Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 14

hygge Level 510 Stories100 Comments100 Login500 Comments
May 31, 2018 9 Mins Read
45 Comments

“ޒިވް… އެއީ ލަތީފްބެ އާއި ލަތީފްބޭގެ އަންހެނުން ރުފްޝާ… ދެން ތި ތިބީ ލަތީފްބޭމެންގެ ދެކުދިން..” ޒައިފް އޭނާގެ ދަރިފުޅު ޒިވާއަށް ގޮވާލުމަށްފަހު ކުރިމަތީގައި ތިބި މީހުން ކިޔައިދިނެވެ. ޒިވާ އިސްއުފުލާލަން މަޖުބޫރުވުމުން އެވަގުތު ކުރިމަތީގައި ތިބި ބަޔަކަށް ނަޒަރެއް ހިންގާލިއެވެ. އެތާ ތިބި މީހުން ފެނި އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. އޭނާއަށް ހިން ދިރުވާލެވުނީވެސް ވަރަށް ވަރުންނެވެ. އެއީ އޭނަ މިތަނުން ދެކެން ބޭނުންވި ސޫރައެއް ނޫނެވެ. އެއްގޮތަކަށްވެސް ދެކެން ބޭނުންވި ސޫރައެއް ނުނެވެ. އަނެއްކާ މިއީ އޭނާއަށް ހިވާ ގޮތެއް ނޫންބާވައެވެ؟ ޒިވާ އޭނާގެ އަތުގައި ކުޑަކޮށް ނިޔަފަތިން ހިފާލީ މިއީ ޙަޤީގަތެއްތޯ ބަލައިލުމަށެވެ. ކަންތައް ވީ އޭނާ އެންމެ ބޭނުން ނުވި ގޮތަށެވެ. އޭނާގެ ކުރިމަތީގައި އެޔޮތީ ހަމަ ޙަޤީގަތެވެ. އޭނާ ކިތަންމެ ބޭނުން ނުވިޔަސް އޭނާ ކުރިމަތިލާން ޖެހިފަ އެޔޮތީ ޙަޤީގަތާއެވެ. އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ޒިވާއަށް އިނދެވުނީއެވެ. ކުރިމަތީގައި ތިބި ކުދިންނަށްވެސް ވީ ހަމަ އެވަރެވެ.

“ލިމްޔާ.. ލަމާން؟” ޒިވާއަށް ހިތާހިތުން އެ ދެނަން ކިޔާލެވުނެވެ. އެއިރު ލިމްޔާ އިނީ ދެބުމަ ކައިރިކޮށްލައިގެންނެވެ. ލަމާން އިނީ ފޫހިވައްތަރަކަށް ޒިވާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެމީހުން ތިބި ގޮތުން އެކުދިންގެ ބެލެނިވެރިންނަށްވެސް ކޮންމެވެސް އެއްޗެއް ދެނެގަނެވިއްޖެއެވެ. “ތިކުދިންނަށް ތިކުދިން އިނގޭތަ ކުރިންވެސް؟” ލަތީފް އެމީހުންނަށް ބަލަހައްޓައިގެން އިނދެ ސުވާލު ކޮށްލިއެވެ. އެއިރު އެންމެންވެސް ތިބީ އެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން އެ ސުވާލުގެ ޖަވާބު ބޭނުންވެފައެވެ. “ލަ.. ލައްބަ.. އަޅުގަނޑުމެން ކްލާހުގަ ލަމާން އުޅެނީ..” ޒިވާ ތުރުތުރުލާ އަޑަކުން ޖެހިލުންވެފައި އިނދެ ބުނެލިއެވެ. އޭނާ ކާހިތްވެސް ކަންތައް މިވީ ގޮތުން ކެނޑިއްޖެެވެ. މިތަނަށް އަންނަނީ އެމީހުންކަން އެނގޭނަމަ ކުރިން އޭނާ އެތަނަށް ނުވެސް އައީހެވެ.

ލަމާން އާއި ލިމްޔާގެ ޙާލަކީވެސް އެއީއެވެ. ޒިވާގެ ސޫރަވެސް ކުރިމަތިން ފެންނާކަށް އެމީހުން ބޭނުމެއްނޫނެވެ. ނަމަވެސް ކެތް ކޮށްލައިގެން ތިން މީހުންވެސް ތިބީއެވެ. “މާ ރަނގަޅަކަށްނު މިވީ.. ތިން ކުދިންވެސް ވާނެ ދެގެއަށް ގޮސް އައިސް އުޅެން.. ބައްޕަމެންގެ އެކުވެރިކަން ދަމަހައްޓަން ތިބި ކުދިންނަކީ ތިއީ.. ދޯ ޒައިފް؟” ލަތީފް އަށާއި ޒައިފްއަށް ހީވީ ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. އެމީހުން އުފާ ފާޅުކުރިއިރު އެކުދިންގެ ސިކުނޑި ތެރޭގައި އުފެދިފައިވާ ހައިޖާނު ގަނޑުގެ ކުޑަވެސް ހިލަމެއް އެއިން މީހަކަށް ނުވެއެވެ.

ޒިވާ ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ މިރޭ އަވަހަށް ގެއަށް ދެވޭނެ އިރަކަށެވެ. ކައި ނިންމުމަށްފަހު ދެއަތް ދެއަތާ މޮޑެލަ މޮޑެލާ އޭނާ އިންދާ އެވަގުތު އައެވެ. އަވަހަށް ޒިވާ ގޮނޑިން ތެދުވެލިއެވެ. އެހިނދު އެންމެންގެ ނަޒަރުވެސް އޭނާއަށް ހުއްޓުނެވެ. އެހެން ކަމުން އޭނާ ކުޑަޮށް ލަދުވެސް ގަތެވެ. ނަމަވެސް އެމީހުންވެސް އެއީ ދެން މާބޮޑު ކަމަކަށް ނަހަދާ ގެއަށް ދިޔުމަށްޓަކައި އެންމެން ހިނގައިގަތެވެ. އެންމެ ކުރީބައިގައި ގޮސް ކާރަށް އެރީ ޒިވާއެވެ. ނޫރީން އަށް ހުރީ ޒިވާ މިއުޅޭ ގޮތަކުން ކޮންމެވެސް ކަމެއް ގޯސް ހެން ހީވެފައެވެ. ނަމަވެސް އެވާހަކަ އޮށްބާލި މިތާ އެއީ ދައްކަން އެންމެ ރަނގަޅު ވާހަކައަކަށް ނުވާތީއެވެ.

