ޑޮކްޓަރ ޒަކްޔަންގެ ގައިގައި ބައްދާލުމަށްފަހު އެތަނުން ދިޔައެވެ. ޒަކްޔަންއަށް ހުރެވުނީ އަޑުއިވުނު ވާހަކަ ގަބޫލު ނުކުރެވިފައެވެ. މިވީ ކިހިނެއްބާއެވެ. މި ލިބުނީ ކޮންކަހަލަ މައުލޫމާތެއްބާއެވެ. މި ހުރިހާ ކަމެއް މިކުރަނީ ކާކު ބާއެވެ. އެ ދަރިފުޅުގެ ބައްޕަބާއެވެ. ޒަކްޔަން ވެއްޓުނީ ސުވާލުގެ ވަޅުގަނޑަކަށެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދަން އެހީވެވޭނީ ސަންޔާއަށެވެ. އަދި އިރިންއަށެވެ. އެތަނުން އެކަކުވެސް ތެދުބުނާނެބާއެވެ. ޒަކްޔަން ވިސްނާލިއެވެ.
ޒަކްޔަން އޮފީހަށް ދިޔަތާ މާ ގިނައިރެއް ނުވެ ލިޝާންވެސް އައެވެ.”ސާރ. ޖައިރާ ވަޒް ޕްރެގްނެންޓް. ހައިރާ މަރުވިއިރު އޭނަގެ ބަނޑަށް ދެމަސް.” ލިޝާންއަށް ވަދެވުމާއެކު ބުނެލިއެވެ. ޒަކްޔަން ބޯ ޖަހާލިއެވެ.”އަހަންނަށްވެސް އިނގިއްޖެ. އަހަރެމެންނަށް ވަރަށް ފަރުވާ ކުޑަ ކުރެވިއްޖެހެން ހީވަނީ. ޑޮކްއަށް ބިރުދައްކައިގެން އެކަން ފޮރުވަންވެގެން އެމީހަކު ވަރަށް މަސައްކަތް ކޮށްފި. އެކަމު މީދެން އަހަރެމެންގެ ފަހަރު. އީރޫގެ އޮފީސް ފުޓޭޖްވެސް ކާރުގެ ބްލެކް ބޮކްސް ވެސް އެހެން އެންމެގެ ފޯނު ރިކޯޑުވެސް ބޭނުން.” ޒަކްޔަން އިސްޖަހާލިއެވެ. ހައިރާގެ ހަގީގީ ގާޓިލު ނުހޯދޭކުރިން އޭނާއަށް ހަމަނިދިވެސް ނުލިބެއެވެ.
“ހަޝީމް. ހައިލިޔާއަށް މިހާރު އިނގޭކަންނޭންގެ. އެ ޕޮލިސްމީހާ…” ނީރާގެ ވާހަކަ މެދުކެނޑުނެވެ. “އާނ. އަހަންނަށް އިނގޭ. އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން. އަހަރެންގެ މައިންބަފައިންގެ ސަބަބުން އަހަރެން ކުށެއްނެތް މީހެއްދެކެ ރުޅިއައިސް…ކޮބާތަ ދޮންތަގެ ކުށަކީ…އަހަރެން މިހުރިހާދުވަހު އެއްޗެއް ނުބުނަން. އަހަރެން މިއަދު ލަދުގަނޭ މަންމަމެން ކަންތައްކުރި ގޮތުން. އެއްވެސް ކުށެއްނެތި މަންމައެއްގެ ލޯބިން ދޮންތަ މަހުރޫމުވީއިރު ބައްޕަވެސް އަޅާނުލި. އެކަމަކު އެއީ ބައްޕަ އެންމެ ލޯބިވި ދަރި. އަހަންނަކަށް މިއަދު ގަބޫލެއް ނުކުރެވޭ އެކަމެއް.”
