Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީ

ހުޅުކޮޅު 1

hygge Level 510 Stories100 Comments100 Login500 Comments
May 14, 2018 8 Mins Read
37 Comments

އާ ދުވަހަކަށް އިރު އެރީ ޒިވާ ސްކޫލަށް ދާން ތައްޔާރުވަމުން ދަނިކޮށެވެ. ހިކިގެން ގޮސް ދެފުށް ނުޖެހުނެއް ކަމަކު އެ ހިކި ހަށިގަނޑުގައި ނުޖެހި ހުރި ދޫ ހުދު ޔުނީފޯމު އޭނާއާއި ނުހަނު ގުޅެއެވެ. ޒިވާ އަކީ ހަށިގަނޑަށް ފިޓުކޮށް ހުންނަ ހެދުން ލުމަށް ނަފްރަތު ކުރާ ކުއްޖެއް ކަމުން އޭނާގެ މަންމަ ގާތު ބުނެގެން އެ ޔުނީފޯމުވެސް ދޫކޮށް ފެހީއެވެ. އެ ދޮން ވަށް މޫނު ހުދު ކުލައިގެ ބުރުގަލަކުން ވަށާލެވިފައި ވީ އިރު ސްކޫލުގެ ޤަވާއިދާ އެއްގޮތަށް ބުރުގާ އަޅަމުން ދިޔައީ ހިނިތުން ވެލައިގެން ހުރެއެވެ. ލޯގަނޑު ކުރިމަތީގައި ހުރެ މަޑުމަޑުން ތައްޔާރުވަމުން ދިޔަ ޒިވާ ސިހުނީ އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑު އިވުމުންނެވެ.

“ޒީވް… ދަރިފުޅާ ދެން އަވަސްކޮށްބަލަ.. މިހާރު އެއޮށް ގަޑި ޖެހެނީއޭ… ސައިބޯން އާދޭ ދެން..” އެ ގޮވާލި އޭނާގެ ލޯބިވާ މަންމަ ނޫރީން ނޫން ދެވަނަ މީހެއް ނޫނެވެ. ޒިވާ އަކީ ނޫރީންއާއި ޒައިފްއަށް ލިބުނު ހަމައެކަނި ދަރިއެވެ. އެހެން ކަމުން އެދެމީހުން އެ ދަރިފުޅު ދެކެ ނުހަނު ލޯބިވެއެވެ. ނަތީއްޖާއެއްގެ ގޮތުން އެ ދެމީހުންގެ ލޮލުގެ ނޫރު ކަމުގައިވާ ޒިވާ ބޮޑުވަމުން އައީވެސް ނުހަނު ކިޔަމަންތެރި ބަސްއަހާ ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. ޒިވާވެސް އޭނާގެ މަންމަ އަވަސްކުރަން ބުނުމުން ގަޑި ބަލައިލީ ހަމަ އެހާ ލަސްވެއްޖެތޯ ބަލާށެވެ. ތެދެކެވެ. ދެން ގަޑިޖެހެން އިނީ ފަނަރަ މިނެޓެވެ. އަވަސް އަވަސް ކޮށްލުމަށްފަހު ގަޔަށް ސެންޓު ޖަހާލައިގެން އެއް ކޮނޑުގައި އޭނާގެ ދަބަސް އަޅުވާލުމަށްފަހު ދެ ލޮގުފޮތް އަތަށް ހެޔޮވަރުކޮށްލައިގެން ކޮޓަރިން ނިކުމެ ކާގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކާ ކޮޓަރިއަށް ވަނުމުގެ ކުރިން ސިޓިންގެ ރޫމުގައި ހުރި ސޯފާގައި އޭނާގެ ދަބަސް ބާއްވާލުމަށްފަހު ކައިރީގައި ފޮތްތައް ބޭއްވިއެވެ. އެއަށްފަހު ކުޑަކޮށް ދުވެލައިފައި ކާކޮޓަރިއަށް ވަނެވެ.

“ޒީވް… އަޅެ ވެއްޖެޔެއްނު ތިއަށްވުރެ އަވަހަށް ތައްޔާރުވާން ދަސްކުރަން… ގަޑިޖެހިގެން ދިޔުމަކީ ވަރަށް ހަޑިކަމެއް… މަންމަވެސް ސްކޫލުގަ އުޅުނު އިރު ދުވަހަކުވެސް ގަޑިއެއް ނުޖެހެން… އެއަށްފަހުވެސް އެއްވެސް ތާކަށް މަންމަ ނޯންނާނެ ގަޑިޖެހިފަ…” ޒިވާ ސައިތަށި ބޮމުން ދިޔަ އިރު ނޫރީން ބަދިގޭގައި ހުރެ ތަށި ދޮންނަމުން ޒިވާއަށް ބުނެލިއެވެ. ޒިވާ ތައްޔާރުވުމަށް ލަސް ކަމުން ގަޑި ޖެހިދާނެތީ ނޫރީން ކަންބޮޑުވަނީއެވެ. “މަންމާ އަޅުގަނޑު ނުޖެހޭނޭ ގަޑިއެއް… އިން ޝާ ﷲ… ފަސް މިނެޓުން ދެވޭނޭ ސްކޫލަށް… މާ އަވަސް އަރުވާލައިގެން އުޅުނީމަ އަތަށް ޕިން ހެރި އަނިޔާ ވާނީ.. ހެހެ.. ” ޒިވާ އަކީވެސް މަޖާ މިޒާޖެއްގެ ކުއްޖެއް ކަމުން އޭނާގެ މަންމައާއި ސަމާސާ ކޮށްލިއެވެ. އެ ދޮން މޫނުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މަޑު ފިޔާތޮށި ކުލައިގެ ތުނަފަތައް ވެރިވާ ރީތި ހިނިތުން ވުމެވެ. ކޮލަށް އަޑިކޮޅެއް ނޭޅުނު ނަމަވެސް އެ މޫނުމަތި ކިތަންމެހާވެސް ފުރިހަމަ އެވެ. ނޫރީންވެސް ދެފަރާތަކަށް ބޯ ހޫރާލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. “މަންމާ.. ދަނީ އިނގޭ..” ޒިވާ ގޮނޑިން ތެދުވެލިގޮތަށް އޭނާގެ މަންމަގެ ކޮލަށް ދޮނެއް ދީފައި ދަނީ ކަމަށް ބުނެ ކޮނޑުގައި ދަބަސް އަޅުވާލައިގެން ފޮތްތައް ހިފައިގެން ގޭތެރެއިން ނިކުމެ ބޫޓަށް އަރާލިއެވެ. އެއަށްފަހު ގޭގެ ގަދަ މުށިކުލައިގެ ދޮރޯށި ހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ.

