Skip to content
އެސްފިޔަ

އެހެނަސް…(9)

މަލާކް އަވަސް އަވަހަށް ކާންއިން އައިސްކްރީމްތަށި ފްރިޖަށްލުމަށްފަހު އަތްދޮވެލައިގެން ކޮޓަރިއަށްވަނެވެ. އަލަމާރި ހުޅުވާލުމަށްފަހު ލާނެ ހެދުމަކާމެދު ވިސްނާލިއެވެ. ނަމަވެސް އެހާއިރު ވިސްނަންހުރެވޭކަށްވެސް ނެތެވެ. އަލޫކް އަންނަންވާއިރަށް ރެޑީވާން ޖެހޭނެއެވެ. އެންމެ ފަހުން، ކަޅުކުލައިގެ ޑެނިމް ޖިންސަކާއި ކަކުލަށްވުރެ ތިރިޔަށްހުންނަވަރުގެ ޓަޔާރޑްސްލީވް، ގަދަ ނޭވީ ބްލޫ ކުލައިގެ ޓޮޕެއްލުމަށްފަހު، އިސްތަށިގަނޑުގައި ހުޅިއެއްޖަހާލިއެވެ. އަދި ތުންފަތުގައި މަަޑުމަޑު ފިޔާތޮށި ލިޕްގްލޮސްއެއް ޖައްސާލުމަށްފަހު ފޯނުން ގަޑި ބަލާލިއެވެ. އަދި އޭނާގެ ލެދަރ ހޭންޑްބޭގަށް ފޯނާއި ޓިޝޫ ޕެކެޓެއްލުމަށްފަހު ސެންޓު ޖަހާލިއެވެ. އަދިވެސް އެއްފަހަރު ލޯގަނޑުން ބަލާލުމަށްފަހު ހިތްހަމަޖެހޭވަރުވުމުން ކޮޓަރިން ނުކުމެ ތަޅުލުމަށްފަހު، އޭނާގެ ކްރީމްކުލައިގެ ހައިހީލްއަށް އަރައިގެން ނުކުމެ އަވަހަށް ސިޑިން ތިރިޔަށް ފައިބަންފެށިއެވެ.

މަލާކަށް ތިރިޔަށް ފޭބުނުއިރު އަލޫކްގެ ކާރު އައިސް މަޑުކޮށްލަނީއެވެ. ހަވީރުގެ އެވަގުތުގައިވެސް އަލޫކް އިނީ ވަރަށް ރަސްމީކޮށެވެ. މަލާކް ކާރަށް އެރުމުން އަލޫކް ދުއްވާލިއެވެ. “ސޯ…ކޮންތާކަށޯ މިދަނީ…؟’ ” ފުރަތަމަ ދާނީ އަހަރެންގެ ގެއަށް..ޗޭންޖް ކޮށްލައިގެން ދެން..ދާނީ ދޯ ކޮންމެސް ތާކަށް…ހައު އަބައުޓް މޫވީއެއް ބަލާލަން؟ އޮފީހުގައި މިއަދު ވަރަށް ސްޓްރެސް ވެގެން އުޅެފަ މިއައީ…” “އަމް….އޯކޭ…ބަޓް ޕަބްލިކް ތެރެއަށް ދެމީހުންއެއްކޮން ދިޔައީމަ..ސަކަރާތެއްނުވާނެތަ؟” މަލާކް އިނީ ނުތަނަވަސްވެފައެވެ. “ޓްރަސްޓް މީ..އިޓްސް އަ ނޯބިގް ޑީލް..އެހެންނޫނަސް އަވަރ ޕާރސަނަލް ލައިފްއެއީ އެމީހުންނަށް ބާރުފޯރުވޭނެ އެއްޗެއް ނޫނެ…ހާސްނުވެބަ…އެންޑް ބޭނުން އަދި އެއްދުހުން މަލާކް ގެންދަން…މައި އޮފީސް ދައްކާލަން….” “ހާހެއްނުވަމެ…އޯކޭ..އެންޑް..ގެންގުޅެންތަ އިންސްޓަގްރާމް ޕްރައިވެޓް އެކައުންޓެއް؟” “އާނ…ޕަބްލިކް އެކައުންޓެއް ނީންނާނެޔޭ…ބިޒްނަސްގެ ނަމުގަ ޕަބްލިކް އިންނާނީ…މައި ޔޫޒަރނޭމް އަކީ އަންޑަރސްކޯރ އެއް ޖަހާފަ، އޭ ދެން ޑޮޓް ލޫކް…ލޫކް ކިޔާއިރު ޑަބަލް އޯގެ ބަދަލުގައި ލިޔާނި އެލް-ޔޫ-ކޭ-އީ….” “ހާދަހާ ޑީޓެއިލްސް ތަކެކޭދޯ..އެހެހެހެ..” މަލާކް ފޯނުނެގުމަށްފަހު އިންސްޓަގްރާމްއަށް ވަދެލާފައި އަލޫކް ބުނިހެން ޖަހާލުމުން އައި އެކައުްޓަށް ރިކުއެސްޓް ކޮށްލިއެވެ. “އިންނާނެ ރިކުއެސްޓްކޮށްފަ..” މަލާކް ފޯނުދަބަހަށްލާން އުޅެނިކޮށް ފޯނެއް އައެވެ. ސްކްރީން ބަލާލިއިރު އިނީ މަންމަގެ ނަމެވެ. ޑޭޓާ ޖައްސާލުމުން އޮންލައިންހެން ހީވެގެން ގުޅަނީ ކަންނޭނގެއެވެ. ނޫނެކެވެ. އޭނާ އެހުރި އަދި ހަނދާންނެތިފައެވެ. ކުރިންދުވަހު އޭނާއެހެރީ މިއަދު މަންމައަށް ގުޅާނަންކަމަށް ބުނެފައެވެ.

