އާދޭސް ކުރާ ހިތްވޭ ރޮމުން (36)
“ދާން… އައި ތިންކް އައި އޭމް ޕްރެގްނެންޓް” ޒީޝާ މަޑުމަޑުން ބުނެލިއެވެ. ދާނިޝް އަށް ސިހިފައި ދުރަށް ޖެހިލެވުނެވެ.
“ވަޓް އަސްލު” އެހެންނަމަވެސް ދާނިޝް ގެ އަޑުގައިވަނީ އުފާވެރިކަމެވެ. އޭނާ އަށް ބުނެވުނެވެ. “ކިހާ ދުވަހެއް”
“މިހާރު ވީކްއެއް ވެއްޖެ އެކަމަކު ޔަގީނެއްނޫން….”
“އެހެން ވިއްޔާ އެންމެ ރަނގަޅުވާނީ ޑޮކްޓަރެއް ގާތަށް ގޮސް ބްލަޑް ޓެސްޓެއް ހަދާލިއްޔާ” ދާނިޝް ބުނެލިއެވެ. މީގެ ކުރިން ދަރިއަކު ހޯދުމަށް އެ ދެމަފިރިން ވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަދި ވެސް އެ އުންމީދު ފުރިހަމަ ވާ ގޮތް ނުވެފައިވަނީ ޒީޝާގެ އޯވަރީގައިވި ސިސްޓް ތަކުގެ ސަބަބުންނެވެ. ޑޮކްޓަރަށް ދެއްކުމުންވެސް މާއެދެވޭ ފައިދާއެއް ކުރިކަމަކަށް ނުވިއެވެ.
މީގެ ކުރިން އެ ފަދަ ހިޔާލެއް ކޮށްފައިނުވާ ދާނިޝް އަށް ވެސް އާދަޔާހިލާފު އިހްސާސް އެއް ކުރެވިގެން ދިޔައެވެ.
އޭނާ އަށް ޒީޝާގެ ގައިގައި ބައްދައިގަނެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
“ދޮންބެ ދައްތާ…” ދެމީހުންނަށް ސިހުން ގެނުވީ އަންޖުމް ދޮރުގައި ޓަކި ޖަހާލަމުން ގޮވާލުމުންނެވެ. އެއާއެކު ޒީޝާ އެނދު މަތީގައި ބާއްދައިލާފައި ދާނިޝް ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު އަންޖުމް ކޮޓަރިތެރެއަށް ވަނެވެ.
“ދޮންބޭ” އަންޖުމް ގެ އަޑުގައިވަނީ އުފާވެރިކަމެވެ. “މިއައީ މިކޮޓަރިގާ ނިދާށޭ ދޯ އަންޖު” ޒީޝާ ބުނެލިއެވެ. އަދި އައިސް އަންޖުމް އުރާލާ ނޭފަތުގައި ހިފާލިއެވެ
“މާމަ ބުނީ ޑެޑީ މަންމި ކައިރީގަޔޭ… އަންޖު ވެސް ބަސް އަހަމޭ މިހާރު. އަދި ސީކްރެޓް އެއް ބުނަންތަ ދޮންބެ ދައްތާ… މާމަ ބުނީ މަންމި ވަރަށް އަވަހަށް ހޭލާނެޔޭ ވެސް… އެހެން ވީމަ މިރޭ ކޮއްކޮ އަށް ވެސް އޯކޭ ޑެޑީ ނަޔަސް… ހެހެ” އަންޖުމް ހެމުން ބުނެލިއެވެ.
ޒީޝާ އާއި ދާނިޝް ގެ ތުންފަތް މަތީގައިވެސް ހިނިތުންވުމެއް ދުވެލިއެވެ.
އައިލީޝް ގާތު އިން ރާސިލް އަށް ވެސް ދިޔައީ ނިދިޖެހެމުންނެވެ. އޭނާ މާ ބޮޑަށް ވަރުބަލިވީއެވެ. އިސާހިތަކު އެނދުގައި ބޯ ޖަހައިގެން އޮވެ އޭނާ އަށް ނިދުނީއެވެ.
އަނެއް ދުވަހު ރާސިލް އަށް ހޭލެވުނީ ނަރުސްކުއްޖަކު އައިސް ވަނުމުންނެވެ. އެ އަންހެނ ކުއްޖާ އައިސް އައިލީޗް އެގްޒަމިން ކުރުމަށް ފަހު ފައިލް ގައި ނޯޓް ކުރަން ޖެހޭ އެއްޗެހި ނޯޓް ކުރިއެވެ.
އަދި ނުކުމެގެން ދިޔައީ ރާސިލް އަށް ވެސް ހިނިތުންވުމެއް ހައިދާ ކޮށްލުމަށްފަހުއެވެ. ރާސިލް ގެއަށް ދިޔައީ ޒީޝާ އައުމުންނެވެ.
