ހުޅުކޮޅު 24
ދެމީހުން އެހެން ތިއްބާ ޔައީޝްއަށް ފޯނުކޯލެއް އައެވެ. ޒިވާވެސް ޔައީޝްއާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޔައިޗް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު ސްކްރީނަށް ބަލައިލިއެވެ. އަދި ދެބުމަ ގާތްކޮށްލިއެވެ.
ޔައީޝްގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ބަލަން އިން ޒިވާވެސް ދެބުމަ ގާތްކޮށްލިއެވެ. “ހެލޯ..” ޔައީޝް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. “ހޫމް.. އޯކޭ..” އެމީހެއް ގާތު ދެތިން ބަހެއް ބުނެލުމަށްފަހު ޔައިޗް ފޯނު ކަނދާލިއެވެ. އެވަގުތު ވެގެން ދިޔައީ މަޣްރިބް ނަމާދަސްވެސް ބަންގި ގޮވި ވަގުތަށް ކަމުން ޔައީޝް މިސްކިތަށް ދަނީ ކަމަށްބުނެ ގެއިން ނިކުތެވެ. ޒިވާވެސް ޔައީޝް ދިޔަ ދިމާއަށް ބަލާލުމަށްފަހު ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލީ ޚިޔާލުތަކަކުން ނިކުންނަން އުޅޭ ފަދަޔަކުންނެވެ. އެއަށްފަހު އޭނާވެސް ކޮޓަރިއަށް ދިޔައީ ނަމާދު ކޮށްލާށެވެ.
އިޝާ ނަމާދަށްފަހު ގެއިން ނިކުމެގެން ސައިކަލުގައި ރެސްޓޯރަންޓް އަކަށް ދިޔަ ޔައީޝްގެ ސިކުނޑީގައި ވަނީ އެއިރު އެމީހަކު ގުޅާފައި ބުނެލި ދެތިން ވާހަކައެވެ. “ހެއި.. ލަމާން މިއީ.. މިރޭ އަށެއް ޖަހާއިރަށް ބައްދަލު ކޮށްލަން ބޭނުން.. ވަރަށް ބޮޑު ވާހަކައެއް ދައްކާލަންޖެހޭ ވާހަކަ ކުރިން ވެސް ބުނީމެއްނު.. އެވާހަކަ ދައްކާލަން ކަމަށް މިރޭ..” ލަމާން އޭނާ ގާތު ބުނަން ވެފަ އޮންނާނީ ކޮން ބޮޑު ވާހަކައެއް ބާވައެވެ؟ އެފަދަ ވާހަކައެއް ދައްކަން ބޮޑު ކަމެއް އެދެމެދުގައި ހިނގީކީވެސް ނޫންވިއްޔާއެވެ. ޔައީޝްގެ ސިކުޑީގައި އެކި ޚިޔާލުތައް ހުއްޓުމެއް ނެތި ދައުރުވަމުން ދިޔައެވެ. މަންޒިލަށް ފޯރުމުން ސައިކަލު ޕާކް ކޮށްލުމަށްފަހު ފައިބައިގެން ގޮސް ރެސްޓޯރަންޓް ތެރެއަށް ވަދެގެން ދިޔައީ ލަމާން ބުނި ގޮތަށެވެ.
އޭނާ ބުނި މޭޒުގައި ލަމާން އިނުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ޔައީޝް ބޭރުކޮށްލިއެވެ. އަދި ހިނިތުން ވެލައިފައި އެދިމާލަށް ހިނގައި ގަތެވެ. ޔައީޝް ގޮނޑީގައި އިށީނދެލިތަންފެނި ލަމާންވެސް ހިނިތުން ވެލިއެވެ. “އައްސަލާމް ޢަލައިކުމް..” އޭނާ ޔައީޝްއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ޔައީޝްވެސް އުފަލާއެކު އެ އަތުގައި ހިފާފައި ސަލާމް ބަލައިގަތެވެ.
“އަސްލު ކޮން ވާހަކައެއް ބުނަންތަ ލަމާން އުޅުނީ؟” ޔައީޝް ސީދާ މައުލޫއަށް ދިޔައެވެ. ނަމަވެސް އޭނާގެ ނަސީބު ދެރަކަމުން އެވަގުތު އެތަނަށް ވެއިޓަރ އައީއެވެ. އެމީހާ ޔައީޝްމެން އޯޑަރ ކުރި އެއްޗިއްސައިވެގެން ދިޔުމުން އަނެއްކާވެސް ދެމީހުންނަށް ވަގުތުކޮޅެއް ލިބުނެވެ. އެވަގުތު ލަމާން ނިކަން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހީވާގޮތުން ދައްކަން އުޅޭ ވާހަކައިގެ ބޮޑުކަމުން އޭނާ ތައްޔާރުވެލީއެވެ.
“މީ.. އަސްލު އަހަރެން ލަދުވެސް ގަނޭ މިވާހަކަ ޔައީޝް ގާތު ދައްކަން.. އެކަމަކު ކީއްކުރާނީ ދޯ.. އެއްވެސް ކަމެއް އަބަދަކު ފޮރުވައިގެނެއް ނުޅެވޭނެ.. ޕްލަސް މިއީ ޔައީޝްއަށް ވަރަށް މުހިއްމު ވާހަކައެއްވެސް މެ..” ލަމާންގެ ރާގު ހުރިގޮތުން އެ އަޑުގައިވީ ކަންބޮޑުވުން ޔައީޝްއަކަށް ސިއްރެއް ނުވިއެވެ. “އަހަރެން ދައްކާވާހަކަ ކަނުލާ އަހައްޗޭ.. ޕްލީޒް.. ނިމެންދެން އަޑުއަހާތި.. އެއީ ވަރަށް ވަރަށް މުހިއްމު ވީމަ.. ދެން ވާހަކައިގެ މެދުތެރެއިން ރުޅި ގަދަވެގެން ގޮސް އެކަން ބޭރުނުކުރާތި.. ކެތްތެރިކަން މިވަގުތު މުހިއްމީ.. އަހަރެން މިވާހަކަތައް އިތުރަށް ފޮރުވާކަށް ނެތިން. ފަށަމާ..” ލަމާން ނިކަން ސީރިއަސް ވެލައިފައި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އެވަގުތުވެސް އެދެމެދަށް ހުރަސްއެޅީ ކާއެއްޗެހި ހިފައިގެން އައި ވެއިޓަރެވެ. ދެމީހުންވެސް ކެތްތެރިކަމާއެކު މަޑުކޮށްލިއެވެ. ނަމަވެސް ލަމާން ދައްކަން މިއުޅޭ ބޮޑު ވާހަކައަކާހެދި ޔައީޝް އިނީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ.
“އެދުވަހު އަހަންނާ އަންހެނުންނާ އެކީ ހުއްޓެއްނު ދޯ އަދި އެހެން ކުއްޖެއް؟ އެއީ މަގޭ ކޮއްކޮ.. ލިމްޔާ..” ލަމާން ބުނެލި އެއްޗަކުން ޔައީޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިމްޔާއަށް އެވަރުގެ ބޮޑު ބަދަލެއް އައީ ކޮން ސަބަބަކާ ހުރެބާވައެވެ؟ ނަމަވެސް އެއީ ކޮންމެ ސަބަބަކަށް ވިޔަސް އޭނާއަށް އުފާވެރިކަން އިޙުސާސް ކުރެވުނެވެ. މީހަކަށް ތެދުމަގު ފެނިއްޖެކަން އެނގުމުންނެވެ.