“ކާކު ގުޅަނީ؟” “މަންމަ..” “ނަގާބަލަ…ވީޑިޔޯ ކޯލެއްތަ؟ އޫ…ދިސް އިޒް ގޮނަބީ އިންޓްރެސްޓިން….ހެހެ” އަލޫކާ ދިމާލަށް ލޯއަޅާލަމުން މަލާކް ފޯނުނެގިއެވެ. “އެކޮޅުން ފެންނަނީ މާޒެވެ. ” މާޒް..ކީކޭ؟” “ދޮންތާ..ހެއި..ސަޕް؟ ގެއަކު ނޫންދޯތީނި…ހާދަ ގުޑައޭ..ކާރެއްގަތަ؟ ވެއަރ އާރ ޔޫ ގޮއިން؟” މާޒް ފައްޗަކަށް އަމުނާލިއެވެ. “އާނ..ގެއަކު ނޫން..މީ..މީ..ފްރެންޑްއަކާއެކީ ތާކަށްދަނީ..ކޮބާ މަންމަ؟” “ވާއު ސިސް..އެމް ޕްރައުޑް އޮފް ޔޫ..ދެތިން ދުވަސްތެރޭ މިހާރު ތިހާ މުއްސަނދި ރައްޓެއްސަކުވެސް ހޯދީތަ؟!” “ހޭއި މާޒް!!” މަލާކް އިނީ ހައިރާންވެފައެވެ. މަލާކްގެ ފޯނުކައިރިއަށް ބޯކައިރިކޮށްލާފައި އަލޫކް މާޒްއަށް ހާއިއެއް ޖަހާލިއެވެ. “މަންމަ ނެތް ގެއަކު..މާޒް ވައިވެގެން..އޭ އޭ..ހޫ އިޒް ދެޓް!؟” “ޖަސްޓް އަ ފްރެންޑް!” އަލޫކް މަގުގެ އެއްފަރާތަށް ކާރު ޕާކުކޮށްލާފައި މަލާކް އަތުން ފޯނު އަތުލިއެވެ. “ނޯ..އައެމް ހާރ ބޯއިފްރެންޑް..ސޯ..ސަޕް ބްރޯ އިން ލޯ؟ މަމް އަށް ސަލާމް ބުނައްޗެ!” މަލާކް އަލޫކްއަތުނއ ފޯނު އަތުލަން މަސައްކަތްކުރުމުގެ ތެރޭގައި ފޯނު ކަނޑާލެވުނެވެ. “އަލޫކް!!!” “ކިހިނެއްވީ؟” އަލޫކް އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. “މާޒް ގާތުއޭ ތިބުނީ…ހީ އިޒް ވަރަށް އަނގަގަދަ!މަންމަ ގާތުވެސް ބުނެ ___” “ސޯ ވަޓް!؟ސިއްރުން އުޅޭކަށް ނުވާނެ..” “ޔުއަރ ރައިޓް ބަޓް..ޝީ އިޒް އަ ލިލް އޯވަރ ރިއެކްޓިންގް ޓައިޕް މީހެކޭ..ނެވަރ މައިންޑް..އޯކޭ ވާނެ ކަންނޭނގެ..”

އަލޫކްގެއަށްގޮސް އެއްޗެހި ބަދަލުކުރަން ވަނުމުން މަލާކް ޓެރަހަށް އަރައިގެން މަޑުކޮށްލިއެވެ. އަލޫކް ނިމުމުން ދެމީހުން ދިޔައީ ކައިރި ސިނަމާއަކަށެވެ. މަލާކް ބަލާ ހިތްވީ އޭނާ ވަަރަށް ކުރިން އެއްބައި ބަލާފައި އޮތް، ޓީންއޭޖްކުދިންގެ ފިލްމެކެވެ. އަލޫކްވެސް މަލާކްގެ އެދުމުގެ މަތިން ‘ފްލިޕްޑް’ ބަލަން ނިންމިއެވެ.

ފިލްމު ނިމުމުން އަލޫކް މަލާކް ގޮވައިގެން ރެސްޓޯރެންޓްއަކަށް ދިޔައެވެ. ރަނގަޅަށް ކާލައިގެން ކާރުގައި ބުރެއް ޖަހާލުމަށްފަހު ރޭގަނޑުވީފަހުން މަލާކް ގެއަށް ގެނެސްދިނެވެ. “ނައިޓް ލަވް…” “ނައިޓް…” މަލާކް އެތެރެއަށް ވަނަނަންދެން އަލޫކް މަޑުކޮށްލުމަށްފަހު ކާރު ސްޓާރޓްކޮށްގެން އެތަނުން ދިޔައެވެ.

