Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (6

hattey Level 410 Stories100 Login100 Comments500 Login
June 15, 2018 4 Mins Read
17 Comments

ހަނާމެންގެ ކައިވެނީގެ އުފާވެރި ޚަފްލާ ނިމުމުން ރީޝާ ގެއަށް އައިިއިރު ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ގޭތެރެއިން ފާޅުވާން ހުރި ފަނޑު އަލީގެ އެހީގައި ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖަހާލުމަށްފަހު މަޑުމަޑުން ދޮރުގައި ލެގިލިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އުޖާލާވެ ހެވި ދިލިފައިވީ މޫނުމަތިން މިހާރު ފެންނަން އެހުރީ މޮޅިވެތިކަމެވެ. މާޔޫސްކަމެވެ. އޭރު ހުރި ހިނިތުންވުން ޣައިބު ވެއްޖެއެވެ. ރީޝާ ލޯ މަރައިލިއެވެ. އެެއާއިއެކު އޭނާގެ ކުށެއް ނެތް ލޮލުން ކަރުނަ ހިލިގަތެވެ. އެެ ކަރުނަތައް އޭނާގެ ކޯތާފަތް ތެންމަމުން ދިޔައީ އެއްވެސް ރަޙުމެއް ނެތިއެވެ. އެތައް ދުވަހަކު ފޮރުވައިގެން އުޅުނު ޖަޒުބާތުތައް މިއަދު ބޭޒާރު ވަމުން އެދަނީ ރީޝާގެ އިޚްތިޔާރަަކާއި ނުލައެވެ. މިއަދު އެ ހިތަށް ކެތް ނުކުރެވޭވަރު ވުމުން އެ ޖަޒުބާތުތައް ކަރުނައިގެ ސިފައިގައި ބޭރުވަމުން އެދަނީއެވެ. ދާނިޝްއަކީ ރީޝާގެ އެންމެ ފުރަތަމަ ލޯތްބެވެ. ނަމަވެސް މިއަދު އެ ލޯބި އޭނާއާއި އަބަދަށްޓަކައި ވަކިވީއެވެ. މިއަދު އެހެން މީހެއްގެ ޙައްޤަކަށް ދާނިޝް ވެ ނިމިއްޖެއެވެ. ނަމަވެސް އަދިވެސް ރީޝާގެ ހިތުގައި ދާނިޝްއަށްޓަކައި ލޯބި ފޮރުވިފައި ވާކަން ދެނެގަތުމަށް އެ ކަރުނަަތައް ހެއްކަކަަށް ފުދެއެވެ. ހިތާމައަކީ އެ މަންޒަރު އިތުރު މީހެއްގެ ނަސީބުގައި ނުވާކަމެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ތެދުވެ ހަނާ ބަދިގެއަށް ވަންއިރު ވަސީމާ އުޅެނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށެވެ. ހަނާގެ މަޤްޞަދަަކީ ވަސީމާއަށް އެހީތެރިވުމެވެ. އެހެންކަމުން ކޮންމެވެސް ކަމަކާއި ވެގެން ހަނާ ވެސް ކުރިއަށްދާން ފެށިއެވެ. ހަނާގެ އެހީތެރިކަން ލިބުމުން ވަސީމާ ހުރީ ނުހަނު ހިތްހަމަޖެހިިފައެވެ. ދާނިޝްއާއި ހަނާގެ ކައިވެންޏަށް ވަސީމާގެ ފުރިހަމަ އެއްބާރުލުން ލިބުނެވެ. ދާނިޝްއަށް ހޭލެވުނު އިރު ހަނާ ފެންނަން ނެތުމުން ތެދުވެގެން ފުރަތަމަ ވެސް އައީ ބަދިގެއާއި ދިމާއަށެވެ. އެއާއިއެކު ލޮލުގައި އަޅައިގަތްް މަންޒަރުން ދާނިޝްގެ ހިތް އުފަލުން ފުރުނެވެ. އޭނާގެ ލޯބިވާ މަންމަ އާއި ލޯބިވާ އަނބިމީހާ އެކުގައި ތިބެ ގޭތެރޭގެ ކަންތައް ކުރުމުގައި ހަރަކާތްތެރި ވަމުން ދިއަ މަންޒަރު ފެނުމުން ދާނިޝްގެ މޫނުމަތީީގައި ހުރި ނިދިމޯޅިކަން ވެސް ފިލައިގެންދިއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަނާ ވަނީ ވަސީމާގެ ފުރިހަމަ ލޯތްބާއި އިތުބާރު ހޯދައިފައެވެ. ވަސީމާ އާއި އެކު މަސައްކަތުުގައި ކުރިއަށްދާން ހަނާއަށް އެހާ ފަސޭހަވީ އެހެންވެގެނެވެ.