ގެއަށް އާދެވުމާއެކު ބާރުބާރަށް ހިނގާލައިފައި ދިޔަ ޒިވާ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނަމަވެސް އޭނާގެ ދެފައިގައި ތަޅު އެޅުވުނީ ނޫރީންގެ އަޑަށެވެ. “ދަރިފުޅާ ޒިވާ.. ކިހިނެތް ވީތަ؟ ހާދަ ފާޑަކަށޭ ޒިވް ހުރީ އެތަނަށް ގޮއްސަ އެކުދިން ފެނުނީމަ.. އަނެއްކާ އެކުދިންނާއި ޒިވް އާއި ދޭތެރެ ބޮޑު މައްސަލަގަނޑެއް އޮތީތަ؟” ނޫރީންގެ އެ ވާހަކައިން އޭނާއަށް ފުރަގަސްދީގެން ހުރި ޒިވާ ދެލޯ ފިއްތާ ބާރުކޮށްލިއެވެ. އަދި ދެތުންފަތުގައިވެސް ދަތް އަޅާލީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. “މަންމަވެސް ދޯ.. ނޫން.. އެކަހަލަ އެއްވެސް ކަމެއް ނުވޭ.. އެއީ.. ޒިވް އާއި އެމީހުން އެހާ އެހާ ރައްޓިއްސެއް ނުވާނެ އަދި.. ދެން އެގޮތަށް ދިމާވީމަ ސަޕްރައިޒް ވީވަރުން އެހެން އިނީ.. އެއީ ވީ ގޮތަކީ.. މާ ބޮޑު ކަމެއް ނުވެޔޭ މަންމާ..” މޫނުމަތީގެ ކުލަވަރު ބަދަުކޮށްލުމަށްފަހު ހިނިއައިސް ހުރެ ނޫރީން އާއި ވީ ފަރާތަށް ޒިވާ އެނބުރިލުމަށްފަހު ބުނެލިއެވެ. ނޫރީންއަށްވެސް ހަމަޖެހުމެއް ލިބުނީ ޒިވާގެ އެ ޖަވާބުންނެވެ. ޒައިފްވެސް ގެއަށް ވަނީ އެވަގުތުއެވެ. ޒިވާވެސް ދެން ދަނީ ކަމަށްބުނެ އަވަހަށް ކޮޓަރިއަށް ވަދެގެން ދިޔައީ މަންމަގެ ފަރާތުން އިތުރު ސުވާލުތަކެއް އޭނާއާއި ކުރިމަތިވާން ބޭނުން ނުވާތިއެވެ.

ޒިވާ ކޮޓަރިއަށް ވަތް ގޮތަށް ކޮޓަރި ތަޅުލިއެވެ. އެއަށްފަހު ދިޔަ ގޮތަށް ގޮސް ސްޓަޑީ ޓޭބަލް ކައިރީ އިށީންދެ ލުމަށްފަހު އެއްފަރާތުގައި ހުރި ކަބަޑުން އިހުގެ ފަރުމާއެއް ހުރި ފޮތެއް ނަގާ އޭތި ހުޅުވާލުމަށްފަހު އެތެރޭގައި ލިޔަން ފެށިއެވެ.

ޒިވާ އެކި ކަންކަމާމެދު ވިސްނަމުން ދިޔައިރު އެނދުގައި އޮށޯވެލައިގެން ނިތްކުރިމަތީ އެއް އަތް ބާއްވާލައިގެން އޮތް ޔައީޝްވެސް ދިޔައީ އޭނާގެ ޙަޔާތާމެދު ވިސްނަމުންނެވެ. އޭނާއަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ ހަމަ އެހާ ރަނގަޅުވެފަ އަނެއްކާ ނުބައި މަގު ޚިޔާރު ކުރެވެނީއެވެ. ހަވާ ނަފްސަށް މާ ފަސޭހައިން ބުރަވެވެނީއެވެ. އެހެން ނަމަވެސް މިފަހަރު އޭނާ އެހުރީ އެއަށްވުރެ ވަރުގަދަ ޢަޒުމެއްގައެވެ. މިފަހަރު އޭނާ ހިތްވަރު ކުރާނެއެވެ. ނުބައި މަގަށް އެޅުމުގެ ކުރިން އޭނާގެ ނަފްސު އޭނާގެ ބާރުގެ ދަށަށް ގެންނާނެއެވެ. އެއީ އޭނާގެ ހިތުގެ އެންމެ ފުންމިނުގައިވެސް ވާ ޢަޒުމެވެ. ވިސްނަން އޮތް ޔައީޝް އެނދުން ތެދުވެގެން ގޮސް ލެޕްޓޮޕް ނަގާ ޔޫޓިއުބްއަށް ވަނުމަށްފަހު ދީނީ އެކި އެކީ ދަރުސްތައް ބަލަން ފެށިއެވެ. ކުރިން އޭނާއަކީ ދަރުސް އަޑުއެހުމަށް ނުލާހިކު ފޫހިވާ މީހެކެވެ. ޓީވީއިންވެސް ދަރުހެއް އަންނަންޏާ އަވަހަށް އެ ޗެނަލެއް ބަދަލު ކޮށްލާނެއެވެ. ނަމަވެސް މިރޭ އޭނާ އެ އެއްޗެހި އެ ބަލަނީ ހަމަ ބަލާހިތުންނެވެ. ޢިލްމުވެރިންގެ އެކި ވާހަކަތަކުންނާއި ނަސޭޙަތްތަކުން އޭނާއަށް އާ ހިތްވަރު ލިބެމުންދިޔައެވެ. އިސްލާމް ދީނުގެ ފުރިހަމަކަން ކުރިޔަށްވުރެ ބޮޑަށް އެނގެމުން ދިޔައެވެ. އޭނާގެ ހިތުގައި އެ ދީނާމެދު ލޯބި އުފެދުނީ މިއިން ދުވަހެއްގައިވެސް އުފެދިފައި ނުވާ ވަރަށެވެ.

އެގޮތުގައި އޭނާ އިން އިރު ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ. ފޯނު ރިންގް ވީ އަޑަށް އޭނާ ފޯނު ބަލައިލިއިރު ގުޅަނީ މަންމައެވެ. އެހެން ކަމުން އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. މަންމައާއި އެކި ވާހަކަތައް ދެއްކުމުގައި އެއް ގަޑިއިރު ހޭދަވެގެން ދިޔައިރުވެސް އޭނާގެ ހިތުގައި އެއްވެސް ފޫހިކަމެއް ނުވެއެވެ. ހައިފާ ދެން ފޯނު ބާއްވަނީ ކަމަށްބުނެ ކޯލް ނިންމާލުމުން ޔައީޝް ފުން ނޭވާއެއް ލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލައިލި ތަނާ އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް ވީޑިއޯ ބަލަން މިހާ އިރުވާންދެން އިނދެވުނީ ހެއްޔެވެ؟ އޭނާ ލެޕްޓޮޕް ނަގާ ދަރުސްތައް ބަަލަން ފެށިއިރު ގަޑިން ވާނީ އަށްގަޑި ސާޅީސް ފަހެކެވެ. މިހާރު ގަޑިން އެގާރަ ޖަހަނީއެވެ. އެހެންވީމާ ގާތްގަނޑަކަށް ދިހައެއް ޖަހާންދެން އޭނާއަށް އެގޮތުގައި އިނދެވުނީއެވެ. ލިބުނު ހައިރާންކަމަށްވުރެ އޭނާއަށް ލިބުނު އުފާ މާ ބޮޑެވެ. އެއީ ދީނީ ކަންކަމަށް ފަރުވާތެރިވެވުމުން އޭނާ އުފާވީއެވެ.

ފާޚާނާއަށްވަދެ އެއްޗެހި ބަދަލުކޮށްލުމަށްފަހު ސޯޓަކާއި ޓީޝާޓެއް ލައިގެން އައިސް އޭނާ އެނދުގައި އޮށޯވެލީ މާދަން ހެނދުނު ސްކޫލަށްވެސް ދާންޖެހޭތީ ދެންވެސް އަވަހަށް ނިިދޭތޯ ބަލާށެވެ. އޭނާ ނިދަން އުޅެ އުޅެ ނުނިދުމުން ފޯނު ނަގާ ސޫރަތުއް ރަޙްމާންގެ ރިކޯޑިންއެއް ޕްލޭ ކޮށްލިއެވެ. އެއަށްފަހު އިރުކޮޅެއް ވީތަނާ ނިދީގެ ފުންކަނޑަށް އޭނާ ޣަރަޤުވެގެން ހިނގައްޖެއެވެ.