ގެއަށް ގޮސް އޭނާ ފުރަތަމަވެސް ނިދާލީއެވެ. އަންޖުމް ވެސް އޭރު ހިޝްމާ ގާތު އުޅެއެވެ. އެހެންނަމަވެސް ރާސިލް ބައްޕަ ކުޑަކޮށް ނިދާލަން މައްޗަށް ދަނީކަމަށް ބުނުމުން އަންޖުމް އަޅައެއްނުލައެވެ. މެންދުރު ނަމާަދުވަގުތު ފާއިތުވެ އަސުރަށް ގޮވަން އުޅެނިކޮށް ރާސިލް އަށް ހޭލެވުނެވެ. އޭނާ އަވަސް އަވަހަށް މެންދުރު ނަމާދުކޮށްލިއެވެ. އަދި އަސްރު ނަމާދަށް މިސްކިތަށް ދިޔައެވެ. މިސްކިތުން އައިސް އަނެއްކާވެސް އޭނާ ޖައްސައިލީ ނިދާލާށެވެ. ކުޑަކޮށް ބޮލުގައި ރިއްސަމުން ދިޔައީތީއެވެ.
އެހެންނަމަވެސް އެވަގުތު ދާނިޝް ގުޅުމުން އޭނާ އަށް ޖެހުނީ އަނެއްކާވެސް އިޒިކް މެން ގެއަށް ދާށެވެ. މަޝްވަރާ ތަށް ނިންމާލެވުނީ ރޭގަނޑުގެ ވަގުތެއްގައެވެ. މިހާރަކަށް އައިސް އިޒިކް ގެ ހިތުގައި މުސްކާން އާމެދު ވަރަށް ބޮޑަށް އިހްސާސް ތަކެއް ވިއެވެ. އެހެންނަމަވެސް އޭނާ އެ އިހްސާސްތަށް މުސްކާން އަށް ކިޔައިދޭން ޖެހލުންވަނީއެވެ. އޭނާަ އަށް މުސްކާން ހާސިލް ނުވާނޭ ކަން އިނގޭތީ ހެން ހީވިއެވެ. މުސްކާން ގެ ހިތުގައި ވާ އެއްޗެއް އިޒިކް އަކަށް ނޭނެގއެވެ. އެ ނިކަމެތި އަންހެން ކުއްޖާ ގެ ހަޔާތް އުފާވެރިކޮށް ދިނުމަށް އިޒިކް ނުހަނު ބޭނުވެއެވެ. އެހެންނަމަވެސް އެ ފުރުސަތު އޭނާ ގެ ނެތް ފަދައެވެ.
މިރެއަކީ އެމީހުން އެ ގޮތަށް މަޝްވަރާ ކުރާ އެންމެ ފަހު ދުވަހެވެ. ދެން އޮތީ އަމަލީ މަސައްކަތް ކުރުމެވެ. ހުރިހާ އެންމެންވެސް ތިބީ ކެތް މަދުވެފައެވެ. އެ ރޭ އިޒިކް މުސްކާން ގޮވައިގެން އެރީ އެ ހިސާބުން ވެސް އެކަނި ނުފޮނުވާނަމޭ ބުނަމުނެނެވެ. މުސްކާން ތިމަންނައަށް ދޭވޭނޭ ބުންޏެވެ. އެހެންނަމަވެސް މާނިއު އާހެދިޔާ އެކީ އިޒިކް ހިންހަމަ ނުޖެހުނީއެވެ. “ދެން އޯކޭ އޭ” އިޒިކް ބުނެލިއެވެ.
އަދި މުސްކާން އާ އެކީ ހިނގައިގަތެވެ. މުސްކާން ވެސް ލުއި ހިނިތުންވުމަކާ އެކީ ހިނގައިގަތެވެ.
“ދެން އަވަހަށް ވަދޭ ފުރާތައެއް ނާންނަނީސް” އިޒިކް ސަމާސާ ގޮތަކަށް ބުނެލިއެވެ. އެއާއެކު މުސްކާން ގެ ތުންފަތުގައި ވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އޭނާ އިޒިކް އާ ދިމާލަށް އަތް ހޫރާލަމުން ދޮރާ ހިސާބަށް ގޮސް ހުޅުވަން ވެގެން ދޮރުގެ ތަޅުގައި ހިފާލިއެވެ. އެކަމަކު ސިހިފައި އޭނާ އަށް ފަހަތަށް ޖެހިލެވުނީ ކުއްލިއަކަށް މީހަކު ނުކުތުމުންނެވެ.
އެއާއެކު އަނެއްކާ ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ނުކުތް އަނީސާ ފެނިފައެވެ. އޭނާގެ މޫނުމަށްޗަށް ހިސާބެއްގެ ބިރިވެރި އަސަރުތަކެއް ވެރިވެގެން ދިޔައެވެ. އަނީސާ ގެ މޫނުމަތީގައިވެސް ވަނީ ނުރުހުމުގެ ކުލަވަރެވެ. އެންމެ ފުރަތަމަ ވެސް އަނީސާ އަށް ދެން ބަލާލެވުނީ އިޒިކް އާ ދިމާލަށެވެ. އޭނާ ދެން ބަލާލީ މުސްކާން އަށެވެ.
އަނީޝާ މުސްކާން އާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. “މީތަ މިހާރު ކަލޭ ތި ގެންގުޅޭ ފިރިހެނަކީ… ހުވާ އަދި މަގޭ އަތުން ރަނގަޅު ބޮނޑިއެއް ބޯނެ…” އަނީސާ މުސްކާން ގެ ގާތަށް އަނެއްކާވެސް ޖެހިލަމުން މުސްކާން ގެ ކޯތާފަތުގައި ޖަހަން އަތް މަޅާލިއެވެ. އެހެންނަމަވެސް އޭނާ އަށް ޖެހުމުގެ ކުރިން އިޒިކް އައިސް އަނީސާގެ އަތުގައި ހިފެއްޓިއެވެ. “ކަލޭ ތީ ކާކު އަދި ދޫކުރޭ؟” އަނީސާ ގަދަހަދަމުން ބުނެލިއެވެ.