އެދުވަހު ހަނާ އޮފީހަށް އައުމާއެކު އެންމެން ވެސް ދެވަނަ ފަހަރަށް ހަނާއަށް މަރުޙަބާ ކިއެވެ. ހަނާ އެކަން އުފަލާއިއެކު ބަލައިގަތެެވެ. “ކޮންއިރަކުން ރީޝާގެ ކައިވެނި އޮތީ…؟ އެއީ ވެސް ބޮޑު ރެއަކަށް ވާނެދޯ…” އެތަނުން އެކަކު ބުނެލިއެވެ. އެހެނަސް އެންމެން ވެސް އެކަމާއި އެއްބަސް ވެލިއެވެ. ހަމަ އެހެންމެ އެންމެންގެ ސުވާލުތައް ރީޝާއަށް އަމާޒުވާން ފެށިއެވެ. ނަމަވެސް އަދި އެކަހަލަ ޚިޔާލެއް ނުގެންގުޅޭ ކަމަށް ބުނެ ރީޝާ އެމީހުންގެ ސުވާލުތަކައް ޖަވާބު ދިނެވެ. އެދުވަހު ވިއާޒްް ފިޔަފައި އެންމެން ވެސް މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވަރަށް ފޯރިއާއި ޖޯޝާއި އެކުގައެވެ. ވިއާޒްް ހުރީ ހިމޭނުންނެވެ. މާގިނަ ވާހަކަތަކެއް ދައްކާކަށް އޭނާއަކަށް ނުކެރުނެވެ. ހަޤީީގަތަކީ އޭނާގެ ހިތް އެކަން ކުރާާކަށް އެއްބަހެއް ނުވިއެވެ. ހަނާ އުފަލުގައި ހުރިތަން ފެނިފައި ވިއާޒްް ހިިނިތުންވެލިއެވެ. ނަމަވެސް އޭނާގެ އެތެރެ ހަށީގައިވާ ހިތް ރޮއެ ހެދިއެވެެ. ހަނާ ލިބުމުގެ ނަސީބު ނެތޭ ހިތަށް އެރުމުން އޭނާގެ ލޯ ތެމެއެވެ. ނަމަވެސް އެ މަންްޒަރު އެހެން މީހަކަށް ފެނުމުގެ ކުރިން ލޯ ފޮހެލައި މޫނުމައްޗަށް ހިނިތުންވުން ގެނުވައެވެ.

ދުވަސްތައް މަޑުމަޑުން ފާއިތުވަމުން އައެވެ. އެކި ދުވަސްދުވަހު އެކި ކުލަތައް ދައްކަމުންނެވެ. އިރުގެ ހޫނުކަން އިންތިހާއަށް އިހްސާސް ކުރަން ޖެހުނު ދުވަސްތަކެއް މާޒީއާއި އެކުވެގެން ދިޔައިރު ގަދަ ވަޔާއި ވިއްސާރައިގެ ދުވަސްތަކެއް ވެސް ފާއިތު ވެގެން ހިގައްޖެއެވެ. ނަމަވެސް މިހާރު ދުނިޔެމަތީީގެ ކުލަވަރު ފެންނަން ހުރީ އާދައިގެ ގޮތަކަށެވެ.

