Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 17

hygge Level 510 Stories100 Comments100 Login500 Comments
June 3, 2018 8 Mins Read
59 Comments

އޭނާއަށް އެހާ ހިސާބަށް ދެވެން ވީއިރު އެ އަންހެން ކުއްޖާ އެތަނަށް ވެއްޓިއްޖެއެވެ. އެއާއެކު ޔައީޝްވެސް އެހުރިތަނަށް ހުއްޓުން އެރިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައިވެސް އެކުއްޖާ ކައިރިއަށް ދުއްވައިގަތެވެ. ޔައީޝް ދުވެފައި ދިޔަގޮތަށް ގޮސް އެކުއްޖާ ގާތު ހުއްޓުނެވެ. އެއިރު އެކުއްޖާގެ ބޯ ފެޅި މުޅި އެސަރަހައްދުގައި ވަނީ ލޭގެ ކޯރު ހެދިފައެވެ. އެކުއްޖާގެ މޫނުވަނީ އަނެއްފަރާތަށް ކަމުން ބިރުންހުރެ ނަމަވެސް ޔައީޝް ގުދުވެލުމަށްފަހު އެމޫނުމައްޗަށް ރަނގަޅަށް ނަޒަރެއް ހިންގާލިއެވެ.

ޔައީޝްއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނީ ފެނުނު ސޫރައިގެ ސަބަބުންނެވެ. މޫނުމަތީގައި އެއަތް އުނގުޅާލުމަށްފަހު އަނެއް އަތް އިސްތަށިގަނޑުގެ ތެރެއަށް މަހާލިއެވެ. އޭނާގެ މޫނުމަތިން ދާތިކިތަށް ފާޅުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެހިނދު އޭނާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ޔައީޝް އެތާ ކައިރީ ގޮތްހުސްވެފައި އިރުކޮޅެއް ވާންދެން ހުރުމަށްފަހު ބިންމަތީގައި ދެކަކޫ ޖަހާލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. އޭނާގެ އަޑު މަޑު ގިސްލުމެއް ފަދައިން އިވެން ފެށިއެވެ. އެއަށްފަހު އެ އަޑު ބާރުވެ ރުއިމަކަށް ބަދަލުވިއެވެ. އެއިރު ބައެއް މީހުންވެސް އެތަނަށް ޖަމާވެއްޖެއެވެ. ނޫރީން މަތިންވެސް އޭނާ ހަނދާންވީ އިރުކޮޅަކުންނެވެ. ލޮލުން ކަރުނަ ފުހެލުމަށްފަހު އޭނާ ދުވެފައި އެތެރެއަށް ވަދެގެން ދިޔައީ ނޫރީންއަށް އެ ޚަބަރު ދިނުމަށެވެ.

ޔައީޝް ދުވެފައިގޮސް ލިފަޓަށް އެރިއެވެ. އަދި ދާންޖެހޭ ފްލޯގެ ނަންބަރަށް ފިއްތާލުމަށްފަހު ދެކޮޅަށް ހިނގާލަ ހިނގާލައި ހުރީއެވެ. އޭނާ މިހާރު އެހުރީ ލިފްޓަށް އެރުމުގެ މޮޔަ ހީވެފައެވެ. ސިޑިން އެރިއަސް މިއަށްވުރެ އަވަސްވީހޭ އޭނާގެ ހިތަށް އެރިއެވެ. ކޮންމެޔަކަސް އިރުކޮޅަކަސްފަހު އެނާގެ މަންޒިލަށް ވާސިލްވެވިއްޖެއެވެ. ޔައީޝް ލިފްޓުން ނިކުމެގެން ދިޔަ ގޮތަށް ގޮސް ނޫރީންމެންގެ އެޕާޓްމެންޓްގެ ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއް ފަހުން ނައިޝަމް އައިސް އެ ދޮރު ހުޅުވާލިއެވެ.

“ހޫން.. މިސޮރު ދޯ ބިރުން މާ ބާރަކަށް މި ތަކި ތަޅަނީ..” ނައިޝަމް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ނަމަވެސް ޔައީޝްއަކަށް މަޖަލެއް ނުވިއެވެ. އޭނާ ވާހަކަ ދައްކަންވެގެން އަނގަ ހުޅުވާލި ތަނާ އަނެއްކާ ޔަންހާ ވާހަކަ ދައްކަން ފަށައިފިއެވެ. “ހާދަ ލަހަކުންނޭ ތި އައީ؟ ހަމަ އެހާ ބައިވަރު ފިލާވަޅު ހުރީތަ؟” ޔައީޝް އައީ އެ ސުވާލުތަކުގެ ޖަވާބުދޭކަށް ނޫނެވެ. ނަމަވެސް އަނެއްކާވެސް އޭނާ ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. “ޒިވާ ކޮބައިތަ؟ އަދިވެސް ޓެރެސްއަށް ދިޔަ ގޮތަށް ނާންނަނީ ދޯ.. އޭނަ އެތަނަށް އެރިއްޖެއްޔާ ދަމާ ހަލައިގެން ގެންނަން ޖެހޭނީ.. ހެހެހެ..” މިފަހަރު ޔައީޝް ގާތަށް ރުޅިއައެވެ. “އަޅެ ކޮންމެވެސް މީހަކު އަހަންނަށް ފުރުސަތެއް ދީފާނަންތަ ވާހަކަ ދައްކަން؟ ތި އެންމެންނަށް ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެންނޭ މި އައީ.. ހެޔޮނުވާނެ.. އެއް ފުރުސަތު ދީބަލަ..” ޔައީޝް އައި ރުޅީގައި ވާހަކަ ދެއްކުނީވެސް ދުވަހަކު ބޮޑެތި މީހުން ކައިރީ ވާހަކަ ނުދައްކާ ގޮތަށެވެ. އޭނާއަށް އެކަން ވިސްނި މާފަށްވެސް އެދުނެވެ. ނަމަވެސް އެންމެންވެސް ތިބީ ޔައީޝްގެ އެ ޢަމަލުން ހައިރާންވެ އަންތަރީސްވެފައެވެ. ނަވާރްވެސް އެހެން ހުރުމަށްފަހު ޔަންހާގެ ހެދުމުގައި ހިފަހައްޓާލައިގެން ހުރެ އޭނާގެ ފުރަގަހުގައި ނިވާވެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޔައީޝް ހަޅޭތް ލަވައިގަތް އިރު ހިވަނީ ތަން ފަޅާލަ ފާނެހެންނެވެ.

“ހިނގާބަލަ ތިރިއަށް… ޒިވް އެބައޮތޭ އެތާ..” މިފަހަރު ޔައީޝް ވާހަކަ ދެއްކިއިރު އެ އަޑުގައި އެތަކެއް ވޭނެއް އެކުލެވިފައި ވިއެވެ. ޔައީޝް ބުނެލި އެއްޗަކުން އެންމެންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެމީހުން ދޭނެ ޖަވާބަކަށްް ނުބަލާ ޔައީޝް އަވަހަށް ދުވަމުން ސިޑިން ތިރިއަށް ފޭބިއެވެ. އެއަށްފަހު އެންބިއުލާންސް އަށް ގުޅާލައިފައި އަނެއްކާވެސް ޒިވާ ގާތު އިށީނެވެ. އޭނާގެ ބޯ ފެޅުމުގެ ސަބަބުން ނުހަނު ގިނަ ލޭ ވަނީ ފައިބައިފައެވެ. ޒިވާ ވަށާލައިފައި އެއިރުވެސް ކައިރީގައި މީހުން ތިއްބެވެ.

