އާދޭސް ކުރާ ހިތްވޭ ރޮމުން (35)
އެ އާއެކުއެ އަންހެން ކުއްޖާ ފެނި ދާނިޝް އަށް ސިހުން ލިބުނެވެ. އެހެނެއްކަމަކު ދެވަނަ ފަހަރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.
“ރާއިދާ” އެ ދުލުން ބުނެލިއެވެ. އެއާއެކު ރާސިލް ވެސް ބަލާލިއެވެ. ދާނިޝް އަށް ބަލާމުމަށް ފަހު ހުއްޓުން އަރާފައިވެސް ރާއިދާ އަށް ހުރެވުނެވެ. އޭނާ ގެ ދެލޯ ހުރީ ބޮޑުވެފައެވެ. އެ ވީ މަދު ސިކުންތު ކޮޅުގައި ރާސިލް އަވަސް އަވަހަށް ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުތެވެ. ދާނިޝް ރާސިލް އަށް ގޮވާލިކަމުގައިވިނަމަވެސް އެ އަޑު ރާސިލް އަށް ނީވުނެވެ. އޭރު އޭނާގެ ސިކުނޑީގައިވަނީ ކީކޭކަން ދެނެގަންނަން ދާނިޝް އަކަށް ނޭނގުނެވެ. އޭނާ މަޑުކޮށްލައިގެން އިނީ ރާސިލް އަތުން އިޝާރާތް ކޮށްލުމަށްފަހު މަޑު ކުރުމަށް ބުނުމުންނެވެ.
“އިތުރަށް އެއްވެސް އެއްޗެއް އަޑު އަހާކަށް ނޫން… އަހަރެން މިއައީ… ކަލޭ ގެ ދެކޮޅު ހެކި މިއޮތީ މި ފޯން ގަ… ކަލޭ އަށް އޮތީ އެންމެ ގޮތެއް… އަހަރެމެންނާ އެކު ދިޔުން… ނޫނީ މި ވަގުތުވެސް މި ހެކި އަހަރެން ޕޮލިހަށް ފޮނުވާނަން…” ރާސިލް ބުނެލިއެވެ.
“އަހަރެންނަކީ އަދި ތިހެން މީހަކު އައިސް ބުނެލާ އިރު ދާނެ މީހެއްނޫން… ކަލޭ މެންއަތުގަ އެވަރު ހެއްކެތް އޮތްނަމަ މިހާރު ތި ޕލިހުންނަން ނުފޮނުވާ ނުހުންނާނެ ދޯ” ހިނދުކޮޅަކަށް ރާއިދާގެ މޫނުމަތިން ނުތަނަވަސް ކަން ފެނުނު ނަމަވެސް ދާދި އަވަހަށް އެ އަސަރު ފިލުވާ ލަމުން އޭނާ ވާހަކަ ދެއްކިއެވެ.
ރާސިލް އަށް ހިނދުކޮޅަކަށް ބަސްހުއްޓި ހުރެވުނެވެ. ރާއިދާ އަކީ އޭނާ ހީކުރިވަރަށް ވުރެ ބޯ ބޮޑު މީހަކަށް ވީއެވެ. އިރުކޮޅަކުން ފަހަތުން އިވެން ފެށި ބަރު ގޮނާއެކު ރާސިލް އަށް ފަހަތަށް ބަލާލެވުނެވެ. އަދި އެ ދިމާލަށް މިސްރާބުޖެހީ ދާނިޝް ވެސް އަތުން އިޝާރާތް ކުރަމުން ދިޔައީތީއެވެ.
ކާރަށް އަރާ ދޮރު ވެސް ލައްޕާލެވުނީ ނުހަނު ބާރަށެވެ. އެމީހުން ގެ އަމަލް ތަށް ދުނިޔެއަށް ބޭޒާރު ކުރާނީ ކިހިނެތްކަން ރާސިލް އަކަށް ނޭގެއެވެ. ފުންނޭވާއެއް ކާރުތެރެއަށް ދޫކޮށްލަމުން ގޮށްމުށުން ފައިގެ ފަލަމަސްގަނޑުގައިވެސް ޖެއްހިއްޖެއެވެ. ދާނިޝް ވާހަކަ ދެއްކިއެވެ. “ކިހިނެތްވީ؟” އެއާއެކު ރާސިލް އޭނާގެ ދެންމެ ކަންތަށް ކުރި ގޮތް ކިޔައިދިނެވެ. ދާނިޝް ރާސިލް އަށް ބަލާލަމުން އެއީ މޮޔަ ހިޔާލެއްކަމަށް ބުނެލިއެވެ.
“އަހަރެންގެ ރުޅިގަނޑު މި ހިފެއްޓެނީ ވަރަށް ވަރުން މިހާރު… ހަމަ ހުވާ ހިތަށް އަރާ ދާ ގޮތަށް ގޮސް ތަޅައިގަނެފާނަމޭ…” ދާނިޝް ބުނެލިއެވެ. “އަހަރެންގެ އަތުން ނަމަ އެމީހުން މަރު ކަންނޭގެ ވާނީ” ރާސިލް ވެސް ބުނެލިއެވެ.
ދާނިޝް ވެސް ހީގަތެވެ. “އައި ވިޝް އައިލީ ވޭކް އަޕްސް ސޫން…” ރާސިލް އަށް ބުނެވުނެވެ. އޭނާ ގެ ހަނދާނަށް އެ ހޔާލް ތަކުގެ ސަބަބުން އައިލީޝް ގެ ހިޔާލް ތަށް ވެސް ވެރިވެގަތީއެވެ. ދާނިޝް އަށް ވެސް ރާސިލް ގެ އަޑުގައިވި ހިތާމަ އިހްސާސްކުރެވުނެވެ.
ދެމީހުންނަށް އިޒިކް މެން ގެއާ ހިސާބަށް ދެވުނު އިރު އިޒިކް ވެސް ކާރުގައި އައިސް މަޑުކޮށްލަނީއެވެ. އިޒިކް ކާރު ޕާރްކް ކޮށްލުމާއެކު އޭގެން ފޭބީ މުސްކާންއެވެ. ރާސިލް އާއި ދާނިޝް ވެސް އެކަކު އަނެކަކަށް ބަލާލަމުން ބޯ ޖަހާލިއެވެ.
ހަތަރު މީހުން އިޒިކް މެން އުޅޭ އެޕާރޓްމެންޓަށް ވަންނަން މިސްރާބުޖެހިއެވެ. އެޕާރްޓްމެންޓަށް ވަދެ އެންމެން ހަމަޖެހުނުތާ މާގިނައިރެއްނުވެ ބެލް އަޅާލި އަޑު އިވުނެވެ. އެއާއެކު ދާނިޝް އިޒިކް ގާތު މަޑުކޮށްލަން ބުނެފައި އެދިމާލަށް ދިޔައެވެ.
ދޮރު ހުޅުވާލިއިރު ކުރިމަތީގައި ތިނީ ޝިފާ އާއި ޝާމިހް އެވެ. ޝާމިހް އަކީ ފުލުހަކަށް ވާއިރު ޝިފާ އަކީ ކުޅަދާނަ ގާނޫނީ ވަކީލެކެވެ.
ޝިފާ އަކީ ޒީޝާ ގެ ކޭސް ގައި ވެސް މަސައްކަތް ކުރި ޒުވާން އަންހެން ކުއްޖާއެވެ. ދާނިޝް އެތެރެއަށް ވަންނަން އީޝާރާތް ކޮށްލުމާއެކު އެ ދެމީހުންވެސް ވަނެވެ. އެއާއެކު އިޒިކް އަށް ވެސް ވީ ގޮތް ނަގައިގަނެވުނެވެ. ރާސިލް އަށް ވެސް މެއެވެ. ހަމައެކަނި ކަންތަށް ތަށް ނޭނގެނީ މުސްކާން އަށެވެ. ތިން މީހުންވެސް ކޮޅަށް ތެދުވިއެވެ. އެހެންނަމަވެސް ހަތަރު ފިރިހެނުންނާއެކު އެކަނިވެރިވެފައި އިން މުސްކާން އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ޝިފާ ފެނުމުންނެވެ.
