ލޯބިކަން 11
“އޭތް…ވިޝް….ކީއްވެ ތި ބަލަނީ ވައްތަރަކަށް”މާޔާ އަށް އޭނަ އާއި ދިމާ އަށް ވިޝާލް ބަލަހައްޓައިގެން އިންތަން ފެނުމުން ވިޝާލްގެ އަތުގައި ބޮނޑިއެތް އަޅައިލިއެވެ.
ހދ.ކުޅުދުއްފުށީ ފަޅު ތެރެއަށް ބާރު ސްޕީޑް ގައި ދުއްވާފައި އައިސް ވަން ހުދު ކުލައިގެ ލޯންޗްއަށް ވަނީ ގިނަ ބައެތްގެ ލޯތަށް އަމާޒުވެފައެވެ.ބަލާ ބެލުމަށް ވައްތަރީ ޕްރައިވެޓް ލޯންޗަކާއެވެ.ލޯންޗު އައިސް ބަނދަރާއި ކައިރި ކުރި ވަގުތު ކަޅު ކުލައިގެ ދެކާރު އައިސް އެތާ ކުރި މައްޗަށް ހުއްޓިއެވެ.ލޯންޗުން ފޭބީ ހަވަރަކަށް ޒުވާނުން ނާއި މެދު އުމުރަށް ދާތިން އަންހެނުން ނާއި އެތް ފިރިހެނެކެވެ.އެހުރިހާ އެންމެންގެ ނަޒަރު ހުއްޓި ފައި ހުރީ އެ ކަޅު ކުލައިގެ ދެ ކާރާއި ދިމާއަށެވެ.އިރު ކޮޅަކު އެހެން ތިބުމަށް ފަހު އެ މީހުން ކާރާއި ދިމާ އަށް މިސްރާބު ޖެހިއެވެ.އެ ހުރި ހައި އެންމެން އެރުމާއި އެކު ކާރު އޭގެ މަންޒިލަށް ދާން ދަތުރުފެށިއެވެ.
******
“ދަރިފުޅާ…..ކަލަޒް….ދެން ތެދު ވަންވެއްޖެ އެތްނު………މަންމަ ގާތު ގަ ދިހައެއް ޖެހުމުގެ ކުރިން ގޮވާށޭ ކިޔާފަ ދަރިފުޅު ތި ނިދަނީ…ބަލާ ބަ މިހާރު އެއޮށް ބާރަ ޖެހީ”ކަލަޒް ގެ ކޮޓަރި ދޮރު ކައިރީގައި ހުރެ ލިއުފާ އެހެން ކިޔާތާ އިރު ކޮޅެއް ވެއްޖެއެވެ.ކޮންމެ ފަހަރަކު ވެސް މިތެދުވަނީ ކަމަށް ބުނަމުން އަނެއްކާ ވެސް އޮންނަނީ ނިދާށެވެ.
“އުމްމްމް…މަންމާ ތެދުވެ ފިން”އާދައިގެ މަތިން މިފަހަރު ވެސް ދިނީ ހަމަ ކުރީ ފަހަރު ވެސް ދިން ޖަވާބެވެ.އެ އާއި އެކު ލިއުފާ ދެން ނުގޮވާނެ ކަމަށް ބުނެ އެތަނުން ދާން ހިނގައިގަތެވެ.
ކަލަޒް އަކީ ލިއުފާ އާއި އާޒިމްގެ ތިބި ދެކުދިން ގެ ތެރެއިން ހުރިހުރި ހަމަ އެކަނި ފިރިހެން ކުއްޖާއެވެ.
***********
ކަޅު ކުލައިގެ އެދެ ކާރު އައިސް މަޑު ކޮއްލީ އެރަށުގެ ދެކުނު ފަރާތުގައި އަލަށް މީހުން އާބާދުވާ ހިސާބުގައި ޒަމާނާއި އެތް ގޮތަށް ހަދާފައި ހުރި ދެބުރި އިމާރާތެއް ކައިރިއަށެވެ.ގޭގެ ބޭރު ގައި ވަނީ މަޑު ކުރީމް ކުލައެތް ލާފައެވެ.ގޭގެ ދެފަރާތުގައި އެކި ކުލަ ކުލައިގެ މާގަސްތަށް ހައްދާފައި އޮތުމުން ހިތްގައިމު ކަމަށް ދައްކައެވެ.އިރުކޮޅެއް ފަހުން އެގޭ ތެރެއިން ނުކުތީ ދެބައި އުމުރުގެ ފިރިހެނެކެވެ.
