Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިޝްކާ ******* (1)

DESTINY2020 Level 210 Stories
February 21, 2020 3 Mins Read
19 Comments

= އަމާޒް = (ޢާޒިފް)

 

ގެއަށް އައިގޮތަށް އަހަރެން ވަނީ ކޮޓަރިއަށެވެ. އަތަށް ލެވުނުހާ ބާރެއް ލުމަށްފަހު ދޮރު ލައްޕާލީމެވެ. ދޮރު ޖެހުނުލެއް ބާރުކަމުން އިވުނު އަޑުން އަހަރެން ސިއްސައިގެނެއް ނުދިޔައެވެ. ދެން ވީ އެންމެ އަވަހަކަށް ތަޅުލީމެވެ. އެނދުމައްޗަށް ވެއްޓިގަތީމެވެ. ބާލީހުގައި ބައްދައިގެންއޮވެ އަހަރެން ދެން ފެށީ ރޯށެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ބާލީހުގެ ތެރެއަށް ފޭދެމުން ދިޔައެވެ.

އަހަރެން ބޭނުންވަނީ ރޯށެވެ. ލޮލުން ކަރުނަ ހިކެންދެނެވެ. އިތުރަށް ދެން ދުވަހަކުވެސް ރޯން ނުޖެހޭވަރަށެވެ. އެކަމަކު އެކަން އެހެން ވާނެހެއްޔެވެ؟ މަޑުމަޑުން ގިސްލަމުން އަހަރެން ރުއީ ކިހާއިރެއްވަންދެންކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. ދެތިން ފަހަރަކަށް މީހަކު ދޮރުގައި ޓަކި ޖެހި އަޑުވެސް އިވުނެވެ. އެވާނީ އަހަރެންގެ މަންމައަށެވެ. ދޮރު ނުހުޅުވުމުން، އަހަންނަށް ކޮންމެވެސް ކަމެއްވެގެން އުޅޭކަން މަންމައަށް އިނގޭނެއެވެ. އެހެންވެ، އިތުރަށް އެއްވެސް މީހަކަށް އަހަންނަށް ދެން އުދަނގޫކުރާކަށް ނުކެރޭނެއެވެ.

އަހަރެން ރޮމުން ގެންދިޔައީމެވެ. ކަރުނަ އަޅައެވެ. ގިސްލަމުންނެވެ. ތެދެކެވެ. ހިތުގަ ޖެހިގެން ރުއިމަކީ ކިހާ ހިތްދަތިކަމެއްކަން އަހަންނަށް އިޙްޞާޞްމިކުރެވުނީ އަދި ކިރިޔާއެވެ. މިވަރަށް ދުވަހަކުވެސް އަހަރެން އަދި ނުރޮމެވެ. ހިތްހަލާކުވެގެން ރޯންޖޭހޭ މީހާގެ ހިތުގައި އަދި ކިހާ ވޭނެއް އަޅާނެހެއްޔެވެ؟ އެކަން އިޙްޞާޞްކުރެވޭނީ އެކަން ތަޙައްމަލުކޮށްފައިވާ މީހަކަށެވެ. ފިނިފެންމަލުގެ ބަގީޗާއެއްގައި ހިނގާ މީހަކަށް، ކަށިކުނބުރު ޖަންގައްޔެއްގެ އަސަރެއްނުފެންނާނެއެވެ. މާމަލުން ފޮނިބޮމުންދާ ކޮކާތަކަށް އުހައުވެރިކަން ނޫން އެހެންކަމެއް ނޯންނާނެތެވެ. ދުނިޔެއަކީ އެކަހަލަ ތަނެކެވެ. ބައެއް ސިކުންތުގައި އުފާވެރިކަމެވެ. އުފަލުން ގޮސް ހިތްބަންޑުން ކޮށްލައެވެ. ދެން ހީވެސް ނުކުރާހެން ޙަޔާތަށް ޒަލްޒަލާތައް އާދެއެވެ. އޭގެ ދަށުވެ، ސަލާމާތް ނުވާ ހިސާބަށް އިންސާނާ ގެންދަނީވެސް މަދެއްކޮށެއް ނޫނެވެ.

