ވަންހަނާ – 01
ދުނިޔޭގައި ފޮރުވިފައިވާ އެތައް ސިއްރުތަކެއްވެއެވެ. ނޭންގޭ އެތައް ކަމެއް ވެއެވެ. ހީނުކުރާ އެތައް ހާދިސާއެއް ހިނގައެވެ. އެގޮތުން ބައެއް ކަންކަމަކީ ފާޅުވުމަށްވުރެ، ވަންހަނާވުން ރަނގަޅު ކަންކަމެވެ. ކޮންމެދުވަހަކު އަހަރެމެން ބޭނުންކުރަމުން މިދާ އިންޓަނެޓަކީވެސް ހަމަ މިފަދަ އެއްޗެކެވެ. އަހަރެމެންނަށް ފެނިގެންމިދަނީ އަދި ބޭނުން މިކުރެވެނީ އިންޓަނެޓްގެ ވަރަށް ކުޑަ މިންވަރެކެވެ. އެއީ އެންމެ 4 ޕަސެންޓެވެ. ބާކީ 96 ޕަސެންޓަކީ ވަންހަނާވެ ސިއްރު ކުރެވިފައިވާ ބައެކެވެ.
***************
އެހެން ދުވަސްތަކެކޭ އެއްފަދައިން ކްލާސް ނިންމާލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލައިގެން މަޑު ހިނގުމެއްގައި ރަޔާން ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެއްއަތް ޖީބައް ޖަހައިލައިގެން އަނެއްއަތުން ފޯނު ހިފައިގެން ފޯނާއި ކުޅެމުން ދިޔައީ އެއްވެސް ފިކިރެއް ހިޔާލެއްނެތިއެވެ. މާލޭގެ ހަލަބޮލި މާހައުލުން އިވެމުންދިޔަ އަޑުތަކުން ލުޔެއް ހޯދުމަށް ޖީބުން ހެޑްސެޓް ނަގުމަށްފަހު ފޯންއަށް ކަނެކްޓް ކޮއްލިއެވެ. މިއުޒިކް އެޕްލިކޭޝަން ހުޅުވާ ލަވައެއް ޖަހާލުމަށްފަހު ޖީބަށް ފޯން ލާން އުޅެނިކޮށް ކުރިމަތިން ވަރަށް ބާރު ހިނގުމެއްގައި ފަހަތް ބަލަމުންއައި ފިރިހެނެއް ރަޔާންގެ ގައިގައި ޖެހިގަތެވެ. އެވަގުތު ރަޔާންގެ ފޯނާއި އެފިރިހެންމީހާ އަތުގައިއޮތް ޕެންޑްރައިވް ބިންމައްޗަށް ވެއްޓުނެވެ. ނަމަވެސް އެކަމެއް އެފިރިހެންމީހާ އަކަށް ނޭންގުނެވެ. ނުރުހުންވެފައި ހުރެ ރަޔާންއަސް އެމީހާއާއި ދިމާއަށް ބަލައިލެވުނެވެ. ސޮރީއޭ ބުނުމަށްފަހު ހަލުވިހިނގުމެއްގައި އޭނާ ހިނގައިގަތެވެ. ބަލާބެލުމަށް އޭނާ ހީވަނީ ބޮޑު މުސީބާތެއް ޖެހިގެން އުޅޭ ހެންނެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. މޫނުމައްޗަށް ވެރިވެފައިވަނީ ނުތަނަވަސް ކަމެވެ.
ބިންމައްޗަށް ވެއްޓިފައިވާ ޕޯން ނެގުމަށް ރަޔާން ގުދުވެލިވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ވެއްޓިފައިވާ ފޯންކައިރީގައި އޮތް ނޫކުލައިގެ ޕެންޑްރައިވްއެކެވެ. ފޯނާއި ޕެންޑްރައިވް ނެގުމަށްފަހު ފޯން ޖީބަށްލަމުން މަގުގެ ދެކޮޅުބަލައިލުމަށްފަހު ޕެންޑްރައިވްއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހެއްގެ ނަމެއް އަދި ކޮންޕެނީނަމެއްވެސް ޕެންޑްރައިވްގައި ލިޔެފައެއްނެތެވެ. އެއްވެސް ލިޔުމެއް އަދި ލޯގޯއެއްވެސް ފެންނާކަށް ނެތެވެ. އެއްވެސް ފަރުވާލެއްނެތި ލައިގެންހުރި ހުދުކުލައިގެ ގަމީހުގެ ކުރިމަތީ ޖީބަށް ޕެންޑްރައިވް ލުމަށްފަހު ރަޔާން ހިނގައިގަތެވެ.
