Skip to content
އެސްފިޔަ

އަނދިރިފަރާތް 37

ކުރީގެ ޕާޓުގެ ތެރެއިން…

“އޭ. ޓީ. ޑީ. ޕީ. 7؟ އެއީ ކޯއްޗެއް؟”

ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން އިން އަރޫން ދެލޯ ހަނިކޮށްލަމުން އަހަރެން ގާތު އަހާލިއެވެ.

** **

“ޒަފަރުގެ ދަރި، އުޒޭލް ކިޑްނެޕްކުރުން.”

އޭނާ އެހެންބުނެ އެއްމިޔަކުން ހިނިތުންވެލިއެވެ.

** **

އަދިވެސް ޖެހި ބުދެއްހެން ހުއްޓުން އަރާފައި އަހަންނަށް އުޒޭލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގިޓާގެ ނަރުތަކުން އިވެމުން އެދާ އަޑު އަހަރެންގެ ސިކުނޑި ތޮރުފަމުންދާ ކަހަލައެވެ. މަޑުމަޑުން އަހަރެންގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން ފަށައިފިއެވެ. ނަމަވެސް އެނގެމުން މިދާ ހަޤީޤަތާއެކު އަހަރެންގެ ދެލޯ ފެންކަޅި މިވަނީ ކީއްވެގެން ހެއްޔެވެ؟

“ނޫން…”

ވައި އަޑެއްގެ ސިފައިގައި އަހަރެންގެ އަނގައިން ނިކުތް އެ ލަފްޒާއެކު ކުޑަ ދޮރުގައި އަހަރެން ހިފަހައްޓައިގެން ހުރި އަތް ދޫވެގެން ހިނގައްޖެއެވެ. ފައި އަޅައިގެން ހުރި ޝީޓު ތެތްވެފައި ވުމުގެ ސަބަބުން އަހަރެން އެތަނުން ކައްސާލައިގެން ވެއްޓެން ދިޔައީ ނިކަން ފަސޭހަކަމާއެކުގައެވެ.

އަހަންނަށް ހަޅޭއްލަވާކަށް ނޭނގުނެވެ. އެހީއަކަށް އެދި ގޮވާކަށްވެސް ނޭނގުނެވެ. އަހަންނަށް ކުރެވެމުން ދިޔައީ ހަމަ އެންމެ އިހުސާސެކެވެ. އެ އުސްތަނުގެ މަތިން އަހަރެންގެ ހަށިގަނޑު ތިރިއަށް ވެއްޓެމުންދާ ކަމުގެ އިހުސާސެވެ.

އަހަންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނީ ދެން އަހަންނަށް އިހުސާސްކުރެވޭނީ އަހަރެންގެ ހަށިގަނޑު ބިންމަތީގައި ޖެހުމުން އެވާ ތަދުކަމަށް ހީކޮށެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑު ބިންމަތީގައި ނުޖެހެނީސް ކޮންމެވެސް މީހަކު އަހަރެންގެ ހަށިގަނޑުގައި ހިފަހައްޓައިފިއެވެ.

ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން ދެލޯ ހުޅުވާލިއިރު އަހަންނަށް ފެނިގެން ދިޔައީ އަރޫންގެ ސޫރައެވެ. އެމޫނުމަތިން ފާޅުވަމުން ދިޔައީ ކަންބޮޑުވުމެވެ. ބިރުވެރިކަމެވެ.

“ކިހިނެއް ތި ހެދީ؟ އަހަރެން ނެތް ނަމަ ޝުބާއަށް ބޮޑު އަނިޔާއެއް ވީސް ދޯ!”

ހިތްހަމަނުޖެހިފައި ތަންކޮޅެއް ބާރަށް އޭނާ ވާހަކަދެއްކިއެވެ. އަހަރެންގެ ހަށިގަނޑު ތެދުކޮށްލުމަށްފަހު އޭނާ އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ.

ނަމަވެސް އޭރުވެސް އަހަންނަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އަހަރެން ހުރީ ވިސްނަންވީ ކޮންއެއްޗެއްކަން ނޭނގިފައެވެ. ޤަބޫލުކުރަންވީ ކޮން އެއްޗެއްކަން ނުވިސްނިފައެވެ.

“ޝުބާ، ކިހިނެއްތަ ވީ؟”

އަހަރެންގެ ދެކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވާލަމުން އޭނާ ވާހަކަދެއްކިއެވެ. ނަމަވެސް އަހަރެން އެއްވެސް ކަމެއް ނުވެއޭ ބުނާ ފަދައަކުން ދެއަތަށް ބޯ ހޫރުވާލީމެވެ.

“ހިނގާ ދެން ވެސް.. އުޒޭލް އެތަނުން ގޮސްފިއްޔާ އަހަރެމެންނަށް އެ ޗާންސް ގެއްލިދާނެ..”

އޭނާ އެހެން ބުނެ އެ އިމާރާތުން މައްޗަށް އަރަން ފެށިއެވެ. އަހަރެންވެސް އޭނާގެ ފަހަތުން އަރަން ފެށީމެވެ.

“ކެއާރފުލް އިނގޭ.”

މައްޗަށް އަރަމުން ދިޔައިރު އިރުއިރުކޮޅާ އަރޫންގެ އަނގައިން އެ ލަފްޒުތައް ތަކުރާރު ވަމުން ދިޔައެވެ.

** **

މިއަދުގެ މިޝަން އަހަރެމެންނަށް ކާމިޔާބު ކުރެވިއްޖެވެ. އަހަރެމެންނަށް ކާމިޔާބުކަމާއެކު އުޒޭލް ކިޑްނެޕް ކުރެވިއްޖެއެވެ. ދެން އޮތީ ޒަފަރުއަށް ބްލެކްމެއިލްކުރުންތާއެވެ. ހަމަގައިމުވެސް އޭނާއަށް މިސްޓާރ ޒެޑްއަކީ ކާކުކަން ރަނގަޅަށް އެނގޭނެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން އޭނާގެ އަނގައިން ދަމާފައި ވިޔަސް ހަޤީޤަތް ބޭރުކުރާނަމެވެ.