ޙަޤީޤަތެކެވެ. މިއަދަކީ އަހަރެންގެ ދުވަހެއްނޫނެވެ. ބަޔަކު މީހުން ރާވައިގެން ނަމަވެސް، މިއަދު އަހަރެން ރޮއްވާލީއެވެ. އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ޖައްސައިފިއެވެ. އަހަރެންގެ ކުށަކީ ކޮބައިކަން ޚުދު އަދިވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ވިސްނަވިސްނާ ބޯގޮވާ ވަރުވެއްޖެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ތިން ދުވަހުގެ މެހެމާނަކަށް އޭނާވީ ކީއްވެގެން ހެއްޔެވެ؟ އެއީ ރޭވުމެއް ހެއްޔެވެ؟ ނުވަތަ އަހަންނަށް ފެނުނު ދަޅައެއް ހެއްޔެވެ؟ ބޯވިލާ ގަނޑުގެ ފަހަތުގައި ރިހި ހަނދުވަރުވާކަމަށް މީހުން ބުނެއެވެ. އަހަންނަށް އަދި އެމަންޒަރެއް ނުފެނެއެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ފަރާތުން މީހަކަށް ދެރައެއް އަދި ނުދެމެވެ. ނުވެސް ދޭނަމެވެ.

އަހަރެން މަޑުމަޑުން އެނދުން ތެދުވީމެވެ. ގޮސް މޫނު ބަލާ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓިލީމެވެ. އަހަންނަށް ރޮވުނު ވަރުން ދެލޯވެސް ވަނީ ރަތްވެފައެވެ. ބޭރަށް ފެންނަ ހުރި ކަންތައްތަކަށްވުރެ، އެތެރޭގައި ހިނގާ ކަންތައްތައް ބަޔަކަށް ނުފެންނާނެއެވެ. އަހަރެންގެ ހިތްނަގާ ދެވޭނެނަމަ، އެކަންވެސް އަހަރެން ކުރަން ބޭނުމެވެ. އަހަރެންގެ ހިތަށް ދެން އެރިއެވެ. މިހެން އޮވެ، ރޮއިމަކުން ކުރާނެ ރާހަތެއް ނޯންނާނެއެވެ. އަހަންނަށް ދެން ކުރެވޭނެކަމަކީ ކެތްކުރުމެވެ.

މޫނު ދޮވެލައިގެން އައިސް އަނެއްކާވެސް އެނދުގައި ޖައްސާލީމެވެ. ބާލީސް މޫނު މަތީގައި އަޅަން ހިތްލާލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ފޮޓޯގަނޑެކެވެ. މީގެ ދެތިން މަސްކުރިން ނަގާފައިވާ އެފޮޓޯގަނޑު ފެނުމުން އަހަރެން އިތުރަށް ރުޅި އައެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެފޮޓޯގަނޑު ވީދާ ކުދި ކުދި ކޮށްލަންވީއެވެ. ފޮޓޯގަނޑުގައި ހިފާ ވީދާލަން ހިފާލީމެވެ. ދެވަނަ ސިކުންތުގައި ހިތަށް އެރިއެވެ. އަދި މިކަން ކުރާކަށް ނުވެއެވެ. ތާރީޚާއި ހަނދާނަށްޓަކައި އަދި މިފޮޓޯގަނޑު ބާއްވާނީއެވެ. ކޮންމެވެސް ދުވަހަކުން އަދި އޭގެ ބޭނުން ޖެހިދާނެތާއެވެ.

ކަޅިޖަހާ ނުލާ އަހަރެން އެފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރީމެވެ. މީގެ ދެތިން މަސްކުރިން ނަގާފައިވާ އެފޮޓޯގަޑުގައި އެއިނީ އަހަރެންގެ ހިތުގެ ރާނީއެވެ. އެއީ އަހަރެންގެ ޙަޔާތުގެ އެންމެ ބޮޑު އެއް ހުފަވެނެވެ. ފެނުނު ފުރަތަމަ ސިކުންތުން ގަޔާނުވެވުނު، ނަމަވެސް އެއީ އަހަރެންގެ ހިތުގެ ރިހުމެވެ. އެފޮޓޯނެގި ރެޔާއި، އެރޭގެ ވަގުތާއި ސިކުންތައްދާންދެން އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އަހަރެންގެ ހިތުން އެކަން ފިލާދާނެ ހެއްޔެވެ؟ ނުދާނެއެވެ. އެކަން ހަނދާނުން ފިލާހާ ދުވަހެއް އަދި ނުވެއެވެ. އެއީ އަހަރެންގެ ހިތުގެ އިޙްޞާޞްތަކާއި ކުޅެނި ހަމައެކަނި އަންހެން ކުއްޖާއެވެ. ވީއިރު، ހިތުން އެހާ އަވަހަށް ފިލުވާ ލެވޭހެއްޔެވެ؟ ފުރަތަމަ ގަޔާވާ އަންހެން ކުއްޖެއްގެ ނަން އެހާ އަވަހަށް ފިލުވާލެވޭހެއްޔެވެ؟ ފުރަތަމަ ލޯބީގެ ނަން ރަން އަކުރުން ލިޔާ މީހުން އުޅެއެވެ. އަހަރެން އެކަން ކުރަން ބޭނުން ނުވިޔަސް، ފުރަތަމަ ލޯބީގެ ހުރި އަސަރާއި ހޫނު އަހަންނަށްވެސް މިއަދު ކޮންމެވެސް ވަރަކަށް އިޙްޞާޞްކުރެވެއެވެ.

