Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުޖާލާވެގެންދިޔަ ޙަޔާތް (3)

No one Level 210 Stories100 Comments
May 23, 2018 3 Mins Read
30 Comments

ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން އަމިއްލަ ނިކަމެތިކަމާމެދު ހިތާމަކޮށް ރުއިން ނޫންކަމެއް މިއަދު ރިމްޝާއަކަށް ކުރެވޭކަށްނެތެވެ. މޫނުމަތީގައި އަތް އަޅައިގެންއިދެ ބާރަށް ރޮމުންދަނިކޮށް ރިމްޝާގެ ކޮނޑުގައި މީހަކު އަތްބާއްވާލުމާއެކު އިސްއުފުލާބަލާލިއެވެ. އެވަގުތު ސިއްސައިގެންގޮސް ރިމްޝާއަށް ފަހަތަށް ޖެހިލެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ.

*********

ފިހާރަޔަކަށް ދިޔަ މަގުމަތީގައި ހަލުވިކަމާއެކު އަވަސްފިޔަވަޅުތަކެއް އަޅަމުންދިޔަ އައިހަމްގެ ހަރަކާތްތައް މަޑުޖެހިލީ އާދައިގެ ގޮތަކަށްހުރި މާތަނަވަސްނޫން ގެއަކާއި އަރާހަމަވެފައެވެ. އަންހެނަކު ރަޙުމްކުޑަކަމާއެކު އެއްޗެހި ގޮވަމުންދިޔައިރު ޒުވާން އަޑަކުން ރޮއި އާދޭސްކުރާ އަޑުއިވެމުންދިޔައެވެ. ހުރިފިޔަވަޅުމަތީގައި ގަނޑުވެފައި ހުރި އައިހަމް ހުރީ ކަންފަތަށް އިވެމުންދިޔަ އަޑުތައް ޤަބޫލުކުރަން ދަތިވެފައެވެ. ވާނީވެސް އެހެންތާއެވެ. ފިލްމުތަކުގަޔާއި ވާހަކަތަކުގައި ސިފަކޮށްދީފައިހުންނަ ފަދަ ރަޙުމްކުޑަ މައިން ޙަޤީގީ ދިރިއުޅުމުގައިވެސް އުޅެދާނެކަމަކަށް އޭނާ މީގެ ކުރިން ހީކޮށްފައެއްނުވެއެވެ. ނަމަވެސް ހަސީނާގެ ބަރު އަޑުން މިއަދު އެފަދަ ރަޙުމްކުޑަ މައިންވެސް ދުނިޔޭގައި އުޅޭކަން ސާބިތުކޮށްދީފިއެވެ. ހެއްދެވި ފަރާތާމެދު ހިތުގައި ބިރުގެ ކަންފުޅެއްވެސް ނުވަނީބާއޭ އައިހަމްގެ ހިތަށްއެރިއެވެ. އެއަންހެންކުއްޖާގެ ހިތުގައި އަޅަމުންދާނެ ވޭން ތަޞައްވަރުކޮށްލާފައިވެސް އައިހަމްގެ ހިތަށް ނުހަނު ފުން އަސަރުތަކެއްކޮށްފިއެވެ. އެހެންހުއްޓާ ފަހަތުން ފިރިހެނަކު ކަރުކެހިލި އަޑުއިވުމާއިއެކު ސިއްސައިގެންގޮސް ފަހަތް ބަލައިލިގޮތުން ހީވީ ވައްކަމެއް ކުރަނިކޮށް މީހަކަށް ފަޅާއެރިހެންނެވެ. ކުރިމަތީހުރި ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އޭނާހުރީ ނުހަނު ހިތްހަމަނުޖެހިފައިކަން އައިހަމްއަށް ނަގައިގަނެވުނެވެ. ” ކަލޭ ތީ ކާކު؟ ބޮޑު ފާރަވެރިއެއްހެން މިގޭ ކައިރީ ކިއްކުރަނީ؟ އޯ އެމަންޖެއަށް ފާރަލަނީ ދޯ؟ ބުނަން ރަނގަޅު ވާހަކައެއް. އެމަންޖެއާ ވައިވެސް އެޅިލަން ހިތުވެސްނުލާތި!” އައިިހަމްއާ ދިމާލަށް އިނގިލިދިއްކޮށްލަމުން އިންޒާރުދިނީ ދެބުމަ ކައިރިކޮށްލަމުންނެވެ. ” ހަހް މަ ނޫޅެން މީހަކަށް ފާރަލާކަށް”. ކުރިމަތީގައި ހުރި ޒުވާނާ ދެއްކި ވާހަކައިން އައިހަމްގެ ގާތަށް ރުޅިއައެވެ. އިތުރަށް މަޑުނުކޮށް އެތަނުން ދާން ހިނގައިގަތީ ޒުވާބުކުރަން ބޭނުންނުވާތީއެވެ. މާދުރަށް ނުދެވި އުޅެނިކޮން ފަހަތުން އެޒުވާނާ ދުވަމުން ކަހަލަގޮތަކަށްއައެވެ. “އޭ. މަށަށް އިނގިއްޖެ ތީކާކުކަން. ތީ އައިހަމްއެއްނު. ކޮންއިރަކު އައިސްތިއުޅެނީ؟” އައިހަމްއަށް ރޭކާލީ ދެނެވެ. ކުރިމަތީގައި އެހުރީ އައިހަމް ސްކޫލްދައުރު ނިންމާލާފައި އިތުރަށްކިޔެވުމަށްޓަކައި މެލޭޝިއާއަށް ބަދަލުވުމާހަމައަށްވެސް އޭނާއާ ހަސަދަލައިގެން އެތަކެއް އުނދަގޫތަކެއްކުުރި ޒައިން ނޫން ދެވަނަ މީހެއްނޫނެވެ. “ކަލޭ ދޯ؟” ދަތްތަކަށް ބާރުލަމުން އައިިހަމް ބުނެލިއިރު ކުރިމަތީގައި ބަލަހައްޓައިގެންހުރި ޒައިންގެ ތުންފަތްމަތީގައިވަނީ ވިހަ ހިނިތުންވުމެކެވެ. ރީތި ސިފައެއްގައި ހުއްޓަސް އިބިލީހެކޭ ތަފާތެއްނެތޭ އައިހަމްގެ ހިތަށްއެރިއެވެ. އެވަރަށް އުނދަގޫކޮށްފައި ޒަމާންތަކަކަށްފަހު ދިމާވުމުންވެސް ހިތާމަކޮށް މައާފަށްއެދުމުގެ ބަދަލުގައި ހިނިއައިސްފައިހުރިގޮތުން ހީވަނީ ކުރެވުނު ކަންތަކާ ދޭތެރޭ ނުހަނު ފަހުރުވެރިވެފައިހުރިހެންނެވެ. ކުއްލިއަކަށް ބާރުބާރަށް ކުއްޖަކު ރޮއިގަތްއަޑު އިވުމާއެކު ސިހިފައި ދެމީހުންވެސް އެއަޑުއައިދިމާލަށް ބަލާލިއެވެ. އެވަގުތު ކަޅުފޮއި ރެއެއްހާ ބަނަކޮށްހުރި މޫނުގެ ވެރި އަންހެނާ ރިިމްޝާގެ ނާޒުކު އަތުގައި ހިފާ ދަމަމުން ނެރޭތަން ފެނުމާއިއެކު އައިހަމްއަށްލިބުނީ ޝޮކެކެވެ. ހިތަށް ތަދުވާންފެށީ ކީއްވެކަމެއް ޙުދު އައިހަމްއަކަށްވެސް ނުވިސްނުނެވެ. ލިމްޝާޔާ ކިތަންމެ ވައްތަރުވިޔަސް އެއީ ލިމްޝާއެއްވެސް ނޫންވިއްުޔައެވެ. ހަނިހަނި ގޯޅިގަނޑެއްކަމުން މާމީހުން ގިނަނޫންކަމީ ނަސީބެކޭ އައިހަމްގެހިތަށްއެރިއެވެ. އެހެންނޫންނަމަ އެއަންހެންކުއްޖާ ހިތާމަޔާއި އެއްވަރަށް މިއަދު ކިހާ ލަދުވެސް ގަތީސްހެއްޔެވެ. މޫނުމަތީގައި އަތްއަޅައިގެން ރޯން އިންއިރު އެއަންްހެންކުއްޖާޔަށް ހާދަ އަސަރެއްކުރްމުންދާނޭ އައިހަމްގެ ހިތަށްއެރިއެވެ. ރިމްޝާގެ ގާތަށްދާން ކިތަންމެ ބޭނުންވިކަމުގައިވިޔަސް އޭނާ ފެނިއްޖެނަމަ ރިމްޝާ ހިތްހަމަނުޖެހިދާނެހެން ހީވުމުން އައިހަމްއަށް ޖެހުނީ ހުރިތާހުރެ ކުޅިބަލަން މަޑުކުރާށެވެ.