“އިނގޭ ތިހިތުގަ އޮންނާނެ ސުވާލު.. އަހަރެމެން އެންމެންނަށް މިހާ ބޮޑު ބަދަލެއް އައީ ކީއްވެތޯ.. އެހެންނު؟ އަސްލު ވީ ގޮތަކީ.. ވަރަށް ވަރަށް ބޮޑު ވާހަކައެއް އިނގޭ މިއީ.. އަހަންނަށްވެސް ފަސޭހައެއް ނޫން އެއްގޮތަކަށްވެސް މިވާހަކަ ދައްކާކަށް.. އެކަމަކު ޙަޤީގަތާ ޖެހޭނީ ކުރިމަތިލާންތާ.. އޯކޭ.. އެއީ އަހަރެމެން ސްކޫލް ދުވަސްވަރު.. ޒިވާ ސްކޫލާ ޖޮއިން ކުރި ތަނުން ފެށިގެންވެސް އުޅުނީ އަހަރެމެން ކްލާހުގަ.. އަހަންނަށް ނޭނގި އެ އަންހެން ކުއްޖާއަށް ހިތް ކީ.. އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވެވުނު.. އަނެއް ކޮޅުން ލިމްޔާ އައީ ޒިވާއަށް ނަފްރަތު ކުރަމުން.. އެއީ ކީއްވެކަން އިނގޭތަ؟ ޒިވާ ލިމްޔާއަށް ވުރެ ބާސްކެޓްބޯލް ކުޅެން މޮޅުވީމަ.. އަދި އެންމެންގެ ލޯތްބާއި އިހްތިރާމް އޭނާއަށްވުރެ ބޮޑަށް ޒިވާއަށް ލިބޭތީ ހަސަދަވެރިވެވުނީ.. ކިއްކުރާނީ.. އެކަން އަހަންނަށް ނޭނގޭ ޙާލު އެތަށް ދުވަހެއް ވާންދެން ކެތް ކޮށްގެން ހުރުމަށްފަހު އެއް ދުވަހު ޒިވާގެ ފަރާތުން އަހަންނަށް ލިބުނީ އޭނާވެސް އަހަންނަށް ލައިކް ވާކަހަލަ އިޝާރާތެއް.. ދެން އެދުވަހު އަހަރެން ވަރަށް އުފާވެގެން އުޅުނީވެސް.. ލިމްޔާ ގާތު ބުނިން މިހެން މިހެން ވެގެންނޭ.. ކޮން ނަމެއް ކިޔާ ކުއްޖެއްހޭ ބުނީމަވެސް މަ ބުނިން ނަމެއް ނުބުނާނަމޭ.. އެކަމަކު ފަހުން ބުނާނަމޭ އަދި.. އަހަރެން އެދުވަހު ނިންމައިގެން ހުރީ ޒިވާއަށް ޕްރޮޕޯޒް ކުރަން.. ވަރަށް ރެޑީވެސް ވިން.. ހުރިހާ ތައްޔާރީއެއް ވެނިމިފަ އެމީހުންގެ ޕްރެކްޓިސް ނިމުން އިރަށް މަ ހުރީ ތައްޔާރަށް.. ޒިވާ ގާތު އެހުމުން އޭނާ އެކަމަށް ދެކޮޅު ހެދި.. އަހަރެން ވަރަށް ދެރަވި.. އެކަމަކު އެ މަދު ސިކުންތު ކޮޅުގެ ބޭނުން ހިފާ ލިމްޔާ އަހަރެންގެ ބޯތެރެއަށް ވަދެގަތީ.. އެހިސާބުން އަހަރެންގެ ހިތުގައި ޒިވާ އާއި ދޭތެރެ ނަފްރަތުގެ އަލިފާން ރޯވި.. އަދި އިނގޭތަ؟ އަސްލު ލިމްޔާގެ އެ ނަފްރަތާ އެއްބައިވެގެން އުޅުނު އެހެން އަންހެން ކުއްޖެއްވެސް.. އެއީ ރޫޔާ.. އަހަންނަކަށް ނޭނގޭ އެއި ކޮންތާކުން އައިސް އުޅޭ ކާކު ކަމެއްވެސް.. އިނގުނުހާވެސް އެއްޗަކީ އޭނާ ލިމްޔާގެވެސް ބޯ ކާލައިފައި ހުރިކަން.. އޭނާ މަސައްކަތް ކުރީ ލިމްޔާގެ ހިތުގައި ޒިވާ އާއި މެދު އޮތް ނަފަރްތު އިތުރަށް ބޮޑު ކުރަން.. އެންމެ ފަހުން..” ލަމާންއަށް ދެން ބުނަން ބޭނުންވި ވާހަކަ ބުނަން ދަތިވިއެވެ. ޔައީޝް އިނީ އެހުރިހާ ވާހަތަކެއް ދެއްކި އިރު ހައިރާންވެ އަންތަރީސްވެފައެވެ. އަދި ކޮންމެވެސް ވަރަކަށް ނުރުހުންވެސް ވެފައެވެ. އެވަރު ބޮޑުކަމެއް ހިނގާ ދިޔައިރު ޒިވާ އޭނާއަށް އަންގާވެސް ނުލައެވެ.
“އެންމެ ފަހުން އަހަރެމެން ބޮޑު ކަންތައްގަނޑެއް ރޭވީ.. ދުވަހަކުވެސް ނުކުރާ ވަރުގެ ބޮޑު ކަމަކަށް.. އެއީ މިދުނިޔެއިން ވެސް ޒިވާގެ ވަސް ފުހެލަން.. އެކަމުގަ އިސްވެ ހުރީވެސް ރޫޔާ.. އަހަރެމެން މިއީ އޭނާ ގެންގުޅޭ ކުޅޭ އެއްޗެހިތަކެއް ފަދަ.. އޭނާ ގޮތް ނިންމަނީ.. އަހަރެމެން ޖެހެނީ އޭނާ ބުނާ ގޮތަށް ކަންކުރަން.. ޒިވާމެން ގޭގަ ކޮންމެވެސް ޕާޓީއެއް އޮތެއްނު ދުވަހެއް؟ އެދުވަސް އެއީ އަހަންނާއި ލިމްޔާގެ ޙަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް ހެދުނު ދުވަސް.. އަހަރެމެންގެ ލޮލުގައި ރޫޔާ އައްސާފައިވާ ފޮތިގަނޑުގެ ސަބަބުން އެއްވެސް ތަނެއް ނުފެންނަ ޙާލު އޭނާ ބުނި ގޮތަށް ކަންތައް ކުރަމުން ދިޔައީ.. އެދުވަހު ޕާޓީ ނިމުން އިރު ޒިވާ ހުރީ ޓެރަސްގަ.. ރެއިލިން ކައިރީ.. އެއިރު އަހަރެމެން ތިބީ ފަހަތުގަ.. ފަހަރަކު މީހަކު އެމީހަކު ޒިވާއާއި ދިމާލަށް ބުނަން ބޭނުންވިހާ އެއްޗެއް ކިޔަމުން ދިޔައިން.. ޒިވާ އެތަކެއް ފަހަރަކު އާދޭސް ކުރި އޭނާއަށް އެހެން ނުހެދުމަށް.. އެންމެފަހުން.. އެންމެފަހުން ކައިރިވަމުން ގޮސް ރޫޔާ އާއި ލިމްޔާގެ އަ.. އަތުން ޒިވާ ފަހަތަށް ކޮށްޕާލީ.. އާހް..” ލަމާން އަށް ނުކިއިގެން އަނެއްކާވެސް ހުއްޓާލިއެވެ. އޭނާއަށް އަދިވެސް ހީވަނީ އެދުވަސް ލޯކުރިމަތިން ސިފަވާހެންނެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވެނީ ދުވަހަކުވެސް ނުކުރެވޭ ވަރަށެވެ.
ޔައީޝް އިނީ އޭނާގެ ކަންފަތަށް އިވިގެން ދިޔަ އަޑުތައް ޤަބޫލުވެސް ނުކުރެވިފައެވެ. ޙަސަދައިގެ ސަބަބުން އެވަރުވެފައި ހުރި މިހަކު އޭނާ ހަމަލޮލަށް ދެކުނު މީ ފުރަތަމަ ފަހަރެވެ. ކުށެއް ނެތް މައުސޫމް އަންހެން ކުއްޖަކަށް އެމީހުން އެދިނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ލޯބި ކާމިޔާބު ނުވުމުން އެ އަންހެން ކުއްޖާއަށް އެދިނީ ކިހާ ބޮޑު ވޭނެއް ހެއްޔެވެ؟ ލަމާން ޒިވާ ދެކެ ވީ ލޯތްބަކީ އެއީހެއްޔެވެ؟ ޔައީޝްއަށް އިނދެވުނީއެވެ. ރުޅިވެސް އަންނާކަށް ނޭނގުނެވެ. ހައިރާންކަމުން ފުރިގެންވީ ބެލުމަކުން އޭނާ ލަމާން އަށް ބަލަން އިނީ އަދިވެސް ލަމާންއަށް ފުރުސަތު ދީގެން ކަހަލައެވެ.
“އަހަންނަށް މިއަދު އިޙުސާސް ކުރެވޭ އެދުވަހު ކުރެވުނު ކުށް.. މިއަދު ޒިވާގެ ހަނދާން އެގޮތަށް ފިލައިގެން ނުދިޔައީސް ކަންނޭނގެ އެދުވަހު އަހަރެމެން އެގޮތަށް ކަންތައް ނުކުރިނަމަ..” ހައުރާންވެ އަންތަރީސްވެފައި އިން ޔައީޝްއަށް ސިހުމެއް ލިބުނީ ކުއްލިޔަކަށް ލަމާން ބުނެލި ވާހަކައިންނެވެ. އެއީ އޭނާ މުޅި މިދުނިޔެއަށްވެސް ސިއްރުކޮށްގެން އުޅޭ ޙަޤީގަތެކެވެ. ވީއިރު އަދި ލާމަން ފަދަ ދުރު މިހަކަށް އެކަން އިނގުނީ ކިހިނަކުން ހެއްޔެވެ؟ “ޒިވާގެ ހަނދާން ގޮސްފައޭ؟ ލަމާން އަށް ކިހިނެއް އިނގުނީ ޒިވާގެ ވާހަކަ.. ޒިވާ ވީ މީގެ ހަ އަހަރު ކުރިން މަރުވެފައެއްނު؟” ޔައީޝް ލަމާންގެ ފަރާތުން އިތުރަށް ހޯދަން ބޭނުންވިއެވެ. އެހެން ކަމުން އޭނާ ލަމާންއަށް އޮޅުވާލިއެވެ. ނަމަވެސް އޭނާގެ ހިތުގެ ކަނެއްގައި ރުޅީގެ އަލިފާނުގެ ހުޅުކޮޅެއް ރޯވެފައި އިނެވެ.