ފޯނުން އެލާމްވީއަޑަށް އަރާމުކޮށް ނިދާލައިފައި އޮތް ޔައީޝް ފުންމައިގެން ތެދުވިއެވެ. އެއިރު އޭނާއަށް އިނދެވުނީ އެނދުގައި ދެކަކޫ ޖަހައިގެންނެވެ. އެހެން އިން އިރުވެސް އޭނާގެ ލޮލުގައި ނިދީގެ އަސަރު ވިއެވެ. އެހެން ކަމުން އެ އިން ގޮތަށް އަނެއްކާވެސް ބާލީހުގައި ބޯ އަޅާލި ތަނުން އަނެއްކާވެސް ފޯނު އެލާމް ވިއެވެ. މިފަހަރު އޭނާއަށް ހޭވެރިކަމެއް ވިއެވެ. އަވަހަށް އެނދުން ތެދުވެ ފާޚާނައަށް ވަދެ ފެން ވަރާލުމަށްފަހު އަލަމާރިން އިސްތިރިކޮށްފައި ހުރި އެއްޗެހީގެ ތެރެއިން ނޫކުލައިގެ ގޮޅިޖެހި ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނެއް ލިއެވެ. އެއަށްފަހު ގަމީހުގެ އަތް އުޅަނބޮއްޓާ ހަމައަށް އޮޅާލުމަށްފަހު ލޯގަނޑު ކައިރީ ހުއްޓިލާ އިސްތަށިގަނޑު ރީތިކޮށްލިއެވެ. އިސްތަށިގަނޑު ތެތްކޮށް ހުރުމުގެ ސަބަބުންވެސް އޭނާގެ މޫނުމައްޗަށް ތާޒާކަން ވެރިވެފައި ވިއެވެ. ގަޔަށް ސެންޓުބުރުވާލުމަށްފަހު ދޮރާއި ދިމާލަށް މިސްރާބު ޖެހީ ކޮޓަރިން ނިކުތުމަށެވެ.

ގޭގެ ދޮރު ކައިރީ ފައިވާން ހަރުގަނޑުން ޔައީޝް އޭނާގެ ބޫޓެއް ނަގަން އުޅެނިކޮށް ދޮރެއް ހުޅުވާލި އަޑު އިވުނެވެ. އެއީ ނައިޝަމްކަން އެނގުމުން އެނބުރި އޭނާގެ މަސައްކަތަށް އޭނާ ރުޖޫޢަ ވިއެވެ. އެއަށްފަހު ބޫޓު ނަގާ ބޭރުގައި އެ ބެހެއްޓުމަށްފަހު އެއަށް އަރައިގެން މަޑުކޮށްލީ ނައިޝަމް ނިކުންނަންދެނެވެ. “އާޗާ.. ހާދަ ތާޒާ ކަމަށް ދައްކައޭ.. ބައިގަޑިއިރުވަންދެން މާގަނޑު ދޮށުގަ ހުރެފަ ދޯ ތި ނިކުތީ؟ ވަރަށް ހީވޭ..” ހެވިލައިފައި ހުރެ ނައިޝަމް ޔައީޝް އާއި ސަމާސާ ކޮށްލިއެވެ. ޔައީޝްވެސް ހީހީފައި ނައިޝަމް އާއި އެކު ވާހަކަ ދައްކަމުން ލިފްޓުން ފައިބައިގެން ގޮސް ކާރަށް އެރިއެވެ.

***

ކްލާހަށް ވަދެގެން ދިޔަ ޒިވާއަށް އިޙުސާސް ކުރެވުނީ ފަޅުކަމެވެ. އެއްވެސް ކުއްޖަކު އަދި ކްލާހަށް ނާންނަނީއެވެ. އެހެނެއް ކަމަކު އެކުދިން ކްލާހަށް ވަނުމަށްފަހު އެ ކްލާހެކޭ ކުކުޅު ކޮއްޓެކޭ ތަފާތެއް ނޯންނާނެވެ. އެހާ އަޑުގަދަ ވާނެއެވެ. މުދައްރިސް ގާތު އެވާހަކަ ބުނަން ކިތަންމެ ފަހަރަކު އޭނާގެ ހިތަށްވެސް މިހާރު އަރައިފިއެވެ. ނަމަވެސް އެހިތްވަރު އޭނާގެ ނުހުންނަނީއެވެ. ކުދިން އޭނާއަށް ކޮށްފާނެ ކަމަކާމެދު ބިރުގަންނަނީއެވެ. “ހެލޯ ލޭޑީ..” ޒިވާ އޭނާގެ ގޮނޑިއާއި ދިމާލަށް ގޮސްގޮސް ހުއްޓާ ސިހުނީ ފަހަތުން ފިރިހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. ނުތަނަވަސްވެފައިވާ މޫނަކާއެކު އޭނާ ފަހަތަށް އެނބުރިލީއިރު ހުރީ ލަމާން އެވެ. އޭނާ އަޅާނުލާ އަނެއްކާވެސް ގޮނޑީގައި އިށީންނަން ދިޔައެވެ.

“އެބަ ވާހަކަ ދައްކަން ޒިވާ އާ..” ލާނެއް ފާޑަކަށް ހެވިލައިފައި ހުރެ ލަމާން އަނެއްކާވެސް ޒިވާއާއި ދިމާލަށް ބުނެލިއެވެ. ލަމާން އެހެން ބުނި ނަމަވެސް އެހިތުގައި ވަނީ ކޮން މަގްސަދެއްކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. “އިނގެޔޭ.. ދެން ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ..” ޒިވާ އެގޮތަށް ލަމާން އާއި ވާހަކަ ދެއްކި އެއީ ފުރަތަމަ ފަހަރެވެ. ޖެހިލުން ވި ނަމަވެސް އެކަން ފޮރުވާލުމަށްފަހު އޭނާވެސް ބުނެލިއެވެ. ލަމާން އޭނާއަށް ޖެއްސުން ކުރާކަށް އަނެއްކާ އޭނާ ބޭނުމެއް ނޫނެވެ. އެއްފަހަރު މިހާރު އޭނާ އެހެން ކުއްޖެއްގެ ފަރާތުން އެކަން ތަޖުރިބާ ކޮށްފިއެވެ. ދެވަނަފަހަރަށް އެކަން ތަކުރާރުވާކަށް ހިލާ އޭނާ ނޭދެއެވެ. “އިތުރު އެކައްޗެކޭވެސް ބުނާކަށް ނޫޅެން.. ލަވް ޔޫ..” ޖެހިލުމެއް ނެތި ލަމާން އެހެން ބުނުމަށްފަހު އޭނާގެ ގޮނޑީގައި އިށީނެވެ. ޒިވާއަށް ލަމާންގެ އެ ޢަމަލް ކަމަކު ނުދިޔައެވެ. އޭނާގެ ބޮލުގައި ރިއްސާލިއެވެ. އަނެއްފަހަރު އެ ލަމާން އެކަންތައް ފަށައިފިއްޔާ އޭނާ މޮޔަވެދާނެއެވެ. މިހާރު ވަރަށް ސާފުކޮށް އެކަންތައް ނުވާނެމަށް އޭނާ ލަމާން ގާތު ބުނެފިއެވެ. އެކަން ލަމާންއަށް ޤަބޫލު ނުކުރެވެނީ ކީއްވެހެއްޔެވެ؟ ޒިވާ ދެފަރާތަށް ކުޑަކޮށް ބޯ ހަލުވާލުމަށްފަހު އިސް ޖަހާލިއެވެ.