ހައިލިޔާ ހަގީގަތުގައިވެސް ދެރަވިއެވެ. ހައިލިޔާގެ ހަނދާނަށް އައީ އެރެއެވެ. ހައިލިޔާ ހައިރާގެ ބަޔަށް ދިޔައީ ހައިރާ ގުޅުމުންނެވެ. “ހޭއި..އަހަރެމެން އަސްލު ވަރަށް ދުރު ދޯ..ދޮންތަޔަށް އިނގޭ ކުރިން އުޅެވުނީ ރަނގަޅަށް ނޫންކަންވެސް. އެކަމާ ހެއިލް ލަދުގަންނަކަންވެސް އިނގޭ..ބައްޕަ އަހަރެންދެކެ އެހާ ލޯބިވެޔޭ ހީވިޔަސް ހަގީގަތުގައި އެންމެން ވެސް ލޯބިވަނީ ހެއިލްދެކެ. އަހަރެން އެންމެން ބޭޒާރު ކުރަނީ..” ހައިލިޔާވެސް ދެރަވިއެވެ. އެރޭ ދެމީހުން އެކަކު އަނެކަކަށް މައާފުކުރިއެވެ. “މާދަމާ އެއްކޮށް އޮފީހަށް ދާން ނިކުންނަމާ..ހެއިލް އަންނައްޗޭ. ދޮންތަ ސައި ހަދާނަން. ހެއިލް.. އަބަދުވެސް ހަނދާން ކުރާތި ދުނިޔޭގަ އުޅޭއިރު ކިތައްމެ އުނދަގޫ ކަމަކާވެސް ކުރިމަތި ވެދާނެކަން. ކެތްތެރިވެ ހިތްވަރު ކުރާތި. ކޮންމެ ބަޔަކު ހުރަސްއެޅިޔަސް ހެއިލް ވާނެ ހިތްވަރުކުރަން. ގުޑް ނައިޓް.”
ހައިލިޔާއަށް ރޮވުނެވެ. އެރޭ ހައިރާ ދިން ނަސޭހަތަކީ އަގުހުރި ނަސޭހަތެކެވެ. ކުރިން ކިތަންމެ ހިތްހަމަ ނުޖެހި އުޅުން ނަމަވެސް އެރޭ ދޮންތައަށްޓަކާ ހިތް ސާފުވިއެވެ. ނަމަވެސް ތަގުދީރު އަނެއްކާވެސް އެދެމީހުން ވަކިކުރީއެވެ. ހައިލިޔާއަށް އެކަމާ އަބުވެސް ވިސްނެނީއެވެ. އޭނާގެ ކުށުން ވީކަމެކޭ ހީވަނީއެވެ. އެވިސްނުންތަކުގައި އޮއްވާ އޭނާއަށް ނިދުނެވެ.
“ހުސެން. ހުސެންއަށް އިނގޭތަ ހައިރާ މަރުވި ރޭ ހުސެންގެ އަންހެނުން ހުރީ މާލޭގަކަން.” ޒަކްޔަން ވާހަކަދައްކަމުން ދިޔައީ ހުސޭނާއެވެ. “ނޫން. އިނދެގެން އުޅުނަސް އަހަރެމެންނަކީ ދުރުބައެއް. ޒަރީން ހައިރާ މަރާލަފާނެ. އަހަންނަށް ހަމަ ހީވަނީ އޭނަހެން.” ހުސެން އިނީ ހަމަޖެހިފައެވެ. “ދެން ހުސެން މިކޮޅުގަ ކީތްކުރީ؟” ޒަކްޔަން ހީލިއެވެ. އެއާއެކު ހުސެން ތެޅިގަތެވެ. “އަހަ..ރެން އެރޭ..އާނ. އަހަންނަށް އިނގޭ ޒަރީން އައިކަން. އެހެންވެ ފާރަލީ..އެކަމު ވަކި ހިސާބަކުން އަހަންނަށް އޭނަ ގެއްލުނީ..” ހުސެން ހަނދާންވާ ގޮތް ދައްކާލަމުން ބުނެލިއެވެ. ޒަކްޔަން ހުސެން ފޮނުވާލިއެވެ.