ރަޔާންއަށް ގެއަށް އާދެވުނުއިރު ހުރީ މެންދުރު 2 ޖަހާ ބޮޑުވެފައެވެ. ވެފައިހުރު ވަރުބަލިން ފުރަތަމަވެސް ކޮޓަރިއަށްވަދެ މޭޒުމަތީ ދަބަސް ބޭއްވުމަށްފަހު ޖައްސާލެވުނީ އެނދުގައެވެ. އިރުކޮޅަކު އޮސޯވެ އޮވުމަށްފަހު އެއްކަލަ ޕެންޑްރައިވް މަތިން ހަނދާންވެގެން ޖީބަށް އަތްކޮއްޕާލުމަށްފަހު ޕެންޑްރައިވްނަގާ އެއަށް ބަލައިލިއެވެ. އަދި އެނދުން ތެދުވެ މޭޒުމަތީގައި އޮތް ލެޕްޓޮޕް ނަގާ ކޮޓަރީގެ ހުރިތާ ބޮކިތައް ނިއަވާލުމަށްފަހު މުޅި ކޮޓަރި އަނދިރި ކޮއްލިއެވެ. ލައިގެންހުރި ގަމީސް ބާލާ ގޮނޑިމަތީގައި ގަމީސް ރީތިކޮށް ބޭއްވުމަށްފަހު އެނދުމައްޗަށް ފުންމާލީ ޕެންޑްރައިވްގައި ހުރިއެއްޗެއް ބެލުމުގެ ނިޔަތުގައެވެ. އެނދުގައި ބަންޑުން އޮށޯވެއޮވެ ލެޕްޓޮޕް ހުޅުވާލިއެވެ. އަދި މާލަސްތަކެއްނުކޮށް ޕެންޑްރައިވް ލެޕްޓޮޕަށް ޖަހައިލިއެވެ. ޕެންޑްރައިވް ތެރެއަށް ވަދުމުން އޭގެތެރެއިން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ފަހަރެއްގައި ހައިޑް ކޮއްފައި އެއްޗެއް ހުރެފާނެއޭ ހިތަށްއަރާ ފޯލްޑަރ އޮޕްޝަންއަސްވަދެ ހައިޑް ފިލިވާލިއެވެ. އެވަގުތު ޕެންޑްރައިވް އިން ދައްކައިދިނީ ޓެކްސްޓް ފައިލްއެކެވެ. ވަރަށް ޝައުގުވެރިކަމާއިއެކެ ރަޔާން އެފައިލް ހުޅުވާލިއެވެ. އެފައިލްގައި ލިޔެފައިވަނީ އެންމެ އެއްޗެކެވެ. އެއީ ކޮންމެސް ވެބްސައިޓެއްގެ ލިންކެކެވެ. ނަމަވެސް އާދައިގެ ވެބްސައިޓްތަކުގެ ލިންކުތަކާ އެލިންކު ތަންކޮޅެއްތަފާތެވެ.