“ޝުބާ..”

ލިވިންގް ރޫމުގައި ހުރި ބޮޑު ބިއްލޫރި މޭޒުދޮށުގައި އިން އަހަރެން ސިހުނީ އަރޫންގެ އަޑަށެވެ. އޭރު ނިތްކުރިއަށް ރޫތަކެއް ޖަމާކޮށްގެން ހުރެ އޭނާ މިދިމާއަށް އާދެއެވެ.

“ވަޓްސް ރޯންގް؟ ބުނެބަލަ.”

އަހަރެންނާ ޖެހިގެން ހުރި ގޮނޑީގައި އިށީނުމަށްފަހު އޭނާ އަހާލިއެވެ. އޭރު އެ ވިލުނޫ ކުލައިގެ ދެލޯ ގެންދިޔައީ ފަރުވާތެރިކަމާއެކު އަހަރެންގެ މޫނު ސްކޭން ކުރަމުންނެވެ.

“މިޔަދު އެއްވެސް ކަމެއް ގޯސްކޮށް ހިނގީކީއެއް ނޫން. އުޒޭލް އެހުރީ މިހާރު އަހަރެމެންގެ އަތްދަށުގަ. ދެން ކީއްތަ ވީ؟ ކީއްވެތަ އެހާ ކަންބޮޑުވެފަ ތި ހުންނަނީ؟”

އޭނާ އަނެއްކާވެސް އަހާލިއެވެ.

އަހަރެން އެމޫނަށް ބަލާލީމެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ ޝައްކުތައް އޭނާއަށް ކިޔައިދޭންވީ ހެއްޔެވެ؟ އެކަމަކު އޭރުން ދެން ވާނެ ގޮތަކާމެދު އަހަރެން ހަމަ ކަންބޮޑުވަނީއެވެ.

“އޭ ޑީ ޓީ ޕީ ސެވަން.”

އަހަރެންގެ އަނގައިން އެ ލަފްޒުތައް ނިކުތީ ވައި އަޑެއްގެ ސިފައިގައެވެ.

“ހަނދާންވީތަ ކުރިން ތީތި ފެނުނު ތަން؟”

އަރޫން އަވަސްއަވަހަށް އަހާލިއެވެ. އެއާއެކު އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ.

“ރޫޝިން ގެ… ގިޓައިން.”

އަހަރެންނަށް އެ ބަސްތައް ބުނަން އުނދަގޫވިއެވެ. ރޫޝިންއަށް ޝައްކު ކުރަން ބޭނުން ނުވިޔަސް އަހަރެންގެ ހިތް މިހާރު އޭނާއާ ދޭތެރޭ ޝައްކާއި ވަހުމުން ފޯވެއްޖެއެވެ.

“ވަޓް؟”

އަރޫންއަށް ބުނެވުނީ އެހެންނެވެ. އޭރު އެ މޫނުމަތިން ވެސް ހައިރާންކަމާއި ކަންބޮޑުވުން ނޫން އިތުރު އެއްޗެއް ފެންނާކަށް ނެތެވެ. އޭނާއަށް ރޫޝިންއާ މެދު ޝައްކުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މިހާރު ރޫޝިންއަކީ ވެސް އޭނާއާ އެހާ ގާތްކޮށް އުޅޭ މީހެއް ވިއްޔާއެވެ.

“ޝުބާއަށް ހަމަ ޔަގީންތަ؟”

އަރޫން އަނެއްކާވެސް އަހާލިއެވެ. އަހަރެން މި ބުނަން އުޅޭ އެއްޗެއް އޭނާއަށް ޤަބޫލުކުރަން އުނދަގޫވާނެކަން ކުރިންވެސް އަހަންނަށް އެނގެއެވެ.

“އާނ، ހަމަ ޔަގީން. އަހަރެމެން ގޭގަ އޭނަ އުޅުނު އިރު ގެންގުޅުނު ގިޓާގަ އިންނަނީ ހަމަ އެހެން. އަދި މިއަދު އުޒޭލް ކުޅުނު ރާގު، ހަމަ ރާގު ކުޅޭނެ ރޫޝިން ވެސް..”

އަހަރެން އޮޅުންފިލުވައިދިނީމެވެ.

“އެހެންވީމަ ތި ބުނަނީ ރޫޝިންއަކީ….”

އަރޫން ވާހަކަދައްކަންފެށިއެވެ.

“މިސްޓާރ ޒެޑްގެ ސްޕައިއެކޭ..”

އޭނާގެ ޖުމްލަ އަހަރެން ފުރިހަމަކޮށްލީމެވެ.

އަރޫން ދެއަތުން އޭނާގެ އިސްތަށިގަނޑުގައި ހިފާލިއެވެ.

“އެކަމަކު… އެކަމަކު އެހެންވާންވީ ކިހިނެއް؟ އަހަންނަކަށް ހިޔެއް ނުވެ ރޫޝިން އަކީ އެކަހަލަ މީހެއް ހެނެއް..”

އަރޫން އަނެއްކާވެސް ބުނެލިއެވެ.

“ހީވާ ހީވުމެއްގެ މައްޗަކަށް ކަންތައްތަކެއް ނުނިންމޭނެ، އަރޫން! ހުރިހާ އެވިޑެންސްއެއް ހުރީ އޭނާއާ ދެކޮޅަށް، ދޯ؟”

އަހަރެން އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފައިގަންނަމުން ހަރުކަށިކަމާއެކު ވާހަކަދެއްކީމެވެ. އޭނާއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ މިއީ އަމިއްލަ އިހުސާސްތައް އެއްކައިރިކޮށް، ޕްރޮފެޝަނަލްކޮށް ވިސްނަންވީ ވަގުތެވެ.