ތެދެކެވެ. މިއީ އެހެން ކަހަލަ ދުނިޔެއެކެވެ. އަންހެން ކުއްޖަކަށްޓަކައި، މީހުން ދޮގުހަދާ ހެއްޔެވެ؟ ދޭތެރެ ޖައްސާހެއްޔެވެ؟ އަހަންނަށްވެސް އިނގެއެވެ. މިއީ ބާޒާރުގައި ބޮޑު އަގުގައި ދޮގު ވިއްކޭ ޒަމާނެވެ. ޚާއިނުންނާއި ޤައްދާރުން ބަޠަލުންނަށް ވާ ޒަމާނެއެވެ. ތެދުވެރި ވަފާތެރިންގެ ބޭނުންނެތި، އެމީހުންނަކީ ވަގުންނަށް ހަދާލި ޒަމާނެއެވެ. ވީއިރު، މިއަސަރު އެންމެންގެ ދިރިއުޅުމުންވެސް ފެންނާނެ ނޫންހެއްޔެވެ؟ ފަހުން، ނޫނީ މަރުވުމުން ވާނެ ގޮތެއް ވިސްނާނެ ބަޔަކު ނެތެވެ. ނަމުން ޞޯލިހުންކަމުގައި ވިޔަސް އަމަލުން ހަމަ ހަރާންކޯރުވާ މީހުން ގިނައެވެ. ވާނީވެސް އެހެންތާއެވެ. ހުސް އަމިއްލަ އެދުުމުން ތެެމި ފޯވެފައިވާ

މީހުންނެވެ.ޖެހުނު އެއްޗެއް ޖެހުނު ގޮތަކަށް ކަމުން، ދިރުވާލާ މީހުން އުޅޭ ޒަމާނެއްގައި

ތެދުވެރިންގެ ބޭނުމެއް އެބައޮތްހެއްޔެވެ؟

މަރުވާނެކަމެއް ހިތަކަށް ނާރައެވެ. މިނޫން އެހެން ދުވަހެއް ވާކަން

ދަންނަ ބަޔަކުވެސް ނޫޅޭ ކަހަލައެވެ.ހީވާކަހަލައެވެ. ބޭނުން ގޮތެއް ހަދާލާނަމެވެ.

ނޫންނަމަ، އަހަރެންގެ އެންމެ ގާތްމީހުން އަހަރެންގެ އަތުން ‘އެ’ ޖަހައިގަނެގެން

ގެންދަން ވިސްނާނެހެއްޔެވެ؟

އަހަރެންގެ އެންމެ ގާތް ރައްޓެހިޔާ އަންހެން ކުއްޖަކަށްޓަކައި އަހަންނާއި ޢުމުރަށް ގުޅުން ކަންޑަންވީ އެހެން ނޫންނަމަ، ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އަހަރެން އެންމެ ބިރު ގަންނަނީވެސް އެފަދަ މީހުން ދެކެއެވެ. މާތެދުވެރި ވަފާތެރިންގެ މޫނުމަތި އަޅައިގެން އައިސް، ދެން ތިބި މީހުންގެ ބޮލަށް ސަވާރުވެ، އެމީހުންގެ ދިރިއުޅުމުގައި ކަތުރުފަނި އަޅުވާ މީހުންނެވެ. އެކަމަކު އަދިވެސް އަހަންނަކަށް ނުވިސްނެއެވެ.

” މިޝްކާ!” ފޮޓޯގަނޑުގައި މަޑުމަޑުން ފިރުމާލަމުން އަހަންނަށް ބުނެވުނެވެ.

