Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިޝްކާ **** (2)

DESTINY2020 Level 210 Stories
February 27, 2020 3 Mins Read
6 Comments

DEDICATED TO ONE & ONLY MISHKAA

= އަމާޒް=

އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަންހެން ކުއްޖަކަށްޓަކައި އަހަންނާއި ޢުމުރަށް ގުޅުން ކަންޑަންވީ އެހެން ނޫންނަމަ، ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އަހަރެން އެންމެ ބިރު ގަންނަނީވެސް އެފަދަ މީހުން ދެކެއެވެ. މާތެދުވެރި ވަފާތެރިންގެ މޫނުމަތި އަޅައިގެން އައިސް، ދެން ތިބި މީހުންގެ ބޮލަށް ސަވާރުވެ، އެމީހުންގެ ދިރިއުޅުމުގައި ކަތުރުފަނި އަޅުވާ މީހުންނެވެ. އެކަމަކު އަދިވެސް އަހަންނަކަށް ނުވިސްނެއެވެ.

” މިޝްކާ!” ފޮޓޯގަނޑުގައި މަޑުމަޑުން ފިރުމާލަމުން އަހަންނަށް ބުނެވުނެވެ.

އަހަރެން އެފޮޓޯގަނޑަށް ފުންކޮށް ބަލާލީމެވެ. ކިހާ ރީތި ހެއްޔެވެ؟ ރަތްކުލައިގެ ހެނދުމެއް ލައިގެން، ލުއި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްގެން މިޝްކާ އިންއިރު، ކިހާ ފުރިހަމަ ހެއްޔެވެ؟ ސްކޫލު ދައުރުން ފެށިގެން އެއީ އަހަރެންގެ ގާތް ކުއްޖެކެވެ. ގްރޭޑް ހަތެއްގައި އެއްކޮށް ކިޔެވިއިރުވެސް އަހަރެން މިޝްކާ ދަންނަމެވެ. އެއީ ޅަދުވަހެވެ. ލޯތްބަކީ ކޮބައިކަމެއް އޭރު އަހަންނަކަށް ނޭނގެއެވެ. އަހަރެން މާޒީގެ ޞަފްޙާތަށް ހުޅުވާލީމެވެ.

ތެދެކެވެ. އިންސާނެއްގެ ޙަޔާތުގައި އަންނާނެ އެންމެ މަޖާ ދުވަސްވަރަކީ ސުކޫލު ދުވަސްވަރެވެ. އެންމެ ހިތްހަމަޖެހޭ ކަންތައްތައް ހިގަނީވެސް އެދައުރުގައެވެ. ސުކޫލުގައި ސަކަރާތްޖެހުމެވެ. މަޖާކުރުމެވެ. މަޖަލަކަށް ބައެއް ފަހަރު ކުދިންނާއި ދިމާކޮށްލުމެވެ. އެއް އުމުރެއްގެ ކުދިން އެއް ކުލާހެއްގައި އުޅޭއިރު ކިހާ މަޖާވާނެ ނޫންހެއްޔެވެ؟ ކިޔެވުމުގެ އިތުރުން ކުޅިވަރާއި އިތުރު ޙަރަކާތްތަކުގައި އުޅެން ޖެހޭއިރު، ގިނަ ވަގުތު ތަކެއް ރައްޓެހިންނާއި އެކު ހޭދަ ކުރަން ޖެހެއެވެ. ރައްޓެހިންނަކީ ޙަޔާތުގެ މުހިއްމު ބަޔެކެވެ. އެކި ތަފާތު މިޒާޖުގެ ރައްޓެހިންނެވެ. ބައެއް ރައްޓެހިން ކުރާ ކަންތަކުން ހީނހީ ހަލާކުވާވަރުވާނެއެވެ. އެއީ ކިހާ މަޖާ ކަމެއް ހެއްޔެވެ؟ އަނެއްކޮޅުން އޭރު މިޝްކާއާއި އަހަރެން އުޅުނީ އެއް ގްރޭޑެއްގައެވެ. މިޝްކާ އަކީ ގުރޫޕް ލީޑަރެވެ. އަހަންނަކީ މިޝްކާގެ އެސިސްޓެންޓެވެ. ކިހާ ސަޅިހެއްޔެވެ؟