“ޝުބާ..”

“ލެޓްސް ކާމް ޑައުން.. މަޑުމަޑުން މިކަމާމެދު ވިސްނަން ހިނގާބަލަ.”

އަހަރެންގެ އަތް ފޮޅުވާލަމުން އޭނާ ބުނެލިއެވެ.

“ވިސްނަން އިތުރު އެއްޗެއް އެބައޮތްތަ؟ އަރޫން! ރޫޝިން އަކީ ޓްރެއިޓާރ އެކޭ!!”

އަހަރެންނަށް ހަޅޭއްލަވައިގަނެވުނީ އިޚްތިޔާރުން ބޭރުގައެވެ. ރޫޝިންއާ ދޭތެރޭ އެގޮތަށް ވިސްނާކަށް އަހަރެންވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އަހަންނަށް އެނގިފައިވާ އެއްޗަކާއެކު އޭގައިވާ ހުސްގޮޅިތައް ފުރާލީމާ އެއިން އެލިބޭ ޖަވާބަށް އިންކާރުކުރާނީ ކިހިނެއް ހެއްޔެވެ؟

** **

ރޭގަނޑުގެ ވަގުތެވެ. މުޅި ގައިގައި ރަޖާގަނޑު އަޅައިގެން އެނދުގައި އޮތް ކަމުގައި ވިޔަސް ނިދި ވަނީ އަހަރެންނާ އެތައް ހާސް މޭލެއް ދުރުގައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ވަރުބަލިވެގެން އެންމެ ފަހުން އަހަރެން އެތަނުން ތެދުވީއެވެ.

ފަނޑު އަލިކަން ފެތުރިފައިވާ ކޮޓަރިތެރޭގައިވާ ލައިޓު ޖައްސާލުމަށްފަހު އަހަރެން ލޯގަނޑާ ކުރިމަތިލީމެވެ. އަދި ފަރުވާތެރިކަމާއެކު އަމިއްލަ ސޫރައަށް ބަލާލީމެވެ. ކޮނޑާހަމައަށް އަރާ އަހަރެންގެ މުށި އިސްތަށިކޮޅު އެގޮތް މިގޮތަށް ހޭވިފައި ވީއިރު ދެލޮލުގެ ވަށައިގެންވާ ކަޅުކަން އަހަންނަކަށް ސިއްރެއް ނުވިއެވެ.

އަހަރެން ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ރޫޝިންގެ ވާހަކަ އާރިފް ސާރއަށް އަންގަންވީ ހެއްޔެވެ؟ ނޫނީ ރޫޝިން އަކީ ސްޕައިއެއްކަން ޔަޤީންވަންދެން އަހަރެން އަނގަބަންދުކޮށްގެން ހުންނަންވީ ހެއްޔެވެ؟

އަހަންނަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ. އަހަރެން ބޭނުމީ ބޮޑު ހެއްކެކެވެ. ރޫޝިން ‘އެކްސްޕޯޒް’ ކޮށްލެވޭނީ އޭރުންތާއެވެ.

ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް ވެދެގެން އައި ޚިޔާލެއްގެ ސަބަބުން އަހަރެންގެ ހަށިގަނޑު ވަގުތުން ކޮޅަށް ޖެހިގެން ދިޔައެވެ. އިސްތަށިގަނޑުގައި މަޑުމަޑުން އަތް ހިންގާލައި، ބޯ އޮމާންކޮށްލުމަށްފަހު އަހަރެން ޑްރެސިންގް ޓޭބަލް މަތީގައި އޮތް މާސްކު ނަގައި މޫނުގައި އަޅާލީމެވެ.

ލަސްފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެވުނު އިރު މުޅި އެޕާޓްމެންޓް ތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭންކަމެވެ. އަރޫން ކޮބާ ހެއްޔެވެ؟ ނިދީ ހެއްޔެވެ؟

ކޮންމެއަކަސް އެވަގުތު އަރޫންއަށް ގޮވާ ކަހަލަ ޚިޔާލެއް އަހަރެން ނުގެންގުޅެމެވެ. ލަސްފިޔަވަޅުތަކެއްގައި އަހަރެން މިސްރާބުޖެހީ އެ އެޕާޓްމެންޓްގައި ބޭނުންނުކޮށް ހުންނަ އިތުރު ކޮޓަރިއާ ދިމާއަށެވެ. އެތަނުގެ ދޮރު ކުރިމަތީގައި ހުއްޓި އަހަރެން އެ ތަޅަށް ތަޅުދަނޑި ޖެހުމަށްފަހު މަޑުމަޑުން އަނބުރާލީމެވެ.

“ޝުބާ؟”

އަރޫންގެ އަޑު ފަހަތުން އިވުމާއެކު އަހަންނަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. އަހަރެން ބަލާލުމާއެކު އޭނާ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށް އަތުން އިޝާރާތްކޮށްލިއެވެ.

“މާސްކު އަޅައިގެން އާދޭ.”

އަހަރެން ބުނެލީ އެހެންނެވެ.

އަރޫންއާ ދެމީހުންނަށް އެތަނުގެ ތެރެއަށް ވަދެވުނުއިރު ތަނަށް ވެރިވެފައި ވަނީ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. އަހަރެމެން ހަމަ ފެންނައިރަށް އެނދުގައި އޮށޯވެގެން އޮތް އުޒޭލް ފުންމައިގެން ތެދުވެއްޖެއެވެ.