ބްރޯޒާ ހުޅުވުމަށްފަހު ބްރޯޒާއިން އެލިންކަށް ވަދެވޭތޯ ރަޔާން މަސައްކަތް ކުރިއެވެ. ނަމަވެސް ރަޔާން ގެންގުޅޭ އެއްވެސް ބްރޯޒައަކުން އެލިންކަށް ވަދެވޭގޮތެއް ނުވިއެވެ. އިރުކޮޅަކު ވިސްނަން އޮވުމަށްފަހު ބްރޯޒާ ހުޅުވާ ގޫގުލްގައި ލިންކް ޖެހުމަށްފަހު ގޫގުލްސާޗް ކޮއްލިއެވެ. ގޫގުލްއިން ދައްކައިން ސާޗް ރިޒަލްޓްތަށް ބަލަމުންދިޔައިރު ރަޔާންއަށް އިނގެމުންދިޔައީ ކުރިންއެނގިފައިނުވާ މުޅިން އައު ވާހަކަތަކެކެވެ. ސާޗް ރިޒަލްޓުން އައިސްފައިވާ ހުރިހާ ލިންކެއްގައިވެސް އާންމުކޮއް ދައްކައިފައިވަނީ އެއް ވާހަކަ ތަކެކެވެ. އެއީ ކޮންމެވެސް ޑާކްވެބެއް ނުވަތަ ޑީޕް ވެބެއްގެ ވާހަކައާއި އެތަނަށް ވަންނާނެގޮތުގެ މައުލޫމާތެވެ. ރަޔާންގެ ޝައުގުވެރިކަން ދިޔައީ އިތުރުވެގެންނެވެ. 30 މިނެޓްވަންދެން ކޮޅަކަށް ގުޑިނުލާ އޮވެގެން ރަޔާން ދިޔައީ ޑާކްވެބާއި ބެހޭގޮތުން މައުލޫމާތު ހޯދަމުންނެވެ. އަދި އެޕެންޑްރައިވްގައި އެވާ ލިންކަކީ ޑާކްވެބްގެ ވެބްސައިޜް ލިންކެއްކަން އޭނާއަށް ޔަގީންކުރެވުނެވެ.
ވެބްސައިޓް ތަކުގައި ޝާއިރު ކޮއްފައިވާ ލިޔުންތަކުން ބުނާ ގޮތުގައި ޑާކްވެބަށް ވަންނަން ބޭނުންވާނީ ވަކި ބްރޯޒާއެކެވެ. އެއީ ޑާކްވެބްގެ ވެބްސައިޓްތަކަށް ވަދެވެނީ ވަކި ސާވަރ އެއް މެދުވެރިކޮއްގެން ކަމަށް ވާތީއެވެ. އެއީ ޓޯއެވެ. އެހެންކަމުން ލަސްނުކޮށް ޓޯ ބްރޯޒާ ނެގުމުގެ މަސައްކަތް ރަޔާންފެށީ ކުރިމަތިވެދާނެ އެއްވެސް މުސީބާތަކަށް ވިސްނާލުމެއްނެތިއެވެ.
ޓޯބްރޯޒާ ޑައުންލޯޑް ކުރުމަށްފަހު ވެބްސައިޓެއްގައި ޝާއިރުކޮއްފައިވާ ލިޔުމެއްގައި ދީފައިވާ އިރުޝާދުގެ ދަށުން ޕެންޑްރައިވްގައި އިން ލިންކަށް ވަދެވޭތޯ ރަޔާން މަސައްކަތް ކުރަމުން ދިޔައެވެ. މާކަށް ގިނައިރުތަކެއްނުވެ ޓޯބްރޯޒާއިން އެލިންކަށް ވަދެވުނެވެ. އެލިންކަށް ވަދެވުމުން މުޅި ލެޕްޓޮޕްގެ ސްކްރީން އެއްކޮއް އަނދިރިވިއެވެ. އަދި “އެންޓަރ” ކިޔާ ރަތްކުލައިގެ ލިޔުންކޮޅެއް ސްކްރީންގެ މެދުގައި ނިވިދިއްލެމުން ދިޔައެވެ. އެވަގުތު ރަޔާންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކުރަން މިއުޅެވެނީ ރަނގަޅު ކަމެއްބާއޭ ހިތަށްއެރިއެވެ. ނަމަވެސް ލިންކުގައި އޮތްއެއްޗެއް ބަލަން ބޭނުންވެފައި ހުރިލެއްބޮޑުކަމުން އިތުރު ވިސްނުމަކަށްނުގޮސް އެންޓަރ އަށް ފިތާލީ ފުންނޭވާއެއް ލުމަށްފަހުއެވެ.