ހަމަގައިމުވެސް އޭނާ ވެސް އެކަންޏެއްނުވާނެތާއެވެ.
“މީ ޝިފާ… މީ ޝާމިހް” ދާނިޝް އެންމެ ފުރަތަމަ އެމީހުން ތައާރަފް ކޮށްދިނެވެ. އެއަށް ފަހު ސޯފާގައި އިށީނދެ ހަމަޖެހުމުން ދާނިޝް ވަރަށް ރަނގަޅަށް އެމީހުންގެ މަގްސަދު ޝިފާ އަށާއި ޝާމިހް އަށް ކިޔާދިނެވެ. އެމީހުންނަށް ކަންތަށް އޮޅުން ފިލުވާދެމުން ދިޔައިރު ރާސިލް އާއި އިޒިކް ވެސް ބައިވެރިވަމުން ދިޔައެވެ. ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިން އިރުވެސް މުސްކާން ގެ ވާހަކަ އެއިން އެއްވެސް މީހަކު ނުބުނެއެވެ. “އެއީ ކޮންކުއްޖެއް” ޝިފާ އަހާލިއެވެ. އޭނާ ހިތްހެޔޮ ހިނިތުންވުމެއް މުސްކާން އަށް ރައްދުކޮށްލިއެވެ. މުސްކާން ވެސް ހިނިތުންވެލިއެވެ. އެހެންނަމަވެސް އެ މޫނުމަތިން ނުތަނަވަސް ކަމުގެ އަސަރުތަށް ކޮންމެވެސް ވަރަކަށް ފާޅުވިއެވެ.
“އެއީ… އެއީ ވެސް މާނިއު މެން….” އިޒިކް ވަކި ހިސާބަކަށް ބުނެފައި ހުއްޓާލިއެވެ.
އަދި އެއަށް ފަހު މުސްކާން އާ ދިމާލަށް ބަލާލިއެވެ. މުސްކާން ބޯ ޖަހާލުމާއެކު އޭނާ ޖުމްލަ ފުރިހަމަ ކޮށްލަދިނެވެ. “ރޭޕް ކުރި ކުއްޖެއް” އިޒިކް ބުނެލިއެވެ. އެއާއެކު މުސްކާން ލޯ މަރާލިއެވެ.
ހީވީ އެ އަޑު އަހަން އޭނާ އަށް ކުޅަދާނަ ނުވީ ހެންނެވެ.
ޝިފާވެސް އިތުރަށް އެއްވެސް ސުވާލެއް ނުކުރިއެވެ. އޭނާ އަށް ވެސް މުސްކާން އަށް ލިބިދާނޭ ނުތަނަވަސްކަން ދެނެގަނެވުނީކަންނޭގެއެވެ. ފާހަގަކުރެވުނު ނުތަކަވަސްކަން ނުފެންނަކަމަށް ހަދަމުން ޝިފާވެސް ވަރަތް ގާތް ކޮށް ވާހަކަ ދައްކަން ފެށިއެވެ.
އެމީހުންގެ މަޝްވަރާގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ދެން ކަންތަށް ކުރާނޭ ގޮތަކާ ދޭތެރޭގައެވެ. ދާނިޝް މެން ދެއްކި ހެކިތަކާ ހުދު މުސްކާން އަމިއްލަ އަށް އިރުތިރާފް ވުމުން ކަންތަށްތަށް އިތުރަށް ފަސޭހަ ވާނޭ ކަމަށް ޝާމިހް ބުންޏެވެ.
އެމީހުންގެ ދެން އަމާޒަކަށް ވީ މާނިއު މެންގޭގައި ހަރުކުރެވުނު ޑިވައިޒް ގެ އެހީގައި މާނިއު މެންގެ ވާހަކަ ތަށް އަޑު އެހުމެވެ.
“ލުކް… މިކަން މިގޮތަށް ކުރިޔަސް އަދި ސިއްރެއްގެ ގޮތުގައި ބާއްވާ އިނގޭ… އޭރުން އެންމެ ރަނގަޅު ވާނީ… އިނގޭ” ޝާމިހް ބުނެލިއެވެ. އޭނާ އެދުނީ ޑިވައިސް ގެ ވާހަކަ އެމީހުންގެ މެދުގައި ބޭއްވުމަށެވެ.
ފުލުހުންގެ ފުރިހަމަ އެހީތެރިކަން މިކަމުގައި ލިބޭނޭ ކަމުގައި ޝާމިހް ބުނެލިއެވެ.
ރާސިލް މެން ވާހަކައިގައި ތިއްބާ ރާސިލް ގެ ފޯން ރިންގްވިއެވެ. އެއާއެކު އޭނާ އަށް ހައިރާން ކަމެއް ވެރިވީ މިވަގުތު ހޮސްޕިޓަލުން ގުޅުމުންނެވެ. ކުޑަ ހައރާން ކަމަކާއެކު ދުރަށް ޖެހިލާ ރާސިލް ފޯން ނެގިއެވެ. އަދި ހަލޯއޭ ބުނެލިއެވެ. އެވަގުތު އެކޮޅުން ވާހަކަ ދެއްކި އަންހެން ކުއްޖާ ބުނ ވާހަކަ އަޑު އިވިފައި އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބިރަކުންނޫނެވެ. ހައިރާން ކަމަކުން ނޫނެވެ. އެހެނަސް އެ ވަގުތު އެ ހިތަށް ލިބުނު އުފާވެރިކަމަކުންނެވެ. ވަޓް” ބާރަށް ބުނެލުމާއެލު ރާސިލް އަށް އެއްއަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. އަނެއްކާ އަނެއް އުފާވެރި ހަބަރެވެ. އައިލީޝް ހޭލާނެ ދުވަސް ކައިރި ވީ ކަންނޭގެއެވެ.
ރާސިލް އަށް ބުނެވުނު ލެއް ބާރުކަމުން އެ ދިމާލށް ހުރިހާ އެންމެންގެ ސަމާލް ކަން ހުއްޓިގެން ދިޔައެވެ. ރާސިލް ފޯން ބާއްވާފައި ޔެސް އޭ ކިޔާފައި އެނބުރިވަގުތު އެ ދިމާލަށް ނަޒަރު ހުއްޓައިލައިގެން ތިބި ފަސް މީހުން ގެ ސަބަބުން ކުޑަކޮށް ހުއްޓުން އެރިއެވެ. ވަޓް އޭ ބުެވުނުލެއް ބާރުކަން އިހްސާސް ވީ ދެނެވެ. އެހެންނަމަވެސް އެ ވަގުތު އެ މޫނުމަތިން ފާޅުވަމުން ދިޔަ އުފާވެރިކަން ސިއްރެއްނުކުރެވުނެވެ. ރާސިލް ގެ ތުންފަތުގައި އަދިވެސް ވަނީ ރީތި ހިނތުންވުމެކެވެ. ދެން ތިބި އެކަކަށް އެ ކައްޗެއް ނޭނގުނު ކަމުގައި ވީނަމަވެސް އެ މީހުންގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ރާސިލް އުޅުނު ގޮތް ކޮންމެ މީހަކަށް ވެސް ސިފަވަމުން ދިޔައެވެ.
“ދޮންބޭ… ” ރާސިލް އަށް ފުރަތަމަވެސް ގޮވާލެވުނީ ދާނިޝް އަށެވެ. ދާނިޝް ބުމަ އަރުވާލަމުން ކީކޭ ހޭ އަހާލީ އިޝާރާތުންނެވެ. ރާސިލް އަށް އެ ވާހަކަ ބުނާނޭ އިތުރު ގޮތެއް ނޭގުނެވެ.
“އައިލީ ފުރަތަމަ ފަހަރަށް ލޮ ހުޅުވައިގެން އެބައޮތް… އެމީހުން ބުނީ ބަރާބަރަށް އެބަ އެސްފިޔަ ޖަހައޭ… ” ރާސިލް ބުނެލިއެވެ. އެއާއެކު ދާނިޝް އަށް ވެސް ﷲ އަށް ޝުކުރުކުރެވުނެވެ. “އަލްޙަމްދުލިﷲ” އޭނާ އަށް ބުނެވުނެވެ.
ފުންނޭވާއެއްލަމުން އޭނާ ރާސިލް ގާތު ހޮސްޕިޓަލަށް ދާން ހިނގާށޭ ބުނެލިއެވެ.
