހަނދާންނައްތާލާފަ ރަނގަޅަށް ކުޅެން އިނގޭ. ޕްރޮމިސް ކުރޭ މިދިމާވި ކަންތަކުން އާރާޝްގެ ފުޓްބޯޅްކެރިއާއަށް އަސަރުކުރާކަހަލަ ކަމެއް އާރާޝް ނުކުރާނެކަމަށް. ކުޅޭގަޑީގަ ހަމަ އެކަނި ކުޅުމަށް ފޯކަސްކުރޭ. ޖަޒްޓް ފޮގެޓް އެވްރިތިންގް. އޯކޭ؟” “އޯކޭ އޯކޭ މެޑަމް. ވިދާޅުވި ގޮތެއް.” މާނީ އާރާޝްއާ އެތަށްއިރަކު ވާހަކަ ދެއްކުމަށްފަހު މާއިޒްއާވެސް ވާހަކަ ދެއްކިއެވެ. މާނީއާ ވާހަކަ ދައްކާލެވުމުން އާރާޝްްގެ ހިތްހަަމަޖެެެެެެެހުނެވެ.

*****************

ޓީވީން ދައްކަމުން ދިޔަ މެޗަށް ގެއްލިފައި އިސްރާއިނެވެ. ދަނޑުމަތީގައި ކުޅެން ބާވީސް ކުޅުންތެރިން ތިބި އިރު އޭނާގެ ލޮލަށް ފެންނަނީ ހަމަ އެންމެ ކުޅުންތެރިއެކެވެ. ހަމުގެ ކުލަ އަލި އަދި ދިހު އިސްކޮޅެއްގެ ވެރި އެ ޒުވާނާ ގައުމީ ޓީމުގެ ރަތް ޖާރޒީގައި އެ ޒުވާނާ ފެންނަލެއް ނުހަނު ސްމާރޓެވެ. ދާހިއްލުމުގެ ސަބަބުން ނިއްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަކުން ފެން ފައިބަމުން ދިޔައެވެ. ރީތި ވަރަކަށްހުރި ތުނބުޅީގެ ސަބަބުން އެޒުވާނާގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. ބޯޅަހިފައިގެން އެ އުޅެލާ ގޮތުން އިސްރާއިނީ އާޝޯޚުވެފައެވެ. ކޮމެންޓޭޓަރު އަހުސަމްގެ ނަން ކިޔާލުމާއެކު ބޭއިޚްތިޔާރުގައި އޭނާއަަށް ހިނިތުންވެވުނެވެ. އޭނާގެ އުމުރުން ސޯޅައަހަރުވީއިރުވެސް ފުޓްބޯޅަ މެޗެއް ފުރިހަމައަށް ބަލާނުލައެވެ. ނަމަވެސް އަހުސަމް ކުޅެންފެށުމާއެކު ފުޓްބޯޅަ އޭނާގެ ހަޔާތުގެ އެއްބަޔަށް ވެއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (6

Next

ޝިއުރާ

Next
June 15, 2018

ޝިއުރާ

Previews
June 15, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (6

14 Comments!

  1. Kiyara says:
    June 15, 2018 at 6:09 pm

    Slm readers. Mikthy storyge 3 vana part. Mi part kury dhe partah vure kuruvaane and am sorry fr that. Mi part vx kamudhaane kamah ummedhu kuran

  2. unique says:
    June 15, 2018 at 7:10 pm

    am i first… yayy

  3. me says:
    June 15, 2018 at 7:25 pm

    Vaagoi neygeythy kada

  4. unique says:
    June 15, 2018 at 7:55 pm

    wow vvv reethi but mikiyaa iru mi innany vaanuvaa ga… aslu vaahaka vvv reethi n cool n i love it but ragalhah vaagotheh neygeny aslu angry noony hadi vegeneh noon mi hen mibuny…………. aslu can u tell me wats exactly happening..

  5. Livee says:
    June 15, 2018 at 8:31 pm

    I’m in a question mark???but varah salhi ibaaraaiy kurun

  6. Amee says:
    June 15, 2018 at 8:51 pm

    Unique is right… can you tall what is happening…
    But story is nice..?

  7. Kiyara says:
    June 15, 2018 at 9:38 pm

    Slm hurihaa readers. Varah dhera vehjje thi kudhinnah mi storyga vaagoii neyngeythy ve.
    Mm mi story aky alhugandu kurinves buni fadhain kudakoh thafaathu story eh. Mi story ge main character aky Aaraash and Maany. Maaiz Akmal and Ahusam aky ves hama muhimmu characters thakeh. Dhen thibi girls Ishmaa, Navya and Israa aky ves mihimmu characters.
    This story is about footballers and emyhunge career aga dhimaavaa kanthahtha. Successful football playerunnah vaan emyhun kuraa masahkkai. And emyhunge love life ves ahnnane.

    1. unique says:
      June 15, 2018 at 9:43 pm

      hmm kudakoh get vejje but aslu vvv reethi thikiyaadhin goih aslu unique ah olhun araa hisaabaky araash n ishmaa dhw n all ehisaabun ekkala massala gadeh jehigen ulheythy n all but i think i will understand kuriah huri parts tha read kuryma so i am pretty much interested to read hahah….. thanks kiyaara

  8. Kiyara says:
    June 15, 2018 at 9:57 pm

    Unique assu aaraash and ishmage bayaky suprise eh. Eii kudakoh interest kohllan. Ummedhu kurany kuriah huri baithah readers ah kamudhaane kamah

    1. Kiyara says:
      June 15, 2018 at 10:00 pm

      And comment kuri hurihaa kudhinnah thanks ingey. Vaki vakin reply nukurevunas

  9. Akuu says:
    June 15, 2018 at 10:38 pm

    Haadha kurey mi part.. enme salhi part ah dhiya iru nimunee.. ? btw mi part ess vrh habeyx.. nd hope kuranee nxt part vrh dhigu koh genes dheyne kamah…

  10. unique says:
    June 15, 2018 at 10:39 pm

    oh eii dhw mivy goih kudakoh guess eba kurevey vygotheh…….. egothah viyaa i’ll tell heheh

  11. gurl ? says:
    June 15, 2018 at 10:40 pm

    Mi ves vaahaka eh….!!! Vaanuvaa neyngey thaanga haadha kurey mi! btw Kiyara… Thee keeh kuran vaahaka liyaa kujjeh? Vrh foohi vaahaka

  12. Nunnu says:
    June 16, 2018 at 12:49 am

    Nice
    When next part

Comments are closed.

Next Episodeރާސްތާ 4←


All Right Reserved!