ޒިވާ ގެއިން ނިކުތް އިރު ގަޑިން ހަގަޑި ވިއްސެވެ. އޭނާއަކީ ޕްރިފެކްޓެއް ކަމުން އެހެން ކުދިންނަށްވުރެ ކުރިން ސްކޫލަށް ދާންޖެހެއެވެ. ގެއިން ނިކުތް އިރު މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އުޑުމަތި އެހާ ސާފެވެ. އިރުގެ ރަން ދޯދިތައް އަދި ދައްކާ ނުލި ނަމަވެސް އިރު އަރާ ދިމާލުން މަޑު އޮރެންޖު ކުލައެއް ފާޅުވެފައި ހުއްޓެވެ. މަގުގެ ދެފަރާތުގައި ހުރި ގޭގޭގައި ހައްދާފައިވާ ބިޔަ ގަސްތަކުން އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އަދި މާ ހެނދުނު ވީމަ ކާޅުތައްވެސް ނުހޭލަނީ ކަންނޭނގެއެވެ. ކާޅެއްގެ ހިލަމެއްވެސް ނުވެއެވެ. އިރު ދައްކާނުލާތީ މާހައުލު މާ އައްޔެއް ނޫނެވެ. ގަޑިޖެހެން އަދިވެސް ދިހަ މިނެޓު އޮތުމާއިއެކު ޒިވާ ހިނގައިގަތީ މަޑުމަޑުންނެވެ. ވަގުތު އޮއްވާ ތެޅެމުން ފޮޅެމުން ދާންވީ ކީއްކުރަން ހެއްޔެވެ؟

އެއް ގޯޅި އެޅުމަށްފަހު އަނެއް ގޯޅި އަޅައިގެން ހިނގަމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ހަމައެކަނި ބިންމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. މި ދުވަސްކޮޅު ފިނި ފައިބާތީ މުޅި ފަޒާގައި ވަނީ ތެތް ފިނިކަން ހިފާލައިފައެވެ. އެހެން ކަމުން ޒިވާއަށް ކުޑަކޮށް ފިނިވާ ގޮތް ވިއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނެތި އޭނާ ހިނގަމުން ދިޔައެވެ. އެއަށްފަހު އިސް އުފުލާލި ގަޑީގައި މުށިކުލައިގެ ކަޅިއެއް ލިބިފައިވާ ޒިވާގެ ލޮލުގައި އަޅައިގަތީ ފިރިހެންވަންތަ ހިނގުމެއްގައި އާދައިގެ ވަރަކަށް ހިނގާލައިފައި ދިޔަ ފިރިހެން ކުއްޖާއެވެ. އެއް ޖީބަށް އަތް ޖަހާލައިފައި ވީ އިރު އަނެއް އަތުން ވަނީ އެއް ކޮނޑުގައި އަޅުވާފައިވި އަޅި ނޫ ކަހަލަ ކުލައެއްގެ ދަބަހުގައި ހިފަހައްޓާލައިފައެވެ. ހިކި ހަށިގަނޑުގައި ނުޖެހި ހުރި ދޫ ހުދު އަތްކުރު ގަމީހާއި ހުދު ފަޓުލޫނުގައި ބެގީ ކޮށްލައިފައި ހުރި އިރު ނުހަނު ސްމާޓެވެ. ޒިވާ އާއި އެ ފިރިހެން ކުއްޖާ އާއި ދެމެދުގައި ބާރަ ވަރަކަށް ފޫޓުގެ ދުރުމިނެއް ވިއެވެ. ނަމަވެސް ޒިވާއަށް އޭނާ ނުހަނު ފަސޭހައިން ފާހަގަ ވިއެވެ.

އެ ފިރިހެން ކުއްޖާ ފެނި ޒިވާއަށް ހިނިތުން ވެލެވުނީ ބޭ އިޚްތިޔާރުގައެވެ. ޚިޔާލީ ދުނިޔެއަށް ފީނެން ފެށިތަނާހެން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު އަނެއްކާވެސް ބާރަށް ހިނގައިގަތީ ގަޑި ޖެހިދާނެތިއެވެ. ސްކޫލުގެ ޓީޗަރުން ވަންނަ ގޭޓު ހުރި މަގަށް ނިކުމެވުނު އިރު، އިރުގެ ރަން ދޯދިތައް މުޅި ދުނިޔެއަށް ފަތުރާލައިފިއެވެ. އިރު އަރަމުން އައީ ސީދާ ޒިވާގެ ކުރިމަތިން ހެން ހީވިއެވެ. އިރުގެ ގަދަ އަލި އޭނާގެ ލޮލަށް އެޅޭތީ އުނދަގޫވެގެން ޒިވާ ކުޑަކޮށް އިސް ޖަހާލިއެވެ. އިސް އުފުލާލި ވަގުތު އެ ލޮލަށް އިރުގެ ދޯދިއެއް އެޅިގެން ދިޔައިރު މީހަކު ބަލާ ފޫހިނުވާނެއެވެ. އެ ދޮން މޫނު ދިއްލިފައި ވީ އިރު މުށި ކުލައިގެ ކަޅިއަށް އަލި އެޅިފައި ވުމުން އިތުރަށް އެ ރީތިކަން ފުރިހަމަ ކޮށްދެއެވެ.