ރާސިލް ވެސް ބޯޖަހާލިއެވެ. އަދި ފޯނުން ކޮންމެވެސް މީހަކަށް ޓެކެސްތެއްކޮށލްިއެވެ. ހީވާގޮތުން އެ މެސެޖް ކުރީ ޑޮކްޓަރަށެވެ.
ދާނިޝް އާއި ރާސިލް އާ ދެމީހުންވެގެން އިޒިކް އާ ކަންތަށް ތަށް ހަވާލް ކޮށްފައި އަވަސް އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. އޭރު ޑޮކްޓަރުވެސް އައިލީޝް އޮތް ބައިގައި ހަރަކާތް ތެރިވަމުން ދިޔައެވެ.
ރާސިލް ވެސް ޑޮކްޓަރާ ގާތަށް ޖެހިލާ ތަފާޓު ސުވާލް ތަށް އަމާޒުކުރަން ފެށީ ހިތް އަވަސް ވެފައިވާ މިންވަރުންނެވެ. “އައިލީ… ކިހިނެތްތޯ… މިކޮޅުން އަޅުގަނޑަށް ގުޅާފަ ބުނީ އައިލީ ލޯ މަރާ ލޯ ހުޅުވާވާހަކަ… އެކަމް އަދި އެއްވެސް ހަރަކާތެއް ނުކުރާ ކަމަށް ބުނި. އިހްސާސް ނުވާނެތޯ އައިލީއަށް އަދި ވަށައިގެން ވާ ކަންތަށްތަށް” ރާސިލް އެއްފައްޗަކަށް ހުރިހާ ސުވާލެއް އަމުނަމުންދިޔައެވެ.
“އާދެ. މިއީ ޕޭޝެންޓް ކޯމާއިން ހޭލަން އުޅޭކަމުގެ ވަރަށް ބޮޑު އިޝާރާތެއް…. މަޑުމަޑުން އައިލީއަށް އިހްސާސް ވަމުން ދާނީ… ފުރަތަމަ ކޮޅު ތަދުވާނީ… އެއަށްފަހު އިހްސާސް ވާނީ… ދެންއަޑު އިވެމުން ދާނެ” ޑޮކްޓަރު ރާސިލް އަށް އޮޅުން ފިލުވައިދިނެވެ.
އަނެއްކޮޅުން ދާނިޝް ވެސް ދުރަށް ޖެހިލާ ހިޝްމާ އާއި ޒީޝާ އަށް ގުޅާ އެ ހަބަރު ދިނެވެ. ވުމާއެކު އަންޖުމް ގޮވައިގެން އަންނަން އެ ދެމީޙުންވެސްއަވަސްވެގަތެވެ.
ޑޮކްޓަރު ކައިރީގައި ރާސިލް ހުރިއިރު އޭނާގެ ނަޒަރު އޭރުވެސް ހުއްޓިފައި ހުރީ އައިލީޗ އަށެވެ. ދެންމެ އިވެމުން ދިޔަ ބީޕް ގެ އަޑުތަށް ވެސް މަޑު ވެފައި ވުމާއެކު ރާސިލް ގެ ހިތަށްވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވެއެވެ. “ޖަސްޓް ވޭކް އަޕް” ރާސިލް ގެ ހިތުގައި ވިއެވެ. ލޮލުން ކަރުނައިގެ އަސަރު ފެނިލިހެން ހީވިއެއްކަމަކު ނިކަން އަވަހަށް އެ އަސަރު ތަށް އޭނާ މޫނުމަތިން ފިލުވާލާފިއެވެ.
އަދިވެސް ޑޮކްޓަރު ގާތުން އިތުރު ކަންތަށް ތަށް ރާސިލް އޮޅުން ފިލުވައިދިނެވެ. ހިޝްމާ އާއި ޒީޝާ އައިއިރު އައިލީޝް އަށް އަނެއްކާވެސް އިތީ ނިދިފައެވެ. ޑޮކްޓަރު ބުނެފައިވާ ގޮތުން މި ދުވަސްކޮޅުވެސް އައިލީޝް އަށް އެ ގޮތަށް ފުންކޮށް ނިދޭނެއެވެ. އެހެންކަމުން އެކަމުން މާބޮޑު ހާސްކަމެއް ރާސިލް އަކަށް ނުލިބުނެވެ. އަދި އެހެންއެކަކަށްވެސް މެއެވެ.
ކޮންމެ މީހަކުވެސް އުންމީދު ކުރަމުން ދިޔައީ އައިލީޝް ހޭ ލާނެ އިރަކަށެވެ. އައިލީޝް ހާލާނޭ އިރަކަށް އެމީހުން ހާދަ އިންތިޒާރެއްކޮށްފިއެވެ. އެދުވަހުގެ ބޮޑޫބައި ހޮސްޕިޓަލްގައި ރާސިލް މެން ހޭދަކުރިނަމަވެސް އެދެވޭ މާބޮޑު ކުރިއެރުމެއްނުފެނުނެވެ. ޑޮކްޓަރުން ބުނެފައިވަނީ މަޑުމަޑޫން އައިލީޝް ގެ ހާލަތު ރަނގަޅުވާނޭ ކަމަށެވެ. އެހެންކަމުން ލިބުފައިވާ ހާސްކަމށް ކުޑް ލުޔެއްލިބިފައިތިބި ހުރިހާއެންމެންގެ މޫނުމަތިންވެސް ކުރިން ނުފެންނަ ފަދަ އުޖާލާކަމެއް ފެންނަމުން ދިޔައެވެ. ރާސިލް ގެ މޫނުމަތި އުޖާލާވެފައިވާއިރު އެ ތުންފަތުގައު އެހެންޏާ ނުވާފަދަ ހިނިތުންވުމެއްވެސް ވެއެވެ. އެހެންނަމަވެސް ބައެއްފަހަރު އެ ހިތަށް އަރާ ހިޔާލް ތަކުން އެ ހިނިތުންވުން ފަޑުވެގެން ދެއެވެ.
ރާސިލް އަށް ވަމުން ދިޔަ އިހްސާސް ތަކުގެ ކުޑަ ހިލަމެއް އެއްވެސް މީހަކަށް ނުވެއެވެ. އެ ހިތްވަނީ ބިރުވެސް ގަނެފައެވެ. އައިލީޝް ގެ ރިއެކްޝަން ހުންނާނީ ކިހިނެތްކަން އޭނާ އަކަށް ނޭނގެއެވެ. އައިލީޝް އޭނާ އަށް މާފުކުރާނޭ ބާއެވެ. ނޫނީ އައިލީޝް އެދޭނީ އޭނާ އެ ހަޔާތުން ދުރަށް ދާން ހެއްޔެވެ؟. އެހެން ވެއްޖެނަމަ އަންޖުމް އަށް ވާނީ ކިހިނެތްހެއްޔެވެ؟. ހައްތަހާވެސް ސުވާލެވެ. ނުތަނަވަސް ކުރުވާނޭ ފަދަ ޖަވާބު ލިބުމެތް ނެތް އަރަތް ތަކެކެވެ.
އެދުވަހު ފަހުން އައިލީޝް ގާތު މަޑު ކުރީ ޒީޝާ އެވެ. ހިޝްމާ އަންޖުމް ގޮވައިގެން ގެއަށް ދިޔައިރު ރާސިލް އާއި ދާނިޝް އަށް ދާން ޖެހުނީ އިޒިކް މެން ގެއަށެވެ. ކަންތަށް ތަށް ވެފައި ވާގޮތުން މާނިއުމެންވެސް ތިބޭނީ ވަރަށް ހުޝިއާރުވެގެންނެވެ. ހަމަ ޔަގީނުންވެސް އެމީހުން ގެ ޕްލޭން އަށް ވުރެ މޮޅަށް ރާސިލް މެން މަސައްކަތް ކޮށްގެން ނޫނީ އިތުރަށް ދެން އެމީހުންނަށް ކާމިޔާބު ނުލިބޭނެކަން އެމީހުންނަން އެނގެއެވެ. އެހެންކަމުން ލިބެމުންދާ ހުރިހާ އެހީތެރިކަމެއް ފުރިހަމަ އަށް ބޭނުން ކުރަން އެމީހުން ނިންމީއެވެ.