އެހިނދު އެންމެން ފަޅާލައިފައި ނައިޝަމް އާއި ނޫރީން އަދި ޔަންހާ ޒިވާ ގާތަށް ދިޔައެވެ. އެންމެންނަށްވެސް ލިބުނީ ޝޮކެކެވެ. ޒިވާ އޮތް ހާލު ފެނިފައެވެ. ދެންމެވެސް ހީހީފައި ނޫރީންއާއި އޭނާ ވާހަކަ ދެއްކިވިއްޔާއެވެ. ކުއްލިޔަކަށް މިވީ ކަމަކުން އޭނާގެ ހިތަށް ވަނީ ބަޔާން ކުރަން ދަތި ހިތްދަތިކަމެއް ލިބިފައެވެ. އަނެއްކޮޅުން އެއީ އޭނާގެ ހަމައެކަނި ހުރި ދަރިއެވެ. އެ ދަރިފުޅަށް ގޮތެއް ވެއްޖެނަމަ އޭނާގެ ހިތް ފަޅައިގެން ގޮސްދާނެއެވެ.

އެންބިއުލާންސްގެ އަޑު އިވުމުން އެމީހުން އަވަސްވެގަތީ ޒިވާ ހޮސްޕިޓަލަށް ގެންދާށެވެ. ދިގު ދަތުރަކަށްފަހު ޒިވާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. އޭނާ އެ ގެންދިޔަގޮތަށް ގެންދިޔައީ ހޮސްޕިޓަލްގެ އިމަޖެންސީ ބަޔަށެވެ. އެންމެންވެސް ބޭރުގައި މަޑުކޮށްލީ މަޑުކުރާ ހިތަކުން ނޫނެވެ. މަޖުބުރު ވެގެންނެވެ. ޔަންހާ އަށާއި ނައިޝަމް އަށް ނޫރީން ހިފަހައްޓާލެވެނީ ކިރިޔާއެވެ. ނޫރީން ރޮއެ ރޮއެ ބަލިވަނީއެވެ. ނައިޝަމް އަށާއި ޔަންހާއަށްވެސް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްދަތިކަމެކެވެ. އެ ދެމީހުންގެ ލޮލުން ފައިބައިފައިވާ ކަރުނަތައް އެކަމަށް ހެކިވެއެވެ. ޔަންހާގެ ލޮލުތެރޭގައި ބޮނޑިވެފަިއވާ ކަރުނތައް އެކަނިވެސް އެކަމުގެ ހެއްކަކަށް ފުދޭނެއެވެ.

ޔައީޝް ހޮސްޕިޓަލް ތެރެއިން ނިކުތުމަށްފަހު އެތަނުގެ ގޯތިތެރޭގައި މަޑުކޮށްލިއެވެ. އަދި އަވަސް އަވަހަށް ޖީބުން ފޯނު ނަގާ ނަންބަރު ތަކަށް ފިއްތާލުމަށްފަހު ކޮންމެވެސް މީހަކަށް ގުޅާލިއެވެ. “ހެލޯ.. ޔާނީ.. ވަރަށް އަވަހަށް ހޮސްޕިޓަލަށް އާދެބަލަ.. މައި ވެސް ގޮވައިގެން.. އޭޑީކޭ އަށް އަންނަންވީ..” ޔައީޝް އޭނާ ބުނަން ބޭނުންވި ވަރަށް ބުނުމަށްފަހު ފޯން ކަނޑާލިއެވެ.

****

ލިމްޔާ އާއި ލަމާން ތިބީ ލިމްޔާގެ ކޮތަރީގައެވެ. ލަމާން އެނދުގައި އިށީންދެލައިގެން އިން އިރު ދެއަތުން އޭނާގެ މޫނު ފޮރުވާލައިފައިވިއެވެ. ލިމްޔާ ހުރީ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެއް ފަހަރަކު އޭނާގެ މޫނުގައިވާ ދާތިކިތައް ފުހެލަފާނެއެވެ. އަނެއްފަހަރަކު އިސްތަށިގަނޑާއި ކުޅެލަފާނެއެވެ.

“ލިމް.. ދެން ކިހިނެއް އަހަރެމެން ހަދާނީ؟” ލަމާން އެހެން އިނުމަށްފަހު އިރުގަނޑެއް ފަހުން ލިމްޔާ ކައިރީ އަހާލިއެވެ. ލިމްޔާވެސް ހުރީ ހާސްވެ ކަންބޮޑުވެފައެވެ. “ލި.. ލިމްއަކަށް ނޭނގޭ.. ރޫޔާ ވެސް ދިޔައީނު އަވަހަށް އެތަނުން.. ނުވެސް ގުޅޭ އޭނާ ނަމްބަރ އަކަށް މިހާރު.. ބުނަނީ ބޭނުން ނުކުރާ ނަންބަރ އެކޯ…” ލިމްޔާ ހާސްވެފަ ހުރި ވަރުން ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ. “އެވީ ހުރިހާކަމެއް… ދެން ޕޮލިސް އެކަން ހޯދާނެ.. ހުރިހާކަމެއްގަ ބެދޭނީ އަހަރުމެން.. މީ ހުސް ލިމްޔާ އާ ހެދި ވާ ކަންތައް.. ކުރިން އެ ރޫޔާގެ ބަހަށް ނުހެއްލުނު ނަމަ މިހެން ނުވީހެއްނު..” ލަމާން އަތްތިލަ ބަޑި ޖަހާލިއެވެ. އެއަށްފަހު ލިމްޔާގެ ބޮލުގައި ހުރިހާ ތުހުމަތެއް އެޅުވިއެވެ. ލިމްޔާ ދެލޯ ބޮޑުކޮށްލުމަށްފަހު ލަމާން އާއި ދިމާލަށް ބަލައިލިއެވެ. “ލިމް އޭ؟ ލަމާން ވެސް މިކަމުގަ ބައިވެރި ނުވިނަމަ ތިހެން ނުވީސް ދޯ؟ ބުނަންތަ ރަނގަޅު ވާހަކައެއް؟ ދެން އިތުރު ވާހަކަ ތަކެއް ދައްކާނެ ކަމެއް ނެތް ލަމާން ވެސް.. ނަމަ ނަމައަކު ކެކޭނެ ރިހައެއް ނޯންނާނެ..” ލިމްޔާ ދެއަތް އުރާލަމުން ލަމާން އާއި ދިމާލަށް ބުނެލިއެވެ. އެވަގުތު އެ ކޮޓަރީގައި ނިކަން ބާރަށް މީހަކު ޓަކިޖަހައިގަތް އަޑަށް އެ ދެމީހުން ސިއްސައިގެން ދިޔައެވެ.

ލިމްޔާވެސް ލަމާން އަށް ބަލައިލި އެއީ ކާކުހޭ އަހާލަ ފަދަ ގޮތަކަށެވެ. އޭސީގެ ތެރެއިންވެސް ދެމީހުންގެ މޫނުމަތިން ދާތިކި ފާޅުވީ އިސާހިތަކުއެވެ. ލިމްޔާ ލަމާން އަށް ބަލައިލުމަށްފަހު އަތުން އިޝާރަތް ކޮށްލާ ހަދަންވީ ގޮތަކާމެދު ސުވާލު ކޮށްލިއެވެ. އަދި ލަމާން ދޮރު ހުޅުވާށޭ ބުނުމުން ލިމްޔާ ނިކަން ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރިއެވެ. ދެން މޫނު ފުހެލުމަށްފަހު ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އެއިރު ލަމާން އައިސް ފޮތެއް ހިފައިގެން ސޯފާގައި އިށީންނަނީއެވެ.