ޒައިންގެ ޙާލަކީތޯއެވެ. އަބަދުވެސް ޒައިން ރިމްޝާގެ ފަހަތުން އުޅުނީ ރިމްޝާގެ އެހުންނަ މީހުންގެ ހިތްތައް ކަތިލާފަދަ ރީތިކަމުގެ ސަބަބުންނެވެ. ރިމްޝާ މަގުމައްޗަށް ނުކުމެލިޔަސް ފަހަތުންހިނގާ، އެފަކީރު ކިތަންމެ ރުޅިއަރުވާ ބިރުގަންނަވާހަދާއިރުވެސް ޒައިންގެ ހިތަށް މީގެކުރިން އެކައްޗެކޭވެސްނާރައެވެ. ނަމަވެސް މިއަދު ރިމްޝާގެ ޙާލުފެނިފައި ޒައިންގެ ހިތް ހަމްދަރުދީއިންފުރި ބަންޑުންވާވަރުވިއެވެ. ދެފިކުރެއްގައިހުރެފައި މަޑުމަޑުންހިނގާލާފާގޮސް ރިމްޝާގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ. އެމަންޒަރު ފެނުނު އައިހަމް ލޮލުންވެއްޓުނު ކަރުނަތިކި ފޮހެލާފައި ދާން ގިނގައިގަތީ އިތުރަށް އެތަނުގައި މަޑުކުރުމުގެ ބޭނުމެއްނުފެނުމުންނެވެ. އޭނަގެ ހިތަށް އަރާ ފައިބަމުންދިޔަ އެއްޗެއް ދެނެވޮޑިގެންވާނީ އެފަރާތަކަށް އެއްވެސްކަމެއް ސިއްރުވެގެންނުވާނޭ މަތިވެރި ރަސްކަލާނގެއެވެ.