“ނޫން ޔައީޝް.. ޒިވާ މަރެއް ނުވެޔޭ.. އެދުވަހު ޒިވާ ނުވޭ މަރެއް.. ޔައީޝްގެ ލޯބި ޔައީޝްއާއި ދުރެއް ނުވެޔޭ.. އެހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް އިނގޭނެ އެކަކު އަހަރެން މީ.. ދެން ލަމްޔާ.. އިނގޭތަ؟ އަހަރެމެންނަށް މި ބަދަލު އަންނަން ޖެހުނު ސަބަބަކީ އެ ޙާދިސާ.. އެދުވަހު ޒިވާ މަރުގެ ތުންފަތް މައްޗަށް ވެއްޓި ނަމަވެސް އެކަމުންވެސް އަރައިގަތުން.. އަހަރެމެންގެ ހިތަށް ބިރުވެރިކަން ވަނީ އެދުވަހު ޒިވާއަށް އެގޮތަށް ކަންތައް ކުރެވުނު ގޮތުން.. ދެން އޭގެ ފަހުން ވެސް އެތަކެއް ކަމެއް ވުމަށްފަހު، އަހަރެމެން ތައުބާވިން.. ލިމްޔާވެސް ބުރުގާ އެޅި.. މުޅި މީހާ ބަދަލުވި.. އަހަރެންވެސް.. ކުރިން ނަމާދަށް މާބޮޑަށް ފަރުވާ ނުބެހެއްޓޭ ދެމީހުން އެންމެ ނަމާދެއްވެސް އެދުވަހުން ފެށިގެން އަދި އަދަށް ދާންދެން ނާޅަން ﷲގެ އިރާދަފުޅުން.. އަލްޙަމްދުލިއްލާހް! މާތް ﷲ އަހަރެމެންނަށް ހިދާޔަތް ދެއްކެވީ އެ ހާދިސާގެ ތެރެއިން..” ލަމާން ވާހަކަ ދައްކަމުން ދިޔައެވެ. ޔައީޝްގެ ހިތުގައި ރޯވަމުން ދިޔަ އަލިފާންކޮޅުވެސް ކުއްލިޔަކަށް ފެން އެއްޗެއް އެޅި ނިވުނު ފަދައިން ނިވިގެން ދިޔައެވެ.
ލަމާން ހަމަ ޙަޤީގަތުގައިވެސް ބަދަލުވީހެއްޔެވެ؟ ކުރިން އުޅުނު ލަމާންގެ ބަދަލުގައި އާ ލަމާން އެއް ހަމަ އައީހެއްޔެވެ؟ އޭނާގެ ހިތުގައި ބިރުވެރިކަން ނުވާނަމަ މިއަދު މިވާހަކަ ދައްކާނެ ކަމެއް ނެތްތާއެވެ. ޔައީޝް ގާތު އެވާހަކަތައް ދައްކާ މާފަށް އެދޭނެކަމެއް ނެތެއް ނޫންހެއްޔެވެ؟ ޔައީޝްއަށް ފަހުން ހިތަށް އެރި އެއްޗެހިން ލަމާން ހަމަ ޙަޤީގަތުގައިވެސް ބަދަލުވިއޭ ހިތަށް އެރިއެވެ.
“ޔައީޝް.. އުމުރުދުވަހުވެސް އަހަރެމެންނަށް ކަމެއް ކޮށްދެންޏާ އަހަރެމެންނަށް މައާފް ކޮށްދީ.. ހެޔޮނުވާނެ.. އިތުރު އެއްވެސް އެއްޗެއް ޔައީޝްމެންގެ ފަރާތަކުން އަހަރެމެން ނޭދެން.. ހަމައެކަނި މަޢާފް.. އަހަރެމެން ތައުބާވެ އިސްލާޙު ވެއްޖައީން.. މަދުވަނީ ހަމައެކަނި ތިމީހުންގެ މައާފް.. ޕްލީޒް.. އިނގޭ މިހެން ބުނާއިރުވެސް މަޢާފް ކުރަން އުނދަގޫ ވާނެކަން.. އެއީ އަހަރެމެން ކުރީކީ ކުޑަ ކުށެއް ނޫން.. އެކަމްވެސް އެންމެ ފަހަރަކު.. ހަމަ އެންމެ ފަހަރަކު އަހަރެމެންނަށް މަޢާފް ކޯށްދީ..” ލަމާން އާދޭހާއެކު ބުނެލި ގޮތުން ޔައީޝްގެ ހިތަށްވެސް އަސަރު ކޮށްލިއެވެ.
“އަހަރެން ލަމާން އަށް މަޢާފް ކޮށްފާނަން… މާތް ﷲ މިއަށްވުރެ ބޮޑެތި ފާފަތަކަށްވެސް އިންސާނާއަށް މަޢާފް ދެއްވާ.. ދެން އަހަރެން ލަމާންމެންނަށް މަޢާފް ނުކޮށް ދުވަހަކުވެސް މާފެއް ނެތޭ ކިޔައިގެންއަޑުގަދަ ކުރުމުގެ ބޭނުމެއް ކޮބާ؟ އަހަރެން ތި ދެމީހުންނަށްވެސް މައާފް ކޮށްފިން.. އަދި ވަރަށް އުފާވެއްޖެ ދެމީހުންނަށްވެސް ވިސްނުނީތީ..” ޔައީޝް ހިތި ހިނިތުން ވުމަކާއެކު ބުނެލއިެވެ.
އެމީހުންގެ ސަބަބުން އޭނާގެ ލޯބިވާ ޒިވާގެ ހަނދާން ފުހެވިގެން ދިޔައީއެވެ. ނަމަވެސް ހެވެވެ. ކުށް ކުރޭވޭނީ އިންސާނުންނަށެވެ. އެކުށުން ތައުބާ ވާނީވެސް ހަމަ އެމީހުންނެވެ. ވީއިރު އިސްލާމްދީނުގައި އޮތް މަޢާފް ކުރުމުގެ ރީތި އާދަ އިސްނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. ލަމާން ހިނިތުންވެލައިފައި އެތަކެއް ފަހަރަކު ﷲއަށް ޙަމްދުކުރުމަށްފަހު ޔައީޝް އަށް ޝުކުރު އަދާކުރިއެވެ.
“އާން އަދި.. ޒިވާ އުޅޭނީ ޑޮކްޓަރ އާމިރު މެން ގޭގަ.. އެދުހުން ފެށިގެން ޒިވާގެ ކަންތަކާ ޙަވާލުވީ ޑޮކްޓަރ އާމިރު.. އަހަންނަށްވެސް ނޭނގެ އަސްލު ސަބަބެއް.. އެކަމް އެއީ އިނގޭހާވެސް އެއްޗަކީ..” ލަމާން ބުނެލިއެވެ. އެއީ އޭނާއަށް އިނގޭ ކަމެކެވެ. ނަމަވެސް އާމިރު އެއީ ޑޮކްޓަރެކޭ ބުނުމުން ވަރަށް ބޮޑަށް ހައިރާން ވިއެވެ. އަދިވެސް މި ކުޅިވަރުގެ ތެރޭގައި އޭނާއަށް ނޭނގޭ އެތަކެއް ސިއްރުތަކެއް އެބަ ވޭތާއެވެ؟
“ލަމާން.. އެ ރޫޔާ އަކީ ކާކުތަ؟” ޔައީޝް ކުއްލިޔަކަށް ލަމާން ދެއްކި ވާހަކަ ތަކުގެ ތެރެއިން އިވުނު ނަން ހަނދާން ކޮށް ދެލޯ ހަނިކޮށްލަމުން ސުވާލު ކޮށްލިއެވެ. “ތިއޭ އަހަރެމެންނަށްވެސް ނޭނގޭ އެއްޗަކީ.. އާނ.. އަދި އެއްބައި ނުބުނެވެޔޭ.. އަހަރެމެން ލައްވާ އެ ހުރިހާ ކަމެއް ކުރުވާފަ އެ ދުވަހުގެ ފަހުން އެ ރޫޔާއެއް ލޮލަކަށް ނުފެނެ.. އޭނާ ދޯކާދީފަ ފިލީ.. އެކަމް އެއީވެސް ހަމަ ނަސީބެއް ކަންނޭނގެ.. ނުބައި ނުލަފާ އަންހެނެއް އެއީ..” ލަމާން ދަތްކުނޑި ވިކާލައިފައި ދެއަތް މުއްކަވާލިއެވެ. ޙަޤީގަތުގައިވެސް އޭނާ ރޫޔާދެކެ އިނތިހާއަށް ރުޅި އާދެއެވެ. “ބޭރުފުށުގެ ސިފަ ނިކަން ރީތިވާނެ.. އެކަމް އެތެރެ ފުށުގެ ވާހަކަ ރަނަގަޅުވާނީ ނުދެއްކިއްޔާ..” ލަމާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
ޔައީޝް އިނީ ނަގަންވީ މާނައެއް ނޭނގިފައެވެ. ކޮންމެޔަކަށް ލަމާންގެ ފަރާތުންވެސް އޭނާއަށް މިރޭ ކުރިން ނޭނގޭ އެތަށް ވާހަކަތަކެއް އިނގިގެން ގޮސްފިއެވެ. މިކަން ޒަޔާން އާއި ޙިއްސާކުރުން މުހިއްމު ވާނެއެވެ. އެހެނީ މިހާރު ޒިވާގެ ކޭސްއާއި ހަވާލުވެ އެކަމާ އިސްކޮށް އުޅެނީ ޒަޔާން ކަމުގައި ވާތިއެވެ.