“ލިމް.. ދަރިފުޅާ.. ލަމާން ކީއްކުރަނީ މިކޮޓަރީގަ؟” ރުފްޝާ ނިކަން ހާސްވެ ހުރެ ފެށި ވާހަކަ ސުވާލަކުން ނިންމާލީ އެކޮޓަރި ތެރެއިން ލަމާން ފެނުމުންނެވެ. އެ ދެކުދިންނަކި އާންމުކޮށް ދެމީހުންގެ ކޮޓަރިތެރެއަށް ވަދެ އުޅޭ ބައެއް ނޫނެވެ. އެހެން ކަމުން ހައިރާން ވީއެވެ. “އޯހް.. ލަމާން ދޯ.. މީ.. އަޅުގަނޑާ ލަމާން.. އަނެއް.. ލަމާން އައީ ހޯމްވޯކް ހަދަންވެގެން ފޮތެއް ބަލައިލަން..” ލިމްޔާ ހާސްވެފަ ހުރިވަރުން ވާހަކަ ދެއްކުންވެސް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އިރުކޮޅެއް ވާންދެން މަސައްކަތް ކޮށްލުމުން އޭނާ ބުނަން ބޭނުންވި ވަރަށް ބުނެވުނެވެ.

“ހޫމް.. ތިއެއް ނޫނޭ.. ބައްޕަ ރައްޓެހި އެއްކަލަ ޒައިފްބޭ އިނގެޔެއްނު.. ޒައިފްބޭގެ ޒިވާ އެބޮއޮތޯ ހޮސްޕިޓަލްގަ… އެގޭގެ ޓެރެސް މަތިން ވެއްޓުނީޔޯ.. ދެންވެސް ހިނގާބަލަ މަންމަޔާއެއްކޮށް ހޮސްޕިޓަލަށް.. ކާރު އެބޮތް ރެޑީގަ.. ހިނގާ އަވަހަށް..” ރުފްޝާ ހާސްވެހުރެ އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ. އަދި ލިމްޔާ ގާތު ވެސް އައުމަށް ބުނެލިއެވެ. ލިމްޔާ އެހިނދު ލަމާން އަށް ބަލައިލީ ހާސްވެހުރެއެވެ. އެމީހުންގެ ޙަޤީގަތް ފަޅާ އަރައިފާނޭ ހަމަ ހީވަނީއެވެ. ކޮންމެޔަކަސް މަންމައަށް ދެކޮޅު ހަދައިފިނަމަ އެކަން މާފަސޭހައިން އިނގިދާނެތީ ބިރުން އެންމެ ފަހުން ދެމީހުންވެސް ރުފްޝާއާއެކީ ދިޔައީއެވެ.

އޭޑީކޭ ހޮސްޕިޓަލަށް ވަދެގެން ދިޔަ އިރުވެސް ލިމްޔާ އާއި ލަމާން ތިބީ ބިރުން ފިނިވެފައެވެ. އެމީހުން އަތުލައިގަނެފާނެހެން ހަމަ ހީވަނިއެވެ. ﷲ މަތިން ހަނދުމަވީ އެވަގުތުއެވެ. ﷲ މަތިން އިންސާނާ ހަނދުމަ ވަނީ އޭނާ އެންމެ ނިކަމެތިވާ ވަގުތުއޭ ބުނާ ބަހަކީ ތެދެއްކަން ޚުދު އެދެމީހުންނަށްވެސް މިއަދު ޤަބޫލު ކުރެވިއްޖެއެވެ. އެމީހުން ސަލާމަތް ކޮށްދެއްވުމަށްއެދި ހިތާހިތުން ދެމީހުންވެސް ދިޔައީ ދުޢާ ކުރަމުންނެވެ.

ނޫރީންމެން ގާތަށް ދެވުނު އިރު އެމީހުން ތިބި ޙާލު ފެނި ލިމްޔާއާއި ލަމާންގެ ހިތަށްވެސް އަސަރުކުރިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ. ޔައީޝްވެސް އެތަނަށް ވަނީ އެވަގުތުއެވެ. އިރުކޮޅެއް ފަހުން ދެލޯ ފުހެމުން ގިސްލަމުން ރޮމުން ކަހަލަ ގޮތަކަށް އަޔާނީ އާއި މައިހާވެސް އެތަނަށް އައެވެ. އެއިރު އެމީހުންގެ ބެލެނިވެރިން ތަންކޮޅެއް ފަހަތުން އާދެއެވެ. އަޔާނީ އާއި މައިހާއަށް އެކަންތައް ވީ ކެތްކުރަން ދަތި ކަމަކަށެވެ.

“ޔާނީ.. މައި.. ހިނގާބަލަ އެކޮޅަށް..” ޔައީޝް އެ ދެކުދިންނަށް މަޑުމަޑުން ގޮވާލައިފަ އެހެން މީހުންނާ ތަންކޮޅެއް ދުރަށް އޭނާއާއެކު ދިޔުމަށް އެދުނެވެ. “ޔަ.. ޔައީޝް.. މީ ކިހިނެއް ވީ.. ކަމެއްތަ؟” މައިހާއަށް ގިސްލެވޭވަރުން ވާހަކަދައްކަންވެސް ފަސޭހައެއް ނުވިއެވެ. “ނޫރީން ދައްތަ ބުނި މިއަދު އެގެއަށް ސައިބޯން ދާން.. ކޮންމެވެސް ޕާޓީއެއް އޮންނާތީއޯ.. އެހެންވެ އެގެއަށް ދާންވެގެން ދިޔައީ.. އެގެއާ ހަމަ ގާތްގަނޑަކަށް އަރާ ހަމަވަނިކޮށް ޔައި އަށް އަޑު އިވުނީ ނިކަން ބާރަށް އަންހެން ކުއްޖަކު ހަޅޭތް ލަވައިގަތް އަޑު.. ދެން ކުޑަކޮށް މަތި ބަލައިލިއިރު ފެނުނީ ކުއްޖަކު ވެއްޓޭތަން.. ދެން ނޭނގުނު ވީ ގޮތެއްވެސް.. އެއިރު ޔައި ހުރީ އެމަގުގެ އަނެއްފަރާތުގަ.. އެކަމުވެސް ދުއްވައިގަނެވުނީ މަގަށްވެސް ބަލައިނުލައި.. އެވަރުން އެހިސާބަށް ދެވެން ވީއިރު ވެއްޓިއްޖެ އޭނާ.. ދެން ދިޔައިރުވެސް ނޭނގޭ އެއީ ޒިވް ކަމެއް.. ގޮސް ކައިރިވެލައިފަ ބަލައިލި ތަނާ އިނގުނީ ޒިވާ ކަން..” ޔައީޝް ދިޔައީ އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތް ކުރަމުންނެވެ. ނަމަވެސް އެ އަޑުގައި ވީ ވޭން އެކަކަށްވެސް ނުފޮރުވޭނެއެވެ.