އަރޫން ފާރުގައި އަތް ކާއްތަމުން ގޮސް އެތަނުގެ ބޮކި ދިއްލާލިއެވެ. މުޅިތަން އަލިވެގެން ދިއުމާއެކު އުޒޭލް އޭނާގެ ދެލޮލަށް އުނދަގޫވެގެން އުޅޭފަދަ ގޮތަކަށް ލޯމަތީގައި އަތް އަޅާލިއެވެ.

“ތި.. ތީ ކޮންބައެއް؟ އަހަރެންގެ ފަރާތުން ބޭނުންވެގެން ތިއުޅެނީ ކޮ..ކޮންކަމެއް؟”

އަހަރެމެންނާ ދިމާއަށް ބަލަން ހުރެ އޭނާ ވާހަކަދެއްކިއެވެ. އެ މޫނުމަތިން ފާޅުވަމުން ދިޔައީ ބިރުވެރިކަމުގެ އަސަރުތަކެވެ. އޭސީގެ ފިނިކަން ހިފާލާފައިވާ އެ ކޮޓަރިތެރޭގައި ވެސް އެ ނިތްކުރިމަތިން ދިޔައީ އޮށްދާ ހިއްލަމުންނެވެ.

އަހަރެން ގޮސް އޭނާގެ ކުރިމަތީގައި ހުއްޓެލީމެވެ. އަރޫންވެސް އައިސް އަހަންނާ ދާދި ގާތުގައި މަޑުކޮށްލިއެވެ. އުޒޭލްގެ ކަޅި އެއްފަހަރު އަހަރެންނަށް އަދި އަނެއްފަހަރު އަރޫންއަށް ހުއްޓެމުން ދިޔައެވެ.

“އަހަރެން މަރާނުލާތި. އަހަރެން އަހަރެންގެ ބައްޕަ ކައިރިއަށް ގެންގޮސްދީ…”

އާދޭހުގެ ރާގަކަށް އަނެއްކާވެސް އޭނާ ވާހަކަދެއްކިއެވެ.

“ބުނަން؟ މިތަނުގައި ވާހަކަދައްކާނީ އަހަރެން. ކަލެއަކީ އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދޭން ހުރި މީހެއް.”

އަހަރެން ނިކަން ހަރުކަށިކަމާއެކު ބުނެލީއެވެ. އެއާއެކު އޭނާ އިސްޖަހާލަމުން ހިންދިރުވާލިއެވެ. އަހަރެން މި ދެއްކި ވާހަކައަށް އެއްބަސްވުމުގެ ގޮތުން އޭނާ ބޯޖަހާލިއެވެ.

ލައިގެން ހުރި ގަމީހުގެ ޖީބުން ކުޑަ ހަތަރެސްކަން ފޮޓޯއެއް ނެގުމަށްފަހު އަހަރެން އޭތި އުޒޭލް އިށީންދެގެން އިން އެނދުގެ މަތީގައި ބާއްވާލީމެވެ.

“މީ ކާކުކަން އެނގޭތަ؟”

އޭނާގެ ޙަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ހުރެ އަހަރެން ސުވާލުކޮށްލީމެވެ. އުޒޭލް އިރުކޮޅެއްވަންދެން އެ ފޮޓޯއަށް ނަޒަރު ހުއްޓައިގެން އިނެވެ. އެއަށްފަހު އޭނާ އެ ފޮޓޯ ނަގައި މޫނާ ކައިރިކޮށްލީ އެއްޗެއް ޔަޤީންކުރަން އުޅޭފަދަ ގޮތަކަށެވެ.

“އާނ..”

އޭނާގެ ޖަވާބު ލިބުމާއެކު އަހަންނާއި އަރޫންއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

“ކާކު ތީ؟”

އަހަރެން ކެތްމަދުވެފައި ހުރެ އަހާލީމެވެ.

“ރޫޝިން.”

އޭނާގެ އަނގައިން ރޫޝިންގެ ނަން ބޭރުވުމާއެކު އަހަންނަށް ދެއަތް މުއްކަވާލެވުނެވެ.

“މީނައާ ބެހޭގޮތުން އެނގޭ އެއްޗެއް ބުނެދީބަލަ..”

އަހަރެން ބުނެލީމެވެ.

“ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް.. ކުރިން ވަރަށް ގިނައިން އަހަރެމެން ގެއަށް އަންނާނެ.. ވަރަށް ގާތްކޮށް އުޅުނީ އޭރު އަހަރެމެން..”

އުޒޭލް ބުނެލިއެވެ. އަހަރެން ހުރީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“ބައްޕަގެ ރައްޓެހި މީހާގެ، މި ބުނީ ރޫޝިންގެ ބައްޕަގެ ނަން އެނގޭތަ؟ އޭނައާ ބެހޭ އެއްވެސް އެއްޗެއް އެނގޭތަ؟”

އަހަރެން އަނެއްކާވެސް ސުވާލުކުރީމެވެ. އެއާއެކު އުޒޭލް ދެފަރާތަށް ބޯ ހޫރާލިއެވެ.

“ނޫން. އަހަންނަކަށް އޭނަގެ ނަމެއްވެސް ނޭނގެ.. އެނގެނީ ހަމައެކަނި ރޫޝިން.. ރޫޝިންގެ ބައްޕައަކީ ވަރަށް ބިޒީ މީހެއް.. ދެން ބައެއްފަހަރު ރޫޝިން އަހަރެމެން ގޭގަ ބަހައްޓާފަ އޭނަ އެކި ތަންތަނަށް ދާނީ..”

އުޒޭލް ބުންޏެވެ.