އެދުވަހުގެ މަޝްވަރާތަށް ނިންމާލުމަށްފަހު އިޒިކް މުސްކާން ގެއަށް ލާދޭން ދިޔައެވެ. ކާރުގައި އިންއިރުވެސް ދެމީހުންގެ ދޭތެރޭ މާބޮޑު ވާހަކައެއްނުދެއްކުނަސް މުސްކާން އިނީ ކޮންމެވެސް ކަމަކާ ވަރަށް ކަންބޮޑުވެފައި ކަން އިޒިކް އަށް އެނގެއެވެ. އަހާލަން ގަސްތުކޮށްފައިވެސް އިތުރަށް އެ ވާހަކަ ނޭހުނީ ކީއްވެކަމެއް ނޭނގެއެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މުސްކާން އާ މެދު އޭނާ ވަނީ ނުހަނު ޝައުގުވެރިވެފައެވެ. އެއަންހެން ކުއްޖާ ގެ ދިރިއުޅުމާ ބެހޭ ގޮތުން ވަރަށް ބޮޑަށް އެނގެން އިޒިކް ވަނީ ވޭނުންވެފައެވެ. އަދި މުސްކާން އެ ތަހައްމަލް ކުރަމުންދާ ވޭނުން އެ ނިކަމެތި އަންހެންކުއްޖާ ސަލާމަތް ކުރުމަކީ މިހާރު އޭނާ އެންމެ ބޭނުންވާ ކަމެވެ.
ކާރު ހުއްޓާލާފައި މުސްކާން އާ އެކު އިޒިކް ވެސް ފޭބިއެވެ. އޭނާ މުސްކާން އަށް ކުރިންރޭ ދުމާވިފަދަ ކަމެއްވާން ނޭދެނީއެވެ. އެހެންވެ މުސްކާން ގެ އާދޭހަހަށް ބީރުކަންފަތެއް ދިނުމަށްފަހު އޭނާ ވެސް ފޭބީއެވެ.
ގޭގެ މައިދޮރާ ހިސާބުގައި ހުރެފައި އިޒިކް ވާހަކަ ދެއްކިއެވެ.
“އަހަރެން ގުޅާނަން އިނގޭ” އިޒިކް ބުނެލިއެވެ. އަދި މުސްކާން އެތެރެއަށް ވަންނަން ފިޔަވަޅެއް އަޅާލިތަން ބަލަން ހުރި ހެވިފައެވެ. އެކަމަކު އެ ހިނިތުންވުން ފަނޑު ވީ މުސްކާން ގެ ފަހަތުން އޭނަ އަށް ފެނުނު މީހެއްގެ ސަބަބުންނެވެ. ރާއިދާއާއި މާނިއު ގެ އިތުރުން ދެން އެ ނިކުތީ ޒާހިދު ނޫން ދެވަނަ މީހެއްނޫނެވެ. އިޒިކް ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޒާހިދު ހުރީ ފޯނަށް ނަޒަރު ހުއްޓައިލައިގެން ކަމުން އޭނާ އަށް އިޒިކް އެހާ ބޮޑަށް އަޅައެއްނުގަތެވެ. އެއްފަހަރު ބަލާލުމަށް ފަހު ދަންނަ ވައްތަރެއްވެސް ޖެހިއެވެ. އެހެންނަމަވެސް ޒާހިދު އެކަމާ މާބޮޑު ސަމާލް ކަމެއް ނުދިނެވެ. ހީވާކަހަލައެވެ. މިހާރު އޭނާ ފޯނުން އެ ކުރަނީ ވަރަށް މުހިންމު ކަމެކެވެ.
ޒާހިދު ފޯނެއްގައި ހުރެފައި ބޭރަށް ނުކުތުމުން ރާއިދާ އާއި މާނިއު ގެ ނަޒަރުވެސް މުސްކާން އަށް ހުއްޓިގެން ދިޔައެވެ. މުސްކާން ގެ ލޮލުން ކޮންމެވެސް ވަރަކަށް ބިރިވެރިކަމެއް ފެނިލިޔަސް ނިކަން އަވަހަށް އެ އަސަރުތަށް ފޮރުވަން އޭނާ މަސައްކަތް ކުރިއެވެ. އިޒިކް ވެސް ކައިރީގައި ހުރީތީ އޭނާ އަށް ލިބިފައވަނީ އާދަޔާ ހިލާފް ހިންހަމަ ޖެހުމެކެވެ. އެވަގުތު ބިރުން ފަހަތަށް ޖެހެން މުސްކާން ބޭނުންނުވި ސަބަބެއް އެއްވެސް ގޮތަކަށް އޭނާ އަކަށް ނޭނގެއެވެ. މާނިއު ގެ ތުންފަތުގަިއ ވި ނުލަފާ ހިނިތުންވުމުގެ ސަބަބުން އެހާ ބޮޑަށް މާނިއު އަށް ހައްގު އަދަބު ދީ އޭނާ ބޭޒާރު ކޮށްލަން ބޭނުންވީ ވަގުތެއް މުސްކާން ގެ ހަޔާތުގައި އަދި ނާދެއެވެ. ބިރުވެރިކަމުގެ ސާލެއް މުޅި ހަށިގަނޑުގައި އޮޅައިގެން އޭނާ އަށް ވެސް ވާ ވަރަށް އުޅެ ވިއްޖެތާއެވެ. ދެން ނުވާނެއެވެ. އޭނާ ވެސް ބޭނުންވަނީ އިންސާފެވެ. އެކަމަށް އެންމެ ބޮޑަށް ހިތްވަރު ދިނީ އިޒިކް އެވެ. އިޒިކް އާ ދިމާ ނުވިނަމަ އޭނާ އަދިވެސް ހުންނާނީ އަމިއްލަ ނަފްސަށް އިތުބާރު ގެއްލި ބިރުން ސިހިސިހިއެވެ. އެކަމަށް އޭނާ އިޒިކް އަށް ހިތުގެ އެންމެ ފުން މިނުން ޝުކުރުވެރިވިއެވެ.
ރާއިދާއަށް ވެސް މުސްކާން އާއި މާނިއު އާ ދެމެދު ބަދަލް ކުރަމުން ދިޔަ ނަޒަރު ނަގައިގަނެވުނެވެ. އެހެންނަމަވެސް އެކަން ގުޅިފައިވަނީ ސީދާ ކޮންމެކަމަކާ ކަމެއް އޭނާ އަކަށް ވެސް ނޭނގެއެވެ، މަޑޫ ކޮށްގެން އެ ހުރީ ފަހުން މާނިއު ގާތު އަހާށެވެ.
މާނިއު ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ހުއްޓަސް މިހާރަކަށް އައިސް އެ ހިތް ވެސް ބައެއްފަހަރު ނުތަނަވަސް ވެސް ވެއެވެ. އޭނާގެ ނިމުން ގާތްވަނީ ކަހަލަ އިހްސާސް އެއްކުރުވައެވެ.
އެހެންނަމަވެސް އެހެން އެއްވެސް މީހެއް ކައިރީ އޭނާ އެ ވާހަކަތަށް ނުބުނަނީ އެހެން މީހުން އޭނައަކީ ބަލިކަށި މީހެއްކަމަށް ލޭބަލް ކޮށްފާނެތިއެވެ. އޭނާ ބޭނުންވަނީ އަބަދުވެސް ބާރުވެރި ޖެހިލުން ކުޑަ މީހެއްގެ ގޮތުގައި ހުންނާށެވެ.
މުސްކާން ގާތަށް މާނިއު ޖެހިލުމާއެކު އިޒިކް މުސްކާން ފަހަތަށް ދަމާލާ ކުރިއަށް އަރަން އުޅުނުކަމުގައިވިނަމަވެސް އެކަމަށް މުސްކާން މަނާ ކުރިއެވެ. އޭނާ އެދުނީ އިޒިކް ގެ އަތަށް ދަމާޅުމާއެކު މަޑުކުރުމަށެވެ. އިޒިކް އެހާ ހިންހަމަ ނުޖެހުނުކަމުގައި ވިނަމަވެސް މުސްކާން ގެ އެ އަމަކުން އޭނާ އުފާވެސް ވިއެވެ. އޭނާ ހުރީ މުސްކާން އަށް އަންނާނޭ ކޮންމެ ހަމަލާއަކަށް ވެސް ތައްޔާރުވެގެންނެވެ.