އިސްއުފުލާ ބަލާލި ރިމްޝާ ސިހިފައި ފަހަތަށް ޖެހިލިގޮތުން ހީވީ ބޮޑުބިރެއްފެނުނުހެންނެވެ. ރުއިމުގެ ސަބަބުން ރިމްޝާގެ ދެލޯ ރަތްވެ ވަޅުވަދެފައިވާއިރު މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ މޮޅިވެރިކަމެވެ. ” ބިރުނުގަނޭ ރިމް. އަހަރެން މިއުޅެނީ ރިމްއަށް ޖެއްސުންކުރާކަށް ނޫން. ޙަޤީގަތުގައިވެސް މިއަދު ރިމްގެ ޙާލުފެނި އަހަރެން ވަރަށް ދެރަވެއްޖެ ރިމްއާ ދޭތެރޭ ކަންތައްކުރެވުނުގޮތުންް. އަހަރެންނަށް އިނގޭމާފްކުރަން އެހާ ފަސޭހަނުވާނެކަން. އެކަމަކުވެސް އަހަރެންނަށް މައާފުކޮށްދީ.” ޒައިންގެ ވާހަކަ އަޑުއަހާފައި ރިމްޝާ އިނީ ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. އަބަދުވެސް ލާނެތްކަމާއެކު ވާހަކަދައްކާ ޒައިންގެ އަޑުގައި މިއަދުހުރީ ރިހުމެއް އެކުލެވިފައެވެ. މޫނުމަތިން ފެންނަމުންދިޔަ ސީރިއަސްކަމުން ސަމާސާ ކުރަނީހެނެއް ހިއެއްނުވެއެވެ. ޒައިންގެ މޫނަށް ބަލަހައްޓައިގެން ރިމްޝާ އިނީ ތީ ހަމަ ޙަޤީގަތުގައިވެސް ޒައިންހޭ އަހާފަދަގޮތަކަށެވެ. އަދިވެސް ރިމްޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަކަށް ބަދަލެއްނާދެއެވެ. “އަހަރެން ޒައިންއަށް މާފުކޮށްފިން”. ތުރުތުރު އަޅަމުންދިޔަ އަޑަކުން ރިމްޝާ ބުނެލިއެވެ. ވެގެންއުޅޭގޮތަކާއި ބެހޭގޮތުން ޒައިން ރިމްޝާގާތު ސުވާލުނުކުރީ މިވަގުތު ރިމްޝާއަށް ވާހަކަވެސް ނުދެއްކޭނެކަން އެނގޭތީއެވެ. ” އަހަރެން މިޝޫމެން ގެޔާ ހިސާބަށް ގެންދެވިދާނެތަ؟” ކަރުނަތައް ފޮހެލަމުން ރިމްޝާ ކައިރީގައި އޮތް ދަނޑިގައި ހިފާލުމާއެކު ޒައިން ބަލާލީ ސުވާލުން ފުރިގެންވި ނަޒަރަކުންނެވެ. މަޑުމަޑުން ދަނޑިގަނޑުގެ އެހީގައި ކޮޅަށް ތެދުވަން މަސައްކަތްކުރިނަމަވެސް އެކަންވާގޮތްނުވީ ހަށިގަނޑުގައި އެއްވެސްވަރެއްނެތުމުންނެވެ. ވާނީވެސް އެހެންތާއެވެ. އޭނަ އަދިވެސްއެހުރީ ހޮސްޕިޓަލުގައި އަނގަޔަށްލީ އެތިކޮޅަކާއެކުގައެވެ. ” ލިމްގެ ފަޔަށް ކިހިނެއްވީ؟” ލިމްޝާއަށް ކޮޅަށް ތެދުވުމަށް އެހީތެރިވަމުން ޒައިން އަހާލިއެވެ. “ބިނދިފަ.” އެވަރުން ރިމްޝާ ފުއްދާލީ މިވަގުތު މާގިނަ ވާހަކަތަކެއް ދައްކާނެހާ ހިތްވަރުނެތުމުންނެވެ. އިސާހިތަކު ޒައިންގެ ލޯފުސްވާންފެށީ  ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކުގެ ސަބަބުންނެވެ. ކަރުނަތައް އެތެރެއަށް ހިންދާލަމުން ރިމްޝާ ގޮވައިގެންގޮސް ކާރަށްއެރިއެވެ. ރިމްޝާގެ މަންޒިލާ ހަމައަށް ވާޞިލްވިއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ.