ރޫޝިންގެ ބައްޕައާ މިސްޓާރ ޒެޑްއާ ކޮންމެވެސް ގުޅުމެއް ވާކަމަށް މިހާރު އަހަންނަށް ޝައްކު ކުރެވިއްޖެއެވެ. އެކަމަކު ސުވާލަކީ ރޫޝިން؟ ރޫޝިން އަކީ އެމީހުންގެ މީހެއް ބާވައެވެ؟

އުޒޭލްއަށް އޭނާގެ ބައްޕަ ގަންނަ ގަނޑު ނޭނގޭ ފަދައިން ރޫޝިންއަށް ވެސް ހަމަ އޭނާގެ ބައްޕަ ކުރާ ކަންތައް ނޭނގި ދާނެއެއް ނޫން ހެއްޔެވެ؟ އަދިވެސް އަހަރެމެންނަށް އެއްވެސް އެއްޗެއް ޔަޤީނެއް ނުވެއެވެ.

“ދެން އަހަރެން ދޫކޮށްލަދީ.. ކަލޭމެން ބުނި ކޮންމެކަމެއް ވެސް އަހަރެން ކޮއްދީފާނަމޭ… ހެޔޮނުވާނެ.. އަހަރެންގެ އާއިލާ ކައިރިއަށް ދިޔަ ދީ..”

އަނެއްކާވެސް އުޒޭލް އާދޭސްކުރަން ފަށައިފިއެވެ. މިފަހަރު އަހަރެމެންގެ ފައިބުޑަށް ވެއްޓި، ރޮއިގަންނަމުންނެވެ. އުޒޭލްގެ އެއްވެސް ކުށެއް ނެތެވެ. އެކަން އަހަންނަށްވެސް އެނގެއެވެ. އޭނާގެ ބައްޕަ ކުރާ އެކަހަލަ ކަންތަކުގެ އެއްވެސް ހިލަމެއް އުޒޭލްއަކަށް ނުވެއެވެ. ނަމަވެސް އަހަރެމެންނަށް އޭނާ ދޫކޮށްލެވެން އޮތީ ޒަފަރު އަތުލައި ގަތުމަށްފަހުގައެވެ. އޭނާ އަކީ މިހާރު ޒަފަރު އަހަރެމެންގެ އަތްދަށަށް ގެނައުމަށްޓަކައި ގެންގުޅޭ ‘އެންކޮޅެކެވެ.’

** **

“ސޯ ޒަފަރު.. ޒަފަރުއާ ރޫޝިންގެ ބައްޕައާ ބޮޑު ކަނެކްޝަންއެއް އެބައޮތް..”

ލިވިންގް ރޫމު ތެރޭގައި ދެކޮޅުދެކޮޅަށް ހިނގަމުން އަރޫން ވާހަކަދެއްކިއެވެ. އޭނާގެ އެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ.

މޭޒު ދޮށުގައި ހުރި ގޮނޑީގައި އިށީންދެގެން ކިތަންމެ މަޑުން އިންކަމުގައި ވިޔަސް އަހަރެންގެ ސިކުނޑި ވަނީ ހިމޭނަކުން ނޫނެވެ. ތަފާތު ޚިޔާލުތަކުން މީހާ ހާސްކުރުވަމުން ދިޔައިރު މުޅި ސިކުނޑީގައި ހައިޖާނެއް އުފެދިފައިވާ ކަހަލައެވެ.

“އާރިފް ސާރ އަށް މި ވާހަކަ ރިޕޯޓް ކުރަންވީނު؟ ރޫޝިންއާ ސުވާލުކޮށްގެން ވެސް ބައެއް މައުލޫމާތު ހޯދިދާނެ ކަންނޭނގެއެއްނު؟”

އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު އަރޫން ބުނެލިއެވެ. އަހަރެން އޭނާގެ މޫނަށް ބަލާލީމެވެ. އެބުނީވެސް ރަނގަޅު ވާހަކައެކެވެ. ނަމަވެސް ރޫޝިން އަކީ އެމީހުންގެ މީހެއް ކަމުގައިވާނަމަ އަހަންނަށް ކުށްވެރިކުރެވޭނީ އަމިއްލަ ނަފްސެވެ. އޭނާ އެޖެންސީއަށް ވެއްދި މީހަކީ އަހަންނެވެ. އޭނާގެ މައިންބަފައިންނާ ބެހޭ މަޢުލޫމާތު ނުހޯދައި ދޫކޮށްލީވެސް ހަމަ އަހަންނެވެ. ވުމާއެކު މިކަމުގައި އަހަރެންގެ އިހުމާލު އެބައޮތެއް ނޫން ހެއްޔެވެ؟

“ޒަފަރު ހައްޔަރުކޮށްފައި ތިކަން ކުރާނީ..”

އަހަރެން މަޑުމަޑުން ބުނެލީމެވެ. އަހަރެންގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އަރޫން ބޯޖަހާލިއެވެ.

ދެއަތަށް ބޯ ހޫރަމުން އަހަރެން އިން ގޮނޑިން ތެދުވީމެވެ. މި ކަންތައްގަނޑާ ވިސްނަން ހަދައިގެން އަހަރެންގެ ބޯ އެއްކޮށް ނުގޮވައިފިއްޔާ ރަނގަޅެވެ. މިހާރުވެސް ބޮލުގައި ރިއްސާވަރު ކުޑައިކީ ނޫނިއްޔާއެވެ.

އިތުރު ވާހަކައެއް ދެއްކުމެއް ނެތި އަހަރެން އަވަސް ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. ބޭސްކައިގެން ވިޔަސް މިރޭ އަހަރެން ނިދަން ބޭނުމެވެ. މި ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނީ އޭރުންނެވެ.

ތަންކޮޅަކަށް ދެވުނުތަނާ އަހަރެންގެ ޙަރަކާތްތަކަށް ހުއްޓުންއެރީ އޭނާ އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލުމުންނެވެ. ފިޔަވަޅުތައް މަޑުޖައްސާލަމުން އަހަރެން އެ މޫނަށް ބަލާލީމެވެ. އެ ވިލުނޫ ކުލައިގެ ތޫނު ދެލޯ ދައްކަމުން ދިޔައީ ކޮންކަހަލަ އަސަރުތަކެއްކަން ދެނެގަންނާކަށް އަހަންނަކަށް އެވަގުތަކު ނޭނގުނެވެ.