“ބޮސް…..އައީ ދޯތި….އުމް މިއޮތީ ތަޅުދަނޑި”އެ ފިރިހެން މީހާ އައިސް ޝާމް އަތަށް ތަޅުދަނޑި ދިނުމަށް ފަހު ބޭނުން ވާކަމެއް އޮތިއްޔާއި ގުޅާލުމަށް ބުނުމަށް ފަހު ދާން ހިނގައިގަތެވެ.
“އެކާކު”އެވަގުުތު ޔޫހާ ކޮށްލީ ހުރިހައި އެންމެންގެ ހިތުގައި އުފެދިފަ އޮތް ސުވާލެވެ.
“އެއީދޯ…..އެއީ މުބީން މިގެ ބަލަން ބައްޕަ ހަވާލު ކޮއްފަ ހުންނަ މީހާ”ޔޫހާ އެހެން އަހާލުމާއި އެކު ޝާމް ޖަވާބު ދެމުން ހީލިއެވެ.އަދި އެތެރެއަށް ވަންނަން ހިނގާގަތެވެ.އެންމެން ވެސް އެގޭގެ އެތެރެއަށް ވަނުމަށް ފަހު އެކި ދިމަ ދިމާ އަށްބަލަމުން ދިޔައެވެ.ބޮޑު ގެއެކެވެ.ގެޔަ ތެރޭގައި ވެސް ވަނީ މަޑު ކުރީމް ކުލައެއް ލާފައެވެ.ހުދު ކުލައިގެ ދޮރުފޮތި ގަޑެއް ކޮންމެ ކުޑަ ދޮރެއް ކައިރީގައި ހުއްޓެވެ.ކުޑަ ދޮރުހުޅު ވާފައި ހުރުމުން ޖެހޭ ފިނިވައި ރޯޅި އާއި އެކީ ދޮރުފޮތި ގަނޑު ނަށަމުންދެއެވެ. ސިޓިންރޫމްގެ މެދުގައި ބޮޑު ހުދު ކުލައިގެ ސޯފާ އަކާއި ޓީވީ އެތް ބަހައްޓާފައި ހުއްޓެވެ.ސޯފާ ގެ ކުރިމަތީ ގައި ހަތަރެސް ކަން ބިއްލޫރި މޭޒެއް އިނެވެ.ސާފުތާހިރު ކަމުގެ ލާމަސީލު ނަމޫނާއެކެވެ.އިރު ކޮޅަކު އެހެން ތިބުމަށް ފަހު ޝާމް ސިޑިން އަރައިގެން ދާން ފެށުމާއި އެކު ދެން ތިބި އެންމެން ވެސް އޭނަގެ ފަހަތުން ދާން ހިނގައިގަތެވެ.
“ތިން އަންހެން ކުދިން އުޅޭނީ މިރޫމް ގަ…… ތިން ފިރިހެން ކުދިން އުޅޭނީ މިރޫމްގަ…………. ދެން ހަސީނާ،ހަފީޒާ،ރޯޒީ އުޅޭނީ މިރޫމުގަ….އަހަރެން އުޅޭނީ މިރޫމްގަ…..އެކަނި”އެތް ފައްޗަކަށް ހުރިހާ އެއްޗެއް އަމުނަމުން ގޮސް އެންމެ ފަހު ޖުމްލަ ފޮނިވެލާފައި ބުނުމުން އެންމެން ހޭންފެށިއެވެ.ސިޑިން އެރުމާއި އެކު ފުރަތަމަ ފެންނަން ހުރި ކޮޓަރި އާއި ދިމާ އަށް އިނގިލި ދިއްކޮއްލުމަށް ފަހު އެހެން ބުނުމަށް ފަހު އެ ކޮޓަރި ކުރިމަތީ ހުރި ކޮޓަރި އަކީ ފިރިހެން ކުދިން ގެ ކޮޓަރި ކަމުގައި ބުންޏެވެ.