“ވެއިޓް.. ޕާޓީއޭ ދޯ ތިބުނީ؟ ޔާނީ ގެއަށް އައި އިރުވެސް ޒިވް ހުރި އެތާ.. ޔާނިވެސް ދެން އަޅާނުލައި އައީ.. އެކަމަކު އޭރަކު ނެތޭ އެތާކު އެކަކުވެސް.. ޔާނީ އެންމެ ފަހަށް އެތާ ހުރީ ޒިވް އާއެކި.. ޔާނީ އައީމަ އެތާ ނުހުންނާނެއްނު އެކަކުވެސް.. ދެން ކީއްވެ؟ ޔާނީ އަކަށް ހިއެއް ނުވޭ ޒިވް އަމިއްލައަށް އެކަހަލަ ކަމެއް ކޮށްފާނެހެނެއް..” އަޔާނީ ނިކަން ވިސްނޭ މީހެއް ފަދައިން ކަންކަން ހަނދާން ކުރަމުން ކިޔަން ފެށިއެވެ. ޔައީޝްވެސް އެވާހަކަތައް އަޑުއަހަން ހުއްޓާ ދެން އޭނާގެ ލޮލުގައި އަޅައިގަތީ އެތެެރެއަށް ވަދެގެން އައި ފުލުހުންގެ ޓީމެވެ.

“ލިމް.. ބަލާބަ..” ލަމާން ލިމްޔާ ގައިގައި ކޮށްޓާލުމަށްފަހު އެތެރެއަށް ވަދެގެން އައި ފުލުހުންތައް ދައްކާލިއެވެ. “އޯ މައި ގޯޑް..” ލިމްޔާގެ އަނގައިން އެ ބަސްތައް ބޭރުވީ އިޚްތިޔާރުން ބޭރުގައެވެ. އޭނާއަށް އަނގަމަތީ އަތް އަލާލެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި މޫނުމަތިން ހަމަޖެހޭކަން ދައްކަން މަސައްކަތް ކުރިއެވެ.

އެންމެންގެ ސަމާލުކަންވެސް އެވަގުތު ދަމައިގަތީ އޮޕެރޭޝަން ތިއޭޓަރ އިން ނިކުތް ނަރުހަކަށެވެ. ނައިޝަމްވެސް އަވަހަށް އޭނާ ގާތަށް ދިއުމަށްފަހު ސުވާލުކުރަންފެށިއެވެ. “ސަރ.. އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން މި ދަނީ.. ޕްލީޒް ކާމް ޑައުން.. ހުރިހާ ބޭފުޅުންވެސް ޕޭޝަންޓް އަށްޓަކައި ދުޢާ ކުރޭ.. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ﷲ..” އެ ނަރސް އެހެން ބުނުމަށްފަހު އެތަނުން ދިޔައެވެ. ނަމާދުގެ މަތިން ނައިޝަމްވެސް ހުރީ ހަނދާން ނެތިފައެވެ. ނަމަވެސް އޭނާ ނަމާދުމަތިން އެއްގޮތަކަސްވެސް ހަނދާން ނެތިގެން ނުވާނެއެވެ. އިންސާނުން ވީމަ ކަންކަން ހަނދާން ނެތޭ ފަހަރުވެސް އަންނާނެއެވެ. ޒައިފް އާއި ނައިޝަމް ނަމާދަށް ދިޔައީ ޔައީޝްވެސް ގޮވައިގެންނެވެ. ނަމަވެސް އެއިރުވެސް ލަމާން އެތާ ހުއްޓެވެ.

އެ ތިން ފިރިހެނުންނަށް ނަމާދުގައިވެސް ޒިވާއަށްޓަކައި ދުޢާ ކުރެވުނު އަދަދެއް ނޭނގެއެވެ. އެންމެންގެ ލޮލުންވެސް ކަރުނަ ފާއްދާލައިފައިވިއެވެ. ޒައިފްއަށް އޭނާގެ ދަރިފުޅާއެކު ހޭދަކުރެވުނު ވަގުތުގެ މަދުކަމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވެމުން ދިޔައެވެ. އޭނާގެ ދަރިފުޅަށްވުރެ އޭނާއަށް ވަގުތު ދެވުނީ ބިޒްނަސް އަށެވެ. ނައިޝަމް އަށް ޒިވާ އާމެދު ދެކެވެނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ގޮތަށެވެ. އެހެން ކަމުން އޭނާ ހިތާމަކުރަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ހިތާމަކޮށްފައި ނުވާ ވަރަށެވެ. ކޮއްކޮ އެހާލުގައި އޮށްވާ އޭނާ އަށް ހަމަނޭވާއެއް ލެވޭނީ ކިހިނަކުން ހެއްޔެވެ؟ ޒިވާއާއި އެވަރަށް ޖެއްސުން ނުކުރެވުނު ނަމައޭ އޭނާގެ ހިތަށް މިހާރު އަރައެވެ. އަބަދު އެކޮއްކޮ އުފާވާފަދަ ކަންކަން ކޮށްދެވުނު ނަމައޭ ހިތަށް އަރައެވެ.

އައި މަގުމަތީގައިވެސް ޓްރެފިކްގައި ޖެހޭވަރުން ކާރުދުއްވަން އިން ނައިޝަމް އިނީ ރުޅި ގަދަވެފައެވެ. މި މާލޭގައި ދުވަހަކު މިނޫން ގޮތެއް ނުވާނޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކާރު ދުއްވައިފައި ދާން މިޖެހެނީ ހިންޏެއް ވަރުނެވެ. އިރުގަނޑެއް ދަތުރުމަތީގައި ހޭދަކުރުމަށްފަހު އެމީހުންނަށް ހޮސްޕިޓަލާއި ހަމައަށް ފޯރިއެވެ. ދުވެފައި ތިން މީހުން ކާރުން ނިކުމެ އެތެރެއަށް ދިޔައެވެ.

އެންމެން ހިތާމަކުރަމުން ދިޔައިރު ދުރުގައި ހުރިހާ މަންޒަރެއް ބަލަމުން ދިޔަ މީހަކު ހުރީ އުފަލުން ހީލަ ހީލާއެވެ. “ދެން މަށަށް ލޮލުފިޔައެއް ޖެހޭނީ.. މިއޮށް ހުރިހާދުވަހު މަ އުޅުނު ހާލު އެންމެ ރަނގަޅަށް އެނގޭ މީހަކީ ތީ.. މިއަދު ދެން ގެއަށްގޮސް އަރާމު އަރާމުކޮށް ނިދާލެވޭނެ.. ހެހެހެ..” ނުލަފާ ހިނިގަނޑެއް ޖަހާލަމުން އެ އަންހެން ކުއްޖާ ނޫހަކުން މޫނު ނުފެންނަ ގޮތަށް ހަދައިގެން އިން ކުއްޖާއަށް ބުނެލިއެވެ. “އައިމް ޕްރައުޑް އޮފް ޔޫ ސްވިޓީ.. ރައިފާ..” އޭނާ އެހެން ބުނެ ގާތުގައި އަވިއައިނެއް އަޅާލައިގެން އިން ރައިފާއަށް ބުނެލިއެވެ. އެއަށްފަހު ރައިފާގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ދެން ނާއިޝް.. ޕަބްލިކް އޭ..” ރައިފާ ކުޑަކޮށް ދަމާލަމުން ނިކަން ތުއިވެލައިފައި ނާއިޝްއަށް ބުނެލިއެވެ. އިރުކޮޅެއް ވާންދެން އެތާ ތިބުމަށްފަހު އެދެމީހުން އެތަނުން ނިކުމެގެން ދިޔައެވެ.