އާދައިގެ މަތިން އިންޓަރވަލް ގަޑިގައި އެކުވެރިންނާއިކު ކެންޓީނުގެ ބެންޗެއްގައި ޒިވާ ބައްދަލުކުރިއެވެ. “ޒިވް ހާދަ ފާޑަކަށް މިއަދު ތި އިންނަނިއްޔޯ؟ ތާކަށް ތަދުވަނީތަ؟ ކުރިން ބުނާތި ތަދުވަންޏާ.. މިއަދު މެޗް އޮވޭ..” ޒިވާ އިން ގޮތުން އަޔާނީގެ ހިތް ކޮންމެވެސް ކަމެއް ޒިވާއަށް ވެއްޖެކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް އޭނާއަށް އެއީ ކޮންކަމެއްކަމެއް ދެނެގަންނާކަށް ނޭނގުނެވެ. “އަލްޙަމްދުލިއްލާހް.. ކަމެއް ނުވޭ.. ޒިވް ހަމަ ބަރާބަރު.. ހާސްނުވެބަލަ ޔާނީ.. ހެހެ..” ޒިވާ ހެވިލައިފައި އެހެން ބުނުމުން މައިހާ އާއި އަޔާނީގެ ހިތަށްވެސް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އެކުވެރިޔާ އެއްވެސް ކަހަލަ އުނދަގުލެއް ތަޙައްމަލު ކުރަން އެކުދިން ނޭދޭނެއެވެ.

ހަވީރުގެ ހިތްގައިމު ވަގުތު މިއަދުވެސް ޒިވާމެން ތިބީ ކުރިޔަށް އޮތް މެޗަށް ތައްޔާރުވެގެން ދަނޑުމަތީގައެވެ. ރެފްރީގެ ކަށިގަނޑާއެކު މެޗު ފެށިގެން ދިޔައީ ޒިވާމެން ޓީމުގެ ހަލިވި ކުޅުމާއެކުއެވެ. ނަމަވެސް ފަސްވަރަކަށް މިނެޓުވީފަހުން އަނެއް ޓީމު ފަހަތުން އަރާ ޒިވާމެން ޓީމުގެ މައްޗަށް ކުރި ހޯދަމުން ދިޔައެވެ. އެމީހުންގެ ހިތްވަރު އެލެމުން ދިޔަ ނަމަވެސް ޒިވާ ދިޔައީ އޭނާގެ ހަލުވި ކުޅުން ދައްކަމުންނެވެ. އެންމެ ފަހު މިނެޓާއި ހަމައަށްވެސް އޭނާ ހިތްވަރު ކުރަމުން ދިޔައެވެ. ނަމަވެސް ދެން ވާނީ ކިހިނެއް ބާވައެވެ؟

ރެފްރީ ކަށިގަނޑު ފުންމާލުމާއެކު ހުރިހާ ކުޅުންތެރިންވެސް ދަނޑުން ފައިބަން ފެށީ އަވަސް އަވަހަށެވެ. ޒިވާވެސް ވެފައި ހުރި ވަރުބައްޔާ އެކު ގޮސް ބެންޗުގައި އިށީނެވެ. “ކޮބާ ކިހިނެއް ތި ހަދަނީ؟ ފަހަތުން އަރާ އެމީހުން ކުރި ހޯދަނީ އެޔޮށް.. ބައެއް ކުދިން އެމީހުން ކުރި އަރަން ފެށީމަ ތިބީ ހަމަ ދެއަތް އެލުވާލައިގެން.. މުޅިން މާޔޫސް ވެފަ.. އެހެން ނަހަދާ.. ކޯޗް ބުނަމެއްނު އަބަދުވެސް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރު ނެރެގެން ކުޅޭށޭ.. އެގޮތަށް ކުޅުނީ އެންމެ ކުއްޖެއް މި ޓީމުން.. ޒިވާ.. ސަރ އަށް ފެނުނު ޒިވާ ހިތްވަރާއެކު ކުޅުނުތަން.. އެހެން ކުދިން ނުކުޅެނީއެއް ނޫން.. ސަރ މި ބުނަނީ އެހެން ކުދިންވެސް އެގޮތަށް މަސައްކަތް ކުރާށެ.. ޓީމްގެ ކެޕްޓަންހެން ކުޅޭށޭ.. ބަލާ.. މި ޓީމުގަ މި ތިބީ ހުސް އެއްވަރުގެ މޮޅެތި ކުދިން.. ދެން ކީއްވެ ނުވާންވީ؟ ވާނެ، އިން ޝާ ﷲ.. ހުރިހާވެސް އެއްޗަކީ ތިކުދިންގެ ހިތްވަރު.. އުންމީދު.. އެ އުންމީދުގެ ހުޅުކޮޅު ނިތްވާ ނުލާތި އެއްވެސް ކުއްޖެއް.. އޯކޭ؟ އެހެން ވީމަ މި ހާފްގަ އެބައި ރަނގަޅު ކުރަންވާނެ ހުރިހާ ކުދިންވެސް.. ކޯޗްއަށް އެތަން ދައްކަދޭން ވާނެ.. އިނގޭ..” ހަލަފް އޭނާގެ ދަރިވަރުންނަށް ވިސްނައިދެމުން ދިޔައެވެ. މަޑުމައިތިރިކަމާއެކުއެވެ.

ހަލަފް ވާހަކަ ދައްކަމުން ދިޔައިރުވެސް ހުރިހާ ކުދިން ތިބީ އޭނާގެ ވާހަކައަށް ސަމާލުވެގެންނެވެ. އެންމެ ކުއްޖެއް ފިޔަވާއެވެ. ދެއަތް އުރާލައިގެން މޫނު ކުނިކޮށްގެން ހުރި ލިމްޔާ ފިޔަވާއެވެ. “ޒިވާ ޒިވާ ޒިވާ.. ޒިވާ ނޫން އެހެން މީހެއް މީނާއަށްވެސް ނުފެންނަނީތަ؟ އަހަރެމެންވެސް އެބަ ކުޅެމޭ އެތާ.. ކީއްވެގެންތަ އަހަރެމެން މޮޅަށް ކުޅޭތަން ނުފެންނަނީ؟ އޭނ.. ހަލަފް؟ ކޯޗް؟” ލިމްޔާ ހިތާހިތުން އެމިހުންނާއި ދިމާލަށް ކުދިކިޔަމުން ދިޔައެވެ. “ކޯޗް.. އަޅުގަނޑު ކިތަންމެ ފަހަރަކު ޒިވާ ބޯޅަ ނަގާއިރަށް އަތް ހިއްލަން.. އެކަމަކު އޭނަ އެންމެ ފަހަރަކުވެސް އަޅުގަނޑަށް ނޭއްލާ.. އެހެން ވީމަ ނުކުޅެވޭނެއްނު..” ލިމްޔާއަށް އެންމެ ފަހުން ކެތް ނުވެގެން ބުނެލިއެވެ. އޭނާއާއި އެތާ ތިބި އެކަކުވެސް އެއްބަސް ނުވާނެކަން އޭނާއަކަށް ނޭނގެއެވެ. “ލިމްޔާ.. ކޯޗް ބުނަމެއްނު އަތް ނަގައިގެން ހުއްޓަކަސް ނުފެންނާނޭ.. މީ ފޯރިގަދަ މެޗެކޭ.. ޕްރެޝާ އަންނާނެ ތިކުދިންގެ ވަށައިގެން.. ތިކުދިން ބަލިވަންޏާ ވަކިން ޚާއްސަކޮށް.. ބައިވަރު ކުދިން ދަނޑުމައްޗަށް އަރައިގެން އެހެން ތިބޭއިރަށް އަތް ހިތްލާލައިގެން އެހެން ހުރީމަ ނުފެނިދާނެ.. ލިމްޔާއަށްވެސް ފަސޭހައެއް ނޫނެއްނު ދޯ އެހެން ފްރީކޮށް ތިބޭ ކުދިން ހޯދާކަށް.. އެހެން ވީމަ ވާހަކަ ދެއްކީމަ އިނގޭނީ.. ބާރަށް ވާހަކަ ދައްކާ.. ކޮމިއުނިކޭޝަން މީގަ އެންމެ މުހިންމީ.. ކޯޗް ބުނަމެއްނު އަބަދުވެސް އެއްކުއްޖަކު އަނެއްކުއްޖަކާ ވާހަކަ ދައްކާށޭ.. އެއީ އެހެންވެ..” ހަލަފް ލިމްޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް އެކަން ވާނީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށް ކަމެއް އެއިރަކު ހަލަފް އަކަށް ނޭނގެއެވެ. އޭނާ އެހެން ބުނުމުން ލިމްޔާ ތުން އަނބުރަލިއެވެ. ނަމަވެސް އެކަކަށްވެސް ނޭނގޭނެހާ ސިއްރުންނެވެ.