“އަހަރެން ދިޔައީ ހަޝީމް ބުނެގެން އޭނަޔާ ބައްދަލުކުރަން. އަހަންނަށް އިނގޭ ހުސެން ވެސް ހުރީ މާލޭގަކަން. އެހެންވެ ވަރަށް ބަލައިގެން އުޅުނީވެސް. އަހަންނަށް ހީވަނީ އެރޭ ހުސެންވެސް އެގެޔަށް ދިޔަހެން.” ޒަރީން ޖަވާބުދިނީ ޒަކްޔަންގެ ސުވާލަށެވެ.
“ސާރ. ސަންޔާ.” ޒަރީން ފޮނުވާލުމަށްފަހު ކޮފީއެއް ބޯން އިން ޒަކްޔަންގެ ގާތަށް ލިޝާންއައެވެ.”އޭނަ ގެންދޭ. އަހަރެން އެބަދަން.” ޒަކްޔަން އަވަސްކޮށްލަމުން ބުނެލިއެވެ. “ސަންޔާ..އަހަރެންމީ ޒަކްޔަން. ސަންޔާއަށް އިނގޭނެ މިތަނަށް މި ގެނައި ސަބަބު. މިހާރު ވަރަށް ގިނަ މީހުން އަހަންނަށް ދޮގު ހަދައިފި. އަހަންނަށް އިނގޭ ސަންޔާ ފުރީ ހައިރާ މަރުވިރޭގެ ފަތިހުގަކަންވެސް. ތި ދެމީހުންގެ މެދުގަ މައްސަލަޖެހިގެން ސަންޔާ ހައިރާދެކެ ރުޅި އައިކަންވެސް. އެހެންވީމަ އަސްލު ހައިރާއަށް ދިމާވެގެން އުޅުނު މައްސަލަ އަހަންނަށް ތެދަށް ކިޔައިދީ.”
ޒަކްޔަންގެ ތޫނު ނަޒަރުން ފެންނަނީ ރުޅިވެރިކަމެވެ. އެވެސް އުކުޅެކެވެ. ބިރުން އިން ސަންޔާ އިސްޖަހާލިއެވެ. “ހައި އަހަންނަށް ގުޅާފަ އެއްދުވަހު ބުނަނީ ކޮންމެސް މީހަކު ހައި ރޭޕް ކުރި ވާހަކަ. ދެން ބަނޑުބޮޑު ވާހަކަ. އަހަރެން އެވާހަކަ ގަބޫލު ނުކުރީ ހައިވެސް އުޅޭ ގޮތުން. ރީހެބުން އައިނަމަވެސް އަހަރެން ހައިއަށް ޝައްކުކުރީ. އަނެއްކާ އެ އިރިން އޭނަޔާ މާ ގާތްކޮށް އުޅޭތީވެސް ހީވި އެހެން. ދެން އަހަންނަކަށް ނުކިޔައިދޭ މާބޮޑުއެއްޗެއް. ދެން ފަހުން ކިޔައިދޭން ފެށީ އޭނަގެ ފުރާނަ އަދި ދަރިފުޅުގެ ފުރާނަ ނުރައްކަލުގައި އޮތްވާހަކަ. ނުއެއްބުނި ކާކު ކަމެއް. އެހެންވީމަ ލަފާކޮށްލާކަށްވެސް ނޭންގުނު. ދެން ކިޔައިދިން ކޮންމެސް މީހަކު ހައިގެ އަސްލު މަންމައަކީ އެހެން މީހެކޯ ކިޔާފަ ގުޅާވާހަކަވެސް. އެމީހާގެ އުނދަގޫ ބޮޑޫވެގެންވެސް ހައި ވަރަށް އުޅުން. އަހަންނަށް ރަނގަޅު ރަހުމަތް ތެރިއަކަށް ނުވެވުނީމަ އެހެންވީ..އަހަރެން ހައިއަކަށް އެއްވެސް ގޮތެއް ނުހަދަން.”