“މުސްކާން އަކީ އަހަރެންގެ ވާން އުޅޭ އަނބިމީހާ” އިޒިކް އިއްވާލިއެވެ. އެއާއެކު ކުޑަކޮށް އެއްފަރާތަކަށް މޫނު އަނބުރާ ލައިގެން ހުރި މުސްކާން އަށް އިޒިކް އަށް ބަލާލެވުނެވެ. އެ މޫނުމަތިން ވެސް ހައިރާން ކަން ފާޅުވަމުން ދިޔައެވެ. ިޒިކް ގެ މޫނުމަތީގައިވި އަސަރުތަށް ދެނެގަންނަން މުސްކާން ނުކުޅެދުނެވެ.
އިޒިކް އަނީސާގެ އަތް ދޫކޮށްލިއެވެ. “ކަލޭ” އަނީސާ އިޒިކް އާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އިޒިކް މުސްކާން ގެ އަތުގައި ހިފާލާ އަނީސާ އަށް ދައްކާލިއެވެ. އިޒިކް ގެ އަތް ޖެހުމާއެކު މުސްކާން އަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނު ހެންނެވެ. މީހާގެ މުޅި ގައިން ހީބި ނަގައިގެން ދިޔައެވެ. އޭރުވެސް އޭނާ އަށް ދެވުނީ ފަހަރަކު މީހެއްގެ މޫނަށް ބެލެމުންނެވެ.
އިޒިކް އާ ދިމާލަށް ބަލަހައްޓައިގެން ހުރި އަނީސާގެ މޫނުމަތިންވެސް ހިސާބަކަށް ހައިރާން ކަމުގެ އަސަރުތަށް ފާޅުވަމުން ދިޔައެވެ.
އެހެންނަމަވެސް އެ މޫނުމަތިން އޭރު ވެސް ފާޅުވަމުން ދިޔަ ނުރުހުމުގެ އަސަރަކަށް ބަދަލެއް ނާދެއެވެ.
އިޒިކް މުސްކާން ގެ އަތުގައި ހިފައިގެން ތިރިއަށް ފޭބިއެވެ. އަނީސާ ކެނޑި ނޭޅި އެއްޗެހި ކިޔަން ފަށާ ހަޑި އެއްޗެހިވެސް ކިޔަން ފެށުމުން އޭނާ އަށް ކެތް ނުކުރެވުނީއެވެ. މުސްކާން ގެ އަތުގައި ހިފައިގެން ކާރާ ހިސާބަށް އައުމާއެކު އިޒިކް ގެ އަތުން މުސްކާން އޭނާގެ އަތް މިނިވަން ކުރީ އަތަށް ބާރުލާ ދަމައިގަންނަމުންނެވެ.
“ވަޓް ޑިޑް ޔޫ ޖަސްޓް ޑޫ” މުސްކާން ގެ އަޑުގައި ޖެހިލުންވުމާ އެއްވަރަށް ކަންބޮޑުވުމާ ހިންހަމަނުޖެހުމުގެ އަސަރުރަށް ވެސް ހުއްޓެވެ.
“ވަޓް ޑިޑް އައި ޑޫ” އިޒިކް ހިސާބަކަށް ހަމަޖެހިލާފައި ޖަވާބުދިނެވެ. “ކީއްވެ އެހެން ތި ބުނީ ދޮންތަ ހުއްޓަ…” މުސްކާން ދެންވެސް ސުވާލުކުރިއެވެ. “އަހަރެން ބުނީ…؟” އިޒިކް އޭނާ ގެ މެއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެއާއެކު މުސްކާން އިޒިކް އާ ދިމާލަށް ކަޅި އަޅާލިއެވެ.
“ކީއްވެ… ހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭނީ އަހަންނޭ!… ދެވަނަ ފަހަރު މުސްކާން އެހެން ބުނިއިރު އެ އަޑަށް މާޔުސްކަން ވެރިވެ ހިތާމަވެރިވެގެން ދިޔައެވެ.
ކީއްވެ ހޭ؟” މުސްކާން އަށް އެނެމް ފަހުން ރޮވި ކުޑަކޮށް އިޒިކް ގެ ގަމީހުގައި ހިފާލެވުނެވެ. “އަހަރެން ބުނީ އަހަރެންގެ ހިތުގެ އަޑު… އައި ލަވްޔޫ… އައި ލަވް ޔޫ އޭ މުސްކާން…”އިޒިކް ބުނެލިއެވެ. އޭނާ އެވަގުތު މުސްކާން ގެ އަތުގައި ހިފެއްޓިއެވެ. އަދި ސީދާ އެ ދެލޮލަށް ބަލާލިއެވެ. ރޭގަނޑުގެ މަގުތަށް ވިޔަސް އެ ވަގުތު އެ ދިމާ މަގުމަތީގގައި ދިއްލާފައި ހުރި ލައިޓް ތަކުގެ ސަބަބުން އެ ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔަ އަސަރުތަށް އެކަކު އަނެކަކަށް ވަކިކުރެވެއެވެ. ބުނެދޭން ނޭނގޭ އަސަރުތަކެއް ދެމީހުންގެ ލޮލުގައިވެސް ވިއެވެ. ނޭނގޭ ޖަޒްބާތުތަކަކުން ދެމީހުންގެ މޫނުމައްޗަށް ވެސް އަރާ ފައިބަމުން ދިޔައެވެ.