ދެވަނަ ހާފް ފެށިގެން ދިޔައެވެ. ނަމަވެސް ބޮޑު ހަނގުރާމައެއް ފަދައިންނެވެ. ލިމްޔާ ބެލީ އޭނާއަށް ލިބޭ ބޯޅައެއްވެސް އިތުރު އެއްވެސް ކުއްޖަކަށް ނުދީ އޭނާ އަމިއްލައަށް ސްކޯރ ކުރާށެވެ. އެހެން ކުއްޖަކަށް ދީފިނަމަ ޒިވާއަތަށް އެ ބޯޅަ އަރާނެތީ އޭނާ ހިތްހަމަ ނުޖެހެއެވެ. އަމިއްލަ އެދުމުން އޭނާ ފޯވެފައި ވާތާ އެތަށް ދުވަހެކެވެ. އެހެންކަމުން ލިބޭ ފުރުސަތެއްވެސް އެގޮތަށް ބޭކާރުކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟

ލިމްޔާގެ އެ މޮޅު ޕްލޭންގެ ސަބަބުން ޚުދު އޭނާއަށްވެސް ވީ ގެއްލުމެވެ. އޭނައަށް ނުކުޅެވުނު ތާނގައި ޓީމްވެސް މޮޅު ނުވީއެވެ. ހުރިހާ ކުދިންގެ ނުރުހުން އޭނާއާއި އަމާޒުވީއިރުވެސް ޒިވާ އޭނާދެކެ ރުޅިއެއް ނާދެއެވެ. ޒިވާ ބެލީ އެހެން ކުދިންނަށް އެކަން ވިސްނައިދެވޭތޯއެވެ. ނަމަވެސް ވީ ކަމެއް ޙަރާމެވެ. ލިމްޔާ ދެންވެސް ރުޅި އައީ ޒިވާ ދެކެއެވެ. ޒިވާ ކުރިންވެސް އެހާ އެކްޓް ބޮޑު ނުކުރިނަމަ މިހެން ނުވީހެއް ނޫންހެއްޔެވެ؟ އެއި އޭނާ ޤަބޫލު ކުރާ ގޮތެވެ.

“ހެލޯ.. ރޫ.. މި ކަމެއް ދެން ކެތެއް ނުވާނެ.. ތަންކޮޅެއް އަވަހަށް ކަމެއް ކޮށް ނިންމާލަން އުޅޭ.. ވާވަރުވެއްޖެ މިހާރުވެސް..” ލިމްޔާ ރުޅި އައިސްގެން ހުރެ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ރުޅި ގަދަވެގެން ގޮސް ދެއަތް ހުރީ މުއްކެވިފައެވެ. މޫނުމަތިންވެސް އަލިފާން ކަނި ބުރާނަމަ އެވަރުވެއެވެ. ކަންފަތުން ދުން ނިކުންނަ ނަމަ އެކަންވެސް މިހާރު ވާނެއެވެ. ސްކޫލުގެ ފާޚާނާބަރި ކައިރީ ދެކޮޅަށް ހިނގާލަ ހިނގާލާ އޭނާ ހުއްޓެވެ. އެއަށްފަހު ރުޅި ގަދަވެގެން ގޮސް އެއްފަަރަކު ފާރުގައިވެސް ޖަހާލިއެވެ. އިރުކޮޅަކުން އޭނާ ސިހުނީ އޭނާގެ ކޮނޑުގައި މީހެއްގެ އަތް ބާއްވާލިކަމުގެ އިޙުސާސްވެގެންނެވެ.

ބިރުންހުރެ އޭނާ ފަހަތަށް އެނބުރިލިއެވެ. “އައިމް އިން..” ލަމާން ވިހަ ހިނިތުން ވުމަކާއެކު ލިމްޔާއަށް ބުނެލިއެވެ. ލިމްޔާއަށް ހަމަޖެހުމެއް ލިބުނީ އެއީ ލަމާން ކަން އެނގުމުންނެވެ. އަދި އޭނާއަށް ‘ވިސްނުމުން’ ލިމްޔާ ހުރީ ނުހަނު އުފަލުންނެވެ.

އެއީ ހަމަ ލަމާން ހެއްޔެވެ؟ މިއޮށް ހުރިހާ ދުވަހު އެއްވެސް މީހަކަށް ގެއްލުމެއް ލިބެން ނޭދުނު ލަމާން ހެއްޔެވެ؟ އެންމެންނަށްވެސް އިޙްތިރާމް ކުޜާ ލަމާން ހެއްޔެވ؟ އަބަދުވެސް އެންމެނާއި އެކުވެރި މަޖާ މިޒާޖުގެ ވެރިޔާ ހެއްޔެވެ؟ ލޯތްބަކީ ބައެއް މީހުންނަށް ވަރަށް ފޮނި އަދި އަނެއްބައި މީހުންނަށް ވަރަށް ހިތި އެއްޗަކަށް ވާ ވާހަކައަކީ އެހެން ވީމާ މުޅިއަކުން ދޮގު ވާހަކައެއް ނޫންތާއެވެ. އެ ލޯބީގެ ދަލުގައި ޖެހި ލަމާން އެހުރީ މިހާރު ޚުދު އޭނާވެސް ގެއްލިފައެވެ.

“އަސްލުވެސްތަ؟ ތިއީ ލިމްގެ ބޭބެއަކީ.. މިއޮށް ހާ ދުވަހު ކޮންފާޑަކަށްތަ ތި އުޅުނީ.. ހެހެ.. ދެން އޮތީ އޭނާއަށް އޭނާ ކުރި ކަންތަކުގެ ހިތި ރަހަ ކަރުތެރޭގައި ލައްވާލުން…” ވިހަ ހިނިތުން ވުމަކާއެކު ލިމްޔާ އެހެން ބުނެލީ ތިމާއަށް ކުރެވެން މިއުޅެނީ ކިހާ ވަރެއްގެ ކަމެއްކަންވެސް ނުދެނެ ހުރެއެވެ. އެކަމުން ނިކުންނާނީ ކިހާ ވަރެއްގެ ނަތީއްޖާއެއްކަންވެސް ނޭނގިހުރެއެވެ. ލަމާން އާއި ދެމީހުން ލިބެން އުޅޭ ކާމިޔާބީއާމެދު ފަޚުރުވެރިވެ ތިބެ ގޮސް ކާރަށް އެރިއެވެ. އެއަށްފަހު ޑްރައިވަރ ގާތު ބުނުމުން ކާރު ދުއްވާލިއެވެ.