“އަހަރެން ކަލޭދެކެ ބިރެއްނުގަނޭ” މުސްކާން ކުއްލިއަކަށް މާނިއު އާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.
މުސްކާން ގެ އެ އަމަލުން މާނިއު ހައިރާން ވިއެވެ. މުސްކާން އެ ހތްވަރު ނެރުނީ ކިހިނެތްކަން އޭނަ އަކަށް ނޭގެއެވެ. ވުމާއެކު ހިނދުކޮޅަކަށް ބަސްހުއްޓިފައި މާނިއު އަސް ހުރެވުނެވެ. އެހެންނަމަވެސް ދެވަނަ ފަަރު މުސްކާން އަށް ލިބފައިއެވާ ބާރުން އޭނާ ރުޅިއައީ އެޔެއްމިޔެއްބަލާފަ އެއްނޫނެވެ.
“ކަލޭ ހީކުރީ ކީކޭކަމަށްތަ؟” މުސްކާން ގެ އަތުގައި ހިފައްޓަމުން މާނިއު ބުނެލިއެވެ. އެއާއެކު އިޒިކް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު މުސްކާން މިފަހަރުވެސްއެދުނީ އެހަށް މަޑުކުރުމަށެވެ.
އެހެންވެ އިޒިކް މަޑޫ ކޮށްލައިގެން ހުއްޓެވެ. ހިނދެއް ހިދެނކަށް މުސްކާން ގެއަތަށް މާނިއު ބާރުކުރަމުން ދިޔައީތީ އެ ތަދުވެސް މުސްކާން ވިއެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ފާޅުނުކޮށްވޭތޯ އޭނާ މަސައްކަތް ކުރިއެވެ. “ދޫކުރޭ އަތުން” އޭރުވެސް އެހިތް ދިޔައީ ބާރަށް ތެލެމުންނެވެ. މާނިއު ދެން އެ އަތަށް ބާރު ކޮށްލުމާއެކު މުސްކާން އަށް އަނގައިން އަޑެއް ލައްވާލެވުނެވެ. އެއާއެކު އިޒިކް ބަލާކަށް ނުހުރެ ކުރިއަށް ޖެހިލާ މުސްކާންގެ އަތް އިޒިކް ގެ އަތުން ދަމައިގތެވެ.
“ކަލޭ ތީ ކާކު އަދި؟” މާނިއު އިޒިކް އަށް ބަލާލަމުން ބުނެލިއެވެ. “އަހަރެން މީކޮންމެ މީހަކަށް ވިޔަސް ކީއް” އިޒިކް ބުނެލިއެވެ. އެއާއެކު މުސްކާން އަށް އިޒިކް އާ ދިމާލަށް ބަލާލެވުނެވެ. “އަހަރެންނަކީ ކާކުކަން ކަލޭ އަށް ވަރަށް ރަނގަޅަށް އެނގޭނެ… ކީއްވެތަ ނޭނގޭކަމަށް ތި ހަދަނީ” އިޒިކް ބުނެލިއެވެ.
އިޒިކް ގެ ވާހަކަ ހުރި ގޮތުން އަނެއްކާ ވެސް މާނިއު ގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ. މިހުރިހާ މަންޒަރެއް ބަލަން އެވަގުތު ލިފްޓުން ނުކުތް އަނީސާ ހުއްޓެވެ.
މުސްކާން ގެ ލޮލުގައި އަނީސާ އަޅައިގަތުމާއެކު އޭނާއަށް ވަގުތުން އިޒިކް ގެ އތުން އަތް ދަމައިގަނެވުނެވެ. އަދި ވަގުތުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަނީސާ ގެ މޫނުމަތީގައިވި ނުރުހުމުގެ އަސަރުން މުސްކާން ޖެހިލުން ވީއެވެ.
އޭނާ އަށް ވީ ގޮތް ފެނި އިޒިކް އަށް ވެސް މުސްކާން އަށް ބަލާލެވުނެވެ. އެވަގުތު މުސްކާން ގެ ނަޒަރު ކުރިމައްޗަށް ހުއްޓިފައި ހުރުމުން އޭނާ ވެސް އެ ދިމާލަށް ބަލާލިއެވެ. އެވަގުތު އޭނާ އަށް ފެނުނީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ މީހެކެވެ. އެހެންނަމަވެސް މުސްކާން އާއި އެ އަންހެން ީހާގެ ނަޒަރުން އެއީ މުސްކާން އާއި ކޮންމެވެސް ގުޅުމެއް ހުރި މީހެއްކަން އިޒިކް އަށް ދެނެގަނެވުނެވެ. އެހެންނަމަވެސް އެ ވަގުތު އޭނާ މުސްކާން އާ ސުވާލެއް ނުކުރިއެވެ.
މުސްކާން ވަރަށް ހާސްވިއެވެ. އޭނާ އަށް މިރޭ ކުރިމަތިވާނީ ކޮން ކަންތައް ތަކެއްކަމެއްވެސް އިނގެނީކީ ނޫނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟. މިހާރު އޭނާ ގޭން ބޭރުގައި ވެސް އުޅެނީ މާވަރަކަށެވެ. އެހެންނަމަވެސް އެއީ އޭނާ ވަކި ބޭނުމަކު ކުރާ ކަމެކެވެ. އޭނާގެ ދިރިއުޅުން އެ ފުށް މިފުށަށް ޖަހާލި ނުލަފާ ފިރިހެން މީހާ އަށް އަދަބު ދިނުމަކީ މިހާރު އޭނާ އެންމެ ބޮޑަށް ބޭނުންވާ ކަންތަކެވެ. ކޮންމެ ހާލަކާ ލައިގެންވެސް އޭނާ އެ އިންސާފު ބޭނުންވެއެވެ.
އަނީސާ މުސްކާން އާ ގާތްވެލާފައި މުސްކާން ގެ ކޯތާފަތުގައި ހޫނު އެތިފަހަރެއް ވީއްލާލިއެވެ. މި އަމަލުން އިޒިކް އަށް ސިހުން ލިބުނު އިރު މުސްކާން ގެ ލޮލަށް ވަގުތުން ކަރުނަތަށް ޖަމާވިއެވެ. އޭނާ އެހާ ހިތުގައި ޖެހުނެވެ.
އަނީސާ އިތުރަށް އެއްޗެކޭ ނުބުނެ ދިޔުމުން އިޒިކް ވެސް މުސްކާން އާއެކީ ލިފްޓަށް އެރީ މުސްކާން ސިޑިއާ ދިމާލަށް ހިނގައިގަތުމުން އޭނާ އާ އެކީ ހިނގާށޭ ބުނަމުންނެވެ.
މުސްކާން ގެއަށް ލާފައިޒިކް ނުކުތް އިރު ކުރިން މުސްކާން ގެ ކޯތާފަތުގައި ޖެހި އަންހެން މީހާ ގެއަށް އައިސް ވަންނަނީއެވެ. އިޒިކް ފެނުމުން އޭނާ އޭތް މަޑުކޮށްބަލާ ށޭ ބުނެލިއެވެ.
“ޔެސް” އިޒިކް ރީއްޗަށް ބުނެލިއެވެ. އެހެންނަމަވެސް އެ އަޑު ގައި ހިސާބެއްގެ ނުރުހުންވުމެއް ވިއެވެ. މުސްކާން ގެ ގަޔަށް އެ ގޮތަށް އަތް އިސްކުރުމުން އޭނާ ހުރީ ހަގީގަތުގައިވެސް ރުޅިއައިސްފައެވެ. ކިތަންމެ ރީއްޗަށް ވާހަކަ ދައްކަން އުޅުނަސް އެކަން ނުކުރެވުނު ސަބަބަކީ އެއީއެވެ.
“ކަލޭ ތީ މުސްކާން ގެ ކާކު” އެ އަންހެން މީހާގެ ވާހަކަ ދެއްކުމުގައި ވެސް ހުރީ ރުޅިވެރިކަމެވެ.
