Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 18

hygge Level 510 Stories100 Comments100 Login500 Comments
June 4, 2018 14 Mins Read
80 Comments

ދެންވެސް އެންމެންގެ ސަމާލުކަން ދަމައިގަތީ އޮޕެރޭޝަން ތިއޭޓަރ އިން ޑޮކްޓަރުން ނިކުތުމުންނެވެ. ޒައިފް އަށާއި ނައިޝަމް އަށްވެސް އެދިމާލަށް ދުއްވައި ގަނެވުނީއެވެ. ޑޮކްޓަރ ދޭނެ ޖަވާބަކަށް ކެތް މަދުވެފައި ވާ ވަރުންނެވެ. ދަރިފުޅު ދެކިލަން ބޭނުންވެފައި ވާލެއް ބޮޑު ކަމުންނެވެ. އަދި ކޮއްކޮއަށް ދެރަގޮތެއް މެދުވެރިވާންވެސް ނޭދޭ ވަރުންނެވެ.

މިފަހަރު އެކަކުވެސް ޑޮކްޓަރ ގާތު ސުވާލު ކުރާކަށް ނޫޅުނެވެ. ނަމަވެސް އެންމެންވެސް ތިބީ ޑޮކްޓަރގެ ޖަވާބަކަށް އިންތިޒާރުގައި ކަން ކޮންމެ މީހެއްގެ މޫނަސް ބަލައިލައިފި ނަމަވެސް ދޭހަވެއެވެ. ޑޮކްޓަރ ނިކަން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ މޫނުމަތީގައިވީ އަސަރު ދެނެގަންނާނަކަށް އެކަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އެހެން ކަމުން އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ.

“އަޅުގަނޑުމެންނަށް ކުރެވެން އޮތްހާ މަސައްކަތެއް ވިއްޔާ އަޅުގަނޑުމެން ކުރިން.. އައިމް ސޮރީ ބަޓް.. ވީ ކުޑުންޓް ސޭވް ހާ..” އިވިގެން ދިޔަ ބަސްކޮޅުން އެންމެނަވެސް ތިބީ ހުއްޓުން އަރައިފައެވެ. މައިހާ އަނގަމަތީ އަތް އަލާލިއިރު ދެލޯ ފުރިގެން ބަންޑުންވަނީއެވެ. އަޔާނީ އެހެން ހުރެފަ ނިތްމަތީ އަތް އަލުވާލައިގެން ހުއްޓާ ބިންމައްޗަށް ވެއްޓެން ދިޔައީ އަނބުރައިގަނެގެންނެވެ. ނޫރީންގެ ހާލަކީތޯއެވެ؟ ނޫރީން މަޑުމަޑުން ހިނގާލައިފައި ދިޔަ ގޮތަށް ގޮސް ގޮނޑިއެއްގައި އިށީނެވެ. އެއަށްފަހު ރޮވެމުން ގޮސް އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ނައިޝަމް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެންމެންނަށްވެސް ލިބުނު ޝޮކުގެ ސަބަބުން ތިބީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައެވެ. ސިކުންތުކޮޅެއްގެ މުޅިތަނުގައި ހިތާމައިގެ ސާލެއް އޮޅިގެން ދިޔައެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ޒިވާއަކީ މުޅި އާއިލާއަށްވެސް ބަހާރު މޫސުން ގެނުވަން އެހީވެދޭ ފަރާތެވެ. އޭނާގެ ވާހަކަތަކުން އެންމެންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވާނެއެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟

ޔައީޝްގެ ކަންފަތަށް އެވާހަކަތައް އަޑު އިވިގެން ދިޔައީ ހޮނުގުގުރިއެއް ޖެހި ފަދައިންނެވެ. އޭނާގެ ލޮލުން ކަރުނަވެސް ހިކިފައިވީ ފަދައެވެ. ހުރިތަނަށް ގަނޑުވެފައި ހުރީއެވެ. މިހަކު އޭނާއާއި ވާހަކަ ދެއްކިޔަސް އަނގައިންވެސް ނުބުނެއެވެ. ހުރި ގޮތަސް ހުންނަނީއެވެ. ފަސްވަރަކަސް މިނެޓު ވާންދެން އޭނާ އެހެން ހުރުމަށްފަހު އެނބުރި އެތަނުން ދާން ހިނގައިގަތީވެސް މަޑުމަޑުންނެވެ. އިސްދަށަށް ޖަހާލައިގެން އައި އިރު މީހަކު އޭނާ ގައިގައި ޖެހެން އަޔަސް އޭނާއަކަށް ނޭނގޭނެއެވެ. އޭނާގެ ސިކުނޑި ތެރޭގައި އަދިވެސް ގުގުމަމުން ދިޔައީ ދެންމެ އިވުނު ބަސްކޮޅެވެ.

ހޮސްޕިޓަލުން ނިކުމެގެން ދިޔަ ގޮތަށް އޭނާ މިސްރާބު ޖެހީ ރަސްފަންނަށެވެ. އޭނާ ޕޭވްމަންޓް މަތިން ހިނގަމުން ދިޔައިރުވެސް އިސްއުފުލާލާ ބަލައިލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ޖެހެމުން އައި މަޑު ވައިރޯޅިތައް އޭނާގެ ގައިގައި ބީހެމުން ދިޔައިރުވެސް އެކަމަކާއި އޭނާގެ ޚިޔާލު އެތަށް ހާސް މޭލެއް ދުރެވެ. ރަސްފަންނުގައި މިވަގުތު މީހުން ތަންކޮޅެއް މަދުކަމީ ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. ޔައީޝް ހިނގާލައިފައި ދިޔަ ގޮތަށް ގޮސް ރަސްފަންނުގައި ބަހައްޓާފައިހުރި ފިލާ ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލިއެވެ. އެއިރުވެސް އޭނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ.

“ޒިއްޕުޑިން..” “ނޫޅެން ޔައީޝް އާ އެއްކޮށް ޒުވާބު ކުރާކަށް” ޔައީޝްގެ ހަނދާނަށް އައީ އެއް ދުވަހު އޭނާ ޒިވާއާއި ދިމާލަށް ގޮވާލުމުން ޒިވާގެ މޫނުމައްޗަށް ޖައްސާލި ވައްތަރެވެ. “ޔައީޝް އަޅެ ކީއްވެގެން އުޅޭ ދުވަސްކޮޅެއްތަ؟ ކަންނެއް ފުޅައެއް ސަހާދެ މިބުނީ..” އޭނާއަށް ވިސްނުމުގެ ތެރެއިން ހިނި އާދެވުނެވެ. “ޔައީޝްއަށް ހަމަ ޒިންމާދާރު ނުވެވެނީ.. އާ އެހެންޏަ، މި ހުރިހާކަމަކަށް ހޭނެން ވެއްޖެޔެއްނޫންތަ އަޅެ… ހަމ އިނގޭނެދޯ ކުޅޭ އިރު ތިމަންނަ ފިލާވަޅުތަކަށްވެސް އަހަންމިއްޔަތުކަން ދޭންޖެހޭނެކަން.. އެވަރު ދަނެގެން ނޫންތަ މުބާރާތުގަ ބައިވެރި ވީ؟” ޔައީޝްއަށް އެދުވަހު ޒިވާ ރުޅި އައުމުން މޫނުމައްޗަށް އަރުވާލި ކުލަވަރު ހަނދާންވެ ހިތި ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. “ޕިސް ޕިސް.. ޒިއްޕުޑިންވެސް ދޯ… މަ މިއީ ބޮޑުތަކުރުފާނެއްނު… އެހެން ވީމަ ބޮޑުތަކުރުފާނުހާ ވަރުގަދަވެސް ވާނެއްނު.. މަސައްކަތްތައްވެސް އަވަސްވާނެއްނު..” އެދުވަހު ޒިވާ ލަދުންހުރެ ކަންތައް ކުރި ގޮތް ޔައީޝްގެ ހަނދާނަށް އައެވެ. އޭނާގެ ސިކުޑީގައި އެނބުރެމުން ދިޔައީ ހުސްވެސް ޒިވާގެ ހަނދާން ތަކެވެ.

“ޔައީޝް ދެން ތީ ބޮޑުވަރު އިނގޭ.. މާ މައްޗަށް ތި ދަނި މިހާރު…ތިހެން މާ ގަދައަށް ސަމާސާ ކުރަނިކޮށް މީހަކަށް ކަމެއް ކަމެއް ވެއްޖިއްޔާ؟ ކުރާ ސަމާސާ ވިހަވާ ފަހަރުވެސް އާދޭ…. އެކަން ދަންނާތި..” ޔައީޝްގެ ހިނިތުންވުން ފިލައިގެން ދިޔައީ ކުއްލިޔަކަށެވެ. އެދުވަހު ޒިވާ އެބުނީ ތެދެކެވެ. “ޒިވް ބުނީ ތެދެއް.. ކުރާ ސަމާސާ ވިހަވާ ފަހަރުވެސް އާދޭ.. އެކަމަކު މިކަންވެސް ސަމާސާއަކަށް ހަދައިދިން ނަމަ..” ޔައީޝްގެ އަޑު ކުރެހުނެވެ.

“ޔައީޝް ދޯ ދޯ ދޯ… އަދި މިއީ މުބާރާތް ފެށުމޭ.. ފުރަތަމަ މެޗު މިއީ.. ދެން ތިހާ ދެރަ ވާން ވާނެތަ؟ އަދި ކިތަށް މެޗު ކުޅެން އެބައޮތް؟ އޭނ؟ އެ މެޗުތަކުން ހަމަ މިއަށްވުރެ ރަނގަޅު ނަތީއްޖާއެއް ނެރެވިދާނެއްނޫންތަ؟ މިއަދު މެޗްގަ ހެދުނު ގޯސްތައް ރަނގަޅު ކޮށްފަ އެ މެޗްގަ ހިތްވަރާއި އެކު ކުރިމަތި ލާބަލަ.. އިން ޝާ ﷲ ކާމިޔާބު ވާނެ..” ޔައީޝް އިން ތަނުން ތެދުވެގެން ގޮސް އެއިރު ހުރީ އުޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ސާދަވިލޭރޭގެ ހަނދުވެސް މިހާރު ކަލުވިލާތަކުގެ ޝިކާރައަކަށްވެ އޭގެ އަލި ފަނޑުވަމުން ދަނީއެވެ. އޭނާގެ ޙަޔާތްވެސް މިއަދު އެފައްތަރަށް ގޮސްފިކަމުގެ އިޙުސާސް ޔައީޝްއަސް ކުރެވުނެވެ. “ޒިވާ..” އަޑުގެ ކޮޅަށް ޔައީޝް ހަޅެތް ލަވައިގަތެވެ. އެ އަޑުގައި ވީ ވޭން ކޮންމެ މީހަކަށްވެސް ފާހަގަވާނެކަން ޔަޤީނެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބަންފެށި އެވަގުތުއެވެ. ހަށިގަނޑުން ވާގި ދޫވުމުން މީހަކު ވެއްޓޭހެން އޭނާ ދެކަކޫ މައްޗަށް ތިރިވިއެވެ.