“ފޮށްޓަށް އެއްޗެހި އަޅާ.. މިރޭ ނުވައެއް ޖަހާއިރަށް ޗެކިން އަށް..” ގެއަށް ވަދެގެން ދިޔަ ރައިފާއަށް ނާއިޝް ބުނެލީ ލާނެއް ހިނިތުން ވުމެއް ރައްދު ކޮށްލަމުންނެވެ. އެދެމީހުންގެ ބޭނުން ފުދުމުން މިހާރު އެއުޅެނީ ގައުމު ދޫކޮށް ދާށެވެ. ކޮންފަދަ ނުބައި އިންސާނުން ތަކެއް ހެއްޔެވެ؟ މީހަކަށް ދެރައެއް ލިބުމުން އެމީހުންނަށް ލިބިފައި އެވަނީ ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެކެވެ.

“ހޫން.. މީތިގަނޑާއި ހެދިވެސް ބޮލަށް ތުރާ..” ރައިފާ އޭނާގެ ބޮލުގައި ޒާތަކަށް އޮޅާފައި އޮތް ޝޯލްއަށް އިޝާރާތް ކޮށް ބުނެލިއެވެ. އޭނާ ކޮޓަރިއަށް ވަނުމަށްފަހު ދެން ނިކުތީ ހުޅުލެއަށް ދާން ތައްޔާރުވެގެންނެވެ. އޭނާ ތިރިން ލައިފައިވަނީ ކަޅުކުލައިގެ ޒާތެއްގެ ހަރުވާޅެއް ފާޑު އެއްޗެކެވެ. އޭގައި ހުދުކުލައިގެ ދިގު ރޮނގުތަކެއް ދަމާފައިވެއެވެ. މަތިން ލައިފައިވި މެރޫން ކުލައިގެ ޓޮޕް ކޮޅު ވަނީ މެއާއި ހިސާބުން ހަރުވާޅުގެ ދަށަށް ޖަހައިފައެވެ. ބެގީ ކޮށްފައެވެ. އެ ޓޮޕްކޮޅުގެ އަތް ފުޅާކަމުން އަތް ހިތްލާލާއިރަށް އޭނާގެ އަތް އެއްކޮށް ހާމަ ވާނެއެވެ. އަދި އެ އަތުގެ އެތެރެއަށް ވި ފަރާތުން އުޅަނބޮއްޓާ ހަމައަށް ވަނި ކަފާލައިފައެވެ. އެތެރެއިން އެ އަތް ނިވާވާނެ ފަދަ އެއްވެސް އެއްޗެއް ބޭނުން ކޮށްފައި ނުވެއެވެ. އަލާފައިވި ޝޯލްވެސް އޮތީ ހަމައެކަނި އެއް ފަރާތަކަށް އެއްލައިފައެވެ. އެހެންކަމުން ކަރުވެސް އޮތީ ދިމާއަށެވެ.

އޭނާގެ މޫނުމަތީގައި ކޮށްފައިވާ ގަދަ މޭކަޕްގެ ސަބަބުން މީހާވެސް ފާހަގަ ނުވާ ވަރުވެއެވެ. ލޮލަށް ލެންސެއް ލައްވާފައިވުމުން އޭނާގެ ކަޅީގެ ކުލަޔަކަށް މިހާރު އިނީ ކަޅުކުލައެވެ. އެ ދެލޯ ވަށައިގެން އައި ލައިނަރ އިން ފުޅާކޮށް ފަވާލައިފައިވިއިރު އައި ޝެޑޯއަކަށްވެސް ބޭނުންކޮށްފައި ހުރީ ކަޅުކުލައާއި ގަދަ ރަތް ކުލައެވެ. އެހެން ކަމުންވެސް ނުލަފާ ވައްތަރެއް ޖަހައެވެ. އެއާއެކު ދެތުންފަތުގައި ޖައްސާފައިވަނީ ނިކަން ގަދަ ރަތް ކުލައެކެވެ. މޫނުމަތީގައި ފައުންޑޭޝަން ހާކައިފައިވާލެއް ގިނަކަމުން އިހުނަށްވުރެވެސް އޭނާ ދޮންކަމަށް ދައްކައެވެ.

ނާއިޝް އޭނާގެ އިންތިޒާރުގައި އިނުމަށްފަހު ރައިފާ ނިކުތުމުން އޭނާއާއެކު އެތަނުން ނިކުންނަން ހިނގައިގަތެވެ. ފައިވާން ހަރުގަނޑުން ރަތް ކުލައިގެ ހައި ހީލްސް ނެގުމަށްފަހު ރައިފާ އެއަށް އެރިއެވެ. އަދި ނާއިޝްވެސް އޭނަގެ ބޫޓު ނަގައިގެން އެއަށް އެރުމަށްފަހު އެޕާޓްމެންޓުން ނިކުތެވެ. އެވަރުގެ ކުދިންތަކެއް އެހާ ފަސޭހައިން ކަންކަން ކޮށް ނިންމާލަނީ ކިހިނެއް ބާވައޭވެސް އެތަން ފެންނަ މީހަކު ހިތަށް އަރާނެއެވެ. ނަމަވެސް ހުރިހާ ޙަޤީގަތެއް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.

****

“ލިމް.. ދެން ކިހިނެއް އަހަރެމެން ހަދާނީ؟ ކޮން ޖަވާބެއް ދޭނީ ޕޮލިސް އަށް.. އަހަރެމެން އަތުގަ ދޭނެ ޖަވާބެއް އެބައޮތްތަ؟” ލަމާން ހާސްވެހުރެ ލިމްޔާ ގާތު އަހާލީ އެތަނަށް ވަދެގެން އައި ފުލުހުންނަށް އިޝާރާތް ކޮށެވެ. “ބުނާނެ ކޮންމެވެސް އެއްޗެއް ހިތުގަ ރާވާލަބަ.. ހަމަ ނޯމަލް ކޮށް އަހަރެމެންވެސް ވާހަކަ ދައްކާނީ.. އިނގޭ ވަރަށް އުނދަގޫ ވާނެކަން.. ބަޓް.. އެހެން ގޮތެއް އަހަރެމެންނަކަށް ނެތެއްނު މިއަދަކު..” ލިމްޔާވެސް އޭނާގެ ހިތަށް އައި އެންމެ މޮޅު ގޮތް ލަމާން އާއި ޙިއްސާ ކޮށްލިއެވެ.

ފުލުހުން އެންމެންނާ ސުވާލުކުރަން ފެށިއެވެ. އެމީހަކަށް އެނގުނު ވަރަކުން އެމީހަކު ކިޔައިދެމުން ދިޔައެވެ. އެހެން އަންނަމުން އައިސް ލިމްޔާ އާއި ލަމާން އާއި ފުލުހުން އަރާ ހަމަކޮށްފިއެވެ. “އަމް.. އަޅުގަނޑު މި.. މިއަދު ދިޔައިން ޒިވާ މެން ގެއަށް.. އެ.. އެއީ ޕާޓީއަށް.. ދެން ނިމުނީމަ ހަމަ އައީ ގެއަށް..” ލިމްޔާ އޭނާގެ ވާހަކައިން އެއްބައި ކަނޑާލުމަށްފަހު ފުލުހުންނަށް ކިޔައިދިނެވެ. އޭނާގެ މުނުމަތީގައި ކޮންމެވެެސް ވަރަކަށް ހާސްކަން ވީ ނަމަވެސް އެކަންތައް ފޮރުވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. އަދި އެންމެ ފަހުން އެކަން ކާމިޔާބުވިވެސް މެއެވެ. އެކަމަށް އޭނާ ބޭނުންކުރި އުކުޅަކީ އެކްޓެވެ. މޫނުމަތިން ދެރަވާކަން ދައްކާލީއެވެ. ފުލުހުންވެސް ދެން މާގިނަ ސުވާލުތަކެއް ކުރާކަށް ނޫޅުނެވެ. އެމީހުން ދިޔުމުން އެ ހުރިހާއިރު އޭނާ ހިފަހައްޓާލައިގެން ހުރި ނޭވާ ލިމްޔާ ދޫކޮށްލިއެވެ.