ގޭގެ މައިދޮރުގައި ޓަކިޖަހާލުމާއެކު މަދުސިކުންތުކޮޅެއްގެ ތެރޭގައި ދޮރުހުޅުވާލިއެވެ. ކަންފަތުގައި ހެޑްސެޓް ޖަހާލައުގެންހުރެ ޖަހަމުންދިޔަ ލަވަޔާ އެއްވަރަށް ޙަރަކާތްކުރަމުންއައިސް ދޮރުހުޅުވާލި މީޝާގެ ހަރަކާތްތަކަށް ހުއްޓުމެއްއައީ ދޮރުމަތީގައިހުރި އޭނާގެ އެންމެ ގާތް އެކުވެރިޔާ ރިމްޝާ ފެނުމުންނެވެ. ސްކޫލް ނިމިނުފަހުން މާބޮޑު ގުޅުމެއް ނެތްކަމުގައިވިޔަސް ކުރީގައި އެދެމީހުންނަކީ ކަނާއަތާއި ވާއަތްފަދަ ދެމިތުރުންނެވެ. ދެލޯ ބޮޑުކޮށްލަމުން ދެކޮލުގައި އަތްއަޅާލިއިރު އަނގަަވެސްވަނީ ތަންމިނަށް ހުޅުވިފައެވެ. އެތައްދުވަހަކަށްފަހު ލޯބިވާ އެކުވެރިޔާ ފެނުނުއިރު އެފަދަ ހާލެއްގައިހުރުމުން ހިތަށް ބަޔާންކުރަންދަތި އަސަރުތަކެއްކުރުވިއެވެ. ” ސުބްޙާނަﷲ! ރިމް. އަވަހަށް އާދޭ އެތެރެއަށް. ކިހިނެއްވެފަތަ ތިހިރީ. މިޝޫ ވަރަށް ދެރަވެއްޖެ ރިމް ތިހުރިގޮތްފެނިފަ.” މީޝާ ވާހަކަދައްކަމުންދިޔައިރު ލޮލުތެރޭގައި ކަރުނަަތައް ބޮނޑިވަމުންދިޔައެވެ. ” މިޝޫއަށް ޤަބޫލުވެސް ނުކުރެވޭނެ އަހަރެންނާމެދު ކަންތައްމިވީގޮތް ކިޔައިދިނަސް” ރިމްޝާ އޭނާގެ މަންމަ ކަންތައްކުރިގޮތުގެ ވާހަކަ އެކުވެރިޔާއަށް ކިޔާދިންއިރު ހިނދުކޮޅަކަށްވެސް ދެލޮލުން ކަރުނަނުހިކެއެވެ.” ވަޓް؟ ރިމްގެ މަންމަ އެއީ އަަޅެ އިންސާނެއްތަ؟ ދުރުހިލޭ މީހަކުވެސް ތިފަދަ ގޮތަކަށް ކަންތަކެއްނުކުރާނެ. ރިމް ދެން ޕްލީސް ނުރޮއޭ. އިރާދަކުރެއްވިއްޔާ ދެން ދެރަގޮތެއްނުވާނެ. ރިމް ހުންނާނީ މިގޭގަ. މަންމަމެންވެސް ނޫޅޭ މިދުވަސްކޮޅު” ރިމްޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދެމުން މީޝާބުންޏެވެ. ” ތޭންކިޔު ސޯމަޗް މިޝޫ. މިއަދު މިޝޫ ނެތްނަމަ އަހަރެން ކިހިނެއް އަޅެ ހަދާނީ. ” ހިނިތުންވެލާފައި މީޝާގެ ގައިގާ ބައްދާލިއިރު މިފަހަރު ރިމްޝާގެ ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ. އެފަދަ ހެޔޮ އެކުވެރިޔަކު ދެއްވީތީ ހެއްދެވި ރަސްކަލާނގެއަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރިއެވެ. ރަޙުމް ކުޑަކަމާއިއެކު ގެއިންނެރެ އެއްލާލި މަޔަކަށްޓަކައި ކަރުނައަޅާނުރޮއުމަށް އޭނަ ޢަޒުމްކަނޑައެޅިއެވެ. އަދި ހަޔާތުގެ އެހިތާމަވެރި ޟަފްޙާތަކުގައި ތަޅުއަޅުވާ މުޅިން އާޞަފްޙާތަކެއްލިޔުމަށް އަޒުމްކަނޑައެޅީ އެކަމަށް މަގުފަހިކޮށްދިން އެކުވެރިޔާއަށް ޝުކުރުކުރާ ޙާލުގައެވެ. ނަމަވެސް މިއުފާވެރިކަން މާގިނައިރަކު ދެމިގެންދާނެބާއެވެ؟ ތަޤުދީރުގައި ރިމްޝާއަށްޓަކައި ކުރިއަށް ލިޔެވިފައިވަނީ ކޮންފަދަ ކަންތައްތަކެއްބާވައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

No one

Level 210 Stories100 Comments

I'm a 18 year old girl who have always loved to read and write stories

Other Articles

Previous

ޙަޤީޤީ ލޯބިވެރިޔާ

Next

ބަދަލު

Next
May 23, 2018

ބަދަލު

Previews
May 23, 2018

ޙަޤީޤީ ލޯބިވެރިޔާ

30 Comments!

  1. kiaraa says:
    May 23, 2018 at 10:20 am

    yei me first……………..vvv nice

    1. No one says:
      May 23, 2018 at 11:34 am

      Yes.. congrats dear.. oh thank u story kiyaalyma

  2. cuty says:
    May 23, 2018 at 11:07 am

    wow. vvvvv reethi mi part vx

    1. No one says:
      May 23, 2018 at 11:35 am

      Thank u cuty. Vr ufaavehje story kamudhiyaiima

  3. Shimko says:
    May 23, 2018 at 11:10 am

    Masha Allah vv reethi mi part

    1. No one says:
      May 25, 2018 at 3:02 pm

      Thank u shimko…??♥️♥️?