“ޒިވާ… ކިއްވެ؟ ކީއްވެ ޔައި ދޫކޮށްފަ ތި ދިޔައީ؟ ބުނެބަލަ.. ޔައި ޒިވްދެކެ ލޯބިވާކަން ނޭނގޭތަ؟ ޒި.. ޒިވާ..” ޔައީޝްއަށް އަދިވެސް ޤަބޫލުކުރަން ދަތިވަނީއެވެ. ފިރިހެން ކުއްޖަކަސް އޭނާވެސް ދެރަވެއެވެ. އެތާ އިނދެގެން އޭނާ އެދަނީ ރޮމުންނެވެ. އެމަންޒަރު ފެންނަ މީހެއްގެ ލަގޮނޑިއަށް ކެތް ނުވާނެކަން ޔަޤީނެވެ. “ޒިވް.. އެއިރު ޔައި ޒިވްއަށް ދެވުނު ދެރައިގެ ބަދަލުތަ ތި ދިނީ؟ ހެޔޮ ނުވާނެ.. ކީއްވެ އެހެން ތި ހެދީ.. މިހިތަށް ވާނެ ތަދު އިޙުސާސްވެސް ނުކުރެވޭނެ ޒިވާއަށް.. ޒިވާ ފެންނަން ނެތިއްޔާ މި ޔައީޝް އުޅޭނެ ގޮތް ވިސްނާލަބަލަ.. ކުރިން ހެން ޔައި އަށް ސަޕޯޓް ދޭން އާދެބަލަ.. ޕްލީޒް.. ޒިވް ނެތިއްޔާ ކާކު ޔައި އަށް ކޮންމެ ފަހަރަކު ހިތްވަރު ދޭނީ.. ބުނެބަލަ..” ޔައީޝް ހީވަނި މޮޔަވެފަ އިން ހެންނެވެ. އޭނާގެ ހިތަށް ކުރަމުންދާ އަސަރު އިނގޭނީ އޭނަޔަކަށް ނުންހެއްޔެވެ؟ އެ ހިތުގެ ރާނީ އެހާ ކުއްލި ގޮތަކަށް އޭނާއާއި ވަކި ވުމުން ހަމަ ކެތްކުރަން ދަތިވަނީއެވެ.

“ތިހާ އަވަހަށް އުންމީދުގެ ހުޅުކޮޅު ނިއްވާ ނުލާބަލަ.. އުއްބައްތިއެއްގަވެސް ހުޅުކޮޅު ދިއްލިފަ ހުންނަނީ އޭގަ ރޯކުރުމަށްފަހު ދޯ.. ވައި ޖެހުމުން އެ ނިވޭ ފަހަރުވެސް އާދޭ.. އަނެއްކާވެސް އޭތި ރޯކުރުމުން ހަމަ ހުޅުކޮޅު ބޮޑުވެފަ އިނދޭ.. ދެން އޭތި ދެކޮޅަށް ހެލިލަ ހެލިލާ އެހެން ކިހާ އިރެއް ވާންދެން އިނދޭ؟ ހުޅުކޮޅު ކުޑަވީމަ އަނެއްކާވެސް އަހަރެމެން މަސައްކަތުން އޭތި ބޮޑުކުރަނީނު؟ އެވެސް ޖެހޭ ވަޔާއި ހުރިހާ އެއްޗިއްސަށް ކެތް ކޮށްގެނެއްނު އިންނަނީ މިނިވަންކަމާއެކީ.. ހަމަ އެގޮތަށް ވާނެއެއްނޫންތަ އަހަރެމެންނަށްވެސް؟” ޔައީޝްގެ ކަންފަތުގައި ގުގުމައިގަތީ ޒިވާ އޭނާއަށް ދިން ނަސޭޙަތުގެ ތަންކޮޅެކެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާ އެޔާއިދޭތެރޭ ވިސްނާލިއެވެ.

ތެދެކެވެ. އޭނާގެ ޙަޔާތުގެ އުންމީދުގެ ހުޅުކޮޅު ނިއްވާލައިގެން ކިތަންމެ އިރެއް ވާންދެން އިނަސް އޭނާގެ ޙަޔާތަށް އަލުން ދިރުމެއް އަންނާނެ ހެއްޔެވެ؟ އޭނާ އަށް އުފަލެއް ލިބޭނީވެސް ދިމާވާ ދަތިތަކަށް ކެތްތެރިވެގެންނެވެ. ﷲގެ ރަޙްމަތުން އުންމީދު ކަނޑާލާކަށް ނުވާނެއެވެ. އެކަން ކުރުމުގެ އެއްވެސް ބާރެއް އޭނާއަކަށް ނެތެވެ. ވީއިރު އެކަލާނގެ މިއޮށް ހުރިހާ ދުވަހު އޭނާއަށް ދެއްވި ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާލާ އެކަލާނގެއަށް ކާފިރުވާންވި ދިމާވި އެންމެ ކަމެއްގެ ސަބަބުން ހެއްޔެވެ؟

މާތް ﷲ އެންމެ ދަތި އުނދަގޫ އިމްތިޙާންތައް ކުރައްވަނީ އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ އަޅުންގެއެވެ. ވީއިރު އެމީހުންނަށް އޮތް ގޮތަކީ ކެތްތެރިވުމެވެ. ޔައީޝްވެސް އޭނާއަށް ދިމާވި ޙާލަތަށް ވާންވީ ކެތްތެރިއެވެ. އޭނާގެ ލޮލުން ކަރުނަ ފުހެލުމަށްފަހު ވެލިގަނޑުމަތިން ކަކޫ ހިއްލާލީ އާ ދިރުމަކައިގެންނެވެ. އާ ހިތްވަރަކައިގެންނެވެ. އަދި ދެންމެ އޭނާއަށް ބުނެވުނު އެއްޗިއްސާމެދު ދެރަވެ ހިތާމަކޮށް މާތް ﷲގެ ޙަޟްރަތުން ދުޢާ ދެންނެވީ ފާފަ ފުއްސެވުމަށް އެދިއެވެ.

އެއަށްފަހު ގޮސް އެތާ ހުރި ހަޓެއްގެ ދަށުގައި އިށީންދެލީ އޭނާގެ ސިކުނޑި ހަމަޔަކަށް އަޅުވާލަށެވެ. މިއަދު އޭނާ ދޫކޮށް އެދިޔައީ އެމީހަކާމެދު އޭނާ ހާދަގިނަ ހުވަފެންތަކެއް ދެކުނު ފަރާތެކެވެ. އޭނާގެ ޙަޔާތުގެ ހާދަ މުހިއްމު މީހެކެވެ. ނަމަވެސް މަރަކީ އެކަކަށްވެސް ހުއްޓުވޭނެ އެއްޗެއް ނޫނެވެ. ކޮންމެ ވަގުތަކުވެސް އެމީހެއްގެ ނިމުން އައިސް ދާނެއެވެ. ތިމާއާއި އެންމެ ކައިރީގައި އަދި އެންމެ ދުރުގައިވާ އެއްޗަކީވެސް މަރެވެ. ވީއިރު ފުރަތަމަ ދުނިޔޭގެ ޒީނަތަސްވުރެ އިސް ކުރަންވި އާޚިރަތުގެ ކާމިޔާބީ ހޯދުމެއް ނޫންހެއްޔެވެ؟ ތިމާގެ ޢަމަލުތަށް އިސްލާޙުކުރަން މަސައްކަތް ކުރަން ޖެހެނީވެސް އެހެންވެއެވެ. ދުނިޔޭގެ އުފަލަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން މާ އުފާވެރިވާނެއެވެ.

އިރުގަނޑެއް ވާންދެން ވިސްނުމަށް ގެއްލިފައި އިން ޔައީޝްއަށް ހޭވެރިކަމެއް ވީ އޭނާގެ ފޯނަށް ކޮންމެވެސް މީހަކު ގުޅަން ފެށުމުންނެވެ. ބަލައިލިއިރު ގުޅަނީ ޔަންހާއެވެ. އޭނާ އަށް އިންތަނުގެ މަތިންވެސް ހަނދާން ކޮށްލެވުނީ އަދި ކިރިޔާއެވެ. އެ ދެލޮލަށް ފޯނުގެ ފަނޑު އަލި އެޅުނު ވަގުތުވެސް ލޮލުގައި ވީ ރަތްކަން ފާޅުވެއެވެ. ކޮލުގައި ދިގަށް ދެމިފައިހުރި ރޮނގުތަކުން އެއީ ހިކިފައިވާ ކަރުނަތައްކަން އެނގެއެވެ. “ހެ.. ހެލޯ ދޮންތާ..” ޔައީޝްގެ އަޑު އަދިވެސް ވަނީ ކުރެހިފައެވެ. “ޔައީޝް.. ކޮ.. ކޮންތާކުތަ؟ ދޮ.. ދޮންތަމެން ޔަ.. ޔައި ހޯދާތާ މިހާރު ކޮން އި.. ރެއް.. އަވަހަށް އާދޭ ގެއަށް..” ޔަންހާ އަށް އަދިވެސް ކޮންމެވެސް ވަރަކަށް ގިސްލެވެއެވެ. ނަމަވެސް އެއިރަށްވުރެ މިހާރު އޭނާވެސް ވަނީ ހަމަޔަކަށް އެޅިފައެވެ.

ޔަންހާ ބުނުމުން ޔައީޝްގެ މިސްރާބު ޖެހީ ނޫރީންމެން ގެއަށެވެ. މަގުމަތިން ދިޔަ އިރުވެސް އޭނާގެ މުޅި ޚިޔާލު އެކި ދިމަ ދިމާލުން ގޮސް ގުޅިފައިވަނީ ޒިވާއާއެވެ.   އެއިރުވެސް އެ ދެލޮލިގައި ވީ ވިދުން އަލިގަނޑަކަށް އެޅިއްޖެނަމަ ކޮންމެ މީހަކަށްވެސް ފެންނާނެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތަކައްވެސް އަދިވެސް ހުއްޓުމެއް ނާދެއެވެ. އޭނާ އަށް ނޫރީންމެން އުޅޭ ގޭގެ ދޮރުމައްޗާ ހަމައަށް އެރުނުތަނުން ހުއްޓުން އެރިއެވެ. ބިންމައްޗަށް ނަޒަރު ހިންގާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއިރުވެސް ޒިވާގެ ބޮލުން ފޭބި ލޭތައް އެތާނުގައި ވެއެވެ. ޔައީޝްގެ ލޮލޮތެރެއަށް އެވަގުތު ތާޒާ ކަރުނަތައް ބޮނޑިވެގަތެވެ. އޭނާގެ ލޯ ކުރިމައްޗަށް ދެންމެ ވީ ހުރިހާ ކަމެއް ސިފަވަމުން ދިޔައެވެ. ޒިވާ އެތަނުން ވެއްޓުނު އިރު ހާދަވަރަކަށް ސަލާމަތަށް އެދޭނެއެވެ. ޔައީޝްގެ ހިތަށް ތަދުވާންފެށީ ދުވަހަކަވުވެސް ނުވާވަރަށެވެ.

ހިތް ހަމަޔަކަށް އަޅުވާލަމުން އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. ލިފްޓަށް އެރުމަށްފަހު އެތެރޭގައި ހުރެ ލޯ ރަނގަޅަށް ފުހެލިއެވެ. އަދި ނޭފަތް އެތެރެއަށް ދަމާލިގޮތުންވެސް އޭނާ ހަމަޔަކަށް އެޅެން މަސައްކަތް ކުރާކަން އެނގެއެވެ. އިރުކޮޅެއް ލިފްޓު ތެރޭގައި ހޭދަވުމަށްފަހު ‘ވެސްޓް ލޭންޑް’ ގެ ހަތަރުވަނަ ފްލޯއަށް ހުއްޓުނެވެ. އެތަނުން ހުރި ތިން ދޮރުގެ ތެރެއިން ދެވަނަ ދޮރުގައި ޔައީޝް ޓަކި ދިނެވެ. އިރުކޮޅެއް ނުވެ އެ ދޮރު ހުޅުވާލީ ނައިޝަމް އެވެ. ޔައީޝް ހުރީ ބަސްމަދުވެފައެވެ. އެއްވެސް އެއްޗެއް ނުބުނެ އެތެރެއަށް ވަދެގެން ދިޔައީ މަޑުމައިތިރިކަމާއެކުއެވެ.