ޗުއްޓީ ހަަފްތާ ނިމުނީ ލޮލުފިޔަ ޖަހާލާހާ އަވަހަށެވެ. ކޮލެޖަށްދާން ބަހަށްއަރާ އިންއިރު އެހެންކުދިންނެކޭ އެއްވަރަށް މަލާކްވެސް އިނީ ހިތްއަވަސްވެފައެވެ.މިއަދު މިއީ ޕްރެކްޓިކަލް ޓްރިއަލްސްތައް ފެށޭ ދުވަހެވެ. ފޯނަށަް މެސެޖެއް އައުމުން ބަލާލިއިރު އަލޫކެވެ. މެސެޖުގައި އިނީ “ގުޑްލަކް ލަަވް، ޔޫ ވިލް ޑޫ ފައިން” މިހެންނެވެ. މަލާކް ހިނިތުންވެލާފައި ތޭންކްސްއޭ ޖަހާފައި ފޮނުވާލިއެވެ.

ޕްރެކްޓިކަލް ހަދަން ކޮންމެ ސެކްޝަންއަކުންވެސް ގްރޫޕްތަކަކަށް ކުދިން ބަހާލިއެވެ. އިއްތިފާޤުން މަލާކްއާއި ނުހާއާއި ޖެހުނީ އެއްގްރޫޕަކަށެވެ. ފަސްކުދިންގެ އެގްރޫޕުގައި ދެންތިބީ އެހެން ގައުމެއްގެ ދެކުދިންނާއި ރާއްޖެ ފިރިހެން ކުއްޖެކެވެ. ނުހާއާއި މަލާކް ދިވެހިން ވާހަކައެއް ދައްކާލކތަނާ އެކުއްޖާ ތިއީ ރާއްޖެ ކުދިންތޯ ސުވާލުކުރިއެވެ. “ގްރޭޓް..ހެއި…އަހަރެންގެ ނަމަކީ ޒާހިލް…” ޒާހިލް އަމިއްލައަށް ތަޢާރަފްވެލިއެވެ.

ދުވަސް ނިމުނު އިރު ހުރިހާ ކުދިންވެސް ތިބީ ވަރުބަލިވެފައެވެ. ނިމިގެން ގެއަށްއާދެވުނީ ކިރިޔާ މަޣްރިބުނަމާދު ކުރެވޭވަރުގައެވެ. ދެނަމާދުކޮށްލައިގެން ފެންވަރާލައިގެން މަަލާކް ނުކުތްއިރު ނުހާއާއި އީމާ އުޅެނީ ޗީޒް ޕާސްތާކައްކާށެވެ. މަލާކް ހައިރާންވީ މިއަދު އީމާވެސް ނުކުމެގެން އުޅޭތީއެވެ. އަވަހަށް މަަލާކްވެސް ނުކުމެ އެކުދިންނާއި ބައިވެރިވިއެވެ.

އެންމެން އެކުގައި ކާންއިންދާ މަލާކްގެ ފޯނު ރިންގުވާން ފެށިއެވެ. “ހޭއި..ވައްޗަޑޫއިން..؟” އަލޫކް ވަަރަށް ލޯބިން އަހާލިއެވެ. “ކަނީމި..ވަރަށް ޓަޔާރޑް މިރޭ..” “މީޓޫ…އޮފީހުގަ ވަރަށް ބިޒީ މިއަދު..ސޯ..ރަނގަޅަށް ނިދައްޗެ..މިވީކް ނިމުނީމަ ކަންނޭގެ ދެންދިމާވެވޭނީ..އައިހޭވް އަ ބިޒްނަސް ޓްރިޕް ޓު ގޯ..މާދަން ފުރަން ބަޓް…މަސައްކަތްކުރާނަން..ކޮލެޖްނިމޭގަޑީ ދިމާކޮށްލާފަ ދެވޭތޯ..އޯކޭ..ސްވީޓް ޑްރީމްސް..ލަވްޔޫ..” “މީޓޫ..ހޭވް އަ ސޭފް ޓްރިޕް..” “ތޭންކްސް ލަވް..”

ކައިނިމިގެން އެންމެންވެސް މިރޭ ކޮޓަރިއަށްވަނެވެ. އަވަހަށް ނިދުމުގެ މަޤްޞަދުގައެވެ. މަލާކްވެސް އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެލާރމްކުރުމަށްފަހު ނިދަން އޮށޯތެވެ. ވެފާހުރި ވަރުބައްޔެއްގެ ސަބަބުން ލަސްތަކެއްނުވެ، އޭނާއަށް ނިދުނެވެ.

“ކޮން ރަށެއް؟” ޒާހިލްގެ އަނގަގަނޑު އެންމެ މިނެޓަކަށްވެސް މައިތިރިވާ ކަމަކަށް ނުވެއެވެ. “ނުހާ ތ.ތިމަރަފުށި…” ނުހާ އިނީ ހެވިދިލިފައެވެ. އޭނައާ އެއްވަރުގެ އަނގަގަދަ މީހަކާއި ދިމާވީމައެވެ. “ޒާހިލް ހއ.ކެލާ…މަލާކް؟” “މަލާކް މަންމައަކީ ކެލާ މީހެއް…ބައްޕަ މާލެ..އެހެންވެ އެންމެ ކުޑައިރުންސުރެ އުޅުނި މާލޭގަ. ދުވަހަކުވެސް އަދި ރަށަކަށް ނުދަން…އެކަމު މޮމް މެން ޗޭންޖް ވެއްޖެ މިހާރު ރަށަށް…” “ޗުއްޓީގަ ދާއިރު އެއްކޮން ދޯ ދާނީ؟..ހެހެހެ..”