އެއްރޭގެ އިރާކޮޅު ވަގުތެވެ. ބޭރުގައި އުޅެފައި ތެޅެމުން ފޮޅެމުން ދާނިޝް ގެއަށް އައީ އޭގެ ކުޑަ އިރުކޮޅެއް ކުރިން ހަނާ ގުޅާފައި ދިން ޚަބަރެއްގެ ސަބަބުންނެވެ. ދާނިޝް ދުވެފައި ގޮސް ކޮޓަރިއަށް ވަންއިރު އެނދުގައި އިށީނދެލައިގެންް ހަނާ އިނެވެ. “އަހަރެން މިއަދު ވަރަށް ވަރަށް އުފާވެއްޖެ…ހަނާ ތި ދިނީ އަހަރެންް އެންމެ އަޑުއަހަން ބޭނުން ވެގެން ހުރި ޚަބަރު..” ހަނާ ފެނުމާއިއެކު ދާނިޝް އަށް ވީގޮތެއް ވެސް ނޭގުނެވެ. އޭނާ ހުރީ އުފަލުން މޮޔަވާވަރު ވެފައެވެ. އެ އުފަލުގައި ހުރެ ހަނާ އޭނާގެ އަތްދަނޑި މައްޗަށް ލައި ކޮޓަރީީގައި އެނބުރެން ފެށިއެވެ. ދާނިޝްގެ އެ ހަރަކާތުން ހަނާގެ ގާތަށް ނިކަން ހިނިއައެވެ. ދާނިޝްގެ އެ އުފަލުގައި ވީ ހަމަ އެންމެ ސަބަބެކެވެ. އޭނާ ބައްޕައަކަށް ވަނީއެވެ. މީގެ އިރުކޮޅެއް ކުރިން ހަނާ ގުޅާފައި ދިން ޚަބަރަކީ އެއީއެވެ. އެ އާއިލާއަށް އިތުރު މެންބަރަަކު އަންނަން އުޅޭ ކަމުގެ އިހްސާސް ދެމީހުންނަށް ވެސް ކުރެވެނީ އުފަލުން ފުރިގެންވީ ހާލުގައެވެ.

ޖެހިގެން އައި ދުވަހު ހަނާ އެ ޚަބަރު ރީޝާއަށް ވެސް ދިނެވެ. ހަމައެހެންމެ ހަނާމެންގެ އޮފީހުގެ ހުރިހާ އެންމެންނަށް ވެސް އެ ޚަބަރު ލިބިގެން ދިއެވެ. އެންމެން ވެސް އުފަލާއިއެކު ހަނާއަށް މަރުޙަބާކިއެވެ. ހަނާގެ ޙަޔާތައް އުފަލަކަށްފަހު އުފަލެއް އަންނަމުން ދާތީ ހަނާގެ އިތުރުން ރީޝާ ވެސް ހުރީ އުފަލުން ފުރިފައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ހަނާ އަކީ ރީޝާ އެންމެ ލޯބިވާ އެންމެ ގާތް އެކުވެރިޔާއެެވެ. ސްކޫލުގައި ކިޔަވަން އުޅުނު އިރު ފެށުނު އެ ރަޙުމަތްތެރިކަން އަދިވެސް ތާޒާ ވެފައި ވަރުގަދައެވެ. އެއްވެސް ބަދަލެއް އުނިކަމެއް އެ ރަޙުމަތްތެރި ކަމަކަށް ނާދެއެވެ. ރީޝާގެ ކޮންމެ ދުޢާއެއްގައި ހަނާއަށް އުފާވެރިކަން މިންވަރު ކުރެއްވުމަށް އެދި ދަންނަވައެވެ. ދުވަހަކު ވެސް ހަނާއަށް ދެރަ ގޮތެއް ވާކަށް ރީޝާ ނޭދެއެވެ. ވެއްޖެ ނަމަ އެކަމާއި އެންމެ ބޮޑަށް ދެރަވެ ރޮއެ ހަދަނީ ރީޝާއެވެ. މި ހުރިހާ ކަމަކުން ވެސް ދޭހަވަނީ ރީޝާގެ ހިތުގައި ހަނާއަށްޓަކައި ދެވިފައިވާ ލޯތްބާއި އިޙްތިރާމްގެ ވަރުގަދަކަމެވެ. ހަމައެގޮތަށް ހަނާ ވެސް ރީޝާދެކެ ނުހަނު ލޯބިވެއެވެ. ހަނާގެ ހިތުގައި ރީޝާއަށްޓަކައި އުފެދިފައިވާ ލޯތްބާއި ޤަދަރު ވަކި ކުޑައެއްނޫނެވެ. ދެ މީހުންނަކީ ވެސް ރަޙުމަތްތެރި ކަމުގެ ލާމަސީލު މިސާލެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އޭގެ ދެ ދުވަސް ފަހެވެ. ގަޑިން އެގާރަ ޖަހަން ހުރީ ފަސްވަރަކަށް މިނެޓެެވެ. ދާނިޝް ގެއަށް އައިސް ކޮޓަރިއަށް ވަންއިރު އެނދުގައި އޮށޯވެލައިގެން ހަނާ އޮތެވެ. ހަނާގެ މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. ނުތަނަވަސްކަމެވެ. ކޮންމެެވެސް ބޮޑު ކަމާއިމެދު ހަނާ ފިކުރު ކުރަމުންދާކަން އޭނާގެ މިލާމޯޅިވެެފައިވާ މޫނުން ދޭހަވާން ހުއްޓެވެ. ހަނާގެ މޫނުމަތިން މާޔޫސްކަން ފެންނަން ހުރުމުން ދާނިޝް މަޢާފަށް އެދުނެވެ. އެހާ ލަސްކޮށް ގެއަށް އާދެވުނީ އަޒީލް އާއި ހެދިކަމަށް ބުނެ ހަނާއަށް ވިސްނައިދޭން ދާނިޝް މަސައްކަތް ކުރިއެވެ. ނަމަވެސް ހަނާގެ މޯޅި ވެފައިވާ މޫނުމައްޗަށް އިތުރު ބަދަލެއް ނައެވެ. އެހެންކަމުން ހަނާގެ އެ މާޔޫސް ކަމުގެ ސަބަބަކީ އެއީ ނޫންކަން ޔަޤީން ވުމުން ދާނިޝް ސުވާލު ކުރަންފެށިއެވެ. ހަނާގެ ފުރަތަމަ ލަފުޒުގައި ވެސް ވީ ރީޝާއެވެ. ހަނާ ދައްކަން އުޅުނީ ރީޝާގެ ވާހަކައެވެ. އެހެނަަސް ރީޝާގެ ނަން ކަންފަތުގައި ޖެހުމާއި އެކު ދާނިޝްގެ މޫޑު ބަދަލުވެގެން ދިއެވެ. ރީޝާގެ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ. ދާނިޝްއަށް ރީޝާ ބޭވަފާތެރިވެ އެ ލޯބީގައި ކޮޅުފައިން ޖެހި ދުވަހުން ފެށިގެން ރީޝާއަށް ދާނިޝް ނަފުރަތު ކުރެއެވެ. ފެނުނަސް ރުޅި އާދެއެވެ. ނަމަވެސް ހަނާއަށްޓަކައި ކެތްކޮށްލައިގެން އޭނާ ހުންނަނީއެވެ. އެހެން ނޫންނަމަ ދާނިޝްގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ ހިތިކަން ރީޝާއަށް ތަޙައްމަަލް ކުރަން ޖެހުނީސްކަން ޔަޤީނެެވެ.