 

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ތަޤްދީރު 06 ވަނަ ބައި

Next

ރާސްތާ2 (40)

Next
February 21, 2020

ރާސްތާ2 (40)

Previews
February 21, 2020

ތަޤްދީރު 06 ވަނަ ބައި

19 Comments!

  1. Tweety says:
    February 21, 2020 at 4:22 am

    OMG. are you alive? i thought you were dead? when will you upload my story. i hope you knew what i meant.. that naughty girl you met few years ago while studying in malaysia.. You got it.. Shudooo…

  2. DESTINY2020 says:
    February 21, 2020 at 4:36 am

    Its almost completed. i just dont wanna publish it any more!!! Yet, I will think about it… LOL

  3. samra says:
    February 21, 2020 at 8:55 am

    Hama nice ngey..
    But rahtehiyaa nukiyaane ingey ekuveriyaa kiyaany.. ethankolhugaa alhaigathyma hama bunely

    1. DESTINY2020 says:
      February 23, 2020 at 1:18 am

      Yup gud point. its a careless error. i write on the spot and i dnt do proof reading. thanks i may be careful next time..

  4. Yan♥️ says:
    February 21, 2020 at 11:02 am

    Varah reethi Masha Allah ? konirakun next part ?

  5. Yanaa says:
    February 21, 2020 at 11:06 am

    Varah reethi?????????
    maa sha Allah ❤❤❤❤❤❤❤
    waiting for the next part???

  6. Mishy says:
    February 21, 2020 at 3:46 pm

    Destiny2020 ge stories varah kamudhey❤❤❤❤ ❤❤stories thah kiyaafeemu….vaahaka faahaga kohlevey destiny ge ideas molhukann???♥♥♥??????????❤❤?????n mi story ehme bodah kiyaa hiyy vee furathama nazarun genesdheefa inyma????????❤❤❤?????????ekm kiyaalithanun ingejje mee reethi vaahaka eh kamaa nukiyaa dhoonukohkeveyne varuge vaahaka ehkan♥♥♥♥varah kiyaa hithun kiyaa nimmaalee mia…..adhi heyvaru varakah sifakurun thingenesdheny????????????…eyah vure gina nuvatha madhuvc nukuraathi ingey….kohme akas mi story ah 100 in 100 dheynan ma???❤❤❤???????????????….dhen liyuntheriaa vaahaka avahah upkohladhiniyya rangalhee??????????????????

    1. DESTINY2020 says:
      February 28, 2020 at 11:43 pm

      Thank you so much

  7. Anonymous says:
    February 21, 2020 at 3:47 pm

    Destiny2020 ge stories varah kamudhey❤❤❤❤ ❤❤stories thah kiyaafeemu….vaahaka faahaga kohlevey destiny ge ideas molhukann???♥♥♥??????????❤❤?????n mi story ehme bodah kiyaa hiyy vee furathama nazarun genesdheefa inyma????????❤❤❤?????????ekm kiyaalithanun ingejje mee reethi vaahaka eh kamaa nukiyaa dhoonukohkeveyne varuge vaahaka ehkan♥♥♥♥varah kiyaa hithun kiyaa nimmaalee mia…..adhi heyvaru varakah sifakurun thingenesdheny????????????…eyah vure gina nuvatha madhuvc nukuraathi ingey….kohme akas mi story ah 100 in 100 dheynan ma???❤❤❤???????????????….dhen liyuntheriaa vaahaka avahah upkohladhiniyya rangalhee??????????????????

    1. DESTINY2020 says:
      February 27, 2020 at 10:41 pm

      Thank you so so much

  8. #naan# says:
    February 21, 2020 at 7:56 pm

    Vara salhi vaahaka eh. ????????
    You are awesome story writer. ????????

    1. DESTINY2020 says:
      February 27, 2020 at 10:40 pm

      Thank you so much!

  9. Anonymous says:
    February 22, 2020 at 1:52 pm

    Yh ur right kon irakun next part…. waiting……!????

  10. Broken heart says:
    February 23, 2020 at 5:43 am

    Oh! Meethi kiyaalyma handaanvany me past! I still love you mishkaa but sad dhow! Keyve ehen hedy…

  11. Bokittey says:
    February 23, 2020 at 5:46 am

    great writer
    Molhu engey!
    ( KHAAINUNAAI GAHDAARUN….. ) miparagraph habeys! Story tereyves political majaa jumula takeadhow! Den lala

  12. Bh-boy says:
    February 23, 2020 at 5:53 am

    Oh my missed mish ????????????????????????????????????????????

  13. Anaa says:
    February 24, 2020 at 10:18 am

    It’s wonderful

  14. Naan says:
    February 25, 2020 at 4:07 am

    thanks Anaaa lol

  15. Anadoll says:
    February 25, 2020 at 6:18 am

    Nice stryy?

Comments are closed.

Next Episodeމިޝްކާ **** (2)←


All Right Reserved!