ޒިވާ ގެއަށް ވަދެގެން އައިސް ސޯފާގައި ފުރަތަމަވެސް ޖައްސާލިއެވެ. ވެފައި ހުރި ވަރުބަލި ކުޑަކޮށް ފިލުވާލާށެވެ. “ޗީ.. ތެތީ ބަލާބަ.. މަންމި ވެސް.. ތިއްތުވެސް ކުވޭހެން ވީ ދޯ.. ނަވޫ ދެން ނުދާނަން ތިއްތު ކާރިއަށް.. ތިއްތު އައްޗި ކުއްޖެއް..” ޒިވާ ދެލޯ މަރާލައޮގެން އޮށްވާ ދެލޯ ހުޅުވާލަން މަޖުބޫރުވީ އިވިގެން ދިޔަ ނަވާރްގެ ޅަ އަޑުންނެވެ. އޭނާ ދެލޯ ހުޅުވާލިއިރު ޔަންހާ އާއި ނައިޝަމް އަދި އެދެމީހުންގެ ކުޑަކުޑަ ދަރިފުޅު ނަވާރް ގޭތެރެއަށް ވަދެގެން އަންނަނީއެވެ. ޒިވާ ފުޅާ ހިނިތުންވުމެއް އޭނާގެ ކުޑަ ތުންފަތަށް ވެރިކޮށްލިއެވެ. ނަވާރް ފެނުމުން އޭނާގެ ހިތަށް ލިތްބައިދެނީ އެހެން ކަހަލަ ހިތްހަމަޖެހުމެކެވެ.

ޒިވާ ނަވާރްއާއި ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު އިންތަނުން ތެދުވެލީ ފެންވަރާލަން ދިއުމަށެވެ. “މާމަ ވެސް ތިއްތު ކައިރީ ބުނީމޭ އަވަހަށް ފެންވަރަން ދާށޭ.. އެކަމަކު ތިއްތު ހަމަ ވަރުބަލިއްޔޯ ކިޔާފަ އޮތީ.. މާމަގެ ނަވޫ ނޫޅޭނޭ ދޯ އެހެނެއް..” ނޫރީން ނަވާރް އޭނާއާއި ގާތް ކޮށްލަމުން ނަވާރް ގައިގައި ބައްދާލުމަށްފަހު ބުންޏެވެ. އެއިރު ޒިވާ ގޮސް ކޮޓަރިއަށް ވަންނަނީއެވެ.

ފާޚާނާއަށް ވަންނަށް ދިޔަ ޒިވާގެ ފިޔަވަޅު ހުރިތަނަށް ގަނޑުވީ ފޯނު ރިންގުވީ އަޑަށެވެ. މަޑުމަޑުން އެނބުރި ގޮސް އެނދުމަތީގައި އޮތް އޭނާގެ ފޯނު އަތަށް ނެގިއެވެ. ގުޅަނީ ނުދަންނަ ނަންބަރެއްކަމުން އޭނާގެ ދެބުމަ ގާތް ކޮށްލިއެވެ. “ކާކު؟” ޒިވާ ތުން އޫކޮށްލުމަށްފަހު އަމިއްލަ ނަފްސާ ސުވާލު ކޮށްލިއެވެ. އަދި ފޯނު ކަންފަތުގައި ޖައްސާލިއެވެ. “ހެލޯ ލަވް… ކިހިނެއް؟” އިވިގެން ދިޔައީ ބަރު ފިރިހެންވަންތަ އަޑެކެވެ. ޒިވާ ފޯނު ކަންފަތުން ދުރުކޮށްލުމަށްފަހު އަދިވެސް އެއްފަހަރަށް ފޯނަށް ބަލައިލިއެވެ. “ސޮރީ.. ރޯންގް ނަންބަރ..” ޒިވާ އެންމެ ހިނދުކޮޅަކަށްވެސް މަޑެއްނުކުރިއެވެ. ފޯނު ކަނޑާލުމަށްފަހު އެނދުމަތީގައި އެ ބޭއްވުމަށްފަހު އަނެއްކާވެސް ފާޚާނާއަށް ވަނެވެ.

ޒިވާ އޭނާގެ ގަދަ ފިޔާތޮށިކުލައިގެ ތުވާލި، ހަރުގައި އަޅުވާލުމަށްފަހު އައިސް ޑްރެސިންގް ޓޭބަލް ކައިރީ ހުއްޓިލާ ރީތިވެލިއެވެ. އެއަށްފަހު ގޭގަ އަޅާ ކުޑަ ބުރުގަލެއް އެޅުމަށްފަހު ގަޔަށް ސެންޓު ބުރުވާލިއެވެ. އަދި އެއަށްފަހު އެނދުގައި ބާއްވާފައި އޮތް އޭނާގެ ފޯނު ނެގުމަށްފަހު ބޭރަށް ނިކުންނަން މިސްރާބު ޖެހިއެވެ. ނައިޝަމްމެންވެސް އަދި ނުދާނެތީއެވެ. “ކަމަނާފާނަށް ނިކުމެވިއްޖެދޯ؟ މިހާރު ބައިގަޑިއިރުވަނީ ތުއްތުމެން މިތާ ތިބޭތާ.. ދޯ ނަވޫ؟” ނައިޝަމް ޒިވާ ނިކުތް ތަނާ އޭނާއަށް ޖެއްސުން ކުރަން ފެށިއެވެ. ނަވާރް އަށް އެކަންތައް ވީ މަޖާ ކަމަކަށެވެ. ކުދިކުދި ދަތްތައް ފެންނަ ވަރަށް އޭނާ އިނީ ހަމައެކަނި ހީލަ ހީލާއެވެ.

“ތަތްކަމަނަ ނައިސްގެން މީތި ނުދެވިގެން މިއުޅެނީ.. ތައްޔާރުވާލެއް އަވަސް ކަމުން އެއްޗެއް ދޭން އަޔަސް ދެވެނީއެއް ނޫން ވިއްޔަ..” ނައިޝަމް އަނެއްކާވެސް އިތުރުކޮށްލިއެވެ. މިފަހަރު ޒިވާ އައި ގޮތަށް އައިސް ތުއްތުއޭ ކިޔައިފަ ނައިޝަމްގެ ބޮލު ފުއްކިބައިގައި ޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް ބުރަކަށީގައި ބޮނޑިއެއް އަޅާލިއެވެ. އެންމެން ހީހީ ތިބިއިރުވެސް ޒިވާ ދިޔައީ ނައިޝަމްގެ ފަރާތުން ބަދަލު ހިފަމުންނެވެ.

“އޯކޭ ދެން.. އޯކޭ ޒިވްކޮ.. ތުއްތުއަށް ތަދުވޭ އެބަ މިހާރު.. ފުދިއްޖޭ ދެން..” ނައިޝަމް ކުޑަކޮށް ގުދަށް އޮވެ ޒިވާ ގާތު ބުނެލިއެވެ. އެއަށްފަހު ޒިވާ ހުއްޓާލުމުން އޭނާއަށް ނިކަން ރީތި ކަރުދާސް ކޮތަޅެއް ދިނެވެ. ޒިވާ އޭތި ނައިޝަމް އަތުން އަތުލުމަށްފަހު އެތެރެ ބަލައިލިއެވެ. އެއަށްފަހު ދެލޯ ބޮޑުކޮށްލިއެވެ. “ތެންކް ޔޫ ސޯ މަޗް ތުއްތު.. ދޮންތައަށްވެސް ވަރަށް ވަރަށް ބޮޑަށް… ލަވް ޔޫ ބޯތް..” ޒިވާ އުފާވެލައިފައި ހުރެ ބުނެލިއެވެ.