މުޅި ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭންކަމެކެވެ. ނަމަވެސް އިރުކޮޅަކުން މީހެއްގެ ގިސްލުމުގެ އަޑު ޔައީޗްއަށް އިވުނެވެ. އެ އިވެނީ ނޫރީންގެ ވޭނީ ރުއިމުގެ އަޑެވެ. އެހިތަށް މިއަދު ކިހާ އަސަރެއް ކުރާނެހެއްޔެވެ؟ ހުރި ހަމައެކަނި ދަރިފުޅު އޭނާއާއި ވަކިވެގެން އެދިޔައީ އެކުއްޖާއަށްޓަކައި ހާދަ ގިނަ ހުވަފެންތަކެއް އޭނާ ދެކެނިކޮށެވެ. މިއަހަރު މާލެ ބަދަލުވީވެސް ހަމަ އެދަރިފުޅުގެ މުސްތަޤްބަލު އުޖާލާ ކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އެއީ ކޮންމެ މީހަކަށްވެސް ދައްކަވާނެ ދުވަހެކެވެ.

އިރުކޮޅެއް ވީތަނުން ނޫރީންގެ އަޑު މަޑުވަމުން ގޮސް ކެނޑިއެއްޖެއެވެ. ނައިޝަމް ގޭގެ ދޮރު ތަޅުލައިފައި އެތަނަށް އައީ އެވަގުތުއެވެ. ޔަންހާ ގޭގެ ދޮރު ހުޅުވާލީވެސް އެވަގުތުއެވެ. “ނިދިއްޖެ..” ނައިޝަމް އަށް ބަލައިލައިފައި ޔަންހާ ބުނެލި އިރު އެ އަޑުގައި ވީ ރިހުން އެކަކަށްވެސް ނުފޮރުވޭނެއެވެ. އޭނާ މަޑުމަޑުން ހިނގާލައިފައި އައީ ނައިޝަމް ކައިރިއަށެވެ. ނައިޝަމް ފެނުމުން އަނެއްކާ އޭނާ ހިތްދަތިވީއެވެ. އޭނާ އައިސް ނައިޝަމްގެ ކުރިމަތީގައި ހުއްޓުނެވެ. އެއަށްފަހު އިސްއުފުލާލައި އެ ދެލޮލަށް ބަލައިލިއެވެ. ނައިޝަމްއަށް ޔަންހާގެ ދެލޮލުގައިވީ ކަރުނަތައް ނިކަން ރީއްޗަށް ފެނުނެވެ. އެހެން ކަމުން އޭނާ ގެނެސް އެ މޭތެރޭގައި ބޮނޑިކޮށްލީ ޔަންހާ އޭނާގެ ހިމާޔަތަށް އެދިއެދި ހުރުމުންނެވެ. ޔަންހާގެ މަޑު ގިސްލުން މުޅިތަނުގައި ގުގުމައިގެން ދިޔައީ އިތުރު އެއްވެސް އަޑެއް ނީވުމުންނެވެ. ޔައިޝް ހުރީ އެމީހުންނަށް ފުރަގަސްދީގެން ކަމުން އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ބެލްކަނިން ބޭރަށެވެ.

“ކޮބާ ނަވޫ؟” ނައިޝަމްވެސް ކުރެހިފައިވި އަޑަކުން ޔަންހާ ގާތު ސުވާލު ކޮށްލިއެވެ. “ރޮ.. ރޮއެ ރޮއެފަ މިހާރު ނި.. ނިދި.. ފަ.. ތިއް.. ތިއްތު ކައިރިއަށް ދާންށޯ ކިޔައިފަ ވަ.. ވަރަށް ރުއި..” ޔަންހާއަށް ގިސްލެވޭވަރުން ވާހަކަ ދައްކަންވެސް ވީ ދަތި ކަމަކަށެވެ. އޭނާ ވާހަކަ ދައްކާ ނިމުނު ގޮތަށް އަނެއްކާވެސް އެ ގިސްލުން މަޑު ރުއިމަކަށް ބަދަލުވިއެވެ. ނައިޝަމްވެސް ދޭތެރެއަކުން ނޭފަތް ދަމާލައެވެ. އެހެން ހުރުމަށްފަހު ޒިވާގެ ކޮޓަރިއަށް އެމީހުން ވަނީ ނަވާރް އެކޮޓަރީގައި ނިންދަވާފައި ވުމުންނެވެ.

އިއްޔެ ހީހީފައި އުޅުނު އާއިލާ މިއަދު ވެއްޓިފައި އެވަނީ ފުންމިންވެސް ނޭނގޭހައި ފުން ހިތާމައިގެ ވަޅުގަނޑަކަށެވެ. އެ އާއިލާއަށް ޖެހުނީ ކާކުގެ އެސްފީނާއެއްކަމެއްވެސް ނޭނގެއެވެ.

ނައިޝަމް މެން ޒިވާގެ ކޮޓަރިއަށް ވަތް އިރުވެސް ޔައީޝް ހުރިތާހުރީ ގުޑިލާންވެސް ބޭނުންނުވާ ފަދައަކުންނެވެ. ދެޖީބަށް އަތް ޖަހާލައިފައިވީއިރު އޭނާގެ މޫނުމަތިގައިވަނީ ދެނެގަންނާންވެސް އުނދަގޫ އަސަރުތަކެކެވެ. އެހެން ހުރުމަށްފަހު އެނބުރިލައި ސޯފާއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

***

“ދަރިފުޅާ.. ދެން މި ބޯލަބަލަ..” އަފްރާ އޭނާގެ އަތުގައި އިން ސޫޕް ތަށިން އެތިފޮދެއް އަޔާނީއަށް ބޯންދެވޭތޯ އުޅުނެވެ. ހޮސްޕިޓަލް ތެރެއަށް އަޔާނީ އަނބުރައިގަނެގެން ވެއްޓުނު ފަހުން އޭނާ ހޭއެރިތާ މިހާރު ގާތްގަނޑަކަށް އެއް ގަޑިއިރުވަނީއެވެ. ނަމަވެސް އަދިވެސް އޭނާ ކަރުތެރެއިން އެއްޗެއް އެތެރެކުރާކަށް ނޫޅެއެވެ. ރޯލަ ރޯލަ އިންނަނީއެވެ. އެހެން އިނދެ އިނދެފަ ޒިވާއޭ ކިޔައިފަ ސިއްސައިގެން ގޮސްދާނެއެވެ. “ޔާނީ..” އަޔާނީ ބާލީހެއް މޭގައި ބޮނޑިކޮށްލައިގެން ރޯން އިންދާ އެ ކޮޓަރިތެރެއަށް ވަދެގެން އައީ މައިހާއެވެ. އޭނާގެ ބޮޑު ދެލޯ ވަނީ ރަތްވެގެންގޮސް ދުޅަވެފައެވެ. ކޮލުގައި ރޮނގަކަށް ހިކިފައިވުމުން އެއީ ކަރުނަ ކަން ދެނެގަންނަން ނިކަން ފަސޭހައެވެ.

މައިހާއަތަށް ސޫޕްތަށި ދިނުމަށްފަހު އަފްރާ އެކޮޓަރިން ނިކުމެގެން ދިޔައީ އަޔާނިއަށް އޭތި ބޯންދިނުމަށް އެދިފައެވެ. މައިހާވެސް އޭނާގެ މާޔުސް ވެފައިވާ މޫނާއެކީ އިސްޖަހާލީ އަފްރާގެ ބަހަށް ކިޔަމަންވުމަށްޓަކައެވެ. މައިހާ އެތެރެއަށް ވަދެގެން ދިޔަ އިރުވެސް އަޔާނީ އިނީ ހަމަ އެ އިން ގޮތަށެވެ. އެހާ ބާރަށް ގިސްލެވޭ ފަހަރުވެސް އާދެއެވެ. މައިހާ ފުރަތަމަ ދިޔަ ގޮތަށް ގޮސް ސައިޑް ޓޭބަލް މަތީ އެ ސޫޕްތަށި ބޭންދީއެވެ. އެއަށްފަހު އަޔާނީއާއި ކުރިމަތިލިއެވެ. “ޔާނީ..” މައިހާ އޭނާގެ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން އަޔާނީއަށް ގޮވާލިއެވެ. އެވަގުތު އަޔާނީ އިސްއުފުލާލައި މައިހާއަށް ބަލައިލިއެވެ. އެ ދެލޯ ފެނިފަވެސް މައިހާގެ ހިތަށް އަސަރު ކުރިއެވެ. އަޔާނީ އަނެއްކާވެސް މަޑުމަޑުން ރޯލަމުން މައިހާގެ ގައިގައި ބައްދާލިއެވެ. “ޝްޝްޝް..” މައިހާ އަޔާނީގެ ބޮލުގައި ފިރުމާލިއެވެ. އެ ތިންކުދިންގެ ތެރެއިން އެންމެ ދޮށީ އޭނާ ކަމުން އަނެއް ދެކުދިންނާއިދޭތެރޭ މައިހާ ދެކެނީ އެކުވެރިންނަށްވުރެ ކޮއްކޮއިން ގޮތުގައެވެ. އެމީހުން ދެރަވެއްޖެނަމަ އޭނާ ހިތްވަރުދެއެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް އޭނާއަށްވެސް ކެތްނުވެގެން ރޮވުނެވެ.

އާ ދުވަހަކަށް އިރުއެރީ މުޅި އާއިލާއަށް ހިތާމައިގެ ވައިރޯޅިއެއް އަރުވާފައެވެ. ޒިވާގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު އޭނާ ވަޅުލުން އޮތީ މެންދުރު ނަމާދަށް ފަހުއެވެ. ޒިވާގެ މޫނު ހަލާކުވެފައި ވުމުން އޭނާގެ މޫނުމަތީގައި ވަނީ ފޮތިގަނޑު އަޅާލައިފައެވެ. ޔައީޝް ޒިވާ ބާއްވާފައި އޮތް ކޮޓަރިއަށް ވަދެގެން އައި އިރު ކުރެވިގެން ދިޔައީ ދުވަހަކުވެސް އޭނާއަށް ނުކުރެވޭފަދަ އިޙުސާސެކެވެ. ޒިވާގެ ހަށިގަނޑުފެނި އޭނާ މަރުމަތިން ހަނދާން ވިއެވެ.

ލޯ މަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް…

ލޯ މަތިން ގެއްލިދާނޭ ނެތަސް ބޭނުމެއް..

ނާރުކުންފެންއަޅާ ފޫރުކާދުން އަޅާ…

ލޯ މަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް…

ޔައީޝްގެ ހަނދާނަށް އަންނަންފެށީ އޭނާ މިހާރަކަށްއައިސް ވަރަށް ގިނައިން އަޑުއަހާ މަދަހަ އަލްބަމެއްގެ މަދަހައެކެވެ. ޙަޤީގަތުގައިވެސް މަރުމަތިން ހަނދާންވުމަކީ އިންސާނާ އިސްލާޙުވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. ޒިވާ ކައިރީ އިރުކޮޅެއްގައި ޚިޔާލަކަށް ގެއްލިފައި ހުރުމަށްފަހު ޔައީޝް އެތަނުން ނިކުންނަން ދިޔަ ވަގުތު މީހެއް ގައިގައި ޖެހުނެވެ. އޭނާ އިސްއުފުލާލައި ބަލއިލިއިރު ކުރިމަތީގައި ތިބީ ލިމްޔާ އާއި ލަމާންއެވެ. ހިތި ހިނިތުންވުމެއް ޔައީޝް އެމީހުންނަށް ރައްދުކޮށްލުމަށްފަހު އެތަނުން އަވަހަށް ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއެކުއެވެ. އެގޮތުގައި ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންގޮސް އެއްހަފްތާ ފާއިތުވެގެން ގޮއްސިއެވެ. ނޫރީންއަށް ލިބިފައިވާ ހިތާމަވެސް ކުޑަކުރުމަށްޓަކައި ނައިޝަމްއާއި ޔަންހާ އެތަކެއް މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. ޒައިފްވެސް ނެތް ހިތްވަރު ނެރެގެން ލޯބިވާ އަންހެނުންނަށް ވިސްނައިދެމުން ދިޔައެވެ. ނަމަވެސް ނޫރީންއަށްވަނީ ނަފްސާނީގޮތުން އަސަރުކޮށްފައެވެ. ޒިވާއަކީ އެމީހުންގެ ހުރި ހަމައެކަނި އުފަންދަރިފުޅު ކަމުގައި ވާއިރު އެހެން ވެދާނެ ނޫންހެއްޔެވެ؟

ގޭގެ ބެލް ޖަހާލި އަޑަށް ސޯފާގައި އިން ނޫރީން ހިނގާލައިފައި ގޮސް ދޮރުހުޅުވާލިއެވެ. އެއިރު އޭނާގެ ކުރިމަތީގައި ތިބީ އަޔާނީ އާއި އަފްރާއެވެ. ދެމީހުންވެސް ނޫރީންއަށް ހިނިތުންވުމެއް ދިނެއެވެ. ބަދަލުގައި ނޫރީންވެސް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެމީހުން ގޭތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ.