“ވަޓް… ކީކޭ… ނޫން ކީކޭ” މުސްކާން އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ އިޒިކް އެ އަތުން ދޫކޮށްލުމުންނެވެ. މުސްކާން ގަދަ ހަދަން ފެށުމުން އޭނާ އަށް ވެސް މުސްކާން ހިފަހައްޓައިގެން ހުންނަން ނުކުރެވުނީއެވެ.
“ޔސް މުސްކާން އައި ޑޫ… ޓްރަސްޓް މީ” އިޒިކް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއިރު އޭނާ އަށް އިތުބާރު ކުރަން މުސްކާން އަށް ކިތަންމެ ހާވެސް އުނދަގޫވާނޭކަން އޭނާ އަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ބޭނުންވަނީ މުސްކާން ގެ އިތުބާރެވެ. މުސްކާން ބުނާ އެްމެ ބަހަކުން އޭނާ މުސްކާން އަށް ހުރިހާ އުފަލެއް ދޭނެއެވެ. އެ ހިތުގައި މުސްކާން އަށް ޓަކައި ލޯބިއެބަވެއެވެ. ނުހަނު ބޮޑަށެވެ.
އިޒިކް ގެ ވާހަކަ ހުއްޓުމަކަށް އައީ ދާން ވެގެން މުސްކާން އެނބުރިލުމުންނެވެ. އޭނާ މުސްކާން އަށް ބުންޏެވެ. “މުސްކާން… އަހަރެން އެ ވާހަކަ ދެއްކީ މަޖަލަކަށް ނޫނޭ… އަހަރެން ހަމަ ގައިމުވެސް މުސްކާން ގެ އިހްސާސްތަކަކާ ނުކުޅޭނަން… އަހަރެން ގެ ހިތުގެ މުސްކާން އަށް އިހްސާސް ތަކެއް ވާތީ އޭ އެހެން މި ބުނީ… އަހަރެންގެ މިހުތުގަ ވެސް މުސްކާން އަށް ޓަކާ ލޯބި ވާތީ ހަމަ ހަގީގަތުގަވެސް މިހެން މިބުނީ… ” އިޒިކް ބުނެލިއެވެ.
އެއާއެކު މުސްކާން ގެ ފިޔަވަޅުތަށް ގަނޑުވެގެން ދިޔައެވެ. އޭނާ ގެ ލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތަށް ވެސް ފައިބަން ނޭޏގުފައި ހުރީ ދެންމެ އިވުނު ބަސްތަށް ގަބޫލް ނުކުރެވިފައި ތިބިހެންނެވެ. ނޫނީ މުސްކާން ގެ އަމުރަކަށް މަޑުކޮށްލައިގެން ތިބީއެވެ.
އެހެންނަމަވެސް މުސްކާން އަށް ދެން އަލުން އެހެން މީހަކަށް އިތުބާރު ކުރެވޭނޭ ހެއްޔެވެ؟. އޭނާ އަށް އެހެން މީހަކާ އެކީ ދިރިއުޅުމެއް ބިނާ ކުރެވޭނޭ ހެއްޔެވެ؟. އިތުބާރު ކުރެވިދާނޭ ހެއްޔެވެ؟. ލޯބި ލޯބި އާއިލާއެއް އުފަން ކުރެވިދާނެހެއްޔެވެ؟.
ހިތަށް އެރި ހިޔާލުން އޭނާ އަށް ރޮވެން ފެށިއެވެ. ހުރެވުނީ މަގުމަތީގައި ކަމެއްވެސް ނޭގޭފަދައެވެ. އިޒިކް އަށް މުސްކާން ހުރީ ފަސްދީ ކަމުގައި ވިނަމަވެސް އޭނާ ރޮނީކަން ދެނެގަނެވުނެވެ. އެއާއެކު އޭނާ ގޮސް މުސްކާން ގެ އަތުގައި ހިފާ އޭނާ އާ ދިމާލަށް އަނބުރާލިއެވެ. ވަގުތު ގެ ގޮތުންނާ ދަންވާ އަތަށް އެޅިފައި ވުމުން މަގުމަތީގައި މީހުންނާ ދުއްވާ އެއްޗެހިވެސް ފުދޭވަރަކަށް މަދެވެ. އޭނާ މުސްކާން ގެ ކަރުނަތަށް ފޮހެލަމުން ދެފަރާތަށް ބޯ ހޫރުވާލީ ދެން ތިޔަ ކަރުނަތަށް އިތުރަށް ބޭކާރު ނުކުރާށޭ ބުނާފަދައިންނެވެ.