“ޝުބާ..”

ކޮންމެވެސް ސަބަބަކާހުރެ އަރޫންގެ އަނގައިން ނިކުތް އެއަޑުގެ ސަބަބުން އަހަރެންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިރިލަންވެސް ނޭނގިފައި އަހަންނަށް އެހުރިގޮތަށް، އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވެއެވެ.

“އަދިވެސް.. އަދިވެސް ޝާކިން ދެކެ ލޯބިވޭތަ؟”

އަހަން ނާހަން އުޅޭ ކަހަލަ ގޮތަކަށް އޭނާ އެ އަހާލީ މުޅިން މަޢުޟޫއިން ބޭރު ސުވާލެއް ނޫން ހެއްޔެވެ؟ އަހަރެން އެ ސުވާލަށް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ އަދިވެސް އަހަރެންގެ ހިތުގެ ކަނެއްގައި ޝާކިންއަށްޓަކާ އުފެދިފައިވި ލޯބި ރައްކާކޮށްފައި އެބައޮތެވެ. ނަމަވެސް އެކަން އަރޫންއަށް ދައްކާކަށް އަހަރެން ބޭނުމެއް ނުވެއެވެ. ބަލިކަށި މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

“ނޫން..”

ހަރުކަށި އަޑަކުން އަހަރެން ބުނެލީ އެހެންނެވެ. އެއާއެކު އަރޫން ދޫކޮށްލި ފުންނޭވާގެ އަޑު އަހަރެންގެ ކަންފަތަށް ރީއްޗަށްވެސް އިވުނެވެ.

“އިތުރު ސުވާލެއް ނެތިއްޔާ…”

އެހެން ބުނުމަށްފަހު އަހަރެން އޭނާގެ އަތް މަޑުމަޑުން ފޮޅުވާލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. ނަމަވެސް އޭނާ އަނެއްކާވެސް އަހަރެން ހުއްޓުވައިފިއެވެ. މިފަހަރު އަހަރެންގެ ކުރިއަށް އަރައި، އޭނާ މަގު ބެއްދީއެވެ.

“ދޮގު، އަދިވެސް ޝުބް ލޯބިވޭ އޭނަ ދެކެ.”

އަނެއްކާވެސް.. އޭނާއަށް އަނެއްކާވެސް އެނގުނީ އެ މަޢުޟޫ ފަށަން ހެއްޔެވެ؟ އޭނާ އެއުޅެނީ އަހަރެން އެތެރެއަށް ހިންދައިގެން އުޅޭ އިހުސާސްތައް ގަދަކަމުން ބޭރުކުރުވަން ހެއްޔެވެ؟ އޭނާ އެއުޅެނީ އެތެރޭގައި ފޮރުވައިގެން އުޅޭ އަހަރެންގެ ބަލިކަށިކަން ބޭރަށް ނެރުވަން ހެއްޔެވެ؟

“އަރޫން، ޕްލީޒް.. ހުއްޓާލާ.”

އަހަރެން އެހެން ބުނީ މަޑުން ނަމަވެސް މި އަޑުގައިވާ ހަރުކަށިކަން އަޑުއަހަން ހުންނަ މީހަކަށް ނުއޮޅޭނެއެވެ.

“ޝުބް، އަހަރެން ކައިރީގަ ތެދަށް ބުންޏަސް އެއީ މައްސަލައެއް ނޫނޭ.. އަހަރެން ދުވަހަކުވެސް… ދުވަހަކުވެސް ޝުބްއަށް ދެރަގޮތެއް ވާކަށް ނޭދެން..”

މިފަހަރު އޭނާ ވާހަކަދެއްކިއިރު އެއަޑުގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ. އެ ދެލޮލުން މިހާރު އަހަންނަށް ފެންނަމުން މިދަނީ ކޮންކަހަލަ އަސަރުތަކެއް ހެއްޔެވެ؟ އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.

“އަރޫން، ކިހިނެއް ވެގެންތަ ތިއުޅެނީ؟ އަހަރެން ދާން ތަން ދައްކާށޭ!”

ހިތުގައި އުފެދެމުން ދިޔަ އިހުސާސްތަކުގެ މައްޗަށް ‘ރުޅި’ އިސްކުރަމުން އަހަރެން އޭނާއާ ދިމާއަށް ހަޅޭއްލަވައިގަތީމެވެ. އޭނާގެ މޭގައި އަޅައި އެއްފަރާތަކަށް ކޮއްޕާލަމުން އަހަރެން އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. ބާރުބާރަށް ގޮސް ދޮރުގެ ތަޅުގައި ހިފިއިރު އަހަރެންގެ ދެބުމަ ވާނީ ގޮށްޖެހިފައެވެ.

އަރޫން އައިސް ފުރަގަހުން އަހަރެންގެ ހަށިގަނޑުގައި ބައްދާލީ އެވަގުތެވެ. އޭނާގެ އެ ކުއްލި ޙަރަކާތުގެ ސަބަބުން ހިރިލަންވެސް ނޭނގިފައި، އަހަންނަށް އެ ފިޔަވަޅުމަތީގައި ފާޑަކަށް ގަނޑުވެފައި ހުރެވުނީ ކީއްވެގެން ހެއްޔެވެ؟

އަހަރެންގެ ކޮނޑުގައި ބޯ އަޅާލަމުން އޭނާ ދެލޯ މަރާލިއެވެ. އެ ހޫނު ނޭވާތައް އަހަރެންގެ ކަރަށް އެޅެން ފެށުމުން އަހަންނަށް ދެފަހަރަކު ހިންދިރުވާލެވުނެވެ. އޭނާ އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

“އަރޫން…”

އަހަރެން އުޅުނީ ބާރަކަށް ހަޅޭއްލަވައިގަންނާށެވެ. އޭނާއާ ދިމާއަށް އެތިވަރު ގޮވައިގަންނާށެވެ. ނަމަވެސް އަހަރެންގެ އަޑު ނިކުމެގެން އައީ މަޑުމަޑުންނެވެ. ވައި އަޑެއްގެ ސިފައިގައެވެ.