“ކޮން ފިކުރެއްގަ…؟” އާދިލްގެ އަޑު ޖެހުމާއިއެކު ސިއްސައިގެން ގޮސް ރީޝާ ބަލާލިއެވެ. އެއިރު ރީޝާ އިނީ ރަށުގެ ގޮނޑުދޮށުގައި ފެތުރިފައިއޮތް ދޮންވެލިގަނޑު މަތީގައި އިށީނދެލައިގެނެވެ. އެ ދޮންވެލިގަނޑަކީ އެ ރަށުގެ ފަޚުރެކެވެ. އެރަށަށް އަރާ ކޮންމެ މީހަކުވެސް އޭޭގެ ވާހަކަ ދައްކައެވެ. އެހާމެ ސާފު ވެފައި ހިމުން ވެލިގަނޑެެކެވެ. އެންމެ ކުނި ފުކެއްވެސް ފެންނާކަަށްނެތެވެ. އިރުގެ ފުރިހަމަ ދޯދިތައް އެ ދޮންވެލިގަނޑުުގައި ބީހިލާ ވަގުތު ހީވަނީ ޖަވާހިރު ތަކެއް ވިދާ ބަބުޅާހެންނެވެ. އެހާވެސް ފުރިހަމަ ވެފައި ޗާލުކަން އެ ދޮންވެލިގަނޑުުގައި އެކުލެވިފައިވެއެވެ.