“ހިނގާ އަހަރެންނާ އެކު ކާރަށް” އިޒިކް އޯގާތެރިކަމާއެކު ބުނެލިއެވެ. މުސްކާން ވެސް ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން އިޒިކް އާ އެކީ ދިޔައެވެ. ކާރަށް އަރާ ހަމަޖެހިލަމުން އިޒިކް މުސްކާން ގެ އަތުގައި ހިފާލާފައި އެ އަތަށް ފިއްތާލިއެވެ. އަދި ކަންބޮޑު ނުވުމަށް ބުންޏެވެ. މުސްކާން ބޯ ޖަހާލާފައި ލޯ ގަނޑުން ބޭރަށް ނަޒަރު ހުއްޓާލިއެވެ.
އިޒިކް ފޯން ނަގާ ނަންމަބަރަކަށް ގޮވާލިއެވެ. “ހަލޯ” އިޒިކް ގެ އަޑު އިވި މުސްކާން ބަލާލިއެވެ. އެއާއެކު އިޒިކް ވެސް މުސްކާން އަށް ބަލާލިއެވެ. އަދި އަނެއްކާވެސް ބޯ ޖަހާލީ ހުރިހާ ކަމެއ ރަނގަޅުވަނޭ ބުނަމުންނެވެ.
“ޝިފާ…. މުސްކާން ތި ގޭގައި ބަހައްޓާލަދެވިދާނެތަ؟” އިޒިކް ބުނެލީ ޝިފާ އަކީ އެކަނި އުޅޭ މީހަކަށް ވެފައި މުސްކާން ވެސް ހިންހަމަޖެހޭނީ އެކަނި ކޮޓަރިއެއްގައި ބެހެއްޓުމަށްވުރެ ދަންނަ މީހަކު ކައިރީގައި ހުރުމަށް ކަމަށް އޭނާގެ ހިތަށް ވިސްނުނީތީއެވެ. މުސްކާން އިޒިކް އަށް ބަލާލިއެވެ.
އިޒިކް މުސްކާން އަށް ނަޒަރު ހުއްޓާލިއެވެ. “އައި ޕްރޮމިސް… އައި ޕްރޮމިސް ބޭބީ…. އައި ވިލް ލަވް ޔޫ… ޓްރަސްޓްމީ… ވިލް… ވިލް ޔޫ މެރީ މީ…” އިޒިކް ކުއްލިއަކަށް މުސްކާން ގެ ކޯތާފަތުގައި ފިރުމާލާފައި ބުނެލިއެވެ. އެއާއެކު އިސްޖަހައިގެން އެ ވަގުތު އިން މުސްކާން އިސް އުފުލާލާ އިޒިކް އަށް ބަލާލިއެވެ. ދޭނެ ޖަވާބެއް ނޭނގި މީހާ ގަނޑުވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލެވުނެވެ.
“މުސްކާން” އިޒިކް ގޮވާލިއެވެ. އެއާއެކު ސިހިފައި މުސްކާން އަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ ލަދުން އިސްޖަހާލިއެވެ. ކިއްވެކަމެއް ނޭނގެއެވެ. މުސްކާން އަށް ވެސް އިޒިކް ގެ އެ ބަހަށް އެއްބަސް ވާން އެދެވެނިއެވެ. އޭނާގެ ހިތް އެކަމަށް އެދި ގޮވަނީއެވެ.
މުސްކާން އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. ދެވަނަ ފަހަރަށް އިޒިކް ސުވާލު ކުރުމާއެކު އޭނާ ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ބޭނުން ވަގުތު ކޮޅެއް… ވިސްނާލަން” މުސްކާން ގެ އަޑުގައިވަނީ މަޑޫ މައިތިރިކަމެވެ. އެ ބޮޑު ދެލޮލުން ސީދާ އިޒިކް ގެ އެ ބާރުގަދަ ލޮލުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިން އިރު ދެމީހުންނަށް ވެސް ޖާދޫއެއް ޖައްސަމުން ދިޔަފަދައެވެ. އެހެން ދިމާލަކަށް ބަލާލަން ދެމީހުންނަށް ވެސް ނުކުޅެދުނެވެ.
އިޒިކް އަށް ސިހިފައި ނަޒަރު ދުރު ކޮށްލެވުނީ ފޯނެއް މެސެޖެއް އައުމުންނެވެ. ބަލާލިއިރު ޝިފާގެ މެސެޖެކެވެ. އެހެންކަމުން ފޯން ނަގާ އެ މެސެޖް ހުޅުވާލާ ބަލާލިއެވެ. ޝިފާ މެސެޖް ކޮށްފައި އޮތީ އޭނާ އިޒިކް މެން އަންނަން ދެން އެޕާރޓްމެންޓް ބޭރުގައި މަޑު ކޮށްގެން ހުރި ކަމުގައެވެ. މުސްކާން މެން އުޅޭ ގެ ވެސް ހުންނަނީ ޝިފާ މެން ގެއާ ކައިރީގައި ކަމުން ގިނަ އިރު ނުވާނެތީ ޝިފާވެސް މަޑުކޮށްލީއެވެ.