ސްކޫލުގެ ކަންމަތިން އަޅާލުމަށްފަހު ދޮރާއްޓާ ދިމާލަށް ޒިވާ މިސްރާބު ޖެހިއެވެ. ކިތަންމެ މަޑުން އައި ނަމަވެސް އޭނާ ހުރީ ކުޑަކޮށް ވަރުބަލި ވެފައެވެ. ސްކޫލުގެ ދޮރާށިން އެތެރެ ވީ އިރު ފުރަގަސް ދީގެން ބެންޗުގައި ފިރިހެން ކުއްޖެއް އިށީނދެގެން އިނެވެ. އެއީ ދެންމެ ޒިވާއަށްވުރެ ކުރިން އައި ކުއްޖާއެވެ. ޒިވާވެސް އައިސް އެ ބެންޗާއި ޖެހިގެން އިން ބެންޗުގައި އިށީނދެލިއެވެ. “ޒިއްޕުޑިން…” ޒިވާ އިށީންދެލި ތަނާހެން އެ ފިރހެން ކުއްޖާ ހިނިތުން ވުމަކާއިއެކު ޒިވާއަށް ގޮވާލިއެވެ. ޒިވާ ކުޑަކޮށް ތުން އޫކޮށްލަމުން އޭނާއަށް ބަލައިލިއެވެ. ” ނޫޅެން ޔައީޝް އާ އެއްކޮށް ޒުވާބުކުރާކަށް…” ޒިވާ އެކަމަށް އަޅާނުލާކަން ދައްކަމުން ބުނެލިއެވެ. ޔައީޝް ގާތަށް އައީ ލާނެއް ހިންޏެކެވެ. ޔައީޝް އަކީ ސަމާސާ ކުރުމުގެ އެއް ވަނައެވެ. އަބަދުވެސް ކޮންމެވެސް މޮޅު ވާހަކައެއް ދައްކާނެއެވެ. އަނެއްކޮޅުން އޭނާ ދައްކާ ވާހަކައަށް ކެތް ނުކުރެވިގެން ޒިވާ އިންނާނީ ހީހީ ބަލިވެފައެވެ.

“އެހެންތަ؟ އެހެން ވިއްޔާ އިނދޭ… މަވެސް ނޫޅެން… ޒިއްޕުޑިން… ހެހެހެ ..” ޔައީޝް ހިނިގަނޑެއް ޖަހާލަމުން ޒިވާ އަށް ބުނެލިއެވެ. އެ ދެމީހުންގެ ވާހަކަ ދެއްކުމަށް ހުއްޓުމެއް އައީ އެތަނަށް އިތުރު ކުއްޖަކު އައުމުންނެވެ. “އަފްހަމް… ކޮބާ ބޮރޯ ކިހިނެއް؟” އަފްހަމް އައިސް ބެންޗުގައި އިށީންނަން އުޅެނިކޮށް ޔައީޝް ވާހަކަ ފައްޓައިފިއެވެ. ޒިވާ ދެން އިނީ މަޑުމަޑުންނެވެ. އޭނާ އަކީ ކްލާސް ކުދިންގެ އިތުރުން އެއަށްވުރެ ބޮޑެތި ފިރިހެން ކުދިންނާއި ވަރަށް ވާހަކަ ނުދައްކާ ކުއްޖެކެވެ. އޭނާގެ ފޮތަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް ޔައީޝް އާއި އަފްހަމް ދޭތެރެއަކުން ދައްކާ ވާހަކަތަކުން ޒިވާ އަށް ހިނި އާދެވެއެވެ. ނަމަވެސް އެ ދެ ފިރިހެން ކުދިންނަށް ނުފެންނާނެ ގޮތަށެވެ. މަޑުމަޑުން ކުދިން އަންނަމުން އަންނަމުން އައިސް ހުރިހާ ޕްރފެކްޓުން އައިސް ހަމަވިއެވެ.

ޒިވާ އާއި ޖެހިގެން އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ އިން އިރު ކުރިމަތީގައި އަނެކަކު އިނެވެ. “ޒިވާ.. އަޔާނީ.. ހިނގާ ކްލާހަށް ދާން… އިރުކޮޅަކުން ބެލް ޖަހާނެ… އޭގެ ކުރިން ކްލާހަށް ވަންނަންވާނެ… ޑިއުޓީއަށް ދާން ޖެހޭނެ ކުދިން ވަނުމުގެ ކުރިން…” ޒިވާގެ ކުރިމަތީގައި އިން މައިހާ އެ މީހުން ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލުމަށްފަހު ބުނެލިއެވެ.

ތިން އެކުވެރިން ބެންޗުން ތެދުވެ ކްލާހާއި ދިމާލަށް މިސްރާބު ޖެހި އިރު އެހެން ކުދިން އަދި ތިބިތާ މަޑު ކޮށްލައިގެން ތިއްބެވެ. ގްރޭޑް ނުވައަކާއި ހަމައަށް އައި އިރު ސްޓްރީމް ނެގުމުގެ ސަބަބުން ކުރިން އެ ގްރޭޑް ކުދިންގެ މެދުގައި އޮތް އެކުވެރިކަން ވަނީ ހީނަރުވާން ފަށައިފައެވެ. ޒިވާ އާއި އޭނާގެ ދެ އެކުވެރިންނަކީ އެމީހުންގެ ކްލާހުގައި ތިބި ހަތަރު ޕްރިފެކްޓުންގެ ތެރެއިން ތިން ޕްރިފެކްޓުންނެވެ. އަނެއް ކްލާހުގެ ހަ ޕްރިފެކްޓުން ތިބި ކަމުގައި ވިޔަސް އެ މީހުން މާ ގިނައިން ޒިވާ މެންނާއި ވާހަކަ ދައްކައެއް ނޫޅެއެވެ. ޔައީޝް ފިޔަވާއެވެ. ޒިވާމެން އެ އެކުވެރިކަން ދަމަހައްޓަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ކާމިޔާބު ވާ ގޮތެއް ނުވެއެވެ. އެހެންވެ މިއަދުވެސް އެ ކުދިންނަށް އަޅާލުމެއް ނެތި އައިސް ކްލާހަށް ވަނީއެވެ.