“ޕްލީޒް.. މި ގޮތަށް.. މިގޮތަށް ފައިވް މިނެޓްސް ހުރެލަދީ..”

އޭނާ އެހެން ބުނެލިލެއް މައުސޫމްކަމުން ވަގުތުން އަހަރެންގެ ހިތް ކަފަކޮޅެއްހާ މަޑުވެގެން ހިނގައްޖެއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އަހަރެން ބޭނުންނަމަ އޭނާގެ ހަށިގަނޑު ފޮޅުވާލާފައި އަހަންނަށް ދުރަށް ދެވުނީސްތާއެވެ. ނަމަވެސް އޭނާ އެދޭގޮތަށް ކަންތައް ކޮށްދޭން އަހަރެންގެ ހިތް ބޭނުންމިވީ ކީއްވެހެން ހެއްޔެވެ؟

އޭނާގެ ކުރިމަތީގައި އަހަރެންގެ ބަލިކަށިކަން އެހާ ފަސޭހައިން މި ހާމަވަނީ ކީއްވެގެން ހެއްޔެވެ؟

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (55)

  1. Liaa

    Guys 🙁
    V bodah sorry mihaa lahun update kurevuneema. Something came up and I was just busy. I know that I’m not a good writer. Good writer’s don’t do such type of things.
    Mi vaahaka akee Liaa varah liyaahithun liyan feshi vaahakaeh. And I’m sad too coz I didn’t get time to write this. I’m dissapointed in myself too. *sigh*
    Anyway, hope you liked this part. Do leave your feedback here.
    Loves! <3

  2. Nunnu

    Oh my god liaa
    Finally
    Varah Varah reethi MI part
    ves
    When next part

  3. Kiara..kia

    I understand lia.. dont blame your self.. the story is amazing..so when is the next part??

  4. nunnu

    thedheh don’t blame your self
    of course you are a good writer
    keep it up girl
    vagutheh veema thi up kohleenun
    ey good writers ge goi

  5. riyer

    I know you have reasoned same happened to me as well but masha Allah liaa mi part hama varah salhi???

  6. Aesh

    Alhey liyaa… u are back!!!! Vrh vrh vrh vrh happy vehje liyaa aeema.. vrh dhera vefa nikunnany story up nuvegn.. Bt Aesh ge hiyy hama saafu ingey liyaa ah.. Adhi story nuves kiyan.. kiyaafa story ah comment eh kollaanan.. in sha Allah

  7. Aesh

    Maa sha allah.. vrh vrh vrh reethi.. neiyy Hama bunaane ehcheh ves.. anehka shuba loluge vashaigen kalhuvefa iny keevvegenbaa?

  8. ސިއްތި

    Owsome!

  9. eekko

    finally..

  10. reader

    v wait kohffin mi vaahaka ah.. finally…… unmeedhu kuran dn regular koh up koh deyne kamah..

  11. Rifu

    Finally…
    V dhuvaheh fahu vs mi vaahaka kiyaalan libunyma v happy vejje..??

  12. Mishy

    Heii liaaa… ????????????? hrdha dhuvas vejje ey dhimaa nuvr thr.. haha ??????????… i knw yuh will up this stry if yuh r nt bx…. cux yuh r a great writr… ?????????????.. yu dnt hv to blame ur slf ngh lia…its nt gud..?????????.. alhey… rooshin assu kh s gws thr?????????? .. i cnt blve it…. rooshi gws vejjiyyr aroon mnnh hrdha ghlun vrne ey dhwh…???????????????… shubaa plx dnt luv shaakin anymr .. aroon is much better thn shaakin…aroon luvs yu alt..❤❤❤❤❤❤❤❤❤❤❤❤mr thn shakin..vrh vrh reethi mi prt.. ?????????????? keep it up liaa?????????????????whn nxt??????? Curiously waitin… ???????????????⚘⚘⚘⚘⚘⚘⚘⚘⚘.. nd i hv mailed yu ngh liaa…??????????ly..❤❤❤❤❤❤❤❤❤❤❤

    1. Pis pis
      Mishy

      Mioh kameh dho

  13. Eekko

    omg liaa u are back i’m so happy that varah gina dhuvas kohfa mi part kiyaalan libuneyma

  14. Sarey

    Varah reethi mi part ves..❤liaa mi part nereythoa varah inthizaaru ves kurevihjje..?☹anyways next part ves mihaaru mihiree varah kiyaa hih vefa..??

  15. Liaa

    Thank you all for your support. NExt part liyevunuhaa avahah up kollaanan <3

  16. Cuty

    Wow? just awesome. Mi vaahaka aky alhugaduvx v v v kiyaahithun kiyaa vaahaka eh. ?????? love this part. Avahah next part up kohlachey. I’m waiting ???❤??????