ފަސް ވަރަކަށް މިނިޓް ތެރޭގައި ޝިފާމެންގެއަށް ދެވުނެވެ. “ޝިފާ… ވިލް އެކްސްޕްލެއިން… ލޭޓަރ… ޕްލީޒް… އިނގޭ… މުސްކާން ބަހައްޓާލަދީ” އިޒިކް ކާރުން ފައިބަމުން ބުނެލިއެވެ. އޭރު މުސްކާން ވެސް އަނެއް ފަރާތު ދޮރު ހުޅުވާލާފައި އައިސް އިޒިކް ގެ ގާތު އެއްފަރާތުގައި މަޑުކޮށްލަނީއެވެ.
ޝިފާ އާއެކޭ ބުނެފައި ހިނިތުންވުމެއް ރައްދު ކޮށްލުމުން ދެމީހުންވެސް ހިންހަމަޖެހުނެވެ. ޝިފާ އާއެކީ މުސްކާން ގާތު އެތެރެއަށް ދާށޭ ބުނުމާއެކު ދެމީހުންވެސް ހިނގައިގަތެވެ. އެއާއެކު ފަހަތަށް ބަލާލި މުސްކާން އާއި އިޒިކް ވާހަކަ ދެއްކިއެވެ.
“ޑޯންޓް ވޮރީ… ޝީވިލް ޓޭކް ކެއާރ އޮފް ޔޫ… ވިލް ކަމް ޓްމޯރޯ” އިޒިކް ބުނެލިއެވެ. އަދި ކާރާ ދިމާލަށް މިސްރާބްޖެހިއެވެ. މުސްކާން ވެސް އެނބުރިލާ ޝިފާ އާއެކީ އަލުން ހިނގައިގަތެވެ.
“ޝިފާ ޓޭކް ކެއާރ އޮފް މައި ގާރލް” އިޒިކް ކާރުގެ ދޮރުފަތް ހުޅުވާލާ އަރަމުން ތަންކޮޅެއް ބާރަށް ޝިފާ އަށް ގޮވާލަމުން ބުނެލިއެވެ. އަދި މަޑު ކޮށްލުމެއް ނެތި ކާރަށް އެރިއެވެ.
އިޒިކް ގެ އަމަލުން ފަހަތަށް ބަލާލި ޝިފާ ހައިރާން ވީ ކަމަށް ވިޔަސް އޭނޭ ގެ ތުންފަތަށް ވެސް ލާނެއް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލަމުން ހީގަތްނަމަވެސް މުސްކާން އާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނެއެވެ. މުސްކާން ގެ ކޯތާފަތަށް އެރި ޖަންބު ކުލައާ ލަދުން އެ މޫނު މޯޅި ވި ގޮތް އޭނާ އަށް ރަނގަޅަށް ފެނުނެވެ.
ދެމީހުންވެސް އެތެރެއަށް ވަނެވެ.
އެރޭ މުސްކާން އާއި އިޒިކް އާ ދެމީހުން ކުރެ އެކަކަށް ވެސް ނިދޭ ގޮތެއް ނުވިއެވެ. ދެމީހުންނަން ވެސް ވިސްނެނީ އެކަކު އަނެކަކާ ދޭތެރޭގައެވެ. ދެން ކަންތަށް ވާނީ ކިހިނެތް ކަން ނޭނގޭ ހާލު ދެމީހުންނަން ވެސް ނުނިދާ އެނދުގައި ފުރޮޅި ފުރޮޅި ތިބެވުނީއެވެ.
ހަފްތާއެއް ފަސް
***
މާނިއު އާއި ރާއިދަ އަދި ޒާހިދު ވެސް ތިބީ މާނިއުގެ އެޕާރޓް މެންޓެ ގެ ތެރޭގައި ހުރި ސޯފާތަކުގައެވެ. ދޮރުގައި ބެލް އަޅާލުމާއެކު މާނިއު ގޮސް ހުޅުވާލިއެވެ. އެއާއެކު ކުރިމަތީ ފެނި މީހުން ފެނި އޭނާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
63 Comments!
Comments are closed.








Salaam. Heres the 36 th vana part. Ingey guys. Thankyou for the support. Sorry for the short chapter. ?❤ much loves.
Jazakallah Khairan. ?❤
thanks Hi Mi
the story is amazing
Maasha allah…..story is amazing…..luv u a lot hi mi??
me first??
wow nice ☺???????????
Varah reethi.. can’t wait ❤
vvvv interesting hisaabakun Hi Mi othy nimmaalaafa……….. cant wait but will wait now the story is on a really nice track heheh all the best Hi Mi ehaa burakoh ulhemun ves vaahaka liyaathy
Vvv reethi mi part vx..????? aneh part vv dhigu kohla dhehchey…. aslu mi story vv interesting… v kiyaahihvey?????
Vrh rythi…vaahaka nimeny dho…waiting..
Maa sha Allah… Vrh Vrh Vrh reethi mo part ves… Aslugaves haadha reehchey Hi Mi…???❤️❤️❤️❤️❤️❤️❤️????????????❤️❤️❤️ When is next part.?????☺️??❤️❤️❤️❤️?????