“ތި ދެމީހުން މެތްސް ފިލާވަޅު ނިންމިންތަ؟ ލައްކަ ސުވާލު ހުރި ދޯ ސަރ ދީފަ؟” އަޔާނީ ކުޑަކޮށް ތުން ދަމާލަމުން ޒިވާ އާއި މައިހާގެ ގާތުގައި އެހިއެވެ. އެ ވަގުތަކީ ޔައީޝްވެސް އެ ކްލާހަށް ވަތް ވަގުތެވެ. “ކޮން ހޯމް ވޯކެކޭ؟” އޭނާއަށް އެކުދިން ފިލާވަޅެއްގެ ވާހަކަ ދެއްކިކަން އެނގިގެން ސުވާލު ކޮށްލިއެވެ. “ޔައީޝް ނިންމިންތަ އަނެއްކާ އެ ހޯމްވޯކް؟ އައި މީން މެތްސް ހޯމް ވޯކް؟” ޒިވާ ޔައީޝް ކައިރީ އެހެން އަހާލީ ކުޑަކޮށް ހިނި އައިއްސައި ހުރެއެވެ. ޔައީޝް ފެނުނަސް އޭނާއަސް ހިނި އާދެވެނީ ޔައީޝްގެ ހުންނަ މަޖާ ގޮތްގަނޑުގެ ސަބަބުންނެވެ. އެންމެންނާއި ވެސް އެހާ ގުޅެއެވެ. “ނޫނޭ.. އެހާ ބަސް އަހާކަށް ނުވާނެ… ހެހެހެ.. ބްރޭކަށް ގޮސް އައިސް އަދި އެ ނިންމާލެވޭނެ… މަށަށް ބޭނުންވާނީ ތިތަނުން މީހެއްގެ ފޮތް…” ކަންނެތް މީހެކެވެ. އެހެން މީހުން ފިލާވަޅު ހެދުމުން މީނާގެ ކަމަކީ ކޮޕީ ކުރުމޭ ޒިވާގެ ހިތަށް އެރިއެވެ. އެ ތިންކުދިންނާއި ކުޑަކޮށް ވާހަކަ ދައްކާލަން ހުރުމަށްފަހު ޔައީޝްވެސް އެ ކްލާހުން ނިކުމެގެން ދިޔައެވެ.

ތިން އެކުވެރިން ވާހަކައިގައި ޖެހިފައި ތިއްބައި ބެލް ޖެހުމުން ތެޅިގަތީ ބިރެއް ފެނުނު ފަދައިންނެވެ. ގަޑި ޖެހިއްޖެއްޔާ ކަމު ނުދާނެތީއެވެ. ތިން ކުދިން ތިން ތަނަށް ދާތީ އެކުއްޖަކު ދާންޖެހޭ ދިމާލަށް އަވަހަށް ހިނގައިގަތެވެ. ޒިވާ ޑިއުތީއަށް ދާންޖެހެނީ ސިޑި ކައިރިއަށް ކަމުން އެ ދިމާލަށް ދިޔަ އިރު އެކި ކުދިން އެކި ކްލާސްތައް ކައިރީގައި ތިއްބެވެ. އެއީ ކުދިން ވަދެގެން އަންނަ ގަޑީގައި ކުދިން މާ ބާރަށް އައުމުގެ ތެރޭގައި ސްކޫލުގެ ޤަވާއިދާ ޚިލާފު ޢަމަލެއް ކޮށްފާނެތީ އެކަން ކަން ބަލާށެވެ. ޒިވާވެސް އޭނާގެ މަންޒިލަށް ވާސިލުވުމުން މަޑުކޮށްލިއެވެ.

****

ޑިއުޓީ ނިންމާލުމަށްފަހު ހުރިހާ ކުދިންވެސް އެކުދިންގެ ކްލާސްތަކަށް ދިޔައެވެ. ޒިވާ ވެސް އޭނާގެ ކްލާހާއި ދިމާލަށް މިސްރާބު ޖެހިއެވެ . ހިނގަ ހިނގާ ހުއްޓާ ކުއްޖަކު އޭނާއަށް ގޮވާލި އަޑު އިވިގެން ފަހަތަށް އެނބުރިލީ އިރު މައިހާ އަންނަނީއެވެ. ” ޒިވާއަށް އިނގޭތަ؟ މަޖާ ކަމެއް ވެއްޖޭ މިއަދު… މި ކުޑަކުދިންވެސް ކުޑައަކަސް ވަރުގަދަ ކަންކަން ކޮށްލާ އިނގޭ.. މަ ހީހީ ބަލިވެފަ މިހުރީ… ދެމީހުން ދެމީހުންނާ ޖެއްސުން ކުރީނު.. ވަރަކަށޭ.. މަވެސް ކިރިޔާ ވައްޓާނުލީ… އެންމެ ފަހުން ލީޑިން ޓީޗަރ އަންނަނީއޭ ބުނީމަ މައިތިރި ވީ… ހަމަ ކިރިޔާ ތަޅާފޮޅުމަކަށް ނުދިޔައީ..” މައިހާ އޭނާއަށް ދިމާވީ މަޖާ ކަމެއްގެ ވާހަކަ ޒިވާ އާއި ހިއްސާ ކުރަމުން އައިސް ކްލާހަށް ވަދެގެން ދިޔައެވެ.

ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ދިޔައީ ހަލުވި ކަމާއި އެކީއެވެ. އެއަށްފަހު އިންޓަރވަލް ގަޑި ޖެހުމުން ދަބަހަށް ފޮތްތައް އަޅާލައިގެން ޒިވާވެސް އެހެން ކުދީންނާއި އެކީ ކްލާހުން ނިކުންނަން ދިޔައެވެ espanolviagra.net. ސްކޫލުގެ ގޭޓުން ނިކުތުމަށްފަހު ހިނގަމުން ގޮސް މައިހާގެ ގޭ ހުންނަ ދިމާލަށް އޭނާގެ މިސްރާބު ބަދަލު ކޮށްލުމުން ދެން ދިޔައީ ޒިވާ އާއި އަޔާނީއެވެ. ދެމީހުން މަޖާ ވާހަކަތައް ދައްކަމުން ގޮސް ދެ ދިމާލަށް ދިޔައީ ދެ މީހުންގެ ގޭ ހުންނަނީ ރަށުގެ ދެކޮޅުގައި ކަމަށް ވުމުންނެވެ.

ޒިވާ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައި ކަމުން އޭނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ނަމަވެސް ކުރިމަތިން މިދާ ފިރިހެން ކުދިން ތަކާއި ހެދ ކިތަންމެ ބާރަށް ދިޔަޔަސް އޭނާ އަކަށ ގެއަކަށް ނުދެވޭނެއެވެ. އެކުދިން އެ ހިނގަނީ އެހާ މަޑުންނެވެ. އަނެއްކޮޅުން އެ ދަނީ ވެސް މަގު ފުރާލައިގެން ވިއްޔާއެވެ. މިއީ އެހެން މީހުންވެސް އުޅޭކަން ނުދަންނަ ބައެކެވެ. ޒިވާއަށް މި އުޅެވެނީ ހުސް ފިރިހެން ކުދިންގެ އަވަށެއްގައޭ އޭނާގެ ހިތަށް އެރިއެވެ. ހިތާހިތުން ފިރިހެން ކުދިންނާއި ދިމާލަށް ކުދި ކިޔަމުން ގޮސް އެންމެ ފަހުން އޭނާގެ ގެއަށް ވާސިލް ވެވިއްއްޖެއެވެ.

***

“މަންމާ ހާދަ މީރުވަސް ދުވައޭ… ކޯންޗެއްތަ ހުރީ؟” ގޭތެރެއަށް ވަދެގެން އައި ޔައީޝްގެ ނޭފަތުގައި ޖެހުނު މީރުވަހުގެ ސަބަބުން ކުޅު ދިޔާވެފައި ވީ ޙާލު އޭނާގެ މަންމައަށް ގޮވާލަމުން ސުވާލު ކުރިއެވެ. އޭނާގެ މަންމައަށް އެ އަޑު އިވޭނެ ހެނެއްވެސް ހިއެއް ނުވެއެވެ. އޭނާ ހުރީ ސިޓީންގެ ރޫމުގައެވެ. އޭނާގެ މަންމަ ހުރީ ބަދި ގޭގައެވެ. ދެފަރާޓުގައި ކޮޓަރިތައް ހުރި ހިމަ ގޯޅިން ލައިފައި އައިސް ދެވަނައަށް ޖެހުނު ކޮޓަރިއަށް ޔައީޝް ވަނެވެ.

ނުހަނު ތަނަވަސް ކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރު ފާރުގައި މާ ގަދަ ނޫން ފެހި ކުލައެއް ލާފައި ވީ އިރު ސީލިންގުގައިވެސް ވަނީ ހަމަ އެ ކުލައެވެ. އެއް ފާރުގައި އެއްކޮށް ވަނީ މުށިކުލައިގެ އަލަމާރިއެކެވެ. ފާޚާނާއަށް ވަދެވެންވެސް ހުންނަނީ އެ އަލަމާރީގެ ތެރެއިންނެވެ. ކޮޓަރީގެ އެއް ފަރާތުގައި ޑަބަލް ބެޑެއް ވީ އިރު އެ ގޮދަޑީގައިވެސް ވަނީ ފެހިކުލައިގެ ބެޑުޝީޓު އަޅާފައެވެ. ބާލީސްތައް ވެސް މެއެވެ. އަނެއް ބިތުގައި އެއްކޮށް ފޮތަ ހަރުގަނޑެއް ވީ އިރު ތަރުތީބުން ފޮތްތައް އަޅާފައި ވިއެވެ. އަދި އޭގެން ބައެއް ކަބަޑުގައި އެކި ޓޮރޮފީއާއި މެޑަލް ބަހައްޓާފައި ހުއްޓެވެ. ކޮޓަރިއަށް ބަލާލައިފިއްޔާ ފެންނާނީ ތަރުތީބު ކަމެވެ.

ޔައީޝް އައި ގޮތަށް އައިސް ކިޔަވާ މޭޒުމަތީގައި ދަބަސް ބާއްވާލުމަށްފަހު ކޮޓަރިން ނިކުތީ ސައި ބުއިމަށެވެ. އޭނާ ކާގެއަށް ވަތް އިރު އޭނާގެ މަންމަ ހައިފާ މޭޒުމައްޗަށް އެކި އެއްޗެހި ނެގުމުގައި އުޅެއެވެ. އަތް ދޮވެލައިގެން އައިސް މޭޒުދޮށުގައި އަވަހަށް އިށީންދެލީ ބަނޑުހައި ވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަވަހަށް ސައި ބޯން ފެށުމަށްފަހު ކާއެއްޗެހީގެ މީރުކަމުން މަންމައަށް ތައުރީފުގެ ބަސްތައް އޮއްސަމުން ދިޔައެވެ. ޔައީޝް އޭނާގެ މަންމަދެކެ ނުހަނު ލޯބިވެއެވެ. އޭނާގެ ބޭބެ މެންނާއި ދައްތަމެން ތިބި އިރު އޭނާއަކީ އެ ގެއިން އެންމެ ހަގު ކުއްޖާއަށްވުމުން އެންމެންވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ބަދަލުގައި އޭނާވެސް އެ އެންމެން ދެކެ ނުހަނު ލޯބިވެއެވެ.