ތެދެކެވެ. ސުކޫލު ދައުރަކީ ހިތުން ފިލުވާލެވޭނެ ދައުރެއް ނޫނެވެ. އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. ސްކޫލު ދައުރުގައި ރައްޓެހިންނަށްވެ، ފަހުން އެލޯތްބަށްވެސް ބަދަލުވެފައި އެބައި ހުއްޓެވެ. ނޫނެކެވެ. އަހަންނަށް އޭރު ލޯތްބަކީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. އެކަމަކު، ކުރު ދެއަކުރުގެ، އެއީ ރީތި ލަފްޒެކެވެ. އަހަރެންގެ ހިތުގައިވެސް ކުލާސް ކޮންމެވެސް ކުއްޖެއްގެ ނަން އޮވެދާނެއެވެ. އެއަށް އަހަރެން ކިޔާނީ ގަޔާވުމެވެ. އެނަމަށް އަދި ލޯތްބެކޭ ކިޔޭކަށް ނެތެވެ. ލޯބި ވަނީ ކިހިނެއް ހެއްޔެވެ؟ ލޯބި ހޯދަނީ ކިހިނެއް ހެއްޔެވެ؟ ލޯބިން ގުޅޭނީ ކިހިނެއް ހެއްޔެވެ؟ ލޯބިން ވާހަކަ ދައްކަނީ ކިހިނެއް ހެއްޔެވެ؟ ލޯބި ހުށަހަޅަނީ ކިހިނެއްހެއްޔެވެ؟ ލޯބިވާ މީހާ ނޫނެކޭ ބުނެފިނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކަށް އޭރަކު ނޭނގެއެވެ. ވީމާ، އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނޭނގެއެވެ. ނޭނގޭ ކަމެއްގެ ތެރެއަށް ވަދެގެން، ދެން ހަނދާނީ ކިހިނެއްހެއްޔެވެ؟ މަގު އޮޅިގެން ގެއްލިގެން ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ މަންޒިލެއް ނެތި ދަތުރުކުރުމަކީ ކިހާ އުދަނގޫ ކަމެއް ހެއްޔެވެ؟ މިއީ އޭރު އަހަރެންގެ ހިތުގައި އަބަދު ދައުރުވާ ސުވާލުތަކެކެވެ.  އެކަމަކު އޭރު އަހަރެންގެ ސިކުނޑި އަކީ ޅަ ސިކުނޑިއެކެވެ. އެހެންވެ، އޭރު އަހަރެން މިޝްކާއާއި ދައްކަން ބޭނުންވި ވަރަށް ގިނަ ވާހަކަތައް ނުދައްކާ ދޫކޮށްލީމެވެ. ވާހަކަ ދައްކަން ނޭނގޭތީއެވެ. ލޯބި، ލައްޒަތު، އިޝްޤް ނުވަތަ ޖަޒުބާތު އެއީ އަހަރެން އޭރު ދަންނަ އެއްޗެއް ނޫނެވެ. އޭރު އޮންނަނީ ކިޔަވާފައި މަޖާކޮށްފައި ސަކަރާތްޖެހުމެވެ. ދުނިޔޭގައި ދެވަނަ ފުރުޞަތެއް ބޭނުންހޭ ބުނެފިނަމަ، އަހަރެން އެދޭނީ އަހަރެންގެ ސްކޫލު ދައުރު އެނބުރި އައުމަށެވެ. އެއަށްވުރެ ހިތްގައިމު ދުވަސްވަރެއް އަހަންނަކަށް ނެތެވެ.

އަދިވެސް ހަނދާން އެބަހުއްޓެވެ. ސްކޫލުގެ ތިރީސް ފަސްވަނަ އަހަރީ ދުވަހެވެ. އެދުވަހުގެ ޙަރަކާތްތަކެވެ. އަހަންނަކީ ކިޔެވުމުގެ އިތުރުން، ކުޅިވަރާއި އިތުރު ހަރަކާތްތަކަށްވެސް މޮޅު ކުއްޖެވެ. ސްކޫލުގެ ހުރިހާ ކުޅިވަރެއްގައިހެން އަހަރެން ބައިވެރިވަމެވެ. އެހެންވެ ސްކޫލުގެ އަހަރީދުވަހުގައި އޮތް ޗީޓަރުންނާއި ދަރިވަރުންގެ ފުޓްބޯޅަ މެޗުގައި އަހަންނަށް ކުޅެން ޖެހުނެވެ. ކުޅިބަލަން މުޅި ރަށުގެ ރައްޔިތުންނާއި ސްކޫލުކުދިންވެސް ތިބީ ފުޓްބޯޅަ ދަނޑަށް ޖަމާވެފައެވެ. އަހަންނަކީ ކުރިއަށް ކުޅޭ ކުޅުންތެރިއެކެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު އެއްލަނޑު ސުންލަނޑުން ޓީޗަރުންގެ ޓީމް އޮތީ ކުރީގައެވެ. އަހަރެން ހިތަށް އެރިއެވެ. އަދި ވަގުތު އެބަ އޮތެވެ. އަހަރެމެން އަދި މޮޅުވާނެއެވެ.