Alheyy… himii…. this is wndrful♥♥♥♥♥♥♥♥♥♥♥♥♥.. muskaan nd ixik finally luv eahc othrr…. btw will muskaan agree with ixik???? This prt is soo intreting… little little anju is also soo sooo cutee… kn baeh baa ethiby??? Raasil mn thr?? Or police thr??? Whn willl aily wake up himii…. still dnt knw y aily is getting furious with hishma??? Nd y xaahidh is undr all of these problmss…???? Y raaidha is against maaniu?? Haha… soo many qstns… whn nxt?? Curiously waitnn… ly.. ♥♥♥♥♥♥♥♥♥♥♥♥ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Vaahaka varah reethi hama varah habeys…keep it up himi…ekm mi bai thankolheh kuru ..ekm ves varah reethi?????❤❤❤❤????
Vvvv reethi.
Masha Allah…mi part ves amazing…luv ???? u a lot hi mi dhooni ?? keep it up
Wow. Mi part vx v reethi. Waiting for next part. Thankolheh dhigukh next part genesdhechey plx???
Vaahaka vrh reethi…… keep it up??????????
Mi part vx v v v reethi n ehaame interesting ❤❤❤?????????????????????… muskaan agree vaanehenn heevany ???… knbaeh baa e aee??? Police or dhaanish menn??? Haadha kiyaahithun huhta ey e nimuny ???❤❤❤???… dhn vaanee kihineh baa… next part kiyaalan curious vehje mihaaaruvx ???❤❤❤… I just love ur stories Hi Mi ❤❤❤?????????????????????… Mi storyvx hama v v v furihama ??????… ehaa bxy koh ulhemunvx story up kohla dheythy bodu bodu koh thanks Hi Mi ??????❤❤❤???????????????… I really appreciate your hard work ???❤❤❤?????????… keep up the good work ??????… Hi Mi is the best hama ????????????… lots of love from Hi Mi ge pinky ❤❤❤?????????????????????..
V V reethi mi story hama best ? ? ? ?
Waiting for next part ?
Good luck ??????????
Hey himi dhooni haadha reechey haadha furihamayey Masha Allah???❤❤??himi dhooni xaan bunymehnun kuree partah vure mi part reethivaaney?????vvvvvv varah reethi ingey dhen onna part mi partah vureves reethivaane❤❤??thnx dear story upkohleema vvv ??????????ingey himi bxy kamunkan mi part kury eh k vaane next part kiyaa hithun ketheh nuvaanekan neyge enme kiyaahihvi hisaabun himi thi ninmaalee? hey himi dhooni ixik muskaan kaireega lobivaa vaahaka bunydhw kehnuveema vvv salhi ingey edhemeehunge baives gendhaagoi???????????????❤❤❤❤?????????????❤dhaanishahves v happy vaane dhw??himi dhooni dhen hury raasil raasil happy kuran aily heylahvaa dhen avahah eyrun vvv salhivaane??❤waiting next part dhen vaagotheh balan keh nuvey owh polihun dhw ethanah edhiya e salhivaane❤❤❤❤❤❤??????
mashaa allah mi part is also really anazing…. this story is extremly intresting …..keep it up himi… loves
V reethi mibaives love you waiting ga
alhey hi mi enme kiyaa hiy vi hisaabun thi ninmaali. anehkka police ai tha? varah reethi then aili ves heylan ulhe anju and rasil ehaa keh madhu vejje miharu. not to mention hw happy u will b seeing ur bestfrnd as sister in law. hehe atlast dhanish ge family ves complete vani dhw. so excited for aili to wakeup and the others getting punished. hehe once again just like i predected muskan and izik dhww. they look better together im sure. waiting for the nxt part. much love hiMi?
Alhamdhulihllah mihaaru shann ves n babies ves rangalhu… N roadhamas hama v rangalhah kuriah dhany… Wow hi mi dhoonyaa mibaives haadha ryhchey… Hama v furihamaey buneveyny… Alhe ailee dhen avahah thedhuvey… Mihaaru lahkka dhuvahu thigothahves ovevihje ehnu… Hurihai kudhin happy kohlan dhen thedhuvey… Hi Mi dhoonyaa dhen ailee rangalhu kohlaa igey.. Mihaaru hama abadhu hithah arany mi story ga dhen vaani kihinehbaa ey… Ehaaves kiyaahiyvefa mihaaru hureveny abadhuves… V v rythi…??❤???❤???❤???❤???❤?
Ainnn kihinehvefa miothy… Kyhve name change vaan v
Ainnn kihinehvefa miothy… Kyhve name change vaan v
Alhe kyhvetha shann ge name change vefa e iny
Vara reethi vaahka maalhee enepaatu gennali?❤❤❤
Just wow❤
Woww,, v nice story gendhaa goiyy
Kon irakun next part
Kobaa nxt
V v v reethi. Next part ah inthixaaru kuran
Kureege part thah balanee kihineh
Select the author name, you will see the previous parts.
Thank you
wen nxt prt???
koba nxt
Koba himi
Konirakun Tha next part up kohdheynee
Alhey vara kiyaahiy vey eba
Waiting waiting
Mirey neynge nidheyne kameh ves
Hehe
Avahah up kohdheebala
Ingey
Ahey…….hi mi dhooni….?? koba nxt part………?????????????????????????????……….waiting………???
Himi aneh kaa kameh veetha
Ehenyaa gavaaidhun genes dhemennu dhedhuvahun eh dhuvahu
Maa bodah bizy veetha
Alhey
Himi konmeves javaabeh dheebala
Kon irakun Tha up kohdheynee
Mihaaru kudakoh foohi vey eba mi story kiyan.. vrh kurukoh up kohdhenee ves
True..