“އުންމީދު ކުރަން ޔައީޝް އަހަރެމެންނާއި ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނުބާއްވާނެކަމަށް.. އެން ޕްލީޒް.. ޔައީޝްގެ ޒިވާ ޔައީޝްއަށް އިންތިޒާރު ކުރާނެ.. އޭނާ ޔައީޝް ގާތަށް ގެންދޭ.. ތީ އެލޯތްބަށްޓަކައި އެތަކެއް ދުވަހެއް ވާންދެން ކެތްކުރި އިންސާނެއް..” ލަމާން ބުނެލިއެވެ. ޔައީޝް ގާތަށް އައީ ނުލަފާ ހިންޏެކެވެ.
“ލަމާން މޮޔަވީތަ؟ މަ މީހަކާ އިނދެގެން ހުރެ އެހެން އަންހެނުން މަތިން ހަނދާން ކުރަން ބިރުގަނޭ.. އެއީ ފާފައެއް.. ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން އެއީ..” ޔައީޝް ނިކަން ސީރިއަސް ވެލާފައި އެހެން ބުނެލުމަށްފަހު އިނީ ލަމާން ހަދާ އެއްޗެއް ބަލާށެވެ. ލަމާންގެ މޫނުން ފެނިގެން ދިޔައީ ކަންބޮޑުވުމެވެ. އޭނާ މޫނުގައި ދެއަތުން ފިރުމާލީ ބުނެވުނު އެތި ރޭކާލުމުން ތޯއްޗެކެވެ.
ލަމާންގެ މޫނުން ދެއަތް ނެގީ ޔައީޝް ހޭން ފެށުމުންނެވެ. “ކިހިނެއް ވީ؟” ދެބުމާ ގާތް ކޮށްލަމުން ލަމާން އަހާލިއެވެ. “އަހަރެންގެ އަންހެނުން މަތިން އަހަރެން އިތުރަށް ހަނދާން ކުރާކަށް ނުޖެހޭނެ.. އޭނާއާއި އިނދެ ހުރެ އަލުން އިނދެވޭތަ؟” ޔައީޝް ބުނެލީ ނިކަން މާނަފުންކޮށް ކަމުން ލަމާން ފުރަތަމަ އިނީ އޭނާ އެބުނީ ކީކޭކަން ސާފުނުވެފައެވެ. ނަމވެސް ހިނދުކޮޅަކު އެހެން އިނުމަށްފަހު ޔައީޝް ބުނެލި އެތި ރޭކާލުމުން އޭނާ އުފާވިއެވެ. އަދި މަރުހަބާއޭ ކިޔާ އޭނާގެ އަތުގައި ހިފާ ސަލާމް ކޮށްލިއެވެ.
ޔައީޝް ހީކުރި ގޮތާ ޚިލާފަށް ލަމާން ރަނގަޅެވެ. އެއީ މިހާރު ކުރީގެ ލަމާން އެއް ނޫނެވެ. އެތަކެއް ތާފަތު ތަކެއް ހުރި ނަމަވެސް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބިފައިހުރި ހެޔޮލަފާ ރަނގަޅު ލަމާން އެކެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ދިން މައުލޫމާތަށްތަކައި.. އެކަމް އަދި ތިއިން އެއްވެސް ކަމެއް ހަނދާނުން ނައްތާނުލާތި.. އަހަރެން ބޭނުމެއް ނޫން ތިކަމުގެ ވެރިޔާ ދޫކުރާކަށް..” ކިތަންމެ މަޑުމައިތިރިކޮށް ފެށިނަމަވެސް ވާހަކަ ނިމެން ވިއިރަށް ޔައީޝްގެ އަޑުގައި ހަރުކަށިކަމާއި ނުރުހުން ކޮންމެވެސް ވަރަކަށް ހިމެނިފައި ވެއެވެ. “ނޭނގެ ޒިވް ގޮތަށް ކިތަށް ކުދިންނަށްކަމެއްވެސް އޭނާ އެހެން ހެދީ..” ޔައީޝް އިތުރު ކޮށްލިއެވެ.
ލަމާން ކުރިހާވެސް ކަމަކީ ޔައީޝް ބުނެލި ކޮންމެ އެއްޗަކަށް ބޯ ޖަހާލުމެވެ. އޭނާގެ ބޮލުން މިރޭ ބޮޑު ގާބުރިއެއް ނެގުނު ފަދައެވެ. އެތަކެއް އަހަރު ތަކެއް ވާންދެން ވިސްނާ ހާސްވި ކަންތައް މިއަދު އޭނާގެ ސިކުނޑިން ނެރެ އެއްލާލެވިއްޖޭ ހިތާ ލަމާން ނިކަން ހަމަޖެހިލައިފައި އިނެވެ.
ނަމަވެސް އޭނާ ކުއްލިޔަކަށް ދެލޯ ބޮޑޫކޮށްލީ ކަމެއް ހަނދާންވީ ފަދައަކުންނެވެ. “އޯހް ނޯ..” ލަމާން ލޯމަތީގައި އަތް އަލާލިއެވެ. ޔައީޝް ކިހިނެއް ވީހެއްޔޭ އަހާލިއެވެ. “ޔައީޝް އައިމް ރިއަލީ ސޮރީ.. އެކަމް އަހަންނަށް ވަރަށް ބޮޑު ކަމެއްމަތިން ހަނދާން ނައްތާލެވިފަ މިއޮށް ހުރިހާއިރު މިހުރެވުނި..” ޔައީޝްއަށް އަދިވެސް ވީގޮތެއް ނަގައެއް ނުގަނެވުނެވެ.
“ޔައީޝް.. އަހަރެމެން މިވީ ފަސް އަހަރު ދުވަހު އުޅުނީ ކެނެޑާގަ.. އެކޮޅުގަ އުޅުނު އިރުވެސް ރޫޔާގެ މީހުން ތިބޭ އަހަރެމެންނަށް ފާރަވެރިވެ.. އެއީ އޭނާގެ ޙަޤީޤަތް ފަޅާ އަރާފާނެތީވެ އަހަރެމެންގެ ފަރާތުން.. ވަރަށް ޙާލުން މިކޮޅަށް މި އައީވެސް ސަލާމަތް ވެވިދާނެ ކަމަށް.. އެކަމް މިކޮޅުން ވެސް ހިއެއް ނުވޭ އެކަން ވާނެހެންނެއް.. އެދުވަހު އެއާޕޯޓުންވެސް މާ އަވަސް އަވަހަކަށް ދިޔައީ އެތާވެސް އެއިން މީހަކު ހުރެފާނެތީ.. އެހެންނު ވާނީ.. އޭނާގެ މީހުން ތިބޭނެ މުޅި މިދުނިޔޭގެ އެކި ހިސާބުތަކުގަ…” ލަމާން ފުރަތަމަ ނުތަނަވަސްވީ ނަމަވެސް ވާހަކަ ނިންމާލި އިރު ހުރީ ރުޅި ގަދަވެފައެވެ.
“އެކަމް ޒިވާ.. އަނެއްކާވެސް ޒިވާ ނުރައްކަލަށް ހުށަހެޅޭކަށް ނޭދެން.. އަދި އެއީވެސް އަހަރެމެންގެ ފަރާތުން.. ޒިވާ މަރުނުވާކަން އިނގޭނަމަ އޭނާ އަދިވެސް އަންނާނެ..” ލަމާން ދެން ބުނެލި ވާހަކައިން ޔައީޝްގެ ހިތްވެސް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އޭނާގެ ލޯބިވާ ޒިވް ދެން އޭނާއާއި ވަކިވެގެން ދާކަށް އެ ހިތެއް ނޭދެއެވެ. އެތަކެއް ދުވަހެއްގެ އިންތިޒާރަށް ފަހު ލިބުނު އުފާވެރި ދިރިއުޅުން ހަލާކުވާކަށް އޭނާ ނޭދެއެވެ. ލިބުނު ކުޑަ ހިތްހަމަ ޖެހުންވެސް ބީވެދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ލަމާން އާއި އެތަކެއް ވާހަކަ ދެއްކުމަށްފަހު ޔައީޝްއަށް އެތަނުން ސަލާމަތް ވެވުނު އިރު ނުވައެއް ޖަހާ ބޮޑު ވެއްޖެއެވެ. އެހާ ގިނައިރުވީބާވައޭ ހިތާ އަވަހަށް ގެއަށް ދާން ސައިކަލަށް އަރާ ދުއްވާލިއެވެ.