އެތެރެއަށް ވަދެގެން ދިޔަ އަޔާނީ އާއި އަފްރާއަށް ސޯފާގައި އިށީނުމަށް ބުނުމަށްފަހު ނޫރީންގެ މިސްރާބުޖެހީ ބަދިގެއަށްވެ. އެއީ އެމީހުންނަށް ޖޫސްތައްޓެއް ނުވަތަ ލުއިކާނާއެއް ގެނެސްދިނުމަށްޓަކައެވެ.

“ނޫރީން ދައްތާ..” ނޫރީން ކާއެއްޗިއްސާ ޖޫސްތަށި ގެނެސް އެތާ ހުރި ވަށް ބިއްލޫރި މޭޒުމަތީގައި ބެހެއްޓުމުން އަޔާނީ އޭނާއަށް ގޮވާލިއެވެ. ޖެހިލުންވެފަ ހުރި ކަހަލަ ގޮތަކަށެވެ. “ހުމްމް.. ކިހިނެއް ވީ ހާދަ ނޫން ގޮތަކަށް ތި ގޮވާލީ..” ނޫރީންވެސް އޯގާތެރިކަމާއެކު އަޔާނީއަށް ބަލައިލަމުން ބުނެލިއެވެ. އަޔާނީ އަފްރާއާއި ދިމާލަށް ބަލައިލިއެވެ. އަދި އަފްރާ ބޯ ޖަހާލުމުން އަނެއްކާވެސް ވާހަކަ ދައްކަން ތައްޔާރުވެލިއެވެ.

“ނޫރީން ދައްތާ.. އަ.. އަޅުގަނޑު ގެ ފޮތެއް އޮ.. އޮންނާނެ ޒި.. އެ ކޮޓަރީގަ.. އެ ބަލައި ދިޔަސް މައްސަލައެއް ނެތްތަ؟” އަޔާނި ނިކަން ޖެހިލުންވެފައި ހުރެ ސުވާލު ކޮށްލިއެވެ. ޒިވާގެ ނަން އޭނާގެ ދުލުން ބޭރެއް ނުވިއެވެ. އޭނާ ޒިވާގެ ކޮޓަރިއަށް އިނގިލި ދިއްކޮށްލީވެސް އެހެންވެއެވެ. އަޔާނީ އެހެން ބުނުމުން ނޫރީންއަށް ފުރަތަމަ ލިބުނީ ހިތާމަވެރިކަމެވެ. ނަމަވެސް ހަމަޔަކަށް އެޅިލަމުން އަޔާނީއަށް ބަލައިލައިފައި ހިނިތުންވެލުމަށްފަހު ބޯ ޖަހާލިއެވެ. އަޔާނީ ޒިވާގެ ކޮޓަރިއަށް ދިޔުމުން ނޫރީންއާއި އަފްރާ ވާހަކަ ދައްކާލަން ފެށިއެވެ.

ޒިވާގެ ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާ އެއްކޮށްވެސް ޒިވާގެ ހަނދާންތައް އައިސް އަޔާނީ ވަށާލައިފިއެވެ. ވިސްނި ވިސްނިހެން އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ވި އިތުރެވެ. މޭގައި އަތް އަޅާލުމަށްފަހު އިރުކޮޅެއް ވާންދެން އެއްތާކު މަޑުކޮށްލައިގެން ހުރީ ނަފްސު ހަމަޔަކަށް އަޅުވާލާށެވެ. އެހެން ހުރުމަށްފަހު އޭނާ މިސްރާބު ޖެހީ ޒިވާގެ ކިޔަވާ މޭޒުދޮށަށެވެ.

***

ރަސްފަންނާއި ދިމާލަށް ދިޔަ ޔައީޝްގެ ސިކުނޑީގައިވަނީ މުޅިންވެސް ޒިވާގެ ހަނދާންތަކެވެ. ދުރުވާން ކިތަންމެ ބޭނުން ނުވިޔަސް އުމުރު ދުވަހުވެސް އޭނާއަށް އެ ހަނދާންތަކާ ދުރުވެވޭނެ ކަމެއް ނޭނގެއެވެ. އޭނާ އެހެން ހުރެލައިފައި ނިކަން ރީއްޗަށް ބައެއްފަހަރު ހިނިވެސް އާދެއެވެ. އެކަނި ހިނގަމުން ދާ ފިރިހެން ކުއްޖެއް އެގޮތަށް ހިނި އަންނާތީ ބައެއްފަހަރަށް މީހުންވެސް ބަލައެވެ. ނަމަވެސް އެކަމަކަށް ޔައީޝްގެ އެއްވެސް ފަރުވާލެއް ނެތް ފަދައެވެ.

އޭނާއަށް އެދުވަސް ފަހުން ހަމަ ފާޑެއްގެ އިޙުސާސެއް ކުރެވެނިއެވެ. ޒިވާ މަރުނުވާކަމަށް އޭނާގެ ހިތްބުނަނީ ކީއްވެކަމެއް ނޭނގެއެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނަ އިރަށްވެސް އޭނާގެ ހިތަށް ވެރިވެގަންނަނީ އެ އިޙުސާސެވެ. ސިކުނޑި އެންމެ ވަރުގަދަޔަށް މަސައްކަތް ކުރަން ފަށަނީ އެ ޚިޔާލަށެވެ. މި ވަނީ ކީއްކަމެއް ނަގައިގަންނަށް ޔައީޝްއަށް ވަނީ ނުކުޅެދިފައެވެ.

ޒިވާ ދުނިޔެ ދޫކޮށް އެދިޔައީ އޭނާގެ ހިތުގައި އޮތް އެއްވެސް އެއްޗެއް އޭނާއާއި ޙިއްސާ ނުކޮށެވެ. ޒިވާ އޭނާއާއި ދޭތެރޭ ދެކޭ ގޮތް ޔައީޝް ހުންނަނީ ނުހަނު ދެކޭހިތުންނެވެ. ނަމަވެސް އެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ﷲ މަތިން ހަނދުމަ ކޮށްލަމުން އޭނަ ކޮންމެފަހަރު ހިތްވަރު ހޯދާ ދިރިއުޅުމައިގެން އަނެއްކާވެސް ކުރިޔަށް ފިޔަވަޅެއް ނަގަނީއެވެ. ޔައީޝްގެ ހިނގުން މަޑުކޮށްލީ އޭނާގެ މަންޒިލަށް ވާސިލް ވެވުމުންނެވެ.

ޔައީޝް ރަސްފަންނު ތެރެއަށް ވަދެގެން ދިޔަ އިރު އަޔާނިވެސް ދިޔައީ ޒިވާގެ ކިޔަވާ މޭޒާއި ކައިރިވަމުންނެވެ. އެކޮޓަރީގެ ކޮންމެ ދިމާލާކުންވެސް ފެންނަނީ ތަރުތީބު ކަމެވެ. ސާފުތާހިރު ކަމެވެ. މޭޒުމަތީގައި ބަރިއަކަށް ބާއްވާލައިފައި ދެތިން ފޮތެއް އޮތެވެ. އަޔާނީ އެތަނުގައި އޭނާގެ ފޮތް އޮތްތޯ ބަލަން އެންމެ މަތީގައި އޮތް ފޮތް ނެގިއެވެ. އެ ފޮތް ނެގިތަނުން ދެން އޮތީ އޭނާގެ ފޮތް ކަމުން ހިނިތުން ވެލުމަށްފަހު އަޔާނީ އެފޮތް ނަގަން އުޅުނެވެ. ނަމަވެސް އަޔާނިގެ ފޮތުގެ ސެލޯފިން ގަނޑުގައި އޭގެ ދަށަށް އޮތް ފޮތްވެސް އޮތީ ކުޑަކޮށް ތަތްލަވައިފަކަމުން އަޔާނީގެ ފޮތް ނެގި ގަޑި އޭގެ ދަށަށް އޮތް ފޮތްވެސް ވެއްޓުނެވެ. އެފޮތް ވެއްޓުނު ގޮތަށް އޮތީ ހުޅުވިއެވެ.

ޒިވާގެ ކޮޓަރީގެ އޭސީ ނިއްވާލައިފަ ހުރުމުން ކުޑަދޮރުތައް ވަނީ ހުޅުވާފައެވެ. އެ ދޮރުތަކުން ވަންނަމުންދިޔަ ވައިރޯޅިތަކަށް ކެތް ނުވެގެން ތިރިއަށް ދެންމެ ވެއްޓުނު ފޮތުގެ ގަނޑުތައްވެސް އުކެމުން ދިޔައެވެ. އަޔާނީއަށް ހުރެވުނީ އެފޮތުން ނަޒަރު ވަކިކޮށްލަން ނޭގިފައެވެ. އެހެން ހުރުމަށްފަހު އޭނާ ތިރިވެލީ އެފޮތް ނެގުމުގެ ބޭނުމުގައެވެ. ނަމަވެސް އެވަގުތު އޭނާއަށް އެފޮތުގެ ތެރެއިން ފެނުނީ ލިޔުންގަނޑެކެވެ. އޭނާގެ ނަމާއި ޔައީޝްގެ ނަންވެސް އެތަނުން ފެނުނު ހެން ހީވުމުން އަޔާނީ ރަނގަޅަށް އެފޮތަށް ނަޒަރު ހުއްޓާލިއެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ. ޙަޤީގަތުގައިވެސް އޭގައި އެމީހުންގެ ނަން ލިޔެފައި އެބަހުއްޓެވެ. އަޔާނީ އެހެން އިނދެ އެ ޕޭޖު އެއްކޮށް ކިޔާލިއެވެ. އެ ޕޭޖު ކިޔާލި ތަނާ ދެން އޮތް ޕޭޖުވެސް ކިޔާލާހިތްވިއެވެ. ނަމަވެސް މިހާރު ނޫރީންގެ ހުއްދައެއްނެތި އޭނާއަކަށް އެޔެއް ނުކިޔޭނެއެވެ.

އެފޮތް އަތަށް ނެގުމަށްފަހު ފޮތުގެ ބަނޑޭރިގަނޑަށް އޭނާގެ ނަޒަރު ހުއްތާލިއެވެ. އިހުގެ ފަރުމާއެއް ވި އެ ބަނޑޭރިގަނޑުގައި ވަނީ މަޑު މުށި ފާޑެއްގެ ކުލައެކެވެ. އަޔާނީ އޭނާގެ ފޮތާއިއެއްކޮށް އެފޮތް ހިފައިގެން ޒިވާގެ ކޮޓަރިން ނިކުތެވެ. “ނޫރީން ދައްތާ..” އެއިރު ކުޑަކޮށް ހެވިލައިފައި އިން ނޫރީން ފެނިފަ އަޔާނީއަށްވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. “ހެޔޮތަ އަޅުގަނޑު މިފޮތް ގެންދިޔަޔަސް؟ ޒިވްގެ ފޮތެއް މީ.. ކިޔާލަން ވެގެން..” އަޔާނީ މަޑުމައިތިރި ކަމާއެކު އޭނާގެ އަތުގައި އޮތް ފޮތް ނޫރީންއަށް ދައްކާލަމުން ސުވާލުކޮށްލިއެވެ.