ނިކަން ބިރުކުޑަވެގެން އުޅުނަސް ކަމެއް ދިމާވުމުން އޭނާ ވަރުގެ ފިނޑިއެއް ނޫޅެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަސަދަވެރިކަމުގައި ގޮސް އޭނާއަށް އެކުރެވުނީ ކިހާވަރެއްގެ ކުށެއްކަން އޭނާއަށް އިނގޭނެ ނަމައެވެ. އަދި ޙަސަދައިގެ ނުބައިކަން އޭނާއަށް ފަހުމް ވާނެ ނަމައެވެ. ލޯބީގެ އަވައިގައި ޖެހި ތިމާއަށް ކުރެވުނު ކުށުގެ ބޮޑުކަން ލަމާންއަށްވެސް އިޙުސާސް ވާނެނަމައެވެ. ބަދަލުހިފުމުގެ ރޫޙު އޭނާގެ ހިތުން ފިލާނެނަމައެވެ.

ދެންވެސް އެންމެންގެ ސަމާލުކަން ދަމައިގަތީ އޮޕެރޭޝަން ތިއޭޓަރ އިން ޑޮކްޓަރުން ނިކުތުމުންނެވެ. ޒައިފް އަށާއި ނައިޝަމް އަށްވެސް އެދިމާލަށް ދުއްވައި ގަނެވުނީއެވެ. ޑޮކްޓަރ ދޭނެ ޖަވާބަކަށް ކެތް މަދުވެފައި ވާ ވަރުންނެވެ. ދަރިފުޅު ދެކިލަން ބޭނުންވެފައި ވާލެއް ބޮޑޫ ކަމުންނެވެ. އަދި ކޮއްކޮއަށް ދެރަގޮތެއް މެދުވެރިވާންވެސް ނޭދޭ ވަރުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 13

hgriug3iy
Next

ލޯބިކަން 9

Next
hgriug3iy
June 3, 2018

ލޯބިކަން 9

Previews
June 3, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 13

59 Comments!

  1. Nau says:
    June 3, 2018 at 2:55 am

    masha allah….varah furihama mi part vx….kn irakun nxt part…noor dear….limyaa ah heyo visnun dhevvaashi…adhi lamaan ah vx loibakee gadha baarun libeyne echcheh noon kamuge visnun dhevvaashi….aameen

    1. noor says:
      June 3, 2018 at 8:55 am

      jazakillah khairan Nau dear.. 🙂 in sha allah maadhan.. 🙂 Aameen.. 🙂

    2. noor says:
      June 3, 2018 at 8:56 am

      jazakillah khairan dear.. 🙂 in sha allah maadhan.. 🙂 Aameen.. 🙂

  2. Thoo says:
    June 3, 2018 at 3:37 am

    Oh My God.. Obiness to the max? Story warah Rythi? Ekam Xiv ah dhera gotheh nuhadhaathi plyz? Anyways story hama super? Waiting 4 the Next❤

    1. noor says:
      June 3, 2018 at 9:03 am

      jazakillah khairan Thoo dear.. 🙂 alhey dear evarah nurohchey ingey.. noor ves hama masahkaiyy kurany ziv salaamaiyy kureveytho… 🙂 jazakillah khairan dear.. 🙂

  3. unique says:
    June 3, 2018 at 4:21 am

    yayy but anekkaa ves author changed why???

    1. noor says:
      June 3, 2018 at 8:48 am

      Alhey aee noor kuraa kameh noon dear.. admin ah olhigen ehn vany.. it’s ok.. Dhn noor migothah reply kuraany.. 🙂

    2. noor says:
      June 3, 2018 at 9:05 am

      🙂 yess dear.. insaanunnah kuh kureveyne dhw.. story up kuraa faraathah olhifa e iny.. dhn noor migothah reply kuraanan dear mennaa.. in sha allah.. 🙂

  4. maya says:
    June 3, 2018 at 4:42 am

    yay me fourth dhw… finally up veje ..alhamdhulillah ..plyz noor ziva save kurachey …limaan and limya ah heyo visnun dhehvaashi n hasadha aki kihaa nubai ehcheh kamaai,ei meeha nethi kohlaa ehcheh kan ingey nama ,,,,dhen lamaan ah loihbaky gadha baarun hoadheyne ehcheh noon kan visneynama vv reethi vaane …..u naaish n raifa abadhaku thimyhunnakah ves kaamiyaabeh nulibeyne..u just wait and wacth..v foohi vey bt mi story Hama awesome no comments..>3>3>3

    1. noor says:
      June 3, 2018 at 9:08 am

      yess dear.. 🙂 hehe, yeah.. al’hamdhulillaah! ahey dear, noor ah hama v varakun ziv ah help veveytho miulheny… 🙂 aameen.. hehe.. jazakillah khairan dear.. 🙂 dear ah thihaa rangalhah visnaalevunyma vrh ufaavehje noor.. 🙂 maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. 🙂

  5. raifa says:
    June 3, 2018 at 7:08 am

    i hate you raifa and naaish

    1. noor says:
      June 3, 2018 at 9:10 am

      hehe.. i hope that you liked this part raifa dear.. 🙂

  6. noor says:
    June 3, 2018 at 9:01 am

    assalaamu a’alaikum dear readers.. 🙂 first of all, Good Morning everyone! hurihaa kudhinge haalu kihineh? 🙂 vrh masahkathun miothy mi part ves up vefa… vrh vrh vrh vrh vrh vrh vrh boda sorry ingey mi part las v ma.. 🙁 dhn anehkaa mifaharuves miothy author change vefa.. ehnve migothah comment kuran jeheynee noor ah.. 🙂 dhnme ehnenve log out kollaafa mihaaru mi comment kurany.. 🙂 anyways, hurihaa kudhinnah kihineh vany mi part? kamudheytha? noor ummydhu kuran ingey readers ah mi part ves kamudhaane kamah… 🙂 LY all..

    1. ? says:
      June 3, 2018 at 1:55 pm

      Yh…it soooo awsome…its just inexpressible….stry kiyaa iru heevany hama stry therayga ulhavay henn….ma sha allah…thi kura hiyvaruga maai allah barakaai lavvaashi….wen nxt part?❤❤❤???????

  7. riyer says:
    June 3, 2018 at 9:34 am

    Masha Allah varah reethi

    1. noor says:
      June 3, 2018 at 9:51 am

      al’hamdhulillaah! jazakillah khairan dear.. 🙂

  8. Shann says:
    June 3, 2018 at 10:06 am

    Alhey ziv ah dheragotheh nuhadhahchey… Ekam heevany ziv dhen heyaraairu kureege ehves kameh hadhaaneh nuhunnaanehen… Anehbayah v inthixaaru kurevey…

    1. noor says:
      June 3, 2018 at 10:13 am

      alhey dear.. noor ah vevunu help eh viyyaa veveytho hama try kurany.. in sha allah, ziv ah dhera gotheh nuvaane.. 🙂 hehe.. hingaaba dhw balailna dhn vaa gotheh.. gaimuves story kuriyah dhaany noor plan koffa oiyy gothah.. mi story ge khulaasaa aa ehgotha.. in sha allah.. hingaa dhw dhn vaa gotheh balamaa.. 🙂

  9. Hello says:
    June 3, 2018 at 10:41 am

    Masha Allah! This story is just superb ❤️❤️ When is the next part? Curiously waiting…???