“އަހަރެންނަކީ މުސްކާން ގެ އެކުވެރިއެއް… އަހާލެވިދާނެތޯ ތިއީ މުސްކާން އާ ކޮން ގުޅުމެއްހުރި ބޭފުލެއްތޯ” އިޒިކް ވާހަކަ ދެއްކިއެވެ.
“އަހަރެންގެ ނަމަކީ އަނީސާ…. އަހަރެންނަކީ މުސްކާން ގެ ބޮޑު ދައިތަ… އޭނާ ކިޔާނީ ދޮންތަ” އަނީސާ ބުނެލިއެވެ. އެ އަޑު މަޑެއްނުވިއެވެ. ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ ބާރުވަމުންނެވެ.
“ކަލޭ އަށް އިނގޭތަަ އެއީ ކޮންކަހަލަ އަންހެނެއްކަން… އެއީ އިތްފަތްތެރި…” އަނީސާގެ ވާހަކަ ހުއްޓުނީ އިޒިކް އަތުން އިޝާރާތް ކޮށްލުމުންނެވެ.
“އެއްވެސް ބަހެއް އިތުރަށް ބުނެގެން ނުވާނެ…. ތިހެން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ދައްތަ އަކަށް ނޯންނާނެ… އޭނަ ރޭޕް ކުރުމަކީ އޭނާގެ މައްސަލައެއްނޫން…. އެކަން ކުރި މީހުންނަށް ޖެހޭނީ ހައްގު އަދަބު ދޭން…. އެކަމަކު އިނގޭތަ؟ އަޅުގަނޑަކަށް ނޭނގޭ އެއްވެސް ވަރަކަށް ދައްތަ މުސްކާން ގެ ބޮލުގަ އެކަމުގެ ހުރިހާ ކަމެއް އަޅޫވަން ވީ ސަބަބެއް…..” އިޒިކް ބުނެލިއެވެ.
އިތުރަށް އެއްވެސް އެއްޗެއް ބުނުމެއްނެތި އިޒިކް ދިޔައީ އަނީސާގެ ބަސް ހިނދުކޮޅަކަށް ނަމަވެސް ހުއްޓުވާލާފައެވެ. އެހެންނަމަވެސް އޭނާ އެހެން ހުރީ ކުޑަ އިރުކޮޅެއްވަންދެނެވެ. އިޒިކް ދިޔުމާއެކު ކުދި ކިޔަމުން އެތެރެއަށް ހިނގައިގަތެވެ.
އިޒިކް ކާރަށް އަރާ ދުއްވާލިއެވެ. އޭނާ ގެ ވިސްނުމުގައި ވަނީ އަދިވެސް މުސްކާން އެވެ. ނޭނގޭ ސަބަބަކާ ހުރެ އޭނާ މުސްކާން ދޫކޮށްލާފައި ދާން މިރޭ ބޭނުމެއްނުވިއެވެ.
ރާސިލް ރޭގަނޑު އަނެއްކާ ވެސް ކަންތަށް ތަށް ނިންމާލުމަށްފަހު އައިލީޝް ގާތަށް ދިޔައެވެ. އެތަށް އިތރަކު އައިލީޝް ގާތު ހޭދަކުރިއެވެ. އޭނާ ދިޔުމާއެކު ޒީޝާ ގެއަށް ދިޔައެވެ.
ޒީޝާ ގެއަށް ވަތް އިރު ހިޝްމާ އަންޖުމް ފަހަތުން އުޅެއެވެ. ނުކާން ވެގެން ދުވަމުން ދިޔައީ ހިޝްމާ ގެ އަތުގައި ނުޖެހުމަށެވެ. “މަންމާ އަންޖު ނުކަނީތަ؟” ޒީޝާ ވަންނަމުން ސުވާލުކޮށްލިއެވެ. “އާނ… ހަމަ އެއްގޮތަކަށް ވެސް ކާކަށް ނޫޅުނު” ހިޝްމާ ހިންދެމިލަމުން ޒީޝާ އާ ދިމާލަށް ބަލާލަމުން ބުނެލިއިރުވެސް އޭނާގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ. ޒީޝާ ހީގަންނަމުން ގޮސް އަންޖުމް ގާތު ހުއްޓުނެވެ. ޒީޝާ އަންޖުމް އަށް ވިސްނައިދިނުމުން އަންޖުމް ނިކަން ފަސޭހައިން ކާން އެއްބަސް ވިއެވެ.
“އަންޖު… ދެން ދޭ އަވަހަށް މާމަ އާ އެކީ ނިދަން ރެޑީވާން އިނގޭ” އަންޖުމް ކައި ނިމުމާއެކު ތަށިތަށް ހިފައިގެން ހިނގައިގަންނަމުން ޒީސާ ބުނެލިއެވެ. އެއާއެކު މިފަހަރުވެސް އަންޖުމް ވަރަށް ފަސޭހައިން އެއްބަސް ވއިއެވެ. ޒީޝާ ހިނިތުންވަމުން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. “ދޮންބެ ދައްތާ… ކޮކީ ބޭނުމީ ދޮންބެ ދައްތަ ކައިރީ ނިދަން…. ދާނަން އިނގޭ ރީތިވެގެން” ސިޑިން އަރަ އަރާ ހުރި ޒީޝާ އަށް ގޮވާލަމުން އަންޖުމް ބުނެލިއެވެ.
އެއާއެކު ޒީޝާ ބޯޖަހާލާފައި ރީތިވެގެން އަންނާށޭ ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. ފާހާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން ޒީޝާ ނުކުތެވެ. އޭރު ދާނިޝް އައިސް ކޮޓަރި ދޮރު ހުޅުވާލާފައި ވަންނަނީއެވެ. “ފެންވަރައިގެންތަ ތި ނުކުތީ ބޭބީ” ދާނިޝް އައިސް ޒީޝާގެ ގައިގައި ފަހަތުން ބައްދައިގަންނަމުން ބުނެލިއެވެ. އެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ.
“ހާދަ ވަރުބަލިވެފައޭ… ފެންވަރާ ތާޒާ ވެލަން ދާންވީނު… ކާންހަދާދޭންވީތަ” އިސްތަށިތަށް އެއްފަރާތް ކުރަމުން ޒީޝާ ބުނެލިއެވެ.
“ޒީ އަށް އެނގޭތަ… މުސްކާން ކިޔާ އަންހެން ކުއްޖަކު ވެސް އެމާނިއު ރޭޕް ކުރި… އެ ގާރލް މިހާރު ހުރީ އަހަރެމެންގެ ސައިޑް ގަ… އެހެން ވީމަ ކަންތަށް ތަކަށް ވަރަށް ަސޭހަ ވާނެ” ދާނިޗް ވާހަކަ ދެއްކުމާއެކު އެ ސިކުނޑީގައިވަނީ ކީކޭކަން ޒީޝާ އަށް ދެނެގަނެވުނު ފަދައެވެ. އޭނާ ދާނިޝް އާ ކުރިމަތިލިއެވެ.
މާނިއު މެން ކަހަލަ މީހުންނަށް ޖެހޭނީ އަދަބު ލިބެން… އައި އޭމް ވިތް ޔޫ” ޒީޝާ ބުނެލިއެވެ. ދާނިޝް ހިނިތުންވެލިއެވެ. ޒީޗާ ހިނގައިގަތީ ހެދުން އަޅުވާ އެއްޗާ ދިމާލަށެވެ. އެތަނުގައި އތް ބުރިގާ ނަގާށެވެ. އެހެންނަމަވެސް މިފަހަރުވެސް ދާނިޗް އައިސް ފަހަތުން ޒީޗާގެ ގައިގައި ބައްދާލިއެވެ.
“ޒީ… ޒީ އަހަރެންނަށް އަސްލުވެސް ޓްރަސްޓް ކުރަންތަ؟ އަހަރެން ހަމަ ހަގީގަތުގަވެސް ވަރަށް ލޯބިވޭ ޒީ ދެކެ… އެކަމަކުވެސް އިފޫ މަތިން ހަނދާން ނައްތައެއް ނުލެވޭނެ އައި އޭމް ސޮރީ” ދާނިޝް އޮތް ގޮތަށް އޮވެ ބުނެލިއެވެ.