މަލާކް ޒާހިލްއަށް ނަޒަރު ހިންގާލިއެވެ. ދިގު އިސްކޮޅަކާއި ވަރުގަދަ ހަށިގަނޑެކެވެ. ދޮންނޫނަސް، އާންމުކޮން ދިވެހިންގެ ހަމުގާ ހުންނަ ކުލައެއްގެ އަލި ހަންގަނޑެކެވެ. އިސްތަށިގަނޑު މަތިން ދިގުވެލާފައިވީނަމަވެސް އޮޑުވާވަރެއް ނޫނެވެ. މަލާކަށް އޭނާ އެންމެ ވައްތަރުވީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މޮރާޓާއާއެވެ.

އެންމެ ފުރަތަމަ ފެނުން ދުވަހުން ފެށިގެންވެސް ޒާހިލްގެ ހިތުގައި މަލާކަށް ޚާއްޞަމަޤާމެއް ދެވުނެވެ. މަލާކަށް ނޭނގުނަސް އޭނާއަށްޓަކައި ޒާހިލްގެ ހިތުގައި ވިންދު ޖަހަން ފަށައިފިއެވެ.

“ސޮރީ..ދިމާނުވެ ފރުރަންޖެހޭތީ…އަވަސްވީ ވިއްޔަ..ނައު އެއަރޕޯރޓްގަ..އަސްލުވެސް އެމް ރިޔަލީ ސޮރީ..” ބްރޭކް ގަޑީގައި އެންމެން އެއްޗެއް ކާލަން ބެންޗެއްގައި އިށީނދެލައިގެން ތިއްބާ، މަލާކަށް އަލޫކް ގުޅުމުން އޭނާ އެއްފަރާތަކަށްޖެހިލިއެވެ. “އިޓްސް އޯކޭ..އައި އަންޑަރސްޓޭންޑް..ހޭވް އަ ސޭފް ފްލައިޓް..ޓެކްސްޓް މީ ވެން ޔޫ ގެޓް ދެއަރ..އޯކޭ؟” ފޯނުން ނިމިގެން އަނެއްކާވެސް އޭނާއައިސް ނުހާއާއި ޒާހިލްއާ ބައިވެރިވިއެވެ. “މަލާކް..އިޔާރ ހޮލިޑޭސްގަ ރަށަށް ދަން؟؟” “އެހިސާބަށް ދިޔައީމަދޯ އެނގޭނި..ހެހެހެ..”

ދުވަހެއް ދުވަހަކަށް މަލާކްއާއި ޒާހިލްގެ މަލާކް އަވަސް އަވަހަށް ކާންއިން އައިސްކްރީމްތަށި ފްރިޖަށްލުމަށްފަހު އަތްދޮވެލައިގެން ކޮޓަރިއަށްވަނެވެ. އަލަމާރި ހުޅުވާލުމަށްފަހު ލާނެ ހެދުމަކާމެދު ވިސްނާލިއެވެ. ނަމަވެސް އެހާއިރު ވިސްނަންހުރެވޭކަށްވެސް ނެތެވެ. އަލޫކް އަންނަންވާއިރަށް ރެޑީވާން ޖެހޭނެއެވެ. އެންމެ ފަހުން، ކަޅުކުލައިގެ ޑެނިމް ޖިންސަކާއި ކަކުލަށްވުރެ ތިރިޔަށްހުންނަވަރުގެ ޓަޔާރޑްސްލީވް، ގަދަ ނޭވީ ބްލޫ ކުލައިގެ ޓޮޕެއްލުމަށްފަހު، އިސްތަށިގަނޑުގައި ހުޅިއެއްޖަހާލިއެވެ. އަދި ތުންފަތުގައި މަަޑުމަޑު ފިޔާތޮށި ލިޕްގްލޮސްއެއް ޖައްސާލުމަށްފަހު ފޯނުން ގަޑި ބަލާލިއެވެ. އަދި އށނާގެ ލެދަރ ހޭންޑްބޭގަށް ފޯނާއި ޓިޝޫ ޕެކެޓެއްލުމަށްފަހު ސެންޓު ޖަހާލިއެވެ. އަދިވެސް އެއްފަހަރު ލޯގަނޑުން ބަލާލުމަށްފަހު ހިތްހަމަޖެހޭވަރުވުމުން ކޮޓަރިން ނުކުމެ ތަޅުލުމަށްފަހު، އޭނާގެ ކްރީމްކުލައިގެ ހައިހީލްއަށް އަރައިގެން ނުކުމެ އަވަހަށް ސިޑިން ތިރިޔަށް ފައިބަންފެށިއެވެ.