“އާނ.. މައްސަލައެއް ނެތް.. ޒިވްގެ ފޮތްތައް ތިކުދިން ކިޔާލަން ބޭނުމިއްޔާ ކިޔަން ގެންދަންވީ ހަމަ.. އެއްވެސް މައްސަލައެއް ނެތް.. އެކަމަކު އަނބުރާ ގެންނަން ވާނެ.. އިނގޭ..” ނޫރީން އޭނާގެ ޝަރުތު އިއްވާލުމަށްފަހު އަޔާނީއަށް އެފޮތް ގެންދިޔުމުގެ ހުއްދަ ދިނެވެ. އަޔާނިގެ ތުންފަތުގައިވި ހިނިތުންވުން އެވަގުތު ފުންވެގެން ދިޔައެވެ.

ގެޔަށް ދިޔަ ގޮތަށް ގޮސް އަޔާނީ އަވަހަށް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. މިވަގުތު އޭނާއަށް ކޮއްކޮގެ އެއްވެސް އުނދަގުލެއްވެސް ފޯރާކަށް ބޭނުމެއް ނޫނެވެ. އެއްޗެހިވެސް ބަދަލުނުކޮށް އަޔާނީގޮސް އެނދުގައި ބަންޑުން އޮށޯވެލިއެވެ. އެއަށްފަހު އެ ފޮތް ހުޅުވާލިއެވެ. ފުރަތަމަ ގަނޑުގައިވެސް ވަނީ ޒިވާ ނެތް ދުވަހެއްގައި އެ ފޮތް އަޔާނީ އަދި މައިހާއާއި ހަވާލުކޮށްދިނުމަށް އެދިފައެވެ. އެ ކުޑަކުޑަ ބަސްކޮޅުންވެސް އަޔާނީގެ ހިތުގައި ރިއްސާލިއެވެ.

އޭނާ އެފޮތް ކިޔަމުން ދިޔަ ވަރަކަށް އެނގުނީ އެއީ ޒިވާގެ ޑައިރީ ކަމެވެ. ކުޑައިރުއްސުރެ ހިނގި މަޖާ ކަންތައް އެފޮތުގައި ވިއެވެ. ނަމަވެސް އަޔާނީގެ ލޮލުގައި އަޅައިގަތީ އެކަމެއް ނޫނެވެ. ކުޑައިރުވެސް ޒިވާއަށް ޔައީޝް ކަމުދާ ވާހަކަ އޮތުމުންނެވެ. އެ ހުރިހާ ދުވަހު ޒިވާ އެކަންތައް ފޮރުވި ފޮރުވުން ހިތަށް އަރާ އަޔާނީ ޒިވާއަށް ތައުރީފް ކޮށްލިއެވެ.

ފަހުންވެސް ލިޔެފަ ހުރި ކޮންމެ ބައެއްގައިވެސް ޔައީޝްގެ ވާހަކަ އައިސް ހުއްޓެވެ. އޭނާގެ މަޖާ ވާހަކައާއި ކަންކަމެވެ. އެންމެ ފަހުގެ ބައި ތަކުގައި ހުރީ ރައިފާ އޭނާއަށް ކަންތައް ކުރި ގޮތާއި އެއްޗިއްސެވެ. އެބައި ކިޔައިފައި މިޔޮށް ހުރިހާއިރު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އަޔާނީގެ ލޮލުން ފައިބައިގަތީ މިނިވަން ކަމާއެކީއެވެ. އޭނާގެ އެކުވެރިޔާގެ ހިތްވަރަށް ސާބަސްދޭހާވެއެވެ. އެޙާލު އޭނާއަށް ޖައްސާއިރުވެސް އެންމެ ފަހަރަކުނަމަވެސް ޒިވާ އެމީހުންނާއި ދިމާލަށް ބާރަށް އެއްޗެއް ބުނެފައި ނުވެއެވެ. ލިމްޔާ އާއި ލަމާންގެ ވާހަކަ އޭނާއަށް އިނގުނީ އެހިސާބުންނެވެ. އަޔާނީގެ ޝައުޤުވެރިކަން އިހުނައްވުރެ އިތުރުވިއެވެ.

އޭނާ ކިޔަމުން ދިޔަ ވަރަކަށް ލިމްޔާ އާއި ލަމާންއާއި ދޭތެރޭ ނަފްރަތުގެ އަލިފާންގަނޑު ބޮޑުވަމުން ދިޔައެވެ. އެމީހުން ޒިވާއަށް ޖެއްސުން ކުރަމުން ދިޔައިރު އޭނާ ގާތު ޒިވާ އެވާހަކަތައް ކިޔައި ނުދިނީ ކީއްވެބާވައެވެ؟ އެންމެ ފަހަކަށް ޒިވާ ބުނެފަ އިނީ އޭނާގެ ފަރާތުން އެއްވެސް މީހަކަށް އުނދަގުލެއް ވާން ނޭދޭ ކަމަށެވެ. އަދި އޭނާ އާއި ދޭތެރޭ ހަސަދަވެރިވާ މީހުންނަށް އޭނާ މާފަށް އެދިފައި ވެއެވެ. “ވަރަށް ވަރަށް ބޮޑަށް މާފަށް އެދެން ޒިވް އާއި ދޭތެރޭ ހަސަދަވެރިވާ އެންމެންގެ ފަރާތުންވެސް.. އެކަމަކު އެކަންކަމަކީ މާތް ﷲ ޒިވްއަށް ދެއްވާފައިވާ ހުނަރު.. އެކަން ތަރައްޤީ ކުރުން އެކަނި ޒިވް ކުރި ކަމަކަށް އޮންނާނި.. ޙަސަދައަކީ އިންސާނާ ނެތިކޮށްލާ އެއްޗެއް.. އޭގެން އިންސާނާއަށް ވާނެ އެއްވެސް ފައިދާއެއް ނޮންނާނެ.. ވަގުތީ އުފަލެއް މެނުވީ.. ދުނިޔޭގެ އުފަލަކި އާޚިރަތިގެ ހިތާމަ.. ޒިވް އެދެން އެއްވެސް ކުއްޖަކު އަނެކާއަށް ޙަސަދަލައިގެން ނޫޅުމަށް.. އެކުއްޖަކު އަމިއްލައަށް އެކުއްޖެއްގެ ހުނަރު ތަރައްޤީ ކުރަން ވާނެ.. އެކަމަކު އަނެއްކާއަށް ޙަސަދަ ނުލައި.. އެއިރުން މައްސަލައެއް ނުއުފެދޭނެ.. އެއްވެސް މީހަކާއި ދޭތެރޭ ހިތުގައި ބުރަކަމެއް ނެތް ޒިވްގެ..” ޒިވާ ބުނެފައި ވެއެވެ. ކަރުނައިގެ ތެރެއިންވެސް އަޔާނީއަށް ހިނިތުން ވެލެވުނެވެ.

ލިމްޔާ، ލަމާން އަދި ރައިފާގެ ވާހަކަ ދެއްކި އިރުވެސް އެއްވެސް ފަހަރަކު ޒިވާ އެމީހުންނާއި ދިމާލަށް އެއްޗެހި ކިޔައިފައި ނުވެއެވެ. ބަދަލުގައި އެމީހުންނަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުޢާ ކޮށްފައި ވެއެވެ. އަޔާނި އޮތް ތަނުން ހަށިގަނޑު ހިއްލާލެވުނީ އެފޮތް އެއްކޮށް ކިޔާ ނިމުމުންނެވެ. ފޯނު ނަގައި ގަޑި ބަލައިލި ވަގުތު އޭނާ ދިޔައި ސިއްސައިގެންނެވެ. މިހާރު އެޔޮށް އަށްގަޑި ބައިވަނީއެވެ. އޭނާ އެފޮތް ކިޔަން އޮށޯތް އިރު އުޅޭނީ އަދި ހަތަރުގަނޑި ބައި ވާށެވެ. ކޮންމެޔަކަށް ނަމާދުމަތިން ހަނދާންވުމުން ބިރުންހުރެ ފާޚާނާއާއި ދިމަލަށް ދުއްވައިގަތީ ބާރަކަށެވެ.

“ހެލޯ މައި.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބޮތް.. އެކަމަކު މިގޮތަކަށް ނޫން.. މާދަން ހަވީރު ރަސްރަނި ބަގީޗާއަށް ދާނީ.. ހަތަރުގަޑި ބައިގަ ރެޑީ ވާތި..” އަޔާނި ނަމާދުކޮށް ނިންމުމަށްފަހު އައިސް މައިހާ އަށް ގުޅާލުމަށްފަހު ކަންތައް ހަމަޖައްސާލިއެވެ.

އާ ދުވަހަކަށް އިރުއަރައިގެން އައީ މައިހާ އާއި އަޔާނީގެ ހިތްވެސް ތަޅުވާލައިފައެވެ. ދެމީހުން ކެތްތެރިކަމާއެކީ އިންތިޒާރު ކުރަމުން ދިޔައީ އެއްވަގުތަކަށެވެ.

ހަތަރެއް ޖެހި އިރު އަޔާނީ ހުރީ ނަމާދުކޮށް ތައްޔާރު ވެލައިގެންނެވެ. އޭނާ ކޮޓަރިން ނިކުމެފަ ސޯފާގައި އިށީންދެލީ އަދި ގަޑިޖެހެން ވަގުތު އޮތުމުންނެވެ. އެއިރު އޭނާ ގެންގުޅޭ ބެކްޕެކް ގާތުގައި ބާއްވަލައިފައި އޮތެވެ. “ދޮންތަ ކޮންތާކަށް ދާން ހާދަ ރެޑީވެގެން..” ފޯނަށް އެއްކޮށް ހުސްވެގެން އިން އަޔާނީ ސިހުނީ ނުހަނު ގާތުން އޭނާގެ ކޮއްކޮ އަމާންގެ އަޑު އިވުމުންނެވެ. އަމާން އޭނާއަށްވުރެ ހަގީ އެއްއަހަރެވެ. ނަމަވެސް އޭނާއަށްވުރެ އަމާން ދިގުކަމުން ހީވަނީ އަމާންއަކީ އޭނާގެ ދޮންބެ ހެންނެވެ.

އަމާން އަޔާނީގެ ބެކްޕެކް ނަގާ އެތެރެ ބަލަން އުޅުނެވެ. “ހިތަށްވެސް ނާރުވަތި..” އަޔާނީ އޭނަގެ އަތުން އެ ބެކްޕެކް އަތުލަމުން އުނގަނޑުގައި ދެއަތް ވިއްދާލަމުން ބުނެލިއެވެ. އަމާންވެސް މަޖާވެލައިފައި އަޔާނީއަށް ޖެއްސުން ކޮށްލުމަށްފަހު އަނބުރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“ބޮޑު ކަމެއް މި އަމާނަކާ ހެދި.. ދުވަހަކު އެއްޗެއް ސިއްރުން ގެންގުޅެން ދަތިވާވަރު ކުރާނެ.. މީހާއަށްވުރެ ދެއަތް ދިގުވިއްޔަ..” އަޔާނީ އޭނާގެ ބެކްޕެކްގެ ޒިބު ދަމާލަން ހުރެ އެކަނި މާއެކަނި އަމާންއަށް ކުދި ކިޔަމުން ދިޔައެވެ. “ދަރިފުޅު ކޮންކަމަކާ ހާދަ ހިތްހަމަ ނުޖެހިގެން؟” އަފްރާ އޭނާގެ ކޮތަރިން ނިކުންނަމުން އަޔާނީގެ މޫނުމަތި ފެނި ސުވާލު ކޮށްލިއެވެ. “އަމާން ޖެއްސުން ކުރީ.. މަންމާ އޯކޭ ދޯ މައި އާ އެއްކޮށް ތާކަށް ގޮސްލިއަސް.. ރަސްރަނި ބަގިޗާއަށް ޔާނީމެން ދަނި..” އަޔާނި އޭނާގެ މަންމައަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އަދި އަފްރާ ހުއްދަ ދިނުމުން ގަޑި ބަލައިލުމަށްފަހު އަޔާނީ ތިރިއަށް ފޭބިއެވެ.