“ކީއްވެ އަނެއްކާ ކުއްލިއަކަށް ތިގޮތަށް ތި ވާހަކަ ދައްކަނީ؟” ޒީޝާ ހައިރާންވެފައި އަހާލިއެވެ. އެއާއެކު ދާނިޝް އެއްވެސް އެއްޗެއް ނުބުންޏެވެ.
“އިޓްސް އޯކޭ” ޒީޝާ ދާނިޝް އާ ކުރިމަތިލަމުން ބުނެލިއެވެ. “އަހަރެންނަށް އެނގޭ އިފޫ އަކީ ދާން އަށް ކިހާ އިންޕޯޓެންތް މީހެއްކަން…އެކަމަކު އަހަރެން ދެކެވެސް ލޯބިވާކަން އެނގޭ… ސޯ އަހަރެން ހާހެއް ނުވޭ… އައި އޭމް ހެޕީ އޭ ދާން” ޒީޝާ ބުނެލިއެވެ. ދާނިޝް ވެސް ހިނިތުންވެލިއެވެ.
“ދާން… އައި ތިންކް އައި އޭމް ޕްރެގްނެންޓް”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
75 Comments!
Comments are closed.








yayy me 1st ????
Yh dear. meemee. Ur first mifaharu. Congrats dear. ?❤
Heyy. After such a long wait. It’s utterly lovely. <3 Looking forward for the next part. Keep going girly.
Thankyou kai. Sorry for the delay. ?❤
assalaam alaikum. vvv baivaru mistakes fenijje. e mistakes thah edit kuramun himi mi gendhani mihaar. lasvaathy liyeli gothah mathi mathin kiyaalaafa mi up kohli. sorry for that. ls dnt mind. thankyou for the suport. himi ves varah bixi v. new environment akah adjust vumaa mikahala baivaru kanthah thah kuran himi ah ves jehunima aaeki mi las vi. otherwise i dnt like himi ge readers ehaa long wait kuruvan. jazakallah khairan. 🙂
Madoo bodoo eh noon kiyaanee .madu bodu.baeh faharu varah bolah undhaguvey ekahala thankolhukiyaairu
Thankyou dear. Avas aruvaalaafa liyevunima. ?????
Haadha kurey mihaa gina dhuvas fahun up vyma vx
salaam. 2500 words more than 10 pages v ma kuru tha? and thankyou. 🙂
happy to see u Hi Mi after a long time story dhw abadhuves awesome…..
Thanks unique.v ufaavehjje. ?❤
Yet me first
Alheyh. Shimko. Mi faharaku nuney dear. V ufaavehjje. Ingey thihaa shauguverikamaaeku kiyaathy. Bodu koh shukuriyya. ?❤
mistakes huttas v reethi n i understand bxy vaane bxy dhuvaskolhuves annaane konme meehakah ves so u do ur best n we’ll wait……. as we love ur stories
vv dhigu heheh kiyaa minimuny. ur the best cox u write more than enough
Thankyou unique. Thihaa understand vaathy. Vvv ufaavey ingey. Once egain thanks alot. ?❤
Mi part ves varah reethi igey himi..avahah ailee heyaruvahchey igey dhen…cant wait for the next part..load of love???❤❤❤❤
Alheyh. Shanna v loabi comment eh. V ufaaveyjje. Himi ah thidhy support ah. Thanks dear. More loves from me. ?❤
Wowowo… v rythi story. …??❤ ailee hey ery.. yaay… izik n muskaan ge baii vs vv interesting ?? .. vv happy vejje up kohla dhinyma ?? I missed u himi love. . Story v rythi hama.. keep it up …loabiveyy bodu bodu koh ???❤
Yh. Dear. Sorry for the delay. Himi hama super bixi v. V dheraves vi updaye las vamun dhaathy. Ekam kuri ah oi thaa rangalhuvaane. In Sha Allah. Sunday ge bai kiyaalan libeyne. Keep waiting. ?❤ much more loves. From me. Ingey. ?❤
Alhey reethikan….. ????????kithanme las viax thihaa furihama koh genesdhennaaa haadha ufaave ey…. i know himi vvv buxy vaanekan vxx…. ????mistakes vx hunnaane dhen faharakun ragalhu kohlaanyy…. story ham habey….. ????????
Thankyou shif. Mifaharu hageegathugaves v dheravehjje. In Sha Allah. Kuri ah oi thaa rangalhu vaane. Thidhey support ah fah fashun shukuriyya. ?❤
Wow..v v v reethiiii..❤❤❤❤❤
Hi Mi pls dhn ehaa las nukurahchey upkuraa leh..plss plss inge v excited??
Yes. In Sha Allah. Zeeshu. Himi mi dhuvas kolhuga. Varah gima kanthah thah change vumaa gulhigen las mi v. In Sha Allah. Dhen eheneh nuvaane. Aamukoh up vaa dhuvas thah kamuga vaa sunday tuesday and thursday ga up vamun dhaane. ?❤
Aww finally❤ Aily wakeup avahah?
Thankyou dora. Much loves. ?❤
varah reethi mi part ves…aily pls wakeup avahah..? waiting for next part?
Thankyou dear. Much loves. ?❤?❤?❤?❤?❤?❤?❤?❤?❤
Mihaaru maa lahee sry up kohdheyleh….ehnve v bore aslu Ramadan v ma maabeynun avahah stry kiyaalan ekam nw stry up evany v gina dhuvahun….stry v rythi ekam
Salaam rau. Mifaharu ekani kanneyge dw mihaa las mi vi hageegathuga. Aamukoh 2 days ah vure gina dhuvas himi eh nuvaane. Himi kurin ves buni fadhain mi dhiya dhivas thakuga bauvaru kanthha thah vegen dhiya. V ufaavey thi dhin hiyaalah. V ufalaa eki balaigannan. Eyi libey kuri erumeh. Alhamdhulillah!. V ufaaveyjje. And yh. Himi balaanan ingey uodates regular kureveythoa. In Sha Allah. ?❤
Wowww ????… SUPERB ????… Maasha Allah mi part vx v v v reethi ❤️❤️❤️❤️????… It’s so nice ❤️❤️❤️???????????????… N v v happy 2 news vx mi part inn libihje ??????… Finally aily is going to wake up soon ???… Eagerly waiting for that moment ???… N zee vx preg ???… Dhaanish will be so happy ???… Anjoo haadha happy vaaney ailee wake up veema n raasil too ???… Whole family v v v happy vaane except that zaahidh… I think aily wake up vaairu she can talk ???… Ehenvehjihyaa adhi v v furihama vaane ???… Maaniu menah punish kuran planning vx kuriah dhany… Good ???… V v kiyaalaahithun mi kiyaalee ???❤️❤️❤️… Thihaa bxy koh ulhemunvx mihaa reethi story eh genesdheythy thankyou so much Hi Mi ???❤️❤️❤️?????????… Mi part long koh genesdhinyma adhi v v ufaavehje ???… Hi Mi is the best ???❤️❤️❤️… V interesting v v v reethi Hi Mi ge hurihaa stories vx especially HITHAA FURAANAIN n AADHEYS KURAA HIHVEY ROMUN ???❤️❤️❤️???… Enme enme reethi story akee HITHAA FURAANAIN ❤️❤️❤️???… I just love that story too much ❤️❤️❤️???… Keep up the good work Hi Mi ?????????… Curiously waiting for the next part ???… Hi Mi ah time veema story up kohla dhinyma ragalhu vaane ???… Lots of love and take care my favourite Hi Mi ???????❤️❤️❤️????????????… Miss u ??????…
Awwwn. Pinky dear. Himi ge ves fav aki hithaa furaanain. Adhives hithah araa e story ge plot raavan himi ulhunu gothaa liyan ulhunu dhivahaa e visni visnunthah. E stiry ehaa kaamiyaab v ma hama hageegathugaves v happy. Thankyou dear. Himi vvv ufaavey thidhey support ah. Tji hama himi ge emme best eh supporter kamaa medhu shahkei nei. Pinky…. miss uuuu. Hehe. Hws u?. Much more loves from me. ?❤
???????????????Vrh Vrh Vrh reethi mi part ves..??☺️?????????????❤️??? Alhe Aily avahah hey Aran kanneynge dhw eulheny…❤️❤️❤️❤️❤️❤️☺️☺️❤️ nxt part avaskihdhehchey Hi Mi.. Vrh Vrh reethi.. Ma sha Allah..☺️????❤️❤️?? you’re one of the favs of mine..☺️??????❤️❤️❤️??????????