އެންޓަރ އަށް ފިތާލިތާ މިހާރު 30 ހަކަށް ސިކުންތު ވެދާނެއެވެ. ނަމަވެސް އިތުރު އެއްވެސް ޕޭޖެއް އަދި ނުހުޅުވެއެވެ. ގާތްގަނޑަކަށް މިނެޓެއްފަހުން އިތުރު ޕޭޖެއް ހުޅުވުނެވެ. ދެން ހުޅުވުން ޕޭޖްވެސް އޮތީ އެއްކޮއް ކަޅުކުލައިގައެވެ. ޕޭޖްގެ މަތީ ގައި “ޤާނޫނީ ސިއްރު” މިހެން ޖަހާފައިވެއެވެ. އޭގެ ތިރީގައި ފެންނަމުންދިޔައީ އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައިވާ ހިސާބު އަދަދު ތަކެކެވެ. ރަޔާން ރަނގަޅަށް އެ ހިސާބު އަދަދު ތަކަށް ބަލައިލުމަށްފަހު އެތަނުން އަދަދަކަށް ފިއްތާލިއެވެ. އެއީ 203 ކެވެ. 203 ކަށް ފިއްތާލުމުން ދެންވެސް 1 މިނެޓް ފަހުން އަނެއްކާ މުޅިން އައު ޕޭޖެއް ހުޅުވުނެވެ. ޕޭޖުގެ މަތީގައި ޖަހާފައިވާނީ “2013” އެވެ.
ރަޔާން ހާސްވެހުރެ ޕޭޖަށް ނަޒަރު ހިންގާލިއެވެ. ޕޭޖުގައި ލިޔެފައިހުރި އެއްޗެހި ފެނިފައި ރަޔާންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އޭނާއަށް މި ވަދެވުނީ ވަންނަން ވާވަރުގެ ތަނަކަށްބާއޭ އަމިއްލަ ނަފްސާއި ސުވާލްކޮއްލެވުނެވެ. އެޕޭޖުގައި ވަނީ 2013 ވަނަ އަހަރު ރާއްޖޭގައި ހިނގާފައިވާ އެކި ކަހަލަ ހާދިސާ ތަކެވެ. ތާރީހާއި އެއްކޮއް ކޮންމެ ހާދިސާއަކަށް ނަމެއް ދީފައިވެއެވެ. ގަތުލުކޮއްފައި ތިބި މީހުންނާއި ވީނުވީ ނޭންގި ގެއްލިފައި ތިބި މީހުންގެ މައުލޫމާތުތަކާއި ވާހަކަތަށް ވަރަށް ތަފްސީލްކޮއް ފެންނަން ހުއްޓެވެ. ގަތުލް ކޮއްފައިވާ މީހުން ގަތުލްކޮއްފައިވާ ގޮތާއި އެކަން ކޮއްފައިވާ މީހުންގެ މައުލޫމާތާއި ފޮޓޯ އަދި ނުވިތާކަށް އެކަންތަށް ކުރަމުންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯ ތައްވެސް ފެންނަން ހުއްޓެވެ. ސަރުކާރު ތެރޭގައި ސިއްރިއްޔާތުގައި ހިނގާފައިވާ ކަންކަމާއި 2013 ވަނަ އަހަރު ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހިނގާފައިވާ ހުރިހާ ކަމެއް ރަޔާންއަށް ދިޔައީ އެޕޭޖުން ފެންނަމުންނެވެ.
ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެ ސިއްސުވާލީ ރަޔާންގެ ފޯން ރިންގުވާން ފެށުމުންނެވެ. ރަޔާން ސިއްސައިގެންގޮސް ޖީބުން ފޯނުނަގައި ފޯނަށް ބަލައިލިއެވެ. އޭނާ އިތުރަށް ހާސްވެ ބިރުގަތެވެ. ރަޔާންގެ ފޯނަށް މީހަކު އެބަ ގުޅައެވެ. ނަމަވެސް ގުޅާ މީހާގެ ނަމެއްވެސް އަދި ނަންބަރެއްވެސް ފެނާކަށް ނެތެވެ. ރަޔަންހުރީ ބިރުންގޮސް ގަނޑުވެފައެވެ. ހިންދިރުވާލުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލުމާއިއެކު ފޯނު ކެނޑިއްޖެއެވެ. ކުއްލިއަކަށް ލެޕްޓޮފުން ކޮއްމެސް އަޑެއް އިވިގެން ބަލައިލިއިރު ލެޕްޓޮޕް ސްކްރީންގައި ބޮޑުއަކުރުން “ހެލޯ ރަޔާން” ޖަހާފައި އިން ލިޔުމެއް ނިވިދިއްލެމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
60 Comments!
Comments are closed.


Nice…
Thank you dear ?
Hello guys… This is my first story.. ? .. mivaahaka nikunnaanee konme Saturday egga … Hope you guys like it. ??