އެއިރު މައިހާ އެގެއާއި ދިމާލަށް އަންނަނީއެވެ. “ހިނގާ ދަމާ..” އަޔާނި އޭނާގެ ދަބަސް ރީއްޗަށް އަޅުވާލަމުން ބުނެލިއެވެ.

“މިޔޮތީ ޒިވް.. ޒިވްގެ ޑައިރީ..” އަޔާނީއާއި މައިހާ ތިބި ރަސްރަނި ބަގިޗާގެ ބެންޗެއްގައެވެ. އަޔާނީ އޭނަގެ ދަބަހުން ޒިވާގެ ފޮތް ނެގުމަށްފަހު މައިހާއަށް ދިއްކޮށްލިއެވެ. “މީގަ އެބަހުރި ހުރިހާ ވާހަކައެއް.. ލިމްޔާ އާއި ލަމާން ވެސް ޒިވްއަށް ޖެއްސުން ކުރި..” މައިހާ އިނީ ހައިރާން ވެފައެވެ. “ކީއްވެ ޒިވް ނުބުނީ އަހަރެމެން ގާތު…” މައިހާ ސުވާލު ކޮށްލުމުން އަޔާނީ އޭނާގެ އަތުން އެފޮތް އަތުލުމަށްފަހު އޭގަ ޒިވާ އެންމެ ފަހަށް ލިޔެފަ އިން ލިޔުންކޮޅު ދައްކާލިއެވެ. އެވަގުތު މައިހާގެ ލޮލުން ނީރާލި ކަރުނަތިކި ގޮސް އެ ފޮތުގެ ގަނޑުތެރެއަށް ފޭދިގެން ދިޔައެވެ.

އަޔާނީ އެފޮތުގަ ހުރި ހުރިހާ އެއްޗެއް ޚުލާސާކޮށްލައިފައި މައިހާއަށް ކިޔާލަދިނެވެ. “ޔާނީއަށް ހިވަނީ ޔައީޝްއަށް މިފޮތް ކިޔާލަން ދޭންވީހެން…” އަޔާނީ އެހެން އިނުމަށްފަހު ބުނެލިއެވެ. އަދި މައިހާވެސް އޭނާއާއި އެއްބައި ވެލުމުގެ ގޮތުން ބޯ ޖަހާލީއެވެ. ދެމިހުން މަޝްވަރާ ކުރުމަށްފަހު ނިންމީ ވީހާވެސް އަވަހަކަށް ޔައީޝްއަށް އެފޮތް ދިނުމަށެވެ.

“ހެލޯ ޔައީޝް.. ބިޒީ ތަ؟” އަޔާނި ޔައީޝްއަށް ގުޅުމަށްފަހު ލައުޑް ސްޕީކަރ އަށް ލައިގެން އިނދެ ވާހަކަ ދެއްކިއެވެ. އަދި ޔައީޝް ބިޒީ ނޫން ވާހަކަ ބުނުމުން އެތަނަށް އައިސްދިނުމަށްއެދުނެވެ.

ފަނަރަ ވަރަކަށް މިނެޓު ފަހުން ޔައީޝް ރަސްރަނި ބަގީޗާއަށް ދިޔައެވެ. އެތެރެއަށް ވަނުމަށްފަހު ހިނގަމުން އޭނާ ދިޔައީ އެތަން މިތަނަށް ކަޅި ހިންގަމުންނެވެ. އަޔާނީމެން ފެނޭތޯއެވެ. އޭނާ އެއްތާ މަޑުކޮށްލައިގެން ހުއްޓާ ކުއްޖަކު ހަނާ އަޅާހެން ހީވެގެން ބަލައިލިއިރު އަޔާނީއެވެ. އޭނާ އަވަހަށް އެދިމާލަށް ދިޔައީ ހިނިތުން ވެލައިގެން ހުރެއެވެ.

“އަން.. މި ކިޔާލާތި..” ޔައީޝް އެތަނަށް އައިސް ހުއްޓުނު ތަނުން އަޔާނި އޭނާއަށް ދިއްކޮށްލީ ފޮތެކެވެ. އިހުގެ ފަރުމާއަކަށް އޮތް ފޮތެކެވެ. މިއީ ކީއްކުރާ އެއްޗެއް ބާވައޭ އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް އިތުރު ސުވާލުތަކެއް ނުކުރީ އެމީހުން އޭނާއަށް އެފޮތް ދޭނީވެސް ކޮންމެވެސް ބޭނުމެއްގައި ކަން އިނގޭތީއެވެ. އެކުދިންނާއެކީ އިރުކޮޅެއްވާންދެން ވާހަކަ ދައްކާލަން ތިބުމަށްފަހު އެންމެން ޕާކުން ނިކުތީ އިރުއޮއްސެންވެސް ގާތް ވާތީއެވެ.

ޔައީޝް ގެއަށް ދިޔަ ގޮތަށް ގޮސް ކިޔަވާ މޭޒުމަތިގައި އެފޮތް ބާއްވާލީ ނަމާދުކޮށްގެން އައިސް އެފޮތް ކިޔާލުމުގެ ބޭނުމުގައެވެ.

މަޣްރިބް ނަމާދުކޮށްގެން އައި ޔައީޝް ކޮޓަރިއާށް ވަތް ތަނުން އަޔާނީ ހަވާލުކުރި ފޮތުގެ މަތިން ހަނދާން ވިއެވެ. ދެން އޭނާ އަވަސްވެގަތީ އެފޮތުގެ އެތެރޭގައި ހުރި އެއްޗެއް ކިޔާލުމަށެވެ. ގޮނޑީގައި އިށީނދެ ހަމަޖެހިލުމަށްފަހު ނިކަން ފުން ނޭވާއެއް ޔައީޝް ދޫކޮށްލިއެވެ. އަދި ފޮތް ހުޅުވާލިއެވެ. އެވަގުތުވެސް ފެނުނީ އަޔާނީ އަދި މައިހާއަށް އެފޮތް ޙަވާލުކޮށްދިނުމަށް އެދި ޒިވާ ލިޔެފައިވާ ލިޔުންކޮޅެކެވެ. އެއީ ޒިވާގެ ފޮތެއްކަން އެނގުނު ހިނދު ޔައީޝްގެ ހިތް ތެޅެން ފެށީ ގާތުގައި މީހެއް ހުރި ނަމަ އެމީހަކަށްވެސް އިވޭނެހާ ބާރަށެވެ. ދެއަތްވެސް ފިނިވާން ފެށިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ފޮތް ކިޔަން ފެށިއެވެ. އޭނާ ދިޔައީ ހައިރާން ވަމުންނެވެ. ޒިވާވެސް ކުޑައިރުއްސުރެ އޭނާ ކަމުދާކަން އަދި އެ އިނގުނީއެވެ. ހައިރާން ނުވާންވީ ކީއްވެހެއްޔެވެ؟

އޭނާއަށްވެސް ވީ ހަމަ އަޔާނީމެންނަށް ވި ވަރެވެ. ލިމްޔާއާއި ލަމާން އާއި ދޭތެރޭ ހިތުގައި ނަފްރަތު އުފެދުނެވެ. ނަމަވެސް ޒިވާ އެންމެ ފަހުން ލިޔެފައިވީ ލިޔުންކޮޅު ކިޔުމުން އޭނާގެ ހިތްވެސް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ޒިވާ ވަނީ އެކުދިންނަށް މާފުދީފައެވެ. އަދި އޭނާގެ ހިތުގައި އެމީހުންނަށްޓަކައި އެއްވެސް ބުރަކަމެއް ނެތް ވާހަކަ ބުނެފައި ވިއެވެ. ވިއިރު ޔައީޝްއަކަށް އެމީހުންނަށް ނަފްރަތު ކުރުމުގެ އެއްވެސް ބާރެއް ލިބިގެން ނުވެއެވެ. އޭނާ ހިތި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. ޒިވާއަކީ ކިހާ ރަނގަޅު ކުއްޖެއް ހެއްޔެވެ؟ އޭނާއަށް ހިތާހިތުން ޒިވާއަށްތަކައި ހެޔޮ ދުޢާ ކޮށްލެވުނެވެ. އެވަގުތު ނަމާދު މަތިން ހަނދާންވެ ތެޅިގަނެވުނެވެ. ޖަމާޢަތް ކެޓީއެވެ. ޔަންހާވެސް މިއުދު އޭނާއަށް ނުގޮވި ވިއްޔާއެވެ.

ޔައިޝް ކޮޓަރިން ނިކުތް އިރު ޔަންހާއާއި ނައިޝަމް އަދި ނަވާރް ކާމޭޒުކައިރީ ޙަރާކާތްތެރިވެއެވެ. “ދޮންތަ ޔައި އަށް ނުވެސް ގޮވާ.. ޖަމާޢަތަށް ނުވެސް ދެވުނު.. ދޮންތަބޭވެސް ވާ ރަނގަޅު..” ޔައީޝް ދެއަތް ޖީބަށް ޖަހާލަމުން ޔަންހާ އާއި ނައިޗަމް އަށް ބުނެލިއެވެ. “ސުބުޙާނައްﷲ.. ތިހެން ބުނަން ހެޔޮ ނުވާނެ.. ނަވޫ އަޅެ މަންމި ކުޑޭ ކޮޓަރީގަ ޓަކި ޖެހީމެއް ނޫންތަ؟” ޔަންހާ އޭނާގެ ކުށެއް ނެތްކަން ސާބިތުކުރުމަށްޓަކައި ނަވާރް ގާތު ސުވާލު ކުރިއެވެ. “ލައްބަ.. ކުވޭ ކޮޓަރީގަ މަންމި ބައިވަރު ފަހަރު ނޮކް ކުރި.. ކުވޭ އެކަމް ދޮރު ނުހުޅުވާ..” ނަވާރް މައުސޫމްކަމާއެކު ބުނެލިއެވެ. މައްސަލައިގެ ޝަރީޢަތް ނިމުނު އިރު ހުރިހާކަމެއް އެޅުނީ ޔައީޝްގެ ބޮލުގައެވެ. އޭނާ އެންމެފަހުން ބޯ ކަހާލަމުން ގެއިން ނިކުތީ މިދަނީ މިސްކިތަށް ކަމަށް ބުނެއެވެ.

ޔައީޝް ނަމާދުކޮށްގެން އައި އިރު ޔަންހާމެން ސޯފާގައި ތިއްބެވެ. “ޔެސް.. ކުވޭ އައީ.. މަންމީ ހިނގާ ދެން.. ކޮކީ ބަނޑުހައި..” ޔައިޝް އައުމުން ނަވާރް ސޯފާއިން ފުންމައިގެން ތެދުވެ ކާމޭޒުކައިރިއަށް މިސްރާބު ޖެހިއެވެ. އެންމެންނަށްވެސް ނަވާރްގެ އެ ޢަމަލުން ހިނި އާދެވުނެވެ. ކެއުމައިގެން ދިޔަ އިރު ދޭތެރެ ދޭތެރެއިން ނައިޝަމް އިންނަނީ ޚިޔާލަކަށް ގެއްލިފައެވެ. ޔަންހާއަށް އޭނާ އެ ވިސްނަނީ ޒިވާއާއި ދޭތެރޭކަން އިނގޭތިވެ ނައިޝަމް ގެ އަތް މަތީ އޭނާގެ އަތް ބާއްވާލުމަށްފަހު ދެލޯ މަރާލައި ބޯ ޖަހާލައެވެ. އެއިރަށް އަނެއްކާވެސް އޭނާ ކާން ފަށައެވެ.