***
“ސަރ.. އެމީހުން މިވަގުތު ތިބި ކެނެޑާގަ..” ޒަޔާން އޭނާގެ މަސައްކަތައިގެން އުޅުނެވެ. ނަމަވެސް އޭނާއަށް އެކަން ކުރެވުނީ ވަރަށް ޙާލުންނެވެ. އެކަމާ ޒަޔާން ޙަވާލުވާން އުޅުމުންވެސް އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އިސްވެރިންގެ ފަރާތުން އެތަކެއް ވާހަކަ ތަކެއް އައެވެ. ނަމަވެސް އޭނާ ޖެހިލުންވުމެއް ނެތި އެކަމާ ޙަވާލުވިއެވެ. އެމައްސަލަ ބަލާ ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދިނެވެ. ޒަޔާންގެ ހުރި ޖެހިލުންކުޑަކަމުގެ ސަބަބުންވެސް އެތަނުގެ އިސްވެރިން ހައިރާންވިއެވެ. ބޭރުން ހިތްހަމަ ނިޖެހުން ދެއްކިނަމަވެސް އެތެރެއިން އެމީހުންވެސް ތިބީ ޒަޔާންގެ އެ ސިފައާމެދު ހިތްހަމަޖެހިފައެވެ.
ޒަޔާންގެ ސިކުނޑީގައި އަދިވެސް އެ ޑިޕާޓްމެންޓްގެ ހެޑް އޭނާ ގާތު ބުނެލި ވާޙަކަ ގުގުމަ ގުގުމާ ހުއްޓެވެ. “މައްސަލައެއް ނެތް.. އެއް އަހަރުގެ މުއްދަތެއް މިދެނީ ޒާޔަންއަށް ތިކަން ބަލާ ކުށްވެރިންނަށް އަދަބުދީ އަނިޔާލިބުނު މީހުންނަށް އިންސާފު ހޯދައިދޭން.. ވާނެތަ؟” އޭނާ ޒަޔާންއަށް ބަލައިލީ މަލާމާތުގެ ޒާތަކަށެވެ. ނަމަވެސް ޖެހިލުންވުމެއް ނެތި ޒަޔާން އާންބަސް ބުނީ ކެރިގެންނެވެ. އެކުވެރިޔާއަށްޓަކައެވެ. ކޮއްކޮއެއްފަދަ އަންހެންކުއްޖާއަށްޓަކައެވެ. އެކުވެރިންނަށްޓަކައެވެ.
މަސައްކަތުގައި އަވަދިނެތި އުޅުނު ޒަޔާންއަށް ސިހުން ގެނުވީ އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެއް ކަމުގައިވާ އަކުރަމް ބުނެލި ވާހަކައިންނެވެ. މިވީ ދެހަފްތާ ތެރޭވެސް އެމީހުންނަށް އަންނަނީ އެތަކެއް ކުރިއެރުމެއް ލިބެމުންނެވެ. އަކުރަމް އެބުނި ‘އެމީހުން’ ނަކީ ޒިވާގެ މައްސަލައިގައި ހޯދާ މީހުންނެވެ. ނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ އެކަމުގެ ސަބަބުން އަދި އިތުރު އެހެން ކަމެއްވެސް އެމީހުންނަށް ހޯދޭނޭ ކަމެވެ.
“ގުޑް ޖޮބް.. ދެން އޮތީ އެމީހުން އަތުލައިގަންނާނެ ގޮތެއް ބެލުން.. ކުރިންވެސް މި ކޭސް އެހާ ލަހުން ކުރިޔަށް ދިޔައީ އެމީހުން އަތުލައިގަންނަން އުނދަގޫވެގެން.. އެކަމް މިފަހަރަކު އެހެނެއް ނުވާނެ.. އިން ޝާ ﷲ..” ޒަޔާން ކެރިގެން ހުރެ ބުނެލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގް ވިއެވެ. އަދި ސްކްރީނަށް އެރި ނަން ފެނިފައި ހިނިތުން ވެލެވުނެވެ.
“ހެލޯ ޒަޔާން..” ބެލްކަނީގައި ހުރެ ވާހަކަ ދައްކަމުން ދިޔައީ މައިހާއެވެ. އޭނާ ޒަޔާންއަށް މިހާރު ގުޅަނީ ވަރަށް މުހިއްމު ކަމެއް ލައިގަތިއްޔާއެވެ. އެނޫން އެހެން ގޮތަކަށް އޭނާގެ ކުރިމައްޗަށް އަރަންވެސް މައިހާ ޖެހިލުންވެއެވެ. އޭނާގެ ހިތުގެ ޙާލު އެހިތުގެ ރާޖާއަށް ބޭޒާރުވާކަށް އޭނާ ނޭދެއެވެ. އެ ފިރިހެން ކުއްޖާގެ ހިތުގެ ޙާލު އޭނާއަށް ނޭނގޭތީއެވެ. ދެތިން ބަހެއް ބުނެލުމަށްފަހު ފޯނު ކަނޑާލައިފައި މައިހާ ގޭތެރެއަށް ވަދެގެން ދިޔައެވެ.
***
ޔައީޝް ލަސް ފިޔަވަޅު ތަކެއްގައި ގޭތެރެއަށް ވެދެގެން އައީ ވަރަށްވެސް މަޑުމަޑުންނެވެ. މުޅި ގޭތެރެ އަނދިރިވެފައި ވާއިރު ހަނދުގެ ރިހި އަލި ފިޔަވާ އިތުރު އެއްވެސް އައްޔެއް އެތާކު ނުވެއެވެ. އޭނާ އެދިޔަގޮތަށްގޮސް ކޮޓަރިއަށް ވަތް އިރު އެނދުގެ ފަޑީގައި ލައްގަނެލައިގެން އިން ގޮތަށް ޒިވާއަށް ނިދިފައި އޮތެވެ. ޔައީޝް އަށް ހިނިތުން ވެލެވުނެވެ. އޭނާއަށް އެޔޮތީ ޔައީޝްގެ އިންތިޒާރުގައި އޮތް ގޮތަށް ނިދިފައިކަން ޔަގީން ވިއެވެ. އެހެން ކަމުން ޔައީޝް އިތުރަށް އޭނާއަށް ގޮވާކަށް ނުހެދިއެވެ. މަޑުމަޑުން ގޮސް ފަރުވާތެރިކަމާއެކު ޒިވާ އެނދުގައި ބާއްވާލިއެވެ. އަދި ގައިމަތީ ރަޖާގަނޑު އަޅާލަދީފައި ހަމައެކަނި ބެޑްލައިޓް ބައިންދާފައި އެހެން ހުރިހާ ބޮކިތަކެއް ނިއްވާލީ ޒިވާއަށް އުނދަގުލެއް ވުމަށް އޭނާ ނޭދޭތިއެވެ.
ޔައީޝް ކޮޓަރީގައި ހުރި ބެލްކަންޏަށް ނިކުމެލީ ހިތްހަމަ ޖައްސާލާށެވެ. އެވަގުތު މިއަދު ލަމާން ބުނެލި ވާހަކަ ހަނދާންވެފައި އެހިތަށް ބިރުވެރިކަމެއް ވަނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހަމަޖެހިލިއެވެ. މިފަހަރު ކޮންމެ ނުރައްކަލަކުންވެސް އިރާދަކުރެއްވިއްޔާ އޭނާ ޒިވާ ސަލާމަތް ކުރާނެވެ. މިފަހަރު އޭނާ އެހުރީ ބަލިވާ ޢަޒުމެއްގައެއް ނޫނެވެ. ހިތާހިތުން ﷲއަށް ދުޢާ ދެންނެވީވެސް އެކަމުގައި އޭނާއަށް ކެތްރިކަން ދެއްވުމަށެވެ. އަދި ދުޝްމަނުންގެ މައްޗަށް އޭނާއަށް ކުރި ދެއްވުމަށެވެ.