ސަންޔާގެ ވާހަކަތުން އަނެއްކާވެސް ވިސްނާލަން މަޖުބޫރުވިއެވެ. ހައިރާއަށް އެހެން ހެދީ ކާކުބާއެވެ. މިއީ ދެމީހަކު ގުޅިގެން ކުރާކަމެއްހެންވެސް ޒަކްޔަންއަށް ހީވާންފަށައިފިއެވެ. ހުސެން އަދި ޒަރީން ބާއެވެ. ހައިލިޔާ މެންބާއެވެ. ހަޝީމްބާއެވެ. ޔައިޝްބާއެވެ. ނޫނީ އަދި ނޭންގޭ އިތުރުފަރާތެއް ވަނީބާއެވެ. ޒަކްޔަން ވިސްނާލިއެވެ.
“އަހަންނަށް އިނގޭ ޝާން އަހަރެންނާ ރަހުމަތްތެރި ވީ ކޮންމެހެން އެކަމުގަ ނޫންކަން. ހައިގެ ވާހަކަ ހޯދަން ދޯ.” އިރިން ހީލަމުން ބުނެލިއެވެ. ދެމީހުން ތިބީ ހިތްގައިމު ރެސްޓޮރަންޓެއްގައެވެ. އެހަމަހިމޭން މާހައުލުގައި ވަނީ ލުއި މިއުޒިކެއްޖަހާފައެވެ. “ހެހެ..ޔެސް. އެކަމު ބުނަންތަ. އަހަރެންނަށް އެދުވަހު ރިން ފެނުނީއްސުރެ ރިން އަހަރެން ހިތް ފަތަހަކޮށްފި. ރިން..ވިލް ޔޫ ބީ މައިން؟” ހުދުކުލައިގެ ފިނިފެންމަލެއް ނަގަމުން ލިޝާން އަހާލިއެވެ. ލަދުވެތިކަމާއެކު އިރިން ބޯ ޖަހާލިއެވެ. ލިޝާން ތެދުވެ އިރިންގެ ނިތްކުރީގައި ބޮސްދިނެވެ. “ކީއްވެ ވައިޓް؟” އިރިން އަހާލިއެވެ. “އިރިންގެ މާޒީ އިރިން ތިވަނި ފުހެލާފަ. އަހަރެންވެސް އެކަން ހަނދާން ކުރާކަށް ބޭނުމެއްނޫން. އަހަރެންނަށް ރިން ފެންނަނީ ބިއްލޫރިކޮޅެއްފަދައިން. ރިން ބަދަލުވީފަހުން..އަހަރެން ވަރަށް އުފާވޭ ރިން. ފަސްވަގުތު ނަމާދުކޮށް، ރިން ރަނގަޅަށް އުޅޭތީ.. އަދި ރިން އިނޮސެންޓްވީމަ. ހަހަ. ދެން އަހަރެމެންގެ މި ގުޅުން އަމާންކަމާއެކު ގިނަދުވަސްތަކެއްނުވެ ކައިވެނި ކުރާގޮތަށް. އަހަރެން ބޭނުމީ އަމާންކަމާއެކު ދިރިއުޅެން. ވައިޓް ފޯ އިނޮސެންން އެންޑް ޕީސް.”