އެއަށްފަހު އެތެރޭގައި އޮތް އެއްޗެއް ނަގިއެވެ. އެއީ އޭނާ މި ފަހަކަށް އައިސް ވަރަށް ބޭނުންވެގެން އުޅުނު ކަހަލަ ކެނޮން ބްރޭންޑްގެ މޮޅު ކެމެރާއެކެވެ. އޭނާ އުފަލުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. އޭނާ މަންމައަށްވެސް ބަލައިލީ އުފަލުން ހުރެއެވެ. ނޫރީންވެސް ހެވިލައިފައި އިނެވެ. ޒިވާއަކީ ކުޑައިރުއްސުރެވެސް ފޮޓޯނެގުމަށް ނިކަން ފޯރިހުންނަ ކުއްޖެކެވެ. ގިނަ ފަހަރަށް ނޫރީންގެ ފޯނުގެ ސްޓޯރޭޖް ފުލްވެގެން ބަލައިލާއިރު ހުންނާނީ ޒިވާ ނަގައިފަ ހުންނަ ފޮޓޯތަކެވެ. ނައިޝަމް އަކީވެސް ލިބުނު ޗުއްޓީއެއްގައި އެއްފަހަރެއްގައި އޭގެ ކުޑަވަރެއްގެ ކޯހެއް ހަދައިފައިވާ ޒުވާނެއް ކަމުން ޒިވާ އޭނާ ކައިރިން މިހާރު އަންނަނީ އެކަމުގެ އެކި އުކުޅުތައް ދަސްކުރަމުންނެވެ. އެހެން ކަމުން ސިއްރު ސިއްރުން ބައެއްފަހަރަށް ޒިވާ އޭގެ ކެމެރާއެއް ގަނެދެށޭ މަޖަލަށް ހަދައިފަނަމަވެސް ނޫރީން ގާތު ބުނެލާނެވެ. އެއްދުވަހު އެހެން ބުނެލި އަޑު ނައިޝަމް އަށް އިވުނީއެވެ. އަދި އޭނާ ފޮޓޯނަގަން ފޯރިހުންނަވަރު އޭނާއަށް އިނގޭތީވެ އޭނާ ޔަންހާއާއި މަޝްވަރާ ކުރުމަށްފަހު އޭތި ގަތީއެވެ. އެއީ ޒިވާ މި ޓާމު ކުރި މަސައްކަތުގެ އިނާމެއްގެ ގޮތުންވެސް މެއެވެ.

ޒިވާ އެ ކެމެރާ ކޮޓަރިއަށް ލުމަށްފަހު ސިޓިންގްރޫމަށް ނިކުންނަން އެނބުރިލީ ވަގުތު އަނެއްކާވެސް ފޯނަށް މީހަކު ގުޅިއެވެ. މާބޮޑު ކަމަކަށް ނަހަދާ އޭނާ ފޯނު ނެގިއެވެ. “ކީއްކޮށްލަނީތަ ސްވީޓީ..” އަނެއްކާވެސް ހަމަ ކުރީފަހަރު ކަހަލަ ކޯލެކެވެ. ޒިވާ ބޮލަށް އުނދަގޫވިއެވެ. އަދި ކަންފަތުން ފޯނު ވަކިކޮށްލީ އެއްވެސް ޖަވާބެއް ނުދީއެވެ.

ޒިވާ ސޯފާގައި ނިކަން ހަމަޖެހިލައިފައި އިނުމަށްފަހު ފޯނު އެތާ ބާއްވައިފައި ދިޔައީ ފެން ބޯންވެގެންނެވެ. އަދި ފިނި ފެން ފުޅިއެއް ނަގައިގެން އައިސް ތައްޓަކަށް ފެން އެޅުމަށްފަހު ފެން ކޯވަރެއް ބޯލިއެވެ. “ތިއްތޫ.. ކޮކީއަށްވެސް..” ނަވާރް ކުޑަކޮށް ދުވަމުން އައިސް ޒިވާ ގާތު ބުނުމުން އޭނާ ތައްޓަކަށް ފެން އެޅުމަށްފަހު ނަވާރް އާއި އެއްހަމައަކަށް ތިރިވެލއިފައި ނަވާރްގެ ތުނބުގައި އެތަށި ޖައްސާލިއެވެ. އަދި އޭނާއަށް ފެން ބޯންދިނެވެ. “ޒިވްކޮ ފޯނަށް ހާދަވަރަކަށް އެބަ ގުޅައޭ މީހަކު.. އަނެއްކާ ބިޓެއްތަ؟” ނައިޝަމް މަޖާވެލައިފައި ބުނެލި އެއްޗަކުން ޒިވާގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ނައިޝަމް އެހެން ބުނުމުން ޔަންހާ ނައިޝަމް ގައިގައި ކުޑަކޮށް ޖަހާލިއެވެ. އެހެން ނަމަވެސް މިފަހަރު ޒިވާއަކަށް މަޖަލެއް ނުވިއެވެ. އެއީ ކޮން ބޭނުމެއް ނުފުދިގެން އުޅޭ މީހެއް ހެއްޔެވެ؟ ޒިވާ އޭނާއަށް ކޮން ކަމެއް ކުރީހެއްޔެވެ؟ ޒިވާގެ ފަރާތުން އޭނާ ބޭނުން ވަނީ ކޮން ކަމެއް ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 12

Next

މައުރީން

Next
May 31, 2018

މައުރީން

Previews
May 31, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 12

45 Comments!

  1. ira says:
    May 31, 2018 at 6:54 pm

    yes….me dhw first..

    1. noor says:
      May 31, 2018 at 8:39 pm

      yeah, dear first.. congrats dear.. and i hope that you liked this part.. 🙂

  2. noor says:
    May 31, 2018 at 6:57 pm

    salaam noor ge readers.. author akah ‘Hassan’ e iny mistake eh ingey.. miee mi story ge author noor.. dear mennah olhidhaanethyve mi bunely.. hehe.. 🙂 dhn vrh bodah sorry mi part las v ma.. noor ah hurihaa kudhin ves maafu kohdhehchey.. 🙂

  3. unique says:
    May 31, 2018 at 7:15 pm

    omg yayyy

  4. naaaaaaaaaash says:
    May 31, 2018 at 7:20 pm

    vvv nice mi part vx… maasha allah

    1. noor says:
      May 31, 2018 at 8:40 pm

      jazakillah khairan dear.. 🙂

  5. ira says:
    May 31, 2018 at 7:22 pm

    wowww…..vvvvv nice….wait for next….noor sis

    1. noor says:
      May 31, 2018 at 8:42 pm

      jazakillah kahiran dear.. alhey sis, wait kollaa ingey ihah.. hehe.. 🙂

  6. Mishy says:
    May 31, 2018 at 7:38 pm

    Woww… ????????vrh vrh reethi… ??????????… masha allah… btw e ahfahu e gothah e bain dhethin sntnce feshi iru liyef. Ehnve ethnkolhu ga kiyaaln udhagoo gothh hurey… hope yu’ll crrct it… btw stry ham vrh vrh nyc..❤❤❤❤❤❤
    ❤❤❤.. btw where is noor? Whn nxt curiously waitnn..?????????⚘⚘⚘⚘⚘⚘

    1. noor says:
      May 31, 2018 at 8:46 pm

      jazakillah khairan Mishy dear.. 🙂 oh, in sha allah nxt episode ehga balaanan ingey ekan rangalhu kolleveytho.. 🙂 vrh happy vehje dear ekanthah faahaga kolladhinya.. 🙂 jazakillah khairan dear.. alhey dear, mihury noor.. keeh kuraany, mistake akun eyny ehn author ehge name ga story publish vefa.. noor ehnve log out koffa mi jeheny dear mennaa vaahaka dhakkan ves.. hehe.. noor anehkaa ves innaane story submit koffa.. dhn noor ge name ga submit v ma noor ah fasehain comment thakah reply kureveynuves.. 🙂

  7. Mate says:
    May 31, 2018 at 7:39 pm

    Vrh vrh nice……its amazing….??????keep it up…

    1. noor says:
      May 31, 2018 at 8:49 pm

      jazakillah kahiran Mate dear.. 🙂

  8. Reesham says:
    May 31, 2018 at 7:41 pm

    Naice story eh… mi prt ga ebain faahaga kurevunu kuda thankolheh… yaish dharus aduahan ovefa nidhee dhn heyligothah fenvaraigen school ah dhiyaee dhw yaish rangalhuvaan ulheykuhjaku neh fathis namaadhu kurivaahaka eh….