ގަޑިޖެހެން ގާތް ވުމުން އަވަސް ކޮށްލައިގެން އެ ގޭގެ މަޑު މުށި ކުލައިގެ ދޮރޯށިން ޔައީޝް ނިކުތެވެ. އެއް ކޮނޑުގައި ދަބަސް އަޅުވާލައިގެން ހިނގާލައިފައި ދިޔަ އިރު ގިނަ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ގޮތެއް ހުއްޓެވެ. މެދުމިނެއްގެ ދޮން ކުއްޖެކެވެ. އޭނާގެ ކަޅުކުލައިގެ ވަރުގަދަ އިސްތަށިގަނޑު އެއް ފަރާތަކަށް ސްޓައިލް ކޮށްލައިފައި އޮންނަ ގޮތުން ނުހަނު ފުރިހަމައެވެ. އެއް ފަރާތަކަށް ސްޓައިލް ކޮށްފައި ވީ ނަމަވެސް ނިތްކުރިމައްޗަށް އިސްތަށިގަނޑުން ބައެއް ވެއްޓިފައި ވިއެވެ. އޭނާ ގެއިން ނިކުމެ ސްކޫލަށް ދާން ހިނގައިގަނެފައި ކުރިމައްޗަށް ބަލައިލި ވަގުތު ފޮތެއްގައި ދެއަތް ވަށާލައިގެން ރީތި ހިނގުމެއްގައި ހިނގާފައި ދިޔަ އަންހެން ކުއްޖާ އަޅައިގަތެވެ. ހިކި ހަށިގަނޑެއްގެ ވެރިއެކެވެ. ދޫ ޔުނީފޯމުގައި ހުރިއިރު ހާދަ ރީއްޗެވެ. ފުރަގަހުން ފެންނައިރުވެސް އެހާ ފުރިހަމައެވެ. ޔައީޝް ކުރިމައްޗަށް ނަޒަރު ހުއްޓައިގެން ދަނިކޮށް އެ ކުއްޖާ ފަހަތް ބަލައިލިއެވެ. ޔައީޝް ސިހިގެން ދިޔައީ އޭނާ ބަލަހައްޓައިގެން ހުއްޓައި އެކުއްޖާ ބަލައިލުމުންނެވެ.

ޔައީޝް ފެނުމާއިއެކު ޒިވާ ނުހަނު ރީތި ހިނިތުންވުމެއް އޭނާއަށް ރައްދު ކޮށްލިއެވެ. އެ ހިނިތުންވުމުންވެސް ޔައީޝްގެ ހިތަށް އަސަރު ކޮށްލިއެވެ. ހާދަ މައުސޫމެވެ. ލޯބި ހިނތުން ވުމެކެވެ. ޔައީޝްއަށް ޒިވާ ފެންނަ ކޮންމެ ފަހަރަކު ބޭ އިޚްތިޔާރުގައި ހިނތުން ވެލެވެއެވެ. އެއީ ކީއްވެ ކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. “ޒިވާ.. ދީބަލަ މެތްސް ފޮތް… މަ ފިލާވަޅު ނިންމަން ޖެހޭނެ.. ހެހެހެހެ…” ޒިވާ އާއި އަރާ ހަމަ ކުރަމުން ޔައީޝް އެހެން ބުނުމުން ޒިވާ ދެފަރާތަށް ބޯ ހޫރުވާލަމުން ޕިސް ޕިސް ލައްވާލުމަކާއިއެކު އަތުގައި އޮތް ފޮތް ޔައިޝްގެ އަތަށް ދިނެވެ. ” ޔައިޝް އަޅެ ކީއްވެގެން އުޅޭ ދުވަސްކޮޅެއްތަ؟ ކަންނެއް ފުޅައެއް ސަހާދެ މިބުނީ..” ޒިވާ ކުސްތަޅާލިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފާޅުވޭވޭ ހުއްޓެވެ. ރުޅި އަންނައިރަށް އެ މޫނުމަތި އަދި ހާދަ ލޯތްބޭ ޔައީޝްގެ ހިތަށް އެރިއެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލީ ހިތަށް މި އަރާ އެއްޗެހި ތަކެއްގެ ސަބަބުންނެވެ. އޭނާއަށް މި ވަނީ ކިހިނެއް ހެއްޔެވެ؟

“ޒިއްޕުޑިންނަށްވެސް އެނގޭނެ ދޯ ދެން.. މަ ހާދަ ވަރުބައްޔޭ މި ދުވަސްކޮޅު.. އިންޓަރ ހައުސް ފުޓްބޯލް ޓޯނަމެންޓް ފެށުނީމަ މެޗު ކުޅެމުން ކިހިނެއްތަ ފިލާވަޅުތައް ހަދާނީ؟” ޔައީޝް ޒިވާ އާއި ދިމާލަށް ‘ޒިއްޕުޑިން’ ކިޔަން ފެށީ ގުރޭޑް ފަހަކުން ފެށިގެންނެވެ. އެއީ އެއިރު އޭނާގެ ދެ ކޮލުގައި މަސް ޖަހާލައިފައި ހުންނާތީ އޭނާ ކީ ނަމެކެވެ. ކުރިން އޭނާ އެނަން އަޑު އިވޭއިރަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް މިހާރު ޔައީޝް އެނަން ބޭނުން ކުރާއިރުވެސް ރުޅިއެއް ނާދެވެއެވެ. ބަދަލުގައި ވަނީ މަޖަލެވެ. އެއީ ކީއްވެ ހެއްޔެވެ؟ “ޔައީޝްއަށް ހަމަ ޒިންމާދާރު ނުވެވެނީ.. އާ އެހެންޏަ، މި ހުރިހާކަމަކަށް ހޭނެން ވެއްޖެޔެއްނޫންތަ އަޅެ… ހަމަ އިނގޭނެދޯ ކުޅޭ އިރު ތިމަންނަ ފިލާވަޅުތަކަށްވެސް އަހަންމިއްޔަތުކަން ދޭންޖެހޭނެ ކަން.. އެވަރު ދަނެގެން ނޫންތަ މުބާރާތުގަ ބައިވެރި ވީ؟” ޒިވާ ނަސޭހަތް ދޭ ފަދައަކުން ޔައިޝް ގާތު ބުންޏެވެ. “ނޫން…” ޔައިޝް ޒިވާއަށް ޖެއްސުމަށް އިދިކޮޅަށް ޖަވާބުދިނެވެ.