އުފާވެރި ވަގުތުކޮޅަކަށް ފަހު ލިޝާން އެރޭ އޮފީހަށް ދިޔައެވެ. “އޭ މާހެވިފަ..ކިހިނެއްވީ؟” ޒަކްޔަންގެ ސުވާލުން ލިޝާންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. “ސާބަހޭ…މަށަށް އޭރުވެސް އިނގުނޭ..އިރިން ދޯ..އާނއެކޭ ބުނީދޯ…ހަހަހަ..އޭ އާދެބަލަ އެއްޗެއް ހޯދަން.” ޒަކްޔަން ލިޝާން އާ ދިމާކޮށްލިއެވެ. ލިޝާންވެސް ހެމުން ހެމުން އައިސް ލެޕްޓޮޕް ކައިރީގައި އިށީނެވެ. “އީރޫ ގެ ކެބިން. ފުޓެޖް ހޯދަބަލަ. މީގެ ދެމަސްކުރި.” ލިޝާން އެއްޗެހިތައް ހުޅުވަން ފެށިއެވެ. “އޭ ހެކް ކުރުމަކީ ކަޑަކަމެއްނޫންތަ އަސްލު. ހެހެ” ޒަކްޔަން އަހާލިއެވެ. ” ނޫނޭ.. އަހަރެމެން މިކުރަނީ ބޭނުންޖެހިގެނެއްނު. އެހެންނޫނަސް އަހަރެން އަތުގަ އޮވޭ އޮތީރިޓީ..” ލިޝާން ފޮނުވެލަމުން ބުނެލިއެވެ. “އިރިން ކައިރީ އަހަރެން ބުނާނަން ބަލައިގެން އުޅެން. ކުރާ ކުރިހާކަމެއް ހޯދާ ފްރީކްއަކާ ދޯ އޭނަ އެ ރައްޓެހިވީ.” ޒަކްޔަންދިޔައީ ކުރުނުކޮށް ލިޝާން އާ ބެހެމުންނެވެ. ދެމީހުންވެސް ހުނުން ހުއްޓާލުމަށްފަހު ވީޑިއޯތަކަށް ސަމާލުކަން ދިނެވެ.
މާބޮޑުއެއްޗެއް ފާހަގައެއް ނުވެއެވެ. އެތަނަށް ގިނައިން ވަދެއުޅެނީ ހައިރާގެ ސެކެޓްރީއެވެ. “ޒޫމް ކޮށްލަބަލަ. ހާދަވަރަކަށޭ އޭނަ އީރޫއަށް އެބަލަނީ.” ޒަކްޔަން ބުނެލިއެވެ. ލިޝާން ވަރަށް ބޮޑަށް ކައިރިކޮށްލުމަށްފަހު މަންޒަރު ސާފުކޮށްލިއެވެ. ރީތި ޒުވާނެކެވެ. ކޮންމެ ފަހަރަކުވެސް އެތަނަށް ވަދެ ހައިރާއާ ދިމާއަށް ބަލަން ހުންނަނީއެވެ. ފާޑަކަށް ހީގަނެގެންނެވެ. ކޮޅަށް ހުރެއްޖެނަމަ މަތިން ފެށިގެން ތިރިއަށް ބަލާނެއެވެ. “މީ ދޯ. އަހަރެމެން މިހޯދާ މީހާ.” ލިޝާން އަހާލިއެވެ. “އަހަންނަށް މީނަ ފެނިލަބަލަ. ހޭ އަރުވާލަނަން ޕޮލިހެއް ނޫންނަމަ. ހުވާ ފިރިހެނުންނަށްވެސް ހުރި ހުތުރެއް.” ޒަކްޔަން ދަތްކުނޑީވިކާލަމުން މޭޒުގައި ޖަހާލިއެވެ.
“އަހަރެން އޭނާގެ މޫނު ސާރޗްކޮށްފިން. މިއީ ތޭވިސް އަހަރުގެ ޒުވާނެއް. ނަމަކީ މިރްޒާލް. މިވަގުތު ވީ ނ. ކެނދިކޮޅުގަ. މީގެ ހަފްތާއެއްކުރިން މިރްޒާލްވަނީ ވަޒީފާއިން ވަކިވެފަ.” ލިޝާން އިރުކޮޅަކު އިނުމަށްފަހު ބުނެލިއެވެ. “ހިނގާ އެރަށަށް ދަތުރެއް ދާން ދޯ. މާދަމާ ހަތެއްޖަހާއިރަށް. އަހަރެމެން ދާނީ އެރޭގެ ފްލައިޓުން އަންނަ ގޮތަށް. މިރޭ ގޮސް ޕެކްކޮށްލާ އިނގޭ.”ޒަކްޔަން ދަތުރު ހަމަޖައްސާލިއެވެ. އަދި ބޮޑަށްތިބި މީހުންނަށް އަންގާލުމަށްފަހު ފުރަން ޓިކެޓު ނަގާ ތިބޭނެ ގެއެއްވެސް ހަމަޖައްސާލިއެވެ. އެވެސް މިރްޒާލްގެ ގޭ ކުރިމަތިންނެވެ.