    1. noor says:
      May 31, 2018 at 8:52 pm

      jazakillah khairan Reesham dear.. 🙂 yess.. vrh ufaavehje faahaga kolladhinyma.. 🙂 alhey dear.. alun ethankolhu kiyaalahchey.. innaany yaeesh fenvaraigen namaadhah dhiya vaahaka naisham aa eky.. dhn annaany zivaa class ah vanna thankolhu.. 🙂 naisham aa eky yaeesh fathis namaadhah dhiya vaahaka innaaney.. car ga.. 🙂

  9. suty says:
    May 31, 2018 at 7:48 pm

    nooooooor vhk salhi ingey ekam suty ves mihaaru zivaa mathin foohi vejje..dhn bodu varu dhw eii…

    1. noor says:
      May 31, 2018 at 8:53 pm

      yesssssss dear.. 🙂 hehe. al’hamdhulillaah! jazakillah khairan dear.. 🙂 alhey kihineh v tha zivaa?

  10. Alisha says:
    May 31, 2018 at 7:50 pm

    Noor name change kureetha ?
    Varah reethi ?????
    Waiting for the next part

    1. noor says:
      May 31, 2018 at 8:55 pm

      nooney dear.. 🙂 oor miee girl ehnu.. dhn keehkuran boy name akah change kuran v.. hehe.. 🙂 aee hama mistake eh.. 🙂 ehnve noor innaane alun mi part submit koffa.. 🙂 jazakillah khairan dear. 🙂 in sha allah maadhan up kureveytho noor try kuraanan ingey.. 🙂

  11. noor says:
    May 31, 2018 at 8:38 pm

    salaam my dear readers.. miothy vrh vrh vrh dhera gotheh dhimaa vefa.. noor login vegen fonuvaa comment thah ves avahakah readers aa hamayah naadhey.. ehnve migothah mi comment kury ves.. 🙁 dhn noor innaane mihaaru alun anehkaa hama mi part submit koffa.. dear menge comments thakah noor reply kuraanan eyrun ingey… mistake akun kanneynge e iny ehn author ehge name ga mi episode up vefa.. 🙁 so, eirah dear mn comment kuryma noor ah reply kuran faseha vaanyves.. ingey readers.. LY all and hope that you’d like this part.. 🙂

  12. Thoo says:
    May 31, 2018 at 8:44 pm

    Obiness to the max?

    1. noor says:
      May 31, 2018 at 8:56 pm

      jazakillah khairan Thoo dear.. 🙂

  13. noor says:
    May 31, 2018 at 8:48 pm

    ehn v ma noor edhen mi episode ah comment kuran beynunvaa readers story noor ge name ga up vumah fahu comment kurumah.. noor ah reply kuran faseyha vaany eyrun ingey.. 🙂

  14. malaak says:
    May 31, 2018 at 8:54 pm

    varah reethi .maasha allah!

    1. noor says:
      May 31, 2018 at 8:57 pm

      jazakillah khairan malaak dear.. 🙂

  15. nunnu says:
    May 31, 2018 at 9:15 pm

    masha allah vv reethi
    when next part noor

    1. noor says:
      May 31, 2018 at 9:40 pm

      Jazakillah khairan dear.. 🙂 in sha allah maadhan kamah balamaa.. hehe.. 🙂

  16. Nau says:
    May 31, 2018 at 9:15 pm

    masha allah…..noor dear stry varah reethi….kn irakun nxt part

    1. noor says:
      May 31, 2018 at 9:41 pm

      Jazakillah khairan Nay dear.. 🙂 in sha allah maadhan.. 🙂

  17. Reesham says:
    May 31, 2018 at 9:50 pm

    Baivaru faharu kiyaalaifin dear “yaeesh ves hee heefai naisham aa vaahaka dhahkamun gos car ah eri eve “ehn inee.. sorry ingey v bodah vedhaane reesh ah fenna goeh kamah ves keep it up waitting 4 tha nxt prt…

    1. noor says:
      May 31, 2018 at 9:52 pm

      Hehe.. Mihaaru get vehje dhw dear e than kolhu.. al’hamdhulillah! It’s ok.. we’re human beings.. so ekahala kanthah vedhaane.. 🙂 Jazakillah khairan dear… 🙂

  18. maya says:
    May 31, 2018 at 10:08 pm

    wow noor mi part vv salhi ………dhen abadhu zivaa ah dhera goih vany…mihaaaru e gulhany lamaan dhwww ..vv foohi vey lamaan n limyaa dheke..raifa e u;heny name change kohgen rooyaa ah dhww????????

    1. noor says:
      June 1, 2018 at 12:38 pm

      Jazakillah khairan maya dear.. 🙂 alhey, keeh kuraany dhw.. aee zivaa ah miadhu oiyy goiyy dear.. 🙂 buneyehnu dhigu inthizaaruge nimun fonivaaney.. hama ehn ves vedhaanehnu dhw dear.. hehe.. 🙂 hingaabala dhw balailan.. hehe.. 🙂

  19. Hh says:
    May 31, 2018 at 10:47 pm

    Plx zeeva..share it with ur family..its more better..dont lie to ur parents..?

    1. noor says:
      June 1, 2018 at 12:40 pm

      alhey dear.. hingaabala dhw balailan zivaa ekanthah handle kuraa gotheh.. 🙂 asluves dhw.. 🙂 and, i hope that you liked this part.. 🙂

  20. Twinkle says:
    May 31, 2018 at 11:07 pm

    Vvv salhi story… waiting for the next part…

    1. noor says:
      June 1, 2018 at 12:41 pm

      jazakillah khairan Twinkle dear.. 🙂 keeop waiting dear.. 🙂

  21. unique says:
    May 31, 2018 at 11:16 pm

    hama vv cute but the sad thing is that zeev is in trouble… sad

    1. noor says:
      June 1, 2018 at 12:43 pm

      jazakillah khairan unique dear.. 🙂 ekam adhi ziva ah ves rangalhu gotheh vedhaanennu dhw dear.. balamaa dhn vaagotheh.. 🙂

  22. Felix says:
    June 1, 2018 at 12:52 am

    Noor busted girl eh kan engiehje ?
    Varah reethi mi part ??
    Curious koh hama mi vaahaka kiyaahithun indhevenee eh noon
    Next part pls avahah up kohdhehcheyy ??

    1. noor says:
      June 1, 2018 at 12:45 pm

      ohh.. hehehe.. 🙂 jazakillah khairan dear.. 🙂 asluvestha? ekam dh keiyytheri kamaaeku ihah madukollaa ingey dear.. 🙂 in sha allah, noor try kurany mii.. 🙂

  23. ? says:
    June 1, 2018 at 12:36 pm

    Wow…ma sha allah…noor ur the best author…may allah bless u ???

    1. noor says:
      June 1, 2018 at 12:47 pm

      jazakillah khairan dear.. 🙂 awww, asluvestha? vrh vrh vrh vrh ufaavehje dear thihen bunelyma.. aslu dear mn thihaa supportive v ma vrh ufaavey.. 🙂 maaiyy allah thibaa ge faafa fussavaa thibaa ah ves rahmaiyy lavvaashi.. aameen.. 🙂

    2. ? says:
      June 1, 2018 at 1:09 pm

      Wen next part…curiously waiting. …yh aslu ves ur the best hama❤?

  24. Mal says:
    June 1, 2018 at 2:33 pm

    Varah furihama?.. Maashaa Allah..waiting for next part

  25. runner says:
    June 1, 2018 at 8:09 pm

    noor dear thii hama best…… u varah kind hen hii vey.. masha allah…hehehe..
    hope so

Comments are closed.

Next Episodeހުޅުކޮޅު 15←


All Right Reserved!