ޒަޔާން ގެ ނަން ހިތަށް އެރުމާއެކު މިއަދު ލަމާން ދެއްކި ވާހަކަތައް އޭނާއާއި ޙިއްސާ ކުރަން ޔައީޝް އަވަސްވެގަތެވެ. އެއަށްފަހު ޖީބުން ފޯނު ނެގުމަށްފަހު އަވަސް އަވަހަށް ގުޅާލިއެވެ. އޭނާ އެހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ޒަޔާންއަށް ވަރަށް ލުއިވިއެވެ. ނަމަވެސް އަދިވެސް އިތުރަށް ސަމާލުވާން ޖެހޭކަން އޭނާގެ ތޫނު ސިކުނޑިއަށް ވިސްނުނީ ރޫޔާގެ އަތްތަށް މުޅި ހުރިހާތާކުވެސް އުޅޭތީއެވެ. އެއިން އެކަކަށްވެސް ނޭނގުނު އެއްޗަކީ އެކިޔާ ރޫޔާއަކީ އެތަކެއް ދުވަސް ވަންދެން ޒިވާއަށް ޖެއްސުން ކުރި ރައިފާކަމެވެ. އެންމެ ފަހަރަކުވސް ލަމާން އޭނާގެ ސިފަތައް ކިޔާލަދިން ނަމަ ޔައީޝްއަށް ވަގުތުން އެމީހަކު އިގޭނެވެ. ނަމަވެސް އެވަގުތު ޔައިޝްގެ ރުޅިގަނޑު ކޮންޓްރޯލް އިން ނައްޓައިގެންދާކަށްވެސް ސިކުންތެއް ނުނުގާނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟
އޭނަގެ ޒިވާ މީގެ ކުރިންވެސް އެތަކެއް ދުވަހެއް ވާންދެން އެ ރައިފާގެ ވަކިތަކުގައި ހައްޔަރުވެގެން އުޅުނެވެ. ޒަޔާންއާއި ވާހަކަ ދައްކާލުމަށްފަހު ފޯނު ޖީބަށްލީ ޔައިޝް ސިހުނީ ނުހަނު ގާތުން ޒިވާގެ އަޑު އައުމުންނެވެ. އޭނާ އެހާ ބިރުގަތީ އެއިން އެއްވެސް ވާހަކައެއް ޒިވާއަށް އަޑު އިވިދާނެތިއެވެ. “ކޮން އިރަކު އައީ؟” އެހާ އިރުވާންދެން ޔައިޝް ހިފަހައްޓައިގެން ހުރި ނޭވާވެސް ފަސޭހަކަމާއެކު ދޫކޮށްލެވުނެވެ. އަދި މީހާ ހަމަޔަކަށް އަޅުވާލަމުން ފަހަތަށް އެނބުރިލީ ޒިވާއާއި ކުރިމަތިލުމަށެވެ.
“ހަމަ ދެންމެއަކު މިއައީ.. ވަރަށް ބޮޑަށް ސޮރީ އިނގޭ ލަސް ވީމަ..” ޔައީޝް ކޮޓަރިތެރެއަށް ވަދެ ބެލްކަނި ދޮރު ލައްޕާލަމުން ބުނެލިއެވެ. ޒިވާވެސް މިފަހަރު ދުލެއް ނުކުރާނަމޭ ހިތާ އެކްޓް ގަނޑު ބޮޑުކޮށްލަން ސިކުނޑީގައި ކަމެއް ރާވާލިއެވެ. “ހޫން.. ކިހާ އިރެއްވާންދެން ޔައީޝްގެ އިންތިޒާރުގަ މަޑުކުރިން.. އެކަމް އެކަމެއް ޔައީޝްއަކަށް ނޭނގުނު..” ޒިވާ ތުންކޮޅު އޫކޮށްލަމުން ހަށަން ބަނދެލިއެވެ. ޒިވާ ކިތަންމެ ރުޅި ހަދަން އުޅުނަސްވެސް މިހާރުވެސް ޔައީޝް ޖެހޭނީ އެންމެ ފުއްޓަތްކެއް ޖަހާލާށެވެ. ޒިވާ ހޭން ފަށާނެވެ. ނުވިތާކަށް ޒިޥާގެ މޫނުން އެކަން ދައްކައިގެން އުޅުނަސް ޔައިޝްއަކަށް އެ ދެލޮލަކުން ނަފްރަތެއް ނުފެނެއެވެ.
އޭނާއަށް ހިނިއާދެވެން އުޅުނަސް ހިނިގަނޑު މަތަކޮށްލިއެވެ. “މަގޭ ޒިއްޕުޑިންއަށް އެކްޓް ކޮށްލާކަށްވެސް ނޭނގެޔެއްނު.. ހިންދީ ޑްރާމާ ނުބަލަން ދޯ..” ޔައީޝް އައިސް ޒިވާއާއި ދާދި ގާތުގައި ހުއްޓިލަމުން ހަށަން ބަނދެލުމަށްފަހު ބުނެލިއެވެ. ޒިވާ އަދިވެސް ހުރީ އޭނާގެ ގޮތުގައެވެ. ތިމަންނާވެސް ވަކި ދެރައެއް ނުވާނޭ ބުނާ ފަދައަކުންނެވެ.
“އަޅޭ.. ހިނގާބަ ދޯ ޔޫޓިއުބްގަ ސާޗް ކޮށްލަން ތަންކޮޅެއް ވަރުގަދަ ހިންދީ ޑްރާމާއެއް.. ފެނިދާނެތާ އެމީހުންގެ ރުޅިގަނޑު.. ބަސް ނޭނގުނަސް އެ ދަމާ ހާސަރުތަކުންނާއި މޫނުމަތިން ރުޅިއައީމަ އިނގޭނެއެއްނު.. އަނެއްކާ އެމީހުން ރުޅި އައިއްސިއްޔާ ޒިއްޕުޑިން ކަހަލަ ޕުޑިން ކޮޅެއް ހަލާކުކޮށްލާކަށްވެސް ފަހެއް ނުޖެހޭނެ.. އަނެއް ކޮޅުން އެހާ އެކްޓް ގަނޑު ބޮޑުވާނެ.. ރޯން އުޅުނަސް ހީވާނީ ރަށު ރައްޔިތުން އެއްކޮށްފާނޭ.. މީހަކު ލޮބިން ފިރުމާލިއްޔާވެސް އެވީ އުފަލުން ރޯން.. ދެން ތުން ފިއްތަ ފިއްތާފައި އެހެން ރޯން އިނދެދާނެ އުމުރުދުވަހުވެސް.. އެހާ ފައްކާވާނެ އަންހެނުންގެ އެކްޓް..” ޒިވާގެ ޕްލޭން ޚަރާބުވިއެވެ. އެޔޮށް ހާއިރު މޫނުގައި ޖައްސައިގެން ހުރި ކުލަ ބަދަލުވެ ހޭން ފެށުނެވެ. ދުވަހަކުވެސް ޔައީޝްގެ ފަރާތަކުން އޭނައަކަށް ކުރިއެއް ނުހޯދެއެވެ.
“އެކަމް އަންހެނުންނަށް ވަކި ނުކިޔާ.. ފިރިހެނުން ކީއްވެ ނުހިމެނީ؟” ޒިވާ އަދިވެސް ދޫނުކިރަންވެގެން ޔައީޝް ގާތު ބުނެލިއެވެ. “ދެން ޒިއްޕުޑިން.. ޕްލީޒް ޔައި ގާތުން މޮޅު ނުވެވޭނެކަން ގަބޫލް ކޮށްބަލަ.. ޒިވް އަކަށް ނޭނގެޔޭ ޔައިގެ އަނގަ ބަންދުކުރާކަކަށް..” ޔައިޝް ޒިވާ ކަޑަކޮށްލުމުގެ ނިޔަތުގައި ބުނެލިއެވެ. ނަމަވެސް އަދިވެސް ޒިވާ އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ.
“ފަހު ޗާންސް.. މިފަހަރު ގައިމުވެސް ޒިވް ބަލި ގަބޫލް ކުރާނެ..” ޔައިޝް ބުނެލިއެވެ. ޒިވާ ފޮނިވެލައިފައި ހުރީ ޔައިޝް އަށް އޭނާ ދެރަކޮށްލެވޭ ވަރުގެ އެއްޗެއް ނުބުނެވޭނޭ ހިތާ ހިތުން ކިޔާލައެވެ. އެވަގުތު ޔައީޝް ޒިވާ އާއި ކައިރިއަށް ޖެހެމުން ޖެހެމުން އައިސް ޒިވާގެ ކޮލުގައި ބޮސްދިނެވެ. އޭނާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ ކުއްލިޔަކަށް ހުރެފާ ޔައީޝް ކުރި ކަމަކުންނެވެ. ދެކޮލަށް ލޭތައް ޖަމާވެ ޖަންބުކުލަ އަރައގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ޔައީޝްއަށް އެމަންޒަރު ބަލަން ހުރެވުނީއެވެ. އަންހެން ކުދިން ލަދުގަތީމާ މިވާގޮތެކެވެ.
“ކޮބާ.. ބުނީމެއްނު..” ޔައީޝް އެހެން ބުނެލި އިރު ޒިވާ ލަދުން އިސްޖަހާލަނީއެވެ. ޔައިޝް ހިނިގަނޑެއް ޖަހާލައިފައި ޒިވާ ގެނެސް މެޔާލައި ބޮނޑިކޮށްލީ އިތުރަށް އޭނަ ލަދުނުގަންނަވާ އެ ދެއަތުގެ ހިމާޔަތް އޭނާއަށް ފޯރުކޮށްދިނުމަށެވެ. އެއިރުވެސް ޒިވާގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ވެއެވެ.