  10. eekko says:
    June 3, 2018 at 10:59 am

    xiva ah dhera gothe medhuveri nuvaasi, ameen?

    1. noor says:
      June 3, 2018 at 11:09 am

      aameen.. 🙂 alhey eekko evarah nuroey dear.. in sha allah ziv ah ves adhi rangalhu gotheh medhuveri kuravvaane.. 🙂

  11. malaak says:
    June 3, 2018 at 11:10 am

    varah reethi mi part vess..yaeesh ziv ah propse kuruvaba! eyrun adhi maa reethi vaane

    1. noor says:
      June 3, 2018 at 2:14 pm

      jazakillah khairan dear.. 🙂 hehe..

  12. Hello says:
    June 3, 2018 at 11:14 am

    Maasha Allah! This story is just superb❤️ When is the next part?? Curiously waiting…???

  13. No one says:
    June 3, 2018 at 11:34 am

    Vr furihama mi part vx.. maasha allah.. nd author change vefa eh nunehnu iny.. hama noor iny author akah

  14. Mishy says:
    June 3, 2018 at 11:35 am

    Wowwwww?????????????vrh vrh reethi???????????obiness to the maxxx… ?????????????? masha allah… alheyy… noor plx ziv ah ehn nahadhr… ???????????plx plx ziv salrmaiyy khdhhchey whn nxt? Curiously waitin… ly.. ❤❤❤❤❤❤❤❤❤❤
    ❤❤❤❤????????????????⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

    1. noor says:
      June 3, 2018 at 2:16 pm

      maa sha allah.. haadha colorful comment ekey mishy dear.. 🙂 jazakillah khairan mishy.. 🙂 alhey dear, noor ves hama try kurany mee ziv salaamaiyy kureveytho.. ingey.. 🙂

  15. Mate says:
    June 3, 2018 at 12:02 pm

    Wonderful…..??????????????curiously waiting for next part

    1. noor says:
      June 3, 2018 at 2:17 pm

      jazakillaj khairan mate dear.. 🙂

  16. Ira says:
    June 3, 2018 at 12:42 pm

    Ziv ragalhu vee tha…… Masha allah…. Vaahaka vvvv reethi…

    1. noor says:
      June 3, 2018 at 2:20 pm

      hingaaba dhw balamaa.. 🙂 jazakillah khairan Ira dear.. 🙂

  17. unique says:
    June 3, 2018 at 12:44 pm

    sorry noor i didnt mean to hurt u hama buny dhw that author name change vy o……… but…. then ok konmegotheh viyas story hama habeys hama vvvvvvvv reethi cant wait for next part…hama awesome

    1. noor says:
      June 3, 2018 at 2:13 pm

      alhey dear noor nuveyey dheraeh.. 🙂 evves varakah dheraeh nuvey.. it’s just an emoji.. hehe.. asluvestha? jazakillah khairan dear.. 🙂

  18. Alisha says:
    June 3, 2018 at 1:35 pm

    Alhey ziv ah dhera gotheh nahadhahcheyy ?????????????
    Waiting for the next part???

    1. noor says:
      June 3, 2018 at 2:21 pm

      alhey evarah nuroe dear.. in sha allah adhi ziv salaamaiyy vaane.. 🙂

  19. shaufa says:
    June 3, 2018 at 2:26 pm

    v hadi

    1. malaak says:
      June 3, 2018 at 2:57 pm

      meehun ah negative comment kuri as they wont understand. why dont you tell noor kaari rangalhu kurann vi kantha. noor dont be offended , your a really good writer!masha allah

    2. noor says:
      June 3, 2018 at 3:44 pm

      first of all, vrh vrh vrh bodah shukuriyyaa dear mi part kiyaala dhinythyves.. 🙂 jazakillah khairan dear.. 🙂 dhn, noor story liyan feshyves negative plus positive comments ves libeyne kan dhanegen.. 🙂 vrh ufaavehje dear thihen ves bunelyma.. in sha allah noor try kuraanan dhn part eh miah vure reethi kureveytho… faadu kiyumaky rangalhu kameh hama.. ekam noor ah rangalhu kollan v than than buneladhin nama noor ah vrh faseha vees dear.. 🙂 dhn faharakun buneladhinun edhn.. 🙂 jazakillah khairan malaak dear.. vrh ufaavehje dear noor ah thidhey support ah.. 🙂 dhn kurin ves noor bunelihen faadukiyumun noor ge evves massala eh neiyy.. al’hamdhulillaah! ekamun noor ah ithuru faseyha thakeh libeny.. noor ge hunaru ithurah kuriaruvan libey hiyyvareh aee.. dh rangalhu kollan v kankan engi ekan kan rangalhu kollevey eyrun..:-) noor faahaga kollan beynun, hama vrh gina kudhin ebathibi noor ah egothah rangalhu kollan v than tnakolhu buneladhey. vrh ufaavey ekudhin egothah kanthah kuraathy.. name ves faahaga kollan beynun.. ekam ehn vehje nama mi comment maa bodah dhiguvegn gosdhaane dhw.. hehe 🙂 miee maaiyy allah noor ah min varu kurevvi goiyy.. noor ah mi hunarun libifa huri minvareh beynun kohgen noor ge best dhekkeytho mi masahkaiyy kurany.. 🙂 ehn namaves negative comments thakaa hedhiyey kiyaafa noor mikan huttaa nuleveytho masahkaiyy kuraanan ingey my dear readers… in sha allah.. 🙂 vvvvvvvvvvvvvv ufaavey noor aa eky noor ge readers thibyma.. mi furusathuga vvvvvvvvvvvvvvvvvvvvvvvvvvvvv bodah thi hurihaa readers ah noor shukuru dhannavan.. jazakumullah khairan.. 🙂 noor ah neynge thi readers ah shukuru verivaane gotheh ves.. thi dhey support ge sababun noor ah vrh hiyy varu libey… aslugaves.. jazakumullah khairan.. 🙂 maaiy allah alhamen emmenge faafa fussavaashi.. aameen.. 🙂

  20. Sana says:
    June 3, 2018 at 3:48 pm

    Varah furihama??❤❤❤
    Ekam kihineh thi hedhee
    Ziv tha eyy cant belived
    ????????
    Raifaa haadha goohey adhives islaahu nuvey ?
    Limyaa and laman ah vee varu ves raifaa ah nuvi ?
    Bad girl raifaa
    Noor then raifaa islaahu kuran ulhebala ?
    Waiting for the next part ?

    1. noor says:
      June 3, 2018 at 8:44 pm

      jazakillah khairan Sana dear.. 🙂 hingaaba dhw balailan dhn vaagotheh.. 🙂 alhey dear, raifa islaahu kureveytho noor ves hama mi masahakaiyy kurany.. in sha allah adhi raifa ah ves visneyne.. 🙂

  21. Felix says:
    June 3, 2018 at 4:02 pm

    Ehen story thakun nufena kameh mi story varah bodah fenigen gosi ???
    Adhabee bas varah bodah beynun kohfa hurey noor ??
    Furihama Dhivehi vaahakaeh mee ???❤❤
    Masha Allah ❤❤❤❤
    Adhives bodah e part gulhey gothah ginain beenu kuraanama ithurah furihama vaane ?
    Kuree part takuga Dhivehi and English mix kohfa huri and mihaaru Noor ekan ranglhu kohlaifi ??
    Ziv ah dhera gotheh nahadhahcheyy Noor ??