އޭނާގެ މަގްސަދު ކާމިޔާބު ވީއެވެ. ޒިވާ ރުޅި އަރުވާލެވުނީއެވެ. ޒިވާ ރުޅިއަރުވާލީމަ އޭނާއަށް ހާދަ މަޖަލެވެ. އެއަށްވުރެ އެ މޫނުމައްޗަށް އަރުވާލާ ކުލަވަރު މާ ލޯތްބެވެ. ދެމީހުން އެކި ވާހަކަތަކުގައި ތިބެ ސްކޫލަށް ވަދެގެން ދިޔައިރު އެ ދެކުދިންނަށް ލޯ އަލާލައިގެން މީހަކު ހުރިކަމެއް ރޭކާވެސް ނުލައެވެ. އެއަށްވުރެ އެ ދެމެދުގައި އޮތް ވާހަކަގަނޑު މާ ވަރުގަދައެވެ. އެ ދެކުދިންގެ ފަހަތުން އައި އަންހެން ކުއްޖާ ޒިވާއާއި ދިމާލަށް ނުރައްކާތެރި ގޮތަކަށް ބަލައިލިއެވެ. ނަމަވެސް އޭނާ ހުރީ އެކުދިންގެ ފަހަތުގައި ކަމުން ޒިވާއަށް އެކަން އިނގޭނީ ކިހިނެއް ހެއްޔެވެ؟

“ޒީވް މިއަދު ހާދަ ލަސް ވީ؟” އާންމުކޮށް އަންނަ އިރަށްވުރެ ލަސްވުމުން އަޔާނީ ޒިވާ އާއި ސުވާލު ކޮށްލިއެވެ. “ބޮޑު ތަކުރުފާނާއި ޖެހުނީމަ އޭނާގެ ވާހަކަ ފަށައިގެން ލަސް ވީނު..” ޒިވާ އެހެން ބުނެލީ ކޮންމެހެން މައިހާ އާއި އަޔާނީ ހެއްވާލުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް އެކަން ވެއްޖެއެވެ. ބޮޑު ތަކުރުފާނު ޒިވާ އެ މުޚާތަބު ކުރީ ޔައިޝް އަށްކަން އެދެމީހުންނަށް އިނގުނެވެ. އެކުދިން ސަމާސާ ކުރަމުން ދިޔައިރު އެ ކްލާސްރޫމު ދޮރުމަތިން އެއްކަލަ އަންހެން ކުއްޖާ ދިޔައެވެ. ދޮރާ ހަމައަށް އަރައިފައި ޒިވާއާއި ދިމާލަށް ބަލައިލީ ނުހަނު ރުޅި ވެރި ކަމާއިއެކުއެވެ. އޭނާގެ ދެ އަތް ވަނީ މުއްކެވިފައެވެ. އެ ދެލޮލުގައިވީ ނުރުހުމުގެ ސަބަބުން ހީވަނީ ޒިވާ ފިއްސާލަފާނެހެންނެވެ. ކޮންމެޔަކަސް އިރުކޮޅަކުން އެ ކްލާހުގެ ދޮރުމަތިން އޭނާ ގޮއްސިއެވެ. ނަމަވެސް ޒިވާއާއި އަޔާނީ އަދި މައިހާ އަށްވެސް އެކަމެއް ނޭނގެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (31)

Next

ނުދާނޭ ތިހަނދާން ފިލާ (ކިޔުންތެރިންގެ ސަމާލުކަމަށް)

Next
May 15, 2018

ނުދާނޭ ތިހަނދާން ފިލާ (ކިޔުންތެރިންގެ ސަމާލުކަމަށް)

Previews
May 14, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (31)

37 Comments!

  1. Ary says:
    May 14, 2018 at 9:09 pm

    Me first dhw..adhi nukiyan..kiyaalaafa comment kohlaanan:)

    1. noor says:
      May 14, 2018 at 9:35 pm

      hehe.. yeah Ary dear first… congratulations dear.. 🙂

  2. Shiman says:
    May 14, 2018 at 9:18 pm

    Wow

    1. noor says:
      May 14, 2018 at 9:37 pm

      thank you shiman dear.. 🙂 vrh ufaavehje story kamudhiyaeema… 🙂 <3<3<3

  3. .. says:
    May 14, 2018 at 9:30 pm

    Plx yaish mom ge name change kolla dheeba..plxx..? story is just awesome ?

    1. Leo3910 says:
      May 14, 2018 at 9:38 pm

      Why….it is a beautiful name..

    2. noor says:
      May 14, 2018 at 9:41 pm

      kihineh v dear… noor ah kudakoh undhagoo vaane kanneynge dhn anehkkaa name change kollan.. 🙁 mihaaruves baeh episode thah liyevifa hury.. eh faharu mihaaru baeh charecters ge name thah change koffin.. eyruves kudakoh undhagoo v.. 🙁 i’m really sorry dear.. asluvesatha? 🙂 vrh vrh ufaavehje story kamudhiyaeema.. 🙂 <3<3<3

    3. No one says:
      May 14, 2018 at 9:49 pm

      That’s ur mom name too .. right???