Waash true
.
Alhey haadha lahey mihaaru up vaaleh 🙁 hi mi please avas kohlla dheeba. Inthizaaru koh koh varubali vehjje 🙁
Hi hi mi….net nulibanine dhw….ahen nooon nama reply kuaane..i know…ekam vàhaka avase konla dhenchey….varan kiyaa hinvy….i like and varan reethi……??????????
Koba tha hadha lahe dho thivarun story nuliyan veenun
aaa eheyya story dhn liyaane kameh neh nuvaa varugs nukuraany neyngey thikulheveny ethah baehge ihsaas thakssey
Himi koba next part. Konirakun up kohdhayny. Kiyahithun keyy nadhuvefa. Avahah up kohdhyba.
Hi Mi dhooni kobatha next part.. avaskohdheeba..pls pls pls ??
Himi dhooni konthaku thiulheny vvvvvv mis vey?????????????????????????
Hi Mi dhooni……???koba nxt prt….?????????????????????v v v v v v mis vey…..????????????????????????????????????.???nxt avas kohdheeba……..pls ? ? ? ?pls….Hi Mi dhooni where are you??????????????????? love u a lot???????????????????????????????????????????????????????????
Again why are you using my name? Don’t do it again ???…
Himi kameh dhimaaveetha?? :'( alhey vrh wait kurevey..
Hi mi maruveethrr???
Assalaam alaikum. kobaa tha readers habareh nuvaathy varah dheravefa dw ti thibi. himi ves miini hama varah deravefa. habareh nuvenuni hama sababakaa laigen. himi kurin ves faahaga kohlin dw wifi massala jehigen ulhunu vaahaka. himi ge laptop aa connebt nuvegen ulhuni. phone in ves connect nuvegen ulhefa data nagan vegen ulhuni. ekam anehkaa konemves kameh kohgen mi wifi mi rangalhu vi. ehenve habareh nuvevuni. e nooni himi story las vaanama las vaa sababuves buneladhineemus… ekamaku varah dhera vehjje baeh commenr thah kiyaalaafa ves. v goi neygi story liyun huttaalumah govaalaafa huri comment thah feni varah dheravehjje. himi dheke loabivaa gavaidhun story kiyaa readers ah ingeyeyne hama gawimuves varah bodu kameh dhimaa vegen nooni mihaa gina duvahu habaru nuve nuhunnaanekan. mi furusathuga we hurihaa kudhinnah asari bahaa saabas dhy kei theri v thy hithuge enme fun minun shukuru dhannavan. hamagawimuves adhi eh week ves nuvaane story enme fahun up kuithaa. himi ah libey enme bodu eh hiyy varaki thiyahdeu support. hama connect v haa avahah mi comment kohli. In Sha Allah. miadhu vvvvv long par eh genesdheynan. thanyou once again. jazakumullah khairan
Finally . Was so worried. Nyge HiMI msg eh kuraane kamah esfiya page check kurevy adhadhu ves ?.
Hi Mi thank goodness u told what happen to u…. im so happy that u were fine dear ur the bestest writer i just luv ur stories i also cant believe sis aa dhimaalah mimeehun ehaa hadikoh ehchehi keema ur always the best n will be…. aslu ves adhi sis vaahaka upkurithaa 1 week nuvey ehnv me alhaanuly i knw that ehaa bodu kameh nuvany sis vaahaka upnukoh nuhunnaane kan… sis came back sooooo happy
It’s ok hi mi ??
Thanks hi mi..negative coment konfa huntase alhaanulaa….aee hama rulhi aruvan vagen,,,,kuraa coment…..aharemannan egay hi mi konmavase kamen vykan….its ok avahan up konladhey…
Vaahaka kiyan beynun nuvaah meehun nuhkiyaa ti behbahla knmeh hen ehchehi kiyan veyy tha. Knmeh meehaku vax bxy vehdhaane hama bahlivax vehdhaane . Maruveeh eyy kiyaafa ehchehi kiyan veyy tha. What ever? aharen reders ah bunelaanan himi are dimaala ehchehi nubkiyacheyy vaahaka kiyan intrest nuhunah meehun nuhkitaa thibeyy ehen meehunaa dimaalah ehchehi nuhkiyaah?☺?
Vaahaka kiyan beynun nuvaah meehun nuhkiyaa ti behbahla knmeh hen ehchehi kiyan veyy tha. Knmeh meehaku vax bxy vehdhaane hama bahlivax vehdhaane . Maruveeh eyy kiyaafa ehchehi kiyan veyy tha. What ever? aharen reders ah bunelaanan himi are dimaala ehchehi nubkiyacheyy vaahaka kiyan intrest nuhunah meehun nuhkitaa thibeyy ehen meehunaa dimaalah ehchehi nuhkiyaah?☺?
Vaahaka nuhkiyan beynuneehun nuhkiyaa tibeh bahlah kn meh hen ehchehi kiyan veyy tha . Haadha gohtheii nehtheyy dhw. Vaahaka kiyan eh noon vihyaah mih site ah vahnanee ehchehi kiyan viyaa dhw. Himi are dimaa ah ehchehi nuhkiyaathi ingeyy
Kn meh meehakah vax hama technickle masala eh jehidhaane hama what ever.