  17. someone

    wow……it’s awsome

  18. reader

    kobaa liaa anekka lasvaneyey

  19. .......

    m losing my faith in u

  20. nunnu

    koba liaa
    anehkaa mifaharu ves maalas vaniyyey
    kurinfaharu veehaa las nuvaane kamah ummeedh kuran
    adhives nuliyeveytha
    midhuvas kolhu ge gothun undhagulee dho
    ekam ves kommes habareh velaaba
    kon dhuvahakun tha up kolladheynee
    at least up kuraaney dhuvaheh buneladheebala
    eyrun e dhuvahakah inthizaar kuraanan kehtheri kamaa ekee
    ingey
    ekam maa las nukuraathi
    mihaa ginadhuvas kohfa up kuraairu
    v dhigukoh up kuraane kamah ummeedh kuram
    you can do it liaa
    meege kuri ves hama vaahaka liyamennun
    nimmaan ves nimma mennun
    ehen veemaa mifaharu ves liaa ah vane
    nunnu men abadhuves liyaa ah support dheynan
    keep it up girl

  21. kada vaa meehaa

    kobaa stry avas kurey mihaaru varah ginadhuvas vaane

  22. Tara❣?

    Up it soon liaa. Love it. Love it. ???

  23. Sarey

    Liaa..khnme mahakhu 1 part tha genesdhenee… alhe avaskohlabala

  24. huh

    mihaaru 21 dhuvas v… thi liyaa ehccheh liyaa nimen vejje ehnun.. ehn meehun inthixaaruga bahattan dhogu eba hadhaeh nun.. liyevunu haa avahakah up kuraanamw.. huh.. theynage fenvareh noon ey.. thikahala meehunneh noon vaahaka liyaany.. ekamuge layaagathaai gaabilukan huri meeheh noon theykey.

  25. Rooshin

    Please upload the next part soon. Since this is the only story I’m reading I’m getting bored. P.s I love the story and I’ve seen some movies kinda related to this one. Not all the same tho. And because my girl used to call me a name you’re using in this story even before it’s released p.s that’s the dream job that I’ve always wanted, i feel attached to this one and this is the only story I’m reading as i said before. So please upload next parts regularly?

  26. shrny

    koba lia… avas kollaba.. v salhi yh vaahaka.. inthixaaruga mihury up kuraane vaguthakah

  27. ??

    Alhe liaa ah vee gotheh bunebala komme vx kuhjeyy…I’m curious to read this story.. plx

  28. Tara❣?

    Liaa. State even if u are going to stop uploading the story. So that we will stop waiting for it. This is too much.

  29. kookie

    liaa.. koba tha story. haadha dhuvahekey mi v. keeve tha story up nukurany..?? bxy kamun tha..?? pls avahah up kohdhyba. I really really luv this story. 🙁

  30. thoofaan

    please liaa mi vaahaka up kohdheebala.. please please piease please

  31. Ly

    Story nihmaalytha. V kiyaahithun mihuhnanee story.

  32. Tara❣?

    Liaa. Up the story plxxz. I am eagerly waiting to read it.

  33. Heyley

    The story is nice

  34. Heyley

    When r u gonna upload the next part liaa

  35. Heyley

    Don’t take too long plx
    I am really looking forward to reading the next part

  36. Nafhath

    Thi vaahaka nulivenyaa kiyabala nuliaa dhn kon liaa eh kiyaakah

  37. Heyley

    Liaa plx
    You did this last time too don’t do this again and plx continue the story soon

  38. haha

    Mioh heleyy eh dhoo

  39. No one

    Liaa maru v tha????

  40. no one

    loabivaa liaa ah,
    vedhun salaamah fahu dhannavameve. liaa ge mi vaahakaige dhen huri episode thah avas musthagubaleh gai genes dhinumah edhi aadheys dhannavameve..
    liaa dheke vrh loabivaa
    liaa ge fan eh

  41. Sinn

    Heyy Liaa..kobaa tha nex part
    Haadha salhi story ekey mii
    Avahah nex part genes dhyba
    Plxxxxxx..can’t wait for the next part dear..
    Plxxx habareh velaba..

  42. Aysher

    Alhe nxt pary vrh avahah genes dheynamey kiyaafa kobaa tha.. plxx avahah nxt part genes dheebala. Alhe liaa knmes ehcheh bunebala dhw.eyrah dhw engeynee

  43. Neyge

    Dhn thi varun vaahaka nuliyaanama dhw
    Genes nudhevey iru ??

  44. Araash

    Stry kn irakn up kurany??

  45. ASH CHUM

    Dhen fukeh boduvaru liaa mi

  46. kookie

    Alhe liaa kn thaaku tha thi ulheny..?? are u dead.?? alhe keeve tha story up nukurany?? haadha kiyaahihveyey. this story was ma favourite. alhe liaa up kohdhyba. kiyaane meehaku nuviyas kookie kiyaanamey. plxxxxxxxxxxxxxxxxxxxxxxxxxxx

  47. waiting

    liaa where is nxt part…….7 months v eh mihaaru.still up nukure

  48. UNKNOWN

    When is next part coming waiting

  49. Fayaz

    Next part kobaa

  50. Andhirifaraai

    It has been two years

  51. Kitty

    Konmeves kameh vegn dhw vaahaka nuliye medhu kandaalaanyves so plx respect…. Bodu kameh dhimaa v kanneyge dhw… Vaahaka up kurannaa fennaane thaa… Nukuraa iru hithu huri ehcheh kiyan jeheytha vaki… Bunevidhaane dhw vaahaka Konmeves dhuvahakun up kuraane kamah ummeedhu kurameyvx… But plx do respect… Neynge ehnu aslugaves niyaavi kameh… Konme meehaku ehen eba kiyaa.. Thi kurany badhu dua kahala ehcheh kan handhaan kuraathi… Plx all readers dnt take this negatively

  52. Sia

    ????? inthizaaru kuramey

  53. #Hashtag

    Alhe plx plx plx plx plx plx mivaahaka up kohladheeba.mi vaahaka kiyaa hithun mihaar hureveny eh vx nooney… ???. Mi vaahaka up nuvaathy eba vrh dhera vx vey.??????????? Heyonuvaane mi vaahaka avahah up kohladhee…

  54. someone

    mi story ge dhen oiy bai kba? btw i love this story alot.. <3

Comments are closed.