“ހާދަ ބަނޑު ހައޭ….ކޮން ކުއްޖެއް ދާނީ ފިހާރައަށް ނޫޑުލްސް ދޯ ހަދާނީ”ހަފީޒާ ތިރިއަށް ދަމުން އެހެން ބުނުމާއި އެކު ފިހާރައަށް ދާނެ އެކަކު ވެސް ނުވިއެވެ.ދަތުރު ކޮށްފައި އައުމުން ވެފައި ހުރި ވަރުބައްޔާއި އެކު ހުރިހާ އެންމެން ވެސް ބޭނުން ވީ އަރާމު ކޮއްލާށެވެ.
“މަންމާ އަޅުގަނޑު ދާނީ…ފަހަރި ގޮވައިގެން ސޮރީ މާޔާ ދައްތަ…”ހަފީޒާ މައްސަލައެތް ނެތް ކަމުގައި ބުނުމަށް ފަހު ޒެލް ގޮވައިގެން ދާން އެދުނެވެ.ދެ އަންހެން ކުދިން އެކަނި ފޮނުވަން ހިތް ހަމަނުޖެހޭތީ އެވެ.އެ އާއި އެކު ޒެލް ވަރަށް ފަސޭހައިން އެތް ބަސް ވެސްވިއެވެ.
“ފިހާރަ ހުންނަ ތަން އިނގޭނެ ދޯ ޒެލް އަށް”ޔޫހާގެ އިންނު ކުންނަމުން އެހެން އެހުމުން ޒެލް ބޯޖަހައިލިއެވެ.ފިހާރައަށް ވަދެ ބޭނުންވާ ސާމާނު ގަނެލައިގެން ތިން މީހުން ފިހާރައިން ނުކުންނަން ދިއައެވެ.އެންމެ ފަހަތުގައި ހުރީ މާޔާއެވެ.އެ ވަގުތު މާޔާ މީހެއްގެ ގައިގާ ޖެހި ވެއްޓެން ދިޔައެވެ.ނަމަވެސް މާޔާ ގޮސް ތިރީގަ ޖެހުމުގެ ކުރިން ބާރު ގަދަ އަތަކުން އޭނަ ހިފެހެއްޓިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.




salaam all…miothyy loabikan ge 11th vana part up vefa…hope u guys will like it…and plx let me knw if there is any mistake…kiyun therin ah ebaoi kuda kuda work eh…e ee eyneenu new character kalaz…e boy ah nick name eh bune la dhiiba…Maikaa varah think kohfin..ekam neygunu….
laz kihineh vaane baa kiyan
oh after all
owwwww…..thanks for the comment…
wow…varah reethi…mi part ves..i m second dho….zeck kiyan vv nu…plxxxx…waiting for next…avah up kohdheeba…plxxx….
thanks so much dear…zeck dho….nice name…inshaa allah next part Wednesday or Thursday ga up kohlaanan
vvvvvvreethi….keep it up…nick name dho…hama kalaz kiyaaba..no nick name oww dhn
hehe…thanks dear
owwww….fiya men rashah dho thi fonuvv..avah dhaan vv thimeehun balaa…hehe…stry varah reethi…waithing for the next…next part dhigu kohla dhiiba…plxxxxx
hehe…fiya men rashah dho mifonu vuneee mifaharu…thank u dear
mi stry ah alah mi cmnt khlany…stry v rythi n kalaz ge nickname akah liz kihinehvany
hama welcome alah comment kohleema;]…liz dho… nice name eh….thank u so much dear
vvv reethi waiting for next part
thank you unique….
raifa men rashuga dho … yey avaha dhaan v hoadhan
hehe….thirashu dhekunu faraaeh kairii ga yo bunii…;] ;]