އަނެއްދުވަހު ނުވައެއްޖެހިއިރު އެދެމީހުން ތިބީ އެރަށުގައެވެ. ދެޒުވާނުންނަށް ގިން ބަޔަކު ބީރައްޓެހި ނަޒަރަކުން ބަލަމުން ދިޔައެވެ. އޭރު އެމީހުންބަލާއައިސް މީހަކު ހުއްޓެވެ.”އަހަންނަކީ ޒަކްޔަން. މީ ޝާން.” ޒަކްޔަން ތައާރަފްވެލިއެވެ. “މީ މުހައްމަދުބެ އިނގޭ. މިގޭގަ އުޅޭނީ ބޭބެޔާ ދެން މިގޭގަ ކުއްޔަށް އުޅޭ ޔައިޝް ކިޔާ ޒުވާނެއް.” ކުރު ދަތުރަކަށްފަހު ގެއަށް އާދެވުމުން މުހައްމަދު ބުނެލިއެވެ. އެއަށްފަހު އޭނާ އެރީ މައްޗަށެވެ. ޒަކްޔަންމެން ތިބެނީ ތިރީގައެވެ. އެތަނުގައި އިތުރުކޮޓަރިއެއްވެސް ހުއްޓެވެ. “މީ އެބުނާ ޔައިޝްގެ ކަންނޭންގެ ދޯ. އަހަންނަކަށް ކުރިއަކުން ނޭންގެ މިގޭގަ އިތުރު މީހަކު ހުންނަކަމެއް. ” ޒަކްޔަން އެކޮޓަރިއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ލިޝާން ކޮނޑުއަރުވާލިއެވެ.
ދެމީހުން އެތާކައިރި ހޮޓަލަކުން ސައިބޯލައިގެން ރަށުތެރެއަށް ނިކުތީ ބުރެއް ޖަހާލަންދާށެވެ. ރީތިރަށެކެވެ. ދެމީހުން އަނގަތަޅަމުން ފޮޓޯނަގަމުން ދިޔައެވެ. އެންމެފަހުން ބަންގިގޮވާ އަޑުއިވުމުން ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ޒަކްޔަންމެންނަށް ގެ ހުންނަ މަގަށް އެޅުންތަނާ އެމީހުންގެ ގެއިން އެބުނާ ޔައިޝްއެއް ނިކުމެގެން ދާތަން ފެނުނެވެ. “އޭ….މިރްޒާލް.” ލިޝާން ވައިއަޑަކުން ބުނެލިއެވެ. އޭނާގެ ބޯވަނީ އެއްކޮށް ކޮށާފައެވެ. ފާޑެއްގެ ތޮތްޕަކިން މޫނު ނިވާކޮށްގެން ހުރިއިރު ހީވަނީ އެހެންމީހެއް ހެނެވެ. އެގެއިން ނިކުމެގެން މިރްޒާލްވަނީ ކުރިމަތީ ހުރި ގެއަށެވެ.