މަލާކަށް ތިރިޔަށް ފޭބުނުއިރު އަލޫކްގެ ކާރު އައިސް މަޑުކޮށްލަނީއެވެ. ހަވީރުގެ އެވަގުތުގައިވެސް އަލޫކް އިނީ ވަރަށް ރަސްމީކޮށެވެ. މަލާކް ކާރަށް އެރުމުން އަލޫކް ދުއްވާލިއެވެ. “ސޯ…ކޮންތާކަށޯ މިދަނީ…؟’ ” ފުރަތަމަ ދާނީ އަހަރެންގެ ގެއަށް..ޗޭންޖް ކޮށްލައިގެން ދެން..ދާނީ ދޯ ކޮންމެސް ތާކަށް…ހައު އަބައުޓް މޫވީއެއް ބަލާލަން؟ އޮފީހުގައި މިއަދު ވަރަށް ސްޓްރެސް ވެގެން އުޅެފަ މިއައީ…” “އަމް….އޯކޭ…ބަޓް ޕަބްލިކް ތެރެއަށް ދެމީހުންއެއްކޮން ދިޔައީމަ..ސަކަރާތެއްނުވާނެތަ؟” މަލާކް އިނީ ނުތަނަވަސްވެފައެވެ. “ޓްރަސްޓް މީ..އިޓްސް އަ ނޯބިގް ޑީލް..އެހެންނޫނަސް އަވަރ ޕާރސަނަލް ލައިފްއެއީ އެމީހުންނަށް ބާރުފޯރުވޭނެ އެއްޗެއް ނޫނެ…ހާސްނުވެބަ…އެންޑް ބޭނުން އަދި އެއްދުހުން މަލާކް ގެންދަން…މައި އޮފީސް ދައްކާލަން….” “ހާހެއްނުވަމެ…އޯކޭ..އެންޑް..ގެންގުޅެންތަ އިންސްޓަގްރާމް ޕްރައިވެޓް އެކައުންޓެއް؟” “އާނ…ޕަބްލިކް އެކައުންޓެއް ނީންނާނެޔޭ…ބިޒްނަސްގެ ނަމުގަ ޕަބްލިކް އިންނާނީ…މައި ޔޫޒަރނޭމް އަކީ އަންޑަރސްކޯރ އެއް ޖަހާފަ، އޭ ދެން ޑޮޓް ލޫކް…ލޫކް ކިޔާއިރު ޑަބަލް އޯގެ ބަދަލުގައި ލިޔާނި އެލް-ޔޫ-ކޭ-އީ….” “ހާދަހާ ޑީޓެއިލްސް ތަކެކޭދޯ..އެހެހެހެ..” މަލާކް ފޯނުނެގުމަށްފަހު އިންސްޓަގްރާމްއަށް ވަދެލާފައި އަލޫކް ބުނިހެން ޖަހާލުމުން އައި އެކައުްޓަށް ރިކުއެސްޓް ކޮށްލިއެވެ. “އިންނާނެ ރިކުއެސްޓްކޮށްފަ..” މަލާކް ފޯނުދަބަހަށްލާން އުޅެނިކޮށް ފޯނެއް އައެވެ. ސްކްރީން ބަލާލިއިރު އިނީ މަންމަގެ ނަމެވެ. ޑޭޓާ ޖައްސާލުމުން އޮންލައިންހެން ހީވެގެން ގުޅަނީ ކަންނޭނގެއެވެ. ނޫނެކެވެ. އޭނާ އެހުރި އަދި ހަނދާންނެތިފައެވެ. ކުރިންދުވަހު އޭނާއެހެރީ މިއަދު މަންމައަށް ގުޅާނަންކަމަށް ބުނެފައެވެ.

“ކާކު ގުޅަނީ؟” “މަންމަ..” “ނަގާބަލަ…ވީޑިޔޯ ކޯލެއްތަ؟ އޫ…ދިސް އިޒް ގޮނަބީ އިންޓްރެސްޓިން….ހެހެ” އަލޫކާ ދިމާލަށް ލޯއަޅާލަމުން މަލާކް ފޯނުނެގިއެވެ. “އެކޮޅުން ފެންނަނީ މާޒެވެ. ” މާޒް..ކީކޭ؟” “ދޮންތާ..ހެއި..ސަޕް؟ ގެއަކު ނޫންދޯތީނި…ހާދަ ގުޑައޭ..ކާރެއްގަތަ؟ ވެއަރ އާރ ޔޫ ގޮއިން؟” މާޒް ފައްޗަކަށް އަމުނާލިއެވެ. “އާނ..ގެއަކު ނޫން..މީ..މީ..ފްރެންޑްއަކާއެކީ ތާކަށްދަނީ..ކޮބާ މަންމަ؟” “ވާއު ސިސް..އެމް ޕްރައުޑް އޮފް ޔޫ..ދެތިން ދުވަސްތެރޭ މިހާރު ތިހާ މުއްސަނދި ރައްޓެއްސަކުވެސް ހޯދީތަ؟!” “ހޭއި މާޒް!!” މަލާކް އިނީ ހައިރާންވެފައެވެ. މަލާކްގެ ފޯނުކައިރިއަށް ބޯކައިރިކޮށްލާފައި އަލޫކް މާޒްއަށް ހާއިއެއް ޖަހާލިއެވެ. “މަންމަ ނެތް ގެއަކު..މާޒް ވައިވެގެން..އޭ އޭ..ހޫ އިޒް ދެޓް!؟” “ޖަސްޓް އަ ފްރެންޑް!” އަލޫކް މަގުގެ އެއްފަރާތަށް ކާރު ޕާކުކޮށްލާފައި މަލާކް އަތުން ފޯނު އަތުލިއެވެ. “ނޯ..އައެމް ހާރ ބޯއިފްރެންޑް..ސޯ..ސަޕް ބްރޯ އިން ލޯ؟ މަމް އަށް ސަލާމް ބުނައްޗެ!” މަލާކް އަލޫކްއަތުނއ ފޯނު އަތުލަން މަސައްކަތްކުރުމުގެ ތެރޭގައި ފޯނު ކަނޑާލެވުނެވެ. “އަލޫކް!!!” “ކިހިނެއްވީ؟” އަލޫކް އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. “މާޒް ގާތުއޭ ތިބުނީ…ހީ އިޒް ވަރަށް އަނގަގަދަ!މަންމަ ގާތުވެސް ބުނެ ___” “ސޯ ވަޓް!؟ސިއްރުން އުޅޭކަށް ނުވާނެ..” “ޔުއަރ ރައިޓް ބަޓް..ޝީ އިޒް އަ ލިލް އޯވަރ ރިއެކްޓިންގް ޓައިޕް މީހެކޭ..ނެވަރ މައިންޑް..އޯކޭ ވާނެ ކަންނޭނގެ..”