Aesh… vvv ufaavehjje ingey. Himi ah thidhey suport ah fah fashun. Shuluriyya. A big big big shukuriyya ey bunebeyni ingey. Once again thankyou dear. Hingaa balamaa dw dhen vaa gotheh. Keep waiting dear. ?❤
Wow v reethi ❤❤? dhen konirakun next part up vany
Thankyou any. Vvv ufaavehjjeyyyyy. As usual sunday ga. In Sha Allah. ??
Aily…..pls……pls wakeup ??????????????
HI MI dhooni mi part ves v v reethi ? ? ? ? ? ? ?
mihaa dhigu koh part thah genes dhey thee v v ufaavey
Thanks HI MI dhooni ???????????????
Waiting for next part good luck ??????????
Thankyou my dear axy dear. Haadha yfaavehjjey himi ge one of the best reder. Ehaaa suportive vaane. Thanka a lot. And much loves. ?❤
Wow hi mi haadha reechey mibaives… Kureege two part ves miyadhu mi kiyaalevuny… V bodah balivegen e part thah kiyaanulevuny… Ekam rangalhuvi haa avahakah mi kiyaaly… Hama v furihamaey buneveyny… Anehbai ves v v kiyaahithun mihury… Dhen vaani kihinehbaa mihaaru hithah arany… Kihinehvany roadhamas dhoonyaa..??❤???❤???❤?
Shann dear. Vvv ufaavehjje. Thanks ingey v bodah. Himi ah oibey enme bodu eh hiyy varaki thi loabi comments thah ingey. Vvv ufaavehjje. Thanks for being there with me. ?❤ and yh. Roadhamas himi midhani vvv bixi koh. Plus v rangalhah adhi mi dhani Alhamdhulillah!❤ shan ge kihineh tha roadhamas?. And hws u and babies?.
Thanks again. ?❤
Wowwww???????.. aily wake up vani dhwh…????.. vrh vrh reethi.. ❤❤❤❤. Thnx for this lng lng prt..?????????curiously waitin 4 the nxt prt…. ❤❤❤❤❤???????⚘⚘⚘⚘⚘⚘⚘⚘⚘
Thankyou mishy. In Sha Allah. Soon vaane. I mean ailr wake up ingey. Thanks a lotxxx… ?❤
Vaahaka mihaa hisaabah ai iruves neynge aily mamma dheke rulhi anna sababu
Adhi ingeyne. In Sha Allah. Story midhani plan kohfa in gothah. Nimumuge kurin hurihaa suvaal thakakahves javaab libigen dhaane. Thankyou. ?❤
kiyaa hithun hutta mi nimuni. himi then aili wake kohbba i cant wait anju to meet her mom. And mi aneesa mi haadha kanthah bodu meeheke dhw. please maniu men muskan ah aniya kuriya nudheche anehkka ves. mifaharu huri ha enmennah insaaf hoadha dhy emeehun bust kohllachey. varah reethi waiting for the next part. love it
Thankyou annoying reader. Vvv ufaavehjje. Thanks a lot for the support. Ur one of the best supporter. Thanks alot dear. And yh. Dhen hingaa dw balamaa vaane gotheh. Himi v ufaavehjje ingey. Thanks a lot. Much loves. ?❤
V reethi mi prt ves loooooong time dhw himi but i know himi busy noon nama avahah story up kohdheynekan…. thee hama best… kithanme gina dhuvaheh vias story vvv reeethi keep it up dear.. mihaa gina dhuvas v ma riyaa heekuree himi dhooni balivee kamah lvu???
Thankyou riyaa. V ufaavehjje. Thidhey support aki himi ah libey enme bkdu eh hiyy varu. Thanks a lot for the support. Nuney dear. Himi mi dhiya dhuvasthakuga varah bixi v. Ehenves vedhaane thaa dw. Hehe. V ufaavehjje. Thanks. ?❤
Himi dhooni haadha inthixaareh kurevijjeyey up veema vvvv happy????????????????wooooooooooooooooooooow???❤?????haadha reechey mipartves Masha Allah?????????????himi dhooni aily heyleema vaahakaves dhekkeynedhw?rasil haadha happi vaaneyey dhw??himi dhooni haadha reechey story gendhaaleh muskaange baives xaannah vvvvv reethi ingey thnx dear???❤❤❤???himi himi mathin haadha mis viyey? dhen onna part miahvure adhi maareethi vaane??xeeves badu bodu dhaanishi vvvv happi vaanedhw? waiting next part❤❤❤❤❤❤❤
Alheyh. Loving xaaaan. Vvv ufaavehjje. Thanks alot. Ingey. Xaaaan ge thi loabi comment fenaathy abadhuves v happy vey. Thidhey support ah fafashun shukuriyya. Shukuriyya. Shukuriyya. Hehe. Hana speechless himi ingey. Dhen hingaa dw balamaa dhen vaani kihineh kan. Story kiyaalahchey dear. Thanks again and much loves. ?❤
Mihaaru e gein mi gein mihen ulhey thaa varah dhuvas vejje. same thing in last 2-3 parts.
I believe I have to wait for the last part to see something different happening in the story
Its not going well
Thankyou shile. Story kuri ah mi gendhani himi plan kohfa in gothah. In Sha Allah. Thi hiyaal ves ufalaa eku baiagannan. V ufaavehjje. Rangalhu kuran jehey kanthah thakeh huri kan ingigen gosfi. ?❤
vvv nice mi part ves. i love it. dhen kihineh baa vaany? dhaanish kihineh baa react kuraany? cant wait for next part
Aaaaawwwwnnn. Mal. Thanks a lot. V yfaavehjje. Much loves. ?❤
Vrh reethi . Kiyaahithun indha e nimuny. Looking forward for next part
Aawn. Mate sorry ingey. Himi v ufaavey thidhey support ah. ?❤
Woooooow finally aili wake up vany yo. Yeyyyyyyyy ??????haadha inthixaareh kohfymey???bt mihaa reethi koh genesdhiny ma vv happy… ???izik and muskaan ge part vvv v interesting….. I luv it ???????????
Thankyou maya. V ufaavehjje. Thanks a lot ingey. Himi vvv ufaavehjje. Thifhey support aki libey v bkdu hiyy vreh. ?❤
V reethi story eh
Thankyou dear. Thankyou so much. ?❤
Nice….?❤
Thankyou areen. ?❤
Hi Mi 34th part ga exam ge vaahaka buny me ingey i forgot to write my name ehnv… i missed u a lot n feeling bad e part ga nan nuliyevunyma…………
Awwwn. Thanks so much my dear unique. Ur one of the best. Reader. ?❤
seriously thank u soooooooooo much……. i feel soo happy heheh thanks once again n ur one of my best writer
Hehe. Haadha ufaavehjje unique. Thankyou. ?❤
when is next part? keh nukurevigen mi ehunee
In Sha Allah. Mirey. ?❤
v v salhi mi part vx <3 himi next part vx avah up kohdheeba <3 v loves <3 keep it up :*
Thankyou nau. 11 30 ga up vaane. In Sha Allah. ?❤
Himi konirakun vaahaka up kohdhayny. Avahah up kohdhybala.
Thankyou 11 30 ge fahun. In Sha Allah. ?❤
Himi dhoonya dharifulha haadha lahun. Vaahaka kiyaahithun nunidha mi onnany hama.
Alheyh dhoonyaa tyoe kuran indhaa thanakah dhaan jehuni. Nw anehkaa type mi kurani. 1000 words adhi ini. Rhenve adhi hama liyani. ?❤
Himi you just became my fav writer ??? keep up the good work,, and keep shinning like a shinning star?? .. comment nukuriyass hurihaa stories eh ves kiyan,, and it was just amazing my girl ???❤️
so far,, “hithaa furaanain” was the best story i ever read.. ?????❤️ wish all the bestt himi dear??? curiously waiting for the next part ???