“ފިކުރެއްގައެއް ނޫން…ކިހިނެއްވީ…؟” އާދިލް ކުރި ސުވާލުގެ ޖަވާބުގައި ރީޝާ ބުނެލިއެވެ. ރީޝާމެން އެ ރަށަށް ދިޔައީ އޮފީސް ކަމަކުއެވެ. އާދިލް އެ ރަށަށް ދިޔައީ ރީޝާގެ އެދުމުގެ މަތިންނެވެ. އާދިލް އަކީ ދާނިޝްގެ ނަޒަރުގައި ރީޝާއާއި އޭނާގެ ލޯބި ނިމުމަކަށް ގެނައި ޒުވާނާއެވެ. ރީޝާގެ ބޭވަފާތެރި ކަމުގެ އަސްލު ކަމުގައިވާ ޒުވާނާއެވެ. “ކަމެއް ނުވޭ…ހިތަށް މި އަރަނީ އެހެން އެންމެން މޫދަށް އެރިގެން އުޅޭއިރު ރީޝާ އެކަނި މޫދަށް ނޭރި ހުރުން އިންސާފެއްހޭ..” ރީޝާއާއި ދާދި ކައިރީގައި އިށީންނަމުން އާދިލް ބުނެލިއެވެ. ތެދެކެވެ. އެ ދަތުރުގައި ބައިވެރިވި އެހެން އެންމެން ވެސް އެތިބީ މޫދުގައެވެ. އެހެން ތިބިއިރު އެކަކު އަނެކަކުުގެ ގަޔަށް ލޮނު ވިއްސާލައި ޖެއްސުންކޮށް ހަދަމުން ގެންދިއެވެ. އެންމެން ވެސް ފެންނަނީ ވަރަށް މަޖަލުގައި އުޅޭ ތަނެވެ. ނަމަވެސް ރީޝާ އިނީ އެކަންޏެވެ. އެހެން ބައިވެރިންނާއިއެކު ސަކަރާތްޖަހައި މަޖާކުރާ ހިތެއް އޭނާ ނުވިއެވެ. މިކަން އާދިލް އަކަށް ބަލައެއް ނުގަނެވުނެވެ. ރީޝާއަށް ވެސް އާދިލް ބުނި އެއްޗަކުން އެކަން ދޭހަވިއެވެ. ހައިރާން ވެފައި އާދިލްގެ މޫނަށް ޝައްކުގެ ނަޒަރަަކުން ރީޝާ ބަލާލީ އެހެންވެގެނެވެ. ސަލާމަތް ވާނެ އެއްވެސް ފުރުސަތެއް އާދިލް ރީޝާއަކަށް ނުދިނެވެ. ރީޝާ ތެދުވެ ދުއްވައިގަންނަން ކުރި މަސައްކަތް ވީ ބޭކާރެެވެ. އޭގެ ކުރިން އާދިލް އޭނާ ހިފެހެއްޓިިއެވެ. އެއަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް މޫދުތެރެއަށް ރީޝާލިއެވެ. އާދިލް މޫދަށް ފީނައިގަތީ އޭގެ ފަހުގައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ވަންހަނާ – 04

Next

ރާސްތާ 3

Next
June 15, 2018

ރާސްތާ 3

Previews
June 15, 2018

ވަންހަނާ – 04

17 Comments!

  1. Athi says:
    June 15, 2018 at 1:31 am

    Me first dhw

    1. hattey says:
      June 15, 2018 at 12:19 pm

      Yeah

  2. Sana says:
    June 15, 2018 at 2:34 am

    Varah reethi mi part❤❤❤
    Waiting for the next part????????????

    1. hattey says:
      June 15, 2018 at 12:18 pm

      Thanks…

  3. unique says:
    June 15, 2018 at 8:41 am

    oh nice… story

    1. hattey says:
      June 15, 2018 at 12:20 pm

      Thanks

  4. Nunnu says:
    June 15, 2018 at 9:04 am

    Eid mubaarak hurihaakudhinnah kudhinnah
    Vv reethi mi part ves
    When next part

    1. hattey says:
      June 15, 2018 at 12:21 pm

      Eid Mubarak…well.. thanks…

  5. No one says:
    June 15, 2018 at 9:25 am

    Vr rythi.. maasha allah

  6. Livee says:
    June 15, 2018 at 1:02 pm

    Wow salhi part eh masha Allah

    1. Anonymous says:
      June 15, 2018 at 2:18 pm

      Thanks

  7. Maya says:
    June 15, 2018 at 1:13 pm

    Reethi mi part…. Eid Mubarak ????❤️❤️??

    1. Anonymous says:
      June 15, 2018 at 7:18 pm

      Thanks..Eid Mubarak..

  8. unique says:
    June 15, 2018 at 8:11 pm

    vvvvvv reethi adhi kiyai minimuny just love it………… cant wait for next part n Eid Mubarak

    1. Anonymous says:
      June 15, 2018 at 11:53 pm

      Thanks..Eid Mubarak

  9. Mate says:
    June 16, 2018 at 4:39 am

    Great story…….keep it up…….

    1. hattey says:
      June 16, 2018 at 3:43 pm

      thanx

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (7←


All Right Reserved!