އަލޫކްގެއަށްގޮސް އެއްޗެހި ބަދަލުކުރަން ވަނުމުން މަލާކް ޓެރަހަށް އަރައިގެން މަޑުކޮށްލިއެވެ. އަލޫކް ނިމުމުން ދެމީހުން ދިޔައީ ކައިރި ސިނަމާއަކަށެވެ. މަލާކް ބަލާ ހިތްވީ އޭނާ ވަަރަށް ކުރިން އެއްބައި ބަލާފައި އޮތް، ޓީންއޭޖްކުދިންގެ ފިލްމެކެވެ. އަލޫކްވެސް މަލާކްގެ އެދުމުގެ މަތިން ‘ފްލިޕްޑް’ ބަލަން ނިންމިއެވެ.

ފިލްމު ނިމުމުން އަލޫކް މަލާކް ގޮވައިގެން ރެސްޓޯރެންޓްއަކަށް ދިޔައެވެ. ރަނގަޅަށް ކާލައިގެން ކާރުގައި ބުރެއް ޖަހާލުމަށްފަހު ރޭގަނޑުވީފަހުން މަލާކް ގެއަށް ގެނެސްދިނެވެ. “ނައިޓް ލަވް…” “ނައިޓް…” މަލާކް އެތެރެއަށް ވަނަނަންދެން އަލޫކް މަޑުކޮށްލުމަށްފަހު ކާރު ސްޓާރޓްކޮށްގެން އެތަނުން ދިޔައެވެ.

ޗުއްޓީ ހަަފްތާ ނިމުނީ ލޮލުފިޔަ ޖަހާލާހާ އަވަހަށެވެ. ކޮލެޖަށްދާން ބަހަށްއަރާ އިންއިރު އެހެންކުދިންނެކޭ އެއްވަރަށް މަލާކްވެސް އިނީ ހިތްއަވަސްވެފައެވެ.މިއަދު މިއީ ޕްރެކްޓިކަލް ޓްރިއަލްސްތައް ފެށޭ ދުވަހެވެ. ފޯނަށަް މެސެޖެއް އައުމުން ބަލާލިއިރު އަލޫކެވެ. މެސެޖުގައި އިނީ “ގުޑްލަކް ލަަވް، ޔޫ ވިލް ޑޫ ފައިން” މިހެންނެވެ. މަލާކް ހިނިތުންވެލާފައި ތޭންކްސްއޭ ޖަހާފައި ފޮނުވާލިއެވެ.

ޕްރެކްޓިކަލް ހަދަން ކޮންމެ ސެކްޝަންއަކުންވެސް ގްރޫޕްތަކަކަށް ކުދިން ބަހާލިއެވެ. އިއްތިފާޤުން މަލާކްއާއި ނުހާއާއި ޖެހުނީ އެއްގްރޫޕަކަށެވެ. ފަސްކުދިންގެ އެގްރޫޕުގައި ދެންތިބީ އެހެން ގައުމެއްގެ ދެކުދިންނާއި ރާއްޖެ ފިރިހެން ކުއްޖެކެވެ. ނުހާއާއި މަލާކް ދިވެހިން ވާހަކައެއް ދައްކާލކތަނާ އެކުއްޖާ ތިއީ ރާއްޖެ ކުދިންތޯ ސުވާލުކުރިއެވެ. “ގްރޭޓް..ހެއި…އަހަރެންގެ ނަމަކީ ޒާހިލް…” ޒާހިލް އަމިއްލައަށް ތަޢާރަފްވެލިއެވެ.

ދުވަސް ނިމުނު އިރު ހުރިހާ ކުދިންވެސް ތިބީ ވަރުބަލިވެފައެވެ. ނިމިގެން ގެއަށްއާދެވުނީ ކިރިޔާ މަޣްރިބުނަމާދު ކުރެވޭވަރުގައެވެ. ދެނަމާދުކޮށްލައިގެން ފެންވަރާލައިގެން މަަލާކް ނުކުތްއިރު ނުހާއާއި އީމާ އުޅެނީ ޗީޒް ޕާސްތާކައްކާށެވެ. މަލާކް ހައިރާންވީ މިއަދު އީމާވެސް ނުކުމެގެން އުޅޭތީއެވެ. އަވަހަށް މަަލާކްވެސް ނުކުމެ އެކުދިންނާއި ބައިވެރިވިއެވެ.