***
އާ ދުވަހަކަށް އިރުއަރައިގެން އައެވެ. ޒިވާ ބަދިގެ ތެރޭގައި ޙަރަކާތްތެރިވަމުން ދިޔައީ ސައިކައްކާށެވެ. އެވަގުތު މޯޅިއަކަށް ދެމިލަމުން ކޮޓަރިން ނިކުތް ޔައީޝް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަމައެކަނި ސޯޓް ކޮޅެއް ލައިގެން ހުރިއިރު އެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. ޔައިޝް ފަތިސް ނަމާދުން އައިސް އެ އައީ ވަރުގަދައަށް ނިދާލައިފައެވެ. ޒިވާގެ ހިތަށް ގޮތެއް ވެލީ ޔައިޝް ޓީޝާޓް ނުލައި ހުރުމުންނެވެ. އިނދެގެން އުޅޭތާ ބައި އަހަރަށްވުރެ ގިނަ ދުވަސް ވިއިރުވެސް އަދިވެސް އޭނާ އެގޮތަށް ފެނުމުން ޒިވާ ކޮންމެވެސް ވަރަކަށް ލަދުގަނެއެވެ.
ޔައީޝް ދެފައި ކާއްތަމުން އައި ގޮތުން ޒިވާގާތަށްހިނިވެސް އައެވެ. “އަން.. ކަމަނާފާނަށް ފޯނެއް.. މަންމާފުޅު އެބަ އުޅުއްވާ ވާހަކަ ދައްކާލަން..” ޔައީޝް ނިދި އަޑުގައި ހުރެ ބުނެލިއެވެ. އޭނާ އެބުނީ ހައިފާމެންގެ ވާހަކަ ކަން އެނގި ޒިވާ އުފާވެފައި ހުރެ އަވަސް އަވަހަށް ފޯނު އަތުލިއެވެ. އަދި ވާހަކަ ދައްކަން ފެށީ ފޯރިއާއެކުއެވެ. ނަމަވެސް ޔައީޝް އައިސް ނިދިގަނޑުގައި ހުރެ އަނެއްކާވެސް ކާމޭޒުކައިރީ އިށީނދެ މޭޒުގައި ބޯއަޅާލިއެވެ.
ޒިވާ އެތައް ވާހަކައެއް ދެއްކުމަށްފަހު ފޯނު ކޯލް ނިންމާލިއިރު ޔައީޝް ނިދީގެ ފުން ކަނޑެއް ތެރޭގައި އޮތް ތަން ފެނުނެވެ. ސިއްރު ސިއްރުން ފޯނު ސޯފާގައި ބޭއްވުމަށްފަހު އައިސް ޒިވާ ތައްޓަކަށް ފެން އަޅާ ތައްޔާރުވެލިއެވެ. އެއަށްފަހު ހިތާހިތުން ހެމުން ހެމުން އައިސް ބާރަށް ހަޅޭތް ލަވައިގަނެފައި ޔައީޝްގެ ބޮލަށް ފެންތައް އަޅާލިއެވެ. ކައްޓެއް ހެރިގެން ތެދުވާހެން ޔައީޝް ފުންމައިގެން ތެދުވިއެވެ. އެއިރު ޒިވާ ގުދަށް އޮވެގެން ހެނީއެވެ. މިއީ ޒިވާގެ ކަމެއްކަން އެނގި ޔައިޝް މޫނު ކުނިކޮށްލިއެވެ. “ޒިއްޕުޑިން.. ދެން އެހާ އަރާމުކޮށް އޮށްވާ ނިދި ހަލާކުކޮށްލާކަށް ނުވާނެއެއްނު.. ފޮނި ބޮކި..” ޔައީޝް ދިޔަ ގޮތަށް ގޮސް ޒިވާގެ ބޮލިގައި ފުއްޓަތްކެއް ޖަހައިފައި ކޮޓަރިއަށް ދިޔައެވެ. އެހިނދު ހޭން އޮތް ޒިވާ ހަމަޔަކަށް އެޅިލައި މަސައްކަތައިގެން ކުރިޔަށް ދިޔައެވެ.
އެންމެން އުފާވެރި ދިރިއުޅުމަކައިގެން އުޅުނު އިރު ޔައީޝްގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަނީ ޒިވާއަށް ނުރައްކަލެއް އަތުވެދާނެތީއެވެ. ހަމަ އެފަދައިން ލިމްޔާ އާއި ލަމާންގެ ހިތުގައިވެސް ބިރުވެރިކަން އިވެއެވެ. ޒަޔާންވެސް އޭނާގެ މަސައްކަތައިގެން ބުރަކޮށް އުޅުނު އިރު މައިހާވެސް އޭނާގެ ހިތުގެ ޙާލު އެންމެނާ ސިއްރުކޮށްގެން އުޅުނެވެ. އެޔާ ޚިލާފަށް ހަތް މަހުގެ ބޮޑު ބަނޑާއެކު އަޔާނީ އުޅުނީ ކޮންމެވެސް ވަރެއްގެ ދަތި އުނދަގޫ ތަކާއެކީއެވެ. ނަމަވެސް އަދްޔަންގެ ފަރާތުން ފުރިހަމައަށް ލޯތްބާއި އަޅާލުން ލިބެމުންދާތީ އޭނާ ހުންނަނީ ހިތްހަމަ ޖައްސާލައިގެންނެވެ.
އެ އެންމެންވެސް ކޮންމެ މަހެއްގެ އެއް ދުވަސްނަމަވެސް ހުރިހާ އެކުވެރިން އެއްކޮށް ހޭދަކުރަން ނިންމައެވެ. އާދައިގެ މަތިން އެކަހަލަ ދުވަހެކެވެ. އެންމެން ތައްޔާރުވަމުން ދިޔައީ ހުރިހާ އެންމެން އެއްކޮށް ރެސްޓޯރަންޓްއަކަށް ކާލަން ދާށެވެ. “ޒިވް ދެން އަވަސްކޮށްބަލަ.. ކޮންއިރެއް މިހާރު ރެޑީވާން އުޅޭތާ.. ނޫނޭ މި އަންހެނުން މިއީވާ ލަސްބައެއް..” ކޮޓަރީގެ ސޯފާގައި ޒިވާ ތައްޔާރުވާންދެން ފޯނާ ކުޅެން އިން ޔައީޝް ކުދިކިޔާލިއެވެ. ވާނިވެސް އެހެން ނޫންހެއްޔެވެ؟ އޭނާ ތައްޔާރުވިތާ މިހާރު ކޮން އިރެއް ހެއްޔެވެ؟ އޭނާ މިހާރު ބޭރަށް ގޮސް މާލެ ވަށާ ދެބުރުވެސް ޖަހާލާހާ ވެއްޖެއެވެ. އެވަގުތު އޭނާގެ ފޯނު ޒިވާ ދަމައިގަތެވެ.
“ބޭފުޅާ ފޯނަށް ގެއްލިފައި އިންނައިރު ހީވަނީ ތީ މާ ގިނައިރުވަނިއްޔޭ..” ޒިވާ ދެއަތް އުނގަނޑުގައި ވިއްދާލަމުން ބުނެލިއެވެ. އޭނާ މިހާރު ހުރީ ތައްޔާރުގައި ކަމުން ޔައީޝްގެ ހިތަށް ތަސައްލީއެއް ލިބުނެވެ. “ބޭފުޅާ އެހެން އިންނެވި އިރު ކަމަނާ އެހާ ލަސްކުރީމަ ފޫހިވާނެއެއް ނޫންތަ..” ޔައީޝްވެސް ގޮތް ދޫނުކޮށް ބުނެލިއެވެ. އެވަގތު ޒިވާ ދެލޯ ހަނިކޮށްލަމުން ޔައީޝްގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ. އެހިނދު ޔައީޝް ހެމުން ހެމުން ކޮޓަރިން ނިކުތުމުން ޒިވާވެސް އޭނާ ފަހަތުން ނިކުތެވެ.
“ކާރުގަ ދޯ ދާނީ މިއަދު.. ސައިކަލު ބުނީ ވަރުބައްޔޯ… ޔައި ކޮންމެދުވަހަކު އޭ މައްޗަށް އަރައިގެން އެތަށް އިރެއް ވާންދެން ދުއްވާތީ މިއަދު ހަވީރު ދުއްވާކަށް އޭގެ ސިއްޙަތެއް ތަނެއް ނުދެޔޯ.. އެހެން ވީމަ ކާރުގަ ދޯ ދާނީ.. ޕްލީޒް ޕްލީޒް ޕްލީޒް..” ޒިވާ ކުޑަކުއްޖެއްހެން ވާހަކަ ހަދައިގެން ޔައީޝް ގާތު އާދޭސް ކުރަން ފެށުމުން ޔައީޝްގާތަށް އައީ އަމަޝަކު ހިންޏެއް ނޫނެވެ. “އޯކޭ ކޮއްކޯ..” ޔައީޝް ޖަވާބުގައި ހެމުން ހެމުން އެހެން ބުނެލީ ޒިވާ މާ ޅަވެގަތީމައެވެ. ދެން ވާނީ ކިހިނެއް ކަމާމެދު ކުޑަވެސް ޚިޔާލެއް ނެތި ދެމީހުންވެސް ހެމުން ހެމުން ގޮސް ކާރަށް އަރާ ދުއްވާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.