Intresting . .waiting for next part?
Thanks shina… ?
wow…interedting…waiting 4 next part…
Thanks rishu?. Miadhu next part update kureveythw balaalan
Reethi..
Thank you yas01 ??
Thank you yas01 ??
it’s super… i will be waiting for next part…
Thank you rifqa ??
Its really intresting. .good work dear ☺?
Thanks a lot shina ???
omg… is it a story omg…. i thought kurimathin hurihaa kameh veny kamah omg…. just cant believe i just have no words mi story vvvvvvvvv differ n its sooooo nice cox differ vma n i cant wait even to see next part
Thank you so much unique ??.. Will update the next part very soon. . ? Thanks for the lovely comment ?
omg… is it a story omg…. i thought kurimathin hurihaa kameh vany kamah omg…. just cant believe i just have no words mi story vvvvvvvvv differ n its sooooo nice cox differ vma n i cant wait even to see next part
Thank you so much unique ??.. Will update the next part very soon..? Thanks for the lovely comment ?
Nice…..interesting…. I love it….keep it up…ebain Kanei ge spell mistake eh….next time ragalhu kohlanchey….??waiting for next part…keep it up
??????
Thanks a lot Mai..? yah.. next time I will be more careful.. ?thanks for your support ???
Aslu government ge confidential ehchis thakeh dho eh pen ga e huree…anyway varah reethi vaahaka ❤❤❤
Pendrive gai vanee confidential documents thah upload koffaivaa secret website egge link.. thanks a lot ??
Varah reethi❤
Thank you Ham ..?
Waiting for the next part???
Will update very soon ??
Aslu sarukaaruge sirru thakeh dho pen ga huree…next part avahah up kurahchey❤❤❤??
Sarukaaruge secret documents thakeh upload koffaivaa secret website egge link pendrive ga inee.. will update the next part very soon… Thanks for the comment ??
whoa! hama heevany loa kurimathin sifa vaahen.. e kanthah thah vee goiyy kiyaidheefa in iru hama fahthah jehilevey.. hehehe.. vrh reethi.. maa sha allah.. first hen heeves nuvey.. vrh vrh vrh reethi… this seems very interesting.. 🙂 good job Ifaam.. keep it up dear.. 🙂
Thanks a lot noor.. ??I will try my best to make this more interesting… ?
Omg.. vr vr rythi nd interesting… Eagerly waiting for the next part❤️♥️♥️
Thank you so much No one.. ???Wil update next part very soon
Wow… ehn kudhin v nuliyaa kahala stry eh mii… v thafaathu… vv interesting… waiting for the part…???
Thank you twinkle?
??
ifaam varugadha vaahaka eh igey thi feshee.. kihineh baa meegen vaanee… very interesting..
Shukuriyyaa @kiyaa.. shauguveri kamaaeku baakee huri baithah vx geneveythw masakkai kuraanan ?
wowwwww…….vvvvvvv nice…. wait for next…..
Thank Shau.. ??.. will update soon
Ey browski is that really true? I mean all that stuff?
Yah.. dark web really exist.. ekam gaanoonee sirru eii just an imagination… Hope you liked it.. thanks ??
Hey how do uk? U in that kinda stuff or..? Soz m jus curious
Dark web aa behey gothun ingunee frnd ehgge faraathun.. dhn kudakoh research hadhaalaafa story liyan feshy
Woah woah really interesting. No words to describe your talent but its superb. Waiting for the next part. Hope it will be really interesting ??
Thanks Sid.. ?
Interesting ? <3
Thank you ??
Thafaath reethi
Thanks sunny gal.. ??
v thafaathu nd v reethi..kn irakun next part?
Thanks a lot… Hopefully, tomorrow I will update.. ??
Vaahaka kiyan feshy kureege vanhana vaahakaige season 2 kamah heekoh. Btw its nice.. hope it will b interesting
Thank you so much Aa… ??Will try my best ?
Vrh vrh vrh lwbi.. n interesting.. ❤❤??
Waiting for the next part
Vara bodah thanks.. ? will update the next part today
vaahaka vrh reethi vaane henheevey.. luv this part <3 <3
Thanks naa ??
Hama heevanee kurimathyga vamun dhaa kameh hen…. V nice……. Fantastic……
Thanks shaula ??
i cant wait for next part?
??