ދުވަސްތައް އެގޮތުގައި ހަލުވި ކަމާއެކު ފާއިތުވަމުން ދެއެވެ. އެންމެންވެސް އެމީހުންގެ ދިރިއުޅުމައިގެން އަލުން ކުރިއަށް ދެވޭތޯ ބެލިއެވެ. ދިރިއުޅުމުގައި އާ ހަރުފަތްތައް ގިރާކުރަމުން ދިޔައި ފޯރީގައެވެ. ނަމަވެސް އެއްބަޔަކު އަދިވެސް އުޅެމުން ދިޔައީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެކަމުން މިންޖުވޭތޯ އެމީހުން އެތަކެއް މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް އަދި ކާމިޔާބުވާގޮތް ހަމަ ނުވަނީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (38)

Next

ހައިރާ?(ފަސްވަނަބައި)

Next
June 5, 2018

ހައިރާ?(ފަސްވަނަބައި)

Previews
June 3, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (38)

80 Comments!

  1. Hello says:
    June 4, 2018 at 3:16 pm

    Yayyy. I’m first dho.????❤️

    1. noor says:
      June 5, 2018 at 1:33 pm

      yess dear.. congrats dear.. 🙂

  2. Anonymous says:
    June 4, 2018 at 3:16 pm

    I am first dhw . Cant belive ziv is dead????

    1. noor says:
      June 4, 2018 at 3:17 pm

      yess dear fisrt.. 🙂 🙁 hingaaba dhw dhn vaagotheh balamaa..

    2. noor says:
      June 4, 2018 at 3:18 pm

      and, congrats dear.. 🙂

  3. noor says:
    June 4, 2018 at 3:17 pm

    salaam dear readers.. 🙂 al’hamdulillaah! miothy mi vaahakaige 18 vana episode kiyuntherynnaa hamayah aissa.. vrh vrh vrh bodah maafah edhen mi part lahun up kurevunyma.. evves readers eh noor ge mahchah hiyy baru nukuraane kamah ummeedhu kuran.. 🙂 lahun up kureveythyve noor miothy mi part dhigukolladhyfa.. ummeedhu kuran hurihaa readers ah ves mi part kamudhaane kamah.. 🙂

  4. hajam says:
    June 4, 2018 at 3:29 pm

    Mi vaahakai ge bathalaa akee zivaa but zivaa maru v bathalaa maru v ma ehaa ai noon

    1. noor says:
      June 4, 2018 at 3:46 pm

      yess.. vrh rangalhu vaahakaeh dear thi bunely.. 🙂 hingaaba dhw dhn vaa gotheh balamaa.. 🙂

  5. Yanaa says:
    June 4, 2018 at 3:34 pm

    Alhey noon zivaa ah kihineh thi hedhee….???and mi part kiyaa fa rovunu…???
    Anyways vaahaka hama obines to the mes❤❤

    1. noor says:
      June 4, 2018 at 3:47 pm

      alhey dear.. hingaabala dhw dhn vaa gotheh balamaa.. 🙂 asluvestha? jazakillah khairan dear.. 🙂

  6. Nunnu says:
    June 4, 2018 at 3:39 pm

    Noor ge mahchah nunnu ge hiy hama saafu
    And masha Allah Vv reethi MI part ves
    I can’t belive she isdead heevanee adhives marunuvaahen hama
    Ekam keekuraanee
    Next part maadhan dho
    Hama rovije MI part kiyaafa

    1. noor says:
      June 4, 2018 at 3:49 pm

      al’hamdhulillaah! jazakillah khairan dear.. 🙂 in sha allah maadhan.. 🙂 alhey… jazakillah khairan dear, konme faharaku ehaa supportive comments kollaathyve.. noor mi balany mi story veehaaves shauquverigothakah gendheveytho.. hingaaba dhw dhn vaagotheh balamaa.. 🙂

  7. eekko says:
    June 4, 2018 at 3:47 pm

    zivaa hama aslukon maruvytha….so sad 🙁

    1. noor says:
      June 4, 2018 at 3:50 pm

      hingaaba dhw vaagotheh balamaa.. 🙂

  8. Eenash says:
    June 4, 2018 at 4:05 pm

    Salaam noor. Ma sha Allah vaahaka varah varah reethi.. varah kamudhey …❤????..varah asaru gadha thankolhuthahvess dhiya.. lolun karunaves hilunu..??
    ..????

  9. Hello says:
    June 4, 2018 at 4:06 pm

    Masha Allah this story is wonderful ❤️❤️? alhey ziv?? ziv marunuvey dho??? Vedhaane Raifa ge plan akah ves dho! Vvvv dhera vejje. Please upload the part avahah inge????☺️???

    1. noor says:
      June 5, 2018 at 1:36 pm

      jazakillah khairan dear.. 🙂 hingaaba dhw balailan dhn vaa gotheh.. 🙂 in sha allah miadhu konmeves vaguthehga ebai up vaane kamah noor mi balany.. 🙂

  10. Eenash says:
    June 4, 2018 at 4:19 pm

    Adhi eenash ah alhaigayeh thankolheh bunelaa nan ? “ehen kamun eyna genes ea meythereygai bondikohly yanhaa eynaage himaayathah eadhi eadhi hurumuneave.” Mithaaga eynagea himaayathey othyma kudakoh alhaiganey.. eayee evaguthu himaayatheh noonehnun beynunvaany..dhw.. evaguthu beynunvaany hihvareh nun alhalumeh nun dhw… mee eanash ah vissnunu goeh.. dhn noor ah mee thedhehkamah gabool kurevennyaa dhn faharakun rangalhukohlahchea.?

    1. noor says:
      June 4, 2018 at 5:59 pm

      salaam dear.. 🙂 jazakillah khairan dear.. asluvestha? 🙂 ok, vrh ufaavehje thigothah ranaglhu kollan v thanthankolhu dear mn faahaga kolladheythyve.. 🙂 hehehehe.. aan yess.. hehe.. hmm.. dear thibunedhiny rangalhah.. 🙂 noor ah eyothy bunai koh liyevifa.. hehe.. 🙂 Eanash dear thibuny aslu rangalhah.. noor qabool kuran.. 🙂 in sha allah dhn fahaakun rangalhu kureveytho try kuraanan ingey.. 🙂

  11. lotus says:
    June 4, 2018 at 4:21 pm

    So emotional.. hama rovijje.. pls pls pls tel me the grl who died is not zeev.. story ge main grl is realy dead ??? anyways, keep up yo gud wrk dear

    1. noor says:
      June 4, 2018 at 6:00 pm

      alhey dear… 🙂 mivaguthu noor ah vaki javaabeh dheykah hama neynge.. hehe.. hingaaba dhw balamaa dhn vaagotheh.. jazakillah khairan dear.. 🙂

  12. No name says:
    June 4, 2018 at 4:38 pm

    Aslu mareh nuvey dhw I can’t believe
    Maraanulaa coma ehga beyhvin
    I mean more better dhw
    ??????????

    1. noor says:
      June 4, 2018 at 6:01 pm

      🙂 hingaaba dhw balamaa dhn vaagotheh.. 🙂

    2. Nahoo says:
      June 4, 2018 at 7:17 pm

      Dhw

  13. Anonymous says:
    June 4, 2018 at 5:32 pm

    Mi vaahaka nimen ulheny tha?

    1. noor says:
      June 4, 2018 at 6:02 pm

      ins aha allah, adhi noon.. 🙂

  14. malaak says:
    June 4, 2018 at 5:35 pm

    this story is so relatable to my life… ziv gothah my sister even…but varah reethi .keep it up noor!

    1. noor says:
      June 4, 2018 at 6:04 pm

      oh, asluvestha? noor akah neyngey thikameh dear.. hama aslugaves.. kurin ves ehn reader eh ves hama kuri thikahala comment eh.. ekam miee hama noor amilla amilla ah hadhaigen liyaa vaahaka eh.. hehe.. ihthifaagun miothy dhimaavefa dhw.. 🙂 jazakillah khairan dear.. 🙂

  15. maul says:
    June 4, 2018 at 6:05 pm

    nooooooooooooooooooooooooooooooo why her i was not ready or that noooooooooooooooooooooooooooooooooooooooooooo dhen zeeeeeeeeeeeeeeeeeeeeeev

    1. noor says:
      June 5, 2018 at 1:33 pm

      alhey dear..

  16. ira says:
    June 4, 2018 at 6:44 pm

    vvvvvvv reethi …….. wait for next……..keep it up noor sis…

    1. noor says:
      June 4, 2018 at 9:55 pm

      jazakillah khairan ira dear.. 🙂 jazakillah khairan for the support, dear.. 🙂

  17. Zaa says:
    June 4, 2018 at 7:35 pm

    Aslu ziv eh noon dhw maruvy… Eba innehnu moonu Chis vefa in vaahaka.. So yagyneh nuvaane ehnu… Zaa vrh hope kuran ziv adhi annrnne kamah…story vrh reethi. … Ma Sha Allah

    1. noor says:
      June 4, 2018 at 9:56 pm

      hehe.. 🙂 hingaabala dhw dhn vaa gotheh balailan.. 🙂 jazakillah khaira dear.. 🙂

  18. unique says:
    June 4, 2018 at 7:51 pm

    vv reethi vvv dhera unexpected gothakah ziv maruvy vvv dhera vejje heevany real hen vv emotional mi vaahaka kiyan iniru just love it….. i think ziv adhi maru nuvaahen iraadha kurevviyyaa that wasnt ziv who died moonu aslu neyge ehnu ehaa ragalhakah dhw i soo hope it…… anyways thanks noor for the advice u gave

    1. noor says:
      June 4, 2018 at 10:58 pm

      jazakillah kahiran dear.. 🙂 hehe.. hingaabala dhw balailan dhn vaagotheh.. 🙂 marhabaa, btw you don’t really have to thank me.. 🙂

  19. ? says:
    June 4, 2018 at 7:54 pm

    Innaa lillaahi vainnaa ilaihi raajioon! Story is becoming interesting part by part…..u are a star noor dear….wen nxt part???? PLS UPLOAD IT AS SOON AS POSSIBLE ??????????????????

    1. noor says:
      June 4, 2018 at 10:59 pm

      🙂 aww.. jazakillah khairan dear.. 🙂 vrh vrh vrh vrh ufaavehje aslu.. dear thihaa supportive v ma.. 🙂 in sha allah.. hehe.. 🙂

  20. Shann says:
    June 4, 2018 at 8:27 pm

    Alhey noor kyhve ziv ah ehen thihedhy… Mulhin shock ga mihury adhives… Ehves varakah heenukuraa gothakah story midhiyaee… Dhen anehka kihinehbaa vaany… Khonmes ziv maraali kudhin dhookoh nulaathi igey… Emeehunnah vaane rangalhah adhabu dheyn… V rythi n v thafaathu story eh mee

    1. noor says:
      June 4, 2018 at 11:01 pm

      alhey dear.. asluvestha? hingaaba dhw dhn vaagotheh balailan.. 🙂 hehe.. vrh vrh vrh vrh ufaavehje dear thihen bunely.. jazakillah khairan Shann dear.. 🙂

  21. Eekko says:
    June 4, 2018 at 8:37 pm

    ziv aslu maru vaane kamah aharen uneedhu ay nukuran. so sad that she is dead. konmegothe viyas mi vaahaka ninmaalaairu ziv ah isaaf hodha dheyn vaane. btw mi part v.reethi .waitting for the next episode.