“އަހަރެމެން ބަލާ ފޮނުވާލަބަ. މިރްޒާލް ފެނިއްޖެ.” ޒަކްޔަން ގުޅާލީ މާލެއަށެވެ. މި އޮޕަރޭޝަނަކީ މަދުބަޔަކަށް އަންގައިގެން ކުރާކަމެއް ކަމުން އެހެންވެސް ރަށެއްގެވެސް ޕޮލިހަކަށް އެމީހުންނެއް ނާންގައެވެ. “އޭނަ އުޅެނީ ނަންވެސް ބަދަލުކޮށްގެން ދޯ..މާ ރަނގަޅެއްނު މިގެ.” ލިޝާން ބުނެލިއެވެ. ދެމީހުން ނަމާދުކޮށްގެން މިރްޒާލް ވަތްގެއަށް ވަގަށް ވަނެވެ. “ޕްލީޒް. ދޫކޮށްބަލަ. މާދަން މަންމަމެން އަންނާނެ. އޭރަށް ޔައިޝް ކިހިނެއް ހަދާނީ..” އިވިގެން ދިޔައީ އަންހެން ކުއްޖެއްގެ އަޑެވެ. “އޭރަށްވެސް އަހަރެން އަންނާނަން. ކަލޭ މަޑުން އޮވެބަލަ. އެހެންނޫނީ އަނިޔާކުރަން ޖެހިދާނެ.” އިވިގެންދިޔައީ ފިރިހެނެއްގެ އަޑެވެ. ބަލާކަށްނުހުރެ ޒަކްޔަން ދޮރު ހަލާކުކޮށްލުމަށްފަހު އެތެރެއަށް ވަދެގަތެވެ. އޭރު އެނދުގައި ބަނދެފައި ކުއްޖަކުއޮތެވެ. ލައިގެން އޮތްހެދުން ވީދިގައި ވުމާއެކު ލިޝާންގޮސް ބެޑްޝީޓުން އޭނާ ނިވާކޮށްލަދިނެވެ. ޒަކްޔަންގޮސް އެފިރިހެން މީހާ ހިފަހައްޓާލިއެވެ.
“މިރްޒާލް…ވާވަރަށް ކުޅިކުޅެވިއްޖެއެއްނު ދޯ..ދެނެއްނޫން.” އެތަށް ފުލުހުން ގެނެވުނެވެ. އަދި އެ އަންހެން ކުއްޖާގެ ބަޔާން ނެގުނެވެ. “އަހަރެންގެ މަންމަމެން ފުރީ މީގެ ދެދުވަސްކުރިން. އޭގެ ފަހުން ކޮންމެ ރެޔަކު މި މީހާ އައިސް….އަހަރެން.” އެކުއްޖާވަނީ ރޮއެރޮއެ ހަލާކުވާން ކައިރިވެފައެވެ. އޭނާ އެތަނުން ގެންދިޔައީ އޭނާގެ އާއިލާ މީހުންނެވެ. ޒަކްޔަންމެން މިރްޒާލްގޮވައިގެން ފުރީ މާލެއަންނާށެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





i am feeling so much better everyone. also dhen othy emme fahu bai ingey. ebai maadhan upload kohlaaanan. ? enjoy
haadha avahakah nimeny n the stry is owsm
Dhn hail ah Zakyan ah gulhuvabalaaaa.. Plz ???
And story hama perfect….. ????Keep going like that……….. ?????
????
Wow varah reethi
Ekam maa lahee up kuraaleh
Adhi maa kuree
Dhen in part vv Avahah up kolladhechey
Vvv bodah kiyaahiy vey eba
Buddy rngalhu vma soo hpy ???? khme dhuvahaku vx v investigte khlr hthun hunnany finally miadhu ekn vhje ?? vvvvv reethi nge roxy ah rngalhy vx dhn ahna prt ehga thi mirxaal akh mruge hukum ivyyr ???
Masha allah vv salhi. E bahuri kudhi kudhi typing mistake jehifa. Next part ga ragalhu kohlahchey.keep it up.
Seyma hadha avahah stry ninmaalany.adhi kuda koh dhigu kohlaa igey dear.waiting 4 nw part.ummedh kuran mi comm jahaa dheyne kamah.kuriy part ah kuri comm vex nujahaa dhey.
-salaam seyma-???
seriously imagination………… i have missed u a lot luv this story…. n hama vvv happy to see that ur feeling better right now
Story hama perfect and its going really well!!! I really appreciate ur work dear…. Mi story nimunas adhi hope to see another story from u seyma…………….
Varah reethi.meegekurinves story kiyamun.ekam comment nukura wait kury nimeyne dhuvahakaa story ehkwn.ekam maa avahahh ninmaalaathii hithah eryy comment kohlan… varah reethi hama habeys… meegekuryy part vess varah salhi…imagination ur best..??????❤
* kiyamnun aeee
???