    4. noor says:
      May 14, 2018 at 10:55 pm

      i’m really very sorry dear.. i would like to but i think more than 3 episodes i have already written… 🙁 dhera nuvahchey ingey.. noor aslu beynumeh noon noor ge readers evves gothakah dhera kuraakah… mifaharu dhn allah iraadha kurevvi goiyy miee… 🙁 🙂

  4. No one says:
    May 14, 2018 at 9:52 pm

    Vr vr nice mi story.. curiously waiting waiting for the next part?❤️♥️

    1. noor says:
      May 16, 2018 at 9:37 pm

      jazakillah khairan No one… 🙂 keep waiting dear.. vrh avahah noor ebai up kohdheveytho eba balan… in sha allah.. 🙂

  5. Pinky shifoo says:
    May 14, 2018 at 10:03 pm

    Wowwww ?????… Story v v v reethi ??????????… Keep it up noor ?????… Waiting for next part ?????… Best of luck for the story ??????????…

  6. noor says:
    May 14, 2018 at 10:52 pm

    Assalaamu a’laikum my dear readers.. miee noor ge furathama story…. ummeedhu kuran hurihaakudhinnah mi part kamudhiya kamah.. 🙂 kiyuntherin mi story kiyumah fahu opinions noor aa share kohdhehchey… eyrun noor ah vrh faseyha vaane dhn genesdhey part eh genna irah thiya readers shauquverivaa gothah genesdheyn.. plus rangalhu kollan v kanthah thah rangalhu koffa dhen oiyy part geneveyne eyrun… 🙂 ummeedhu kuran story readers ah kamudhaane kamah.. 🙂 okay, read and enjoy the story! TC everyne and good night… LY all.. 🙂

  7. Shafaq says:
    May 14, 2018 at 11:02 pm

    Wow… interesting….

    1. noor says:
      May 15, 2018 at 12:16 pm

      Jazakillah khairan shafaq dear… vrh happy vehje thihaa motivational comment eh kollyma.. 🙂

  8. Aesh says:
    May 14, 2018 at 11:57 pm

    ??????❤️❤️☺️☺️???????????Vrh salhi Hama mi stry… ?☺️❤️❤️❤️??????

    1. noor says:
      May 15, 2018 at 12:17 pm

      Jazakillah khairan Aesh dear… 🙂

  9. Blackaholic says:
    May 14, 2018 at 11:57 pm

    Masha Allah… vvv reethi feshumeh.. keep it up… n i luv the cover pic ????? gud luck with the story dear ?❤❤❤❤

    1. noor says:
      May 15, 2018 at 12:20 pm

      thank you Blackaholic dear.. 🙂 awww…. vrh ufaavefa mihury noor… cover pic dear ah kamudhiya vaahaka bunyma… 🙂 again, thank you sooo much for your support dear… 🙂 🙂 🙂

  10. mishy says:
    May 15, 2018 at 6:14 am

    Masha allah… vrh vrh furiham….whn nxt??? Waitin nghh…♥♥♥♥♥♥♥

    1. noor says:
      May 15, 2018 at 12:23 pm

      jazakillah khairan mishy dear… 🙂 in sha allah miadhu up kureveytho noor eba try kuran… 🙂 🙂 🙂 yh, keep waiting dear…. <3<3<3<3 🙂

  11. shaan says:
    May 15, 2018 at 7:50 am

    nice

    1. noor says:
      May 15, 2018 at 12:24 pm

      jazakillah khair shaan dear… 🙂

  12. suty??? says:
    May 15, 2018 at 1:20 pm

    Heyy nooorxzx…varah reethi ingey mi vaahaka♥?? varah interesting kon mi dhany….next part kon irakun?? Kon dhuvaheh ga up vaany…? Waiting?♥♥??❤

    1. noor says:
      May 15, 2018 at 2:04 pm

      hey suty dear… 🙂 asluvestha? vrh vrh vrh ufaavehje suty ah kamudhiyaeema… miadhu up koh dheveytho noor mi balany… 🙂 alhey.. dhera nuvahchey suty dear… vrh avahah up vaane, in sha allah. 🙂 <3<3<3<3<3

  13. Maya says:
    May 15, 2018 at 2:47 pm

    Wow.. Vv interesting mi story vv reethivaanehen hyvany ??????????story nimendhen up kohdheyne kamah unmeedhukuran. ???☺️?

    1. noor says:
      May 15, 2018 at 3:38 pm

      jazakillah khairan Maya dear.. 🙂 vrh ufaavehje dear ah mi story kamudhiyaeema… in sha allah thikan kohdheveyhtho vrh vrh vrh bodah noor balaanan iraadhakurevviyyaa… 🙂

  14. Shiya says:
    May 15, 2018 at 8:44 pm

    It’s nice make it more interesting and I hope u will upload a longer part.. jazakallah khairan ☺

    1. noor says:
      May 16, 2018 at 5:47 pm

      jazakillah khairan shiya dear.. 🙂 allah ge iraadhafulhun noor ah kureven huri hurihaa masahkatheh kuraanan mi story ah readers interest vaa gothakah kuriyah huri baithah genesdheyn.. in sha allah, dhn huri baithah miah vure ves dhigu kureveytho noor masahkaiyy kuraanan.. 🙂 vrh vrh ufaavehje dear thihaa supportive v ma… 🙂

    2. noor says:
      May 16, 2018 at 5:48 pm

      marhabaa.. 🙂

  15. Gud says:
    May 17, 2018 at 6:18 am

    Wow.. vrh rythi vaahaka.. I ❤ THIS STORY… perfect..???????

    1. noor says:
      May 17, 2018 at 3:54 pm

      jazakillah khairan Gud.. 🙂 vrh ufaavehje mi story Gud ah kamudhaa vaahaka bunelyma.. anehkaaves, thank you dear.. 🙂

  16. ira says:
    May 20, 2018 at 1:46 pm

    varah reethi this story
    BEAUTIFUL
    wow…..wow……..very nice

    1. noor says:
      May 22, 2018 at 3:06 pm

      jazakillah khairan ira dear.. noor varah ufaavefa mihury ira ah mi story ehaa kamudhiyaeema.. 🙂

  17. ? says:
    May 29, 2018 at 10:22 am

    Wow…wonder wat will happen next? nice story ma sha allah?

  18. serrrjiii says:
    June 14, 2018 at 9:26 am

    masha allah…. this is amazing.. keep it up

  19. Cherrie says:
    May 18, 2019 at 7:25 pm

    Mashaa Allah….? I love this story….. ❤️❤️Keep it up… ???

Comments are closed.

Next Episodeހުޅުކޮޅު 2←


All Right Reserved!