އެންމެން އެކުގައި ކާންއިންދާ މަލާކްގެ ފޯނު ރިންގުވާން ފެށިއެވެ. “ހޭއި..ވައްޗަޑޫއިން..؟” އަލޫކް ވަަރަށް ލޯބިން އަހާލިއެވެ. “ކަނީމި..ވަރަށް ޓަޔާރޑް މިރޭ..” “މީޓޫ…އޮފީހުގަ ވަރަށް ބިޒީ މިއަދު..ސޯ..ރަނގަޅަށް ނިދައްޗެ..މިވީކް ނިމުނީމަ ކަންނޭގެ ދެންދިމާވެވޭނީ..އައިހޭވް އަ ބިޒްނަސް ޓްރިޕް ޓު ގޯ..މާދަން ފުރަން ބަޓް…މަސައްކަތްކުރާނަން..ކޮލެޖްނިމޭގަޑީ ދިމާކޮށްލާފަ ދެވޭތޯ..އޯކޭ..ސްވީޓް ޑްރީމްސް..ލަވްޔޫ..” “މީޓޫ..ހޭވް އަ ސޭފް ޓްރިޕް..” “ތޭންކްސް ލަވް..”

ކައިނިމުމުން އެެންމެންވެސް އަވަހަށް ކޮޓަރިތަކަަށްވަނެވެ. އެއްޗެހި ބަދަލުކޮށްލައިގެން މަލާކްވެސް އަވަހަށް އެލާރމްކޮށްލުމަށްފަހު ނިދަން އޮށޯތެވެ. ވެފާހުރި ވަރުބައްޔެއްގެ ސަބަބުން ލަސްތަކެއްނުވެ އޭނާއަށް ނިދުނެވެ.

“ކޮންރަށެއް؟” ޒާހިލްގެ އަނގަ އެންމެ މިނެޓަކަށްވެސް ހުއްޓޭ ފަހަރެއް ނާދެއެވެ. “ނުހާ..؟ ތ.ތިމަރަފުށި..” ނުހާ އިނީ ހެވިދިލިފައެވެ. އޭނައާ ބައިވެރިވާނެ އަނގަގަދަ މީހަކުު ފެނުނީމައެވެ. “އަހަރެން ހއ.ކެލާ..މަލާކް؟” “އޭ..މަލާކް މަންމަވެސް ކެލާ..ބައްޕަ މާލެ..އެެހެންވެ ކުރިންސުރެވެސް އުޅެނި މާލޭގަ…ނުދަންްއަދި ރަށަކަށް..ދުވަހަކުވެސް..އެކަމު މަންމަމެން މިހާރު ޗޭންޖްވެއްޖެ ރަށަށް..”

“ސޮރީ..ދިމާނުވެ ފުރަންޖެހުނީމަ..މާއަވަސްވީ ވިއްޔަ…އައި ރިޔަލީ އެމް ސޮރީ..” ބްރޭކްގަޑީގައި އެންމެން ތިބީ ބެންޗެއްގައެވެ. އަލޫކްގެ ފޯނެއް އައުމުން މަަލާކް އެެއްކައިރިއަކަށް ޖެހިލިއެވެ. “އިޓްސް އޯކޭ…އައި އަންޑަރސްޓޭންޑް…ހޭވް އަ ސޭފް ފްލައިޓް..ލެޓް މީ ނޯ ވެން ޔޫ ގެޓްދެއަރ..” ފޯނުން ނިމިގެން މަލާކްއައިސް ނުހާއާ ޒާހިލްއާއި ބައިވެރިވިއެވެ.

ދުވަހެއް ދުވަހަކަށް މަލާކްއާއި ޒާހިލްގެ މެދުގައި އޮތް ގުޅުން ވަރުގަދަ ވަމުންދިޔައެވެ. މަލާކްގެ ހިތުގައި ރަހުމަތްތެރިކަމަށްވުރެ އިތުރު އެހެން ނިޔަތެއް ނެތަސް، މަލާކްގެ އެއޯގާތެރި ކަމާއި ހިތްހެޔޮކަމުުން ޒާހިލްއަށް ނެގެމުން ދިިޔައީ މުޅީން އެހެން މާނައެކެވެ.އޭނާއަށްހީކިރވެމުންދިޔައީމުޅިންއެހެންގޮތަކަށެވެ.

ދުވަހެއް ދުވަހަކަށް މަލާކްއާއި ޒާހިލްގެ މެދުގައި އޮތް ގުޅުން ވަރުގަދަ ވަމުންދިޔައެވެ. މަލާކްގެ ހިތުގައި ރަހުމަތްތެރިކަމަށްވުރެ އިތުރު އެހެން ނިޔަތެއް ނެތަސް، މަލާކްގެ އެއޯގާތެރި ކަމާއި ހިތްހެޔޮކަމުުން ޒާހިލްއަށް ނެގެމުން ދިިޔައީ މުޅީން އެހެން މާނައެކެވެ.