    1. noor says:
      June 4, 2018 at 11:02 pm

      alhey.. ehntha dear? hingaibala dhw dhn vaagotheh balailan.. eyrahthaa dhw ingeynee vaagotheh.. 🙂 jazakillah khairan dear.. 🙂

  22. Mixuhan says:
    June 4, 2018 at 8:54 pm

    Eoh support kh kiyamun aa vaahaka kiyan mulhin foohi vehje zivaa maru v ma..Aslu vaahakaiga bathalaa maru v ma vaahakaige reethikan grhlihje mulhin..vaahaka kiyan huri interest vx gohsi mulhin…hiyeii nukuran zivaa maraa laane kamah…zivaa nethiyyaa vaahakaige furihama kameii nuhunnaane???

    1. noor says:
      June 4, 2018 at 11:04 pm

      alhey asluvestha dear? 🙁 dhn vaagotheh balamaa.. ingidhaanethaa dhw vaagotheh.. 🙂

  23. Mate says:
    June 4, 2018 at 9:01 pm

    Wowwwww…..varah reethi ….when next part????????

    1. noor says:
      June 4, 2018 at 11:04 pm

      jazakillah khairan Mate dear.. 🙂 in sha allah maadhan.. 🙂

  24. Mal says:
    June 4, 2018 at 9:10 pm

    ?? bunaane ehcheh neii… Varah furihama… Ziv Mary v ma haadha dheraeyy…??

    1. noor says:
      June 4, 2018 at 11:05 pm

      jazakillah khairan dear.. 🙂 alhey.. noor ves vrh dhera vi. 🙁

  25. Ifoo ifoo says:
    June 4, 2018 at 9:24 pm

    Noor ❤️❤️❤️?????????… Mi part vx Maasha Allah v v v reethi ❤️❤️❤️?????????… I just love your story ❤️❤️❤️???… Hurihaa parteh vx v v v v reethi ❤️❤️❤️????????????… Story hama v v v interesting ❤️❤️❤️???… Comment nukurevunas hurihaa parteh vx kiyan ???… This is one of my favourite story now ❤️❤️❤️… Keep up the good work noor ??????… This part was so emotional ???… I was abt to cry ???… Hehe… Waiting for next part…

    1. noor says:
      June 5, 2018 at 1:39 pm

      maa sha allah.. haadha colorful comment ekey dear.. 🙂 jazakillah kahiran dear.. aww.. it’s ok dear.. 🙂 noor ah ves dear ge story vvv kamudhey.. vrh reethi maa sha allah.. ekam noor ah ves comment eh koh nulevigen adhi miulheny.. 🙂 alhey.. asluvestha? vvvvvvvv ufaavehje dear thihen bunelyma.. 🙂 hehe, ehn tha? keep waiting dear.. in sha allah miadhu 19th episode up vaane.. 🙂

  26. maya says:
    June 4, 2018 at 10:24 pm

    no story ge bathala maruvy ..i cant believe she is dead..alhey noor buneba the who is dead is not ziva,,,vv heart touching..vv emortional v vvvv reethi

    1. noor says:
      June 5, 2018 at 1:40 pm

      alhey dear, noor ah adhi hama neynge thi suvaalah dheyne javaabeh.. kuriyah huri baithah kiyaalyma in sha allah, dear ge thi suvaalah javaabeh libigen dhaane.. 🙂

    2. noor says:
      June 5, 2018 at 1:41 pm

      ehbai madhukoh adhi comment mi fonuvaalevuny.. hehe.. jazakillah khairan dear.. 🙂 vvvvvvvvvvv bodah.. 🙂

  27. unique says:
    June 4, 2018 at 11:21 pm

    y i dont have to thank u.. mi story helped me a lot…. mi story in vvv iburaih ves libey n moreover that i think ragalhu magu neygey meehunnah magu ves dhakkan mi story help akah vaane hen sooo nice…n i so hope every person zeev gothah n noor gothah vaane namaey… alhamen enmenge faafa fussavaa thedhu magu dhakka vaifaandheyve… aamen

    1. noor says:
      June 5, 2018 at 1:44 pm

      🙂 asluvestha? al’hamdhulillaah! alhey, vvvvvvvvvvvv ufaavehje dear ge thi comment kiyaalaifa.. ekam noor akah neynge noor aa behey gothun ehcheh bunaakah.. hehe.. ekam vrh ufaavehje mi story dear ah help vedhinyma.. 🙂 mi story liyumuge emme bodu magsadhu aee. 🙂 aameen..

  28. Xid says:
    June 4, 2018 at 11:33 pm

    اسلام عليكم This is my first comment. N this is one of the best story❤❤❤ . Mi part kiyaafa hama rangalhahves rovijje??. Xid ah heevanee adhi ziv mareh nuveyhen. Ziv ge moonu ves nudhakka ennu fothigandakun foruvaafa ennu othee. E ee ziv eh noon dho. Plx plx Ehen nuhadha noor dear. Haadha dheraveyey.

    1. noor says:
      June 5, 2018 at 1:47 pm

      wa a’laikumussalaam.. 🙂 asluvetha? vrh vrh vrh vrh vrh vrh ufaavehje noor.. al’hamdhulillah! 🙂 alhey.. 🙁 hehe.. higaabala dhw dhn vaa gotheh balailan.. ingidhaanethaa vaagotheh.. 🙂 alhey dear.. ehaa dhera nuvey ingey.. ihah happy velaaa.. 🙂 aee noor ge vrh bodu edhumeh..

  29. Sana says:
    June 5, 2018 at 12:11 am

    No no ey ziv eh noon??
    Raifaa and laman ,limya Kobaatha?
    Ziv eh mareh nuvaane ??
    Waiting for the next part ❤

    1. noor says:
      June 5, 2018 at 1:49 pm

      Sana dear.. hingaibala dhw emyhun v thaneh balailan kuriyah huri part thah kiyaalan.. 🙂 alhey dear.. 🙁 keep waiting dear.. in sha allah, miadhu nxt part up vaane kamah noor mi balany.. 🙂

  30. Nyn says:
    June 5, 2018 at 12:15 am

    Foohi ziv maru v ma

    1. noor says:
      June 5, 2018 at 1:49 pm

      vrh bodah sorry ingey dear.. 🙁 🙂

  31. Alisha says:
    June 5, 2018 at 12:23 am

    Mi part reethi and varah hithaama veri ????
    Ziv mareh nuvaane i cant belived ??
    Noor eheneh nahadhaane
    Noor maa rangalhu vaane ?
    Konirakun next part kiyaalan libeynee ??

    1. noor says:
      June 5, 2018 at 1:51 pm

      jazakillah khairan dear.. 🙂 alhey dear.. 🙂 in sha allah miadhu libeyne kamah balamaa.. 🙂 on the way ga nxt episode.. hehe.. 🙂

  32. Sinn says:
    June 5, 2018 at 12:25 am

    Sinn ah vvv heeve Maruvee
    Ziv eh nuun hen..
    Ehen kujjeh dhw eaky..
    Vvvvv salhi mi part vex.
    Love it..

    1. noor says:
      June 5, 2018 at 1:52 pm

      🙂 balamaa dhn vaagotheh.. 🙂 noor akah neynge adhi hama thi suvaalah javaabeh dheykah.. jazakillah khairan dear.. 🙂

  33. Seola says:
    June 5, 2018 at 5:06 am

    Zivaa nethy ma haadhaha foossey. ..v v v falhu…den
    Noor zivaa maraalaakah nuvaane eh nu…mi part vess v v v v v reethi.????????????..ekam zivaa neii thankolhu??????????????

    1. noor says:
      June 5, 2018 at 1:54 pm

      hehe.. 🙂 alhey dear… jazakillah khairan dear.. hehe.. 🙂 and, maa sha allah.. vrh colorful comment eh.. 🙂 hehe..

  34. noor says:
    June 5, 2018 at 10:26 am

    assalaamu a’laikum my dear readers.. And GOOD MORNING everyone! 🙂 noor kiyaalaifin hurihaa comment tha ves.. ekam noor ah evaguthu reply nuliyevuny.. vvv bodah sorry ingey ekamak.. 🙁 and, gina kudhin thithiby noor dheke vrh vrh vrh rulhi aissa dhw? hehe.. it’s ok.. ehn vaane dhw hageegathuga noor migothah kanthah kuryma? hehe.. 🙂 dhn balamaa dhw vaagotheh.. in sha allah, noor mi story hadivaafadha evves kameh nukuraanan.. plus readers ge ithubaaru gelleyfadha kameh nukureveytho balaanan.. in sha allah.. 🙂 noor bunelan oiyy haaves ehchaky kurin ves buni fadhain readers ah baivaru surprise thakeh eba huttey adhives.. 🙂 hama konme fadha gothakah ves story nimigen gos dhaane.. 🙂 ummeedhu kuran kuriyah huri baithah ves readers ah kamudhaane kamah.. LY all.. <3<3<3

    1. unique says:
      June 5, 2018 at 11:12 am

      noor the story isnt ugly.. hama vvv reethi… n its ok dhw reply nukuriyas i mean if ur bxy dhw… ur such a good girl n i love surprises so waiting… heheh

    2. noor says:
      June 5, 2018 at 1:55 pm

      jazakillah khairan dear.. 🙂 vvvv ufaavehje noor ah trust kuraa kudhin thibikan engunyma.. vrh vrh vrh bodah shukuriyyaa readers.. 🙂 hehehe..

  35. Nunnu says:
    June 5, 2018 at 2:28 pm

    Noor koba tha next part
    Vvv kiyaahiy vey eba
    Miadhu Maa bodah bizy veetha
    It’s ok Dhen bizy viyyaamun Ekam up kolladheythi Ingey vee haves avahakah

    1. noor says:
      June 5, 2018 at 2:33 pm

      vrh vrh vrh vrh vrh bodah sorry ingey Nunnu… 🙁 ebai las v ma vrh bodah sorry.. nooney dear.. aneh hn ehaa bxy eh noon.. ekam noor vehje mihaaru 19th episode submit koffa.. 🙂 miadhu konmeves vaguthehga ebai up vaane kamah noor mi balany.. in sha allah.. 🙂

  36. Nunnu says:
    June 5, 2018 at 4:17 pm

    Alhey Noor
    Submit kuraathaa Varah fahun Tha story up vaanee

    1. noor says:
      June 5, 2018 at 11:17 pm

      dear, noor ah hama eh gothakah ves neynge.. baeh faharu ehn vedhaanennu dhw.. 🙂 keiyytherivelaigen dhn thibemaa.. 🙂

  37. lotus says:
    June 5, 2018 at 7:13 pm

    alhey adhivx stry up nuvanee dhw.. submit kuri vaahaka buneema up vitho belunu adhadhevx neyge mihaaru. hehe waitin waitin???

    1. noor says:
      June 5, 2018 at 11:18 pm

      yess dear.. hehe.. ehn tha dear? 🙂 noor ves vrh gina faharu balaifin publish vehjetho.. 🙂 adhi vaane konmes irakun.. in sha allah.. 🙂

  38. Mee says:
    June 5, 2018 at 8:23 pm

    Yaaaaa me vx ethah faharaku balaafin

    1. noor says:
      June 5, 2018 at 11:19 pm

      hehe.. 🙂 same here.. 🙂 dhn ihah keiyytherivelaigen thibemaa dhw.. 🙂

  39. ? says:
    June 5, 2018 at 10:41 pm

    Alheyyy..koba tha alhe..miyadhu ebai up vitho 50 varaka faharu balaalevijje kanneynge…

    1. noor says:
      June 5, 2018 at 11:20 pm

      alhey dear.. vvvv bodah sorry ingey las vaathyve.. 🙁 asluvestha? vvvv bodah sorry dear.. noor ves vrh gina faharah balaifin ebai up vefa in tho.. adhi vaane in sha allah.. 🙂

Comments are closed.

Next Episodeހުޅުކޮޅު 19←


All Right Reserved!