yayy…am i first…
vvvvvarh reethi…mashaa allah…whn next..waitin
yess dear first.. hehe.. congrats Maikaa dear.. 🙂
alheyy mi part vx vvv nice whn next part…avahah up koh la deh chey noor dear ??
jazakillah khairan dear.. 🙂 in sha allah.. 🙂
wow yayy thanks noor
hehe.. marhabaa dear.. 🙂
Maasha Allah mi part ves varah reethi…Next part kn irakun…Curiously waiting
jazakillah khairan dear.. 🙂 mi balany mirey namaves up kollaheveytho.. ekam noor ah yageen kan dheykah nukereyne.. hehe.. mirey or maadhan in sha allah.. 🙂
vv reethi noor mi story hama habeys
jazakillah khairan dear.. 🙂
Zeevaa nd yaeesh accident vegn zeevaa ge handhaan thah annaany dw
hingaaba dhw balailan dhn vaane gotheh.. hehe.. 🙂
Oh yayy… Thankx bodukoh noor dear ah…dhigu inthixaar ehge nimun… hehe…. mashaa allah…Story is awesome…. dear when is next part…. waiting waiting….And pls pls reply to the comments……ly
hehe.. marhabaa dear ah bodukoh.. 🙂 asluvestha? vrh vrh vrh bodah sorry ingey las v ma.. 🙂 dhn mirey or maadhan kamah balamaa.. in sha allah ein konmes iraku noor balaanan up kohdheveytho iraadhakurevviyyaa.. 🙂 yess, in sha allah.. 🙂 <3<3<3<3<3
Saabahey dear.. thivare neh hama??? dhen vaanee kihinebaa… din din din…… curiously waitin
hehe.. alhey dear.. 🙂 hingaaba dhw balailan.. 🙂 hehehehe..
assalaamu a’laikum my dear readers.. 🙂 mibai las v kamahttakaa vrh bodah maafah edhen.. kuree part ga noor kohfa innaane comment eh mikamaa gulhey gothun.. ehn v ma dhn las v vaahaka mifaharu noor nudhakkaanan.. hehe.. 🙂 furathamaves mi part ehaa dhigu inthizaarakah fahu namaves genesdhevunu kamahttakaa allah ah hamdhu kuran.. Al’hamdhulillaah! 🙂 hurihaa readers ah vvvvvvvvvvvvvvvvvvvvvvvvvvvv bodah shukuriyyaa.. thihaa rangalhu, thihaa supportive adhi noor ah trust kuraa readers thakeh libunythy noor vrh vrh vrh vrh vrh vrh vrh vrh ufaavey.. 🙂 al’hamdhulillaah! 🙂 maaiyy allah alhamen emmenge faafa fussavaa heyo rahmaiyy lavvaashi! 🙂 noor akah neyngey dear mennah shukuru adhaa kuraane gothehves.. ingeyhaa ves ehchaky dear mennah shukuru hama haggu kan.. maa fashuvi ibaaraaiyy thakun noor ah nubunevidhaane, hehehe.. ekam ves noor ah ingunu minvarakun ingunu gothakah mi bunany.. vvvvvvvvvvvvvvvvvvvvvv bodah shukuriyyaa.. 🙂 dear mn ge thi support aky noor mihaa hisaabah aumah libunu vrh vrh vrh bodu hiyyvareh.. vrh ufaavey noor.. bunaane ehcheh ves aslaku hama neyngey.. ehaa ves ufaavefa mihury.. 🙂 Jazakumullah Khairan & LY all.. 🙂
sub’haanallah! noor ves vrh handhaan balivehjey.. hehe.. hithuge emme funminuga harulavvaigen ulhunu vaahaka eyoh dhigu comment liye nimmaali iruves himanan handhaan nethihje.. 🙁 mi bunelany ehn v ma evaahaka.. 🙂 noor ge loabi loabi readers aky world’s best readers.. vrh ufaavey thikahala kudhin kolheh noor ge readers ge gothuga thibeema.. 🙂 hurihaa kudhinnah ves faagathi dhuvasthakeh maaiyy allah minvaru kuravvaashi.. aameen.. 🙂 jazakumullah khairan and LY all.. <3 🙂
Again an accident will happens and ziv will regain her memories!! Waiting for the next part ❤️❤️
hingaaba dhw balailan dhn vaa gotheh.. 🙂 keep waiting dear.. 🙂
omg noor haadha loabi comment ekey just love it ehn bunythyve thanks n no need to say that much sorries….. hehehe
hehe.. aww.. 🙂 marhabaa dear.. vrh ufaavehje.. 🙂 jazakillah khairan dear.. 🙂
Vrh reethi mi part ves……….curiously waiting for next part
jazakillah khairan dear.. 🙂
Alheyy so sweet??????????????♥♥♥?❤☺???➡???anehkka zeev mennah kihineh hadhan thiulhenee noor dear.??????????♥??♥❤.zeev n yaige bai hama amazing . You deserve a noble prize ????????????????lov yah noor
🙂 hehe.. hingaaba dhw balailan.. hehehe. .alhey, dear kiyaa ehchehi dhw.. hehe.. 🙂 <3<3<3<3<3
Masha allah noor u are the best… mi part vess vrh salhi..hama habeys…
jazakillah khairan dear.. 🙂 aww.. vrh ufaavehje dear thihen bunelyma.. 🙂
Masha allah………v reethi mi part vx…….?kn irakun nxt part…….noor dear …dhn yaeesh n xiv dhuru nukohlachchey…..
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 mirey noony maadhan, in sha allah.. 🙂 hehe.. hingaabala dhw dhn vaagotheh balailan.. 🙂
Noor…. Hama saabahey bunelaanii …. Masha Allah?… Ekam dhn ziv ah dheragotheh nahadhahchey..
Dhen noir kohfa in comment ah bunelani hama maruhabaaa ey???…
yess dear.. 🙂 alhey.. jazakillah khairan dear.. 🙂 🙂
Vvvvv vvvvv reeethi mi part vs . Alhugandah mi vaahakai ge komme parteh vs habbuu!!??????…… noor dear thi kuraa masaikathah hama saaabas…. well done???? .. Keep it up!
jazakillah khairan dear.. 🙂 hehe.. ehntha? jazakillah khairan dear.. 🙂
the stry is amazing…kyp it up
jazakillah khairan dear.. 🙂
Vv.reethi hama
Bunaane ehcheh ves nei
Kineh baa vaan e ulheny
Emeehunnah dheragotheh minvaru nukuravvaashi
Hehe
When next part
Noor ge haalu kihinehtha
jazakillah khairan dear.. 🙂 hingaabala dhw dhn vaagotheh balailan.. 🙂 aameen.. 🙂 hehe.. mirey or maadhan, in sha allah.. 🙂 al’hamdhulillaah! dear ge haalu kihineh? 🙂
Awesome. ..Masham allah ….????????????????keep it up ….next part avahah up kohdhechey ? ??????????????????curiously waiting…..????????
jazakillah khairan dear.. 🙂 in sha allah, noor mibalany vrh avahah up kohdheveytho hama.. 🙂
Wow wow haadha reechey mi part vess ❤❤❤❤? hama mind blowing. When is the next part?Curiously waiting…???
jazakillah khairan dear.. 🙂 alhey. hehe.. in sha allah veehaaves avahakah up kureveytho noor mibalany.. 🙂
Alhe zivaaa e hurihaaa dhuvahu mainbafainnaa vakin gengulhunu meehunnaa dhimaalah yaeesh keevve baa ehcheh nubunany..
Keevebaa emeehun kairi zivaa foruvaihen thigengulheny keeve hey neyhii
Adhi kon zivaa eh vaa e valhulii
Hama yaheen aslu life egothah zivaa gengulhunu nama yaeesh e dr amir men kaari emeehunnah zivaa libunu goiy ahaa olhun filuvees kan
Mi vaahaka v reethi
Ekam mi kan kan mi dhaa gothun aslu v hama nujehey
Ehaaa varu kameh hingaa dhaa iru ehfaharu ves ehen v keeve thoa yaeesh aamiru men kaari hama ahaanulaa hureveytha??
Alheyyyyyy.?? vvvvvvvvvvvvvvvvv reeethi ingey nooor ..❤? DHEN WAANY KIHINEH OMG??
yesss dearrr.. hehe.. 🙂 alhey.. jazakillah khairan dear.. 🙂 hingaabala dhw dhn vaagotheh balailan.. 🙂
Vvvvvvvvvvv reethi mi part vess??
jazakillah khairan dear.. 🙂
2 faharah maraifi