” މިމެޗުން މޮޅުވައްޗޭ. ބުނި ކޮންމެ ކަމެއް ކޮށްދޭނަން!” މެޗުގެ ބްރޭކްގަޑީގައި ފެންބޯން ހުއްޓާ މިޝްކާ އައިސް ބުނެލިއެވެ. އެއީ އަހަރެމެން ކުޑައިރު ވަރަށް ގިނައިން ބުނާ އެއްޗެެކެވެ. ވަކިކަމެއް ވިއްޔާ، ނުވަތަ ވަކި ކަމެއްކޮށްފިއްޔާ “ބުނި ކޮންމެ ކަމެއްކޮށްދޭނަމޭ” ކިޔާ ބުނުމެވެ. އެކަމަކު، އެކަން އެގޮތަށް ނުވާނެކަންވެސް އަހަރެމެން ހަމަ ދަންނަމެެވެ.

” ސީރިއަސްލީ.” އަހަންނަށް ކުއްލިއަށްބުނެވުނެވެ.

” ސީރިއަސްކޮށް ކުޅެގެން ދެން މޮޅުވެބަލަ. ފަހު ހާފްގަ ހެޓްރިކް ހަދާލާ!” މިޝްކާ ހެމުން ބުނެލިއެވެ.

” މިޝްކާ ތިހެން ސަޕޯރޓްދޭން ހުރިއްޔާ ދެން ތިކަން ކުރެވޭތޯ ބަލާނަން.” އަހަރެން މަޑުމަޑުން ބުނެލީމެވެ.

ބްރޭކް ނިމި ދެވަނަ ހާފް ކުޅެން ފެށުނެވެ. ވަރަށް ފޯރިއާއިއެކު މެޗު ކުރިޔަށް ދިޔައެވެ. ހާފްގެ ފަނަރަ މިނިޓްގައި ޓީޗަރުން އަނެއްކާ ލަނޑެއް ޖެހިއެވެ. އަހަންނަށް ބަލާލެވުނީ މިޝްކާއަށެވެ.

” ނާދިހް. ނާދިހް. ނާދިހް.” ޕިންޕޮން ތަޅުވަމުން އަހަރެންގެ ނަން ގޮވަމުން މިޝްކާ ސަޕޯރޓްކުރަން ދިޔައެވެ.

އަހަރެން ލަދުން މޫނުގައި އަތްއަޅާލީމެވެ. ކުޅިވަރު ކުރެން މޮޅު ނަމަވެސް، ކުޅެމުންދާއިރު، ނަމުން ގޮވާ ސަޕޯރޓްކުރުމަކީ އަހަރެން ވަރަށް ލަދު ގަންނަކެމެވެ. ދެން ހިތަށް އެރިއެވެ. ލަދުގަނެގެން މިކަމެއް ނުވާނެވެ. އެހެންވެ މުޅިން އާ ހިތްވަރަކާއިއެކު ކުޅެމުން ދިޔައީމެވެ. އެހެންވެ ފަހު ހާފްގެ ތިރީސް ތިންވަނަ މިނިޓްގައި އަހަރެން ގޯލެއް ޖެހީމެވެ. ސްކޫލު ކުދިންތައް ސަޕޯޓްދީ އަތްޖަހަން ފެށިއެވެ. މިޝްކާ ހަމަ އަހަރެންގެ ނަމުން ގޮވާ ސަޕޯޓްކުރަމުން ގެންދިޔައެވެ. އަހަރެންގެ ހިތަށް އެރިއެވެ. ހިތްވަރުކޮށްފިއްޔާ އަދި މެޗުން މޮޅުވެދާނެއެވެ. އަދި ވަގުތު އެބައޮތެވެ. އެހެންވެ އަނެއްކާވެސް ސާޅީސް ވަނަ މިނިޓްގައި އަހަރެން ގޯލެއް ޖެހީމެވެ. މިޝްކާ ކުރިއަށްވުރެ އަޑަށް ބާރުލާ އަހަރެންގެ ނަން ގޮވަމުން ސަޕޯރޓްކުރަމުން ދިޔައެވެ. އަހަރެން މިޝްކާއަށް ބަލާލުމަށްފަހު ”ޝޫ” އެހެން ހަދާލީމެވެ. މާނައަކީ ދެން އަހަރެންގެ ނަން އެވަރަށް ގޮވަމުން ސަޕޯރޓް ނުކުރުމަށެވެ. މިޝްކާ އެކަމާ ފަރުވާލެއްނުބެހެއްޓިއެވެ.