އެހަފްތާވެސް އެހާ ހަަލުވިކަމާއެކު ނިމުނެވެ. “ހެއި..ވެން ކމިންގް ބެކް؟” “ޑޮނޯ..ވަން މޯރ ވީކް ވެދާނެ އަދި….” މަަލާކާއި ވާހަކަ ދައްކާލުމަށްފަހު އަލޫކް ފޯނުބޭއްވިއެވެ. ޙަޤީޤަތުގައި އޭނަ މިހާރު އެެ ދަތުރު ނިންމާފައި އައިސް ހުރީ މިކޮޅުގައެވެ. ނަަމަވެސް އަަނެއްކާވެސް އޭނާގެ އެެެއުޅުން އުޅެނީއެވެ. މަަލާކްގެއަޑު އިވުމުން އޭނާއަށް ބަޔާން ކުރަންދަތި ހިތްހަމަޖެހުމެއް ލިބެއެވެ. ދެން މަލާކަށް އޮޅުވާލަނީ ކީއްވެހެއްޔެވެ؟ މަަލާކް ބީވެދާނެކަމުގެ ބިރު ހީވާތީ ހެއްޔެވެ؟ އެކަމުން ސަލާމަތްވާން އޭނާ ކިތަންމެހާވެސް ބޭނުމެވެ. އެހެނަސް…

އެތައް އިރަކު ކެތްކުރުމަށްފަހު، ހިތާދެކޮޅަށް އަލޫކް ގޮސް އެނދުގައި އޮށޯވެލިއެވެ. އަދި ވާއަތުގެ ލޭހޮޅިތައް ފުއްޕާލުމަށްފަހު، ކަނާއަތުގައި އޮތް ސިރިންޖު އެއަތަށް ހަރާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. Aki

    mi vaahaka up vefa tho belunu adhadhu ves neyge

  2. hajam

    Pis pis e tha nei repeat vefa
    balai laafa up kuraanama dhw
    thihaa kanei vaaka nuvaane
    Any way vaahaka kuri a dhaa goi v reethi

  3. Nunnu

    Umm zelll kihineh Tha hadhaafa eothy
    Rangalhah check koh nulevunee dho
    It’s ok
    Dhen faharakun ekan that rangalhu kohladhinun edhen
    And yes
    MI part ves vv reethi
    Masha Allah
    Keep it up
    When next part

  4. Zelll

    Thanks all❤, yah I know, copy paste kurumuge massalaeh, sorry for that, anyways hope you like it

  5. Mate

    I love this story…..when next part?…..?????

  6. Afy

    Masha Allah Varah reethi mi part vs. ??. Konirakun next part?waiting..

  7. unique

    🙁 :-(……..haadha sad koshey eohy dhimaavefa story ah

  8. noor

    whattt??? maaz aky girl eh tha? noor heekury kurin aee boy eh kamah.. hehe.. 🙂 anyway, maa sha allah.. vrh furihama story.. 🙂 curiously waiting for the enxt part.. 🙂 good job dear.. keep it up.. 🙂

    1. Zelll
      noor

      No maaz aky boy eh!!!!!! kihineivy aslu thihenn thi ehy noor?

  9. Leen

    Next part up kohla dheveyni kn dhuvahaku I love the story keep up the good work

  10. reader

    whn is nxt part????????

  11. aai

    When nxt part i love the story plsssssss hurry up

  12. Pop

    When are you planning to update? I want an update btw story is fab

  13. Readee

    Haadha dhuvaheh vejjeyey..☹?..

  14. .......

    i think vaahaka up nukurevenyya nuliyunymahen ennme ragalhu vaany

  15. unique

    zelll… zelll buzy dhw???? haadha sad ey… feeling bad story kiyaalan nulibeythy vvv miss vey eba hope t see a new update

  16. unique

    zelll… zelll buzy dhw???? haadha sad ey… feeling bad story kiyaalan nulibeythy vvv miss vey eba hope to see a new update

  17. huh

    buzy vee eh noon. vaahahka kuruyah gendhaane gotheh neyngigen e ulheny.. reecchah bunyma nimuny eh nun.

    1. Zelll
      huh

      Vrh sad dear thihenn bunyma.. Zelll ge 10 ge aharuvyma extra and school onnrthy busy vyma up nukureveny, sorry dear

  18. Zelll

    Vrh sad dear thihenn bunyma.. Zelll ge 10 ge aharuvyma extra and school onnrthy busy vyma up nukureveny, sorry dear

  19. unique

    ur in 10 dhw… knme gotheh viyas kiyavaathi concentrate on studies rather than this…………… n hope to see a new episode soon

    1. Zelll
      unique

      Awwn unique, thyanks, thanks for everything and your support!!!! Lysm

  20. kitty

    yeah.. studies shud b yr first priorty.. e okay vaane las viyas.. zell ah vagutheh v ma up kohlla dhyy. i ves midhiya aharu 10 nimmy. ehn v ma i understand vv buxy vaane kan.. zell 10 nimunyma ves vaahaka liyevidhaane.. ehn meehun bunaaa ehcchessa alhaalaane kameh neii. focus on studies n get gud results.. love you 🙂

    1. Zelll
      kitty

      awwnn, that’s so sweet, thankyou kitty that means a lot and yeah i’ll post when time veema. Ekam i’m guarenteeing you all readers 10 nimumah fahu adhi mivrhakaige bodubai inshaallah vrh reethikonn kiyunntherinnaaa hisaabah genesdheynann inshaallah. And kitty, goodluck for your exams love you too

  21. Kitty

    Zell dhn faharaku vaahaka up koh dheybala iru part 1-9 ge hulaasaaeh up kohlla dhehcchey..????

    1. Zelll
      Kitty

      Yeah i’l try, alah dhw read kuran feshy? welcome

  22. kitty

    yeah..

Comments are closed.