  4. No one says:
    May 23, 2018 at 12:10 pm

    Hii all the readers.. here’s the 3rd part of this story.. hope all the readers enjoy this part..❤️?♥️?❣️

  5. suty??? says:
    May 23, 2018 at 12:50 pm

    Salhi..♥? next part miyah vure dhigukoh genesdhehchey??vhk varah salhi keep it up???❤❤??????????thi gothuga kuriyah dhey?

    1. No one says:
      May 23, 2018 at 3:42 pm

      Oh suty dear thank u so much.. mifaharu thankolheh kuruviyas next part dhigukohlaanan insha allah

    2. No one says:
      May 23, 2018 at 3:50 pm

      Oh thank u so much suty dear..❤️♥️mi part kuruviyas next part dhigukohleveytho balaanan

  6. Shai says:
    May 23, 2018 at 12:52 pm

    Asluves varah reethi

    1. No one says:
      May 23, 2018 at 3:51 pm

      Thank u shai

  7. Mishy says:
    May 23, 2018 at 1:00 pm

    Woww…??vrh vrh reethi…????????.. hama obi…???????… whn nxt??????.. curiously waitinn❤❤❤❤❤❤??

  8. Mishy says:
    May 23, 2018 at 1:02 pm

    Woww…??vrh vrh reethi…????????.. hama obi…????…. sifa krn ham habeys.???.. hiivanii ham film eh balrhnn…???… whn nxt??????.. curiously waitinn❤❤❤❤❤❤??

    1. No one says:
      May 23, 2018 at 3:53 pm

      Aawwwn.. thankx mishy dear.. ???story kamudhiyaiima vr happy vehje.. ???♥️❤️next part vx liyevunuhaa avahakah up kohladheynan.. insha allah❤️????

  9. Pinky shifoo says:
    May 23, 2018 at 2:56 pm

    Woww ????… V v v reethi mi part vx ❤️❤️❤️❤️????????… 15 years aa balaafa haadha molhey Maasha Allah ????… U have the talent No one ????????… Keep up the good work ????❤️❤️❤️❤️… Curiously waiting for the next part ???????????…

    1. No one says:
      May 25, 2018 at 3:03 pm

      Thank you pinky shifooo..♥️? haadha colourful comment ekey..❤️??..v vr happy vehje story kamudhiyaiima

  10. Neih bunaa hitheh says:
    May 23, 2018 at 5:50 pm

    Oh wow mi part ves vrh vrh reethi waiting for next part ??❤

  11. Neih bunaa hitheh says:
    May 23, 2018 at 6:09 pm

    Wow mi part vess vrh reethi keep it up..u have skill of a story writer ???

    1. No one says:
      May 25, 2018 at 3:04 pm

      Thankxx???♥️

  12. eysh says:
    May 23, 2018 at 6:11 pm

    Hei dear… new story eh feshee dho.. vvv reeethi ingey story keep it up ??????

    1. No one says:
      May 25, 2018 at 3:06 pm

      Oh eysh dear.. so happy to see a comment from u.. thank you.. vr happy vehje eysh ah story kamudhiyaiima????♥️

  13. Wow says:
    May 23, 2018 at 9:44 pm

    Wow.. Sifakurun v salhi????vv interesting vey eba mihaaru???????Curiously waiting for next part

  14. Maya says:
    May 23, 2018 at 9:44 pm

    Wow.. Sifakurun v salhi?????????vv interesting vey eba mihaaru???????Curiously waiting for next part

    1. No one says:
      May 25, 2018 at 3:07 pm

      Thank you maya.. ❤️?

  15. Someone says:
    May 24, 2018 at 7:25 pm

    Wow. What a nice story. ??

    1. No one says:
      May 25, 2018 at 3:07 pm

      Thankxx someone

  16. noor says:
    May 24, 2018 at 11:00 pm

    maa sha allah.. vrh reethi ingey mi story.. 🙂 good job and keep it up dear.. 🙂

  17. Roxy says:
    May 26, 2018 at 2:13 pm

    Wondrful stry no one kyp it up buddy ????????

  18. unique says:
    May 26, 2018 at 6:03 pm

    vvvvvvvvvvvvvvvvvvv reethi mi story i just hope nimendhen upkuraane kamah cant wait for next part

Comments are closed.

Next Episodeއުޖާލާވެގެންދިޔަ ޙަޔާތް (4)←


All Right Reserved!