    1. noor says:
      June 3, 2018 at 8:48 pm

      jazakillah khairan Felix dear.. 🙂 vvvvvv ufaavehje noor, dear ge thi baskolhun.. 🙂 in sha allah, noor masahkaiyy kuraanan ingey dear.. 🙂 jazakillah khairan Felix dear.. 🙂 noor ves hama ziv salaamaiyy kuran help eh veveytho miulheny.. 🙂 maaiyy allah vodigen vanee keiyytherynnaa eky ehnu dhw dear? ehn v ma aharemen ves vaane dhw keiyytherivelaigen thiben.. in sha allah ziv ah dhera gotheh medhuveri nukuravvaane.. 🙂

  22. Hello says:
    June 3, 2018 at 5:58 pm

    This story is wonderful ?vvv reethi. When is the next part? Avahah up kohdheeba please

  23. unique says:
    June 3, 2018 at 7:07 pm

    noor haadha gud ey… vv reethi koh talk kuranyves i mean vv madumaithiri koh n vv dheen veri i wanna be like u… situations ehaa easily n v calm koh adhi ehaa rulhi madu koh handle kuran unique ves beinun like u…. heheh anyways thanks for trusting us

    1. noor says:
      June 3, 2018 at 10:23 pm

      🙂 al’hamdhulillah! vrh ufaavehje noor ge reader ehge faraathun thihaa loabi loabi bas kolheh fenunyma.. 🙂 noor ah neynge hama bunaane ehcheh ves.. ufalun gos roven ulhunu hen ves heevi.. hehe.. vvvvvv ufaavefa mihury.. 🙂 aharemenge maaiyy rasoola muhammadh S.A.W aky aharemen namoonaa akah balan v faraaiyy.. 🙂 qur’aan aa ekaleygefaanuge sunnah aa ehgothah aharemenge amaluthah behettyma hama baraabaru vaane.. 🙂 thimaa rulhi gadha vaa vaguthu a’udhu kiyan vaane.. 🙂 rulhi aee shaithaana loabi kuraa kameh.. ehn v ma shaithaana aharemennaa dhruvaa kanthah kuran vaane.. 🙂 allah mathin handhuma koh ehn meehunge mahchah thimaa ge hiyy saafu kuran vaane.. aharemennah ves kuh kureveyehnu dhw? ehn v ma ehn meehunnah ves kuh kureveyne kan dhanegen emyhunnah maaf kuran vaane.. 🙂 emmennaa dheytherey abadhuves dheken vaany rangalhah.. emmennaa ves abadhuves reethikoh talk kuran vaany.. rulhi gadhavegen halheyh levyma anekaa ah visneynetha? noonehnu dhw? madumaithiri kamaaeky reethikoh, ehn meehunnah visneyne fadha gothakah emmennaa ves vaahaka dhakkan vaany.. thimaage madumaithiri kan ves anekaa ah heyo visnumuge medhuveriyakah vedhaane.. 🙂 abadhuves keiyytherivaan vaane.. ekamakee insaanaa ah gellun libeyne kameh noon evves haalegga.. 🙂 maaiyy allah vodigenvanee keiyytherynnaa eku.. 🙂 marhabaa dear.. 🙂 maaiyy allah alhamenge faafa fussavaa alhamennah hidhaayaiyy ithuru kohdhevvaashi.. aameen..

  24. Mal says:
    June 3, 2018 at 10:12 pm

    Story genes chin goi varah reethi.. Masha Allah.. But ebahiri kuda koh hama nujehey thanthan. Ves ehaa avahah e meehun ethanun nikun going aslu hama nujehey… N yaesh maguga huri iru emeehun nufenuneema aslu?.. Hope u don’t mind.. E than aslu ehn gothakah hama jahsaalinama varah reethi vis.❤ waiting for next part❤?

    1. noor says:
      June 3, 2018 at 10:30 pm

      jazakillah khairan Mal dear.. 🙂 hehe.. yeah, huredhaane massala.. police scene tha? noony raifa men hulhule’ ah dhiya scene tha? 🙂 dhn yaeesh ah limya men nufenunu vaahaka tha dear thibuny? ehn vehje nama ans aky: limya and lamaan plus raifaa thiby terrace ga.. ehn v ma nufenidhaanehnu dhw? 🙂 noor vrh ufaavehje aslu dear ekan kan faahaga kollyma.. kuriyah huri part thah thankolheh realistic koh geneveyny ekan kan engunymaehnu dhw… hehehe.. jazakillah khairan dear.. 🙂

  25. unique says:
    June 3, 2018 at 11:35 pm

    thanks noor… u are soo good vv iburaihtheri bas kolheh i really love it… me ves beinun thigothah ulhen me ulhen ekamves i think that its not totally correct i mean me ge ulhun aslu bahattan jehey gothah nubehettey hen heevany idk…………. but im not that bad even ekmves dhw 🙁

    1. noor says:
      June 4, 2018 at 1:14 pm

      marhabaa dear.. 🙂 dear ah ves ulheveyne hama egothah.. noor nubunaanan noor ah ves ulheveny emme rangalhakashey.. aee evves meehaky emme furihama meeheh noon dhw? thimaage amilla nafsah ithubaaru kuran vaane… abadhuves.. dhn allah ge hadhrathun ummeedhu kandaalaakah nuvaane.. 🙂 aharemen masahkaiyy kuran jeheynee rangalhah ulhen.. gina ginain ekalaange mathin handhuma koh gina ginain qur’aan kiyavaa qur’aan ge maana kiyumun thimaa ge nafsu islaahu kurumah vrh bodu fiyavalheh e elheny.. 🙂

  26. Eenash says:
    June 4, 2018 at 4:16 am

    Ma sha Allah v v v reethi. Keep it up.??❤❤

    1. noor says:
      June 4, 2018 at 1:15 pm

      al’hamdhulillaah! jazakillah khairan Eanash dear.. 🙂

  27. Eenoo says:
    June 4, 2018 at 8:24 am

    Kobaa 18 vana part Noor??

    1. noor says:
      June 4, 2018 at 1:16 pm

      alhey dear.. vrh vrh vhr bodah sorry ingey 18th vana episode las v kamahtakaa.. hama dhenme noor mi submit kolly e episode ehkoh liyelaafa.. 🙂

  28. maya says:
    June 4, 2018 at 10:23 am

    Noor koba 18 vana ep?????????/

    1. noor says:
      June 4, 2018 at 1:17 pm

      alhey dear.. vrh vrh vhr bodah sorry ingey 18th vana episode las v kamahtakaa.. hama dhenme noor mi submit kolly e episode ehkoh liyelaafa.. 🙂 in sha allah miadhu konmes vaguthehga up vaane kamah noor mi balany.. 🙂

  29. nunnu says:
    June 4, 2018 at 12:16 pm

    koba noor adhives up nukuramennu
    konirakuntha up kohdheynee
    adhives waiting ga

    1. noor says:
      June 4, 2018 at 1:19 pm

      nunnu dear, vvvvvvv bodah sorry ingey 18 vana episode las v ma.. e episode hama on the way ga mihaaru.. dear mennaa hamayah annan.. hehe.. 🙂

  30. ? says:
    June 4, 2018 at 1:22 pm

    Koba 18 th episode? ?

    1. noor says:
      June 4, 2018 at 1:48 pm

      vrh vrh vrh bodah sorry ingey dear ebai las v ma.. ekam miadhu in sha allah nxt part up vaane kamah balany mee.. 🙂 on the way ga hama 18th episode.. hehe.. 🙂

Comments are closed.

Next Episodeހުޅުކޮޅު 18←


All Right Reserved!