އަހަރެންވެސް ދެން އަޅައެއް ނުލަމެވެ. އަނެއްކޮޅުން މިއީ ފުޓްބޯޅަ މެޗެކެވެ. ސަޕޯޓްކުރާނީވެސް ސަޕޯޓަރުންނެވެ. އެއީ މާބޮޑު މައްސަލައެއް ނޫނެވެ. އަހަރެމެން ކިޔަވަނީ އެއް ގްރޭޑެއްގައެވެ. އެހެންވެ އަހަރެން ކުޅޭ މެޗުން އަހަރެންގެ ޓީމް މޮޅުވެއްޖެއްޔާ އެންމެ ރީތިވާނީވެސް މިޝްކާއަށް ނޫން ހެއްޔެވެ؟ އެއީ މުރާލި ގުރޫޕް ލީޑަރެވެ. އެހެން ވަރަށް ފޯރިއާއިއެކު އަހަރެމެން ޓީމް ކުދިން ކުޅެމުން ގެންދިޔައެވެ. އަހަރެން ޖަހައިދިން ދެލަނޑުން މަރުވެފައި އޮތް ޓީމަށް ރޫޙެއް ލިބި ދިރުނެވެ. އެހެން މެޗުގެ ސާޅީސް ފަސްވަނަ މިނިޓްގައި އަހަރެން ނަގައިދިން ހުރަހަކުން ޝާއިފް ލަނޑެއްޖަހާ ތިނެއް ދޭކުން އަހަރެމެންނަށް މެޗު ކާމިޔާބު ކޮށްދިނެވެ. އަހަރެން ވަރަށް އުފާވިއެވެ.

މެޗު ނިމުނު ތަނާހެން ކުލާސް ކުދިންތައް އައިސް އަހަރެމެންނާ ބައްދާ ސަލާން ކުރަން ފެށިއެވެ. ހީވަނީ ދުވަހަކުވެސް ނުލިބޭ އުފަލެއް ލިބިގެން އުޅޭހެންނެވެ. އަހަރެންވެސް އެވަރަށް އުފާވިއެވެ. ފަހަތުން އަރާ، އަހަރެމެންނަށްވުރެ ޢުމުރާއި ތަޖުރިބާގެ ގޮތުން ކުރީގައި އުޅޭ ބަޔެއްގެ އަތުން މޮޅު ވުމަކީ ބޮޑު ކާމިޔާބެކެވެ. ޝަރަފެވެ. ހިތަށް އެރިއެވެ. ކަންތައްތައް ކުރެވޭނެއެވެ. ކާމިޔާބުވެސް ހޯދޭނޭއެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. ދެން ސަޕޯޓަރުންނެވެ.

” މެޗުން މޮޅުވީނު. ބުނި ކޮންމެކަމެއް ކޮށްދޭގޮތަށްތަ އަދިވެސް ތި އިނީ؟” މިޝްކާގެ ކައިރިއަށްގޮސް، މިޝްކާގެ ކަންފަތްދޮށުގައި ސިއްރުން ބުނެލީމެވެ.

= ނުނިމޭ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ (5)

Next

ރާސްތާ2 (42)

Next
February 27, 2020

ރާސްތާ2 (42)

Previews
February 27, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ (5)

6 Comments!

  1. Maly says:
    February 27, 2020 at 2:48 am

    Nice keep it up
    ☺☺☺☺❤❤❤❤❤

  2. Anonymous says:
    February 27, 2020 at 10:50 am

    When next part…..!!! ????

  3. DESTINY2020 says:
    February 27, 2020 at 10:42 pm

    Thank you!

  4. Anonymous says:
    June 25, 2020 at 1:11 pm

    Alhe fahe mee garunaku ehfaharu nerey vaahaka eh tha???

  5. Anonymous says:
    February 4, 2025 at 2:15 am

    Vaahakatha hury nimifai!! But freekoh kiraa kameah vyma mihen mi publish kurany!
    Haveerun or miadhu noobun jaaga libeyne duvahakah mi balany!! Binmaa is my teacher in this!! Thanks binmaaa ibrahim waheed!

  6. DESTINY2020 says:
    February 4, 2025 at 2:15 am

    Vaahakatha hury nimifai!! But freekoh kiraa kameah vyma mihen mi publish kurany!
    Haveerun or miadhu noobun jaaga libeyne duvahakah mi balany!! Binmaa is my teacher in this!! Thanks binmaaa ibrahim waheed!

Comments are closed.


All Right Reserved!